-

"އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދު" އަށް 1 ވަނަ އިސްލާހު ގެނައުން

(ގަވާއިދު ނަންބަރު 2013-03)

 

 

ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރު ފަތުރުގެ ގާނޫނު)ގެ 3 ވަނަ މާއްދާގެ (ހ) އިން ބާރުލިބިގެން އެކުލަވައިލާފައިވާ "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު" ގެ 4 ވަނަ މާއްދާގެ (ބ) ގެ 3 ވަނަ ނަންބަރު އިސްލާހުކޮށް، މިމާއްދާގެ (ޅ) ގެ ފަހަތަށް (ކ) އިތުރުކޮށްފީމެވެ.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (ބ) ގެ 3 ވަނަ ނަންބަރަށް އަންނަނިވިގޮތަށް އިސްލާހު ގެނައުން

3. އުފެއްދި އަހަރުން ފެށީގެން 5 އަހަރަށްވުރެ އިތުރުވެފައިވާ ކާރު، ވޭން، ބަސް، ލޭންޑްރޯވަރ، ފަދަ ދަތުރުކުރުމަށް ގެންގުޅޭ އެއްގަމުއުޅަނދާއި އުފުލޭ ބަރުދަން 1 ޓަނު ހަމަނުވާ ޕިކަޕް.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް އަންނަނިވިގޮތަށް (ކ) އިތުރުކުރުން.

(ކ) މި މާއްދާގެ ދަށުން ރަޖިސްޓްރީ ކުރާ އެއްގަމު އުޅަނދުގެތެރެއިން ސައިކަލު ނުވަތަ ދެފުރޮޅުލީ އެއްގަމު އުޅަނދު ފިއަވައި ދެންހުރި ހުރިހައި އުޅަނދެއް ރާއްޖެއަށް އެތެރެކުރުމުގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީން އެ އުޅަނދެއް ރާއްޖެއަށް އެތެރެ ކުރުމުގެ ހުއްދަ ނަގަންވާނެއެވެ. އަދި ހުއްދަ ނަގަން ހުށަހަޅާއިރު ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ހުށަހަޅަންވާނެއެވެ.

 

ބްރޭންޑް ނިއު އުޅަނދު އެތެރެކުރާނަމަ

  1. ފުރިހަމަކޮށްފައިވާ (L-10) އެޕްލިކޭށަން ފޯމު.
  2. އުޅަނދު ގެންނަ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ނުވަތަ ކޮމްޕެނީ ރަޖިސްޓްރޭށަން ކޮޕީ.
  3. މެނިފެކްޗަރ ސެެޓްފިކެޓްގެ ނުވަތަ އިންވޮއިސްގެ ކޮޕީ، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭގޮތަށް:
    - އުޅަނދު އުފެއްދި ކުންފުނި.
    - މޮޑެލް
    - ޗެސިސް ނަންބަރު
    - އިންޖީނު ނަންބަރު
    - އުފުލޭ ބަރުދަން ނުވަތަ އުފުލޭ މީހުންގެ އަދަދު
    - އުޅަނދު އުފެއްދި އަހަރު
  4. އުޅަނދު އުފެއްދި ތާރީހު އެނގޭނެ ރަސްމީފަރާތެއްގެ ލިއުން.
  5. ގަރާޖް ހުއްދަ.

 

ބޭނުންކޮށްފައިވާ އުޅަނދެއް އެތެރެކުރާނަމަ

  1. ފުރިހަމަކޮށްފައިވާ  (L-10) އެޕްލިކޭށަން ފޯމު.
  2. އުޅަނދު ގެންނަ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ނުވަތަ ކޮމްޕެނީ ރަޖިސްޓްރޭށަން ކޮޕީ.
  3. ރަޖިސްޓްރީކޮށްފައިވާ އުޅަނދެއްނަމަ ޑި ރެޖިސްޓްރޭށަނުގެ އަސްލާއި ކޮޕީ (އިނގިރޭސި ބަހުން ނެތްނަމަ ތަރުޖަމާއާއެކު)
  4. ރަޖިސްޓްރީ ނުކުރާ އުޅަނދެއްނަމަ މެނިފެކްޓަރ ސެޓިފިކެޓްގެ ނުވަތަ އިންވޮއިސްގެ އަސްލާއި ކޮޕީ، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭގޮތަށް:
    - އުޅަނދު އުފެއްދި ކުންފުނި
    - މޮޑެލް
    - ޗެސިސް ނަންބަރު
    - އިންޖީނު ނަންބަރު
    - އުފުލޭ ބަރުދަން ނުވަތަ އުފުލޭ މީހުންގެ އަދަދު
    - އުޅަނދު އުފެއްދި އަހަރު
  5. އުޅަނދު އުފެއްދި ތާރީހު އެނގޭނެ ރަސްމީ ފަރާތެއްގެ ލިއުން
  6. ގަރާޖް ހުއްދަ

 

3 ވަނަ މާއްދާ - "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު"އަށް ގެނެވުނު 1 ވަނަ އިސްލާހަށް އަމަލުކުރަން ފަށާނީ، މި އިސްލާހު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު (2009)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު (6 މެއި2009) (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2009-00)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު