-

ނޭށަނަލް ފުޑް ސޭފްޓީ އެންޑް ކޮލިޓީ ބޯޑުގެ ހިންގާ ގަވާއިދު (ގަވާއިދު ނަންބަރު 2025-24) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2025-101)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 14 އޮކްޓޫބަރު 2024 ގައި)

 

ގަވާއިދު ނަންބަރު 2025-24 (ނޭށަނަލް ފުޑް ސޭފްޓީ އެންޑް ކޮލިޓީ ބޯޑުގެ ހިންގާ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 19 ވަނަ މާއްދާގެ (ހ) އާއި (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބޯޑުގެ ބައްދަލުވުންތައް 19.

(ހ) ބޯޑުގެ ޖަލްސާއެއް، އަހަރަކު މަދުވެގެން 4 (ހަތަރެއް) ފަހަރު ބާއްވަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދިމާވާ ހާއްސަ ހާލަތަކަށް ރިއާޔަތްކޮށް، ބޯޑުގެ އިތުރު ބައްދަލުވުންތައް ބޭއްވުމުގެ އިހުތިޔާރު، ބޯޑުގެ ރައީސަށް ލިބިގެންވެއެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

މައި ގާނޫނު

ނޭށަނަލް ފުޑް ސޭފްޓީ އެންޑް ކޮލިޓީ ބޯޑުގެ ހިންގާ ގަވާއިދު (ގަވާއިދު ނަންބަރު 2025-24)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު