-

ޓެކްސީ ގަވާއިދު (ގަވާއިދު ނަންބަރު 2022-132) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2024-85)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 17 ސެޕްޓެމްބަރު 2024 ގައި)

 

ޓެކްސީ ގަވާއިދު (ގަވާއިދު ނަންބަރު 2022-132) އަށް، އަަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ ވަނަ މާއްދާގެ (ނ) ގެ (4) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ގޮތަށް 5 ވަނަ ނަންބަރު އިތުރުކުރުން.

5. ލައިސަންސް ދޫކުރުމަށް އެދޭ އުޅަނދަކީ މި ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން ލައިސަންސް ލިބިފައިވާ ޓެކްސީ ސެންޓަރެއްގައި ލިސްޓުކޮށްފައިވާ އުޅަނދެއްކަމުގައި ވުން؛

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ ވަނަ މާއްދާގެ (ރ) ގެ (4) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ގޮތަށް (5) ވަނަ ނަންބަރު އިތުރުކޮށް، ނަންބަރުތައް ތަރުތީބުކުރުން.

5. ލައިސަންސް ދޫކުރުމަށް އެދޭ އުޅަނދަކީ ޓެކްސީ ސެންޓަރެއްގައި ލިސްޓުކޮށްފައިވާ އުޅަނދެއްކަން އަންގައިދޭ ލިޔުން؛

 

2 ވަނަ މާއްދާ - މި ގަވާއިދަށް ޢަމަލުކުރަން ފެށުމުނ،ް ގަވާއިދު ނަންބަރު 2023-157 (ޓެކްސީ ގަވާއިދު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު އުވުނީއެވެ.

 

މައި ގަވާއިދު

ޓެކްސީ ގަވާއިދު (ގަވާއިދު ނަންބަރު 2022-132)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ޓެކްސީ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2022-132)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު