-

ޓެކްސީ ގަވާއިދު (ގަވާއިދު ނަންބަރު 2022-132) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-157)

(މި ގަވާއިދަށް އަމަލުކުރަން ފެށީ/ފަށާނީ 18 އޮކްޓޫބަރު 2023 ގައި)

 

ޓެކްސީ ގަވާއިދު (ގަވާއިދު ނަންބަރު 2022-132) އަށް، އަަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާގެ (ނ) ގެ (5) ވަނަ ނަންބަރު އުނިކުރުން.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާގެ (ރ) ގެ (5) ވަނަ ނަންބަރު އުނިކުރުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 42 ވަނަ މާއްދާގެ ފަހަތަށް 43 ވަނަ މާއްދާގެ ގޮތުގައި އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

ޑިޖިޓަލް ލައިސަންސް އަދި ލައިސަންސް ކާޑު ދޫކުރުން 43.

މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު، މި ގަވާއިދުގެ ދަށުން ދޫކުރެވޭ ލައިސަންސްތަކަށް ޑިޖިޓަލް ލައިސަންސް ތައާރުފުކުރުމާއި، ލައިސަންސް ކާޑު ދޫކުރުމުގެ އިހްތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދަށް އިތުރުކުރެވޭ މާއްދާތަކާ ގުޅިގެން ގަވާއިދުގެ ނަންބަރުތައް ތަރުތީބުކުރުން.

 

5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާތާ 30 (ތިރީސް) ދުވަސް ފާއިތުވުމުންނެވެ.

 

މައި ގަވާއިދު

ޓެކްސީ ގަވާއިދު (ގަވާއިދު ނަންބަރު 2022-132)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ޓެކްސީ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2022-132)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު