-

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ގަވާއިދު

(ގަވާއިދު ނަންބަރު 2026-81)

(މި ގާނޫނަށް އަމަލުކުރަން ފެށީ 15 ސެޕްޓެމްބަރު 2026 ގައި)

މި ފައިލް އަދި އަޕްޑޭޓްކޮށް ނުނިމޭ

ޗެޕްޓަރ 1

އާންމު މާއްދާތައް

 

1 ވަނަ މާއްދާ - ތައާރުފު 

(ހ) މި ގަވާއިދަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (މީގެ ފަހުން "މި އޮފީސް") ގެ މުވައްޒަފުންނަށް ވަޒީފާ ހަމަޖެއްސުމާއި، މަގާމުގެ ކުރިއެރުން ދިނުމާއި، ވަޒީފާ ބަދަލުކުރުމާއި، ވަޒީފާއިން ވަކިކުރުމާއި، ވަޒީފާއިން މުސްކުޅިކުރުމުގެ އުސޫލުތަކާއި، މަސައްކަތް ހަވާލުކުރުމާއި، މުވައްޒަފުންގެ މަސައްކަތުގެ ގަޑި ކަނޑައެޅުމާއި، މުވައްޒަފުންނަށް ޗުއްޓީ ދިނުމާއި، މުވައްޒަފުންނާ މެދު ފިޔަވަޅު އެޅުމާއި، މުވައްޒަފުންނާއި މުވައްޒަފުންގެ ވަޒީފާއާ ގުޅޭ އެނޫންވެސް އެންމެހައި ކަންކަމުގައި އަމަލުކުރާނެ އުސޫލުތަކާއި އިޖުރާތުތައް ކަނޑައެޅުމަށް ޓަކައި، ގާނޫނު ނަންބަރު 2008-09 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ގާނޫނު) ގެ 16 ވަނަ މާއްދާއާއި 23 ވަނަ މާއްދާއިން ބާރުލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ގަވާއިދު" އެވެ.

(ނ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މި ގަވާއިދަށް އަމަލުކުރަން ފެށުމުން، މީގެ ކުރިން މި އޮފީހުގައި އަމަލުކުރަމުންދިޔަ ގަވާއިދެއް ނުވަތަ އުސޫލެއް ތަންފީޒުކުރުމުގެ ގޮތުން މުވައްޒަފަކާ މެދު އަޅައިފައިވާ ފިޔަވަޅެއް ނުވަތަ ނިންމައިފައިވާ ނިންމުމެއް ނުވަތަ ލިބިދީފައިވާ ހައްގެއް ބާތިލެއް ނުވާނެއެވެ. އަދި މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން އަމަލުކުރެވުނު ގަވާއިދެއްގެ ދަށުން ނުވަތަ އުސޫލެއްގެ ދަށުން ލިބިދީފައިވާ ހައްގަކީ ވަކި މުއްދަތެއް ބަޔާންކޮށް ލިބިދީފައިވާ ހައްގެއް ނަމަ، އެ މުއްދަތު ހަމަވުމާ ހަމަޔަށް އެ ހައްގެއް، މި ގަވާއިދުގެ ދަށުން ލިބިދެވޭނެއެވެ. އަދި އެ މުއްދަތު ހަމަވުމާ ހަމަޔަށް އެ ހައްގަކާ ގުޅިފައިވާ އެންމެހައި މަންފާތަކާއި، މާލީ އިނާޔަތްތައް، ކުރީގެ ގަވާއިދުގައި ނުވަތަ އުސޫލުގައިވާ ގޮތުގެ މަތީން ލިބިދެވޭނެއެވެ.

(ރ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، މި ގަވާއިދުގައި ވަކިގޮތެއް ކަނޑައަޅައިފައިވާ ކަމަކާ ތައާރުޒުވާގޮތަށް ހަދައިފައިވާ އެންމެހައި ގަވާއިދުތަކާއި އުސޫ ލުތަކާއި އިންޓަރނަލް މެމޯތައް ބާތިލުވާނެއެވެ.

(ބ) މި ގަވާއިދުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެ ނަމަ ނުވަތަ މި ގަވާއިދުގައި ހިމެނިފައިވާކަމެއް މާނަކުރުމުގައި އޮޅުމެއް އަރައިފި ނުވަތަ ހިޔާލު ތަފާތުވުމެއް އުފެދިއްޖެ ނަމަ، އެ ކަމެއް ނިންމާނީ، މި އޮފީހުގެ ހިއުމަން ރިސޯސް ސެކްށަނުގެ މަށްވަރާޔާއެކު، ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ފަރާތެކެވެ.

 

2 ވަނަ މާއްދާ - މަގުސަދު 

މި ގަވާއިދުގެ މަގުސަދަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 223 ވަނަ މާއްދާއާއި ގާނޫނުތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މައްޗަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި، ވާޖިބުތަކާއި، މިނޫނަސް ޕްރޮސިކިއުޓަރ ޖެނެރަލްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް އެހީތެރިވެދިނުމަށާއި، މި އޮފީހުގެ މުވައްޒަފުންނާ ގުޅުންހުރި އެކިއެކި އުސޫލުތަކާއި، މިންގަނޑުތަކާއި، އިޖުރާތުތަކާއި ހަމަތައް ކަނޑައަޅައި ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ހިދުމަތުގެ އުސޫލުތައް 

މި އޮފީހުގެ މުވައްޒަފުން އޮފީހަށް ހިދުމަތްކުރުމުގައި އަމަލުކުރަންވާނީ، ތިރީގައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ހ) ކޮންމެ މުވައްޒަފަކު ވެސް، ޕްރޮސިކިއުޓަރ ޖެނެރަލްއަށާއި، އެ މުވައްޒަފަކު ރިޕޯޓުކުރަންޖެހޭ ފަރާތްތަކަށް ޖަވާބުދާރީވާންވާނެއެވެ.

(ށ) ކޮންމެ މުވައްޒަފަކު ވެސް، އެ މުވައްޒަފަކާ ހަވާލުވެފައިވާ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށާއި، ގާނޫނުތަކަށާއި، އިދާރީ ހިންގުމާބެހޭ އާންމު އުސޫލުތަކަށާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ އަދި ދިވެހިރާއްޖެއިން އަމަލުކުރަންޖެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާއި އެއްބަސްވުންތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެއެވެ.

(ނ) ކޮންމެ މުވައްޒަފަކު ވެސް، މި ގަވާއިދުގައި ހިމެނޭ ކަންކަމަށާއި، މި އޮފީހުގެ މުވައްޒަފުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާއި އަހުލާގީ މިންގަނޑަށް ފުރިހަމަޔަށް ހުރުމަތްތެރިކޮށް ހިތަންވާނެއެވެ.

(ރ) ކޮންމެ މުވައްޒަފަކު ވެސް، އެ މުވައްޒަފެއްގެ ޒިންމާ އަދާކުރުމުގައި، އެ މުވައްޒަފެއްގެ މަސައްކަތުގެ ދާއިރާގެ ޕްރޮފެށަނަލް މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.

 

4 ވަނަ މާއްދާ - އޮފީހުގެ ވަސީލަތްތައް ބޭނުންކުރުން

މި އޮފީހުގެ މުވައްޒަފުން، މި އޮފީހުގެ ވަސީލަތްތައް ބޭނުންކުރަންވާނީ، އިސްރާފުނުވާނޭ ގޮތެއްގެ މަތީން، އެ ވަސީލަތެއް ބޭނުންކުރުމުގެ ހުއްދަޔާއެކު، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް، އޮފީހުގެ ރަސްމީ ބޭނުންތަކަށް އެކަންޏެވެ.

 

5 ވަނަ މާއްދާ - އޮފީސް މާހައުލު 

މި ގަވާއިދުގެ ބޭނުމަށް ޓަކައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ގޮތުގައި ކަނޑައަޅައިފައިވާ އެންމެހައި ތަންތަނާއި، އޮފީހުގެ މުވައްޒަފެއްގެ ހައިސިއްޔަ ތުން ރަސްމީ ގަޑީގައި މަސައްކަތްކުރުމަށް އެ ވަގުތަކު ކަނޑައެޅިފައިވާ ކޮންމެ ތަނަކީ، އޮފީސް މާހައުލުކަމުގައި ބަލަންވާނެއެވެ.

 

6 ވަނަ މާއްދާ - މަސްލަހަތު ފުށުއަރާ މަސައްކަތެއް ނުކުރުން

(ހ) މި އޮފީހުގެ މުވައްޒަފެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާއަކާ ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ މައްޗަށް މަތިކޮށްފައިވާ މަސްއޫލިއްޔަތަކާ މަސްލަހަތު ފުށުއަރާ ފަދަ އެއްވެސް މަސައްކަތެއް، އާމްދަނީ ހޯދުމަށް ނުވަތަ ހިލޭސާބަހަށް ވިޔަސް މި އޮފީހުގެ އެއްވެސް މުވައްޒަފަކު ކޮށްގެން ނުވާނެއެވެ. އަދި އެފަދަ އެއްވެސް ހަރަކާތެއްގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިވެގެން ވެސް ނުވާނެއެވެ.

(ށ) ޕްރޮސިކިއުޓަރ ޖެނެރަލްގެ މައްޗަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރާ ގޮތާމެދު އާންމުންގެ މެދުގައި ސުވާލު އުފެދޭ ފަދަ ކަންކަން ކުރުމާއި، މި އޮފީހުގެ މުވައްޒަފުންގެ ނަޒާހަތްތެރިކަމާއި މިނިވަންކަމާމެދު ސުވާލު އުފެދޭ ފަދަ މަސައްކަތެއް ކުރުން ނުވަތަ އެފަދަ ހަރަކާތެއްގައި ބައިވެރިވުމަކީ ވެސް، މަސްލަހަތު ފުށުއަރާ މަސައްކަތްކުރުން ކަމުގައި ބެލެވޭނެއެވެ.

(ނ) މި ގަވާއިދުގެ ބޭނުމަށް، އަންނަނިވި މަސައްކަތްތައް ކުރުމަކީ މަސްލަހަތު ފުށުއަރާ
މަސައްކަތުގެ ގޮތުގައި ބެލެވޭނެއެވެ.

  1. ޖިނާއީ މައްސަލައެއްގެ އެއްވެސް މަރުހަލާއެއްގައި ވަކީލެއްގެ ހައިސިއްޔަތުން ނުވަތަ ވަކީލެއްގެ އެހީތެރިއެއްގެ ހައިސިއްޔަތުން ނުވަތަ އެނޫންވެސް ހައިސިއްޔަތަކުން، ތުހުމަތުކުރެވޭ މީހަކު ނުވަތަ ދައުވާލިބޭ މީ ހަކު ނުވަތަ ހެކިބަސްދޭ މީހަކު ނުވަތަ އަނިޔާ ލިބިފައިވާ ފަރާތް (ވިކްޓިމް) ތަމް ސީލުކުރުން؛
  2. އެ މަސައްކަތެއްގެ ބާވަތުން މި އޮފީހުގެ ރަސްމީ ގަޑީގެ ތެރޭގައި މަސައްކަތްކުރުން؛
  3. މި އޮފީހުގެ ހުއްދަ ނެތި، ށަރުއީ އެއްވެސް ކޯޓެއްގައި، އެއްވެސް ހައިސިއްޔަތަކުން، އެއްވެސް ފަރާތެއް ތަމްސީލުކުރުން.

 

7 ވަނަ މާއްދާ - އާމްދަނީ ހޯދުމަށް އިތުރު މަސައްކަތް ކުރުން

(ހ) މި އޮފީހުގެ އެއްވެސް މުވައްޒަފަކު، އާމްދަނީ ހޯދުމަށް އިތުރު އެއްވެސް މަސައްކަތެއް ކުރަމުންދާ ނަމަ ނުވަތަ މަސައްކަތެއް ފަށާ ނަމަ (މީގެ ތެރޭގައި ވިޔަފާރި ކުންފުނިތަކުގެ ހިއްސާދާރަކަށް ވުމާއި، އިންވެސްޓްމަންޓް ފަންޑުތަކުގައި އިންވެސްޓުކުރުން ފަދަ އިތުރު އާމްދަނީއެއް ލިބޭ އެންމެހައި ކަންކަން ހިމެނޭ ގޮތަށް) ސްޓާފް ޕޯޓަލް މެދުވެރިކޮށް އެކަން މި އޮފީހަށް އަންގަންވާނެއެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، މި އޮފީހުގެ ހުރިހާ މުވައްޒަފުން، އެ މުވައްޒަފެއްގެ އާމްދަނީގެ މައުލޫމާތު ފޯމު، މި ގަވާއިދަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ސްޓާފް ޕޯޓަލުގައި އަދާހަމަކުރަންވާނެއެވެ. އަދި އެ މައުލޫމާތަށް އަންނަ ބަދަލުތައް، ސްޓާފް ޕޯޓަލުގައި އަދާހަމަކުރަމުން ގެންދަންވާނެއެވެ.

 

8 ވަނަ މާއްދާ - ރިޕޯޓުކުރުން

މި އޮފީހުގެ އެއްވެސް މުވައްޒަފަކު މި ގަވާއިދާ ހިލާފު ކަމެއް ކުރާކަމަށް ނުވަތަ ކުރަން އުޅޭކަމަށް ތުހުމަތުކުރެވިއްޖެ ނަމަ، އެ މުވައްޒަފެއްގެ ސުޕަވައިޒަރަށް ނުވަތަ މި އޮފީހުގެ ހިއުމަން ރިސޯސް ސެކްށަނަށް، އެކަން އެނގުނު މީހަކު، ލަސްނުކޮށް އަންގަންވާނެއެވެ.

 

9 ވަނަ މާއްދާ - އިލްތިމާސްކުރުން

މި އޮފީހުގެ އެއްވެސް މުވައްޒަފަކާ މެދު އަމަލުކުރެވިފައިވަނީ މި ގަވާއިދާ ހިލާފަށްކަމަށް އެ މުވައްޒަފަކު ދެކޭ ނަމަ ނުވަތަ އަމަލުކުރެވިފައިވަނީ ބޭއިންސާފުންކަމަށް އެ މުވައްޒަފަކު ދެކޭ ނަމަ، އެކަން، ޕްރޮސިކިއުޓަރ ޖެނެރަލްއަށް އިލްތިމާސްކުރުމުގެ ހައްގު، ކޮންމެ މުވައްޒަފަކަށް ވެސް ލިބިގެންވެއެވެ.

 

10 ވަނަ މާއްދާ - އޮފީސް ހުޅުވައި ލެއްޕުން 

(ހ) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ހުޅުވައި ލެއްޕުމުގައި އަމަލުކުރާނީ، މި އޮފީހުގައި އޮފީސް ހުޅުވައި ލެއްޕުމަށް ހެދިފައިވާ އުސޫލާ އެއްގޮތަށެވެ.

(ށ) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ނުރަސްމީ ގަޑީގައި ނުވަތަ ބަންދު ދުވަސްދުވަހު ހުޅުވަންވާނީ، ޕްރޮސިކިއުޓަރ ޖެނެރަލް އަންގާ ގޮތެއްގެ މަތީންނެވެ. ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ ލަފާގެ މަތީން، ސެކްށަނެއް ހަވާލުވެހުރި ވެރިއެއްގެ ހުއްދަ ލިބިގެންނެވެ. އަދި މިގޮތަށް އޮފީސް ހުޅުވަންވާނީ، ކޮންމެހެން ވަގުތުން ނިންމަންޖެހޭ
މަސައްކަތް ނިންމުމަށް އެކަންޏެވެ.

 

 

ޗެޕްޓަރ 2

މަސައްކަތުގެ މާހައުލުގެ ސުލޫކީ މިންގަނޑާއި، އަހުލާގީ މިންގަނޑު

 

11 ވަނަ މާއްދާ - އާންމު ސުލޫކީ މިންގަނޑު

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑުތަކަށް ތަބާވުމާއެކު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ގާނޫނަށް ބަހާއި އަމަލުން ތަބާވެ، އެޔަށް އިހުތިރާމުކުރުމާއެކު، ދިވެހި މުޖުތަމައު ގަބޫލުކުރާ އެންމެ މަތީ އަހުލާގީ މިންގަނޑު ހިފަހައްޓާ ބަޔަކަށް ވުމަށް، މި އޮފީހުގެ އެންމެހައި މުވައްޒަފުން އަބަދުވެސް މަސައްކަތް ކުރަންވާނެއެވެ.

(ށ) މި އޮފީހުގެ ކޮންމެ މުވައްޒަފަކު ވެސް މަސައްކަތްކުރަންވާނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެހީތެރިވެ، އޮފީހުގެ އަމާޒާއިލަނޑުދަނޑިތައް ހާސިލުކުރުމުގައި ބައިވެރިވާ ބައިވެރިއެއްގެ ގޮތުންނާއި، މުވައްޒަފުގެގާބިލުކަން މަތިކުރުމަށާއި، މަސައްކަތުގެ ކުރިއެރުމަށާއި، އޮފީހުން ދޭ ހިދުމަތަކީ އެންމެފެންވަރު ރަނގަޅ،ު ދުނިޔޭގެ ނިސްބަތުން ވެސް ފާހަގަކޮށްލެވޭ މަގްބޫލު ހިދުމަތަކަށް
ހެދުމުގެ އަޒުމުގެ މަތީގައެވެ.

(ނ) މި އޮފީހުގެ ކޮންމެ މުވައްޒަފަކު ވެސް ކުރާ ކޮންމެ މަސައްކަތަކީ، ސަބަބުތަކުގެ މައްޗަށް ބިނާވާ، އަދި ޖަވާބުދާރީވެވޭ ގޮތަށް ކުރާ މަސައްކަތަކަށް ހަދަންވާނެއެވެ. އަދި މުވައްޒަފުކުރާ ރަސްމީ މަސައްކަތަކާ ގުޅޭގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ނުވަތަ އޮފީހުގައިކަނޑައެޅިފައި އޮންނަ އުސޫލެއްގެ ތެރެއިން ޖަވާބުދާރީވާން ޖެހިއްޖެ ނަމަ، ޖަވާބުދާރީވާންވާނެއެވެ.

 

12 ވަނަ މާއްދާ - އާންމު އަހުލާގީ މިންގަނޑު 

މި އޮފީހުގެ މުވައްޒަފުން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އާންމު އަހުލާގީ މިންގަނޑުތަކަށް ތަބާވުމާއެކު، ވަޒީފާގެ ޒިންމާ އަދާކުރުމުގައި އަންނަނިވި ހަމަތައް ހިފަހައްޓަންވާނެއެވެ.

(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި އެންމެހައި ގާނޫނުތަކަށް ތަބާވެ، އެ ގާނޫނުތަކަށް އިހުތިރާމުކުރުމާއި، އެ ގާނޫނުތަކުގެ ދަށުން ހުއްދަ އަމުރެއް ކުރާ ފަރާތެއްގެ އަމުރަށް ރަސްމީ ވާޖިބު އަދާކުރުމުގައި ތަބާވުން.

(ށ) ގާނޫނުގެ ވެރިކަން ނަގަހައްޓައި، ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ރައްކައުތެރިކުރުން.

(ނ) ޒާތީ އެއްވެސް ތައައްސުބަކާ ނުލައި، އަދި ހަމައެކަނި ކުރިމަތީގައިވާ ހެއްކާއި ވާގިއާތަކުގެ މައްޗަށް ނިންމުންތައް ނިންމުމާއި، މަސައްކަތްކުރުމުގައި މަސައްކަތަށާއި ވާޖިބަށް އިހްލާސްތެރިވުމާއި، އިންސާފުވެރިވުމާއި، ފަރުވާތެރިވުން.

(ރ) ރަސްމީ މަސައްކަތުގެ ދާއިރާގެ ތެރޭގައި އެހެން މީހުންނާ މުއާމަލާތް ކުރުމުގައްޔާއި، ކުށުގެ ތުހުމަތުކުރެވޭ މީހުންނާ މުއާމަލާތުކުރުމުގައި، އިހުތިރާމާއެކު މުއާމަލާތުކުރުން.

(ބ) ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރާއި އިހުތިޔާރު، ނުރަނގަޅު ނިޔަތެއްގައި ވަކިފަރާތަކަށް ފައިދާއެއް ހޯދައިދިނުމަށް ނުވަތަ ގެއްލުމެއް ދިނުމުގެ ބޭނުމުގައި ބޭނުންނުކުރުމާއި، ގާނޫނުގެ ދާއިރާގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ އިހުތިޔާރު ސައްހަގޮތުގައި ބޭނުންކުރުމާއި، އެ އިހުތިޔާރު ބޭނުންކުރުމުގައި އެހެން މީހުންގެ ހައްގުތަކަށާއި ވާޖިބުތަކަށާއި މަސްލަހަތުތަކަށް އިހުތިރާމުކުރުން.

(ޅ) އާންމު އުސޫލަކުން ކޮންމެ މީހަކަށް ވެސް ލިބެންއޮތް ހަދިޔާއެއް ނުވަތަ އެހީއެއް ނުވަތަ މަންފާއެއް ނުވަތަ މެހެމާންދާރީއެއް ފިޔަވައި އެނޫން ހަދިޔާއެއް ނުވަތަ އެހީއެއް ނުވަތަ މަންފާއެއް ނުވަތަ މެހެމާންދާރީއެއް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، އެއްވެސް ފަރާތަކުން ލިބިނުގަތުން.

(ކ) ތިމާއަށް ވަކި މީހަކު ނުވަތަ ވަކި ފަރާތަކުން ކޮށްދީފައިވާ ކަމެއްގެ މުގާބިލުގައި، އެހެން ކަމެއް ތިމާގެ ރަސްމީ ހައި ސިއްޔަތުން ކޮށްދޭންޖެހުން ލާޒިމުވާ ހާލަތަށް ތިމާ ނުދިއުން.

(އ) މަގާމުގައި ދެމިހުންނައިރު އަދި މަގާމުން ވަކިވުމަށްފަހުގައި ވެސް، މަގާމު އަދާކުރުމުގައި ތިމާއަށް ލިބިފައިވާ މައުލޫމާތުތަކާއި، މައްސަލަތަކާ ގުޅިގެން ލިބިފައިވާ، ސިއްރު ހިފަހައްޓަންޖެހޭ މައުލޫމާތުތައް ސިއްރުގެ ގޮތުގައި ހިފެހެއްޓުން.

(ވ) ގާނޫނުގައިވާ ގޮތުގެ މަތީން، ސައްހަގޮތުގައި އެހެން ފަރާތަކަށް ހާމަކުރަންޖެހޭ މައުލޫމާތު ހާމަކުރުމާއި، އެ މައުލޫމާތު އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި، ރަސްމީ ވާޖިބު އަދާކުރުމުގައި ސައްހަ މައުލޫ މާތު ފޯރުކޮށްދިނުމާއި، ނުރަނގަޅު ނުވަތަ ދޮގު މައުލޫމާތާއި ހަގީގަތް އޮޅޭގޮތަށް މައުލޫމާތު ހާމަނުކުރުން.

(މ) ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ވަޒީފާގެ ބޭނުންނުކުރުމާއި، ސިޔާސީ ހަރަކާތްތަކަށް ތާއީދުކުރަނީކަން ނުވަތަ ދެކޮޅުހަދަނީކަން ދޭހަވާ ފަދަ ކަމެއް ނުކުރުމާއި، ސިޔާސީ ނުފޫޒަކަށް ތިމާ ލެނބޭކަން ދޭހަވާ ފަދަ އެއްވެސް ކަމެއް ނުކުރުން.

(ފ) ނުހައްގު މުއްސަނދިކަމުން ސަލާމަތްވެ ތިބޭކަން ކަށަވަރުކުރުމުގެ ގޮތުން މާލީ ހާލަތަށް ސަމާލުވެ ތިބުމާއި، ކޮރަޕްށަނުން ރައްކައުތެރިވެގެންވާކަމުގެ ނަމޫނާ ދެއްކުން.

(ދ) ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި، ހާމަކަމާއި، ހަމަހަމަކަމާއި، ތަފާތުނުކުރުމުގެ ހަމަތަކަށް ކިޔަމަންތެރިވުމާއެކު، އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމުކުރުން.

 

13 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

(ހ) މި އޮފީހުގެ ސިއްރުކަމުގައި ބެލެވިދާނެ އެންމެހައި ކަންކަމާއި، އާންމު ފަރުދުންގެ ޒާތީ މައުލޫމާތާއި، މި އޮފީހުގެ މަސްލަހަތު ހިމެނޭ އެންމެހައި ކަމެއްގައި ސިއްރު ހިފަހައްޓަންވާނެއެވެ.

(ށ) މަގާމުގެ ހައިސިއްޔަތުން މުވައްޒަފަކަށް ލިބިފައިވާ މައުލޫމާތެއް ނުވަތަ އެނގިފައިވާ ވަކި ހާއްސަ ކަމެއް، އެ މުވައްޒަފެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން، އެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ޓަކައި ކޮންމެހެން ބޭނުންވާ މިންވަރަށް ވުރެ އިތުރަށް، ތިންވަނަ ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.

 

14 ވަނަ މާއްދާ - އޮފީހުގެ މަސައްކަތާ ގުޅޭ މައުލޫމާތު ބެލުމާއި، ލިބިގަތުމާއި، ފޯރުކޮށްދިނުމާއި، މީޑިއާއަށް މައުލޫމާތު ދިނުން

(ހ) ޖިނާއީ މައްސަލަތައް ތަހުގީގުކުރާ އިދާރާތަކުން ތަހުގީގުކުރަމުންގެންދާ މައްސަލައަކާ ގުޅިގެން ނުވަތަ ޖިނާއީ މައްސަލައެއް ތަހުގީގުކުރުމުގައި އަމަލުކުރާނެ ގޮތުގެ މަށްވަރާއަކަށް އެދޭ ނަމަ، އެކަމާ ގުޅިގެން މަށްވާރާދޭނީ އެ މައްސަލައަކަށް އެސައިންކުރެވިފައިވާ ޕްރޮސިކިއުޓަރ ނުވަތަ ޕްރޮސިކިއުޓަރުންނެވެ. ނުވަތަ އެ ބާވަތުގެ މައްސަލަތަކާ ގުޅޭގޮތުން މި އޮފީހުގައި ކަނޑައަޅައިފައިވާ ސެކްށަންތަކުގެ އެންމެ އިސް ވެރީންނެވެ.

(ށ) ވަކި މަސައްކަތެއް ކުރުމަށް ޓަކައި މި އޮފީހުން ޓީމެއް ނުވަތަ ފޯކަލް ޕޮއިންޓެއް ކަނޑައަޅައިފައިވާ ނަމަ، އެ މަސައްކަތަކާ ގުޅޭގޮތުން ހިނގާ މުއާމަލާތުތައް ހިންގަންވާނީ، ކަނޑައަޅައިފައިވާ ޓީމެއް ނުވަތަ ފޯކަލް ޕޮއިންޓު މެދުވެރިކޮށެވެ.

(ނ) މި އޮފީހުގެ މަސައްކަތާ ގުޅިގެން، ތަހުގީގުކުރާ ފަރާތަކުން އެދޭ ކަމެއްގައި ލަފާދިނުމުގައި އަދި މި އޮފީހުގެ ފަރާތުން ތަހުގީގުކުރާ ފަރާތަށް އިރުށާދު ދިނުމުގެ ކުރިން ޕްރޮސިކިއުޓަރ ޖެނެރަލްއާ ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅައިފައިވާ ފަރާތަކާ މަށްވަރާ ކުރަންވާނެއެވެ.

(ރ) މައްސަލަތަކުގެ އަދާހަމަ މައުލޫ މާތު ހިއްސާކުރުމުގެ ގޮތުން ތަހުގީގު އިދާރާތަކަށް ފޯރުކޮށްދޭ މައުލޫމާތަކީ، މި އޮފީހުގައި ކަނޑައަޅައިފައިވާ އުސޫލުތަކުގެ ތެރެއިން ގޮތެއް ނިންމައިފައިވާ މައުލޫމާތަކަށް ވާންވާނެއެވެ.

(ބ) މި އޮފީހަށް ހުށަހެޅޭ ވަކިވަކި މައްސަލަތަކާ ގުޅިގެން މި އޮފީހުގެ ޕްރޮސިކިއުޓަރުން އޮފީހުގެ އެތެރޭގެ ބޭނުމަށް ލިޔާ މަށްވަރާ ލޮގްތަކުގައިވާ މައުލޫމާތާއި، އޮފީހުން މަށްވަރާކުރަމުންދާ އަދި ވަކިގޮތެއް ނުނިންމާ ކަންކަމުގެ މައުލޫމާތު އެއްވެސް ފަރާތަކަށް (މީގެ ތެރޭގައި ތަހުގީގު އިދާރާތައް، އިންވެސްޓިގޭޓިންގ އޮފިސަރުން އަދި ދައުވާލިބޭ މީހާ އަދި/ނުވަތަ އޭނާގެ ވަކީލު ހިމެނޭގޮތުން) ހިއްސާކޮށްގެން ނުވާނެއެވެ. އަދި މި އޮފީހުގެ އެއްވެސް މުވައްޒަފަކު، އޭނާއާ ގުޅުމެއް ނެތް މައްސަލަތަކުގެ މައުލޫމާތު އެއްވެސް ފަރާތަކުން (މީގެ ތެރޭގައި ތަހުގީގު އިދާރާތައް، އިންވެސްޓިގޭޓިންގ އޮފިސަރުން އަދި ދައުވާލިބޭ މީހާ އަދި/ނުވަތަ އޭނާގެ ވަކީލު ހިމެނޭގޮތުން) ހޯދައި އަދި/ނުވަތަ އެއިން ފަރާތަކާ ހިއްސާކޮށްގެން ނުވާނެއެވެ.

(ޅ) މި އޮފީހަށް ހުށަހަޅައިފައިވާ މައްސަލައަކާ ގުޅޭގޮތުން ނުވަތަ އެނޫން ކަމަކާ ގުޅޭގޮތުން ވެސް މީޑިއާއަށް މައުލޫމާތު ދޭނީ، އެކަމަށް ޓަކައި ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ފަރާތެކެވެ.

 

15 ވަނަ މާއްދާ - ޒިންމާދާރުކަމާއެކު މަސައްކަތްކުރުން

(ހ) މި އޮފީހުގެ ކޮންމެ މުވައްޒަފަކު ވެސް، އޮފީހުން ހަވާލުކުރާ ރަސްމީ މަސައްކަތްތައް، އެ މުވައްޒަފެއްގެ ލަޔާގަތާއި ގާބިލިއްޔަތު ތަންދޭ އެންމެ ރަނގަޅު ފެންވަރަކަށް، ކަނޑައެޅިފައިވާ ސުންގަޑިއަށް ނުވަތަ ސުންގަޑީގެ ކުރިން، ޒިންމާދާރުކަމާއެކު ކޮށް
ނިންމަންވާނެއެވެ.

(ށ) މި އޮފީހުން ކުރާ މަސައްކަތް ކުރުމަށް ހަވާލުކުރަންވާނީ، އެ ހަވާ ލުކުރާ މަސައްކަތަކީ ކޮބައިކަން އެ މަސައްކަތެއް ހަވާލުކުރެވޭ މުވައްޒަފަކަށް ބަޔާންކޮށްދިނުމަށްފަހު، އެ ކަމަކަށް އެންމެ އެކަށޭނެ މުވައްޒަފަކާއެވެ. އަދި މިގޮތުގެ މަތީން ހަވާލުކުރެވޭ މަސައްކަތާ މުވައްޒަފުން ހަވާ ލުވާންވާނީ، ހަވާލުވެވޭ މަސައްކަތަކީ ކޮބައިކަން އެނގިހުރ،ެ އެކަން ރަނގަޅު ފެންވަރަކަށް ކުރުމުގެ ހުނަރު ހުރިކަން އަމިއްލައަށް ގަބޫލުކުރާ ހާލަތުގައެވެ.

(ނ) މި އޮފީހުގެ ކޮންމެ މުވައްޒަފަކު ވެސް، އެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އުފެއްދުންތެރި ވިސްނުމާއި ހިޔާލު ގެންގުޅ،ެ މަސައްކަތުގެ ދާއިރާގައި ދިމާވާ ކަންކަން ހައްލުކުރުމުގައި އީޖާދީ ގޮތްތައް ހޯދައި، ދެމެހެއްޓެނިވި ރަނގަޅު ނަތީޖާ ނެރުމަށް މަސައްކަތް ކުރަންވާނެއެވެ.

(ރ) މި އޮފީހުގެ ކޮންމެ މުވައްޒަފަކު ވެސް، އޮފީހުގެ މުދަލާއި ފައިސާއާ ގުޅޭ ކަންކަމުގައްޔާއި، އޮފީހުގެ ވަސީލަތްތައް ބޭނުންކުރުމުގައި، ކަނޑައެޅިފައިވާ އުސޫލުތަކަށް ރައްކައުތެރިވެ، ހަރަދު ކުޑަކުރުމަށް އިސްކަންދ،ީ އަމާނާތްތެރިވެ، ޖަވާބުދާރީވާންވާނެއެވެ.

(ބ) މި އޮފީހުން ކުރާ މަސައްކަތްތައް ކުރުމުގައި، މި އޮފީހުން ބަލާ މައްސަލައަކާ ގުޅޭގޮތުން ނުވަތަ އޮފީހުގެ މަސައްކަތަކާ ގުޅޭގޮތުން މުވައްޒަފުގެ ލަފަޔަކަށް އެދިއްޖެ ނަމަ ނުވަތަ ލަފައެއް ދޭން ޖެހިއްޖެ ނަމަ، ވަކިފަރާތަކަށް ނުޖެހި، ތެދުވެރިކަމާއި އިހުތިލާސްތެރިކަމާއެކު ލަފާ ދޭންވާނެއެވެ.

(ޅ) މި އޮފީހުގެ ކޮންމެ މުވައްޒަފަކު ވެސް، އޮފީހުގެ ކަރާމާތާއި ގަދަރަށް ނުވަތަ އޮފީހުގެ ސަލާމަތަށް އުނިކަމެއް އަތުވެދާނެ އެއްވެސް އަމަލެއް ހިންގައިގެން ނުވާނެއެވެ.

 

16 ވަނަ މާއްދާ - މުވައްޒަފުން އެކަކު އަނެކަކަށް އިހުތިރާމުކުރުން

(ހ) މި އޮފީހުގެ ކޮންމެ މުވައްޒަފަކު ވެސް، އޮފީހުގެ އާންމު މަސައްކަތްތަކާއި، ލަނޑުދަނޑިތައް ހާސިލުކުރުމަށް، ގުޅިގެން، އެއް އަމާޒަކަށް މަސައްކަތް ކުރަންވާނެއެވެ.

(ށ) މި އޮފީހުގެ އެއްވެސް މުވައްޒަފަކު، އެ މުވައްޒަފެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި، އެ މުއްވަޒަފެއްގެ މަގާމު ބޭނުންކޮށްގެން އެހެން މުވައްޒަފުންގެ ބޭނުން ނާޖާއިޒުގޮތުގައި ހިފައިގެން ނުވާނެއެވެ.

(ނ) މި އޮފީހުގެ މުވައްޒަފުން ގުޅިގެން މަސައްކަތްކުރުމުގައި އެކަކު އަނެކަކުގެ ރައުޔާއި ވިސްނުމަށް އިހުތިރާމު ކުރަންވާނެއެވެ. އަދި މުވައްޒަފުންގެ މެދުގައި ވާހަކަދައްކައިގެން ކަންކަން ހައްލުކުރުމަށް އިސްކަންދޭންވާނެއެވެ. ވާހަކަދައްކައިގެން ހައްލުނުކުރެވޭ ބާވަތުގެ ކަންކަން، އޮފީހުގައި ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން ހައްލުކޮށް، ސުލްހަވެރިކަން އިސްކުރަންވާނެއެވެ.

(ރ) މި އޮފީހުގެ ކޮންމެ މުވައްޒަފަކު ވެސް، އަމިއްލައަށް ކުރިއެރުމާއެކު، އެހެން މުވައްޒަފުންގެ ކުރިއެރުމަށް ވެސް ތަރުހީބު ދޭންވާނެއެވެ. އަދި އޮފީހުގެ ނިޒާމު ބައްޓަންކުރަންވާނީ، އެކަކު އަނެކަކުގެ ކުރިއެރުމަށް ހިތްވަރުލިބިދޭގޮތަށް، އެކަކަށް ލިބޭ ކުރިއެރުމަކުން އަނެކަކަށް ގެއްލުންނުވާނޭ ގޮތަށް ވިސްނައިގެންނެ ވެ.

(ބ) މި އޮފީހުގެ ކޮންމެ މުވައްޒަފަކު ވެސް، އެހެން މުވައްޒަފުންނާއެކު މުއާމަލާތުކުރަންވާނީ، އެ މުވައްޒަފެއްގެ ކުލައަށް ނުވަތަ ޖިންސަށް ނުވަތަ އިޖުތިމާ އީ ދަރަޖައަށް ނުވަތަ މަގާމަށް ނުވަތަ ވާހަކަދައްކާ ބަހަށް ނުވަތަ ބަހުރުވައަށް ނުވަތަ ކައިވެނީގެ ހާލަތަށް ނުވަތަ އާއިލާގައި އަދާކުރާ ޒިންމާތަކަށް ނިސްބަތްކޮށް އެއްވެސް ތަފާތުކުރުމެއްނެތި، ހަމަހަމަކަމާއި، އިންސާފުވެރިކަމާއެކު ފަންނީގޮތުގައެވެ.

 

17 ވަނަ މާއްދާ - މަސްލަހަތު ފުށުއަރާ ކަންކަމުން ތަނާޒުލުވުން

(ހ) މި އޮފީހުގެ އެއްވެސް މުވައްޒަފަކު މަސްލަހަތު ފުށުއަރާ މަސައްކަތެއްގައި ބައިވެރިވެގެން ނުވާނެއެވެ. އަދި މަސްލަހަތު ފުށުއަރާ މަސައްކަތެއް އޮފީހުން އެ މުވައްޒަފާ ހަވާލުކޮށްގެން ވެސް ނުވާނެއެވެ.

(ށ) މި އޮފީހުގެ އެއްވެސް މުވައްޒަފަކަށް ހަވާލުކުރެވޭ މައްސަލައެއްގައި ނުވަތަ މަސައްކަތެއްގައި، އެ މުވައްޒަފެއްގެ މަސްލަހަތު ފުށުއަރައިފާނެ ފަދަ ހާލަތެއް ދިމާވެއްޖެ ނަމަ ނުވަތަ ދިމާވެދާނެކަމަށް ގަބޫލުކުރެވޭ ނަމަ، އެކަން ބަޔާންކުރުމަށްފަހު، އެ މައްސަލައަކުން ނުވަތަ އެ މަސައްކަތަކުން އެ މުވައްޒަފަކު ތަނާޒުލުވާންވާނެއެވެ.

(ނ) މި މާއްދާގެ ބޭނުމަށް ޓަކައި، އެ މުވައްޒަފެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއާއި، އޭނާގެ ދަރީންނާއި، އޭނާ ސީދާ ބަލަހައްޓަމުންގެންދާ އެހެން މީހުންގެ މަސްލަހަތު ފުށުއެރުމަކީ ވެސް، އެ މުވައްޒަފެއްގެ މަސްލަހަތު ފުށުއެރުން ކަމުގައި ބެލެވޭނެއެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ މައްސަލައަކުން ނުވަތަ މަސައްކަތަކުން ތަނާޒުލުވާން އެދި ހުށަހަޅާނީ، ސްޓާފް ޕޯޓަލުގެ ތެރެއިން، އެކަމަށް ހާއްސަކޮށްފައިވާ "ތަނާޒުލުވުމަށް އެދި ހުށަހަޅާ ފޯމު" އިންނެވެ.

 

18 ވަނަ މާއްދާ - ޒިންމާ އަދާކުރުމުގައި ހިފަހައްޓަންޖެހޭ ހަމަތައް

(ހ) މި އޮފީހުގެ ކޮންމެ މުވައްޒަފަކު ވެސް، އޮފީހުގެ މަގުސަދުތަކާއި އަމާޒުތަކާއި ލަނޑުދަނޑިތައް ހާސިލުކުރުމަށާއި، ހަރަދުކުޑަކޮށް މަސައްކަތްކުރުމަށާއި، މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރަންވާނެއެވެ.

(ށ) މި އޮފީހުގެ ކޮންމެ މުވައްޒަފަކު ވެސް، އެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި އުފެއްދުންތެރި ވިސްނުމާއި ފިކުރު ގެންގުޅުމުގައި މަސައްކަތުގެ ދާއިރާގައި ދިމާވާ ކަންކަން ހައްލުކުރުމުގައި އައު ގޮތްތަކާއި އީޖާދީ ގޮތްތައް ހޯދައި، ނަތީޖާ ރަނގަޅުކުރުމަށް މަސައްކަތް ކުރަ ންވާނެއެވެ.

(ނ) މި އޮފީހުގެ ކޮންމެ މުވައްޒަފަކު ވެސް، އެ މުވައްޒަފާ ހަވާލުކުރެވޭ ކަންކަން، އެ ކަމެއް ނިންމަންޖެހޭ ވަގުތަށް ނުވަތަ އެ ޔަށް ވުރެ ކުރިން ނިންމަންވާނެއެވެ.

(ރ) މި އޮފީހުގެ ކޮންމެ މުވައްޒަފަކު ވެސް، އެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި އޮފީހުގެ މަސްލަހަތު ފުށުއަރާ އެއްވެސް ކަމެއް ކޮށްގެންނުވާނެއެވެ. 

(ބ) މި އޮފީހުގެ ކޮންމެ މުވައްޒަފަކު ވެސް، އެ މުވައްޒަފެއްގެ ވަޒީފާ އަދާކުރުމާ ގުޅޭގޮތުން އެ މުވައްޒަފެއްގެ ފެންވަރު ރަނގަޅުކޮށް ކުރިއެރުވުމަށާއި، ވަޒީފާ ފުރިހަމަގޮތުގައި އަދާކުރުމަށް ބޭނުންވާނޭ އިތުރު އިލްމާއި މައުލޫމާތާއި ހުނަރުތައް އުނގެނުމަށް ޓަކައި މަސައްކަތްކޮށް، އެކަމަށް ފުރުސަތު ހޯދަންވާނެއެވެ.

(ޅ) މި އޮފީހުގެ ކޮންމެ މުވައްޒަފަކު ވެސް، ދައުލަތުގެ ފައިސާއާ ގުޅޭ ކަންކަމުގައްޔާ އި ސަރުކާރުގެ މުދަލާބެހޭގޮތުން އެކިއެކި މުއާމަލާތުކުރުމުގައްޔާއި، ދައުލަތުގެ މުދަލާ ހަވާލުވެ ގެންގުޅުމުގައްޔާއި، ދައުލަތުގެ އެހެނިހެން ވަސީލަތް ތައް ބޭނުންކުރުމުގައި އަމާނާތްތެރިވެ، ޖަވާބުދާރީ ވާންވާނެއެވެ.

(ކ) މި އޮފީހުގެ ކޮންމެ މުވައްޒަފަކު ވެސް، ދައުލަތުގެ ފައިސާއާއި މުދަލާއި އެހެނިހެން ވަސީލަތްތައް ބޭނުންކުރަންވާނީ، ހަމައެކަނި އެކަމަށް ކަނޑައެޅިފައިވާ އަދި އެކަމަށް ހުއްދަކުރެވިފައިވާ މަސައްކަތަށެވެ.

(އ) މި އޮފީހުގެ ކޮންމެ މުވައްޒަފަކު ވެސް، އެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި ނަތީޖާ ހާސިލުކުރެވ،ޭ ޖަވާބުދާރީވުމުގެ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ހަރުދަނާ އުސޫލަކުން ކަންކަން ހިންގުމަށް ބާރުއަޅަންވާނެއެވެ.

(ވ) މި އޮފީހުގެ ކޮންމެ މުވައްޒަފަކު ވެސް، އެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި ފެންނަ ކޮރަޕްށަނު ގެ އަމަލުތަކާއި، މަކަރާއި ހީލަތްހެދުމުގެ އަމަލުތަކާއި، ހިޔާނާތުގެ އަމަލުތަކާއި، ތިމާގެމީހުންނާއި ރައްޓެހީންނަށް އިސްކަންދިނުމުގެ އަމަލުތަކާއި، އިދާރީ ހިންގުމަށް ބުރޫއަރާނެ އަމަލުތަކާއި، ގާނޫނާ ހިލާފު މިނޫންވެސް އަމަލުތައް، ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރަންވާނެއެވެ.

(މ) މި އޮފީހުގެ ކޮންމެ މުވައްޒަފަކު ވެސް، އޮފީހުގެ މަސައްކަތާބެހޭ މައުލޫމާތ،ު އެކަމަށް އޮފީހުން ކަނޑައަޅައިފައިވާ އުސޫ ލުން މެނުވީ ހާމަކޮށް ހަދައިގެންނުވާނެއެވެ.

(ފ) މި އޮފީހުގެ ކޮންމެ މުވައްޒަފަކު ވެސް، އޮފީހުގެ ހައިސިއްޔަތަށާއި ގަދަރަށް އުނިކަމެއް އަތުވެދާނެ ފަދަ އެއްވެސް އަމަލެއް ހިންގައިގެން ނުވާނެއެވެ.

 

 

ޗެޕްޓަރ 3

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، އޮފީހުގެ މަގާމުތައް

 

19 ވަނަ މާއްދާ - ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން އަދި މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު، ޕްރޮސިކިއުޓަރ ޖެނެރަލްގެ މައްޗަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް ސީދާގޮތުންނާއި ނުސީދާގޮތުންނާއި، ދާއިމީގޮތެއްގައްޔާއި، ވަގުތީގޮތެއްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ބޭނުމަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ހިންގުމުގެ އޮނިގަނޑުގެ ތެރެއިން ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ އެންމެ މަތީ އޮފީހާއި، ރީޖަނަލް ގޮފިތަކާއި، އަތޮޅުތަކުގެ ގޮފިތަކާއި، ވަކި ހިދުމަތެއް ދިނުމަށް ނުވަތަ ވަކި ބޭނުމަކަށް ކަނޑައަޅާ ތަންތަނަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އާންމު މާނައިގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީ ހުގެ ގޮތުގައި ބަލާނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ މައި އޮފީހުގެ ގޮތުގައި ކަނޑައަޅަ އިފައިވާ ތަނެކެވެ.

 

20 ވަނަ މާއްދާ - އޮފީހުގެ މުވައްޒަފުން

މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން އަދި މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު، ޕްރޮސިކިއުޓަރ ޖެނެރަލްގެ މައްޗަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް ސީދާގޮތުންނާއި ނުސީދާގޮތުންނާއި، ދާއިމީގޮތެއްގައްޔާއި، ވަގުތީގޮތެއްގައި، މި އޮފީހުގެ މަގާމުތަކުގެ އޮނިގަނޑުގެ ތެރެއިން އުފައްދައިފައިވާ އެންމެހައި މަގާމުތަކެއްގައި މަސައްކަތްކުރާ މުވައްޒަފުންނަކީ މި އޮފީހުގެ މުވައްޒަފުންނެވެ.

 

21 ވަނަ މާއްދާ - މުވައްޒަފުންގެ ދައުރު

މި އޮފީހުގެ މުވައްޒަފުންގެ ދައުރަކީ، ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާޖިބުތަކާއި މަސްއޫލިއްޔާތުތައް އަދާކުރުމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމުގައި، މި އޮފީހުގައި އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާއި އަހުލާގީ މިންގަނޑާ އެއްގޮތަށް މަސައްކަތްކުރުމެވެ.

 

22 ވަނަ މާއްދާ - އޮފީހުގެ އިދާރީ އޮނިގަނޑު 

މި އޮފީހުގެ އިދާރީ އޮނިގަނޑު އެކަށައަޅައި، މި އޮފީހުގެ އެކިއެކި ޑިޕާޓްމަންޓުތަކާއި، ސެކްށަންތަކާއި، ޔުނިޓުތައް ކަނޑައަޅައި، އެ ތަންތަނުގެ މަސައްކަތްތައް އިންތިޒާމުކޮށް ކަނޑައަޅާނީ ޕްރޮސިކިއުޓަރ ޖެނެރަލްއެވެ. މި އޮނިގަނޑަށް ކިޔާނީ، "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އިދާރީ އޮނިގަނޑު" އެވެ.

 

23 ވަނަ މާއްދާ - އިދާރީ އޮނިގަ ނޑަށް ބަދަލުގެނައުން

(ހ) މި އޮފީސް ހިންގުން ހަރުދަނާކުރުމުގެ ގޮތުން މި އޮފީހުގެ އިދާރީ އޮނިގަނޑަށް ބަދަލެއް ގެނައުމަށް ބޭނުންވެއްޖެ ނަމަ، އިދާރީ އޮނިގަނޑު މުރާޖާކޮށް، ގެންނަންޖެހޭ ބަދަލުގެންނާނީ، ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތީން، މި އޮފީހުގެ ކޯޕަރޭޓް ސަރވިސަރސް ހިންގުމާ ހަވާލުވެހުންނަ އެންމެ އިސް ފަރާތެވެ.

(ށ) މި އޮފީހުގެ އިދާރީ އޮނިގަނޑަށް ގެންނަ ބަދަލުތަކަށް އަމަލުކުރަން ފެށުމުގެ ކުރިން، މި އޮފީހުގެ އިދާރީ އޮނިގަނޑަށް ގެންނަ ބަދަލުގެ ސަބަބުން އެއްވެސް މުވައްޒަފެއްގެ މަގާމަށް ނުވަތަ މުސާރައަށް ނުވަތަ އިނާޔަތަކަށް ބަދަލެއް އަންނަ ނަމަ، އެކަމުގެ މައުލޫމާތ،ު އެ މުވައްޒަފަކަށް އަންގަންވާނެއެވެ. 

 

24 ވަނަ މާއްދާ - އޮފީހުގެ މަގާމުތަކުގެ އޮނިގަނޑު

(ހ) މި އޮފީހުގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލުންނާއި، އެސިސްޓަންޓް ޕްރޮސިކިއުޓަރ ޖެނެރަލުންނާއި، އޮފީހުގެ އެހެނިހެން މުވައްޒަފުން ހިމެނޭގޮތަށް، މި އޮފީހުގެ މަގާމުތައް ތަރުތީބުވެފައިވާ ގޮތުގެ އޮނިގަނޑު އެކުލަވައިލާނީ ޕްރޮސިކިއުޓަރ ޖެނެރަލްއެވެ. މި އޮނިގަނޑަށް ކިޔާނީ، "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަގާމުތަކުގެ އޮނިގަނޑު" އެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މި އޮފީހުގެ މަގާމުތަކުގެ އޮނިގަނޑުގައި، މި އޮފީހުގެ މުވައްޒަފުންގެ މަގާމުތަކާއި، މަގާމުތަކުގެ އަދަދު ކަނޑައެޅިފައިވާ ނަމަ މަގާމުތަކުގެ އަދަދާއި، އެ މަގާމުތަކުގެ ގިންތިއާއި، މުވައްޒަފުންގެ ވާޖިބުތަކާއި، މަސްއޫލިއްޔަތުތަކާއި، މަގާމުގެ ށަރުތާއި، ފެންވަރާއި، ތަޖުރިބާ އާއި، މަގާމުތަކަށް ކަނޑައެޅިފައިވާ އުޖޫރަ ބަޔާންކުރަންވާނެއެވެ.

 

25 ވަނަ މާއްދާ - އޮފީހުގެ މަގާމުތައް އުފެއްދުމާއި އުވައިލުން

(ހ) މި އޮފީހުގެ އިދާރީ އޮނިގަނޑާއި މަގާމުގެ އޮނިގަނޑުގައިވާ މަގާމުތަކުގެ އިތުރުން، ދާއިމީ މަގާމެއް ނުވަތަ ވަގުތީ މަގާމެއް އުފައްދަންޖެހޭ ހާލަތުގައި އެކަން ކުރާނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ލަފާގެ މަތީން، ހިއުމަން ރިސޯސް ސެކްށަނުންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން މަގާމެއް އުފައްދަންވާނީ، އޮފީހުން ދޭ ހިދުމަތްތައް ފުޅާކުރުމަށް ޓަކައި ނުވަތަ މަސައްކަތުގެ ފެންވަރު ރަނގަޅުކޮށް އަވަސްކުރުމަށް ޓަކައި ނުވަތަ އޮފީހުގެ ހިންގުން ހަރުދަނާކުރުމަށް ޓަކައި އެފަދަ މަގާމެއް ކޮންމެހެން އުފައްދަން ޖެހިއްޖެ ހާލަތެއްގައެވެ.

(ނ) މި އޮފީހުގެ މަގާމެއް އުވައިލަންޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެކަން ކުރާނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ލަފާގެ މަތީން، ހިއުމަން ރިސޯސް ސެކްށަނުންނެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން މި އޮފީހުގެ މަގާމެއް އުވައިލެވޭނީ، އެ މަގާމެއްގައި ތިބޭ މުވައްޒަފުން ކުރާ މަސައްކަތެއް ހުއްޓައިލުމާ ގުޅިގެން ނުވަތަ ހިންގުމަށް ގެންނަ ބަދަލަކާ ގުޅިގެންނެވެ. އަދި މިގޮތުގެ މަތީން މަގާމެއް އުވައިލާ ނަމަ އަދި އެގޮތުން އުވައިލެވޭ މަގާމުގައި މުވައްޒަފަކު ހުރި ނަމަ، އެ މުވައްޒަފު ވަޒީފާއިން ވަކިކުރުމުގައި އަމަލުކުރާނީ، ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) ގައި މުވައްޒަފަކު ހުރި މަގާމެއް އުވައިލެވޭ ހާލަތުގައި އަމަލުކުރަންވާނެކަމަށް ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ބ) މި މާއްދާގެ ދަށުން މަގާމުތަކަށް އަންނަ ބަދަލާ ގުޅިގެން އިދާރީ އޮނިގަނޑަށް ނުވަތަ މަގާމުތަކުގެ އޮނިގަނޑަށް ބަދަލެއް ގެނެސްފި ނަމަ، އެ ގެނައި ބަދަލުތައް، އޮފީހުގެ އެތެރޭގައި އާންމުކުރަންވާނެއެވެ.

 

26 ވަނަ މާއްދާ - ވަޒީފާގެ ގިންތިތައް

މި އޮފީހުގެ މުވައްޒަފުންނަށް ވަޒީފާ ދެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ގިންތިތަކުގެ ތެރެއިން ގިންތިއަކަށް ފެތޭ ގޮތަށެވެ.

(ހ) ދާއިމީ ވަޒީފާ.

(ށ) ވަގުތީ ވަޒީފާ.

 

27 ވަނަ މާއްދާ - މުވައްޒަފުން ބެހިގެންވާ ގޮތް

މި އޮފީހުގެ މުވައްޒަފުން ބެހިގެންވަނީ، އަންނަނިވި 5 (ފަހެއް) ގިންތީގެ މުވައްޒަފުންގެ މައްޗަށެވެ.

(ހ) ޕްރޮސިކިއުޓޯރިއަލް ސަރވިސަރސް.

(ށ) ޕްރޮސިކިއުޓޯރިއަލް ސަޕޯޓް ސަރވިސަރސް.

(ނ) ކޯޕަރޭޓް ސަރވިސަރސް.

(ރ) މެންޓަލް ހެލްތު އެންޑް ވިކްޓިމް ސަޕޯޓް ސަރވިސަރސް.

(ބ) އިންފޮމޭށަން އެންޑް ކޮމިއުނިކޭށަން ޓެކްނޮލޮޖީ ސަރވިސަރސް.

 

28 ވަނަ މާއްދާ - ޕްރޮސިކިއުޓޯރިއަލް ސަރވިސަރސްގެ މުވައްޒަފުން

މި އޮފީހުގެ ޕްރޮސިކިއުޓޯރިއަލް ސަރވިސަރސްގެ މުވައްޒަފުންނަކީ، މި އޮފީހުން އަދާކުރަންޖެހޭ ގާނޫނީ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ޓަކައި މި އޮފީހުގެ ވަޒީފާ އަދާކުރާ ގާނޫނީ ދާއިރާގެ ފަންނީ މުވައްޒަފުންނެވެ.

 

29 ވަނަ މާއްދާ - ޕްރޮސިކިއުޓޯރިއަލް ސަޕޯޓް ސަރވިސަރސްގެ މުވައްޒަފުން

މި އޮފީހުގެ ޕްރޮސިކިއުޓޯރިއަލް ސަޕޯޓް ސަރވިސަރސްގެ މުވައްޒަފުންނަކީ، މި އޮފީހުގެ ގާނޫނީ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރާ ފަންނީ މުވައްޒަފުންނަށް އެހީތެރިވާ މި އޮފީހުގެ ވަޒީފާ އަދާކުރާ އިދާރީ މުވައްޒަފުންނެވެ.

 

30 ވަނަ މާއްދާ - ކޯޕަރޭޓް ސަރވިސަރސްގެ މުވައްޒަފުން

މި އޮފީހުގެ ކޯޕަރޭޓް ސަރވިސަރސްގެ މުވައްޒަފުންނަކީ، މި އޮފީހުގެ އިންސާނީ ވަސީލަތްތަކާއި، މާލީ ކަންކަމާއި، ވަސީލަތްތައް ބެލެހެއްޓުމާއި، އިދާރީ ހިންގުމާއި، ހިންގުމުގެ ނިޒާމުތައް ދެމެހެއްޓުމަށް ބޭނުންވާ އިދާރީ މަސައްކަތްތަކާއި ފަންނީ މަސައްކަތްތައް ކުރުމަށް ޓަކައި މި އޮފީހުގެ ވަޒީފާ އަދާކުރާ މުވައްޒަފުންނެވެ.

 

31 ވަނަ މާއްދާ - މެންޓަލް ހެލްތު އެންޑް ވިކްޓިމް ސަޕޯޓް ސަރވިސަރސް

މި އޮފީހުގެ މެންޓަލް ހެލްތު އެންޑް ވިކްޓިމް ސަޕޯޓް ސަރވިސަރސްގެ މުވައްޒަފުންނަކީ، މައްސަލަތަކުގައި އަނިޔާލިބޭ ފަރާތްތަކަށާއި ހެކިންނަށް ބޭނުންވާ އެހީތެރިކަމާއި ރައްކައުތެރިކަން ފޯރުކޮށްދިނުމަށާއި، މި އޮފީހުގެ މުވައްޒަފުންގެ ނަފުސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ޓަކައި ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި މި އޮފީހުގެ ވަޒީފާ އަދާކުރާ ފަންނީ މުވައްޒަފުންނެވެ.

 

32 ވަނަ މާއްދާ - އިންފޮމޭށަން އެންޑް ކޮމިއުނިކޭށަން ޓެކްނޮލޮޖީ ސަރވިސަރސްގެ މުވައްޒަފުން

މި އޮފީހުގެ އިންފޮމޭށަން އެންޑް ކޮމިއުނިކޭށަން ޓެކްނޮލޮޖީ (ICT) ސަރވިސަރސްގެ މުވައްޒަފުންނަކީ، މި އޮފީހުގެ ޓެކްނޮލޮޖީ ނިޒާމުތައް ތަރައްގީކޮށް ބެލެހެއްޓުމާއި، ޑިޖިޓަލް ވަސީލަތްތައް ތަރައްގީކޮށް ސެކިއުރިޓީ ކަށަވަރުކުރުމާއި، ފަންނީ މަސައްކަތްތަކާއި އިދާރީ މަސައްކަތްތަކަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި މި އޮފީހުގެ ވަޒީފާ އަދާކުރާ ފަންނީ މުވައްޒަފުންނެވެ.

 

33 ވަނަ މާއްދާ - އޮފީހުގެ އިސް މަގާމުތައް 

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި، މި އޮފީސް ހިންގުމަށް ޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްއަށް އެހީތެރިވެދިނުމުގެ ގޮތުން ކަނޑައެޅޭ މަގާމުތަކުގެ ތެރެއިން އަންނަނިވި މަގާމުތަކަކީ މި އޮފީހުގެ އިސް މަގާމުތަކެވެ.

(ހ) ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލ.ް

(ށ) އެސިސްޓަންޓް ޕްރޮސިކިއުޓަރ ޖެނެރަލ.ް

 

34 ވަނަ މާއްދާ - އިސް މަގާމުތަކަށް މުވައްޒަފުން އައްޔަންކުރުމާއި ވަކިކުރުމާއި އިސްތިއުފާ ދިނުން

(ހ) ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު އަދާކުރުމަށް އެހީތެރިވެދިނުމަށް ޓަކައި، މި ގަވާއިދުގެ 33 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިސް މަގާމުތަކަށް މުވައްޒަފުން އައްޔަންކޮށް ވަކިކުރާނީ ޕްރޮސިކިއުޓަރ ޖެނެރަލްއެވެ.

(ށ) މި އޮފީހުގެ އިސް މަގާމަކަށް އައްޔަންކުރެވޭ މުވައްޒަފަކު އޭނާގެ އެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެ ހިނދެއްގައި، އެކަން ބަޔާންކޮށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިޔުމުން ހުށަހަޅައި، ޕްރޮސިކިއުޓަރ ޖެނެރަލަށް އެ ލިޔުން ލިބުމުން، އޭނާ އެ މަގާމުން ވަކިވީއެވެ.

(ނ) މި އޮފީހުގެ އިސް މަގާމަކަށް އައްޔަންކޮށްފައިވާ މީހަކު އެ މަގާމުން ވަކިކުރާ ހާލަތުގައި، އެ މުވައްޒަފަކީ މި އޮފީހުގެ ވަޒީފާގައި ހުއްޓައި އެ މަގާމަށް އައްޔަންކުރެވިފައިވާ މީހެއް ނަމަ، އަދި އޭނާ ކުރިން ހުރި މަގާމަށް އެނބުރި ދިއުމަށް އެދި ހުށަހަޅައިފި ނަމަ، އޭނާ ކުރިން ހުރި މަގާމަށް ނުވަތަ އެޔަށް ވުރެ ދަށް ނޫން އެހެން މަގާމަކަށް ނުވަތަ އެޔާ އެއް ފެންވަރެއްގެ އެހެން މަގާމަކަށް އެނބުރި ދިއުމުގެ ފުރުސަތު އެ މުވައްޒަފަކަށް ދޭންވާނެއެވެ.

 

35 ވަނަ މާއްދާ - އިސް މަގާމުތަކުގައި ތިބޭ މުވައްޒަފުންގެ މަސްއޫލިއްޔަތުތަކާއި، ޒިންމާތަކާއި ވަޒީފާ އަދާކުރުމުގެ ހަމަތައް

(ހ) މި އޮފީހުގެ އިސް މަގާމުތަކަށް އައްޔަންކުރެވޭ މުވައްޒަފުން މަސައްކަތްކުރާނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ލަފަޔާ އި އިރުށާދުގެ ދަށުންނެވެ. އަދި އެ މުވައްޒަފުންގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި، ޒިންމާތަކާއި، ލިބިދޭ ބާރުތައް ކަނޑައަޅައި، އެ ކަންކަން އެ ފަރާތަށް އަންގާނީ ޕްރޮސިކިއުޓަރ ޖެނެރަލްއެވެ. 

(ށ) މި އޮފީހުގެ އިސް މަގާމުތަކަށް އައްޔަންކުރެވޭ މުވައްޒަފުންގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެ މުވައްޒަފުން ޖަވާބުދާރީވާނީ ޕްރޮސިކިއުޓަރ ޖެނެރަލްއަށެވެ.

 

36 ވަނަ މާއްދާ - ސެކްށަންތަކުގެ ވެރިންނާއި ސުޕަވައިޒަރުން ހަމަޖެއްސުން

މި އޮފީހުގެ ސެކްށަންތަކުގެ ވެރީންނާއި، ސުޕަވައިޒަރުން ހަމަޖައްސައި އެކަން މުވައްޒަފުންނަށް އަންގާނީ، ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތީން، ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ ކޯޕަރޭޓް ސަރވިސަރސް ހިންގުމާ ހަވާލުވެ ހުންނަ އެންމެ އިސްފަރާތެކެވެ.

 

37 ވަނަ މާއްދާ - ސެކްށަން ބަދަލުކުރުން 

(ހ) މި އޮފީހުގެ މުވައްޒަފުން، އެއް ސެކްށަނުން އަނެއް ސެކްށަނަށް ބަދަލުކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނީ، ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތީން، ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ ކޯޕަރޭޓް ސަރވިސަރސް ހިންގުމާ ހަވާލުވެ ހުންނަ އެންމެ އިސްފަރާތެކެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މުވައްޒަފު ބަދަލުކުރެވޭ ސެކްށަނުން ކުރާ މަސައްކަތަކީ ނުވަތަ އަލަށް ބަދަލުކުރާ ސެކްށަނުގައި މުވައްޒަފާ ހަވާލުކުރާ މަސައްކަތަކީ، އެ މުވައްޒަފު އައްޔަންކުރި ވަޒީފާގެ ދާއިރާއާ ގުޅުންހުރި މަސައްކަތަކަށް ވާންވާނެއެވެ.

(ނ) މި އޮފީހުގައި މަސައްކަތްކުރާ މުވައްޒަފަކު މަސައްކަތްކުރާ ސެކްށަން ބަދަލުކުރަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ މުވައްޒަފު މަސައްކަތްކުރާ ސެކްށަން ބަދަލުކުރުމުގައި، ތިރީގައިވާ ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.

  1. ސެކްށަން ބަދަލުކުރުމުގައި މުވައްޒަފުގެ ތައުލީމާއި ތަޖުރިބާއަށް ބެލުން؛
  2. ބަދަކުރެވޭ މަގާމަކީ، އެ މުވައްޒަފުގެ ފަންނީ ގާބިލުކަމާއި ތަޖުރިބާއާ އެކަށީގެންވާ މަގާމެއްކަން ކަށަވަރުކުރުން.

 

38 ވަނަ މާއްދާ - ޑިޕާޓްމަންޓުތައް އުފެއްދުން

(ހ) މި އޮފީހުން ކުރާ ގާނޫނީ މަސައްކަތްތަކުގެ އިތުރުން، މި އޮފީހުގެ ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހަރުދަނާކުރުމަށް ޓަކައި، އެކިއެކި މަސައްކަތްތަކަށް ހާއްސަ ޑިޕާޓްމަންޓުތައް އުފައްދައި، އެ ޑިޕާޓްމަންޓުތަކަށް މުވައްޒަފުން ހަމަޖެއްސުމުގެ އިހުތިޔާރު، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އުފައްދާ ޑިޕާޓްމަންޓުތައް، "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އިދާރީ އޮނިގަނޑު" ގައި ހިމަނައިފައި އޮންނަންވާނެއެވެ.

 

 

 

ޗެޕްޓަރ 4

ވަޒީފާ ދިނުމާއި، ވަޒީފާ ބަދަލުކުރުމާއި، ވަޒީފާގެ ކުރިއެރުން ދިނުމާއި، ވަޒީފާއިން ވަކިވުމާއި، ވަޒީފާއިން ވަކިކުރުން

 

39 ވަނަ މާއްދާ - ވަޒީފާ ދިނުން

(ހ) ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އެހީތެރިވެދިނުމަށް ޓަކައި މީހަކު ނުވަތަ ބަޔަކު މި އޮފީހުގެ މަގާމުތަކަށް އައްޔަންކުރުމާއި އަދި/ނުވަތަ ހަމަޖެއްސުމާއި ވަކިކުރުމުގެ ބާރާއި އިހުތިޔާރު، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.

(ށ) މި އޮފީހަށް މުވައްޒަފުން ހޯދުމާއި، ވަޒީފާ ދިނުމާއި، އެއް ވަޒީފާއިން އަނެއް ވަޒީފާއަށް ބަދަލުކުރުމާއި، ވަޒީފާއިން ވަކިކުރުމުގައި އާންމު އުސޫލެއްގެ ގޮތުން އަމަލުކުރާނީ، މި ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ.

 

40 ވަނަ މާއްދާ - ވަޒީފާގެ އާންމު ށަރުތުތައް

(ހ) މި އޮފީހުގެ ދާއިމީ ވަޒީފާއަށް ހަމަޖެއްސޭނީ، ތިރީގައި މިވާ ށަރުތުތައް ފުރިހަމަވުމާއެކު، އެ މަގާމުގެ ށަރުތު ހަމަވާ މީހުންނެވެ.

  1. ދިވެހި ރައްޔިތަކަށްވުން؛
  2. އަސާސީ ތައުލީމުގެ ފެންވަރަށް ލިޔަންކިޔަން އެނގޭ މީހަކު ކަމުގައިވުން؛
  3. މީލާދީގޮތުން އުމުރުން 16 (ސޯޅަ) އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން؛
  4. މީލާދީގޮތުން އުމުރުން 55 (ފަންސާސް ފަހެއް) އަހަރަށް ވުރެ ދޮށީ މީހަކު ކަމުގައި ނުވުން؛
  5. ދައުލަތުގެ އެއްވެސް މަގާމަކުން މުސްކުޅިކޮށްފައިވުމުގެ ސަބަބުން ދައުލަތުން މަހުން މަހަށް އިނާޔަތް ލިބޭ މީހަކު ކަމުގައި ނުވުން؛
  6. އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ޖިނާއީ ބޮޑު ކުށެއް ކުރިކަން، ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
  7. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން އިންތިހާބުކުރެވޭ މަގާމެއް ފުރަމުންދާ މީހެއް ކަމުގައި ނުވުން؛
  8. ދައުލަތުގެ ނުވަތަ އެހެން ތަނެއްގެ ވަޒީފާއެއްގައި ހުރި މީހަކު ކަމުގައި ނުވުން؛
  9. މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރާއި (6) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ ތެރެއިން، އުމުރުގެ ށަރުތަށް ނުވަތަ ކުށުގެ ރިކޯޑުގެ ށަރުތަށް އިސްތިސްނާއެއް ދ،ީ ވަޒީފާއަށް މީހަކު އައްޔަންކުރުމުގެ އިހުތިޔާރު، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.

(ށ) ވަޒީފާ ދިނުމުގެ ކުރިން، އަންނަނިވި ކަންކަމަށް ބެލުމަށްފަހު، އެކަށީގެންވާ ގޮތަކަށް ވަޒީފާ އަދާނުކުރެވޭނެކަމަށް ފެނިއްޖެ ނަމަ، އެ މީހަކަށް ވަޒީފާ ނުދިނުމުގެ ފުރިހަމަ އިހުތިޔާރު މި އޮފީހަށް ލިބިގެންވެއެވެ.

  1. ވަޒީފާ އަދާކުރެވޭ ވަރުގެ ގާބިލުކަން (ކޮމްޕިޓަންސީ) ހުރި މީހެއްކަމުގައި ނުވުން؛
  2. އަހުލާގީ މިންގަނޑާއި، ގައުމީ ސަލާމަތާއި އަދި އޮފީހުގެ ތަސައްވުރު ދެމެހެއްޓުމާ ގުޅޭގޮތުން ބަލަންޖެހޭ މިންގަނޑުތަކަށް ފެތޭ މީހެއްކަމުގައި ނުވުން.

 

41 ވަނަ މާއްދާ - ވަޒީފާ ނުދެވޭނެ ހާލަތު

މި އޮފީހުގެ މުވައްޒަފެއްގެ ގޮތުގައި ކުރިން ހިދުމަތްކޮށްފައިވާ މީހަކަށް، އަންނަނިވި ހާލަތްތަކުގައި އަލުން މި އޮފީހުގެ ވަޒީފާއެއް ނުދެވޭނެއެވެ.

(ހ) ކަނޑައެޅޭ ވަކި މުއްދަތެއްގެ ތެރޭގައި މި އޮފީހުގެ ވަޒީފާއަކަށް ކުރިމަތިނުލެވޭ ގޮތަށް ވަޒީފާއިން ވަކިކުރެވިފައިވާ މީހަކު، އެ މުއްދަތު ހަމަވަންދެން.

(ށ) ވަޒީފާއިން ކުރިން ވަކިވެފައިވަނީ ސިއްހީ ސަބަބަކަށް ކަމުގައި ވާ ނަމަ، ސިއްހީ ހާލަތު ރަނގަޅުވެފައިވާކަމަށް ގަބޫލުކުރެވޭ މެޑިކަލް ސެޓުފިކެޓެއް ހުށަހަޅަންދެން.

(ނ) ވަޒީފާއިން ކުރިން ވަކިކުރެވުނު ސަބަބަކީ އަލުން ވަޒީފާ ދިނުމަށް އިއުތިރާޒު ކުރެވިދާނެ ފަދަ ސަބަބަކަށް ވުން.

 

42 ވަނަ މާއްދާ - މަގާމުތަކަށް މީހުން ހޯދުމާއި ހަމަޖެއްސުން

(ހ) އާންމު އުސޫލެއްގެ ގޮތުން، މި އޮފީހުގެ މަގާމުތަކަށް މީހުން ހޯދަންވާނީ، އާންމު އިއުލާނެއް ކޮށްގެންނެވެ.

(ށ) މި އޮފީހުގެ މަގާމުތަކަށް މުވައްޒަފުން ހަމަޖައްސާނީ، އެ މަގާމުތަކަށް ކުރިމަތިލާ މީހުންގެ ތެރެއިން ށަރުތުހަމަވެ، މެރިޓް އުސޫލުން ށޯޓްލިސްޓްކުރެވޭ ފަރާތްތަކުގެ މެދުގައި ބޭއްވޭ އިންޓަވިއުއިން އެންމެ މަތީ މާކްސް ހޯދާ ފަރާތެއް ނުވަތަ ފަރާތްތަކެއް ހޮވާ އުސޫލުންނެވެ.

(ނ) މި އޮފީހުގެ މުވައްޒަފަކު ވަކިވާން އެދުމުން ނުވަތަ މުވައްޒަފު ހުރި މަގާމުން އެހެން މަގާމަކަށް ބަދަލުކުރަން ނިންމާ ހާލަތުގައި، އެ މުވައްޒަފު ހުރި މަގާމު ހުސްނުވި ކަމުގައި ވިޔަސް، އެ މުވައްޒަފެއްގެ ބަދަލުގައި އެހެން މީހަކު ހޯދުމުގެ މަސައްކަތް ފެށިދާނެއެވެ.

(ރ) މި އޮފީހުގެ ވަޒީފާއަށް ހޮވޭ މުވައްޒަފަކީ، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭވަރުގެ ގާބިލުކަން ހުރި މީހެއްތޯ ބެލުމަށް، ގިނަވެގެން 12 (ބާރަ) މަސްދުވަހުގެ މުއްދަތަށް (ކޮންޓްރެކްޓް އުސޫލުން) ވަޒީފާ ދިނުމުގެ އިހުތިޔާރު މި އޮފީހަށް ލިބިގެންވެއެވެ.

 

43 ވަނަ މާއްދާ - މަގާމުތަކަށް މީހުން ހޯދުމަށް އިއުލާނުކުރުން

(ހ) މި އޮފީހުގެ މަގާމެއް ހުސްވުމުން ނުވަތަ އައު މަގާމެއް އުފެއްދުމުން، އެ ފަދަ މަގާމުތަކަށް މީހުން ހޯދުމަށް، އެ މަގާމުގެ ގިންތިއަށް ރިއާޔަތްކޮށް، އަންނަނިވި 2 (ދޭއް) ގޮތުންކުރެ ގޮތަކަށް އިއުލާނުކުރުމުގެ އިހުތިޔާރު، މި އޮފީހަށް ލިބިގެންވެއެވެ.

  1. އޮފީހަށާއި އޮފީހުން ބޭރަށް ހުޅުވައިލައިގެން އާންމުކޮށް އިއުލާނުކުރުން؛
  2. ހަމައެކަނި އޮފީހުގެ އެތެރެއަށް އާންމުކޮށް ހުޅުވައިލައިގެން އިއުލާނުކުރުން.

(ށ) މި އޮފީހުގެ ވަޒީފާތަކަށް، އޮފީހުން ބޭރަށް އާންމުކޮށް ހުޅުވައިލައިގެން ކުރާ އިއުލާނުތައް، ދިވެހި ސަރުކާރުގެ ގެޒެޓާއި މި އޮފީހުގެ ވެބްސައިޓުގައި އާންމުކޮށް ށާއިއުކުރަންވާނެއެވެ. އަދި ހަމައެކަނި އޮފީހުގެ އެތެރެއަށް އާންމުކޮށް ހުޅުވައިލައިގެން ކުރާ އިއުލާނުތައް، މި އޮފީހުގެ ސްޓާފް ޕޯޓަލުގައި އާންމުކޮށް ށާއިއުކުރަންވާނެއެވެ.

(ނ) މި މާއްދާގައިވާ ގޮތުގެ މަތީން ކުރާ އިއުލާނުތަކުގައި ހުންނަންޖެހޭ މައުލޫމާތާއި، އެފަދަ އިއުލާނުތަކާ ގުޅިގެން މި އޮފީހުގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ އެޕްލިކޭށަން ހުށަހެޅުމާއި، އެ އެޕްލިކޭށަން ބަލައިގަތުމާއި، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކަށް ޕޮއިންޓު ދިނުމަށް ހަމަޖެހިފައިވާ ގޮތާއި، އިންޓަވިއު ޕެނަލް އެކުލަވައިލުމުގައި އަމަލުކުރެވޭނެ އުސޫލުތަކާއި، އިންޓަވިއުއާ ގުޅޭ އެހެނިހެން ކަންކަމާއި، ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ކަނޑައެޅުމަށް ހަމަޖެހިފައިވާ އުސޫލުތަކާއި، މިނޫނަސް މި އޮފީހުގެ ވަޒީފާއަށް ހުޅުވައިލައިގެން ކުރާ އިއުލާނުތަކާ ގުޅިގެން އަމަލުކުރެވޭނެ އެންމެހައި އުސޫލުތައް އެކުލަވައިލައި ށާއިއުކުރަންވާނެއެވެ. މިގޮތުން އެކުލަވައިލާ އުސޫލަށް ކިޔާނީ، "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މުވައްޒަފުން ހޮވުމާއި އައްޔަންކުރުމާ ގުޅޭ އުސޫލު" އެވެ.

 

44 ވަނަ މާއްދާ - ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ އެޕްލިކޭށަން ބަލައިގަތުން

(ހ) އޮފީހުގެ ވަޒީފާތަކަށް މީހުން ހޯދުމަށް ކުރާ އިއުލާނާ ގުޅިގެން، އެ ވަޒީފާއަށް އެދި ކުރިމަތިލާ ފަރާތްތަކުގެ އެޕްލިކޭށަން ފޯމާއި އެހެނިހެން ލިޔުންތައް ހުށަހަޅާނީ، އިއުލާނުގައި ދީފައިވާ އިރުށާދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) އެޕްލިކޭށަން ފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހަމަޔަށް އޮފީހަށް ހުށަހެޅުމަކީ އެޕްލިކޭށަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. އެއްވެސް ސަބަބަކާހުރެ އެޕްލިކޭށަނާއެކު ބޭނުންވާ ހުރިހާ ލިޔެކިޔުން ހުށަހަޅައިފައިނުވާ ނަމަ، އެފަދަ އެޕްލިކޭށަން ފޯމުތައް ބާތިލުކުރެވޭނެއެވެ.

(ނ) އޮފީހުގެ ވަޒީފާތަކަށް އެދޭ ފޯމު ބަލައިގަންނާނީ، އިއުލާނުގައި ބަޔާންކޮށްފައިވާ ސުންގަޑިއާ ހަމައަށެވެ. ސުންގަޑީގެ ފަހުން ހުށަހަޅާ ހުރިހާ އެޕްލިކޭށަންތައް ބާތިލުކުރެވޭނެއެވެ.

 

45 ވަނަ މާއްދާ - އިންޓަވިއު ޕެނަލް އެކުލަވައިލުން

(ހ) އޮފީހުގެ މަގާމުތަކަށް މީހުން ހޮވުމުގެ އިންޓަވިއުކުރާނެ ޕެނަލެއް ކަނޑަައަޅާނީ، ތިރީގައި މިވާ ގޮތުގެ މަތީން، ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ފަރާތެކެވެ.

  1. އޮނަހިރި އަދަދަކަށް ޕެނަލް މެންބަރުން ހިމެނުން؛
  2. އިއުލާނުކުރެވުނު މަގާމު ހިމެނޭ ސެކްށަނުގެ ވެރިޔަކު ނުވަތަ މުވައްޒަފަކު ހިމެނުން؛
  3. އިއުލާނުކުރެވުނު މަގާމާ ގުޅޭ ދާއިރާއިން މުވައްޒަފަކު ހިމެނުން؛
  4. އިންޓަވިއު ޕެނަލުގައި މަސްލަހަތު ފުށުއަރާ މުވައްޒަފަކު ނުހިމެނުން؛
  5. އިންޓަވިއު ޕެނަލް އެކުލަވައިލުމުގައި މިންތީގެ ހަމަހަމަކަމަށް އިސްކަންދިނުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މީހުންގެ އިތުރުން، އިއުލާނުކުރެވުނު މަގާމާ ގުޅުންހުރި ދާއިރާގެ އިތުރު މީހަކު އިންޓަވިއު ޕެނަލުގައި ހިމެނުމަށް މި މާއްދާ ހުރަހެއްނާޅައެވެ.

 

46 ވަނަ މާއްދާ - އިންޓަވިއު ބޭއްވުން

(ހ) މި އޮފީހުގެ މަގާމުތަކަށް ކުރިމަތިލާ ކެންޑިޑޭޓުންނަށް، އިންޓަވިއު ބާއްވާނެ ތަނާއި ތާރީހާއި ގަޑި، އިންޓަވިއު ބޭއްވުމުގެ މަދުވެގެން 24 (ސައުވީސް) ގަޑިއިރުގެ ކުރިން، މި އޮފީހުގެ ހިއުމަން ރިސޯސް ސެކްށަނުން އަންގަންވާނެއެވެ.

(ށ) އިންޓަވިއުއަށް ހާޒިރުވުމަށް އަންގައިފައިވާ ގަޑިޔަށް ވުރެ ލަހުން ހާޒިރުވާ ކެނޑިޑޭޓުންގެ އިންޓަވިއު ކުރިޔަށްނުގެންދަން ނިންމައި، އެ ފަރާތްތަކުގެ އެޕްލިކޭށަން ބާތިލުކުރުމުގެ އިހުތިޔާރު މި އޮފީހަށް ލިބިގެންވެއެވެ.

(ނ) އެއްވެސް ސަބަބަކާހުރެ އިންޓަވިއުއަށް ހާޒިރުނުވާ ކެންޑިޑޭޓުންނަށް އިތުރު ފުރުސަތެއް ނުދީ އެ ފަރާތްތަކުގެ އެޕްލިކޭށަން ބާތިލުކުރުމުގެ އިހުތިޔާރު މި އޮފީހަށް ލިބިގެންވެއެވެ.

 

47 ވަނަ މާއްދާ - އެސެސްމަންޓް ހެދުން

(ހ) މި އޮފީހުގެ މަގާމުތަކަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ތެރެއިން މީހަކު މި އޮފީހުގެ ވަޒީފާއަށް ހަމަޖެއްސުމުގެ ކުރިން އެސެސްމަންޓެއް ހެދުމަށް މި އޮފީހުން ކަނޑައަޅައިފައިވާ ނަމަ، އެ އެސެސްމަންޓް ހެދުމުގެ އިންތިޒާމުތައް ހަމަޖައްސައި، އެސެސްމަންޓް ބާއްވާނެ ތަނާއި ތާރީހާއި ގަޑި، އެސެސްމަންޓް ހެދުމަށް ށޯޓްލިސްޓްކުރެވޭ ކެންޑިޑޭޓުންނަށް، މި އޮފީހުގެ ހިއުމަން ރިސޯސް ސެކްށަނުން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެސެސްމަންޓެއް ދިނުމަށް މި އޮފީހުން ކަނޑައަޅައިފި ނަމަ، އެސެސްމަންޓް ދިނުމަށް ކަނޑައެޅޭ ތާރީހުގެ މަދުވެގެން 3 (ތިނެއް) ދުވަހުގެ ކުރިން، ށޯޓްލިސްޓްކުރެވުނު ކެންޑިޑޭޓުންނަށް އެކަން އަންގަންވާނެއެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބޭއްވޭ އެސެސްމަންޓަށް ކަނޑައެޅިފައިވާ ގަޑިއަށް ވުރެ ލަހުން ހާޒިރުވާ ކެންޑިޑޭޓުންނަށް އަދި ހާޒިރުނުވާ ކެންޑިޑޭޓުންނަށް އިތުރު ފުރުސަތެއް ނުދީ އެ ފަރާތްތަކުގެ އެޕްލިކޭށަން ބާތިލުކުރުމުގެ އިހުތިޔާރު މި އޮފީހަށް ލިބިގެންވެއެވެ.

 

48 ވަނަ މާއްދާ - ޕޮއިންޓް ށީޓް ތައްޔާރުކުރުން

މި ގަވާއިދުގެ 46 ވަނަ މާއްދާއާއި 47 ވަނަ މާއްދާގެ ދަށުން ބޭއްވޭ އިންޓަވިއުއާއި އެސެސްމަންޓަށް އިންޓަވިއު ޕެނަލުން ދޭ މާކުސްތައް އެއްކޮށް، ޕޮއިންޓް ށީޓުގެ ކަންކަން ފުރިހަމަކުރުމަކީ މި އޮފީހުގެ ހިއުމަން ރިސޯސް ސެކްށަނުގެ ޒިންމާއެކެވެ.

 

49 ވަނަ މާއްދާ - ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ކަނޑަައެޅުން

މި އޮފީހުގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެ ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ކަނޑައަޅާނީ، އެ ކެންޑިޑޭޓެއްގެ މެރިޓަށާއި، އިންޓަވިއުއަށާއި، އެސެސްމަންޓަށާއި، ބަލަންޖެހޭ އެ ނޫންވެސް ކަންކަމަށް ބެލުމަށްފަހުގައެވެ.

 

50 ވަނަ މާއްދާ - ވަޒީފާ ގަބޫލުކުރުން 

(ހ) މި އޮފީހުގެ ވަޒީފާއަށް ހޮވުނުކަން އަންގާ ލިޔުން، މި އޮފީހުން ވަޒީފާއަށް ހޮވުނު ފަރާތަށް ހުށަހަޅާތާ 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި، ވަޒީފާ ގަބޫލުކުރިކަން ނުވަތަ ގަބޫލުނުކުރާކަން، ލިޔުމުން މި އޮފީހަށް އަންގަންވާނެއެވެ.

(ށ) މި އޮފީހުގެ ވަޒީފާއަށް ހޮވުނު ފަރާތަކީ އެހެން ވަޒީފާއެއް އަދާކުރާ ފަރާތެއް ނަމަ، މި އޮފީހުގެ ވަޒީފާ ހަމަޖެއްސުމުގެ އިޖުރާތުތައް ފުރިހަމަކުރާނީ، އެ ކެންޑިޑޭޓަކު އެ ވަގުތު އަދާކުރަމުންދާ ވަޒީފާއިން ވަކިވިކަމުގެ ލިޔުމެއް ނުވަތަ އެ ފަރާތުގެ ވަޒީފާ ނިމުމަކަށް ގެނެވޭނެ ތާރީހު ބަޔާންކޮށް އެ ފަރާތުން ވަޒީފާ އަދާކުރަމުންދާ ތަނުން ދީފައިވާ ލިޔުމެއް ނުވަތަ އެ ކެންޑިޑޭޓު ވަޒީފާއަށް ނުކުމެވޭނެ ދުވަހެއް ބަޔާންކޮށް ދީފައިވާ ލިޔުމެއް، މި އޮފީހުން އަންގާ މުއްދަތެއްގެ ތެރޭގައި ހުށަހެޅުމުންނެވެ. 

(ނ) މި އޮފީހުގެ ވަޒީފާއަށް ހޮވުނު ފަރާތުން ވަޒީފާ ގަބޫލުނުކުރާކަމަށް އަންގައިފި ނަމަ ނުވަތަ މި މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އޮފީހަށް ޖަވާބު ނުދީފި ނަމަ، އެ ވަޒީފާގެ ހުށަހެޅުން ބާތިލުކުރުމުގެ އިހުތިޔާރު މި އޮފީހަށް ލިބިގެންވެއެވެ.

 

51 ވަނަ މާއްދާ - މަގާމުތަކަށް ހަމަޖެއްސުމާމެދު ނިންމާ ގޮތް، ކުރިމަތިލާ ފަރާތްތަކަށް އެންގުން

(ހ) މި އޮފީހުގެ މަގާމުތަކަށް ކުރިމަތިލާ މީހުންގެ ތެރެއިން އެ މަގާމަކަށް ހޮވޭ މީހުންނަށް، އެ މަގާމަށް އެ މީހަކު ހޮވިފައިވާކަން، މި އޮފީހުގެ ހިއުމަން ރިސޯސް ސެކްށަނުން، ލަސްނުކޮށް އަންގަންވާނެއެވެ.

(ށ) މި އޮފީހުގެ މަގާމުތަކަށް ކުރިމަތިލާ މީހުންގެ ތެރެއިން އެ މަގާމަކަށް ނުހޮވޭ މީހުންނަށް، ނުހޮވޭކަން، ސަބަބާއެކު، މި އޮފީހުގެ ހިއުމަން ރިސޯސް ސެކްށަނުން، ލަސްނުކޮށް އަންގަންވާނެއެވެ.

 

52 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުމުގެ އިގުރާރާއި ވަޒީފާގެ އެއްބަސްވުން

(ހ) މި އޮފީހުގެ ވަޒީފާއަށް މުވައްޒަފަކު ހޮވުމުން، ވަޒީފާއަށް ނެރެންވާނީ، އޮފީހުގެ ސިއްރު ހިފެހެއްޓުމުގެ އިގުރާރުގައްޔާއި ވަޒީފާގެ އެއްބަސްވުމުގައި އެ މުވައްޒަފަކު ސޮއިކުރުމަށްފަހުގައެވެ.

(ށ) އޮފީހުގެ ސިއްރު ހިފެހެއްޓުމުގެ އިގުރާރުގައްޔާއި، ވަޒީފާގެ އެއްބަސްވުމުގައި މި އޮފީހުގެ ފަރާތުން ސޮއިކުރާނީ، މި އޮފީހުގެ ކޯޕަރޭޓް ސަރވިސަރސް ހިންގުމާ ހަވާލުވެހުރި އެންމެ އިސް ފަރާތުން ނުވަތަ އެ ފަރާތުން ކަނޑައަޅާ ފަރާތަކުންނެވެ.

(ނ) ސިއްރު ހިފެހެއްޓުމުގެ އިގުރާރުގައްޔާއި، ވަޒީފާގެ އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކުރުމަށްފަހު، އެއްބަސްވުންތަކުގެ އަސްލެއް މުވައްޒަފުގެ ރިކޯޑު ފައިލަށް ލާންވާނެއެވެ. އަދި އެ އެއްބަސްވުންތަކުގެ އަސްލެއް، އެ މުވައްޒަފަކަށް ދޭންވާނެއެވެ.

 

53 ވަނަ މާއްދާ - ވަޒީފާ ބަޔާން 

(ހ) މި އޮފީހުގެ ވަޒީފާއަށް މުވައްޒަފަކު ހޮވުމުން، ހިއުމަން ރިސޯސް ސެކްށަނުން އެ މުވައްޒަފެއްގެ ވަޒީފާ ބަޔާން ތައްޔާރުކޮށް، އެ ބަޔާން އެ މުވައްޒަފަކަށް އޮޅުންފިލުވައިދިނުމަށްފަހު، އެ މުވައްޒަފަށް ވަޒީފާ ދޭ ދުވަހުން ފެށިގެން ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ މުވައްޒަފަކު ލައްވައި އެ ބަޔާނުގައި ސޮއިކުރުވުމަށްފަހު އެ މުވައްޒަފާ ހަވާލުކުރަންވާނެއެވެ.

(ށ) ކޮންމެ އަހަރަކު އެއްފަހަރު، މުވައްޒަފުން ކުރާ މަސައްކަތްތަކާއި ވަޒީފާ ބަޔާންތައް އަޅައިބަލައި، މުވައްޒަފެއްގެ މަސައްކަތަށް ބަދަލުއައިސްފައިވާ މަގާމެއް އޮތް ނަމަ، އެ މަގާމެއްގެ ވަޒީފާ ބަޔާން އަލުން ލިޔ،ެ މުވައްޒަފު ލައްވައި ސޮއިކުރުވަންވާނެއެވެ.

 

54 ވަނަ މާއްދާ - ޕްރޮބޭށަން (ވަގުތީ މުއްދަތު)

(ހ) މި އޮފީހުގެ ވަޒީފާއަށް ހޮވޭ މުވައްޒަފަކީ، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭވަރުގެ ގާބިލުކަން ހުރި މީހެއްތޯ ބެލުމަށް ޓަކައި، ގާނޫނު ނަންބަރު 2/2008 )ވަޒީފާއާބެހޭ ގާނޫނު( ގެ ދަށުން 3 (ތިނެއް) މަސްދުވަހުގެ ޕްރޮބޭށަން މުއްދަތު އެ މުވައްޒަފަކަށް ހިނގާނެއެވެ.

(ށ) މި އޮފީހުގެ ވަޒީފާއަކަށް މުވައްޒަފަކު ނުކުންނަ ފުރަތަމަ ދުވަހު، އެ މުވައްޒަފެއްގެ ޕްރޮބޭށަން މުއްދަތު އަންގައިދޭ ލިޔުމެއް، ހިއުމަން ރިސޯސް ސެކްށަނުން އެ މުވައްޒަފަކާ ހަވާލުކުރަންވާނެއެވެ.

(ނ) މި އޮފީހުގެ ވަޒީފާއަށް ނުކުންނަ މުވައްޒަފެއްގެ ޕްރޮބޭށަނުގެ މުއްދަތު ފެށުމާއެކު، ހިއުމަން ރިސޯސް ސެކްށަނުން، ތިރީގައިވާ ކަންތައްތައް ކުރަންވާނެއެވެ.

  1. ޕްރޮބޭށަނުގެ މުއްދަތު ހަމަވާއިރު ދާއިމީ މުވައްޒަފަކަށް ވުމަށް ޓަކައި އެ މުވައްޒަފަކު ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން، ވަޒީފާ އަދާކުރަން ފެށުމާއެކު އެ މުވައްޒަފަކަށް އެންގުން؛
  2. މުވައްޒަފަކަށް ޕްރޮބޭށަނުގެ މުއްދަތުގައި އެއްވެސް ތަމްރީނެއް ދިނުމަށް ހަމަޖެހިފައިވާ ނަމަ، އެ ތަމްރީނެއް ދިނުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ހަމަޖެއްސުން؛
  3. ޕްރޮބޭށަން މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ އަހުލާގާއި ހިދުމަތް ދިނުމުގައި ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް ހުރި ނަމަ، އެ ކަންކަން ރަނގަޅުކުރުމަށް މުވައްޒަފަށް އަންގައި ރިކޯޑުކުރުން.

(ރ) ޕްރޮބޭށަނުގެ މުއްދަތު ތެރޭގައި އެ މަގާމަށް އެ މުވައްޒަފު އެކަށީގެންނުވާކަމަށް ފެންނަ ނަމަ ނުވަތަ އެ މުވައްޒަފު އެ ވަޒީފާއިން ވަކިވާން އެދިއްޖެ ނަމަ، ޕްރޮބޭށަނުގެ މުއްދަތު ހަމަވުމުގެ ކުރިން، ނޯޓިސް ދިނުމަކާ ނުލައި، އެ މުވައްޒަފު ވަޒީފާއިން ވަކިކުރެވިދާނެއެވެ. ނުވަތަ އެ މުވައްޒަފަކު އެ ވަޒީފާއިން ވަކިވާން ބޭނުންވެއްޖެ ހިނދެއްގައި، އެކަން ބަޔާންކޮށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިޔުމުން ހުށަހަޅައި، ޕްރޮސިކިއުޓަރ ޖެނެރަލްއަށް އެ ލިޔުން ލިބުމުން، އޭނާ އެ ވަޒީފާއިން ވަކިވީއެވެ.

(ބ) ޕްރޮބޭށަނުގެ މުއްދަތު ހަމަވުމުން، އެ މުއްދަތުގައި އެ މުވައްޒަފެއްގެ މަސައްކަތުގެ އަހުލާގަށާއި ޕަރފޯމަންސް އެޕްރައިޒަލަށް ރިއާޔަތްކޮށް، އެ މުވައްޒަފު ވަޒީފާގައި އިތުރަށް ބަހައްޓަން ފެންނަ ނަމަ، ޕްރޮބޭށަނުގެ މުއްދަތު ހިމެނޭގޮތަށް އެ މުވައްޒަފު ދާއިމީކުރަންވާނެއެވެ.

 

55 ވަނަ މާއްދާ - ކޮންޓްރެކްޓް މުވައްޒަފުންގެ ޕްރޮބޭށަން މުއްދަތު

މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކޮންޓްރެކްޓް އެމްޕްލޯއިމަންޓުގެ އުސޫލުން މި އޮފީހުގެ ވަޒީފާއަށް އައްޔަންކުރާ މުވައްޒަފުންގެ ޕްރޮބޭށަނާ ބެހޭގޮތުން އަމަލުކުރާނީ، އެ މުވައްޒަފަކާއި މި އޮފީހާ ދެމެދު އެކުލަވައިލެވޭ ވަޒީފާގެ އެއްބަސްވުމުގައިވާ ގޮތުގެ މަތީންނެވެ.

 

56 ވަނަ މާޢްދާ - އިންޑަކްށަން ޕުރޮގުރާމު

މި އޮފީހުގެ ދާއިމީ ވަޒީފާތަކަށާއި ވަގުތީ ވަޒީފާތަކަށް ނަގާ މުވައްޒަފުން، އޮފީހުގެ ގަވާއިދުތަކަށާއި މަސައްކަތަށާއި މާހައުލަށް އަހުލުވެރިކުރުމަށް ތައްޔާރުކޮށްފައިވާ އިންޑަކްށަން ޕުރޮގުރާމެއް ހިންގަންވާނެއެވެ.

 

57 ވަނަ މާޢްދާ - މަގާމުގެ މުއްދަތު ގުނުން 

މި އޮފީހުގެ މުވައްޒަފަކު މި އޮފީހުގެ މަގާމެއްގައި ހޭދަކުރި މުއްދަތު ގުނާނީ، އެ މަގާމަކަށް އެ މުވައްޒަފަކު އައްޔަންކުރި ދުވަހުން ފެށިގެން މުސާރަ ނުލިބޭ ގޮތަށް އެ މުވައްޒަފަކު ވަޒީފާއިން ވީއްލައިފައިވާ މުއްދަތު ނުހިމަނައި، އެ މުވައްޒަފެއްގެ ހިދުމަތް މި އޮފީހަށް ލިބިފައިވާ މުއްދަތަށް ބަލައިގެންނެވެ.

 

58 ވަނަ މާޢްދާ - މަގާމުގެ ކުރިއެރުން ދިނުން

މި އޮފީހުގެ މުވައްޒަފުންގެ ތެރެއިން، ވަޒީފާގެ ޒިންމާތައް ފުރިހަމަޔަށް އަދާކޮށް، މަސައްކަތުގެ ފެންވަރު ރަނގަޅަށް ދަމަހައްޓައި އަދި މަސައްކަތުގެ އަހުލާގު ރަނގަޅު މުވައްޒަފުންގެ ތެރެއިން އެ މުވައްޒަފެއްގެ ތައުލީމީ ގާބިލުކަމަށާއި، ފަންނީ ގާބިލުކަމަށާއި، ޕަރފޯމަންސް އެޕްރެއިޒަލަށާއި، މަގާމުގައި ހޭދަކޮށްފައިވާ މުއްދަތަށް ރިއާޔަތްކޮށް، އެ މުވައްޒަފަކަށް މަގާމުގެ ކުރިއެރުން ދިނުމުގެ އިހުތިޔާރު، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ. މިގޮތުގެ މަތީން މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދެވޭނީ، އެކަން ކުރުމުގައި ބަލާނެ އަސާސްތަކާއި އަމަލުކުރެވޭނެ ގޮތްތައް ހިމަނައިގެން އެކުލަވައިލ،ާ އޮފީހުގެ ތެރޭގައި ށާއިއުކޮށްފައި އޮންނަ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. މި އުސޫލަށް ކިޔާނީ، "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ.

 

59 ވަނަ މާޢްދާ - ވަޒީފާގެ ކުރިއެރުމުގެ ބާވަތްތައް

މި އޮފީހުގެ މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދިނުމުގައި، ތިރީގައި ބަޔާންކޮށްފައިވާ

ގޮތްތަކުގެ ތެރެއިން ގޮތަކަށް ވަޒީފާގެ ކުރިއެރުން ދެވިދާނެއެވެ.

(ހ) މަގާމުގެ ކުރިއެރުން.

(ށ) މަގާމުގެ މަސްއޫލިއްޔަތު ފުޅާކުރުން.

 

60 ވަނަ މާޢްދާ - ވަޒީފާގެ ކުރިއެރުން ދިނުމުގެ އަސާސީ ށަރުތުތައް

މި އޮފީހުގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުމުގައި ބަލާނެ އަސާސީ ށަރުތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) އޮފީހުގެ އޮނިގަނޑުގައި ކުރިއެރުންދެވޭ މަގާމަށް ކަނޑައަޅައި ފައިވާ ށަރުތުތައް
އެ މުވައްޒަފެއްގެ ކިބައިގައި ފުރިހަމަވުން.

(ށ) މި އޮފީހުގައި މަސައްކަތްކުރާތާ މަދުވެގެން 1 (އެކެއް) އަހަރުދުވަސް ވެފައިވުން.

(ނ) މަގާމުގެ ކުރިއެރުން ދިނުމުގެ ކުރިން، އޮފީހުގައި ކަނޑައަޅައިފައިވާ މަސައްކަތުގެ ފެންވަރު ބަލާނެގޮތުގެ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް އެ މަގާމަކަށް ކަނޑައަޅައިފައިވާ މިންވަރަށް މާކުސް ލިބިފައިވުން.

(ރ) ފާއިތުވެދިޔަ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އިސްލާހީ ފިޔަވަޅެއް އެޅިފައިވާ މުވައްޒަފަކަށް ނުވުން.

 

61 ވަނަ މާއްދާ - ވަޒީފާގެ ފަންތި ދަށްކުރުން 

މި އޮފީހުގެ މުވައްޒަފު އަދާކުރަމުންދާ ވަޒީފާ ހިމެނޭ ފަންތިޔަށް ވުރެ ދަށް ފަންތިއެއްގެ ވަޒީފާއަކަށް، އެ މުވައްޒަފުގެ އެދުމަކަށް ނުވަތަ ރުހުމާއެކުގައި މެނުވީ ބަދަލުކުރެވޭނީ ތިރީގައިވާ ހާލަތްތަކުގައެވެ.

(ހ) މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން މުވައްޒަފާ މެދު އެޅޭ އިސްލާހީ ފިޔަވަޅެއްގެ ގޮތުން.

(ށ) މުވައްޒަފު ހުރި ފަންތީގައި މަސައްކަތްކުރުމަށް ބޭނުންވާ މުހިންމު ށަރުތެއް މުވައްޒަފުގެ ކިބައިން އުނިވުން.

(ނ) އެ މުވައްޒަފު ހުރި ފަންތީގައި މަސައްކަތްކުރަންވާ މިންވަރަށް ނުވަތަ ފެންވަރަށް މަސައްކަތް ނުކުރުން.

(ރ) ޖިސްމާނީ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން ނުވަތަ ނަފުސާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން، މުވައްޒަފު ހުރި ފަންތީގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާނުކުރެވުން.

(ބ) ދިވެހިރާއްޖޭގައި އަމަލުކުރާ ގާނޫނެއްގައި ވަޒީފާގެ ފަންތި ދަށްކުރެވޭނޭކަމަށް ބަޔާންކޮށްފައިވާ އެހެން ހާލަތެއް މެދުވެރިވުން.

 

62 ވަނަ މާއްދާ - ވަޒީފާއިން ވަކިކުރުން 

މި އޮފީހުގެ އިސް މަގާމުތަކުގައި ތިބޭ މުވައްޒަފުން ފިޔަވައި މި އޮފީހުގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ އަންނަނިވި ގޮތުގެ މަތީންނެވެ.

(ހ) ވަކި މުއްދަތަކަށް ހިދުމަތްކުރުމުގެ އެއްބަސްވުމެއް ނެތް ކޮންމެ މުވައްޒަފަކު، ވަޒީފާއިން ވަކިވާން ބޭނުންވާ ނަމަ، މި ގަވާއިދުގެ 63 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދޭންޖެހޭ ނޯޓިސް، ލިޔުމުން ދިނުމަށްފަހު، ނޯޓިހުގެ މުއްދަތު ހަމަވުމުން، ވަޒީފާއިން ވަކިވުން.

(ށ) ތިރީގައިވާ ސަބަބުތަކުންކުރެ ސަބަބެއް މެދުވެރިވެއްޖެ ނަމަ، މި ގަވާއިދުގެ 63 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދޭންޖެހޭ ނޯޓިސް، ލިޔުމުން ދިނުމަށްފަހު، ނޯޓިހުގެ މުއްދަތު ހަމަވުމުން، އެ މުވައްޒަފަކު މި އޮފީހުގެ ވަޒީފާއިން ވަކިރުމުގެ އިހުތިޔާރު، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.

  1. އެކަށީގެންވާ ސަބަބަކާހުރ،ެ މި އޮފީހުގެ މުވައްޒަފެއްގެ ގޮތުގައި ވަޒީފާގައި އިތުރަށް ބެހެއްޓުމަށް އެކަށީގެންނުވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފެނުން ނުވަތަ އެ މުވައްޒަފަކާމެދު ޕްރޮސިކިއުޓަރ ޖެނެރަލްގެ އިތުބާރު ގެއްލުން؛
  2. ދިވެހިރާއްޖޭގައި އަމަލުކުރާ ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ، ވަޒީފާ އަދާނުކުރެވޭނެ ފަދަ ހާލަތެއް މެދުވެރިވުން؛
  3. ޖިނާއީ ކުށެއްގެ ދައުވާ އުފުލުން؛
  4. ވަޒީފާގެ ވާޖިބުތައް އަދާކުރުމަށް ޓަކައި ފުރިހަމަކުރަންޖެހޭ ތަމްރީނުން ފާސްނުވުން ނުވަތަ ފުރިހަމަނުކުރުން؛
  5. މި ގަވާއިދުގައިވާ މުވައްޒަފުންގެ ސުލޫކީ މިންގަނޑާ ހިލާފުވިކަން ސާބިތުވުމުން، އެ މުވައްޒަފު ހިލާފުވިކަމެއްގެ ކުޑަބޮޑުމިނަށް ބަލައިގެން އަޅާ ފިޔަވަޅެއްގެ ގޮތުން؛
  6. މި ގަވާއިދުގައިވާ ގޮތުގެ މަތީން އެޅޭ އިސްލާހީ ފިޔަވަޅެއްގެ ގޮތުން މުވައްޒަފު ވަޒީފާއިން ވަކިކުރުމަށް ނިންމުން؛
  7. ދިމާވި ޖިސްމާނީ ނުކުޅުދުންތެރިކަމެއްގެ ސަބަބުން ނުވަތަ ނަފުސާނީ ނުކުޅުދުންތެރިކަމެއްގެ ސަބަބުން އެ މުވައްޒަފު ހުރި ފަންތީގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ފުރިހަމަޔަށް އަދާނުކުރެވުން؛
  8. މުވައްޒަފު ވަޒީފާއިން މުސްކުޅިކުރުން.

(ނ) ވަކި އެއްބަސްވުމެއްގެ ދަށުން، ވަކި މުއްދަތަކަށް ވަޒީފާ އަދާކުރާ މުވައްޒަފާ މެދު ވަޒީފާއިން ވަކިކުރުމުގައި އަމަލުކުރާނީ، އެ އެއްބަސްވުމެއްގައި ބަޔާންވެގެންވާ ގޮތުގެ މަތީންނެވެ.

 

63 ވަނަ މާއްދާ - ނޯޓިސްގެ މިންވަރު

ވަކި މުއްދަތަކަށް ހިދުމަތްކުރުމުގެ އެއްބަސްވުމެއް ނެތް، މި އޮފީހުގެ މުވައްޒަފުން އަމިއްލައަށް އެދިގެން މި އޮފީހުގެ ވަޒީފާއިން ވަކިވުމުގެ ކުރިން ނުވަތަ މި ގަވާއިދުގެ 65 ވަނަ މާއްދާގެ (ށ) ގެ ދަށުން ނޯޓިސް ދިނުމަށްފަހު މި އޮފީހުގެ ވަޒީފާއިން މުވައްޒަފަކު ވަކިކުރާ ހާލަތުގައި ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ނޯޓިސް ދޭންވާނެއެވެ. 

(ހ) 1 (އެކެއް) އަހަރުދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް މި އޮފީހަށް ހިދުމަތްކޮށްފައިވާ

މުވައްޒަފެއް ނަމަ، 2 (ދޭއް) ހަފުތާގެ ނޯޓިސް.

(ށ) 1 (އެކެއް) އަހަރުދުވަހަށް ވުރެ ކުރުނޫން އަދި 5 (ފަހެއް) އަހަރުދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް މި އޮފީހަށް ހިދުމަތްކޮށްފައިވާ މުވައްޒަފެއް ނަމަ، 1 (އެކެއް) މަސްދުވަހުގެ ނޯޓިސް.

(ނ) 5 (ފަހެއް) އަހަރުދުވަހަށް ވުރެ ދިގު މުއްދަތަކަށް މި އޮފީހަށް ހިދުމަތްކޮށްފައިވާ މުވައްޒަފެއް ނަމަ، 2 (ދޭއް) މަސްދުވަހުގެ ނޯޓިސް.

(ރ) މި އޮފީހުގެ މުވައްޒަފަކު، ދައުލަތުގެ އެހެން މަގާމަކަށް ބަދަލުވުމަށް ޓަކައި މި އޮފީހުން ވަކިވުމަށް އެދި ހުށަހަޅާ ހާލަތުގައި، މި މާއްދާގައި ބަޔާންކޮށްފައިވާ ނޯޓިސް ދިނުމުގެ މުއްދަތު ބަދަލުކޮށްދިނުމުގެ އިހުތިޔާރު، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.

 

64 ވަނަ މާއްދާ - ނޯޓިސްގެ މުއްދަތުގައި ޗުއްޓީ ނެގުން

ނޯޓިހުގެ މުއްދަތުގައި މި އޮފީހުގެ މުވައްޒަފަކަށް އެއްވެސް ބާވަތެއްގެ ޗުއްޓީއެއް ނެގޭނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ހާއްސަ ހުއްދަޔަކާއެކުގައެވެ.

 

65 ވަނަ މާއްދާ - ނޯޓިސްދިނުމުގެ ބަދަލުގައި ފައިސާ ދިނުން

(ހ) ނޯޓިސް ދިނުމަށްފަހު ވަޒީފާއިން ވަކިވާން އެދޭ މުވައްޒަފުން، ވަޒީފާއިން ވަކިވުމުގެ ގޮތުން ދޭންޖެހޭ ނޯޓިސް ދިނުމުގެ ބަދަލުގައި، އެ ނޯޓިހުގެ މުއްދަތު ފެށޭ ދުވަހުން ފެށިގެން އެ ނޯޓިހުގެ މުއްދަތު ނިމޭ ދުވަހާ ހަމަޔަށް އެ މުވައްޒަފަށް ލިބިދޭންޖެހޭ މުސާރައާއި، އެކިއެކި އެލަވަންސާއި، އިތުރުގަޑީގެ ފައިސާއާއި، މިނޫންވެސް މުވައްޒަފުންނަށް ދޭންޖެހޭ އެއްވެސް ފައިސާއެއް ދިނުމުގައި ދޭންޖެހޭވަރަށް ވުރެ އިތުރަށް ފައިސާ ދެވިފައިވާ ނަމަ، އެ ފައިސާ ދިނުމަށްފަހު، އެ މުވައްޒަފަށް ވަޒީފާއިން ވަކިވެވިދާނެއެވެ.

(ށ) ނޯޓިސް ދިނުމަށްފަހު ވަޒީފާއިން ވަކިކުރެވޭ މުވައްޒަފ،ު ވަޒީފާއިން ވަކިކުރުމުގެ ގޮތުން ދޭންޖެހޭ ނޯޓިސް ދިނުމުގެ ބަދަލުގައި، އެ ނޯޓިހުގެ މުއްދަތު ފެށޭ ދުވަހުން ފެށިގެން އެ ނޯޓިހުގެ މުއްދަތު ނިމޭ ދުވަހާ ހަމަޔަށް އެ މުވައްޒަފަށް ލިބިދޭންޖެހޭ މުސާރައާއި އެހެނިހެން އިނާޔަތްތައް ދިނުމަށްފަހު އެ މުވައްޒަފު ވަޒީފާއިން ވަކިކުރެވިދާނެއެވެ.

(ނ) މި މާއްދާގައިވާ ގޮތުގެ މަތީން ނޯޓިސް ދިނުމުގެ ބަދަލުގައި ދައްކަންޖެހޭ ނުވަތަ ލިބިދޭންޖެހޭ މުސާރައާއި އިނާޔަތްތައް ދެއްކުމުގައި ނުވަތަ ލިބިދިނުމުގައި ބެލެވޭނެ އަސާސްތަކާއި، މުސާރައާއި އިނާޔަތްތައް ލިބިދެވޭނެ މިންވަރުތަކުގެ ތަފުސީލު ހިމަނައިގެން އެކުލަވައިލައި ށާއިއުކޮށްފައި އޮންނަ އުސޫލެއް އޮންނަންވާނެއެވެ. މި އުސޫލަށް ކިޔާނީ، "ނޯޓިސް ދިނުމުގެ ބަދަލުގައި ފައިސާ ދިނުމާބެހޭ އުސޫލު" އެވެ.

 

66 ވަނަ މާއްދާ - ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރުން

(ހ) މުވައްޒަފުގެ މަސައްކަތުގެ އަހުލާ ގު އެކަށީގެންނުވުމާއެކު، އެ މުވައްޒަފު ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ އެކަށީގެންވާ ކަމެއްކަމަށް އޮފީހަށް ނުފެން ނަ ނަމަ، ނޯޓިސް ދިނުމަކާ ނުލައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ބާރު، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.

(ށ) މުވައްޒަފުގެ މަސައްކަތުގެ އަހުލާގު އެކަށީގެންނުވާކަމަށް ބެލެވިދާނެ ހާލަތްތަކުގެ ތެރޭގައި ތިރީގައިވާ ކަންކަން ހިމެނެއެވެ.

  1. އެ މުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމުން އޮފީހަށް ގެއްލުމެއް ލިބިދާނެކަމަށް ފެނުން؛
  2. އެ މުވައްޒަފަކު ހިޔާނާތެއް ވެފައިވުން.

(ނ) މި މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން ވަކިކުރެވޭ މުވައްޒަފެއްގެ އަހަރީ ޗުއްޓީގެ ދުވަސްތަކުން ބާކީ ދުވަސްތަކެއް އޮތް ނަމަ، ހަމަޖެހިފައިވާ އުސޫލު ން އެ ދުވަސްތަކަށް ފައިސާ ދެވޭނެއެވެ.

 

67 ވަނަ މާއްދާ - މުވައްޒަފަކު ނިޔާވުން 

މި އޮފީހުގެ މުވައްޒަފަކު ނިޔާވެއްޖެ ނަމަ، އެހިނދުން ފެށިގެން އެ މުވައްޒަފެއްގެ ވަޒީފާ ނިމުމަކަށް އައީއެވެ.

 

 

ޗެޕްޓަރ 5

މުވައްޒަފުން ވަޒީފާއިން ދޫކޮށްލުން (ރިޑަންޑަންސީ)

 

68 ވަނަ މާއްދާ - މުވައްޒަފުން ވަޒީފާއިން ދޫކޮށްލުމާއި، ވަޒީފާއިން ދޫކޮށްލެވޭނެ މުވައްޒަފުން

މި އޮފީހުގެ ވަޒީފާއިން މުވައްޒަފަކު ދޫކޮށްލުމަކީ، މި ގަވާއިދުގެ 69 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަ ތެއް ދިމާވެގެން، މި އޮފީހުގެ ދާއިމީ މުވައްޒަފަކު ވަޒީފާއިން ވަކިކުރާ ވަކިކުރުމެވެ.

 

69 ވަނަ މާއްދާ - މުވައްޒަފުން ވަޒީފާއިން ދޫކޮށްލެވޭ ހާލަތްތައް

ތިރީގައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެ ނަމަ، މި އޮފީހުގެ ދާއިމީ މުވައްޒަފަކު މި އޮފީހުގެ ވަޒީފާއިން ދޫކޮށްލެވޭނެއެވެ.

(ހ) ވަޒީފާ އުވިގެން މުވައްޒަފު ވަޒީފާއިން ދޫކޮށްލުން. އޮފީހުގެ އޮނިގަނޑަށް ނުވަތަ މަސައްކަތަށް ބަދަލުގެނައުމުގެ ސަބަބުން ނުވަތަ ކުރަމުން އައި މަސައްކަތެއް ހުއްޓައިލުމުގެ ސަބަބުން ވަޒީފާ އުވ،ި ބަދަލުގައި އެކަށޭނަ އެހެން ވަޒީފާއެއް މި އޮފީހުގެ ތެރެއިން ހޯދައިދިނުމަށް އެކަށީގެންވާ ފިޔަވަޅުއަޅައި، ވަޒީފާއެއް ހޯދައިނުދެވުމުގެ ސަބަބުން މުވައްޒަފަކު ވަޒީފާއިން ދޫކޮށްލަން ޖެހުން.

(ށ) ވަޒީފާ އަދާކުރާ އޮފީސް، ގޮފި، ޑިޕާޓްމަންޓް، ސެކްށަން ނުވަތަ ޔުނިޓް އުވިގެން މުވައްޒަފު ވަޒީފާއިން ދޫކޮށްލަންޖެހުން. މި އޮފީސް ހިންގުމުގެ ނިޒާމަށް އަންނަ ބަދަލެއްގެ ސަބަބުން އެ މުވައްޒަފަކު ވަޒީފާ އަދާކުރަމުން އަންނަ އޮފީސް، ގޮފި، ޑިޕާޓްމަންޓް، ސެކްށަން، ޔުނިޓު ނުވަތަ މިއިން ތަނެއްގެ ބައެއް އުވައިލަން ނިންމާ ހާލަތެއްގައި، ބަދަލުގައި އެކަށޭނަ އެހެން ވަޒީފާއެއް މި އޮފީހުގެ ތެރެއިން ހޯދައިދިނުމަށް އެކަށީގެންވާ ފިޔަވަޅުއަޅައި، ވަޒީފާއެއް ހޯދައިނުދެވުމުގެ ސަބަބުން މުވައްޒަފަކު ވަޒީފާއިން ދޫކޮށްލަން ޖެހުން.

(ނ) ބޭނުންވާ ވަރަށް ވުރެ މުވައްޒަފުން އިތުރުވުމުގެ ސަބަބުން މުވައްޒަފު ވަޒީފާއިން ދޫކޮށްލުން. މި އޮފީހުގެ މަގާމުތައް އަލުން އަތުރައިލުމުގެ ސަބަބުން ނުވަތަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެ ވަޒީފާގައި ކުރަމުންދިޔަ މަސައްކަތް އެހެން ގޮތަކަށް ކުރުމުން އޮފީހަށް ބޭނުންވާވަރަށް ވުރެ އިތުރަށް މަގާމު ހުރިކަމަށް ފާހަގަކުރެވިގެން އެ މަގާމު އުވައިލަން ނިންމާ ހާލަތެއްގައި، ބަދަލުގައި އެކަށޭނަ އެހެން ވަޒީފާއެއް މި އޮފީހުގެ ތެރެއިންހޯދައިދިނުމަށް އެކަށީގެންވާ ފިޔަވަޅުއަޅައި، ވަޒީފާއެއް ހޯދައިނުދެވުމުގެ  ސަބަބުން މުވައްޒަފަކު ވަޒީފާއިން ދޫކޮށްލަން ޖެހުން.

(ރ) މުވައްޒަފުގެ ގާބިލުކަން ނެތިގެން ވަޒީފާއިން ދޫކޮށްލުން. ވަޒީފާ އަދާކުރުމުގައި އެނގެންޖެހޭ އިލްމަށް ނުވަތަ ޓެކްނޮލޮޖީއާއި ގޮތްތައް ބަދަލުވެގެން، ތަމްރީނުގެ ފުރުސަތު ދެވ،ި ނަމަވެސް އެ ފުރުސަތުގެ އެދެވޭ ނަތީޖާ ހާސިލުނުކުރެވުމުގެ ސަބަބުން މުވައްޒަފު ވަޒީފާއިން ދޫކޮށްލަން ޖެހުން ނުވަތަ މުވައްޒަފު އަދާކުރަންޖެހޭ ވަޒީފާގެ މަސައްކަތަށް ބޭނުންވާ ގާބިލުކަން ނެތިގެން މުވައްޒަފު ވަޒީފާއިން ދޫކޮށްލަން ޖެހުން.

(ބ) މުވައްޒަފު އަދާކުރި ވަޒީފާގެ މަސައްކަތް އައުޓްސޯސްކުރުމުގެ ސަބަބުން މުވައްޒަފު ވަޒީފާއިން ދޫކޮށްލަން ޖެހުން. މި އޮފީހުގެ މުވައްޒަފަކު އަދާކުރަމުން ދިޔަ ވަޒީފާއެއް އައުޓްސޯސް ކުރުމުގެ ސަބަބުން އެ މަގާމު އުވައިލަން ނިންމާ ހާލަތެއްގައި، ބަދަލުގައި އެކަށޭނަ އެހެން ވަޒީފާއެއް މި އޮފީހުގެ ތެރެއިން ހޯދައިދިނުމަށް އެކަށީގެންވާ ފިޔަވަޅުއަޅައި، ވަޒީފާއެއް ހޯދައިނުދެވުމުގެ ސަބަބުން މުވައްޒަފު ވަޒީފާއިން ދޫކޮށްލަން ޖެހުން.

(ޅ) އޮފީހުން ކުރަމުންދިޔަ މަސައްކަތެއް ނުވަތަ މަސައްކަތަކުން ބައެއް، އެހެން އިދާރާއަކަށް ބަދަލުވާއިރު އިތުރުވާ މުވައްޒަފު ވަޒީފާއިން ދޫކޮށްލަން ޖެހުން. މި އޮފީސް ހިންގުމުގެ ނިޒާމަށް އަންނަ ބަދަލެއްގެ ސަބަބުން، މި އޮފީހުން ކުރަމުންދިޔަ މަސައްކަތް ނުވަތަ މަސައްކަތުން ބައެއް އެހެން އިދާރާއަކަށް ބަދަލުކުރުމުން، އެ މަސައްކަތެއް ކުރަމުންދިޔަ މުވައްޒަފ،ު އެ މަސައްކަތް ބަދަލުވާ އިދާރާއަކަށް ބަދަލުކުރެވޭއިރު އެ އިދާރާއަށް ބޭނުންވާ ވަރަށް ވުރެ މުވައްޒަފުން އިތުރުވާ ހާލަތެއްގައި، ބަދަލުގައި އެކަށޭނަ އެހެން ވަޒީފާއެއް އެ އިދާރާގެ ތެރެއިން ހޯދައިދިނުމަށް އެކަށީގެންވާ ފިޔަވަޅުއަޅައި، ވަޒީފާއެއް ހޯދައިނުދެވުމުގެ ސަބަބުން މުވައްޒަފަކު ވަޒީފާއިން ދޫކޮށްލަން ޖެހުން.

 

70 ވަނަ މާއްދާ - އޮފީހުގެ ވަޒީފާއިން ދޫކޮށްލަންޖެހޭ މުވައްޒަފުންނަށް ދެވޭ އިނާޔަތް

މި އޮފީހުގެ މުވައްޒަފަކު، މި ގަވާއިދުގައިވާ ގޮތުގެ މަތީން ދޫކޮށްލަން ނިންމޭ ހާލަތްތަކުގައި އެފަދަ މުވައްޒަފުންނަށް ދެވޭނެ އިނާޔަތްތައް، މާލީ ވުޒާރާގެ ލަފާގެ މަތީން އެކުލަވައިލައި، ށާއިއުކޮށްފައި އޮންނަންވާނެއެވެ.

 

71 ވަނަ މާއްދާ - މުވައްޒަފުން ވަޒީފާއިން ދޫކޮށްލުމުގައި އަމަލުކުރެވޭ ގޮތް

މި އޮފީހުގެ މުވައްޒަފަކު، މި ގަވާއިދުގައިވާ ގޮތުގެ މަތީން ދޫކޮށްލަންޖެހޭ ހާލަތްތަކުގައި އެފަދަ މުވައްޒަފަކު ދޫކޮށްލެވޭނީ، ތިރީގައިވާ ކަންކަން ކަށަވަރުކޮށް، ކަމާބެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ފަހުގައެވެ.

(ހ) އޮފީހުގެ މަސައްކަތެއް ނުވަތަ މަސައްކަތަކުން ބައެއް ހުއްޓައި ލެވޭ ނަމަ، އެކަން މުވައްޒަފުންނަށް އެންގުން.

(ށ) އޮފީހުގެ މުވައްޒަފުން މަދުކުރަން ޖެހިއްޖެ ހާލަ ތެއްގައި، އޮފީހުން އެކުލަވައިލާ ކޮމިޓީއަކުން އެކަމުގައި އަމަލުކުރާނެ މިންގަނޑުތަކެއް ކަނޑައެޅުމަށްފަހު، މަދުކުރަންޖެހޭ މަގާމުތައް ބަޔާންކޮށް މުވައްޒަފުންނަށް އެންގުން؛ އަދި އަމިއްލައަށް ވަކިވާން ބޭނުންވާ މުވައްޒަފުން އެކަމަށް އެދުމުގެ ފުރުސަތު ހުޅުވައިލުން.

(ނ) ވަޒީފާ އަދާކުރުމުގައި ބޭނުންވާ އިލްމު ނުވަތަ ބޭނުންކުރަންޖެހޭ ޓެކްނޮލޮޖީއާއި ގޮތްތައް ބަދަލުވެގެން ތަމްރީނުގެ ފުރުސަތު ދެވުމުން އެ ފުރުސަތުގެ ބޭނުން އެކަށީގެންވާ ގޮތެއްގައި މުވައްޒަފު ހިފައިފައިނުވާ ނަމަ ނުވަތަ ދެވެނު ތަމްރީނާ ގުޅިގެން އިތުރު ކުރިއެރުމެއް މުވައްޒަފަށް ލިބިފައިނުމުވުގެ ސަބަބުން މުވައްޒަފަކު ވަޒީފާއިން ދޫކޮށްލަންޖެހޭ ނަމަ، އެ ވަޒީފާއެއް އަދާކުރުމަށް މުވައްޒަފުގެ ކިބައިން އުނިވަނީ ކޮންކަމެއްކަން ބަޔާންކޮށް، ވަޒީފާއިން ދޫކޮށްލާނެކަން ބަޔާންކޮށް މުވައްޒަފަށް އެންގުން.

(ރ) މި އޮފީސް ހިންގުމުގެ ނިޒާމަށް އަންނަ ބަދަލެއްގެ ސަބަބުން، މި އޮފީހުން ކުރަމުންދިޔަ މަސައްކަތް ނުވަތަ މަސައްކަތުން ބައެއް އެހެން އިދާރާއަކަށް ބަދަލުކުރުމުން، އެ މަސައްކަތެއް ކުރަމުންދިޔަ މުވައްޒަފ،ު އެ މަސައްކަތް ބަދަލުވާ އިދާރާއަކަށް ބަލަދުކުރުމުން، އެ ބަދަލުކުރެވޭ އިދާރާއެއްގެ މަސައްކަތް ރޭވިފައިވާ ގޮތާއި މުވައްޒަފުން ތިބި މިންވަރުން، ކުރަންޖެހޭ މަސައްކަތާ އަޅައި ބަލާއިރު، ބަދަލުވާ މުވައްޒަފުން އިތުރުވާ ނަމަ، މިގޮތަށް އިތުރުވާ މުވައްޒަފުން ވަޒީފާއިން ދޫކޮށްލުން؛ އަދި މިގޮތަށް މުވައްޒަފުން އިތުރުވެ ބައެއް މުވައްޒަފުން ދޫކޮށްލަންޖެހޭ ނަމަ، އެ އިދާރާއެއްގެ މަސައްކަތަށް ބަދަލުކުރެވޭ މުވައްޒަފުން، އެ ވަޒީފާއެއް އަދާކުރި މުވައްޒަފުންގެ ތެރެއިން "މެރިޓް" އުސޫލުން ކަނޑައެޅުން.

 

 

ޗެޕްޓަރ 6

ވަގުތީ މުވައްޒަފުން

 

72 ވަނަ މާޢްދާ - ވަގުތީ މުވައްޒަފުން

(ހ) މި އޮފީހުގެ ވަގުތީ މުވައްޒަފުންނަކީ، މި އޮފީސް ހިންގުމުގެ ނިޒާމުގެ ތެރެއިން ފާހަގަވާ ވަގުތީ ބޭނުންތަކަށް އެޑްރެސްކުރުމަށް ނުވަތަ ވަގުތީ މަށްރޫއެއް ހިންގުމަށް ބޭނުންވެގެން ނުވަތަ މި އޮފީހުގެ މަގާމުތަކަށް ގާބިލު މީހުން ބޭނުންވާ އަދަދަށް ނުލިބޭ ހާލަތުގައި އެފަދަ މަސައްކަތް ކުރެވޭނޭގޮތް ހަމަޖެއްސުމުގެ ގޮތުން، ކަނޑައެޅޭ ވަކި މުއްދަތަކަށް ނުވަތަ ކަނޑައެޅޭ ވަކި މަސައްކަތެއް ކުރުމަށް ވަޒީފާދެވޭ މީހުންނެވެ.

(ށ) މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން މި އޮފީހުގެ ވަގުތީ މުވައްޒަފުންގެ ގޮތުގައި ހަމަޖެއްސޭނީ، ތިރީގައިވާ ގިންތިތަކުގެ ތެރެއިން ގިންތިއެއްގައި ހިމެނޭ ފަރާތްތަކެވެ.

  1. ކޮންޓްރެކްޓް އެމްޕްލޯއިމަންޓުގެ ދަށުން ވަޒީފާދެވޭ ފަރާތްތައް؛
  2. ހިލޭސާބަހަށް މަސައްކަތްކޮށްދޭ ފަރާތްތައް.

 

73 ވަނަ މާއްދާ - ވަގުތީ މުވައްޒަފުން ހޯދުމާއި މަގާމަށް އައްޔަންކުރުން

މި އޮފީހުގެ ވަގުތީ މަގާމުތަކަށް މީހުން ހޯދުމުގައްޔާއި، އެ މަގާމުތަކަށް މީހުން ހޮވުމުގައްޔާއި، އެ މަގާމުތަކަށް މީހުން ކަނޑައެޅުމުގައި އަމަލުކުރެވޭނީ، އޮފީހުގެ ދާއިމީ މުވައްޒަފުންނާ މެދު އަމަލުކުރުމަށް މި ގަވާއިދުގައި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށެވެ.

 

74 ވަނަ މާއްދާ - ކޮންޓްރެކްޓް އެމްޕްލޯއިމަންޓުގެ ދަށުން ވަޒީފާގައި މީހުން ގެންގުޅުން

(ހ) މި އޮފީސް ހިންގުމުގެ ނިޒާމުގެ ތެރެއިން ފާހަގަވާ ވަގުތީ ބޭނުންތަކަށް އެޑްރެސްކުރުމަށް ނުވަތަ ވަގުތީ މަށްރޫއެއް ހިންގުމަށް ބޭނުންވެގެން ނުވަތަ މި އޮފީހުގެ މަގާމުތަކަށް ގާބިލު މީހުން ބޭނުންވާ އަދަދަށް ނުލިބޭ ހާލަތުގައި އެފަދަ މަސައްކަތް ކުރެވޭނޭގޮތް ހަމަޖެއްސުމުގެ ގޮތުން، މި އޮފީހާއި ވަޒީފާދެވޭ ފަރާތާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން، ކަނޑައެޅޭ ވަކި މުއްދަތަކަށް ނުވަތަ ކަނޑައެޅޭ ވަކި މަސައްކަތެއް ކުރުމަށް، ކޮންޓްރެކްޓް އެމްޕްލޯއިމަންޓުގެ ދަށުން، ވަގުތީ މުވައްޒަފުން ހަމަޖެއްސުމުގެ އިހުތިޔާރު މި އޮފީހަށް ލިބިގެންވެއެވެ.

(ށ) ކޮންޓްރެކްޓް އެމްޕްލޯއިމަންޓުގެ ދަށުން މި އޮފީހުގެ މަގާމެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް މީހުން ހޯދުމާއި، ހޮވުމާއި، ކޮންޓްރެކްޓުގައި ސޮއިކުރުވުމާއި، ވަޒީފާ ބަޔާން އެކުލަވައިލުމާއި، މުސާރައާއި އެހެނިހެން އިނާޔަތްތައް ދިނުމުގެ އެންމެހައި ކަންކަން ބަލަހައްޓާނީ، މި އޮފީހުގެ ހިއުމަން ރިސޯސް ސެކްށަނުންނެވެ.

 

75 ވަނަ މާއްދާ - ކޮންޓްރެކްޓް އެމްޕްލޯއިމަންޓުގެ ދަށުން ވަޒީފާދެވޭ މީހުންގެ އެއްބަސްވުން

(ހ) މި ގަވާއިދުގެ ދަށުން މި އޮފީހުގެ މަގާމަކަށް ކޮންޓްރެކްޓް އެމްޕްލޯއިމަންޓުގެ ދަށުން ވަޒީފާދެވޭ ފަރާތެއް ވަޒީފާއަށް ނުކުތުމުގެ ކުރިން، އެ ފަރާތާއި މި އޮފީހާ ދެމެދު ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ހިމެނޭ ގޮތަށް އެކުލަވައިލާ އެއްބަސްވުމެއްގައި ސޮއިކޮށްފައި އޮންނަންވާނެއެވެ.

  1. އެއްބަސްވުމުގެ މުއްދަތާއި، އެއްބަސްވުމަށް އަމަލުކުރަން ފަށާ ތާރީހު؛
  2. މުސާރައާއި، މާލީ އެހެނިހެން އިނާޔަތްތައް؛
  3. ޗުއްޓީއާއި ސަލާމުގެ ޗުއްޓީ ފަދަ އެހެނިހެން އިނާޔަތްތަކުގެ ތަ ފުސީލު؛
  4. އެއްބަސްވުމުގެ ދަށުން ހަވާލުކުރެވޭ މަސައްކަތުގެ ތަފުސީލ/ުވަޒީފާ ބަޔާން؛
  5. ސުލޫކ/ީއަހުލާގީ މިންގަނޑާއި ސިއްރު ހިފެހެއްޓުން؛
  6. އިސްލާހީ ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު؛
  7. އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ އަމަލުކުރާނެ ގޮތުގެ އުސޫލ،ު
  8. އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އެއްބަސްވުން ނިމުމަކަށް ގެނެވިދާނެ ހާލަތްތައް؛
  9. އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަމަލުކުރާނެ ގޮތުގެ ތަފުސީލު؛
  10. އެއްބަސްވުމުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެ ނަމަ އަމަލުކުރާނެ ގޮތް؛
  11. އެއްބަސްވުމުގައި ހިމަނަންޖެހޭކަމަށް ދެފަރާތަށް ފެންނަ އެހެނިހެން ކަންކަން.

(ށ) އޮފީހުގެ ދާއިމީ މަގާމެއްގައި ނުވަތަ ވަގުތީ މަގާމެއްގައި ހުރި މުވައްޒަފަކު، އެ މުވައްޒަފެއްގެ ރަސްމީ މަސައްކަތު ގަޑީގައި، ކޮންޓްރެކްޓް އެމްޕްލޯއިމަންޓުގެ ދަށުން އޮފީހުގެ އެހެން މަގާމެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް ހަވާލެއް ނުކުރެވޭނެއެވެ.

(ނ) ވަޒީފާއިން މުސްކުޅިކުރުމުގެ އިހުތިޔާރު އޮފީހަށް ލިބިދޭ އުމުރަށް ވުރެ ދޮށީ މީހަކު ނުވަތަ ބިދޭސީއަކު ވެސް ކޮންޓްރެކްޓް އެމްޕްލޯއިމަންޓުގެ ދަށުން ގެންގުޅެވިދާނެއެވެ.  އަދި ކޮންޓްރެކްޓް އެމްޕްލޯއިމަންޓުގެ ދަށުން ބިދޭސީން ގެންގުޅޭ ނަމަ، ބިދޭސީން ގެންގުޅުމާ ބެހޭގޮތުން ދިވެހިރާއްޖޭގައި އަމަލުކުރާ އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލުކުރެވޭނެއެވެ.

(ރ) ކޮންޓްރެކްޓް އެމްޕްލޯއިމަންޓުގެ ދަށުން މުވައްޒަފަކު ގެންގުޅޭވޭނެ އެންމެ ދިގު މުއްދަތަކީ 2 (ދޭއް) އަހަރުދުވަހެވެ.

 

76 ވަނަ މާއްދާ - ހިލޭސާބަހަށް މަސައްކަތްކުރާ މީހުން

ހިލޭސާބަހަށް މަސައްކަތްކުރާ މީހުންނަކީ، އޮފީހުން އެއްވެސް އުޖޫރައެއް ނުވަތަ އިނާޔަތެއް ދޭންނުޖެހޭ ގޮތަށް، އޮފީހުގެ އެކިއެކި މަސައްކަތްތައް ކުރުމަށް ނުވަތަ އޮފީހުން ދޭ އެކިއެކި ހިދުމަތްތައް ދިނުމަށް ހަވާލުކުރެވޭ ފަރާތްތަކެވެ. މީގެ ތެރޭގައި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ގޮތުން (އިންޓަރންށިޕް ނުވަތަ ވަރކް އެކްސްޕީރިއަންސް) ހިލޭސާބަހަށް މަސައްކަތްކުރުމަށް އެދޭ ފަރާތްތައް ވެސް ހިމެނޭނެއެވެ.

 

77 ވަނަ މާއްދާ - ހިލޭސާބަހަށް މަސައްކަތްކުރާ މީހުންގެ ހިދުމަތް ލިބިގަތުން

(ހ) ހިލޭސާބަހަށް މަސައްކަތްކުރާ މީހުން، މި އޮފީހުގެ މުވައްޒަފުން އަމަލުކުރަންޖެހޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ސިއްރު ހިފެހެއްޓުމަށާއި، މި އޮފީހުގެ ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތަކާ ހިލާފުނުވާނޭ ގޮތެއްގެ މަތީން އަމަލުކުރުމަށާއި، ކުރާ މަސައްކަތަށް ނުވަތަ ދޭ ހިދުމަތަށް އުޖޫރައެއް ނުވަތަ އިނާޔަތެއް ނުލިބޭ ގޮތަށް އެކުލަވައިލާ އެއްބަސްވުމެއްގައި ސޮއިކުރަންވާނެއެވެ.

(ށ) ހިލޭސާބަހަށް މަސައްކަތްކުރާ މީހުން މި އޮފީހުގެ މަސައްކަތުގައި ގެންގުޅެވޭނީ، ގިނަވެގެން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

 

78 ވަނަ މާއްދާ - ހިލޭސާބަހަށް މަސައްކަތްކުރާ މީހެއްގެ ހިދުމަތް ލިބިގަތުން ހުއްޓައިލުން

(ހ) ހިލޭސާބަހަށް މަސައްކަތްކުރާ މީހާއާއި މި އޮފީހާ ދެމެދު ވެފައިވާ އެއްބަސްވުމާ، މަސައްކަތްކުރާ މީހާ ހިލާފުވެއްޖެ ނަމަ ނުވަތަ އެ ވަގުތަށް އޭނާގެ ކިބައިން އެ ހިދުމަތެއް އިތުރަށް ބޭނުންނުވާ ނަމަ ނުވަތަ އެ ހިދުމަތެއް އިތުރަށް ކުރިޔަށްގެންދިއުމުގެ ބޭނުމެއް ނެތް ނަމަ، އެ ފަރާތަކާއެކު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސް، އެ ފަރާތެއްގެ ހިދުމަތް ލިބިގަތުން ހުއްޓުމަކަށް ގެނައުމުގެ އިހުތިޔާރު މި އޮފީހަށް ލިބިގެންވެއެވެ.

(ށ) ހިލޭސާބަހަށް މަސައްކަތްކުރާ މީހާއާއި މި އޮފީހާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި، އެއްވެސް ސަބަބަކާހުރެ އެ އެއްބަސްވުން ނިމުކަކަށް ގެނެސް އެ ފަރާތެއްގެ ހިދުމަތް ލިބިގަތުން ހުއްޓުމަކަށް ގެނައުމަށް މި އޮފީހުން ބޭނުންވެއްޖެ ނަމަ، އެ ފަރާތަށް އެކަން އެންގުމަށްފަހު، އެއްބަސްވުން ނިމުމަކަށް ގެނައުމުގެ އިހުތިޔާރު މި އޮފީހަށް ލިބިގެންވެއެވެ. 

 

 

 

ޗެޕްޓަރ 7

މުސާރައާއި އިނާޔަތްތައް

 

79 ވަނަ މާއްދާ - މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކަނޑަައެޅުން

(ހ) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނަށް މަގާމުގެ މުއްދަތުގައި ދެވޭ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ، ގާނޫނު ނަންބަރު 11/2016 )ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނު( ގެ ދަށުން، ނޭށަނަލް ޕޭ ކޮމިށަނުންނެވެ.

(ށ) މި އޮފީހުގެ ކޮންމެ މުވައްޒަފަކަށް ވެސް ވަޒީފާ ދޭއިރު، އެ ވަޒީފާއެއްގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅައިފައި އޮންނަންވާނެއެވެ. މިގޮތުން ކަނޑައެޅޭ މުސާރައާއި އިނާޔަތްތައް ވާންވާނީ އެ މުވައްޒަފެއްގެ ވަޒީފާ ހިމެނޭ މަގާމުގެ ފަންތިއަށް އޮފީހުން ކަނޑައަޅައިފައިވާ އޮނިގަނޑުގައިވާ މުސާރައާއި އިނާޔަތަކަށެވެ.

(ނ) މި އޮފީހުގެ ކޮންމެ މުވައްޒަފަކަށް ވެސް އެ މުވައްޒަފަކަށް ވަޒީފާދިންކަން އަންގާ ޗިޓުގައްޔާއި އެ މުވައްޒަފެއްގެ ވަޒީފާގެ އެއްބަސްވުމުގައި އެ މުވައްޒަފެއްގެ މުސާރައާއި އިނާޔަތްތައް ބަޔާންކުރަންވާނެއެވެ. އަދި މުވައްޒަފެއްގެ މަގާމު ބަދަލުކުރެވޭ ހާލަތްތަކުގައި މަގާމު ބަދަލުކުރިކަން އަންގާ ޗިޓުގައި އެ މުވައްޒަފެއްގެ މުސާރައާއި އިނާޔަތްތައް ބަޔާންކުރަންވާނެއެވެ.

(ރ) މި އޮފީހުގެ އެއްވެސް މުވައްޒަފެއްގެ މުސާރަ އަދި/ނުވަތަ އިނާޔަތަށް ބަދަލު އަތުވެއްޖެ ނަމަ، މުސާރަ އަދި/ނުވަތަ އިނާޔަތަށް ބަދަލުގެނެވޭ ކޮންމެ މުވައްޒަފަކަށް ވެސް މުސާރައާއި އިނާޔަތް ބަދަލުވިކަމުގެ ޗިޓެއް ދޭންވާނެއެވެ. އަދި އެ މުވައްޒަފެއްގެ ވަޒީފާގެ އެއްބަސްވުމުގައި ވެސް އެކަން ބަޔާންކުރަންވާނެއެވެ.

(ބ) ދައުލަތަށް ކުރިމަތިވާ ހާއްސަ ހާލަތަކާ ގުޅިގެން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކުޑަކުރަން ޖެހުމާއި ނުވަތަ އޮފީހަށް ކަނޑައަޅާ ބަޖެޓުން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ނުދެވިދާނެ ފަދަ ހާލަ ތެއްގައި، ނޭށަނަލް ޕޭ ކޮމިށަނުގެ ލަފާގެ މަތީން، މުސާރައާއި އިނާޔަތްތަކަށް ބަދަލުގެނައުމުގެ އިހުތިޔާރު، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.

 

80 ވަނަ މާޢްދާ - މުސާރައިން ގަޑިއަށް ޖެހޭ އަދަދު

މުވައްޒަފަކަށް ދެވޭ މުސާރަ ކަނޑައެޅިފައި އޮންނާނީ، ހަފުތާއަކު 7 (ހަތެއް) ދުވަހަށް، ދުވާލަކު 8 (އަށެއް) ގަޑިއިރަށެވެ. މިގޮތުން މުވައްޒަފަކަށް ދުވާލަކު ޖެހޭ މުސާރައިގެ އަދަދު ބެލޭނީ، 30 (ތިރީސް) އިން ގެއްލައިގެންނެވެ. މުވައްޒަފުންގެ މުސާރައިން ގަޑިއަކަށް ޖެހޭ އަދަދު ބެލޭނީ، ދުވަހަކަށް ޖެހޭ އަދަދު 8 (އަށެއް) އިން ގެއްލައިގެންނެވެ.

 

81 ވަނަ މާޢްދާ - މުސާރަ ދިނުން

(ހ) މުވައްޒަފުންނަށް މުސާރަ ދޭނީ، އޮފީހުން ވަޒީފާ ދިން ޗިޓުގައިވާ ނުވަތަ ވަޒީފާ ބަދަލުކުރި ޗިޓުގައިވާ ތާރީހުން ފެށިގެންނެވެ. މުވައްޒަފެއްގެ މުސާރައަށް ބަދަލުއަތުވެއްޖެ  ނަމަ، ބަދަލުގެނެވުނު މުސާރަ އެ މުވައްޒަފަކަށް ދޭންވާނީ، މުސާރަ ބަދަލުވިކަމުގެ ޗިޓުގައިވާ، މުސާރަ ބަދަލުވި ތާރީހުން ފެށިގެންނެވެ.

(ށ) އެއްވެސް މުވައްޒަފެއްގެ ވަޒީފާގެ ފަންތިއަކަށް ނުވަތަ އެނޫން ގޮތަކުން ވެސް މުސާރައަށް ބަދަލެއް ގެނެސްފި ނަމަ، އެ ބަދަލު ގެނެވުނު ތާރީހަކާ ހަމަޔަށް މުވައްޒަފަށް ދެވޭނީ، ބަދަލުގެނެވުނު ދުވަހާ ހަމަޔަށް ލިބެމުން ދިޔަ މުސާރައެވެ. އަދި ބަދަލުގެނެވުނު ތާރީހުން ފެށިގެން ދެވޭނީ، ގެނެވުނު ބަދަލާއެކު ހަމަޖެހުނު މުސާރައެވެ.

(ނ) މުވައްޒަފުންނަށް މުސާރަ ދޭނީ، އާންމު އުސޫލެއްގެ ގޮތުން، ކޮންމެ މީލާދީ މަހެއްގެ އެންމެ ފަހު 2 (ދޭއް) ދުވަހުން ކުރެ ދުވަހެއްގައެވެ. މިގޮތުގެ މަތީން މުސާރަ ދޭންޖެހޭ ދުވަސް ބަންދު ދުވަހަކާ ދިމާވާ ނަމަ، މުސާރަ ދޭނީ، އެ މަހެއްގެ ބަންދުނޫން އެންމެފަހު 2 (ދޭއް) ދުވަހުން ކުރެ ކޮންމެވެސް އެއްދުވަހަކުއެވެ.

(ރ) މި އޮފީހުގެ ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް މުސާރަ ދޭނީ، ވަޒީފާއިން ވަކިކުރި ޗިޓުގައިވާ، ވަޒީފާއިން ވަކިކުރި ތާރީހާ ހަމަޔަށެވެ. އެއްވެސް ސަބަބަކާހުރެ މުވައްޒަފު ވަޒީފާއިން ވަކިކުރި ތާރީހުގައި، ޗިޓު ރައްދު ނުކުރެވުމުގެ ސަބަބުން މުވައްޒަފު އޮފީހަށް ނުކުމެ ވަޒީފާ އަދާކޮށްފައިވާ ނަމަ، އެންމެ ފަހުން އޮފީހަށް ނުކުމެފައިވާކަމަށް ރިކޯޑުކުރެވިފައިވާ ތާރީހާ ހަމަޔަށް އެ މީހަކަށް މުސާރަ ދޭންވާނެއެވެ.

(ބ) މުވައްޒަފަކަށް ލިބޭ މުސާރަ އެ މުވައްޒަފެއްގެ ނަމުގައި އޮންނަ ބޭންކު އެކައުންޓަކަށް، އެ މުވައްޒަފެއްގެ ރުހުން ލިޔުމުން ލިބިގެން ޖަމާކުރުމަކީ މުވައްޒަފުގެ އަތަށް މުސާރަ ހަވާލުކުރުން ކަމުގައި ބެލެވޭނެއެވެ. މުވައްޒަފުންނަށް މުސާރަ ދޭއިރު، އެ މުސާރަޔާއެކު ތިރީގައިވާ މައުލޫމާތު ހިމެނޭ ލިޔުމެއް އެ މުވައްޒަފަކަށް ފޯރުކޮށްދޭންވާނެއެވެ.

  1. މުސާރަ ދެވޭ މުއްދަތުގައި އެ މުވައްޒަފަކަށް ލިބޭ މުސާރައިގެ ޖުމުލަ އަދަދު؛
  2. މުސާރައިގެ ޖުމުލައިން އެއްވެސް އަދަދަކަށް ފައިސާ އުނިކޮށްފައިވާ ނަމަ،
    އެގޮތުން އުނިކުރި އަދަދާއި، އެ އަދަދު އުނިކުރަން ޖެހުނު ސަބަބު؛
  3. އިތުރުގަޑީގެ ފައިސާއާއި އެކިއެކި އެލަވަންސްތަކުގެ ގޮތުގައި ދެވޭ އަދަދ.ު

 

82 ވަނަ މާޢްދާ - މުސާރައިން އުނިކުރުން 

(ހ) މި އޮފީހުގެ މުވައްޒަފަކު އޮފީހަށް ހާޒިރުނުވާ ނަމަ، ހާޒިރުނުވާ މުއްދަތަކަށް ނުވަތަ ވަގުތަކަށް، އެ މުވައްޒަފެއްގެ މުސާރައިން އުނިކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގެ އިތުރުން، މުވައްޒަފުންގެ މުސާރައިން ނުވަތަ އުޖޫރައިން އުނިކުރެވޭނީ، ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) ގެ 55 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަ ތްތަކުގައެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން މުވައްޒަފަކު ވަޒީފާއަށް ހާޒިރުނުވުމާއި، ވަޒީފާ އަދާކުރަންޖެހޭ ގަޑީގައި ވަޒީފާއަށް ހާޒިރުނުވާ ވަގުތަށްވާ މިންވަރު، މުވައްޒަފުގެ މުސާރައިން އުނިކުރެވޭނީ ތިރީގައިވާ ގޮތަށެވެ.

  1.  އެއްގޮތަށް އޮފީހުގެ ހުއްދަ ނުހޯދައި ނުވަތަ ގަވާއިދު ތަންނުދޭ ގޮތެއްގައި، މުވައްޒަފު ވަޒީފާއަށް ހާޒިރުނުވާ ދުވަހަކަށް މުސާރައިން އުނިކުރެވޭނީ މުވައްޒަފުގެ މުސާރައިން ދުވަހަކަށް ޖެހޭ އަދަދެވެ.
  2. މުވައްޒަފަކު ވަޒީފާ އަދާކުރަންޖެހޭ ގަޑީގައި ވަޒީފާއަށް ނުނިކުންނަ ވަގުތަށްވާ މިންވަރު، ގަޑީލާރީގެ ގޮތުގައި މުވައްޒަފުގެ މުސާރައިން އުނިކުރެވޭނެއެވެ.
  3. ގަޑީލާރި އުނިކުރެވޭނީ ރަމަޒާންމަސް ފިޔަވައި އެހެން މަސްމަހު، މުވައްޒަފުގެ މުސާރައިން ދުވަހަކަށް ޖެހޭ އަދަދު 420 (ހަތަރު ސަތޭކަ ވިހި) އިން ގެއްލުމުން އަންނަ އަދަދު އެއީ މިނެޓަކަށް ޖެހޭ އަދަދުކަމަށް ބަލައި، އެ އަދަދު މުވައްޒަފު ވަޒީފާއަށް ނުނިކުމެ ހުރި ޖުމުލަ ވަގުތާ ގުނަކޮށްގެންނެވެ. ރަމަޒާންމަހުގައި ނަމަ، މުވައްޒަފުގެ މުސާރައިން ދުވަހަކަށް ޖެހޭ އަދަދު 240 (ދުއިސައްތަ ސާޅީސް) އިން ގެއްލުމުން އަންނަ އަދަދު އެއީ މިނެޓަކަށް ޖެހޭ އަދަދުކަމަށް ބަލައި، އެ އަދަދު މުވައްޒަފު ވަޒީފާއަށް ނުނިކުމެ ހުރި ޖުމުލަ ވަގުތާ ގުނަކޮށްގެންނެވެ.

 

83 ވަނަ މާޢްދާ - އިތުރުގަޑީގެ ފައިސާ 

މި އޮފީހުގެ ރަސްމީ ގަޑީގެ އިތުރުން، މުވައްޒަފުން ލައްވާ ކުރުވާ މަސައްކަތަށް، ތިރީގައިވާ ގޮތުގެ މަތީން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

(ހ) ރަމަޒާންމަސް ފިޔަވައި އެހެން މަސްމަހު އިތުރުގަޑީގެ ފައިސާ ދެވޭނީ، މަސްދުވަހުގެ މުސާރަ 30 (ތިރީސް) އިން ގެއްލުމުން ލިބޭ އަދަދު 8 (އަށެއް) އިން ގެއްލުމުން އަންނަ އަދަދު އެއީ ގަޑިއަކަށްޖެހޭ މިންވަރުކަމަށް ބަލައިގެން، މި މާއްދާގެ (ބ) ގައިވާ ގޮތުގެ މަތީންނެވެ.

(ށ) ރަމަޒާންމަހު އިތުރުގަޑީގެ ފައިސާ ދެވޭނީ، މަސްދުވަހުގެ މުސާރަ 30 (ތިރީސް) އިން ގެއްލުމުން ލިބޭ އަދަދު 4 (ހަތަރެއް) އިން ގެއްލުމުން އަންނަ އަދަދު އެއީ ގަޑިއަކަށްޖެހޭ މިންވަރުކަމަށް ބަލައިގެން، މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން ނެވެ.

(ނ) މުވައްޒަފަކު ލައްވާ އިތުރުގަޑީގައި މަސައްކަތް ކުރުވައިފި ނަމަ، އެ މުވައްޒަފެއްގެ މުސާރައިން ގަޑިއަކަށްޖެހޭ މިންވަރުގެ  1/4 1 (އެކެއް ހަތަރުބައިކުޅަ އެއްބައި) ބަޔަށްވާ ފައިސާ، އަދި އެފަދައިން މަސައްކަތްކުރުވ،ީ ހުކުރުދުވަހެއް ނުވަތަ ރަސްމީ ބަންދު ދުވަހެއްގައި ނަމަ، އެ މީހެއްގެ މުސާރައިން ގަޑިއަކަށްޖެހޭ މިންވަރުގެ 2/1 1 (އެކެއް  ދެބައިކުޅަ އެއްބައި) ބަޔަށްވާ ފައިސާ، އިތުރުގަޑީގެ ފައިސާގެ ގޮތުގައި އެ މުވައްޒަފަކަށް ދޭންވާނެއެވެ. އާންމުކޮށް މަސައްކަތްކުރަންޖެހޭ ދުވަހެއްގެ ގޮތުގައި ރަސްމީ ބަންދު ދުވަހަކު މުވައްޒަފަކު ލައްވާ މަސައްކަތް ކުރުވައިފި ނަމަ، އެ މުވައްޒަފަކަށް ކަނޑައެޅިފައިވާ މުސާރައިން ދުވާލަކަށް ޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އަދަދެއްގެ ފައިސާ، އިތުރުގަޑީގައި ލިބޭ ފައިސާގެ އިތުރުން، އެ މުވައްޒަފެއްގެ މުސާރަޔާއެކު އެ މުވައްޒަފަކަށް ދެވޭނެއެވެ.

(ރ) އިތުރުގަޑީގެ ފައިސާ ދެވޭނީ، މަސްދުވަހަށްވާ ފައިސާ، އެއްފަހަރާއެވެ. މި ގޮތުން އެ ފައިސާ ދެވޭނީ، ކުރީ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ހިނގާ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުގަޑިއަށްވާ ފައިސާ، ހިނގާ މަހުގެ މުސާރަދޭ ދުވަހު މުސާރައާ އެކުގައެވެ.

(ބ) މި އޮފީހުގެ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ހަމަޖައްސައިދެވޭނީ، މި ގަވާއިދުގެ 94 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، މުވައްޒަފުގެ ރަސްމީ މަސައްކަތު ގަޑި ހަމަވުމަށްފަހު ނުވަތަ އޮފީސް ބަންދު ދުވަސްތަކުގައި މަސައްކަތްކުރާ ގަޑިތަކަށެވެ. މި ގޮތުން މުވައްޒަފުން އިތުރުގަޑީގައި ކުރާ މަސައްކަތުގެ ތެރެއިން އިތުރުގަޑީގެ ގޮތުގައި އެޕްރޫވްކޮށް، ފައިސާ ދެވޭނީ 15 (ފަނަރަ) މިނެޓަށް ވުރެ އިތުރުވާ ގޮތަށް އިތުރުގަޑީގައި ކުރާ މަސައްކަތުގެ ގަޑިތަކަށެވެ. ނަމަވެސް، 15 (ފަނަރަ) މިނެޓަށް ވުރެ މަދު ވަގުތުގައި ކޮށްފައިހުންނަ މަސައްކަތުގެ ތެރެއިން އޮފީހުން އަންގައިގެން ހާއްސަ މަސައްކަތެއް ކުރަން ޖެހުމުގެ ސަބަބުން އޮފީހަށް ނުކުންނަން ޖެހިއްޖެ ނަމަ، އެ ވަގުތުގައި ކުރި މަސައްކަތަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ، މުވައްޒަފުގެ ރަސްމީ މަސައްކަތު ގަޑި ހަމަވުމަށްފަހު މަސައްކަތްކުރާ ގަޑިކަމަށް ބަލާނީ، ރަސްމީ ދުވަހެއް ނަމަ، އެ ދުވަހަކަށް ކަނޑައެޅިފައިވާ 1 (އެކެއް) ގަޑިއިރުގެ ހުސްވަގުތާއި، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އޮފީހުގެ ހުއްދަލިބިގެން ރަސްމީ ބޭނުމަށް އޮފީހުން ބޭރުގައި ހޭދަކުރާ ވަގުތު ހިމަނައިގެން ޖުމުލަ 8 (އަށެއް) ގަޑިއިރަށް ވުރެ އިތުރަށް މުވައްޒަފަކު މަސައްކަތްކުރާ ވަގުތަށެވެ. މި ވަގުތު ހިސާބުކުރުމުގައި، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ހުއްދަ ހޯދުމަކާ ނުލައި ނުވަތަ މުވައްޒަފުގެ އަމިއްލަ ބޭނުމަށް އޮފީހުން ބޭރުގައި ހޭދަކުރާ  ވަގުތުތައް އުނިކުރެވޭނެއެވެ.

 

84 ވަނަ މާޢްދާ - ތަމްރީނުތަކުގައި ބައިވެރިވާ ދުވަސްތަކަށް އިތުރުގަޑީގެ ފައިސާ ދިނުން

މި އޮފީހުގެ މުވައްޒަފުންގެ ފަންނީ ގާބިލުކަމާއި އިލްމީ ގާބިލުކަން ކުރިއެރުވުމަށް ޓަކައި ކުރިޔަށްގެންދާ އެކިއެކި ތަމްރީނުތަކުގައި ބައިވެރިވާ މުވައްޒަފުންގެ ތެރެއިން، އެ ތަމްރީނު ޕުރޮގުރާމެއްގައި ބައިވެރިވެ އެ ދުވަހެއްގެ ހާޒިރީގައި، ހަމަޖެހިފައިވާ އުސޫލުން ސޮއިކުރާ މުވައްޒަފުން، ރަސްމީ ގަޑީގެ އިތުރުން ތަމްރީނުތަކުގައި ހޭދަވާ ވަގުތަށް، އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

 

85 ވަނަ މާއްދާ - ރަމަޒާންމަހުގެ އިނާޔަތް

ރަމަޒާންމަހުގެ އިނާޔަތުގެ ފައިސާ، ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) ގައިވާ ގޮތުގެ މަތީން ދޭންވާނެއެވެ. މިގޮތުން، ރަމަޒާންމަހުގެ އިނާޔަތް ދޭނީ، މާލީ ވުޒާރާއިން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

86 ވަނަ މާޢްދާ - ފޯނު އެލަވަންސް 

(ހ) މި އޮފީހުގެ މުވައްޒަފުންގެ ތެރެއިން އެ މުވައްޒަފެއްގެ މަސައްކަތުގެ ގޮތުން ފޯނު އެލަވަންސެއް ދޭންޖެހޭކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ކޮންމެ މުވައްޒަފަކަށް، ނޭށަނަލް ޕޭ ކޮމިށަނުން ކަނޑައަޅައިފައިވާ ގޮތެއްގެ މަތީން ފޯނު  އެލަވަންސެއް ލިބިދެވޭނެއެވެ.

(ށ) މި އެލަވަންސް ހަމަޖައްސައިދެވޭނީ، މި އެލަވަންސް ހަމަޖައްސައިދިނުމަށް އެދި، އެ މުވައްޒަފަކު މަސައްކަތްކުރާ ސެކްށަނަކުން، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހެޅުމުން، ޕްރޮސިކިއުޓަރ ޖެނެރަލް ބަލަންޖެހޭ ކަންކަން ބެލުމަށްފަހުއެވެ. އަދި މި އެލަވަންސް ދޭނީ، ކޮންމެ މަހެއްގެ މުސާރައާ އެކުގައެވެ.

 

87 ވަނަ މާއްދާ - ޕެޓްރޯލް އެލަވަންސް 

މި އޮފީހުގެ މުވައްޒަފުންގެ ތެރެއިން، އެ މުވައްޒަފުންގެ މަސައްކަތުގެ ގޮތުން އޮފީހުން ހަވާލުކުރާ ސިޓީއާއި އެހެނިހެން ތަކެތި، އަމިއްލަ ވެހިކަލުގައި ދަތުރުކޮށްގެން ރައްދުކުރާ މުވައްޒަފުންނަށާއި، އޮފީހަށް ހޯދަންޖެހޭ ތަކެތި ހޯދުމަށް އަމިއްލަ ވެހިކަލް ބޭނުންކުރަންޖެހޭ މުވައްޒަފުންނަށް ޕެޓްރޯލް އެލަވަންސް ހަމަޖައްސައިދެވޭނެއެވެ. މިގޮތުން ޕެޓްރޯލް އެލަވަންސް ދިނުމުގައި އަމަލުކުރެވޭނީ ތިރީގައިވާ ގޮތަށެވެ. މި އެލަވަންސް ދޭނީ، ކޮންމެ މަހެއްގެ މުސާރައާ އެކުގައެވެ.

(ހ) މި އެލަވަންސް ހަމަޖައްސައިދެވޭނީ، މި އެލަވަންސް ހަމަޖައްސައިދިނުމަށް އެދި، އެ މުވައްޒަފަކު މަސައްކަތްކުރާ ސެކްށަނަކުން، ހިއުމަން ރިސޯސް ސެކްށަނަށް ހުށަހެޅުމުން، އެ ސެކްށަނުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހުގައެވެ.

(ށ) ޕެޓްރޯލް އެލަވަންސްގެ ގޮތުގައި ހަމަޖައްސައިދެވޭނީ، ނިމުނު މަހު އެ މުވައްޒަފު އޮފީހަށް ހާޒިރުވި ކޮންމެ ދުވަހަކަށް، ނޭށަނަލް ޕޭ ކޮމިށަނުން ކަނޑައަޅައިފައިވާ އަދަދެއްގެ ފައިސާއެވެ.

(ނ) މުވައްޒަފު ޗުއްޓީގައި ނުވަތަ ސަލާމުގައި ހުންނަ މުއްދަތުގައި މި އެލަވަންސް މެދުކަނ ޑައިލެވޭނެއެވެ.

(ރ) ޕެޓްރޯލް އެލަވަންސް ދިނުމަށް ހަމަޖެހިފައިވާ މުވައްޒަފަކު އޮފީހަށް ހާޒިރުނުވުމުގެ ސަބަބުން، އެ މުވައްޒަފު ކުރަމުން ގެންދިޔަ މަސައްކަތް އެހެން މުވައްޒަފަކު ކުރަން ޖެހިއްޖެ ނަމަ، އަދި މި ގޮތުގެ މަތީން އެ މަސައްކަތް ހަވާލުވި މުވައްޒަފުގެ އަމިއްލަ ވެހިކަލެއް ބޭނުންކުރަން ޖެހިއްޖެ ނަމަ، ހިއުމަން ރިސޯސް ސެކްށަނަށް އެކަން އެންގުމުން، ޗުއްޓީގައި ނުވަތަ ސަލާމުގައި ހުރި މުވައްޒަފު އޮފީހަށް ނުކުންނަންދެން، އޭނާގެ މަސައްކަތާ ހަވާލުވި މުވައްޒަފަށް މި އެލަވަންސް ހަމަޖައްސައިދެވޭނެއެވެ.

(ބ) ޕެޓްރޯލް އެލަވަންސް ލިބޭ މުވައްޒަފަކު، މަސައްކަތުގެ ބޭނުމަށް އަމިއްލަ ވެހިކަލް ބޭނުންކުރަން ނުޖެހޭ މަގާމަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ޕެޓްރޯލް އެލަވަންސް ދޭންޖެހޭ ހާލަތު ބަދަލުވެއްޖެ ނަމަ، އެ މުވައްޒަފަކަށް ޕެޓްރޯލް އެލަވަންސް ދިނުން ހުއްޓައިލަންވާނެއެވެ.

 

88 ވަނަ މާޢްދާ - ކްލޯތިންގ އެލަވަންސް

(ހ) މި އޮފީހުގައި މަސައްކަތްކުރާ ކޮންމެ ޕްރޮސިކިއުޓަރަކަށް، ނޭށަނަލް ޕޭ ކޮމިށަނުން ކަނޑައަޅައިފައިވާ ގޮތެއްގެ މަތީން، ކްލޯތިންގ އެލަވަންސް ލިބިދެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ދެވޭ ކްލޯތިންގ އެލަވަންސް ދެވޭނީ، ކޮންމެ އަހަރެއްގެ ވެސް ޖަނަވަރީމަހުގެ މުސާރަޔާ އެކުގައެވެ.

 

89 ވަނަ މާޢްދާ - ޑްރައި ކްލީނިންގ އެލަވަންސް

(ހ) މި އޮފީހުގައި މަސައްކަތްކުރާ ކޮންމެ ޕްރޮސިކިއުޓަރަކަށް، ނޭށަނަލް ޕޭ ކޮމިށަނުން ކަނޑައަޅައިފައިވާ ގޮތެއްގެ މަތީން، ޑްރައި ކްލީނިންގ އެލަވަންސް ލިބިދެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ދެވޭ ޑްރައިކްލީނިންގ އެލަވަންސް ދެވޭނީ، ކޮންމެ 3 (ތިނެއް) މަހަކުން 1 (އެކެއް) މަހު، އެ މަހެއްގެ މުސާރަޔާ އެކުގައެވެ.

 

90 ވަނަ މާޢްދާ - ކެއުމާ އި ސައިގެ ހަރަދު

ރަސްމީ ގަޑީގެ އިތުރުން ނުރަސްމީ ގަޑީގައި މި އޮފީހުގެ މުވައްޒަފުން ހާއްސަ މަސައްކަތްތައް ކުރާއިރު، ސައިގެ ގަޑިއަކާ ނުވަތަ ކެއުމުގެ ގަޑިއަކާ ދިމާވާގޮތަށް މަސައްކަތްކުރާ ނަމަ، ކެއުމާއި ސައި، ގަވާއިދު ނަންބަރު -158R2023/( ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު( އާ އެއްގޮތްވާ ގޮތުގެ މަތީން، އެ މަސައްކަތްކުރާ މުވައްޒަފުންނަށް ދެވިދާނެއެވެ.

 

91 ވަނަ މާޢްދާ - އިތުރު އެލަވަންސް 

މި އޮފީހުގެ މުވައްޒަފުންނަށް މުސާރައިގެ އިތުރުން ދެވޭ އެލަވަންސްތައް ހަމަޖައްސައިދޭނީ، ގާނޫނު ނަންބަރު 11/2016 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނު) ގެ ދަށުން ނޭށަނަލް ޕޭ ކޮމިށަނުން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

92 ވަނަ މާއްދާ - މާއްދީ ގެއްލުމަށް ބަދަލު ހޯދުމުގެ ގޮތުން މުސާރައިން އުނިކުރުން

(ހ) ތިރީގައިވާ ހާލަތްތަކުން ކުރެ ހާލަތެއް މެދުވެރިވުމުގެ ސަބަބުން މި އޮފީހުގެ މުވައްޒަފެއްގެ މަސައްކަތަށް ނުވަތަ އޮފީހުގެ މުދަލަކަށް ނުވަތަ އާލާތަކަށް ނުވަތަ އެނޫންވެސް ގޮތަކުން އޮފީހަށް މާއްދީ ގެއްލުމެއް ލިބިއްޖެ ނަމަ، މި މާއްދާގައިވާ ގޮތުގެ މަތީން އެ މީހެއްގެ އަތުން އެ ގެއްލުމެއްގެ ބަދަލު ހޯދުމުގެ އިހުތިޔާރު މި އޮފީހަށް ލިބިގެންވެއެވެ.

  1. މުވައްޒަފަކާ ހަވާލުކުރެވިފައިވާ ޒިންމާއެއް ގަސްތުގައި އަދާނުކުރުން ނުވަތަ ފަރުވާކުޑަކުރުން؛
  2. މުވައްޒަފުގެ ޒިންމާ އެހެން މުވައްޒަފަކާ ހަވާލުކުރެވޭ ހިނދެއްގައި ނުވަތަ ޒިންމާ އުފުލެން ނެތް ހިނދެއްގައި، އެކަން އެ މުވައްޒަފަކު ރިޕޯޓުކުރަންޖެހޭ މީހާއަށް ރިޕޯޓު ނުކުރުމުން؛
  3. އޮފީހަށް ނާންގައި ހާޒިރުނުވުން ނުވަތަ އޮފީހުގެ މަސައްކަތުގައި އުޅެފައި ނާންގައި ބޭރަށްދިޔުން.

(ށ) މުވައްޒަފުގެ ކިބައިން ލިބުނު މާއްދީ ގެއްލުމުގެ ބަދަލާމެދު މުވައްޒަފު ދެކޮޅުހަދާ ނަމަ، މުވައްޒަފެއްގެ ކިބައިން އޮފީހަށް ލިބޭ މާއްދީ ގެއްލުމުގެ މިންވަރު ކަނޑައަޅާނީ، މި އޮފީހުގެ ކޯޕަރޭޓް ސަރވިސަރސް ހިންގުމާ ހަވާލުވެ ހުންނަ އެންމެ އިސް ފަރާތަކުން އެކަމަށް ޓަކައި އައްޔަންކުރާ، އޮނަހިރި އަދަދެއްގެ މައްޗަށް އެކުލެވ،ޭ ކޮމިޓީއަކުން އެ މައްސަލައެއް ބެލުމަށްފަހު، އެ ކޮމިޓީން ދޭ މަށްވަރާގެ މަތީން، މި އޮފީހުގެ ކޯޕަރޭޓް ސަރވިސަރސް ހިންގުމާ ހަވާލުވެ ހުންނަ އެންމެ އިސް ފަރާތުންނެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން އެކުލަ ވައިލާ ކޮމިޓީން މައްސަލަ ބެލުމުގައި، އެ ގެއްލުމަކަށް ޒިންމާވާންޖެހޭކަމަށް ބެލެވޭ މުވައްޒަފުގެ ބަހެއް ހޯދަންވާނެއެވެ. އަދި އެ ކަމުގައި އެ މުވައްޒަފުގެ އިހުމާލުވުން އޮތް މިންވަރު ބަލަންވާނެއެވެ.

(ރ) މުވައްޒަފެއްގެ ކިބައިން ލިބުނުކަމަށް، މި މާއްދާގައިވާ ގޮތުގެ މަތީން ކަނޑައެޅޭ މާއްދީ ގެއްލުމުގެ ބަދަލު އެކީ އެއްފަހަރާ ވެސް ދެއްކުމުގެ އިހުތިޔާރު އެ މުވައްޒަފަކަށް ލިބިގެންވެއެވެ. ނުވަތަ އެ ބަދަލުގެ މިންވަރަށް ބަލައި، އެކި މަސްތަކަށް ބަހައިލައިގެން، އެ މުވައްޒަފެއްގެ މުސާރައިން ކަނ ޑައި ހަލާސްކުރާ ގޮތަށް ވެސް ހަމަޖެއްސިދާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން، މުވައްޒަފެއްގެ ކިބައިން ލިބުނު މާއްދީ ގެއްލުމުގެ ބަދަލު ހޯދުމުގެ ގޮތުން މުސާރައިން އުނިކުރާ ފައިސާގެ މިންވަރު ކަނޑައަޅާނީ، އެ މުވައްޒަފެއްގެ މަސްދުވަހުގެ އަސާސީ މުސާރައިގެ 33% (ތެއްތިރީސް އިންސައްތަ) އަށް ވުރެ އިތުރުނުވާ ގޮތެއްގެ މަތީ ންނެވެ. ނަމަވެސް، އެ ފައިސާ ދެއްކުމުގެ ގޮތުން އެ މުވައްޒަފެއްގެ މަސްދުވަހުގެ އަސާސީ މުސާރައިގެ 33% (ތެއްތިރީސް އިންސައްތަ) އަށް ވުރެ އިތުރަށް އުނިކުރަން އެ މުވައްޒަފަކު އެދޭ ނަމަ، އެގޮތަށް ހަމަޖެއްސުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

 

 

ޗެޕްޓަރ 8

މަސައްކަތު ހަފުތާ އާއި މަސައްކަތު ގަޑި

 

93 ވަނަ މާއްދާ - މަސައްކަތު ހަފުތާއާއި ރަސްމީ މަސައްކަތު ދުވަސްތައް

(ހ) އާންމު އުސޫލެއްގެ ގޮތުން، މި އޮފީހުގެ މުވައްޒަފުންގެ މަސައްކަތު ހަފުތާއަކީ، ކޮންމެ ހަފުތާއެއްގެ އާދީއްތަދުވަހުން ފެށިގެން ބުރާސްފަތިދުވަހުގެ ނިޔަލަށް، ހަފުތާއަކު 5 (ފަހެއް) ދުވަހެވެ.

(ށ) މި އޮފީހުގެ ރަސްމީ މަސައްކަތު ދުވަސްކަމުގައި ބަލާނީ، ހުކުރުދުވަހާއި، ހޮނިހިރުދުވަހާއި، ރަސްމީ ބަންދު ދުވަސްތަކާއި އަދި އޮފީސް ބަންދު ދުވަހެއްގެ ގޮތުގައި ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކެވެ.

 

94 ވަނަ މާޢްދާ - ރަސްމީ މަސައްކަތު ގަޑި

(ހ) މި އޮފީހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ރަސްމީ މަސައްކަތު ދުވަސްތަކުގެ ހެނދުނު 8:00 އިން މެންދުރުފަހު 3:00 އަށެވެ.

(ށ) ރަސްމީ މަސައްކަތު ގަޑި ހިސާބުކުރުމުގެ ބޭނުމުގައި މުވައްޒަފުންގެ ހާޒިރީ ގަޑި ފެށޭ ގަޑިއަކީ، ހާޒިރީ ބެލުމަށް ހާއްސަ ކޮށްފައިވާ މެށިނަށް މުވައްޒަފުގެ އިނގިލީގެ ނިށާން ނުވަތަ މޫނު ނުވަތަ ކާޑު ސްކޭންކުރުމުން، އެ މެށިނުން އެ މުވައްޒަފު ސައިން-އިން ވާ ގަޑިއެވެ.

(ނ) ރަމަޒާންމަހާއި، ށައްވާލުމަހުގެ ފުރަތަމަ 7 (ހަތެއް) ދުވަހު މި އޮފީހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ގަޑިއެވެ.

(ރ) ރަމަޒާންމަސް ނޫން އެހެން މަސްމަހުގެ ރަސްމީ މަސައްކަތު ދުވަސްތަކުގެ މެންދުރު 12:00 އާއި 2:00 އާ ދެމެދު މުވައްޒަފުންނަށް ހުސްވަގުތުގެ ގޮތުގައި 1 (އެކެއް)  ގަޑިއިރު ލިބޭނެއެވެ. ނަމަވެސް، ރަމަޒާންމަހު މި ހުސްވަގުތެއް ނުލިބޭނެއެވެ.

(ބ) މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މުވައްޒަފު ރަސްމީ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކު، ހުސްވަގުތު ނުހިމެނޭހެން، މަދުވެގެން 6 (ހައެއް) ގަޑިއިރުގެ މަސައްކަތް ފުރިހަމަކުރަންވާނެއެވެ.

(ޅ) ހަފުތާއަކު 5 (ފަހެއް) ދުވަހު މަސައްކަތްކުރާގޮތަށް ހަމަޖެހިފައިވާ މި އޮފީހުގެ މުވައްޒަފުންގެ މަސައްކަތު ގަޑިއަކީ، އެ މުވައްޒަފަކު މަސައްކަތްކުރުމަށް ކަނޑައަޅައިފައިވާ ވަގުތެވެ.

 

95 ވަނަ މާއްދާ - ފްލެކްސީ ޓައިމް 

މި ގަވާއިދުގެ 94 ވަނަ މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ރަސްމީ މަސައްކަތު ދުވަސްތަކުގެ ހެނދުނު 7:30 އަށް ނުވަތަ އެޔަށް ވުރެ ކުރިން އޮފީހަށް ހާޒިރުވާ މުވައްޒަފުންގެ އެ ދުވަހެއްގެ ރަސްމީ މަސައްކަތު ގަޑި ނިމޭ ގަޑިއަކީ މެންދުރުފަހު 2:30 އެވެ.

 

96 ވަނަ މާއްދާ - އޮފީހަށް ހާޒިރުވުމާއި ގަޑިޖެހުން

(ހ) މި އޮފީހުގެ ކޮންމެ މުވައްޒަފަކު ވެސް، ރަސްމީ މަސައްކަތު ގަޑި ފެށޭ ވަގުތު ނުވަތަ އެ ގަޑި ފެށުމުގެ ކުރިން އޮފީހަށް ހާޒިރުވާންވާނެއެވެ. އާންމު އުސޫލެއްގެ ގޮތުން، މުވައްޒަފު އޮފީހަށް ހާޒިރުވީކަމަށް ބެލޭނީ، ހާޒިރީ ބެލުމަށް ހާއްސަކޮށްފައިވާ މެށިނަށް މުވައްޒަފުގެ އިނގިލީގެ ނިށާން ނުވަތަ މޫނު ނުވަތަ ކާޑު ސްކޭންކުރުމުން، އެ މެށިނުން އެ މުވައްޒަފު ސައިން-އިން ވުމުންނެވެ.

(ށ) އޮފީހުގެ ރަސްމީ މަސައްކަތު ގަޑި ފެށުމަށްފަހު 1 (އެކެއް) މިނެޓު ނުވަތަ އެޔަށް ވުރެ ލަހުން ހާޒިރުވާ މުވައްޒަފުން، ގަޑިޖެހުނުކަމަށް ބަލައި، ހާޒިރީގައި އެކަން ރިކޯޑުކުރެވޭނެއެވެ.

(ނ) މި އޮފީހުގެ މުވައްޒަފަކު އާދަވެ ގަޑިޖެހ،ި މަސައްކަތަށް ބުރޫއަރާ ނަމަ، އެ މުވައްޒަފެއްގެ މައްޗަށް، އޮފީހުން އިސްލާހީ ފިޔަވަޅުއަޅަންވާނެއެވެ.

 

97 ވަނަ މާއްދާ - އޮފީހަށް ހާޒިރުނުވާކަމަށް ބަލާނެ ވަގުތު

މަގްބޫލު ސަބަބެއް ނެތި، ރަސްމީ މަސައްކަތުގެ ގަޑީގެ 1 (އެކެއް) ގަޑިއިރާއި 15 (ފަނަރަ) މިނެޓުގެ ތެރޭގައި މުވައްޒަފަކު އޮފީހަށް ހާޒިރުނުވާ ނަމަ، އެ ދުވަހަކީ އެ މުވައްޒަފަކު އޮފީހަށް ހާޒިރުނުވާ ދުވަހެއްކަމަށް ކަނޑައަޅައި، އެކަން ހާޒިރީގައި ރިކޯޑު ކުރެވޭނެއެވެ.

 

98 ވަނަ މާޢްދާ - އޮފީހަށް ހާޒިރުނުވާ މުވައްޒަފުން ނަށް އެކަން  އެންގުން

އެ ދުވަހަކު ރަސްމީ މަސައްކަތު ގަޑީގައި ހާޒިރުވާންޖެހޭ މުވައްޒަފުންގެ ތެރެއިން، ހެނދުނު 9:15 ފާއިތުވުމާ ހަމަޔަށް އޮފީހަށް ހާޒިރުނުވާ މުވައްޒަފުންނަށް، އެ ދުވަހަކު އެ މުވައްޒަފަކު ހާޒިވެފައިނުވާކަން ރިކޯޑުކުރެވިފައިވާކަން އަންގައި ސްޓާފް ޕޯޓަލް މެދުވެރިކޮށް މެސެޖެއް
ކުރެވޭނެއެވެ.

 

99 ވަނަ މާއްދާ - މަސައްކަތް ކުރުމަށް ދަންވަރު އޮފީހަށް ހާޒިރުވުން

(ހ) މި އޮފީހުގެ މުވައްޒަފަކު، ދަންވަރު 12:00 ގެ ފަހުން އޮފީހުގެ ރަސްމީ މަސައްކަތެއް ކުރަން ޖެހިއްޖެ ނަމަ، އަދި ޖެހިގެން އަންނަ ދުވަހަކީ ރަސްމީ މަސައްކަތު ދުވަހެއް ނަމަ، ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ފަރާތެއްގެ ހުއްދަޔާއެކު، އެ މުވައްޒަފު އެ ދުވަހަކު އޮފީހަށް ހާޒިރުވާންޖެހޭ ގަޑި ފަސްކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އޮފީހަށް ހާޒިރުވާންޖެހޭ ގަޑި، އާންމު އުސޫލެއްގެ ގޮތުން ފަސްކުރެވޭނީ، ދަންވަރު 12:00 ގެ ފަހުން މަސައްކަތްކުރާ ކޮންމެ މިނެޓަކަށް މިނެޓެކެވެ. އަދި މި މާއްދާގެ ދަށުން އޮފީހަށް ހާޒިރުވާންޖެހޭ ވަގުތު އެންމެ ފަސްކުރެވޭނީ، ހެނދުނު 11:00 އާ ހަމަޔަށެވެ.

 

100 ވަނަ މާއްދާ - އޮފީހަށް ހާޒިރުވަނިކޮށް ކުއްލި ހާލަތެއް ދިމާވުން

(ހ) މި އޮފީހުގެ މުވައްޒަފަކު ރަސްމީ މަސައްކަތު ގަޑިއަށް އޮފީހަށް ހާޒިރުވުމުގެ މަގުމަތީގައި ވަނިކޮށް، އޮފީހަށް ގަޑިއަށް ހާޒިރުނުވެވޭނެ ކުއްލި ހާލަތެއް ދިމާވެއްޖެ ނަމަ، ހިއުމަން ރިސޯސް ސެކްށަނަށާއި، އެ މުވައްޒަފެއްގެ ސުޕަވައިޒަރަށް ސަބަބާއި ހެއްކާއެކު ލަސްނުކޮށް އެކަން އަންގަންވާނެއެ ވެ. އަދި މުވައްޒަފަށް ދިމާވާ ހާލަ ތަށް ރިއާޔަތްކޮށް، އެ ދުވަހު އެ މުވައްޒަފު ގަޑިޖެހޭ ގަޑި ފަސްކުރުމުގެ އިހުތިޔާރު، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ ދަށުން އޮފީހަށް ހާޒިރުވާންޖެހޭ ވަގުތު ފަސްކުރެވޭނީ، އެންމެ ގިނަވެގެން 1 (އެކެއް) ގަޑިއިރެވެ.

 

101 ވަނަ މާއްދާ - "އާރް.ޓީ.އެލް" ބޭނުންކުރާ މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑި

(ހ) މި އޮފީހުގެ މުވައްޒަފުންގެ ތެރެއިން "އިންޓަގްރޭޓަޑް ނެށަނަލް ޕަބްލިކް ފެރީ ނެޓްވަރކް" (އާރް.ޓީ.އެލް) ގެ ހިދުމަތް ބޭނުންކުރާ މުވައްޒަފުންގެ ތެރެއިން މި މާއްދާގައިވާ ގޮތުގެ މަތީން ސްޓާފް ޕޯޓަލުގައި ރަޖިސްޓަރީވެ، ހިއުމަން ރިސޯސް ސެކްށަނުގެ ހުއްދަ ލިބިފައިވާ މުވައްޒަފުން، ކޮންމެ ހަފުތާއެއްގެ އާ ދީއްތަދުވަހު ނުވަތަ އާދީއްތަދުވަހުގެ ފަހަތަށް ބަންދު ދުވަސްތަކެއް އަތުވެއްޖެ ނަމަ، އޮފީސް ހުޅުވޭ ފުރަތަމަ ދުވަހު އަދި ހަފުތާ މެދުތެރެއިން އޮފީސް ބަންދު ދުވަހެއް އަތުވެއްޖެ ނަމަ، އެ ބަންދު ދުވަހަށްފަހު އޮފީސް ހުޅުވޭ ފުރަތަމަ ދުވަހު ރަސްމީ މަސައްކަތު ގަޑި ފަށާނީ، އެ ދުވަހެއްގެ ހެނދުނު 9:00 ގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުވައްޒަފަކު، އެ މުވައްޒަފަށް ހައްގުވާ އެއްވެސް ޗުއްޓީއެއް ނަގައިފި ނަމަ، ޗުއްޓީ ނިންމުމަށްފަހު އޮފީހަށް ނުކުންނަ ފުރަތަމަ ދުވަހު ރަސްމީ މަސައްކަތު ގަޑި ފަށާނީ، އެ ދުވަހުގެ ހެނދުނު 9:00 ގައެވެ.

(ނ) އާރު.ޓީ.އެލް ފެރީގެ ހިދުމަތް ބޭނުންކުރާ މުވައްޒަފުންނަށް މި މާއްދާގެ (ހ) އާއި

(ށ) ގެ ދަށުން ލިބިދީފައިވާ ލުއި ބޭނުންކުރާ ދުވަހުގެ ހެނދުނު 09:00 ގެ ފަހުން، މި ގަވާއިދުގެ 94 ވަނަ މާއްދާގެ (ބ) ގެ ދަށުން އޮފީހުގައި ހޭދަކުރަންޖެހޭ ވަގުތު  ހަމަކުރަންވާނެއެވެ. އަދި އެ މުވައްޒަފުން މަސައްކަތުގެ ގަޑި ހަމަކުރުމަށް އޮފީހުގައި ހޭދަކުރާ ވަގުތަކީ އިތުރުގަޑީގެ ފައިސާ ލިބޭނެ ވަގުތެއް ނޫނެވެ.

(ރ) އާރު.ޓީ.އެލް ފެރީގެ ހިދުމަތް ބޭނުންކުރާ މުވައްޒަފުންނަށް، މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ލިބިދީފައިވާ ލުއި ބޭނުންކުރާ ދުވަހުގެ ހެނދުނުގެ ބްރީފިންގގައި އެ މުވައްޒަފަކަށް ބައިވެރިނުވެވޭ ނަމަ، އެ މުވައްޒަފެއްގެ އެ ދުވަހުގެ މަސައްކަތާއި ކުރީ ދުވަހުގެ މަސައްކަތް، އެ މަސައްކަތާ ގުޅުންހުރި ސެކްށަނުގެ ސެކްށަން އޯވަރއޯލް ހެޑަށް ބްރީފްކޮށްދޭންވާނެއެވެ.

 

102 ވަނަ މާއްދާ - ވިއްސާރަވުމުގެ ސަބަބުން ގަޑިޖެހޭ ގަޑި ލަސްކުރުން

(ހ) ރަމަޒާންމަސް ފިޔަވައި އެހެން މަސްމަހުގައި، ރަސްމީ މަސައްކަތު ދުވަހެއްގެ ހެނދުނު 7:30 އިން ފެށިގެން ނުވަތަ އެޔަށް ވުރެ ކުރިން ފެށިގެން މޫސުން ގޯސްވެ ވިއްސާރަވެއްޖެ ނަމަ، އެ ދުވަހުގައި، މުވައްޒަފުން އޮފީހަށް ގަޑިޖެހޭ ގަޑިއަކީ އެ ދުވަހުގެ ހެނދުނު 8:30 އެވެ. އަދި އެފަދަ ދުވަހެއްގެ ހެނދުނު 7:40 ގައި ވާރޭވެހުން ހުއްޓައިލިޔަސް، އަދި އެ ދުވަހު 8:25 ވަންދެން ވާރޭވެހުނުނަމަވެސް، އެ ދުވަހުގެ ގަޑިޖެހޭ ގަޑިއަކީ ހެނދުނު 8:30 އެވެ.

(ށ) ރަމަޒާންމަހާއި، ށައްވާލްމަހުގެ ފުރަތަމަ 7 (ހަތެއް) ދުވަހުގެ ތެރެއިން ރަސްމީ މަސައްކަތު ދުވަހެއްގައި ހެނދުނު 8:30 އިން ފެށިގެން ނުވަތަ އެޔަށް ވުރެ ކުރިން ފެށިގެން މޫސުން ގޯސްވެ ވިއްސާރަވެއްޖެ ނަމަ، އެ ދުވަހުގައި، މުވައްޒަފުން އޮފީހަށް ގަޑިޖެހޭ ގަޑިއަކީ އެ ދުވަހުގެ ހެނދުނު 9:30 އެވެ. އަދި އެފަދަ ދުވަހެއްގެ ހެނދުނު 8:40 ގައި ވާރޭވެހުން ހުއްޓައިލިކަމުގައި ވީނަމަވެސް އަދި އެ ދުވަހު 9:25 ވަންދެން ވާރޭ ވެހުނުނަމަވެސް، އެ ދުވަހުގެ ގަޑިޖެހޭ ގަޑިއަކީ ހެނދުނު 9:30 އެވެ.

 

103 ވަނަ މާއްދާ - ތަމްރީނު ދުވަސްތަކުގައި އޮފީހަށް ހާޒިރުވުން

(ހ) މި އޮފީހުގެ މުވައްޒަފަކު، އޮފީހުން ބޭރުގައި ބާއްވާ ތަމްރީނު ތަކުގައި، އޮފީހުގެ ފަރާތުން ބައިވެރިވާ ދުވަސްތަކަކީ އެ މުވައްޒަފުގެ ޕްރޮފެށަނަލް ޑިވެލޮޕްމަންޓަށް ހާއްސަކުރެވޭ ދުވަސްތަކެކެވެ. އަދި ރަސްމީ ދުވަސްތަކުގައި މިފަދަ ތަމްރީނުތަކުގައި ބައިވެރިވާ މުވައްޒަފުންނަށް އޮފީހަށް ހާޒިރުވުމުގައި އަންނަނިވި ލުއިތައް ލިބޭނެއެވެ.

  1. ތަމްރީނުގެ ދިގުމިން 6 (ހައެއް) ގަޑިއިރަށް ވުރެ އިތުރުވާ ނަމަ، އެ މުވައްޒަފު އެ ދުވަހު އޮފީހަށް ހާޒިރުވާކަށް ނުޖެހޭނެއެވެ.
  2. ތަމްރީނަކީ އެ މުވައްޒަފަކު މަސައްކަތްކުރާ ރަށް ނޫން އެހެން ރަށެއްގައި ބާއްވާ ތަމްރީނަކަށް ވެފައި، އެ ތަމްރީނުގެ ދިގުމިން 4 (ހަތަރެއް) ގަޑިއިރަށް ވުރެ އިތުރުވާ ނަމަ ނުވަތަ ދަތުރުފަތުރަށް ހިނގާ ވަގުތަށް ބަލައި އެ ދުވަހު އެނބުރި އޮފީހަށް ހާޒިރުވުމަކީ ދަތިކަމެއް ނަމަ، އެ މުވައްޒަފު އެ ދުވަހު އޮފީހަށް ހާޒިރުވާކަށް ނުޖެހޭނެއެވެ.

(ށ) މި އޮފީހުން ބާއްވާ ތަމްރީނު ތަކާއި، އެހެން މުއައްސަސާތަކުން ބާއްވާ ތަމްރީނުތަކުގައި، ޓްރެއިނަރުންގެ ގޮތުގައި ބައިވެރިވާ މި އޮފީހުގެ މުވައްޒަފުންނަށް ވެސް މި ލުއިތައް ލިބިދެވޭނެއެވެ.

 

104 ވަނަ މާއްދާ - އޮފީހަށް ހާޒިރުވާންޖެހޭ ގަޑިއަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ ހާއްސަ ހުއްދައިގެ ދަށުން ބަދަލުގެނައުން

ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ހާއްސަ މަސައްކަތެއް ކުރުމަށް އޮފީހުގެ ރަސްމީ  މަސައްކަތު ގަޑިން ބޭރުން މަސައްކަތްކުރަން ޖެހޭ މުވައްޒަފުންނަށް، އޮފީހަށް ހާޒިރުވުމަށް ހާއްސަ ގަޑިތަކެއް، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ކަނޑައެޅިދާނެއެވެ.

 

 

105 ވަނަ މާއްދާ - ދަރިފުޅު ބެލުމަށް ދެވޭ ހުސްވަގުތު

(ހ) މި އޮފީހުގެ މުވައްޒަފަކު، ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ ހަމަކޮށް ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން، ދަރިފުޅުގެ ޒަރޫރީ ބޭނުންތަކަށް ފުރުސަތު ދިނުމުގެ ގޮތުން،  އެ ކުއްޖާގެ އުމުރުން 2 (ދޭއް) އަހަރު ފުރުމާ ހަމަޔަށް، މި ގަވާއިދު ގައި ބަޔާންކޮށްފައިވާ ހުސްވަގުތުގެ އިތުރުން، ދުވާލަކު 1 (އެކެއް) ގަޑިއިރު، ހުސްވަގުތުގެ ގޮތުގައި ލިބޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ލިބޭ ހުސްވަގުތުގެ ބޭނުންކުރާ މުވައްޒަފުންގެ އިތުރުގަޑި ގުނަން ފަށާނީ، އެ ދުވަހަކަށް ކަނޑައެޅިފައިވާ 6 (ހައެއް) ގަޑިއިރުގެ ރަސްމީ މަސައްކަތް ފުރިހަމަކުރުމުންނެވެ.

(ނ) މި މާއްދާގެ ދަށުން ހުސްވަގުތުގެ ގޮތުގައި ލިބޭ 1 (އެކެއް) ގަޑިއިރު ނެގުމަށް ގަސްތުކުރާ ގަޑި، އެ މުވައްޒަފ،ު ސްޓާފް ޕޯޓަލް މެދުވެރިކޮށް، އޮފީހުގައި ރަޖިސްޓަރީ ކުރަންވާނެއެވެ.

 

106 ވަނަ މާއްދާ - ސްކޫލްދޮށަށް ދެވޭ ހުސްވަގުތު

(ހ) މި އޮފީހުގެ މުވައްޒަފުންގެ ތެރެއިން، މަދަރުސީ އުމުރުގެ ދަރިން ގެންގުޅޭ މުވައްޒަފުން، ސްކޫލްދޮށަށް ދިޔުމަށް ކަނޑައެޅިފައިވާ ގަޑިއާ ދިމާކޮށް، މި ގަވާއިދުގެ 94 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ހުސްވަގުތު ނެގިދާނެއެވެ.

(ށ) މި މާއްދާގެ ދަށުން ނަގާ ހުސްވަގުތު އޮފީހުގެ ރަސްމީ މަސައްކަތު ގަޑިއާ ދިމާވާ ނަމަ، ހުސްވަގުތު ނެގުމުގެ ކުރިން، ހިއުމަން ރިސޯސް ސެކްށަނުގައި އެކަމަށް އެދި، ސްޓާފް ޕޯޓަލް މެދުވެރިކޮށް އޮފީހުގައި ރަޖިސްޓަރީ ކުރަންވާނެއެވެ. އަދި މިގޮތުގެ މަތީން ރަޖިސްޓަރީކުރުމަށް ހުށަހަޅާއިރު، އަންނިނިވި މައުލޫމާތު ހުށަހަޅަންވާނެއެވެ.

  1. މަދަރުސީ އުމުރުގެ ދަރިން ހާޒިރުވާ ސުކޫލް؛
  2. މަދަރުސީ އުމުރުގެ ދަރިން ސްކޫލަށް ހާޒިރުވާ ގަޑިއާއި ނިމޭ ގަޑި.

 

107 ވަނަ މާއްދާ - ހުސްވަގުތުގެ ގޮތުގައި ކަނޑަައެޅިފައިވާ ވަގުތު މަސައްކަތްކުރަން ޖެހުން

މި ގަވާއިދުގެ 94 ވަނަ މާއްދާގެ (ރ) ގައި، ރަސްމީ މަސައްކަތު ދުވަސްތަކުގެ މެންދުރު 12:00 އާއި 2:00 އާ ދެމެދު މުވައްޒަފުންނަށް ހުސްވަގުތުގެ ގޮތުގައި 1 (އެކެއް) ގަޑިއިރު ލިބޭނެކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ވަގުތުގެ ތެރޭގައި އޮފީހުގެ މަސައްކަތެއް ކުރަން ޖެހިއްޖެ ނަމަ، އެ މަސައްކަތެއް ނިމުމުން ނުވަތަ އެ މަސައްކަތެއްގެ ކުރިން ހުސްވަގުތު ނެގިދާނެއެވެ.

 

108 ވަނަ މާއްދާ - ރަސްމީގަޑީގައި އަމިއްލަ ބޭނުމަކަށް އޮފީހުން ބޭރަށް ދިއުން

މި އޮފީހުގެ މުވައްޒަފަކު، ރަސްމީ ގަޑީގައި އަމިއްލަ ބޭނުމަކު ބޭރަށް ދާންވާނީ، އެ މުވައްޒަފެއްގެ ސުޕަވައިޒަރުގެ ހުއްދަޔާއެކު، އޮފީހުގެ ހާޒިރީ ބަލަހައްޓާ މެށިނުން ޗެކް-އައުޓް ކުރުމަށްފަހުގައެވެ. މިގޮތަށް އޮފީހުން ކޮންމެހެން ބޭރަށް ދާން ޖެހިއްޖެ ހާލަތެއްގައި ވެސް އޮފީހުން ބޭރަށް ދާންވާނީ، އެ މުވައްޒަފަކަށް ހަވާލުކުރެވިފައިވާ މަސައްކަތަށް ބުރޫނާރާ ގޮތަށެވެ. އަދި ބޭރަށްދާ ބޭނުމެއް އަވަހަށް ފުރިހަމަކޮށްފައި ލަސްނުކޮށް އޮފީހަށް އެނބުރި އައުމަކީ މުވައްޒަފުގެ ޒިންމާއެކެވެ.

 

109 ވަނަ މާއްދާ - ހާޒިރީ މެށިން ބޭނުންކުރުން

އޮފީހުގެ ރަސްމީ ގަޑީގައި، އޮފީހުގެ ރަސްމީ ބޭނުމެއްގައި ނުވަތަ އަމިއްލަ ބޭނުމެއްގައި އޮފީހަށް ވަދެ ނުކުމެ ހަދާ ނަމަ، އެ މުވައްޒަފެއްގެ ހާޒިރީގައި އެކަން ރިކޯޑު ކުރުމަށް ޓަކައި އަންނަނިވި ގޮތަށް މުވައްޒަފު އަމަލުކުރަންވާނެއެވެ.

(ހ) ކޯޓަށް ހާޒިރުވާ ނަމަ، ހާޒިރީ މެށިނުން "ކޯޓު އައުޓް" ކުރުން.

(ށ) ރަސްމީ ބޭނުމެއްގައި އޮފީހުން ބޭރަށްދާ ނަމަ، ހާޒިރީ މެށިނުން "އޮފިށަލް އައުޓް" ކުރުން.

(ނ) އަމިއްލަ ބޭނުމެއްގައި އޮފީހުން ބޭރަށްދާ ނަމަ، ހާޒިރީ މެށިނުން "ޗެކް-އައުޓް" ކުރުން.

(ރ) ސްކޫލް ދޮށަށް ދިއުމަށް ދެވޭ ހުސްވަގުތުގައި އޮފީހުން ބޭރަށްދާ ނަމަ، ހާޒިރީ މެށިނުން "ޗެކް-އައުޓް" ކުރުން.

(ބ) އެނބުރި އޮފީހަށް އައުމަށްފަހު "ޗެކް-އިން" ކުރުން.

(ޅ) އެ ދުވަހެއްގެ ރަސްމީ މަސައްކަތް ނިމުމުން "ޗެކް-އައުޓް" ކުރުން.

 

110 ވަނަ މާއްދާ - ހާޒިރީ މެށިން ބޭނުންނުކުރެވުން

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ހާޒިރީ މެށިން ބޭނުންކުރަން ހަނދާން ނެތިއްޖެ ހާލަތެއްގައި ނުވަތަ އެނޫންވެސް ސަބަބަކާހުރެ މެށިން ބޭނުންނުކުރެވޭ ނަމަ، އެކަން ހިނގިތާ ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، ސްޓާފް ޕޯޓަލް މެދުވެރިކޮށް، ސަބަބާއެކު ހިއުމަން ރިސޯސް ސެކްށަނަށް އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، ހާޒިރީ މެށިން ބޭނުން ނުކުރެވުނު ސަބަބަށް ރިއާޔަތްކޮށް ހިއުމަން ރިސޯސް ސެކްށަނުން އެ މުވައްޒަފެއްގެ ހާޒިރީ އިސްލާހު ކުރެވިދާނެއެވެ. ނަމަވެސް މިކަން ތަކުރާރުވަމުންދާ ނަމަ، އަދި އެކަން އިސްލާހުކުރުމަށް ފުރުސަތު ދިނުމަށްފަހު، އެކަން ރަނގަޅުނުވާ ނަމަ، އެ މުވައްޒަފަކާ މެދު މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، އިސްލާހީ ފިޔަވަޅު އެޅުމުގެ އިހުތިޔާރު މި އޮފީހަށް ލިބިގެންވެއެވެ.

 

111 ވަނަ މާއްދާ - ހާޒިރީ ރިކޯޑު ބެލެހެއްޓުން

މުވައްޒަފުންގެ ހާޒިރީއާ ގުޅޭ އެންމެހައި އިދާރީ ކަންކަން ބެލެހެއްޓުމަކީ ހިއުމަން ރިސޯސް ސެކްށަނުގެ ޒިންމާއެކެވެ. އަދި އެ ދުވަހަކު އޮފީހަށް ހާޒިރުނުވާ މުވައްޒަފުންނާއި، ސަލާމުގެ ޗުއްޓީއަށް އެދި ހުށަހަޅާ މުވައްޒަފުންނާއި އޮފީހަށް ލަހުން ހާޒިރުވާ މުވައްޒަފުން ބަލައި، ދުވަހުން ދުވަހަށް ހާޒިރީ ރިކޯޑު އަދާހަމަކުރުމާއި، އަދި މުވައްޒަފުންގެ އެ ވަގުތުގެ ހާޒިރީގެ ހާލަތު ސްޓާފް ޕޯޓަލުން އޮފީހުގެ ހުރިހާ މުވައްޒަފުންނަށް ފެންނަ ގޮތަށް ބެހެއްޓުމަކީ ވެސް
ހިއުމަން ރިސޯސް ސެކްށަނުގެ ޒިންމާއެކެވެ.

 

 

ޗެޕްޓަރ 9

މުވައްޒަފުންގެ ހެދުން

 

112 ވަނަ މާޢްދާ - ހެދުންއެޅުން 

މި އޮފީހުގެ މުވައްޒަފުން، ރަސްމީ މަސައްކަތު ގަޑީގައި، މަގާމުގެ ހައިސިއްޔަތުން ހާޒިރުވާންޖެހޭ ޖަލްސާތަކަށާއި ހަފުލާތަކަށް ހާޒިރުވުމުގައްޔާއި ރަސްމީ ދަތުރުތަކުގައްޔާއި، ނުރަސްމީ ގަޑީގައި އޮފީހަށް ހާޒިރުވާއިރު ހެދުން ބަހައްޓަންވާނީ، ތިރީގައިވާ ގޮތުގެ މަތީންނެވެ.

 

113 ވަނަ މާޢްދާ - ފިރިހެން މުވައްޒަފުންގެ ހެދުން

(ހ) މި އޮފީހުގެ ސަޕޯޓް ސްޓާފް ގިންތީގެ މަގާމުތަކުން ފެށިގެން މަތީގެ ފިރިހެން މުވައްޒަފުންގެ ހެދުމަކީ، ދިގު ފަޓުލޫނާއި އަތްދިގު ގަމީސް ނުވަތަ އަތްކުރު ގަމީހާއި ޓައީއާއި އޮފީސް ބޫޓެވެ. ނަމަވެސް ސަޕޯޓް ސަރވިސްއިން ފެށިގެން ދަށުގެ މަގާމުތަކުގައި ވަޒީފާ އަދާކުރާ ފިރިހެން މުވައްޒަފުން ޓައީ ނާޅައި އުޅުމަކީ ހުއްދަކަމެކެވެ.

(ށ) މި އޮފީހުގެ ފިރިހެން މުވައްޒަފުން ބޭނުންކުރާ ގަމީސް ހުންނަ ންވާނީ ދަށަށް ޖަހައިފައެވެ. އަދި ބެލްޓް އަޅާ ނަމަ، އަޅައި ފައި ހުންނަ އެ ބެލްޓަކީ ރަސްމީ ހެދުންތަކާއެކު ބޭނުންކުރަން އެކަށީގެންވާ ބެލްޓަ ކަށް ވާންވާނެއެވެ.

(ނ) މި އޮފީހުގެ ފިރިހެން މުވައްޒަފުން ރަސްމީ މަސައްކަތުގައި އުޅޭއިރު ތިބެންވާނީ އޮފީސް
ބޫޓަށް އަރައިފައެވެ.

(ރ) މި އޮފީހުގެ ފިރިހެން މުވައްޒަފުން ބޮލުގެ އިސްތަށިގަނޑު ހުންނަންވާނީ ރީތިކޮށް ކޮށައި، އިސްތަށިގަނޑުގައި ރަނގަޅަށް ފުނާއަޅައިފައެވެ. އަދި އިސްތަށި ކަޅުކުރުން ފިޔަވައި، އިސްތަށީގައި ފާޅުކަން ބޮޑު ކުލައެއްޖެއްސުމަކީ ނުވަތަ ކުލައިން ށޭޑްކޮށް ހައިލައިޓްކުރުމަކީ ހުއްދަކަމެއް ނޫނެވެ.

(ބ) މި އޮފީހުގެ ފިރިހެން މުވައްޒަފުން ތުނބުޅ/ިމަތިމަސް ހުންނަންވާނީ ދިވެހި މުޖުތަމައުގެ އާންމު އަހުލާގީ މިންގަނޑަށް ފެތޭ ގޮތަށެވެ. އަދި ތުނބުޅ/ިމަތިމަހުގެ އިސްތަށި ކަޅުކުރުން ފިޔަވައި، އިސްތަށީގައި ކުލަޖައްސައި، ށޭޑްކޮށް ހެދުމަކީ ހުއްދަކަމެއް ނޫނެވެ.

 

114 ވަނަ މާޢްދާ - އަންހެން މުވައްޒަފުންގެ ހެދުން

(ހ) އަންހެން މުވައްޒަފުންގެ ހެދުމަކީ، އިޖުތިމާއީ އާންމު މިންގަނޑުތަކާ ހިލާފުނުވާ، ދައުލަތުގެ އޮފީހެއްގައި މަސައްކަތްކުރުމަށް އަންނައިރު ލުމަށް އެކަށީގެންވާ ހެދުމަކާއި ފައިވާނެއް ނުވަތަ ބޫޓެކެވެ.

(ށ) މި އޮފީހުގެ އަންހެން މުވައްޒަފުން އޮފީހުގައި އުޅޭއިރު ނުވަތަ ރަސްމީ މަސައްކަތުގައި އުޅޭއިރު ތިބެންވާނީ، އޮފީސް ބޫޓުގައި ނުވަތަ އޮފީހާ އެކަށީގެންވާ ފައިވާނުގައެވެ.

(ނ) މި އޮފީހުގެ އަންހެން މުވައްޒަފުން ބުރުގާ އެޅުމާއި، ގަހަނާ އެޅުމާއި، މޭކަޕްކުރުމާއި، އިސްތަށިގަނޑުގައި ކުލަޖެއްސުމުގައި އަމަލުކުރާނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.
)1( މި އޮފީހުގެ އަންހެން މުވައްޒަފުން ޒީނަތްތެރިވުމުގެ ގޮތުން، މުޖުތަމައުގެ އާންމު އަހުލާގީ މިންގަނޑުތަކާ އެއްގޮތަށް، ގަހަނާ އެޅުމާއި މޭކަޕްކުރުމަކީ ހުއްދަކަމެކެވެ.
)2( މި އޮފީހުގެ އަންހެން މުވައްޒަފުންގެ ތެރެއިން ބުރުގާއަޅާ މުވައްޒަފުން ބުރުގާ އަޅަންވާނީ، ދިވެހި މުޖުތަމައު ގަބޫލުކުރާ އަހުލާގީ ހަމަތަކާ އެއްގޮތަށެވެ. އަދި އެފަދަ މުވައްޒަފުން ށަރީއަތުގެ މަޖިލީހުގައި ބައިވެރިވާއިރު ބުރުގާ ހުންނަންވާނީ ކާކުކަން އެނގޭ މިންވަރަށް މޫނު ފެންނަ ގޮތަށެވެ. އަދި ބުރުގާ ނާޅާ މުވައްޒަފުންގެ އިސްތަށިގަނޑު ބަހައްޓަންވާނީ އޮފީހުގެ މާހައުލާ ގުޅޭގޮތަށް، ރީތިކޮށެވެ. ނަމަވެސް، މިފަދަ މުވައްޒަފުންގެ އިސްތަށިގަނޑު ކަޅުކުރުން ފިޔަވައި، ފާޅުކަން ބޮޑު ކުލައެއްޖެއްސުމަކީ ނުވަތަ ކުލައިން ށޭޑްކޮށް ހައިލައިޓްކުރުމަކީ ހުއްދަކަމެއް ނޫނެވެ.

 

115 ވަނަ މާޢްދާ - އޮފީހުގެ ބޭރުގެ ބައްދަލުވުންތައް

މި އޮފީހުން ބޭރުގެ އެކިއެކި ފަރާތްތަކުން އިންތިޒާމުކޮށްގެން ބާއްވާ ޖަލްސާތަކާއި ހަފުލާތަކަށް މި އޮފީހުގެ މުވައްޒަފުން ހާޒިރުވާއިރު ހެދުން ބަހައްޓާނީ، ތިރީގައިވާ ގޮތަށެވެ.

(ހ) ދައުވަތުގައި، ވަކިގޮތަކަށް ހެދުން ބެހެއްޓުމަށް ބަޔާންކޮށްފައި އޮތް ނަމަ އެ ގޮތަކަށް.

(ށ) ދައުވަތުގައި، ވަކިގޮތަކަށް ހެދުން ބެހެއްޓުމަށް ބަޔާންކޮށްފައިނުވާ ނަމަ، މި ގަވާއިދުގެ 113 ވަނަ މާއްދާއާއި 114 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އޮފީހުން ބޭރުގައި ބާއްވާ ހަރަކާތަކީ ބޭރުތެރޭގައި (އައުޓްޑޯގައި) ބާއްވާ ހަރަކާތެއް ނަމަ، (މިސާލަކަށް ފެތުން، ދުވުން، ގަސް އިންދުން، ސާފުކުރުން ފަދަ ހަރަކާތެއް ނަމަ) މުވައްޒަފު ލާންވާނީ އެކަމަކަށް އެކަށީގެންވާ ހެދުމެކެވެ.

 

116 ވަނަ މާއްދާ - މި އޮފީހުން އިންތިޒާމުކުރާ ހާއްސަ ހަރަކާތްތަކުގައި އަޅަންޖެހޭ ހެދުން

(ހ) މި އޮފީހުން އިންތިޒާމުކުރާ ހާއްސަ ހަރަކާތްތަކުގައި މުވައްޒަފުން ހެދުންއަޅާނީ،
އެ ހަރަކާތް އިންތިޒާމުކުރާ ފަރާތުން ދުރާލައި އެ މުވައްޒަފުންނަށް އަންގައިފައިވާ
ގޮތަކަށެވެ. އަދި މިގޮތުގެ މަތީން އަޅާ ހެދުމަކީ ވެސް ދިވެހި މުޖުތަމައު ގަބޫލުކުރާ
އަހުލާގީ ހަމަތަކާ އެއްގޮތްވާ ހެދުމަކަށް ވާންވާނެއެވެ.

(ށ) މި އޮފީހުން އިންތިޒާމުކުރާ ހަރަކާތްތަކުގައި އޮފީހުން ބޭރުން މީހަކު ބައިވެރިކުރާ ނަމަ،
ދިވެހި މުޖުތަމައު ގަބޫލުކުރާ އާންމު އަހުލާގީ މިންގަނޑުތަކާ ހިލާފުނުވާ ގޮތުގެ މަތީ ން،
އެ މީހަކު ހެދުންއަޅާ ގޮތާ އެއް މިންގަނޑަކަށް މުވައްޒަފުގެ ހެދުން ބެހެއްޓުމަކަށް
މި މާއްދާ ހުރަހެއް ނާޅައެވެ.
(ނ) މި މާއްދާގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އޮފީހުން އިންތިޒާމުކުރާ ނުރަސްމީ
ހަރަކާތްތަކުގައި ދިވެހި މުޖުތަމައު ގަބޫލުކުރާ އަހުލާގީ ހަމަތަކާ އެއްގޮތްވާ ހެދުމެއް
އެޅިދާނެއެވެ.

 

117 ވަނަ މާއްދާ - ކޯޓަށް ހާޒިރުވުމުގައި އަޅަންޖެހޭ ހެދުން

މި އޮފީހުގެ މުވައްޒަފުންގެ ތެރެއިން ކޯޓަށް ހާޒިރުވާ މުވައްޒަފުން ހެދުންއެޅުމުގައި އަމަލުކުރާނީ،
ށަރުއީ ދާއިރާގައި ހެދުން އެޅުމަށް ކަނޑައެޅިފައިވާ އުސޫލަށެވެ.

 

118 ވަނަ މާއްދާ - ދަތުރުތަކުގައި އަޅަންޖެހޭ ހެދުން

މި އޮފީހުގެ މުވައްޒަފުން ދަތުރުކުރުމުގައި ހެދުން ބަހައްޓާނީ ތިރީގައިވާ ގޮތަށެވެ.
(ހ) ދަތުރު ރާވާ ފަރާތުން ވަކި ގޮތަކަށް ހެދުން އެޅުމަށް އަންގައިފައިވާ ނަމަ އެގޮތަކަށް.
ނަމަވެސް، އެ ހެދުމަކީ ދިވެހި މުޖުތަމައު ގަބޫލުކުރާ އާންމު އަހުލާގީ މިންގަނޑަށް ފެތޭ
ހެދުމަކަށް ވާންވާނ.ެ
(ށ) ދަތުރު ރާވާ ފަރާތުން ވަކި ގޮތަކަށް ހެދުން އެޅުމަށް އަން ގައިފައިނުވާ ނަމަ،
މި ގަވާއިދުގެ 113 ވަނަ މާއްދާއާއި 114 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް.

 

119 ވަނަ މާއްދާ - މުނާސަބަތުތަކާ ގު ޅިގެން ހެދުން އެޅުން

(ހ) ގައުމީ އެކިއެކި މުނާސަބަތުތަކާ ގުޅިގެން ބާއްވާ ހަފުލާތަކަށް ހާޒިރުވާ މި އޮފީހުގެ
މުވައްޒަފުން އެފަދަ ހަފުލާތަކަށް ހާޒިރުވުމުގައި ގައުމީ ހެދުމުގެ ގޮތުގައި ފާސްކޮށްފައިވާ
ހެދުން ބޭނުންކުރެވިދާނެއެވެ.
(ށ) ވަކި މުނާސަބަތަކާ ގުޅޭގޮތުން ކުރި ޔަށްގެންދެވޭ ށިއާރެއްގައި ބައިވެރިވުމަށް މި އޮފީހުން
ނިންމައިފި ނަމަ، މި ގަވާއިދުން ހުއްދަކުރާ ހެދުމަކާއެކު، ބެޖާއި ކުލައާއި
އެކި ނިށާންތަކާއި ފާހަގަތައް ބޭނުންކުރެވިދާނެއެވެ.

 

120 ވަނަ މާއްދާ - ނުރަސްމީ ގަޑީގައި އަޅާ ހެދުން

މި އޮފީހުގެ މުވައްޒަފުން ނުރަސްމީ ގަޑީގައި، މަގާމުގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތް
ކުރުމަށް ހާޒިރުވާއިރު ވެސް ހެދުން ބަހައްޓާނީ، ދިވެހި މުޖުތަމައު ގަބޫލުކުރާ އަހުލާގީ ހަމަތަކާއި
މިންގަނޑުން ބޭރުނުވާނޭ ގޮތެއްގެ މަތީންނެވެ.

 

121 ވަނަ މާއްދާ - ހުއްދަނޫން ހެދުން

މި އޮފީހުގެ މުވައްޒަފުން، އޮފީހަށް ހާޒިރުވުމުގައްޔާއި އޮފީސް ތަމްސީލުކުރުމުގައި ބޭނުންކުރުން
ހުއްދަނޫން ހެދުމާއި ތަކެތި ތިރީގައި މިވަނީއެވެ.

(ހ) އަހުލާގީގޮތުން އެކަށީގެންނުވާ ހުތުރު ބަސް، އިބާރާތް، ކުރެހުން، ކާޓޫނ،ު ފޮޓޯ
ޖަހައިފައި ހުންނަ ހެދުން.

(ށ) ހަންގަނޑު ފާޅުވާ ފަދަ ތުނި ހެދުމާއި، ނިވައިކަން ކުޑަ ހެދުން.

(ނ) އެކި ތަންތަނުން ފަޅައިފައި ނުވަތަ ވީދައިފައި ހުންނަ އަދި އޮފީހުގެ މާހައުލާ ނުގުޅޭ
މިނޫންވެސް ޖީންސް.

(ރ) ފާޅުވާގޮތަށް ގިނަ ޖީބުލައިފައި ހުންނަ ކުރު ހަރުވާޅާއި، ދިގު ހަރުވާޅާއި، އެއްވެސް
ބާވަތެއްގެ ސޯޓު.

(ބ) ފެންފައިވާނާއި، އޮފީހުގެ މާހައުލާ ނުގުޅޭ މިނޫންވެސް ފައިވާނާއި ބޫޓު.

 

122 ވަނަ މާއްދާ - ޑްރެސްޑައުން ދުވަސް 

(ހ) މި އޮފީހުގެ މުވައްޒަފަކު އެ ދުވަހު ކުރަންޖެހޭ މަސައްކަތެއްގެ ސަބަބުން ނުވަތަ
ހާޒިރުވާންޖެހޭ ތަނެއްގެ ސަބަބުން ވަކި ހާއްސަ ހެދުމެއް ބޭނުންކުރުން ލާޒިމުނުވާ
ނަމަ، ކޮންމެ ބުރާސްފަތިދުވަހެއްގައި އޮފީހަށް ހާޒިރުވުމުގައި، ތިރީގައިވާ ގޮތުގެ މަތީން
ހެދުން އެޅުމުގެ އިހުތިޔާރު މި އޮފީހުން މުވައްޒަފުންނަށް ލިބިގެންވެއެވެ.
)1( ފިރިހެން މުވައްޒަފުން، ޓައީ ނާޅާގޮތަށް އަތް ދިގު ގަމީސް ނުވަތަ އަތްކުރު
ގަމީހާއި، ފަޓުލޫނާއި، ބޫޓުގައި އޮފީހަށް ހާޒިރުވުން.
)2( އަންހެން މުވައްޒަފުން، ގަމީސް ނުވަތަ ޓޮޕާއި ހަރުވާޅު ނުވަތަ ސްކާރޓް ނުވަތަ
ދިގު ހެދުމާއި ބޫޓުގައި ނުވަތަ ފައިވާނުގައި އޮފީހަށް ހާޒިރުވުން.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި އޮފީހުގެ މުވައްޒަފުންގެ
ތެރެއިން ބުރާސްފަތިދުވަހު ކޯޓަށް ހާޒިރުވާ މުވައްޒަފުން އެ ދުވަހު ހެދުން އެޅުމުގައި
އަމަލުކުރާނީ، ށަރުއީ ދާއިރާގައި ހެދުންއެޅުމުގައި އަމަލުކުރާ އުސޫލާ އެއްގޮތަށެވެ.
އަދި ބުރާސްފަތިދުވަހެއްގައި އޮފީހުން ބޭރުގައި ރަސްމީ ހައިސިއްޔަތުން އޮފީސް
ތަމްސީލުކުރާ ނަމަ، އެ ދުވަހު އެ މުވައްޒަފަކު ހުންނަންވާނީ ރަސްމީ ހެދުމުގައެވެ.

 

123 ވަނަ މާއްދާ - ހެދުން އެޅުމުގެ މިންގަނޑާ ހިލާފުވުން

މި އޮފީހުގެ މުވައްޒަފުން ހެދުންއެޅުމުގައި މި ގަވާއިދުގައި ކަނޑައަޅައިފައިވާ އުސޫލުތަކާ
ހިލާފުވެއްޖެ ނަމަ، އެ ހިލާފުވާ މުވައްޒަފެއްގެ މައްޗަށް، މި ގަވާއިދުގައިވާ ގޮތުގެ މަތީން
އިސްލާހީ ފިޔަވަޅު އެޅުމުގެ އިހުތިޔާރު މި އޮފީހަށް ލިބިގެންވެއެވެ.

 

 

ޗެޕްޓަރ 10

މުވައްޒަފުން ވީއްލުން

 

124 ވަނަ މާއްދާ - މުވައްޒަފުން ވީއްލުން

ދައުލަތުގެ މުއައްސަސާއަކުން ހިންގާ ކަމެއްގައި، މި އޮފީހުގެ މުވައްޒަފަކު އެ މުއައްސަސާއަކަށް
ބޭނުންވެގެން އެ މުވައްޒަފަކު ވަގުތީގޮތުން ވީއްލުމަށް އެދި، އެ މުވައްޒަފެއްގެ ހިދުމަށް
ވަގުތީގޮތުން ބޭނުންވާ މުއައްސަސާއަކުން، އެ މުވައްޒަކު ބޭނުންވާ ސަބަބާއި މުއްދަތާއެކު
މި އޮފީހަށް ހުށަހަޅާ ހާލަތްތަކުގައި، މި މާއްދާގައިވާ ގޮތުގެ މަތީން، މި އޮފީހުގެ މުވައްޒަފުން
އެހެން މުއައްސަސާއަކަށް، މުސާރަ ލިބޭގޮތަށް، ވަގުތީގޮތުން ވީއްލުމުގެ އިހުތިޔާރު،
ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.
(ހ) މި މާއްދާގެ ދަށުން މި އޮފީހުގެ މުވައްޒަފަކު ވަގުތީގޮތުން ވީއްލޭނީ، އޮފީސް ބަންދު
ދުވަސްތައް ހިމަނައިގެން، 1 (އެކެއް) މަސްދުވަހުގެ މުއްދަތަށެވެ. އަދި އެ މުއްދަތު
ހަމަވުމުން، އެ މުވައްޒަފެއްގެ ހިދުމަތް އިތުރަށް ބޭނުންވެގެން އެ މުއައްސަސާއަކުން
މި އޮފީހަށް ހުށަޅައިފި ނަމަ، އެ މުއްދަތު އިތުރުކޮށްދިނުމުގެ އިހުތިޔާރު، ޕްރޮސިކިއުޓަރ
ޖެނެރަލްއަށް ލިބިގެންވެއެވެ. އެގޮތުން އެންމެ ދިގު މުއްދަތަކަށް ވެސް މުވައްޒަފަކު
ވީއްލޭނީ، ގިނަވެގެން 12 (ބާރަ) މަސްދުވަހުގެ މުއްދަތަކަށެވެ.
(ށ) އާންމު އުސޫލެއްގެ ގޮތުން، މި މާއްދާގެ ދަށުން ވީއްލައި ފައިވާ މުވައްޒަފުން
މަސައްކަތަށް ހާޒިރުވެ ސައިން-އިން ކުރާނީ، އެ މުވައްޒަފަކު ވީއްލައިފައިވާ
މުއައްސަސާއެއްގައެވެ. އަދި ވީއްލައިފައިވާ މުއްދަތުގެ ތެރޭގައި އެ މުވައްޒަފެއްގެ ހާޒިރީ
ރިޕޯޓު، އެ މުވައްޒަފަކު ވީއްލައިފައިވާ މުއައްސަސާއަކުން މި އޮފީހު ން ހޯދަންވާނެއެވެ.
(ނ) މި މާއްދާގެ ދަށުން ވީއްލާ މުވައްޒަފުންގެ މުސާރަޔާ މެދު މި އޮފީހުން އެހެން ގޮތަކަށް
އަންގައިފައި ނުވާހައި ހިނދަކު، އެ މުވައްޒަފަށް މުސާރައާއި އެހެނިހެން އިނާޔަތްތައް
ދޭނީ މި އޮފީހުންނެވެ. ނަމަވެސް، އެ މުވައްޒަފަކު ވީއްލައިފައި ހުންނަ ދުވަސްތަކުގައި
ކުރާ މަސައްކަތެއްގެ ސަބަބުން އެ މުވައްޒަފަކަށް ހައްގުވާ އިތުރުގަޑީގެ ފައިސާއާއި،
މަސައްކަތްކުރާ ގަޑީގައި ދެވޭ ސައ/ިކެއުމުގެ ހަރަދާއި، މޯބައިލް ފޯނު އެލަވަންސާއި،
ޕެޓްރޯލް އެލަވަންސާއި، ދަތުރު ހަރަދާއި، މި ގަވާއިދުގެ ދަށުން އެ މުވައްޒަފަކަށް
ހައްގުވާ އެހެން އެލަވަންސެއް އޮތް ނަމަ، އެ އެލަވަންސެއް ދޭނީ، އެ މުވައްޒަފަކު
ވީއްލައިފައިވާ މުއައްސަސާއަކުންނެވެ.
(ރ) މި މާއްދާގެ ދަށުން ވީއްލައިފައިވާ މުވައްޒަފުން ވީއްލައިފައިވާ މުއްދަތު ހަމަވުމުން،
ޖެހިގެން އަންނަ ރަސްމީ މަސައްކަތު ދުވަހު އޮފީހުގެ ވަޒީފާއަށް ނުކުންނަންވާނެއެވެ.

 

125 ވަނަ މާއްދާ - އެހެން މުއައްސަސާއެއްގެ މުވައްޒަފަކާ ވަގުތީގޮތުން މި އޮފީހުގެ މަސައްކަތެއް ހަވާލުކުރުން

(ހ) މި އޮފީހުގެ ވަކި ޒިންމާއެއް އަދާކުރުމަށް، ވަކި މުއްދަތަކަށް ދައުލަތުގެ އެހެން
މުއައްސަސާއެއްގެ މުވައްޒަފަކު މި އޮފީހަށް ގެންނަ ނަމަ، އެކަން ކުރާނީ،
އެ މުއައްސަސާއަކާއި މި އޮފީހާ ދެމެދުގައި އެއްބަސްވާ ގޮތެއްގެ މަތީންނެވެ.
(ށ) މި ގަވާއިދުގައި މި އޮފީހުގެ މުވައްޒަފުން އަމަލުކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ
އަހުލާގީ މިންގަނޑުތަކާއި ސުލޫކީ މިންގަނޑުތަކާއި އެންމެހައި އުސޫލުތައް މި އޮފީހުގެ
މަގާމުތަކުގައި ވަޒީފާ އަދާކުރާ މި އޮފީހުން ބޭރުގެ މުވައްޒަފުންގެ މައްޗަށް ވެސް،
އެ މުވައްޒަފަކު މި އޮފީހަށް ވީއްލައިފައި ހުންނަ މުއްދަތުގައި ހިނގާނެއެވެ.
(ނ) މި އޮފީހުގެ މަސައްކަތްތަކަށް ވީއްލައިފައި ހުންނަ އެހެން މުއައްސަސާތަކުގެ
މުވައްޒަފުން މަސައްކަތަށް ހާޒިރުވެ ސައިން-އިން ކުރާނީ، މި އޮފީހުގައެވެ. އަދި
އެ މުވައްޒަފަކު މި އޮފީހަށް ވީއް ލައިފައިވާ މުއްދަތުގެ ތެރޭގައި އެ މުވައްޒަފުގެ ހާޒިރީ
ރިޕޯޓު، މުވައްޒަފު ވީއްލި އިދާރާއަށް، މި އޮފީހުން ފޮނުވަންވާނެއެވެ.

 

 

ޗެޕްޓަރ 11

މުވައްޒަފުން ވަޒީފާއިން މުސްކުޅިކުރުމާއި ޕެންށަން

 

126 ވަނަ މާއްދާ - ވަޒީފާއިން މުސްކުޅިކުރުން

(ހ) މި އޮފީހުގެ މުވައްޒަފުން އުމުރުން 65 )ފަސްދޮޅަސް ފަހެއް( އަހަރު ވުމުން ވަޒީފާއިން
މުސްކުޅިކުރެވޭނެއެވެ. އަދި މުވައްޒަފެއްގެ އުމުރުން 55 )ފަންސާސް ފަހެއް(
އަހަރުވުމުން، އަމިއްލަށް އެދިގެން ވެސް ވަޒީފާއިން މުސްކުޅިވެ، އޮފީހުގެ ވަޒީފާއިން
ވަކިވެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަޒީފާއިން މުސްކުޅިކުރެވޭ
މުވައްޒަފުންނަށް ދެވޭ އިނާޔަތްތައް ދެވޭނީ، ގާނޫނު ނަންބަރު 11/2016 )ދައުލަތުގެ
މުސާރައިގެ ސިޔާސަތުގެ ގާނޫނު( ގެ ދަށުން، ނޭށަނަލް ޕޭ ކޮމިށަނުން ކަނޑައަޅާ
ގޮތުގެ މަތީންނެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ވަޒީފާއިން މުސްކުޅިކުރެވޭ
މުވައްޒަފުންނަށް ދެވ،ޭ ނޭށަނަލް ޕޭ ކޮމިށަނުން ކަނޑައަޅާ އިނާޔަތްތަކާއި،
އެ އިނާޔަތްތައް ދިނުމާ ގުޅޭގޮތުން އަމަލުކުރެވޭނެ ގޮތް، އޮފީހުގެ މުވައްޒަފުންނަށް
ފެންނަގޮތަށް އޮފީހުގެ އެތެރޭގައި އާންމުކުރަންވާނެއެވެ.

 

127 ވަނަ މާއްދާ - 65 އަހަރުވުމުން ވަޒީފާއިން މުސްކުޅިކުރުން

މި ގަވާއިދުގެ 126 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން، އުމުރުން 65 )ފަސްދޮޅަސް
ފަހެއް( އަހަރުވުމުން، ވަޒީފާއިން މުސްކުޅިކުރެވޭ މުވައްޒަފަށް، އެ އުމުރު ހަމަވުމުގެ
3 (ތިނެއް) މަސްދުވަހުގެ ކުރިން، އެކަން އަންގައި، އެ މުވައްޒަފަކު ވަޒީފާއިން މުސްކުޅިކުރުމާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ ކަންކަން، ހިއުމަން ރިސޯސް ސެކްށަނުން ފުރިހަމަކުރަން ފަށަންވާނެއެވެ.

 

128 ވަނަ މާއްދާ - 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަޒީފާއިން މުސްކުޅިކުރުން

މި ގަވާއިދުގެ 126 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން، އުމުރުން 55 )ފަންސާސް
ފަހެއް( އަހަރުވުމުން، އަމިއްލައަށް އެދިގެން ވަޒީފާއިން މުސްކުޅިވާން ބޭނުންވާ މުވައްޒަފުން
އެ އުމުރު ހަމަވުމުގެ 3 (ތިނެއް) މަސްދުވަހުގެ ކުރިން، އެކަން މި އޮފީހަށް އަންގަންވާނެއެވެ.
އަދި އެފަދައިން އެންގުމާއެކު، އެ މުވައްޒަފަކު ވަޒީފާއިން މުސްކުޅިކުރުމާ ގުޅޭގޮތުން ކުރަންޖެހޭ
އިދާރީ ކަންކަން، ހިއުމަން ރިސޯސް ސެކްށަނުން ފުރިހަމަކުރަން ފަށަންވާނެއެވެ.

 

129 ވަނަ މާއްދާ - 55 އަހަރުވުމުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ އިހުތިޔާރުގެ ދަށުން ވަޒީފާއިން މުސްކުޅިކުރުން

(ހ) ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުން ހާލަ ތެއް މެދުވެރިވެއްޖެ ނަމަ، މި އޮފީހުގެ
މުވައްޒަފުންގެ ތެރެއިން އުމުރުން 55 )ފަންސާސް ފަހެއް( އަހަރުވެފައިވާ މުވައްޒަފަކު
ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރުމުގެ އިހުތިޔާރު، ޕްރޮސިކިއުޓަރ
ޖެނެރަލްއަށް ލިބިގެންވެއެވެ.
)1( މުވައްޒަފުގެ ބަލި ހާލަތު ހުރިގޮތުން ނުވަތަ މުވައްޒަފެއްގެ ކިބައިގައި ހުރި
ޖިސްމާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ނުވަތަ ނަފުސާނީ
ނުކުޅެދުންތެރިކަމެއްގެ ސަބަބުން، ވަޒީފާ އަދާކުރުމަށް ނުކުޅެދިގެން، ސިއްހީ
ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ ސިއްހީ ހިދުމަތްދޭ ތަނަކުން، ސިއްހީ
ވުޒާރާއިން ހުއްދަ ދީފައިވާ ސިއްހީ މަސައްކަތްތެރިޔަކު އެކަން ބަޔާންކޮށް
ދޫކޮށްފައިވާ ލިޔުމެއް ހުށަހެޅުން؛
)2( އޮފީހުގެ އޮނިގަނޑަށް ނުވަތަ ހިންގުމަށް ގެނެވޭ ބަދަލެއްގެ ސަބަބުން
މުވައްޒަފަކު ކުރަމުން ގެންދިޔަ މަސައްކަތް އުނިވެ، މަސައްކަތް ކުރަންތިބި
މުވައްޒަފުން އިތުރުވެ، އިތުރުވާ މުވައްޒަފުންގެ ތެރޭގައި އުމުރުން
55 )ފަންސާސް ފަހެއް( މުވައްޒަފަކު ހުރުން؛
)3( އޮފީހުގެ އިދާރީ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ނުވަތަ އޮފީހުގެ ހިންގުމަށް
އެދެވޭ ބަދަލެއް ގެނައުމުގެ ގޮތުން ނުވަތަ އޮފީހުން ދޭ ހިދުމަތްތައް
ރަނގަޅުކުރުމުގެ ގޮތުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް އޮފީހުން
ބޭނުންވުން.
(ށ) މި މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރާއިރު،
އެކަން އެގޮތަށް ނިންމި ސަބަބު ސާފުކޮށް ބަޔާންކޮށް ލިޔެފައި އޮންނަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން މުވައްޒަފަކު ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން
ވަކިކުރެވޭނީ، މި ގަވާއިދުގެ 126 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލާ  އެއްގޮތްވާ ގޮތުގެ މަތީން، އެ މުވައްޒަފަކަށް ލިބިދޭންޖެހޭ އިނާޔަތްތައް ހަމަޖައްސައިދިނުމަށް ފަހުގައެވެ.

 

130 ވަނަ މާއްދާ - ޕެންށަން ދިނުން

މި އޮފީހުގެ މުވައްޒަފުންނަށް ޕެންށަން ދިނުމުގައި އަމަލުކުރާނީ، ގާނޫނު ނަންބަރު 8/2009
)ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު( އާއި، އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ
އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

 

ޗެޕްޓަރ 12

ބަންދު ދުވަސްތަކާއި މުވައްޒަފުންނަށް ދެވޭ ޗުއްޓީ

 

131 ވަނަ މާއްދާ - ބަންދު ދުވަސްތައް 

(ހ) މި އޮފީހުގެ ރަސްމީ ބަންދު ދުވަސްތައް ކަމުގައި ބަލާނީ ހުކުރުދުވަހާއި،
ހޮނިހިރުދުވަހާއި، ތަފާތު މުނާސަބަތުތަކާ ގުޅިގެން ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި
ކަނޑައަޅައިފައިވާ ދުވަސްތަކެވެ.

(ށ) ތަފާތު މުނާސަބަތުތަކާ ގުޅިގެން ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި
ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ދުވަސްތަކަކީ މި އޮފީހުގެ ބަންދު ދުވަހެއްގެ ގޮތުގައި
ބެލޭނީ، އެ ދުވަހަކީ މި އޮފީސް ބަންދު ދުވަހެއް ކަމުގައި ޕްރޮސިކިއުޓަރ ޖެނެރަލް
ކަނޑައަޅައި އެކަން އާންމުކުރުމުންނެވެ.

 

132 ވަނަ މާއްދާ - ޗުއްޓީނެގުމުގެ ހައްގާއި ޗުއްޓީ ބެހިގެންވާ ބާވަތްތައް

(ހ) މި އޮފީހުގެ މުވައްޒަފުންގެ ނަފުސާނީ ދުޅަހެޔޮކަމަށާއި، ޖިސްމާނީ ދުޅަހެޔޮކަމަށާއި،
އިޖުތިމާއީ ދުޅަހެޔޮކަމަށް ޓަކައި، މަސައްކަތު މާހައުލާ ދުރުގައި ވަގުތު ހޭދަކުރުމަށް
ފުރުސަތު ލިބިދިނުމަށާއި، މި އޮފީހުގެ ވަޒީފާ އަދާކުރަމުން ޒާތީ ދިރިއުޅުމަށް
އެކަށީގެންވާ ވަގުތާއި ފުރުސަތު ލިބިދ،ީ ވަރކް-ލައިފް ބެލެން ސެއް ގެންގުޅުމަށް
ފުރުސަތު ދިނުމުގެ ގޮތުން، މި އޮފީހުގެ ރަސްމީ މަސައްކަތުން އެއްފަރާތްވެ، ޗުއްޓީގައި
ހުރުމުގެ ހައްގު، ކޮންމެ މުވައްޒަފަކަށް ވެސް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މި އޮފީހުގެ މުވައްޒަފުންނަށް ހައްގުވާ ޗުއްޓީ ބެހިގެންވަނީ
ތިރީގައިވާ ބާވަތްތަކުގެ މައްޗަށެވެ.
)1( އާންމު ޗުއްޓީ؛
)2( ހާއްސަ ޗުއްޓީ.

 

133 ވަނަ މާއްދާ - އާންމު ޗުއްޓީ 

މި އޮފީހުގެ މުވައްޒަފުންނަށް ހައްގުވާ އާންމު ޗުއްޓީގެ ތެރޭގައި ހިމެނީ، ތިރީގައިވާ ބާވަތްތަކުގެ
ޗުއްޓީއެވެ.
(ހ) އަހަރީ ޗުއްޓ

(ށ) އާއިލީ ޒިންމާގެ ޗުއްޓީ.
(ނ) ސަލާމުގެ ޗުއްޓީ.

 

134 ވަނަ މާއްދާ - ހާއްސަ ޗުއްޓީ 

މި އޮފީހުގެ މުވައްޒަފުންނަށް ހައްގުވާ ހާއްސަ ޗުއްޓީގެ ތެރޭގައި ހިމެނީ ތިރީގައިވާ ބާވަތްތަކުގެ
ޗުއްޓީއެވެ.
(ހ) ބަލިވެއިނުމާއި ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ )މެޓަރނިޓީ ލީވް(.
(ށ) މަޔަކަށް ނުވަތަ ބަފަޔަކަށް ވުމާ ގުޅިގެން ލިބޭ ޗުއްޓީ.
(ނ) ދަރިޔަކު ހިތާނުކުރުމާ ގުޅިގެން ލިބޭ ޗުއްޓީ.
(ރ) މުސާރަ ލިބޭގޮތަށް ދެވޭ ޗުއްޓީ (ޕޭ ލީވް).
(ބ) މުސާރަ ނުލިބޭގޮތަށް ދެވޭ ޗުއްޓީ (ނޯޕޭ ލީވް).
(ޅ) ހާއްސަ ހާލަތާ ގުޅިގެން ދެވޭ ޗުއްޓީ.
(ކ) ހައްޖާއި އުމްރާގެ ޗުއްޓީ.
(އ) ވެލްބީންގ ޗުއްޓީ.

 

135 ވަނަ މާއްދާ - ޗުއްޓީ ޕްލޭންކުރުން 

(ހ) ކުރިޔަށް އޮންނަ އަހަރު، މި އޮފީހުގެ މުވައްޒަފުން ނަގަން ގަސްތުކުރާ ޗުއްޓީތައް
ޕްލޭންކުރުމާއި، ޗުއްޓީ ނެގުމުގައި ރިއާޔަތްކުރާނެ ކަންކަންމުގެ މައްޗަށް ހިއުމަން
ރިސޯސް ސެކްށަނުން ތައްޔާރު ކޮށް އާންމުކުރާ ގައިޑްލައިނުގެ މައްޗަށް ބިނާކޮށް،
ކޮންމެ މުވައްޒަފަކު ވެސް ކުރިޔަ ށް އޮންނަ އަހަރު ނަގަން ނިންމައިފައިވާ ޗުއްޓީތައް
ނަގާނެ ގޮތުގެ ޕްލޭނެއް އެކުލަވައިލައި، ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 1 ވަނަ
ދުވަހުގެ ކުރިން، ހިއުމަން ރިސޯސް ސެކްށަނަށް ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، މި އޮފީހުގެ މުވައްޒަފުންގެ ޗުއްޓީ ނަގާނެ
ގޮތުގެ ޕްލޭން ލިބުމުން، އޮފީހުގެ ސެކްށަންތަކުގެ ލީޑިންގ ހެޑ/ުސުޕަރވައިޒަރުގެ
މަށްވަރާޔާއެކު، އެ ޕްލޭންތައް ކޮންސޮލިޑޭޓްކޮށް އޮފީހުގެ ހުރިހާ މުވައްޒަފުން
ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ، ކުރިޔަށް އޮންނަ އަހަރުގެ މި އޮފީހުގެ ޗުއްޓީ
ކަލަންޑަރު، ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 20 ވަނަ ދުވަހުގެ ކުރިން، ހިއުމަން
ރިސޯސް ސެކްށަނުން އާންމުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން އެކުލަވައިލެވޭ މި އޮފީހުގެ ޗުއްޓީ ކަލަންޑަރު
އާންމުކުރުމަށްފަހު، އެ ކަލަންޑަރުގައި ބަޔާކޮށްވާ ގޮތަށް އެއްވެސް ބަދަލެއް ގެނެވޭނީ ހަމައެކަނި ހާއްސަ ހާލަތްތަކުގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ނުވަތަ ޕްރޮސިކުޓަރ ޖެނެރަލް ކަނޑައަޅާ ފަރާތެއްގެ ހުއްދަ ހޯދުމަށް ފަހުގައެވެ.

 

136 ވަނަ މާއްދާ - ޗުއްޓީ ނެގުމަށް ބާރުއެޅުން

މުވައްޒަފަށް ހައްގުވާ ޗުއްޓީގެ ތެރެއިން، ހިދުމަތުގެ އަހަރު ތެރޭގައި މަދުވެގެން 30 (ތިރީސް)
ދުވަސް ޗުއްޓީގެ ގޮތުގައި ނަގަންވާނެއެވެ. އަދި އޮފީހުން އެކަމަށް މަގުފަހިކޮށްދޭންވާނެއެވެ.

 

137 ވަނަ މާއްދާ - ޗުއްޓީ ނެގޭނެ އެންމެ ދިގު މުއްދަތު

(ހ) އާންމު ޗުއްޓީކަމުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ޗުއްޓ،ީ ވިދިވިދިގެން ނެގޭނެ
އެންމެ ދިގު މުއްދަތަކީ، ރަސްމީ ބަންދު ދުވަސްތަކާއި އޮފީސް ބަންދު ދުވަސްތައް
ހިމެނޭގޮތުން، ގިނަވެގެން 20 )ވިހި( ދުވަހެވެ. އެއީ އާންމު ޗުއްޓީގެ ތެރޭގައި ހިމެނޭ
ޗުއްޓީ އެއްކޮށްލައިގެންވިޔަސް ނުވަތަ އެއްކޮށްނުލައި ވެސް ނެގޭނީ މި އަދަދަށެވެ.
(ށ) ވިދިވިދިގެން އާންމު ޗުއްޓީ ނެގޭ މުއްދަތ،ު މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ
މިންވަރަށް ވުރެ އިތުރުކުރެވޭނީ، ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ ޕްރޮސިކިއުޓަރ
ޖެނެރަލް ކަނޑައަޅާ ފަރާތެއްގެ ހުއްދަ ހޯދުމަށް ފަހުގައެވެ.

 

138 ވަނަ މާއްދާ - އާންމު ޗުއްޓީއާއި ހާއްސަ ޗުއްޓީ އެއްކޮށްލުން

މި ގަވާއިދުގެ ދަށުން މި އޮފީހުގެ މުވައްޒަފުންނަށް ހައްގުވާ އާންމު ޗުއްޓީއާއި ހާއްސަ ޗުއްޓީ
އެއްކޮށްލައިގެން ނެގިދާނެއެވެ. ނަމަވެސް މިފަދައިން އެއްކޮށްލައިގެންވިޔަސް، އާންމު
އުސޫލެއްގެ ގޮތުގައި، މި އޮފީހުގެ މުވައްޒަފަކަށް ޗުއްޓީއެއްގައި ހުރެވޭނެ އެންމެ ދިގު
މުއްދަތުކީ، މި ގަވާއިދުގެ 137 ވަނަ މާއްދާގެ (ހ) ގައިވާ މުއްދަތެވެ.

 

139 ވަނަ މާއްދާ - ޗުއްޓީ ނިމުމުން އެނބުރި މަސައްކަތަށް ނުކުތުން

މި ގަވާއިދުގެ ދަށުން މުވައްޒަފަށް ދެވޭ ޗުއްޓީގެ މުއްދަތު ނިމޭ ދުވަހާ ޖެހިގެން އަންނަ ރަސްމީ
މަސައްކަތު ދުވަހު މުވައްޒަފު ރަސްމީ މަސައްކަތަށް ނުކުންނަންވާނެއެވެ. އަދި މި މާއްދާގެ
ބޭނުމަށް ޓަކައި، ޗުއްޓީ ނިމޭ ދުވަހާ ޖެހިގެން އަންނަނީ އޮފީސް ބަންދު ދުވަހެއް ނަމަ،
އެ ދުވަހަކީ މުވައްޒަފުގެ ޗުއްޓީގެ ބައެއް ގޮތުގައި ބެލޭނެއެވެ.

 

140 ވަނަ މާއްދާ - ވަޒީފާއިން ވަކިވުމަށްފަހު އަލުން ވަޒީފާއާ ގުޅޭ މުވައްޒަފުންގެ ޗުއްޓީ

މި އޮފީހުގެ މުވައްޒަފަކު އެއްވެސް ސަބަބަކާހުރެ ވަޒީފާއިން ވަކިވުމަށްފަހު އަލުން އޮފީހުގެ
ވަޒީފާއަށް ހަމަޖައްސާ ނަމަ، އެ މުވައްޒަފެއްގެ ޗުއްޓީ ގުނުމުގައި އަމަލުކުރާނީ، އޮފީހަށް އަލަށް
ހަމަޖައްސާ މުވައްޒަފުންނާ މެދު އަމަލުކުރާ އުސޫލުންނެވެ.

 

141 ވަނަ މާއްދާ - ޗުއްޓީ ފެއްޓުމުގެ ކުރިން މަސައްކަތް ހޭންޑްއޯވަރ ކުރުން

(ހ) މި ގަވާއިދުގެ ދަށުން، މި އޮފީހުގެ މުވައްޒަފަކު ޖުމުލަ 10 (ދިހައެއް) ދުވަހަށް ވުރެ
ދިގު މުއްދަތަކަށް ޗުއްޓީއަށް ދާ ނަމަ، ޗުއްޓީ ފެށްޓުމުގެ މަދުވެގެން 2 (ދޭއް) ދުވަހުގެ
ކުރިން، މުވައްޒަފަކު އޭރު ކުރަމުންގެންދާ މަސައްކަތް، އެ މުވައްޒަފެއްގެ ސެކްށަނާ
ހަވާލުކުރަންވާނެއެވެ. އަދި 10 (ދިހައެއް) ދުވަހަށް ވުރެ ކުރު މުއްދަތަކަށް ޗުއްޓީ ނަގާ
މުވައްޒަފުންގެ ތެރެއިން މުވައްޒަފަކަށް މަސައްކަތް ހަވާލުކުރުމަށް، އެ މުވައްޒަފަކު
މަސައްކަތްކުރާ ސެކްށަނެއްގެ އޯވަރއޯލް ހެޑް އަންގާ މުވައްޒަފުން، ޗުއްޓީ ފެށްޓުމުގެ މަދުވެގެން 2 (ދޭއް) ދުވަހުގެ ކުރިން، މުވައްޒަފަކު އޭރު ކުރަމުންގެންދާ މަސައްކަތް، އެ މުވައްޒަފެއްގެ ސެކްށަނާ ހަވާ ލުކުރަންވާނެއެވެ.

(ށ) މި ގަވާއިދުގެ (ހ) ގައިވާ ގޮތުގެ މަތީން، އެ މުވައްޒަފެއްގެ މަސައްކަތް
އެ މުވައްޒަފެއްގެ ސެކްށަނާ ހަވާލުކުރާނީ، ސްޓާފް ޕޯޓަލްގެ ތެރެއިން، އެކަމަށް
ހާއްސަކޮށްފައިވާ "ހޭންޑް އޯވަރ" ފޯމުންނެވެ. އ-ީމެއިލް ނުވަތަ ސްޓާފް ޕޯޓަލް
މެދުވެރިކޮށް މިކަން ކުރެވޭގޮތަށް ހަމަޖެހިފައިވާނުވާ ނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްގެ
ބިއުރޯއަށް ކޮޕީކޮށް، އެ މުވައްޒަފެއްގެ ސެކްށަނުގެ އޯވަރއޯލް ހެޑަށް، އ-ީމެއިލް
މެދުވެރިކޮށް ފޮނުވުމުންނެވެ.

(ނ) މި ގަވާއިދުގެ ދަށުން، 10 (ދިހައެއް) ދުވަހަށް ވުރެ ކުރު މުއްދަތަކަށް ޗުއްޓީ ނަގާ
މުވައްޒަފުންގެ ތެރެއިން މުވައްޒަފެއްގެ މަސައްކަތް ހަވާލުކުރުމަށް، އެ މުވައްޒަފަކު
މަސައްކަތްކުރާ ސެކްށަނެއްގެ އޯވަރއޯލް ހެޑް އަންގާ ނަމަ، އެ މުވައްޒަފެއްގެ ޗުއްޓީ
ފެށުމުގެ މަދުވެގެން 5 (ފަހެއް) ދުވަހުގެ ކުރިން، ސްޓާފް ޕޯޓަލް މެދުވެރިކޮށް އެކަން
އެ މުވައްޒަފަށް އަންގަންވާނެއެވެ.

(ރ) މި އޮފީހުގެ މުވައްޒަފަކު ޗުއްޓީއެއް ނެގުމުގެ ކުރިން ނިންމުމަށް ހަވާލުކުރެވިފައިވާ
މަސައްކަތެއް އޮތް ނަމަ، އެ މަސައްކަތެއް ނިންމުމާ ހަމަޔަށް ނުވަތަ މި މާއްދާއާ
އެއްގޮތްވާ ގޮތުގެ މަތީން ހޭންޑްއޯވަރ ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅައިފައިނުވާ
ނަމަ، އެ މުވައްޒަފެއްގެ ޗުއްޓީ ނެގުމުގެ ހުއްދަނުދީ ހިފެހެއްޓުމުގެ އިހުތިޔާރު
މި އޮފީހަށް ލިބިގެންވެއެވެ.
(ބ) މުވައްޒަފަކު ޗުއްޓީ ފަށާ ތާރީހުގެ ކުރިން ހަވާލުކުރެވިފައިވާ މަސައްކަތްތައް، އެއްވެސް
ސަބަބަކާހުރެ ނުނިންމޭނެކަމަށް ބެލެވޭ ނަމަ، ހޭންޑްއޯވަރ ފޯމުގައި، ސަބަބާއެކު އެކަން
ބަޔާންކުރަންވާނެއެވެ. އަދި އެ މަސައްކަތް ނުނިމުނު ސަބަބަށް ރިއާ ޔަތްކޮށް، މަސައްކަތް
އެހެން މުވައްޒަފަކާ ހަވާލުކުރަންޖެހޭ ނަމަ، އޮފީހުން އެ އިންތިޒާމު
ހަމަޖައްސަންވާނެއެވެ.

 

142 ވަނަ މާއްދާ - އަހަރީ ޗުއްޓީ

(ހ) މި އޮފީހުގެ ކޮންމެ މުވައްޒަފަކު ވެސް މި އޮފީހުގައި ވަޒީފާ އަދާކުރާތާ އަހަރު
ހަމަވުމުން، ކޮންމެ އަހަރަކު، މުސާރަ ލިބޭ ގޮތަށް، 30 (ތިރީސް) ދުވަހުގެ ޗުއްޓީއެއް،
އަހަރީ ޗުއްޓީގެ ގޮތުގައި ދެވޭނެއެވެ. އަހަރީ ޗުއްޓީގެ ދުވަސްތައް ގުނޭނީ، ބަންދު
ދުވަސްތައް ނުހިމަނައެވެ. އަދި މުވައްޒަފަކު އަހަރީ ޗުއްޓީގައި ވަނިކޮށް، އެ މުވައްޒަފަކު
އާދައިގެގޮތުން މަސައްކަތް ކުރަންޖެހޭ ދުވަހެއް އެއީ ބަންދު ދުވަހަކަށް ވެއްޖެ ނަމަ،
އެ ދުވަހަކަށް ދުވަހެއް، އެ މުވައްޒަފެއްގެ އަހަރީ ޗުއްޓީގެ ބާކީ އޮތް މުއްދަތަށް
އިތުރުކޮށްދެވޭނެއެވެ.

(ށ) މި އޮފީހުގެ މުވައްޒަފުންނަށް އަހަރީ ޗުއްޓީ ހައްގުވާނީ، އެ މުވައްޒަފަކު މި އޮފީހުގެ
ވަޒީފާގައި 1 (އެކެއް) އަހަރުދުވަސް ވުމުންނެވެ. އަދި އަހަރީ ޗުއްޓީ ދިނުމަށް އަހަރު
ބެލޭނީ، އެ މުވައްޒަފަކަށް މި އޮފީހުގެ ވަޒީފާ ލިބުނު ތާރީހުން ފެށިގެންނެވެ.

(ނ) މި އޮފީހުގެ ކޮންމެ މުވައްޒަފަކު ވެސް، އެ މުވައްޒަފަކަށް އަހަރީ ޗުއްޓީ ހައްގުވާތާ
12 (ބާރަ) މަސްދުވަހުގެ ތެރޭގައި އަހަރީ ޗުއްޓީ ފަށަންވާނެއެވެ. މިގޮތުގެ މަތީން
އަހަރީ ޗުއްޓީ ފެށޭނެ އެންމެ ފަހުގެ ތާރީހަކީ، އެ ޗުއްޓީ ހައްގުވާތާ 12 (ބާރަ) ވަނަ
މަހުގެ އެންމެ ފަހު ދުވަހެވެ.
(ރ) އާންމު އުސޫލެއްގެ ގޮތުން، މި އޮފީހުގެ މުވައްޒަފަކަށް ހައްގު ވާ އަހަރީ ޗުއްޓ،ީ
އެ ޗުއްޓީ ހައްގުވާތާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ނުފަ ށައިފި ނަމަ، އެ ޗުއްޓީ
ކެންސަލްވާނެއެވެ. އަދި މިފަދައިން ކެންސަލްވާ ޗުއްޓީގެ ދުވަސްތަކަށް ބަދަލުގައި
ފައިސާއެއް ނުދެވޭނެއެވެ.
(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އޮފީހުގެ ރަސްމީ
މަސައްކަތެއް ކުރަން ޖެހުމުގެ ސަބަބުން، އަހަރީ ޗުއްޓީ ފަށަންޖެހޭ މުއްދަތު ހަމަވުމުގެ
ކުރިން އެ ޗުއްޓީ ނުވަތަ އެ ޗުއްޓީން އެހައިތަނަށް ނުނަގައި ބާކީ އޮތް ބައި ނުނެގޭ
ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ހުއްދަޔާއެކު، އެ ޗުއްޓީ
ނުވަތަ އެ ޗުއްޓީން އެ ހައިތަނަށް ނުނަގައި ބާކީ އޮތް ބައި، ކުރި ޔަށް އޮތް ހިދުމަތުގެ
އަހަރުގެ އަހަރީ ޗުއްޓީއަށް ޖަމާކޮށްދެވިދާނެއެވެ.
(ޅ) މި އޮފީހުގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު އެ މުވައްޒަފަކަށް ހައްގުވާ އަހަރީ
ޗުއްޓީ ބޭނުންނުކޮށް އޮތް ނަމަ، އެ ޗުއްޓީގެ ބަދަލުގައި މުސާރަ އިން ދުވަހަކަށް ޖެހޭ
އަދަދުން، އެ ދުވަހަކަށް ފައިސާ ދެވޭނެއެވެ. އަދި ކެންސަލްވެފައިވާ އެއްވެސް
ޗުއްޓީއަކަށް ފައިސާއެއް ނުދެވޭނެއެވެ.

 

143 ވަނަ މާއްދާ - އަހަރީ ޗުއްޓީގައި ހުންނަ
މުވައްޒަފުންނާ މުއާމަލާތު
ނުކުރުމާއި މަސައްކަތަށް
ނުނެރުން

(ހ) މުވައްޒަފަކު އަހަރީ ޗުއްޓީގައި ހުންނަ މުއްދަތުގެ ތެރޭގައި، އެ މުވައްޒަފަކު ލައްވާ
އޮފީހުގެ އެއްވެސް މަސައްކަތެއް ކުރުވައިގެން ނުވާނެއެވެ. އަދި ހާއްސަ ހާލަތެއް
މެދުވެރިވެގެން، އޮފީހުގެ މަސައްކަތާ ގުޅޭ މުހިންމު ކަމެއްގައި އެ މުވައްޒަފަކާ
މުއާމަލާތުނުކޮށް އެ ކަމެއް ކުރުމަށް ދަތިވާ ހާލަތުގައި މެނުވ،ީ އޮފީހުގެ މަސައްކަތަކާ
ގުޅޭގޮތުން، އަހަރީ ޗުއްޓީގައި ހުންނަ މުވައްޒަފ،ާ އެއްވެސް ފަރާތަކުން މުއާމަލާތުކޮށް
ހަދައިގެން ނުވާނެއެވެ.

(ށ) މުވައްޒަފު ޗުއްޓީގައި ހުންނަ މުއްދަތުގައި، މުވައްޒަފު ކުރަމުންދިޔަ މަސައްކަތްތައް
އެހެން މުވައްޒަފުންނާ ހަވާލުކުރުމާއި، އޮފީހުގެ މަސައްކަތްތަކަށް ބުރޫނާރާނެ ގޮތުގެ
މަތީން ކަންކަން އިންތިޒާމުކުރުމަކީ އޮފީހުގެ ޒިންމާއެކެވެ.
(ނ) އޮފީހުން ކޮންމެހެން ބޭނުންވެގެން، އޮފީހުގެ މަސައްކަތެއް ކުރުމަށް، އަހަރީ ޗުއްޓީގައި
ހުރި މުވައްޒަފަކު އޮފީހަށް ނެރެން ޖެހިއްޖެ ނަމަ، އެ މުވައްޒަފެއްގެ ޗުއްޓީ
މެދުކަނ ޑައިލުމަށްފަހު އޮފީހަށް ނުކުތުމަށް މުވައްޒަފަށް އެންގިދާނެއެވެ.
(ރ) އަހަރީ ޗުއްޓީގައި ހުރި މުވައްޒަފަކު، އޮފީހުން ބޭނުންވެގެން، ޗުއްޓީ މެދުކެނޑޭ ގޮތަށް،
އޮފީހުގެ މަސައްކަތަށް ނެރޭ ހާލަތުގައި، އަލުން އެ މުވައްޒަފަކަށް ޗުއްޓީ ލިބޭނީ
ހަމަޖެހިފައި އޮންނަ އުސޫލުން ޗުއްޓީއަށް އެދިގެންނެވެ.
(ބ) އަހަރީ ޗުއްޓީގައި ހުރި މުވައްޒަފަކު، އޮފީހުން ބޭނުންވެގެން އޮފީހުގެ މަސައްކަތަށް،
ޗުއްޓީ މެދުކެނޑޭގޮތަށް ނެރުމުގެ ސަބަބުން އެ މުވައްޒަފަށް ހައްގުވާ އަހަރީ ޗުއްޓީ
ކެންސަލްވާ ނަމަ، އަހަރީ ޗުއްޓީން ކެންސަލްވާ ދުވަސްތައް، އެ މުވައްޒަފެއްގެ ކުރިޔަށް
އޮތް ހިދުމަތުގެ އަހަރުގެ އަހަރީ ޗުއްޓީއަށް ޖަމާކޮށްދޭންވާނެއެވެ.
(ޅ) އަހަރީ ޗުއްޓީގައި ހުރި މުވައްޒަފަކު، އޮފީހުގެ މަސައްކަތެއް ކުރުމަށް އަމިއްލައަށް
އެދިގެން ނުކުމެއްޖެ ނަމަ، އެ މުވައްޒަފު ކުރި މަސައްކަތުގެ ވަގުތަށް އިތުރުގަޑީގެ
ފައިސާއެއް ނުލިބޭނެއެވެ.

 

144 ވަނަ މާއްދާ - އަހަރީ ޗުއްޓީ ދިނުމާ މެދު ގޮތެއް ނިންމުން

(ހ) މި އޮފީހުގެ މުވައްޒަފަކަށް ހައްގު ވާ އަހަރީ ޗުއްޓީއަށް އެދި ހުށަހަޅައި، ޗުއްޓީ ނެގުމަށް
ޓަކައި ފުރިހަމަކުރަންޖެހޭކަމަށް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން
ފުރިހަމަކުރުމުން، އާންމު އުސޫލެއްގެ ގޮތުން، މުވައްޒަފަށް ޗުއްޓީ ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މުވައްޒަފަށް އެވަގުތު
ޗުއްޓީ ދިނުމުގެ ސަބަބުން އޮފީހުގެ ރަސްމީ މަސައްކަތް ހިނގަހިނގައި އޮތުމަށް
ހުރަސްއެޅިދާނެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ގަބޫލުކުރެވޭ ނަމަ، ޗުއްޓީ ނުދިނުމުގެ
ނުވަތަ ޗުއްޓީއަށް އެދިފައިވާ މުއްދަތަށް ވުރެ ކުރު މުއްދަތަކަށް ޗުއްޓީ ދިނުމުގެ ނުވަތަ
ޗުއްޓީ ދޭ ދުވަސްވަރު ފަސްކުރަން އެންގުމުގެ އިހުތިޔާރު، ޕްރޮސިކިއުޓަރ ޖެނެރަލްއަށް
ލިބިގެންވެއެވެ.
(ނ) މި އޮފީހުގެ މުވައްޒަފަކު އަހަރީ ޗުއްޓީއެއް ފެށްޓުމަށް އެ މުވައްޒަފަކު ހުށަހަޅާ ތާރީހުގެ
މަދުވެގެން ރަސްމީ މަސައްކަތު 7 (ހަތެއް) ދުވަ ހުގެ ކުރިން، ސްޓާފް ޕޯޓަލް މެދުވެރިކޮށް
ހުށަހަޅަންވާނެއެވެ. އަދި މިފަދަ ހުށަހެޅުމެއް ލިބޭތާ ގިނަވެގެން ރަސްމީ މަސައްކަތު 3 (ތިނެއް) ދުވަހުގެ ތެރޭގައި، އެ ހުށަހެޅުމަކާ މެދު ހިއުމަން ރިސޯސް ސެކްށަނުން ނިންމާ ގޮތެއް އެ މުވައްޒަފަށް އަންގަންވާނެއެވެ.

 

145 ވަނަ މާއްދާ - އާއިލީ ޒިންމާގެ ޗުއްޓީ

(ހ) މި އޮފީހުގެ މުވައްޒަފަކު، އާއިލާގެ މެންބަރަކު ބަލިވުން ފަދަ މުހިންމު ޒިންމާތަކާ
ގުޅިގެން، ބަންދު ދުވަސްތައް ނުހިމަނައި، ގިނަވެގެން 10 (ދިހައެއް) ދުވަހުގެ
ޗުއްޓީއެއް، އަހަރުދުވަހުގެ ތެރޭގައި ދެވޭނެއެވެ. މި މާއްދާގެ ބޭނުމަށް އާއިލާގެ
މެންބަރުންކަމުގައި ބަލާނީ، އެ މުވައްޒަފެއްގެ އަނބިމީހާ، ފިރިމީހާ، ދަރިން، މަންމަ،
ބައްޕަ އަދި ށަރުއީގޮތުން އަދި/ނުވަތަ ގާނޫނީގޮތުން އެ މީހެއްގެ ބަލަދުވެރިކަމުގެ
ދަށުގައިވާ ފަރާތްތަކެވެ.

(ށ) އާއިލީ ޒިންމާގެ ޗުއްޓީ ދިނުމުގައި އަހަރު ބަލާނީ، އަހަރީ ޗުއްޓީ ދިނުމުގައި އަހަރު
ބަލާ އުސޫލުންނެވެ. ނަމަވެސް ވަޒީފާ އަދާކުރާތާ އަހަރުނުވިކަމުގައިވިޔަސް، މި ޗުއްޓީ
ދެވިދާނެއެވެ.

(ނ) އެ މުވައްޒަފަކު އޮފީހަށް ނުކުންނަންޖެހޭ ރަސްމީ މަސައްކަތު ގަޑިއަށް، މި މާއްދާގެ
(ހ) ގައި ބަޔާންކޮށްފައިވާ ހާލަތަކާ ގުޅިގެން، ވަޒީފާއަށް ނުކުތުމަށް
އުޒުރުވެރިވެއްޖެ ނަމަ، އެ މުވައްޒަފެއްގެ ރަސްމީ މަސައްކަތު ގަޑި ފެށޭތާ ގިނަވެގެން
1 (އެކެއް) ގަޑިއިރުގެ ތެރޭގައި، ސްޓާފް ޕޯޓަލް މެދުވެރިކޮށް ސަބަބާއެކު އެކަން
އޮފީހަށް އަންގަންވާނެއެވެ.
(ރ) މި އޮފީހުގެ މުވައްޒަފަކު، އާއިލީ ޒިންމާގައި ހުންނަ ކޮންމެ ދުވަހަކު، މި މާއްދާގެ
(ނ) ގައިވާ ގޮތުގެ މަތީން އެކަން އޮފީހަށް އަންގަންޖެހޭނެއެވެ. އަދި މި ގޮތުގެ މަތީން
ނާންގާ ހާލަތްތަކުގައި، އެ ދުވަހެއް ބެލެވޭނީ، ވީނުވީއެއް ނާންގައި އޮފީހަށް ހާޒިރުނުވާ
ދުވަހެއްގެ ގޮތުގައެވެ. އަދި އެ ހާލަތުގައި އެ މުވައްޒަފާ މެދު މި ގަވާއިދާ އެއްގޮތްވާ
ގޮތުގެ މަތީން ފިޔަވަޅުއެޅުމުގެ އިހުތިޔާރު މި އޮފީހަށް ލިބިގެންވެއެވެ.
(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދާ އެއްގޮތްވާ
ގޮތުގެ މަތީން ދުރާލައި ރާވައިގެން އާއިލީ ޒިންމާގެ ޗުއްޓީ ނަގާ މުވައްޒަފުން،
މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން އެކަން އޮފީހަށް އެންގުން
އިސްތިސްނާވެގެންވެއެވެ.
(ޅ) އާއިލީ ޒިންމާގެ ޗުއްޓީ ނަގާ މުވައްޒަފަކީ ވަކި ހާއްސަ މަސައްކަތެއް ނުވަތަ ވަކި
ގަޑިއަކަށް އަވަސް މަސައްކަތެއް ނިންމުމަށް ހަވާލުވެފައިވާ މުވައްޒަފެއް ނަމަ، ނުވަތަ
އެ މުވައްޒަފު އެ ދުވަހަކު ކޯޓަށް ހާޒިރުވާންޖެހޭ ނަމަ، އެ މުވައްޒަފުގެ މަސައްކަތް
އެހެން މުވައްޒަފަކާ ހަވާލުކޮށްގެން ހިންގަން ފެށޭހައި ވަގުތު އޮއްވައި، އެ މުވައްޒަފެއްގެ
ސުޕަވައިޒަރަށް އަންގަންވާނެއެވެ. އަދި މިގޮތުގެ މަތީން އަންގާއިރު، އެ މުވައްޒަފު ހަވާލުކުރެވިފައިވާ މަސައްކަތަށް ބުރޫނާރައި ހިންގުމަށް އޮފީހުން ރާވަންޖެހޭ
އިންތިޒާމުތައް ރޭވުމަށް ބޭނުންވާ މައުލޫމާތު ދ،ީ އެކަމުގައި ފުރިހަމަ އެއްބާރުލުން
ދޭންވާނެއެވެ.
(ކ) މި އޮފީހުގެ މުވައްޒަފަކު އޮފީހަށް ހާޒިރުވުމަށްފަހު، އާއިލާގެ މެންބަރަކު ބަލިވުމުން
ނުވަތަ މުވައްޒަފު އަމިއްލަ ހައިސިއްޔަތުން ނުވަތަ އާއިލީގޮތުން އުފުލަންޖެހޭ މުހިންމު
ޒިންމާއަކާ ގުޅިގެން މަސައްކަތް ކުރުމަށް އުޒުރުވެރިވެފައި އަދި އެ ދުވަހުގެ މަސައްކަތު
ގަޑީގެ ބޮޑުބައި އެ މުވައްޒަފު މަސައްކަތުގައި ހޭދަކޮށްފައިވާ ނަމަ، އެ ދުވަހަކީ
މުވައްޒަފު މަސައްކަތަށް ހާޒިރުވީ ދުވަހެއްކަމަށް ބަލައި ދޫކޮށްލެވިދާނެއެވެ. އަދި
މުވައްޒަފު އެ ދުވަހުގެ މަސައްކަތު ގަޑީގެ ތެރެއިން 3 (ތިނެއް) ގަޑިއިރާއި
30 (ތިރީސް) މިނެޓު ހަމަނުވާ ނަމަ، އެ ދުވަހަކީ އާއިލީ ޒިންމާގެ ޗުއްޓީގެ ދުވަހެއްގެ
ގޮތުގައި ބަލައި، އާއިލީ ޒިންމާގެ ޗުއްޓީ ހަމަޖައްސައިދެވިދާނެއެވެ.
(އ) އާއިލީ މެންބަރަކު ބަލިވުން ފަދ،ަ މި އޮފީހުގެ މުވައްޒަފަކަށް ދިމާވާ މުހިންމު ޒިންމާއަކާ
ގުޅިގެން، ބަލިވި ފަރާތުގެ މައުލޫމާތާއި، ބަލީގެ ބާވަތާއި، އެ ބަލީގެ ސަބަބުން
މުވައްޒަފަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް، މެޑިކަލް ސެޓުފިކެޓެއް
ހުށަހަޅައިފި ނަމަ، އާއިލީ ޒިންމާގެ ޗުއްޓީ ދުރާލައި ކުރިޔަށް ވެސް ނެގިދާނެއެވެ.

 

146 ވަނަ މާއްދާ - ސަލާމުގެ ޗުއްޓީ

(ހ) މި އޮފީހުގެ މުވައްޒަފަކު، އެ މުވައްޒަފަކަށް ކަނޑައެޅިފައިވާ ރަސްމީ މަސައްކަތު
ގަޑިއަށް، ބަލިވުމުގެ ސަބަބުން އޮފީހަށް ނުކުތުމަށް އުޒުރުވެރިވާ ހާލަތުގައި، މި ގަވާއިދާ
އެއްގޮތްވާ ގޮތުގެ މަތީން ސަލާމުގެ ޗުއްޓީ ނެގުމުގެ އިހުތި ޔާރު މި އޮފީހުގެ
މުވައްޒަފުންނަށް ލިބިގެންވެއެވެ. މިގޮތުގެ މަތީން މުވައްޒަފަކަށް މުސާރަ ލިބޭގޮތަށް
ސަލާމުގެ ޗުއްޓީގެ ގޮތުގައި ލިބިދެވޭނީ، އެ މުވައްޒަފު ހިދުމަތްކުރާ ކޮންމެ އަހަރަކަށް،
ގިނަވެގެން 30 (ތިރީސް) ދުވަހެވެ.
(ށ) ސަލާމުގެ ޗުއްޓީގެ ގޮތުގައި މުވައްޒަފަށް ލިބޭ 30 (ތިރީސް) ދުވަހުގެ ތެރެއިން
15 (ފަނަރަ) ދުވަސް، ވިދިވިދިގެން 2 (ދޭއް) ދުވަހަށް ވުރެ އިތުރުނުވާނޭ ގޮތެއްގެ
މަތީން، މެޑިކަލް ސެޓުފިކެޓަކާ ނުލައި ނެގުމުގެ އިހުތި ޔާރު މުވައްޒަފަށް ލިބިގެންވެއެވެ.
(ނ) މެޑިކަލް ސެޓުފިކެޓާ ނުލައި ސަލާމުގެ ޗުއްޓީގައި ހުރެވޭނެ 2 ދުވަހަކީ ވިދިވިދިގެންކަމަށް
ސަލާމުގައި ހުންނަ 2 (ދޭއް) ދުވަސްކަމަށް ބަލާނީ، ބަންދު ދުވަސްތައް ނުހިމަނައެވެ.
(ރ) މި އޮފީހުގެ މުވައްޒަފަކު، ސަލާމުގެ ޗުއްޓީގައި ވިދިވިދިގެން 2 (ދޭއް) ދުވަހަށް ވުރެ
ގިނަ ދުވަހު ހުރެއްޖެ ނަމަ، އެ މުވައްޒަފަކު އޮފީހަށް ނުކުންނައިރު، އެ މުވައްޒަފަކު
ސަލާމުގެ ޗުއްޓީގައި ހުރި ފުރަތަމަ 2 (ދޭއް) ދުވަހަށް ވުރެ އިތުރަށް ހުރި ދުވަސްތަކަށް، ބަލީގެ ބާވަތާއި، އެ ބަލީގެ ސަބަބުން މުވައްޒަފަށް މަސައްކަތަށް ނުނިކުމެވުނު މުއްދަތު ބަޔާންކޮށްފައިވާ މެޑިކަލް ސެޓުފިކެޓެއް ހުށަހަޅަން ޖެހޭނެއެވެ.

(ބ) މި އޮފީހުގެ މުވައްޒަފަކު އޮފީހަށް ވިދިވިދިގެން 2 (ދޭއް) ދުވަހަށް ވުރެ ދިގު މުއްދަތަކަށް
އޮފީހަށް ހާޒިރުނުވީ ބަލިވެގެންކަން އޮފީހަށް އަންގައިފައިވީނަމަވެސް، މި މާއްދާގެ

(ރ) ގައިވާ ގޮތުގެ މަތީން ހުށަހަޅަންޖެހޭ މެޑިކަލް ސެޓުފިކެޓު، މަސައްކަތަށް ނުކުންނަ
ފުރަތަމަ ދުވަހު ހުށަނާޅައިފި ނަމަ، ސަލާމުގެ ޗުއްޓީގައި ވިދިވިދިގެން 2 (ދޭއް) ދުވަހަށް
ވުރެ އިތުރަށް ހުރި ދުވަސްތައް ބެލެވޭނީ، ވީނުވީއެއް ނާންގައި އޮފީހަށް ހާޒިރުނުވާ
ދުވަސްތަކެއްގެ ގޮތުގައެވެ. އަދި އެ ހާލަތުގައި އެ މުވައްޒަފާ މެދު މި ގަވާއިދާ
އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅު އެޅުމުގެ އިހުތިޔާރު މި އޮފީހަށް ލިބިގެންވެއެވެ.
(ޅ) ސަލާމުގެ ޗުއްޓީ ދިނުމުގައި އަހަރު ބަލާނީ، އަހަރީ ޗުއްޓީ ދިނުމުގައި އަހަރު ބަލާ
އުސޫލުންނެވެ. ނަމަވެސް ވަޒީފާ އަދާކުރާތާ އަހަރު ނުވިކަމުގައި ވިޔަސް، މި ޗުއްޓީ
ދެވިދާނެއެވެ.
(ކ) އެ މުވައްޒަފަކު އޮފީހަށް ނުކުންނަންޖެހޭ ރަސްމީ މަސައްކަތު ގަޑިއަށް، މި މާއްދާގެ
(ހ) ގައި ބަޔާންކޮށްފައިވާ ހާލަތަކާ ގުޅިގެން، ވަޒީފާއަށް ނުކުތުމަށް އުޒުރުވެރިވެއްޖެ
ނަމަ، އެ މުވައްޒަފެއްގެ ރަސްމީ މަސައްކަތު ގަޑި ފެށޭތާ ގިނަވެގެން 30 (ތިރީސް)
މިނެޓުގެ ތެރޭގައި، ސްޓާފް ޕޯޓަލް މެދުވެރިކޮށް އެކަން އޮފީހަށް އަންގަންވާނެއެވެ.
(އ) މި އޮފީހުގެ މުވައްޒަފަކު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން
ސަލާމުގެ ޗުއްޓީގައި ހުންނަ ފުރަތަމަ 2 (ދޭއް) ދުވަހު، މި މާއްދާގެ (ކ) ގައިވާ
ގޮތުގެ މަތީން އެކަން އޮފީހަށް އަންގަންޖެހޭނެއެވެ. އަދި މި ގޮތުގެ މަތީން ނާންގާ
ހާލަތްތަކުގައި، އެ ދުވަހެއް ބެލެވޭނީ، ވީނުވީއެއް ނާންގައި އޮފީހަށް ހާޒިރުނުވާ
ދުވަހެއްގެ ގޮތުގައެވެ. އަދި އެ ހާލަތުގައި އެ މުވައްޒަފާ މެދު މި ގަވާއިދާ އެއްގޮތްވާ
ގޮތުގެ މަތީން ފިޔަވަޅުއެޅުމުގެ އިހުތިޔާރު މި އޮފީހަށް ލިބިގެންވެއެވެ.
(ވ) ސަލާމުގެ ޗުއްޓީ ނަގާ މުވައްޒަފަކީ ވަކި ހާއްސަ މަސައްކަތެއް ނުވަތަ ވަކި ގަޑިއަކަށް
އަވަސް މަސައްކަތެއް ނިންމުމަށް ހަވާލުވެފައިވާ މުވައްޒަފެއް ނަމަ ނުވަތަ އެ މުވައްޒަފު
އެ ދުވަހަކު ކޯޓަށް ހާޒިރުވާންޖެހޭ ނަމަ، އެ މުވައްޒަފުގެ މަސައްކަތް އެހެން މުވައްޒަފަކާ
ހަވާލުކޮށްގެން ހިންގަން ފެށޭހައި ވަގުތު އޮއްވައި، އެ މުވައްޒަފެއްގެ ސުޕަވައިޒަރަށް
އެކަން އަންގަންވާނެއެވެ. އަދި މިގޮތުގެ މަތީން އަންގާއިރު، އެ މުވައްޒަފާ
ހަވާލުކުރެވިފައިވާ މަސައްކަތަށް ބުރޫނާރައި ހިންގުމަށް އޮފީހުން ރާވަންޖެހޭ
އިންތިޒާމުތައް ރޭވުމަށް ބޭނުންވާ މައުލޫމާތު ދ،ީ އެކަމުގައި ފުރިހަމަ އެއްބާރުލުން
ދޭންވާނެއެވެ. އަދި މިގޮތުގެ މަތީން ވަގުތު އޮއްވައި ނޭންގޭ ފަދ،ަ ސިއްހީ ކުއްލި  ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެންގޭ ފަދަ ހާލަތަކަށް އައުމާއެކު، ސަލާމުގެ ކަންތައް ހަމަޖެއްސުމަށް ޓަކައި، އެ މުވައްޒަފަކު އެކަން އޮފީހަށް އަންގަންވާނެއެވެ.
(މ) މި އޮފީހުގެ މުވައްޒަފަކު އޮފީހަށް ހާޒިރުވުމަށްފަހު، ބަލިވުމާ ގުޅިގެން މަސައްކަތް
ކުރުމަށް އުޒުރުވެރިވެފައި އަދި އެ ދުވަހުގެ މަސައްކަތު ގަޑީގެ 3 (ތިނެއް) ގަޑިއިރާއި
30 (ތިރީސް) މިނެޓު ހޭދަކޮށްފައިވާ ނަމަ، އެ ދުވަހަކީ މުވައްޒަފު މަސައްކަތަށް
ހާޒިރުވީ ދުވަހެއްކަމަށް ބަލައިފައި ދޫކޮށްލެވިދާނެއެވެ.
(ފ) މި އޮފީހުގެ މުވައްޒަފަކު ދުވަހުގެ މަސައްކަތު ގަޑީގެ 3 (ތިނެއް) ގަޑިއިރާއި
30 (ތިރީސް) މިނެޓު މަސައްކަތުގައި ހޭދަކޮށްފައިނުވާ ނަމަ، އެ ދުވަހަކީ ސަލާމުގެ
ޗުއްޓީގެ ދުވަހެއްގެ ގޮތުގައި ނުވަތަ އާއިލީ ޒިންމާ ޗުއްޓީ ދުވަހެއްގެ ގޮތުގައި ބަލައި،
ޗުއްޓީ ހަމަޖައްސައިދެވޭނެއެވެ.
(ދ) ބަލިވެގެން، ބަލީގެ ބާވަތާއި، އެ ބަލީގެ ސަބަބުން މުވައްޒަފަށް މަސައްކަތަށް
ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް މެޑިކަލް ސެޓުފިކެޓެއް މި އޮފީހަށް ހުށަހަޅައިފި ނަމަ،
ސަލާމުގެ ޗުއްޓީ ކުރިޔަށް ވެސް ނެގިދާނެއެވެ.
(ތ) މި އޮފީހުގެ މުވައްޒަފަކު ވަކި އެއްޗެއް ނާންގައި އޮފީހަށް ހާޒިރުނުވެ ވިދިވިދިގެން
2 (ދޭއް) ދުވަހު ހުރެފައި، 3 (ތިނެއް) ވަނަ ދުވަހު ނުވަތަ އެޔަށް ވުރެ ފަހުން
އޮފީހަށް ނުކުންނަ ދުވަހު، މެޑިކަލް ސެޓުފިކެޓެއް ހުށަހެޅިކަމުގައި ވީނަމަވެސް،
އެ ދުވަސްތައް ސަލާމުގެ ޗުއްޓީގެ ގޮތުގައެއް ނުބެލެވޭނެއެވެ. އަދި މުވައްޒަފު އެގޮތަށް
އަމަލުކުރި ސަބަބާއި ހާލަތަށް ރި އާޔަތްކުރުމަށްފަހު، އެކަށީގެންވާ ސަބަބެއް އަދި/ނުވަތަ
ހާލަތެއް ހުށަހެޅިފައިނުވާ ނަމަ، އެ ދުވަސްތަކަކީ ވީނުވީއެއް ނާންގައި އޮފީހަށް
ހާޒިރުނުވާ ދުވަސްތަކެއްގެ ގޮތުގައި ބެލުމުގެ އިހުތިޔާރު އޮފީހަށް ލިބިގެންވެއެވެ.

 

147 ވަނަ މާއްދާ - ބަންދު ދުވަސްތަކާ ގުޅުވައިގެން ނުވަތަ މަސައްކަތަށް ދަތިވާގޮތަށް ސަލާމުގެ ޗުއްޓީ ނެގުން

ހަފުތާ ބަންދު ދުވަސްތަކާއި، އޮފީސް ބަންދު ދުވަސްތަކާއި، އަދި/ނުވަތަ އެ މުވައްޒަފު ކުރާ
މަސައްކަތް ނިންމަން ކަނޑައެޅިފައިވާ ދުވަހާއި، ކޯޓަށް ހާޒިރުވާންޖެހޭ ދުވަސްތަކުގައި އާދަވެ
ސަލާމުގެ ޗުއްޓީ ނެގުމަކީ، އެ މުވައްޒަފާ މެދު މަސައްކަތަށް ފަރުވާކުޑަކުރާ މުވައްޒަފެއްގެ
ގޮތުގައި ބަލައި، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އިސްލާހީ ފިޔަވަޅު އަޅަންވާނެ ކަމެކެވެ.

 

148 ވަނަ މާއްދާ - ބަލިވެއިނުމާއި ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ

މި އޮފީހުގެ މުވައްޒަފަކު ބަލިވެއިނުމާ ގުޅިގެންނާއި ވިހެއުމާ ގުޅިގެން، ތިރީގައިވާ ގޮތުގެ މަތީން
ޗުއްޓީއާއި އިނާޔަތް ދެވޭނެއެވެ. މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި
ހިނދަކު، ވިހެއުމާ ގުޅިގެން ލިބޭ އިނާޔަތްތައް ލިބިދެވޭނީ، އެ މުވައްޒަފު ބަލިވެއިނދެ
27 (ހަތާވީސް) ހަފުތާގެ ފަހުން ވިހައިފިނަމައެވެ.

(ހ) މުވައްޒަފަކު ވިހެއުމާ ގުޅިގެން، އެ މުވައްޒަފަކު ވިހޭ ތާރީހުން ފެށިގެން، ބަންދު
ދުވަސްތައް ހިމެނޭގޮތުން، އެކު ޖުމުލަ 6 (ހައެއް) މަސްދުވަހުގެ ޗުއްޓީއެއް، މެޓަރނިޓީ
ލީވްގެ ގޮތުގައި ލިބޭނެއެވެ. އަދި މި ޗުއްޓީ ހަމަޖެއްސުމަށް ޓަކައި އެކަން ބަޔާންކޮށްދޭ
ޑޮކްޓަރުގެ ލިޔުމެއް ހުށަހަޅަންވާނެއެވެ.
(ށ) މުވައްޒަފު ބަލިވެއިނދެ 27 (ހަތާވީސް) ހަފުތާގެ ފަހުން ވިހޭއިރު، ދަރިފުޅުގެ ފުރާނަ
ނެތް ނަމަ، ވިހެއުމާ ގުޅިގެން، ބަންދު ދުވަސްތައް ނުހިމަނައި، ގިނަވެގެން
60 (ފަސްދޮޅަސް) ދުވަހުގެ ޗުއްޓީއެއް އެ މުވައްޒަފަކަށް ލިބިދެވޭނެއެވެ. އަދި
މި ޗުއްޓީ ހަމަޖެއްސުމަށް ޓަކައި އެކަން ބަޔާންކޮށްދޭ ޑޮކްޓަރުގެ ލިޔުމެއް
ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ މުވައްޒަފު ވިހޭ
ދަރިފުޅުގެ ފުރާނަ ނެތް ނަމަ، އެ މުވައްޒަފުގެ ހާލަތަށް ބަލައި އެކަށީގެންވާ މުއްދަތެއްގެ
މެޓަރނިޓީ ލީވްދިނުމުގެ އިހުތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.
(ރ) މި މާއްދާގެ (ށ) ގެ ދަށުން ނުވަތަ (ނ) ގެ ދަށުން ހައްގުވާ ޗުއްޓީއެއްގައި މި އޮފީހުގެ
މުވައްޒަފަކު ހުއްޓައި، އެ މުވައްޒަފެއް މަސައްކަތް ކުރަންޖެހޭ ދުވަހެއް އެއީ ބަންދު
ދުވަހަކަށް ވެއްޖެ ނަމަ، އެ ދުވަހަކަށް ދުވަހެއް އެ މުވައްޒަފުގެ ޗުއްޓީއަށް
އިތުރުކޮށްދެވޭނެއެވެ.
(ބ) މި އޮފީހުގެ މުވައްޒަފަކު ވިހެއުމުގެ ދުވަސް ކައިރިވުމުގެ ސަބަބުން ނުވަތަ ބައްޔެއްވުމުގެ
ސަބަބުން އޮފީހަށް ނުކުންނަން އުޒުރުވެރިވާ ނަމަ، ވިހާނެކަމަށް ލަފާކުރާ ދުވަހުގެ
ކުރިން ހިނގާ ގޮތަށް، ވިހެއުމާ ގުޅިގެން ދޭ ޗުއްޓ،ީ މި މާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާ 6 (ހައެއް) މަސްދުވަހުން ނުކެނޑޭ ގޮތަށް، ބަންދު ދުވަސްތައް
ހިމަނައިގެން، ގިނަވެގެން 30 (ތިރީސް) ދުވަހުގެ ޗުއްޓީއެއް، މުސާރަ ލިބޭ ގޮތަށް،
މުވައްޒަފަށް ދެވޭނެއެވެ. އަދި މި ޗުއްޓީ ހަމަޖެއްސުމަށް ޓަކައި އެކަން ބަޔާންކޮށްދޭ
ޑޮކްޓަރުގެ ލިޔުމެއް ހުށަހަޅަންވާނެއެވެ.
(ޅ) މި އޮފީހުގެ މުވައްޒަފަކު ބަލިވެއިނުމުގެ ސަބަބުން ވަޒީފާއަށް ނުކުތުމަށް އޭނާގެ ސިއްހީ
ހާލަތު ތަންނުދޭކަމަށް ބަޔާންކޮށް، މެޑިކަލް ސެޓުފިކެޓެއް ހުށަހަޅައިފި ނަމަ، ވިހެއުމުގެ
ކުރިން، ބަންދު ދުވަސްތައް ހިމަނައިގެން، ގިނަވެގެން 30 (ތިރީސް) ދުވަހުގެ
ޗުއްޓީއެއް، މުސާރަ ނުލިބޭގޮތަށް އެ މުވައްޒަފަކަށް ދެވޭނެއެވެ.
(ކ) މި އޮފީހުގެ މުވައްޒަފަކު ބަލިވެއިންތާ 16 (ސޯޅަ) ހަފުތާއަށް ވުރެ ކުރު މުއްދަތެއްގެ
ތެރޭގައި އޭނާގެ ދަރިފުޅު ބައިގެންދިޔުން ފަދަ ކަމެއް ދިމާވެއްޖެ ނަމަ، އެކަން
ބަޔާންކޮށްދޭ ޑޮކްޓަރުގެ ލިޔުމެއް ހުށަހެޅުމުން، ބަންދު ދުވަސްތައް ހިމަނައިގެން މުސާރަ ލިބޭގޮތަށް، 10 (ދިހައެއް) ދުވަހުގެ ހާއްސަ ޗުއްޓީއެއް ދެވިދާނެއެވެ. އެފަދަ ހާލަތަކީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ވިހެއުން ކަމަކަށް ނުބެލެވޭނެއެވެ.
(އ) މި އޮފީހުގެ މުވައްޒަފަކު ބަލިވެއިންތާ 27 (ހަތާވީސް) ހަފުތާ ނުވަނީސް ދަރިފުޅު
ބައިގެންދިއުން ފަދަ ކަމެއް ދިމާވެގެން އެ މުވައްޒަފު މާބަނޑުވުމުގެ ހާލަތު ނިމުމަކަށް
އައިސްފައިވާކަމަށް ބަޔާންކޮށް، މެޑިކަލް ސެޓުފިކެޓެއް ހުށަހަޅައިފި ނަމަ، އޮފީސް ބަންދު
ދުވަސްތައް ނުހިމަނައި، ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ޗުއްޓީއެއް
އެ މުވައްޒަފަކަށް ލިބިދެވޭނެއެވެ. އަދި އެފަދަ ހާލަތަކީ، މި ގަވާއިދުގައި
ބަޔާންކޮށްފައިވާ، ވިހެއުން ކަމަކަށް ނުބެލޭނެއެވެ.
(ވ) މި އޮފީހުގެ މުވައްޒަފަކު ބަލިވެއިންތާ 16 (ސޯޅަ) ހަފުތާއާއި 27 (ހަތާވީސް) ހަފުތާއާ
ދެމެދުގެ މުއްދަތެއްގައި، ފުރާނަހުރި ކުއްޖަކު ވިހައިފި ނަމަ އަމަލުކުރާނީ، މި މާއްދާގެ
(ހ) ގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީންނެވެ. އަދި މި މުއްދަތުގެ ތެރޭގައި ވިހޭއިރު
ދަރިފުޅުގެ ފުރާނަ ނެތް ނަމަ، އެކަން ބަޔާންކޮށް، މެޑިކަލް ސެޓުފިކެޓެއް ހުށަހެޅުމުން،
މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ޗުއްޓީ ދެވޭނެއެވެ.

 

149 ވަނަ މާއްދާ - މަޔަކަށް ވުމާ ގުޅިގެން ނުވަތަ ބަފަޔަކަށް ވުމާ ގުޅިގެން ލިބޭ ޗުއްޓީ

(ހ) މި އޮފީހުގެ ފިރިހެން މުވަޒަފަކަށް ދަރިޔަކު ލިބިއްޖެ ނަމަ، އެ ދަރިޔަކު ލިބޭ ދުވަހުން
ފެށިގެން، މުސާރަ ލިބޭގޮތަށް، އޮފީސް ބަންދު ދުވަސްތައް ހިމަނައިގެން، 3 (ތިނެއް)
ދުވަހުގެ ޗުއްޓީއެއް ދެވޭނެއެވެ.
(ށ) މި އޮފީހުގެ ފިރިހެން މުވަޒަފަކަށް ދަރިޔަކު ލިބިއްޖެ ނަމަ، މި މާއްދާގެ (ހ) ގެ ދަށުން
އެ މުވައްޒަފަކަށް ދެވޭ ޗުއްޓީގެ މުއްދަތު ހަމަވުމުން، އެ މުއްދަތު ހަމަވާ ދުވަހާއި
ދަރިފުޅުގެ އުމުރުން 1 (އެކެއް) އަހަރު ދުވަސްވުމާ ދެމެދު މުސާރަ ލިބޭގޮތަށް، އޮފީސް
ބަންދު ދުވަސްތައް ހިމަނައިގެން، ގިނަވެގެން 27 (ހަތާވީސް) ދުވަހުގެ ޗުއްޓީއެއް
ދޭންވާނެއެވެ. އަދި މި ޗުއްޓ،ީ ދަރިފުޅަށް 1 (އެކެއް) އަހަރުވުމުގެ ކުރިން، ގިނަވެގެން
4 (ހަތަރެއް) ބަޔަށް ބަހައިލައިގެން ނެގުމުގެ އިހުތިޔާރު އެ މުވައްޒަފަށް ލިބިގެންވެއެވެ.
(ނ) ވިހެއުމާ ގުޅިގެން، މި ގަވާއިދުގެ ދަށުން އަންހެން މުވައްޒަފުންނަށް ލިބިދޭ ޗުއްޓީ
ހަމަވުމުން، ވިހޭ ދަރިފުޅުގެ މަންމައަށް ނުވަތަ ބައްޕައަށް، މުސާރަ ނުލިބޭ ގޮތަށް،
އޮފީސް ބަންދު ދުވަސްތައް ހިމަނައިގެން، ގިނަވެގެން 1 (އެކެއް) އަހަރުދުވަހުގެ
ޗުއްޓީއެއް ނެގިދާނެއެވެ. އަދި މި ޗުއްޓީ ބޭނުންވާ މުވައްޒަފުން، ވިހެއުމާ ގުޅިގެން
މުވައްޒަފުންނަށް ލިބޭ ޗުއްޓީ ހަމަވުމުގެ މަދުވެގެން 15 (ފަނަރަ) ދުވަހުގެ ކުރިން
ޗުއްޓީއަށް އެދި، ސްޓާފް ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.
(ރ) މި އޮފީހުގެ މުވައްޒަފަކު ވިހެއުމާ ގުޅިގެން ދެވޭ ޗުއްޓީގައި ހުންނަ މުއްދަތުގައި ވަޒީފާގެ
އެއްބަސްވުމުގެ ދަށުން އޭނާއަށް ލިބިދޭ ހައްގުތަކާއި، އިނާޔަތްތަކާއި، އެޕްރެއިޒްކުރުމުން މަގާމުގެ ކުރިއެރުމެއް ހައްގުވެއްޖެ ނަމަ، އެ ކުރިއެރުމެއް ލިބިދިނުން ފަދަ ހައްގުތަށް ފުރިހަމަޔަށް ލިބިދެވޭނެއެވެ. މިގޮތުން ވަޒީފާގެ އެއްބަސްވުމުގެ ދަށުން އޭނާއަށް ލިބިދޭ
ހައްގުތަކަށާއި، މަގާމުގެ ކުރިއެރުން ލިބުމަށާއި، ވަޒީފާގެ މުއްދަތު ގުނޭ ގުނުމަށް
އެއްވެސް އުނިކަމެއް ނާންނާނެއެވެ. އަދި މުވައްޒަފު ވަޒީފާ އަދާކުރާ މުއްދަތަށް އެއްވެސް
ހުއްޓުމެއް އައިކަމަށް ނުވަތަ މެދުކެނޑުނީކަމަށް ނުވަތަ އެ މުއްދަތު ކުރުވީކަމަށް ވެސް
ނުބެލެވޭނެއެވެ.

 

150 ވަނަ މާއްދާ - ދަރިފުޅުގެ ކަންކަން ކޮށްދިނުމަށް މައިންނަށް ދެވޭ ހުސްވަގުތު

މި އޮފީހުގެ މުވައްޒަފަކު ވިހެއުމާ ގުޅިގެން ދެވޭ ޗުއްޓީ ހަމަކޮށް ވަޒީފާއަށް ނުކުންނަ ދުވަހުން
ފެށިގެން، ދަރިފުޅުގެ އުމުރުން 2 (ދޭއް) އަހަރުވަންދެން، ދަރިފުޅަށް ކޮށްދޭންޖެހޭ ކަންތައްތައް
ކޮށްދިނުމަށް ޓަކައި ދަރިފުޅު ގާތަށް ދިއުމަށް، ކޮންމެ ފަހަރަކު 30 (ތިރީސް) މިނިޓުގެ
ހުސް ވަގުތުކޮޅެއް، ދުވާލަކު 2 (ދޭއް) ފަހަރު ދެވޭނެއެވެ. އަދި މުވައްޒަފު ބޭނުން ނަމަ،
މި ވަގުތުކޮޅު އެއްކޮށްލައި، 1 (އެކެއް) ގަޑިއިރުގެ ހުސްވަގުތުކޮޅެއް ދެވިދާނެއެވެ. ނަމަވެސް
މި ގޮތުން ދެވޭ ހުސްވަގުތުކޮޅ،ު މަސައްކަތު ވަގުތު ފެށޭ ގަޑިއާއި ނިމޭ ގަޑިއާ ދިމާވާގޮތަށް ނުދެވޭނެއެވެ.

 

151 ވަނަ މާއްދާ - ދަރިފުޅު ހިތާނުކުރުމާ ގުޅިގެން ދެވޭ ޗުއްޓީ

މި އޮފީހުގެ މުވައްޒަފެއްގެ ދަރިޔަކު ހިތާނުކުރުމުން، އެ ދުވަހުން ފެށިގެން، ބަންދު ދުވަސްތައް
ނުހިނަމައި، މުސާރަ ލިބޭގޮތަށް، 5 (ފަހެއް) ދުވަހުގެ ޗުއްޓީއެއް އެ މުވައްޒަފަކަށް ދެވޭނެއެވެ.

 

152 ވަނަ މާއްދާ - މުސާރަ ލިބޭގޮތަށް ދެވޭ ޗުއްޓީ (ޕޭ ލީވް)

(ހ) މި އޮފީހުގެ މުވައްޒަފުންގެ ފަންނީ ކުރިއެރުމަށާއި، އިތުރު ތައުލީމު ހާސިލުކުރުމަށް،
މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީ ގަބޫލުކުރާ ތަމްރީނު ޕުރޮގުރާމެއް ނުވަތަ ކޯހެއް
ފުރިހަމަކުރުމުގެ ބޭނުމުގައި، އެ ކޯހެއްގެ މުއްދަތަށް ނުވަތަ އެ މުއްދަތުން ބަޔަކަށް
ޗުއްޓީ ބޭނުންވެގެން ހުށަހަޅާ މި އޮފީހުގެ މުވައްޒަފުންނަން، މި ގަވާއިދާ އެއްގޮތްވާ
ގޮތުގެ މަތީން، އެ މުވައްޒަފެއްގެ އަސާސީ މުސާރައާ އެއްވަރުގެ އެލަވަންސެއް
ލިބޭގޮތަށް، ޗުއްޓީ ދިނުމުގެ އިހުތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.
(ށ) އާންމު އުސޫލެއްގެ ގޮތުން މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ޕޭ ލީވް ދެވޭނީ،
ފަހަރަކު 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށެވެ. މިގޮތުގެ މަތީން ވެސް ޕޭ ލީވް ދެވޭނެ
އެންމެ ދިގު މުއްދަތަކީ، ޖުމުލަ 2 (ދޭއް) އަހަރުދުވަހުގެ މުއްދަތެވެ. އަދި މި ގޮތުގެ
މަތީން ޕޭ ލީވް ދެވޭނީ، މި އޮފީހާއި މުވައްޒަފާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން،
ވަކި މުއްދަތަކަށް އޮފީހަށް ހިދުމަތްކުރުމަށް ލާޒިމުވާ ގޮތަށެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތު އިތުރުކޮށްދިނުމަށް އެދޭ ނަމަ،
ޕޭ ލީވްގައި ހުންނަ މުވައްޒަފުގެ ޕޭ ލީވް ނިމުމުގެ 3 (ތިނެއް) މަސްދުވަހުގެ ކުރިން
އެކަމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން، ކޮންމެ މީލާދީ އަހަރަކު ޕޭ ލީވް ދެވޭނޭ އެންމެ ގިނަ މުވައްޒަފުންގެ
އަދަދު ކަނޑައެޅުމުގެ އިހުތިޔާރު، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.
(ބ) މި ގަވާއިދުގެ ދަށުން މުވައްޒަފަކަށް ޕޭ ލީވް ދެވޭނީ، އެ މުވައްޒަފަކާ ހަވާލުވެފައިވާ
މަސައްކަތް، އެ މުވައްޒަފަކު ޕޭ ލީވްގައި ހުންނަ މުއްދަތުގައި ކުރާނެ ގޮތުގެ ބަދަލު
އިންތިޒާމު ހަމަޖެއްސުމާ އެކުގައެވެ. މިގޮތުގެ މަތީ ން ހަމަޖައްސަންޖެހޭ އިންތިޒާމުތައް
ހަމަޖައްސާނީ، މި އޮފީހުގެ ހިއުމަން ރިސޯސް ސެކްށަނުންނެވެ.
(ޅ) ޕޭ ލީވ ގެ މުއްދަތުގައި ފުރިހަމަކުރުމަށް ކަނޑައެޅިފައިވާ ތަމްރީނު ޕުރޮގުރާމެއް ނުވަތަ
ކޯހެއް ފުރިހަމަނުކޮށްފި ނަމަ، އެ މުއްދަތަށް އޮފީހުން އެ މުވައްޒަފަކަށް ދޫކޮށްފައިވާ
ފައިސާ، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވާ މުއްދަތެއްގެ ތެރޭގައި މުވައްޒަފު އޮފީހަށް
އަނބުރާ ދައްކަންޖެހޭނެއެވެ.
(ކ) މި ގަވާއިދުގެ ދަށުން ޕޭ ލީވް ނަ ގައިފައިވާ މުވައްޒަފަކު، ޕޭ ލީވްގެ މުއްދަތު ހަމަކޮށް
އޮފީހަށް ނުކުތުމަށް އެދި ހުށަހެޅުމުން، އެ މުވައްޒަފު ޕޭ ލީވް ނެގިއިރު އަދާކުރި ވަޒީފާ
އެ މުވައްޒަފަކަށް ހަމަޖައްސައިދެވޭނެއެވެ.
(އ) މި ގަވާއިދުގެ ދަށުން ޕޭ ލީވް ނަގައިފައިވާ މުވައްޒަފަކު ޕޭ ލީވްގެ މުއްދަތު ހަމަނުވަނީސް
އޮފީހަށް ނުކުތުމަށް އެދޭ ނަމަ، މުވައްޒަފު އޮފީހަށް ނުކުންނަށް ބޭނުންވާ ދުވަހުގެ
މަދުވެގެން 3 (ތިނެއް) މަސްދުވަހުގެ ކުރިން އޮފީހަށް ހުށަހަޅަންވާނެއެވެ. އަދި
ޕޭ ލީވްގައި ހުރި މުވައްޒަފަކު މި ގޮތުގެ މަތީން އޮފީހަށް ނުކުތުމަށް ހުށަހަޅައިފި ނަމަ،
އެ މުވައްޒަފު ޕޭ ލީވް ނެގުމާ ގުޅިގެން އެ މުވައްޒަފުގެ ބަދަލުގައި ވަގުތީ މުވައްޒަފަކު
ހަމަޖައްސައިފައިވާ ނަމަ، އެ ވަގުތީ މުވައްޒަފަށް ދޭންޖެހޭ ނޯޓިސްދީ ވަޒީފާއިން
ވަކިކުރުމަށްފަހު، ޕޭ ލީވް ނެގި މުވައްޒަފު ލީވް ނެގިއިރު އަދާކުރި ވަޒީފ،ާ
އެ މުވައްޒަފަކަށް ހަމަޖައްސައިދެވޭނެއެވެ.
(ވ) މި މާއްދާގެ ދަށުން ލިބިދެވޭ ޗުއްޓީ ބޭނުންކުރަންވާނީ އެ ޗުއްޓީ ލިބިދިން ބޭނުމަކަ ށެވެ.
މިފަދަ ޗުއްޓީއެއްގައި ހުރި މުވައްޒަފަކު މިއާ ހިލާފަށް އަމަލުކޮށްފި ނަމަ، ޗުއްޓީ
ކެންސަލްކުރުމާއެކު ވަޒީފާއަށް ނުކުތުމަށާއި، ޗުއްޓީގައި ހޭދަކުރި މުއްދަތުގައި އޮފީހުން
ދީފައިވާ ފައިސާ އަނބުރާ ދެއްކުމަށް އެންގުމާއި، އަދި މިގޮތުގެ މަތީން
އަމަލުނުކޮށްފި ނަމަ، ޗުއްޓީ ފެށުނު ތާރީހުން ފެށިގެން، އެ މުވައްޒަފު ގަވާއިދާ
ހިލާފުވެފައިވާކަމަށް ބަލައި، އެ މުވައްޒަފަކާ މެދު މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން
އިސްލާހީ ފިޔަވަޅު އެޅުމުގެ އިހުތިޔާރު މި އޮފީހަށް ލިބިގެންވެއެވެ.

 

153 ވަނަ މާއްދާ - މުސާރަ ނުލިބޭގޮތަށް ދެވޭ ޗުއްޓީ (ނޯޕޭ ލީވް)

(ހ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތަކާ ގުޅިގެން،
އޮފީހަށް ނުކުމެ ވަޒީފާ އަދާކުރުމަށް ނުކުޅެދިގެން ވަކި މުއްދަތަކަށް ޗުއްޓީ ބޭނުންވެގެން ހުށަހަޅ،ާ ވަކި މުއްދަތެއް ކަނޑައެޅިފައިވާ ވަޒީފާ އަދާކުރާ މި އޮފީހުގެ މުވައްޒަފުންނާއި، ވަގުތީ މުވައްޒަފުންނާއި، ކޮންޓްރެކްޓް އެމްޕްލޯއިމަންޓުގެ ދަށުން މަސައްކަތްކުރާ
މުވައްޒަފުން ފިޔަވައި، އެހެނިހެން މުވައްޒަފުންނަށް، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ
މަތީން، ނޯޕޭ ލީވް ދިނުމުގެ އިހުތިޔާރު، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.
(ށ) މި އޮފީހުގެ މުވައްޒަފަކު، ނޯޕޭ ލީވްގައި ވަޒީފާއިން ވީއްލޭނީ، ތިރީގައިވާ ސަބަބުތަކުން
ކުރެ ސަބަބެއް މެދުވެރިވެގެން، ޗުއްޓީއަށް އެދި ހުށަހަޅާ ހާލަތުގައި، ގިނަވެގެން
3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށެވެ.
)1( ބޮޑު ބައްޔަކަށް މުވައްޒަފު ސިއްހީ ފަރުވާއެއް ކުރަންޖެހުން ނުވަތަ މުވައްޒަފުގެ
އާއިލާ މެންބަރަކު ފަރުވާ ބޭނުންވާ ބައްޔަކަށް ފަރުވާ ހޯދަންޖެހުން؛
)2( ދައުލަތުގެ ބޭނުމަކަށް ނުވަތަ ދައުލަތުގެ ވަޒީފާއެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް
ދިވެހިރާއްޖެއިން ބޭރަށް ނުވަތަ ދިވެހިރާއްޖޭގެ އެހެން ރަށަކަށް ފިރި މީހާ ނުވަތަ
އަނބިމީހާ ފޮނުވާ ހާލަ ތުގައި، މުވައްޒަފު އޭނާގެ އާއިލާއާއެކު ދިއުމަށް؛
)3( ފުރަތަމަ ޑިގްރީ ނުވަތަ އެޔަށް ވުރެ މަތީ ކޮލިފިކޭށަނެއް ހާސިލުކުރުމަށް ޓަކައި
މުވައްޒަފު ދިވެހިރާއްޖެއިން ބޭރަށް ދިއުމަށް؛
)4( މުވައްޒަފުގެ ފިރިމީހާ ނުވަތަ އަނބިމީހާ ފުރަތަމަ ޑިގްރީ ނުވަތަ އެޔަށް ވުރެ
މަތީ ކޮލިފިކޭށަނެއް ހާސިލުކުރުމަށް ޓަކައި ދިވެހިރާއްޖެއިން ބޭރަށް ދާއިރު،
އޭނާއާއެކު ދިއުމަށް.
(ނ) މި ގަވާއިދުގެ ދަށުން ނޯޕޭ ލީވް ބޭނުންވެގެން ހުށަހަޅާ މި އޮފީހުގެ މުވައްޒަފުންނަށް،
މި މާއްދާގެ ދަށުން، މުސާރަ ނު ލިބޭ ގޮތަށް ޗުއްޓީ ދެވޭނީ، އެ މުވައްޒަފަށް ހައްގުވާ
އެހެނިހެން ޗުއްޓީގެ ދުވަސްތައް ބޭނުންކޮށް ހުސްވެފައިވާނަމައެވެ.
(ރ) މި ގަވާއިދުގެ ދަށުން މުވައްޒަފަކަށް ނޯޕޭ ލީވް ދެވޭނީ، މި ގަވާއިދުގައިވާ ގޮތަށް
އަމަލުކުރުމަށް އެ މުވައްޒަފަކު އެއްބަސްވެ، ސަބަބާއެކު، ސްޓާފް ޕޯޓަލް މެދުވެރިކޮށް
ހުށަހެޅުމުންނެވެ.
(ބ) މި ގަވާއިދުގެ ދަށުން މުވައްޒަފަކަށް ނޯޕޭ ލީވް ދެވޭނީ، އެ މުވައްޒަފަކާ ހަވާލުވެފައިވާ
މަސައްކަތް، އެ މުވައްޒަފަކު ނޯޕޭ ލީވްގައި ހުންނަ މުއްދަތުގައި ކުރާނެ ގޮތުގެ ބަދަލު
އިންތިޒާމު ހަމަޖެއްސުމާ އެކުގައެވެ. މިގޮތުގެ މަތީ ން ހަމަޖައްސަންޖެހޭ އިންތިޒާމުތައް
ހަމަޖައްސާނީ، މި އޮފީހުގެ ހިއުމަން ރިސޯސް ސެކްށަނުންނެވެ.

(ޅ) ބޮޑު ބައްޔަކަށް މުވައްޒަފު ސިއްހީ ފަރުވާއެއް ކުރަންޖެހުން ނުވަތަ މުވައްޒަފުގެ އާއިލާގެ
މެންބަރަކު ފަރުވާ ބޭނުންވާ ބައްޔަކަށް ފަރުވާ ހޯދަންޖެހުމުގެ ސަބަބުން ނޯޕޭ ލީވްއަކަށް
އެދޭ ހާލަތުގައި އެފަދަ ލީވްއެއް ދެވޭނީ، އެ ބައްޔެއްގެ ބާވަތާއި، ނޯޕޭ ލީވް ނެގުމަށް
ބޭނުންވާކަމާއި، ބޭނުންވާ މުއްދަތު ބަޔާންކޮށް ދޫކޮށްފައިވާ މެޑިކަލް ސެޓުފިކެޓު
ހުށަހެޅުމުންނެވެ. އަދި ނޯޕޭ ލީވްއަށް އެދެނީ ތިމާ ބަލަންޖެހިފައިވާ މީހަކު ބަލިވެގެން
ކަމުގައި ވާ ނަމަ، މި އަކުރުގައި ބަޔާންކޮށްފައިވާ މެޑިކަލް ސެޓުފިކެޓު ހުށަހެޅުމާއެކު،
އެ މީހެއްގެ ގާތުގައި މުވައްޒަފު ކޮންމެހެން ހުންނަންޖެހޭ ހާލަތެއް އޮތްކަން
ބަޔާންކޮށްފައި އޮންނަންވާނެއެވެ.
(ކ) މި ގަވާއިދުގެ ދަށުން ނޯޕޭ ލީވްއަށް އެދި ހުށަހަޅަނީ، މުވައްޒަފުގެ އަނބިމީހާ ނުވަތަ
ފިރިމީހާ ދައުލަތުގައި އަދާކުރަމުންދާ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން
ދިވެހިރާއްޖެއިން ބޭރަށް ދިރިއުޅުން ވަގުތީގޮތުން ބަދަލުވާން ޖެހިގެން ކަމުގައި ވާ ނަމަ،
އެކަމާ ގުޅޭ ލިޔެކިޔުން ހުށަހަޅަންވާނެއެވެ.
(އ) މި ގަވާއިދުގެ ދަށުން ނޯޕޭ ލީވްއަށް އެދި ހުށަހަޅަނީ، މުވައްޒަފު ނުވަތަ މުވައްޒަފުގެ
އަނބިމީހާ ނުވަތަ ފިރިމީހާ މަތީ ތައުލީމު ހާސިލުކުރުމަށް ދިވެހިރާއްޖެއިން ބޭރަށްދާއިރު
އެކުގައި ދިއުމަށް ކަމުގައި ވާ ނަމަ، ކޯސް ލިބިފައިވާކަން އެނގޭނެ ލިޔެކިޔުން
ހުށަހަޅަންވާނެއެވެ.
(ވ) މި ގަވާއިދުގެ ދަށުން ނޯޕޭ ލީވް ނަގައިފައިވާ މުވައްޒަފަކު، ނޯޕޭ ލީވްގެ މުއްދަތު
ހަމަކޮށް އޮފީހަށް ނުކުތުމަށް އެދި ހުށަހެޅުމުން، އެ މުވައްޒަފު ނޯޕޭ ލީވް ނެގިއިރު
އަދާކުރި ވަޒީފާ އެ މުވައްޒަފަކަށް ހަމަޖައްސައިދެވޭނެއެވެ.
(މ) މި ގަވާއިދުގެ ދަށުން ނޯޕޭ ލީވް ނަގައިފައިވާ މުވައްޒަފަކު ނޯޕޭ ލީވްގެ މުއްދަތު
ހަމަނުވަނީސް އޮފީހަށް ނުކުތުމަށް އެދޭ ނަމަ، މުވައްޒަފު އޮފީހަށް ނުކުންނަން ބޭނުންވާ
ދުވަހުގެ މަދުވެގެން 3 (ތިނެއް) މަސްދުވަހުގެ ކުރިން، އެކަން އޮފީހަށް
ހުށަހަޅަންވާނެއެވެ. އަދި ނޯޕޭ ލީވްގައި ހުރި މުވައްޒަފަކު މިގޮތުގެ މަތީން އޮފީހަށް
ނުކުތުމަށް ހުށަހަޅައިފި ނަމަ، އެ މުވައްޒަފު ނޯޕޭ ލީވް ނެގުމާ ގުޅިގެން އެ މުވައްޒަފުގެ
ބަދަލުގައި ވަގުތީ މުވައްޒަފަކު ހަމަޖައްސައިފައިވާ ނަމަ، އެ ވަގުތީ މުވައްޒަފަށް ދޭންޖެހޭ
ނޯޓިސްދީ ވަޒީފާއިން ވަކިކުރުމަށްފަހު، ނޯޕޭ ލީވް ނެގި މުވައްޒަފު ލީވް ނެގިއިރު
އަދާކުރި ވަޒީފ،ާ އެ މުވައްޒަފަށް ހަމަޖައްސައިދެވޭނެއެވެ.
(ފ) މި މާއްދާގެ (ވ) އާއި (މ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ނޯޕޭ ލީވްގައި
ހުރި މުވައްޒަފު އެ ޗުއްޓީގައި ހުރި މުއްދަތުގެ ތެރޭގައި، އޮފީހުގެ އޮނިގަނޑަށް ގެނެވޭ
ބަދަލަކާ ގުޅިގެން ނުވަތަ އެހެންވެސް ސަބަބަކާހުރ،ެ ޗުއްޓީގައި ހުރި މުވައްޒަފުގެ މަގާމު
އުވައިލުމުގެ ސަބަބުން އެ މަގާމު އެ މުވައްޒަފަށް ދެވެން ނެތް ނަމަ، ނޯޕޭ ލީވްގެ  މުއްދަތު ހަމަވުމުގެ މަދުވެގެން 1 (އެކެއް) މަސްދުވަހުގެ ކުރިން އެކަން އެ މުވައްޒަފަށް އެންގޭނެއެވެ. ނަމަވެސް، އެކަން އެ މުވައްޒަފަށް ނޭނގި އޮތުމަކުން، އެ މުވައްޒަފުގެ
ނޯޕޭ ލީވް ނިންމައި އެނބުރި އައުމުން، ވަޒީފާ ދިނުމަކަށް ލާޒިމެއް ނުކުރެއެވެ.

(ދ) މި ގަވާއިދުގެ ދަށުން ލިބިދެވޭ ނޯޕޭ ލީވް ބޭނުންކުރަންވާނީ، އެ ޗުއްޓީ ލިބިދިން
ބޭނުމަށެވެ. އެއާ ހިލާފަށް މިފަދަ ޗުއްޓީއެއްގައި ހުރި މުވައްޒަފަކު އަމަލުކޮށްފި ނަމަ،
ޗުއްޓީ ކެންސަލްކުރުމާއެކު ވަޒީފާއަށް ނުކުތުމަށް އެންގުމާއި، އަދި މިގޮތުގެ މަތީން
އަމަލުނުކޮށްފި ނަމަ، ޗުއްޓީ ފެށުނު ތާރީހުން ފެށިގެން، އެ މުވައްޒަފު ގަވާއިދާ
ހިލާފުވެފައިވާކަމަށް ބަލައި، އެ މުވައްޒަފަކާ މެދު މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން
އިސްލާހީ ފިޔަވަޅުއެޅުމުގެ އިހުތި ޔާރު މި އޮފީހަށް ލިބިގެންވެއެވެ.

 

154 ވަނަ މާއްދާ - ނޯޕޭ ލީވްގެ މުއްދަތުގައި މަގާމު ރިޒާވުކުރުން

މި ގަވާއިދުގެ ދަށުން ނޯޕޭ ލީވަށް އެދޭ މުވައްޒަފުންގެ ތެރެއިން 1 (އެކެއް) އަހަރުދުވަހަށް
ވުރެ ދިގު މުއްދަތަކަށް ނޯޕޭ ލީވްއަށް އެދި ހުށަހަޅާ މުވައްޒަފުގެ މަގާމު ރިޒާވުކުރުމާއި
ނުކުރުމުގެ އިހުތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ. އަދި މިގޮތުގެ މަތީން
ޕްރޮސިކިއުޓަރ ޖެނެރަލް ނިންމާ ނިންމުން، މުވައްޒަފުގެ ނޯޕޭ ލީވްގެ މުއްދަތު ފެށުމުގެ ކުރިން
އެ މުވައްޒަފަކަށް އަންގަންޖެހޭނެއެވެ.

 

155 ވަނަ މާއްދާ - ހާއްސަ ހާލަތާ ގުޅިގެން ދެވޭ ޗުއްޓީ

(ހ) މި އޮފީހުގެ މުވައްޒަފަކަށް ދިމާވާ ޓަރމިނަލް އިލްނަސްއެއް ނުވަތަ ކްރޮނިކް
ކޮންޑިށަނެއްގެ ސަބަބުން ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަންޖެހޭ ހާލަތުގައި، ބަންދު
ދުވަސްތައް ހިމަނައިގެން، މުސާރައާއި އިނާޔަތްތައް ލިބޭގޮތަށް "ހާއްސަ ހާލަތާ ގުޅިގެން
މުވައްޒަފުންނަށް ދެވޭ ޗުއްޓީ" ގެ ގޮތުގައި، އަހަރަކު ގިނަވެގެން 60 (ފަސްދޮޅަސް)
ދުވަހުގެ ޗުއްޓީއެއް ދިނުމުގެ އިހުތިޔާރު، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.
(ށ) މި އޮފީހުގެ މުވައްޒަފެއްގެ އާއިލާ ގެ މެންބަރަކު ޓަރމިނަލް އިލްނަސްއެއްގެ ސަބަބުން
ނުވަތަ ކްރޮނިކް ކޮންޑިށަނެއްގެ ސަބަބުން ދިގު މުއްދަތަކަށް، ބޭސްފަރުވާކުރަން ޖެހ،ި
މުވައްޒަފު އޭނާ ބަލަހައްޓަން ޖެހިއްޖެ ހާލަތެއްގައި، މި މާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާ "ހާއްސަ ހާލަތާ ގުޅިގެން މުވައްޒަފުންނަށް ދެވޭ ޗުއްޓީ" މުވައްޒަފަށް
ދެވިދާނެއެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ޗުއްޓީ ހަމަޖައްސައިދެވޭނީ، ބަލީގެ ބާވަތާއި ބަލީގެ
ސަބަބުން މުވައްޒަފުގެ މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް،
މެޑިކަލް ސެޓުފިކެޓު ހުށަހެޅުމުންނެވެ. މި ގޮތަށް ހުށަހަޅާ ލިޔުމުގައި، ބަލީގެ ބާވަތް
ބަޔާންކުރާއިރު، އެއީ ޓަރމިނަލް އިލްނަސްއެއްކަން ނުވަތަ ކްރޮނިކް ކޮންޑިށަނެއްކަން
ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ "ޓަރމިނަލް އިލްނަސް" ނުވަތަ
"ކްރޮނިކް ކޮންޑިށަން" އެއް ކަމަށް ނިންމާނީ، ސިއްހީ ދާއިރާގެ ފަންނީ ފަރާތެއްގެ
ލަފާ ހޯދުމަށްފަހު، ހިއުމަން ރިސޯސް ސެކްށަނުގެ ލަފާގެ މަތީން، މި އޮފީހުގެ ކޯޕަރޭޓް
ސަރވިސަރސް ހިންގުމާ ހަވާލުވެ ހުންނަ އެންމެ އިސް ފަރާތެކެވެ.
(ބ) މި މާއްދާގެ ދަށުން، ހާއްސަ ހާލަތާ ގުޅިގެން މުވައްޒަފުންނަށް ދެވޭ ޗުއްޓީއަށް އެދި،
ޗުއްޓީ ފަށަން ގަސްތުކުރާ ތާރީހުގެ 14 )ސާދަ( ދުވަހުގެ ތެރޭގައި، ސްޓާފް ޕޯޓަލް
މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.

 

156 ވަނަ މާއްދާ - ހައްޖާއި އުމްރާގެ ޗުއްޓީ

މި އޮފީހުގެ މުވައްޒަފުންގެ ތެރެއިން ފުރަތަމަ ފަހަރަށް ހައްޖަށް ނުވަތަ އުމްރާއަށް ދާން އެދޭ
މުވައްޒަފުންނަށް، ތިރީގައިވާ ގޮތުގެ މަތީން ހައްޖު ޗުއްޓީއާއި އުމްރާގެ ޗުއްޓީ ދެވޭނެއެވެ.
(ހ) އެ މުވައްޒަފަކު ހައްޖަށް ދިއުމަށް ދިވެހިރާއްޖެއިން ފުރާ ދުވަހުން ފެށިގެން، މުސާރަ
ލިބޭ ގޮތަށް، ބަންދު ދުވަސްތައް ހިމަނައިގެން، ގިނަވެގެން 35 )ތިރީސްފަހެއް( ދުވަހުގެ
މުއްދަތަށް ހައްޖު ޗުއްޓީ ލިބިދެވޭނެއެވެ.
(ށ) އެ މުވައްޒަފަކު އުމްރާއަށް ދިއުމަށް ދިވެހިރާއްޖެއިން ފުރާ ދުވަހުން ފެށިގެން، މުސާރަ
ލިބޭ ގޮތަށް، ބަންދު ދުވަސްތައް ހިމަނައިގެން، ގިނަވެގެން 15 (ފަނަރަ) ދުވަހުގެ
މުއްދަތަށް އުމްރާގެ ޗުއްޓީ ލިބިދެވޭނެއެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ހައްޖާއި އުމްރާގެ ޗުއްޓީގެ މުއްދަތު ނިމުމުގެ ކުރިން
އެނބުރި ގައުމަށް ނުވަތަ މަސައްކަތްކުރާ ރަށަށް އާދެވިއްޖެ ނަމަ، ލަސްކުރުމަކާ ނުލައި،
ވިދިގެން އަންނަ ރަސްމީ މަސައްކަތު ދުވަހު ވަޒީފާއަށް ހާޒިރުވާންވާނެއެވެ.

 

157 ވަނަ މާއްދާ - ވެލްބީންގ ޗުއްޓީ

(ހ) މި އޮފީހުގެ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ޓަކައި،
"ވެލްބީންގ ޗުއްޓީ" ގެ ނަމުގައި، މުސާރަ ލިބޭ ގޮތަށް، މި އޮފީހުގެ ދާއިމީ
މުވައްޒަފުންނަށް ކޮންމެ އަހަރަކު 8 (އަށެއް) ދުވަހުގެ ޗުއްޓީއެއް ދެވޭނެއެވެ. އަދި
ހާއްސަ ހާލަތްތަކުގައި، އެ ހާލަތަށް ރިއާޔަތްކޮށް، ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ
ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ފަރާތެއްގެ ހުއްދަޔާއެކު، މި އޮފީހުގެ ދާއިމީނޫން
މުވައްޒަފުންނަށް ވެސް މި ޗުއްޓީ ދެވިދާނެއެވެ. މި ޗުއްޓީ ނުވަތަ ޗުއްޓީގެ ބާކީ ޖެހިގެން
އޮންނަ އަހަރަށް ޖަމައެއް ނުކުރެވޭނެއެވެ.
(ށ) ހާއްސަ ހާލަތްތަކުގައި، އެ ހާލަތަށް ރިއާޔަތްކޮށް، ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ
ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ފަރާތަކުން ދީފައިވާ ހާއްސަ ހުއްދައެއް ނެތި،
މި މާއްދާގެ ދަށުން މި އޮފީހުގެ މުވައްޒަފުންނަށް ލިބިދެވޭ ޗުއްޓީ އެއްފަހަރާ ނެގޭނީ
ކޮންމެ މީލާދީ މަހަކު ގިނަވެގެން 1 (އެކެއް) ދުވަހުއެވެ.

(ނ) މި މާއްދާގެ ދަށުން މި އޮފީހުގެ މުވައްޒަފުންނަށް ލިބިދެވޭ ޗުއްޓީއަކީ، އަހަރީ ޗުއްޓީއާއި،
ސަލާމުގެ ޗުއްޓީ ނުވަތަ އެނޫންވެސް ޗުއްޓީއަކުން އުނިނުވާގޮތަށް، މުސާރަ ލިބޭގޮތަށް
ދެވޭ އިހުތިޔާރީ ޗުއްޓީއެކެވެ.
(ރ) މި މާއްދާގެ ދަށުން ޗުއްޓީއަށް އެދި ހުށަހަޅާނީ ސްޓާފް ޕޯޓަލް މެދުވެރިކޮށެވެ. އަދި
އާންމު އުސޫލަކުން ޗުއްޓީ ނަގަން ބޭނުންވާ ދުވަހުގެ ކުރީ ރަސްމީ މަސައްކަތު ދުވަހު
މެންދުރު 12:00 ގެ ކުރިން ވެލްބީންގ ޗުއްޓީއަށް އެދި ހުށަހަޅަންވާނެއެވެ.
(ބ) މި މާއްދާގެ ދަށުން ޗުއްޓީ ނަގަންވާނީ، އެ މުވައްޒަފެއްގެ ސެކްށަން ހިންގުމާ ހަވާލުވެ
ހުންނަ ލީޑިންގ ހެޑ/ްސުޕަރވައިޒަ ރާއި އޯވަރއޯލް ހެޑްއާ މަށްވަރާކުރެވިގެން، އޮފީހުގެ
މުހިންމު މަސައްކަތްތަކަށް ބުރޫނާރާ ގޮތަށެވެ.
(ޅ) ހާއްސަ ހާލަތްތަކުގައި، އެ ހާލަތަށް ރިއާޔަތްކޮށް، ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ
ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ފަރާތަކުން ދީފައިވާ ހާއްސަ ހުއްދައެއް ނެތި،
ބަންދު ދުވަހެއްގެ ނުވަތަ މުވައްޒަފެއްގެ ޗުއްޓީއެއްގެ ކުރިޔަށް އޮންނަ ދުވަހު ނުވަތަ
ޗުއްޓީގެ ފަހަތަށް އަންނަ ދުވަހު ނުވަތަ ހަފުތާ ބަންދު ދުވަހުގެ ކުރީ ދުވަހު ނުވަތަ
އެފަދަ ދުވަހަކާ ވިދިގެން އަންނަ ދުވަހު މި މާއްދާގެ ދަށުން ވެލްބީންގ ޗުއްޓީއެއް
ހަމަޖައްސައެއް ނުދެވޭނެއެވެ.
(ކ) ވެލްބީންގ ޗުއްޓީ ދިނުމުގައި އަހަރު ބަލާނީ، އަހަރީ ޗުއްޓީ ދިނުމުގައި އަހަރު ބަލާ
އުސޫލުންނެވެ. ނަމަވެސް ވަޒީފާ އަދާކުރާތާ އަހަރުނުވިކަމުގައިވިޔަސް، މި ޗުއްޓީ
ދެވިދާނެއެވެ.
(އ) މި މާއްދާގެ ދަށުން، މި އޮފީހުގެ މުވައްޒަފަކު ވެލްބީންގ ޗުއްޓީގައި ހުންނަ ދުވަހެއްގައި،
ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ފަރާތުން
އަންގައިގެން، ކޮންމެހެން އޮފީހަށް ހާޒިރުވެ 3 (ތިނެއް) ގަޑިއިރާއި 30 (ތިރީސް)
މިނިޓަށް ވުރެ ގިނައިރު އޮފީހުގައި ހޭދަކުރަން ޖެހިއްޖެ ނަމަ، އެ ދުވަހުގެ ބަދަލުގައި
އިތުރު ދުވަހެއް ވެލްބީންގ ޗުއްޓީގެ ގޮތުގައި އެ މުވައްޒަފަކަށް ލިބިދެވޭނެއެވެ.

 

158 ވަނަ މާއްދާ - ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލުންނާއި، އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލުންނަށް ޗުއްޓީ ދިނުން

(ހ) މި އޮފީހުގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލުންނާއި، އެސިސްޓެންޓް ޕްރޮސިކިއުޓަރ
ޖެނެރަލުންނަށް ވެސް، މި ގަވާއިދުގެ ދަށުން މި އޮފީހުގެ ދާއިމީ މުވައްޒަފުންނަށް
ހައްގުވާ އެންމެހައި ޗުއްޓީތަކާއި އެހެނިހެން އިނާޔަންތައް ހައްގުވާނެއެވެ. އަދި މިގޮތުގެ
މަތީން ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލުންނާއި، އެސިސްޓެންޓް ޕްރޮސިކިއުޓަރ
ޖެނެރަލުންނަށް، މި ގަވާއިދުގެ ދަށުން ހައްގުވާ ޗުއްޓީތައް ލިބިދިނުމުގެ އެންމެހައި
ކަންކަން ކުރިޔަށްގެންދާނީ، ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

(ށ) މި އޮފީހުގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލަކު އަދި/ނުވަތަ އެސިސްޓެންޓް
ޕްރޮސިކިއުޓަރ ޖެނެރަލަކު އެ މަގާމަށް އައްޔަންކުރެވުނީ މި އޮފީހުގެ މަގާމެއް
އަދާކުރަމުން ދަނިކޮށް ކަމަށް ވާ ނަމަ، މި ގަވާއިދުގެ ދަށުން ހައްގުވާ ޗުއްޓީއާއި
އިނާޔަތްތައް ލިބިދިނުމުގައި، އެ މުވައްޒަފެއްގެ އަހަރު ގުނާނީ، ކުރިން އެ މުވައްޒަފު
ހުރި މަގާމުގެ އަހަރު ދެމިގެންދާ ގޮތުގެ މަތީންނެވެ.
(ނ) މި އޮފީހުގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލަކު އަދި/ނުވަތަ އެސިސްޓެންޓް
ޕްރޮސިކިއުޓަރ ޖެނެރަލަކު އެ މަގާމަށް އައްޔަންކުރެވުނީ މި އޮފީހުގެ މަގާމެއް
އަދާކުރަމުން ދަނިކޮށްކަމަށް ނުވާ ނަމަ، މި ގަވާއިދުގެ ދަށުން ހައްގުވާ އަހަރީ ޗުއްޓީ
ލިބިދިނުމުގައި އަމަލުކުރާނީ ތިރީގައިވާ ގޮތުގެ މަތީންނެވެ. އަދި އެހެނިހެން ޗުއްޓީތަކާއި
އިނާޔަތްތައް ލިބިދިނުމުގައި އަހަރު ގުނުމުގައްޔާއި އެހެނިހެން ކަންކަމުގައި އަމަލުކުރާނީ
މި އޮފީހުގެ ދާއިމީ މުވައްޒަފުން ނާ މެދު އަމަލުކުރުމަށް މި ގަވާއިދުގައި ކަނޑައަޅައިފައިވާ
ގޮތުގެ މަތީންނެވެ.
)1( މަގާމު ހަމަޖެހޭ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަސް ހަމަވުމުން، އަހަރީ
ޗުއްޓީގެ ގޮތުގައި 3 (ތިނެއް) ދުވަސް ލިބޭނެއެވެ. އަދި އިތުރު މަސްދުވަހެއް
ހަމަވުމުން، އަހަރީ ޗުއްޓީގެ ގޮތުގައި އިތުރު 3 (ތިނެއް) ދުވަސް ލިބޭނެއެވެ.
މިގޮތަށް ހިދުމަތުގެ ފުރަތަމަ 12 (ބާރަ) މަސްދުވަސް ހަމަވަންދެން، އަހަރީ
ޗުއްޓީގެ ގޮތުގައި 30 (ތިރީސް) ދުވަސް ލިބޭނެއެވެ.
)2( ހިދުމަތުގެ ދެވަނަ އަހަރުގެ ތެރޭގައި އަހަރީ ޗުއްޓީގެ ގޮތުގައި ލިބޭނީ، ހިދުމަތުގެ
ފުރަތަމަ އަހަރުގެ އަހަރީ ޗުއްޓީއަށް ލިބުނު 30 (ތިރީސް) ދުވަހުގެ ތެރެއިން
ބާކީ އޮތް ދުވަސްތަކެވެ. މި މުއްދަތުގެ ތެރޭގައި ޗުއްޓީގެ ޖަމާގައި ބާކީ އޮތް
ދުވަސްތައް، އެއްކޮށް ނުވަތަ އެކި ފަހަރުމަތީން ބަހައިލައިގެން ވެސް
ނެގިދާނެއެވެ. ހިދުމަތުގެ ދެވަނަ އަހަރު ނިމޭއިރު، އަހަރީ ޗުއްޓީގެ ޖަމާގައި
ބާކީ ހުރި ދުވަސްތައް ކެންސަލްވާނެއެވެ.
)3( ހިދުމަތުގެ ދެވަނަ އަހަރު ހަމަވުމަށްފަހު، މި އޮފީހުގެ ދާއިމީ މުވައްޒަފުންނެކޭ
އެއްގޮތަށް 30 (ތިރީސް) ދުވަހުގެ އަހަރީ ޗުއްޓ،ީ ކޮންމެ އަހަރެއް ހަމަވުމުން
ލިބޭނެއެވެ.

 

159 ވަނަ މާއްދާ - ގާނޫނުން ލިބިދެވޭ ޗުއްޓީ ފިޔަވައި އިތުރު ޗުއްޓީ ނެގުން

ގާނޫނު ނަންބަރު 2/2008 )ވަޒީފާއާބެހޭ ގާނޫނު ( ގައި ބަޔާންކޮށްފައިވާ ޗުއްޓީތައް ފިޔަވައި،
މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިތުރު ޗުއްޓީއެއް، މި އޮފީހުގެ އެއްވެސް މުވައްޒަފަކަށް،
ހާއްސަ ހާލަތްތަކުގައި، އެ ހާލަތަށް ރިއާޔަތްކޮށް، ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތ ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ފަރާތަކުން ދީފައިވާ ހާއްސަ ހުއްދައެއް ނެތި، އެހެން އެއްވެސް ޗުއްޓީއަކާ ގުޅުވައިގެން ނުނެގޭނެއެވެ.

 

 

 

ޗެޕްޓަރ 13

ގޭގައި ތިބެގެން މަސައްކަތްކުރުން (ވަރކް ފްރޮމް ހޯމް)

 

160 ވަނަ މާއްދާ -ގޭގައި ތިބެގެން މަސައްކަތްކުރުން (ވަރކް ފްރޮމް ހޯމް)

(ހ) މި އޮފީހުގެ ކޮންމެ މުވައްޒަފަކަށް ވެސް، ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ
ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ފަރާތެއްގެ ހުއްދަޔާއެކު، މި ގަވާއިދާ އެއްގޮތްވާ
ގޮތުގެ މަތީން، ގޭގައި ހުރެގެން މަސައްކަތްކުރުމުގެ އިހުތިޔާރު ލިބިގެންވެއެވެ.
(ށ) ގޭގައި ތިބެގެން މަސައްކަތްކުރުމުގެ ޗުއްޓީ ހަމަޖެއްސުމުގައި، ގޭގައި ތިބެގެން
މަސައްކަތްކުރުމަށް އެދޭ ސަބަބާ ގުޅުންހުރ،ި އެ މުވައްޒަފެއްގެ ޗުއްޓީ ބޭނުންކޮށްފައިވާ
ގޮތަށް ރިއާޔަތްކުރެވޭނެއެވެ.

 

161 ވަނަ މާޢްދާ - ވަރކް ފްރޮމް ހޯމްގައި ރަސްމީ މަސައްކަތު ގަޑިއާއި އިތުރުގަޑީގެ އިނާޔަތް

(ހ) މި ގަވާއިދުގެ ދަށުން މުވައްޒަފު ގޭގައި ހުރެގެން މަސައްކަތްކުރާ ދުވަހަކީ، ރަސްމީ
މަސައްކަތު ދުވަހެކެވެ. އަދި އެ ދުވަހުގެ ރަސްމީ މަސައްކަތު ގަޑި، ރަސްމީ
މަސައްކަތަށް ހުސްކޮށް، އެ ދުވަހަކު ކުރުމަށް ކަނޑައެޅިފައިވާ ރަސްމީ މަސައްކަތްތައް
ފުރިހަމަކުރަންވާނެއެވެ.
(ށ) މި ގަވާއިދުގެ ދަށުން ވަރކް ފްރޮމް ހޯމްގައި ހުންނަ މުވައްޒަފަކު، ގޭގައި
މަސައްކަތްކުރާ ދުވަހު، ރަސްމީ މަސައްކަތު ގަޑީގައި ނުނިމި ހުރ،ި ކޮންމެހެން
ނިންމަންޖެހޭ އަދި އިތުރުގަޑީގައި މަސައްކަތްކޮށްގެންނޫނީ ނުނިންމޭ ކަހަލަ
މަސައްކަތްތައް، އިތުރުގަޑީގައި ކުރެވިދާނެއެވެ. ނަމަވެސް ގޭގައި މަސައްކަތްކުރާ
މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ އަދި/ނުވަތަ ކޮންޓިނުއިޓީ އެލަވަންސެއް
ނުލިބޭނެއެވެ.

 

162 ވަނަ މާޢްދާ - މުއާމަލާތު ކުރެވޭ ހާލަތުގައި ހުރުން

މި ގަވާއިދުގެ ދަށުން މުވައްޒަފު ގޭގައި ހުރެގެން މަސައްކަތްކުރާ ދުވަހުގެ ރަސްމީ މަސައްކަތު
ގަޑީގައި ހުންނަންވާނީ، އެ މުވައްޒަފެއްގެ މަސައްކަތާ ގުޅޭގޮތުން އޮފީހުން އަދި/ނުވަތަ އެހެން
މުއައްސަސާއަކުން ވިޔަސް މުއާމަލާތުކުރަން ޖެހިއްޖެ ނަމަ މުއާމަލާތުކުރެވޭ ހާލަތުގައެވެ.
މިގޮތުން އެ ދުވަހުގެ ރަސްމީ ގަޑީގެ ހުރިހާ ވަގުތެއްގައި ފޯނަށާއި އޮފީސް އ-ީމެއިލްއަށް
ޖަވާބުދޭންވާނެއެވެ.

 

163 ވަނަ މާޢްދާ - ވަރކް ފްރޮމް ހޯމް ދުވަހު އޮފީހަށް ނުކުންނަން ޖެހުން

(ހ) މި ގަވާއިދުގެ ދަށުން، މި އޮފީހުގެ މުވައްޒަފަކު ގޭގައި ހުރެގެން މަސައްކަތްކުރުމަށް
ހުއްދަ ދީފައިވާ ދުވަހެއްގައި، ކޮންމެހެން އޮފީހަށް ހާޒިރުވާން ޖެހިއްޖެ ނަމަ ނުވަތަ ގޭގައި މަސައްކަތްކުރެވޭނެ އިންތިޒާމަށް ބުރުލެއް އަރައިފި ނަމަ، އެ މުވައްޒަފު އޮފީހަށް ހާޒިރުވެގެން ރަސްމީ މަސައްކަތް ފުރިހަމަކުރަންވާނެއެވެ.
(ށ) މި ގަވާއިދުގެ ދަށުން، މި އޮފީހުގެ މުވައްޒަފަކު ގޭގައި ހުރެގެން މަސައްކަތްކުރުމަށް
ހުއްދަ ދީފައިވާ ދުވަހެއްގައި، ކޮންމެހެން އޮފީހަށް ހާޒިރުވާން ޖެހިގެން އޮފީހަށް
ހާޒިރުވެއްޖެ ނަމަ، އެ ދުވަހަކު އެ މުވައްޒަފަކު ގަޑިއެއް ނުޖެހޭނެއެވެ. އަދި އޮފީހަށް
ހާޒިރުވެ އެ ކުރަންޖެހޭ މަސައްކަތެއް ފުރިހަމަކުރުމަށްފަހު، ރަސްމީ ގަޑިން ބާކީ
އޮތްބައިގައި، އެ ދުވަހެއްގެ ބާކީ ހުރި މަސައްކަތް ގޭގައި ކުރެވިދާނެއެވެ.
(ނ) މި ގަވާއިދުގެ ދަށުން، މި އޮފީހުގެ މުވައްޒަފަކު ގޭގައި ހުރެގެން މަސައްކަތްކުރުމަށް
ހުއްދަ ދީފައިވާ ދުވަހެއްގައި، ކޮންމެހެން އޮފީހަށް ހާޒިރުވާން ޖެހިގެން ހާޒީރުވީ
ކަމުގައި ވީނަމަވެސް، އެ ދުވަހުގެ ބަދަލުގައި އިތުރު ދުވަހެއް ގޭގައި މަސައްކަތްކުރާ
ގޮތަށް ހަމަޖައްސައެއް ނުދެވޭނެއެވެ.

 

164 ވަނަ މާޢްދާ - ވަރކް ފްރޮމް ހޯމްގައި ހުރެގެން ރަށުން ބޭރަށް ދިއުން

(ހ) މި ގަވާއިދުގެ ދަށުން، މި އޮފީހުގެ މުވައްޒަފަކު ގޭގައި ހުރެގެން މަސައްކަތްކުރުމަށް
ހުއްދަ ދީފައިވާ ދުވަހެއްގައި، ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް
ކަނޑައަޅާ ފަރާތެއްގެ ހުއްދަ ކުރިން ހޯދުމަކާ ނުލައި، އެ މުވައްޒަފަކު
މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ރަށުން ބޭރަށް ދިއުމަކީ ހުއްދަކަމެއް ނޫނެވެ. އަދި
މިފަދައިން ހުއްދަ ހޯދައިގެން ރަށުން ބޭރަށް ދާ ހާލަތުގައި ވެސް، އޮފީހުގެ މަސައްކަތަށް
ބުރޫނާރާނެ ގޮތުގެ މަތީން، އެވަގުތު ހުރި ތަނަކުން މަސައްކަތްކުރެވޭނެ އިންތިޒާމު
ހަމަޖައްސައި، އެ ދުވަހަކަށް ކަނޑައެޅިފައިވާ މަސައްކަތް ފުރިހަމަކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި އޮފީހުގެ މުވައްޒަފުން
މަސައްކަތްކުރާ ގޮފ/ިއޮފީސް މި އޮފީހުގެ އެހެން ގޮފ/ިއޮފީހެއްގައި ވަގުތީގޮތުން
މަސައްކަތްކުރަން އެދޭ ހާލަތް އިސްތިސްނާވެގެންވެއެވެ. ނަމަވެސް، މި ގޮތަށް
ގޮފި/އޮފީސް ބަދަލުކުރުމަށް އެދޭ މުވައްޒަފުން އެކަމަށް އެދި މަސައްކަތު 3 (ތިނެއް)
ދުވަހުގެ ކުރިން ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ
ފަރާތެއްގެ ހުއްދަ ހޯދަންވާނެއެވެ.

 

165 ވަނަ މާޢްދާ - ވަރކް ފްރޮމް ހޯމްގައި
ހުންނައިރު ސަމާލުވާންޖެހޭ
ކަންކަން

މި ގަވާއިދުގެ ދަށުން ވަރކް ފްރޮމް ހޯމްއަށް އެދި ހުށަހަޅާ މުވައްޒަފުން، މި މާއްދާގައި
ބަޔާންކޮށްފައިވާ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. އަދި މިކަންކަމަކީ،
މި ގަވާއިދުގެ ދަށުން މުވައްޒަފުންނަށް ވަރކް ފްރޮމް ހޯމް ހަމަޖެއްސުމުގައި އޮފީހުން
ރިއާޔަތްކުރާނެ ކަންކަމެވެ.

(ހ) ގޭގައި ހުރެގެން މަސައްކަތްކުރެވޭނެ އިންތިޒާމު، މި އޮފީހުން ގަބޫލުކުރާ ފެންވަރަށް،
މުވައްޒަފު ފުރިހަމަކޮށްފައިހުރުމާއެކު، މަސައްކަތްކުރެވޭނެ މާހައުލެއް ގޭގައި
ގާއިމުވެފައި އޮތުން.

(ށ) ވަރކް ފްރޮމް ހޯމްގައި ހުންނަ ދުވަހު ކުރުމަށް ހަމަޖެހިފައިވާ މަސައްކަތް، ފެންވަރު
ރަނގަޅުކޮށް، ފަރުވާތެރިކަމާއެކު ފުރިހަމަކޮށް ނިންމުން.

(ނ) ރަސްމީ ގަޑީގައި ފޯނަށާއި އ-ީމެއިލްއަށް ޖަވާބުދާރީވުމާއި، ވަރކް ފްރޮމް ހޯމްގައި
ތިބެގެން މަސައްކަތްކުރާ މުވައްޒަފުންނާއި، އޮފީހުގައި ތިބެގެން މަސައްކަތްކުރާ
މުވައްޒަފުންނާ މުވާސަލާތުކުރެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައިފައިވުން.
(ރ) މި އޮފީހުން ކަނޑައަޅައިފައިވާ ގޮތުގެ މަތީން ބްރީފިންގތަކުގައި ގަވާއިދުން
ބައިވެރިވުން.
(ބ) ވަގުތު ކަނޑައެޅިފައި އޮތް މަސައްކަތެއް ނުވަތަ އަވަސް މަސައްކަތެއް ކުރަން
ޖެހިފައިވާ ހާލަތުގައި، ގޭގައި ހުރެގެން އެ މަސައްކަތެއް ނިންމުމަށް ހުރަސްއެޅޭ ފަދަ
ނުވަތަ ލަސްވާ ފަދަ ކަމެއް ނުވަތަ ހާލަތެއް ދިމާވެއްޖެ ނަމަ، އެ މަސައްކަތް ކުރުމަށް
އޮފީހަށް ހާޒިރުވުން.
(ޅ) ހާއްސަ މަސައްކަތެއް ނުވަތަ ލިމިޓޭށަން ހިނގާ މަސައްކަތެއް އޮތް ނަމަ ނުވަތަ
ހަވާލުކޮށްފި ނަމަ، ކަނޑައެޅިފައިވާ ވަގުތުގައި އެކަން ކޮށް ނިންމުން؛ އަދި
އެ މަސައްކަތް ރަސްމީގަޑީގައި ނުނިންމޭ ނަމަ، ރަސްމީ ގަޑީގެ ފަހުން ވެސް
އެ މަސައްކަތެއް ނިމެންދެން (ރިމާކްސް ލިބި ނުވަތަ ތަނަކަށް ފޮނުވަންޖެހޭ
އެއްޗެއް ނަމަ، އެކަން ނިމެންދެން) އެ މަސައްކަތުގައި ދެމިހުރުން ނުވަތަ އެއްބާރުލުން
ދެވޭނެ ހާލަތެއްގައި ހުރުން.
(ކ) ޕްރޮސިކިއުޓަރެއް ނަމަ، ށަރީއަތްތަކުގައި އޮންލައިންކޮށް ބައިވެރިވުމުގެ ހުއްދަ ކޯޓުން
ހޯދުމާއި، ކޮންމެހެން ކޯޓަށް ހާޒިރުވާން ޖެހިއްޖެ ނަމަ، ކޯޓަށް ހާޒިރުވުން.
(އ) އެ މުވައްޒަފަކާ ހަވާލުކުރެވޭ މަސައްކަތްތައް، އާންމުކޮށް 5 (ފަހެއް) ދުވަހު
މަސައްކަތްކުރާ ހަފުތާއެކޭ އެއްގޮތަށް އަދި އެއްފެންވަރަކަށް ކޮށް ނިންމުން.
(ވ) ވަރކް ފްރޮމް ހޯމްގައި ހުރެގެން މަސައްކަތް ކުރުމުގައި ތަބާވާންޖެހޭކަމަށް
މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމަށާއި، މުވައްޒަފު މަސައްކަތްކުރާ ސެކްށަނުން
ބަޔާންކުރާ އެހެނިހެން ކަންކަމަށް ސަމާލުކަންދިނުމާއި، މި ގަވާއިދުގެ ދަށުން އޮފީހުން
ދޭ އިރުށާދުތަކާ އެއްގޮތަށް އަމަލުކުރަމުންދިއުން.

 

166 ވަނަ މާޢްދާ - ވަރކް ފްރޮމް ހޯމްގެ ހުއްދަ ބާތިލުކުރުން

ތިރީގައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެ ނަމަ، މި ގަވާއިދުގެ ދަށުން
މުއްވަޒަފަކަށް ދޫކޮށްފައިވާ ވަރކް ފްރޮމް ހޯމްގެ ހުއްދަ ބާތިލުކުރުމުގެ އިހުތިޔާރު،
ޕްރޮސިކިއުޓަރ ޖެނެރަލްއަށް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ފަރާތަކަށް
ލިބިގެންވެއެވެ. އަދި އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ
ވަކި މުއްދަތަކަށް އެ މުވައްޒަފަކަށް ވަރކް ފްރޮމް ހޯމްގެ ހުއްދަ ނުދިނުމުގެ އިހުތިޔާރު ވެސް،
ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.
(ހ) މުވައްޒަފު ގޭގައި މަސައްކަތް ނުކުރާކަމަށް ނުވަތަ ހަވާލުކުރާ މަސައްކަތްތައް ގޭގައި
ހުރެގެން ކުރުމުގައި ފަރުވާކުޑަކުރާކަމަށް ނުވަތަ މަސައްކަތުގެ ފެންވަރު ދަށްވާކަމަށް،
އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ބެލެވުން.
(ށ) ގޭގައި ހުރެގެން މަސައްކަތްކުރެވޭނެ އިންތިޒާމު އެކަށީގެންވާ ގޮތެއްގައި
ހަމަޖައްސައިފައިނުވާކަމަށް، އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ބެލެވުން.
(ނ) ގޭގައި ހުރެގެން މަސައްކަތްކުރުމަށް ހުއްދަ ދީފައިވާ މުވައްޒަފުން އަމަލުކުރުމަށް
މި ގަވާއިދުގައި ކަނޑައެޅިފައިވާ އުސޫލަކާ ހިލާފުވުން.

 

167 ވަނަ މާޢްދާ - ވަރކް ފްރޮމް ހޯމްގެ މުއްދަތުގައި ޗުއްޓީ ނެގުން

 މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ވަރކް ފްރޮމް ހޯމްގެ ހުއްދަ ލިބިފައިވާ މުވައްޒަފަކު
ގޭގައި ހުރެގެން މަސައްކަތްކުރަން ހުއްދަ ލިބިފައިވާ ދުވަސްތަކުގައި ވެސް، އެ މުވައްޒަފަށް
ހައްގުވާ ޗުއްޓީ ނެގިދާނެއެވެ. ނަމަވެސް، މިގޮތުގެ މަތީން މުވައްޒަފަކު ޗުއްޓީ ނެގިނަމަވެސް،
އެ ޗުއްޓީއާ ގުޅިގެން ވަރކް ފްރޮމް ހޯމުގެ ގޮތުގައި އިތުރު ދުވަސްތަކެއް އެ މުވައްޒަފަކަށް
ނުދެވޭނެއެވެ.

 

168 ވަނަ މާޢްދާ - ހަފުތާއަކު 1 ދުވަހު ގޭގައި ހުރެގެން މަސައްކަތްކުރުން

މި އޮފީހަށް ހިދުމަތްކުރާތާ 1 (އެކެއް) އަހަރުވެފައިވާ މުވައްޒަފުންގެ ތެރެއިން، ތިރީގައިވާ
ށަރުތުތައް ފުރިހަމަވާ މުވައްޒަފުންނަށް، ކޮންމެ ހަފުތާއަކު ރަސްމީ މަސައްކަތު 1 (އެކެއް)
ދުވަހު، ގޭގައި ހުރެގެން މަސައްކަތްކުރުމުގެ ހައްގު ލިބިގެންވެއެވެ.

(ހ) ވޭތުވެދިޔަ ހަފުތާގައި އެއްވެސް ބާވަތެއްގެ ޗުއްޓީއެއް ނަގައިފައިނުވުން އަދި/ނުވަތަ
ވީނުވީއެއް ނާންގައި އޮފީހަށް ހާޒިރުނުވާ ދުވަހެއް ނެތުން.

(ށ) ވޭތުވެދިޔަ ހަފުތާގެ ހުރިހާ ރަސްމީ މަސައްކަތު ދުވަހެއްގައި، މި ގަވާއިދާ އެއްގޮތްވާ
ގޮތުގެ މަތީން، އޮފީހަށް ހާޒިރުވާންޖެހޭ ގަޑިއަށް ހާޒިރުވެފައިވުމާއި، އޮފީހުގެ
މަސައްކަތުގައި ހޭދަކުރަންޖެހޭ ގަޑީގެ މިންވަރަށް މަސައްކަތުގައި ވަގުތު
ހޭދަކޮށްފައިވުން.

(ނ) މި އޮފީހުން ގަބޫލުކުރާ ފެންވަރަށް، އެ މުވައްޒަފު ދިރިއުޅޭ ގޭގައި މަސައްކަތްކުރެވޭނެ
އިންތިޒާމުތައް ހަމަޖެހިފައިވުން.

 

169 ވަނަ މާޢްދާ - ހަފުތާގެ ވަރކް ފްރޮމް ހޯމް ދުވަސް އިހުތިޔާރުކުރުން

(ހ) މި ގަވާއިދުގެ 168 ވަނަ މާއްދާގެ ދަށުން، ހަފުތާގެ ރަސްމީ ބަންދުނޫން ދުވަސްތަކުގެ
ތެރެއިން ކޮންމެ ދުވަހެއް ވެސް، ހަފުތާގެ ވަރކް ފްރޮމް ހޯމް ދުވަހުގެ ގޮތުގައި
ހަމަޖެއްސުމުގެ އިހުތިޔާރު، އެ މާއްދާގެ ދަށުން ގޭގައި ހުރެގެން މަސައްކަތްކުރުމުގެ
ހައްގުލިބޭ ކޮންމެ މުވައްޒަފަކަށް ވެސް ލިބިގެންވެއެވެ. ނަމަވެސް، މިގޮތުގެ މަތީން
ދުވަހެއް އިހުތިޔާރުކުރަންވާނީ، އެ މުވައްޒަފަކު ނިސްބަތްވާ ސެކްށަނުގެ
މަސައްކަތްތަކަށް ބުރޫނާރާނޭ ގޮތަށް، އެކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި،
ސެކްށަނުގެ ހެޑ/ްސުޕަވައިޒަރާއި، އޯވަރއޯލް ހެޑްގެ މަށްވަރާޔާ އެކުގައެވެ.
(ށ) މި ގަވާއިދުގެ 168 ވަނަ މާއްދާގެ ދަށުން ވަރކް ފްރޮމް ހޯމްއަށް އެދޭ ކޮންމެ
މުވައްޒަފަކު ވެސް، ކޮންމެ މަހެއް ފެށުމުގެ ކުރިން، ކުރިޔަށް އޮތް މަހަށް ގޭގައި
މަސައްކަތްކުރާނެ ދުވަސްތައް ކަނޑައަޅައި، އެ ދުވަސްތަކަކީ ހަފުތާގެ ވަރކް ފްރޮމް
ހޯމް ދުވަސްތަކުގެ ގޮތުގައި ކަނޑައަޅައިދިނުމަށް އެދި ސްޓާފް ޕޯޓަލް މެދުވެރިކޮށް
ހުށަހަޅުމާއެކު، އެ މުވައްޒަފުގެ މަސައްކަތްތައް އެގޮތުގެ މަތީން ރާވައި
އިންތިޒާމުކުރުމަށް އިސްކަންދޭންވާނެއެވެ.

 

170 ވަނަ މާޢްދާ - ހަފުތާގެ ވަރކް ފްރޮމް ހޯމް ދުވަހަށް ހުއްދަ ދިނުން

މި ގަވާއިދުގެ 168 ވަނަ މާއްދާގެ ދަށުން ވަރކް ފްރޮމް ހޯމްއަށް އެދޭ މުވައްޒަފުންނަށް
ވަރކް ފްރޮމް ހޯމްގެ ހުއްދަ ދޭނީ، ކޮންމެ ހަފުތާއެއްގެ ރަސްމީ މަސައްކަތު އެންމެ ފަހު
ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން، ކުރިޔަށް އޮތް ހަފުތާއަށް ވަރކް ފްރޮމް ހޯމްއަށް
އެދިފައިވާ މުވައްޒަފުންގެ ތެރެއިން، ށަރުތު ހަމަވާ ފަރާތްތަކަށް ހުއްދަދޭ އުސޫލުން،
މި އޮފީހުގެ ސްޓާފް ޕޯޓަލްގެ ތެރެއިން، އެ މުވައްޒަފަކު މަސައްކަތްކުރާ ސެކްށަނެއްގެ
އޯވަރއޯލް ހެޑު ނުވަތަ އެ ވަގުތަކު އެ ސެކްށަން ހިންގުމާ ހަވާ ލުވެ ހުންނަ އެންމެ އިސް
ފަރާތެކެވެ.

 

171 ވަނަ މާޢްދާ - ހަފުތާގެ ވަރކް ފްރޮމް ހޯމް ނުދެވޭނެ ހާލަތްތައް

ތިރީގައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެފައިވާ ނަމަ، ހަފުތާގެ ވަރކް ފްރޮމް ހޯމް
ދުވަހެއް ހަމަޖައްސައެއް ނުދެވޭނެއެވެ.
(ހ) މި ގަވާއިދުގެ 168 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތެއް އުނިވުން.
(ށ) ވަރކް ފްރޮމް ހޯމް ދުވަހެއް ހަމަޖެއްސުމަށް އެދިފައިވާ ހަފުތާގެ ތެރޭގައި އޮފީސް
ބަންދު ދުވަހެއް އައުން.
(ނ) މަސައްކަތު ހަފުތާގެ ތެރޭގައި މުވައްޒަފަކާ ހަވާލުކުރެވޭ މަސައްކަތް ފުރިހަމަކުރުމުގައި
ފަރުވާކުޑަކޮށްފައިވުން ނުވަތަ މަސައްކަތަކާ ހަވާލުވާން އިންކާރުކޮށްފައިވުން.

(ރ) މަސައްކަތު ހަފުތާގެ ތެރޭގައި، ވީނުވީއެއް ނާންގައި އޮފީހަށް ހާޒިރުނުވުން.
މި ހާލަތުގައި، ހަފުތާގެ ވަރކް ފްރޮމް ހޯމްގެ ފުރުސަތު، ކުރިޔަށް އޮތް 1 (އެކެއް)
މަސްދުވަހުގެ މުއްދަތަށް ބާތިލުވާނެއެވެ.

 

172 ވަނަ މާޢްދާ - ވަރކް ފްރޮމް ހޯމް ހަމަޖައްސައިދެވޭނެ އެހެނިހެން ހާލަތްތައް

މި އޮފީހުގެ މުވައްޒަފަކަށް ތިރީގައިވާ ހާލަތްތަކުގެ ތެރެއިން ހާލަ ތެއް މެދުވެރިވެރިވެގެން ގޭގައި
މަސައްކަތްކުރެވޭ އިންތިޒާމު ހަމަޖެއްސުމަށްފަހު، ސްޓާފް ޕޯޓަލް މެދުވެރިކޮށް އެކަމަށް
އެދިއްޖެ ނަމަ، ކަނޑައެޅޭ ވަކި މުއްދަތަކަށް، އެ މުވައްޒަފަކަށް ވޯކް ފްރޮމް ހޯމްގެ ހުއްދަ
ދިނުމުގެ އިހުތިޔާރު، ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ
ފަރާތަކަށް ލިބިގެންވެއެވެ.
(ހ) މުވައްޒަފު ނުވަތަ އެ މުވައްޒަފު ބަލަންޖެހޭ މީހެއްގެ ބަލި ހާލަތު ހުރި ގޮތުން، އޮފީހަށް
ހާޒިރުވެ މަސައްކަތްކުރުމަށް ދަތިވާ ހާލަތެއް އޮތުން. އަދި އެ ހާލަ ތު އޮތް ނަމަވެސް،
ގޭގައި މަސައްކަތްކުރުމަށް ހުރަހެއް ނެތުން.
(ށ) މުވައްޒަފު ގޭގައި މަސައްކަތްކުރުމަށް އެދޭ މުއްދަތުގައި ކުރަންހުރި މަސައްކަތްތަކަކީ
އެއްވެސް ދަތިކަމެއް ނެތި ގޭގައި ކުރެވޭނެ ބާވަތުގެ މަސައްކަތްތަކަކަށް ވެފައި،
އެ މަސައްކަތްތައް ގޭގައި ކުރުމުގެ ފުރިހަމަ އިންތިޒާމު ހަމަޖައްސައިފައިވުން.
(ނ) މުވައްޒަފަކާ ހަވާލުކުރެވޭ މަސައްކަތެއްގެ ގޮތުން ނުވަތަ މުވައްޒަފާ ދިމާވާ ހާލަތަކާ
ގުޅިގެން، އޮފީހަށް ނުނިކުމ،ެ ގޭގައި ހުރެގެން މަސައްކަތްކުރުމުގެ ފުރުސަތު ދިނުމުގެ
މަސްލަހަތު ބޮޑުކަމަށް ފެނުން.
(ރ) މުވައްޒަފު ކުރާ މަސައްކަތުގެ ގޮތުން، ގޭގައި ހުރެގެން މަސައްކަތް ކޮށްގެން، އޮފީހަށް
ހާޒިރުވެ މަސައްކަތްކުރުމާ އެއް މިންވަރެއްގެ ނުވަތަ އެޔަށް ވުރެ މަތީ މިންވަރެއްގެ
ނަތީޖާއެއް ހާސިލުކުރެވިދާނެކަމަށް ބެލެވުން.
(ބ) ރަސްމީ ބޭނުމެއްގައި ނުވަތަ ހުއްދަ ލިބިފައިވާ އެނޫންވެސް ބޭނުމެއްގައި މުވައްޒަފު
މަސައްކަތްކުރާ އޮފީސް ގާއިމުވެފައި ހުންނަ ރަށްނޫން އެހެން ރަށެއްގައި ހުރުން.
(ޅ) މުވައްޒަފު އަދާކުރާ ވަޒީފާގެ ނުވަތަ ކުރާ މަސައްކަތުގެ ޒާތާއި ބާވަތުން
އެ މަސައްކަތްކުރަން ކޮންމެހެން އޮފީހަށް ހާޒިރުވާން ނުޖެހުން.
(ކ) ފުރަތަމަފަހަރަށް ދަރިޔަކު ހޯދުމަށް ޓަކައި، އިންވިޓްރޯ ފަރޓިލައިޒޭށަން )އައ.ިވ.ީއެފް(
އާ ގުޅިގެން މުވައްޒަފުން އެކަމާ ގުޅޭ ޑޮކްޓަރީ ލިޔުން ހުށަހެޅުމުން، ޑޮކްޓަރު
ލަފާދީފައިވާ މުއްދަތަށް ގޭގައި މަސައްކަތްކުރުމުގެ ފުރުސަތު ދިނުމުގެ މަސްލަހަތު
ބޮޑުކަމަށް ފެނުން.

 

 

ޗެޕްޓަރ 14

މުވައްޒަފުން ތަމްރީނު ކުރުން

 

173 ވަނަ މާޢްދާ - މުވައްޒަފުން ތަމްރީނުކުރުން

\(ހ) މި އޮފީހުގެ މުވައްޒަފުންނަކީ އޮފީހުގެ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް އަމަލުކުރާ،
ހަވާލުވެފައިވާ މަސައްކަތަށް ގާބިލ،ު އިސްނެގުމާއި ލީޑަރށިޕްގެ ހުނަރު ލިބިފައިވާ
ބަޔަކަށް ހެދުމަށް ޓަކައި، ކޮންމެ މުވައްޒަފަކަށް ވެސް، އެ މުވައްޒަފަކު އަދާކުރާ
ވަޒީފާގައި ކުރާ މަސައްކަތާ ގުޅޭގޮތުން ދޭންޖެހޭ މައުލޫމާތާއި ހުނަރު ހޯދައިދިނުމުގެ
ގޮތުން ތަމްރީނު ދެވޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މި އޮފީހުގެ މުވައްޒަފުންނަށް ދެވޭ ތަމްރީނުގެ ގޮތުގައި
މުވައްޒަފުންގެ މަސައްކަތާ ގުޅޭގޮތުން މައުލޫމާތާއި ހުނަރު ހޯދައިދިނުމަށް ހިންގޭ
ޕުރޮގުރާމުތަކާއި ވަޒީފާއަށް އަހުލުވެރިކުރުވުމުގެ ޕުރޮގުރާމުތައް ހިމެނޭނެއެވެ.
(ނ) މި ގަވާއިދުގެ ބޭނުމަށް ތަމްރީނުކަމުގައި ބަޔާންކޮށްފައި އެވަނީ، މުވައްޒަފުންގެ ހުނަރާއި
ގާބިލުކަން އިތުރުކުރުމަށް ޓަކައި ބައިވެރިކުރެވ،ޭ ޕްރޮސިކިއުޓަރ ޖެނެރަލްގެ އެކަޑަމީ
(މީގެ ފަހުން "އެކަޑަމީ") އިން އިންތިޒާމުކޮށް ހިންގާ ޕުރޮގުރާމުތަކާއި، އެނޫންވެސް
އެކިއެކި ކޯސްތަކާއި، ސެމިނާރުތަކާއި، ވަރކްށޮޕްތަކާއި، ސިމްޕޯޒިއަމްތަކާއި، ސްޓަޑީ
ޓުއަރ ފަދަ ކަންކަމަށެވެ.
(ރ) މުވައްޒަފުންނަށް ތަމްރީނު ދިނުމުގައި ބަލާނީ، ތަމްރީނު ދޭންޖެހިފައިވާ މުވައްޒަފުންގެ
އަދަދަށާއި، ބޭނުންވާ ތަމްރީނު ގެ ބާވަތަށާއި، އެކަމަށް ކުރަންޖެހޭ ހަރަދަށާއި،
އެ އަހަރަކަށް ލިބިފައިވާ ބަޖެޓަށް ބަލައިގެންނެވެ. މި ގޮތުގެ މަތީން، މުވައްޒަފުންނަށް
ތަމްރީނު ދިނުމުގައި ބޭނުންކުރާނެ ގޮތްތައް، ތިރީގައި މިވަނީއެވެ.
)1( މަސައްކަތަށް ބޭނުންވާ ހުނަރުވެރިކަމާއި ކުޅަދާނަކަން ލިބިފައިވާ މީހުން
މެދުވެރިކޮށްގެން، މުވައްޒަފުގެ މަސައްކަތަށް ބޭނުންވާ މައުލޫމާތާއި ހުނަރު
ދަސްކޮށްދިނުން؛
)2( ވަކި ދާއިރާތަކަކަށް ހާއްސަކޮށްގެން ހިންގޭ ކޯސްތަކާއި، ސެމިނާރުތަކާއި،
ވަރކްށޮޕްތަކާއި، ސްޓަޑީ ޓުއަރ ފަދަ ތަމްރީނު ޕުރޮގުރާމުތަކުގައި
މުވައްޒަފުން ބައިވެރިކޮށްގެން ހުނަރު މަތިކުރުން؛
)3( ވަކި ފަންނުތަކުން މީހުން ބިނާކުރުމަށް ބޭނުންވާ ކޯސްތަކުގައި
ބައިވެރިކޮށްގެން އެ ފަންނުތަކަ ށް ބޭނުންވާ މީހުން ބިނާކުރުން.

(ބ) މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ދިވެހިރާއްޖެއިން ދެވެން ހުރި ނަމަ، އާންމު
އުސޫލެއްގެ ގޮތުން އެފަދަ ތަމްރީނު ދެވޭނީ ރާއްޖެއިންނެވެ. އަދި އާންމު އުސޫލެއްގެ
ގޮތުން، ތަމްރީނު ދިނުމަށް މި އޮފީހުގެ ހަރަދުގައި ރާއްޖެއިން ބޭރަށް ފޮނުވޭނީ،
އެކަމަށް ރާއްޖޭގައި ތަމްރީނު ދެވެން ނެތް ނަމަ ނުވަތަ އެ ދާއިރާއަކުން ތަމްރީނު
ދޭން ބޭނުންވާ ފެންވަރަށް ރާއްޖޭގައި ތަމްރީނު ދެވެން ނެތްނަމައެވެ.
(ޅ) ދިވެހިރާއްޖޭގައި ހިންގޭ ތަމްރީނުތަކުގެ ތެރެއިން، އޮފީހުގެ ރަސްމީގަޑި ނޫން
ގަޑިތަކުގައި ނުވަތަ މުވައްޒަފަކު މަސައްކަތްކުރުމަށް ކަނޑައަޅައިފައިވާ ޑިއުޓީގެ
ވަގުތުނޫން ވަގުތެއްގައި ކިޔެވުން އޮންނަ ތަމްރީނެއްގައި، މުވައްޒަފު އަމިއްލަގޮތުން
ބައިވެރިވެވޭނީ، އެ މުވައްޒަފެއްގެ ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަށް
ދަތިނުވާނޭ ގޮތެއްގެ މަތީން އޮފީހަށް އެންގުމަށްފަހު ބައިވެރިވެވިދާނެއެވެ. މިގޮތުން
ރާއްޖޭގައި ހުރެގެން ރާއްޖެއިން ބޭރުގައި ހިންގާ ޑިސްޓަންޓް ލަރނިންގ
ކޯސްތަކުގައި ވެސް އޮފީހުގެ މަސައްކަތަށް ދަތިނުވާނޭ ގޮތެއްގެ މަތީން
ބައިވެރިވެވިދާނެއެވެ. މިފަދަ ޕުރޮގުރާމުތަކުގައި ބައިވެރިވާ މުވައްޒަފުން
އެ ޕުރޮގުރާމެއްގައި ބައިވެރިވާ އިރު އޮފީހުގެ މަސައްކަތަށް ދަތިނުވާނޭ ގޮތަށް
އިންތިޒާމުތައް ހަމަޖެއްސުމަށް ސަމާލުކަން ދޭންވާނެއެވެ.
(ކ) މި އޮފީހުގެ މުވައްޒަފަކު އިތުރު ތަމްރީނެއް ފުރިހަމަކުރުމުން، މުވައްޒަފަކު ހުރި
މަގާމަށް ވުރެ މަތީ މަގާމެއްގެ ށަރުތު ހަމަވިކަމުގައި ވީނަމަވެސް، އެ މުވައްޒަފަކު
އެ މަގާމަކަށް ބަދަލުކުރެވޭނީ، މި އޮފީހުގެ މުވައްޒަފުންނަށް ކުރިއެރުން ދިނުމާ
ބެހޭގޮތުން މި ގަވާއިދުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(އ) މި އޮފީހުން މުވައްޒަފުން ތަމްރީނު ކުރުމުގައި އޮފީހުގެ ވީހައިވެސް ގިނަ މުވައްޒަފުންނަށް
ފުރުސަތު ލިބިދެވޭނެ އުސޫލަކުން އަމަލުކުރުމަށް އިސްކަންދޭންވާނެއެވެ.
(ވ) މުވައްޒަފުން ފޮނުވޭ ނުވަތަ ބައިވެރިކުރެވޭ ތަމްރީނު ޕުރޮގު ރާމަކީ އޮފީހުގެ
މަސައްކަތަށާއި މުވައްޒަފުގެ ކުރިއެރުމަށާއި ތަރައްގީއަށް ބޭނުންތެރި އަދި އޮފީހުގެ
ތަމްރީނު ރިކުއަރމަންޓުގައި އަދި/ނުވަތަ އޮފީހުގެ މަސައްކަތް ކުރިއެރުވުމަށް ބޭނުންތެރި
ތަމްރީނު ޕުރޮގުރާމަކަށް ވާންވާނެއެވެ.
(މ) ތަމްރީނު ޕުރޮގުރާމެއް ފުރިހަމަކުރުމަށް އޮފީހުގެ މަސައްކަތުން ވީއްލައިފައި ހުންނަ
މުވައްޒަފަކު، މަގްބޫލު އުޒުރެއް މެދުވެރިވެގެން އެ ތަމްރީނު ޕުރޮގުރާމު
ފުރިހަމަނުކުރެވުމުގެ ސަބަބުން އެ މުއްވައްޒަފަކު ވީއްލައިފައިވާ މުއްދަތު އިތުރުކުރުމަށް
ބޭނުންވެގެން، ސަބަބު ބަޔާންކޮށް އެކަން މި އޮފީހަށް ހުށަހަޅައިފި ނަމަ، ތަމްރީނު ޕުރޮގުރާމު ފުރިހަމަނުކުރެވުނު ސަބަބަށް ރިއާޔަތްކޮށް، އެ މުވައްޒަފަކު ވީއްލައިފައިވާ
މުއްދަތު އިތުރުކޮށްދިނުމުގެ އިހުތިޔާރު މި އޮފީހަށް ލިބިގެންވެއެވެ.

 

174 ވަނަ މާޢްދާ - އޮފީހުގެ ތަމްރީނު ރިކުއަރމަންޓާއި ތަމްރީނު ގެ ޕްލޭން ތައްޔާރުކުރުން

(ހ) މި އޮފީހުގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ބޭނުންވާ ތަމްރީނުތައް ދެނެގަނ،ެ
މި އޮފީހުގެ ސެކްށަންތަކާއި އެކަޑަމީގެ މަށްވަރާޔާއެކު ތަމްރީނު ރިކުއަރމަންޓް
ތައްޔާރުކުރުމަށްފަހު، އެ ތަމްރީނު ރިކުއަރމަންޓުގެ ދަށުން މި އޮފީހުގެ
މުވައްޒަފުންނަށް، ކުރިޔަށް އޮތް އަހަރު ހިންގޭނެ ތަމްރީނު ޕުރޮގުރާމުތައް
އެކުލަވައިލައި، ކޮންމެ އަހަރެއްގެ މޭމަސް ނިމުމުގެ ކުރިން، ކުރިޔަށް އޮތް އަހަރުގެ
ތަމްރީނު ރިކުއަރމަންޓް، ހިއުމަން ރިސޯސް ސެކްށަނު ން އެކުލަވައިލައި
އާންމުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަމްރީނު ރިކުއަރމަންޓް، ހިއުމަން ރިސޯސް
ސެކްށަނުން އެކުލަވައިލުމުން، އެ ތަމްރީނު ރިކުއަރމަންޓާ އެއްގޮތަށް ތަމްރީނު
ޕްލޭނެއް އެކުލަވައިލައި، ކޮންމެ އަހަރެއްގެ ޖޫންމަސް ނިމުމުގެ ކުރިން، އެކަޑަމީން،
ހިއުމަން ރިސޯސް ސެކްށަނަށް ފޮނުވަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، ކުރިޔަށް އޮތް އަހަރުގެ ތަމްރީނު
ރިކުއަރމަންޓާއި، އޭގެ ދަށުން މި އޮފީހުގެ މުވައްޒަފުންނަށް، ކުރިޔަށް އޮތް އަހަރު
ހިންގޭނެ ތަމްރީނު ޕުރޮގުރާމުތަކުގެ މައްޗަށް ބިނާކޮށް އެކުލަވައިލެވޭ ތަމްރީނު ޕްލޭން
އެކުލަވައިލައި، އެ ޕްލޭނާ އެއްގޮތަށް ޕުރޮގުރާމުތައް ހިންގުމަށް ޓަކައި ހިނގާނޭކަމަށް
ލަފާކުރާ ހަރަދު ކުރި ޔަށް އޮތް އަހަރުގެ ބަޖެޓުގައި ހިމެނުމަށް ޓަކައި، ހިނގަމުންދާ
އަހަރުގެ ޖުލައިމަސް ނިމުމުގެ ކުރިން މި އޮފީހުގެ ބަޖެޓު ސެކްށަނަށް، ހިއުމަން
ރިސޯސް ސެކްށަނުން ހުށަހަޅަންވާނެއެވެ.
(ރ) ކުރިޔަށް އޮތް އަހަރަށް، ރައްޔިތުންގެ މަޖިލީހުން މި އޮފީހަށް ކަނޑަައަޅާ ފާސްކުރާ
ބަޖެޓުގައި، މި މާއްދާގެ (ނ) ގެ ދަށުން މި އޮފީހުން ހުށަހެޅި އަދަދަށް ފައިސާ
ހިމެނިފައިނުވާ ނަމަ، އެ އަހަރަށް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅި ބަޖެޓުގައި
ތަމްރީނު ޕުރޮގުރާތަކަށް ލިބިފައިވާ ފައިސާގެ މިންވަރަށް ބަލައި، ތަމްރީނު ޕްލޭން
އިތުރަށް މުރާޖާކުރަންޖެހޭ ނަމަ، އެކަން ކުރުމަށްފަހު، ލިބިފައިވާ ބަޖެޓަށް ފެތޭ ގޮތަށް،
ޕްރޮސިކިއުޓަރ ޖެނެރަލްގެ ލަފާގެ މަތީން، އެ އަހަރެއްގެ ތަމްރީނު ޕްލޭނަށް
ބަދަލުގެނައުމުގެ އިހުތިޔާރު އެކަޑަމީއަށް ލިބިގެންވެއެވެ.

 

175 ވަނަ މާޢްދާ - ތަމްރީނު ޕުރޮގުރާމުތަކަށް މީހުން ހޮވުން

މި އޮފީހުން ހިންގާ އަދި/ނުވަތަ މި އޮފީހަށް ލިބޭ ތަމްރީނު ޕުރޮގުރާމުތަކުގައި ބައިވެރިކުރާނެ
މުވައްޒަފުން ހޮވުމުގައި، އާންމު އުސޫލެއްގެ ގޮތުން އަމަލުކުރާނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.

(ހ) ތަމްރީނު ޕުރޮގުރާމުގައި ބައިވެރިވުމަށް ށައުގުވެރިވާ މުވައްޒަފުން ކުރިމަތިލުމަށް،
އެ ޕުރޮގުރާމެއްގައި ބައިވެރިވުމުގެ އެންމެ ދަށް ށަރުތު ހަމަވާ ހުރިހާ
މުވައްޒަފުންނަށް، އޮފީހުގެ ރަސްމީ އ-ީމެއިލް މެދުވެރިކޮށް އެކަޑަމީން
އަންގަންވާނެއެވެ. މިގޮތަށް އަންގާ އެންގުމުގައި، ތިރީގައިވާ މައުލޫމާތު
ހިމަނަންވާނެއެވެ.
)1( ތަމްރީނު ޕުރޮގުރާމާބެހޭ މައުލޫމާތު؛
)2( ބައިވެރިވުމުގެ ށައުގުވެރިކަން ފާޅުކޮށް ހުށަހަޅަންޖެހޭ ސުންގަޑިއާއި،
ށައުގުވެރިކަން ހުށަހަޅަންވީ ގޮތް؛
)3( ޕުރޮގުރާމުގައި ބައިވެރިވާ މުވައްޒަފުންގެ ކިބައިގައި ފުރިހަމަވާންޖެހޭ އެންމެ
ދަށް ށަރުތު؛
)4( ޕުރޮގުރާމުގައި ބައިވެރިކުރުމަށް ހަމަޖެހިފައިވާ މުވައްޒަފުންގެ އަދަދު؛
)5( ޕުރޮގުރާމަށް މުވައްޒަފުން ހޮވުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފުސީލ.ު

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، އެކަޑަމީން އަންގާ އެންގުމުގައިވާ ސުންގަޑީގެ
ކުރިން، ޕުރޮގުރާމުގައި ބައިވެރިވުމަށް ށައުގުވެރިވާ މުވައްޒަފުން، އެ އެންގުމުގައި
ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެކަން އެކަޑަމީއަށް އަންގަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން، ތަމްރީނު ޕުރޮގުރާމެއްގައި ބައިވެރިވުމުގެ
ށައުގުވެރިކަން ފާޅުކުރާ މުވައްޒަފުންގެ ތެރެއިން ޕުރޮގުރާމުގައި ބައިވެރިކުރާނެ
މުވައްޒަފުން ހޮވުމުގެ ކަންކަން ކުރިޔަށްގެންދާނީ، ހިއުމަން ރިސޯސް ސެކްށަނުގެ
އެހީޔާއެކު، އެކަޑަމީންނެވެ.
(ރ) އާންމު އުސޫލެއްގެ ގޮތުން، މި އޮފީހުން ހިންގާ އަދި/ނުވަތަ މި އޮފީހަށް ލިބޭ ތަމްރީނު
ޕުރޮގުރާމުތަކުގައި ބައިވެރިކުރާނެ މުވައްޒަފުން ހޮވާނީ، މި މާއްދާގެ (ށ) ގައި
ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެ ޕުރޮގުރާމެއްގައި ބައިވެރިވުމުގެ ށައުގުވެރިކަން
ފާޅުކޮށް ހުށަހަޅައިފައިވާ ފަރާތްތަކުގެ ތެރެއިން، ބޭނުންވާ އަދަ ދަށް ވުރެ އިތުރަށް
މުވައްޒަފުން ކުރިމަތިލައިފައިވާ ނަމަ، އެ ޕުރޮގުރާމެއްގައި ބައިވެރިވުމުގެ އެންމެ ދަށް
ށަރުތު ހަމަވާ ފަރާތްތަކާއެކު، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އެކުލަވައިލެވޭ
އިންޓަވިއު ޕެނަލަކުން އިންޓަވިއުކުރުމަށްފަހު، އެ އިންޓަވިއުގެ ނަތީޖާގެ މައްޗަށް
ބިނާކޮށެވެ.

(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޕުރޮގުރާމުގައި
ބައިވެރިކުރާނެ މުވައްޒަފުން ކަނޑައެޅުމަށް ލިބިފައިވާ ވަގުތު ތަންނުދޭ ނަމަ،
ށައުގުވެރިކަން ފާޅުކޮށްފައިވާ މުވައްޒަފުން، އެ ޕުރޮގުރާމެއްގައި ބައިވެރިވުމުގެ
ށަރުތު ހަމަވާ މިންވަރު ބަލައި، އެންމެ މަތިން ށަރުތު ހަމަވާ ވަކި އަދަދެއްގެ
މުވައްޒަފުންނާ އިންޓަވިއުކުރުމަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ ހުއްދަޔާއެކު،
ނިންމުމުގެ އިހުތިޔާރު، އެކަޑަމީއަށް ލިބިގެންވެއެވެ.

(ޅ) މި މާއްދާގެ (ރ) އާއި (ބ) ގައިވާ ގޮތުގެ މަތީން އިންޓަވިއުކުރާނީ، އެކަމަށް ޓަކައި
ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ އޮނަހިރި އަދަދެއްގެ މެންބަރުންގެ މައްޗަށް
އެކުލެވޭ އިންޓަވިއު ޕެނަލަކުންނެވެ. އަދި މި ޕެނަލުގައި ޕްރޮސިކިއުޓަރ ޖެނެރަލް
އަދި/ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅ،ާ މަދުވެގެން 1 (އެކެއް) ޑެޕިއުޓީ
ޕްރޮސިކިއުޓަރ ޖެނެރަލްއާއި، މަދުވެގެން 1 (އެކެއް) އެސިސްޓަންޓް ޕްރޮސިކިއުޓަރ
ޖެނެރަލް ހިމެނެންވާނެއެވެ.
(ކ) މި މާއްދާގެ (ރ) އާއި (ބ) ގައިވާ ގޮތުގެ މަތީން ކުރެވޭ އިންޓަވިއުގައި ބަލާނީ
ތިރީގައިވާ ކަންކަމަށެވެ.
)1( އެ ޕުރޮގުރާމާ ގުޅޭގޮތުން ދިރާސާކޮށްފައިވާ މިންވަރު؛
)2( އެ ޕުރޮގުރާމުން ދަސްކުރުމަށް އެ މުވައްޒަފަކު ގަސްތުކޮށްފައިވާ ކަންކަމާއި،
އިލްމާއި، ހުނަރު؛
)3( އެ ޕުރޮގުރާމުގައި އެ މުވައްޒަފަކު ބައިވެރިކުރަންޖެހޭކަމަށް މުވައްޒަފަށް
ގަބޫލުކުރެވޭ ސަބަބުތައް؛
)4( އެ ޕުރޮގުރާމުން ދަސްކުރާ ކަންކަމާއި، ލިބޭ އިލްމާއި ހުނަރު އޮފީހުގެ
މަސައްކަތުގައި ބޭނުންކުރަން ހުށަހަޅާ ގޮތް؛
)5( އެ މުވައްޒަފަކު، އެ ޕުރޮގުރާމުގައި ބައިވެރިކުރުމުގެ ސަބަބުން އޮފީހަށް ލިބޭނެ
ފައިދާކަމަށް އެ މުވައްޒަފު ބަޔާންކުރާ ކަންކަން؛
)6( އެ ތަމްރީނު ޕުރޮގުރާމު ފުރިހަމަކުރުމަށް ބޭނުންވާ ގާބިލުކަން ހުރި މިންވަރު؛
)7( އެ މުވައްޒަފަކީ ކުރިން ތަމްރީނު ޕު ރޮގުރާމަކަށް ފޮނުވައިފައިވާ މުވައްޒަފެއް
ނަމަ، އެ މުވައްޒަފު ތަމްރީނުކުރެވުނު ދާއިރާއިން އޮފީހުގެ މަސައްކަތުގައި
ހިއްސާކޮށްފައިވާ މިންވަރު؛

)8( އެ ޕުރޮގުރާމުގެ މަގުސަދުތަކާއި، އަމާޒުކުރާ ފަރާތްތަކާއި، ކުރިމަތިލައިފައިވާ
މުވައްޒަފު ކުރާ މަސައްކަތާ އަޅައިބަލައި، އެ މުވައްޒަފަކީ އެ ޕުރޮގުރާމަށް
އެކަށީގެންވާ މުވައްޒަފެއްކަން؛
)9( އެ މުވައްޒަފު އޮފީހުގައި މަސައްކަތްކޮށްފައިވާ ގޮތަށާއި، މުއްދަތަށާއި،
އެ ތަމްރީނާ ގުޅުންހުރި ދާއިރާއިން އެ މުވައްޒަފަކަށް ލިބިފައިވާ
ތަޖުރިބާއަށާއި، އެ މުވައްޒަފެއްގެ މަސައްކަތުގެ އަހުލާގު؛
)10( މަތީގައިވާ ކަންކަމުގެ އިތުރުން ވެސް، އެ ޕުރޮގުރާމަށް އެންމެ އެކަށޭނަ
މުވައްޒަފުން ކަނޑައެޅުމަށް ސާފުކުރަން ބޭނުންވާކަމަށް އިންޓަވިއު ޕެނަލަށް
ފެންނަ ކަންކަން.
(އ) އާންމު އުސޫލެއްގެ ގޮތުން، މި އޮފީހުން ހިންގާ އަދި/ނުވަތަ މި އޮފީހަށް ލިބޭ ތަމްރީނު
ޕުރޮގުރާމުތަކުގައި ބައިވެރިކުރާނެ މުވައްޒަފުން ހޮވާނީ، މި މާއްދާގެ (ށ) ގައި
ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެ ޕުރޮގުރާމެއްގައި ބައިވެރިވުމުގެ ށައުގުވެރިކަން
ފާޅުކޮށް ހުށަހަޅައިފައިވާ މުވައްޒަފުންގެ ތެރެއިން، އެ ޕުރޮގުރާމެއްގައި ބައިވެރިވުމުގެ
އެންމެ ދަށް ށަރުތު ހަމަވާ މުވައްޒަފުންނ،ާ އިންޓަވިއު ޕެނަލަކުން
އިންޓަވިއުކުރުމަށްފަހު، އެ އިންޓަވިއުގެ ނަތީޖާގެ މައްޗަށް ބިނާކޮށްކަމަށް ވީނަމަވެސް،
ތިރީގައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެ ނަމަ، އާންމުކޮށް
އިއުލާނުކުރުމަކާ ނުލައި އަދި/ނުވަތަ އިންޓަވިއު ކުރުމަކާ ނުލައި، ޕުރޮގުރާމުގައި
ބައިވެރިކުރާނެ މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް ކަނޑައެޅުމުގެ އިހުތިޔާރު،
ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.
)1( ޕުރޮގުރާމުގައި ބައިވެރިކުރާނެ މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް
ކަނޑައެޅުމަށް ޓަކައި އިންޓަވިއުކޮށްގެން އެކަން ކުރާނެވަރަށް އެކަށީގެންވާ
ވަގުތު ނެތުން؛
)2( ޕުރޮގުރާމަކީ، ވަކި ބާވަތެއްގެ މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަ
ޕުރޮގުރާމަކަށްވުން؛
)3( ޕުރޮގުރާމުގައި ބައިވެރިވުމަށް ފުރުސަތުދޭ ފަރާތުން މި އޮފީހުގެ
ވަކި މުވައްޒަފެއް ނުވަތަ ވަކި މުވައްޒަފުންތަކެއް އެ ޕު ރޮގުރާމުގައި
ބައިވެރިކޮށްދިނުމަށް އެދިފައިވުން؛

)4( ޕުރޮގުރާމުގެ ސަބަބުން އޮފީހަށް އެންމެ މަންފާކުރާނީ، އެ ޕުރޮގުރާމެއްގައި
އޮފީހުގެ ވަކި މުވައްޒަފެއް ނުވަތަ ވަކި މުވައްޒަފުންތަކެއް
ބައިވެރިކޮށްގެންކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފެނުން.
(ވ) މި މާއްދާގެ (އ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދީފައިވާ އިހުތިޔާރުގެ
ދަށުން ޓްރޭނިންގ ޕުރޮގުރާމު ތަކުގައި ބައިވެރިކުރާ މި އޮފީހުގެ މުވައްޒަފުން
ކަނޑައެޅުމުގައި، އަދުލުވެރިކަމާއި އިންސާފުވެރިކަމާއި ހަމަހަމަކަމަށް ސަމާލުކަން
ދޭންވާނެއެވެ.

 

176 ވަނަ މާޢްދާ - ތަމްރީނު ގެ ފުރުސަތު ދޫކޮށްލުން ނުވަތަ ޕުރޮގުރާމު ފުރިހަމަނުކުރުން

(ހ) މި އޮފީހުގެ މުވައްޒަފަކަށް، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ތަމްރީނު
ޕުރޮގުރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވަނިކޮށް، ގަބޫ ލުކުރެވޭ މަގުބޫލު
ސަބަބެއް ނެތި އެ ޕުރޮގުރާމުގައި ބައިވެރިނުވެއްޖެ ނަމަ ނުވަތަ އެ ޕުރޮގުރާމު
ފުރިހަމަނުކޮށްފި ނަމަ ނުވަތަ އެ ޕުރޮގުރާމެއް ފުރިހަމަކުރުމުގައި ދޭންޖެހޭ ސަމާލުކަން
އެކަށީގެންވާ މިންވަރަށް ދީފައިނުވާ ނަމަ، އެ މުވައްޒަފަކަށް ވަކި މުއްދަތަކަށް
އިތުރު ތަމްރީނު ޕުރޮގުރާމުތަކުން ފުރުސަތު ނުދިނުމުގެ އިހުތިޔާރު، ޕްރޮސިކިއުޓަރ
ޖެނެރަލްއަށް ލިބިގެންވެއެވެ.
(ށ) މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ތަމްރީނު ޕުރޮގުރާމަށް ހޮވި ފައިވާ މުވައްޒަފަކު
އެ ފުރުސަތު ދޫކޮށްލާ ހާލަތުގައި، އެކަށީގެންވާ ވަގުތު އޮތް ނަމަ، އެހެން
މުވައްޒަފަކަށް އެ ފުރުސަތު ދެވޭނެއެވެ. އާންމު އުސޫލެއްގެ ގޮތުން، މިގޮތުގެ މަތީން
ފުރުސަތު ދެވޭނީ، އެ ޕުރޮގުރާމަކަށް އިންޓަވިއުކޮށްގެން މާކުސް ލިބިފައިވާ ގޮތުގެ
ތަރުތީބަށް ބަލައި، ދެން އެންމެ ގިނައިން މާކުސް ހޯދި މުވައްޒަފަކަށެވެ. އަދި ފުރުސަތު
ދޫކޮށްލި މުވައްޒަފު ޕުރޮގުރާމަށް ހޮވިފައިވަނީ އިންޓަވިއުކުރުމަކާ ނުލައި ނަމަ،
ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ މުވައްޒަފަކަށެވެ.

 

177 ވަނަ މާޢްދާ - އިސްކަންދިނުން 

މި އޮފީހުން ހިންގާ އަދި/ނުވަތަ މި އޮފީހަށް ލިބޭ ތަމްރީނު ޕުރޮގުރާމުތަކުގައި ބައިވެރިކުރާނެ
މުވައްޒަފުން ހޮވުމުގައި އަމަލުކުރަންވާނީ، އެ ޕުރޮގުރާމަށް ށަރުތުހަމަވާ މުވައްޒަފުންގެ
ތެރެއިން، މި އޮފީހުގެ ފަރާތުން ބައިވެރިކޮށްފައިވާ ތަމްރީނު ޕުރޮގުރާމެއްގައި ބައިވެރިވީފަހުން
އެންމެ ގިނަ ދުވަސްވީ މުވައްޒަފަށް އިސްކަންދޭ އުސޫލުންނެވެ.

 

178 ވަނަ މާޢްދާ - ވަކި މުއްދަތަކަށް ތަމްރީނު ޕުރޮގުރާމުތަކުގައި ބައިވެރިނުކުރުން

މި އޮފީހުގެ މުވައްޒަފުންގެ ތެރެއިން، އެ މުވައްޒަފެއްގެ ވަޒީފާ އަދާކުރުމުގައި ވޭތުވެދިޔަ
2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި އިސްލާހީ ފިޔަވަޅެއްގެ ގޮތުން ލިޔުމުން އިންޒާރު ދެވިފައިވާ
މުވައްޒަފުން، ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ވަކި މުއްދަތަކަށް، މި އޮފީހުން ހިންގާ
އަދި/ނުވަތަ މި އޮފީހަށް ލިބޭ ތަމްރީނު ޕުރޮގުރާމުތަކުގައި ބައިވެރިނުކުރުމުގެ އިހުތިޔާރު
މި އޮފީހަށް ލިބިގެންވެއެވެ.

 

179 ވަނަ މާޢްދާ - ތަމްރީނު ޕުރޮގުރާމުތަކުގައި މުވައްޒަފުން ބައިވެރިކުރުމަށް ކުރާ ހަރަދު

މި އޮފީހުން ހިންގާ އަދި/ނުވަތަ މި އޮފީހަށް ލިބޭ ތަމްރީނު ޕުރޮގުރާމުތަކުގައި، މި އޮފީހުގެ
މުވައްޒަފުން ބައިވެރިކުރުމަށް އެއްވެސް ހަރަދެއް ހިނގާ ނަމަ، އަދި އެ ހަރަދެއް ކުރަންޖެހެނީ
މި އޮފީހުން ނަމަ، އެ ހަރަދެއް ކުރާނީ، އެ އަހަރަށް ރައްޔިތުންގެ މަޖިލީހުން މި އޮފީހަށް
ކަނޑައެޅި ބަޖެޓުގައި ތަމްރީނު ޕު ރޮގުރާތަކަށް ލިބިފައިވާ ފައިސާއިން އަދި/ނުވަތަ މި އޮފީހުގެ
ނަމުގައި މާލީ ވުޒާރާގައި ހުޅުވައިފައިވާ ޓްރަސްޓް ފަންޑަށް އެކި ފަރާތަކުން ޖަމާކޮށްފައިވާ
ފައިސާގެ ތެރެއިން ތަމްރީނު ޕުރޮ ގުރާމުތަކަށް ހަރަދުކުރުމަށް ކަނޑައެޅިފައިވާ ފައިސާއިންނެވެ.

 

180 ވަނަ މާޢްދާ - ތަމްރީނުތަކަށް ފޮނުވޭ މުވައްޒަފުންގެ އިގުރާރު

މި އޮފީހަށް ލިބޭ ތަމްރީނު ޕުރޮގުރާމުތަކުގައި، މި އޮފީހުގެ މުވައްޒަފުންނަށް ބައިވެރިވެވޭނީ،
މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، އޮފީހަށް ހިދުމަތްކުރުމަށް އެ މުވައްޒަފަކު އިގުރާރުވެ،
އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމުންނެވެ.

 

181 ވަނަ މާޢްދާ - ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިންގޭ ދިގު މުއްދަތުގެ ތަމްރީނު ޕުރޮގުރާމުތަކުގައި މި އޮފީހުން މުވައްޒަފުން ބައިވެރިވުން

(ހ) ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިންގޭ ދިގު މުއްދަތުގެ ތަމްރީނު ޕުރޮގުރާމުތަކުގައި
މި އޮފީހުން ބައިވެރިކުރާ މުވައްޒަފުން، ތިރީގައިވާ ގޮތުގެ މަތީން އޮފީހަށް
ހިދުމަތްކުރަންވާނެއެވެ.
)1( ތަމްރީނު ޕުރޮގުރާމުގެ މުއްދަތަކީ، 3 (ތިނެއް) މަސްދުވަސް ނުވަތަ
އެޔަށް ވުރެ ކުރު މުއްދަތެއް ނަމަ، 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް.
އަދި މުސާރަ ޔާ އެއްވަރުގެ އިނާޔަތެއް ލިބޭގޮތަށް ދާ ނަމަ، 9 )ނުވައެއް(
މަސްދުވަސް؛
)2( ތަމްރީނު ޕުރޮގުރާމުގެ މުއްދަތަކީ، 3 (ތިނެއް) މަސްދުވަހާއި 6 (ހައެއް)
މަސްދުވަހާ ދެމެދުގެ މުއްދަތެއް ނަމަ، 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަށް.
އަދި މުސާރަ ޔާ އެއްވަރުގެ އިނާޔަތެއް ލިބޭގޮތަށް ދާ ނަމަ، 3 (ތިނެއް)
އަހަރުދުވަސް؛
)3( ތަމްރީނު ޕުރޮގުރާމުގެ މުއްދަތަކީ، 6 (ހައެއް) މަސްދުވަހާއި 1 (އެކެއް)
އަހަރުދުވަހާ ދެމެދުގެ ނުވަތަ 1 (އެކެއް) އަހަރުދުވަހުގެ މުއްދަތެއް ނަމަ،
3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށް. އަދި މުސާރަ ޔާ އެއްވަރުގެ އިނާޔަތެއް
ލިބޭގޮތަށް ދާ ނަމަ، 4 (ހަތަރެއް) އަހަދުވަހާއި 6 (ހައެއް) މަސްދުވަސް؛
)4( ތަމްރީނު ޕުރޮގުރާމުގެ މުއްދަތަކީ، 1 (އެކެއް) އަހަރުދުވަހާއި 2 (ދޭއް)
އަހަރުދުވަހާ ދެމެދުގެ ނުވަތަ 2 (ދޭއް) އަހަރުދުވަހުގެ މުއްދަތެއް ނަމަ،
4 (ހަތަރެއް) އަހަރުދުވަހުގެ މުއްދަތަށް. އަދި މުސާރަޔާ އެއްވަރުގެ އިނާޔަތެއް
ލިބޭގޮތަށް ދާ ނަމަ، 6 (ހައެއް) އަހަރުދުވަސް؛ 

)5( ތަމްރީނު ޕުރޮގުރާމުގެ މުއްދަތަކީ، 2 (ދޭއް) އަހަރުދުވަހާއި 4 (ހަތަރެއް)
އަހަރުދުވަހާ ދެމެދުގެ މުއްދަތެއް ނަމަ، 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް.
އަދި މުސާރަޔާ އެއްވަރުގެ އިނާޔަތެއް ލިބޭގޮތަށް ދާ ނަމަ، 7 (ހަތެއް)
އަހަރުދުވަހާއި 6 (ހައެއް) މަސްދުވަސް؛
)6( ތަމްރީނު ޕުރޮގުރާމުގެ މުއްދަތަކީ، 4 (ހަތަރެއް) އަހަރުދުވަ ހަށް ވުރެ
ދިގު މުއްދަތެއް ނަމަ، 7 (ހަތެއް) އަހަރުދުވަހުގެ މުއްދަތަށް. އަދި މުސާރަޔާ
އެއްވަރުގެ އިނާޔަތެއް ލިބޭގޮތަށް ދާ ނަމަ، 9 )ނުވައެއް( އަހަ ރުދުވަހާއި
6 (ހައެއް) މަސްދުވަސް.
(ށ) ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިންގޭ ދިގު މުއްދަތުގެ ތަމްރީނު ޕުރޮގުރާމުތަކުގައި
މި އޮފީހުން ބައިވެރިކުރާ މުވައްޒަފުންނަށް، ތަމްރީނު ޕުރޮގު ރާމުގެ މުއްދަތުގައި
އެ މުވައްޒަފެއްގެ އަސާސީ މުސާރަޔާ އެއްވަރުގެ އިނާޔަތެއް ލިބިދެވޭނީ، މި އޮފީހާއި
އެ މުވައްޒަފާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން، މި މާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާ މުއްދަތުގެ އިތުރުން، އިތުރު މުއްދަތަކަށް މި އޮފީހަށް ހިދުމަތްކުރުމަށް
ލާޒިމުވާ ގޮތަށެވެ.
(ނ) ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިންގޭ ކުރު މުއްދަތުގެ ތަމްރީނު ޕުރޮގުރާމުތަކުގައި
މި އޮފީހުން ބައިވެރިކުރާ މުވައްޒަފުންނަށް، އެ ޕުރޮގުރާމެއްގައި ބައިވެރިކުރުމުގެ
ކުރިން، އެކަމުގެ މުގާބިލުގައި، ދެފަރާތުން އެއްބަސްވާ ވަކި މުއްދަތަކަށް މި އޮފިހަށް
ހިދުމަތްކުރުމަށް ލާޒިމުކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

182 ވަނަ މާޢްދާ - ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިންގޭ ދިގު މުއްދަތުގެ ތަމްރީނު ޕުރޮގުރާމުތަކުގައި އަމިއްލަގޮތުން މުވައްޒަފުން ބައިވެރިވުން

ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިންގޭ ދިގު މުއްދަތުގެ ތަމްރީނު ޕުރޮގުރާމުތަކުގައި
އަމިއްލަގޮތުން ބައިވެރިވާ މި އޮފީހުގެ މުވައްޒަފުންގެ ތެރެއިން، ތަމްރީނު ޕުރޮގުރާމުގެ
މުއްދަތުގައި އެ މުވައްޒަފުގެ އަސާސީ މުސާރަޔާ އެއްވަރުގެ އިނާޔަތެއް ލިބޭގޮތަށް ދާން
ބޭނުންވާ މުވައްޒަފުން، ތިރީގައިވާ ހިދުމަތްކުރަންޖެހޭ މުއްދަތަށް މި އޮފީހަށް ހިދުމަތްކުރުމަށް
އެއްބަސްވެ، ސޮއިކުރަންވާނެއެވެ.
(ހ) ތަމްރީނު ޕުރޮގުރާމުގެ މުއްދަތަކީ، 3 (ތިނެއް) މަސްދުވަސް ނުވަތަ އެޔަށް ވުރެ ކުރު
މުއްދަތެއް ނަމަ، 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް.
(ށ) ތަމްރީނު ޕުރޮގުރާމުގެ މުއްދަތަކީ، 3 (ތިނެއް) މަސްދުވަހާއި 6 (ހައެއް) މަސްދުވަހާ
ދެމެދުގެ މުއްދަތެއް ނަމަ، 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް.

(ނ) ތަމްރީނު ޕުރޮގުރާމުގެ މުއްދަތަކީ، 6 (ހައެއް) މަ ސްދުވަހާއި 1 (އެކެއް) އަހަރުދުވަހާ
ދެމެދުގެ ނުވަތަ 1 (އެކެއް) އަހަރުދުވަހުގެ މުއްދަތެއް ނަމަ، 1 (އެކެއް) އަހަރުދުވަހާއި
6 (ހައެއް) މަސްދުވަސް.
(ރ) ތަމްރީނު ޕުރޮގުރާމުގެ މުއްދަތަކީ، 1 (އެކެއް) އަހަރުދުވަހާއި 2 (ދޭއް) އަހަރުދުވަހާ
ދެމެދުގެ ނުވަތަ 2 (ދޭއް) އަހަރުދުވަހުގެ މުއްދަތެއް ނަމަ، 2 (ދޭއް) އަހަރުދުވަހުގެ
މުއްދަތަށް.
(ބ) ތަމްރީނު ޕުރޮގުރާމުގެ މުއްދަތަކީ، 2 (ދޭއް) އަހަރުދުވަހާއި 4 (ހަތަރެއް) އަހަރުދުވަހާ
ދެމެދުގެ ނުވަތަ 4 (ހަތަރެއް) އަހަރުދުވަހުގެ މުއްދަތެއް ނަމަ، 2 (ދޭއް) އަހަރުދުވަހާއި
6 (ހައެއް) މަސްދުވަހުގެ މުއްދަތަށް.
(ޅ) ތަމްރީނު ޕުރޮގުރާމުގެ މުއްދަތަކީ، 4 (ފަހެއް) އަހަރުދުވަހަށް ވުރެ ދިގު
މުއްދަތެއް ނަމަ، 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށް.

 

183 ވަނަ މާޢްދާ - ތަމްރީނު ޕުރޮގުރާމަށް ބަދަލުގެނައުމާއި ތަމްރީނު ޕުރޮގުރާމުން ފާސްނުވުން

މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، އޮފީހަށް ހިދުމަތްކުރުމަށް އެއްބަސްވެގެން ތަމްރީނު
ޕުރޮގުރާމެއްގައި ބައިވެރިވެފައިވާ މުވައްޒަފަކު އެ ޕުރޮގުރާމެއް ފުރިހަމަނުކޮށް ހުއްޓައިލާ ނަމަ
ނުވަތަ އެ ޕުރޮގުރާމަކުން ފާސްނުވެއްޖެ ނަމަ، ލަސްނުކޮށް އެކަން އޮފީހަށް އަންގަންވާނެއެވެ.
އަދި ތަމްރީނު ޕުރޮގުރާމުގެ މުއްދަތަށް ނުވަތަ އެނޫންވެސް ކަމަކަށް ބަދަލެއް ގެންނަން
ޖެހިއްޖެ ނަމަ، އެ ބަދަލެއް ގެންނަވާނީ، އޮފީހުގެ ހުއްދަ ހޯދުމަށްފަހުގައެވެ.

 

184 ވަނަ މާޢްދާ - ތަމްރީނު ޕުރޮގުރާމު ފުރިހަމަކޮށް އެންގުމާއި ސެޓުފިކެޓު ހުށަހެޅުން

(ހ) މި އޮފީހުގެ މުވައްޒަފުން ބައިވެރިވާ ތަމްރީނު ޕުރޮގުރާމުތަކުގެ ތެރެއިން
ދިވެހިރާއްޖޭގައި ހިންގޭ ޕުރޮގުރާމުތަކުގައި ބައިވެރިވާ މުވައްޒަފުން، އެ މުވައްޒަފަކު
ބައިވެރިވި ތަމްރީނު ޕުރޮގުރާމު ނިމޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި، ހިއުމަން
ރިސޯސް ސެކްށަނަށް އެކަން އަންގަންވާނެއެވެ.
(ށ) މި އޮފީހުގެ މުވައްޒަފުން ބައިވެރިވާ ތަމްރީނު ޕުރޮގުރާމުތަކުގެ ތެރެއިން ރާއްޖެއިން
ބޭރުގައި ހިންގޭ ޕުރޮގުރާމުތަކުގައި ބައިވެރިވާ މުވައްޒަފުން، އެ މުވައްޒަފަކު ބައިވެރިވި
ތަމްރީނު ޕުރޮގުރާމު ނިމޭ ދުވަހުން ފެށިގެން ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި
ރާއްޖެ އައުމަށްފަހު، ހިއުމަން ރިސޯސް ސެކްށަނަށް އެކަން އަންގަންވާނެއެވެ.
(ނ) މި އޮފީހުގެ މުވައްޒަފުން ބައިވެރިވާ ތަމްރީނު ޕުރޮގުރާމުތައް ފުރިހަމަކުރުމުން
އެ މުވައްޒަފަކަށް ލިބޭ ސެޓު ފިކެޓާއި، ޓްރާންސްކްރިޕްޓެއް ލިބިފައިވާ ނަމަ،
އެ ޓްރާންސްކްރިޕްޓުގެ އެޓެސްޓް ކޮށްފައިވާ ކޮޕ،ީ ތަމްރީނު ޕުރޮގުރާމު ފުރިހަމަކުރާ
ދުވަހުން ފެށިގެން ގިނަވެގެން 14 )ސާދަ( ދުވަހުގެ ތެރޭގައި ހިއުމަން ރިސޯސް
ސެކްށަނަށް ހުށަހަޅަންވާނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ސެޓުފިކެޓު އަދި/ނުވަތަ ޓްރާންސްކްރިޕްޓް ލިބިފައިނުވާ ނަމަ، ސެޓުފިކެޓު އަދި/ނުވަތަ ޓްރާންސްކްރިޕްޓް ލިބޭނޭކަމަށް ލަފާކުރާ ދުވަހާއި އެހައިތަނަށް ލިބިފައިނުވާ ސަބަބ،ު އިސްވެ
ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ހިއުމަން ރިސޯސް ސެކްށަނަށް އަންގަންވާނެއެވެ.
އަދި ސެޓުފިކެޓު އަދި/ނުވަތަ ޓްރާންސްކްރިޕްޓް ލިބުމުން، ލަސްނުކޮށް، ހިއުމަން
ރިސޯސް ސެކްށަނަށް ހުށަހަޅަންވާނެއެވެ.

 

185 ވަނަ މާޢްދާ - އޮފީހަށް ހިދުމަތްކުރަންޖެހޭ މުވައްޒަފުން ހިދުމަތްކުރުމަށް އިންކާރުކުރުން

މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، ތަމްރީނު ޕުރޮގުރާމު ފުރިހަމަކުރުމަށްފަހު އޮފީހަށް
ހިދުމަތްކުރުމަށް އެއްބަސްވެފައިވާ މުވައްޒަފަކު، އޮފީހުގެ ފަރާތުން ނުވަތަ އަމިއްލަގޮތުން
ތަމްރީނު ޕުރޮގުރާމެއް ފުރިހަމަކުރި ކަމުގައި ވީނަމަވެސް، އެ ޕުރޮގުރާމެއް ފުރިހަމަކޮށް
އެނބުރިއައިސް ހިދުމަތްކުރުމަށް އެއްބަސްވެފައިވާ މުއްދަތުގައި، އޮފީހަށް ހިދުމަތް
ކުރަންވާނެއެވެ. އަދި މިގޮތުގެ މަތީން އޮފީހަށް ހިދުމަތްކުރަންޖެހޭ މުވައްޒަފަކު، އެ މުވައްޒަފަކު
ހިދުމަތްކުރަންޖެހޭ މުއްދަތަށް ހިދުމަތްނުކޮށް ނުވަތަ ވަޒީފާއަށް ފަރުވާކުޑަކޮށް ނުވަތަ
މިނޫންވެސް މި ބާވަތުގެ އެކަށީގެންނުވާ އަމަލެއް ހިންގާ ނަމަ، އެ މުވައްޒަފަކާ މެދު
އަމަލުކުރެވޭނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.
(ހ) އެ މުވައްޒަފެއްގެ އަމަލުތައް އިސްލާހުކުރުމުގެ ގޮތުން، އޮފީހުން ނަސޭހަތް ދިނުން.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ނަސޭހަތް ދިނުމަށްފަހު ވެސް، އެ މުވައްޒަފެއްގެ
އަމަލުތައް އިސްލާހުނުކޮށްފި ނަމަ، އެ މުވައްޒަފަކާ މެދު ގާނޫނީ ފިޔަވަޅު
އެޅިދާނެކަމުގެ އިންޒާރު ދިނުން.
(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން އިންޒާރުދިނުމަށްފަހު ވެސް، އެ މުވައްޒަފެއްގެ
އަމަލުތައް އިސްލާހުނުކޮށްފި ނަމަ، އެ މުވައްޒަފަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް
ޓަކައި މައްސަލަ ށަރީއަތަށް ހުށަހެޅުން.

 

186 ވަނަ މާޢްދާ - އޮފީހަށް ހިދުމަތް ނުކުރާގޮތަށް ދޫކޮށްލާ މުވައްޒަފުން ތަމްރީނުކުރުމަށް ކުރެވުނު  ހަރަދު ހޯދުން

މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، ތަމްރީނު ޕުރޮގުރާމު ފުރިހަމަކުރުމަށްފަހު އޮފީހަށް
ހިދުމަތްކުރުމަށް އެއްބަސްވެފައިވާ މުވައްޒަފަކު، ކޮންމެހެން ވަޒީފާއިން ދޫކޮށްލަންޖެހޭ
ހާލަތެއްގައި، އެ މުވައްޒަފަކު ތަމްރީނުކުރުމަށް ކުރެވުނު ހަރަދު އަދި/ނުވަތަ އެ މުވައްޒަފު
ތަމްރީނު ޕުރޮގުރާމުގައި ހޭދަކުރި މުއްދަތުގައި މި އޮފީހުން އެލަވަންސްގެ ގޮތުގައި ދީފައިވާ
ފައިސާ ނުވަތަ ކޮށްފައިވާ ހަރަދު މި އޮފީހުން ކަނޑައަޅާ ގޮތެއްގެ މަތީން ދައްކައި ހަލާސްކުރާ
ގޮތަށް، އެ މުވައްޒަފާއި މި އޮފީހާ ދެމެދު އެއްބަސްވުމަށްފަހު، އެ މުވައްޒަފު އޮފީހަށް
ހިދުމަތްކުރަން އެއްބަސްވެފައިވާ މުއްދަތުގައި ހިދުމަތްކުރަން ނުޖެހޭގޮތަށް ހަމަޖައްސައި،
އެ މުވައްޒަފަކު ދޫކޮށްލުމުގެ އިހުތިޔާރު، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.

 

187 ވަނަ މާޢްދާ - އޮފީހަށް ހިދުމަތްކުރަންޖެހޭ މުއްދަތު ފަސްކުރުން

މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، ތަމްރީނު ޕުރޮގުރާމު ފުރިހަމަކުރުމަށްފަހު އޮފީހަށް ހިދުމަތްކުރުމަށް އެއްބަސްވެފައިވާ މުވައްޒަފަކު، އެއްވެސް ސަބަބަކާ ހުރ،ެ ހިދުމަތްކުރަންޖެހޭ  މުއްދަތު ފަސްކޮށްދިނުމަށް އެދި ހުށަހަޅައިފި ނަމަ، އެ މުވައްޒަފަކު ހުށަހަޅައިފައިވާ ސަބަބަށް
ރިއާޔަތްކޮށް، ކަނޑައެޅޭ ވަކި މުއްދަތަކަށް، އެ މުވައްޒަފަކު މި އޮފީހަށް ހިދުމަތްކުރަންޖެހޭ
މުއްދަތު ފަސްކޮށްދިނުމުގެ އިހުތިޔާރު، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.

 

188 ވަނަ މާޢްދާ - އޮފީހަށް ހިދުމަތްކުރަންޖެހޭ މުވައްޒަފުން ދައުލަތުގެ އެހެން މުއައްސަސާއަކަށް ބަދަލުވުން

މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، ތަމްރީނު ޕުރޮގުރާމު ފުރިހަމަކުރުމަށްފަހު އޮފީހަށް
ހިދުމަތްކުރުމަށް އެއްބަސްވެފައިވާ މުވައްޒަފަކު، ދައުލަތުގެ އެހެން ވަޒީފާއަކަށް ދިއުމަށް އެދި
ހުށަހަޅައިފި ނަމަ، އެ މުވައްޒަފަކު ތަމްރީނުކުރުމަށް ކުރެވުނު ހަރަދު އަދި/ނުވަތަ އެ މުވައްޒަފު
ތަމްރީނު ޕުރޮގުރާމުގައި ހޭދަކުރި މުއްދަތުގައި މި އޮފީހުން އެލަވަންސްގެ ގޮތުގައި ދީފައިވާ
ފައިސާ، މި އޮފީހުން ކަނޑައަޅާ ގޮތެއްގެ މަތީން ދައްކައި ހަލާ ސްކުރާ ގޮތަށް ދެ ފަރާތުގެ
ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުން، އެ މުވައްޒަފަކު ދޫކުރުމުގެ އިހުތިޔާރު،
ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.

 

189 ވަނަ މާޢްދާ - ކުރު މުއްދަތާއި ދިގު މުއްދަތުގެ ތަމްރީނު ޕުރޮގުރާމު

މި ގަވާއިދުގެ ބޭނުމަށް، ކުރު މުއްދަތުގެ ތަމްރީނު ޕުރޮގުރާމުކަމަށް ބެލޭނީ 3 (ތިނެއް)
މަސްދުވަސް ނުވަތަ އެޔަށް ވުރެ ކުރު މުއްދަތުގެ ޕުރޮގުރާމުތަކެވެ. އަދި ދިގު މުއްދަތުގެ
ތަމްރީނު ޕުރޮގުރާމުކަމަށް ބެލޭނީ، 3 (ތިނެއް) މަސްދުވަހަށް ވުރެ ދިގު މުއްދަތުގެ
ޕުރޮގުރާމުތަކެވެ.

 

190 ވަނަ މާޢްދާ - އޮފީހުގެ ފަރާތުން ތަމްރީނުކުރާ މުވައްޒަފުންގެ މައުލޫމާތު ބެލެހެއްޓުން

މި އޮފީހުން ހިންގާ އަދި/ނުވަތަ މި އޮފީހަށް ލިބޭ ތަމްރީނު ޕުރޮގުރާމުތަކުގައި، ބައިވެރިވާ
އަދި/ނުވަތަ ބައިވެރިކުރެވޭ މުވައްޒަފުންގެ މައުލޫމާތާއި، އެ މުވައްޒަފަކު ފުރިހަމަކުރަމުން
ގެންދާ ޕުރޮގުރާމާބެހޭ މައުލޫމާތާއި، އެ މުވައްޒަފެއްގެ ކިޔެވުމުގެ ކަންކަން ކުރިޔަށްދާ ގޮތް،
ހިއުމަން ރިސޯސް ސެކްށަނުން ބަލަހައްޓަމުން ގެންދަންވާނެއެވެ. އަދި އެ މައުލޫމާތ،ު
އެ މުވައްޒަފުގެ ފައިލުގައި ހިމަނަންވާނެއެވެ.

 

 

ޗެޕްޓަރ 15

މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުން (ޕަރފޯމަންސް އެޕްރައިޒަލް)

 

191 ވަނަ މާޢްދާ - މުވައްޒަފުން ގެ މަސައްކަތުގެ ފެންވަރު ބެލުން

މި އޮފީހުގެ މުވައްޒަފުންނާ ހަވާ ލުކުރެވޭ މަސައްކަތްތައް ކޮށްފައިވާ ފެންވަރާއި، މިންވަރާއި،
މަސައްކަތް ފުރިހަމަކުރެވުނު ވަގުތުގެ އިތުރުން، މަސައްކަތުގައި މުވައްޒަފުގެ މިޒާޖާއި ސިފަތައް
ދެނެގަތުމަށާއި އަދި މި އޮފީހުގެ މުވައްޒަފުންނަކީ ފެންވަރު ރަނގަޅު ގާބިލު މުވައްޒަފުންނަށް
ހެދުމަށް ޓަކައި ބޭނުންވާ މައުލޫމާތު އެއްކުރުމަށް ޓަކައި، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން،
މި އޮފީހުގެ މުވައްޒަފުންގެ ޕަރފޯމަންސް އެޕްރައިޒަލް ހެދޭނެއެވެ.

 

192 ވަނަ މާޢްދާ - ޕަރފޯމަންސް އެޕްރައިޒަލް ހެދުން

(ހ) މި އޮފީހުގެ މުވައްޒަފުންގެ ތެރެއިން، މި އޮފީހުގެ ވަޒީފާގައި 1 (އެކެއް) އަހަރުދުވަސް
ފުރިހަމަކޮށްފައިވާ ކޮންމެ މުވައްޒަފެއްގެ ވެސް، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން،
ކޮންމެ މީލާދީ އަހަރަކު މަދުވެގެން 1 (އެކެއް) ފަހަރު ޕަރފޯމަންސް އެޕްރައިޒަލް
ހެދޭނެއެވެ.
(ށ) މި އޮފީހުގެ މުވައްޒަފުންގެ ޕަރފޯމަންސް އެޕްރައިޒަލް ހެދުމުގެ ކަންކަން ރާވައި
ހިންގާނީ، އިދާރީގޮތުން ބުރަ ބޮޑުނުވާނޭ ގޮތެއްގެ މަތީން، ހާމަކަން ބޮޑު އަދި
އިންސާފުވެރި އުސޫލެއްގެ މައްޗަށް ބިނާކޮށް، މި އޮފީހުގެ ހިއުމަން ރިސޯސް
ސެކްށަނުންނެވެ.

 

193 ވަނަ މާޢްދާ - ޕަރފޯމަންސް އެޕްރައިޒަލް ފްރޭމްވަރކް

(ހ) މި އޮފީހުގެ މުވައްޒަފުންގެ ޕަރފޯމަންސް އެޕްރައިޒަލް ހަދާނީ، އެކަމަށް ޓަކައި
ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅައި އާންމުކޮށްފައިވާ ޕަރފޯމަންސް އެޕްރައިޒަލް
ފްރޭމްވަރކްގައިވާ ގޮތަށެވެ.
(ށ) މުވައްޒަފުންގެ މަސައްކަތުގެ ދާއިރާގެ ގޮތުން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ
ޕަރފޯމަންސް އެޕްރައިޒަލް ފްރޭމްވަރކ،ް އެކި ދާއިރާތަކުގެ މުވައްޒަފުންނަށް
ތަފާތުކުރެވިދާނެއެވެ. އަދި އެ ފްރޭމްވަރކް ތަންފީޒުކުރުމަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ
ހުއްދަޔާއެކު، އޮފީހުން ބޭރުން މައުލޫމާތު އެއްކުރުމާއި، އޮފީހުން ބޭރުން ޓެކްނިކަލް
ސަޕޯޓް ހޯދުމުގެ އިހުތިޔާރު މި އޮފީހަށް ލިބިގެންވެއެވެ.

 

194 ވަނަ މާޢްދާ - ޕަރފޯމަންސް އެޕްރައިޒަލް ގެ ނަތީޖާ

(ހ) މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ހެދޭ ޕަރފޯމަންސް އެޕްރައިޒަލް ހަދައި ނިމުމުން،
އެ އެޕްރައިޒަލްގެ ނަތީޖާގެ ކޮޕީއެއް މުވައްޒަފަށް ދޭންވާނެއެވެ.

(ށ) މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ހެދޭ ޕަރފޯމަންސް އެޕްރައިޒަލްގެ ނަތީޖ،ާ
ކަނޑައެޅިފައިވާ މިންވަރަށް ވުރެ ދަށް ނަމަ، ކަނޑައެޅިފައިވާ އުސޫލުގެ މަތީން
އެ މުވައްޒަފަކާ މެދު ފިޔަވަޅު އެޅޭނެއެވެ. މިގޮތުން، ޕަރފޯމަންސް އެޕްރައިޒަލުން
އެންމެ ދަށްވެގެން ލިބެންޖެހޭ ނަތީޖާއަށް ވުރެ ދަށުން ނަތިޖާ ލިބޭ މުވައްޒަފުންނާ
މެދު އެޅޭނެ ފިޔަވަޅުތަކުގެ ތަފުސީލ،ު މި ގަވާއިދުގެ 193 ވަނަ މާއްދާގެ ދަށުން
ކަނޑައަޅައި އާންމުކޮށްފައިވާ ޕަރފޯމަންސް އެޕްރައިޒަލް ފްރޭމްވަރކްގައި ހިމަނައިފައި
އޮންނަންވާނެއެވެ.

 

195 ވަނަ މާޢްދާ - އިލްތިމާސްކުރުމުގެ ހައްގު

(ހ) މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ހެދޭ ޕަރފޯމަންސް އެޕްރައިޒަލްގެ ނަތީޖާއާ މެދު
މުވައްޒަފު ހިތްހަމަނުޖެހޭ ނަމަ، ސަބަބު ބަޔާންކޮށް، ޕްރޮސިކިއުޓަރ ޖެނެރަލްއަށް
އިލްތިމާސްކުރުމުގެ އިހުތިޔާރު، މި އޮފީހުގެ ކޮންމެ މުވައްޒަފަކަށް ވެސް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން މި އޮފީހުގެ މުވައްޒަފަކު ޕްރޮސިކިއުޓަރ
ޖެނެރަލްއަށް އިލްތިމާސްކޮށްފި ނަމަ، އެ ހުށަހެޅުން ބެލުމަށްފަހު، ރިވިއުކުރަން
ފެންނަކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅައިފި ނަމަ، އެ މުވައްޒަފެއްގެ
ޕަރފޯމަންސް އެޕްރައިޒަލް ރިވިއުކުރެވޭނެއެވެ. އަދި މިގޮތުގެ މަތީން ޕަރފޯމަންސް
އެޕްރައިޒަލް ރިވިއުކުރުމަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލް ނިންމާ ނިންމުމަކީ،
އެ އެޕްރައިޒަލާ މެދު ނިންމޭ އެންމެ ފަހުގެ ނިންމުމެވެ.

 

196 ވަނަ މާޢްދާ - ޕަރފޯމަންސް އެޕްރައިޒަލް ގެ ނަތީޖާ އެހެން ފަރާތަކާ ހިއްސާނުކުރުން

މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ހެދޭ މި އޮފީހުގެ މުވައްޒަފުންގެ ޕަރފޯމަންސް
އެޕްރައިޒަލުގެ ނަތީޖ،ާ އެ މުވައްޒަފެއްގެ ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ ހާއްސަ
ހުއްދައެއްނެތި، ޕްރޮސިކިއުޓަރ ޖެނެރަލް ފިޔަވައި، އެ މުވައްޒަފު ނޫން އެހެން އެއްވެސް
ފަރާތަކާ ހިއްސާކޮށްގެން ނުވާނެއެވެ.

 

 

ޗެޕްޓަރ 16

ޕްރޮސިކިއުޓޯރިއަލް އެކައުންޓަބިލިޓީ އެންޑް އިންޓަގްރިޓީ ސެކްށަން (ޕައިސް)

 

197 ވަނަ މާއްދާ - ޕްރޮސިކިއުޓޯރިއަލް އެކައުންޓަބިލިޓީ އެންޑް އިންޓަރގްރިޓީ ސެކްށަން (ޕައިސް)

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، ގާނޫނު ނަންބަރު 9/2008 )ޕްރޮސިކިއުޓަރ
ޖެނެރަލްގެ ގާނޫނު( ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި
ޒިންމާތައް އަދާކުރުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާ އެންމެހައި ނިންމުންތައް
ދެވަނަ ނަޒަރަކުން ބެލުމާއި، އެ ނިންމުންތަކަކީ ގާނޫނުތަކާއި، ގަވާއިދުތަކާއި، ޖިނާއީ
މައްސަލަތަކުގައި އަމަލުކުރުމަށް ބަންޑާރަނައިބު ކަނޑައަޅާ މައިގަނޑު ސިޔާސަތުތަކާއި،
މި އޮފީހުގެ އުރުފާ އެއްގޮތަށް ނިންމާ ނިންމުންތަކެއްކަން ކަށަވަރުކުރުމުގައްޔާއި، މި އޮފީހަށް
ހުށަހެޅޭ ށަކުވާތަކާ ބެހޭގޮތުން ގޮތް ނިންމުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްއަށް އެހީތެރިވެދިނުމުގެ ގޮތުން "ޕްރޮސިކިއުޓޯރިއަލް އެކައުންޓަބިލިޓީ އެންޑް އިންޓެގްރިޓީ ސެކްށަން" (ޕައިސް) ގެ ނަމުގައި މި އޮފީހުގައި ސެކްށަނެއް އުފައްދަންވާނެއެވެ.

 

198 ވަނަ މާއްދާ - ޕައިސް އުފެއްދުމާއި ޕައިސް އެކުލެވިގެންވާ ގޮތް

(ހ) ޕައިސް އެކުލެވިގެންވަނީ، ޕްރޮސިކިއުޓަރުންގެ ތެރެއިން ޕްރޮސިކިއުޓަރ ޖެނެރަލް
އައްޔަންކުރާ، ކަނޑައެޅިފައިވާ އަދަދެއްގެ ޕްރޮސިކިއުޓަރުންގެ މައްޗަށެވެ.

(ށ) ޕައިސްގެ މަސައްކަތްތައް ވިލަރެސްކޮށް ބަލަހައްޓާނީ، ސީދާ ޕްރޮސިކިއުޓަރ ޖެނެރަލްގެ
ލަފަޔާއި އިރުށާދުގެ ދަށުންނެވެ. އަދި މި ސެކްށަނުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ
މަސައްކަތްތައް ހިންގާނީ، އެކަމަށް ޓަކައި ޕްރޮސިކިއުޓަރ ޖެނެރަލް އައްޔަންކުރާ
އޯވަރއޯލް ހެޑުގެ ބެލުމުގެ ދަށުން، އެ ސެކްށަނުގެ ސެކްށަން ހެޑުންނެވެ.

 

199 ވަނަ މާއްދާ - ޕައިސްގެ އިހުތިސާސް 

މި އޮފީހުގެ މަސައްކަތްތަކުގެ ތެރެއިން އަންނަނިވި ތަބީއަތުގެ މަސައްކަތްތަކީ ޕައިސްގެ
އިހުތިސާސްގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
(ހ) ޖިނާއީ މައްސަލަތަކާ ގުޅިގެން މި އޮފީހަށް ހުށަހެޅޭ އެންމެހައި ށަކުވާތަކާއި،
މި އޮފީހުން ނިންމައިފައިވާ ނިންމުންތަކާ ގުޅިގެން ހުށަހެޅޭ ށަކުވާތަކާބެހޭ އެންމެހައި
ކަންކަން ބެލެހެއްޓުން.

(ށ) ތަހުގީގުކުރަމުންދާ ނުވަތަ ދައުވާކުރުމުގެ މަރުހަލާގައިވާ ނުވަތަ ދައުވާކޮށް ކޯޓުގައި
ހިނގަމުންދާ ޖިނާއީ މައްސަލަތަކާ ގުޅިގެން މި އޮފީހުން ނިންމައިފައިވާ ނިންމުންތައް
މުރާޖާކުރުމާއި، އެ ނިންމުންތަކަކީ ގާނޫނާއި، ގަވާއިދާއި، މި އޮފީހުން ހިފަހައްޓާ އާންމު
ހަމަތަކާއި މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތް ނިންމުންތަކެއްކަން ކަށަވަރުކުރުން.
(ނ) މި އޮފީހުން ދައުވާކުރުމަށް ކޯޓަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ސާބިތުނުވާ
މައްސަލަތައް ސާބިތުނުވި ސަބަބު ދެނެގަތުމާއި، އެފަދަ މައްސަލަތަކުގައި މި އޮފީހުން
ނިންމައިފައިވާ ނިންމުންތަކާއި އަމަލުކޮށްފައިވާ ގޮތަކީ މި އޮފީހުގެ އުސޫލުތަކާއި
ހަމަތަކާއި މިންގަނޑުތަކަށް ފެތޭ ނިންމުންތަކެއްކަން ކަށަވަރުކުރުން .
(ރ) މި އޮފީހުގެ މަސައްކަތް ހިނގަނީ ހަމަހަމަކަމާއި، ހާމަކަމާއި، ޖަވާބުދާރީކުރެވޭނެ
ނިޒާމަކުންކަން ކަށަވަރުކުރުމަށް ޓަކައި މި އޮފީހުގައި އަމަލުކުރަމުންދާ އެންމެހައި
އުސޫލުތަކާއި ގަވާއިދުތައް މުރާޖާ ކުރުމާއި، މި ސެކްށަނުގެ އިހުތިސާސްގެ ތެރޭގައި
ހިމެނޭ ކަންކަމާ ގުޅިގެން އޮފީހުގައި ގާއިމުކޮށްފައިވާ ސެކްށަންތަކަށް ދޭންޖެހޭ ލަފަޔާއި
އިރުށާދު ދިނުން.
(ބ) މި އޮފީހުގެ ނިންމުންތަކަކީ އާންމުންގެ އިތުބާރު ލިބިފައިވާ ނިންމުންތަކަކަށް ހެދުމަށް
ޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްއަށް ދޭންޖެހޭ ލަފާ ދިނުން 

(ޅ) ޕްރޮސިކިއުޓަރުން ކުރާ މަސައްކަތަކާ ގުޅިގެން އަޅާ އެންމެހައި ފިޔަވަޅުތަކަކީ އަދި
ހިފަހައްޓާ ހަމަތަކަކީ ގާނޫނުން ބާރުލިބޭ އަދި ގާނޫނު ތަސައްވުރުކުރާ މިންގަނޑުތަކާ
އެއްގޮތް ނިންމުންތަކަކަށް ހެދުމަށް ޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އިރުށާދުގެ
ދަށުން ޕްރޮސިކިއުޓަރުންނަށް އަންގަންޖެހޭ އެންގުންތައް އެންގުމާއި، ދޭންޖެހޭ ލަފަޔާއި
އިރުށާދު ދިނުން.
(ކ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގެ ދަށުން
ތަހުގީގުކުރުމުގެ އަމުރު ނެރުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްއަށް ދޭންޖެހޭ ލަފާ
ދިނުމާއި، މިފަދަ އަމުރެއް ނެރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމައިފި ނަމަ،
އެ އަމުރު ނެރުމާ ގުޅޭ އެންމެހައި ކަންކަން ބެލެހެއްޓުމާއި، އަމުރާ ގުޅިގެން
އިދާރާތަކުން އަޅަމުންދާ ފިޔަވަޅުތައް ބަލައި މޮނިޓަރކުރަމުން ދިއުން.

 

200 ވަނަ މާއްދާ - މަސްލަހަތު ފުށުއެރުން

ޕައިސްގެ އެއްވެސް ޕްރޮސިކިއުޓަރެއްގެ އަމިއްލަ މަސްލަހަތެއް ނުވަތަ ދައުރެއް ނުވަތަ
މާލީ ފައިދާއެއް ނުވަތަ އެނޫންވެސް ފައިދާއެއް އޮތް މައްސަލައެއް ޕައިސްއިން ބެލުމުގައި
ނުވަތަ އެ މައްސަލައެއްގެ މަށްވަރާއެއްގައި ނުވަތަ އެ މައްސަލައިގައި ގޮތެއް ނިންމުމުގައި
އެ ޕްރޮސިކިއުޓަރަކު އެއްވެސް މިންވަރަކަށް ބައިވެރިވެގެން ނުވާނެއެވެ. އަދި ޕައިސްއިން ބަލާ
މައްސަލައަކީ، ޕައިސްގެ އެއްވެސް ޕްރޮސިކިއުޓަރެއްގެ އެފަދަ މަސްލަހަތެއް ނުވަތަ ދައުރެއް
ނުވަތަ މާލީ ފައިދާއެއް ނުވަތަ އެނޫންވެސް ފައިދާއެއް އޮތް މައްސަލައެއްކަން ކުރިން އެނގިފައި
ނެތް ނަމަވެސް، އެކަން އެނގޭ ވަގުތުން ފެށިގެން އެ މައްސަލައަކީ އެ ޕްރޮސިކިއުޓަރެއްގެ
މަސްލަހަތެއް އޮތް މައްސަލައެއްކަން ޕައިސްއަށް ހާމަކުރުމާއެކު، އެ މައްސަލައެއް ބެލުމުން
ނުވަތަ އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުމެއް ނިންމުމުން އެ ޕްރޮސިކިއުޓަރަކު
ތަނާޒުލްވާންވާނެއެވެ.

 

201 ވަނަ މާއްދާ - މައްސަލަ ބަލައި ތަހުގީގުކުރުމުގެ ބާރު

މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ޕައިސްއަށް ހުށަހެޅޭ މައްސަލަތައް ބެލުމަށް ޓަކައި
މި އޮފީހުގެ މުވައްޒަފުންނާއި އެނޫންވެސް ފަރާތްތައް ހާޒިރުކުރުމާއި، ބަޔާން ނެގުމާއި،
ލިޔެކިޔުމާއި އެނޫންވެސް ހެއްކާއި ގަރީނާ ހޯދުމާއި، މައްސަލައިގެ ހަގީގަތް ހޯދައިގެން
ކުރަންޖެހޭ ކަންކަން ކުރުމުގެ ބާރު، ޕައިސްއަށް ލިބިގެންވެއެވެ.

 

202 ވަނަ މާއްދާ - ޕައިސްގެ ނިންމުންތަކަށް އަމަލުކުރުމާއި އިލްތިމާސްކުރުން

(ހ) މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ޕައިސްއިން ނިންމާ ނިންމުމެއް ނިންމާތ،ާ
ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި، އެ ނިންމުމެއް ޕްރޮސިކިއުޓަރ ޖެނެރަލްއަށް
އިލްތިމާސްކުރުމުގެ ހައްގު، އެ ނިންމުމެއް ރައްދުވާ ކޮންމެ މުވައްޒަފަކަށް ވެސް
ލިބިގެންވެއެވެ.

(ށ) ޕައިސްގެ ނިންމުންތައް ތަންފީޒުކުރާނީ، އޮފީހުގެ ކަމާބެހޭ ސެކްށަންތަކުންނެވެ. އަދި
މި މާއްދާގެ (ހ) ގެ ދަށުން އެއްވެސް ފަރާތަކުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް
އިލްތިމާސެއް ހުށަހަޅައިފައިވާ ނަމަ، އެ ހުށަހެޅުމަކާ ބެހޭގޮތުން ޕްރޮސިކިއުޓަރ ޖެނެރަލް ގޮތެއް ނިންމަންދެން، ޕައިސްގެ ނިންމުމަށް އަމަލުކުރުން
މަޑުޖައްސައިލަންވާނެއެވެ.

 

203 ވަނަ މާއްދާ - ޕައިސްއާބެހޭގޮތުން ށަކުވާ ހުށަހެޅުން

ޕައިސްއާ ގުޅޭގޮތުންނާއި، ޕައިސްގެ ވަކިވަކި ޕްރޮސިކިއުޓަރުން އެ ސެކްށަނުގެ މަސައްކަތްތަކާ
ގުޅިގެން ކުރާ ކަންކަމާ ބެހޭގޮތުން ށަކުވާއެއް އޮތް ނަމަ، އެފަދަ ށަކުވާއެއް ބިނާވާ ކަމެއް
ހިނގިތާ ނުވަތަ އެ ކަމެއް ހިނގިކަން އެނގޭތ،ާ ގިނަވެގެން، ބަންދުނޫން 7 (ހަތެއް) ދުވަހުގެ
ތެރޭގައި، އެ ށަކުވާއެއް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހެޅުމުގެ ހައްގު، މި އޮފީހުގެ ކޮންމެ
މުވައްޒަފަކަށް ވެސް ލިބިގެންވެއެވެ.

 

204 ވަނަ މާއްދާ - ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހެޅޭ މައްސަލަތަކުގައި ގޮތް  ނިންމުން

(ހ) މި ގަވާއިދުގެ 202 ވަނަ މާއްދާގެ (ހ) އާއި 203 ވަނަ މާއްދާގެ ދަށުން
ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހެޅޭ އިލްތިމާސްތަކާއި ށަކުވާތަކާ ބެހޭގޮތުން ގޮތެއް
ނިންމާނީ ޕްރޮސިކިއުޓަރ ޖެނެރަލްއެވެ. މިގޮތުން ގޮތް ނިންމުމުގައި ޕްރޮސިކިއުޓަރ
ޖެނެރަލްއަށް ބޭނުންވާ ލަފ،ާ ހުށަހެޅިފައިވާ މައްސަލައާ ގުޅުންނެތް މި އޮފީހުގެ
މުވައްޒަފުންގެ ފަރާތުން ހޯދުމުގެ އިހުތިޔާރު، ޕްރޮސިކިއުޓަރ ޖެނެރަލްއަށް
ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ޕްރޮސިކިއުޓަރ ޖެނެރަލް ނިންމާ ނިންމުމަކީ،
އެ އިލްތިމާސް އަދި/ނުވަތަ އެ ށަކުވާއަކާ ގުޅިގެން ނިންމޭ އެންމެ ފަހުގެ ނިންމުމެވެ.

 

205 ވަނަ މާއްދާ - ޕައިސްއިން މައްސަލަ ބެލުމުގެ އުސޫލު

މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ޕައިސްއަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި
އެ ސެކްށަނުން އަމަލުކުރާނެ ގޮތާއި، އެ ސެކްށަނުގެ މަސައްކަތްތައް ކުރިޔަށްގެންދިއުމުގައި
ހިފަހައްޓާނެ ހަމަތަކާއި، ސެކްށަނުގެ މަސައްކަތްތައް ހިނގާނެ ގޮތުގެ އެންމެހައި އުސޫލުތައް،
ޕްރޮސިކިއުޓަރ ޖެނެރަލްގެ ލަފާގެ މަތީން، ޕައިސްއިން އެކުލަވައިލައި ށާއިއުކުރަންވާނެއެވެ.
މިގޮތުން އެކުލަވައިލާ އުސޫލަށް ކިޔާނީ، "ޕްރޮސިކިއުޓޯރިއަލް އެކައުންޓަބިލިޓީ އެންޑް
އިންޓެގްރިޓީ ސެކްށަނުގެ ކަންކަން ހިންގުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ.

 

 

ޗެޕްޓަރ 17

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ކޮމިޓީ ތައް

 

206 ވަނަ މާއްދާ - ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ކޮމިޓީތައް

އޮފީހުގެ މުވައްޒަފުންގެ ވަޒީފާއާ ގުޅިގެން ނުވަތަ ވަޒީފާގެ މާހައުލުގައި ދިމާވާ މައްސަލަތައް
ބަލާނީ، ތިރީގައި ބަޔާންކޮށްފައިވާ، ކަމާބެހޭ ކޮމިޓީއަކުންނެވެ.
(ހ) ހިއުމަން ރިސޯސް ކޮމިޓީ.
(ށ) ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ.

(ނ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ކޮމިޓީ.

(ރ) ޖެންޑަރ އިކުއަލިޓީ ކޮމިޓީ.

 

207 ވަނަ މާޢްދާ - ހިއުމަން ރިސޯސް ކޮމިޓީ

މި ގަވާއިދު ތަންފީޒުކޮށް، މުވައްޒަފުންގެ ވަޒީފާއާ ގުޅޭ ކަންކަމުގައި، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލަފާ ދިނުމާއި، މި އޮފީހުގެ މުވައްޒަފުންނާ ގުޅޭ އެންމެހައި ކަންކަން އިތުރަށް ހަރުދަނާކޮށް ތަރައްގީކުރުމަށް މަސައްކަތް ކުރުމަށް ޓަކައި، "ހިއުމަން ރިސޯސް ކޮމިޓީ"  )އެޗް. އާރް. ކޮމިޓީ( ގެ ނަމުގައި، މި އޮފީހުގެ މުވައްޒަފުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް މި އޮފީހުގައި އުފައްދަންވާނެއެވެ.

 

208 ވަނަ މާއްދާ - އެޗް. އާރް. ކޮމިޓީ އުފެއްދުމާއި، އެ ކޮމިޓީ އެކުލެވިގެންވާ ގޮތް

(ހ) މި އޮފީހުގެ އެޗް. އާރް. ކޮމިޓީ އެކުލެވިގެންވަނީ ޕްރޮސިކިއުޓަރ ޖެނެރަލް އައްޔަންކުރާ، މަދުވެގެން 5 (ފަހެއް) މެންބަރުންގެ މައްޗަށެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އެޗް. އާރް. ކޮމިޓީއަށް މެންބަރުން އައްޔަންކުރުމުގައި އެސިސްޓަންޓް ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ އެޔަށް ވުރެ މަތީ މަގާމުތައް ފުރަމުންގެންދާ މި އޮފީހުގެ މުވައްޒަފުންގެ ތެރެއިން މަދުވެގެން 3 (ތިނެއް) މުވައްޒަފުން، އެ ކޮމިޓީގައި ހިމަނަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން އެޗް. އާރް. ކޮމިޓީއަށް އައްޔަންކުރެވޭ މެންބަރުންގެ އިތުރުން، އެ ކޮމިޓީގައި ހިމެނޭ މެންބަރުން ކަނޑައެޅުމަށް ޓަކައި އެ ކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތ،ު އޮފީހުގެ ހުރިހާ މުވައްޒަފުންނަށް ހުޅުވައިލަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން ހުޅުވައިލެވޭ ފުރުސަތުގައި އެއްވެސް ފަރާތަކުން ކުރިމަތިނުލައިފި ނަމަ، އެ މަގާމުތަކަށް މުވައްޒަފުން ނޮމިނޭޓްކުރުމުގެ ފުރުސަތ،ު ސެކްށަންތަކުގެ އިސްވެރިންނަށް ދޭންވާނެއެވެ.

(ބ) މި އޮފީހުގެ އެޗް. އާރް. ކޮމިޓީއަށް އައްޔަންކުރަންވާނީ، މި މާއްދާގެ (ށ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް އައްޔަންކުރާ މެންބަރުންނާއި، މި މާއްދާގެ (ނ) ގެ ދަށުން މެންބަރަކަށްވުމަށް އެދި ހުށަހަޅާ މުވައްޒަފުން ނުވަތަ މި މާއްދާގެ (ރ) ގެ ދަށުން ސެކްށަންތަކުގެ ވެރިން ނޮމިނޭޓްކުރާ މުވައްޒަފުންގެ ތެރެއިން ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ބައެކެވެ.

(ޅ) މި އޮފީހުގެ އެޗް. އާރް. ކޮމިޓީއަށް މެންބަރުން އައްޔަންކުރުމުގައި، ޖިންސުގެ ހަމަހަމަކަމަށާއި، އޮފީހުގެ ތަފާތު ފަންތިތަކާއި ސެކްށަންތައް ތަމްސީލުވާނޭހެން މުވައްޒަފުން އައްޔަންކުރުމަށް އިސްކަންދޭންވާނެއެވެ.

 

 

209 ވަނަ މާއްދާ - އެޗް. އާރް. ކޮމިޓީގެ ރިޔާސަތު

މި އޮފީހުގެ އެޗް. އާރް. ކޮމިޓީގެ ރިޔާސަތު ބަލަހައްޓާނީ، މި ގަވާއިދުގެ 208 ވަނަ މާއްދާގެ
(ށ) ގެ ދަށުން ކޮމިޓީއަށް އައްޔަންކުރެވޭ މުވައްޒަފުންގެ ތެރެއިން ޕްރޮސިކިއުޓަރ ޖެނެރަލް
ކަނޑައަޅާ ކޮމިޓީގެ ރައީސެވެ. އަދި މިގޮތުގެ މަތީން އައްޔަންކުރެވޭ ކޮމިޓީގެ ރައީސް، އެއްވެސް
ސަބަބަކާހުރެ ކޮމިޓީގެ ބައްދަލުވުމެއްގައި ބައިވެރިވުމަށް އުޒުރެވެރިވާ ހާލަތުގައި، ކޮމިޓީގެ
ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ، ކޮމިޓީގެ މެންބަރުގެ ތެރޭގައި ނެގޭ ވޯޓަކުން،
ކޮމެޓީގެ މެންބަރުގެ ތެރެއިން ކޮމިޓީގެ ނައިބު ރައީސްގެ ގޮތުގައި އިންތިހާބުކޮށްފައިވާ ކޮމިޓީގެ
މެންބަރެވެ.

 

210 ވަނަ މާއްދާ - އެޗް. އާރް. ކޮމިޓީގެ ދައުރު އަދި މެންބަރުކަމުން ވަކިވުން

(ހ) މި އޮފީހުގެ އެޗް. އާރް. ކޮމިޓީއަށް މެންބަރުން އައްޔަންކުރެވޭނީ، ފަހަރަކު ގިނަވެގެން
2 (ދޭއް) އަހަރުދުވަހުގެ މުއްދަތަށެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މި އޮފީހުގެ އެޗް. އާރް.
ކޮމިޓީގެ މެންބަރުންގެ ގޮތުގައި އައްޔަންކުރާ މެންބަރުންގެ ދައުރު ހަމަވުމުން، އިތުރު
ދައުރަކަށް އައްޔަންކުރުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.
(ނ) އެއްވެސް ސަބަބަކާހުރެ މި އޮފީހުގެ އެޗް. އާރް. ކޮމިޓީގެ މެންބަރެއްގެ މަގާމު
ހުސްވެއްޖެ ނަމަ، ހުސްވާ މަގާމަށް އައްޔަންކުރާ މެންބަރުގެ ދައުރަކީ، އެ ދައުރުގެ
ބާކީ އޮންނަ މުއްދަތެވެ.
(ރ) މި އޮފީހުގެ އެޗް. އާރް. ކޮމިޓީގެ މެންބަރަކު އިސްތިއުފާދޭން ބޭނުންވެއްޖެ ނަމަ،
ޕްރޮސިކިއުޓަރ ޖެނެރަލަށް، އެކަން ލިޔުމުން ހުށަހެޅިދާނެއެވެ. އަދި ޕްރޮސިކިއުޓަރ
ޖެނެރަލް އެ ފަރާތެއް މެންބަރުކަމުން ވަކިކުރެވިއްޖެކަން އެންގުމުން، އެ މެންބަރަކު
ކޮމިޓީން ވަކިވީއެވެ.

 

211 ވަނަ މާއްދާ - އެޗް. އާރް. ކޮމިޓީގެ ކޯރަމް އަދި ނިންމުންތައް ނިންމުން

(ހ) މި އޮފީހުގެ އެޗް. އާރް. ކޮމިޓީގެ އެއްވެސް ބައްދަލުވުމެއް ބޭއްވޭނީ، ކޮމިޓީގެ
މެންބަރުންގެ ތެރެއިން މަދުވެގެން 3 (ތިނެއް) މެންބަރުން ހާޒިރުވެގެންނެވެ.
(ށ) މި އޮފީހުގެ އެޗް. އާރް. ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކުގައި ގޮތެއް ކަނޑައަޅާނީ،
ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

 

212 ވަނަ މާއްދާ - އެޗް. އާރް. ކޮމިޓީގެ އިހުތި ސާސް

މި އޮފީހުގެ އެޗް. އާރް. ކޮމިޓީގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ކަންކަން، ތިރީގައި މިވަނީއެވެ.

(ހ) މި އޮފީހުގެ ވަޒީފާތަކަށް މީހުން ހޮވުމުގައި ލިބޭ ށަކުވާތައް ބަލައި، އެ ކަމުގައި ކުރިޔަށްދާނެ ގޮތުގެ ލަފާ ދިނުން.

(ށ) މި އޮފީހުގެ މާހައުލަކީ މަސައްކަތަށް ފަހި މާހައުލަކަށް ހެދުމާއި، މުވައްޒަފުން
މަސައްކަތްކުރާހިތްވާ، އެކަކު އަނެކަކުގެ އިހުސާސްތައް ދަނ،ެ އެކަކު އަނެކަކަށް
އަޅައިލާ ތަނަކަށް ހެދުމަށް މަސައްކަތް ކުރުން.
(ނ) މި އޮފީހުގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމާ ގުޅޭގޮތުން ލިބޭ ށަކުވާތައް
ބަލައި އެކަމުގައި ކުރިޔަށްދާނެ ގޮތުގެ ލަފާ ދިނުމާއި، ކަނޑައެޅިފައިވާ އުސޫލުތަކާ
އެއްގޮތްވާ ގޮތުގެ މަތީން މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމު ކުރިޔަށްގެންދާކަން
ކަށަވަރުކުރުން.
(ރ) މި އޮފީހުގެ މުވައްޒަފުންގެ ފަރާތުން ކޮމިޓީއަށް ހުށަހަޅާ ށަކުވާތަކާއި، މުވައްޒަފުންނާ
ގުޅިގެން ކޮމިޓީއަށް ހުށަހަޅާ ށަކުވާތައް ތަހުގީގުކޮށް ބަލައި ގޮތެއް ކަނޑައެޅުން.
(ބ) މި ގަވާއިދުގެ ދަށުން ހަދަންޖެހ،ޭ މުވައްޒަފުންނާ ގުޅޭ އުސޫލުތައް އެކުލަވައިލުމުގައި
ޕްރޮސިކިއުޓަރ ޖެނެރަލްއަށް އެހީތެރިވެދިނުން.
(ޅ) މި ގަވާއިދާއި މި ގަވާއިދުގެ ދަށުން ހަދާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން
މި އޮފީހުގެ ހިއުމަން ރިސޯސް ސެކްށަނުން މަސައްކަތް ކުރިޔަށްގެންދާކަން
ކަށަވަރުކުރުމުގެ ގޮތުން ކޮމްޕްލަޔަންސް އޮޑިޓްތަކާއި ސްޕޮޓް ޗެކްތައް ގަވާއިދުން
ހަދައި، އެކަންކަމުގެ މައުލޫމާތު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ދިނުން.
(ކ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން، ވަޒީފާގެ ފަންތި
ދަށްކުރުމާއި، ސަސްޕެންޑުކުރުމާއި، ވަޒީފާއިން ވަކިކުރުމުގެ މައްސަލަތައް ބަލައި،
އެ ކަންކަމުގައި ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލަފާ ދިނުން.
(އ) ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ ޕައިސްގެ ފަރާތުން ކޮމިޓީއަށް ހުށަހަޅާ ކަންކަމުގައި
ފެންނަގޮތުގެ ލަފާ ދިނުން.

 

213 ވަނަ މާއްދާ - މަސްލަހަތު ފުށުއެރުން

މި އޮފީހުގެ އެޗް. އާރް. ކޮމިޓީގެ އެއްވެސް މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ނުވަތަ ދައުރެއް
ނުވަތަ މާލީ ފައިދާއެއް ނުވަތަ އެނޫންވެސް ފައިދާއެއް އޮތް މައްސަލައެއް ކޮމިޓީން ބެލުމުގައި
ނުވަތަ އެ މައްސަލައެއްގެ މަށްވަރާއެއްގައި ނުވަތަ އެ މައްސަލައިގައި ގޮތެއް ނިންމުމުގައި
އެ މެންބަރަކު އެއްވެސް މިންވަރަކަށް ބައިވެރިވެގެން ނުވާނެއެވެ. އަދި ކޮމިޓީން ބަލާ
މައްސަލައަކީ، ކޮމިޓީގެ މެންބަރެއްގެ އެފަދަ މަސްލަހަތެއް ނުވަތަ ދައުރެއް ނުވަތަ މާލީ
ފައިދާއެއް ނުވަތަ އެނޫންވެސް ފައިދާއެއް އޮތް މައްސަލައެއްކަން ކުރިން އެނގިފައި ނެތް
ނަމަވެސް، އެކަން އެނގޭ ވަގުތުން ފެށިގެން އެ މައްސަލައަކީ އެ މެންބަރެއްގެ މަސްލަހަތެއް
އޮތް މައްސަލައެއްކަން ކޮމިޓީއަށް ހާމަކުރުމާއެކު، އެ މައްސަލައެއް ބެލުމުން ނުވަތަ އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުމެއް ނިންމުމުން އެ މެންބަރަކު ތަނާޒުލްވާންވާނެއެވެ. އަދި އެކަން، ކޮމިޓީން ޕްރޮސިކިއުޓަރ ޖެނެރަލާ ހިއްސާކުރަންވާނެއެވެ.

 

214 ވަނަ މާއްދާ - މައްސަލަ ބަލާ ތަހުގީގުކުރުމުގެ ބާރު

(ހ) މި އޮފީހުގެ އެޗް. އާރް. ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް ބެލުމަށް ޓަކައި މި އޮފީހުގެ
މުވައްޒަފުންނާއި އެނޫންވެސް ފަރާތްތައް ހާޒިރުކުރުމާއި، ބަޔާން ނެގުމާއި،
ލިޔެކިޔުމާއި، އެނޫންވެސް ހެއްކާއި ގަރީނާ ހޯދުމާއި، މައްސަލައިގެ ހަގީގަތް ހޯދައި
ކަށަވަރުކުރުމަށް ޓަކައި ކުރަންޖެހޭ ކަންކަން ކުރުމުގެ ބާރު، ކޮމިޓީއަށް ލިބިގެންވެއެވެ.
(ށ) މި އޮފީހުގެ އެޗް. އާރް. ކޮމިޓީން މައްސަލަ ތަހުގީގުކުރަމުންދާ މުއްދަތުގައި، ތަހުގީގަށް
އިންސާފުވެރި މާހައުލެއް ހޯދައިދިނުމުގެ ގޮތުން، މައްސަލަ ރައްދުވާ މުވައްޒަފު
މަސައްކަތުން އެކަހެރިކުރުމަށް ނުވަތަ އެ މުވައްޒަފާ މެދު އެނޫން ފިޔަވަޅެއް އެޅުމަށް
ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހެޅުމުގެ ބާރު ކޮމިޓީއަށް ލިބިގެންވެއެވެ.

 

215 ވަނަ މާއްދާ - އެޗް. އާރް. ކޮމިޓީގެ މެންބަރުން ބައްދަލުވުންތަކަށް ހާޒިރުވުން

މި އޮފީހުގެ އެޗް. އާރް. ކޮމިޓީގެ މެންބަރުން، ކޮމިޓީގެ ބައްދަލުވުންތަކަށް ހާޒިރުވެ، ކޮމިޓީގެ
މަސައްކަތުގައި ބައިވެރިވާންވާނެއެވެ. އެއްވެސް ސަބަބަކާހުރެ ކޮމިޓީގެ ބައްދަލުވުމަކަށް
ހާޒިރުނުވެވޭ ނަމަ، ބައްދަލުވުން ފެށުމުގެ 1 (އެކެއް) ގަޑިއިރުގެ ކުރިން، ކޮމިޓީގެ ރައީސަށް
އެކަން އަންގަންވާނެއެވެ.

 

216 ވަނަ މާއްދާ - އެޗް. އާރް. ކޮމިޓީގެ މެންބަރެއްގެ މަގާމު ހުސްވުން

މި އޮފީހުގެ އެޗް. އާރް. ކޮމިޓީގެ މެންބަރެއްގެ މަގާމު ހުސްވެއްޖެ ނަމަ، ލަސްނުކޮށް
އެ މަގާމަށް އިތުރު މެންބަރަކު، މި ގަވާއިދުގެ 209 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާތާ
އެއްގޮތަށް އައްޔަން ކުރަންވާނެއެވެ.

 

217 ވަނަ މާއްދާ - އެޗް. އާރް. ކޮމިޓީގެ ސެކްރެޓޭރިއެޓް

(ހ) މި އޮފީހުގެ އެޗް. އާރް. ކޮމިޓީގެ އިދާރީ މަސައްކަތްތައް ބަލަހައްޓާނީ، ކޮމިޓީގެ
ސެކްރެޓޭރިއެޓުންނެވެ. ކޮމިޓީގެ ސެކްރެޓޭރިއެޓަކީ، މި އޮފީހުގެ ހިއުމަން ރިސޯސް
ސެކްށަނެވެ.
(ށ) މި އޮފީހުގެ އެޗް. އާރް. ކޮމިޓީގެ ސެކްރެޓޭރިއެޓުގެ މައިގަނޑު މަސްއޫލިއްޔަތުތައް،
ތިރީގައި ވަނީއެވެ.
)1( ކޮމިޓީގެ ރައީސްގެ މަށްވަރާގެ މަތީން، ކޮމިޓީގެ ބައްދަލުވުންތައް،
ކަނޑައެޅޭ ތާރީހުތަކުގައި ބޭއްވުމުގެ އިދާރީ އެންމެހައި އިންތިޒާމުތައް
ހަމަޖެއްސުން؛
)2( ކޮމިޓީގެ ބައްދަލުވުންތަކުގެ އެޖެންޑާއާއި ހާޒިރީއާއި ޔައުމިއްޔާއާއި އެހެނިހެން
ލިޔެކިޔުން ބެލެހެއްޓުން؛

(3) ކޮމިޓީން ނިންމާ ނިންމުންތަކާ ގުޅޭ ލިޔެކިޔުން ބަލަހައްޓައި، ފުރިހަމަކޮށް
ފައިލުކުރުން؛
)4( ކޮމިޓީން ސެކްރެޓޭރިއެޓާ ހަވާލުކުރާ އެހެނިހެން ކަންކަން ކުރުން.

 

218 ވަނަ މާއްދާ - އެޗް.އާރް. ކޮމިޓީއަށް ށަކުވާ ހުށަހެޅުމާއި މައްސަލަ ނިންމުމުގެ އިޖުރާތު

(ހ) މި އޮފީހުގެ އެޗް. އާރް. ކޮމިޓީއަށް ހުށަހަޅާ މައްސަލަތައް ހުށަހަޅާނީ، މި އޮފީހުގެ
ސްޓާފް ޕޯޓަލުގައި އެކަމަށް ޓަކައި ހާއްސަކުރެވިފައިވާ ފޯމު މެދުވެރިކޮށެވެ. އަދި
އެ މައްސަލައެއް އެޗް.އާރް.ކޮމިޓީގެ ސަމާލުކަމަށް ގެންނަނީ ޕްރޮސިކިއުޓަރ
ޖެނެރަލް ނަމަ، ކޮމިޓީގެ ރައީސްގެ ސަމާލުކަމަށް ގެނައުމުން، އެ މައްސަލައެއް
ހުށަހެޅުނީކަމަށް ބެލެވޭނެއެވެ.

(ށ) މި އޮފީހުގެ އެޗް. އާރް. ކޮމިޓީއަށް ށަކުވާ ލިބޭތާ ރަސްމީ ބަންދު ނޫން 2 (ދޭއް)
ދުވަހުގެ ތެރޭގައި، ށަކުވާ ލިބުނުކަން، ށަކުވާ ހުށަހެޅި ފަރާތަށް، ސްޓާޕް ޕޯޓަލް
މެދުވެރިކޮށް އަންގަންވާނެއެވެ.

(ނ) މި އޮފީހުގެ އެޗް. އާރް. ކޮމިޓީއަށް ށަކުވާ ހުށަހަޅާތާ ގިނަވެގެން 60 (ފަސްދޮޅަސް)
ދުވަހުގެ ތެރޭގައި މައްސަލަ ބަލައި ނިންމައި، އެ ނިންމުން، މައްސަލަ ހުށަހެޅި
ފަރާތަށާއި މައްސަލަ ރައްދުވި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

 

219 ވަނަ މާއްދާ - އެޗް. އާރް. ކޮމިޓީގެ ނިންމުންތަކަށް އަމަލުކުރުމާއި އިލްތިމާސްކުރުން

(ހ) މި އޮފީހުގެ އެޗް. އާރް. ކޮމިޓީން ނިންމާ ނިންމުމެއް ނިންމާތ،ާ ބަންދުނޫން
7 (ހަތެއް) ދުވަހުގެ ތެރޭގައި، އެ ނިންމުމެއް ޕްރޮސިކިއުޓަރ ޖެނެރަލްއަށް
އިލްތިމާސްކުރުމުގެ ހައްގު، އެ ނިންމުމެއްގެ ރައްދުވާ މުވައްޒަފަކަށް ލިބިގެންވެއެވެ.
(ށ) މި އޮފީހުގެ އެޗް. އާރް. ކޮމިޓީގެ ނިންމުންތައް ތަންފީޒުކުރާނީ، އޮފީހުގެ ކަމާބެހޭ
ސެކްށަންތަކުންނެވެ. އަދި މި މާއްދާގެ (ހ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް
އިލްތިމާސެއް ހުށަހަޅައިފައިވާ ނަމަ، އެޗް. އާރް. ކޮމިޓީގެ ނިންމުމަށް އަމަލުކުރުން
މަޑުޖައްސައިލަންވާނެއެވެ.

 

220 ވަނަ މާއްދާ - އެޗް. އާރް. ކޮމިޓީއާބެހޭ ގޮތުން ށަކުވާ ހުށަހެޅުން

މި އޮފީހުގެ އެޗް. އާރް. ކޮމިޓީއާ ގުޅޭގޮތުންނާއި، އެޗް. އާރް ކޮމިޓީގެ ވަކިވަކި މެންބަރުން
އެ ކޮމިޓީގެ މެންބަރެއްގެ ހައިސި އްޔަތުން ކުރާ ކަންކަމާ ބެހޭގޮތުން ށަކުވާއެއް އޮތް ނަމަ،
އެފަދަ ށަކުވާއެއް ބިނާވާ ކަމެއް ހިނގިތާ ނުވަތަ އެ ކަމެއް ހިނގިކަން އެނގޭތ،ާ ގިނަވެގެން،
ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި، އެ ށަކުވާއެއް ޕްރޮސިކިއުޓަރ ޖެނެރަލްއަށް
ހުށަހެޅުމުގެ ހައްގު، މި އޮފީހުގެ ކޮންމެ މުވައްޒަފަކަށް ވެސް ލިބިގެންވެއެވެ.

 

221 ވަނަ މާއްދާ - ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހެޅޭ މައްސަލަތަކުގައި ގޮތް ނިންމުން

(ހ) މި ގަވާއިދުގެ 219 ވަނަ މާއްދާގެ (ހ) އާއި 220 ވަނަ މާއްދާގެ ދަށުން
ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހެޅޭ އިލްތިމާސްތަކާއި ށަކުވާތަކާ ބެހޭގޮތުން ގޮތެއް
ނިންމާނީ ޕްރޮސިކިއުޓަރ ޖެނެރަލްއެވެ. މިގޮތުން ގޮތް ނިންމުމުގައި ޕްރޮސިކިއުޓަރ
ޖެނެރަލްއަށް ބޭނުންވާ ލަފައެއް، ހުށަހެޅިފައިވާ މައްސަލައާ ގުޅުންނެތް މި އޮފީހުގެ
މުވައްޒަފުންގެ ފަރާތުން ހޯދުމުގެ އިހުތިޔާރު، ޕްރޮސިކިއުޓަރ ޖެނެރަލްއަށް
ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ޕްރޮސިކިއުޓަރ ޖެނެރަލް ނިންމާ ނިންމުމަކީ،
އެ އިލްތިމާސް އަދި/ނުވަތަ އެ ށަކުވާއަކާ ގުޅިގެން ނިންމޭ އެންމެ ފަހުގެ ނިންމުމެވެ.
ސިއްރު ހިފެހެއްޓުން .222 މި އޮފީހުގެ އެޗް. އާރް. ކޮމިޓީއަށް ހުށަހެޅޭ ށަކުވާ ބަލައިގަތުމުގައްޔާއި، ތަހުގީގުކުރުމުގައި
ކޮމިޓީގެ މެންބަރުންނާއި، ކޮމިޓީގެ އިދާރީ މަސައްކަތުގައި ބައިވެރިވާ އެންމެހައި މުވައްޒަފުން،
އެ ށަކުވާއަކާ ގުޅޭ އެންމެހައި މައުލޫމާތުތަކުގެ ސިއްރު ހިފަހައްޓަންވާނެއެވެ. އަދި ސިއްރު
ހިފެހެއްޓުމުގެ އުސޫލާ ހިލާފުވާ ފަރާތްތައް ކޮމިޓީގެ މަސައްކަތުން ވަގުތުން އެކަހެރިކޮށް
އަދި/ނުވަތަ ކޮމިޓީން ވަކިކޮށް، އެ ފަރާތަކާ މެދު ހަރުކަށި އިސްލާހީ ފިޔަވަޅު އަޅަންވާނެއެވެ.

 

223 ވަނަ މާއްދާ - އެޗް. އާރް. ކޮމިޓީން މައްސަލަ ބެލުމުގެ އުސޫލު

މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން މި އޮފީހުގެ އެޗް. އާރް ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް
ބެލުމުގައި އެ ކޮމިޓީން އަމަލުކުރާނެ ގޮތާއި، އެ ކޮމިޓީގެ މަސައްކަތްތައް ކުރިޔަށްގެންދިއުމުގައި
ހިފަހައްޓާނެ ހަމަތަކާއި، އެ ކޮމިޓީގެ މަސައްކަތްތައް ހިނގާނެ ގޮތުގެ އެންމެހައި އުސޫލުތައް،
އެ ކޮމިޓީން އެކުލަވައިލައި ށާއިއުކުރަންވާނެއެވެ. މިގޮތުން އެކުލަ ވައިލާ އުސޫލަށް ކިޔާނީ،
"ހިއުމަން ރިސޯސް ކޮމިޓީގެ ކަންކަން ހިންގުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ.

 

224 ވަނަ މާއްދާ - ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ (އެސް. އެޗް. ޕީ. ކޮމިޓީ)

ގާނޫނު ނަންބަރު 16/2014 )ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ
ގާނޫނު( ގެ ދަށުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނާއި އޮފީހަށް ހިދުމަތް
ހޯދުމަށް އަންނަ ފަރާތްތަކަށް ޖިންސީ ފުރައްސާރައާއި ގޯނާކުރުމުން ރައްކައުތެރިވެފައިވާ،
މަސައްކަތުގެ ރައްކައުތެރި މާހައުލެއް ގާއިމުކޮށްދިނުމަށާއި، އެފަދަ މައްސަލަތަކުގެ ށަކުވާ
ބަލައި ތަހުގީގުކުރުމަށް ޓަކައި "ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ"
)ސެކްށުއަލް ހެރަސްމަންޓް ޕްރިވެންށަން ކޮމިޓީ (އެސް. އެޗް. ޕީ. ކޮމިޓީ) ގެ ނަމުގައި،
މި އޮފީހުގެ މުވައްޒަފުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް، މި އޮފީހުގައި އުފައްދަންވާނެއެވެ.

 

225 ވަނަ މާއްދާ - އެސް. އެޗް. ޕީ. ކޮމިޓީ އުފެއްދުމާއި، އެ ކޮމިޓީ އެކުލެވިގެންވާ ގޮތް

(ހ) މި އޮފީހުގެ އެސް. އެޗް. ޕީ. ކޮމިޓީ އެކުލެވިގެންވަނީ، ޕްރޮސިކިއުޓަރ ޖެނެރަލް
އައްޔަންކުރާ، މަދުވެގެން 5 (ފަހެއް) މެންބަރުންގެ މައްޗަށެވެ.

(ށ) މި އޮފީހުގެ އެސް. އެޗް. ޕީ. ކޮމިޓީގައި، މަދުވެގެން 50% )ފަންސާސް އިންސައްތަ(
އަންހެން މެންބަރުން ހިމަނަންވާނެއެވެ.

(ނ) މި އޮފީހުގެ އެސް. އެޗް. ޕީ. ކޮމިޓީއަށް މެންބަރުން އައްޔަންކުރުމުގައި އޮފީހުގެ ތަފާތު
ފަންތިތަކާއި ސެކްށަންތައް ތަމްސީލުވާނޭހެން މުވައްޒަފުން ހިމެނުމަށް
އިސްކަންދޭންވާނެއެވެ.
(ރ) މި އޮފީހުގެ އެސް. އެޗް. ޕީ. ކޮމިޓީ އުފައްދާ ދުވަހުން ފެށިގެން، ރަސްމީ ބަންދުނޫން
3 (ތިނެއް) ދުވަހުގެ ތެރޭގައި، ކޮމިޓީގެ މައުލޫމާތ،ު ސްޓާފް ޕޯޓަލް މެދުވެރިކޮށް
އާންމުކޮށް ށާއިއުކުރަންވާނެއެވެ.

 

226 ވަނަ މާއްދާ - އެސް. އެޗް. ޕީ. ކޮމިޓީގެ ރިޔާސަތު

މި އޮފީހުގެ އެސް. އެޗް. ޕީ. ކޮމިޓީގެ ރިޔާސަތު ބަލަހައްޓާނީ، މި ގަވާއިދުގައިވާ ގޮތުގެ މަތީން
ކޮމިޓީއަށް އައްޔަންކުރެވޭ މުވައްޒަފުންގެ ތެރެއިން ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ކޮމިޓީގެ
ރައީސެވެ. އަދި މި ގޮތުގެ މަތީން އައްޔަންކުރެވޭ ކޮމިޓީގެ ރައީސް، އެއްވެސް ސަބަބަކާހުރެ
ކޮމިޓީގެ ބައްދަލުވުމެއްގައި ބައިވެރިވުމަށް އުޒުރުވެރިވާ ހާލަތުގައި، ކޮމިޓީގެ ބައްދަލުވުންތަކުގެ
ރިޔާސަތު ބަލަހައްޓާނީ، ކޮމިޓީގެ މެންބަރުންގެ ތެރޭގައި ނެގޭ ވޯޓަކުން، ކޮމެޓީގެ މެންބަރުންގެ
ތެރެއިން ކޮމިޓީގެ ނައިބު ރައީސްގެ ގޮތުގައި އިންތިހާބުކޮށްފައިވާ ކޮމިޓީގެ މެންބަރެވެ.

 

227 ވަނަ މާއްދާ - އެސް. އެޗް. ޕީ. ކޮމިޓީގެ ދައުރު އަދި މެންބަރުކަމުން ވަކިވުން

(ހ) މި އޮފީހުގެ އެސް. އެޗް. ޕީ. ކޮމިޓީއަށް މެންބަރުން އައްޔަންކުރެވޭނީ، ފަހަރަކު
ގިނަވެގެން 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަށެވެ.
(ށ) މި އޮފީހުގެ އެސް. އެޗް. ޕީ. ކޮމިޓީގެ މެންބަރުންގެ ގޮތުގައި އައްޔަ ންކުރާ މެންބަރުންގެ
ދައުރު ހަމަވުމުން، އިތުރު ދައުރަކަށް އައްޔަންކުރުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.
(ނ) އެއްވެސް ސަބަބަކާހުރެ މި އޮފީހުގެ އެސް. އެޗް. ޕީ. ކޮމިޓީގެ މެންބަރެއްގެ މަގާމު
ހުސްވެއްޖެ ނަމަ، ހުސްވާ މަގާމަށް އައްޔަންކުރާ މެންބަރުގެ ދައުރަކީ، އެ ދައުރުގެ
ބާކީ އޮންނަ މުއްދަތެވެ.
(ރ) މި އޮފީހުގެ އެސް. އެޗް. ޕީ. ކޮމިޓީގެ މެންބަރަކު އިސްތިއުފާދޭން ބޭނުންވެއްޖެ ނަމަ،
އެކަން ލިޔުމުން ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހެޅިދާނެއެވެ. އަދި ޕްރޮސިކިއުޓަރ
ޖެނެރަލް އެ ފަރާތެއް މެންބަރުކަމުން ވަކިކޮށްފިކަން އެންގުމުން، އެ މެންބަރަކު
ކޮމިޓީން ވަކިވީއެވެ.

 

228 ވަނަ މާއްދާ - އެސް. އެޗް. ޕީ. ކޮމިޓީގެ ކޯރަމް އަދި ނިންމުންތައް ނިންމުން

(ހ) މި އޮފީހުގެ އެސް. އެޗް. ޕީ. ކޮމިޓީގެ އެއްވެސް ބައްދަލުވުމެއް ބޭއްވޭނީ، ކޮމިޓީގެ
މެންބަރުންގެ ތެރެއިން މަދުވެގެން 3 (ތިނެއް) މެންބަރުން ހާޒިރުވެގެންނެވެ.
(ށ) މި އޮފީހުގެ އެސް. އެޗް. ޕީ. ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކުގައި ގޮތެއް
ކަނޑައަޅާނީ، ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

 

229 ވަނަ މާއްދާ - އެސް. އެޗް. ޕީ. ކޮމިޓީގެ އިހުތި ސާސް

މި އޮފީހުގެ އެސް. އެޗް. ޕީ. ކޮމިޓީގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ކަންކަން، ތިރީގައި މިވަނީއެވެ.

(ހ) ގާނޫނު ނަންބަރު 16/2014 )ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނު( ގެ ދަށުން އޮފީހުގެ މުވައްޒަފުންގެ މެދުގައި ނުވަތަ މުވައްޒަފަކާއި ހިދުމަތް ހޯދާ ފަރާތަކާ ދެމެދު ހިނގާ ޖިންސީ ފުރައްސާރައާއި ގޯނާކުރުމުގެ އެންމެހައި ށަކުވާތައް ބަލައިގަތުމާއި ތަހުގީގުކުރުން.

(ށ) ކޮމިޓީއަށް ށަކުވާ ހުށަހަޅާ ފަރާތާއި، އަނިޔާލިބުނު ފަރާތާއި، ހެ ކީންގެ މައުލޫމާތުގެ ސިއްރު ހިފެހެއްޓުމާއި، އެ ފަރާތްތަކަށް ލިބެންޖެހޭ ގާނޫނީ ރައްކައުތެރިކަމާއި، އިދާރީ ރައްކައުތެރިކަން ކަށަވަރުކުރުން.

(ނ) ކޮމިޓީއަށް ށަކުވާ ހުށަހެޅުމާ ގުޅިގެން ނުވަތަ ތަހުގީގަށް މައުލޫމާތު ދިނުމާ ގުޅިގެން މުވައްޒަފަކަށް ކުރިމަތިވެދާނޭ ނޭދެވޭ ފިޔަވަޅުތަކުންނާއި، ބަދަލުހިފުމުގެ އަމަލުތަކުން ނުވަތަ ބިރުދެއްކުންތަކުން އެ ފަރާތްތައް ރައްކައުތެރިކުރުން.

(ރ) ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކުގައި ކޮމިޓީން ހިންގާ ތަހުގީގުން ކުށް ސާބިތުވާކަމަށް ކަނޑައެޅޭ މުވައްޒަފުންނާ މެދު އަޅާނެ ފިޔަވަޅުތައް (ނަސޭހަތްދިނުން ނުވަތަ ވަޒީފާއިން ސަސްޕެންޑްކުރުން ނުވަތަ ވަޒީފާއިން ވަކިކުރުން) މި އޮފީހުގެ ހިއުމަން ރިސޯސް ސެކްށަނަށާއި، ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހެޅުން.

(ބ) ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމާ ބެހޭގޮތުން މުވައްޒަފުންނަށް ނުވަތަ ހިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކަށް ހޭލުންތެރިކަމުގެ ޕުރޮގުރާމުތައް ހިންގައި، އެފަދަ ކަންކަން ހުއްޓުވުމަށް އެޅެންހުރި ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެޅުން.

(ޅ) ކޮމިޓީއަށް ކޮންމެ އަހަރަކު ހުށަހެޅ،ި ބެލުނު މައްސަލަތަކުގެ ތަފާސްހިސާބު ހިމެނޭ ރިޕޯޓު ތައްޔާރުކޮށް، ޕްރޮސިކިއުޓަރ ޖެނެރަލަށާއި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކަށް ހުށަހެޅުން.
(ކ) ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ޖިނާއީ ކުށްތަކުގެ މައްސަލަތައް ކޮމިޓީން ބެލުމުގެ އިތުރުން، އެ މައްސަލަތައް، ދިވެހި ފުލުހުންގެ ހިދުމަތަށް ރިޕޯޓުކުރުމުގެ އިޖުރާތު ކުރިޔަށްގެންދިއުން.

 

230 ވަނަ މާއްދާ - މަސްލަހަތު ފުށުއެރުން 

މި އޮފީހުގެ އެސް. އެޗް. ޕީ. ކޮމިޓީގެ އެއްވެސް މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ނުވަތަ
ދައުރެއް ނުވަތަ މާލީ ފައިދާއެއް ނުވަތަ އެނޫންވެސް ފައިދާއެއް އޮތް މައްސަލައެއް ކޮމިޓީން
ބެލުމުގައި ނުވަތަ އެ މައްސަލައެއްގެ މަށްވަރާއެއްގައި ނުވަތަ އެ މައްސަލައިގައި ގޮތެއް
ނިންމުމުގައި އެ މެންބަރަކު އެއްވެސް މިންވަރަކަށް ބައިވެރިވެގެން ނުވާނެއެވެ. އަދި ކޮމިޓީން  ބަލާ މައްސަލައަކީ، ކޮމިޓީގެ މެންބަރެއްގެ އެފަދަ މަސްލަހަތެއް ނުވަތަ ދައުރެއް ނުވަތަ
މާލީ ފައިދާއެއް ނުވަތަ އެނޫންވެސް ފައިދާއެއް އޮތް މައްސަލައެއްކަން ކުރިން އެނގިފައި ނެތް
ނަމަވެސް، އެކަން އެނގޭ ވަގުތުން ފެށިގެން އެ މައްސަލައަކީ އެ މެންބަރެއްގެ މަސްލަހަތެއް
އޮތް މައްސަލައެއްކަން ކޮމިޓީއަށް ހާމަކުރުމާއެކު، އެ މައްސަލައެއް ބެލުމުން ނުވަތަ
އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުމެއް ނިންމުމުން އެ މެންބަރަކު
ތަނާޒުލްވާންވާނެއެވެ.

 

231 ވަނަ މާއްދާ - އެސް. އެޗް. ޕީ. ކޮމިޓީން މައްސަލަ ބަލައި ތަހުގީގުކުރުމުގެ ބާރު

(ހ) މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން މި އޮފީހުގެ އެސް. އެޗް. ޕީ. ކޮމިޓީއަށް ހުށަހެޅޭ
މައްސަލަތައް ބެލުމަށް ޓަކައި މި އޮފީހުގެ މުވައްޒަފުންނާއި އެނޫންވެސް ފަރާތްތައް
ހާޒިރުކުރުމާއި، ބަޔާން ނެގުމާއި، ލިޔެކިޔުމާއި އެނޫންވެސް ހެއްކާއި ގަރީނާ ހޯދުމާއި،
މައްސަލައިގެ ހަގީގަތް ހޯދައި ކަށަވަރުކުރުމަށް ޓަކައި ކުރަންޖެހޭ ކަންކަން ކުރުމުގެ
ބާރު، އެ ކޮމިޓީއަށް ލިބިގެންވެއެވެ.

(ށ) މި އޮފީހުގެ އެސް. އެޗް. ޕީ. ކޮމިޓީން މައްސަލަ ތަހުގީގުކުރަމުންދާ މުއްދަތުގައި،
ތަހުގީގަށް އިންސާފުވެރި މާހައުލެއް ހޯދައިދިނުމުގެ ގޮތުން އަދި/ނުވަތަ އަނިޔާލިބުނު
ފަރާތުގެ ރައްކައުތެރިކަމަށް ޓަކައި، މައްސަލަ ރައްދުވާ މުވައްޒަފު ވަގުތީގޮތުން އެހެން
ސެކްށަނަކަށް ބަދަލުކުރުމަށް ނުވަތަ މަސައްކަތުން އެކަހެރިކުރުމަށް ޕްރޮސިކިއުޓަރ
ޖެނެރަލަށް ހުށަހެޅުމުގެ ބާރު، ކޮމިޓީއަށް ލިބިގެންވެއެވެ.

 

232 ވަނަ މާއްދާ - އެސް. އެޗް. ޕީ. ކޮމިޓީގެ މެންބަރުން ބައްދަލުވުންތަކަށް ހާޒިރުވުން

މި އޮފީހުގެ އެސް. އެޗް. ޕީ. ކޮމިޓީގެ މެންބަރުން، ކޮމިޓީގެ ބައްދަލުވުންތަކަށް ހާޒިރުވެ،
ކޮމިޓީގެ މަސައްކަތުގައި ބައިވެރިވާންވާނެއެވެ. އެއްވެސް ސަބަބަކާހުރެ ކޮމިޓީގެ ބައްދަލުވުމަކަށް
ހާޒިރުނުވެވޭ ނަމަ، ބައްދަލުވުން ފެށުމުގެ 1 (އެކެއް) ގަޑިއިރުގެ ކުރިން، ކޮމިޓީގެ ރައީސަށް
އެކަން އަންގަންވާނެއެވެ.

 

233 ވަނަ މާއްދާ - އެސް. އެޗް. ޕީ. ކޮމިޓީގެ މެންބަރެއްގެ މަގާމު ހުސްވުން

މި އޮފީހުގެ އެސް. އެޗް. ޕީ. ކޮމިޓީގެ މެންބަރެއްގެ މަގާމު ހުސްވެއްޖެ ނަމަ، ސަރުކާރު
ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި، އެ މަގާމަށް އިތުރު މެންބަރަކު، މި ގަވާއިދުގެ
225 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާތާ އެއްގޮތަށް އައްޔަން ކުރަންވާނެއެވެ.

 

234 ވަނަ މާއްދާ - އެސް. އެޗް. ޕީ. ކޮމިޓީގެ ސެކްރެޓޭރިއެޓް

(ހ) މި އޮފީހުގެ އެސް. އެޗް. ޕީ. ކޮމިޓީގެ އިދާރީ މަސައްކަތްތައް ބަލަހައްޓާނީ، ހިއުމަން
ރިސޯސް ސެކްށަނުންނެވެ. ކޮމިޓީގެ ސެކްރެޓޭރިއެޓަކީ، މި އޮފީހުގެ ހިއުމަން
ރިސޯސް ސެކްށަނެވެ.

(ށ) މި އޮފީހުގެ އެސް. އެޗް. ޕީ. ކޮމިޓީގެ ސެކްރެޓޭރިއެޓުގެ މައިގަނޑު
މަސްއޫލިއްޔަތުތައް، ތިރީގައި މިވަނީއެވެ.

  1. ކޮމިޓީގެ ރައީސްގެ މަށްވަރާގެ މަތީން، ކޮމިޓީގެ ބައްދަލުވުންތައް،
    ކަނޑައެޅޭ ތާރީހުތަކުގައި ބޭއްވުމުގެ އިދާރީ އެންމެހައި އިންތިޒާމުތައް
    ހަމަޖެއްސުން؛
  2. ކޮމިޓީގެ ބައްދަލުވުންތަކުގެ އެޖެންޑާއާއި ހާޒިރީއާއި ޔައުމިއްޔާއާއި އެހެނިހެން
    ލިޔެކިޔުން ބެލެހެއްޓުން.
  3. ކޮމިޓީން ނިންމާ ނިންމުންތަކާ ގުޅޭ ލިޔެކިޔުން ބަލަހައްޓައި، ފުރިހަމަކޮށް
    ފައިލުކުރުން؛
  4. ކޮމިޓީން ސެކްރެޓޭރިއެޓާ ހަވާލުކުރާ އެހެނިހެން ކަންކަން ކުރުން.

 

235 ވަނަ މާއްދާ - އެސް. އެޗް. ޕީ. ކޮމިޓީއަށް ށަކުވާ ހުށަހެޅުމާއި، މައްސަލަ ނިންމުމުގެ އިޖުރާތު

(ހ) މި އޮފީހުގެ އެސް. އެޗް. ޕީ. ކޮމިޓީއަށް ހުށަހަޅާ މައްސަލަތައް އެކަމަށް
ހާއްސަކުރެވިފައިވާ ފޯމަކުން ނުވަތަ ސިޓީއަކުން "ޖިންސީ ފުރައްސާރަކުރުމާއި
ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ" އަށް އެޑްރެސްކޮށްފައި ކައުންޓަރަށް ނުވަތަ އެކަމަށް
ޓަކައި ހާއްސަކޮށްފައިވާ އ-ީމެއިލް މެދުވެރިކޮށް ހުށަހެޅިދާނެއެވެ. ސިޓީއެއް
ފޮނުވާ ނަމަ، އެ ސިޓީ އޮންނަންވާނީ ސިޓީއުރައަކަށް ލައި ބަންދުކޮށްފައެވެ.
(ށ) މި އޮފީހުގެ އެސް. އެޗް. ޕީ. ކޮމިޓީއަށް ށަކުވާ ލިބޭތާ ރަސްމީ ބަންދުނޫން
3 (ތިނެއް) ދުވަހުގެ ތެރޭގައި، ށަކުވާ ލިބުނުކަން، ށަކުވާ ހުށަހެޅި ފަރާތަށް
ލިޔުމުން އަންގަންވާނެއެވެ.
(ނ) މި އޮފީހުގެ އެސް. އެޗް. ޕީ. ކޮމިޓީއަށް ށަކުވާ ހުށަހަޅާތާ ގިނަވެގެން
60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ނުވަތަ ގާނޫނުގައި ކަނޑައަޅައިފައިވާ
މުއްދަތެއްގެ ތެރޭގައި މައްސަލަ ބަލައި ނިންމައި، އެ ނިންމުން، މައްސަލަ ހުށަހެޅި
ފަރާތަށާއި މައްސަލަ ރައްދުވި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

 

236 ވަނަ މާއްދާ - ފިޔަވަޅުއެޅުމާއި  އިލްތިމާސްކުރުން )ޓްރައިބިއުނަލަށް (ހުށަހެޅުން)

(ހ) މި އޮފީހުގެ އެސް. އެޗް. ޕީ. ކޮމިޓީގެ ތަހުގީގުން ޖިންސީ ފުރައްސާރައިގެ އަމަލު
ސާބިތުވެއްޖެ ނަމަ، ގާނޫނުގައިވާ ގޮތުގެ މަތީން އެ މުވައްޒަފަކާ މެދު ފިޔަވަޅުއަޅަން،
ހިއުމަން ރިސޯސް ސެކްށަނަށް، އެސް. އެޗް. ޕީ. ކޮމިޓީގެ ފަރާތުން
ހުށަހަޅަންވާނެއެވެ.

(ށ) މި އޮފީހުގެ އެސް. އެޗް. ޕީ. ކޮމިޓީގެ ނިންމުމާ މެދު ނުވަތަ މައްސަލަ ބެލި
ގޮތާ މެދު ހިތްހަމަނުޖެހޭ ނަމަ، ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ އިލްތިމާސްކުރުމުގެ ހައްގު، ށަކުވާ ހުށަހެޅި
ފަރާތަށާއި މައްސަލަ ރައްދުވި ފަރާތަށް ލިބިގެންވެއެވެ.

 

237 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

މި އޮފީހުގެ އެސް. އެޗް. ޕީ. ކޮމިޓީއަށް ހުށަހެޅޭ ށަކުވާ ބަލައިގަތުމުގައްޔާއި،
ތަހުގީގުކުރުމުގައްޔާއި، އިދާރީ މަސައްކަތުގައި ބައިވެރިވާ އެންމެހައި މުވައްޒަފުންނާއި ކޮމިޓީގެ
މެންބަރުން، އެ ށަކުވާއަކާ ގުޅޭ އެންމެހައި މައުލޫމާތުތަކުގެ ސިއްރު ހިފަހައްޓަންވާނެއެވެ.
އަދި ސިއްރު ހިފެހެއްޓުމުގެ އުސޫލާ ހިލާފުވާ ފަރާތްތައް ކޮމިޓީގެ މަސައްކަތުން ވަގުތުން
އެކަހެރިކޮށް އަދި/ނުވަތަ ކޮމިޓީން ވަކިކޮށް، އެ ފަރާތަކާ މެދު އިސްލާހީ ފިޔަވަޅު
އަޅަންވާނެއެވެ.

 

238 ވަނަ މާއްދާ - ވިސްލްބްލޯވަރ ޕްރޮޓެކްށަން ކޮމިޓީ (ޑަބްލިއު. ޕީ. ކޮމިޓީ)

"ވިސްލްބްލޯވަރ ޕްރޮޓެކްށަން ކޮމިޓީ" (ޑަބްލިއު. ޕީ. ކޮމިޓީ) އަކީ ގާނޫނު ނަންބަރު 16/2019 )ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު( ގެ ދަށުން މި އޮފީހުގައި އުފައްދައިފައިވާ ކޮމިޓީއެކެވެ.

 

239 ވަނަ މާޢްދާ - ޑަބްލިއު. ޕީ. ކޮމިޓީ އެކުލެވިގެންވާ ގޮތް

މި އޮފީހުގެ ޑަބްލިއު. ޕީ. ކޮމިޓީ އެކުލެވިގެންވަނީ ޕްރޮސިކިއުޓަރ ޖެނެރަލް އައްޔަންކުރާ،
މަދުވެގެން 3 (ތިނެއް) މެންބަރުންގެ މައްޗަށެވެ.
(ހ) ގާނޫނު ނަންބަރު 16/2019 )ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ
ގާނޫނު( ގެ ދަށުން އައްޔަންކޮށްފައިވާ ވިސްލްބްލޯވަރ ޕްރޮޓެކްށަން އޮފިސަރ.
(ށ) އޮފިސަރ ލެވެލް ނުވަތަ އެޔަށް ވުރެ މަތީ ލެވެލެއްގެ އަންހެން މުވައްޒަފެއް.
(ނ) އޮފިސަރ ލެވެލް ނުވަތަ އެޔަށް ވުރެ މަތީ ލެވެލެއްގެ ފިރިހެން މުވައްޒަފެއް.

 

240 ވަނަ މާޢްދާ - ޑަބްލިއު. ޕީ. ކޮމިޓީގެ ރިޔާސަތު

މި ކޮމިޓީގެ ޗެއަރޕަރސަންއަކީ ވިސްލްބްލޯވަރ ޕްރޮޓެކްށަން އޮފިސަރެވެ.

 

241 ވަނަ މާޢްދާ - ޑަބްލިއު. ޕީ. ކޮމިޓީގެ ދައުރު އަދި މެންބަރުކަމުން ވަކިވުން

(ހ) މި އޮފީހުގެ ޑަބްލިއު. ޕީ. ކޮމިޓީއަށް މެންބަރުން އައްޔަންކުރެވޭނީ 2 (ދޭއް)
އަހަރުދުވަހުގެ މުއްދަތަށެވެ.
(ށ) މި އޮފީހުގެ ޑަބްލިއު. ޕީ. ކޮމިޓީގެ މެންބަރުންގެ ގޮތުގައި އައްޔަންކުރާ މެންބަރުންގެ
ދައުރު ހަމަވުމުން، އިތުރު ދައުރަކަށް ވެސް އައްޔަންކުރެވިދާނެއެވެ.
(ނ) އެއްވެސް ސަބަބަކާހުރެ މި އޮފީހުގެ ޑަބްލިއު. ޕީ. ކޮމިޓީގެ މެންބަރެއްގެ މަގާމު
ހުސްވެއްޖެ ނަމަ، ހުސްވާ މަގާމަށް އައްޔަންކުރާ މެންބަރުގެ ދައުރަކީ، އެ ދައުރުގެ
ބާކީ އޮންނަ މުއްދަތެވެ.
(ރ) މި އޮފީހުގެ ޑަބްލިއު. ޕީ. ކޮމިޓީގެ މެންބަރަކު އިސްތިއުފާދޭން ބޭނުންވެއްޖެ ނަމަ،
އެކަން ލިޔުމަކުން ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހެޅިދާނެއެވެ. އަދި ޕްރޮސިކިއުޓަރ  ޖެނެރަލް އެ ފަރާތެއް މެންބަރުކަމުން ވަކިކޮށްފިކަން އެންގުމުން، އެ މެންބަރަކު ކޮމިޓީން ވަކިވީއެވެ.

 

242 ވަނަ މާޢްދާ - ޑަބްލިއު. ޕީ. ކޮމިޓީގެ ކޯރަމް އަދި ނިންމުންތައް ނިންމުން

(ހ) މި އޮފީހުގެ ޑަބްލިއު. ޕީ. ކޮމިޓީގެ އެއްވެސް ބައްދަލުވުމެއް ބޭއްވޭނީ، މަދުވެގެން
3 (ތިނެއް) މެންބަރުން ހާޒިރުވެގެންނެވެ.
(ށ) މި އޮފީހުގެ ޑަބްލިއު. ޕީ. ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކުގައި ގޮތެއް ކަނޑައަޅާނީ،
ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

 

243 ވަނަ މާޢްދާ - ޑަބްލިއު. ޕީ. ކޮމިޓީގެ އިހުތި ސާސް

ވިސްލްބްލޯވަރ ޕްރޮޓެކްށަން ކޮމިޓީގެ އިހުތިސާސްގެ ތެރޭގައި، ތިރީގައިވާ ކަންކަން
ހިމެނެއެވެ.
(ހ) މައުލޫމާތު ހުށަހެޅޭނެ އިންތިޒާމުތައް ގާއިމުކުރުމާއި، މައުލޫމާތު ހުށަހެޅުމުން މައުލޫމާތު
ބަލައިގަތުން.
(ށ) މައުލޫމާތު ހުށަހަޅާ ފަރާތުގެ ވަނަވަރާއި، ޒާތީ އެހެނިހެން މައުލޫމާތު ސިއްރުކުރުން.
(ނ) މައުލޫމާތާ ގުޅިގެން ކުރަންޖެހޭ ތަހުގީގުތައް ކުރުން.
(ރ) ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން، ގާނޫނަކުން ވަކި އިދާރާއަކަށް ތަހުގީގުކުރުމުގެ
އިހުތިސާސް ދީފައިވާ މައްސަލައެއް އޮތް ނަމަ، އެ ކަމެއް ތަހުގީގުކުރުމަށް
އެ އިދާރާއަކަށް ފޮނުވުން.
(ބ) ހުށަހެޅޭ މައްސަލައެއްގައި ވަކި ފަރާތަކަށް ރައްކައުތެރިކަން ދޭންޖެހޭކަމަށް ގަބޫލުކުރެވޭ
ނަމަ، އެކަން، ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސްގެ ވިސްލްބްލޯވަރ
ޕްރޮޓެކްށަން ޔުނިޓުގެ ސަމާލުކަމަށް ގެނައުން.
(ޅ) ތަހުގީގު ރިޕޯޓު އެކުލަވައިލައި އާންމުކުރުން.
(ކ) އެތެރޭގެ އިންތިޒާމުތައް ހިނގަމުންދާގޮތާ ގުޅޭގޮތުން ވިސްލްބްލޯވަރ ޕްރޮޓެކްށަން
ޔުނިޓުން ހޯދަން އެދޭ މައުލޫމާތު ހިއްސާކުރުން.
(އ) ވިސްލްބްލޯކުރުމުގެ މުހިންމުކަމާއި، ވިސްލްބްލޯކުރާ ފަރާތްތަކަށް، ވިސްލްބްލޯކުރުމާ
ގުޅޭ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކުން ލިބިދީފައިވާ ރައްކައުތެރިކަމާއި،
ހައްގުތަކާއި، އެތެރޭގެ އިންތިޒާމުތަކާ ގުޅޭގޮތުން މުވައްޒަފުންނަށް މަދުވެގެން އަހަރަކު
2 (ދޭއް) ފަހަރު ހޭލުންތެރިކުރުމުގެ ޕުރޮގުރާމުތައް ހިންގުން.

(ވ) މި މާއްދާގެ (ހ) އިން ފެށިގެން (އ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ
މަސްއޫލިއްޔަތުތަކުގެ އިތުރުން ވެސް، ގާނޫނު ނަންބަރު 16/2019 )ވިސްލްބްލޯކުރާ
ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު( އާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލާ
ގަވާއިދުތަކާއި އުސޫލުތަކުގައި ބަޔާންކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް.

 

244 ވަނަ މާޢްދާ - މަސްލަހަތު ފުށުއެރުން 

(ހ) ޑަބްލިއު. ޕީ. ކޮމިޓީގައި ހިމެނޭ އެއްވެސް މެންބަރަކު، ތަހުގީގުކުރަމުންދާ
މައްސަލައެއްގައި، އެ ފަރާތުގެ މަސްލަހަތު ފުށުއަރާ މަސައްކަތެއް ކުރަން
ޖެހިއްޖެ ނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްއާ އެކަމުގެ މައުލޫ މާތު ހިއްސާކޮށް،
އެ މެންބަރަކު އެ މައްސަލައަކުން ވަގުތުން ތަނާޒުލްވާންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ތަނާޒުލްވާ މެންބަރުގެ ބަދަލުގައި އެ މައްސަލައެއް
ބެލުމަށް ވީ އެންމެ އަވަހަކަށް އަދި ގިނަވެގެން 2 (ދޭއް) ދުވަހުގެ ތެރޭގައި އެހެން
ފަރާތެއް އައްޔަންކުރަންވާނެއެވެ.

 

245 ވަނަ މާޢްދާ - ޑަބްލިއު. ޕީ. ކޮމިޓީ ކުރިޔަށްގެންދާނެ ގޮތް

މި އޮފީހުގެ ޑަބްލިއު. ޕީ. ކޮމިޓީއަށް ކުރިޔަށްގެންދާނީ ހިއުމަން ރައިޓްސް ކޮމިށަނުން
އެކުލަވައިލައިފައިވާ ދައުލަތުގެ އިދާރާތަކުގެ އެތެރޭގައި ވިސްލްބްލޯކުރުމުގެ އިންތިޒާމު
ހަމަޖެއްސުމާއި، މައުލޫމާތުތައް ތަހުގީގުކޮށް، ފިޔަވަޅުއެޅުމުގައި އަމަލުކުރާނެ ގޮތުގެ
ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

246 ވަނަ މާޢްދާ - ޑަބްލިއު. ޕީ. ކޮމިޓީއާބެހޭ ގޮތުން ށަކުވާ ހުށަހެޅުން

މި އޮފީހުގެ ޑަބްލިއު. ޕީ. ކޮމިޓީއާ ގުޅޭގޮތުންނާއި، އެ ކޮމިޓީގެ ވަކިވަކި މެންބަރުން
އެ ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން ކުރާ ކަންކަމާ ބެހޭގޮތުން އިލްތިމާސެއް ނުވަތަ
ށަކުވާއެއް އޮތް ނަމަ، އެފަދަ އިލްތިމާސެއް ނުވަތަ ށަކުވާއެއް ބިނާވާ ކަމެއް ހިނގިތާ
ނުވަތަ އެ ކަމެއް ހިނގިކަން އެނގޭތ،ާ ގިނަވެގެން، ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި،
އެ އިލްތިމާސެއް ނުވަތަ ށަކުވާއެއް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހެޅުމުގެ ހައްގު،
މި އޮފީހުގެ ކޮންމެ މުވައްޒަފަކަށް ވެސް ލިބިގެންވެއެވެ.

 

247 ވަނަ މާޢްދާ - ސިއްރު ހިފެހެއްޓުން

ޑަބްލިއު. ޕީ. ކޮމިޓީއަށް ހުށަހެޅޭ ށަކުވާ ބަލައިގަތުމުގައްޔާއި، ތަހުގީގުކުރުމުގައި ކޮމިޓީގެ
މެންބަރުންނާއި، ކޮމިޓީގެ އިދާރީ މަސައްކަތުގައި ބައިވެރިވާ އެންމެހައި މުވައްޒަފުން،
އެ ށަކުވާއަކާ ގުޅޭ އެންމެހައި މައުލޫމާތުތަކުގެ ސިއްރު ހިފަހައްޓަންވާނެއެވެ. އަދި ސިއްރު
ހިފެހެއްޓުމުގެ އުސޫލާ ހިލާފުވާ ފަރާތްތައް ކޮމިޓީގެ މަސައްކަތުން ވަގުތުން އެކަހެރިކޮށް،
އަދި/ނުވަތަ ކޮމިޓީން ވަކިކޮށް، އެ ފަރާތަކާ މެދު އިސްލާހީ ފިޔަވަޅު އަޅަންވާނެއެވެ.

 

248 ވަނަ މާޢްދާ - ޖެންޑަރ އިކުއަލިޓީ ކޮމިޓީ (ޖީ.އީ. ކޮމިޓީ)

ގާނޫނު ނަންބަރު 18/2016 )ޖެންޑަރ އިކުއަލިޓީގެ ގާނޫނު( ގެ 20 ވަނަ މާއްދާގެ
(ކ) ގެ ދަށުން، އެ ގާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސަބަބުތަކަށް ޓަކައި
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅޭ ށަކުވާތައް ބެލުމަށާއި، ޖިންސަށް ބަލައިގެން
ކުރެވޭ ތަފާތުކުރުންތަކުން މުވައްޒަފުންނާއި ހިދުމަތް ހޯދާ ފަރާތްތައް ރައްކައުތެރިކޮށް، ހަމަހަމަ މާހައުލެއް ކަށަވަރުކުރުމަށް ޓަކައި "ޖެންޑަރ އިކުއަލިޓީ ކޮމިޓީ" (ޖީ.އީ. ކޮމިޓީ) ގެ ނަމުގައި،
މި އޮފީހުގެ މުވައްޒަފުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް، މި އޮފީހުގައި އުފައްދަންވާނެއެވެ.

 

249 ވަނަ މާޢްދާ - ޖީ.އީ. ކޮމިޓީއަށް ށަކުވާ ހުށަހެޅޭނެ ފަރާތްތައް

މި ގަވާއިދުގެ ދަށުން، މި އޮފީހުގެ ޖީ.އީ. ކޮމިޓީއަށް ށަކުވާ ހުށަހެޅޭނީ، ތިރީގައިވާ
ފަރާތްތަކަށެވެ.
(ހ) މި އޮފީހުގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް.
(ށ) މި އޮފީހުގެ މުވައްޒަފެއް.
(ނ) މި އޮފީހުން ހިދުމަތް ހޯދާ ފަރާތްތައް.

 

250 ވަނަ މާޢްދާ - ޖީ.އީ. ކޮމިޓީ އުފެއްދުމާއި، އެ ކޮމިޓީ އެކުލެވިގެންވާ ގޮތް

(ހ) މި އޮފީހުގެ ޖީ.އީ. ކޮމިޓީ އެކުލެވިގެންވަނީ، ޕްރޮސިކިއުޓަރ ޖެނެރަލް އައްޔަންކުރާ،
މަދުވެގެން 5 (ފަހެއް) މެންބަރުންގެ މައްޗަށެވެ.
(ށ) މި އޮފީހުގެ ޖީ.އީ. ކޮމިޓީއަށް މެންބަރުން އައްޔަންކުރުމުގައި، މަދުވެގެން، އަންހެން
3 (ތިނެއް) މެންބަރުން އެ ކޮމިޓީގައި ހިމަނަންވާނެއެވެ.

 

251 ވަނަ މާޢްދާ - ޖީ.އީ. ކޮމިޓީގެ ރިޔާސަތު

މި އޮފީހުގެ ޖީ.އީ. ކޮމިޓީގެ ރިޔާސަތު ބަލަހައްޓާނީ، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން
ކޮމިޓީއަށް އައްޔަންކުރެވޭ މުވައްޒަފުންގެ ތެރެއިން ކޮމިޓީގެ މެންބަރުގެ ތެރޭގައި ނެގޭ ވޯޓަކުން،
ކޮމިޓީގެ ރައީސްގެ ގޮތުގައި އިންތިހާބުކޮށްފައިވާ މެންބަރެވެ. އަދި މިގޮތުގެ މަތީން
އައްޔަންކުރެވޭ ކޮމިޓީގެ ރައީސް، އެއްވެސް ސަބަބަކާ ހުރެ ކޮމިޓީގެ ބައްދަލުވުމުގައި
ބައިވެރިވުމަށް އުޒުރުވެރިވާ ހާލަތުގައި، ނައިބު ރައީސްގެ ގޮތުގައި އިންތިހާބުކޮށްފައިވާ ކޮމިޓީގެ
މެންބަރެވެ.

 

252 ވަނަ މާޢްދާ - ޖީ.އީ. ކޮމިޓީގެ ދައުރު އަދި މެންބަރުކަމުން ވަކިވުން

(ހ) މި އޮފީހުގެ ޖީ.އީ. ކޮމިޓީއަށް މެންބަރުން އައްޔަންކުރެވޭނީ، ފަހަރަކު ގިނަވެގެން
2 (ދޭއް) އަހަރުދުވަހުގެ މުއްދަތަށެވެ.
(ށ) މި އޮފީހުގެ އެސް. ޖީ.އީ. ކޮމިޓީގެ މެންބަރުންގެ ގޮތުގައި އައްޔަންކުރާ މެންބަރުންގެ
ދައުރު ހަމަވުމުން، އިތުރު ދައުރަކަށް އައްޔަންކުރުމަކަށް މި ގަވާއިދު ހުރަހެއް
ނާޅައެވެ.
(ނ) އެއްވެސް ސަބަބަކާހުރެ މި އޮފީހުގެ ޖީ.އީ. ކޮމިޓީގެ މެންބަރެއްގެ މަގާމު ހުސްވެއްޖެ
ނަމަ، ހުސްވާ މަގާމަށް އައްޔަންކުރާ މެންބަރުގެ ދައުރަކީ، އެ ދައުރުގެ ބާކީ އޮންނަ
މުއްދަތެވެ.
(ރ) މި އޮފީހުގެ ޖީ.އީ. ކޮމިޓީގެ މެންބަރަކު އިސްތިއުފާދޭން ބޭނުންވެއްޖެ ނަމަ، އެކަން
ލިޔުމަކުން ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހެޅިދާނެއެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލް އެ ފަރާތެއް މެންބަރުކަމުން ވަކިކޮށްފިކަން އެންގުމުން، އެ މެންބަރަކު ކޮމިޓީން ވަކިވީއެވެ.

 

253 ވަނަ މާޢްދާ - ޖީ.އީ. ކޮމިޓީގެ ކޯރަމް އަދި ނިންމުންތައް ނިންމުން

(ހ) މި އޮފީހުގެ ޖީ.އީ. ކޮމިޓީގެ އެއްވެސް ބައްދަލުވުމެއް ބޭއްވޭނީ، ކޮމިޓީގެ މެންބަރުންގެ
ތެރެއިން މަދުވެގެން 3 (ތިނެއް) މެންބަރުން ހާޒިރުވެގެންނެވެ.
(ށ) މި އޮފީހުގެ ޖީ.އީ. ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކުގައި ގޮތެއް ކަނޑައަޅާނީ،
ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

 

254 ވަނަ މާޢްދާ - ކޮމިޓީގެ އިހުތިސާސް

މި އޮފީހުގެ ޖީ.އީ. ކޮމިޓީގެ އިހުތިސާސްގެ ތެރޭގައި ހިމެނެނީ، މި އޮފީހުގެ ވަޒީފާއަށް
ކުރިމަތިލާ ފަރާތްތަކާއި، މުވައްޒަފުންނާއި، ހިދުމަތް ހޯދާ ފަރާތްތަކުން، ގާނޫނު ނަންބަރު
18/2016 )ޖެންޑަރ އިކުއަލިޓީގެ ގާނޫނު( ގެ ދަށުން ހުށަހަޅާ އަންނަނިވި ބާވަތުގެ
ށަކުވާތައް ބަލައިގަތުމާއި ތަހުގީގުކުރުމެވެ.

(ހ) ވަޒީފާ ދިނުމުގައްޔާއި، ވަޒީފާގައި ހުންނައިރު ދޭ ތަމްރީނުތައް ދިނުމުގައްޔާއި، ވަޒީފާގެ
ކުރިއެރުން ދިނުމުގައި، އަންހެނުންނަށާއި ފިރިހެނުންނަށް ހަމަހަމަ ފުރުސަތު
ނުދިނުން.
(ށ) އެއްތަނެއްގައި އެއްމަސައްކަތެއް ކުރާ އަންހެނުންނަށާއި ފިރިހެނުންނަށް ހަމަހަމަ އުޖޫރަ
ނުދިނުން.
(ނ) ވަކި ޖިންސެއްގެ ބަޔަކަށް ވަކި ބާވަތެއްގެ މަސައްކަތް ހާއްސަކުރުމުގެ
ނަތީޖާއެއްގެގޮތުން، ވަކި ޖިންސެއްގެ މީހުންނަށް ފުރުސަތު ނުލިބޭގޮތަށް އުފެދިފައިވާ
ހަމަހަމަކަން ގެއްލިފައިވާ ނިޒާމެއްގެ ސަބަބުން ކުރިމަތިވާ ނިޒާމީ ތަފާތުކުރުން.
(ރ) އެއްތަނެއްގައި ވަޒީފާ އަދާކުރުމުގައި، އަންހެނަކާއި ފިރިހެނަކު ކުރާ މަސައްކަތަކީ
މަސައްކަތުގެ އަގަށާއި، ކުރާ މަސައްކަތަށް ބަލާއިރު އެކަށީގެންވާ މިންވަރަށް އެއްގޮތް
މަސައްކަތެއް ނަމަ، މުސާރައާއި އިތުރުގަޑީގެ ފައިސާއާއި، އިނާޔަތާއި އެލަވަންސް
ދިނުމުގައި އެ ދެ ފަރާތުގެ މެދުގައި ހަމަހަމަ އުސޫލުން އަމަލުނުކުރުން.
(ބ) ކުރަންޖެހޭ މަސައްކަތަކީ ކޮންމެހެން ވަކި ޖިންސެއްގެ މީހަކަށްވުން ލާޒިމުކުރާ
މަސައްކަތް ފިޔަވައި، ވަޒީފާއަށް އިއުލާންކޮށް އިށްތިހާރުކުރާއިރު ހަމައެކަނި
ވަކި ޖިންސަކަށް ހާއްސަކޮށްގެން އެފަދަ ވަޒީފާއެއްގެ ފުރުސަތު ހުޅުވައިލުން.
(ޅ) ޖިންސަށް ބަލައިގެން ސީދާކޮށް ނުވަތަ ނުސީދާކޮށް ކުރެވޭ ތަފާތުކުރުންތަކާއި ނިޒާމީ
ތަފާތުކުރުންތައް.

(ކ) ފިރިހެނުންނަށް ވުރެ އަންހެނުން މަދުން ކުރިމަތިލާ ފަދަ ދާއިރާތަކުން ވަޒީފާގެ
ފުރުސަތު ހުޅުވައިލާއިރު، ވަޒީފާއަށް ކުރިމަތިލުމަށް އަންހެނުންނަށް ވެސް ދައުވަތުދޭ
ފަދަ ގޮތަކަށް ވަޒީފާގެ އިއުލާންތަކާއި އިށްތިހާރުތައް ނުކުރުން.
(އ) ދަރިމައިވުމުގެ ފުރުސަތު އޮތުމުން، ވިހެއުމުން ނުވަތަ ގާތުން ކިރުދިނުމުން ކުރެވޭ
ތަފާތުކުރުންތައް.
(ވ) ޖިންސަށް ނުވަތަ ކައިވެނީގެ ހާލަތަށް ނުވަތަ އާއިލީ ޒިންމާއަށް ނުވަތަ
ސަގާފ/ީއިޖުތިމާއީ ގަބޫލުކުރުންތަކަށް ބިނާކޮށް ކުރެވޭ ތަފާތުކުރުންތައް.
(މ) ށަކުވާ ހުށަހަޅާ ފަރާތްތަކުގެ މައުލޫމާތުގެ ސިއްރު ހިފެހެއްޓުމާއި، އެ ފަރާތްތަކަށް
ލިބެންޖެހޭ ގާނޫނީ ރައްކައުތެރިކަން ކަށަވަރުކުރުން.
(ފ) ށަކުވާ ހުށަހެޅުމާ ގުޅިގެން ނުވަތަ ހެކިދިނުމާ ގުޅިގެން މުވައްޒަފަކަށ/ްފަރާތަކަށް
ކުރިމަތިވެދާނެ ނޭދެވޭ ފިޔަވަޅުތަކުންނާއި، ބަދަލުހިފުމުގެ އަމަލުތަކުން ނުވަތަ
ބިރުދެއްކުންތަކުން އެ ފަރާތްތައް ރައްކައުތެރިކުރުން.
(ދ) ގާނޫނު ނަންބަރު 18/2016 )ޖެންޑަރ އިކުއަލިޓީގެ ގާނޫނު( އާ ހިލާފުވާ ފަރާތްތަކާ
މެދު ފިޔަވަޅުއަޅަން އެޗް. އާރް. ކޮމިޓީއަށް ހުށަހެޅުމާއި، އޮފީހުގެ އުސޫލުތައް
އިސްލާހުކުރަން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލަފާދިނުން.
(ތ) ކޮންމެ އަހަރަކު ހުށަހެޅި ބެލުނު މައްސަލަތަކުގެ ތަފާސްހިސާބު ހިމެނޭ ރިޕޯޓު
ތައްޔާރުކޮށް، ޖެހިގެން އަންނަ އަހަރުގެ ޖެނުއަރީމަހުގެ 10 ވަނަ ދުވަހުގެ ކުރިން
ޕްރޮސިކިއުޓަރ ޖެނެރަލްއަށާއި ކަމާބެހޭ ވުޒާރާއަށް ހުށަހެޅުން.

 

255 ވަނަ މާޢްދާ - މަސްލަހަތު ފުށުއެރުން

މި އޮފީހުގެ ޖީ.އީ. ކޮމިޓީގެ އެއްވެސް މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ނުވަތަ ދައުރެއް
ނުވަތަ މާލީ ފައިދާއެއް ނުވަތަ އެނޫންވެސް ފައިދާއެއް އޮތް މައްސަލައެއް ކޮމިޓީން ބެލުމުގައި
ނުވަތަ އެ މައްސަލައެއްގެ މަށްވަރާއެއްގައި ނުވަތަ އެ މައްސަލައިގައި ގޮތެއް ނިންމުމުގައި
އެ މެންބަރަކު އެއްވެސް މިންވަރަކަށް ބައިވެރިވެގެން ނުވާނެއެވެ. އަދި ކޮމިޓީން ބަލާ
މައްސަލައަކީ، ކޮމިޓީގެ މެންބަރެއްގެ އެފަދަ މަސްލަހަތެއް ނުވަތަ ދައުރެއް ނުވަތަ މާލީ
ފައިދާއެއް ނުވަތަ އެނޫންވެސް ފައިދާއެއް އޮތް މައްސަލައެއްކަން ކުރިން އެނގިފައި ނެތް
ނަމަވެސް، އެކަން އެނގޭ ވަގުތުން ފެށިގެން އެ މައްސަލައަކީ އެ މެންބަރެއްގެ މަސްލަހަތެއް
އޮތް މައްސަލައެއްކަން ކޮމިޓީއަށް ހާމަކުރުމާއެކު، އެ މައްސަލައެއް ބެލުމުން ނުވަތަ
އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުމެއް ނިންމުމުން އެ މެންބަރަކު
ތަނާޒުލްވާންވާނެއެވެ.

 

256 ވަނަ މާޢްދާ - ޖީ.އީ. ކޮމިޓީއަށް ށަކުވާ ހުށަހަޅާ ފަރާތް އަނިޔާގެ ށިކާރައަށް ހެދުން މަނާކުރުން

(ހ) މި އޮފީހުގެ ޖީ.އީ. ކޮމިޓީއަށް ށަކުވާ ހުށަހެޅުމާ ގުޅިގެން، ށަކުވާ ހުށަހެޅި
ފަރާތަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ނުވަތަ ގެއްލުމެއް ދިނުމަކީ ނުވަތަ އެފަދަ
އަމަލެއްގެ ށިކާރައަކަށް އެ ފަރާތް ހެދުމަކީ މަނާކަމެކެވެ. އަދި އެފަދަ އަމަލެއް
ހިންގައިފި މުވައްޒަފެއްގެ މައްސަލަ މި އޮފީހުގެ އެޗް. އާރް. ކޮމިޓީން ބެލުމަށްފަހު،
އެ މުވައްޒަފަކާ މެދު ފިޔަވަޅު އަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި "ށަކުވާ ހުށަހެޅުމާ ގުޅިގެން އަނިޔާގެ ށިކާރައަކަށް ހެދުން"
ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަމެއްގެ ތެރެއިން ކަމެއް މީހަކު ކުރުމުގެ
ސަބަބުން ނުވަތަ ކުރާނެކަމަށް ށައްކުކުރެވުމުގެ ސަބަބުން ނުވަތަ ކޮށްފާނެތީ
އެ މީހަކަށް ގެއްލުމެއް ދިނުމަށް ނުވަތަ ގެއްލުމެއް ދޭނެކަމަށް ބުނެ ބިރުދެއްކުމަށެވެ.
)1( ގާނޫނު ނަންބަރު 18/2016 ) ޖެންޑަރ އިކުއަލިޓީގެ ގާނޫނު ( ގެ ދަށުން
އެއްވެސް ފަރާތެއްގެ މައްޗަށް ނުވަތަ މީހެއްގެ މައްޗަށް ށަކުވާ ހުށަހެޅުން
ނުވަތަ ދައުވާކުރުން؛
)2( ގާނޫނު ނަންބަރު 18/2016 ) ޖެންޑަރ އިކުއަލިޓީގެ ގާނޫނު ( ގެ ދަށުން
ތަފާތުކުރުމުގެ އަމަލެއް ހިންގި މީހެއްގެ ނުވަތަ ފަރާތެއްގެ މައްސަލަ
ރިޕޯޓުކުރުން؛ ނުވަތަ
)3( ގާނޫނު ނަންބަރު 18/2016 ) ޖެންޑަރ އިކުއަލިޓީގެ ގާނޫނު ( ގެ ދަށުން
ހިންގާ އެއްވެސް އިޖުރާތަކާ ގުޅިގެން އެއްވެސް ހެއްކެއްގެ މައުލޫމާތެއް ނުވަތަ
ލިޔެކިޔުމެއް ފޯރުކޮށްދިނުން.

 

257 ވަނަ މާޢްދާ - ޖީ.އީ. ކޮމިޓީން މައްސަލަ ބަލައި ތަހުގީގުކުރުމުގެ ބާރު

(ހ) މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން މި އޮފީހުގެ ޖީ.އީ. ކޮމިޓީއަށް ހުށަހެޅޭ
މައްސަލަތައް ބެލުމަށް ޓަކައި މި އޮފީހުގެ މުވައްޒަފުންނާއި އެނޫންވެސް ފަރާތްތައް
ހާޒިރުކުރުމާއި، ބަޔާން ނެގުމާއި، ލިޔެކިޔުމާއި އެނޫންވެސް ހެއްކާއި ގަރީނާ ހޯދުމާއި،
މައްސަލައިގެ ހަގީގަތް ހޯދުމަށް ކުރަންޖެހޭ ކަންކަން ކުރުމުގެ ބާރު ލިބިގެންވެއެވެ.
(ށ) މި އޮފީހުގެ ޖީ.އީ. ކޮމިޓީން މައްސަލަ ތަހުގީގުކުރަންމުންދާ މުއްދަތުގައި، ތަހުގީގަށް
އިންސާފުވެރި މާހައުލެއް ހޯދައިދިނުމުގެ ގޮތުން އަދި/ނުވަތަ އަނިޔާ ލިބުނު ފަރާތުގެ
ރައްކައުތެރިކަމަށް ޓަކައި، މައްސަލަ ރައްދުވާ މުވައްޒަފު ވަގުތީގޮތުން އެހެން
ސެކްށަނަކަށް ބަދަލުކުރުމަށް ނުވަތަ މަސައްކަތުން އެކަހެރިކުރުމަށް ޕްރޮސިކިއުޓަރ
ޖެނެރަލަށް ހުށަހެޅުމުގެ ބާރު ލިބިގެންވެއެވެ.

 

258 ވަނަ މާޢްދާ - މެންބަރުން ބައްދަލުވުންތަކަށް ހާޒިރުވުން

މި އޮފީހުގެ ޖީ.އީ. ކޮމިޓީގެ މެންބަރުން، ކޮމިޓީގެ ބައްދަލުވުންތަކަށް ހާޒިރުވެ، ކޮމިޓީގެ
މަސައްކަތުގައި ބައިވެރިވާންވާނެއެވެ. އެއްވެސް ސަބަބަކާހުރެ ކޮމިޓީގެ ބައްދަލުވުމަކަށް
ހާޒިރުނުވެވޭ ނަމަ، ބައްދަލުވުން ފެށުމުގެ 1 (އެކެއް) ގަޑިއިރުގެ ކުރިން، ކޮމިޓީގެ ރައީސަށް
އެކަން އަންގަންވާނެއެވެ.

 

259 ވަނަ މާޢްދާ - ޖީ.އީ. ކޮމިޓީގެ ސެކްރެޓޭރިއެޓް

(ހ) މި އޮފީހުގެ ޖީ.އީ. ކޮމިޓީގެ އިދާރީ މަސައްކަތްތައް ބަލަހައްޓާނީ، ހިއުމަން ރިސޯސް
ސެކްށަނުންނެވެ. ކޮމިޓީގެ ސެކްރެޓޭރިއެޓަކީ، މި އޮފީހުގެ ހިއުމަން ރިސޯސް
ސެކްށަނެވެ.
(ށ) މި އޮފީހުގެ ޖީ.އީ. ކޮމިޓީގެ ސެކްރެޓޭރިއެޓުގެ މައިގަނޑު މަސްއޫލިއްޔަތުތައް،
ތިރީގައި މިވަނީއެވެ.
)1( ކޮމިޓީގެ ރައީސްގެ މަށްވަރާގެ މަތީން، ކޮމިޓީގެ ބައްދަލުވުންތައް،
ކަނޑައެޅޭ ތާރީހުތަކުގައި ބޭއްވުމުގެ އިދާރީ އެންމެހައި އިންތިޒާމުތައް
ހަމަޖެއްސުން؛
)2( ކޮމިޓީގެ ބައްދަލުވުންތަކުގެ އެޖެންޑާއާއި ހާޒިރީއާއި ޔައުމިއްޔާއާއި އެހެނިހެން
ލިޔެކިޔުން ބެލެހެއްޓުން؛
)3( ކޮމިޓީން ނިންމާ ނިންމުންތަކާ ގުޅޭ ލިޔެކިޔުން ބަލަހައްޓައި، ފުރިހަމަކޮށް
ފައިލުކުރުން؛
)4( ކޮމިޓީން ސެކްރެޓޭރިއެޓާ ހަވާލުކުރާ އެހެނިހެން ކަންކަން ކުރުން.

 

260 ވަނަ މާޢްދާ - ޖީ.އީ. ކޮމިޓީއަށް ށަކުވާ ހުށަހެޅުމާއި، މައްސަލަ ނިންމުމުގެ އިޖުރާތު

(ހ) މި އޮފީހުގެ ޖީ.އީ. ކޮމިޓީއަށް ހުށަހަޅާ މައްސަލަތައް އެކަމަށް ހާއްސަކުރެވިފައިވާ
ފޯމަކުން ނުވަތަ ސިޓީއަކުން، "ޖެންޑަރ އީކުއިލިޓީ ކޮމިޓީ" އަށް އެޑްރެސްކޮށް
ކައުންޓަރަށް ނުވަތަ އެކަމަށް ޓަކައި ހާއްސަކުރެވިފައިވާ އ-ީމެއިލް މެދުވެރިކޮށް
ހުށަހެޅިދާނެއެވެ. ސިޓީއަކުން ހުށަހަޅާ ނަމަ ސިޓީ ހުށަހަޅާނީ، ސިޓީއުރައެއްގައި
ބަންދުކޮށްފައެވެ.

(ށ) މި އޮފީހުގެ ޖީ.އީ. ކޮމިޓީއަށް ފޯމު ލިބޭތާ ރަސްމީ ބަންދު ނޫން 3 (ތިނެއް) ދުވަހުގެ
ތެރޭގައި ފޯމު ލިބުނުކަން، ފޯމު ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

(ނ) މި އޮފީހުގެ ޖީ.އީ. ކޮމިޓީއަށް ފޯމު ލިބޭތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ
ތެރޭގައި މައްސަލަ ބަލައި ނިންމައި، އެ ނިންމުން، ށަކުވާ ހުށަހެޅި ފަރާތަށް ލިޔުމުން
އަންގަންވާނެއެވެ.

 

261 ވަނަ މާޢްދާ - ފިޔަވަޅުއެޅުމާއި  އިލްތިމާސްކުރުން (ޓްރައިބިއުނަލަށް ހުށަހެޅުން)

(ހ) މި އޮފީހުގެ ޖީ.އީ. ކޮމިޓީގެ ތަ ހުގީގަށް، މުވައްޒަފަކު އިހުމާލުވިކަން ނުވަތަ ގާނޫނާ
ހިލާފުވިކަން ސާބިތުވެއްޖެ ނަމަ، ގާނޫނު ނަންބަރު 2/2008 )ވަޒީފާއާބެހޭ
ގާނޫނު( އާއި، ގާނޫނު ނަންބަރު 9/2008 )ޕްރޮސިކިއުޓަރ ޖެނެރަލްގެ
ގާނޫނު( އާއި، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅު އެޅުމަށް، މި އޮފީހުގެ
އެޗް. އާރް ކޮމިޓީއަށް ހުށަހަޅަންވާނެއެވެ.
(ށ) މި އޮފީހުގެ ޖީ.އީ. ކޮމިޓީއަށް ހުށަހެޅޭ މައްސަލައެއް ހުށަހެޅުނު ދުވަހުން ފެށިގެން
30 (ތިރީސް) ދުވަހުގެ ތެރޭގައި ކޮމިޓީން މައްސަލަ ނިންމައިފައިނުވާ ނަމަ، ސީދާ
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ އިހުތި ޔާރު، އެ މައްސަލައެއް
ހުށަހެޅި ފަރާތަށް ލިބިގެންވެއެވެ.
(ނ) މި އޮފީހުގެ ޖީ.އީ. ކޮމިޓީގެ ނިންމުމާމެދު ށަކުވާ ހުށަހެޅި ފަރާތުން ހިތްހަމަނުޖެހޭ
ނަމަ، އެ ނިންމުން ނިންމާ ތާރީހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ
ތެރޭގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެ މައްސަލަ ހުށަހެޅުމުގެ ހައްގު އެ ފަރާތަށް
ލިބިގެންވެއެވެ.

 

262 ވަނަ މާޢްދާ - ށަކުވާއަކާ ގުޅިގެން ފިޔަވަޅުއެޅުން

(ހ) މި އޮފީހުގެ ޖީ.އީ. ކޮމިޓީއަށް ހުށަހެޅޭ ށަކުވާއަކާ ގުޅިގެން ކޮމިޓީން މައްސަލަ
ބަލައި ނިންމާއިރު، އިހުމާލުވާ ފަރާތެއްވާ ކަމަށް ސާބިތުވެއްޖެ ނަމަ ނުވަތަ ގާނޫނާ
ހިލާފު އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ހިންގިކަން ކޮމިޓީގެ ތަހުގީގަކަށް
ސާބިތުވެއްޖެ ނަމަ، އެ މުވައްޒަފަކާ މެދު ފިޔަވަޅުއެޅުމަށް މި އޮފީހުގެ އެޗް. އާރް.
ކޮމިޓީއަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން މުވައްޒަފަކާ މެދު ފިޔަވަޅު އަޅަންވާނީ، ގާނޫނު
ނަންބަރު 2/2008 )ވަޒީފާއާބެހޭ ގާނޫނު( އާއި، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ
މަތީންނެވެ.
(ނ) މި އޮފީހުގެ ޖީ.އީ. ކޮމިޓީއަށް ހުށަހެޅޭ ށަކުވާއެއް ބަލައި ނިންމުމުގައި،
އެ މައްސަލައެއް ދިމާވީ އޮފީހުގެ ކަންކަން ހަމަޖެހިފައި ހުރި ގޮތުން ކަމަށް ކޮމިޓީއަށް
ފާހަގަކުރެވޭ ނަމަ، އެ ކަންކަން އިސްލާހުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް
ހުށަހަޅަންވާނެއެވެ.

 

263 ވަނަ މާޢްދާ - ސިއްރު ހިފެހެއްޓުން 

މި އޮފީހުގެ ޖީ.އީ. ކޮމިޓީއަށް ހުށަހެޅޭ ށަކުވާ ބަލައިގަތުމުގައްޔާއި، ތަހުގީގުކުރުމުގައި އަދި
އިދާރީ މަސައްކަތުގައި ބައިވެރިވާ އެންމެހައި މުވައްޒަފުންނާއި ކޮމިޓީގެ މެންބަރުން،
އެ ށަކުވާއަކާ ގުޅޭ އެންމެހައި މައުލޫމާތުތަކުގެ ސިއްރު ހިފަހައްޓަންވާނެއެވެ. ސިއްރު ހިފެހެއްޓުމުގެ އުސޫލާ ހިލާފުވާ މެންބަރަކު ވަގުތުން ކޮމިޓީން ވަކިކޮށް، އެ ފަރާތަކާ މެދު އިސްލާހީ ފިޔަވަޅު އަޅަންވާނެއެވެ.

 

 

ޗެޕްޓަރ 18

ވަޒީފާއާބެހޭ މައްސަލަތައް ބެލުމާއި، އިސްލާހީ ފިޔަވަޅުއެޅުން

 

264 ވަނަ މާޢްދާ - މައްސަލަ ހުށަހެޅުމާއި، މައްސަލަ ބަލަން ފެށުން

(ހ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންނުކުރާހައި ހިނދަކު،
މި އޮފީހުގެ މުވައްޒަފުންގެ މަސައްކަތުގެ އަހުލާގާއި ސުލޫކާ ގުޅުންހުރި މައްސަލަތައް
ހުށަހަޅާނީ އެޗް. އާރް. ކޮމިޓީއަށެވެ.
(ށ) މި އޮފީހުގެ މުވައްޒަފުން ތަބާވާންޖެހޭ މަސައްކަތުގެ އަހުލާގީ މިންގަނޑުތަކަށް ތަބާނުވާ
ނަމަ އަދި އެ މައްސަލައަކީ، އެޗް. އާރް. ކޮމިޓީން ގޮތެއް ނިންމަންޖެހޭ ފަދަ
މައްސަލައެއްކަމަށް ފެންނަ ނަމަ، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އެ މައްސަލަ
ބަލައިދިނުމަށް، އެ މުވައްޒަފަކު މަސައްކަތްކުރާ ސެކްށަނަކުން އެ މައްސަލައެއް،
އެޗް. އާރް. ކޮމިޓީއަށް ހުށަހެޅުމަށް ޓަކައި، މި އޮފީހުގެ ހިއުމަން ރިސޯސް
ސެކްށަނަށް ފޮނުވަންވާނެއެވެ. އަދި މިގޮތުގެ މަތީން ހިއުމަން ރިސޯސް ސެކްށަނަށް
ހުށަހެޅޭ މައްސަލަތައް، އެ މައްސަލައެއް ހުށަހެޅުނުތ،ާ ގިނަވެގެން، އޮފީސް
ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި ހިއުމަން ރިސޯސް ސެކްށަނުން،
އެޗް. އާރް. ކޮމިޓީއަށް ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން އެޗް. އާރް. ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް،
އެ މައްސަލައެއް ހުށަހެޅުނުތ،ާ ގިނަވެގެން، އޮފީސް ބަންދުނޫން 3 (ތިނެއް) ދުވަހުގެ
ތެރޭގައި އެ ކޮމިޓީން ބަލަން ފަށަންވާނެއެވެ.

 

265 ވަނަ މާޢްދާ - ޖަވާބުދާރީވުމަށް ފުރުސަތު ދިނުން

(ހ) މަސައްކަތުގެ އަހުލާގާއި ސުލޫކާ ގުޅުންހުރި ކޮންމެ މައްސަލައެއް، އެޗް. އާރް.
ކޮމިޓީން ބެލުމުގައި، އެ މައްސަލައެއް ރައްދުވާ ކޮންމެ މުވައްޒަފަކަށް،
އެ މުވައްޒަފެއްގެ ދިފާއުގައި ފާހަގަކުރަން ބޭނުންވާ ކަންތައްތައް ފާހަގަކުރުމުގެ
އެކަށީގެންވާ ފުރުސަތު ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް މުވައްޒަފަށް ޖަވާބުދާރީވުމަށް ފުރުސަތު ދިނުމުގައި،
ކޮމިޓީން ބަލަމުން އަންނަ މައްސަލައިގެ ތަފުސީލާއި، މުވައްޒަފަށް ކުރެވޭ ތުހުމަތުތަކުގެ
ތަފުސީލ،ު އޭރަކު ދެވެންހުރި މިންވަރަކަށް އެ މުވައްޒަފަކަށް ދޭންވާނެއެވެ. އަދި
މިގޮތުގެ މަތީން ތަފުސީލު ދިނުމުގައި ލިޔުމުން ދެވެން ހުންނަ އެންމެހައި ތަފުސީލުތައް
ދޭންވާނީ ލިޔުމުންނެވެ.

(ނ) މައްސަލަ ރައްދުވާ މުވައްޒަފު ކޮމިޓީއަށް ހާޒިރުކޮށް ކޮމިޓީން އެ މުވައްޒަފާ ކުރަން
ބޭނުންވާ ސުވާލުތައްކޮށް މުވައްޒަފުގެ ބަޔާން ނެގުމަކީ، މި މާއްދާގެ (ހ) ގެ ބޭނުމަށް
ޖަވާބުދާރީވުމަށް ދެވުނު ފުރުސަތެއްކަމުގައެއް ނުބެލެވޭނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ޖަވާބުދާރީވުމަށް ދެވޭ ފުރުސަތުގައި، ލިޔުމުން ޖަވާބު
ހުށަހެޅުމާއި، ކޮމިޓީއަށް ހާޒިރުވެ އަނގަބަހުން ޖަވާބުދާރީވުމާއި، ޖަވާބުދާރީވުމުގައި
ގާނޫނީ ވަކީލަކު ނުވަތަ އެނޫންވެސް ފަރާތެއްގެ އެހީތެރިކަން ހޯދުމުގެ އިހުތިޔާރު،
މުވައްޒަފަށް ލިބިގެންވެއެވެ.

 

266 ވަނަ މާޢްދާ - ތަހުގީގު މަރުހަލާގައި އޮފީހަށް ނުކުތުން މަނާކުރުން

(ހ) އަންނަނިވި ހާލަ ތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ މުވައްޒަފަކާ
ގުޅިގެން އޮފީހުން އިދާރީ ތަހުގީގު ކުރިޔަށްގެންދާ މަރުހަލާގައި، ޕްރޮސިކިއުޓަރ
ޖެނެރަލްގެ ހުއްދަޔާއެކު، އެ މުވައްޒަފަކު މަސައްކަތުން އެކަހެރިކޮށް އޮފީހަށް ނުކުތުން
ވަގުތީގޮތުން މަނާކުރުމަށް އެޗް. އާރް. ކޮމިޓީއަށް ނިންމިދާނެއެވެ.
)1( އެ މުވައްޒަފެއްގެ ވަޒީފާއާ ގުޅުންހުރި މައްސަލައެއް ބަލަމުންދާ ވަގުތެއްގައި
އެ މުވައްޒަފަކާ މެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވަން
ނުވަތަ ހެކި ނައްތައިލަން މަސައްކަތްކޮށްފާނެ ކަމަށް ޓަކައި؛
)2( އެ މުވައްޒަފަކު ވަޒީފާއަށް ނުކުމެ އުޅުމުން އޮފީހަށް ނުވަތަ އޮފީހުގައި
މަސައްކަތްކުރާ އެހެން މުވައްޒަފުންނަށް ނުވަތަ ހިދުމަތް ލިބިގަންނަން
އަންނަ މީހަކަށް ނުވަތަ ބަޔަކަށް އެކަށީގެންވާ ހަމަތަކަށް ބަލާއިރު ސީދާ
ގެއްލުމެއް ނުވަތަ މައްސަލައެއް ކުރިމަތިވެދާނެކަމަށް ފެނިއްޖެ ހިނދެއްގައި؛
)3( މި މާއްދާގެ (ހ) ގެ )1( ވަނަ ނަންބަރާއި )2( ވަނަ ނަންބަރުގައި
ބަޔާންކޮށްފައިވާ ހާލަ ތްތަކުގެ އިތުރުން، މުވައްޒަފަކު އޮފީހަށް ނުކުތުން
މަނާކުރުމަށް އެންގުމަށް މަގްބޫލު އެހެން ސަބަބެއް އޮތްކަމަށް އެޗް. އާރް.
ކޮމިޓީއަށް ފެނުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އޮފީހަށް ނުކުތުން މަނާކޮށްފައިވާ
މުވައްޒަފުގެ މައްސަލ،ަ މި ގަވާއިދުގައި ހިމެނޭ ކަންތައްތަކާ އެއްގޮތްވާ ގޮތުގެ މަތީން
ނިންމުމަށްފަހު ނުވަތަ މައްސަލަ ބަލާ ނުނިމެނީސް އަލުން އޮފީހަށް ނެރެން
ބޭނުންވެއްޖެ ހާލަތެއްގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ހުއްދަޔާ އެކު، އެޗް. އާރް.
ކޮމިޓީން ކަނޑައަޅާ ގޮތެއްގެ މަތީން، އެ މުވައްޒަފަކަށް އޮފީހަށް ނުކުންނަން އަންގައި،
އޮފީހަށް ނުކުތުން މަނާކުރި ކުރުން ނިމުމަކަށް ގެނެވިދާނެއެވެ.

(ނ) މި މާއްދާގެ ދަށުން އޮފީހަށް ނުކުތުން މަނާކުރާ މުއްދަތު ގުނާނީ، ބަންދު ދުވަސްތައް
ހިމަނައިގެންނެވެ.
(ރ) މި މާއްދާގެ ދަށުން އޮފީހަށް ނުކުތުން ފުރަތަމަ ފަހަރަށް މަނާކުރެވޭނެ އެންމެ ދިގު
މުއްދަތަކީ، 45 (ސާޅީސް ފަހެއް) ދުވަހެވެ.
(ބ) މި މާއްދާގެ ދަށުން އޮފީހަށް ނުކުތުން މަނާކުރާ މުއްދަތުގައި މުވައްޒަފަށް އުޖޫރަ
ދޭންވާނެއެވެ. އަދި މި މާއްދާގެ ދަށުން އޮފީހަށް ނުކުތުން މަނާކުރުމަކީ، މުވައްޒަފާ
މެދު އަޅާ އިސްލާހީ ފިޔަވަޅެއްކަމުގައެއް ނުބެލެވޭނެއެވެ.

 

267 ވަނަ މާއްދާ - ތަހުގީގު ރިޕޯޓު

(ހ) މި އޮފީހުގެ އެޗް. އާރް. ކޮމިޓީން ބަލާ ކޮންމެ މައްސަލައަކާ ގުޅިގެން،
އެ މައްސަލައެއް ބަލައި ނިންމާއިރު އެ މައްސަލައެއް ނިންމި ގޮތުގެ ރިޕޯޓެއް، ކޮމިޓީން
އެކުލަވައިލަންވާނެއެވެ. އަދި އެ ރިޕޯޓުގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި
ކަންކަން ހިމަނަންވާނެއެވެ.
)1( ކޮމިޓީއަށް މައްސަލަ ހުށަހެޅި ފަރާތާއި، މައްސަލަ ހުށަހެޅުނު ގޮތާއި،
ހުށަހެޅުނު މައްސަލައިގެ ހުލާސާ؛
)2( ކޮމިޓީން މައްސަލަ ބަލައިގަތުމާ މެދު ނިންމި ނިންމުމާއި، އެ ނިންމުމަށް
ވާސިލުވި ސަބަބުތައް؛
)3( މައްސަލައަށް ޖަވާބުދާރީވުމަށް މައްސަލަ ރައްދުވާ މުވައްޒަފަށް ނުވަތަ
މުވައްޒަފުންނަށް ފުރުސަތު ދެވުނު ގޮތާއި، މައްސަލަ ތަހުގީގުކުރުމުގައި
ހިންގުނު އެނޫންވެސް އިޖުރާތުތައް؛
)4( މައްސަލަ ރައްދުވާ މުވައްޒަފު ނުވަތަ މުވައްޒަފުންގެ ފަރާތުން ދިފާއުގައި
ފާހަގަކުރި ކަންކަން؛
)5( މައްސަލަ ނިންމުމުގައި ކޮމިޓީން ރިއާޔަތްކުރި ލިޔެކިޔުންތަކާއި،
ބަޔާންތަކާއި، އެނޫންވެސް ހެއްކާއި ގަރީނާ؛
)6( މައްސަލައާ ގުޅިގެން ކޮމިޓީއަށް ފާހަގަކުރެވުނު ކަންކަމާއި، ކޮމިޓީގެ
ނިންމުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު، އެ ނިންމުމެއް ނިންމާތާ ގިނަވެގެން
އޮފީސް ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި، އެ މައްސަލައެއް ރައްދުވާ
މުވައްޒަފަކަށް ލިޔުމުން ހަވާލުކުރަންވާނެއެވެ.

 

268 ވަނަ މާއްދާ - މުވައްޒަފަކާމެދު ފިޔަވަޅު އެޅިދާނެ އަމަލުތަކުގެ ދަރަޖަތައް

(ހ) މި އޮފީހުގެ މުވައްޒަފުންގެ ސުލޫކީ މިންގަނޑުތަކަށް ބަލައި، މުވައްޒަފުންނާ މެދު
އިސްލާހީ ފިޔަވަޅު އެޅިދާނެ ފަދަ އަމަލުތަކުގެ ކުޑަބޮޑުމިނަށް ބަލައި، އެފަދަ އަމަލުތައް
ދަރަޖަކުރެވިފައިވާ ގޮތް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
)1( އަމަލުގެ ދަރަޖަ 1؛
)2( އަމަލުގެ ދަރަޖަ 2؛
)3( އަމަލުގެ ދަރަޖަ .3
(ށ) އަމަލުގެ ދަރަޖަ 1 ގެ އަމަލުތަކަކީ، ނަސޭހަތްދީގެންނާއި އެ ކަމަކަށް އެކަށީގެންވާ
އެ ނޫންވެސް ފިޔަވަޅު އަޅައިގެން އިސްލާހުވުމަށް މުވައްޒަފުންނަށް ފުރުސަތު ދެވޭނެ
އަމަލުތަކެވެ. އެގޮތުން، މުވައްޒަފާ މެދު ފިޔަވަޅު އެޅިދާނެ ފަދަ އަމަލުތަކުގެ ތެރެއިން،
މި ދަރަޖައިގެ އަމަލުތަކަށް ފެތޭ ކަންތައްތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
)1( ހަވާލުކޮށްފައިވާ މަސައްކަތަށް ފަރުވާކުޑަކުރުމާއި، ވަޒީފާގެ ޒިންމާ
ނޫފުލުމާއި، ހަވާލުކުރާ މަސައްކަތްތައް އެ މަސައްކަތެއް ނިންމަންޖެހޭ
އަވަސްމިނުގައި ޒިންމާދާރުކަމާއެކު ނުނިންމުން؛
)2( ކަނޑައަޅައިފައިވާ ގަޑިއަށް އޮފީހަށް ނުވަތަ ރަސްމީ މަސައްކަތަށް މުވައްޒަފު
ހާޒިރުނުވުމުގެ ސަބަބުން އޮފީހުގެ މަސައްކަތަށް ބުރޫއެރުން؛
)3( މަސައްކަތުގެ ދާއިރާގައި މުވައްޒަފު ދޭންޖެހޭ އެއްބާރުލުން ނުދިނުން؛
)4( މަސައްކަތުގެ ދާއިރާގައި މުވައްޒަފަށް އަންގާ އެންގުންތަކަށް
ކިޔަމަންތެރިނުވުން؛
)5( ކަނޑައަޅައިފައިވާ މަސައްކަތުގަޑީގައި އޮފީހުގެ ހުއްދަނެތި ބޭރުގައި
އުޅުމާއި، ކަނޑައަޅައިފައިވާ މަސައްކަތުގަޑީގައި އަމިއްލަ ކަންކަމުގައި
އޮފީހުން ބޭރުގައި ވަގުތު ހޭދަކުރުމާއި، ވަގުތު ބޭކާރުކުރުން؛
)6( ބަލިނުވެ ސަލާމުގެ ޗުއްޓީ ނެގުމާއި، ބަލިވެގެން ވެސް އޮފީހަށް ނާންގައި
ސަލާމުގެ ޗުއްޓީގައި ހުރުމާއި، އެކިއެކި ޗުއްޓީ ނެގުމުގައި މަކަރުހެދުމާއި،
އޮޅުވައިލުމާއި، ޗުއްޓީގެ ފުރުސަތު ނުވަތަ އިނާޔަތް ނަހަމަގޮތުގައި
ބޭނުންކުރުން؛

7( މުޖުތަމައުގެ އަހުލާގީ އާންމު މިންގަނޑަށް ވުރެ ދަށް ފަންތީގެ އަމަލުތައް
އޮފީހުގައި ހިންގުމާއި، ވާހަކަދެއްކުމުގައްޔާއި މުހާތަބުކުރުމާއި
މުއާމަލާތުކުރުމުގައި ހަޑިހުތުރު ބަހުރުވަ ބޭނުންކުރުން؛
)8( އޮފީހުގެ އުޅަނދެއް ދުއްވުމުގައި ނުވަތަ ބޭނުންކުރުމުގައި ގަވާއިދުތަކާ
ހިލާފުވުން؛
)9( މުވައްޒަފުންގެ މެދުގައި ހަމަނުޖެހުން އުފެދިދާ ފަދަ ގޮތަކަށް އަމަލުތައް
ބެހެއްޓުން؛
)10( މަސައްކަތުގެ ދާއިރާގައި އެހެން މުވައްޒަފުންނާއެކު ގުޅިގެން ކުރަންޖެހޭ ފަދަ
މަސައްކަތްތައް ނުކުރުން؛
)11( ވަޒީފާ އަދާކުރުމުގައި މަސައްކަތަށް އިހުމާލުވުން ނުވަތަ ފަރުވާކުޑަކުރުން.

(ނ) އަމަލުގެ ދަރަޖަ 2 ގެ އަމަލުތަކަކީ، އިސްލާހުވުމަށް ފުރުސަތު ދިނުމަށްފަހު ވެސް
އެ ކަމެއް ތަކުރާރުވާ ނަމަ، ވަޒީފާއިން ވަކިކުރުމަށް ހުށަހެޅޭނެ އަމަލުތަކެވެ. އެގޮތުން،
މުވައްޒަފާ މެދު ފިޔަވަޅު އެޅިދާނެ ފަދަ އަމަލުތަކުގެ ތެރެއިން، އަމަލުގެ
ދަރަޖަ 2 ގެ އަމަލުތަކަށް ފެތޭ ކަންތައްތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
)1( ދިވހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، ގާނޫނު ނަންބަރު 2008-09 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ގާނޫނު) އާއި، މި ގަވާއިދުގެ ދަށުން
ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ އުސޫލުތަކާއި، މުވައްޒަފުން
އަމަލުކުރުމަށް އެކުލަވައިލައިފައިވާ އާންމު އުސޫލުތަކާއި، ސާކިއުލަ ރުތަކާއި،
އޮފީހުގެ އެނޫންވެސް އެންގުންތަކާ ހިލާފުވުން ނުވަތަ އެއިން ކަމަކަށް
އިހުމާލުވުން ނުވަތަ ފަރުވާކުޑަކުރުމުގެ ސަބަބުން އެއިން ކަމަކާ ހިލާފުވުން؛
)2( ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، މުވައްޒަފުގެ އިސްކޮށް ހުންނަ
ވެރިޔަކު ދޭ އިރުށާދަކާ އެއްގޮތްވާ ގޮތުގެ މަތީން، އެކަށީގެންވާ
ސަބަބެއްނެތި މަސައްކަތް ނުކުރުން ނުވަތަ މަސައްކަތްކުރުމުގައި
އިހުމާލުވުން؛
)3( ކަނޑައަޅައިފައިވާ މަސައްކަތުގަޑި ނިމުމުގެ ކުރިން، ހުއްދަނެތި އޮފީހުން
ދިއުން؛

4( އެއްބަސްވެފައިވާ ގޮތުގެ މަތީން، މަސައްކަތު ގަޑީގެ އިތުރުން،
އިތުރުގަޑީގައި ކުރަންޖެހޭ މަސައްކަތެއް ކުރުމަށް އެންގުމުން، އެކަމަށް
އިންކާރުކުރުން؛
)5( މި ގަވާއިދުގައިވާ ގޮތުގެ މަތީން، އޮފީހަށް އެންގުމަކާ ނުލައި ވަޒީފާއަށް
ހާޒިރުނުވެ ހުރުން؛
)6( ސަރުކާރުގެ މުދަލާއި، ފައިސާއާއި، އޮފީހުގެ ވަސީލަތް ތައް ނަހަމަގޮތުގައި
ބޭނުންކުރުން؛
)7( މަސައްކަތުގެ ދާއިރާގައި މުވައްޒަފު ހާމަކުރަންޖެހޭ އެއްވެސް މައުލޫމާތެއް
ގަސްތުގައި ހާމަނުކުރުން؛
)8( މާރާމާރީ ހިންގުން ނުވަތަ އެހެން މުވައްޒަފަކަށް އަނިޔާއެއް ނުވަތަ
ހާނިއްކައެއް ވެދާނެ ފަދަ އަމަލެއްކުރުން؛
)9( މިނޫން ކަންކަމުގެ އިތުރުން، އަމަލުގެ ދަރަޖަ 1 ގެ އަމަލަކާ ގުޅިގެން
ފިޔަވަޅު އެޅުމުން ވެސް އިސްލާހުނުވެ އެ އަމަލެއް ތަކުރާރުކުރުން؛
)10( މި އޮފީހާއި، އަދުލުއިންސާފުގެ ނިޒާމަށް އާންމުންގެ އިތުބާރު ގެއްލޭ ފަދަ
ކަމެއް ކުރުން؛
)11( އޮފީހުން ކަނޑައަޅައިފައިވާ އުސޫލުތަކާ ހިލާފަށް އޮފީހުގެ ޑޭޓާ ބޭސްއަށް
އެކްސެސްވުން.
(ރ) އަމަލުގެ ދަރަޖަ 3 ގެ އަމަލުތަކަކީ، އެ ކަމެއް ކުރާ ފުރަތަމަ ފަހަރުން ވެސް
ވަޒީފާއިން ވަކިކުރުމަށް ހުށަހެޅިދާނެ ފަދަ ކަންތައްތަކެވެ. މި ދަރަޖައިގެ އަމަލުތަކުގެ
ތެރޭގައި ހިމެނޭ ކަންތައްތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
)1( މި ގަވާއިދުގައި ހިމެނޭ ކަންތައްތަކާ އެއްގޮތްވާ ގޮތުގެ މަތީން، އެއްވެސް
ސަބަބެއް ނާންގައި ވިދިވިދިގެން 5 (ފަހެއް) ދުވަހަށް ވުރެ ދިގު މުއްދަތަކަށް
ނުވަތަ އަހަރެއްގެ ތެރޭގައި 15 (ފަނަރަ) ދުވަހު އޮފީހުގެ މަސައްކަތަށް
ނުނިކުމެ ހުރުން؛
)2( މި އޮފީހުގެ އަދި/ނުވަތަ ދައުލަތުގެ އެހެން އޮފީހެއްގެ ލިޔެކިޔުމެއް ނުވަތަ
އޮފީހުގެ ލިޔެކިޔުމެއްގެ އަސްލު އޮޅުވައިލުން ނުވަތަ ބަދަލުކުރުން؛

3( ގާނޫނާއި ގަވާއިދާ ހިލާފަށް މި އޮފީހުގެ އަދި/ނުވަތަ ދައުލަތުގެ އެހެން
އޮފީހެއްގެ ސިއްރު މައުލޫމާތު ހާމަކުރުން ނުވަތަ ދޫކުރުން ނުވަތަ ބޭރުކުރުން
ނުވަތަ ކޮޕީހެދުން ނުވަތަ ރިކޯޑުކުރުން ނުވަތަ މިއިން ކަމަކަށް މަގުފަހިކުރުން
ނުވަތަ މިއިން ކަމަކަށް އެހީތެރިވެދިނުން ނުވަތަ މިއިން ކަމެއް ކުރުމުގައި
ބައިވެރިވުން؛
)4( މި އޮފީހުގެ މުދަލާއި، ފައިސާއާއި، އޮފީހުގެ އެންމެހައި ވަސީލަތްތައް
ބޭނުންކުރުމުގައި އިހުމާލުވުން ނުވަތަ ނަހަމަގޮތުގައި އެއިން އެއްޗެއް
ބޭނުންކުރުން ނުވަތަ އެއިން އެއްޗެއް އަމިއްލަ ކަމަކަށް ބޭނުންކުރުން ނުވަތަ
އެއިން އެއްޗަކަށް ގެއްލުމެއް ދިނުން ނުވަތަ އެއިން އެއްޗަކަށް
ގެއްލުންވެދާނެ ފަދަ ގޮތަކަށް އަމަލުކުރުން؛
)5( ރިށްވަތު ދިނުމާއި، ރިށްވަތު ހިފުން؛
)6( މުވައްޒަފަށް ލިބިފައިވާ މަގާމުގެ އިހުތިޔާރުތަކާއި ބާރުތައް، ގަސްތުގައި
ނާޖާއިޒުގޮތެއްގައި ތިމާގެ ފައިދާއަށް ނުވަތަ ހައްގުނޫން ފަރާތެއްގެ ފައިދާއަށް
ނުވަތަ މަސްލަހަތަށް ބޭނުންކުރުން ނުވަތަ ބޭނުންކުރަން އުޅުން؛
)7( ވަޒީފާ ހޯދުމަށް ޓަކައި ދޮގު މައުލޫ މާތު ހުށަހަޅައިފައިވާކަން، އޮފީހުން ހިންގާ
އިދާރީ ތަހުގީގަކުން ސާބިތުވުން؛
)8( އޮފީސް މާހައުލުގައި މާރާމާރީ ހިންގުން ނުވަތަ އެހެން މުވައްޒަފަކަށް
އަނިޔާއެއް ނުވަތަ ހާނިއްކައެއް ވެދާ ފަދަ އަމަލެއް ހިންގުން؛
)9( ޖިނާއީ ކުށެއްގެ ދައުވާ އުފުލުން؛
)10( ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް މައުލޫމާތު ހާމަކުރުން؛
)11( ލިޔުމުން އެންމެ ފަހުގެ އިންޒާރު ދިނުމުން ވެސް، މި ގަވާއިދުގައި
ބަޔާންކޮށްފައިވާ އަމަލުގެ ދަރަޖަ 2 ގެ އަމަލެއް ތަކުރާރުކުރުން؛
)12( އޮފީހުން ކަނޑައަޅައިފައިވާ އުސޫލުތަކާ ހިލާފަށް އޮފީހުގެ ސެންސިޓިވް
ޑޭޓާއަށް އެކްސެސްވުން.
(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ އަމަލުގެ ދަރަޖަ 3 ގެ އަމަލެއް މުވައްޒަފަކު ކޮށްފި
ނަމަ، އަދި އެކަމާ ގުޅިގެން އިސްލާހީ އެއްވެސް ފިޔަވަޅެއް އެޅުމަކާ ނުލައި ފުރަތަމަ
ފަހަރުން އެ މުވައްޒަފު ވަޒީފާއިން ވަކިކުރާ ނަމަ، އެ މުވައްޒަފަކު ވަޒީފާއިން
ވަކިކުރަންވާނީ، މި ގަވާއިދުގެ ހަތަރުވަނަ ބާބުގައި މި އޮފީހުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި އަމަލުކުރުމަށް ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރާ މުވައްޒަފެއްގެ ގޮތުގައެވެ.

(ޅ) މި މާއްދާގެ (ބ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަމަލުގެ
ދަރަޖަ 3 ގެ އަމަލުތަކުގެ ތެރެއިން، މި މާއްދާގެ (ރ) ގެ )11( ވަނަ ނަންބަރުގައި
ބަޔާންކޮށްފައިވާ ގޮތުގެ މަތީން ލިޔުމުން އެންމެ ފަހުގެ އިންޒާރު ދިނުމުން ވެސް
މުވައްޒަފުގެ މަސައްކަތުގެ އަހުލާ ގު ރަނގަޅުނުވެގެން އެ މުވައްޒަފަކު ވަޒީފާއިން
ވަކިކުރާ ނަމަ، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރަންވާނީ، މި ގަވާއިދުގައި
މި އޮފީހުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި އަމަލުކުރުމަށް ކަނޑައަޅައިފައިވާ
އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ނޯޓިސް ނުވަތަ ނޯޓިހުގެ ބަދަލުގައި
އެ ނޯޓިހުގެ މުއްދަތަށްވާ ފައިސާ ދިނުމަށް ފަހުގައެވެ.

 

269 ވަނަ މާއްދާ - ބަދަލުދިނުން

މި ގަވާއިދުގެ 268 ވަނަ މާއްދާގެ (ނ) ގެ )6( ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް
މި އޮފީހުގެ ވަސީލަތްތައް ބޭނުންކޮށްގެން އެ ވަސީލަތަކަށް ގެއްލުމެއް ލިބިއްޖެ ނަމަ ނުވަތަ
ގެއްލިއްޖެ ނަމަ، އެ މުވައްޒަފަކާ މެދު އިދާރީ އިސްލާހީ ފިޔަވަޅުއެޅުމުގެ އިތުރުން،
އެ ވަސީލަތެއް ހޯދުމަށް ކޮށްފައިވާ ހަރަދުގެ ބަދަލ،ު މުވައްޒަފު ދޭންވާނެއެވެ.

 

270 ވަނަ މާއްދާ - އިސްލާހީ ފިޔަވަޅު އެޅުމުގެ ބާރު ލިބޭ ފަރާތްތައް

(ހ) މި ގަވާއިދުގައި އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި
ހިނދަކު، އޮފީހުގެ އިސް މަގާމުތަކުގައި ތިބޭ މުވައްޒަފުން ފިޔަވައި، އެހެން
މުވައްޒަފުން، މި ގަވާއިދުގެ 268 ވަނަ މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ
އަމަލުތައް ކުރާ މުވައްޒަފުންނާ މެދު މި ގަވާއިދުގެ ދަށުން އިސްލާހީ ފިޔަވަޅު އަޅާނީ،
އެޗް. އާރް. ކޮމިޓީގެ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތީން، އަދި ޕްރޮސިކިއުޓަރ
ޖެނެރަލްގެ ހުއްދަޔާއެކު، އެ މުވައްޒަފުގެ ސުޕަވައިޒަރެވެ.
(ށ) އޮފީހުގެ އިސްމަގާމުތަކުގައި ތިބޭ މުވައްޒަފުން ފިޔަވައި، އެހެން މުވައްޒަފުން،
މި ގަވާއިދުގެ 268 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އަމަލުތައް ކުރާ
މުވައްޒަފުންނާ މެދު މި ގަވާއިދުގެ ދަށުން އިސްލާހީ ފިޔަވަޅުއަޅާނީ، އެޗް. އާރް.
ކޮމިޓީން ނިންމާ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތީން، އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ
ހުއްދަޔާއެކު، އެ ކޮމިޓީން ކަނޑައަޅާ ފަރާތަކުންނެވެ.
(ނ) ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް ފިޔަވައި، އޮފީހުގެ އިސް މަގާމުތަކުގައި ތިބޭ
މުވައްޒަފުން، މި ގަވާއިދުގެ 268 ވަނަ މާއްދާގެ (ށ) އާއި (ނ) އާއި (ރ) ގައި
ބަޔާންކޮށްފައިވާ ފަދަ އަމަލެއް ކޮށްގެން އިސްލާހީ ފިޔަވަޅު އަޅަންޖެހިއްޖެ
ހާލަތެއްގައި، އެ ފިޔަވަޅު އަޅާނީ، އެޗް. އާރް. ކޮމިޓީން ނިންމާ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތީން، އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ހުއްދަޔާއެކު، ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްއެވެ.

(ރ) ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލާ މެދު އިސްލާހީ ފިޔަވަޅު އަޅަން ޖެހިއްޖެ
ހާލަތެއްގައި، އެ ފިޔަވަޅު އަޅާނީ، ޕްރޮސިކިއުޓަރ ޖެނެރަލް ނިންމާ ގޮތެއްގެ
މަތީންނެވެ.

 

271 ވަނަ މާއްދާ - އިސްލާހީ ފިޔަވަޅުތަކާއި، ފިޔަވަޅު ދެމިއޮންނާނެ މުއްދަތު

(ހ) މި ގަވާއިދުގެ 268 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަމަލުގެ ދަރަޖަ 1 ގެ އަމަލުތަކާ
ގުޅިގެން އަޅާނީ، އަނގަބަހުން ނުވަތަ ލިޔުމުން ނަސޭހަތް ދިނުމުގެ އިސްލާހީ
ފިޔަވަޅެވެ. އަދި އެފަދަ އިތުރު އަމަލެއް ނުކުރާ ނަމަ، މި މާއްދާގައި ބަޔާންކޮށްފައިވާ
ގޮތަށް އަނގަބަހުން ނުވަތަ ލިޔުމުން ދީފައިވާ ނަސޭހަތް ދެމިއޮންނާނީ 1 (އެކެއް)
އަހަރުދުވަހުގެ މުއްދަތަށެވެ.
(ށ) މި ގަވާއިދުގެ 268 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަމަލުގެ ދަރަޖަ 2 ގެ އަމަލުތަކާ
ގުޅިގެން އަޅާނީ، ލިޔުމުން އިންޒާރުދިނުމުގެ އިސްލާހީ ފިޔަވަޅެވެ. އަދި އެފަދަ އިތުރު
އަމަލެއް ނުކުރާ ނަމަ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ލިޔުމުން ދީފައިވާ
އިންޒާރު ދިނުން ދެމިއޮންނާނީ 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަށެވެ.
(ނ) މި ގަވާއިދުގެ 268 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަމަލުގެ ދަރަޖަ 3 ގެ އަމަލުތަކާ
ގުޅިގެން، އަމަލުގެ ކުޑަބޮޑުމިނަށް ބަލައި އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުން ނޫން
އެހެން ފިޔަވަޅެއް އެޅުމަށް ނިންމާ ހާލަތްތަކުގައި އެ މުވައްޒަފަކާ މެދު އަޅާނީ،
ވަޒީފާގެ މަސައްކަތަށް ނުކުތުން 14 )ސާދަ( ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް
ހުއްޓުވުމުގެ ފިޔަވަޅު ނުވަތަ ހުރި މަގާމު ދަށް މަގާމަކަށް ބަދަލުކުރުމުގެ އިސްލާހީ
ފިޔަވަޅެވެ. އަދި އެފަދަ އިތުރު އަމަލެއް ނުކުރާ ނަމަ، މި މާއްދާގައި ބަޔާންކޮށްފައިވާ
ގޮތަށް އަޅާ ފިޔަވަޅު ދެމިއޮންނާނީ، 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށެވެ.
(ރ) މި މާއްދާގެ ދަށުން މުވައްޒަފާ މެދު އަޅާ ކޮންމެ އިސްލާހީ ފިޔަވަޅެއް ވެސް، ލިޔުމުން
ރިކޯޑުކުރަންވާނެއެވެ. އަދި އެ ފިޔަވަޅެއް އެޅުނުކަން އެ މުވައްޒަފަކަށް ލިޔުމުން
އަންގަންވާނެއެވެ.
(ބ) މި މާއްދާގެ (ނ) ގެ ދަށުން މަސައްކަތަށް ނުކުތުން މަނާކުރާ މުއްދަތު ގުނުމުގައި
ބަންދު ދުވަސްތައް ހިމަނަންވާނެއެވެ.

 

 

 

ޗެޕްޓަރ 19

ރިކޯޑު ބެލެހެއްޓުން

 

272 ވަނަ މާއްދާ - މުވައްޒަފުންގެ މައުލޫމާތު ބެލެހެއްޓުން

(ހ) މި އޮފީހުގެ މަގާމުތަކާއި، މުވައްޒަފުންގެ މައުލޫމާތ،ު މި ޗެޕްޓަރުގައި
ކަނޑައަޅައިފައިވާ ގޮތުގެ މަތީން، މި އޮފީހުގެ ހިއުމަން ރިސޯސް ސެކްށަނުން
ބަލަހައްޓަންވާނެއެވެ.
(ށ) މި އޮފީހުގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކަށް، ތިރީގައިވާ ގޮތުގެ މަތީން،
މި އޮފީހުގެ ހިއުމަން ރިސޯސް ސެކްށަނުން މައުލޫމާތު ފައިލު )ޕަރސަނަލް ފައިލް(
ތައްޔާރުކޮށް ބަލަހައްޓަމުން ގެންދަންވާނެއެވެ.
)1( ވަގުތީ މުވައްޒަފުން ވެސް ހިމެނޭގޮތުން، ވަޒީފާ ހަމަޖެހިގެން މުވައްޒަފު
އޮފީހަށް ނުކުތުމާއެކު، އެ މުވައްޒަފުގެ މައުލޫމާތު ފައިލު ހަދައި، އެ ފައިލަށް
ނަންބަރު )މުވައްޒަފުގެ ރިކޯޑު ކާޑު ނަންބަރު( ދިނުން؛
)2( މުވައްޒަފުގެ މައުލޫމާތު ފައިލުގައި އެ މުވައްޒަފަކާ ބެހޭގޮތުން ފައިލުކުރަންޖެހޭ
ހުރިހާ ލިޔުންތަކެއް ހަމަޔަށް ފައިލުކުރަމުން ގެންދިޔުން. މިގޮތުން، ފައިލުކުރާ
ލިޔުންތަކުގައި، އެ ލިޔުންތަކުގެ ތާރީހު ތަރުތީބުން ނަންބަރު ޖަހަމުން
ގެންދަންވާނެއެވެ. އަދި ފައިލުގައި މުވައްޒަފުގެ އެޕްރައިޒަލް ފޯމުތައް ވެސް
ހިމެނުން؛
)3( މުވައްޒަފުގެ މައުލޫމާތު ފައިލުގައި ހިމެނޭ ލިޔުންތަކަކީ ސިއްރު
ހިފަހައްޓަންޖެހޭ ލިޔެކިޔުމަށް ވާތ،ީ އެ ލިޔުންތައް ކޮންމެހެން ބަލަންޖެހޭ
މުވައްޒަފަކު ފިޔަވައި، އެހެން މުވައްޒަފުން އެ ފައިލުގައިވާ ލިޔުންތައް ބަލައި
ނަހަދާކަން ކަށަވަރުވާ ގޮތުގެ މަތީން އެ ފައިލު ބެލެހެއްޓުން؛
)4( މި އޮފީހުގެ މުވައްޒަފަކު އެހެން އޮފީހަކަށް ބަދަލުވެއްޖެ ނަމަ، ބަދަލުވި
އޮފީހަށް އެ މުވައްޒަފެއްގެ މައުލޫމާތު ފައިލު ފޮނުވައި، އެ ފައިލުގެ ކޮޕީއެއް
އޮފީހުގައި ރައްކައުކުރުން.

 

273 ވަނަ މާއްދާ - ބަލަހައްޓަންޖެހޭ މައުލޫމާތު 

(ހ) މި އޮފީހުގެ ކޮންމެ މުވައްޒަފެއްގެ ފައިލުގައި، އަންނަނިވި މައުލޫމާތު އަދާހަމަކޮށް
ބަލަހައްޓަންވާނެއެވެ.
)1( މުވައްޒަފު އޮފީހުގެ ވަޒީފާއަށް އެދި ހުށަހެޅި ފޯމާއި، އެންމެހައި ލިޔުންތައް؛
)2( މުވައްޒަފު މި އޮފީހުގެ ވަޒީފާއަށް ހޮވުމުގެ ކަންކަން ކުރިޔަށްދިޔަ ގޮތް
އެނގޭނެ ލިޔުންތައް )އިންޓަރވިއުއިން އެ މުވައްޒަފަށް މާކުސް ލިބުނު ގޮތުގެ ލިޔުންތައް، ޓެސްޓުގެ ނަތީޖާ ފަދަ ލިޔުންތައް އެ މުވައްޒަފުނޫން އެހެން
ފަރާތްތަކުގެ މައުލޫމާތު އުނިކޮށްފައި(؛
)3( މުވައްޒަފާއެކު ވެފައިވާ ވަޒީފާގެ އެއްބަސްވުމާއި، އެއްބަސްވުމާ ގުޅޭ
އެންމެހައި އިގުރާރުތަކާއި، ލިޔުންތައް؛
)4( ވަޒީފާ ބަޔާން؛
)5( މުވައްޒަފާ ހަވާލުކުރެވޭ އޮފީހުގެ އެތެރޭގެ މަގާމުތަކާއި މަސްއޫލިއްޔަތުތަކުގެ
ރިކޯޑު )ސެކްށަން ހެޑ،ު ސުޕަރވައިޒަރު ފަދަ މަގާމުތަކުގެ ރިކޯޑު
)6( މި އޮފީހުން މުވައްޒަފަށް ލިޔުމުން އަންގާ އެންމެހައި އެންގުންތައް؛
)7( މުވައްޒަފުގެ ސުލޫކީ ނުވަތަ އިދާރީ ނުވަތަ އެނޫންވެސް މައްސަލަތަކާއި،
އެ މައްސަލަ ފެށުނީއްސުރެ ނިމުނުގޮތް އެނގޭނެ އެންމެހައި ލިޔުންތައް؛
)8( މި އޮފީހުގެ ފަރާތުން މުވައްޒަފު ބައިވެރިވާ އެންމެހައި ތަމްރީނު
ޕުރޮގުރާމުތަކާއި، ދަތުރުތަކުގެ ތަފުސީލު؛
)9( މުވައްޒަފުގެ ތައުލީމާއި ތަޖުރިބާ އަންގައިދޭ އެންމެހައި ލިޔުންތައް؛
)10( މުވައްޒަފަށް ދެވޭ އެންމެހައި ވަޒީފާގެ ކުރިއެރުންތަކާއި، މުސާރައިގެ
ކުރިއެރުންތައް އެނގޭނެ ލިޔުން؛
)11( މުވައްޒަފު އަދާކުރާ ވަޒީފާއާ ގުޅޭގޮތުން މި އޮފީހަށް ހުށަހަޅާ އެންމެހައި
ށަކުވާތަކާއި، އެ ށަކުވާތަކާ ގުޅިގެން ދޭ ޖަވާބ.ު
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށް ފައިވާ މައުލޫމާތުގެ އިތުރުން، މުވައްޒަފާ ގުޅުންހުރ،ި
މުވައްޒަފުގެ މައުލޫމާތު ފައިލުގައި ހިމަނަންޖެހޭކަމަށް މި އޮފީހުގެ ހިއުމަން ރިސޯސް
ސެކްށަނަށް ފެންނަ އެހެނިހެން މައުލޫމާތާއި، މުވައްޒަފުގެ މައުލޫމާތުގައި
ހިމަނައިދިނުމަށް މުވައްޒަފު އެދޭ އެހެނިހެން މައުލޫމާތު، މުވައްޒަފުގެ މައުލޫމާތު
ފައިލުގައި ހިމެނުމުގެ އިހުތިޔާރު، މި އޮފީހުގެ ހިއުމަން ރިސޯސް ސެކްށަނަށް
ލިބިގެންވެއެވެ.

 

274 ވަނަ މާއްދާ - މުވައްޒަފުންގެ މައުލޫމާތަށް ބަދަލުއައުން

މި އޮފީހުގެ މުވައްޒަފެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގައިވާ
މައުލޫމާތަކަށް އަދި/ނުވަތަ މުވައްޒަފު ދިރިއުޅޭ އެޑްރެހަށް އަދި/ނުވަތަ މުވައްޒަފާ ގުޅޭނެ
ފޯނު ނަންބަރަށް ބަދަލެއް އަތުވެއްޖެ ނަމަ، އެކަން އެ މުވައްޒަފަކު، އެ ބަދަލެއް އަންނަތާ
ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އޮފީހަށް އަންގަންވާނެއެވެ. އަދި މުވައްޒަފެއްގެ  ބަދަލުއައި މައުލޫމާތު، މި އޮފީހަށް ހުށަހަޅާތާ ގިނަވެގެން އޮފީސް ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ މުވައްޒަފެއްގެ ފައިލުގައި އެކަން ހިމަނަންވާނެއެވެ.

 

275 ވަނަ މާއްދާ - މުވައްޒަފުންގެ ޒާތީ މައުލޫމާތު

(ހ) މި އޮފީހުގެ ކޮންމެ މުވައްޒަފެއްގެ ޒާތީ މައުލޫމާތަކީ ވެސް، ރައްކައުތެރިކަމާއެކު އޮފީހުން ބަލަހައްޓަންވާނެ މައުލޫމާ ތަކަށްވާތ،ީ ކަމާ ގުޅުންނެތް ފަރާތަކަށް މުވައްޒަފެއްގެ  ޒާތީ މައުލޫމާތު ހިއްސާކޮށްގެން ނުވާނެއެވެ. އަދި މުވައްޒަފެއްގެ ޒާތީ މައުލޫމާތު ބޭނުންކުރަންވާނީ، ގާނޫނާއި ގަވާއިދު އެ ކަމަކަށް ހުއްދަ ދީފައިވާ ކަމަކަށް، އެ ހުއްދަކޮށްފައިވާ މިންވަރެއް ހާސިލުކުރުމުގެ މައްޗަށެވެ.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ "ޒާތީ މައުލޫމާތު" ގެ މާނ،ަ ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. މުވައްޒަފެއްގެ އުމުރާއި، ކައިވެނީގެ ހާލަތާ ގުޅޭ މައުލޫމާތު؛
  2. މުވައްޒަފެއްގެ ތައުލީމީ ފެންވަރާއި، ސިއްހީ ހާލަތާއި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، އަދާކުރި ވަޒީފާތަކާއި، ވަޒީފާ އަދާކުރިގޮތާބެހޭ މައުލޫމާތު؛
  3. މަގާމުގެގޮތުގައި އޭނާއަށް ލިބޭ މުސާރައިގެ ތަފުސީލު؛
  4. މުވައްޒަފު ދިރިއުޅޭ އެޑްރެސް؛
  5. މުވައްޒަފުގެ އިނގިލީގެ ނިށާން/ ފޭށަލް ޕްރޯބް އިމޭޖް ނުވަތަ ފޭށަލް ކެޕްޗަރ އިމޭޖް؛
  6. މުވައްޒަފުގެ ސޮއި؛
  7. މުވައްޒަފުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި، ދާއިމީ އެޑްރެހާއި، ދިރިއުޅޭ އެޑްރެސް؛
  8. މުވައްޒަފުގެ ޕާސްޕޯޓު ނަންބަރު.

(ނ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި މެނުވ،ީ މި މާއްދާގައި ހިމެނޭ ޒާތީ މައުލޫމާތެއް ހާމަކުރެވޭނީ ނުވަތަ އާންމުކުރެވޭނީ އެ މުވައްޒަފެއްގެ ހުއްދަ ލިޔުމުން ލިބިގެންނެވެ.

 

276 ވަނަ މާއްދާ - ވައްޒަފުންގެ ޒާތީ މައުލޫމާތު ހާމަކުރެވޭނޭ ހާލަތްތައް

މުވައްޒަފުގެ ރުހުން ނެތްކަމުގައިވީނަމަވެސް، އަންނަނިވި ހާލަތެ ތަކުގައި މުވައްޒަފުގެ ޒާތީ މައުލޫމާތު ހާމަކުރުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

(ހ) ގާނޫނަކުން ފޯރުކޮށްދިނުމަށް ލާޒިމުކުރާ ފަރާތަކަށް ފޯރުކޮށްދިނުމުގެ ގޮތުން.

(ށ) ކޯޓު އަމުރަކުން އެންގުމުން.

(ނ) ދައުލަތުގެ ނަމުގައި ދައުވާކުރާ މައްސަލަތަކާއި ދައުލަތަށް ދައުވާލިބޭ މައްސަލަތަކުގައި ބޭނުންކުރަންޖެހުން.

(ރ) ދައުލަތުގެ ތަހުގީގީ އިދާރާއަކުން ކުރާ ތަހުގީގަކަށް ބޭނުންވުން.

(ބ) އޮޑިޓަރ ޖެނެރަލް ނުވަތަ އޭނާ އައްޔަންކުރާ ބަޔަކަށް، އޮޑިޓްކުރުމުގެ ބޭނުމަށް.

(ޅ) ރައްޔިތުންގެ މަޖިލީހުން ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެދިގެން، އެ މުއައްސަސާގެ ބޭނުމަކަށް.

 

277 ވަނަ މާޢްދާ - މުވައްޒަފުންގެ ޒާތީ މައުލޫމާތު ހާމަކޮށްފި ނަމަ ފިޔަވަޅުއެޅުން

އޮފީހުގައި މަސައްކަތްކުރާ މުވައްޒަފަކު، އެހެން މުވައްޒަފެއްގެ ޒާތީ މައުލޫމާތު ހާމަކުރަންޖެހޭ ފަރާތް ނޫން ފަރާތަކަށް ހާމަކޮށްފި ނަމަ، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އެ މުވައްޒަފަކަށް ފިޔަވަޅު އެޅުމުގެ ބާރު އޮފީހަށް ލިބިގެންވެއެވެ.

 

278 ވަނަ މާޢްދާ - ވަޒީފާ އަދާކުރިކަމުގެ ލިޔުން

(ހ) މި އޮފީހުގެ މުވައްޒަފެއްގެ ވަޒީފާގެ އެއްބަސްވުން ނިމުމަކަށް ގެނެސްފި ނަމަ، އެކަން މުވައްޒަފަށް އަންގާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، އެ މުވައްޒަފަކު އެދިއްޖެ ނަމަ، އަންނަނިވި ކަންކަން ހިމެނޭގޮތަށް ވަޒީފާ އަދާކުރިކަމުގެ ލިޔުން އޭނާއަށް ދޫކުރަންވާނެއެވެ.

  1. ވަޒީފާ ދިން ފަރާތުގެ ނަމާއި އެޑްރެސް؛
  2. ވަޒީފާގައި އުޅުނު މީހާގެ ނަމާއި އެޑްރެސް؛
  3. ވަޒީފާއިން ވަކިވިއިރު ހުރި މަގާމާއި، އަދާކުރި ޑިވިޒަން/ސެކްށަން/ޔުނިޓް؛
  4. މެދުކެނޑުމެއްނެތި އޮފީހުގެ ވަޒީފާގައި އެ މުވައްޒަފަކު ދެމިހުރި މުއްދަތު؛
  5. ވަޒީފާ އަދާކުރި މުއްދަތުގައި އެ މުވައްޒަފަކު އަދާކޮށްފައިވާ މަގާމުތަކާއި މަސްއޫލިއްޔަތުތައް.

(ށ) މުވައްޒަފަކު ވަޒީފާއިން ވަކިވި ސަބަބު ނުވަތަ ބަދަލުވި ސަބަބު ނުވަތަ އޭނާ ވަޒީފާ އަދާކުރި ގޮތާ މެދު ވަޒީފާދޭ ފަރާތުން ދެކޭގޮތް، ވަޒީފާ އަދާކުރި ލިޔުމުގައި، މުވައްޒަފަކު އެދިއްޖެ ހިނދެއްގައި މެނުވީ ހިމަނައިގެން ނުވާނެއެވެ.

 

 

 

ޗެޕްޓަރ 20

މާނަކުރުން، ގަވާއިދަށް އަމަލުކުރަން ފެށުން

 

279 ވަނަ މާއްދާ - މާނަކުރުން 

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން، އެ އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ޕްރޮބޭށަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 14 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަޒީފާގެ ވަގުތީ މުއްދަތަށެވެ.

(ށ) "މުވައްޒަފުން" ކަމުގައި ބުނެފައި އެވަނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނަށެވެ.

(ނ) "މުވައްޒަފަކާ އާއިލީގޮތުން ގުޅުންހުރި ފަރާތެއް" ކަމުގައި ބުނެފައި އެވަނީ، ފިރިމީހާ، އަނބިމީހާ، ދަރިން، މަންމަ، ބައްޕ،ަ އެއްބަނޑުއެއްބަފާ މީހުން، އެއްބަނޑު މީހުން، އެއްބަފާ މީހުން އަދި ށަރުއީ އަދި/ނުވަތަ ގާނޫނީގޮތުން އެ މީހެއްގެ ބަލަދުވެރިކަމުގެ ދަށުގައިވާ ފަރާތްތައް ހިމެނޭ ގޮތުންނެވެ.

(ރ) "ހިންގާ ވިޔަފާރިއެއް ނުވަތަ ކުރާ އެނޫންވެސް މަސައްކަތެއްގެ ގޮތުން ގުޅުންހުރި ފަރާތެއް" ކަމަށް ބުނެފައި އެވަނީ، މުވައްޒަފު ހިއްސާވާ ކުންފުންޏެއްގެ ނުވަތަ ޕާޓްނަރށިޕެއްގެ ނުވަތަ އެނޫންވެސް ވިޔަފާރީގެ ބޭނުމަށް އުފައް ދައިފައިވާ ގާނޫނީ ށަހްސެއްގެ ހިއްސާދާރުންނާއި، މުވައްޒަފު ކުރާ އެނޫންވެސް މަސައްކަތަކާ ގުޅުންހުރި ފަރާތްތައް ހިމެނޭ ގޮތުންނެވެ.

(ބ) "ވެލްބީންގ ލީވް" ކަމަށް ބުނެފައި އެވަނީ، މުވައްޒަފުންގެ ޖިސްމާނީ ދުޅަހެޔޮކަމާއި ނަފުސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށާއި، ވަޒީފާއާއި އަމިއްލަ ދިރިއުޅުން ހަމަހަމަކޮށް ބެހެއްޓުމަށް މަގުފަހިކުރުމުގެ ގޮތުން، އަހަރަކު ކަނޑައެޅޭ ވަކި މުއްދަތަކަށް، މުސާރަ ލިބޭގޮތަށް ދެވޭ ހާއްސަ ޗުއްޓީއަށެވެ.

(ޅ) "ސިއްހީ ހިދުމަތްދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ ހޮސްޕިޓަލްތަކާއި، ކްލިނިކްތަކާއި، ސިއްހީ މަރުކަޒުތަކާއި، ލެބޯޓަރީތަކާއި، ރާއްޖެއިން ބޭރުގައި ސިއްހީ ހިދުމަތް ދިނުމަށް އެ ގައުމެއްގެ ކަމާބެހޭ އިދާރާއަކުން ހުއްދަދީފައިވާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކާއި، އެ ފަދަ ތަނެއްގައި ސިއްހީ ހިދުމަތް ދިނުމުގެ ހުއްދަ ލިބިގެން މަސައްކަތްކުރާ ޑޮކްޓަރުންނާއި، ސިއްހީ ފަންނީ އެނޫންވެސް މުވައްޒަފުން ހިމެނޭ ގޮތުންނެވެ.

(ކ) "ޓަރމިނަލް އިލްނަސް" ކަމަށް ބުނެފައި އެވަނީ، ފުރާނަ ސަލާމަތްކުރުމަށް ދޭންޖެހޭ ފަރުވާއާ ނުލައި، ކައިރި މުސްތަގުބަލެއްގައި މަރުވެދާނެ ފަދަ ނުވަތަ ދާއިމީގޮތެއްގައި ހޭނެތިދާނެ ފަދަ، ރަނގަޅުނުކުރެވޭ ފަދަ ބައްޔަކަށް ނުވަތަ ހާލަތަކަށެވެ.

(އ) "ކްރޮނިކް ކޮންޑިށަން" ކަމަށް ބުނެފައި އެވަނީ، ބަލީގެ ސަބަބުން ނުކުޅެދުންތެރިކަމެއް ކުރިމަތިވާ އަދި/ނުވަތަ ނަންރިވަރސިބްލް ޕެތޮލޮޖިކަލް އަލްޓަރޭށަނެއްގެ ސަބަބުން ކުރިމަތިވާ ބައްޔަށެވެ.

(ވ) "މެޑިކަލް ސެޓުފިކެޓު" ކަމަށް ބުނެފައި އެވަނީ، ސި އްހީ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ، ސިއްހީ މަސައްކަތްތެރިޔަކު ދޫކޮށްފައިވާ މެޑިކަލް ސެޓުފިކެޓެއް ނުވަތަ މެޑިކަލް ސެޓުފިކެޓު ދޫކުރި ގައުމެއްގައި ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަރުކަޒަކުން، ސިއްހީ މަސައްކަތްތެރިޔަކު ދޫކޮށްފައިވާ މެޑިކަލް ސެޓުފިކެޓަށެވެ.

(މ) "އޮފީހަށް ނުކުތުން ވަގުތީގޮތުން މަނާކުރުން" ކަމަށް ބުނެފައި އެވަނީ، އޮފީހުގެ އެއްވެސް އިމާރާތަކަށް ވަނުން މަނާކުރުމަށާއި، އޮފީހުގެ މަސައްކަތްތަކުގައި ބޭނުންކުރާ ސިސްޓަމްތަކުން އެކްސެސް ކަނ ޑައިލުމަށާއި، އޮފީހުގެ މުވައްޒަފުންނާއެކު މުއާމަލާތުކުރުމަށް އެކުލަވައިލައިފައިވާ އެންމެހައި ވަސީލަތްތަކުން ޑިސްކަނެކްޓްކުރުން ހިމެނޭ ގޮތުންނެވެ.

 

280 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، 2026 ސެޕްޓެންބަރު 15 ވަނަ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ޕްރޮސިކިއުޓަރ ޖެނެރަލްގެ ގާނޫނު (ގާނޫނު ނަންބަރު 2008-09)

ކިޔުންތެރިންގެ ހިޔާލު