އިމްޕޯޓް ޑިއުޓީއާއި ރޯޔަލްޓީއާއި ރެވެނިއު ފީ މާފުކުރުމުގައި އަމަލުކުރާނެ އިޖުރާތުތައް ބަޔާންކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2026-06) އަށް 1ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2026-25)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 26 އެޕްރީލް 2026 ގައި)
ގަވާއިދު ނަންބަރު 2026-06 (އިމްޕޯޓް ޑިއުޓީއާއި ރޯޔަލްޓީއާއި ރެވެނިއު ފީ މާފުކުރުމުގައި އަމަލުކުރާނެ އިޖުރާތުތައް ބަޔާންކުރުމުގެ ގަވާއިދު) އަށް އަންނަނިވި އިޞްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިޞްލާހުކުރުން.
ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކުރުމަށް އެދި ހުށަހެޅުން 6.
(ށ) އަންނަނިވި ދާއިރާތަކުން ނުވަތަ ބާވަތްތަކުން ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށްދިނުމަށް އެދި ހުށަހަޅާނީ، އެ ދާއިރާއެއްގެ ކަންކަން ބަލަހައްޓާ ސަރުކާރުގެ ވުޒާރާއަކަށެވެ.
- ފަތުރުވެރިކަމުގެ ދާއިރާ ނުވަތަ މަސްވެރިކަމުގެ ދާއިރާ ނުވަތަ ދަނޑުވެރިކަމުގެ ދާއިރާ؛
- އިމާރާތްކުރުމުގެ ކަންކަން ބަލަހައްޓާ ވުޒާރާއިން ކުރިޔަށްގެންދާ މަށްރޫއުތަކަށް އެތެރެކުރާ ތަކެތި؛
- ދިވެހިރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރުމުގެ ކަންކަން ބެލެހެއްޓުމަށް ޓަކައި ސަލާމަތީ ޚިދުމަތްތަކުގެ ބޭނުމަށް އެތެރެކުރާ ތަކެތި.
2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީޚުން ފެށިގެންނެވެ.
މައި ގަވާއިދު
ކިޔުންތެރިންގެ ހިޔާލު