އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނު
(ގާނޫނު ނަންބަރު 2024-01)
މި ގާނޫނަށް އަމަލުކުރަން ފަށާނީ/ފެށީ 2 އެޕްރީލް 2024 ގައި)
(މި ގާނޫނުގެ 125 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2011-12 އުވާލެވިފައި)
އެއްވަނަ ބާބު
ފެށުން
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއ،ީ ގާނޫނުއަސާސީގެ ދަށުން ލިބިދޭ މަސައްކަތްތެރިންގެ ޖަމްއިއްޔާތައް އުފެއްދުމާއި، އެފަދަ ޖަމްއިއްޔާތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމާއި ނުވުމުގެ ހައްގު ކުރިއަރުވައި، ކަށަވަރުކޮށްދިނުމުގެ ގޮތުން، އެ ހައްގު ލިބިދެވޭނެ ދާއިރާ އެކަށައަޅައި، މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފެއްދުމާއި، އެފަދަ ޔޫނިއަންތައް ހިންގުމާގުޅޭ އުސޫލުތަކާއި، މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުގެ ދެމެދުގައި އުފެދޭ މައްސަލަތަކާއި ދެބަސްވުންތައް ހައްލުކުރުމާގުޅޭ އުސޫލުތަކާއި، ޓްރޭޑް ޔޫނިއަންތަކާގުޅޭ އެނޫންވެސް ކަންކަން ތަންޒީމުކުރުމުގެ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ "އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނު" އެވެ.
2 ވަނަ މާއްދާ - ގާނޫނުގެ މަގްސަދު
މި ގާނޫނުގެ ބޭނުމަކީ، އަންނަނިވި ކަންކަން ހާސިލުވާނެ ގޮތެއްގެމަތިން ގާނޫނުއަސާސީން ލިބިދޭ މަސައްކަތްތެރިންގެ ޖަމްއިއްޔާތައް އުފެއްދުމާއި، އެފަދަ ޖަމްއިއްޔާތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމާއި ނުވުމުގެ ހައްގު ކަށަވަރުކޮށްދިނުމެވެ.
(ހ) މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފައްދައި، ރަޖިސްޓަރީކުރުމާއި، ޔޫނިއަންތައް ހިންގުމާއި، އުވާލުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުން؛
(ށ) މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުންތަކާއި މައްސަލަތައް މަށްވަރާގެ އުސޫލުން ހައްލުކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުން؛
(ނ) މަސައްކަތްތެރިންނަށް ގާނޫނުން ލިބިދޭ ހައްގުތައް ހިފެހެއްޓޭ ހާލަތުގައި، އެފަދަ އަމަލުތަކަށް ޒިންމާވާ ފަރާތްތައް ޖަވާބުދާރީކުރެވޭނެ ނިޒާމެއް އެކަށައެޅުން.
3 ވަނަ މާއްދާ - ގާނޫނުގެ އަސާސް
މި ގާނޫނު ބިނާވެގެންވަނީ، އަންނަނިވި އަސާސްތައް ނަގަހައްޓައި، ދެމެހެއްޓުމުގެ މައްޗަށެވެ. މި ގާނޫނުގެ ކޮންމެ މާއްދާއެއްމެ ކިޔަންވާނީ، އަދި އެ މައްޗަށް އަމަލުކުރަންވާނީ، އެއިން އެއްވެސް އަސާސަކަށް ހަނިކަމެއް ނާންނާނެ ގޮތުގެމަތިންނެވެ.
(ހ) ގާނޫނުއަސާސީއާއި އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާނެ ގޮތުގެމަތިން، މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް ހަދައި ހިންގުމަކީ، އަދި އެފަދަ ޔޫނިއަންތައް މެދުވެރިކޮށް، މި ގާނޫނުގެ ދަށުން ބަޔާންކުރާ މަށްވަރާގެ އުސޫލުތަކާއި ހަޅުތާލުކުރުމާއި ފިޔަވަޅުތައް އެޅުމުގެ އުސޫލުތައް ތަންފީޒުކުރުމަކީ، ގާނޫނުއަސާސީއާއި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި މި ގާނޫނުގެ ދަށުން ކޮންމެ މީހަކަށްމެ ލިބިދޭ އަސާސީ ހައްގެއްކަން ގަބޫލުކުރުން؛
(ށ) އެންމެހައި ނުފޫޒުތަކުން އެއްކިބާވެހުރެ، ޔޫނިއަންގެ މެންބަރަކަށްވުމާއި، ޔޫނިއަންގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެންވާކަން ގަބޫލުކުރުން؛
(ނ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ އެއްވެސް ޔޫނިއަނަކީ މާލީ މަންފާއަށް މަސައްކަތްކުރާ ގާނޫނީ ށަހްސުތަކެއް ނޫންކަމުގައި ގަބޫލުކުރުން.
4 ވަނަ މާއްދާ - ގާނޫނު ހިނގާނެ ދާއިރާ
މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އެހެން ގާނޫނެއްގައި މި ގާނޫނުން އިސްތިސްނާވާނެކަމަށް ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި، ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތްތަކުގެ ދާއިރާގައި މަސައްކަތްކުރާ އެންމެހައި މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުގެ މައްޗަށް މި ގާނޫނު ހިނގާނެއެވެ.
5 ވަނަ މާއްދާ - އި ސްތިސްނާކުރެވިފައިވާ ދާއިރާތައް
އެހެން ގާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އަންނަނިވި ފަރާތްތައް މި ގާނޫނު ހިންގުމުގެ ދާއިރާއިން އިސްތިސްނާވެގެންވެއެވެ.
(ހ) ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު؛
(ށ) ދިވެހި ފުލުހުންގެ ހިދުމަތް؛
(ނ) ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށް ވަކިކުރާ ފަރާތްތައް،
ދެވަނަ ބާބު
ހައްގުތަކާއި ޒިންމާތައް
6 ވަނަ މާއްދާ - ޔޫނިއަންތައް އުފެއްދުމާއި އެފަދަ ޔޫނިއަންތަކުގައި ބައިވެރިވުމުގެ ހައްގު
(ހ) މި ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން، ތިރީގައި ބަޔާންކޮށްފައިވާ ހައްގުތައް، އެ އްވެސް ތަފާތުކުރުމެއްނެތި، ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.
- އެއްވެސް ފަރާތެއްގެ ހުއްދަ ކުރިން ހޯދުމަކާ ނުލައި، މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފެއްދުމާއި އަދި/ނުވަތަ އެފަދަ ޔޫނިއަނެއްގެ މެންބަރަކަށްވުމާއި، އެފަދަ ޔޫނިއަންތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމާއި، ނުވުމުގެ ހައްގު؛
- އެ މީހެއްގެ މަސައްކަތުގެ ވަގުތުގައާއި އެނޫން ވަގުތުތަކުގައި، އެ މީހަކު ނިސްބަތްވާ ޔޫނިއަނަކުން ހިންގާ ގާނޫނު ހުއްދަކުރާ ހަރަކާތްތަކާއި އިންޑަސްޓްރިއަލް އެކްށަންގައި ބައިވެރިވުމުގެ ހައްގު؛
- އެ މީހަކު ނިސްބަތްވާ ޔޫނިއަންގެ ދުސްތޫރުގައިވާ ގޮތުގެމަތިން، އެ ޔޫނިއަންގެ މަގާމަކަށް އައްޔަންވުމުގެ ނުވަތަ އިންތިހާބުވުމުގެ ހައްގު؛
- އެ މީހަކު ނިސްބަތްވާ ޔޫނިއަންގެ އެހީތެރިކަމަށް އެދުމާއި، ޔޫނިއަނުން ލިބޭ އެހީތެރިކަން ބަލައިގަތުމުގެ ހައްގ.ު
(ށ) މަސައްކަތްތެރިންނަށް މި ގާނޫނުގެ ދަށުން ލިބިދޭ ހައްގެއް ނުވަތަ މަންފާއެއް ނުލިބޭގޮތަށް ނުވަތަ އެފަދަ ކަމަކަށް އުނިކަމެއް ލިބޭ ގޮތަށް، އެ މަސައްކަތްތެރިންގެ މައްޗަށް ހިނގާ ގަވާއިދެއްގައި ނުވަތަ އުސޫލެއްގައި ނުވަތަ ވަޒީފާގެ އެއްބަސްވުމެއްގައި އެއްވެސް މާއްދާއެއް ހިމެނިގެންވާނަމަ، އެ މާއްދާއެއް ވާނީ ބާތިލު މާއްދާއަކަށެވެ.
7 ވަނަ މާއްދާ - ޔޫނިއަންތައް ނުފޫޒުން އެއްކިބާކުރުން
އެއްވެސް ފަރާތަކުން، މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަނެއް ނުވަތަ ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަނެއް އުފެއްދުމަށް ނުވަތަ ޔޫނިއަނެއް ހިންގުމާ ގުޅޭގޮތުން، ނުވަތަ ޔޫނިއަނަކާގުޅޭ އެނޫންވެސް ކަމެއްގައި، އެއްވެސް ފަރާތަކަށް މަޖުބޫރުކޮށްގެން ނުވަތަ ނުފޫޒުފޯރުވައިގެން ނުވަތަ ބިރުދައްކައިގެން ނުވާނެއެވެ.
8 ވަނަ މާއްދާ - ޔޫނިއަންތަކުގެ ހައްގުތަކާއި ޒިންމާތައް
(ހ) މި ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ޔޫނިއަންތައް ހިންގުމާއި ޔޫނިއަންތަކުގައި ހަރަކާތްތެރިވުމުގެ ހައްގު މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ ހުރިހާ މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތަކަށް ލިބިގެންވެއެވެ.
(ށ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތަކުން، އެ ޔޫނިއަނެއްގެ ދުސްތޫރާއި، ޔޫނިއަނާގުޅޭ އަންނަނިވި މައުލޫމާތާއި، އަންނަނިވި ކަންކަމުގައި އެ ޔޫނިއަނަކުން އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުތައް އެކުލަވާލައި، ޔޫނިއަންގެ އާންމު މެންބަރުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.
- ޔޫނިއަން ތަމްސީލުކުރުމަށް އެއްވެސް ފަރާތެއް އިންތިހާބުކޮށްފައިވާނަމަ ނުވަތަ އައްޔަންކޮށްފައިވާނަމަ އެ ފަރާތްތަކުގެ މައުލޫމާތު؛
- ޔޫނިއަންގެ މަގާމަކަށް ކުރިމަތިލުމާއި، މަގާމަކަށް ވާދަކުރުމާއި، އިންތިހާބު ބޭއްވުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު؛
- ޔޫނިއަންގެ ނިންމުންތަކުގެ ތެރެއިން މެންބަރުންގެ ސިއްރު ވޯޓަކުން ނިންމަންޖެހޭ ނިންމުންތަކާ ގުޅޭގޮތުން ސިއްރު ވޯޓު ނެގުމުގައި އަމަލުކުރާނެ އުސޫލު؛
- ޔޫނިއަންގެ އިދާރީ ހިންގުމާއި ހަރަކާތްތަކާއި ޕްރޮގްރާމްތައް ރާވައި ހިންގުމުގައި އަމަލުކުރާނެ އުސޫލު؛
- ޔޫނިއަންގެ މެންބަރަކަށްވުމާއި މެންބަރުކަމުން ވަކިވުމުގައި އަމަލުކުރާނެ އުސޫލު؛
- ޔޫނިއަންގެ އާންމު ބައްދަލުވުންތަކާއި އަހަރީ ޖަލްސާ ބޭއްވުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު؛
- ޔޫނިއަންގެ ރައުސުލްމާލު އެކުލެވިގެންވާ ގޮތާއި، ޔޫނިއަނަށް ބަޖެޓް ހޯދުމަށް ކަނޑައަޅާފައިވާ ގޮތް؛
- އެއްވެސް ސަބަބަކާހުރެ ޔޫނިއަން އުވާލާނަމަ ޔޫނިއަން އުވާލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު؛
- ޔޫނިއަނަށް ލިބޭ ފައިސާއާއި، ޔޫނިއަނުން ހަރަދުކުރާ ފައިސާގެ ތަފްސީލާއި، ޔޫނިއަންގެ މުދަލާއި، ދަރަންޏާއި، ޔޫނިއަނުން ހިންގި ހަރަކާތްތަކުގެ ތަފްސީލު ސާފުކޮށް އެނގޭނެހެން، ރަޖިސްޓްރާރ އޮފް ޔޫނިއަންސްއަށް ހުށަހަޅާ ހިސާބުތައް،
(ނ) މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަނަކުން ނުވަތަ ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަނަކުން، އެ ޔޫނިއަންގެ މެންބަރަކަށްވުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ގަބޫލުކުރުމުގައި، އެއްވެސް މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ގައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެ މީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މުދަލަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަން ރަށަށް ނުވަތަ އަދާކުރާ ވަޒީފާގެ ގިންތިއަށް ބަލައި ތަފާތުކޮށްގެން ނުވާނެއެވެ.
(ރ) މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަނަކުން ނުވަތަ ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަނަކުން، ގާނޫނުއަސާސީއާއި ގާނޫނާ ހިލާފު ހަރަކާތެއް ހިންގުމަށް ނުވަތަ އެ ޔޫނިއަނެއްގެ މަގްސަދުތަކާއި އުސޫލުތަކާ ފުށުއަރާ ހަރަކާތްތައް ހިންގުމަށް، އެ ޔޫނިއަން ބޭނުންކޮށްގެން ނުވާނެއެވެ.
(ބ) މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަނަކުން ނުވަތަ ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަނަކުން، އެ ޔޫނިއަން ގެ މެންބަރުންގެ މަސްލަހަތު ނުހިމެނޭ ކަންކަމުގައާއި އެ މެންބަރުންގެ މަސްލަހަތު ފުށުއަރާ ގޮތަކަށް، އެ ޔޫނިއަން ބޭނުންކޮށްގެން ނުވާނެއެވެ.
9 ވަނަ މާއްދާ - ޔޫނިއަންތަކުން ކުރުން މަނާ ކަންކަން
މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތަކުން އަންނަނިވި ކަންކަން ކުރުމަކީ ނުވަތަ އެފަދަ ކަމެއް ކުރިއެރުވުމަށް މަސައްކަތްކުރުމަކީ މަނާކަމެކެވެ.
(ހ) އިސްލާމްދީނުގެ އަސްލަކާ ހިލާފު ކަމެއް ކުރުން ނުވަތަ އެފަދަ އަމަލެއް ހިންގުމަށް ހިތްވަރުދިނުން؛
(ށ) ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން ޖިނާއީ ކުށެއްކަމުގައި ބަޔާންކޮށްފައިވާ އެއްވެސް ކަމެއް ކުރުން ނުވަތަ އެފަދަ އަމަލެއް ކުރުމަށް ހިތްވަރުދިނުން؛
(ނ) އެއްވެސް ބާވަތެއްގެ އަސްކަރީ ތަމްރީނެއް ލިބިގަތުން ނުވަތަ އެފަދަ ތަމްރީނެއް މީހަކަށް ނުވަތަ ބަޔަކަށް ދިނުން ނުވަތަ އެއްވެސް ބާވަތެއްގެ އަސްކަރީ ހަރަކާތެއް ހިންގުން؛
(ރ) ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި، ދިވެހިރާއްޖޭގެ ގާނޫނުތައް ހުއްދަކުރާ ގޮތެއްގެމަތިން މެނުވީ، އެއްވެސް މީހެއްގެ ނުވަތަ ބައެއްގެ ހައްގަކަށް ހަނިކަމެއް އަތުވެދާފަދަ ކަމެއް ކުރުން؛
(ބ) މީހަކު ރަޖިސްޓަރީވެފައިވާ ޔޫނިއަންގެ މެންބަރުކަމުން، ޔޫނިއަންގެ ދުސްތޫރާ ހިލާފަށް، އެ މީހަކު ވަކިކުރުން؛
(ޅ) މަކަރާއި އޮޅުވާލުމުގެ ނިޔަތުގައި، ޔޫނިއަންގެ ދުސްތޫރަށް ބަދަލުގެނައުމާއި، އެފަދައިން ބަދަލުގެނެސްފައިވާ ސައްހަނޫން ލިޔުމެއް، އެއީ ސައްހަނޫން ލިޔުމެއްކަން އެނގިހުރެ، އެ ލިޔުން އެ ޔޫނިއަންގެ މެންބަރަކަށް ނުވަތަ އެ ޔޫނިއަންގެ މެންބަރަކަށްވުމަށް ގަސްދުކުރާ ނުވަތަ އެ ޔޫނިއަންގެ މެންބަރަކަށްވުމަށް އެދި ހުށަހަޅާފައިވާ ފަރާތަކަށް ދިނުން ނުވަތަ އެނޫންވެސް ބޭނުމަކަށް އެފަދަ ލިޔުމެއް އުފައްދައި ބޭނުންކުރުން؛
(ކ) ވަކި ޔޫނިއަނެއްގައި ބައިވެރިވުމަށް ނުވަތަ ޔޫނިއަނެއްގެ ވަކި މަގާމެއް ފުރުމަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން މަޖުބޫރުކުރުން؛
(އ) އެ މީހަކު އިހްތިޔާރުކުރާ ޔޫނިއަނެއްގެ މެންބަރެއްގެ ގޮތުގައި އިސްކޮށް ހަރަކާތްތެރިނުވުމަށް އެންގުން ނުވަތަ އެފަދައިން ދޭހަވާފަދަ ގޮތަކަށް އަމަލުކުރުން؛
(ވ) މި ގާނޫނުގެ ދަށުން ޔޫނިއަނެއްގެ މެންބަރަކަށް ލިބިދޭ އެއްވެސް ހައްގެއްގެ ބޭނުން ނުހިފުމަށް މީހަކަށް އެންގުން ނުވަތަ އެއިން ހައްގެއްގެ ބޭނުންހިފުން މަނާކުރުން ނުވަތަ އެއިން ހައްގެއްގެ ބޭނުންހިފުމަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ހުރަސްއެޅުން.
10 ވަނަ މާއްދާ - ޔޫނިއަންތަކަށް ލިބިގެންވާ އިމްތިޔާޒުތައް
(ހ) މި ގާނޫނުން ޔޫނިއަންތަކަށް ކަށަވަރުކޮށްދީފައިވާ ހައްގެއް ބޭނުންކުރުމުގައި، ނުވަތަ ޔޫނިއަންތަކަށް ނިސްބަތްވާ މެންބަރުންގެ ހައްގުތައް ހިމާޔަތްކުރުމުގެ ގޮތުން، މި ގާނޫނުގެ ދާއިރާގެ ތެރޭގައި އެ ޔޫނިއަނަކުން ނުވަތަ އެ ޔޫނިއަނެއް ގެ މެންބަރުންގެ ހައިސިއްޔަތުން އެ ޔޫނިއަނެއްގެ މެންބަރުން ކުރާ ކަމަކާމެދު، ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާމެދު އެއްވެސް މަދަނީ ދައުވާއެއް ނުއުފުލޭނެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މި ގާނޫނާ ހިލާފަށް، ވަކި ފަރާތެއްގެ ވިޔަފާރީގެ މަސްލަހަތު ގެއްލޭ ގޮތަކަށް ނުވަތަ މަސައްކަތްތެރިންނަށް ލިބިދީފައިވާ ހައްގެއް ބޭނުންކުރުމަށް ހުރަސްއެޅޭފަދަ ގޮތަކަށް ނުވަތަ މުޖުތަމައުގެ އަމަން އަމާންކަން ގެއްލޭ ގޮތަކަށް އަމަލުކޮށްފިނަމަ، އެފަދަ އަމަލެއް ހިންގި ޔޫނިއަނަކާ ދެކޮޅަށް ނުވަތަ ޔޫނިއަންގެ މެންބަރަކާ ނުވަތަ މެންބަރުންނާ ދެކޮޅަށް ދައުވާކުރުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.
11 ވަނަ މާއްދާ - ހަޅުތާލުކުރުން ނުވަތަ އިންޑަސްޓްރިއަލް ފިޔަވަޅު އެޅުން
(ހ) ޔޫނިއަންގެ ހުރިހާ މެންބަރުންނަށް ނުވަތަ އޭގެ ތެރެއިން ބައެއް މެންބަރުންނަށް އަސަރުކޮށްފާނެފަދަ އިންޑަސްޓްރިއަލް ފިޔަވަޅެއް އެޅޭނީ ނުވަތަ ހަޅުތާލެއް ހިންގޭނީ، އެ ޔޫނިއަންގެ މެންބަރުންގެ މެދުގައި ސިއްރު ވޯޓެއް ނަގައި، ޔޫނިއަންގެ މެންބަރުންގެ އަގުލަބިއްޔަތުން އެފަދަ ފިޔަވަޅެއް އެޅުމަށް ނުވަތަ ހަޅުތާލެއް ހިންގުމަށް ފާސްވުމުންނެވެ.
(ށ) މި މާއްދާގެ (ހ) އާ ހިލާފަށް ނުވަތަ ޔޫނިއަން ގެ ދުސްތޫރާއި އުސޫލުތަކާ ހިލާފަށް އެއްވެސް ފަރާތަކުން ހަޅުތާލެއް ހިންގައިފިނަމަ ނުވަތަ އިންޑަސްޓްރިއަލް ފިޔަވަޅެއް އަޅައިފިނަމަ ނުވަތަ އެފަދަ އަމަލެއްގައި ބައިވެރިވެއްޖެނަމަ، ނުވަތަ އެފަދަ އަމަލެއް ހިންގުމަށް ނުވަތަ އެފަދަ އަމަލެއްގައި ބައިވެރިވުމަށް ހިތްވަރުދީފިނަމަ، އެ އަމަލެއް ބެލެވޭނީ މި ގާނޫނު ހުއްދަނުކުރާ އަމަލެއްގެ ގޮތުގައެވެ. އަދި އެފަދަ އަމަލެއް ހިންގައިފިކަން ސާބިތުވާ ފަރާތެއްގެ އަދަބަކީ، އެކަމުގައި އެ ފަރާތެއްގެ ބައިވެރިވުމަށް ބަލައި، 5,000 (ފަސްހާސް) ރުފިޔާއާއި 50,000 (ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
12 ވަނަ މާއްދާ - ވަޒީފާދޭ ފަރާތްތައް ކުރުން މަނާ ކަންތައްތައް
ވަޒީފާދޭ ފަރާތްތައް ނުވަތަ ވަޒީފާދޭ ފަރާތްތައް ތަމްސީލުކުރާ ޔޫނިއަނެއް ނުވަތަ އެފަދަ ޔޫނިއަނެއް ތަމްސީލުކުރާ އެހެން ފަރާތަކުން ތިރީގައި ބަޔާންކުރާފަދަ ކަމެއް ކުރުމަކީ މަނާކަމެކެވެ.
(ހ) ވަކި މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަނަކާ ގުޅުމަށް ބާރުއަޅާފަދަ ނުވަތަ ވަކި މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަނެއްގެ މެންބަރެއްގެ ގޮތުގައި ދެމިހުރުން މަނާކުރާފަދަ ނުވަތަ އެކަމަށް ހުރަސްއަޅާފަދަ މާއްދާއެއް، ވަޒީފާ އަދާކުރާ ފަރާތާއެކު ވެވޭ ވަޒީފާއާބެހޭ އެއްބަސްވުމެއްގައި ހިމެނުން؛
(ށ) މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަނަކަށް ނިސްބަތްވުމާއި ނުވުމުގެ މައްޗަށް ބިނާކޮށް ވަޒީފާ ދިނުން؛
(ނ) ވަޒީފާ ދިނުމުގައާއި، އުޖޫރަ ކަނޑައެޅުމުގައާއި، އުޖޫރަ އިތުރުކުރުމުގައާއި، ތަމްރީނު ދިނުމުގައާއި، ވަޒީފާގެ ށަރުތުތަކާއި، ވަޒީފާ އަދާކުރާނެގޮތް ކަނޑައެޅުމުގައާއި، ވަޒީފާގެ ކުރިއެރުން ދިނުމުގައާއި، ވަޒީފާއިން ވަކިކުރުމުގައާއި، ވަޒީފާ އަދާކުރުމުގައި ދިމާވާ އެހެނިހެން ކަންކަމާ ގުޅިގެން ގޮތް ނިންމުމުގައި، އެ މީހަކީ މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަނެއްގެ މެންބަރަކަށްވީތީ ނުވަތަ އެފަދަ ޔޫނިއަނެއްގައި ކުރިން ބައިވެރިވެފައިވާ ފަރާތަކަށްވީތީ ނުވަތަ އެފަދަ ޔޫނިއަނެއްގެ މެންބަރަކަށްވުމުގެ ފުރުސަތު އޮތް ފަރާތެއް ކަމަށްވީތީ، އެއިން ކަމަކަށް ބަލައި، އެ ފަރާތަކާމެދު ތަފާތުކުރުން؛
(ރ) މި ގާނޫނުގެ ދަށުން ލިބިދޭ އެއްވެސް ހައްގެއްގެ ބޭނުން ނުހިފުމަށް އެންގުން ނުވަތަ އެއިން އެއްވެސް ހައްގެއްގެ ބޭނުންހިފުން މަނާކުރުން ނުވަތަ އެއިން އެއްވެސް ހައްގެއްގެ ބޭނުންކުރުމަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ހުރަސްއެޅުން؛
(ބ) ތިރީގައި ބަޔާންކޮށްފައިވާ ސަބަބުތަކަށްޓަކައި، ވަޒީފާއިން ވަކިކުރުން ނުވަތަ ވަކިކުރާނެކަމުގެ ބިރުދެއްކުން ނުވަތަ ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ޖިސްމާނީ އަނިޔާއެއް ދޭނެކަމުގެ ބިރުދެއްކުން ނުވަތަ ވަޒީފާގެ މަގާމަށް ބަދަލުގެނައުން ނުވަތަ އެފަދައިން އަމަލުކޮށްފާނެކަމަށް ދޭހަވާފަދަ ކަމެއް ވަޒީފާ އަދާކުރާ ފަރާތަކާމެދު ކުރުން؛
- މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަނެއްގެ މެންބަރަކަށް ވެދާނެކަމުގެ ފުރުސަތު އޮތުން ނުވަތަ އެހެން މީހަކު މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންގެ މެންބަރަކަށް ހެދުމަށް މަސައްކަތްކޮށްފާނެކަމުގެ ފުރުސަތު އޮތުން ނުވަތަ ވަކި މަސައްކަތްތެރިންގެ ޓްރޭ ޑް ޔޫނިއަނެއްގެ މެންބަރަކަށް ނުވަތަ އޮފިސަރަކަށްވުން؛ ނުވަތަ
- މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަނެއް އުފައްދައި، ހިންގައި، ކުރިއެރުވުމުގެ މަސައްކަތުގައި ހަރަކާތްތެރިވުން.
(ޅ) ވަޒީފާ އަދާކުރާ ފަރާތަކުން ވަކި މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަނެއްގައި ބައިވެރިވެއްޖެނަމަ، ނުވަތަ ބައިވެރިނުވެއްޖެނަމަ، ވަޒީފާގައި ދެމިހުރެވޭނެކަމަށް ނުވަތަ ވަޒީފާގެ ކުރިއެރުމެއް ލިބޭނެކަމަށް ނުވަތަ ވަޒީފާ އަދާކުރާ ފަރާތަށް ލިބެންޖެހޭ ހައްގުތަކާއި މަންފާތައް ލިބިދިނުމުގައި އެ ފަރާތް އިސްކުރާނެކަމަށް ނުވަތަ އެނޫންވެސް ފައިދާއެއް ހޯދައިދޭނެކަމަށް ނުވަތަ ލިބޭނެކަމަށް ބުނުން ނުވަތަ އެފަދައިން ދޭހަވާނެފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުން؛
(ކ) ވަޒީފާ އަދާކުރާ ފަރާތަކުން މި ގާނޫނުން ކަށަވަރުކޮށްދޭ ހައްގެއް ބޭނުންކުރުމުގެ ސަބަބުން ސީދާގޮތުން ނުވަތަ ނުސީދާގޮތުން އެ ފަރާތަކާމެދު އެއްވެސް ފިޔަވަޅެއް އެޅުން.
ތިންވަނަ ބާބު
ރަޖިސްޓްރާރ އޮފް ޔޫނިއަންސް
13 ވަނަ މާއްދާ - ރަޖިސްޓްރާރ އޮފް ޔޫނިއަންސް
(ހ) މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް ރަޖިސްޓަރީކުރުމުގައާއި، ގާނޫނާ ހިލާފުވާ ޔޫނިއަންތަކާމެދު ފިޔަވަޅު އެޅުމުގައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރާނީ ރަޖިސްޓްރާރ އޮފް ޔޫނިއަންސްއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ރަޖިސްޓްރާރ އޮފް ޔޫނިއަންސް އައްޔަންކޮށް ވަކިކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
(ނ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، ރަޖިސްޓްރާރ އޮފް ޔޫނިއަންސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މީހަކު އައްޔަންކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ރަޖިސްޓްރާރ އޮފް ޔޫނިއަންސް އޭނާގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ޖަވާބުދާރީވާނީ މިނިސްޓަރަށެވެ.
(ބ) ރަޖިސްޓްރާރ އޮފް ޔޫނިއަންސްއަށް ދެވޭ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ، ނޭށަނަލް ޕޭ ކޮމިށަނުންނެވެ.
14 ވަނަ މާއްދާ - މަގާމުގެ މުއްދަތު
(ހ) ރަޖިސްޓްރާރ އޮފް ޔޫނިއަންސްގެ މަގާމުގެ މުއްދަތަކީ 5 (ފަހެއް) އަހަރުދުވަހުގެ 1 (އެކެއް) ދައުރެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، މި ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ވަކިކުރެވޭ ހާލަތުގައި ފިޔަވައި، ރަޖިސްޓްރާރ އޮފް ޔޫނިއަންސްގެ މަގާމަށް އައްޔަންކޮށްފައިވާ މީހެއްގެ މަގާމުގެ މުއްދަތު އިތުރު 5 (ފަހެއް) އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އިތުރުކުރެވިދާނެއެވެ.
15 ވަނަ މާއްދާ - ރަޖިސްޓްރާރ އޮފް ޔޫނިއަންސްގެ މަގާމުގެ ށަރުތުތައް
ރަޖިސްޓްރާރ އޮފް ޔޫނިއަންސްގެ މަގާމަށް އައްޔަންކުރާ ފަރާތަކީ، އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތެއްކަމުގައި ވާންވާނެއެވެ.
(ހ) ބުއްދި ސަލާމަތުންހުރ،ި އުމުރުން 30 (ތިރީސް) އަހަރު ފުރިފައިވާ ދިވެހިރައްޔިތަކު ކަމުގައިވުން؛
(ށ) މަގާމަށް ކުރިމަތިލުމުގެ ކުރިއަށް ހިނގައިދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މަގާމެއް ފުރާފައިވާ ނުވަތައެފަދަ މަގާމެއް ފުރަމުންދާ ފަރާތެއްކަމުގައި ނުވުމާއި، އައްޔަންކުރެވޭ ނުވަތަ އިންތިހާބުކުރެވޭ އެއްވެސް މަގާމެއްގައި ހުރި ފަރާތެއްކަމުގައި ނުވުން؛
(ނ) އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކުރާ ފަރާތެއްކަމުގައި ނުވުން؛
(ރ) މަގާމުގެ ޒިންމާއާއި މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ގާބިލުކަމާއި، މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވާ ފަރާތެއްކަމުގައިވުން؛
(ބ) މަގާމުގެ ޒިންމާއާއި މަސްއޫލިއްޔަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައިވުން؛
(ޅ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ވައްކަމާއި، ޓެކުމާއި، މަކަރާއި، ހީލަތްހެދުމާއި، ހިޔާނާތް ފަދަ ބޮޑު ކުށެއް ނުވަތަ އެއްވެސް ބާވަތެއްގެ ޖިންސީ ކުށެއް ކުރިކަން ނުވަތަ ގެވެށި އަނިޔާގެ އެއްވެސް އަމަލެއް ކޮށްފައިވާކަން ށަރީއަތަށް ސާބިތުވެފައިވާ ފަރާތެއްކަމުގައި ނުވުން؛
(ކ) މަގާމަށް ކުރިމަތިލުމުގެ ކުރިއަށް ހިނގައިދިޔަ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި، މަސައްކަތްތެރިން ނުވަތަ ވަޒީފާދޭ ފަރާތްތައް ތަމްސީލުކުރާ އެއްވެސް ބާވަތެއްގެ ޖަމްއިއްޔާއެއްގެ ނުވަތަ ޔޫނިއަނެއް ގެ ހިންގާ ކޮމިޓީއެއްގެ މެންބަރަކުކަމުގައި ނުވުން ނުވަތަ އެފަދަ ޖަމްއިއްޔާއެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ފަރާތެއްކަމުގައި ނުވުން؛
(އ) އެއްވެސް ޖަމްއިއްޔާއެއްގެ ނުވަތަ ޔޫނިއަނެއްގެ މެންބަރަކަށް ނުވުން.
16 ވަނަ މާއްދާ - ރަޖިސްޓްރާރ އޮފް ޔޫނިއަންސްގެ މަސްއޫލިއްޔަތުތައް
(ހ) ރަޖިސްޓްރާރ އޮފް ޔޫނިއަންސްގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
- މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް ރަޖިސްޓަރީކޮށްދިނުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ބަލައިގަތުމާއި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެ ޔޫނިއަންތައް ރަޖިސްޓަރީކޮށްދިނުމުގެ އެންމެހައި ކަންކަން ކުރުން؛
- މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރާ ޔޫނިއަންތަކުގެ ދަފްތަރު އެކުލަވާލައި، ޔޫނިއަންތަކުގެ ދަފްތަރުގައި ބަޔާންކުރާ މައުލޫމާތު، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އާންމުކުރުން؛
- މި ގާނޫނުގެ މަގްސަދު ހާސިލުކުރުމަށްޓަކައި، މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފައްދައި، ރަޖިސްޓަރީކޮށް ހިންގުމާއި، އުވާލުމުގަ އި އަމަލުކުރަންޖެހޭ އިޖުރާއަތުތައް ކަނޑައެޅުން؛
- މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތަކުގައި ރަޖިސްޓަރީވެފައިވާ މެންބަރުންގެ ދަފްތަރު އަދާހަމަކުރުން؛
- ރަޖިސްޓަރީކޮށްފައިވާ ޔޫނިއަންތަކުން މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި އެ ޔޫނިއަންގެ ދުސްތޫރުގައި ބަޔާންކުރާ އުސޫލުތަކާއި އިޖުރާއަތުތަކަށް އަމަލުކުރާ މިންވަރު ބަލައި މޮނިޓަރކުރުން؛
- މި ގާނޫނުގެ ދަށުން ރަޖިސްޓްރާރ އޮފް ޔޫނިއަންސްގެ އިހްތިޔާރަށް ދޫކޮށްލެވިފައިވާ ކަންކަމުގައި ރަޖިސްޓްރާރގެ އިހްތިޔާރު ބޭނުންކުރުމާ ބެހޭގޮތުން އަމަލުކުރާނެ އެންމެހައި އަސާސީ އުސޫލުތަކާއި ހަމަތައް ބަޔާންކުރާ ގަވާއިދު ހަދައި ހިންގުން؛
- ކަލެކްޓިވް ބަރގެއިނިންގގެ ބޭނުމަށް، ޔޫނިއަންތަކުގެ މެންބަރުންނާ ގުޅޭގޮތުން ވަޒީފާދޭ ފަރާތުންނާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތަކުން ނުވަތަ މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކުން އެދޭ މައުލޫމާތު ފޯރުކޮށްދިނުން؛
- މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ނުވަތަ އެހެންވެސް ގާނޫނެއްގައި ރަޖިސްޓްރާރ އޮފް ޔޫނިއަންސް ކުރުމަށް ލާޒިމުކުރާ އެހެނިހެން ކަންކަން، މި ގާނޫނުގެ މަގްސަދުތަކާއި އަސާސްތައް ނެގެހެއްޓޭނެ ގޮތުގެމަތިން ކުރުން.
(ށ) މި ގާނޫނުގެ ދަށުން ރަޖިސްޓްރާރ އެކުލަވާލާ އިޖުރާއަތުތަކާއި އުސޫލުތައް އެކުލަވާލުމުގައި ޓްރައިޕަރޓައިޓް ލޭބަރ އެޑްވައިޒަރީ ބޯޑުގެ ލަފާ ހޯދަންވާނެއެވެ.
17 ވަނަ މާއްދާ - ނުފޫޒެއް ނެތި މިނިވަންކަމާއެކު މަސައްކަތްކުރުމާއި އަމިއްލަ މަސްލަހަތަށް މަސައްކަތްނުކުރުން
(ހ) ރަޖިސްޓްރާރ އޮފް ޔޫނިއަންސް އޭނާގެ ވާޖިބު އަދާކުރުމުގައި އެއްވެސް ފަރާތަކަށް ބުރަވެ ނުވަތަ އެއްވެސް ފަރާތަކުން ދައްކައިފާނެ ބިރަކަށް ޖެހިލުންވެ ނުވަތަ އެއްވެސް ފަރާތަކުން ފޯރުވައިފާނެ ނުފޫޒަކަށް ލެނބިގެން ނުވާނެއެވެ.
(ށ) ޔޫނިއަނަކާ ގުޅިގެން ރަޖިސްޓްރާރ އޮފް ޔޫނިއަންސް ނިންމާ ނިންމުމެއްގައި ނުވަތަ އޭނާއަށް ހުށަހެޅޭ އެއްވެސް ކަމެއްގައި ނުވަތަ އޭނާ ކަނޑައަޅާ އެއްވެސް ސިޔާސަތެއް ކަނޑައެޅުމުގައި ސީދާގޮތުން ނުވަތަ ނުސީދާގޮތުންވެސް، އޭނާގެ އަމިއްލަ މަސްލަހަތެއް ކުރިއެރުވުމަށް މަސައްކަތްކޮށްގެން ނުވާނެއެވެ.
18 ވަނަ މާއްދާ - ރަޖިސްޓްރާރ އޮފް ޔޫނިއަންސް މަގާމުން އިސްތިއުފާދިނުން
ރަޖިސްޓްރާރ އޮފް ޔޫނިއަންސް އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ލިޔުމަކުން ހުށަހަޅައި، އެ ލިޔުން ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން، ރަޖިސްޓްރާރ އޮފް ޔޫނިއަންސް އެ މަގާމުން އިސްތިއުފާދިނީކަމުގައި ބެލެވޭނެއެވެ.
19 ވަނަ މާއްދާ - ރަޖިސްޓްރާރ އޮފް ޔޫނިއަންސް މަގާމުން ވަކިކުރުން
މަގާމުގެ ހައިސިއްޔަތުން އުފުލަންޖެހޭ މަސްއޫލިއްޔަތު އުފުލުމަށްނުކުޅެދިއްޖެނަމަ ނުވަތަ އެ މަސްއޫލި އްޔަތުތައް އަދާކުރުމުގައިއިހުމާލުވެއްޖެނަމަ ރަޖިސްޓްރާރ އޮފް ޔޫނިއަންސް މަގާމުން ވަކިކުރުމުގެ އިހްތިޔާރު، ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.
20 ވަނަ މާއްދާ - ރަޖިސްޓްރާރ އޮފް ޔޫނިއަންސްގެ މަގާމު ހުސްވުން
މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަޖިސްޓްރާރ އޮފް ޔޫނިއަންސްގެ މަގާމަށް އައްޔަންކޮށްފައިވާ މީހަކަށް އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ މަގާމުން އޭނާ ވަކިވާނެއެވެ.
(ހ) މަގާމުގެ މުއްދަތު ހަމަވުން؛
(ށ) މަގާމުން އިސްތިއުފާދިނުން؛
(ނ) މި ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އޭނާ އެ މަގާމުން ވަކިކުރުން؛
(ރ) އެކަށީގެންވާ ސަބަބަކާ ނުލައި، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އުޒުރުވެރިވުން؛
(ބ) އޭނާގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވުން؛
(ޅ) މަރުވުން ނުވަތަ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދޭފަދަދާއިމީ ހާލަތެއް މެދުވެރިވުން؛
(ކ) ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ މަގާމަކަށް ކުރިމަތިލުން ނުވަތަ އެފަދަ މަގާމަކަށް އައްޔަންކުރުން؛
(އ) ރަޖިސްޓްރާރގެ ކިބައިގައި ހުރުން މި ގާނޫނު ލާޒިމުކުރާ ށަރުތުތަކުގެ ތެރެއިން ށަރުތެއް އުނިވުން.
21 ވަނަ މާއްދާ - ރަޖިސްޓްރާރ އޮފް ޔޫނިއަންސްގެ މަގާމު ހުސްވުމުން އަލުން އައްޔަންކުރުން
މި ގާނޫނުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެގެން ރަޖިސްޓްރާރ އޮފް ޔޫނިއަންސްގެ މަގާމު ހުސްވެއްޖެނަމަ، އެ މަގާމު ހުސްވާ ދުވަހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި ގާނޫނުގައިވާ ގޮތުގެމަތިން އެ މަގާމަށް އަލުން ރަޖިސްޓްރާރަކު އައްޔަންކުރަންވާނެއެވެ.
22 ވަނަ މާއްދާ - ރަޖިސްޓްރާރ އޮފް ޔޫނިއަންސްގެ މުވައްޒަފުން
ރަޖިސްޓްރާރ އޮފް ޔޫނިއަންސްއަށް މި ގާނޫނުން މަތިކޮށްފައިވާ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމުގައި އެހީތެރިވެދިނުމަށް ބޭނުންވާ ސިވިލް ސަރވިސްގެ މުވައްޒަފުން މިނިސްޓްރީގެ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.
ހަތަރުވަނަ ބާބު
ޔޫނިއަންތައް ރަޖިސްޓަރީކުރުމާއި އުވާލުން
23 ވަނަ މާއްދާ - ޔޫނިއަންތައް ރަޖިސްޓަރީކޮށްދިނުމަށް އެދި ހުށަހެޅުން
(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަނެއް ނުވަތަ ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަނެއްގެ ގޮތުގައި އެއްވެސް ޔޫނިއަނެއް ރަޖިސްޓަރީކޮށްދެވޭނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިންނެވެ.
(ށ) މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަނެއް ރަޖިސްޓަރީކުރުމަށް އެދޭ ފަރާތްތަކުން، މަދުވެގެން 7 (ހަތެއް) ފަރާތެއްގެ ސޮޔާއެކު، އަދި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަނެއް ރަޖިސްޓަރީކުރުމަށް އެދޭ ފަރާތްތަކުން، މަދުވެގެން 3 (ތިނެއް) ފަރާތެއްގެ ސޮޔާއެކު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މައުލޫމާތާއި ލިޔެކިޔުންތަކާއެކު، އެކަމަށް ކަނޑައަޅާފައިވާ ފޯމުން ރަޖިސްޓްރާރ އޮފް ޔޫނިއަންސްއަށް ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ޔޫނިއަނެއް ރަޖިސްޓަރީކޮށްދިނުމަށް އެދި ހުށަހަޅާއިރު، ރަޖިސްޓްރޭށަން ފޯމުގެ އިތުރުން އަންނަނިވި މައުލޫމާތާއި ތަކެތި ހުށަހަޅަންވާނެއެވެ.
- ޔޫނިއަންގެ ދުސްތޫރު؛
- ޔޫނިއަންގެ އޮފީހާގުޅޭ މައުލޫމާތު؛
- ޔޫނިއަން ނިސްބަތްވާ ދާއިރާ؛
- ރަޖިސްޓަރީކުރެވެންދެން މުއާމަލާތްކުރެވޭނެ ފަރާތެއްގެ މައުލޫމާތު؛
- މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ އިތުރު މައުލޫމާތު ނުވަތަ ލިޔެކިޔުން؛
- ރަޖިސްޓްރޭށަން ފީ.
24 ވަނަ މާއްދާ - އިތުރު މައުލޫމާތަށް އެދުން
މި ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ޔޫނިއަނެއް ރަޖިސްޓަރީކޮށްދިނުމަށް އެދި ހުށަހެޅުމުން، އެ ހުށަހެޅުމަކާ ގުޅޭގޮތުން ގޮތެއް ނިންމުމަށް އިތުރު މައުލޫމާތު ބޭނުންވާކަމަށް ރަޖިސްޓްރާރަށް ފެނިއްޖެ ހިނދެއްގައި، އެ މައުލޫމާތު ހުށަހެޅުމަށް އެންގުމުގެ އިހްތިޔާރު ރަޖިސްޓްރާރ އޮފް ޔޫނިއަންސްއަށް ލިބިގެންވެއެވެ.
25 ވަނަ މާއްދާ - ޔޫނިއަންގެ ނަން ބަދަލުކުރުމަށް އެންގުން
(ހ) މި ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ޔޫނިއަނަށް ކިޔަން ބޭނުންވާ ނަމަކީ، މި ގާނޫނުގެ 42 ވަނަ މާއްދާގެ ދަށުން ހުއްދަނުކުރާ ނަމެއްނަމަ، އެ ނަން ބަދަލުކުރުމަށް އެންގުމުގެ އިހްތިޔާރު ރަޖިސްޓްރާރ އޮފް ޔޫނިއަންސްއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ރަޖިސްޓަރީކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ނަން ބަދަލުކުރުމަށް ރަޖިސްޓްރާރ އޮފް ޔޫނިއަންސް އަންގައިފިނަމަ، އެ އެންގުމާ އެއްގޮތަށް ނަން ބަދަލުކޮށް، އެކަން ރަޖިސްޓްރާރ އޮފް ޔޫނިއަންސްއަށް އެންގުމުގެ ކުރިން އެ ޔޫނިއަނެއް ރަޖިސްޓަރީކޮށްދީގެން ނުވާނެއެވެ.
26 ވަނަ މާއްދާ - ޔޫނިއަންގެ ދުސްތޫރު ބަދަލުކުރުމަށް އެންގުން
(ހ) ޔޫނިއަނެއް ރަޖިސްޓަރީކުރުމަށް ހުށަހަޅާއިރު، އެ ޔޫނިއަންގެ ދުސްތޫރު މި ގާނޫނާ ހިލާފުކަމަށް ރަޖިސްޓްރާރަށް ފެނިއްޖެނަމަ، އެ ޔޫނިއަންގެ ދުސްތޫރު އިސްލާހުކުރުމަށްފަހު ހުށަހެޅުމަށް އެންގުމުގެ އިހްތިޔާރު ރަޖިސްޓްރާރ އޮފް ޔޫނިއަންސްއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ރަޖިސްޓަރީކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ޔޫނިއަނެއްގެ ދުސްތޫރު ބަދަލުކުރުމަށް ރަޖިސްޓްރާރ އޮފް ޔޫނިއަންސް އަންގައިފިނަމަ، އެ އެންގުމާ އެއްގޮތަށް އަމަލުކުރުމަށްފަހު، ބަދަލު ގެނެވުނު ޔޫނިއަންގެ ދުސްތޫރު ރަޖިސްޓްރާރ އޮފް ޔޫނިއަންސްއަށް ހުށަހެޅުމުގެ ކުރިން އެ ޔޫނިއަނެއް ރަޖިސްޓަރީކޮށްދީގެން ނުވާނެއެވެ.
27 ވަނަ މާއްދާ - ޔޫނިއަން ރަޖިސްޓަރީކޮށްދިނުން
(ހ) މި ގާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ޔޫނިއަނެއް ރަޖިސްޓަރީކޮށްދިނުމަށް އެދި ހުށަހަޅާ ހުށަހެޅުމެއްގައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެންމެހައި ކަންކަން ފުރިހަމަވެފައިވާކަމަށް ރަޖިސްޓްރާރ އޮފް ޔޫނިއަންސްއަށް ގަބޫލުކުރެވޭނަމަ، އެ ޔޫނިއަން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ފޯމު ރަޖިސްޓްރާރަށް ލިބޭ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި ގާނޫނުގެ 29 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ ޔޫނިއަނެއް ރަޖިސްޓަރީކޮށްދޭންވާނެއެވެ.
(ށ) ޔޫނިއަނެއް ރަޖިސްޓަރީކޮށްދިނުމަށް އެދި ހުށަހަޅާ ހުށަހެޅުމުގައި، މި ގާނޫނުގެ ދަށުން ބަޔާންކުރާ އެއްވެސް ކަމެއް ފުރިހަމަނުވާނަމަ، ނުވަތަ ހުށަހަޅާ ހުށަހެޅުމުގައިވާ ވަކި ކަމެއް އިސްލާހުކުރުމަށް އެންގުމަށް ރަޖިސްޓްރާރަށް ފެނިއްޖެނަމަ، އެކަމެއް ނުވަތަ ކަންތައްތަކެއް ފުރިހަމަކުރުމަށް ނުވަތަ އިސްލާހުކުރުމަށް، ޔޫނިއަން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ފޯމު ރަޖިސްޓްރާރަށް ލިބޭ ތާރީހުން ފެށިގެން ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، ޔޫނިއަން ރަޖިސްޓަރީކުރަން އެދި ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ. އަދި، އެކަމެއް ފުރިހަމަކުރުމަށްފަހު ނުވަތަ އިސްލާހުކުރުމަށްފަހު އަލުން ރަޖިސްޓަރީކުރުމަށް ހުށަހެޅުމަށް މަދުވެގެން 15 (ފަނަރަ) ދުވަހުގެ މުއްދަތެއް އެ ޔޫނިއަން ރަޖިސްޓަރީކޮށްދިނުމަށް އެދުނު ފަރާތަށް ދޭންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޔޫނިއަން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމަކާގުޅޭ ކަންކަން ފުރިހަމަކުރުމަށްފަހު ނުވަތަ އިސްލާހުކުރުމަށްފަހު އަލުން ހުށަހަޅައިފިނަމަ، އަދި އެ ހުށަހެޅުމުގައި ޔޫނިއަނެއް ރަޖިސްޓަރީކުރުމަށްޓަކައި މި ގާނޫނުގެ ދަށުން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަވެފައިވާނަމަ، އެ ހުށަހެޅުން ލިބޭ ތާރީހުން ފެށިގެން ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، މި ގާނޫނުގެ 29 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ ޔޫނިއަނެއް ރަޖިސްޓަރީކޮށްދޭންވާނެއެވެ.
(ރ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރަން އެދި ހުށަހަޅާ ޔޫނިއަންގެ ދުސްތޫރުގެ އެއްވެސް މާއްދާއެއް މި ގާނޫނުގެ މާއްދާއަކާ ހިލާފުނަމަ ނުވަތަ ފުށުއަރާނަމަ، ނުވަތަ މި މާއްދާގެ (ށ) ގެ ދަށުން ރަޖިސްޓްރާރ އޮފް ޔޫނިއަންސް އަންގާ ކަންކަން ފުރިހަމަކުރުމަށްފަހު ނުވަތަ އިސްލާހުކުރުމަށްފަހު، އެ މާއްދާގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިނުވާނަމަ، ނުވަތަ އެ ހުށަހެޅުމުގައި ޔޫނިއަނެއް ރަޖިސްޓަރީކުރުމަށް މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެންމެހައި ކަންކަން ފުރިހަމަނުވާނަމަ، އެ ޔޫނިއަނެއް ރަޖިސްޓަރީކޮށްނުދިނުމުގެ ބާރު ރަޖިސްޓްރާރ އޮފް ޔޫނިއަންސްއަށް ލިބިގެންވެއެވެ.
(ބ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރަން އެދި ހުށަހަޅާ ޔޫނިއަނެއް މި މާއްދާގެ (ރ) ގެ ދަށުން ރަޖިސްޓަރީކޮށްދެވެން ނެތްކަމުގައި ރަޖިސްޓްރާރ ނިންމާނަމަ، ރަޖިސްޓަރީކޮށްނުދިން ސަބަބު ތަފްސީލުކޮށް ބަޔާންކޮށް، ލިޔުމަކުން އެކަން، ޔޫނިއަންރަޖިސްޓަރީކުރަން އެދި ހުށަހެޅި ފަރާތަށް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ރަޖިސްޓްރާރ އަންގަންވާނެއެވެ.
28 ވަނަ މާއްދާ - ރަޖިސްޓަރީވެފައިވާކަމަށް ބެލުން
މި ގާނޫނުގައިވާ ގޮތުގެމަތިން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ޔޫނިއަނެއް ރަޖިސްޓަރީކުރުމާމެދު، މި ގާނޫނުގެ 27 ވަނަ މާއްދާގެ (ހ) ނުވަތަ އެ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ރަޖިސްޓްރާރ އޮފް ޔޫނިއަންސް ގޮތެއް ނުނިންމައިފިނަމަ، އަދި އެ ހުށަހެޅުމުގައި މި ގާނޫނުގެ ދަށުން ޔޫނިއަންރަޖިސްޓަރީކުރުމަށްޓަކައި ހުށަހަޅަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކަމަށްވާނަމަ،މި ގާނޫނުގައިވާ ގޮތުގެމަތިން އެ ޔޫނިއަން ރަޖިސްޓަރީކުރެވުނީކަމުގައި ބެލޭނެއެވެ. އަދި އެ ހާލަތުގައި މި ގާނޫނުގެ 30 ވަނަ މާއްދާގައިބަޔާންކޮށްފައިވާ ރަޖިސްޓަރީކޮށްދީފިކަން ބަޔާންކުރާ ސެޓްފިކެޓ،ް އެ ޔޫނިއަނަށް ދޫކުރުން ރަޖިސްޓްރާރ އޮފް ޔޫނިއަންސްގެ މައްޗަށް ލާޒިމުވެގެންވެއެވެ.
