ގުދްރަތީ ނުވަތަ ތަބިއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދަށް 2 ވަނަ އިސްލާހު ގެނައުން
(ގަވާއިދު ނަންބަރު 2026-24)
(މި ގަވާއިދަށް އަމަލުކުރަން ފެށާނީ/ފެށީ 14 ޖުލައި 2026 ގައި)
ގަވާއިދު ނަންބަރު 2018-78 (ގުދްރަތީ ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދު) އަށް، އަންނަނިވި އިޞްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާ، އަންނަނިވި ގޮތަށް އިޞްލާހުކުރުން.
ގަވާއިދު ތަންފީޒުކުރުން 4.
(ހ) މި ގަވާއިދު ތަންފީޒުކުރާނީ މިނިސްޓްރީންނާއި އޮތޯރިޓީންނެވެ.
(ށ) ގަވާއިދު ތަންފީޒުކުރުމަށްޓަކައި، އެއްބަސްވުމެއްގެ ދަށުން ދައުލަތުގެ މުއައްސަސާތަކަށް ތަންފީޒީ ޒިންމާ މިނިސްޓްރީއާއި އޮތޯރިޓީން އެއްބަސްވާ ގޮތުގެ މަތީން ހަވާލުކުރުމުގެ އިހުތިޔާރު ލިބިގެންވެއެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް، އަންނަނިވި ގޮތަށް (ރ) އާއި (ބ) އިތުރުކުރުން.
ގުދުރަތީ ނުވަތަ ތަބީއީ ގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަން ކަނޑައެޅުން 5.
(ރ) ގުދުރަތީ ނުވަތަ ތަބީއީ ގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަނެއް، އެ ތަނެއް ނިސްބަތްވާ ގިންތި އެހެން ގިންތިއަކަށް ބަދަލުކުރުން ނުވަތަ އެ ތަނެއްގެ އިންތަކާއި މިނތައް ބަދަލުކުރުން ނުވަތަ އެ ސަރަހައްދުގައި ކުރެވޭނެ ކަންތައްތަކަށާއި ނުކުރެވޭނެ ކަންތައްތަކަށް ބަދަލުގެނައުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ބ) މި މާއްދާގެ (ރ) ގެ ދަށުން ގެނެވޭ ބަދަލުތައް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ ފަހަތަށް 1-5 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރުކުރުން.
ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަނުގެ އިންތަކާއި މިންތަކަށް ބަދަލުގެނައުން 1-5.
(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަނެއްކަމަށް ކަނޑައަޅާ ތަނެއްގެ އިންތަކާއި މިންތަކަށް އެއްވެސް ބަދަލެއް ގެންނަންވާނީ އަންނަނިވި ކަންކަން މިނިސްޓްރީން ފުރިހަމަކުރުމަށްފަހުގައެވެ.
- އެ ތަނުގެ ހާލަތާ ބެހޭގޮތުން، މިނިސްޓްރީން ނުވަތަ އޮތޯރިޓީން އިކޮލޮޖިކަލް ސަރވޭ ކުރުން
- މަސްލަހަތުވެރިންނާއެކު މަށްވަރާކުރުން
(ށ) ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް، ދަމަހައްޓާ ތަނެއްގެ އިންތަކާއި މިންތައް ބަދަލުކުރާއިރު، އެ ސަރަހައްދެއް ހިމާޔަތްކުރި އިރު ހުރި މިނަށް ވުރެ %50 (ފަންސާސް) އިންސައްތަ އަށް ވުރެ ކުޑަވެގެންނުވާނެއެވެ.
(ނ) ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަނެއްގެ އިންތަކާއި، މިންތައް ބަދަލުކުރާއިރު، އެ ސަރަހައްދެއް ހިމާޔަތްކުރި އިރު ހުރި މިނަށް ވުރެ ކުޑަވެއްޖެ ނަމަ، އެ ސަރަހައްދާ އެއްވަރުގެ ނުވަތަ އެ ސަރަހައްދުގެ %75 (ހަތްދިހަ ފަހެއް އިންސައްތަ) އަށް ވުރެ ކުޑަ ނޫން އައު ސަރަހައްދެއް މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން ކަނޑައަޅައި ހިމާޔަތްކޮށްފައިވާ ސަރަހައްދުން ގެއްލުނު ބައިގެ ބަދަލުގައި ހިމާޔަތް ކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ސަރަހައްދު ވާންވާނީ، އެ ބަދަލުކުރި ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަނުގައި ހިމެނޭ ގުދުރަތީ މާހައުލާ އެއްކަހަލަ މާހައުލަކަށެވެ.
(ބ) މި މާއްދާގެ ދަށުން ގެނެވޭ ބަދަލުތައް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރަންވާނެއެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ނ) އާއި (ރ) އުވައިލުން.
5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާހުކުރުން.
ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް، ދަމަހައްޓާ ތަންތަނުގައި ހަރަކާތްތެރިވާ ރޭންޖަރުންނާއި ގައިޑުން 7.
(ހ) ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި، ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނުގައި ހަރަކާތްތެރިވާ ރޭންޖަރުންނާއި ގައިޑުން ވާންވާނީ އެ ތަންތަނުގައި ހަރަކާތްތެރިވުމަށް، ބޭނުންވާ ތަމްރީން ލިބިފައިވާ ފަރާތްތަކެއް ކަމުގައެވެ.
(ށ) ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި، ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނުގައި، ހަރަކާތްތެރިވާ ރޭންޖަރުންނާއި ގައިޑުންނަކީ، ތައުލީމާއި ތަޖުރިބާ ލިބިފައިވާ ރޭންޖަރުންނާއި ގައިޑުންގެ ށަރުތުތައް ފުރިހަމަކޮށްގެން، އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަކަށް ވާންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރޭންޖަރުންނާއި، ގައިޑުންގެ ށަރުތުތަކާއި ގައިޑުން ރަޖިސްޓަރީކުރުމަށް ކަނޑައަޅާ މިންގަނޑުތަކާއި، ރޭންޖަރުންނާއި ގައިޑުންގެ ކޯޑް އޮފް ކޮންޑަކްޓާއި، ރޭންޖަރުންނާއި، ގައިޑުންނަށް، ލިބިދޭ ބާރާއި އިހްތިޔާރުތައް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވައިލައި މި ގަވާއިދުގެ ޖަދުވަލުގެ ގޮތުގައި ށާއިއުކުރަންވާނެއެވެ.
6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާހުކުރުން.
ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި، ރައްކައުތެރިކޮށް، ދަމަހައްޓާ ތަންތަން ބެލެހެއްޓުމަށް އެހެން ފަރާތަކާ ހަވާލުކުރުން 9.
(ހ) ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަން ބެލެހެއްޓުމަށް އެހެން ފަރާތަކާ މިނިސްޓްރީން ހަވާލުކުރެވިދާނެއެވެ. އަދި އެ ތަނެއް ބަލަހައްޓަންވާނީ، ހަމައެކަނި އެ ތަނެއް ރައްކައުތެރިކޮށް، ދެމެހެއްޓުމުގެ މަގުސަދު ހާސިލުކުރުމަށްޓަކައެވެ. އަދި އެ މަގުސަދާ ހިލާފުވާ ނުވަތަ ތައާރުޒުވާ، އެއްވެސް އަމަލެއް އެ ތަނުގައި ހިންގައިގެން ނުވާނެއެވެ.
(ށ) ގުދުރަތީގޮތުގައި، ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަން ބަލަހައްޓާނީ އަންނަނިވި ގޮތަކުންކުރެ ގޮތަކަށެވެ:
- މިނިސްޓްރީން ބެލެހެއްޓުން؛
- ކޯ މެނޭޖްމަންޓުގެ އުސޫލުން، ބެލެހެއްޓުން.
(ނ) މި ގަވާއިދުގެ ދަށުން ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި، ރައްކައުތެރިކޮށް، ދަމަހައްޓާ ތަނެއް މިނިސްޓްރީން ކޯ މެނޭޖްމަންޓް އުސޫލުން، އެހެން ފަރާތަކާ، ހަވާލުކުރަންވާނީ މިނިސްޓްރީއާއި ހަވާލުކުރެވޭ ފަރާތާ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުން އެކުލަވައިލާއިރު، ތިރީގައިވާ މައުލޫމާތުތައް ހިމަނަންވާނެއެވެ.
- އެއްބަސްވުމުގެ ދަށުން ހަވާލުކުރާ މަސައްކަތުގެ ތަފުސީލު؛
- އެއްބަސްވުމުގެ ބައިވެރީންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް؛
- އެއްބަސްވުމުގެ މުއްދަތު؛
- އެއްބަސްވުމުގެ މާއްދާއަކާ ހިލާފުވާ ހާލަތުގައި އަމަލުކުރާނެ އިޖުރާތުތައް؛
- އެއްބަސްވުމުގައި ނެތް ކަމެއް މެދުވެރިވެއްޖެ ނަމަ އަމަލުކުރާނެ ގޮތް ނަމަ އަމަލުކުރާނެ އިޖުރާތުތައް؛
- އެއްބަސްވުން ބާތިލުކުރެވޭނެ ހާލަތްތަކާއި، އެ ކަމާ ގުޅޭ އިޖުރާތުތައް؛
- ގެއްލުމުގެ ބަދަލު ހޯދުން؛
- އެއްބަސްވުމުގެ ދަށުން ހަވާލުކުރާ މަސައްކަތުގެ ތަފުސީލު.
(ބ) މި މާއްދާގެ ދަށުން ގުދުރަތީގޮތުގައި، ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަން ބެލެހެއްޓުމަށް ޓަކައި ކޯ މެނޭޖްމަންޓް އުސޫލުން އެހެން ފަރާތަކާ ހަވާލުކުރާއިރު، އޮތޯރިޓީން ހުއްދަ ދީފައިވާ އެ ސަރަހައްދު ބަލަހައްޓާނެ ގޮތުގެ މެނޭޖްމަންޓް ޕްލޭނާއި ފައިނޭންށިއަލް ޕްލޭނެއް އޮންނަންވާނެއެވެ.
(ޅ) މި މާއްދާގެ ދަށުން ގުދުރަތީގޮތުގައި، ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަން ބެލެހެއްޓުމަށް ހަވާލުކުރާ ފަރާތުން، އެ ސަރަހައްދު ބެލެހެއްޓުން އެހެން ފަރާތަކާ ހަވާލުކޮށްގެން ނުވާނެއެވެ.
7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާ، އަންނަނިވި ގޮތަށް އިޞްލާހުކުރުން.
ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަން ބެލެހެއްޓުމަށް މެނޭޖްމަންޓް ރެގިއުލޭށަން އަދި/ ނުވަތަ މެނޭޖްމަންޓް ޕްލޭން ތައްޔާރުކުރުން 12.
(ހ) ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަނެއް ބެލެހެއްޓުމަށް ޓަކައި، މެނޭޖްމަންޓް ރެގިއުލޭށަން އަދ/ި ނުވަތަ މެނޭޖްމަންޓް ޕްލޭނެއް ތައްޔާރު ކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން، ގުދުރަތީގޮތުގައި، ނުވަތަ ތަބީއީގޮތުގައި، ރައްކައުތެރިކޮށް ދަމަހައްޓާ ތަނެއް، ބެލެހެއްޓުމަށް ޓަކައި މިނިސްޓްރީން އެކުލަވައިލާ، މެނޭޖްމަންޓް ރެގިއުލޭށަނުގައި އެންމެ މަދުވެގެން ވެސް އަންނަނިވި ބައިތައް ހިމަނަންވާނެއެވެ:
- ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ގަވަރނަންސް؛
-
ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ އިންތަކާއި، މިންތައް (ޒޯނޭށަން)؛
-
ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ކުރުން، މަނާ ކަންތައް، ވަކި ތަކެތި؛
-
ވަކި ހުއްދައެއްގެ ދަށުން، ކުރެވޭ ކަންކަން، ހިދުމަތް ދިނުމާ ގުޅޭ ތަފުސީލު (ވިޒިޓޭށަން، ލައިސަންސް، ޕާމިޓް، ތަފުސީލު)؛
-
ހިމާޔަތްކޮށްފައިވާ ސަރަހައްދުން ނަގާ ފީ؛
-
ތަންފީޒުކުރުމާ ގުޅޭ ޖޫރިމަނާ، ތަކެތި؛
-
ތަންފީޒުކުރުމާ، ދިވެހި ސަރުކާރު ތަންފީޒު ކޮށްފައިވާ ގޮތް.
(ނ) މި މާއްދާގެ (ހ) ދަށުން، ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަނެއް ބެލެހެއްޓުމަށް، އެކުލަވައިލާ، މެނޭޖްމަންޓް ޕްލޭނުގައި އެންމެ، މަދުވެގެން ވެސް، އަންނަނިވި ބައިތައް ހިމަނަންވާނެއެވެ.
- ވިށަން، މިށަން، މެނޭޖްމަންޓް އޮބްޖެކްޓިވްސް؛
- ޕްރޮޓެކްޓެޑް އޭރިޔާ މެނޭޖްމަންޓް އިފެކްޓިވްނަސްއާއި ގްރީން ލިސްޓް ރެޑިނަސް ބޭސްލައިން ނުރައްކާތަކާއި، ނުރައްކާތައް ކުޑަކުރުމަށް ބޭނުންކުރެވޭ ސްޓްރެޓަޖީތައް؛
- އިކޮލޮޖިކަލް ކޮންސަރވޭށަން ވެލިއުޒް، ސްޓޭކްހޯލްޑަރ އެނަލިސިސް، ކޮމިއުނިޓީ، ތަންތަނުގެ ތަފުސީލު؛
- ކަލްޗަރަލް ވެލިއުޒް؛
- ކަލްޗަރަލް އެންޑް ސޯށިއޯ-އިކޮނޮމިކް ވެލިއުޒް؛
- ސްޓޭކްހޯލްޑަރ އެނަލިސިސް އެންޑް ކޮމިއުނިޓީ، އެންގޭޖްމަންޓް ޕްލޭން؛
- ގްރީވިއެންސް މެކޭނިޒަމް؛
- ގުދުރަތީ ވަސީލަތްތައް، މިހާރު ބޭނުންކުރާ ގޮތް؛
- ހިމާޔަތްކޮށްފައިވާ ސަރަހައްދު، ބޭނުންކުރެވޭ ގޮތަށް، ސަރަހައްދެއް ބޭނުންކުރެވޭ މީހުންގެ އަދަދު (ކެރީންގ ކެޕެސިޓީ އެންޑް ލިމިޓްސް އޮފް އެކްސެޕްޓަބަލް ޗޭންޖް)؛
- މުނިފޫހިފިލުވުމަށް ހިދުމަތްތައް ގާއިމުކުރާ ނަމަ، އެ ކަމުގެ ކޮންސެޕްޓް، ތަކެތި؛
- މާލީ (ފައިނޭންށަލް ޕްލޭން، މާކެޓް އެސެސްމަންޓް، އެންޑް ވިލިންގނަސް ޓު ޕޭ ހިމެނޭހެން)؛
- ގަވަރނަންސް؛
- ބޭނުންވާ ވަސީލަތްތަކުގެ ތަފުސީލު (ނީޑްސް) (އެސެސްމަންޓް) އަދި އެ ވަސީލަތްތައް ހޯދާނެ ގޮތުގެ ޕްލޭން (ނީޑްސް މޮބިލައިޒޭށަން އެންޑް އިމްޕްލިމަންޓޭށަން ޕްލޭން)؛
- އެކްށަން ޕްލޭން؛
- ހޭލުންތެރިކަން އިތުރުކުރާނެ ގޮތުގެ ޕްލޭން؛
- މޫސުމަށް އަންނަ ބަދަލުތަކަށް ރިއާޔަތްކުރާނެ ގޮތް (ކްލައިމެޓް އިމްޕެކްޓްސް އެންޑް ޕްލޭންސް ފޮރ އެޑަޕްޓިވް މެނޭޖްމަންޓް)؛
- ރިސާރޗް، މޮނިޓަރިންގ އެންޑް އިވެލުއޭށަން.
(ބ) މި މާއްދާގެ (ހ) ގެ ދަށުން، އެކުލަވައިލާ މެނޭޖްމަންޓް ރެގިއުލޭށަން އަދި/ނުވަތަ މެނޭޖްމަންޓް ޕްލޭނެއް ތައްޔާރުކުރުމުގައި އެ ތަނެއްގެ އިދާރީ ދާއިރާތަކުން ތައްޔާރުކޮށްފައިވާ ތަރައްގީގެ ޕްލޭންތަކަށް ރިއާޔަތް ކުރަންވާނެއެވެ.
