-

މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި އެހެނިހެން ހަރަކާތްތަކަށާއި އެކުއަކަލްޗަރ ކުރުމަށް ލައިސަންސް ދިނުމާއި ހުއްދަ ދިނުމުގެ އިޖުރާއަތުތަކާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2020-92)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ)  މި ގަވާއިދަކީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 6 ވަނަ ބާބަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 29 ވަނަ މާއްދާގެ (އ) އާއި، 33 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި، 86 ވަނަ މާއްދާގެ ދަށުން މިނިސްޓްރީއަށް ލިބިދޭ އިހްތިޔާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި އެހެނިހެން ހަރަކާތްތަކަށާއި އެކުއަކަލްޗަރ ކުރުމަށް ލައިސަންސް ދިނުމާއި ހުއްދަ ދިނުމުގެ އިޖުރާއަތުތަކާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ މަގްސަދު

މި ގަވާއިދުގެ މައިގަނޑު މަގްސަދަކީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ އިމުގެ ތެރެއަށް ފެތޭ މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި އެންމެހައި ހަރަކާތްތަކާއި، އެކުއަކަލްކަޗަރ ކުރުމާއި، އެކުއަކަލްޗަރ ކުރުމާ ގުޅުންހުރި ހަރަކާތްތައް ހިންގާ އެންމެހައި ފަރާތްތަކާއި، އުޅަނދުފަހަރާއި، ތަންތަނުން ނަގަންޖެހޭ ހުއްދަތައް ނުވަތަ ލައިސަންސްތައް އެ ފަރާތްތަކަށް ދިނުމުގައްޔާއި އައުކުރުމުގައްޔާއި ބާތިލުކުރުމުގައި އަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ލައިސަންސަށާއި ހުއްދައަށް އެދި ހުށަހެޅުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކަންތައްތައް

(ހ) ލައިސަންސް ނުވަތަ ހުއްދައަށް އެދި ހުށަހެޅުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަމަށް ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ދަށުން ހަދައިފައިވާ، ކަމާ ގުޅޭ ގަވާއިދުތަކާއި މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތަކުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އެންމެހައި ކަންތައްތައް ފުރިހަމަ ކުރަންވާނެއެވެ.

(ށ) އެ ހަރަކާތަކީ ގަވާއިދު ނަންބަރު 2020-91 (މަސްވެރިކަމުގެ މަށްރޫއުތައް ގާއިމްކުރުމަށް ހުއްދަދިނުމުގެ ގަވާއިދު) ގެ ދަށުން ހުއްދައެއް ބޭނުންވާ ހަރަކާތެއްނަމަ، ލައިސަންސަށް އެދި ހުށަހަޅާއިރު އެ މަށްރޫއު ހިންގުމަށް 
މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ އޮންނަންވާނެއެވެ.

 

4 ވަނަ މާއްދާ - ލައިސަންސަށް ނުވަތަ ހުއްދައަށް އެދި ހުށަހެޅުމާއި، ލައިސަންސް ނުވަތަ ހުއްދަ އައުކުރުން

(ހ) މި ގަވާއިދުގެ ދަށުން ލައިސަންސާއި ހުއްދަ ހޯދުމަށާއި އައުކުރުމަށް އެދި ހުށަހަޅާނީ،އެ ލައިސަންސަކަށް ނުވަތަ ހުއްދައަކަށް އެދި ހުށަހެޅުމަށް މިނިސްޓްރީން ތައްޔާރުކޮށްފައި މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ފޯމު ނުވަތަ "ފިށަރީޒް އިންފޮމޭށަން ސިސްޓަމް - ކެޔޮޅު" މެދުވެރިކޮށެވެ

(ށ) މި ގަވާއިދުގެ ދަށުން ދޫކުރާ ލައިސަންސް ނުވަތަ ހުއްދައަށް އެދި ހުށަހަޅާ އުޅަނދު ނުވަތަ ތަނުގެ ގާނޫނީ ވެރިފަރާތް ނޫން އެހެން ފަރާތަކަށް ލައިސަންސް ނުވަތަ ހުއްދަ ދޫކުރެވިދާނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ދޫކުރާ ލައިސަންސް ނުވަތަ ހުއްދައަށް އެދި ހުށަހަޅާއިރު އަންނަނިވި ލިޔުންތައް ހުށަހަޅަންވާނެއެވެ.

  1. ލައިސަންސް ނުވަތަ ހުއްދައަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ އެހެން ގާނޫނީ ށަހުސެއް ނަމަ، އެ ށަހުސެއްގެ ރަޖިސްޓްރޭށަން ސެޓުފިކެޓު؛
  2. ލައިސަންސް ނުވަތަ ހުއްދައަށް އެދި ހުށަހަޅާ އުޅަނދުގެ ރަޖިސްޓަރީގެ ކޮޕީ؛
  3. އެ ހަރަކާތެއް ހިންގުމަށް އެދި ހުށަހަޅާ ތަނަކީ ނުވަތަ އިމާރާތަކީ ނުވަތަ އުޅަނދަކީ ލައިސަންސަށް ނުވަތަ ހުއްދައަށް އެދޭ ފަރާތުން އެ ތަނެއްގައި ނުވަތަ އެ އިމާރާތެއްގައި ނުވަތަ އެ އުޅަނދެއްގައި އެ މަސައްކަތް ކުރުމުގެ ހުއްދަ އޮތް ތަނެއްކަން އެނގޭ ފަދަ ލިޔުމެއް؛
  4. ލައިސަންސަށް ނުވަތަ ހުއްދައަށް އެދި ހުށަހަޅާ ފަރާތަކީ އުޅަނދުގެ ނުވަތަ ތަނުގެ ގާނޫނީ ވެރިފަރާތް ނޫން އެހެން ފަރާތެއް ނަމަ؛ ލައިސަންސަށް ނުވަތަ ހުއްދައަށް އެދި ހުށަހެޅުމަށް ގާނޫނީ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް "މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ ޓެމްޕްލޭޓަށް"؛
  5. އެ ހަރަކާތަކީ ދިވެހިރާއްޖޭގެ ކަމާ ގުޅޭ ގާނޫނުތަކާ އެއްގޮތަށް އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް (އީ.އައި.އޭ) ހަދަންޖެހޭ ހަރަކާތެއް ނަމަ، ކަމާ ގުޅޭ އިދާރާއިން ދޫކޮށްފައިވާ އީ.އައި.އޭ ޑިސިށަން ސްޓޭޓްމަންޓް؛
  6. ލައިސަންސަށް ނުވަތަ ހުއްދައަށް އެދޭ ފޯމުގައި، ފޯމާއެކު ހުށަހެޅުމަށް ބަޔާންކޮށްފައިވާ މިނޫންވެސް ކަމާ ގުޅޭ އެހެން ލިއުމެއް ނުވަތަ މައުލޫމާތެއް؛

(ރ) މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ލައިސަންސެއް ނުވަތަ ހުއްދައެއް އައުކުރުމަށް ހުށަހެޅޭނީ، އެ ލައިސަންސްގެ މުއްދަތު ހަމަވުމަށް 30 (ތިރީސް) ދުވަހަށް ވުމަށް ފަހުގައެވެ.

(ބ) މި ގަވާއިދުގެ ދަށުން އައު ލައިސަންސެއް ނުވަތަ ހުއްދައެއް ހޯދުމަށް ނުވަތަ އައުކުރުމަށް އެދޭ ފަރާތްތަކުން، ލައިސަންސް ނުވަތަ ހުއްދަ ބޭނުންވާ ތާރީހުގެ 3 (ތިނެއް) ދުވަހުގެ ކުރިން، ލައިސަންސަށް ނުވަތަ ހުއްދައަށް އެދި ހުށަހަޅަންވާނެއެވެ. ލައިސަންސް ނުވަތަ ހުއްދަ ދިނުމަށް ދުވަސް ގުނުމުގައި،ސަރުކާރު ބަންދު ދުވަސްތަކެއް ނުހިމެނޭނެއެވެ.

 

5 ވަނަ މާއްދާ - ލައިސަންސް ނުވަތަ ހުއްދަ ދޫކުރުން

(ހ) މި ގަވާއިދުގެ ދަށުން ދޫކުރަންޖެހޭ ލައިސަންސެއް ނުވަތަ ހުއްދައެއް ދޫކުރާނީ،ލައިސަންސަށް ނުވަތަ ހުއްދައަށް އެދޭ ފޯމު ފުރިހަމަކޮށްފައި، އެ ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުން ފުރިހަމަކުރުމާއެކު، އެ ލައިސަންސެއްގެ ފީ،މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ދައްކައި ހަލާސްކުރުމުންނެވެ.