29 ވަނަ މާއްދާ - ޔޫނިއަން ދަފްތަރުކުރުން
(ހ) ޔޫނިއަނެއް ރަޖިސްޓަރީކުރުމަށް އެދި ހުށަހެޅުމުން، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރ،ާ ޔޫނިއަނެއްރަޖިސްޓަރީކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަވެއްޖެކަމުގައި މި ގާނޫނުގެ 27 ވަނަ މާއްދާގެ (ހ) ނުވަތަ އެ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ރަޖިސްޓްރާރ ކަނޑައަޅައިފިނަމަ، ނުވަތަ މި ގާނޫނުގެ 28 ވަނަ މާއްދާގައިވާ ފަދައިން ޔޫނިއަނެއް ރަޖިސްޓަރީވެއްޖެނަމަ، ރަޖިސްޓްރާރ އޮފް ޔޫނިއަންސް އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.
- ރަޖިސްޓަރީ ނަންބަރުގެ ގޮތުގައި ކޮންމެ ޔޫނިއަނަކަށް ހާއްސަ ނަންބަރެއް ދިނުން؛ އަދި
- ޔޫނިއަނާބެހޭ ތަފްސީލު، ޔޫނިއަންތަކުގެ ދަފްތަރުގައި ހިމެނުން؛
- މި ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭ ގޮތުން، ޔޫނިއަން ރަޖިސްޓަރީކޮށްދީފިކަން ބަޔާންކުރާ ސެޓްފިކެޓެއް ރަޖިސްޓަރީކުރަން އެދި ހުށަހެޅި ފަރާތަށް ދޫކުރުން.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ޔޫނިއަނެއް ރަޖިސްޓަރީކޮށްދިނުމާއެކު، އެކަން ރަޖިސްޓްރާރ އާންމުކުރަންވާނެއެވެ.
30 ވަނަ މާއްދާ - ރަޖިސްޓަރީ ސެޓްފިކެޓް
މި ގާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާ ގޮތުގެމަތިން، ޔޫނިއަނެއް ރަޖިސްޓަރީކޮށްދީފިނަމަ، އަންނަނިވި މައުލޫމާތު ހިމެނޭހެން އެ ޔޫނިއަން ރަޖިސްޓަރީކޮށްދީފިކަން ބަޔާންކޮށް، ރަޖިސްޓްރޭށަން ސެޓްފިކެޓެއް އެ ޔޫނިއަނަކަށް ދޫކުރަންވާނެއެވެ.
(ހ) ޔޫނިއަންގެ ނަމާއި، ބާވަތް؛
(ށ) ޔޫނިއަންގެ ރަޖިސްޓަރީ ނަންބަރު؛
(ނ) ޔޫނިއަން ރަޖިސްޓަރީކުރެވުނު ތާރީހ.ު
31 ވަނަ މާއްދާ - ޔޫނިއަން ރަޖިސްޓަރީވުމުގެ ނަތީޖާ
މި ގާނޫނުގައިވާ ގޮތުގެމަތިން ޔޫނިއަނެއް ރަޖިސްޓަރީކޮށްދީފިނަމަ ނުވަތަ ރަޖިސްޓަރީވެއްޖެނަމަ، އެ ޔޫނިއަނަކީ މި ގާނޫނުގެ ދާއިރާގެ ތެރޭގައި އެ ޔޫނިއަންގެ ދުސްތޫރާއި އުސޫލުތަކުގައިވާ ކަންކަން ހިންގުމާއި، ދައުވާކުރުމާއި، ދައުވާ ލިބިގަތުމާއި، ގާނޫނު ހުއްދަކުރާ ގޮތުގެމަތިން އުފުލޭ މުދަލާއި ނުއުފުލޭ މުދާ ހޯދުމާއި ލިބިގަތުމުގެ ހައްގު ލިބި ގެންވ،ާ ޔޫނިއަންގެ މެންބަރުންނާ ވަކިން އުފެދިފައިވ،ާ ގާނޫނީގޮތުން އަމިއްލަ ށަހްސެކެވެ.
32 ވަނަ މާއްދާ - ޔޫނިއަން އުވާލުމަށް އެ ޔޫނިއަނަކުން ނިންމުން
(ހ) ޔޫނިއަނަކަށް އެ ޔޫނިއަން އުވާލުމަށް ނިންމޭނީ، އެ ޔޫނިއަން އުވާލުމަށްޓަކައި އެ ޔޫނިއަންގެ ދުސްތޫރުގައި ބަޔާންކުރާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ ޔޫނިއަންގެ މެންބަރުންގެ އާންމު ޖަލްސާއެއްގައި ނަގާ ސިއްރު ވޯޓަކުން ފާސްކުރާ ހާއްސަ ގަރާރަކުންނެވެ. އަދި އެ ގޮތުގެމަތިން ޔޫނިއަނެއް އުވާލުމަށް އެ ޔޫނިއަނަކުން ކަނޑައެޅުމާއެކު، އެ ޔޫނިއަނަކުން އަންނަނިވި ކަންކަން ފުރިހަމަކޮށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އެ ޔޫނިއަނެއް އުވާލުމަށް އެދި ރަޖިސްޓްރާރ އޮފް ޔޫނިއަންސްއަށް ހުށަހަޅަންވާނެއެވެ.
- ޔޫނިއަނެއް އުވާލުމަށް ކަނޑައެޅިކަން، މަދުވެގެން ރަސްމީ ބަންދުނޫން 14 (ސާދް) ދުވަހުގެ މުއްދަތަށް އާންމުކޮށް އިއުލާނުކުރުން؛
- ޔޫނިއަނެއްގެ މައްޗަށް އެއްވެސް ދަރަންޏެއް ނުވަތަ ދައުވާއެއް އޮތްތޯ ބެލުން؛ އަދި
- ޔޫނިއަނަކުން އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ދަރަންޏެއް ނުވަތަ އެ ޔޫނިއަންގެ މައްޗަށް އެއްވެސް ފަރާތަކުން ހުށަހަޅާ ދައުވާއެއް އޮތްނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެކަމެއް ހަމަޖެއްސުން.
(ށ) ރަޖިސްޓްރާރ އޮފް ޔޫނިއަންސް، ޔޫނިއަނެއް އުވާލަންވާނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި އެ ޔޫނިއަނެއްގެ ދުސްތޫރުގެ ދަށުން ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވާކަން ކަށަވަރުކުރުމަށްފަހުއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ ހުށަހެޅުމެއް ރަޖިސްޓްރާރ އޮފް ޔޫނިއަންސްއަށް ހުށަހަޅައިފިނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކަންކަން ބެލުމަށްފަހު، އެ ޔޫނިއަން އުވާލުމަށްޓަކައި ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވެފައިވާކަމުގައި ރަޖިސްޓްރާރަށް ގަބޫލުކުރެވޭނަމަ، އެ ޔޫނިއަން އުވާލައި، އެ ޔޫނިއަނެއްގެ ނަން ޔޫނިއަންގެ ދަފްތަރުން އުނިކޮށް، އެކަން އާންމުކޮށް އިއުލާނުކުރަންވާނެއެވެ.
(ރ) މި ގާނޫނުގެ ބޭނުމަށްޓަކައި ޔޫނިއަނެއް އުވާލެވުނު ތާރީހުކަމުގައި ބަލަންވާނީ، ރަޖިސްޓްރާރ އޮފް ޔޫނިއަންސް މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން އެ ޔޫނިއަން އުވާލުމަށްފަހު އާންމުކޮށް އިއުލާނުކުރާ ތާރީހެވެ.
33 ވަނަ މާއްދާ - ޔޫނިއަނެއް އުވާލުމަށް ރަޖިސްޓްރާރ ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށް ހިންގަމުންދާ ޔޫނިއަނެއް އުވާލަންޖެހޭކަމުގައި ކަނޑައަޅައި، އެ ޔޫނިއަނެއް އުވާލުމުގެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ބާރު ރަޖިސްޓްރާރ އޮފް ޔޫނިއަންސްއަށް ލިބިގެންވެއެވެ.
- ޔޫނިއަން ރަޖިސްޓަރީކުރުމަށް އެދި ހުށަހެޅި މައުލޫމާތަކީ ސައްހަނޫން މައުލޫމާތެއްކަން ގަބޫލުކުރެވުން؛
- ރަޖިސްޓްރާރގެ ހުއްދަނެތި ޔޫނިއަންގެ ދުސްތޫރަށް ނުވަތަ މަގްސަދަށް ބަދަލުގެނައުން؛
- މި ގާނޫނުގެ މަގްސަދާ ނުވަތަ މި ގާނޫނުގެ އަސާސަކާ ހިލާފު ކަމެއް ޔޫނިއަންގެ ނަމުގައި ކުރުން ނުވަތަ ޔޫނިއަން ހިންގަނީ ޔޫނިއަންގެ މަގްސަދުތަކާއި އުސޫލުތަކާ ފުށުއަރާ ގޮތަށްކަމަށް އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ރަޖިސްޓްރާރަށް ގަބޫލުކުރެވުން؛
- ޔޫނިއަން ރަޖިސްޓަރީކުރެވޭ ތާރީހުން ފެށިގެން މީލާދީ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި ޔޫނިއަނުން އެއްވެސް ހަރަކާތެއް ހިންގާފައިނުވުން، ނުވަތަ ޔޫނިއަންގެ އެއްވެސް ހަރަކާތެއް ނުހިންގާތާ މީލާދީގޮތުން 15 (ފަނަރަ) މަސްދުވަސް ފާއިތުވެގެން ދިއުން؛
- ޔޫނިއަންގެ މާލީ ހިސާބު ހިމެނޭގޮތުން ތައްޔާރުކޮށްފައިވާ އަހަރީ ރިޕޯޓު ހުށަނާޅާތާ މީލާދީގޮތުން 15 (ފަނަރަ) މަސްދުވަސް ފާއިތުވެގެން ދިއުން؛
- ޔޫނިއަންގެ ބޭނުމަށް ހޯދާ ފައިސާ މި ގާނޫނާ ހިލާފަށް ނުވަތަ ގާނޫނަކުން މަނާކޮށްފައިވާ ކަމަކަށް ނުވަތަ އެ ޔޫނިއަންގެ ދުސްތޫރު އަދި/ނުވަތަ އުސޫލުތައް ހުއްދަނުކުރާ ކަންކަމަށް ހަރަދުކުރުން.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ޔޫނިއަނެއް އުވާލަންޖެހޭކަމުގައި ރަޖިސްޓްރާރ ނިންމައިފިނަމަ، އެފަދައިން ނިންމި ސަބަބު ލިޔުމުން ބަޔާންކޮށް، އެ ކަން އެ ޔޫނިއަނަކަށް އަންގަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ އެންގުމެއް އެއްވެސް ޔޫނިއަނަކަށް ލިބިއްޖެނަމަ، އެ އެންގުން ލިބޭ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ ޔޫނިއަން އުވާލުމާމެދު ރަޖިސްޓްރާރ ނިންމާފައިވާ ނިންމުމާމެދު އިއުތިރާޒުކުރާނަމަ، އެކަން ސަބަބު ބަޔާންކުރުމާއެކު، ލިޔުމުން ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ. އަދި، އެފަދަ ހުށަހެޅުމެއް ރަޖިސްޓްރާރަށް ލިބިއްޖެނަމަ، އެ ޔޫނިއަން އުވާލުމާމެދު އިތުރު ފިޔަވަޅެއް އެޅުމުގެ ކުރިން އެ ހުށަހެޅުމުގައި ބަޔާންކުރާ ކަންކަމަށް ރަޖިސްޓްރާރ ރިއާޔަތްކުރަންވާނެއެވެ.
(ރ) ޔޫނިއަނެއް އުވާލުމާމެދު މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓްރާރ ނިންމާފައިވާ ނިންމުމާމެދު އިއުތިރާޒުކޮށް، މި މާއްދާގެ (ނ) ގައި ބަޔާންކުރާ މުއްދަތުގައި އެ ޔޫނިއަނަކުން އެއްވެސް ހުށަހެޅުމެއް ރަޖިސްޓްރާރަށް ހުށަހަޅާފައިނުވާނަމަ ނުވަތަ އެފަދައިން ހުށަހެޅި ހުށަހެޅުމުގައި ބަޔާންކުރާ ކަންކަމަށް ބެލުމަށްފަހުގައިވެސް ޔޫނިއަން އުވާލުމާމެދު ރަޖިސްޓްރާރ ނިންމާފައިވާ ނިންމުން ބަދަލުކުރަންޖެހޭފަދަ ސަބަބެއް ނެތްކަމުގައި ރަޖިސްޓްރާރަށް ގަބޫލުކުރެވޭނަމަ، އެ ޔޫނިއަން އުވާލުމުގެ މައްސަލަ ރަޖިސްޓްރާރ ކޯޓަށް ހުށަހަޅަންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގެ ދަށުން ޔޫނިއަނެއް އުވާލުމަށް ރަޖިސްޓްރާރ ކޯޓަށް ހުށަހަޅައިފިނަމަ، އެ ޔޫނިއަނެއްގެ މައްޗަށް އެއްވެސް ދަރަންޏެއް ނުވަތަ ދައުވާއެއް އޮތްތޯ ބެލުމަށް ކޯޓުން އާންމުކޮށް އިއުލާނުކޮށް، ޔޫނިއަންގެ މުދަލާއި ދަރަންޏާއި އެނޫންވެސް ޒިންމާތަކާބެހޭ މައުލޫމާތު ކޯޓަށް ހުށަހެޅުމަށް ޔޫނިއަންގެ މައްޗަށް ކޯޓުން އަމުރުކުރަންވާނެއެވެ.
(ޅ) މި މާއްދާގެ (ރ) ގެ ދަށުން ޔޫނިއަނެއް އުވާލުމަށް ރަޖިސްޓްރާރ ކޯޓަށް ހުށަހެޅުމުން، ޔޫނިއަން އުވާލުމުގެ ކަންކަން ހިންގައި، އެ ޔޫނިއަނެއްގެ މުދަލާއި ދަރަނީގެ ކަންކަން ހަމަޖެއްސުމުގައި އަމަލުކުރަންޖެހޭ ގޮތްތަކާއި އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ކ) މި މާއްދާގެ (ރ) ގެ ދަށުން ކޯޓަށް ހުށަހަޅާ މައްސަލައެއްގައި ޔޫނިއަނެއް އުވާލުމަށް ކޯޓުން ނިންމައިފިނަމަ، އެ ޔޫނިއަންގެ މުދަލާއި ފައިސާއިން އެ ޔޫނިއަނެއްގެ ހަރަދުތަކާއި، ދަރަންޏާއި ޒިންމާތައް އަދާކުރުމަށްފަހު އެއްވެސް މިންވަރެއް ބާކީ ހުރިނަމަ، އެ ޔޫނިއަނަކުން ނިންމާ ގޮތެއްގެމަތިން، ރަޖިސްޓްރާރ އޮފް ޔޫނިއަންސްގެ ހުއްދައާއެކު އެ މުދަލާއި ފައިސާ ބަހާލަންވާނެއެވެ. އަދި އެކަމާގުޅޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(އ) މި މާއްދާގެ (ރ) ގެ ދަށުން ކޯޓަށް ހުށަހަޅާ މައްސަލައެއްގައި ޔޫނިއަނެއް އުވާލުމަށް ކޯޓުން ނިންމައިފިނަމަ، މި މާއްދާގެ (ކ) ގައި ބަޔާންކުރާ އިޖުރާއަތު ފުރިހަމަކުރުމަށްފަހު، ކޯޓުން ކަނޑައަޅާ ގޮތެއްގެމަތިން އެ ޔޫނިއަނެއްގެ ރަޖިސްޓްރޭށަން ބާތިލުކޮށް، އެ ޔޫނިއަންގެ ނަން ރަޖިސްޓްރާރގެ ދަފްތަރުން އުނިކޮށް، އެކަން އާންމުކުރަންވާނެއެވެ.
34 ވަނަ މާއްދާ - ޔޫނިއަން އުވާލުމުގެ ނަތީޖާ
(ހ) މި ގާނޫނުގެ 32 ވަނަ މާއްދާގެ ދަށުން ނުވަތަ މި ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ޔޫނިއަން އުވާލައިފިނަމަ އެ ޔޫނިއަނަކީ މި ގާނޫނުގެ ބޭނުމަށްޓަކައި ޔޫނިއަނެއްކަމުގައި ނުބެލެވޭނެއެވެ. އަދި އެއަށްފަހު އެ ޔޫނިއަނަށް މި ގާނޫނުން ލިބެމުންދިޔަ ހައްގުތަކާއި އިމްތިޔާޒުތައް އެއްވެސް މިންވަރަކަށް ބޭނުމެއް ނުކުރެވޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، މި ގާނޫނުގެ ދަށުން އުފައްދާފައިވާ ޔޫނިއަނެއްގެ ރަޖިސްޓްރޭށަން ބާތިލުކުރުމުގެ ކުރިން އެ ޔޫނިއަންގެ ނަމުގައި ކޮށްފައިވާ މުއާމަލާތްތަކަށާއި، އެ ޔޫނިއަނުން ދައްކަން ޖެހިފައިވާ ދަރަނިތަކަށާއި، އެ މުއްދަތުގެ ތެރޭގައި އަދާކުރުމަށް ލާޒިމުވެފައިވާ އެއްވެސް މަސްއޫލިއްޔަތެއްވާނަމަ އެކަމަކަށް އެ ޔޫނިއަނުން ޒިންމާ ވާންވާނެއެވެ.
35 ވަނަ މާއްދާ - ޔޫނިއަންތަކުގެ ދަފްތަރު އެކުލަވާލުން
(ހ) އަންނަނިވި މައުލޫމާތުތައް ހިމެނޭ ގޮތުގެމަތިން، މި ގާނޫނުގެ ދަށުން އުފައްދާ ޔޫނިއަންތަކުގެ ދަފްތަރު ރަޖިސްޓްރާރ އޮފް ޔޫނިއަންސް ލިޔެ ބަލަހައްޓަންވާނެއެވެ.
- ޔޫނިއަންގެ ނަން (ނަން ބަދަލުކޮށްފައިވާނަމަ ކުރިން ކިޔުނު ނަންތައް ހިމެނޭގޮތުން)؛ ޔޫނިއަންގެ ބާވަތް، ރަޖިސްޓަރީކުރި ތާރީހް، ރަޖިސްޓަރީ ނަންބަރު، ރަޖިސްޓަރީކޮށްފައިވާ އެޑްރެސް އަދި ސަރވިސް އެޑްރެސް؛
- ޔޫނިއަންގެ ދުސްތޫރު އަދި ދުސްތޫރަށް ގެނެވޭ އެންމެހައި ބަދަލުތައް؛
- ޔޫނިއަންގެ މެންބަރުންގެ މައުލޫމާތު؛
- ޔޫނިއަންގެ އޮފިސަރުންގެ މައުލޫމާތު؛
- މި ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން އުވާލުމަށް ކޯޓަށް ހުށަހެޅިފައިވާ ޔޫނިއަންތަކުގެ މައުލޫމާތު؛
- މި ގާނޫނުގެ 40 ވަނަ މާއްދާގެ ދަށުން އެއްކޮށްލެވިފައިވާ ޔޫނިއަންތަކުގެ މައުލޫމާތު؛
- އުވާލެވިފައިވާ ޔޫނިއަންތަކުގެ މައުލޫމާތު.
(ށ) މި މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކުރާ މައުލޫމާތު ދަފްތަރުގައި ހިމަނާނީ، އެ ޔޫނިއަނެއް އުވާލެވޭ ތާރީހުން ފެށިގެން 2 (ދޭއް) އަހަރުދުވަސް ވަންދެނެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ދަފްތަރު އެކުގައި ނުވަތަ އެ ދަފްތަރުގެ ވަކި ބައެއް އިލެކްޓްރޯނިކްކޮށް ބަލަހައްޓަމުން ދިއުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.
(ރ) މި ގާނޫނުގެ 59 ވަނަ މާއްދާގެ ދަށުން ޔޫނިއަންގެ އަހަރީ ރިޕޯޓު ހުށަހަޅާއިރު ޔޫނިއަންގެ މެންބަރުންގެ ދަފްތަރަށް އެއްވެސް ބަދަލެއް އައިސްފައިވާނަމަ، އެ ބަދަލެއް ރަޖިސްޓްރާރ އޮފް ޔޫނިއަންސް ބަލަހައްޓާ ދަފްތަރަށް ގެންނަންވާނެއެވެ.
(ބ) މި މާއްދާގައި ބަޔާންކުރާ ދަފްތަރުގައި ހިމެނޭ މައުލޫމާތުތަކުގެ ތެރެއިން އަންނަނިވި މައުލޫމާތު، އެއްވެސް އަގެއް ނެގުމަކާ ނުލައި އާންމުންނަށް ބެލޭނެހެން ރަޖިސްޓްރާރ އޮފް ޔޫނިއަންސް އާންމުކޮށް ށާއިއުކުރަންވާނެއެވެ.
- ޔޫނިއަންގެ ނަން (ނަން ބަދަލުކޮށްފައިވާނަމަ ކުރިން ކިޔުނު ނަންތައް)، ޔޫނިއަންގެ ބާވަތް، ރަޖިސްޓަރީކުރި ތާރީހް، ރަޖިސްޓަރީ ނަންބަރު، ރަޖިސްޓަރީކޮށްފައިވާ އެޑްރެސް އަދި ސަރވިސް އެޑްރެސް؛
- ޔޫނިއަންގެ އޮފިސަރުންގެ މައުލޫމާތު؛
- މި ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން އުވާލުމަށް ކޯޓަށް ހުށަހެޅިފައިވާ ޔޫނިއަންތަކުގެ މައުލޫމާތު؛
- މި ގާނޫނުގެ 40 ވަނަ މާއްދާގެ ދަށުން އެއްކޮށްލެވިފައިވާ ޔޫނިއަންތަކުގެ މައުލޫމާތު؛
- އުވާލެވިފައިވާ ޔޫނިއަންތަކުގެ މައުލޫމާތު.
36 ވަނަ މާއްދާ - ރަޖިސްޓްރާރ އޮފް ޔޫނިއަންސްގެ އިހްތިޔާރު ބޭނުންކުރުމާގުޅޭ ގަވާއިދު
(ހ) މި ގާނޫނުގެ ދަށުން ރަޖިސްޓްރާރ އޮފް ޔޫނިއަންސްގެ އިހްތިޔާރަށް ދޫކޮށްލެވިފައިވާ ކަންކަމުގައި އަމަލުކުރާނެ އެންމެހައި އުސޫލުތަކާއި ހަމަތައް، މި ގާނޫނުގެ ދަށުން ރަޖިސްޓްރާރ އޮފް ޔޫނިއަންސް ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގަވާއިދު، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ހިންގަން ފަށަންވާނެއެވެ.
ފަސްވަނަ ބާބު
ޔޫނިއަންތައް ހިންގުން
37 ވަނަ މާއްދާ - ޔޫނިއަން ހިންގުން
މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ ޔޫނިއަންތައް ހިންގަންވާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފުނުވާ ގޮތުގެމަތިން، އެ ޔޫނިއަނެއްގެ މަގްސަދު ހާސިލުކުރުމަށް އެކުލަވާލާފައިވާ އެ ޔޫނިއަންގެ ދުސްތޫރާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
38 ވަނަ މާއްދާ - ޔޫނިއަންގެ ދުސްތޫރު
(ހ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ކޮންމެ ޔޫނިއަނަކުންވެސް، އެ ޔޫނިއަން ހިންގުމުގެ މައިގަނޑު އުސޫލުތައް ބަޔާންކޮށްފައިވާ ޔޫނިއަންގެ ދުސްތޫރެއް އެކުލަވާލައި، ރަޖިސްޓްރާރ އޮފް ޔޫނިއަންސްއަށް ހުށަހަޅަންވާނެއެވެ.
(ށ) މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޔޫނިއަންތައް ރެގިއުލޭޓްކުރުމުގެ ބޭނުމަށް، ޔޫނިއަންތަކުގެ ދުސްތޫރުގައި ހިމެނުމަށް ލާޒިމުކުރާ ކަންކަން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
39 ވަނަ މާއްދާ - ޔޫނިއަން ހިންގުމުގެ އުސޫލުތައް
ޔޫނިއަން ހިންގުމުގެ ގޮތުން ކުރަންޖެހޭ ކަންކަން އިންތިޒާމުކުރުމަށްޓަކައި، މި ގާނޫނާއި ޔޫނިއަންގެ ދުސްތޫރާ ހިލާފުނުވާ ގޮތެއްގެމަތިން، ޔޫނިއަން ހިންގުމުގެ އުސޫލުތައް އެކުލަވާލައި، ރަޖިސްޓްރާރ އޮފް ޔޫނިއަންސްއަށް ހުށަހަޅަންވާނެއެވެ.
40 ވަނަ މާއްދާ - ދެ ޔޫނިއަނެއް އެއްކޮށްލުން
(ހ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރެވޭ އެއް ބާވަތެއްގެ 2 (ދޭއް) ނުވަތަ އެއަށްވުރެ ގިނަ ޔޫނިއަން އެއްކޮށްލައި، ވަކި ޔޫނިއަނެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށްޓަކައި، އަންނަނިވި ލިޔެކިޔުންތަކާ އެކުގައި އެކަމަށް އެދި ރަޖިސްޓްރާރ އޮފް ޔޫނިއަންސްއަށް ހުށަހެޅުމުން، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އާ ޔޫނިއަން ރަޖިސްޓަރީކުރަންވާނެއެވެ.
- ޔޫނިއަންތައް އެއްކޮށްލުމަށް އެދޭ ފޯމު؛
- ޔޫނިއަންތައް އެއްކޮށްލުމަށް ނިންމައި، އެ ޔޫނިއަންތަކުގެ އާންމު ޖަލްސާއިން ފާސްކޮށްފައިވާ ގަރާރު؛
- އެއްކޮށްލެވޭ ޔޫނިއަންތަކުގެ ރަޖިސްޓްރޭށަން ސެޓްފިކެޓުގެ އަސްލު؛
- އެއްކޮށްލެވޭ ޔޫނިއަންތަކުގެ ވޭތުވެދިޔަ 1 (އެކެއް) އަހަރުދުވަހުގެ މާލީ ހިސާބުތައް؛
- ރަޖިސްޓަރީ ފީ؛
- މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެހެނިހެންލިޔެކިޔުންތައް،
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެއްކޮށްލެވޭނީ، މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށް ހިންގަމުންދާ ޔޫނިއަންތަކުގެ ތެރެއިން އެއް ބާވަތެއްގެ ޔޫނިއަންތަކެވެ.
