ރޭންކުގެ ކުރިއެރުމާއި، ރޭންކު ދަށްކުރުމާއި، ށަރަފުގެ ނިށާން ދިނުމާ ގުޅޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-86)
(ގަވާއިދު ނަންބަރު 2025-05)
(މި ގަވާއިދަށް އަމަލުކުރަންފެށީ 14 ޖަނަވަރީ 2025 ގައި)
ގަވާއިދު ނަންބަރު 2022-86 (ރޭންކުގެ ކުރިއެރުމާއި، ރޭންކު ދަށްކުރުމާއި، ށަރަފުގެ ނިށާން ދިނުމާ ގުޅޭ ގަވާއިދު) އަށް
އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް )ކ( ގެ ގޮތުގައި އަކުރެއް އިތުރުކުރުން.
ރޭންކުގެ ކުރިއެރުން ދިނުމަށް އެދި ހުށަހެޅުން 8.
)ކ( މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ އިދާރީ ބަހާއިން، ރޭންކުގެ ކުރިއެރުން ދިނުމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލުމުގެ ގޮތުން ކުރާ އިއުލާނުގައި މަދުވެގެން އަންނަނިވި ކަންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ.
- ކޮންމެ ރޭންކަކަށ،ް ރޭންކުގެ ކުރިއެރުން ދިނުމަށް ކަނޑައަޅައިފައިވާ އަދަދު؛
- ރޭންކުގެ ކުރިއެރުން ދިނުމަށް ހަމަޖެހިފައިވާ މަގާމުތަކާއި، އެ މަގާމު އޮތް އިދާރީ ބަހާ؛
- ރޭންކުގެ ކުރިއެރުން ދިނުމަށް ހަމަޖެހިފައިވާ މަގާމުގައި ވަކި މުއްދަތެއް ހޭދަކުރަންޖެހޭ ނަމަ، އެ މުއްދަތެއް.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ (ށ) އާއި (ނ) އާއި (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން
ރޭންކުގެ ކުރިއެރުން ދިނުމު ގެ ށަރުތުތަކާއި، ބަލަންޖެހޭ ކަންތައްތައް 10.
(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވީކަމުގައި ބަލާނީ، އެ އަކުރުގައި ބަޔާންކޮށްފައިވާ އިމްތިހާނުން ފާސްވި ފަހުން 2 (ދޭއް) އަހަރުދުވަސް ހޭދަވެފައި ނުވާނަމައެވެ.
(ނ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވީކަމުގައި ބެލުމުގައި، ރޭންކުތަކާއި ގްރޭޑުތަކުގައި ހޭދަވީ މުއްދަތު ގުނުމުގައްޔާއި، ހިދުމަތުގައި ހޭދަވީ މުއްދަތު ގުނުމުގައި، މުސާރަ ނުލިބޭ ޗުއްޓީއާއި، ތައުލީމު ހާސިލުކުރުމަށް މުސާރަލިބޭ ގޮތަށް ދޭ ޗުއްޓީގައި ހޭދަވާ މުއްދަތެއް ނުހިމެނޭނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވީކަމުގައި ބެލުމަށ،ް ރޭންކުތަކާއި ގްރޭޑުތަކުގައި ހޭދަވީ މުއްދަތު ގުނުމުގައި، ތައުދީބީ ފިޔަވަޅެއްގެ ގޮތުން ޕްރޮމޯށަން ނުދީ ހިފެހެއްޓުމަށް ނިންމައިފައިވާ މުއްދަތެއް ނުހިމެނޭނެއެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 19 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ގްރޭޑުގެ ކުރިއެރުން ދިނުމުގައި ބަލަންޖެހޭ ކަންތައްތައް 19.
(ށ) ގްރޭޑުގެ ކުރިއެރުން ދިނުމަށް ހުށަހަޅައިފައިވާ ފުލުސް އޮފިސަރު ހުރި ގްރޭޑުގައި ހޭދަވީ މުއްދަތުގައި ވަޒީފާއަށް ހާޒިރުވުމުގައި ފަރުވާތެރިކަން ހުރި މިންވަރު.