(ށ) މަސްވެރިކަން ކުރުމަށް ނުވަތަ މަސްވެރިކަމާ ގުޅުންހުރި ހަރަކާތެއް ދިވެހިރާއްޖޭގެ ސަރަހައްދުގައި ނުވަތަ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި ހިންގުމަށް ލައިސަންސް ނުވަތަ ހުއްދަ ދެވޭނީ ހަމައެކަނި މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން އެ ކަމެއް ހަވާލުކޮށްފައިވާ ފަރާތަކަށެވެ.

 

6 ވަނަ މާއްދާ - ލައިސަންސް ނުވަތަ ހުއްދަ ދޫނުކުރެވޭނެ ހާލަތްތައް 

އަންނަނިވި ހާލަތްތަކުގައި، މި ގަވާއިދުގެ ދަށުން ދޫކުރާ އެއްވެސް ލައިސަންސެއް ނުވަތަ ހުއްދައެއް ދުލެއް ނުކުރެވޭނެއެވެ.

(ހ) ލައިސަންސަށް ނުވަތަ ހުއްދައަށް އެދި ހުށަހަޅާ ފަރާތަކީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދަކާ ނުވަތަ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭނަކާ ހިލާފުވެގެން މިނިސްޓްރީއަށް ދައްކަންޖެހޭ ޖޫރިމަނާއެއް ދައްކައިފައިނުވާ ފަރާތަކަށް ވުން ނުވަތަ އެ ޖޫރިމަނާއެއް ދައްކަމުން ގެންދަންޖެހޭ ގޮތަށް ދައްކަމުން ނުދާ ފަރާތަކަށް ވުން.

(ށ) ލައިސަންސަށް ނުވަތަ ހުއްދައަށް އެދި ހުށަހަޅާ ފަރާތަކީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދަކާއި ނުވަތަ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭނަކާ ހިލާފުވެގެން ލައިސަންސް ނުވަތަ ހުއްދަ ބާތިލުކޮށް، ވަކި މުއްދަތަކަށް ލައިސަންސް ނުވަތަ ހުއްދަ އައުކޮށް ނުދިނުމަށް ކަނޑައަޅައިފައިވާ މުއްދަތު ހަމަނުވާ ފަރާތަކަށް ވުން.

(ނ) ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދެއްގައި ނުވަތަ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭނެއްގައި އެ މަސްވެރިކަމަކަށް ނުވަތަ އެ ހަރަކާތަކަށް ދޫކުރުމަށް ކަނޑައަޅައިފައިވާ ލައިސަންސްގެ ނުވަތަ ހުއްދައިގެ އަދަދު ހަމަވެފައިވުން.

(ރ) ލައިސަންސްތަކަށް ނުވަތަ ހުއްދަތަކަށް އެދި ހުށަހެޅުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަމަށް ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ދަށުން ހަދައިފައިވާ، ކަމާ ގުޅޭ ގަވާއިދުތަކާއި މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތަކުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކަމެއް ފުރިހަމަވެފައި ނުވުން.

(ބ) ލައިސަންސަށް އެދި ހުށަހަޅާ އުޅަނދަކީ، ގާނޫނާއި ގަވާއިދާ ހިލާފަށް ބެލެހެއްޓުމެއް ނެތި އަދި ރިޕޯޓްކުރުމެއް ނެތި ކުރާ މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވުމުގެ ސަބަބުން، ގައުމީ ފެންވަރުގައި ނުވަތަ ބައިނަލްއަގްވާމީ ފެންވަރުގައި އެކުލަވައިލައިފައިވާ އެއްވެސް އިލީގަލް، އަންރެގިއުލޭޓެޑް އެންޑް އަންރިޕޯޓެޑް (އައި.ޔޫ.ޔޫ) ވެސަލް ލިސްޓެއްގައި ހިމަނައިފައިވާ އުޅަނދަކަށް ވުން.

 

7 ވަނަ މާއްދާ - ލައިސަންސްގައި ހިމަނަންޖެހޭ މައުލޫމަތު

މި ގަވާއިދުގެ ދަށުން ދޫކުރާ ލައިސަންސްގައި ނުވަތަ ހުއްދައިގައި، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) ލައިސަންސްގެ ނުވަތަ ހުއްދައިގެ ވެރިފަރާތް ނުވަތަ ޒިންމާވާ ފަރާތުގެ ނަމާއި،އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ ކުންފުނީގެ ރަޖިސްޓްރޭށަން ނަންބަރު؛