41 ވަނަ މާއްދާ - ދެ ޔޫނިއަނެއް އެއްކޮށްލުމުގެ ނަތީޖާ
(ހ) މި ގާނޫނުގެ 40 ވަނަ މާއްދާގެ ދަށުން އެއް ބާވަތެއްގެ ދެ ޔޫނިއަނަށްވުރެ ގިނަ ޔޫނިއަން އެއްކޮށްލުމަށްފަހު އާ ޔޫނިއަނެއް ރަޖިސްޓަރީވުމުގެ ނަތީޖާއަކަށްވާނީ، އެއްކޮށްލެވުނު ޔޫނިއަންތަކުގެ މެންބަރުން އަލަށް ރަޖިސްޓަރީކުރެވުނު ޔޫނިއަންގެ މެންބަރުންކަމުގައި ވުމާއި، އެއްކޮށްލެވުނު ޔޫނިއަންތަކުގެ މުދަލާއި ދަރަނ،ި އާ ޔޫނިއަންގެ މުދަލާއި ދަރަންޏަށް ބަދަލުވުމާއި، އެއްކޮށްލެވުނު ޔޫނިއަންތަކާ ދެކޮޅަށް އުފުލާފައިވާ ދައުވާއެއްވާނަމަ އެ ދައުވާއެއްގެ ޒިންމ،ާ އަލަށް ރަޖިސްޓަރީކުރެވުނު ޔޫނިއަނުން އުފުލަންޖެހުމެވެ
(ށ) ރަޖިސްޓަރީކޮށްފައިވާ ދެ ޔޫނިއަނެއް އެއްކުރުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
42 ވަނަ މާއްދާ - ޔޫނިއަންގެ ނަން
މި ގާނޫނުގެ ދަށުން ރަޖިސްޓަރީވުމަށް އެދޭ ޔޫނިއަނަކަށް ކިޔުމަށް ހުށަހަޅާ ނަމަކީ އަންނަނިވި ބާވަތްތަކުގެ ތެރެއިން ބާވަތެއްގެ ނަމެއްކަމުގައި ނުވާނަމަ، އެ ޔޫނިއަނަކުން ހުށަހަޅާ ނަން އެ ޔޫނިއަނަށް ކިޔުމަށް ރަޖިސްޓްރާރ އޮފް ޔޫނިއަންސް ހުއްދަދޭންވާނެއެވެ.
(ހ) ގާނޫނުގައިވާ ގޮތުގެމަތިން އެހެން ޔޫނިއަނަކަށް ނުވަތަ ކުންފުންޏަކަށް ނުވަތަ ޕާޓްނަރށިޕަކަށް ނުވަތަ އެހެންވެސް ގާނޫނީ ށަހްސަކަށް ނުވަތަ ތަނަކަށް ދިވެހިރާއްޖޭގައި ކިޔާފައިވާ ނަމަކަށްވުން ނުވަތަ އެފަދަ ނަމަކާ އެއްގޮތްކަމުން އެއީ އެއް ތަނެއްކަމުގައި ބެލެވިދާނެ ފަދަ ނަމަކަށްވުން؛
(ށ) ދިވެހިރާއްޖެއިން ބޭރުގައި މަށްހޫރު ނަމަކަށްވެފައި، އެ ނަންދިވެހިރާއްޖޭގެ ޔޫނިއަނަކުން ބޭނުންކޮށްގެން ކުރާ މުއާމަލާތަކީދިވެހިރާއްޖެއިން ބޭރުގައި މަށްހޫރުކަން ލިބިފައިވާ ފަރާތުން ކުރާ މުއާމަލާތެއްކަމަށް ގަބޫލުކުރެވުމުގެ ފުރުސަތު އޮތް ނަމަކަށްވުން؛
(ނ) ގައިރު ގާނޫނީ ހަރަކާތަކަށް ނުވަތަ އަމަލަކަށް ނުވަތަ ކަމަކަށް އިށާރާތްކުރާ ނުވަތަ ވާގިދޭ ނުވަތަ ހިތްވަރުދޭ ނަމަކަށްވުން، ނުވަތަ އެ ނަމަކީ ދިވެހިރާއްޖޭގައި ނުވަތަ ދިވެހިރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާ ކުށްކުރާ ޖަމާއަތެއް ރަމްޒުކޮށްދޭ ނަމަކަށްވުން؛
(ރ) މީހުންގެ މެދުގައި ނަފްރަތު އުފެދޭ ބާވަތުގެ ނުވަތަ ވަކި ނަސްލަކަށް ނުވަތަ ގައުމަކަށް ނުވަތަ ކުލަޔަކަށް ނުވަތަ ޖިންސަކަށް ނުވަތަ އުމުރުފުރާއަކަށް ނުވަތަ ވަކި ދީނަކަށް ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް ނިކަމެތިކަމެއް ނުވަތަ ދެރައެއް ނުވަތަ މަލާމާތެއް ރައްދުވާ ޒާތުގެ ނަމަކަށްވުން؛
(ބ) ރަޖިސްޓަރީކޮށްފައިވާ ޓްރޭޑްމާރކަކަށްވުން؛
(ޅ) އެ ޔޫނިއަނާއި ދިވެހިސަރުކާރާ ނުވަތަ ދައުލަތާ ގުޅިފައިވާކަމަށް ނުވަތަ ދިވެހިސަރުކާރަށް ނުވަތަ ދައުލަތަށް ނިސްބަތްވާކަމަށް ދައްކުވައިދޭ ނަމަކަށްވުން؛
(ކ) އާންމު އަހްލާގީ މިންގަނޑާ ހިލާފު ނަމަކަށްވުން؛
(އ) ޔޫނިއަނެއްގެ ނަމެއްގެ ގޮތުގައި ބޭނުންކޮށްގެން ނުވާނެ ނަމެއްކަމުގައި ށަރުއީ ކޯޓެއްގެ ހުކުމެއްގައި ކަނޑައަޅާފައިވާ ނަމަކަށްވުން.
43 ވަނަ މާއްދާ - ޔޫނިއަންގެ ނަމަށް ބަދަލުގެނައުން
(ހ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޔޫނިއަނެއްގެ ނަމަށް އެއްވެސް ބަދަލެއް ގެނެވޭނީ އެ ޔޫނިއަނެއްގެ އާންމު ޖަލްސާއެއްގައި ފާސްކުރާ ހާއްސަ ގަރާރަކުން އެ ބަދަލުގެނައުމަށް ނިންމައިގެންނެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ޔޫނިއަނެއްގެ ނަން ބަދަލުކުރުމަށްޓަކައި އެ ޔޫނިއަންގެ މެންބަރުން ނިންމާފައިވާ ނިންމުން އެ ނިންމުމެއް ނިންމާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި ރަޖިސްޓްރާރ އޮފް ޔޫނިއަންސްއަށް ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ނަން ބަދަލުކޮށްދިނުމަށް އެދި ރަޖިސްޓްރާރަށް ހުށަހަޅާއިރު، އެ ނިންމުމަކީ ޔޫނިއަންގެ އާންމު މެންބަރުންގެ އަގުލަބިއްޔަތުން ނިންމާފައިވާ ނިންމުމެއްކަން އެނގޭނެފަދަ ލިޔުމެއް ހުށަހަޅަންވާނެއެވެ.
(ރ) މި މާއްދާގެ ދަށުން ނަން ބަދަލުކޮށްދިނުމަށް އެދި ޔޫނިއަނަކުން ހުށަހަޅާ ނަމަކީ، މި ގާނޫނުގެ 42 ވަނަ މާއްދާއިން ހުއްދަނުކުރާ ނަމެއްނަމަ، އެ ނަން ރަޖިސްޓަރީކޮށްދީގެންނުވާނެއެވެ.
(ބ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެމަތިން ޔޫނިއަނަކުން ނަން ބަދަލުކުރުމަށް އެދި ހުށަހަޅާ ހުށަހެޅުމެއްގައި މި މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވެފައިވާކަމަށް ރަޖިސްޓްރާރ އޮފް ޔޫނިއަންސްއަށް ގަބޫލުކުރެވޭނަމަ، އެ ޔޫނިއަނުން އެދިފައިވާ ފަދައިން އާ ނަން ރަޖިސްޓަރީކޮށްދީ ރަޖިސްޓަރީކުރާ ތާރީހުގައި އެކަން އެ ޔޫނިއަނަށް އަންގައި، އެ ޔޫނިއަނަށް އާ ރަޖިސްޓްރޭށަން ސެޓްފިކެޓެއް ހަދައިދޭންވާނެއެވެ.
(ޅ) މި މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން އަލަށް ހަދައިދޭ ރަޖިސްޓްރޭށަން ސެޓްފިކެޓުގައި އެ ޔޫނިއަނަށް ކުރިން ކިޔުނު ނަން ލިޔެފައި އޮންނަންވާނެއެވެ.
44 ވަނަ މާއްދާ - ނަން ބަދަލުވުމުގެ ނަތީޖާ
މި ގާނޫނުގައިވާ ގޮތުގެމަތިން ޔޫނިއަނެއްގެ ނަން ބަދަލުކުރުމަކުން، އެ ޔޫނިއަނެއްގެ އެއްވެސް ހައްގަކަށް ނުވަތަ ވާޖިބަކަށް ނުވަތަ އިލްތިޒާމަކަށް ނުވަތަ އެ ޔޫނިއަނަކުން ކުރ،ާ ނުވަތަ ކޮށްފައިވާ ނުވަތަ އެ ޔޫނިއަނެއްގެ މައްޗަށް ކުރެވޭ ނުވަތަ ކޮށްފައިވާ ދައުވާއަކަށް ބަދަލެއް ނާންނާނެއެވެ.
45 ވަނަ މާއްދާ - ޔޫނިއަންގެ ދުސްތޫރަށް ބަދަލުގެނައުން
(ހ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ އެއްވެސް ޔޫނިއަނަކުން، އެ ޔޫނިއަންގެ ދުސްތޫރަށް އެއްވެސް ބަދަލެއް ގެނައުމަށް އެދޭނަމަ، މި ގާނޫނާއި އެ ޔޫނިއަނެއްގެ ދުސްތޫރުގައި ބަޔާންކުރާ ގޮތުގެމަތިން އެ ބަދަލެއް ގެނައުމަށް ޔޫނިއަނުން ނިންމައި، އެފަދައިން ދުސްތޫރަށް ބަދަލުގެނައުމަށް ޔޫނިއަންގެ ފަރާތުން ނިންމާތާ ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެ ގެނެވުނު ބަދަލު އެނގޭނެހެން، ޔޫނިއަންގެ އާ ދުސްތޫރުގެ ކޮޕީއެއް ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޔޫނިއަންގެ ދުސްތޫރަށް ގެނައި ބަދަލުތައް ރަޖިސްޓްރާރ އޮފް ޔޫނިއަންސްއަށް ހުށަހެޅުމުން، އެ ބަދަލުތަކަކީ މި ގާނޫނުގެ މަގްސަދާއި މި ގާނޫނުގެ އަސާސަކާ ފުށުއެރުމެއްނުވާ ބަދަލެއްނަމަ، މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅި ހުށަހެޅުން ރަޖިސްޓްރާރަށް ލިބުނު ތާރީހުން ފެށިގެން ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، ޔޫނިއަންގެ ދުސްތޫރަށް ގެނައި ބަދަލު ބަލައިގެންފިކަން އެ ޔޫނިއަނަކަށް ލިޔުމުން އަންގަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޔޫނިއަންގެ ދުސްތޫރަށް ގެނައި ބަދަލުތައް ރަޖިސްޓްރާރ އޮފް ޔޫނިއަންސްއަށް ހުށަހެޅުމުން، އެ ބަދަލުތަކަކީ މި ގާނޫނުގެ މަގްސަދާއި މި ގާނޫނުގެ އަސާސަކާ ފުށުއަރާ ބަދަލުތަކެއްކަމުގައި ރަޖިސްޓްރާރަށް ގަބޫލުކުރެވޭނަމަ، މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅި ހުށަހެޅުން ރަޖިސްޓްރާރަށް ލިބުނު ތާރީހުން ފެށިގެން ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، ޔޫނިއަންގެ ދުސްތޫރަށް ގެނައި ބަދަލު ބަލައިގަނެވެން ނެތްކަން ސަބަބާއެކު ލިޔުމުން އަންގަންވާނެ އެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން ޔޫނިއަންގެ ދުސްތޫރަށް ގެނައި ބަދަލު ބަލައިގަނެވެން ނެތްކަމުގައި ރަޖިސްޓްރާރ އޮފް ޔޫނިއަންސް އަންގާ ހާލަތުގައި، އެ ބަދަލުތައް މި ގާނޫނުގެ މަގްސަދާއި މި ގާނޫނުގެ އަސާސްތަކާ ފުށުއެރުމެއްނުވާ ގޮތުގެމަތިން އިސްލާހުކުރުމަށްފަހުގައި، މި މާއްދާގެ (ހ) ގެ ދަށުން އަލުން ރަޖިސްޓްރާރަށް ހުށަހެޅިދާނެއެވެ.
(ބ) މި މާއްދާގެ (ނ) ގެ ދަށުން ޔޫނިއަންގެ ދުސްތޫރަށް ގެނައި ބަދަލު ބަލައިގަނެވެން ނެތްކަމުގައި ރަޖިސްޓްރާރ އަންގައިފިނަމަ، އެ ބަދަލާ އެއްގޮތަށް އެއްވެސް ކަމެ އް ތަންފީޒުކުރުމަކީ މި ގާނޫނު ހުއްދަކުރާ ކަމެއް ނޫނެވެ.
(ޅ) ޔޫނިއަންގެ ދުސްތޫރާއި އުސޫލުތަކަށް ގެނެވޭ ބަދަލުތަކުގެ މައުލޫމާތު، އެ ބަދަލެއް ގެނެވުނު ތާރީހް ސާފުކޮށް އެނގޭގޮތަށް ޔޫނިއަންތަކުން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ. އަދި މި މާއްދާގެ ބޭނުމަށްޓަކައި ޔޫނިއަނެއްގެ ދުސްތޫރާއި އުސޫލުތަކަށް ބަދަލުގެނެވުނު ތާރީހުކަމުގައި ބަލަންވާނީ، އާ ދުސްތޫރު ބަލައިގެންފިކަމަށް ރަޖިސްޓްރާރ އޮފް ޔޫނިއަންސްގެ ފަރާތުން ޔޫނިއަނަށް ލިޔުމުން އަންގާ ތާރީހެވެ.
(ކ) ޔޫނިއަނެއްގެ ދުސްތޫރަށް އެއް ވެސް ބަދަލެއް ގެނެވ،ި އެ ގެނެވުނު ބަދަލު ރަޖިސްޓްރާރ އޮފް ޔޫނިއަންސް ބަލައިގެންފިނަމަ، އެ ޔޫނިއަންގެ ދުސްތޫރަށް ގެނެވުނު ބަދަލު އާންމު މެންބަރުންނަށް އަންގައި، އެ ބަދަލާ އެއްގޮތަށް ޔޫނިއަންގެ ހިންގުން ކުރިއަށްގެންދާކަން ކަށަވަރުކުރުމަކީ ޔޫނިއަންގެ ޒިންމާއެކެވެ.
46 ވަނަ މާއްދާ - ކުޑަކުދިން ޔޫނިއަންގެ ޔޫނިއަންގެ މެންބަރަކަށްވުން
ޔޫނިއަންގެ ދުސްތޫރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މި ގާނޫނުން އިސްތިސްނާކޮށްފައިވާ ފަރާތްތައް ފިޔަވައި، އެ ޔޫނިއަން ތަމްސީލުކުރާ ބާވަތުގެ ކޮންމެ ފަރާތަކަށްމެ ޔޫނިއަންގެ މެންބަރަކަށްވުމުގެ ފުރުސަތު ލިބިގެންވެއެވެ.
47 ވަނަ މާއްދާ - މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކުރުން
(ހ) ވަޒީފާއާބެހޭ ގާނޫނުގައިވާ ގޮތުގެމަތިން ބެލެނިވެރިޔާގެ ހުއްދައާއެކު ވަޒީފާ އަދާކުރަމުންދާ 16 (ސޯޅަ) އަހަރުން މަތީގެ ކޮންމެ ކުއްޖަކަށް، ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމަކާއެކު، ޔޫނިއަނެއްގެމެންބަރެއްގެ ގޮތުގައި ރަޖިސްޓަރީވެވިދާނެއެވެ.
(ށ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ޔޫނިއަނެއް ގައި ރަޖިސްޓަރީވާ 16 (ސޯޅަ) އަހަރުން މަތީގެ ކޮންމެ ކުއްޖަކަށް އެ ޔޫނިއަންގެ މެންބަރުންނަށް ލިބިގެންވާ އެންމެހައި ހައްގުތަކުގެ ބޭނުންހިފުމާއި، މި ގާނޫނުންނާއި އެހެނިހެން ގާނޫނުތަކުން ލިބިދޭ އެންމެހައި ރައްކާތެރިކަމެއް ލިބިގެންވެއެވެ. ނަމަވެސް، އެފަދަ ފަރާތަކަށް ޔޫނިއަނެއްގެ އޮފިސަރަކަށް ނުވެވޭނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން ބަޔާންކޮށްފައި ވީ ނަމަވެސް، މީލާދީ ގޮތުން 18 (އަށާރަ) އަހަރުނުވާ އެއްވެސް ކުއްޖަކު މި ގާނޫނުން ބާރުލިބިގެން ޔޫނިއަނަކުން ހިންގާ އިންޑަސްޓްރިއަލް ފިޔަވަޅުތަކުގައި ބައިވެރިކުރުމަކީ މި ގާނޫނު ހުއްދަކުރާ ކަމެއް ނޫނެވެ. އެހެންނަމަވެސް، ޔޫނިއަންގެ މެންބަރަކަށްވީތީ އެފަދަ ކުދިންނަށް މި ގާނޫނުން ލިބިދޭ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން، ޔޫނިއަންގެ ފަރާތުން އެ ކުއްޖަކު ތަމްސީލުކުރުން މި ގާނޫނު ހުރަހެއް ނާޅައެވެ.
48 ވަނަ މާއްދާ - ޔޫނިއަންގެ މެންބަރުންގެ ރަޖިސްޓަރީ
މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށް ދިވެހިރާއްޖޭގައި ހިންގާ ކޮންމެ ޔޫނިއަނެއްގައިވެސް، އެ ޔޫނިއަންގެ ދުސްތޫރާ އެއްގޮތްވާ ގޮތުގެމަތިން އެ ޔޫނިއަންގެ މެންބަރުކަން ލިބިފައިވާ ފަރާތްތަކުގެ ނަމާއި އެޑްރެހާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނުވަތަ ވަރކްޕަރމިޓްގެ ތަފްސީލު އެނގޭނެހެން މެންބަރުންގެ ރަޖިސްޓަރީއެއް އެ ޔޫނިއަނަކުން ބަލަހައްޓަންވާނެއެވެ.
49 ވަނަ މާއްދާ - ޔޫނިއަންގެ އޮފިސަރުން
(ހ) ޔޫނިއަނެއް ތަމްސީލުކުރުމަށް އެ ޔޫނިއަންގެ ފަރާތުން ކަނޑައަޅާ ފަރާތްތަކުގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
- ށަރުއީ ކޯޓެއްގެ ހުކުމަކުން އިފްލާސްކޮށްފައިވާ ފަރާތަކަށް ނުވުން؛
- ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި އެ މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތު ވެފައިވާ މީހެއްކަމުގައި ނުވުން.
(ށ) ޔޫނިއަނެއް ގެ ނުވަތަ ޔޫނިއަނެ އްގެ ގޮތްޕެއްގެ އޮފިސަރެއްގެ ގޮތުން އައްޔަންކޮށްފައިވާ ފަރާތެއްގެ ކިބައިން މި މާއްދާގެ (ހ) ގައި ބަޔާންކުރާ ށަރުތެއް އުނިވެއްޖެނަމަ، އެ ފަރާތެއް އެ މަގާމުން ވަކިވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން އައްޔަންކުރާ އެއްވެސް އޮފިސަރަކު ބަދަލުވާނަމަ، ނުވަތަ އެ އޮފިސަރެއްގެ ޒިންމާއިން ދުރުކުރަންޖެހިއްޖެނަމަ، އެކަން ޔޫނިއަންގެ އާންމު މެންބަރުންނަށް އަންގަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ޔޫނިއަންގެ އޮފިސަރުންގެ ގޮތުގައި އައްޔަންކުރެވޭ އޮފިސަރުންގެ އަގުލަބިއްޔަތު ވާންވާނީ، ދިވެހިރައްޔިތުންނަށެވެ.
50 ވަނަ މާއްދާ - ޔޫނިއަންގެ އޮފިސަރުން ނިންމާ ނިންމުންތަކުގެ ހައިސިއްޔަތު
މި ގާނޫނުގެ ދާއިރާގެ ތެރޭގައި، ޔޫނިއަންގެ ފަރާތުން ޔޫނިއަންގެ މެންބަރުން ތަމްސީލުކުރުމަށް ކަލެކްޓިވް އެގްރީމަންޓުތަކާއި ކަލެކްޓިވް ބަރގެއިނިންގ ތަކުގައި ބައިވެރިވެ، ޔޫނިއަން ތަމްސީލުކުރާ އޮފިސަރުން ނިންމާ ނިންމުންތަކާއި، ޔޫނިއަންގެ ދުސްތޫރުން ބާރު ލިބިގެން އޮފިސަރުން ނިންމާ ނިންމުންތަކަކީ މި ގާނޫނުގެ ބޭނުމަށްޓަކައި އެ ޔޫނިއަންގެ ހުރިހާ މެންބަރުންގެ ނިންމުންތަކެއްކަމުގައި ބަލަންވާނެއެވެ.
51 ވަނަ މާއްދާ - ޔޫނިއަންގެ މުވައްޒަފުން
ޔޫނިއަންގެ ދުސްތޫރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޔޫނިއަން ހިންގުމުގެ ބޭނުމަށް ޔޫނިއަނުން ހަރަދުކުރާގޮތަށް، ޔޫނިއަނަށް މުވައްޒަފުން އައްޔަންކުރެވިދާނެއެވެ.
52 ވަނަ މާއްދާ - މެންބަރުންގެ ސިއްރު ވޯޓު
(ހ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޔޫނިއަނަކުން، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ނިންމަންވާނީ، ޔޫނިއަން ހިންގުމުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ނެގޭ މެންބަރުންގެ ސިއްރު ވޯޓެއްގައި، އެ ޔޫނިއަންގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
- ޔޫނިއަންގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އޮފިސަރުން އިންތިހާބުކުރުން؛
- އިންޑަސްޓްރިއަލް ފިޔަވަޅެއް އެޅުމަށް ނުވަތަ ހަޅުތާލެއް ހިންގުމަށް ނިންމުން ނުވަތަ އެފަދަ ފިޔަވަޅެއްގައި ބައިވެރިވުން ނުވަތަ އެފަދަ ފިޔަވަޅަކަށް ތާއީދުކުރުން ނުވަތަ އެފަދަ ކަމަކަށް ހަރަދުކުރުން ނުވަތަ އެފަދަ ކަމެއްގައި އެއްބާރުލުންދިނުން؛
- ޔޫނިއަންގެ މެންބަރަކަށްވުމަށްޓަކައި ފީއެއް ނެގުން؛
- ޔޫނިއަން އުވާލުން؛
- ޔޫނިއަންގެ ދުސްތޫރަށް އިސްލާހު ގެނައުން؛
- އެހެން ޔޫނިއަނަކާ އެއްކޮށްލުން.
(ށ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޔޫނިއަންތަކުގެ ހިންގުމާގުޅޭ ކަންކަމުގައި ނަގަންޖެހޭ ސިއްރު ވޯޓު ނެގުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު، މި ގާނޫނަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ރަޖިސްޓްރާރ އޮފް ޔޫނިއަންސް އެކުލަވާލައި އާންމުކުރަންވާނެއެވެ.
53 ވަނަ މާއްދާ - ޔޫނިއަންތަކުން ފެޑަރޭށަންތައް އުފެއްދުން
(ހ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޔޫނިއަންތަކުގެ ތެރެއިން 5 (ފަހެއް) ނުވަތަ އެއަށްވުރެ ގިނަ ޔޫނިއަން ގުޅިގެން މަސައްކަތްކުރުމަށްޓަކައި ފެޑަރޭށަނެއް އުފައްދައި ރަޖިސްޓަރީކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ފެޑަރޭށަނެއް ރަޖިސްޓަރީކުރުމަށް އެދޭ ޔޫނިއަންތަކުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މައުލޫމާތާއި ލިޔެކިޔުންތަކާއެކު، އެކަމަށް ކަނޑައަޅާފައިވާ ފޯމުން ރަޖިސްޓްރާރ އޮފް ޔޫނިއަންސްއަށް ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ފެޑަރޭށަނެއްގެ ގޮތުގައި ރަޖިސްޓަރީކޮށްދިނުމަށް އެދި ހުށަހެޅޭނީ މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށް ހިންގަމުންދާ އެއް ބާވަތުގެ ޔޫނިއަންތަކަށެވެ.
54 ވަނަ މާއްދާ - ނޭށަނަލް ޓްރޭޑް ޔޫނިއަން ސެންޓަރު އުފެއްދުން
(ހ) "ނޭށަނަލް ޓްރޭޑް ޔޫނިއަން ސެންޓަރު" ގެ ނަމުގައި މި ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން، މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކުން އުފައްދައި ރަޖިސްޓަރީކޮށްފައިވާ ފެޑަރޭށަންތަކުގެ މައްޗަށް އެކުލެވޭ ސެންޓަރެއް އުފެއްދިދާނެއެވެ.
(ށ) ނޭށަނަލް ޓްރޭޑް ޔޫނިއަން ސެންޓަރު އުފެއްދުމާއި، ރަޖިސްޓަރީކޮށް ހިންގުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
55 ވަނަ މާއްދާ - ނޭށަނަލް އެމްޕްލޯޔަރޒް ޔޫނިއަން ސެންޓަރު އުފެއްދުން
(ހ) "ނޭށަނަލް އެމްޕްލޯޔަރޒް ޔޫނިއަން ސެންޓަރު" ގެ ނަމުގައި، މި ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން، ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތަކުން އުފައްދައި ރަޖިސްޓަރީކޮށްފައިވާ ފެޑަރޭށަންތަކުގެ މައްޗަށް އެކުލެވޭ ސެންޓަރެއް އުފެއްދިދާނެއެވެ.
(ށ) ނޭށަނަލް އެމްޕްލޯޔަރޒް ޔޫނިއަން ސެންޓަރު އުފެއްދުމާއި، ރަޖިސްޓަރީކޮށް ހިންގުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
ހަވަނަ ބާބު
މާލީ ކަންކަން
56 ވަނަ މާއްދާ - ފަންޑު ހޯދުން
(ހ) ޔޫނިއަންގެ އިދާރީ ކަންކަމަށާއި ޔޫނިއަނުން ހިންގާ ހަރަކާތްތައް ހިންގުމަށް، ޔޫނިއަންގެ ދުސްތޫރާ ހިލާފުނުވާ ގޮތުގެމަތިން، ފަންޑުގެ ގޮތުގައި ހިލޭ އެހީ ހޯދިދާނެއެވެ. އެހެންނަމަވެސް، އެފަދައިން ހޯދާ އެހީގެ ގޮތުގައި ބޭރުގެ ފަރާތަކުން ދޭ ފައިސާގެ އެހީއެއް އެއްވެސް ޔޫނިއަނަކުން ބަލައިގަނެގެން ނުވާނެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ދިވެހި ދައުލަތް ބައިވެރިވެފައިވާ ބައިނަލްއަގްވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތްތަކުން ނުވަތަ އިންޓަރނޭށަނަލް ލޭބަރ އޯގަނައިޒޭށަންގައި ރަޖިސްޓަރީވެފައިވާ ޖަމްއިއްޔާ ނުވަތަ ޖަމާއަތްތަކުން ދޭ ފައިސާގެ އެހީއާއި، އެނޫންވެސް ބޭރު ގެ ފަރާތްތަކުން ދ،ޭ ފައިސާ ފިޔަވައި އެނޫން ބާވަތުގެ އެހީ، ޔޫނިއަންތަކުން ބަލައިގަތުން މި މާއްދާ ހުރަހެއް ނާޅައެވެ.
(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ޔޫނިއަނަކަށް އެހީއެއް ލިބިފައިވާނަމަ، އެ ޔޫނިއަނަކަށް ލިބުނު އެހީގެ ތަފްސީލާއި، އެ އެހީ ބޭނުންކޮށްގެން ހިންގާ ހަރަކާތްތަކުގެ ތަފްސީލު އެ ޔޫނިއަންގެ އަހަރީ ރިޕޯޓުގައި ވަކިން ހިމަނަންވާނެއެވެ.
(ރ) ޔޫނިއަންގެ ދުސްތޫރާ ހިލާފުނުވާ ގޮތުގެމަތިން ޔޫނިއަންގެ މެމްބަރށިޕް ފީއެއްގެ ގޮތުގައި، އެ ޔޫނިއަންގެ މެންބަރުންގެ އަތުން ފީއެއް ނެގުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.
(ބ) ޔޫނިއަންތަކުން މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހޯދާ ފަންޑު ނުވަތަ ޔޫނިއަންގެ މުދާ ބޭނުންކުރަންވާނީ ޔޫނިއަންގެ މަގްސަދުތައް ހާސިލުކުރުމުގެ ގޮތުން ހިންގާ، ޔޫނިއަންގެ ހަރަކާތްތަކަށެވެ.
(ޅ) ޔޫނިއަންތަކުން ހިލޭ އެހީ ހޯދުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
57 ވަނަ މާއްދާ - ޔޫނިއަންގެ ފަންޑުން ކުރުން މަނާ ކަންކަން
(ހ) ޔޫނިއަންގެ ހަރަކާތްތަކާ ގުޅުމެއް ނެތް ކަމެއްގައި ށަރުއީ ކޯޓަކުން މީހެއްގެ މައްޗަށް ކުރާ ހުކުމަކާ ގުޅިގެން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ ދެއްކުމަށް ޔޫނިއަންގެ ފަންޑު ބޭނުމެއް ނުކުރެވޭނެއެވެ.
(ށ) ޔޫނިއަންގެ ދުސްތޫރުން ބާރުލިބިގެން މެނުވީ، އެއްވެސް ފަރާތެއްގެ އަތުގައި ނުވަތަ ބާރުގެ ދަށުގައި ޔޫނިއަންގެ މުދަލެއް ބަހައްޓައިގެން ނުވާނެއެވެ.
(ނ) މި ގާނޫނު ހުއްދަނުކުރާ ބޭނުމަކަށް ނުވަތަ ޔޫނިއަންގެ ދުސްތޫރާ ހިލާފު ބޭނުމަކަށް ޔޫނިއަންގެ ފައިސާ ހަރަދުކޮށްގެން ނުވާނެއެވެ.
(ރ) ޔޫނިއަންތަކުން މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހޯދާ ފަންޑު ނުވަތަ ޔޫނިއަންގެ މުދަލަކުން އެ ޔޫނިއަންގެ މެންބަރުންނަށް ނުވަތަ މުއައްސިސުންނަށް މާލީ ފައިދާއެއް ނުވަތަ މަންފާއެއް ހޯދައިގެން ނުވާނެއެވެ. އަދި ޔޫނިއަންގެ މެންބަރުންނަށް ޔޫނިއަންގެ މުދަލާއި ފައިސާގެ މައްޗަށް، މިލްކުވެރިކަމުގެ އެއްވެސް ހައްގެއް ލިބިގެނެއްނުވެއެވެ.
58 ވަނަ މާއްދާ - ހިސާބުތައް ބެލެހެއްޓުން
(ހ) ކޮންމެ ޔޫނިއަނަކުންވެސް، އެ ޔޫނިއަނަކަށް ލިބޭ ފައިސާއާއި، އެ ޔޫނިއަނަކުން ހަރަދުކުރާ ފައިސާގެ ތަފްސީލާއި، ޔޫނިއަންގެ މުދަލާއި، ދަރަންޏާއި، އެހެނިހެން ޒިންމާތަކާބެހޭ ތަފްސީލު ސާފުކޮށް އެނގޭނެހެން، ހިސާބުތައް ބަލަހައްޓަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހިސާބުތައް އެކުލެވޭ ލިޔުންތައް، ޔޫނިއަންގެ މަސައްކަތް ހިންގާ ތަނުގައި، އެ ޔޫނިއަންގެ މެންބަރަކު އެދިއްޖެނަމަ، ޔޫނިއަންގެ ދުސްތޫރުގައި ކަނޑައެޅިފައިވާ ގޮތެއްގެމަތިން މެންބަރުންނާ ހިއްސާކުރެވޭގޮތަކަށް، 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ބަހައްޓަންވާނެއެވެ.
59 ވަނަ މާއްދާ - އަހަރީ ރިފޯޓު
(ހ) ކޮންމެ ޔޫނިއަނަކުންވެސް ނިމިދިޔަ މީލާދީ އަހަރުގެ އަހަރީ ރިޕޯޓު، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ހިމެނޭހެން ތައްޔާރުކޮށް، ހިނގަމުންދާ އަހަރުގެ މާރިޗު މަހުގެ ފަހު ދުވަހުގެ ނިޔަލަށް ރަޖިސްޓްރާރ އޮފް ޔޫނިއަންސްއަށް ހުށަހަޅަންވާނެއެވެ.
- ޔޫނިއަނަށް ލިބުނު ފައިސާގެ އެހީއާއި އެފަދަ އެހީގައި ހިންގި ހަރަކާތްތަކުގެ ތަފްސީލު؛
- ޔޫނިއަނަށް ލިބުނު ފައިސާ ފިޔަވައި އެނޫން ބާވަތުގެ އެހީ؛
- އޮޑިޓްކުރެވިފައިވާ އަހަރީ ހިސާބު؛
- ފީ ދައްކާ މެންބަރުންގެ އަދަދު؛
- ފީ ނުދައްކާ މެންބަރުންގެ އަދަދު؛
- ނިމިދިޔަ އަހަރުގެ ތެރޭގައި ޔޫނިއަނުން ހިންގި ހަރަކާތްތަކުގެ ތަފްސީލ.ު
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަހަރީ ރިޕޯޓު ހުށަހަޅާއިރު، އެ އަހަރެއްގައި ޔޫނިއަންގެ މެންބަރުންގެ ރަޖިސްޓަރީއަށް އައިސްފައިވާ ބަދަލުތައް އެނގޭނެހެން ވަކިން ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ އަހަރީ ރިޕޯޓު އޮންނަންޖެހޭ ގޮތާއި، އެ ރިޕޯޓުގައި ހިމަނަންޖެހޭ އިތުރު މައުލޫމާތު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
60 ވަނަ މާއްދާ - ޔޫނިއަނެއްގެ ފައިސާއާއި މުދާ ނަހަމަގޮތުގައި ބޭނުންކުރުން
ޔޫނިއަނެއްގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރިކަމުގެ އަމަލެއް އެއްވެސް މީހަކު ކޮށްފިކަމުގައި ރަޖިސްޓްރާރ އޮފް ޔޫނިއަންސްއަށް ސާބިތުވެއްޖެނަމަ، އެ ކަމުގައި އެ ފަރާތެއްގެ ބައިވެރިވުން އޮތް މިންވަރަށް ބަލައި 5,000 (ފަސްހާސް) ރުފިޔާއާއި 50,000 (ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން އެ ފަރާތެއް ޖޫރިމަނާކުރަންވާނެއެވެ. އަދި އެއީ ޔޫނިއަންގެ އޮފިސަރެއްގެ މަގާމުގައި ހުރި ފަރާތަކުން ކުރި އަމަލެއްނަމަ، އެ ފަރާތް ޔޫނިއަންގެ އޮފިސަރެއްގެ މަގާމުން ދުރުކުރަންވާނެއެވެ.
61 ވަނަ މާއްދާ - އަހަރީ ރިޕޯޓު ހުށަނާޅައިގެން ފިޔަވަޅު އެޅުން
މި ގާނޫނުގެ 59 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޔޫނިއަނުން ހުށަހަޅާ އަހަރީ ރިޕޯޓު ފުރިހަމަ ނޫންކަމަށް ރަޖިސްޓްރާރ އޮފް ޔޫނިއަންސްއަށް ފެނިއްޖެނަމަ، އެކަމެއް ރަނގަޅުކުރުމަށް 30 (ތިރީސް) ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެ މުއްދަތުގައި އިސްލާހުތަކާއެކު އަހަރީ ރިޕޯޓު ހުށަހަޅާފައިނުވާނަމަ، ނުވަތަ ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ޔޫނިއަނުން އަހަރީ ރިޕޯޓު ހުށަހަޅާފައިނުވާނަމަ، މި ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން އެ ޔޫނިއަނަކާމެދު ފިޔަވަޅު އެޅުމުގެ އިހްތިޔާރު ރަޖިސްޓްރާރ އޮފް ޔޫނިއަންސްއަށް ލިބިގެންވެއެވެ.
ހަތްވަނަ ބާބު
އިންޑަސްޓްރިއަލް ރިލޭށަންސް ރެގިއުލޭޓްކުރުން
62 ވަނަ މާއްދާ - ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސް
(ހ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސްގެ މަގާމަށް މިނިސްޓަރު މީހަކު އައްޔަންކުރަންވާނެއެވެ.
(ށ) ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސްގެ ގޮތުގައި މި މާއްދާގެ (ހ) ގެ ދަށުން އައްޔަންކުރެވޭ ފަރާތް، މި ގާނޫނުގެ ދަށުން އަދާކުރަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން ޖަވާބުދާރީވާނީ މިނިސްޓަރަށެވެ.
63 ވަނަ މާއްދާ - ޑިރެކްޓަރ ޖެނެރަލްގެ މަސްއޫލިއްޔަތާއި ބާރުތައް
ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ޔޫނިއަންތަކާ ގުޅޭގޮތުން ށަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ށަކުވާ ހުށަހެޅޭނެ ނިޒާމެއް ގާއިމުކުރުން؛
(ށ) ޔޫނިއަންތަކާ ގުޅިގެން ހުށަހެޅޭ ށަކުވާތައް ބެލުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް އެކުލަވާލައި އާންމުކުރުން؛
(ނ) އިންޑަސްޓްރިއަލް ރިލޭށަންސްއާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ބަލައި ފިޔަވަޅު އެޅުން؛
(ރ) ޔޫނިއަންތަކަށް، ކަލެކްޓިވް ބަރގެއިނިންގއަށް މަގުފަހިކޮށްދިނުން؛
(ބ) ޓްރައިޕަރޓައިޓް ލޭބަރ ޑައިލޮގްތައް އިންތިޒާމުކޮށް ބޭއްވުން.
64 ވަނަ މާއްދާ - ޑިރެކްޓަރ ޖެނެރަލްގެ ށަރުތުތައް
ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސްގެ މަގާމަށް އައްޔަންކުރާ ފަރާތަކީ އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތެއްކަމުގައި ވާންވާނެއެވެ.
(ހ) ބުއްދި ސަލާމަތުންހުރ،ި އުމުރުން 30 (ތިރީސް) އަހަރު ފުރިފައިވާ ދިވެހިރައްޔިތަކު ކަމުގައިވުން؛
(ށ) މަގާމަށް ކުރިމަތިލުމުގެ ކުރިއަށް ހިނގައިދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މަގާމެއް ފުރާފައިވާ ނުވަތައެފަދަ މަގާމެއް ފުރަމުންދާ ފަރާތެއްކަމުގައި ނުވުމާއި، އިންތިހާބުކުރެވޭ އެއްވެސް މަގާމެއްގައި ހުރި ފަރާތެއްކަމުގައި ނުވުން؛
(ނ) އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކުރާ ފަރާތެއްކަމުގައި ނުވުން؛
(ރ) މަގާމުގެ ޒިންމާއާއި މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ގާބިލުކަން ހުރުމާއެކު، ކަމާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވާ ފަރާތެއްކަމުގައިވުން؛
(ބ) މަގާމުގެ ޒިންމާއާއި މަސްއޫލިއްޔަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައިވުން؛
(ޅ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ވައްކަމާއި، ޓެކުމާއި، މަކަރާއި، ހީލަތްހެދުމާއި، ހިޔާނާތް ފަދަ ބޮޑު ކުށެއް ނުވަތަ އެއްވެސް ބާވަތެއްގެ ޖިންސީ ކުށެއް ކުރިކަން ނުވަތަ ގެވެށި އަނިޔާގެ އެއްވެސް އަމަލެއް ކޮށްފައިވާކަން ށަރީއަތަށް ސާބިތުވެފައިވާ ފަރާތެއްކަމުގައި ނުވުން؛
(ކ) މަގާމަށް އައްޔަންކުރުމުގެ ކުރިއަށް ހިނގައިދިޔަ 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި، މަސައްކަތްތެރިން ނުވަތަ ވަޒީފާދޭ ފަރާތްތައް ތަމްސީލުކުރާ އެއްވެސް ބާވަތެއްގެ ޖަމްއިއްޔާއެއްގެ ނުވަތަ ޔޫނިއަނެއްގެ ހިންގާ ކޮމިޓީއެއްގެ މެންބަރަކުކަމުގައި ނުވުން ނުވަތަ އެފަދަ ޖަމްއިއްޔާއެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ފަރާތެއްކަމުގައި ނުވުން؛
(އ) މަގާމަށް އައްޔަންކުރުމުގެ ކުރިއަށް ހިނގައިދިޔަ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި މަސައްކަތްތެރިން ނުވަތަ ވަޒީފާދޭ ފަރާތްތައް ތަމްސީލުކުރާ އެއްވެސް ޖަމްއިއްޔާއެއްގެ ނުވަތަ ޔޫނިއަނެއްގެ މެންބަރެއްގެ ގޮތުގައި ހުރި ފަރާތެއްކަމުގައި ނުވުން.
65 ވަނަ މާއްދާ - ޑިރެކްޓަރ ޖެނެރަލްގެ މަގާމުގެ މުއްދަތު
(ހ) މި ގާނޫނުގެ 62 ވަނަ މާއްދާގެ ދަށުން އައްޔަންކުރެވޭ ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސްގެ މަގާމުގެ މުއްދަތަކީ 5 (ފަހެއް) އަހަރުދުވަހުގެ 1 (އެކެއް) ދައުރެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، މި ގާނޫނުގެ 68 ވަނަ މާއްދާގެ ދަށުން މަގާމުން ވަކިކުރެވޭ ހާލަތުގައި ފިޔަވައި، ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސްގެ މަގާމަށް އައްޔަންކޮށްފައިވާ މީހެއްގެ މަގާމުގެ މުއްދަތު، އިތުރު 5 (ފަހެއް) އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އިތުރުކުރެވިދާނެއެވެ.
66 ވަނަ މާއްދާ - ނުފޫޒެއް ނެތި މިނިވަންކަމާއެކު މަސައްކަތްކުރުމާއި އަމިއްލަ މަސްލަހަތަށް މަސައްކަތްނުކުރުން
(ހ) ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސް އޭނާގެ ވާޖިބު އަދާކުރުމުގައި އެއްވެސް ފަރާތަކަށް ބުރަވެ ނުވަތަ އެއްވެސް ފަރާތަކުން ދައްކައިފާނެ ބިރަކަށް ޖެހިލުންވެ ނުވަތަ އެއްވެސް ފަރާތަކުން ފޯރުވައިފާނެ ނުފޫޒަކަށް ލެނބިގެން ނުވާނެއެވެ.
(ށ) ޔޫނިއަނަކާ ގުޅިގެން ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސް ނިންމާ ނިންމުމެއްގައި ނުވަތަ ކަނޑައަޅާ ސިޔާސަތެއްގައި، ސީދާގޮތުން ނުވަތަ ނުސީދާގޮތުންވެސް، އޭނާގެ އަމިއްލަ މަސްލަހަތެއް ކުރިއެރުވުމަށް މަސައްކަތްކޮށްގެން ނުވާނެއެވެ.
67 ވަނަ މާއްދާ - ޑިރެކްޓަރ ޖެނެރަލްގެ މުވައްޒަފުން
ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސްއަށް މި ގާނޫނުން މަތިކޮށްފައިވާ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމުގައި އެހީތެރިވެދިނުމަށް ބޭނުންވާ ސިވިލް ސަރވިސްގެ މުވައްޒަފުން މިނިސްޓްރީގެ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.
68 ވަނަ މާއްދާ - ޑިރެކްޓަރ ޖެނެރަލްގެ މަގާމުން ވަކިކުރުން
މަގާމުގެ ހައިސިއްޔަތުން އުފުލަންޖެހޭ މަސްއޫލިއްޔަތު އުފުލުމަށް ނުކުޅެދިއްޖެނަމަ ނުވަތަ އެ މަސްއޫލިއްޔަތުތައް އަދާކުރުމުގައިއިހުމާލުވެއްޖެނަމަ ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސް މަގާމުން ވަކިކުރުމުގެ އިހްތިޔާރު، މިނިސްޓަރަށް ލިބިގެންވެއެވެ.
69 ވަނަ މާއްދާ - ޑިރެކްޓަރ ޖެނެރަލްގެ މަގާމު ހުސްވުން
މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސްގެ މަގާމަށް އައްޔަންކޮށްފައިވާ މީހަކަށް އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ މަގާމުން އޭނާ ވަކިވާނެއެވެ.
(ހ) މަގާމުގެ މުއްދަތު ހަމަވުން؛
(ށ) މަގާމުން އިސްތިއުފާދިނުން؛
(ނ) މި ގާނޫނުގެ 68 ވަނަ މާއްދާގެ ދަށުން އޭނާ އެ މަގާމުން ވަކިކުރުން؛
(ރ) އެކަށީގެންވާ ސަބަބަކާ ނުލައި، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އުޒުރުވެރިވުން؛
(ބ) އޭނާގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވުން؛
(ޅ) ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ މަގާމަކަށް ކުރިމަތިލުން ނުވަތަ އައްޔަންކުރުން؛
(ކ) ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސްގެ ކިބައިގައި ހުރުން މި ގާނޫނު ލާޒިމުކުރާ ށަރުތުތަކުގެ ތެރެއިން ށަރުތެއް އުނިވުން؛
(އ) މަރުވުން ނުވަތަ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދޭފަދަހާލަތެއް މެދުވެރިވުން.
70 ވަނަ މާއްދާ - ޑިރެކްޓަރ ޖެނެރަލްގެ މަގާމުން އިސްތިއުފާދިނުން
ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސް އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، އެކަން ބަޔާންކޮށް މިނިސްޓަރަށް ލިޔުމަކުން ހުށަހަޅައި، އެ ލިޔުން މިނިސްޓަރަށް ލިބުމުން، ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލްރިލޭށަންސް އެ މަގާމުން އިސްތިއުފާދިނީކަމުގައި ބެލެވޭނެއެވެ.
71 ވަނަ މާއްދާ - ޑިރެކްޓަރ ޖެނެރަލްގެ މަގާމު ހުސްވުމުން އަލުން އައްޔަންކުރުން
މި ގާނޫނުގެ 69 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެގެން ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސްގެ މަގާމު ހުސްވެއްޖެނަމަ، އެ މަގާމު ހުސްވާ ދުވަހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި ގާނޫނުގައިވާ ގޮތުގެމަތިން އެ މަގާމަށް މިނިސްޓަރު މީހަކު އައްޔަންކުރަންވާނެއެވެ.
72 ވަނަ މާއްދާ - ހައްގެއް ނިގުޅައިގަތުމުން ނުވަތަ ގާނޫނާ ހިލާފުވުމުން ށަކުވާ ހުށަހެޅުން
މި ގާނޫނުގެ މަގްސަދުތަކާއި، މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފަށް އަމަލުކޮށްފިކަމަށް ގަބޫލުކުރެވޭނަމަ، ނުވަތަ މި ގާނޫނުގައި ކަށަވަރުކޮށްދީފައިވާ ހައްގެއް އެއްވެސް ފަރާތަކުން ނިގުޅައިގެންފައިވާނަމަ، ނުވަތަ ނިގުޅައިގަތުމަށް މަސައްކަތްކުރަމުންދާނަމަ، ނުވަތަ ނިގުޅައިގެންފާނެކަމުގެ ބިރުހީވާ ނަމަ، ނުވަތަ މި ގާނޫނުން ވަކި ފަރާތަކަށް މަތިކޮށްފައިވާ ޒިންމާއަކާ ހިލާފުވެއްޖެކަމަށް ގަބޫލުކުރެވިއްޖެނަމަ، އެކަމެއް ނުވަތަ އެ ކަންކަން ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސްގެ ސަމާލުކަމަށް ގެނެސް، އެ ކަންކަން ރަނގަޅުކުރަން ފިޔަވަޅު އަޅައިދިނުމަށް އެދި އެކަމުގެ ށަކުވާ ޑިރެކްޓަރ ޖެނެރަލަށް ހުށަހެޅުމުގެ ހައްގު ކޮންމެ ފަރާތަކަށްވެސް ލިބިގެންވެއެވެ.
73 ވަނަ މާއްދާ - ށަކުވާ ހުށަހެޅުމާއި ތަހްގީގުކުރުން
(ހ) މި ގާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސްއަށް ހުށަހެޅޭ ށަކުވާތައް ތަހްގީގުކުރުމާއި، އެ ށަކުވާއާ ގުޅިގެން ޑިރެކްޓަރ ޖެނެރަލް ހިންގާ ތަހްގީގަކަށް މައުލޫމާތު ދެވޭނެކަމަށް ފެންނަ ފަރާތްތައް ތަހްގީގުގެ ބޭނުމަށް ހާޒިރުކުރުމާއި އެކަމަށް ބޭނުންވާ ކޮންމެ ލިޔެކިޔުމެއް ހުށަހެޅުމަށް އެންގުމުގެ ބާރު ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވެއެވެ.
(ށ) މި ގާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޔޫނިއަނަކުން ކުރުން މަނާ އަމަލެއް ޔޫނިއަނަކުން ކުރިކަން ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސްގެ ސަމާލުކަމަށް ގެނެސްފިނަމަ، އެ މައްސަލައެއް ތަހްގީގުކުރުމަށްފަހު، އެ ޔޫނިއަނަކުން އެފަދަ އަމަލެއް ކޮށްފައިވާކަމަށް ތަހްގީގަށް ސާބިތުވެއްޖެނަމަ، އެކަމެއް ރަނގަޅުކުރެވެން ހުރި ގޮތްތައް ބަލައި، މައްސަލަ ހުށަހެޅުނު ދުވަހުން ފެށިގެން ގިނަވެގެން 40 (ސާޅީސް) ދުވަހުގެ ތެރޭގައި، މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން އެ ޔޫނިއަން ޖޫރިމަނާކުރަންވާނެއެވެ. އަދި އެފަދަ އަމަލެއް ތަކުރާރުކޮށްފިނަމަ، މި ގާނޫނުގެ މަގްސަދުތަކާއި އުސޫލުތަކާ ފުށުއަރާ ގޮތަށް ޔޫނިއަން ހިންގަމުންދާކަން ރަޖިސްޓްރާރ އޮފް ޔޫނިއަންސްގެ ސަމާލުކަމަށް ގެނައުމާއެކު، މި ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ޔޫނިއަން އުވާލުމުގެ މަރުހަލާ ކުރިއަށްގެންދިއުމަށް ރަޖިސްޓްރާރ އޮފް ޔޫނިއަންސްގެ ކިބައިން އެދެންވާނެއެވެ.
(ނ) މި ގާނޫނުގައި ކަށަވަރުކޮށްދީފައިވާ އެއްވެސް ހައްގެއްގެ ބޭނުންކުރުން ހުއްޓުވައިފިނަމަ ނުވަތަ މި ގާނޫނުގެ ދަށުން މަތިކޮށްފައިވާ ޒިންމާއަކާ އެއްވެސް ޔޫނިއަނަކުން ހިލާފުވެއްޖެނަމަ، އެ އަމަލު ކުރި ޔޫނިއަނެއް 5,000 (ފަސްހާސް) ރުފިޔާއާއި 50,000 (ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.
(ރ) މި ގާނޫނުގެ 72 ވަނަ މާއްދާގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސްއަށް ށަކުވާ ހުށަހެޅި ފަރާތަށް، އެ ށަކުވާއާ ގުޅިގެން އެޅޭ ފިޔަވަޅާއި އެކަމުގެ ނަތީޖާ ޑިރެކްޓަރ ޖެނެރަލް ލިޔުމުން އަންގަންވާނެއެވެ.
74 ވަނަ މާއްދާ - ލޭބަރ ރިލޭށަންސް އޮތޯރިޓީ
މި ގާނޫނުން ލިބިދޭ ހައްގުތައް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކާއި މަސައްކަތްތެރިންނަށް ކަށަވަރުކޮށްދީ، ކަލެކްޓިވް ބަރގެއިނިންގ އެއްބަސްވުންތަކަށް މަގުފަހިކޮށްދީ، ޓްރައިޕަރޓައިޓް ލޭބަރ ޑައިލޮގްތަކާގުޅުންހުރި އެންމެހައި ކަންކަން ތަންފީޒުކުރުމަށް ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސްއަށް ދޭންޖެހޭ އެހީތެރިކަން ލޭބަރ ރިލޭށަންސް އޮތޯރިޓީން ފޯރުކޮށްދޭންވާނެއެވެ.
އަށްވަނަ ބާބު
ކަލެކްޓިވް ބަރގެއިނިންގ އަދި ކަލެކްޓިވް އެގްރީމަންޓް
75 ވަނަ މާއްދާ - ކަލެކްޓިވް ބަރގެއިނިންގގެ ދައުވަތު ހުށަހެޅުން
(ހ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަނަކުން ކަލެކްޓިވް ބަރގެއިނިންގ އަކަށް ދިއުމަށް ބޭނުންވާނަމަ، އެކަން ބަޔާންކޮށް، ކަމާ ގުޅުންހުރި ވަޒީފާދޭ ފަރާތުގެ ޔޫނިއަނަށް ނުވަތަ ވަޒީފާދޭ ފަރާތަށް، ކަލެކްޓިވް ބަރގެއިނިންގ އަކަށް ދިއުމަށް ދައުވަތު ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ދައުވަތަކާއެކު، އެ ކަލެކްޓިވް
ބަރގެއިނިންގ ނިސްބަތްވާ މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންގެ މެންބަރުން ތަމްސީލުކުރާނެ ފަރާތެއް ކަނޑައަޅައި، އެ ފަރާތެއް ބަލައިގަތުމަށް އެދި ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ވަޒީފާދޭ ފަރާތުގެ ޔޫނިއަނަކަށް ނުވަތަ ވަޒީފާދޭ ފަރާތަކަށް ހުށަހެޅުމެއް ހުށަހަޅަންވާނީ ލިޔުމުން، ޔޫނިއަންގެ މެންބަރުންގެ ރުހުން ލިބިފައިވ،ާ ކަލެކްޓިވް ބަރގެއިންކުރަން ބޭނުންވާ ކަންކަމުގެ ޕްރޮޕޯޒަލްއަކާ އެކުގައެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ޕްރޮޕޯޒަލްގައި ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ނުވަތަ ކަންތައްތަކެއް ހިމެނިދާނެއެވެ.
- މަސައްކަތްކުރާ ތަނުގެ މަސައްކަތު މާހައުލާއި ތަނުގެ ހާލަތާއި ވަޒީފާގެ ށަރުތުތަކަށް ބަދަލުގެނައުން؛
- ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު އޮންނަ ގުޅުން ރެގިއުލޭޓްކުރުން؛
- މަސައްކަތްތެރިންނާއި މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާ ދެމެދު ނުވަތަ މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކާ ދެމެދު ނުވަތަ ވަޒީފާދޭ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތަކާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުން ނުވަތަ ރެގިއުލޭޓްކުރުން.
(ބ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަނަކުން ކަލެކްޓިވް ބަރގެއިނިންގއަކުން ވާސިލުވުމަށް އެދި ހުށަހަޅާ ޕްރޮޕޯޒަލެއްގައި، މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަނެއްގެ ވަކި މެންބަރެއްގެ ހައްގެއް ކަށަވަރުކުރުމަށް ނުވަތަ ވަކި މެންބަރަކަށް މަންފާއެއް ހާސިލުކުރުމާގުޅޭ ކަމެއް ހިމަނައިގެން ނުވާނެއެވެ.
(ޅ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ވަޒީފާދޭ ފަރާތުގެ ޔޫނިއަނަކަށް ނުވަތަ ވަޒީފާދޭ ފަރާތަކަށް ލިބޭ ހުށަހެޅުމަކާ ގުޅިގެން، އެ ހުށަހެޅުން އެ ފަރާތަށް ލިބުނު ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެ ހުށަހެޅުން ގަބޫލުކުރުމާމެދު ނިންމާ ގޮތެއް އެ ހުށަހެޅުން ހުށަހެޅި މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަނަކަށް ލިޔުމުން އަންގަންވާނެއެވެ.
(ކ) މި ގާނޫނުގެ 76 ވަނަ މާއްދާގެ ދަށުން ކަލެކްޓިވް ބަރގެއިނިންގ ފެށުމަށް ދައުވަތު ހުށަހަޅާފައިވަނިކޮށް ނުވަތަ އެކަމުގެ މަށްވަރާތައް އެކަށީގެންވާ ގޮތަކަށް ކުރިއަށް ދަނިކޮށް، އެ މަސައްކަތްތެރިން ތަމްސީލުކުރާ މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަނަކުން، ނުވަތަ އެ ޔޫނިއަނެއްގެ އެއްވެސް މަސައްކަތްތެރިއަކު މި ގާނޫނުގައި ބަޔާންކޮށްފައިވާ އިންޑަސްޓްރިއަލް ފިޔަވަޅެއް އަޅައިގެން ނުވަތަ ހަޅުތާލެއް ހިންގައިގެންނުވާނެއެވެ. ނުވަތަ އެފަދަ އަމަލަކަށް މަގުފަހިވާފަދަ އަމަލެއްވެސް ހިންގައިގެންނުވާނެއެވެ.
76 ވަނަ މާއްދާ - ކަލެކްޓިވް ބަރގެއިނިންގ ފެށުމަށް ދައުވަތު ފޮނުވުން
ކަލެކްޓިވް ބަރގެއިނިންގއަށް ދައުވަތު ފޮނުވުމަށްފަހު، އެ ދައުވަތު ގަބޫލުކުރާކަން އަންގައިދޭ ޖަވާބު ލިބޭ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، ކަލެކްޓިވް ބަރގެއިނިންގއާ ގުޅުންހުރި މަށްވަރާތައް ފެށުމަށް އެ މަށްވަރާއަށް އެދުނު މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަނުން ދައުވަތު ފޮނުވައި، އެ މަށްވަރާތައް ފަށަންވާނެއެވެ.
77 ވަނަ މާއްދާ - ކަލެކްޓިވް އެގްރީމަންޓްގެ މަށްވަރާތައް ނުފެށި ލަސްވުން
(ހ) މި ގާނޫނުގެ 76 ވަނަ މާއްދާގެ ދަށުން ކަލެކްޓިވް ބަރގެއިނިންގ ފެށުމަށް ދޭ ދައުވަތު، އެ ދައުވަތު ލިބޭ ވަޒީފާދޭ ފަރާތުގެ ޔޫނިއަނުން ނުވަތަ ވަޒީފާދޭ ފަރާތުން ގަބޫލުކޮށްފައިނުވާނަމަ، ނުވަތަ ދައުވަތު ފޮނުވާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި ދައުވަތާ ގުޅިގެން ޖަވާބެއް ލިބިފައިނުވާނަމަ، ނުވަތަ ދައުވަތު ގަބޫލުކޮށް ޖަވާބުލިބޭ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ކަލެކްޓިވްބަރގެއިނިންގގެ މަށްވަރާތައް ފަށާފައިނުވާނަމަ، ކަލެކްޓިވް ބަރގެއިނިންގގެ މަށްވަރާތައް ކުރިއަށްގެންގޮސްދިނުމުގައި އެހީތެރިވެދިނުމަށް އެދި މަށްވަރާ ފެށުމަށް ދައުވަތު ފޮނުވި ފަރާތުން ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސްއަށް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސްއަށް މައްސަލައެއް ހުށަހެޅިއްޖެނަމަ، އެފަދައިން ހުށަހަޅާ ތާރީހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، އެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން، މައްސަލައާ ގުޅޭގޮތުން ކޮންސިލިއޭށަން އޮފިސަރުން އައްޔަންކޮށް، މައްސަލައިގައި ހިމެނޭ ފަރާތްތަކަށް އެކަން އަންގަންވާނެއެވެ.
78 ވަނަ މާއްދާ - މައްސަލަތައް ހައްލުކުރުން
(ހ) މި ގާނޫނުގެ 77 ވަނަ މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް، މި ގާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސްއަށް ހުށަހެޅޭ މައްސަލަތަކުގައި، އެ ދެބަސްވުމެއް އުފެދިފައިވާ ފަރާތްތަކުގެ މެދުގައި ޖެހޭ މައްސަލަ ހައްލުކުރުމަށް ކޮންސިލިއޭށަން ނޫން އެހެން މީޑިއަމެއް ބޭނުންކުރަންވާނެކަމަށް ލިޔުމުން އެއްބަސްވެފައިވާނަމަ، އެ މައްސަލައަށް ހައްލެއް ހޯދުމަށް ޑިރެކްޓަރ ޖެނެރަލް މަސައްކަތްކުރަންވާނީ އެފަދައިން އެއްބަސްވެފައިވާ ގޮތަކަށް އިސްކަންދީގެންނެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ހައްލު ހޯދުމަށް އެދިފައިވާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ދެފަރާތުގެ ދެމެދުގައި އެއްބަސްވެވިފައިވާ މީޑިއަމް މެދުވެރިކޮށް ހައްލު ހޯދުމަށް މަސައްކަތްކުރުމަށްފަހުވެސް އެކަށީގެންވާ ހައްލެއް ލިބިފައިނުވާނަމަ، ނުވަތަ އެ މީޑިއަމް މެދުވެރިކޮށް އުފެދިފައިވާ ދެބަސްވުން ހައްލުކުރެވިދާނެކަމަށް ޑިރެކްޓަރ ޖެނެރަލަށް ނުފެންނަނަމަ، އެ ފުރުސަތު ދޭކަށް ނުޖެހޭނެއެވެ.
79 ވަނަ މާއްދާ - ބައްދަލުވުންތަކަށް ހާޒިރުވުމަށް އެންގުމާއި މައްސަލައާގުޅޭ ލިޔެކިޔުން ހިއްސާކުރުމަށް އެންގުން
(ހ) މި ގާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސްއަށް ހުށަހެޅިގެން ބަލާ މައްސަލަތަކާ ގުޅިގެން އަންނަނިވި ކަންކަން ކުރުމުގެ ބާރު ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވެއެވެ.
- މައްސަލައާ ގުޅުންހުރި ފަރާތްތަކާއެކު ޑިރެކްޓަރ ޖެނެރަލް ބާއްވާ ބައްދަލުވުންތަކަށް އެ ފަރާތްތަކުން ހާޒިރުވުމަށް އެންގުން؛
- މައްސަލައާ ގުޅުންހުރި އެންމެހައި މައުލޫމާތުތައް ޑިރެކްޓަރ ޖެނެރަލަށް ލިޔުމުން ހިއްސާކުރުމަށް އެންގުން؛
- މައްސަލައާ ގުޅިގެން މައްސަލައިގެ ބައިވެރިންގެ މެދުގައި މައްސަލައަށް ހައްލެއް ހޯދުމަށް އެއްވެސް މަސައްކަތްތަކެއް ކުރެވިފައިވާނަމަ، ކުރެވިފައިވާ މަސައްކަތްތަކުގެ މައުލޫމާތާއި، ހައްލު ހޯދިފައިވާ ކަންކަމާއި، ހައްލަކާ ހަމައަށް ވާސިލުނުވެވިފައިވާ ކަންކަން އެނގޭނެހެން ލިޔުމުން ހިއްސާކުރުމަށް އެންގުން.
(ށ) ޑިރެކްޓަރ ޖެނެރަލަށް މައުލޫމާތު ހުށަހެޅުމަށް ނުވަތަ ބައްދަލުވުމަކަށް ހާޒިރުވުމަށް އަންގާ އެންގުމަކަށް އަމަލުކުރުމަކީ، ދިވެހިރައްޔިތުންގެ މައްޗަށާއި ދިވެހިރާއްޖޭގެ ގާނޫނުގެ ބާރު ހިނގާ ސަރަހައްދުގައިވާ މީހުންގެ މައްޗަށް މި ގާނޫނު ލާޒިމުކުރާ ކަމެކެވެ.
(ނ) މި މާއްދާގައިވާ ގޮތުގެމަތިން ޑިރެކްޓަރ ޖެނެރަލް ބަލާ މައްސަލައެއްގައި މައުލޫމާތު ހިއްސާކުރަން ނުވަތަ މައްސަލައާ ގުޅިގެން ބާއްވާ ބައްދަލުވުމަކަށް ހާޒިރުވުމަށް އެންގުމުގައި އަމަލުކުރާނެ އުސޫލުތަކާއި، ބައްދަލުވުންތައް ކުރިއަށްގެންދިއުމުގައި އަމަލުކުރާނެ އުސޫލުތައް ހިމެނޭ ގޮތުގެމަތިން ޑިރެކްޓަރ ޖެނެރަލް ބަލާ މައްސަލަތަކުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދެއް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެކުލަވާލައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
(ރ) މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން، ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސްއަށް ހުށަހެޅިފައިވާ މައްސަލައަށް ހައްލެއް ހޯދިފައިނުވާނަމަ، އެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، ޓްރޭޑް ޑިސްޕިއުޓެއްގެ ގޮތުގައި، މި ގާނޫނުގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލް ގައި ގާއިމުކޮށްފައިވާ އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަނަށް އެ މައްސަލަ ހުށަހެޅުމުގެ ހައްގު ލިބިގެންވާކަން އެ މައްސަލަ ހުށަހެޅި ފަރާތަށް ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސް އަންގަންވާނެއެވެ.
80 ވަނަ މާއްދާ - ކޮންސިލިއޭށަން އޮފިސަރުން
(ހ) މި ގާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސްއަށް ހުށަހެޅޭ މައްސަލަތަކުގައި ކޮންސިލިއޭށަން މަރުހަލާގައި ބައިވެރިވާނެ ކޮންސިލިއޭށަން އޮފިސަރުން ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސްއައްޔަންކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސް އައްޔަންކުރާ ކޮންސިލިއޭށަން އޮފިސަރުން، އެކަމުގެ ލައިސަންސް ނެގުމުގައި އަމަލުކުރަންޖެހޭ އުސޫލާއި މައްސަލަތަކަށް އޮފިސަރުން އައްޔަންކުރުމުގެ އުސޫލުތައް، މި ގާނޫނުގެ 79 ވަނަ މާއްދާގެ ދަށުން އެކުލަވާލާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
81 ވަނަ މާއްދާ - ކަލެކްޓިވް އެގްރީމަންޓް އެކުލަވާލުން
(ހ) މި ގާނޫނުގެ ދަށުން ހިންގާ ކަލެކްޓިވް ބަރގެއިނިންގއަށް ފަހުގައި، އެ ކަލެކްޓިވް ބަރގެއިނިންގގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި އެއްބަސްވެވުނު ކަންކަން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ލިޔުމުން އެކުލަވާލައި ކަލެކްޓިވް އެގްރީމަންޓު ގައި ހިމަނައި، ކަލެކްޓިވް ބަރގެއިނިންގގެ ބައިވެރިން އެ އެގްރީމަންޓުގައި ސޮއިކުރަންވާނެއެވެ.
(ށ) ކަލެކްޓިވް ބަރގެއިނިންގގެ ބައިވެރިންނަށް، އެގްރީމަންޓް އެކުލަވާލުމުގެ މަރުހަލާގައި ވަކި މާއްދާއެއް އޮންނަންވީ ގޮތާމެދު އެއްބަސްނުވެވިއްޖެނަމަ، ކޮންސިލިއޭށަން އޮފިސަރަކާއެކު މަށްވަރާތައް ކުރިއަށްގެންދިއުމަށް އެދި ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސްއަށް ހުށަހެޅިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާފަދަ ހުށަހެޅުމެއް ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސްއަށް ލިބިއްޖެނަމަ، އެ މަށްވަރާ ބައްދަލުވުންތަކުގައި ބައިވެރިވާނެ ކޮންސިލިއޭށަން އޮފިސަރެއް އައްޔަންކޮށް އެކަން މަށްވަރާގެ ބައިވެރިންނަށް އަންގަންވާނެއެވެ.
82 ވަނަ މާއްދާ - ކަލެކްޓިވް އެގްރީމަންޓް ރަޖިސްޓަރީކުރުން
(ހ) މި ގާނޫނުގެ 81 ވަނަ މާއްދާގައި ބަޔާންކުރާފަދަ ކަލެކްޓިވް އެގްރީމަންޓެއް ވެއްޖެނަމަ، އެ އެގްރީމަންޓުގައި ސޮއިކުރާ ތާރީހުން ފެށިގެން 21 (އެކާވީސް) ދުވަހުގެ ތެރޭގައި، އެ އެގްރީމަންޓް ރަޖިސްޓަރީކޮށްދިނުމަށް އެދި އެގްރީމަންޓުގައި ބައިވެރިވި ފަރާތްތައް ސޮއިކޮށްފައިވާ އެގްރީމަންޓުގެ އެއް އަސްލު، ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސްއަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓަރީކުރަން ހުށަހަޅާ އެގްރީމަންޓަކީ މި ގާނޫނުގެ 8 ވަނަ ބާބުގައި ބަޔާންކުރާ އެންމެހައި އިޖުރާއަތުތައް ފުރިހަމަކޮށްފައިނުވާ އެގްރީމަންޓެއްނަމަ، އެގްރީމަންޓް އިސްލާހުކުރުމަށްފަހު އަލުން ހުށަހެޅުމަށް އެންގުމުގެ ބާރު ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސްއަށް ލިބިގެންވެއެވެ.
(ނ) ރަޖިސްޓަރީކުރުމަށް ހުށަހަޅާ އެގްރީމަންޓަކީ މި ގާނޫނުގެ 8 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަކޮށްފައިވާ އެގްރީމަންޓެއްނަމަ، އެގްރީމަންޓް ރަޖިސްޓަރީކުރުމަށް ހުށަހަޅާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި، ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސް އެ އެގްރީމަންޓެއް ރަޖިސްޓަރީކުރުމަށްފަހު އެކަން އެގްރީމަންޓުގެ ބައިވެރިންނަށް އަންގަންވާނެއެވެ.
83 ވަނަ މާއްދާ - އެގްރީމަންޓަށް ބަދަލުގެނައުމާއި އުވާލުން
(ހ) މި ގާނޫނުގެ ދަށުން ހަދާ ރަޖިސްޓަރީކޮށްފައިވާ އެއްވެސް ބާވަތެއްގެ ކަލެކްޓިވް އެގްރީމަންޓަކަށް ބަދަލުގެނެވޭނީ، އަދި އެ ބަދަލުތަކާ އެއްގޮތަށް އަމަލުކުރެވޭނީ، އެގްރީމަންޓަށް ގެންނަ ބަދަލުތައް ރަޖިސްޓަރީކުރުމަށްފަހުގައެވެ. އެގްރީމަންޓަށް ގެނެވޭ ބަދަލުތައް ރަޖިސްޓަރީކުރުމުގައި އަމަލުކުރާނީ، މި ގާނޫނުގެ ދަށުން އެކުލަވާލާ އުސޫލުތަކާ އެއްގޮތަށެވެ.
(ށ) މި ގާނޫނުގެ ދަށުން އެކުލަވާލާ އެއްވެސް ބާވަތެއްގެ ކަލެކްޓިވް އެގްރީމަންޓެއް އުވާލަން ބޭނުންވާ ހިނދެއްގައި، އެ އެގްރީމަންޓް އުވާލެވޭނީ އެގްރީމަންޓް އުވާލުމުގެ މަގްސަދުގައި އެގްރީމަންޓުގެ ބައިވެރިންގެ މެދުގައި ވެވޭ އެގްރީމަންޓެއްގެ ދަށުން، އެ އެގްރީމަންޓް މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން ރަޖިސްޓަރީކުރުމަށްފަހުގައެވެ.
84 ވަނަ މާއްދާ - ކަލެކްޓިވް އެގްރީމަންޓުގެ ނަތީޖާ
ކަލެކްޓިވް އެގްރީމަންޓެއްގެ ގޮތުގައި ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސް ބަލައިގެންފައިވާ އެގްރީމަންޓުތަކަކީ، އެ އެގްރީމަންޓުގައި ބަޔާންކުރާ ކަންކަން، އެގްރީމަންޓުގެ ބައިވެރިންގެ މައްޗަށް ގާނޫނީގޮތުން ބަނދެވިގެންދާނޭ ސައްހަ އެއްބަސްވުމެކެވެ.
85 ވަނަ މާއްދާ - ވަރކްޕްލޭސް ކަލެކްޓިވް ބަރގެއިނިންގ
(ހ) ވަޒީފާދޭ ފަރާތުގެ މުވައްޒަފުންގެ އަގުލަބިއްޔަތު ތަމްސީލުކުރާ މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަނަކަށް، އެ މުވައްޒަފުން މަސައްކަތްކުރާ ތަނާ ގުޅޭގޮތުން ނުވަތަ އެގްރީމަންޓުގެ ބައިވެރިންނާއި ވަޒީފާދޭ ފަރާތާ އޮންނަ ގުޅުމާ ބެހޭގޮތުން ބަރގެއިންކުރުމަށް އެދި، މި ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުން ޕްރޮޕޯޒަލް ފޮނުވައިފިނަމަ، މި ގާނޫނުގެ 76 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ވަޒީފާދޭ ފަރާތަށް އެ މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަނަކާއެކު ކަލެކްޓިވް އެގްރީމަންޓަކަށް އައުމަށްޓަކައި މަށްވަރާތައް ފެށުމަށް ލާޒިމުވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ވަރކްޕްލޭސް ކަލެކްޓިވް ބަރގެއިނިންގއަށް އެދޭ މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަނުން ބަރގެއިންކުރުމަށް ޕްރޮޕޯޒަލް ހުށަހަޅާފައިވަނީ އެއް ތަނެއްގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ މަސްލަހަތުގައިކަމުގައި ވާންޖެހޭނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ ޕްރޮޕޯޒަލެއް ވަޒީފާދޭ ފަރާތަށް ލިބިއްޖެނަމަ، އެ ހުށަހެޅުން ހުށަހަޅާ މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަން ނޫން އެހެން މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަނަކާއެކު، މަސައްކަތު މާހައުލުގައި ބަރގެއިނިންގތައް ކުރިއަށްގެންދިއުމަށް ވަޒީފާދޭ ފަރާތަށް ލާޒިމުވެގެން ނުވެއެވެ.
86 ވަނަ މާއްދާ - ހެޔޮ ނިޔަތުގައި ބަރގެއިންކުރުން
މި ބާބުގެ ދަށުން ކުރިއަށްގެންދާ ކަލެކްޓިވް ބަރގެއިނިންގ މަށްވަރާގައި ބައިވެރިވާ މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަނުން ނުވަތަ ވަޒީފާދޭ ފަރާތުގެ ޔޫނިއަނުން ނުވަތަ ވަޒީފާދޭ ފަރާތުން މަށްވަރާތަކުގައި ބައިވެރިވާންވާނީ އަދި މަށްވަރާތައް ކުރިއަށްގެންދަންވާނީ ބަރގެއިންކުރެވޭ މައްސަލައާމެދު އެކަށީގެންވާ ހައްލަކަށް ވާސިލުވުމުގެ ހެޔޮ ނިޔަތުގައެވެ. އަދި އެފަދައިން އެގްރީމަންޓަކަށް ވާސިލުވުމަށް ހުރަސްއެޅޭނެފަދަ އެއްވެސް އަމަލެއް އެއްވެސް ޔޫނިއަނަކުން ނުވަތަ ވަޒީފާދޭ ފަރާތަކުން ނުވަތަ އެއިން ފަރާތެއް ތަމްސީލުކުރާ ފަރާތަކުން ކޮށްގެން ނުވާނެއެވެ.
87 ވަނަ މާއްދާ - ކަލެކްޓިވް އެގްރީމަންޓް ހެދުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތައް
މި ގާނޫނުގެ ދަށުން އެކުލަވާލާ އެގްރީމަންޓުތަކުގައި އެންމެ މަދުމިނުން ހިމަނަންޖެހޭނެ ކަންކަމާއި، އެގްރީމަންޓުގެ ޕްރޮޕޯޒަލް އޮންނަންޖެހޭ ގޮތާއި، ކަލެކްޓިވް ބަރގެއިނިންގ ކުރިއަށްގެންދިއުމުގައި އަމަލުކުރަން ގާނޫނުން ލާޒިމުކުރާ ކަންކަން ބަޔާންކުރާ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
ނުވަވަނަ ބާބު
ޓްރައިޕަރޓައިޓް ލޭބަރ އެޑްވައިޒަރީ ބޯޑު
88 ވަނަ މާއްދާ - ޓްރައިޕަރޓައިޓް ލޭބަރ އެޑްވައިޒަރީ ބޯޑު
(ހ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، "ޓްރައިޕަރޓައިޓް ލޭބަރ އެޑްވައިޒަރީ ބޯޑު" ގެ ނަމުގައި ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އުފައްދާ ބޯޑަކީ، މި ގާނޫނުގެ ދަށުން ސަރުކާރުން އެކަށައަޅާ ސިޔާސަތުތައް ކަނޑައެޅުމުގައާއި، އެ ސިޔާސަތުތައް ތަންފީޒުކުރުމަށް އަމަލީގޮތުން ހިންގާނެ ހަރަކާތްތައް ކަނޑައެޅުމުގައި މިނިސްޓްރީއަށް ލަފާދޭ ފަރާތެވެ.
(ނ) ޓްރައިޕަރޓައިޓް ލޭބަރ އެޑްވައިޒަރީ ބޯޑަށް މެންބަރުން އައްޔަންކޮށް ވަކިކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
(ރ) ޓްރައިޕަރޓައިޓް ލޭބަރ އެޑްވައިޒަރީ ބޯޑުގެ އިދާރީ ކަންކަން ބަލަހައްޓާނީ މިނިސްޓްރީންނެވެ.
89 ވަނަ މާއްދާ - ބޯޑުގެ މެންބަރުން
(ހ) ޓްރައިޕަރޓައިޓް ލޭބަރ އެޑްވައިޒަރީ ބޯޑު އެކުލެވިގެންވަނީ، އަންނަނިވި 8 (އަށެއް) މެންބަރުންގެ މައްޗަށެވެ.
- ބޯޑުގެ ޗެއަރޕަރސަންގެ ގޮތުގައި މިނިސްޓްރީން ހުށަހަޅާ މެންބަރެއް؛
- މިނިސްޓްރީން ކަނޑައަޅާ ދައުލަތުގެ 3 (ތިނެއް) އިދާރާއަކުން، އެއިން ކޮންމެ އިދާރާއަކުން ހުށަހަޅާ 1 (އެކެއް) މެންބަރު؛
- ރަޖިސްޓަރީކުރެވިފައިވާ ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތަކުން ހުށަހަޅާ 2 (ދޭއް) މެންބަރުން؛
- ރަޖިސްޓަރީކުރެވިފައިވާ މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކުން ހުށަހަޅާ 2 (ދޭއް) މެންބަރުން.
(ށ) ބޯޑުގެ މެންބަރުކަމަށް އައްޔަންކުރަންވާނީ، ބޯޑުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ލަޔާގަތާއި ގާބިލިއްޔަތުކަން ހުރި މީހުންނެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ބޯޑަށް އައްޔަންކުރެވޭ މެންބަރެއްގެ މަގާމުގެ މުއްދަތަކީ، އެ މެންބަރަކު އައްޔަންކުރެވުނު ތާރީހުން ފެށިގެން 2 (ދޭއް) އަހަރުދުވަހެވެ.
(ރ) މި ގާނޫނުގެ 90 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން ވަކިކުރެވޭ މެންބަރުން ފިޔަވައި، އެހެން ކޮންމެ މެންބަރަކީ އަލުން އިތުރު ދައުރަކަށް ބޯޑުގެ މެންބަރުކަމަށް އައްޔަންކުރެވިދާނެ މެންބަރެކެވެ.
90 ވަނަ މާއްދާ - ބޯޑުގެ މެންބަރުކަމުގެ މަގާމު ހުސްވުން
(ހ) ބޯޑަށް އައްޔަންކޮށްފައިވާ މެންބަރަކަށް އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ދިމާވެއްޖެނަމަ، އެ މެންބަރެއްގެ މެންބަރުކަމުގެ މަގާމު ހުސްވާނެއެވެ.
- ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ލިޔުމަކުން އެ މެންބަރެއްގެ މެންބަރުކަމުގެ މަގާމުން އިސްތިއުފާދިނުން؛
- ބޯޑުގެ ޗެއަރޕަރސަންގެ ހުއްދަ ނެތި، އަދި އެކަށީގެންވާ އުޒުރެއް ނެތި، ވިދިވިދިގެން ބޯޑުގެ 3 (ތިނެއް) ބައްދަލުވުމަށް ހާޒިރުނުވުން؛
- މެންބަރުކަމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭކަމަށް ފެނިގެން، އެ މެންބަރުގެ މެންބަރުކަމުގެ މަގާމުން އޭނާ ވަކިކުރުން.
(ށ) މެންބަރުކަމުގެ މަގާމުގެ މުއްދަތު ހަމަވުމުން، އެ މެންބަރަކު އަލުން މެންބަރުކަމަށް އައްޔަންނުކުރާނަމަ، އެ މެންބަރެއްގެ މަގާމު ހުސްވާނެއެވެ.
91 ވަނަ މާއްދާ - ބޯޑުގެ ބައްދަލުވުންތައް ބޭއްވުން
(ހ) ބޯޑުގެ ބައްދަލުވުންތައް މަދުވެގެން ކޮންމެ 3 (ތިނެއް) މަހުންއެއްފަހަރު ބާއްވަންވާނެއެވެ.
(ށ) ބޯޑަށް ހުށަހެޅި މަށްވަރާކުރަމުންދާ ވަކި ކަމަކާ ގުޅިގެން، ވަކި ބަޔަކު ނުވަތަ މީހަކު ހާޒިރުކުރަން ބޯޑުން ބޭނުންވެއްޖެ ހިނދެއްގައި، ބޯޑުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެ ފަރާތެއް ނުވަތަ އެ ފަރާތްތަކުގެ ކިބައިން އެދެވިދާނެއެވެ.
(ނ) ބޯޑުގެ މަސްއޫލިއްޔަތާއި، ބޯޑުގެ ޖަލްސާތައް ބާއްވާނެ ތާރީހުތަކާއި، އެ ޖަލްސާތައް ކުރިއަށްގެންދާނެ ގޮތާއި، ބޯޑަށް ކަންކަން ހުށަހެޅޭނެ ގޮތާއި، ކަންކަން ނިންމުމުގައި އަމަލުކުރަންޖެހޭ އުސޫލާއި، ބޯޑުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ބެލެހެއްޓުމާއި، ބޯޑުގެ އެހެނިހެން އިދާރީ ކަންކަމާގުޅޭ ގަވާއިދު ބޯޑުން އެކުލަވާލައި އާންމުކުރަންވާނެއެވެ.
92 ވަނަ މާއްދާ - ބޯޑުގެ މެންބަރުންގެ ޒާތީ މަސްލަހަތު އޮތް ކަންކަމުން އެއްކިބާވުން
(ހ) ބޯޑުގައި މަށްވަރާކުރަމުންދާ ކަމަކީ ބޯޑުގެ މެންބަރެއްގެ މަސްލަހަތު އޮތް ކަމެއްކަމުގައިވާނަމަ، އެކަން ބޯޑުގެ އެހެން މެންބަރުންނަށް އެންގުމާއެކު، އެކަމާ ގުޅޭގޮތުން ހިނގަމުންދާ މަށްވަރާތަކުން އެ މެންބަރު އެއްކިބާވާންވާނެއެވެ. އަދި އެކަން ނިންމުމުގެ ވޯޓުގައި އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ.
(ށ) މި މާއްދާގެ ބޭނުމަށް، ބޯޑުގެ މެންބަރުންގެ ޒާތީ މަސްލަހަތު އޮތްކަމުގައި ބެލެވޭނެ ހާލަތްތައް މި ގާނޫނުގެ ދަށުން އެކުލަވާލާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
ދިހަވަނަ ބާބު
ޓްރައިޕަރޓައިޓް ލޭބަރ ޑައިލޮގްތައް
93 ވަނަ މާއްދާ - ޓްރައިޕަރޓައިޓް ލޭބަރ ޑައިލޮގްތަކުގައި ބައިވެރިވާނެ ފަރާތްތައް
މި ގާނޫނުގެ ދަށުން ބާއްވާ ޓްރައިޕަރޓައިޓް ލޭބަރ ޑައިލޮގްތަކުގައި އަންނަނިވި ފަރާތްތަކުން ބައިވެރިވާންވާނެއެވެ.
(ހ) ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސް ހިމެނޭގޮތުން މި ގާނޫނުގެ 63 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އޭނާއަށް އެހީތެރިކަން ފޯރުކޮށްދޭ 4 (ހަތަރެއް) އޮފިށަލުން؛
(ށ) މިނިސްޓްރީން ކަނޑައަޅާ ދައުލަތުގެ 3 (ތިނެއް) އިދާރާއަކުން، އެއިން ކޮންމެ އިދާރާއަކުން ކަނޑައަޅާ 1 (އެކެއް) ފަރާތެއް؛
(ނ) ރަޖިސްޓަރީކުރެވިފައިވާ ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް ތަމްސީލުކުރާ 7 (ހަތެއް) ފަރާތެއް؛
(ރ) ރަޖިސްޓަރީކުރެވިފައިވާ މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތައް ތަމްސީލުކުރާ 7 (ހަތެއް) ފަރާތެއް،
94 ވަނަ މާއްދާ - ޓްރައިޕަރޓައިޓް ލޭބަރ ޑައިލޮގްތަކުގައި ބައިވެރިވާ ފަރާތްތައް ބަދަލުވުން
(ހ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކުން ޓްރައިޕަރޓައިޓް ލޭބަރ ޑައިލޮގްތަކުގައި ބައިވެރިވާނެ ފަރާތްތައް ކޮންމެ 2 (ދޭއް) އަހަރަކުން 1 (އެކެއް) ފަހަރު ރިވިއުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން، ޓްރައިޕަރޓައިޓް ލޭބަރ ޑައިލޮގްތަކުގައި ބައިވެރިވާނެ ފަރާތެއް ޔޫނިއަންތަކަށް ކަނޑަނޭޅިއްޖެ ހިނދެއްގައި، ނުވަތަ ބައިވެރިވާނެ ފަރާތްތަކާމެދު އެއްބަސްވުމަކަށް ނާދެވިއްޖެ ހިނދެއްގައި، އެކަން ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސްގެ ސަމާލުކަމަށް ގެންނަންވާނެއެވެ.
(ނ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތަކުން ޓްރައިޕަރޓައިޓް ލޭބަރ ޑައިލޮގްތަކުގައި ބައިވެރިވާނެ ފަރާތްތައް ކޮންމެ 3 (ތިނެއް) އަހަރަކުން 1 (އެކެއް) ފަހަރު ރިވިއުކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ގޮތުގެމަތިން، ޓްރައިޕަރޓައިޓް ލޭބަރ ޑައިލޮގްތަކުގައި ބައިވެރިވާނެ ފަރާތެއް ޔޫނިއަންތަކަށް ކަނޑަނޭޅިއްޖެ ހިނދެއްގައި، ނުވަތަ ބައިވެރިވާނެ ފަރާތްތަކާމެދު އެއްބަސްވުމަކަށް ނާދެވިއްޖެ ހިނދެއްގައި، އެކަން ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސްގެ ސަމާލުކަމަށް ގެންނަންވާނެއެވެ.
(ބ) މި މާއްދާގެ (ށ) އަދި (ރ) ގައި ބަޔާންކުރާ ހާލަތުގައި ޔޫނިއަންގެ ފަރާތުން ޓްރައިޕަރޓައިޓް ލޭބަރ ޑައިލޮގްގެ މަށްވަރާތަކުގައި ބައިވެރިވާނެ ފަރާތްތައް ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލައި އެ އުސޫލު އާންމުކުރަންވާނެއެވެ.
95 ވަނަ މާއްދާ - ޓްރައިޕަރޓައިޓް ލޭބަރ ޑައިލޮގްތައް ބާއްވަންޖެހޭ މުއްދަތު
(ހ) މި ގާނޫނުގެ ދަށުން ބާއްވާ ޓްރައިޕަރޓައިޓް ލޭބަރ ޑައިލޮގްތައް އަހަރަކު 1 (އެކެއް) ފަހަރު ބާއްވަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް، ށެޑިއުލްކުރެވިފައިވާ ޑައިލޮގްތަކުގެ އިތުރުން ޑައިލޮގްތައް ބާއްވަންޖެހޭކަމުގައި ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސްއަށް ފެންނަނަމަ، މިނިސްޓަރުގެ ލަފާގެ މަތިން އިތުރު ޑައިލޮގްތައް ބޭއްވިދާނެއެވެ.
96 ވަނަ މާއްދާ - ޓްރައިޕަރޓައިޓް ލޭބަރ ޑައިލޮގްތަކުގެ މަގްސަދު
މި ގާނޫނުގެ ދަށުން ބާއްވާ ޓްރައިޕަރޓައިޓް ލޭބަރ ޑައިލޮގްތަކަކީ، ވަޒީފާއާ ގުޅުންހުރި އެންމެހައި ކަންކަމުގައި ގައުމީ ފެންވަރެއްގައި މަށްވަރާކޮށްގެން، އަންނަނިވި ކަންކަން ހާސިލުކުރުމުގެ މަގްސަދުގައި ބޭއްވޭ ޑައިލޮގްތަކެއްކަމުގައި ވާންވާނެއެވެ.
(ހ) މަސައްކަތު މާހައުލާއި، މަސައްކަތްތެރިންގެ މުސާރައާއި އިނާޔަތްތަކާއި، ވަޒީފާ އަދާކުރާ އަދި ވަޒީފާނެތް ފަރާތްތަކުގެ މިންވަރާއި، އިން ޑަސްޓްރިއަލް މައްސަލަތައް ހިމެނޭގޮތުން އެނޫންވެސް އިންޑަސްޓްރިއަލް ގުޅުންތައް ވިލަރެސްކުރުން؛
(ށ) ވަޒީފާދޭ ފަރާތްތަކުގެ ސިޔާސަތުތަކާއި އުސޫލުތައް ބަލައި، އިސްލާހުކުރަންޖެހޭ ކަންކަން ފާހަގަކޮށް، މިނިސްޓަރުގެ ސަމާލުކަމަށް އެ ކަންކަން ގެނައުމާއެކު، އެ ކަންކަމުގައި ގެނެވިދާނެ އެކަށޭނަ ހައްލަކާމެދު މަށްވަރާކުރުން؛
(ނ) މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި، ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތަކުގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކޮށް، މި ގާނޫނުގައި ކަށަވަރުކޮށްދީފައިވާ ހައްގުތައް ލިއްބައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، އެ ހައްގުތައް ކުރިއެރުވުމަށް މަސައްކަތްކުރުން.
97 ވަނަ މާއްދާ - ޓްރައިޕަރޓައިޓް ލޭބަރ ޑައިލޮގްތައް އިންތިޒާމުކުރުމާއި ހަރަދުކުރުން
ޓްރައިޕަރޓައިޓް ލޭބަރ ޑައިލޮގްތައް އިންތިޒާމުކުރުމަކީ ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސްގެ ޒިންމާއެކެވެ. އަދި އެ ޑައިލޮގްތައް ކުރިއަށްގެންދިއުމަށް ބާއްވާ ބައްދަލުވުންތަކަށާއި އެނޫންވެސް ކަންކަމަށް ހިނގާނެ ހަރަދު މިނިސްޓްރީން ހަމަޖައްސައިދޭންވާނެއެވެ.
98 ވަނަ މާއްދާ - ޓްރައިޕަރޓައިޓް ލޭބަރ ޑައިލޮގްތައް އޮބްޒަރވްކުރުން
ޓްރައިޕަރޓައިޓް ލޭބަރ ޑައިލޮގްތައް އޮބްޒަރވްކުރުމަށް ބޭނުންވ،ާ މަސައްކަތްތެރިން އަދި/ނުވަތަ ވަޒީފާދޭ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި، އެނޫންވެސް އާންމުންނަށާއި ނޫސްވެރިންނަށް، އޮބްޒަރވަރުންގެ ހައިސިއްޔަތުން އެ ޑައިލޮ ގްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަންވާނެއެވެ.
އެގާރަވަނަ ބާބު
އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަން
99 ވަނަ މާއްދާ - އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަން
(ހ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި "އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަން" ގެ ނަމުގައި ވަކި ޑިވިޒަންއެއް ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ގާއިމުކުރަންވާނެއެވެ.
(ށ) މި ގާނޫނުގެ ދަށުން ނުވަތަ އެހެންވެސް ގާނޫނަކުން ބާރުލިބިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާ އިންޑަސްޓްރިއަލް ޑިސްޕިއުޓާ ގުޅުންހުރި މައްސަލަތައް، މި ގާނޫނާއި، ވަޒީފާއާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ބަލައި، ނިންމުމުގެ ބާރު މި ޑިވިޒަނަށް ލިބިގެންވެއެވެ.
100 ވަނަ މާއްދާ - ޑިވިޒަން އެކުލެވިގެންވާ ގޮތް
އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަން އެކުލެވިގެންވާނީ އެ ޑިވިޒަނަށް ހާއްސަކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ 2 (ދޭއް) މެންބަރުންގެ އިތުރުން، މިނިސްޓަރު އައްޔަންކުރާ މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތައް ތަމްސީލުކުރާ 12 (ބާރަ) މެންބަރުންނާއެކު، ޖުމްލަ 14 (ސާދް) މެންބަރުންގެ ޕެނަލެއްގެ މައްޗަށެވެ.
101 ވަނަ މާއްދާ - ޕެނަލް އެކުލަވާލުން
(ހ) މި ގާނޫނުގެ 100 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން، އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަންގެ ޕެނަލަށް މިނިސްޓަރު އައްޔަންކުރާ މަސައްކަތްތެރިން ތަމްސީލުކުރާ 6 (ހައެއް) މެންބަރުންނާއި ވަޒީފާދޭ ފަރާތްތައް ތަމްސީލުކުރާ 6 (ހައެއް) މެންބަރުން، މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އައްޔަންކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
(ށ) މި ގާނޫނުގެ 100 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން، އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަންގެ ޕެނަލަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ 2 (ދޭއް) މެންބަރުން، މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އައްޔަންކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޕެނަލްގެ މެންބަރުން ކަނޑައެޅުމަށްޓަކައި، އެކަމަށް ށައުގުވެރިވާ ފަރާތްތަކުގެ ނަންތައް މިނިސްޓަރަށް ހުށަހެޅުމަށް މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި، ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތަކަށް މިނިސްޓަރު ދައުވަތުދޭންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޕެނަލްގެ މެންބަރުންގެ ގޮތުގައި އައްޔަންކުރުމަށް މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކުންނާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތަކުން ނަން ފޮނުވުމުގައި ބިދޭސީ ފަރާތްތައް ހިމެނުމަށް މި ގާނޫނު ހުރަހެއް ނާޅައެވެ. އަދި ޔޫނިއަންތަކުން ފޮނުވާ ނަންތަކުގެ ތެރެއިން ޕެނަލްގައި ހިމެނޭ މެންބަރުންގެ 1/3 (ތިންބައިކުޅަ އެއްބައި) އަށްވުރެ ގިނަ ނުވާނެހެން ބިދޭސީ ފަރާތްތައް ޕެނަލަށް އައްޔަންކުރެވިދާނެއެވެ.
102 ވަނަ މާއްދާ - ވަގުތީ ޕެނަލް އެކުލަވާލުން
މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މި ގާނޫނުގެ 101 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ދާއިމީ ޕެނަލް އެކުލަވާލެވެންދެން، މަސައްކަތްތެރިން ތަމްސީލުކުރާ 6 (ހައެއް) މެންބަރުންނާއި، ވަޒީފާދޭ ފަރާތްތައް ތަމްސީލުކުރާ 6 (ހައެއް) މެންބަރުން ހިމެނޭ ގޮތަށް، އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަނަށް ބޭނުންވާ ޖުމްލަ 12 (ބާރަ) މެންބަރުންގެ ވަގުތީ ޕެނަލެއް މިނިސްޓަރު އައްޔަންކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
103 ވަނަ މާއްދާ - މިނިސްޓަރު އައްޔަންކުރާ މެންބަރުންގެ ކިބައިގައި ހުންނަންޖެހޭ ށަރުތުތައް
މި ގާނޫނުގެ 101 ވަނަ މާއްދާގެ (ހ) ގެ ދަށުން އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަނަށް މިނިސްޓަރު އައްޔަންކުރާ ޕެނަލްގެ މެންބަރުންގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
(ހ) ގުޅުންހުރި ދާއިރާއަކުން މަތީ ތައުލީމު ހާސިލުކޮށްފައިވުމާއި، މަދުވެގެން 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން؛
(ށ) ށަރުއީ ކޯޓެއްގެ ހުކުމަކުން އިފްލާސްކުރެވިފައިވާނަމަ، އިފްލާސްކުރެވުނުތާ 5 (ފަހެއް) އަހަރު ވެފައިވާ ފަރާތެއްކަމުގައިވުން؛
(ނ) މަގާމަށް އައްޔަންކުރުމުގެ ކުރިއަށް ހިނގައިދިޔަ 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި، މި ގާނޫނުގައި ކުރުން މަނާކޮށްފައިވާ ކަމެއް ކުރިކަން އެ މީހެއްގެ މައްޗަށް ސާބިތުވެފައިވާ ފަރާތެއްކަމުގައި ނުވުން؛
(ރ) މަގާމަށް އައްޔަންކުރުމުގެ ކުރިއަށް ހިނގައިދިޔަ ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގައި، އެ މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެފައިވާ ފަރާތެއްކަމުގައި ނުވުން.
104 ވަނަ މާއްދާ - ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެންބަރުންގެ އަސާސީ ށަރުތުތައް
މި ގާނޫނުގެ 101 ވަނަ މާއްދާގެ (ށ) ގެ ދަށުން އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަނަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެންބަރުންގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
(ހ) ދިވެހިރައްޔިތަކު ކަމުގައިވުން؛
(ށ) މަގާމަށް އައްޔަންކުރުމުގެ ކުރިއަށް ހިނގައިދިޔަ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ހުރި ފަރާތެއްކަމުގައި ނުވުން؛
(ނ) އިންތިހާބުކުރެވޭ މަގާމެއްގައި ނުވަތަ އެނޫންވެސް ސިޔާސީ އެއްވެސް މަގާމެއްގައި ހުރި ފަރާތެއްކަމުގައި ނުވުން؛
(ރ) ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ ފަރާތެއްކަމުގައި ނުވުން؛
(ބ) މަގާމުގެ ޒިންމާއާއި މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ގާބިލުކަމާއި، މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވާ ފަރާތެއްކަމުގައިވުން؛
(ޅ) މަގާމުގެ ޒިންމާއާއި މަސްއޫލިއްޔަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 3 (ތިނެއް) އަހަރުދުވަހުގެ މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައިވުން؛
(ކ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަމާއި، ޓެކުމާއި، މަކަރާއި، ހީލަތްހެދުމާއި، ހިޔާނާތް ފަދަ ބޮޑުކުށެއް ކުރިކަން ނުވަތަ އެއްވެސް ބާވަތެއްގެ ޖިންސީ ކުށެއް ކުރިކަންނުވަތަ ގެވެށި އަނިޔާގެ އެއްވެސް އަމަލެއް ކޮށްފައިވާކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން؛
(އ) މަގާމަށް އައްޔަންކުރުމުގެ ކުރިއަށް ހިނގައިދިޔަ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި، މަސައްކަތްތެރިން ނުވަތަ ވަޒީފާދޭ ފަރާތްތައް ތަމްސީލުކުރާ އެއްވެސް ޖަމްއިއްޔާއެއްގ،ެ ނުވަތަ ޔޫނިއަނެއްގެ ހިންގާ ކޮމިޓީއެއްގެ މެންބަރެއްގެ ގޮތުގައި އައްޔަންކޮށްފައިވާ ފަރާތެއްކަމުގައި ނުވުން؛
(ވ) މަގާމަށް އައްޔަންކުރުމުގެ ކުރިއަށް ހިނގައިދިޔަ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި މަސައްކަތްތެރިން ނުވަތަ ވަޒީފާދޭ ފަރާތްތައް ތަމްސީލުކުރާ އެއްވެސް ޖަމްއިއްޔާއެއްގ،ެ ނުވަތަ ޔޫނިއަ ނެއްގެ މެންބަރެއްގެ ގޮތުގައި ހުރި ފަރާތެއްކަމުގައި ނުވުން.
105 ވަނަ މާއްދާ - މެންބަރުކަމުގެ މުއްދަތު
(ހ) މި ގާނޫނުގެ 101 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އައްޔަންކުރާ މެންބަރަކު އެ މަގާމުގައި ދެމިހުންނާނީ އެ މެންބަރަކު އައްޔަންކުރެވޭ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ.
(ށ) މި ގާނޫނުގެ 101 ވަނަ މާއްދާގެ ދަށުން މިނިސްޓަރު އައްޔަންކުރާ މެންބަރުންގެ މެންބަރުކަމުގެ މުއްދަތަކީ، އެ މެންބަރަކު އައްޔަންކުރާ ތާރީހުން ފެށިގެން 3 (ތިނެއް) އަހަރުދުވަހެވެ. އަދި މިނިސްޓަރު ޕެނަލަށް އައްޔަންކުރާ އެއްވެސް މެންބަރަކަށް ޖެހިޖެހިގެން 2 (ދޭއް) ދައުރު ޕެނަލްގެ މެންބަރެއްގެ ގޮތުގައި ނުހުރެވޭނެއެވެ.
106 ވަނަ މާއްދާ - މައްސަލަ ބަލާ ޕެނަލް އެކުލަވާލުން
(ހ) މި ގާނޫނުގެ 101 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ދާއިމީ ޕެނަލް އެކުލަވާލެވުމުން، އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަނަށް ހުށަހެޅޭ މައްސަލަތައް ބަލަންވާނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެންބަރަކާއި، މަސައްކަތްތެރިން ރަމްޒުކޮށްދޭ ޕެނަލްގެ މެންބަރެއްގެ އިތުރުން ވަޒީފާދޭ ފަރާތްތައް ރަމްޒުކޮށްދޭ ޕެނަލްގެ މެންބަރެއް ހިމެނޭހެން މަދުވެގެން 3 (ތިނެއް) މެންބަރުންގެ ޕެނަލަކުންނެވެ. މައްސަލަ ބަލާ ޕެނަލް އެކުލަވާލާއިރު ހުށަހެޅިފައިވާ މައްސަލައާ ސީދާ ގުޅުންހުރި އެއްވެސް މެންބަރެއް އެ ޕެނަލަށް އައްޔަންކޮށްގެން ނުވާނެއެވެ.
(ށ) މި ގާނޫނުގެ 101 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ދާއިމީ ޕެނަލް އެކުލަވާލެވެންދެން މި ގާނޫނުގެ 102 ވަނަ މައްދާއާ އެއްގޮތްވާ ގޮތުގެމަތިން ވަގުތީ ޕެނަލް އައްޔަންކޮށްފައިވާ މުއްދަތުގައި، އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަނަށް ހުށަހެޅޭ މައްސަލަތައް ބަލަންވާނީ މަސައްކަތްތެރިން ރަމްޒުކޮށްދޭ ޕެނަލްގެ މެންބަރެއްގެ އިތުރުން ވަޒީފާދޭ ފަރާތްތައް ރަމްޒުކޮށްދޭ ޕެނަލްގެ މެންބަރެއް ހިމެނޭހެން މަދުވެގެން 3 (ތިނެއް) މެންބަރުންގެ ޕެނަލަކުންނެވެ.
(ނ) އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަނަށް ހުށަހެޅޭ މައްސަލަތައް ބަލާ ޕެނަލް އެކުލަވާލާއިރު، ހުށަހެޅިފައިވާ މައްސަލައާ ސީދާ ގުޅުންހުރި އެއްވެސް މެންބަރެއް އެ ޕެނަލަށް އައްޔަންކޮށްގެން ނުވާނެއެވެ.
107 ވަނަ މާއްދާ - މެންބަރުކަމުން ވަކިކުރުން
އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަންގެ ޕެނަލް މެންބަރަކަށް އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަންގެ ޕެނަލުން އެ މެންބަރަކު ވަކިކުރުމުގެ ބާރު އެ މެންބަރަކު އައްޔަންކުރި ފަރާތަށް ލިބިގެންވެއެވެ.
(ހ) ޕެނަލްގެ މެންބަރުންގެ ކިބައިގައި ހުންނަންޖެހޭ ށަރުތެއް އުނިވުން؛
(ށ) މަސައްކަތަށް ފަރުވާކުޑަކުރުމާއި، މަގުބޫލު ސަބަބެއް ނެތި ތާވަލުކުރާ އަޑުއެހުންތަކަށް ހާޒިރުނުވުން؛
(ނ) ޕެނަލްގެ މެންބަރުކަން އަދާނުކުރެވޭނެ ފަދަ އުޒުރެއް މެދުވެރިވުން.
108 ވަނަ މާއްދާ - މެންބަރުކަމުން އިސްތިއުފާދިނުން
އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަންގެ ޕެނަލް މެންބަރަކު އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، އެކަން ބަޔާންކޮށް އެ މެންބަރަކު އައްޔަންކުރި ފަރާތަށް ލިޔުމަކުން ހުށަހަޅައި، އެ ލިޔުން އެ މެންބަރަކު އައްޔަންކުރި ފަރާތަށް ލިބުމުން، އެ މެންބަރަކު އެ މަގާމުން ވަކިވީއެވެ.
109 ވަނަ މާއްދާ - ޕެނަލްގައި ހިމެނޭ މެންބަރެއްގެ މަގާމު ހުސްވުން
އެއްވެސް ސަބަބަކާ ހުރެ، ޕެނަލްގެ މެންބަރަކު މަގާމުން ވަކިވެއްޖެނަމަ، ނުވަތަ އިސްތިއުފާދީފިނަމަ، ލަސްވެގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި، އެ މަގާމަށް މީހަކު އައްޔަންކުރަންވާނެއެވެ.
110 ވަނަ މާއްދާ - ޕެނަލްގައި ހިމެނޭ މެންބަރުންގެ އެލަވަންސް
ޕެނަލްގައި ހިމެނޭ މެންބަރުންނަށް ދޭނެ އުޖޫރައެއް ނޭށަނަލް ޕޭ ކޮމިށަންގެ މަށްވަރާގެމަތިން މިނިސްޓަރު ކަނޑައަޅަންވާނެއެވެ.
111 ވަނަ މާއްދާ - ޑިވިޒަނުން މައްސަލަ ބެލުމާއި ޑިވިޒަނުން ބަލާ މައްސަލަތައް އިސްތިއުނާފުކުރުން
(ހ) އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަނަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި އަމަލުކުރާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކަށާއި އިޖުރާއަތުތަކަށެވެ.
(ށ) އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަނުން ނިންމާ މައްސަލަތައް އިސްތިއުނާފުކުރުމުގެ ހައްގު، މައްސަލައާ ގުޅުންހުރި ކޮންމެ ފަރާތަކަށްވެސް ލިބިގެންވެއެވެ.
112 ވަނަ މާއްދާ - އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަންގެ ގަވާއިދު އެކުލަވާލުން
އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަންގެ މަސައްކަތް ހިންގާ ގޮތާއި، އެ ޑިވިޒަނުން މައްސަލަތައް ބެލުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި، ޑިވިޒަނާ ގުޅޭ އެހެނިހެން ކަންކަން ހިމެނޭ ގަވާއިދު މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެކުލަވާލައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
ބާރަވަނަ ބާބު
އިންޑަސްޓްރިއަލް ފިޔަވަޅު
113 ވަނަ މާއްދާ - އިންޑަސްޓްރިއަލް ފިޔަވަޅު
މި ގާނޫނުގެ ބޭނުމަށް "އިންޑަސްޓްރިއަލް ފިޔަވަޅު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުން ނުވަތަ ކަމާބެހޭ ގާނޫނަކުން މަސައްކަތްތެރިންނަށް ލިބިދީފައިވާ ހައްގަކާ ނުވަތަ މަންފާއަކާ ގުޅިގެން، އެ ހައްގެއް ނުވަތަ މަންފާއެއް ލިބިގަތުމަށް ނުވަތަ އެކަމަށް މަގުފަހިކުރުމަށް ނުވަތަ ވަޒީފާދޭ ފަރާތާއެކު އެކުލަވާލެވިފައިވާ އެގްރީމަންޓް ރެގިއުލޭޓްކުރުމުގެ ބޭނުމުގައި ތިރީގައި ބަޔާންކުރާފަދަ ހަރަކާތެއް ހިންގުމަށެވެ.
(ހ) ލޮކްއައުޓް ނުވަތަ މަސައްކަތުން ދުރުހެލިވުން ނުވަތަ މަސައްކަތްކުރުމުން މަނާވެގަތުން ނުވަތަ މަސައްކަތްކުރުން ހުއްޓާލުން ނުވަތަ މަސައްކަތުގެ ދުވެލި މަޑުކުރުން ނުވަތަ އެނޫންވެސް ގޮތަކަށް މަސައްކަތްކުރަމުންދާ އާންމު އުސޫލަށް ބަދަލެއް ގެނައުން؛
(ށ) ސުލްހަވެރިކަމާއެކު ށުއޫރު ފާޅުކުރުމަށްޓަކައި ބޭއްވޭ ހިނގާލުންތަކާއި އެއްވުންތައް ނުވަތަ ސުލްހަވެރިކަމާއެކު ބާއްވާ ހަޅުތާލުތައް؛
(ނ) މަސައްކަތްކުރުމަށް ކަނޑައަޅާފައިވާ ރަސްމީ ގަޑި ފިޔަވައި، އިތުރު ގަޑީގެ މަސައްކަތްކުރުމުން މަނާވެގަތުން.
114 ވަނަ މާއްދާ - އިންޑަސްޓްރިއަލް ފިޔަވަޅެއް ނޭޅުމަށްޓަކައި ބިރުދެއްކުން
ވަޒީފާދޭ ފަރާތާއި މަސައްކަތްތެރިއަކާ ދެމެދުގައިވާ ދެބަސްވުމެއް ކުރިއެރުވުމުގެ ގޮތުން، ނުވަތަ މި ގާނޫނުން ލިބިދީފައިވާ އިންޑަސްޓްރިއަލް ފިޔަވަޅެއްގެ ބޭނުންކުރަން އުޅޭ ފަރާތަކަށް، އެ ފަރާތަކުން އެކަން ކުރުން ހުއްޓުވުމުގެ ގޮތުން، ނުވަތަ ބިރުދެއްކުމުގެ ގޮތުން ތިރީގައި ބަޔާންކުރާފަދަ އަމަލެއް ކުރުމަކީ މަނާކަމެކެވެ. އަދި މިފަދަ އަމަލެއް ކުރިކަން ސާބިތުވާ ފަރާތެއްގެ އަދަބަކީ، އެ ކަމެއްގައި އެ ފަރާތެއްގެ ބައިވެރިވުމަށް ބަލައި 5,000 (ފަސްހާސް) ރުފިޔާއާއި 50,000 (ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
(ހ) އެފަދަ ފަރާތަކަށް ބިރުދެއްކުމުގެ ގޮތުން ބާރުގެ ބޭނުންކޮށް، މުދަލަށް ގެއްލުންދިނުން؛
(ށ) އެފަދަ ފަރާތެއް އެއް ތަނަކުން އަނެއް ތަނަކަށް ދާ ވަގުތުތަކުގައި ފަހަތުން ދިއުމާއި ފާރަލުން؛
(ނ) އެފަދަ ފަރާތަކުން ގެންގުޅޭ ވަސީލަތްތައް، އަންނައުނު ނުވަތަ މުދާ ފޮރުވައި، އެފަދަ ތަކެތި ބޭނުންކުރުމުގައި ހުރަސްއެޅުން؛
(ރ) އެފަދަ ފަރާތަކުން ދިރިއުޅޭ ތަން ނުވަތަ މަސައްކަތްކުރާ ތަން ނުވަތަ އެ ވަގުތަކު ހުރި ތަނަކަށް ގޮސް އެ ފަރާތެއްގެ ހަރަކާތްތަކަށް ފާރަލުން ނުވަތަ އެފަދަ ތަނަކަށް ވަންނަން މަސައްކަތްކުރުން.
115 ވަނަ މާއްދާ - ޕިކެޓްކުރުން
އިންޑަސްޓްރިއަލް ފިޔަވަޅެއްގެ ގޮތުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ، މަސައްކަތްތެރިން މަސައްކަތްކުރާ ތަނަކަށް ވަނަނުދިނުމުގެ ގޮތުން، އެ މީހުންނަށް ހުރަސްއެޅުމާއި، ގާނޫނީ ސަބަބެއް ނެތި، މަސައްކަތްތެރިން މަސައްކަތްކުރާ ތަނަކަށް ވަނުން ހުއްޓުވުމަކީ މަނާކަމެކެވެ. އަދި މިފަދަ އަމަލެއް ކުރިކަން ސާބިތުވާ ފަރާތެއްގެ އަދަބަކީ، އެ ފަރާތެއްގެ ބައިވެރިވުމަށް ބަލައި 5,000 (ފަސްހާސް) ރުފިޔާއާއި 50,000 (ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. އަދި އެފަދަ އަމަލެއް ހިންގީ ޔޫނިއަނަކުންނަމަ، ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސް އެ މައްސަލަ ތަހްގީގުކުރުމަށްފަހު، އެ މައްސަލައެއް ރަޖިސްޓްރާރ އޮފް ޔޫނިއަންސްގެ ސަމާލުކަމަށް ގެންނަންވާނެއެވެ.
116 ވަނަ މާއްދާ - އިންޑަސްޓްރިއަލް ފިޔަވަޅު އެޅުމުގެ ކުރިން ނޯޓިސް ދިނުން
މަސައްކަތްތެރިއަކު، މި ގާނޫނުގެ ދަށުން އިންޑަސްޓްރިއަލް ފިޔަވަޅެއް އެޅުމުގެ ކުރިން، އެ ފިޔަވަޅެއް އެޅުމަށް ގަސްދުކުރާ ތާރީހުގެ 48 (ސާޅީސް އަށެއް) ގަޑިއިރުގެ ކުރިން އެ ފިޔަވަޅު އަޅާނެކަމުގެ ނޯޓިސް ވަޒީފާދޭ ފަރާތަށް ދޭންވާނެއެވެ.
117 ވަނަ މާއްދާ - ހަޅުތާލުކުރުމުގެ ހައްގު
(ހ) ވަޒީފާ އަދާކުރާ ފަރާތްތަކަށް ނުވަތަ މަސައްކަތްތެރިންނަށް ލިއްބައިދީފައިވާ އިޖްތިމާއ،ީ އިގްތިސާދީ އަދި އެނޫންވެސް ހައްގުތައް ހޯދުމަށް އަދި ހިމާޔަތްކުރުމަށް ގާނޫނުއަސާސީން ލިބިދީފައިވާ ހަޅުތާލުކުރުމުގެ ހައްގު މި ގާނޫނުގެ އިމުގެ ތެރޭގައި ބޭނުންހިފުން މި ގާނޫނު މަނައެއް ނުކުރެއެވެ.
(ށ) މި މާއްދާގައި އެހެން އޮތްނަމަވެސް، މި ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުން ކަލެކްޓިވް ބަރގެއިނިންގ އަކަށް ދައުވަތު ފޮނުވާފައިވަނިކޮށް، ނުވަތަ ކަލެކްޓިވް ބަރގެއިނިންގ މަރުހަލާ ކުރިއަށްދަނިކޮށް އެއްވެސް ފަރާތަކުން އިންޑަސްޓްރިއަލް ފިޔަވަޅެއްގެ ގޮތުން ހަޅުތާލުކޮށްގެން ނުވާނެއެވެ. އަދި އެހެން މީހަކު ހަޅުތާލެއްގައި ބައިވެރިވުމަށް މަޖުބޫރުކޮށްގެންވެސް ނުވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ކުރިކަން ސާބިތުވާ ފަރާތެއްގެ އަދަބަކީ، އެ ފަރާތެއްގެ ބައިވެރިވުމަށް ބަލައި 5,000 (ފަސްހާސް) ރުފިޔާއާއި 50,000 (ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
118 ވަނަ މާއްދާ - ސުލްހަވެރިކަމާއެކު މެނުވީ ހަޅުތާލުނުކުރުން
މި ގާނޫނުގެ ދަށުން އަޅާ އިންޑަސްޓްރިއަލް ފިޔަވަޅުތައް އަޅަންވާނީ، ސުލްހަވެރިކަމާއެކު، އެ ފިޔަވަޅުގައި ބައިވެރިވާ ފަރާތެއްގެ ނުވަތަ އެހެންވެސް ފަރާތެއްގެ ނަފްސަށް ނުވަތަ މުދަލަށް ގެއްލުމެއް ނުލިބޭގޮތަށެވެ.
119 ވަނަ މާއްދާ - އިންޑަސްޓްރިއަލް ފިޔަވަޅު އެޅުމާއި ހަޅުތާލުކުރުން މަނާވުން
އަންނަނިވި ހާލަތްތަކުގައި އިންޑަސްޓްރިއަލް ފިޔަވަޅެއް އަޅައިގެން ނުވަތަ ހަޅުތާލުކޮށްގެން ނުވާނެއެވެ.
(ހ) އިންޑަސްޓްރިއަލް ފިޔަވަޅު އެޅުމަށް ނުވަތަ ހަޅުތާލުކުރުމަށް ނިންމާފައިވާ މައްސަލައާ ގުޅިގެން ކަލެކްޓިވް އެގްރީމަންޓަކަށް ދިއުމަށް ވަޒީފާދޭ ފަރާތާއި މަސައްކަތްތެރިންނާ ދެމެދު މަށްވަރާ ކުރެވެމުންދިއުން؛
(ށ) އިންޑަސްޓްރިއަލް ފިޔަވަޅު އެޅުމަށް ނުވަތަ ހަޅުތާލުކުރުމަށް ނިންމާފައިވާ މައްސަލައާ ގުޅިގެން ވަޒީފާދޭ ފަރާތާއި މަސައްކަތްތެރިންނާ ދެމެދު ކަލެކްޓިވް އެގްރީމަންޓެއްގެ ދަށުން ހައްލުތަކެއް ހޯދައިދީފައިވުން؛
(ނ) އިންޑަސްޓްރިއަލް ފިޔަވަޅެއް އެޅުމާ ގުޅޭގޮތުން ޔޫނިއަންގެ އާންމު މެންބަރުންގެ މެދުގައި ނެގި ސިއްރު ވޯޓުން އާންމު މެންބަރުންގެ އަގުލަބިއްޔަތު ނުލިބުން؛
(ރ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައިވާ ގޮތުގެމަތިން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވުން؛
(ބ) އިންޑަސްޓްރިއަލް ފިޔަވަޅެއް އަޅައިފިނަމަ ނުވަތަ ހަޅުތާލުކޮށްފިނަމަ މީހަކަށް ނުވަތަ އާބާދީގެ ބޮޑު ބައެއްގެ ފުރާނައަށް ނުވަތަ ސިއްހަތަށް ގެއްލުމެއް ލިބިދާނެކަމަށް ތަސައްވަރުކުރެވުން؛
(ޅ) އިންޑަސްޓްރިއަލް ފިޔަވަޅުގައި ބައިވެރިވާ ފަރާތްތަކަކީ ރައްޔިތުންނަށް އަސާސީ ހިދުމަތެއް ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކަށްވުން؛
(ކ) މި ގާނޫނުގެ 116 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ނޯޓިހެއް ވަޒީފާދޭ ފަރާތަށް ދީފައި ނެތުން.
120 ވަނަ މާއްދާ - އިންޑަސްޓްރިއަލް ފިޔަވަޅު އެޅުމުން ށަކުވާ ހުށަހެޅުން
އެއްވެސް ފަރާތަކުން އަޅާ އިންޑަސްޓްރިއަލް ފިޔަވަޅަކާގުޅޭ ށަކުވާ ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސްއަށް ހުށަހެޅިއްޖެނަމަ، އެ މައްސަލަ ތަހްގީގުކުރުމުގެ ބާރު ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސްއަށް ލިބިގެންވެއެވެ.
121 ވަނަ މާއްދާ - އިންޑަސްޓްރިއަލް ފިޔަވަޅު އެޅުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތު
މި ގާނޫނުގެ ދަށުން އިންޑަސްޓްރިއަލް ފިޔަވަޅު އެޅުމުގައި އަމަލުކުރަންޖެހޭ އަސާސީ އިޖުރާއަތުތައް އެކުލެވޭ ގަވާއިދެއް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
ތޭރަވަނަ ބާބު
އެހެނިހެން
122 ވަނަ މާއްދާ - އެހެނިހެން އަދަބު
މި ގާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ރަޖިސްޓްރާރ އޮފް ޔޫނިއަންސް ނުވަތަ ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސް އަންގާ އެންގުންތަކަށް އަމަލުނުކޮށްފިނަމަ، ނުވަތަ މި ގާނޫނުގެ ދަށުން ވަކި ކަމެއް ކުރުމަށް ލާޒިމުކުރާ ހާލަތުގައި އެ ކަމެއް ނުކޮށްފިނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އެ ކަމެއް ކުރި ފަރާތެއް ނުވަތަ ނުކޮށް ދޫކޮށްލި ފަރާތެއް، ކަމުގެ ކުޑަބޮޑު މިނަށް ބަލައި 1,000 (އެއްހާސް) ރުފިޔާއާއި 50,000 (ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ރަޖިސްޓްރާރަށް އަދި/ނުވަތަ ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވެއެވެ.
123 ވަނަ މާއްދާ - އެހެން ގާނޫނެއްގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޔޫނިއަންތައް
(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް ރަޖިސްޓަރީކުރާނީ، އަދި ރަޖިސްޓްރޭށަނާ ގުޅޭގޮތުން އަމަލުކުރާނީ، މި ގާނޫނުގައިވާ ގޮތުގެމަތިންނެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް ރަޖިސްޓަރީކުރުމާ ގުޅޭގޮތުން އެހެން ގާނޫނެއްގައި ބަޔާންވެގެންވާ އުސޫލުތައް، މި ގާނޫނާ ތައާރުޒުވާ ނިސްބަތަކަށް ބާތިލުވީއެވެ.
(ށ) މި ގާނޫނުގެ ދަށުން ޔޫނިއަންތައް ރަޖިސްޓަރީކުރުމަށް އެކުލަވާލާ ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެހެން ގާނޫނެއްގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގަމުން އައި މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް މި ގާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަޖިސްޓްރާރ އޮފް ޔޫނިއަންސްއަށް ހުށަހަޅައިގެން ރަޖިސްޓަރީކުރަންވާނެއެވެ.
124 ވަނަ މާއްދާ - ގަވާއިދު ހެދުން
(ހ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތައް އެކުލަވާލަންވާނީ މި ގާނޫނުގެމަގްސަދުތައްކަމަށް މި ގާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއަސާސްތަކާ ހިލާފުނުވާ ގޮތަށެވެ.
(ށ) މި ގާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތަކާއި، އުސޫލުތައް ހަދާނީ މިނިސްޓްރީންނެވެ.
(ނ) މި ގާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައިނުވާހާ ހިނދަކު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގަވާއިދުތަކާއި އުސޫލުތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެކުލަވާލައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް، މިނިސްޓްރީގެވެބްސައިޓުގައި އާންމުކުރަންވާނެއެވެ.
125 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު
މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 2011-12 (ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުން ހައްލުކުރުމުގައި މުއާމަލާތްކުރުމުގެ ގަވާއިދު) އުވުނީއެވެ.
126 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރުން
މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.
127 ވަނަ މާއްދާ - މާނަކުރުން
މި ގާނޫނުގައި ލަފުޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން،ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައި އެވާ މާނަކުރުމެވެ.
(ހ) "ވަޒީފާދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތްތަކުގެ ދާއިރާގައި، މަސައްކަތެއް ކުރުމަށް ނުވަތަ ހިދުމަތެއް ދިނުމަށް ވަޒީފާދޭ ކޮންމެ މީހަކަށް ނުވަތަ ފަރާތަކަށެވެ.
(ށ) "މަސައްކަތްތެރިން" ނުވަތަ "ވަޒީފާ އަދާކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތްތަކުގެ ދާއިރާގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްތެރިއެއްގެ ގޮތުގައި ވަޒީފާ އަދާކުރާ އެއްވެސް މީހަކުނެތި އަމިއްލައަށް މަސައްކަތްކުރާ ނުވަތަ ވަޒީފާއަދާކުރާ ކޮންމެ ފަރާތަކަށެވެ.
(ނ) "މުވައްޒަފު" ކަމަށް ބުނެފައި އެވަނީ، ވަޒީފާއާބެހޭ ގާނޫނުގައި އެ ލަފުޒު މާނަކޮށްފައިވާ ގޮތަށެވެ.
(ރ) "މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަޖިސްޓަރީކޮށްގެން، މެންބަރުންގެ ހައްގުތަކާއި މަސްލަހަތުތައް ކުރިއަރުވައިހިމާޔަތްކުރުމުގެ މަގްސަދުގައި އުފައްދާ މަސައްކަތްތެރިންގެ ޔޫނިއަންތަކަށެވެ.
(ބ) "ވަޒީދޭ ފަރާތްތަކުގެ ޔޫނިއަން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަޖިސްޓަރީކޮށްގެން، މެންބަރުންގެ ހައްގުތަކާއި މަސްލަހަތުތައް ކުރިއަރުވައި ހިމާޔަތްކުރުމުގެ މަގްސަދުގައި އުފައްދާ ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތަކަށެވެ.
(ޅ) "ޔޫނިއަން" ކަމަށް ބުނެފައި އެވަނީ، ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތަކާއި މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކަށެވެ.
(ކ) "ކަލެކްޓިވް އެގްރީމަންޓް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ކަލެކްޓިވް ބަރގެއިނިންގއަކުން ވާސިލުވާ އެއްބަސްވުންތަކަށެވެ.
(އ) "ޓްރައިޕަރޓައިޓް ލޭބަރ ޑައިލޮގް" ކަމަށް ބުނެފައި އެވަނީ، މަސައްކަތްތެރިން ތަމްސީލުކުރާ ފަރާތްތަކާއި، ވަޒީފާދޭ ފަރާތްތައް ތަމްސީލުކުރާ ފަރާތްތަކާއި ސަރުކާރު ތަމްސީލުކުރާ ފަރާތްތައް ހިމެނޭހެން ބާއްވާ މަށްވަރާ ބައްދަލުވުންތަކަށެވެ.
(ވ) "ކަލެކްޓިވް ބަރގެއިނިންގ" ކަމަށް ބުނެފައި އެވަނީ، ރަޖިސްޓަރީކޮށްގެން ހިންގާ މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތައް ނުވަތަ ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތަކުގެ މެދުގައި ވަޒީފާއާ ގުޅުންހުރި ކަންކަމާ ގުޅޭގޮތުން ވަކި ކަމެއް ހާސިލުކުރުމަށް ކުރާ ބަރގެއިނިންގ ނުވަތަ މުއާމަލާތްތަކާއި މަށްވަރާތަކަށެވެ.
(މ) "ރަޖިސްޓްރާރ އޮފް ޔޫނިއަންސް" ނުވަތަ "ރަޖިސްޓްރާރ" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ޔޫނިއަންތައް ރަޖިސްޓަރީކުރުމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ފަރާތަށެވެ.
(ފ) "ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސް" ނުވަތަ "ޑިރެކްޓަރ ޖެނެރަލް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ލޭބަރ ރިލޭށަންސް އޮތޯރިޓީގައި، އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ކަންކަން ނިންމުމުގައި އެންމެ އިސްފަރާތުގެ ގޮތުގައި މިނިސްޓަރު އައްޔަންކުރާ ފަރާތަށެވެ.
(ދ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، މަސައްކަތްތެރިންނާގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.
(ތ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މަސައްކަތްތެރިންނާގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(ލ) "އަސާސީ ހިދުމަތްތައް" ކަމަށް ބުނެފައި އެވަނީ، ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ހިދުމަތްތަކަށެވެ.
(ގ) "ޔޫނިއަންގެ ދުސްތޫރު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރާ ޔޫނިއަންތަކުގެ އަސާސީ ގަވާއިދަށެވެ.
(ޏ) "ޔޫނިއަންގެ އުސޫލުތައް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރާ ޔޫނިއަންތަކުގެ އަސާސީ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ޔޫނިއަންގެ ހިންގުމާ ގުޅިގެން އެކުލަވާލާ އުސޫލުތަކަށެވެ.
(ސ) "ޓްރައިބިއުނަލް" ކަމަށް ބުނެފައި އެވަނީ، ވަޒީފާއާބެހޭ މައްސަލަތައް ބެލުމަށް، ވަޒީފާއާބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާވަޒީފާއާބެހޭ ޓްރައިބިއުނަލަށެވެ.
(ޑ) "މަސައްކަތްކުރާ ތަން" ކަމަށް ބުނެފައި އެވަނީ، ވަރކްޕްލޭސް ބަރގެއިނިންގގައި ބައިވެރިވާ ނުވަތަ ތަމްސީލުކުރާ ނުވަތަ އެނޫންވެސް މަސައްކަތްތެރިން އާންމުކޮށް ވަޒީފާ އަދާކުރާ ތަނަށެވެ.
(ޒ) "ސަރވިސް އެޑްރެސް" ކަމަށް ބުނެފައި އެވަނީ، ޔޫނިއަނަކުން އެ ފަރާތެއްގެ ސަރވިސް އެޑްރެހުގެ ގޮތުގައި ގާއިމުކުރ،ާ މި ގާނޫނުގެ ދަށުން އެ ފަރާތަކަށް ފޮނުވަންޖެހޭ ނޯޓިހާއި ގާނޫނީ ލިޔެކިޔުން ފޮނުވުމަށާއި އެހެނިހެން މުއާމަލާތްތައް ކުރުމަށާއި، އެފަދަ ނޯޓިހާއި ލިޔެކިޔުން އެ އެޑްރެހަކުން ބަލައިގަތުމަށް ކަނޑައަޅައި، ޔޫނިއަންތަކުގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ ސަރވިސް އެޑްރެހަށެވެ.
(ޓ) "ހާއްސަ ގަރާރު" ކަމަށް ބުނެފައި އެވަނީ، ޔޫނިއަންގެ މެންބަރުންގެ އާންމު ޖަލްސާއެއްގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މެންބަރުންގެ ތެރެއިން %75 (ހަތްދިހަ ފަހެއް އިންސައްތަ) މެންބަރުންގެ ތާއީދާއެކު ނިންމާ ނިންމުމަކަށެވެ.
(ޔ) "ވަޒީފާއާބެހޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު)، އަދި އެ ގާނޫނަށް ގެނެވޭ އެންމެހައި އިސްލާހުތަކާއި، އެ ގާނޫނު އުވާލެވޭ ހިނދެއްގައި އެ ގާނޫނުގެ ދާއިރާއާ ގުޅޭގޮތުން އަލަށް އެކުލަވާލެވޭ އެންމެހައި ގާނޫނުތައް ހިމެނޭގޮތުންނެވެ.
ކިޔުންތެރިންގެ ހިޔާލު