(ޅ) ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނުގައި ހިންގޭނެ ހަރަކާތްތައް ހިންގައި، ބަލަހައްޓަންވާނީ މެނޭޖްމަންޓް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ކ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލާ މެނޭޖްމަންޓް ޕްލޭން އަދި/ނުވަތަ ކޮންޒަވޭށަން އެކްށަން ޕްލޭންތަކުގައި ހިމެނޭ ކަންކަން ހާސިލުކުރެވޭ މިންވަރު ބަލައި އެކަމަށް ރިއާޔަތްކޮށް، ކޮންމެ 5 (ފަހެއް) އަހަރަކުން މުރާޖާކޮށް ގެޒެޓުކުރަންވާނެއެވެ.
(އ) ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަނެއް ބެލެހެއްޓުމަށް ޓަކައި އެ ތަން ބޭނުންކުރާ ފަރާތްތަކުގެ އަތުން ފީއެއް ނަގަން ބޭނުންވެއްޖެ ނަމަ އެ ފީއެއް ނެގުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
8 ވަނަ މާއްދާ - ގަވާއިދުގެ 13 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން
(ހ) ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި، ރައްކައުތެރިކޮށް ދަމަހައްޓާ ތަނުން، ހިންގާ ހަރަކާތްތަކުން ލިބޭ އާމްދަނީ ޖަމާކުރުމަށް ޓަކައި ޓްރަސްޓް ފަންޑެއް މިނިސްޓްރީން ގާއިމުކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން، އެކުލަވައިލާ ޓްރަސްޓް ފަންޑު ގާއިމުކުރަންވާނީ ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު)، އާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ޓްރަސްޓް ފަންޑަށް ޖަމާކުރާ ފައިސާ ހަރަދުކުރަންވާނީ ހިމާޔަތްކޮށްފައިވާ ސަރަހައްދު ރައްކައުތެރިކޮށް ބެލެހެއްޓުމަށާއި، ކެޕޭސިޓީ ބިލްޑުކުރުމަށާއި، ދިރާސާކުރުމަށާއި، މުޖުތަމައުގެ އާންމު މަންފާއަށް ޓަކައި ސަރަހައްދު ހިމެނޭ އަތޮޅުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގާ އިޖުތިމާއީ އެކިއެކި ކަންކަމަށާއި، ތިމާވެށްޏާ ގުޅުންހުރި ހިލޭ އެހީގެ އެކިއެކި ޕްރޮގުރާމުތައް ހިންގުމަށާއި މި ގަވާއިދު ތަންފީޒުކުރުމަށް ޓަކައި ކުރާ އިދާރީ މަސައްކަތްތަކަށެވެ.
9 ވަނަ މާއްދާ - ގަވާއިދުގެ 15 ވަނަ މާއްދާ، އަންނަނިވި ގޮތަށް އިޞްލާހުކުރުން
ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަނެއް ބެލެހެއްޓުން ހަވާލުކޮށްފައިވާ ފަރާތެއްގެ އަތުން އެ ތަން އަތުލުން 15.
(ހ) ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަނެއް، ކޯ މެނޭޖްމަންޓް އުސޫލުން، ބަލަހައްޓާ ފަރާތުން، މެނޭޖްމަންޓް ރެގިއުލޭށަން ނުވަތަ މެނޭޖްމަންޓް ޕްލޭނާ އެއްގޮތަށް މަސައްކަތް ނުކުރާ ނަމަ، ނުވަތަ ބަލަހައްޓާ ފަރާތަށް އެ ފަރާތުގެ ޒިންމާ ރަނގަޅަށް އަދާކުރެވެމުން ނުދާކަން، ނުވަތަ އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ބެލެހެއްޓެމުން ނުދާކަން އޮތޯރިޓީއަށް ފާހަގަކުރެވިއްޖެ ނަމަ، ރަނގަޅުކުރަންވީ ކަންކަން ބަޔާންކޮށް، އެ ކަންކަން ރަނގަޅުކުރަންވީ މުއްދަތާއެކު، އެ ތަނެއް ބަލަހައްޓާ ފަރާތަށް ލިޔުމަކުން އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް ބެލެހެއްޓުމަށް ހަވާލުކުރާ ފަރާތުން ކަންކަން ރަނގަޅުކޮށްފައި ނުވާ ނަމަ، އަންނަނިވި ގޮތަށް އޮތޯރިޓީ އަމަލުކުރަންވާނެއެވެ.
- މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށް އެންގުން؛
- ކޯ މެނޭޖްމަންޓް އުސޫލުން ބަލަހައްޓާ ފަރާތުގެ އިހުމާލުން، ތިމާވެއްޓަށް އެއްވެސް ގެއްލުމެއް ލިބިފައިވާ ނަމަ، އެ ގެއްލުމެއްގެ ބަދަލު ހޯދުން.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ބާތިލުކުރުމަށް ނިންމާ އެއްބަސްވުމަކަށް މިނިސްޓްރީން ބަދަލުދޭކަށެއް ނުޖެހޭނެއެވެ. އަދި މި ގަވާއިދުގެ 9 ވަނަ މާއްދާގައިވާ
10 ވަނަ މާއްދާ - ގަވާއިދުގެ 16 ވަނަ މާއްދާ، އަންނަނިވި ގޮތަށް އިޞްލާހުކުރުން.
(ހ) ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނުގައި، އެއްވެސް ދިރާސާއެއް ކުރެވޭނީ މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމެނޭ ފޯމު ދިރާސާކުރުން މެދުވެރިކޮށް، ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނަށް ޒިޔާރަތްކުރަން ހަމަޖެހިފައިވާ ތާރީހުގެ 1 ވަނަ ދުވަހު، ލިޔުމުން ހުއްދަ ލިބިގެންނެވެ.
(ށ) ހުއްދަ ހޯދަން ހުށަހަޅާ ފޯމު، ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނަށް ޒިޔާރަތްކުރަން ހަމަޖެހިފައިވާ ތާރީހުގެ މަދުވެގެން 2 (ދޭއް) ހަފުތާގެ ކުރިން އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
(ނ) ދިރާސާކުރުމުގައި، އަމަލުތައް ބަހައްޓަންވާނީ ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނުގައި އުޅޭ ދިރުންތަކާއި މާހައުލީ ނިޒާމަށް ގެއްލުން ނުވާ ގޮތަށެވެ.
(ރ) ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނުގައި ކުރާ ދިރާސާގެ ހޯދުންތަކާއި، ދިރާސާއިން ނެގުނު ޑޭޓާއާއި ދިރާސާއާ ގުޅޭ އެންމެހައި ޕަބްލިކޭށަންތައް އޮތޯރިޓީއަށް ހިއްސާކުރަންވާނެއެވެ.
(ބ) ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނުގައި ކުރާ ދިރާސާއަކީ ވިޔަފާރީގެ އުސޫލުން ވިއްކަން ކުރާ ދިރާސާ، ކޮމާށަލް އުސޫލުން ކުރާ ދިރާސާ އެއް ނަމަ، އަދި އެއީ %100 (ސައްތަ އިންސައްތަ) ދިވެހި ރިސާރޗް ޕްރޮޖެކްޓެއް ނަމަ، 15,000 (ފަނަރަ ހާސް) ރުފިޔާ، އަދި ބޭރު ފަރާތެއް ނަމަ 3,000 (ތިން ހާސް) ޑޮލަރުގެ ފީއެއް ދައްކަންވާނެއެވެ. މި ފައިސާ ޖަމާކުރަންވާނީ މި ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަންޑަށެވެ.
(ޅ) ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނުގައި ކުރާ ދިރާސާގެ ހުއްދައިގެ ދަށުން، ކޮމާށަލް ފޮޓޯގްރަފީ، ވީޑިއޯގްރަފީ ނުވަތަ އެފަދަ މަސައްކަތެއް މި ހުއްދައިގެ ދަށުން ކުރުމަކީ މަނާކަމެކެވެ
(ކ) ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނުގައި ކުރާ ދިރާސާގެ ހުއްދަ ލިބޭ ފަރާތަށް ދިވެހިރާއްޖޭގެ އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކުގައިވާ ކަންކަމަށް އަމަލުކުރަންޖެހޭނެއެވެ.
(އ) ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި، ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނުގައި ކުރާ އެންމެހައި ދިރާސާތަކުގެ ތެރެއިން ދިވެހީން ނޫން އެހެން ބަޔަކު ހިންގާ ދިރާސާއެއް ނަމަ، އެ ދިރާސާގައި މަދުވެގެން 2 (ދޭއް) ދިވެހީން ބައިވެރިކުރަން ޖެހޭނެއެވެ.
11 ވަނަ މާއްދާ - ގަވާއިދުގެ 17 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާހުކުރުން
ގުދުރަތީގޮތުގައި ނުވަތަ 17.
(ހ) ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި، ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނުގައި ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނުގައި، ކޮމާށަލް ފޮޓޯގްރަފީ ނުވަތަ ވީޑިއޯގްރަފީ ކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައި ފޮޓޯގްރަފީއާއި ވީޑިއޯގްރަފީ ހިމެނޭ ފޯމު މެދުވެރިކޮށް، އޮތޯރިޓީ ނުވަތަ އޮތޯރިޓީން ކަނޑައަޅާ ފަރާތެއްގެ ހުއްދަ ލިޔުމުން ލިބިގެންނެވެ.
(ށ) ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނުގައި ފޮޓޯގްރަފީ ނުވަތަ ވީޑިއޯގްރަފީގެ ބޭނުމަށް ނުވަތަ އެހެން ބޭނުމެއްގައި ނަމަވެސް، އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން ބޭނުންކުރެވޭނީ މި ގަވާއިދުގެ ދަށުން އޮތޯރިޓީން ނުވަތަ އޮތޯރިޓީން ހަވާލުކުރާ ފަރާތަކުން ލިޔުމުން ހުއްދަ ލިބިގެންނެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުއްދަ، އެ ތަނަކަށް ޒިޔާރަތްކުރުމަށް ބޭނުންވާ ތާރީހުގެ މަދުވެގެން 2 (ދޭއް) ހަފުތާގެ ކުރިން އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
(ރ) ތިމާވެށި ކުރުމުގައްޔާއި ފޮޓޯ ނެގުމުގައި އަމަލުތައް ބަހައްޓަންވާނީ، ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި، ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނުގައި އުޅޭ ބޮޑެތި ދިރުން ފެހުރިއްސާއި އެންމަޑިއާއި އެފަދަ އެހެން ތަކެތި ތަކަށާއި ފަރުތަކަށާއި އެންމެހައި ދިރުންތަކަށް ގެއްލުންނުވާ ގޮތަށެވެ. އަދި ޑްރޯން ބޭނުންކުރުމުގައި މީހުންނާއި ބޮޑެތި ދިރުން (ފެހުރިއްސާއި އެންމަޑިއާއި އެފަދަ އެހެން ތަކެތި) ތަކުގެ ސީދާ މަތީ ޑްރޯން ދުއްވުމަކީ މަނާ ކަމެކެވެ.
(ބ) ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި، ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނުގައި އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން ބޭނުންކޮށްގެން ފޮޓޯގްރަފީ ކި ވީޑިއޯގްރަފީ ކުރާ އިރު، ޑްރޯން އުދުއްސަންވާނީ 30 (ތިރީސް) މީޓަރަށް ވުރެ ތިރިނުވާވަރަށެވެ. އަދި އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން ބޭނުންކޮށްގެން ފޮޓޯގްރަފީ، ވީޑިއޯގްރަފީ ކުރާ އިރު އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން ދުއްވާ ފަރާތަށް، ހުރިހާ ވަގުތެއްގައި ވެސް އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން ފެންނަންވާނެއެވެ.
(ޅ) ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި، ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނުގައި، ފޮޓޯގްރަފީ ނުވަތަ ވީޑިއޯގްރަފީގެ ބޭނުމަށް ނުވަތަ އެހެން ބޭނުމެއްގައި އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން ބޭނުންކުރުން ވަކި ވަގުތަކަށް ދެ ނުވަތަ ދުވަސްތަކެއްގައި މަނާކުރުމުގެ އިހުތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ.
12 ވަނަ މާއްދާ - ގަވާއިދުގެ 19 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ގަވާއިދާ ހިލާފުވުން 19.
އަންނަނިވި ކަންކަން އެއްވެސް ފަރާތަކުން ކުރުމަކީ މަނާކަމެކެވެ.
(ހ) ގުދުރަތީގޮތުގައި، ނުވަތަ ތަބީއީގޮތުގައި، ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނަށް، ގަވާއިދާ ހިލާފަށް ވަނުން، ނުވަތަ އެރުން.
(ށ) ހޯދަންޖެހޭ އެއްވެސް ހުއްދައެއް ނުހޯދުން ނުވަތަ ހުއްދައާ ހިލާފުވުން.
(ނ) ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނުގައި، ހަރަކާތްތެރިވުމުގައި މާހައުލުގައިވާ ދިރުމަކަށް ގޯނާކުރުން.
(ރ) ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނުގައި ހަރަކާތްތެރިވުމުގައި މާހައުލަށް ގެއްލުން ދިނުން.
(ބ) ދިރުންހުރި އެއްޗެއް ނުވަތަ ދިރުން ނެތް އެއްޗެއް ނެގުން ނުވަތަ ސަރަހައްދު ބޭރަށް ގެންދިޔުން.
(ޅ) ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި، ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނަށް، އެއްވެސް ދިރުމެއް ތައާރުފުކުރުން.
(ކ) ކުނިއެޅުން.
(އ) ބިން ހިއްކުމާއި ފަޅު ފުންކުރުން.
(ވ) ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނުގައި ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ކަމުގައި ކަނޑައަޅައިފައިވާ ކަންކަމާއި، އެ ސަރަހައްދު ބެލެހެއްޓުމަށް އެކުލަވައިލާ މެނޭޖްމަންޓް ޕްލޭނުގައި، މަނާ ކަމެއް ކަމަށް ކަނޑައަޅައިފައިވާ ކަންކަމާއި މެނޭޖްމަންޓް ޕްލޭނާ ހިލާފުވާ ކަމެއް ކުރުން.
(މ) ގުދުރަތީގޮތުގައި ނުވަތަ އަބީއީގޮތުގައި، ރައްކައުތެރިކޮށް ދަމަހައްޓާ ތަނެއް ބަލަހައްޓާ އިދާރާގެ ނުވަތަ އެ އިދާރާގެ މުވައްޒަފެއްގެ ގާނޫނީ ވާޖިބު އަދާކުރުމަށް ނުވަތަ ޒިންމާ އަދާކުރުމަށް، ހުރަސްއެޅުން،
(ފ) ގުދުރަތީގޮތުގައި ނުވަތަ އަބީއީގޮތުގައި، ރައްކައުތެރިކޮށް ދަމަހައްޓާ ތަނެއް ބަލަހައްޓާ އިދާރާގެ މުވައްޒަފަކަށް، ނުވަތަ އެ ފަރާތް ތަމްސީލުކުރާ ފަރާތަކަށް، ހެދިގެން އޮޅުވައިލައިގެން، މަސައްކަތްކުރުން،
13 ވަނަ މާއްދާ - ގަވާއިދުގެ 20 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާހުކުރުން
ފިޔަވަޅުއެޅުން 20.
(ހ) މި ގަވާއިދާ ހިލާފަށް އަމަލުކުރާ ފަރާތްތައް މި ސަރަހައްދުން ވަގުތުން ނުކުންނަން އެންގުމުގެ އިހުތިޔާރު، މި ގަވާއިދު ތަންފީޒުކުރާ ފަރާތަށް ލިބިގެންވެއެވެ.
(ށ) މި ގަވާއިދުގެ ދަށުން ހޯދަންޖެހޭ ހުއްދައެއް ނުހޯދައި، ހިމާޔަތްކޮށްފައިވާ ސަރަހައްދަކަށް ވަދެފި ނަމަ، އަންނަނިވި ގޮތުގެ މަތީން ފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ.
- ފުރަތަމަ ފަހަރު 8,000 (އަށް ހާސް) ރުފިޔާ؛
- ދެވަނަ ފަހަރު 10,000 (ދިހަ ހާސް) ރުފިޔާ؛
- ދެ ފަހަރަށް ވުރެ ގިނައިން އަމަލެއް ތަކުރާރުކުރާ ކޮންމެ ފަހަރަކަށް 10,000 (ދިހަ ހާސް) ރުފިޔާ.
(ނ) މި ގަވާއިދާ ހިލާފުވާ ފަރާތްތަކުގެ ހުއްދަ ބާތިލުކުރުމަށްފަހު، 3 (ތިނެއް) މަސްދުވަހާއި 12 (ބާރަ) މަސްދުވަހުގެ މުއްދަތަށް ސަރަހައްދަށް ޒިޔާރަތްކުރުން މަނާކުރުމާއެކު، 10,000 (ދިހަ ހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
(ރ) ގަވާއިދުގެ ދަށުން، ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ގައިޑެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް، މި ގަވާއިދުގެ ދަށުން ހޯދަންޖެހޭ ހުއްދަ ނުހޯދައި ހަރަކާތްތެރިވާ ފަރާތްތައް 10,000 (ދިހަ ހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
(ބ) އޮތޯރިޓީން ސެޓްފިކެޓު ދީފައިވާ ގައިޑުން އަމަލުކުރަންވީ ގޮތާ ހިލާފަށް އަމަލުކުރާ ފަރާތްތަކުގެ ސެޓްފިކެޓު 3 (ތިނެއް) މަސްދުވަހާއި 12 (ބާރަ) މަސްދުވަހުގެ މުއްދަތަށް ސަސްޕެންޑްކުރުމާއެކު، މި ގަވާއިދާ ހިލާފުވުމުގެ ކުށުގައި 3,000 (ތިން ހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި، ގައިޑެއްގެ ގޮތުގައި އަލުން، ހަރަކާތްތެރިވެވޭނީ، ސަސްޕެންޑްކޮށްފައިވާ މުއްދަތު ހަމަވުމަށްފަހު، އަދި ޖޫރިމަނާ ދެއްކުމަށްފަހުގައެވެ.
(ޅ) ގުދުރަތީގޮތުގައި، ނުވަތަ ތަބީއީގޮތުގައި، ރައްކައުތެރިކޮށް ދަމަހައްޓާ ތަނަށް ކުނިއަޅާ ފަރާތެއް އަންނަނިވި ގޮތުގެ މަތީން އޮތޯރިޓީން ޖޫރިމަނާކުރެވޭނެއެވެ.
- ފުރަތަމަ ފަހަރު، 5,000 (ފަސް ހާސް) ރުފިޔާ؛
- ދެވަނަ ފަހަރު، 10,000 (ދިހަ ހާސް) ރުފިޔާ؛
- ދެ ފަހަރަށްވުރެ ގިނައިން އެ އަމަލެއް ތަކުރާރުކުރާ ކޮންމެ ފަހަރަކަށް، 10,000 (ދިހަ ހާސް) ރުފިޔާ.
(ކ) ގުދުރަތީގޮތުގައި، ނުވަތަ ތަބީއީގޮތުގައި، ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނުގައި، އުޅޭ އެންމެހައި ދިރުންތަކުގައި އަތްލުމާއި، އެއަށް ގޯނާކުރުން ފަދަ އަމަލެއް ހިންގައިފި ނަމަ، އަންނަނިވި ގޮތުގެ މަތީން އެ ފަރާތެއް އޮތޯރިޓީން ޖޫރިމަނާ ކުރަންވާނެއެވެ:
- ފުރަތަމަ ފަހަރު، 30,000 (ތިރީސް ހާސް) ރުފިޔާ؛
- ދެވަނަ ފަހަރު، 50,000 (ފަންސާސް ހާސް) ރުފިޔާ؛
- ދެ ފަހަރަށްވުރެ ގިނައިން އެ އަމަލެއް ތަކުރާރުކުރާ ކޮންމެ ފަހަރަކަށް، 50,000 (ފަންސާސް ހާސް) ރުފިޔާ.
(އ) ގުދުރަތީގޮތުގައި، ނުވަތަ ތަބީއީގޮތުގައި، ރައްކައުތެރިކޮށް ދަމަހައްޓާ ތަނަކަށް، އެއްވެސް ދިރުމެއް ތައާރަފުކޮށްފި ނަމަ، އަންނަނިވި ގޮތުގެ މަތީން އެ ފަރާތެއް އޮތޯރިޓީން ޖޫރިމަނާ ކުރަންވާނެއެވެ:
- ފުރަތަމަ ފަހަރު، 5,000 (ފަސް ހާސް) ރުފިޔާ؛
- ދެވަނަ ފަހަރު، 10,000 (ދިހަ ހާސް) ރުފިޔާ؛
- ދެ ފަހަރަށްވުރެ ގިނައިން އެ އަމަލެއް ތަކުރާރުކުރާ ކޮންމެ ފަހަރަކަށް، 10,000 (ދިހަ ހާސް) ރުފިޔާ.
(ވ) މި ގަވާއިދުގެ 19 ވަނަ މާއްދާގެ (ނ) އާއި، (ރ) އާއި، (ބ) އާއި، (ޅ) އާއި، (ކ) އާއި، (އ) އާއި، (ވ) ގައި ބަޔާންކޮށްފައިވާ ކަމެއް ކުރުމުގެ ސަބަބުން ގުދުރަތީގޮތުގައި، ނުވަތަ ތަބީއީގޮތުގައި، ރައްކައުތެރިކޮށް ދަމަހައްޓާ ތަނަކަށް ގެއްލުން ލިބިއްޖެ ނަމަ، އެ ގެއްލުމެއްގެ އަދަދުކުރާނީ، ގަވާއިދު ނަންބަރު 2011-09 (ތިމާވެށްޓަށް ދޭ ގެއްލުންތަކަށް، ޖޫރިމަނާ ކަނޑައެޅުމާއި، ބަދަލު ހޯދުމުގެ ގަވާއިދު) ގެ ދަށުންނެވެ.
14 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގައި "އެޖެންސީ" ބަޔާންކޮށްފައިވާ ތަންތަން "އޮތޯރިޓީ" އަށް ބަދަލުކުރުން.
ބުުނެވިދިޔަ ގަވާއިދުގެ 21 ވަނަ މާއްދާގެ (ށ) އާއި (ބ) އަންނަނިވި ގޮތަށް އިޞްލާހުކޮށް، އެ މާއްދާއަށް (ޅ) އާއި، (ކ) އާއި ،(އ) އާއި، (ވ) އާއި، (މ) ގެ ގޮތުގައި އަންނަނިވި ގޮތަށް 5 އަކުރު އިތުރުކުރުން.
މާނަކުރުން 21.
(ށ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއަށެވެ.
(ބ) "މެނޭޖްމަންޓް ޕްލޭން" ކަމަށް ބުނެފައި އެވަނީ، ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަން ބެލެހެއްޓުމުގެ ލަނޑުދަނޑިތަކާއި، މަގުސަދުތަކާއި، އަމަލުކުރާނެ އުސޫލުތަކާއި، މި ސަރަހައްދުގައި ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ބަޔާންކޮށް، މި ކަންކަން ކުރާނެ އުސޫލުތަކާއި، ދެމެހެއްޓެނިވި ގޮތެއްގައި މި ސަރަހައްދުގެ ގުދުރަތީ ވަސީލަތްތައް ބޭނުންކުރާނެ ގޮތާއި، މި ހުރިހާ ކަމަކަށް ޒިންމާވާނެ ފަރާތްތައް ކަނޑައަޅައި، ކަމާބެހޭ ފަރާތްތަކުގެ ބައިވެރިވުމާއެކު ދިގު މުއްދަތުގެ (އާންމުގޮތެއްގައި 5 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތުގެ) ސްޓްރެޓަޖީއަކާއެކު އެކުލަވައިލެވޭ ރަސްމީ ޕްލޭނަށެވެ.
(ޅ) "މެނޭޖްމަންޓް ރެޖިއުލޭށަން" ކަމަށް ބުނެފައި އެވަނީ، ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަން ބެލެހެއްޓުމުގައި ގާނޫނީގޮތުން ތަންފީޒީ ބާރު ލިބިގަތުމަށް ޓަކައި ވަކި ގަވާއިދެއް އެކުލަވައިލަންޖެހޭ (މި ސަރަހައްދުގެ ފީ ނެގުމާއި، ހުއްދަ ދޫކުރުމާއި، ޖޫރިމަނާ/ފިޔަވަޅުއެޅުން ފަދަ) ކަންކަމުގައި އެކުލަވައިލެވޭ، މި ސަރަހައްދަށް ހާއްޞަ މެނޭޖްމަންޓް ގަވާއިދަށެވެ.
(ކ) "ކޯ މެނޭޖްމަންޓް އުސޫލުން" ބެލެހެއްޓުން ކަމަށް ބުނެފައި އެވަނީ، ޒިންމާތައް ތަފުސީލުވާނެ ގޮތަށް ބަހައިލައިގެން ކަނޑައެޅޭ އެއްފަރާތަކަށް ވުރެ ގިނަފަރާތުން ބެލެހެއްޓުމަށެވެ.
(އ) "ދިރުމެއް ތައާރުފު ކުރުން" ކަމަށް ބުނެފައި އެވަނީ، އެ މާހައުލުގައި އުޅޭ ގުދުރަތީ ދިރުމެއް ފިޔަވައި އެހެން ދިރުމެއް ތައާރުފުކުރުމަށެވެ.
(ވ) "މަސްލަހަތުވެރިން" ކަމަށް ބުނެފައި އެވަނީ، ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށްފައިވާ ނުވަތަ ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކުރުމަށް ކަނޑައަޅާ ތަނެއް އިޖުތިމާއީގޮތުންނާއި އިގުތިޞާދީގޮތުން ބޭނުންކުރާ އަދި ތާރީހީގޮތުން ބޭނުންކޮށްފައިވާ ފަރާތްތަކާއި، އެ ސަރަހައްދު ބޭނުންކުރާނެ ގޮތާ ގުޅިގެން ނިންމާ ނިންމުތަކުގެ ސަބަބުން އެ ބައެއްގެ މަސްލަހަތަށް އެއްވެސް އަސަރެއް ފޯރާފާނެ ފަރާތްތަކާއި، އެކަމާ ގުޅިގެން ނިންމާ ނިންމުތަކުގައި އެ ބައެއްގެ ލަފަޔާއި މަށްވަރާ ހޯދަންޖެހޭ ފަރާތްތައް.
(މ) "އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން" ކަމަށް ބުނެފައި އެވަނީ، އުޅަނދުގެ ތެރޭގައި އިންސާނަކު ނެތި، އިންޖީނުގެ ބާރުގައި ވައިގެ ތެރޭގައި ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދުތަކަށެވެ. މިއީ އަމިއްލަ ޒާތުގައި (އޮޓޮމެޓިކުން) ނުވަތަ ދުރުގައި ހުރެގެން ރިމޯޓު ކޮންޓްރޯލްކޮށްގެން ދުއްވޭ އުޅަނދުތަކެވެ.
16 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާތާ 1 (އެކެއް) މަސްދުވަސް ވާ ދުވަހުން ފެށިގެންނެވެ.
(މި ގަވާއިދުގެ އަންނަނިވި ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެ)
ޖަދުވަލު 1
ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ދިރާސާކުރުމަށް އެދި ހުށަހަޅާ ފޯމު
ޖަދުވަލު 2
ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ވީޑިއޯ/ފޮޓޯ ނެގުމަށް އެދި ހުށަހަޅާ ފޯމު
ކިޔުންތެރިންގެ ހިޔާލު