4 ވަނަ މާއްދާ - ުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 1 ގެ 1 ވަނަ ނަންބަރުގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ކޮންސްޓަބަލް (1) (ހ) ކޮންސްޓަބަލް ގްރޭޑް 1
ދިވެހި ފުލުހުންގެ ހިދުމަތުގެ ފުލުހެއްގެ ވަޒީފާއަށް ރެކްރޫޓް ކުރެވޭ ފުލުހެއްގެ ކިބައިގައި ފުރިހަމަވާންޖެހޭ ރެކްރޫޓުކުރުމުގެ އާންމު ށަރުތުތަކާއި، ރެކްރޫޓުކުރުމުގެ އިތުރު ށަރުތުތައް ކަމުގައި ގަވާއިދު ނަންބަރު 2022-85 (ފުލުހުންގެ ވަޒީފާގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވުން.
5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 1 ގެ 6 ވަނަ ނަންބަރުގެ (ހ) ގެ (1) ވަނަ ނަންބަރުގެ (i) އާއި (iii) އަންނަނިވި ގޮތަށް އިސްލާހުކޮށ،ް އެ ނަންބަރުގެ (iv) ގެ ފަހަތަށް (v) ގެ ގޮތުގައި ނަންބަރެއް އިތުރުކުރުން.
ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް 6.
(i) ސިޓީއެއްގައި ގާއިމުކޮށްފައިވާ ޕޮލިސް ސްޓޭށަނެއްގެ ހެޑް އޮފް ސިޓީ ޕޮލިސް ސްޓޭށަންގެ މަގާމުގައި ނުވަތަ އަތޮޅުތެރޭގެ ރީޖަނެއްގައި ގާއިމުކޮށްފައިވާ ކްރައިމް ސެލްއެއްގެ ހެޑްގެ މަގާމުގައި 2 (ދޭއް) އަހަރުދުވަސް؛
(iii) ހެޑް އޮފް އަތޮޅު ޕޮލިސް ސްޓޭށަންގެ މަގާމުގައި 2 (ދޭއް) އަހަރުދުވަސ،ް ނުވަތަ ރަށު ޕޮލިސް ސްޓޭށަންގެ ގޮތުގައި ދަރަޖަކޮށްފައިވ،ާ އަތޮޅުތެރޭގެ ޕޮލިސް ސްޓޭށަނެއްގައި 3 (ތިނެއް) އަހަރުދުވަސް؛
(v) މާލެ ފިޔަވައި، އެހެން ރީޖަނެއްގައި ގާއިމުކޮށްފައިވާ ތަމްރީނުގެ މަރުކަޒެއްގައި ހެޑް އޮފް ޑިޕާޓްމަންޓް ނުވަތަ އެ ދަރަޖައިގައި ގިންތިކުރެވޭ މަގާމެއްގެ ގޮތުގައި ހިމެނޭ ކޮމިށަނަރ އޮފް ޕޮލިސް އައްޔަނުކުރާ މަގާމެއްގައި ހުރެ އެ މަރުކަޒުގައި އަމަލީގޮތުން މަސައްކަތްކޮށ،ް 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 1 ގެ 9 ވަނަ ނަންބަރުގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް (ނ) ގެ ގޮތުގައި އަކުރެއް އިތުރުކޮށ،ް މިހާރު އެ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
އެސިސްޓެންޓް ކޮމިށަނަރ އޮފް ޕޮލިސް 9.
(ނ) ދިވެހި ފުލުހުންގެ ހިދުމަތުގައި، މާލެ ފިޔަވައި ހިދުމަތް ދިނުމުގައި ކަނޑައެޅިފައިވާ ރީޖަންތަކުގެ ތެރެއިން ރީޖަނެއްގެ ރީޖަން ކޮމާންޑަރުކަން ނުވަތަ އެގްޒެކެޓިވް ގިންތީގެ އޮފިސަރަކު އައްޔަނުކުރެވޭނެކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅައިފައިވާ މަގާމެއްގައި، އަތޮޅުތެރޭގައި 2 (ދޭއް) އަހަރުދުވަހުގެ ޑިއުޓީ ޓާމެއް ފުރިހަމަކޮށްފައިވުން.
(ރ) ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރޭންކުގައި ހޭދަވީ މުއްދަތުގައި،އަތޮޅުތެރޭގެ ރީޖަނެއް ފިޔަވައި އޮޕަރޭށަނަލް ޕޮލިސިންގގެ ދާއިރާގެ މަގާމެއްގައި ހުރެ މަދުވެގެން 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
7 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު