-

ކަނޑުގެ ސަރަހައްދުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2023-50) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2025-130)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 30 ޑިސެމްބަރު 2025 ގައި)

 

ގަވާއިދު ނަންބަރު 2023-50 (ކަނޑުގެ ސަރަހައްދުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާބެހޭ ގަވާއިދު) އަށް  އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު، އަންނަނިވި ގޮތަށް އިސްލާ ހުކުރުން. 

ކުރިން ދޫކޮށްފައިވާ ލައިސަންސްގެ ކެޓަގަރީތައް މި ގަވާއިދުގެ ދަށުން އެކުލަވައިލެވުނު ކެޓަގަރީތަކަށް ބަދަލުކުރުން 15.

(2) އައުޓްބޯޑް އިންޖީނުއެޅި (10 ހޯސްޕަވަރުން މަތި) އުޅަނދުފަހަރު ދުއްވުމުގެ ކެޓަގަރީގެ ލައިސަންސް އޮތް ފަރާތްތަކަށް، މި ގަވާއިދުގެ 13 ވަނަ މާއްދާގެ (ށ) ގައިވާ “1A “ކެޓަގަރީއާއި 13 ވަނަ މާއްދާގެ (ނ) ގައިވާ “B “ކެޓަގަރީގެ ލައިސަންސް ދޫކުރެވޭނެއެވެ. 

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.  

 

މައި ގަވާއިދު

ކަނޑުގެ ސަރަހައްދުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2023-50)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ކަނޑުގެ ސަރަހައްދުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2023-50)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު