ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އާންމު މަޖިލީހުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-112) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2024-119)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 1 ޑިސެމްބަރު 2024 ގައި)
ގަވާއިދު ނަންބަރު 2021-112 (ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އާންމު މަޖިލީހުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުނ.ް
(ނ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސް ނުވަތަ ރިޔާސަތު ބަލަހައްޓާ މެންބަރަކު އާންމު މަޖިލީހުން ނިންމާ ނިންމުންތަކުގައި ވޯޓުދީގެން ނުވާނެއެވެ. އެހެންނަމަވެސް، އާންމު މަޖިލީހަށް ހުށަހެޅޭ ކަމަކާމެދު ނަގާ ވޯޓުގެ ފެންނަ ނުފެންނަ އަދަދު ހަމަހަމަވެއްޖެ ހާލަތެއްގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސަށް ނުވަތަ ރިޔާސަތު ބަލަހައްޓާ މެންބަރަކަށް ފެންނަ ކޮޅަކަށް ވޯޓުދޭންވާނެއެވެ.
2 ވަަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 2-15 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
އާންމު މަޖިލީހުގެ މަސްއޫލިއްޔަތުތަކާއި މަޖިލީހުގެ ގާނޫނީ އަދަދާ ގުޅޭ އިސްތިސްނާ ހާލަތްތައް 3-15.
(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅ މައްސަލަތަކާ ގުޅޭގޮތުން ނުވަތަ އެފަދަ މައްސަލަތައް ބެލުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާ ގުޅޭ ގޮތުން ާއްވާ އާންމު މަޖިލީހުގެ ޖަލްސާތަކުގައި، ގާނޫނު ނަންބަރު 2024-01 (އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނު) ގެ ދަށުން އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަނަށް ހާއްސަކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އައްޔަނުކުރާ މެންބަރުންނެއް ނުހިމެނޭނެއެވެ.
(ށ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ޖަލްސާއެއް ބޭއްވޭނީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މެންބަރުންގެ ތެރެއިން އެ ވަގުތަކު އައްޔަނުކުރެވިފައިވާ މެންބަރުންގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މެންބަރުން އެ ޖަލްސާއަށް ހާޒިރުވުމުންނެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ޖަލްސާއަކުން ނިންމާ ނިންމުމެއް ފާސްވާނީ، އެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
(ރ) ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅ މައްސަލަތަކާ ގުޅޭ ގޮތުން ނުވަތަ އެފަދަ މައްސަލަތައް ބެލުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާ ގުޅޭ ގޮތުން އާންމު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމެއް ނެތި ނިންމާ ނިންމުންތަކަކީ އާންމު މަޖިލީހުން ނިންމި ނިންމުންތަކެއް ކަމުގައި ބަލަންވާނީ، މި ގަވާއިދުގެ 1-11 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މެންބަރުންގެ މަދުވެގެން 2/3 (ތިންބައިކުޅަދެބައި) ގެ އަގުލަބިއްޔަތުން ސޮއިކުރުމުންނެވެ.
(ބ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ޖަލްސާތަކުގެ ހާޒިރީ ބެލެހެއްޓުމުގައްޔާއި، ގާނޫނީ އަދަދު ބެލުމުގައްޔާއި، އެފަދަ ޖަލްސާތަކުގައި ނިންމާ ނިންމުންތަކާއި، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދަ ނިންމުންތައް ނިންމުމުގައި އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަނަށް ހާއްސަކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އައްޔަނުކުރާ މެންބަރުންނެއް ނުހިމެނޭނެއެވެ.
(ޅ) މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން، ގާނޫނު ނަންބަރު 2024-01 (އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނު) ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅ މައްސަލަތަކާ ގުޅޭ ގޮތުން ނުވަތަ އެފަދަ މައްސަލަތައް ބެލުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާ ގުޅޭ ގޮތުން ބާއްވާ އާންމު މަޖިލީހުގެ ޖަލްސާތަކުގައި، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އައްޔަނުކުރާ މެންބަރުންނެއް ނުހިމެނޭނެއެވެ.
(ކ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަދަ ޖަލްސާއެއް ބޭއްވޭނީ، ގާނޫނު ނަންބަރު 2024-01 (އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނު) ގެ ދަށުން އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަނަށް ހާއްސަކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އައްޔަނުކުރާ މެންބަރުންގެ ތެރެއިން އެ ވަގުތަކު އައްޔަނުކުރެވިފައިވާ މެންބަރުންނާއި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސް ހާޒިރުވެގެންނެވެ.
(އ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަދަ ޖަލްސާއަކުން ނިންމާ ނިންމުމެއް ފާސްވާނ،ީ އެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
(ވ) ގާނޫނު ނަންބަރު 2024-01 (އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނު) ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅ މައްސަލަތަކާ ގުޅޭ ގޮތުން ނުވަތަ އެފަދަ މައްސަލަތައް ބެލުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާ ގުޅޭ ގޮތުން އާންމު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމެއް ނެތި ނިންމާ ނިންމުންތަކަކީ އާންމު މަޖިލީހުން ނިންމި ނިންމުންތަކެއް ކަމުގައި ބަލަންވާނ،ީ މި ގަވާއިދުގެ 1-11 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން، ގާނޫނު ނަންބަރު 2024-01 (އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނު) ގެ ދަށުން އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަނަށް ހާއްސަކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އައްޔަނުކުރާ މެންބަރުންނާއި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސް ސޮއިކުރުމުންނެވެ.
(މ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަދަ ޖަލްސާތަކުގެ ހާޒިރީ ބެލެހެއްޓުމުގައްޔާއި، ގާނޫނީ އަދަދު ބެލުމުގައްޔާއި، އެފަދަ ޖަލްސާތަކުގައި ނިންމާ ނިންމުންތަކާއި އަދި މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަދަ ނިންމުންތައް ނިންމުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސް ފިޔަވައި، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އައްޔަނުކުރާ މެންބަރުންނެއް ނުހިމެނޭނެއެވެ.
3 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނ،ީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުންގެ އާންމު މަޖިލީހުން މި ގަވާއިދު ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
ކޮންސޮލިޑޭޓެޑް ގަވާއިދު
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އާންމު މަޖިލީހުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2021-112)
މައި ގަވާއިދު
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އާންމު މަޖިލީހުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-112)
ކިޔުންތެރިންގެ ހިޔާލު