އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ މުވައްޒަފުންނާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-155) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2026-42)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 17 މޭ 2026 ގައި)
ގަވާއިދު ނަންބަރު 2022-155 (އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ މުވައްޒަފުންނާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 2 ވަނަ ބާބުގެ 2 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން، 1-2 ވަނަ މާއްދާއާއި، 2-2 ވަނަ މާއްދާއާއި، 2-3 ވަނަ މާއްދާ އިތުރުކުރުން.
އޮފީސް ހިންގުން 1-2.
އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ އެންމެ އިސް ވެރިއެއްގެ ގޮތުން އޮފީސް ހިންގާނ،ީ އިންފޮމޭށަން ކޮމިށަނަރެވެ.
ސެކްރެޓަރީ ޖެނެރަލް 2-2.
(ހ) އިންފޮމޭށަން ކޮމިށަނަރުގެ އޮފީސް އިދާރީގޮތުން ހިންގުމަށް ޓަކައި އޮފީހުގައި ސެކްރެޓަރީ ޖެނެރަލަކު ހުންނަންވާނެއެވެ.
(ށ) ސެކްރެޓަރީ ޖެނެރަލަކީ އިންފޮމޭށަން ކޮމިށަނަރުގެ އިރުށާދާ އެއްގޮތްވާ ގޮތުގެ މަތީން، އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ އެންމެހައި ކަންކަން ރާވައި ހިންގައި ބަލަހައްޓާ، ކޮމިށަނަރުގެ ދަށުން ހުންނަ އެންމެ އިސް ފަރާތެވެ.
(ނ) ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް، އެ މަގާމުގެ ވަޒީފާގެ ބަޔާނުގައި ބަޔާންކުރަންވާނެއެވެ.
(ރ) ސެކްރެޓަރީ ޖެނެރަލްގެ މަގާ މަށް މީހަކު އައްޔަނުކުރާނީ އާންމުކޮށް އިއުލާނުކޮށްގެން، މަގާމުގެ ށަރުތުތައް ފުރިހަމަވާ ފަރާތްތަކުގެ މެދުގައި އިންޓަވިއުކޮށް އެންމެ މަތިން މާކުސް ލިބޭ ފަރާތެކެވެ.
(ބ) ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ ދައުރަކ،ީ 5 (ފަހެއް) އަހަރުދުވަހެވެ.
(ޅ) މި މާއްދާގެ (ބ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކޮށްފައިވާ ފަރާތަކަށް އަލުން އެ މަގާމަށް ކުރިމަތިލުމަކަށް ހުރަހެއް ނެތެވެ.
(ކ) މި މާއްދާގެ (ޅ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެއްވެސް މީހަކަށް ވިދިވިދިގެން ނުވަތަ އެނޫން ގޮތަކަށް ވެސް 2 (ދޭއް) ދައުރަށް ވުރެ ގިނަދުވަހު ސެކްރެޓަރީ ޖެނެރަލްގެ މަގާމެއް ނުފުރޭނެއެވެ.
(އ) ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ މަސްއޫލިއްޔަތުތަކާ ގުޅިގެން ޖަވާބުދާރީވާނީ ކޮމިށަނަރަށެވެ.
ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތު ވަގުތީގޮތުން ހަވާލުކުރުން 3-2.
އެއްވެސް ސަބަބަކާހުރެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ހުސްކޮށް އޮންނަ މުއްދަތުގައި ނުވަތަ ސެކްރެޓަރީ ޖެނެރަލް ޗުއްޓީގައި ހުންނަ މުއްދަތުގައި، އެ މުއްދަތަކަށް ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރުމަށް އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ އެހެން މުވައްޒަފަކާ ހަވާލުކުރުމުގެ އިހުތިޔާރު، ކޮމިށަނަރަށް ލިބިގެންވެއެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 44 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް 1-44 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރުކުރުން.
އިންތިގާލީ އުސޫލު 1-44.
(ހ) ގަވާއިދު ނަންބަރު 2022-155 (އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ މުވައްޒަފުންނާބެހޭ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުގައި، ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުރި ފަރާތެއް އެ މަގާމުގައި ހުންނަތާ 5 (ފަހެއް) އަހަރުދުވަސް ވެފައިވާ ނަމަ، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަސް ހަމަވާ ތާރީހުގައި އެ ފަރާތެއް ސެކްރެޓަރީ ޖެނެރަލްގެ މަގާމުން ވަކިވާނެއެވެ. އަދި މިފަދައިން ވަކިވާނެކަމުގެ ނޯޓިސް، ލިޔުމުން އެ ފަރާތަކަށް ދޭންވާނެއެވެ.
(ށ) ގަވާއިދު ނަންބަރު 2022-155 (އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ މުވައްޒަފުންނާބެހޭ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުގައި، ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުރި ފަރާތެއް އެ މަގާމުގައި ހުންނަތާ 5 (ފަހެއް) އަހަރުދުވަސް ހަމަވެފައި ނުވާ ނަމަ، އެ ފަރާތެއް ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަނުވެފައިވާ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަސް ހަމަވަންދެން އެ މަގާމުގައި ދެމިހުންނާނެއެވެ. އަދި 5 (ފަހެއް) އަހަރުދުވަސް ހަމަވުމުން، އެ ފަރާތެއް ސެކްރެޓަރީ ޖެނެރަލްގެ މަގާމުން ވަކިވާނެއެވެ.
(ނ) ގަވާއިދު ނަންބަރު 2022-155 (އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ މުވައްޒަފުންނާބެހޭ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުގެ ކުރިން ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތެއް އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގައި ހަމަކޮށްފައިވާ ފަރާތެއް ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަލުން ހޮވިއްޖެ ނަމަ، އެ ފަރާތަކަށް 1 (އެކެއް) ދައުރަށް ވުރެ ގިނަ ދައުރެއް ނުފުރޭނެއެވެ.
(ރ) މި މާއްދާގެ (ހ) އާއި (ށ) އާ އެއްގޮތްވާ ގޮތުގެ މަތީން ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުރި ފަރާތެއް އެ މަގާމުން ވަކިވުމުން، ސެކްރެޓަރީ ޖެނެރަލަކު އައްޔަނުކުރަންވާނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުންނެވެ.
3 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނ،ީ މި ގަވާއިދު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގަވާއިދު
އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ މުވައްޒަފުންނާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-155)
ކިޔުންތެރިންގެ ހިޔާލު