(ށ) ލައިސަންސްގެ ދަށުން ނުވަތަ ހުއްދައިގެ ދަށުން ހުއްދަކުރެވޭ ހަރަކާތް؛

(ނ) ލައިސަންސްގެ ދަށުން ނުވަތަ ހުއްދައިގެ ދަށުން މަސްވެރިކަން ކުރުމަށް ނުވަތަ އެ މަސައްކަތެއް ކުރުމަށް ހުއްދަދެވޭ ސަރަހައްދެއް ނުވަތަ އިމާރާތެއް ނުވަތަ ތަނެއް؛

(ރ) ލައިސަންސް ނުވަތަ ހުއްދަ ދޫކުރާ އުޅަނދުގެ ނަމާއި، ރަޖިސްޓްރޭށަން ނަންބަރާއި، އެހެނިހެން ތަފުސީލު؛

(ބ) މަސައްކަތް ކުރުމަށް ލައިސަންސް ނުވަތަ ހުއްދަ ދޫކުރާ އިމާރާތް ނުވަތަ ތަނެއްގެ ނަން އަދި/ނުވަތަ އެޑްރެސް؛

(ޅ) ލައިސަންސްގެ ނުވަތަ ހުއްދައިގެ ނަންބަރާއި، މުއްދަތު؛ އަދި

(ކ) ލައިސަންސްގެ ނުވަތަ ހުއްދައިގެ ށަރުތުތައް.

 

8 ވަނަ މާއްދާ - ލައިސަންސް ނުވަތަ ހުއްދަ ގެއްލިގެން ނުވަތަ ހަލާކުވެގެން އައުކުރުން 

(ހ) މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ، މުއްދަތު ހަމަނުވާ ލައިސަންސެއް ނުވަތަ ހުއްދައެއް ގެއްލިގެން ނުވަތަ ހަލާކުވެގެން އޭގެ ކޮޕީއަކަށް އެދި ވެރިފަރާތުން ހުށަހަޅާނީ، އެ ލައިސަންސަކަށް އެދި ހުށަހަޅުމަށް މިނިސްޓްރީން ތައްޔާރުކޮށް އާންމުކޮށްފައިވާ ފޯމު ނުވަތަ "ފިށަރީޒް އިންފޮމޭށަން ސިސްޓަމް - ކެޔޮޅު" މެދުވެރިކޮށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ލައިސަންސްގެ ނުވަތަ ހުއްދައިގެ ކޮޕީއެއް ދޫކުރުމަށް އެއްވެސް ފީއެއް ނުނަގާނެއެވެ.

 

9 ވަނަ މާއްދާ - ލައިސަންސްގެ ނުވަތަ ހުއްދައިގެ ވެރިފަރާތް ބަދަލުކުރުން

މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ލައިސަންސްގެ ނުވަތަ ހުއްދައިގެ މުއްދަތުގައި، އެ ލައިސަންސެއްގެ ނުވަތަ ހުއްދައިގެ ވެރިފަރާތް ނުވަތަ ޒިންމާވާ ފަރާތް ނުވަތަ އިމްތިޔާޒުތައް ލިބޭ ފަރާތް އެހެން ފަރާތަކަށް ބަދަލެއް ނުކުރެވޭނެއެވެ.

 

10 ވަނަ މާއްދާ - ލައިސަންސް ނުވަތަ ހުއްދަ ބާތިލުކުރުން

(ހ) މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ލައިސަންސެއްގެ ނުވަތަ ހުއްދައެއްގެ މުއްދަތުގެ ތެރޭގައި، ލައިސަންސްގެ ނުވަތަ ހުއްދައިގެ ވެރިފަރާތުން ލައިސަންސް ބާތިލުކުރަން ބޭނުންވެއްޖެ ހިނދެއްގައި، އެކަމަށް އެދި ހުށަހަޅާނީ، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމު ނުވަތަ "ފިށަރީޒް އިންފޮމޭށަން ސިސްޓަމް - ކެޔޮޅު" މެދުވެރިކޮށެވެ.

(ށ) ލައިސަންސެއް ނުވަތަ ހުއްދައެއް މި ގަވާއިދުގެ ދަށުން ދޫކުރި ފަހުން، އެ ލައިސަންސް ނުވަތަ ހުއްދަ ހޯދުމަށް އެދުނު ފަރާތުން ހުށަހަޅައިފައިވަނީ ސައްހަނޫން ލިޔެކިޔުންތަކެއް ކަމަށް މިނިސްޓްރީއަށް ފާހަގަކުރެވިއްޖެ ނަމަ، އެ ލައިސަންސެއް ނުވަތަ ހުއްދައެއް ބާތިލުކުރަންވާނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ލައިސަންސެއް ނުވަތަ ހުއްދައެއް ދޫކޮށްފައިވާ އުޅަނދަކުން ގާނޫނާއި ގަވާއިދާ ހިލާފަށް ބެލެހެއްޓުމެއް އަދި ރިޕޯޓްކުރުމެއް ނެތި ކުރާ މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވުމުގެ ސަބަބުން ގައުމީ ފެންވަރުގައި ނުވަތަ ބައިނަލްއަގްވާމީ ފެންވަރުގައި އެކުލަވައިލައިފައިވާ އެއްވެސް އިލީގަލް، އަންރެގިއުލޭޓެޑް އެންޑް އަންރިޕޯޓެޑް (އައި.ޔޫ.ޔޫ) ވެސަލް ލިސްޓެއްގައި ހިމެނިފައިވާ ނަމަ، އެ ލައިސަންސެއް ނުވަތަ ހުއްދައެއް ބާތިލުކުރަންވާނެއެވެ.

(ރ) ގަވާއިދު ނަންބަރު 74/2020 (މަސްވެރިކަމުގެ ގާނޫނާއި ގަވާއިދާ ހިލާފު ހަރަކާތްތަކަށް އިދާރީ ފިޔަވަޅު އެޅުމާއި ޖޫރިމަނާކުރުމާބެހޭ ގަވާއިދު) ގެ ދަށުން ލައިސަންސެއް ނުވަތަ ހުއްދައެއް ބާތިލުކުރުމަށް ނިންމައިފައިވާ ނަމަ، އެ ލައިސަންސެއް ނުވަތަ ހުއްދައެއް ބާތިލުކުރަންވާނެއެވެ.

(ބ) މި ގަވާއިދުގެ ދަށުން ލައިސަންސް ނުވަތަ ހުއްދަ ދޫކޮށްފައިވާ އެއްވެސް އުޅަނދެއްގެ ނުވަތަ ތަނެއްގެ ރަޖިސްޓްރޭށަން، ކަމާ ގުޅޭ އިދާރާއަކުން ބާތިލުކޮށްފި ނަމަ، ނުވަތަ ވަގުތީގޮތުން ހިފަހައްޓައިފި ނަމަ، އެ އުޅަނދަކަށް ނުވަތައެ ތަނަކަށް މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ލައިސަންސް ނުވަތަ ހުއްދަ ވެސް އެ އިދާރާގެ ނިންމުމާ އެއްގޮތަށް ބާތިލުކުރަންވާނެއެވެ. ނުވަތަ ވަގުތީގޮތުން ހިފަހައްޓަންވާނެއެވެ. އަދި އެފަދަ އުޅަނދެއްގެ ނުވަތަ ތަނެއްގެ ރަޖިސްޓްރޭށަން ބާތިލުކުރުމަށް ކަމާ ގުޅޭ އިދާރާއިން ނިންމި ނިންމުން މުރާޖައާކޮށް، ރަޖިސްޓްރޭށަން ވަގުތީގޮތުން ހިފަހައްޓަން ނުވަތަ ބާތިލުކުރަން ނުފެންނަ ކަމަށް ނިންމައިފި ނަމަ، އެ ނިންމުމާ އެއްގޮތަށް މި ގަވާއިދުގެ ދަށުން ދޫކުރާ ލައިސަންސް ނުވަތަ ހުއްދައާ މެދުވެސް އަމަލުކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ށ) ނުވަތަ (ނ) ނުވަތަ (ރ) ނުވަތަ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މުއްދަތު ހަމަވުމުގެ ކުރިން ބާތިލުކުރާ ލައިސަންސްތަކަށް ނުވަތަ ހުއްދަތަކަށް ބާކީ އޮތް މުއްދަތަށްވާ ފީ، ލައިސަންސްގެ ނުވަތަ ހުއްދައިގެ ވެރިފަރާތަށް މިނިސްޓްރީން އަނބުރާ ރައްދުކުރާކަށެއް ނުޖެހޭނެއެވެ.

 

11 ވަނަ މާއްދާ - ލައިސަންސްގެ މުއްދަތާއި ފީ

(ހ) މި ގަވާއިދުގެ ދަށުން ދޫކުރާ ލައިސަންސާއި ހުއްދައިގެ ފީ ނަގާނީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ދަށުން ހަދައިފައިވާ، ކަމާ ގުޅޭ ގަވާއިދުތަކުގައި ނުވަތަ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ށ) މި ގަވާއިދުގެ ދަށުން ދޫކުރާ ލައިސަންސާއި ހުއްދަތަކަށް ދައްކަންޖެހޭ ފީ،މިނިސްޓްރީއަށް ނުވަތަ ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލް މެދުވެރިކޮށް ދެއްކިދާނެއެވެ.

 

12 ވަނަ މާއްދާ - މައުލޫމާތު އެއްކުރުމާއި މައުލޫމާތު ބެލެހެއްޓުން

މި ގަވާއިދުގެ ދަށުން މިނިސްޓްރީން ދޫކުރާ ލައިސަންސްތަކާއި ހުއްދަތަކާ ގުޅޭގޮތުން ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭ ގައުމީ ރަޖިސްޓަރީއެއް، މިނިސްޓްރީން އެކުލަވައިލައި، އެ ރަޖިސްޓަރީ އަދާހަމަކޮށް ބަލަހައްޓަންވާނެއެވެ. މި ރަޖިސްޓަރީގައި،ތިރީގައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) މި ގަވާއިދުގެ ދަށުން ލައިސަންސް ނުވަތަ ހުއްދަ ހޯދަން އެދުނު ފަރާތްތަކާބެހޭ މައުލޫމާތު؛

(ށ) މި ގަވާއިދުގެ ދަށުން ދޫކުރާ، ނުވަތަ އައުކުރާ، ނުވަތަ ބާތިލުކުރާ ލައިސަންސްގެ ނުވަތަ ހުއްދައިގެ މައުލޫމާތު؛

(ނ) ލައިސަންސް ނުވަތަ ހުއްދަ ދޫކޮށްފައިވާ ހަރަކާތުގެ ތަފުސީލު؛

(ރ) ލައިސަންސް ނުވަތަ ހުއްދަ ދޫކުރާ ފަރާތުގެ މައުލޫމާތު؛ އަދި

(ބ) ލައިސަންސް ނުވަތަ ހުއްދަ ދޫކުރާ އުޅަނދުގެ ނުވަތަ ތަނުގެ މައުލޫމާތު.

 

13 ވަނަ މާއްދާ - އިންތިގާލީ މާއްދާ

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 1987-05 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ދަށުން ދޫކޮށްފައިވާ އެންމެހައި ލައިސަންސްތަކާއި ހުއްދަތަކަކީ މި މާއްދާގެ (ށ) އަށް އުނިކަން ނާންނަ ގޮތެއްގެ މަތިން، މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ލައިސަންސްތަކާއި ހުއްދަތައް ކަމުގައި ބަލައި، އެ ލައިސަންސްތަކާއި ހުއްދަތަކުގެ ބާކީ އޮތް މުއްދަތަށް ދެމިއޮންނާނެ ލައިސަންސްތަކަކާއި ހުއްދަތަކެކެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނު ނަންބަރު 1987-05 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ދަށުން ދޫކޮށްފައިވާ އެއްވެސް ލައިސަންސެއް ނުވަތަ ހުއްދައެއް އިސްލާހުކުރަން ޖެހޭކަމަށް ނުވަތަ ލައިސަންސްގެ ނުވަތަ ހުއްދައިގެ ށަރުތުތަކަށް ބަދަލުގެންނަން ޖެހޭކަމަށް މިނިސްޓްރީއަށް ފެނިއްޖެ ހިނދެއްގައި، އެކަން ކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. މިގޮތަށް ބަދަލުގެންނަ ހާލަތުގައި މިނިސްޓްރީން އެކަން އާންމުކޮށް އަންގައި އިއުލާނު ކުރަންވާނެއެވެ.

 

14 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައިވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް، ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އެކުއަކަލްޗަރ ކުރުމުގެ ކަންކަން ހިމެނޭގޮތުން މަސްވެރިކަމުގެ އެންމެހައި ކަންކަމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ށ) "މަސްވެރިކަން ކުރުން" ކަމަށް ބުނެފައި އެވަނީ:

  1. ހިފުމަށާއި، ނެގުމަށާއި، މެރުމަށާއި ބޭނުމަށް މަސް ހޯދުން؛
  2. މަސް ހޯދުމަށް، ހިފުމަށް، ނެގުމަށް، ނުވަތަ މަސް މެރުމަށް މަސައްކަތްކުރުން؛
  3. އެކަންކަމުގެ ނަތީޖާއަކީ މަސް ހޯދުން، ހިފުން، ނެގުން، މެރުން ނުވަތަ މަސް ބޭނުންކަމުގައި ހިމެނޭ އެނޫންވެސް އެހެން ހަރަކާތްތައް ހިންގުން؛
  4. ރޭޑިއޯ ބީކަން" ހިމެނޭގޮތަށް، މަސް ޖަމާކުރުވުމަށް ބޭނުންކުރާ އާލާތް ނުވަތަ އެގްރިގޭޓް ކުރުމާ ގުޅޭ ސާމާނު ބެހެއްޓުން، ހޯދުން ނުވަތަ އަނބުރާ ހޯދުން؛
  5. މޫދުގައި ނުވަތަ ކަނޑުގައި ނުވަތަ ރަށެއްގެ އެއްގަމުގައި، މި މާއްދާގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރު ނުވަތަ (4) ވަނަ ނަންބަރުގައި ބުނެފައިވާ އެއްވެސް ހަރަކާތެއް ހިންގުމަށް ތައްޔާރުވުމަށްޓަކައި އެއްވެސް ކަމެއް ހިންގުން.

(ނ) "މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް" ކަމަށް ބުނެފައި އެވަނީ:

  1. މަސް ނުވަތަ މަހުގެ އުފެއްދުންތައް ކަނޑުގައި ދުއްވާ އުޅަނދަކަށް ގެންދިއުމަށް، ނުވަތަ މަސް ނުވަތަ އެފަދަ އުފެއްދުމެއް ކަނޑުގައި ދުއްވާ އުޅަނދަކުން އެހެން ތަނަކަށް ގެންދިއުމަށް (ޓްރާންށިޕްކުރުން)؛
  2. މަސް ބާނާ ވަގުތުން ފެށިގެން ނުވަތަ މަސް ނަގާ ވަގުތުން ފެށިގެން އެއް ތަނުން އަނެއް ތަނަށް މަސް ގެންދިއުން، ނުވަތަ މަސް ހަލާކުނުވާ ގޮތަށް ރައްކާކުރުމަށް؛
  3. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ނަގައިގެން އެއްގަމަށް ފުރަތަމަ ގެނެވޭ ވަގުތާ ހަމައަށް، މަހާއި މަހުގެ އުފެއްދުންތައް ރައްކާކުރުމާއި، ގަތުމާއި، ޕްރޮސެސްކުރުމަށް؛
  4. މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރުމަށް؛
  5. މަސްވެރިކަން ކުރާ އުޅަނދުފަހަރަށް ތެޔޮ އެޅުން ނުވަތަ ތެޔޮ ފޯރުވައިދިނުން ނުވަތަ މަސްވެރިކަމުގެ ހަރަކާތްތައް ހިންގުމަށް އެއްބާރުލުން ދިނުމަށްޓަކައި އެއްވެސް ހަރަކާތެއް ނުވަތަ ހިދުމަތެއް ފޯރުވައިދިނުމަށް؛އަދި
  6. މި މާއްދާގެ (1) ވަނަ ނަންބަރުން ފެށިގެން (5) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ އެއްވެސް މަސައްކަތެއް ކުރުމަށް ނުވަތަ އެފަދަ މަސައްކަތެއް ކުރުމަށް ތައްޔާރުވުމަށް.

(ރ) "އުޅަނދު" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމަށް ބޭނުންކުރާ ނުވަތަ މަސްވެރިކަން ކުރުމަށް ތައްޔާރުކޮށްފައިވާ ނުވަތަ އާންމުގޮތެއްގައި މަސްވެރިކަން ކުރުމަށް ނުވަތަ މަސްވެރިކަމާ ގުޅުންހުރި ހަރަކާތެއް ހިންގުމަށް ބޭނުންކުރާ ބާވަތެއްގެ އެއްވެސް އުޅަނދެއް، ކަނޑު ބޯޓެއް ނުވަތަ އެނޫންވެސް އުޅަނދަކަށެވެ.

(ބ) "އެކުއަކަލްޗަރ ކުރުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސަރަހައްދުގައި އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ ތެރޭގައި، ފެނުގެ ދިރުންހުރި ވަސީލަތްތައް ވިއްސައި، ދިރުވައި، އާލާކޮށް، ގެންގުޅެ ބޮޑުކުރުމަށެވެ.

(ޅ) "އެކުއަކަލްޗަރއާ ގުޅުން ހުރި ހަރަކާތް" ކަމަށް ބުނެފައި އެވަނީ، ކަރަންޓީނު ފެސިލިޓީ ގާއިމްކުރުމާއި، ހިންގުމާއި، އެކުއަކަލްޗަރ ކުރުމަށް ބޭނުންވާ ކާނާ އުފެއްދުމާ ގުޅުންހުރި މަސައްކަތްތަކަށެވެ.

(ކ) "މަސް ޕްރޮސެސްކުރާ ތަންތަން" ކަމަށް ބުނެފައި އެވަނީ، ބިންބިމާއި،އިމާރާތްތަކާއި އެނޫންވެސް ތަންތަން އަދި އެ ތަނެއްގައި:

  1. މަސް ނުވަތަ އެކުއަކަލްޗަރގެ އުފެއްދުންތައް ސާފުކޮށް، ބަންދުކޮށް،ފިނިކޮށް، ގަނޑުކޮށް، ލޮނުއަޅައި، ހިއްކައި، އެނޫންވެސް އެހެންގޮތަކަށް ދިވެހިރާއްޖޭއާއި ދިވެހިރާއްޖެއިން ބޭރުގައި ވިއްކުމަށް ތައްޔާރުކުރާ ތަންތަން؛ ނުވަތަ
  2. ބަންދުކޮށް ނުވަތަ ޕެކެޓުކޮށް، ދަޅުގައި ބަންދުކޮށް، ހިއްކައި، ސާފުކޮށް،ލޮނުއަޅައި، ފިނިކޮށް، ގަނޑުކޮށް ނުވަތަ އެނޫންވެސް އެހެންގޮތަކަށް ދިވެހިރާއްޖޭއާއި ދިވެހިރާއްޖޭން ބޭރުގައި ވިއްކުމުގެ ބޭނުމަށްޓަކައި، މަސް ނުވަތަ އެކުއަކަލްޗަރގެ އުފެއްދުންތައް ރައްކާކޮށްފައި ބަހައްޓާ ތަންތަން.

(އ) "މަސް ޕްރޮސެސްކުރުން" ކަމަށް ބުނެފައި އެވަނީ:

  1. މަސް ނުވަތަ އެކުއަކަލްޗަރގެ އުފެއްދުންތައް ސާފުކޮށް، ނުވަތަ ބަންދުކޮށް،ނުވަތަ ފިނިކޮށް، ނުވަތަ ގަނޑުކޮށް، ނުވަތަ ލޮނުއަޅައި، ނުވަތަ ހިއްކައި،ނުވަތަ އެނޫން އެހެން ގޮތަކަށް ވެސް ތައްޔާރުކުރުން؛ ނުވަތަ
  2. ބަންދުކޮށް ނުވަތަ ޕެކެޓުކޮށް، ނުވަތަ ދަޅުގައި ބަންދުކޮށް، ނުވަތަ ހިއްކައި،ނުވަތަ ސާފުކޮށް، ނުވަތަ ލޮނުއަޅައި، ނުވަތަ ފިނިކޮށް، ނުވަތަ ގަނޑުކޮށް ނުވަތަ އެނޫން އެހެން ގޮތަކަށް ވެސް މަސް ނުވަތަ އެކުއަކަލްޗަރގެ އުފެއްދުންތައް ރައްކާކުރުން.

(ވ) "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތައް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1996-06 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު) ގައިބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އެތެރޭ ކަނޑާއި އާކިޕެލެޖިކް ކަނޑާއި ސަރަހައްދީ ކަނޑު އަދި ހާއްސަ އިގްތިސާދީ ކަނޑަށެވެ.

(މ) "ދިވެހިރާއްޖޭގެ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ސަރަހައްދަށެވެ.

(ފ) "މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 3 ވަނަ ބާބާ ގުޅިގެން މަސްވެރިކަން ރާވައި، ހިންގައި، ބަލަހައްޓައި، ތަރައްގީކުރުމާ ބެހޭ ޕްލޭނަށެވެ.

(ދ) "ފިށަރީޒް އިންފޮމޭށަން ސިސްޓަމް - ކެޔޮޅު" ކަމަށް ބުނެފައި އެވަނީ،މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކުގެ މައުލޫމާތު ރިކޯޑުކުރުމަށާއި، މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ހިންގުމަށް ބޭނުންވާ ލައިސަންސާއި ހުއްދަ ދޫކުރުމަށް މިނިސްޓްރީން ގާއިމްކޮށްފައިވާ ނިޒާމަށެވެ. 

(ތ) "ގާނޫނީ ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ކަމާބެހޭ އިދާރާއަކުން އެ އުޅަނދެއް ނުވަތަ އެ ތަނެއް އެ ފަރާތުގެ ނަމުގައި ރަޖިސްޓަރީ ކޮށްދީފައިވާ ފަރާތަކަށެވެ.

 

15 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

މަސްވެރިކަމުގެ ގާނޫނު (ގާނޫނު ނަންބަރު 2019-14)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު