ކަސްޓަމްސްގެ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2011-41) އަށް 13 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2024-55)
(މި އުސޫލަށް އަމަލުކުރަން ފެށީ 13 ޖޫން 2024 ގައި)
ގަވާއިދު ނަންބަރު 2011-41 (ކަސްޓަމްސްގެ އާންމު ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ރ) އަންނަނިވިގޮތަށް އިސްލާހުކުރުމާއި، އެ މާއްދާގެ (ހޅ) ގެ ފަހަތަށް (ހކ) އާއި، (ހއ) އާއި، (ހވ) އާއި، (ހމ) އާއި، (ހފ) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރު އިތުރުކުރުން.
މާނަކުރުން 5.
(ރ) ލިޔުމުން ތަކެތި ހުށަހެޅުމާއި ލިޔުމުން އެންގުމުގެ މާނައިގައި، އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ތަކެތި ހުށަހެޅުމާއި އެންގުން ވެސް ހިމެނޭނެއެވެ.
(ހކ) "ކާގޯ އޭޖެންޓު" ކަމުގައި ބުނެފައި އެވަނީ، ރާއްޖެއަށް މުދާ ގެނައުމުގައި ނުވަތަ ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގައި ފްރައިޓް ފޯވަރޑަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ޕޯސްޓުގެ ހިދުމަތް ނުވަތަ ކޫރިއަރ ހިދުމަތް ފޯރުކޮށްދޭ އެންމެހައި ފަރާތްތަކަށެވެ.
(ހއ) "ފްރައިޓް ފޯވަރޑަރުން" ކަމުގައި ބުނެފައި އެވަނީ، ގަވާއިދު ނަންބަރު 2020-115 (ވިޔަފާރި ހަރަކާތްތައް ރަޖިސްޓަރީ ކުރުމުގެ ގަވާދު: ފްރެއިޓް ފޯވަރޑިންގގެ ހިދުމަތްތައް) ގެ ދަށުން ރަޖިސްޓަރީކުރާ ފަރާތްތަކާއި ގަވާއިދު ނަންބަރު 2020-114 (ށިޕިންގ އޭޖެންސީއާބެހޭ ގަވާއިދު) ގެ ދަށުން އުޅަނދުފަހަރުގެ އެޖެންޓުގެ ހައިސިއްޔަތުން ފްރައިޓް ފޯވަރޑިންގގެ ދައުރު އަދާކުރާ ފަރާތްތަކަށެވެ.
(ހވ) "ކޫރިއަރ އޮޕަރޭޓަރުން" ކަމުގައި ބުނެފައި އެވަނީ، އިމްޕޯޓްކުރާ މުދަލާއި އެކްސްޕޯޓްކުރާ މުދަލާ ގުޅިގެން، ބައިނަލްއަގުވާމީ ދަތުރުފަތުރުގައި ހިމެނޭ އަވަހަށް ފޯރުކޮށްދޭންޖެހޭ ލިޔެކިޔުމާއި ދޮރުން ދޮރަށް މުދާ
ފޯރުކޮށްދިނުމުގެ ހިދުމަތް ދިނުމަށް ޓަކައި ކަސްޓަމްސްގައި ރަޖިސްޓަރީކޮށްދީފައިވާ އެންމެހައި ފަރާތްތަކަށެވެ. މިގޮތުން ކޫރިއަ އޮޕަރޭޓަރުންގެ ގޮތުގައި ބަލާނީ، އިންޓަރނޭށަނަލް ކުރިއަރ އޮޕަރޭޓަރ ތަމްސީލުކުރާ ރާއްޖޭގެ ފަރާތްތަކާއި އިންޓަރނޭށަނަލް ކުރިއަހިދުމަތްދޭ ދިވެހިރާއްޖޭގެ ފަރާތްތަކަށެވެ.
(ހމ) "ޑިކްލަރެންޓް" ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުނކަސްޓަމްސްއަށް ގުޑްސް ޑިކްލަރޭށަން ފޯމު ހުށަހަޅާ ފަރާތްތަކަށެވެ.
(ހފ) "އުޅަނދުފަހަރުގެ އޭޖެންޓު" ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރ،ާ ކަނޑު އުޅަނދުފަހަރުގެ އޭޖެންޓުން (ށިޕިންގ އޭޖެންޓު) ނާއި، ވައިގެ އުޅަނދުފަހަރުގެ އޭޖެންޓުން (އެއަރކްރާފްޓް އޮޕަރޭޓަރ ނުވަތަ އެއަރކްރާފްޓް އޮޕަރޭޓަރުގެ އޮތޮރައިޒްޑް އޭޖެންޓު) ނަށެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ތ) އަންނަނިވި ގޮތަށް އިސްލާހުކުރުމާއި، (ތ) ގެ ފަހަތަށް (ލ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.
ބަނދަރު ހިންގާ ފަރާތުގެ ޒިންމާ 7.
(ތ) ބަނދަރުތަކުން އުޅަނދުފަހަރަށް އަރުވާ މުދަލާއި އުޅަނދުފަހަރުން ބާލާ މުދަލުގެ ޓެލީ ށީޓް ޓެލީކޮށް ނިމުމާއެކު، ބަނދަރު ހިންގާ ފަރާތުން އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށް ކަސްޓަމްސްއަށް ފޮނުވަންވާނެއެވެ.
(ލ) ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރު ރާއްޖޭގެ ބަނދަރަކަށް އަންނަ ވަގުތުން ފެށިގެން 2 (ދޭއް) ގަނޑިއިރުގެ ތެރޭގައި، އެ އުޅަނދެއް އައި ވަގުތު، އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށް ނުވަތަ ލިޔުމުން ކަސްޓަމްސްއަށް އަންގަންވާނެއެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
އިމްޕޯޓްކުރާ މުދަލުގެ މައުލޫމާތު ހުށަހެޅުން 24.
(ށ) ޕޯސްޓުން ނުވަތަ ކޫރިއަރ ސަރވިސް މެދުވެރިކޮށް ގެންނަ ތަކެތީގެ ތެރެއިން ޑިއުޓީ ދައްކަންޖެހޭ ތަކެއްޗާ ގުޅޭގޮތުން ކަސްޓަމްސްއާ މުއާމަލާތު ކުރަންވާނީ މުދަލުގެ ވެރިފަރާތުންނެވެ. އަދި ވެރިފަރާތުން ބޭނުންވެއްޖެނަމަ، ވެރިފަރާތުގެ ބަދަލުގައި މުއާމަލާ ތުކުރުމަށް މި ގަވާއިދުގެ 9 ވަނަ ބައިގެ އެއްވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކަސްޓަމްސްގެ ބްރޯކަރެއް އައްޔަނު ކުރެވިދާނެއެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 25 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ޕޯސްޓުން ނުވަތަ ކޫރިއަރ ސަރވިސް މެދުވެރިކޮށް ގެންނަ ތަކެތީގެ މެނިފެސްޓް ހުށަހެޅުމާއި ތަކެތި ބޮންޑުކުރުން 25.
(ހ) ޕޯސްޓުން ނުވަތަ ކޫރިއަރ ސަރވިސް މެދުވެރިކޮށް ގެންނަ ތަކެތީގެ ކާގޯ މެނިފެސްޓުގެ ހައުސް ބިލް އޮފް ލޭޑިންގ ނުވަތަ ހައުސް އެއަރވޭ ބިލްތަކުގެ މައުލޫމާތު، މި ގަވާއިދުގެ 85 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ޕޯސްޓުގެ ހިދުމަތްދޭ ފަރާތުން ނުވަތަ ކޫރިއަރ އޮޕަރޭޓަރުން ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ މެނިފެސްޓުގައިވާ މުދަލުގެ ތެރެއިން، ޕޯސްޓުގެ ހިދުމަތްދޭ ފަރާތަށް ނުވަތަ ކޫރިއަރ އޮޕަރޭޓަރުންނަށް ވަގުތުން ދޫކުރުމަށް ކަނޑައެޅޭ މުދާ ދޫކުރެވޭނީ، މުދާ ދޫކުރުމުގެ ބޭނުމަށް ބަނދަރު ހިންގާ ފަރާތުން ނުވަތަ މުދާ ބަލަހައްޓާ ފަރާތުން ދޫކުރާ ލިޔުން، ޕޯސްޓުގެ ހިދުމަތްދޭ ފަރާތުން ނުވަތަ ކޫރިއަރ އޮޕަރޭޓަރުން ކަސްޓަމްސްއަށް ހުށަހެޅުމުންނެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން މުދާ ބަލައި ފާސްކުރާ މަރުހަލާގައި، ޕޯސްޓުގެ ހިދުމަތްދޭ ފަރާތަށް ނުވަތަ ކޫރިއަރ އޮޕަރޭޓަރުންނަށް ވަގުތުން ދޫކުރެވޭ މުދާ ދޫކުރުމަށްފަހު، ކަސްޓަމްސްއިން އިތުރަށް ބަލަންޖެހޭ މުދާ ބޮންޑްކުރެވޭނެއެވެ. އަދި މި މާއްދާގެ ދަށުން ވަގުތުން ދޫކުރެވޭ މުދަލާއި، ބޮންޑުކުރެވޭ މުދަލާއި އަދި ބޮންޑުކުރުމަށްފަހު ދޫކުރެވޭ މުދަލުގެ އެންމެހައި މައުލޫމާތު ކަސްޓަމްސްއިން ބަލަހައްޓަންވާނެއެވެ.
(ރ) މި މާއްދާގެ ދަށުން މުދާ ބަލައި ފާސްކުރާ މަރުހަލާގައި، މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ކާގޯ މެނިފެސްޓުގައި ނުހިމެނޭ ތަކެތި ފެނިއްޖެ ނަމަ، މި ގަވާއިދުގެ 550 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މި މާއްދާގެ (ހ) ގެ ދަށުން، މެނިފެސްޓް ހުށަހެޅި ފަރާތް ޖޫރިމަނާ ކުރެވޭނެއެވެ.
5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 58 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
އުޅަނދު އައުމާއެކު ކަސްޓަމްސްއަށް އެންގުން 58.
ރާއްޖެއިން ބޭރުން ރާއްޖެއަށް އަންނަ އުޅަނދުފަހަރު ރާއްޖޭގެ ބަނދަރަކަށް އައުމާއެކު، ބަނދަރު ހިންގާ ފަރާތުންނާއި އުޅަނދުގެ ވެރިފަރާތުން ނުވަތަ ށިޕިންގ އޭޖެންޓު ނުވަތަ އެއަރކްރާފްޓް އޮޕަރޭޓަރު ނުވަތަ އެއަރކްރާފްޓް ޮޕަރޭޓަރުގެ އޮތޮރައިޒްޑް އޭޖެންޓު ނުވަތަ މާސްޓަރު ނުވަތަ ޕައިލަޓް-އިނ-ްކޮމާންޑް، ކަސްޓަމްސްއަށް އެކަން އަންގަންވާނެއެވެ.
6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 62 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ކަނޑުމަގުން އަންނަ އުޅަނދުފަހަރުގެ މައުލޫމާތު ހުށަހެޅުން 62.
(ހ) ކަނޑުމަގުން ރާއްޖެއަށް އަންނަ އުޅަނދުފަހަރުގެ ތެރެއިން، އޭޖެންޓަކު ހަމަޖައްސައިގެން އަންނަ އުޅަނދުފަހަރު، މި ގަވާއިދުގެ 85 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވަގުތުގެ ކުރިން، މި ގަވާއިދުގެ ޖަދުވަލު 8 ގައި ބަޔާންކޮށްފައިވާ، "ވެސެލް އެރައިވަލް އިންފޮމޭށަން ފޯމު" ފުރިހަމަކުރުމަށްފަހު، އެ އުޅަނދެއްގެ އޭޖެންޓު، ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ. އަދި އެ ފޯމާއެކު، އެ އުޅަނދެއްގެ ފަސިންޖަރުންނާއި ކުރޫއިންގެ ލިސްޓު، އެ އުޅަނދެއްގެ އޭޖެންޓު، ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ. އޭޖެންޓަކު ނެތި ރާއްޖެއަށް އަންނަ އުޅަނދުފަހަރުގެ ފަސިންޖަރުންނާއި ކުރޫ ލިސްޓް ކަސްޓަމްސްއަށް ހުށަހަޅާނީ ކްލިއަރެންސް ދޭ ގަޑީގައެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ކަމުގައި ވިޔަސް، ރާއްޖެ އަންނަ 15 (ފަނަރަ) މީޓަރަށްވުރެ ކުޑ،ަ ފަތުރުވެރިކަމުގެ އުޅަނދުފަހަރު، މި ގަވާއިދުގެ 85 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވަގުތުގެ ކުރިން، "ވެސެލް އެރައިވަލް އިންފޮމޭށަން ފޯމު" ފުރިހަމަކޮށްފައި ހުށަނޭޅޭ ހާލަތުގައި، މި ފޯމު ހުށަނޭޅުނު ސަބަބު ބަޔާންކޮށް ހުށަހަޅާ ލިޔުމާއެކު ކްލިއަރެންސް ހޯދުމަށް އެދި ހުށަހަޅަންވާނެއެވެ.
(ނ) އުޅަނދު ރާއްޖެއަށް އަންނާނެ ވަގުތަށް އަންނަ ބަދަލުތައް، ކަސްޓަމްސްއިން ކަނޑައަޅާ ވަސީލަތެއް މެދުވެރިކޮށް، ކަސްޓަމްސްއަށް
އަންގަމުން ގެންދަންވާނެއެވެ.
7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 83 ވަނަ މާއްދާގެ (ހ) އާއި (ށ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން (ނ) އާއި، (ރ) އާއި، (ބ) އާއި (ޅ) އިތުރުކުރުން.
މެނިފެސްޓް ހުށަހަޅާ ފަރާތްތަކުގެ ޒިންމާ 83.
(ހ) ރާއްޖެއަށް އަންނަ އުޅަނދުފަހަރާއި ރާއްޖެއިން ފުރާ އުޅަނދުފަހަރުގެ އިންވާޑް ކާގޯ މެނިފެސްޓާއި އައުޓްވާރޑް ކާގޯ މެނިފެސްޓުގެ މައުލޫމާތުތަކާ ގުޅިގެން ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުރުމަކީ، ށިޕިންގ ޭޖެންޓު ނުވަތަ އެއަރކްރާފްޓް އޮޕަރޭޓަރު ނުވަތަ އެއަރކްރާފްޓް އޮޕަރޭޓަރުގެ އޮތޮރައިޒްޑް އޭޖެންޓު ނުވަތަ މާސްޓަރު ނުވަތަ ޕައިލަޓް-އިނ-ްކޮމާންޑުގެ ޒިންމާއެކެވެ.
- ކަނޑުމަގުންނާއި ވައިގެމަގުން ރާއްޖެއަށް އެތެރެކުރާ މުދަލާއި، ރާއްޖެއިން ބޭރުކުރާ މުދަލާއި، އަދި ދިވެހިރާއްޖެއަށް ބާލަންޖެހޭ ހުރިހާ މުދަލެއްގެ ސައްހަ މައުލޫމާތު ހިމެނޭ އިންވާރޑް އައުޓްވާރޑް ކާގޯ މެނިފެސްޓާއި އައުޓްވާރޑް ކާގޯ މެނިފެސްޓް، ކަސްޓަމްސްއަށް ހުށަހެޅުން؛
- މި ގަވާއިދުގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތާ ގުޅުންހުރި އިތުރު މައުލޫމާތެއް ހުށަހެޅުމަށް އަންގައިފިނަމަ، އެ މައުލޫމާތެއް ހުށަހަޅުން؛
- ކަނޑުމަގުންނާއި ވައިގެމަގުން ރާއްޖެ ގެންނަ ޓްރާންސިޓް ނުވަތަ ޓްރާންށިޕްމަންޓް މުދަލުގެ އިންވާރޑް ކާގޯ މެނިފެސްޓާއި، ކަނޑުމަގުންނާއި ވައިގެމަގުން ރާއްޖެއިން ގެންދާ މުދަލުގެ އައުޓްވާރޑް ކާގޯ މެނިފެސްޓް ކަސްޓަމްސްއަށް ހުށަހެޅުން؛
- މެނިފެސްޓް ހުށަހެޅުމަށްފަހު، މެނިފެސްޓަށް ގެންނަ އުނިއިތުރު ކަސްޓަމްސްއަށް އެންގުން؛
- މެނިފެސްޓް ހުށަހެޅުމަށްފަހު، އެއްވެސް ސަބަބަކާހުރެ މެނިފެސްޓް ކެންސަލްވާނަމަ، ކަސްޓަމްސްއަށް އެކަން އެންގުން؛
- އުޅަނދުގައި ކާގޯގެ ގޮތުގައި އެއްވެސް މުދަލެއް ނެތް ނަމަ، ކަސްޓަމްސްއަށް އެކަން އެންގުން؛
- އިންވާރޑް ކާގޯ މެނިފެސްޓާއި އައުޓްވާރޑް ކާގޯ މެނިފެސްޓާ ގުޅޭގޮތުން ކުރާ އެކިއެކި ޖޫރިމަނާ ދެއްކުން.
(ށ) ކާގޯ އޭޖެންޓެއް މެދުވެރިކޮށް ގެންނަ މުދަލެއް ނުވަތަ ފޮނުވާ މުދަލެއް ކާގޯ މެނިފެސްޓުގައި ހިމެނޭ ނަމަ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ވަގުތުގެ ތެރޭގައި މާސްޓަރ ބިލް އޮފް ލޭޑިންގ ނުވަތަ މާސްޓަރ އެއަރވޭ ބިލްތަކުގެ މައުލޫމާތު ފުރިހަމަ ކުރުމަށް ޓަކައި މާސްޓަރ ބިލް އޮފް ލޭޑިންގ ނުވަތަ މާސްޓަރ އެއަރވޭ ބިލްގެ ދަށުން ހިމެނެނީ ކިތައް ައުސް ބިލް އޮފް ލޭޑިންގ ނުވަތަ ހައުސް އެއަރވޭ ބިލްކަން، ކާގޯ އޭޖެންޓު، އުޅަނދުގެ އޭޖެންޓަށް އަންގަންވާނެއެވެ.
(ނ) ކާގޯ އޭޖެންޓެއް މެދުވެރިކޮށް ގެންނަ ނުވަތަ ފޮނުވާ މުދަލެއް ކާގޯ މެނިފެސްޓުގައި ހިމެނޭނަމަ، މާސްޓަރ ބިލް އޮފް ލޭޑިންގ ނުވަތަ މާސްޓަރ އެއަރވޭ ބިލްތަކުގެ މައުލޫމާތު، އުޅަނދުގެ އޭޖެންޓު، ކަސްޓަމްސްއަށް ހުށަހެޅުމަށްފަހު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ވަގުތުގެ ތެރޭގައި ހައުސް ބިލް އޮފް ލޭޑިންގ ނުވަތަ ހައުސް އެއަރވޭ ބިލްތަކުގެ މައުލޫމާތު ހުށަހެޅުމަށް ޓަކައި އުޅަނދުގެ އޭޖެންޓު، ކާގޯ އޭޖެންޓަށް އަންގަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކާގޯ އޭޖެންޓެއް މެދުވެރިވެގެން ގެންނަ މުދަލުގެ އިންވާޑް ކާގޯ މެނިފެސްޓުގެ ނުވަތަ އައުޓްވާޑް ކާގޯ މެނިފެސްޓުގެ ހައުސް ބިލް އޮފް ލޭޑިންގ ނުވަތަ ހައުސް އެއަރވޭ ބިލްތަކުގެ މައުލޫމާތާ ގުޅޭގޮތުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޒިންމާތައް އަދާކުރާނީ ކާގޯ އޭޖެންޓެވެ.
(ބ) މި މާއްދާގެ (ރ) ގެ ދަށުން ހައުސް ބިލް އޮފް ލޭޑިންގ ނުވަތަ ހައުސް އެއަރވޭ ބިލްތަކުގެ މައުލޫމާތު ހުށަހަޅާއިރު، އެ މުދަލުގެ މާސްޓަރ ބިލް އޮފް ލޭޑިންގއަށް ނުވަތަ މާސްޓަރ އެއަރވޭ ބިލަށް ހަވާލާ ދޭންވާނެއެވެ.
(ޅ) އޭޖެންޓަކު ހަމަނުޖައްސައި ރާއްޖެއަށް އަންނަ އުޅަނދުފަހަރާއި ރާއްޖެއިން ފުރާ އުޅަނދުފަހަރާ ގުޅޭގޮތުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުމަކީ، އުޅަނދުގެ ވެރިފަރާތުގެ ނުވަތަ މާސްޓަރުގެ ނުވަތަ ޕައިލަޓް-އިން-ކޮމާންޑުގެ ޒިންމާއެކެވެ.
8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 84 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
އިންވާރޑް ކާގޯމެނިފެސްޓާއި އައުޓްވާރޑް ކާގޯ މެނިފެސްޓް ހުށަހަޅަންޖެހޭ ގޮތް 84.
ކަނޑުމަގުންނާއި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރާ މުދަލާއި ބޭރުކުރާ މުދަލުގެ އިންވާރޑް ކާގޯ މެނިފެސްޓާއި އައުޓްވާރޑް ކާގޯ މެނިފެސްޓް، ކަސްޓަމްސްއިން ކަނޑައަޅާ ފޯމެޓާ އެއްގޮތަށް އިލެކްޓްރޯނިކްކޮށް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާ މެނިފެސްޓް ހުށަހަޅަންވާނީ އިނގިރޭސިބަހުންނެވެ.
9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 85 ވަނަ މާއްދާގެ އަރިމަތީ ސުރުހީއާއި އެ މާއްދާގެ (ހ) އާއި (ށ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާއަށް (ނ) އިތުރުކުރުން.
ކަނޑުމަގުންނާއި ވައިގެ މަގުން އަންނަ އުޅަނދުފަހަރުގެ އިންވާރޑް ކާގޯ މެނިފެސްޓް ހުށަހަޅަންޖެހޭ ފަރާތްތަކާއި ވަގުތު 85.
ކަނޑުމަގުންނާއި ވައިގެމަގުން އުޅަނދެއް ރާއްޖެ އައުމުގެ ކުރިން، އިންވާޑް ކާގޯ މެނިފެސްޓް ކަސްޓަމްސްއަށް ހުށަހަޅަންޖެހޭ ފަރާތްތަކާއި ވަގުތުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ)
- ކަނޑުމަގުން އުޅަނދެއް ރާއްޖެ އައުމުގެ ކުރިން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިންވާޑް ކާގޯ މެނިފެސްޓް، ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ. މިގޮތުން މެނިފެސްޓް ހުށަހެޅޭނީ، މި ގަވާއިދުގެ ސޯޅަވަނަ ބައިގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ށިޕިންގ އޭޖެންޓުންނާއި ކާގޯ އޭޖެންޓު ނުވަތަ އުޅަނދުގެ މާސްޓަރަށެވެ.
- ވައިގެމަގުން އުޅަނދެއް ރާއްޖެ އައުމުގެ ކުރިން، މި ގަވާއިދުގައިވާ ގޮތުގެ މަތީން އިންވާޑް ކާގޯ މެނިފެސްޓް، ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ. މިގޮތުން މެނިފެސްޓުގެ މައުލޫމާތު ހުށަހެޅޭނީ، މި ގަވާއިދުގެ ސޯޅަވަނަ ބައިގެ ދަށުން ރަޖިސްޓަރީކޮށްފައިވާ އެއަރކްރާފްޓް އޮޕަރޭޓަރަށް ނުވަތަ އެއަރކްރާފްޓް އޮޕަރޭޓަރުގެ އޮތޮރައިޒްޑް އޭޖެންޓަށް ނުވަތަ ކާގޯ އޭޖެންޓަށް ނުވަތަ ޕައިލަޓް- އިނ-ްކޮމާންޑަށެވެ.
(ށ)
- ކަނޑުމަގުން ރާއްޖެ އަންނަ އުޅަނދުފަހަރު، އެ އުޅަނދު އެންމެފަހުން ފުރި ބަނދަރަކުން ފުރައިގެން ރާއްޖެ އައުމަށް ހޭދަވާ ވަގުތު 72 (ހަތްދިހަދޭއް) ގަޑިއިރަށްވުރެ މަދު ނަމަ، އެންމެފަހުން ހުށަހެޅި އެސްޓިމޭޓެޑް ޓައިމް އޮފް އެރައިވަލްގެ ކުރިން ލިޔުންތައް ހުށަހަޅަންވީގޮތް ތިރީގައި މިވަނީއެވެ.
- މާސްޓަރ ބިލް އޮފް ލޭޑިންގއާއި ބިލް އޮފް ލޭޑިންގތަކުގެ ކާގޯ މެނިފެސްޓް، ށިޕިންގ އޭޖެންޓު ނުވަތަ އުޅަނދުގެ މާސްޓަރު، 10 (ދިހައެއް) ގަޑިއިރުގެ ކުރިން ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.
- ހައުސް ބިލް އޮފް ލޭޑިންގތަކުގެ މައުލޫމާތު، މުދަލުގެ ކާގޯ އޭޖެންޓު، 5 (ފަހެއް) ގަޑިއިރުގެ ކުރިން ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.
- ކަނޑުމަގުން ރާއްޖެ އަންނަ އުޅަނދުފަހަރު، އެ އުޅަނދު އެންމެފަހުން ފުރި ބަނދަރަކުން ފުރައިގެން ރާއްޖެ އައުމަށް ހޭދަވާ ވަގުތު 72 (ހަތްދިހަދޭއް) ގަޑިއިރަށްވުރެ އިތުރުވާ ނަމަ، އެންމެފަހުން ހުށަހެޅި އެސްޓިމޭޓެޑް ޓައިމް އޮފް އެރައިވަލްގެ ކުރިން ލިޔުންތައް ހުށަހަޅަންވީގޮތް ތިރީގައި މިވަނީއެވެ.
- މާސްޓަރ ބިލް އޮފް ލޭޑިންގ ތަކުގެ މައުލޫމާތު، ށިޕިންގ އޭޖެންޓު ނުވަތަ އުޅަނދުގެ މާސްޓަރު، 48 (ސާޅިސްއަށެއް) ގަޑިއިރުގެ ކުރިން ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.
- ހައުސް ބިލް އޮފް ލޭޑިންގތަކުގެ މައުލޫމާތު، މުދަލުގެ ކާގޯ އޭޖެންޓު، 24 (ސައުވީސް) ގަޑިއިރުގެ ކުރިން ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.
- ވައިގެމަގުން ރާއްޖެއަށް އަންނަ އުޅަނދުފަހަރު، އެ އުޅަނދުއެންމެ ފަހުން ފުރި ބަނދަރަކުން ފުރައިގެން ރާއްޖެއަށް އައުމަށް ހޭދަވާ ވަގުތު 2 (ދޭއް) ގަޑިއިރަށް ވުރެ މަދު ނަމަ، އެންމެފަހުން ހުށަހެޅި އެސްޓިމޭޓެޑް ޓައިމް އޮފް އެރައިވަލްގެ ކުރިން ލިޔުންތައް ހުށަހަޅަންވީ ގޮތް ތިރީގައި މިވަނީއެވެ.
- މާސްޓަރ އެއަރވޭ ބިލާއި އެއަރވޭބިލްތަކުގެ މައުލޫމާތު، އެއަރކްރާފްޓް އޮޕަރޭޓަރު ނުވަތަ އެއަރކްރާފްޓް އޮޕަރޭޓަރުގެ އޮތޮރައިޒްޑް އޭޖެންޓު، 45 (ސާޅީސް ފަހެއް) މިނިޓުގެ ކުރިން ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.
- މުދަލުގެ ހައުސް އެއަރވޭ ބިލްތަކުގެ މައުލޫމާތު، ކާގޯ އޭޖެންޓު، 15 (ފަނަރަ) މިނިޓުގެ ކުރިން ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.
- ވައިގެމަގުން ރާއްޖެއަށް އަންނަ އުޅަނދުފަހަރު، އެ އުޅަނދުއެންމެ ފަހުން ފުރި ބަނދަރަކުން ފުރައިގެން ރާއްޖެއަށް އައުމަށް ހޭދަވާ ވަގުތު 2 (ދޭއް) ގަޑިއިރަށްވުރެ އިތުރުވާ ނަމަ، އެންމެ ފަހުން ހުށަހެޅި އެސްޓިމޭޓެޑް ޓައިމް އޮފް އެރައިވަލްގެ ކުރިން ލިޔުންތައް ހުށަހަޅަންވީ ގޮތް ތިރީގައި މިވަނީއެވެ.
- މާސްޓަރ އެއަރވޭ ބިލާއި އެއަރވޭ ބިލްތަކުގެ މައުލޫމާތު، އެއަރކްރާފްޓް އޮޕަރޭޓަރު ނުވަތަ އެއަރކްރާފްޓް އޮޕަރޭޓަރުގެ އޮތޮރައިޒްޑް އޭޖެންޓު، 2 (ދޭއް) ގަޑިއިރުގެ ކުރިން ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.
- މުދަލުގެ ހައުސް އެއަރވޭ ބިލްތަކުގެ މައުލޫމާތު، ކާގޯ އޭޖެންޓު، 1 (އެކެއް) ގަޑިއިރުގެ ކުރިން ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.
- މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އެސްޓިމޭޓެޑް ޓައިމް އޮފް އެރައިވަލް ގަޑީގެ ކުރިން އުޅަނދު ރާއްޖެއަށް އަންނަ ހާލަތުގައި ވަގުތު ގުނުމުގައި ރިއާޔަތް ކުރާނީ، ރާއްޖެއަށް އުޅަނދު އައި ވަގުތަށެވެ.
(ނ) މި މާއްދާގެ ބޭނުމަށް ރާއްޖެއަށް އުޅަނދު އައިވަގުތު ކަމުގައި ބަލާނީ، މި ގަވާއިދުގެ 58 ވަނަ މާއްދާގެ ދަށުން ބަނދަރު ހިންގާ ފަރާތުން އުޅަނދު އައިކަމަށް އަންގާ ވަގުތެވެ.
10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 86 ވަނަ މާއްދާ އުނިކުރުން.
11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 87 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާ ހުކުރުން.
އައުޓްވާރޑް ކާގޯ މެނިފެސްޓް ހުށަހަޅަންޖެހޭ ފަރާތްތަކާއި ވަގުތު 87.
(ހ)
- ކަނޑުމަގުން އުޅަނދެއް ރާއްޖެއިން ފުރުމުގެ ކުރިން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އައުޓްވާޑް ކާގޯ މެނިފެސްޓް، ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ. މިގޮތުން މެނިފެސްޓް ހުށަހެޅޭނީ، މި ގަވާއިދުގެ ސޯޅަވަނަ ބައިގެ ދަށުނރަޖިސްޓަރީކޮށްފައިވާ ށިޕިންގ އޭޖެންޓުންނާއި ކާގޯ އޭޖެންޓު ނުވަތަ އުޅަނދުގެ މާސްޓަރަށެވެ.
- ވައިގެމަގުން އުޅަނދެއް ރާއްޖެއިން ފުރުމުގެ ކުރިން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އައުޓްވާޑް ކާގޯ މެނިފެސްޓް، ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ. މިގޮތުން މެނިފެސްޓުގެ މައުލޫމާތު ހުށަހެޅޭނީ، މި ގަވާއިދުގެ ސޯޅަވަނަ ބައިގެ ދަށުން ރަޖިސްޓަރީކޮށްފައިވާ އެއަރކްރާފްޓް އޮޕަރޭޓަރު ނުވަތަ އެއަރކްރާފްޓް އޮޕަރޭޓަރުގެ އޮތޮރައިޒްޑް އޭޖެންޓަށް ނުވަތަ ކާގޯ އޭޖެންޓަށް ނުވަތަ ޕައިލަޓް-އިނ-ްކޮމާންޑަ ށެވެ.
(ށ)
- ކަނޑު މަގުން އުޅަނދެއް ދިވެހިރާއްޖެއިން ބޭރަށް ދިއުމަށް ޓަކައި އަންނަނިވި ގޮތުގެ މަތީން އުޅަނދުގައިވާ މުދަލުގެ އައުޓްވާރޑް ކާގޯ މެނިފެސްޓް ހުށަހަޅަންވާނެއެވެ.
- އެ އުޅަނދެއްގެ އައުޓްވާރޑް ކްލިއަރެންސަށް އެދުމުގެ 2 (ދޭއް) ގަޑިއިރުގެ ކުރިން، މާސްޓަރ ބިލް އޮފް
ލޭޑިންގތަކުގެ މައުލޫމާތު، ށިޕިންގ އޭޖެންޓު ނުވަތަ އުޅަނދުގެ މާސްޓަރ، ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ. - އެ އުޅަނދެއްގެ އައުޓްވާރޑް ކްލިއަރެންސަށް އެދުމުގެ 1 (އެކެއް) ގަޑިއިރުގެ ކުރިން، ހައުސް ބިލް އޮފް ލޭޑިންގތަކުގެ މައުލޫމާތު، މުދަލުގެ ކާގޯ އޭޖެންޓު، ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.
- އެ އުޅަނދެއްގެ އައުޓްވާރޑް ކްލިއަރެންސަށް އެދުމުގެ 2 (ދޭއް) ގަޑިއިރުގެ ކުރިން، މާސްޓަރ ބިލް އޮފް
- ވައިގެމަގުން އުޅަނދެއް ދިވެހިރާއްޖެއިން ބޭރަށްދިޔުމަށް ޓަކައި އަންނަނިވި ގޮތުގެ މަތީން އުޅަނދުގައިވާ މުދަލުގެ އައުޓްވާރޑް ކާގޯ މެނިފެސްޓް ހުށަހަޅަންވާނެއެވެ.
- އެ އުޅަނދެއްގެ އައުޓްވާރޑް ކްލިއަރެންސަށް އެދުމުގެ 30 (ތިރީސް) މިނިޓުގެ ކުރިން، މާސްޓަރ އެއަރވޭ ބިލާއި އެއަރވޭ ބިލްތަކުގެ މައުލޫމާތު، އެއަރކްރާފްޓް އޮޕަރޭޓަރު ނުވަތަ އެއަރކްރާފްޓް އޮޕަރޭޓަރުގެ އޮތޮރައިޒްޑް އޭޖެންޓު، ކަސްޓަމްސްއަށް ހުށަހަޅަން ވާނެއެވެ.
- އެ އުޅަނދެއްގެ އައުޓްވާރޑް ކްލިއަރެންސަށް އެދުމުގެ 15 (ފަނަރަ) މިނިޓުގެ ކުރިން، ހައުސް އެއަރވޭ ބިލްތަކުގެ މައުލޫމާތު، ކާގޯ އޭޖެންޓު، ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.
12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 88 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
މެނިފެސްޓުގައި މުދާ ކެޓަގަރައިޒްކުރުން 88.
ކަނޑުމަގުންނާއި ވައިގެމަގުން ރާއްޖެއަށް އެތެރެކުރާ މުދަލާއި ބޭރުކުރާ މުދަލުގެ އިންވާރޑް ކާގޯ މެނިފެސްޓާއި އައުޓްވާރޑް ކާގޯ މެނިފެސްޓުގައި، ތިރީގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ މުދާ ވަކިވަކިން އެނގެން އޮންނަންވާނެއެވެ.
(ހ) ރާއްޖެއަށް އެތެރެކުރަން ގެންނަ މުދާ ނުވަތަ ރާއްޖެއިން ބޭރުކުރަން ގެންނަ މުދާ.
(ށ) ރަސްމީ ބަނދަރުތައް ފިޔަވައި ރާއްޖޭގެ އެހެން ތަންތަނަށް ބާލާ މުދާ.
(ނ) މެނިފެސްޓުގައި ހިމެނޭ މުދަލުގެ ތެރެއިން ރައްކައުތެރިކަމުގެ ގޮތުން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ މުދާ.
(ރ) ކަސްޓަމްސް ޓްރާންސިޓް މުދާ.
(ބ) ޓްރާންސިޓް އަދި ޓްރާންށިޕްމަންޓް ކުރުމަށް ޓަކައި ގެންނަ މުދާ.
(ޅ) އަންއެކޮމްޕެނީޑް ބެގެޖް.
13 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 90 ވަނަ މާއްދާގެ އަރިމަތީ ސުރުހީއާއި އެ މާއްދާގެ (ހ) އާއި (ށ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާއަށް (ނ) އިތުރުކުރުން.
ބިލް އޮފް ލޭޑިންގ ނުވަތަ އެއަރވޭ ބިލް ބައިބައިކުރުމާއި ނޮޓިފައި ޕާޓީ ބަޔާންކުރުން 90.
(ހ) މި ގަވާއިދުގެ 85 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަގުތު ހަމަވުމަށްފަހު، ހުށަހަޅައިފައިވާ ބިލް އޮފް ލޭޑިންގ ނުވަތަ ހައުސް ބިލް އޮފް ލޭޑިންގ ނުވަތަ އެއަރވޭބިލް ނުވަތަ ހައުސް އެއަރވޭ ބިލެއް، އެހެން ފަރާތްތަކެއްގެ ނަމުގައި ބައިބައިކޮށް، ވަކިވަކި ށިޕްމެންޓްތަކެއްގެ ގޮތުގައި ބަދަލުކޮށްގެން ނުވާނެއެވެ.
(ށ) "ޓު އޯޑަރ" ނުވަތަ ބޭންކު މެދުވެރިކޮށް ގެންނަ މުދަލުގެ ކޮންސައިނީގެ ގޮތުގައި ބޭންކު ނުވަތަ އެ ފަރާތެއްގެ ނަން ބަޔާންކޮށްފައިވާ ނަމަ، އެ މުދާ ނޮޓިފައި ކުރެވިފައިވާ ފަރާތުގެ ނަން، ބިލް އޮފް ލޭޑިންގ ނުވަތަ
އެއަރވޭ ބިލުގައި ބަޔާންކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ސަރުކާރުގެ ކަމާބެހޭ އިދާރާއިން ކަނޑައަޅާ އުސޫލެއްގެ ދަށުން މުދަލުގެ ކޮންސައިނީ ބަދަލުކުރުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.
14 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 91 ވަނަ މާއްދާގެ އަރިމަތީ ސުރުހީއާއި އެ މާއްދާގެ (ހ) އާއި، (ށ) އާއި، (ނ) އާއި، (ރ) އަންނަނިވިގޮތަށް އިސްލާހުކޮށް، އެ މާއްދާއަށް (ބ) އާއި، (ޅ) އާއި (ކ) ގެ ގޮތުގައި އަންނަނިވި ފަދައިން އަކުރު އިތުރުކުރުން.
ކަސްޓަމްސްގައި ރަޖިސްޓަރީކޮށްފައިވާ އިންވާރޑް ކާގޯ މެނިފެސްޓަށް ހުށަހެޅޭ އިސްލާހުތަކާ ގުޅިގެން ޖޫރިމަނާ ކުރުން 91.
(ހ) އިންވާރޑް ކާގޯ މެނިފެސްޓް ހުށަހެޅުމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ވަގުތު ހަމަވުމަށްފަހު، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކަށް ގެންނަ އިސްލާހެއް ނުވަތަ އިސްލާހުތަކެއް ބަލައިގަނެވޭނީ، އިސްލާހު ގެންނަ ކޮންމެ ބިލް އޮފް ލޭޑިންގއަކަށް ނުވަތަ އެއަރވޭ ބިލަކަށް އެ އިސްލާހެއް ހުށަހަޅާ ފަރާތ،ް 1,000 (އެއްހާސް) ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމުންނެވެ.
- އެކްސްޕޯޓަރ / ށިޕަރ؛
- ނޮޓިފައި ޕާޓީ؛
- ޕްލޭސް އޮފް ޑިސްޗާޖް؛
- ނޭޗަރ އޮފް ބިލް އޮފް ލޭޑިންގ (އިމްޕޯޓް/އެކްސްޕޯޓް/ޓްރާންށިޕްމެންޓް/ޓްރާންސިޓް)؛
- ފައިނަލް / އަލްޓިމޭޓް ޑެސްޓިނޭށަން؛
- ޕެކޭޖް ޓައިޕް؛
- ކޮންސައިނީ؛
- ކޮންޓެއިނަރގެ ނަންބަރު؛
- ކޮންޓެއިނަރގެ ސައިޒް؛
- ކޮންޓެއިނަރގެ ޓައިޕް؛
- މޯޑް އޮފް ކޮންޓެއިނަރ (އެފ.ްސ.ީއެލް/އެލް.ސ.ީއެލް)؛
- ސީލް ނަންބަރު؛
- ފަސްޓް ލޯޑް ޕޯޓް؛
- ޕްލޭސް އޮފް ލޯޑިންގ؛
- ގުޑްސް ޑިސްކްރިޕްށަން؛
- ގްރޮސް / ނެޓް ވެއިޓް؛
- ވޮލިއުމް؛
- ދާގީނާގެ އަދަދު؛
- ބިލް އޮފް ލޭޑިންގ ނުވަތަ އެއަރވޭ ބިލް ނަންބަރު؛
- މާސްޓަރ ބިލް އޮފް ލޭޑިންގ ނުވަތަ މާސްޓަރ އެއަރވޭ ބިލް ނަންބަރު؛
- ހައުސް ބިލް އޮފް ލޭޑިންގ ނުވަތަ ހައުސް އެއަރވޭ ބިލް ނަންބަރު؛
(ށ) އެފ.ްސ.ީއެލް މުދަލާ ގުޅޭގޮތުން ހުށަހަޅާ އިސްލާހު، މި މާއްދާގެ
(ހ) ގެ (16) ވަނަ ނަންބަރާއި، (17) ވަނަ ނަންބަރާއި، (18) ވަނަނަންބަރުގައި ބަޔާންކޮށްފައިވާ ޖޫރިމަނާއިން އިސްތިސްނާވާނެއެވެ.
(ނ) އިންވާރޑް ކާގޯ މެނިފެސްޓުގެ މާސްޓަރ ބިލް އޮފް ލޭޑިންގ ނުވަތަ މާސްޓަރ އެއަރވޭ ބިލް ނުވަތަ ބިލް އޮފް ލޭޑިންގ ނުވަތަ އެއަރވޭ ބިލުގައިވާ އެއްވެސް މައުލޫމާތެއް މެނިފެސްޓުން އިސްލާހުކޮށްދެވޭނީ، ށިޕިންގ އޭޖެންޓު ނުވަތަ އެއަރކްރާފްޓް އޮޕަރޭޓަރު ނުވަތަ އެއަރކްރާފްޓް އޮޕަރޭޓަރުގެ އޮތޮރައިޒްޑް އޭޖެންޓު ނުވަތަ މާސްޓަރ ނުވަތަ ޕައިލަޓް-އިނ-ްކޮމާންޑް، އެފަދަ ބަދަލެއް ގެނައުމަށް އެދި ހުށަހެޅުމުންނެވެ.
(ރ) އިންވާރޑް ކާގޯ މެނިފެސްޓުގެ ހައުސް ބިލް އޮފް ލޭޑިންގ ނުވަތަ ހައުސް އެއަރވޭ ބިލުގައިވާ އެއްވެސް މައުލޫމާތެއް މެނިފެސްޓުން އިސްލާހުކޮށްދެވޭނީ، މުދަލުގެ ކާގޯ އޭޖެންޓު އެފަދަ ބަދަލެއް ގެނައުމަށް އެދި ހުށަހެޅުމުންނެވެ.
(ބ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ށިޕިންގ އޭޖެންޓު ނުވަތަ އެއަރކްރާފްޓް އޮޕަރޭޓަރ ނުވަތަ އެއަރކްރާފްޓް އޮޕަރޭޓަރުގެ އޮތޮރައިޒްޑް އޭޖެންޓު ނުވަތަ ކާގޯ އޭޖެންޓު ހުށަހަޅާ މެނިފެސްޓުގެ މައުލޫމާތަކަށް އިސްލާހެއް ގެންނަންޖެހުނީ ރަނގަޅު ނޫން މައުލޫމާތު ހުށަހެޅުމުގެ ސަބަބުން ކަމަށްވާ ނަމަ، އެ މާއްދާގެ ދަށުން ޖޫރިމަނާކުރެވޭނީ ރަނގަޅު ނޫން މައުލޫމާތު ހުށަހެޅި ފަރާތެވެ.
(ޅ) އިންވާރޑް ކާގޯ މެނިފެސްޓުގައިވާ އިބާރާތެއްގެ ފިއްޔަކަށް ނުވަތަ އަކުރަކަށް އަންނަ ބަދަލަކުން، ބަޔާންކޮށްފައިވާ މައުލޫމާތުގެ އަސްލަށް ބަދަލެއް ނާންނަ ގޮތަކަށް ގެނެވޭ އިސްލާހުތައް ޖޫރިމަނާއަކާ ނުލައި ބަލައިގަނެވޭނެއެވެ.
(ކ) ކަސްޓަމްސްއަށް ހުށަހަޅައިފައިވާ ކާގޯ މެނިފެސްޓުގައިވާ މާސްޓަރ ބިލްއޮފް ލޭޑިންގ ނުވަތަ މާސްޓަރ އެއަރވޭ ބިލް ނުވަތަ ބިލް އޮފް ލޭޑިންގނުވަތަ އެއަރވޭ ބިލް ނުވަތަ ހައުސް ބިލް އޮފް ލޭޑިންގ ނުވަތަ ހައުސްއެއަރވޭ ބިލެއް ކެންސަލްވާ ނަމަ، އެ މައުލޫމާތެއް ހުށަހެޅި ފަރާތަކުންއެކަން ކަސްޓަމްސްއަށް އަންގަންވާނެއެވެ.
15 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 92 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
މެނިފެސްޓު ހުށަހަޅަންޖެހޭ ވަގުތުގެ ތެރޭގައި ހުށަނޭޅުމުން ޖޫރިމަނާ ކުރުން 92.
(ހ) އިންވާރޑް ކާގޯ މެނިފެސްޓް ނުވަތަ އައުޓްވާރޑް ކާގޯ މެނިފެސްޓް ހުށަހެޅުމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ވަގުތު ހަމަވުމަށްފަހު، މެނިފެސްޓް ނުވަތަ މެނިފެސްޓުގެ ބައެއް ހުށަހަޅާނަމަ، އެ މެނިފެސްޓް ފުރިހަމަކުރުމަށް ހުށަހަޅާ ކޮންމެ ހުށަހެޅުމެއް ބަލައިގަނެވޭނީ 3,000 (ތިރީސްހާސް) ރުފިޔާގެ ޖޫރިމަނާއަކާ އެކުގައެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ އިތުރުން، މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ މެނިފެސް ޓުގެ ބައެއްގައި ހިމެނޭ ކޮންމެ މާސްޓަރ ބިލް އޮފް ލޭޑިންގއަކަށް ނުވަތަ މާސްޓާ އެއަރވޭ ބިލަކަށް ނުވަތަ ބިލް އޮފް ލޭޑިންގއަކަށް ނުވަތަ އެއަރވޭ ބިލަކަށް ނުވަތަ ހައުސް ބިލް އޮފް ލޭޑިންގއަކަށް ނުވަތަ ހައުސް އެއަރވޭ ބިލަކަށް 100 (އެއްސަތޭކަ) ރުފިޔާގެ ޖޫރިމަނާއެއް، އެ މައުލޫމާތެއް ހުށަހެޅި ފަރާތަކުން ދައްކަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ނެގޭ 100 (އެއްސަތޭކަ) ރުފިޔާގެ ޖޫރިމަނާ އެންމެ ގިނަވެގެން ނެގޭނީ 50,000 (ފަންސާސްހާސް) ރުފިޔާއާ ހަމަޔަށެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ހައުސް ބިލް އޮފް ލޭޑިންގއެއް ނުވަތަ ހައުސް އެއަރވޭ ބިލެއް އިތުރުކުރުމަށް ޓަކައި ހުށަހެޅޭ އިސްލާހުތައް ހުށަހެޅޭނީ، އުޅަނދު ރާއްޖެއަށް އައުމުގެ ކުރިންނެވެ. އަދި އޭގެ ފަހުން ހައުސް ބިލް އޮފް ލޭޑިންގއެއް ނުވަތަ ހައުސް އެއަރވޭ ބިލެއް އިތުރުކުރަން ހުށަހަޅައިފި ނަމަ، މި ގަވާއިދުގެ 90 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރެވޭނެއެވެ.
(ބ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، އުޅަނދުގެ އޭޖެންޓު ނުވަތަ ކާގޯ އޭޖެންޓު ހުށަހަޅަންޖެހޭ މެނިފެސްޓު ހުށަހެޅިފައި ނުވަނީ ނުވަތަ ފުރިހަމަކުރެވިފައި ނުވަނީ އޭގެ ތެރެއިން ހުށަހަޅަންޖެހޭ ފަރާތް ނޫން އަނެއް ފަރާތުގެ ސަބަބުން ކަމަށްވާ ނަމަ، އެ މާއްދާގެ ދަށުން ޖޫރިމަނާކުރެވޭނީ އިހުމާލުވި ފަރާތެވެ.
16 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 93 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
މެނިފެސްޓު ހުށަނާޅާ ރާއްޖެ އައުން ނުވަތަ ރާއްޖެއިން ފުރައިގެން ދިއުން 93.
(ހ) ރާއްޖެއަށް ގެންނަ މުދާ ހުރި އުޅަނދެއް ނުވަތަ ކޮމާށަލް އުޅަނދެއް ކާގޯ މެނިފެސްޓު ހުށަނާޅައި ރާއްޖެ އައުމާއި، ރާއްޖެއިން ބޭރަށްދާ އުޅަނދެއް ކާގޯ މެނިފެސްޓް ހުށަނާޅައި ފުރައިގެން ދިޔުމަކީ މަނާކަމެކެވެ. އެގޮތުން މެނިފެސްޓު ހުށަނާޅައި އުޅަނދެއް ރާއްޖެ އަތުވެއްޖެ ނަމަ ނުވަތަ ފުރައިގެން ހިނގައްޖެ ނަމަ، މި ގަވާއިދުގެ 550 ވަނަ މާއްދާގެ
(ރ) ގެ (29) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ.
(ށ) މެނިފެސްޓު ހުށަނާޅައި އުޅަނދެއް ރާއްޖެ އައިސްފައިވާ ނަމަ، އެ އުޅަނދެއްގެ ކާގޯ މެނިފެސްޓް ހުށަނޭޅުނު ސަބަބު ބަޔާންކޮށް ލިޔުމުން ކަސްޓަމްސްއަށް އަންގަންވާނެއެވެ. އެގޮތުން އެ ފަރާތުން ހުށަހަޅާ ސަބަބުތަކަށް ރިއާޔަތްކޮށް، އެ އުޅަނދަށް ކަސްޓަމްސްއިން ކްލިއަރެންސް ދިނުމާމެދު ގޮތެއް ނިންމުމުގެ އިހްތިޔާރު، ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްއަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ބޭނުމަށް މެނިފެސްޓް ހުށަނާޅައި ރާއްޖެ އައުން ނުވަތަ ރާއްޖެއިން ފުރުންކަމުގައި ބަލާނީ، މާސްޓަރ ބިލް އޮފް ލޭޑިންގ ނުވަތަ މާސްޓަރ އެއަރވޭ ބިލް ނުވަތަ ބިލް އޮފް ލޭޑިންގ ނުވަތަ އެއަރވޭ ބިލްތަކުގެ މެނިފެސްޓް މައުލޫމާތު ހުށަނާޅައި އަންނަ ހާލަތަށް ނުވަތަ ފުރާ ހާލަތަށެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި އެ އުޅަނދަށް ކްލިއަރެންސް ދެވޭނީ، މާސްޓަރ ބިލް އޮފް ލޭޑިންގ ނުވަތަ މާސްޓަރ އެއަރވޭ ބިލް ނުވަތަ ބިލް އޮފް ލޭޑިންގ ނުވަތަ އެއަރވޭ ބިލްތަކުގެ މެނިފެސްޓް މައުލޫމާތު ކަސްޓަމްސްއަށް ހުށަހެޅުމާއެކު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާ ކަސްޓަމްސްއަށް ދެއްކުމުންނެވެ.
(ބ) މި މާއްދާގެ (ރ) ގެ ދަށުން ޖޫރިމަނާކުރާ ހާލަތުގައި މި ގަވާއިދުގެ 92 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާކުރުމުން އިސްތިސްނާވާނެއެވެ.
(ޅ) މި މާއްދާގެ (ބ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ރ) ގެ ދަށުން މެނިފެސްޓު ހުށަހެޅުމަށްފަހު، އެ މެނިފެސްޓާ ގުޅިގެން އިތުރަށް ހުށަހަޅާ މެނިފެސްޓުގެ މައުލޫމާތު ބަލައިގަނެވޭނީ، ކޮންމެ ހުށަހެޅުމަކަށް، މި ގަވާއިދުގެ 92 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ޖޫރިމަނާ ދެއްކުމުންނެވެ.
17 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 94 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
މެނިފެސްޓް އިސްލާހު ކުރުމަށް ހުށަހަޅަންޖެހޭ ގޮތް 94.
ކަނޑުމަގުންނާއި،ވައިގެމަގުން ރާއްޖެއަށް ގެންނަ މުދަލުގެ އިންވާރޑް ކާގޯ މެނިފެސްޓާއި އައުޓްވާރޑް ކާގޯ މެނިފެސްޓް އިސްލާހު ކުރުމަށް ކަސްޓަމްސްއިން ކަނޑައަޅާ ފޯމެޓާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހަޅަންވާނެއެވެ.
18 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 108 ވަނަ މާއްދާގެ (ވ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
އިމްޕޯޓްކުރާ މުދަލުގެ ގުޑްސް ޑިކްލަރޭށަން ހުށަހެޅުން 108.
(ވ) އިމްޕޯޓްކުރާ މުދަލާ ގުޅޭގޮތުން ކަސްޓަމްސްއާ މުއާމަލާތް ކުރަންވާނީ މުދަލުގެ ވެރިފަރާތުންނެވެ. އަދި ވެރިފަރާތުން ބޭނުންވެއްޖެ ނަމަ، ވެރިފަރާތުގެ ބަދަލުގައި މުއާމަލާތު ކުރުމަށް މި ގަވާއިދުގެ 9 ވަނަ ައިގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކަސްޓަމްސްގެ ބްރޯކަރެއްއައްޔަނު ކުރެވިދާނެއެވެ. މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ހާލަތުގައި ކަސްޓަމްސްގެ ބްރޯކަރެއް އައްޔަނުކޮށްފި ނަމަ، ކަސްޓަމްސްގެ ބްރޯކަރުން ކުރާ މުއާމަލާތް ބެލެވޭނީ މުދަލުގެ ވެރިފަރާތުން ކުރާ މުއާމަލާތެއްގެ ގޮތުގައެވެ.
19 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 121 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.
އަނބުރާ ގެންދާގޮތަށް ގެންނަ މުދަލުގެ ޑިކްލަރޭށަން ހުށަހެޅުން 121.
(ށ)
- އަނބުރާ ގެންދާގޮތަށް މުދާ ދޫކުރުމަށް އެދޭ ފޯމުގެ ގޮތުގައި ކަސްޓަމްސްގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ ފޯމު ނުވަތަ ކަސްޓަމްސްއިން ކަނޑައަޅާ ފޯމެޓާ އެއްގޮތަށް ފުރިހަމަކޮށްފައިވާ އެޕްލިކޭށަން؛
20 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 137 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
އެކްސްޕޯޓްކުރާ މުދަލުގެ މައުލޫމާތު ހުށަހެޅުން 137.
(ރ) ދިރޭ ކުދިމަސް ނުވަތަ ފާނަ އެކްސްޕޯޓްކުރާ ނަމަ، މި މާއްދާގެ (ށ) ގައިވާ ލިޔުންތަކާއި، މަސްވެރިކަމާބެހޭ ވުޒާރާ ނުވަތަ އެ ވުޒާރާއިން ކަނޑައަޅާ ފަރާތަކުން ދޫކުރާ ކަމާބެހޭ ހުއްދަ ނުވަތަ ލައިސަންސް ހުށަހަޅަންވާނެއެވެ.
21 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 174 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.
ޗެކުން ފައިސާ ދެއްކުން 174.
(ހ) (3) ކަސްޓަމްސްގައި ރަޖިސްޓަރީ ކޮށްފައިވާ ކަސްޓަމްސްގެ ބްރޯކަރުން ހުށަހަޅާ ޑިކްލަރޭށަނަށް ކަސްޓަމްސްގެ ބްރޯކަރެއްގެ ޗެކު ބަލައިގަނެވިދާނެއެވެ. މިގޮތުން ބަލައިގަނެވޭ ޗެކަކާ ގުޅިގެން އެއްވެސް މައްސަލައެއް ދިމާވެއްޖެ ނަމަ، އެކަމުގެ ފުރިހަމަ ޒިންމާ ކަސްޓަމްސްގެ ބްރޯކަރުން އުފުލަންވާނެއެވެ.
22 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 194 ވަނަ މާއްދާގެ (ހ) ގެ (13) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.
ލިޔުން ބެލެހެއްޓުން 194.
(ހ)
13. މުދާ އުފުލައިދޭ ފަރާތްތަކާއި، ށިޕިންގ އޭޖެންޓުންނާއި، އެއަރކްރާފްޓް އޮޕަރޭޓަރު ނުވަތަ އެއަރކްރާފްޓް އޮޕަރޭޓަރުގެ އޮތޮރައިޒްޑް އޭޖެންޓުންނާއި، ކާގޯ އޭޖެންޓުންނާއި، ކަސްޓަމްސްގެ ބްރޯކަރުންނާއި، އެ މުއާމަލާތަކާ ގުޅޭ އެހެންވެސް ފަރާތްތަކާމެދު މުއާމަލާތު ކުރެވިފައިވާ ލިޔުންތައް.
23 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ނުވަވަނަ ބައިގެ އެއްވަނަ ބާބުގެ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ކަސްޓަމްސްގެ ބްރޯކަރުން
24 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 205 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ކަސްޓަމްސް ބްރޯކަރުން 205.
(ހ) ކަސްޓަމްސްގެ ބްރޯކަރުންނަކީ، އިމްޕޯޓް އެކްސްޕޯޓް މުދާ ކަސްޓަމްސްއިން ކުލިއަރ ކުރުމަށް ޓަކައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކުރުމުގައި މުދަލުގެ ވެރިފަރާތް ތަމްސީލުކުރުމަށް ޓަކައި ކަސްޓަމްސްގެ ބްރޯކަރުންގެ ގޮތުގައި، ކަސްޓަމްސްގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކެވެ. މިގޮތުން ކަސްޓަމްސްގެ ބްރޯކަރުންގެ ގޮތުގައި ރަޖިސްޓަރީ ކޮށްދެވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނުތަކުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކަސްޓަމްސްގެ ބްރޯކަރުންގެ ގޮތުގައި ރަޖިސްޓަރީ ކުރެވޭ ފަރާތްތަކަށް، ކަސްޓަމްސްގެ ބްރޯކަރުންގެ ލައިސަންސް ދޫކުރަންވާނެއެވެ.
25 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 206 ވަނަ މާއްދާގެ ފެށުމާއި އެ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ކަސްޓަމްސްގެ ސަރަހަ އްދުތަކަށް ވަންނަން ބޭނުންވާ މީހުންގެ ށަރުތުތައް 206.
ކަސްޓަމްސްގެ ބްރޯކަރުންގެ ފަރާތުން ކަސްޓަމްސްގެ ސަރަހައްދުތަކުގައި މަސައްކަތްކުރާ މީހުންގެ ކިބައިގައި، ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަ ވާންވާނެއެވެ.
(ހ) ކަސްޓަމްސްގެ ބްރޯކަރުންގެ ފަރާތުން އިމްޕޯޓް އެކްސްޕޯޓް މުދަލާ ގުޅޭ މައުލޫމާތު ކަސްޓަމްސްއަށް ދިނުމަށާއި، ލިޔުންތަކާ ގުޅޭ މުއާމަލާތު ކުރުމަށާއި، މުދާ ކްލިއަރ ކުރުމަށް ކަނޑައަޅާ ފަރާތަކީ، ކަސްޓަމްސްގެ ބްރޯކަރުންނަށް ހިންގާ ތަމްރީނު ކޯހުން ފާސްވެ ސެޓުފިކެޓު ލިބިފައިވާ ފަރާތަކަށް ވުން؛
26 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 207 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ކަސްޓަމްސްގެ ސަރަހައްދުތަކަށް ވަދެ ނުކުމެ ވާ މީހުންނަށް ދޫކުރާ ފާސް 207.
(ހ) ކަސްޓަމްސްގެ ބްރޯކަރުންގެ ފަރާތުން ކަސްޓަމްސްގެ ސަރަހައްދުތަކުގައި މަސައްކަތްކުރާ މީހުންނަށް ކަސްޓަމްސްއިން ފާހެއް ދޫކުރަންވާނެއެވެ. މިގޮތުން ކަސްޓަމްސްގެ ބްރޯކަރުންގެ ގޮތުގައި ރަޖިސްޓަރީ ކުރެވޭ ފަރާތަކަށް އަގަކާ ނުލައި، އަހަރަކު 5 (ފަހެއް) ފާސް ދޫކުރަންވާނެއެވެ.
27 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 208 ވަނަ މާއްދާގެ އަރިމަތީ ސުރުހީއާއި، އެ މާއްދާގެ ފެށުމާއި، އެ މާއްދާގެ (ނ) އާއި، (ޅ) އާއި، (އ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ކަސްޓަމްސްގެ ބްރޯކަރުންގެ މަސްއޫލިއްޔަތާއި ޒިންމާ 208.
ކަސްޓަމްސްގެ ބްރޯކަރުންގެ މަސްއޫލިއްޔަތާއި ޒިންމާ، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ނ) ކަސްޓަމްސްގެ ބްރޯކަރުންނަށް ހިންގާ ތަމްރީނު ކޯހުން ފާސްވެ ސެޓުފިކެޓު ލިބިފައިވާ މުވައްޒަފަކު ފިޔަވައި އެހެން ފަރާތަކުން އިމްޕޯޓް އެކްސްޕޯޓް މުދަލާ ގުޅޭ މައުލޫމާތު ކަސްޓަމްސްއަށް ދިނުމަށާއި، ލިޔުންތަކާ ގުޅޭގޮތުން ކަސްޓަމްސްއާ މުއާމަލާތު ނުކުރުން.
(ޅ) މުދާ ކްލިއަރކުރުމުގެ ތެރޭގައި ނުވަތަ މުދާ ދޫކުރާފަހުން، އެ މުދަލަކާ ގުޅޭގޮތުން ކަސްޓަމްސްގެ ބްރޯކަރުން ހުށަހަޅައިފައިވާ ލިޔުންތަކުން ނުވަތަ ދީފައިވާ މައުލޫމާތަކުން ފާހަގަކުރެވޭ މައްސަލަތަކާ ގުޅިގެން އެ މުދަލަށް އިތުރަށް ފައިސާއެއް ދައްކަންޖެހިއްޖެ ނަމަ، އެ ފައިސާއެއް ދެއްކުން.
(އ) ކަސްޓަމްސްގެ ބްރޯކަރުންގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރީގެ މުވައްޒަފުންގެ ތެރެއިން ކަސްޓަމްސްއާއެކު މުއާމަލާތު ކުރުމަށް ކަސްޓަމްސްއިން ފާސް ދޫކޮށްފައިވާ މީހަކު އެ ވިޔަފާރިއަކުން ވަކިވެއްޖެ ނަމަ، ނުވަތައެ މީހަކު ނިޔާވެއްޖެ ނަމަ، ނުވަތަ އެ މީހެއްގެ ފާސް ގެއްލިއްޖެ ނަމަ، ނުވަތަ ހަލާކުވެއްޖެނަމަ، އެ ކަމެއް ހިނގާ ދުވަހުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ މައުލޫމާތު ކަސްޓަމްސްއަށް ދިނުން.
28 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 209 ވަނަ މާއްދާގެ އަރިމަތީ ސުރުހީއާއި އެ މާއްދާގެ މައިގަނޑު އަންނަނިވި ގޮތަށް
އިސްލާހުކުރުން.
ކަސްޓަމްސްގެ ބްރޯކަރުންގެ މައުލޫމާތު ބަދަލުވުން 209.
ކަސްޓަމްސްގެ ބްރޯކަރުންގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތެއްގެ، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ބަދަލުވެއްޖެ ނަމަ، އެ މައުލޫމާތު ބަދަލުވި ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ކަސްޓަމްސްއަށް އެ މައުލޫމާތު ދޭންވާނެއެވެ،
29 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 210 ވަނަ މާއްދާގެ މައިގަނޑާއި އެ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ކުރުން މަނާ ކަންތައްތައް 210.
ކަސްޓަމްސްގެ ބްރޯކަރުން، ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުމަކީ މަނާކަމެކެވެ.
(ހ) ކަސްޓަމްސްގެ ބްރޯކަރުންގެ ހިދުމަތް ހޯދާ ފަރާތްތަކުގެ އެންމެހައި ލިޔުންތަކާއި މައުލޫމާތުތަކަށް ރައްކައުތެރި ނުވުމާއި، މުދަލުގެ ވެރިފަރާތުގެ ހުއްދަ ނެތި އެފަދަ ލިޔުންތަކާއި މައުލޫމާތު އެހެން ފަރާތަކަށް ހާމަކުރުން. މީގެ ތެރޭގައި ކަސްޓަމްސްއަށް ލިޔުންތަކާއި މައުލޫމާތު ދިނުމެއް ނުހިމެނެއެވެ.
30 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 211 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ތަމްރީނާއި އިމްތިހާން 211.
(ހ) ކަސްޓަމްސްގެ ބްރޯކަރުންގެ ގޮތުގައި ކަސްޓަމްސްއާއެކު މުއާމަލާތު ކުރާ ފަރާތްތަކަށް ދެވޭ ތަމްރީނުތައް ރާވައި ހިންގާނީ ކަސްޓަމްސްއިން ނުވަތަ ކަސްޓަމްސްއިން ކަނޑައަޅާ ފަރާތަކުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދޭ ތަމްރީނުތަކުގައި ބައިވެރިވެވޭނީ، މި ގަވާއިދުގެ ޖަދުވަލު 36 ގައި ބަޔާންކޮށްފައިވާ ފީ، ކަސްޓަމްސްއަށް ދެއްކުމުންނެވެ. މިގޮތުން ދައްކާ ފީ، ކަސްޓަމްސްއިން އާންމުކުރާ އުސޫލެއްގެ ދަށުން ރިފަންޑް ކުރެވިދާނެއެވެ.
31 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 212 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ކަސްޓަމްސްގެ ސަރަހައްދުތަކަށް ވަންނަން ބޭނުންވާ މީހުން ރަޖިސްޓަރީ ކުރުން 212.
(ހ) ކަސްޓަމްސްގެ ބްރޯކަރުންގެ ފަރާތުން ކަސްޓަމްސްއާއެކު މުއާމަލާތު ކުރުމަށް ކަނޑައަޅައިފައިވާ މުވައްޒަފުންނާއި ކަސްޓަމްސްގެ ސަރަހައްދުތަކުގައި މަސައްކަތްކުރާ މީހުން ރަޖިސްޓަރީ ކުރުމަށް ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.
- ހިދުމަތްތައް ރަޖިސްޓަރީ ކުރުމަށާއި ކެންސަލް ކުރުމަށް ޓަކައި ކަސްޓަމްސްއިން ކަނޑައަޅާ ފޯމު ނުވަތަ ކަސްޓަމްސްއިން ކަނޑައަޅާ ފޯމެޓާ އެއްގޮތަށް ފުރިހަމަކޮށްފައިވާ އެޕްލިކޭށަން؛
- ކުންފުނިން ނުވަތަ ވިޔަފާރިއަކުން އެ މުވައްޒަފަކަށް ވަޒީފާ ދިންކަމުގެ ލިޔުން؛
- މި ގަވާއިދުގެ 206 ވަނަ މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް އެ މީހެއްގެ ކިބައިގައި ފުރިހަމަވާކަން އެނގޭނ،ެ ސަރުކާރުގެ ކަމާބެހޭ ފަރާތުގެ ލިޔުން؛
- ޕާސްޕޯޓްސައިޒުގެ 2 (ދޭއް) ފޮޓޯ (ފޮޓޯ ނެގިތާ 3 މަސްދުވަސް ހަމަނުވާ)؛
- ބިދޭސީއެއް ނަމަ، އެ ގައުމެއްގެ އެމްބަސީން އެންޑޯޒްކޮށްފައިވާ އެ މީހެއްގެ ކުށުގެ ރިކޯޑު ނުވަތަ ޕޮލިސް ރިޕޯޓު؛
(ށ) ކަސްޓަމްސްގެ ބްރޯކަރުންގެ ފަރާތުން ކަސްޓަމްސްގެ ސަރަހައްދުތަކަށް ވަދެނުކުމެވުމުގެ ހުއްދައަށް އެދި ހުށަހަޅާ މީހަކީ މި ގަވާއިދުގެ 206 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ މީހަކަށްވާނަމަ، ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ މީހަކު ކަސްޓަމްސްގައި ރަޖިސްޓަރީކޮށް ފާސް ދޫކުރަންވާނެއެވެ. އަދި އެ މީހަކީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ މީހަކަށް ނުވާނަމަ، ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، ރަޖިސްޓަރީ ކުރުމަށް ހުށަހެޅި ފަރާތަށް އެކަން އަންގަންވާނެއެވެ.
(ނ) ކަސްޓަމްސްގެ ބްރޯކަރުންގެ ފަރާތުން ކަސްޓަމްސްގެ ސަރަހައްދުތަކަށް ވަންނަން ބޭނުންވާ މީހުން ކަސްޓަމްސްގައި ރަޖިސްޓަރީކޮށް ފާސް ދޫކުރެވޭނީ، ރަޖިސްޓަރީކޮށްދެވޭ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދ،ޭ މުއްދަތު ހަމަނުވާ ކާޑު ގެނައުމުންނެވެ. އަދި އެ މީހަކީ ބިދޭސީއެއް ނަމަ، އެ މީހެއްގެ، މުއްދަތު ހަމަނުވާ ވާރކް ޕާމިޓުގެ އަސްލު ނުވަތަ ވާރކް ޕާމިޓް ކާޑު ގެނައުމުންނެވެ.
(ރ) ކަސްޓަމްސްގެ ބްރޯކަރުންގެ ފަރާތުން ކަސްޓަމްސްގެ ސަރަހައްދުތަކުގައި މަސައްކަތްކުރާ މީހުން ކަސްޓަމްސްގެ ސަރަހައްދުތަކުގައި އުޅޭއިރު، ކަސްޓަމްސްއިން ދޫކޮށްފައިވާ ފާސް ފެންނަގޮތަށް ހަރުކޮށްފައި ހުންނަންވާނެއެވެ.
32 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 213 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ލައިސަންސްގެ މުއްދަތު 213.
ކަސްޓަމްސްގެ ބްރޯކަރުންގެ ލައިސަންސްގެ މުއްދަތަކީ، ލައިސަންސް ދޫކުރި ތާރީހުން ފެށިގެން މީލާދީ 3 (ތިނެއް) އަހަރުދުވަހެވެ. ނަމަވެސް އެ ފަރާތަކަށް މެދުނުކެނޑި ހިދުމަތް ދެވޭނީ، ހިދުމަތް ހޯދަމުންދާ އަހަރަކަށް ދައްކަންޖެހޭގޮތަށް މި ގަވާއިދުގެ ޖަދުވަލު 36 ގައި ބަޔާންކޮށްފައިވާ އަހަރީ ފީ ދައްކައިފައިވާނަމައެވެ.
33 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 214 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ލައިސަންސް އައުކޮށްދިނުން 214.
(ހ) ކަސްޓަމްސްގެ ބްރޯކަރުންގެ ލައިސަންސްގެ މުއްދަތު ހަމަވުމުގެ ކުރިން ލައިސަންސް އައުކޮށްދިނުމަށް އެދި ހުށަހަޅައިފި ނަމަ، ކަސްޓަމްސްގެ ބްރޯކަރުންގެ ހިދުމަތުގެ ފެންވަރު ބެލުމަށް ކަސްޓަމްސްއިން ކަނޑައަޅައިފައިވާ އު ސޫލުން 50 (ފަންސާސް) ޕޮއިންޓަށްވުރެ މަތިން ލިބިފައިވާ ނަމަ، އެ ފަރާތެއްގެ ލައިސަންސް އައުކޮށްދެވޭނެއެވެ.
34 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 215 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ލައިސަންސް ބާތިލުކުރުމާއި ހިފެހެއްޓުން 215.
(ހ) ކަސްޓަމްސްގެ ބްރޯކަރުންނަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރެވޭނެ ހާލަތްތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
- ކަސްޓަމްސްގެ ބްރޯކަރުންގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތުން، ލައިސަންސް ބާތިލުކޮށްދިނުމަށް އެދުން؛
- ކަސްޓަމްސްގެ ބްރޯކަރުންގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރި އުވައިލުން؛
- ކަސްޓަމްސްގެ ބްރޯކަރުންގެ ހިދުމަތުގެ ފެންވަރު ބެލުމަށް ކަސްޓަމްސްއިން ކަނޑައަޅައިފައިވާ އުސޫލުގެ ދަށުން 50 (ފަންސާސް) ޕޮއިންޓަށް ވުރެ މާކްސް ދަށްވުން؛
- މި ގަވާއިދުގައި ބަޔާންކޮށްފައިވާ "އޭޖެންޓުންގެ މަސައްކަތްތައް ބަލަހައްޓާ ކޮމިޓީ" އިން އަޅާ ފިޔަވަޅެއްގެ ގޮތުގައި ރަޖިސްޓަރީ ބާތިލުކުރުމަށް ނިންމުން؛
- އެހެން ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ކަމާބެހޭ އިދާރާއަކުން، ހިދުމަތް ދިނުމަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކުރުން؛
- ވިޔަފާރީގެ ހިއްސާދާރެއްގެ މައްޗަށް ނުވަތަ ޑިރެކްޓަރެއްގެ މައްޗަށް ނުވަތަ ޕާޓްނަރެއްގެ މައްޗަށް މަސްތުވާތަކެތީގެ މައްސަލައެއް ނުވަތަ މަނީލޯންޑްރިންގެ ކުށެއް ނުވަތަ އިމްޕޯޓް އެކްސްޕޯޓާ ގުޅުންހުރި ޖިނާއީ ކުށެއް ކޮށްފައިވާކަމަށް ށަރީއަތަށް ސާބިތުވުން ނުވަތަ އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުން ނުވަތަ ނަސޭހަތުގެ އެއްބަސްވުމެއްގެ ދަށުން ދައުވާ ނުކުރަން ޕްރޮސެކިއުޓަރ ޖެނެރަލް ނިންމުން.
(ށ) ވިޔަފާރީގެ ހިއްސާދާރެއްގެ މައްޗަށް ނުވަތަ ޑިރެކްޓަރެއްގެ މައްޗަށް ނުވަތަ ޕާޓްނަރެއްގެ މައްޗަށް މަސްތުވާތަކެތީގެ މައްސަލައެއް ނުވަތަ މަނީލޯންޑްރިންގެ ކުށެއް ނުވަތަ އިމްޕޯޓް އެކްސްޕޯޓާ ގުޅުންހުރި ޖިނާއީ ކުށެއް ކޮށްފިކަމަށް ނުވަތަ އެފަދަ ކުށެއް ކުރަން އުޅޭކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ އެފަދަ ކުށެއް ކުރުމުގައި ބައިވެރިވިކަމަށް ތަހުގީގަށް ސާބިތުވެއްޖެ ނަމަ، އެ ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް ހިފެހެއްޓުމުގެ އިހްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ތަހުގީގަށް ސާބިތުވެފައިވާ މައްސަލ،ަ ށަރީއަތަށް ސާބިތު ނުވެއްޖެ ނަމަ، ނުވަތަ އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުން ނުވަތަ ނަސޭހަތުގެ އެއްބަސްވުމެއްގެ ދަށުން ފިޔަވައި އެ ނޫން ސަބަބަކާހުރެ ދައުވާ ނުކުރުމަށް ނިންމައިފި ނަމަ، ހިފެހެއްޓިފައިވާ ލައިސަންސް އަލުން އެ ފަރާތަކަށް ދޭންވާނެއެވެ.
(ރ) ކަސްޓަމްސްގެ ބްރޯކަރުންނަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކޮށްފި ނަމަ، އެ ފަރާތަކަށް އަލުން ލައިސަންސް ދޫކުރެވޭނީ، އަންނަނިވި ގޮތުގެ މަތީންނެވެ.
- ލައިސަންސް ބާތިލުކުރީ އެ ފަރާތެއްގެ ފެންވަރު ދަށްވުމުގެ ސަބަބުން ނުވަތަ އިދާރީ ކުށަކާ ގުޅިގެން ކަސްޓަމްސްއަށް ލިބިގެންވާ އިހްތިޔާރެއްގެ ސަބަބުން ނަމަ، ލައިސަންސް ބާތިލުކުރިތާ 4 (ހަތަރެއް) މަސްދުވަސް ފަހުން؛
- މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތް ފިޔަވައި އެހެން ހާލަތެއް ނަމަ، ލައިސަންސް ބާތިލުކުރިތާ 1 (އެކެއް) މަސްދުވަސް ފަހުން؛
- މި މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގެ ދަށުން ބާތިލުކޮށްފައިވާ ލައިސަންސެއް ނަމަ، ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އަދަބު މާފު ކުރިތާ ނުވަތަ އިއުތިރާފުގެ
އެއްބަސްވުން ނުވަތަ ނަސޭހަތުގެ އެއްބަސްވުން ހަދާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރު ދުވަސް ފަހުން؛ ނަމަވެސް ހުކުމްކުރެވުނު ފަރާތް ނުވަތަ އިއުތިރާފުގެ އެއްބަސްވުން ހެދުނު ފަރާތް އެ ވިޔަފާރިއަކުން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ، އެ ފަރާތެއްގެ ނަން ވިޔަފާރިން ވަކިކުރާތާ 1 (އެކެއް) މަސްދުވަސް ފަހުން؛
35 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 217 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
މުދާ ކްލިއަރކުރުން 217.
ރާއްޖެއަށް އިމްޕޯޓްކުރާ މުދާ ނުވަތަ އެކްސްޕޯޓްކުރާ މުދާ ކަސްޓަމްސްގެ ބްރޯކަރުން ށާމިލުވެގެން ކްލިއަރ ކުރެވޭނީ، އެ މުދަލެއް އިމްޕޯޓްކުރާ ފަރާތުން ނުވަތަ އެކްސްޕޯޓްކުރާ ފަރާތުން، ކަސްޓަމްސްގެ ބްރޯކަރެއް އައްޔަނުކޮށް ކަސްޓަމްސްއިން ކަނޑައަޅާ ގޮތެއްގެ މަތީން އެކަން ހުށަހެޅުމުންނެވެ. މިގޮތުން ބްރޯކަރުން އައްޔަނުކުރުމާއި ވަކިކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް ކަސްޓަމްސްއިން އެކުލަވައިލަންވާނެއެވެ.
36 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 218 ވަނަ މާއްދާގެ (ހ) ގެ ފެށޭ އިބާރާތާއި، އެ އަކުރުގެ (2) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.
ލިޔުންތައް ބެލެހެއްޓުން 218.
(ހ) ކަސްޓަމްސްގެ ބްރޯކަރުންގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން، މުދާ ކްލިއަރކުރުމަށް ބޭނުންވ،ާ ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް 1 (އެކެއް) އަހަރުދުވަސް ވަންދެން ރައްކައުތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.
2. މުދަލުގެ ވެރިފަރާތާއި ކަސްޓަމްސްގެ ބްރޯކަރުންނާ ދެމެދު މުދަލާ ގުޅޭގޮތުން މުއާމަލާތުކުރެވޭ އެންމެހައި ލިޔުންތައް؛
37 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 219 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
މައްސަލަ ހުށަހެޅުން 219.
(ހ) ކަސްޓަމްސްގެ ބްރޯކަރުންނާ ގުޅޭގޮތުން ކަސްޓަމްސްއިން އަމަލުކުރި ގޮތަކާމެދު އެ ފަރާތަކުން ހިތްހަމަނުޖެހޭ މައްސަލައެއް އޮތް ނަމަ، އެ މައްސަލަ އިތުރަށް ބަލައިދިނުމަށް އެދި މި ގަވާއިދުގެ 15 ވަނަ ބައިގައި ބަޔާންކޮށްފައިވާ އޭޖެންޓުންގެ މަސައްކަތްތައް ބަލަހައްޓާ ކޮމިޓީއަށް ހުށަހެޅިދާނެއެވެ.
38 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 220 ވަނަ މާއްދާ އުނިކުރުން.
39 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 227 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.
ކަސްޓަމްސްގެ ސަރަހަ އްދުތަކަށް ވަންނަން ބޭނުންވާ މީހުން ރަޖިސްޓަރީ ކުރުން 227.
(ހ) (1) ހިދުމަތްތަކަށް ރަޖިސްޓަރީކުރުމަށް ކަސްޓަމްސްއިން ކަނޑައަޅާ ފޯމު ނުވަތަ ކަސްޓަމްސްއިން ކަނޑައަޅާ ފޯމެޓާ އެއްގޮތަށް ފުރިހަމަކޮށްފައިވާ އެޕްލިކޭށަން؛
40 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 228 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ލައިސަންސްގެ މުއްދަތު 228.
އުޅަނދުފަހަރުގެ އޭޖެންޓުންގެ ލައިސަންސްގެ މުއްދަތަކީ، ލައިސަންސް ދޫކުރި ތާރީހުން ފެށިގެން މީލާދީ 3 (ތިނެއް) އަހަރުދުވަހެވެ. ނަމަވެސް އެ ފަރާތަކަށް މެދުނުކެނޑި ހިދުމަތް ދެވޭނީ، ހިދުމަތް ހޯދަމުންދާ އަހަރަކަށް ދައްކަންޖެހޭގޮތަށް މި ގަވާއިދުގެ ޖަދުވަލު 36 ގައި ބަޔާންކޮށްފައިވާ އަހަރީ ފީ ދައްކައިފައިވާނަމައެވެ.
41 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 229 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ލައިސަންސް އައުކޮށްދިނުން 229.
(ހ) އުޅަނދުފަހަރުގެ އޭޖެންޓުންގެ ލައިސަންސްގެ މުއްދަތު ހަމަވުމުގެ ކުރިން ލައިސަންސް އައުކޮށްދިނުމަށް އެދި ހުށަހަޅައިފި ނަމަ، ކަސްޓަމްސްގެ އޭޖެންޓުންގެ ހިދުމަތުގެ ފެންވަރު ބެލުމަށް ކަސްޓަމްސްއިން ކަނޑައަޅައިފައިވާ އު ސޫލުން 50 (ފަންސާސް) ޕޮއިންޓަށްވުރެ މަތިން ލިބިފައިވާ ނަމަ، އެ ފަރާތެއްގެ ލައިސަންސް އައުކޮށްދެވޭނެއެވެ.
42 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 230 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ އަކުރުގެ (4) ވަނަ ނަންބަރުގެ ފަހަތަށް (5) ވަނަ ނަންބަރާއި (6) ވަނަ ނަންބަރުގެ ގޮތުގައި ނަންބަރު އިތުރުކުރުމާއި، އެ މާއްދާގެ (ށ) އާއި (ނ) އާއި (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ލައިސަންސް ބާތިލުކުރުމާއި ހިފެހެއްޓުން 230.
(ހ)
2. އުޅަނދުފަހަރުގެ އޭޖެންޓުގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރި އުވައިލުން؛
3. އޭޖެންޓުންގެ ހިދުމަތުގެ ފެންވަރު ބެލުމަށް ކަސްޓަމްސްއިން ކަނޑައަޅައިފައިވާ އުސޫލުގެ ދަށުން 50 (ފަންސާސް) ޕޮއިންޓަށް ވުރެ މާކްސް ދަށްވުން؛
5. މި ގަވާއިދުގައި ބަޔާންކޮށްފައިވާ "އޭޖެންޓުންގެ މަސައްކަތްތައް ބަލަހައްޓާ ކޮމިޓީ" އިން އަޅާ ފިޔަވަޅެއްގެ ގޮތުގައި ރަޖިސްޓަރީ ބާތިލުކުރުމަށް ނިންމުން؛
6. ވިޔަފާރީގެ ހިއްސާދާރެއްގެ މައްޗަށް ނުވަތަ ޑިރެކްޓަރެއްގެ މައްޗަށް ނުވަތަ ޕާޓްނަރެއްގެ މައްޗަށް މަސްތުވާތަކެތީގެ މައްސަލައެއް ނުވަތަ މަނީލޯންޑްރިންގެ ކުށެއް ނުވަތަ އިމްޕޯޓް އެކްސްޕޯޓާ ގުޅުންހުރި ޖިނާއީ ކުށެއް ކޮށްފައިވާކަމަށް ށަރީއަތަށް ސާބިތުވުން ނުވަތަ އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުން ނުވަތަ ނަސޭހަތުގެ އެއްބަސްވުމެއްގެ ދަށުން ދައުވާ ނުކުރަން ޕްރޮސެކިއުޓަރ ޖެނެރަލް ނިންމުން.
(ށ) ވިޔަފާރީގެ ހިއްސާދާރެއްގެ މައްޗަށް ނުވަތަ ޑިރެކްޓަރެއްގެ މައްޗަށް ނުވަތަ ޕާޓްނަރެއްގެ މައްޗަށް މަސްތުވާތަކެތީގެ މައްސަލައެއް ނުވަތަ މަނީލޯންޑްރިންގެ ކުށެއް ނުވަތަ އިމްޕޯޓް އެކްސްޕޯޓާ ގުޅުންހުރި ޖިނާއީ ކުށެއް ކޮށްފިކަމަށް ނުވަތަ ކުރަން އުޅޭކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ އެފަދަ ކުށެއް ކުރުމުގައި ބައިވެރިވިކަމަށް ތަހުގީގަށް ސާބިތުވެއްޖެ ނަމަ، އެ ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް ހިފެހެއްޓުމުގެ އިހްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ތަހުގީގަށް ސާބިތުވެފައިވާ މައްސަލ،ަ ށަރީއަތަށް ސާބިތު ނުވެއްޖެ ނަމަ، ނުވަތަ އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުން ނުވަތަ ނަސޭހަތުގެ އެއްބަސްވުމެއްގެ ދަށުން ނޫން ގޮތަކަށް ދައުވާ ނުކުރުމަށް ނިންމައިފި ނަމަ، ހިފަހައްޓައިފައިވާ ލައިސަންސް އަލުން އެ ފަރާތަކަށް ދޭންވާނެއެވެ.
(ރ) އުޅަނދުފަހަރުގެ އޭޖެންޓުންނަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކޮށްފި ނަމަ، އެ ފަރާތަކަށް އަލުން ލައިސަންސް ދޫކުރެވޭނީ، އަންނަނިވި ގޮތުގެ މަތީންނެވެ.
- ލައިސަންސް ބާތިލުކުރީ އެ ފަރާތެއްގެ ފެންވަރު ދަށްވުމުގެ ސަބަބުން ނުވަތަ އިދާރީ ކުށަކާ ގުޅިގެން ކަސްޓަމްސްއަށް ލިބިގެންވާ އިހްތިޔާރެއްގެ ސަބަބުން ނަމަ، ލައިސަންސް
ބާތިލުކުރިތާ 4 (ހަތަރެއް) މަސްދުވަސް ފަހުން؛ - މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތު ފިޔަވައި އެހެން ހާލަތެއް ނަމަ، ލައިސަންސް ބާތިލުކުރިތާ 1 (އެކެއް) މަސްދުވަސް ފަހުން؛
- މި މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގެ ދަށުން ބާތިލުކޮށްފައިވާ ލައިސަންސެއް ނަމަ، ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އަދަބު މާފު ކުރިތާ ނުވަތަ އިއުތިރާފުގެ އެއްބަސްވުން ނުވަތަ ނަސޭހަތުގެ އެއްބަސްވުން ހަދާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރު ދުވަސް ފަހުން. ނަމަވެސް ހުކުމްކުރެވުނު ފަރާތް ނުވަތަ އިއުތިރާފުގެ އެއްބަސްވުން ހެދުނު ފަރާތް އެ ވިޔަފާރިއަކުން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ، އެ ފަރާތެއްގެ ނަން ވިޔަފާރިން ވަކިކުރާތާ 1 (އެކެއް) މަސްދުވަސް ފަހުން؛
43 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ނުވަވަނަ ބައިގެ ތިންވަނަ ބާބުގެ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ކާގޯ އޭޖެންޓުން
44 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 234 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ކާގޯ އޭޖެންޓުން 234.
(ހ) ރާއްޖެއަށް މުދާ ގެނައުމާއި، ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ހިދުމަތްދޭ ފަރާތްތަކުގެ ތެރެއިން އަންނަނިވި ފަރާތްތައް، ކާގޯ އޭޖެންޓުންގެ ގޮތުގައި ކަސްޓަމްސްގައި ރަޖިސްޓަރީ ކުރަންވާނެއެވެ.
- ޕޯސްޓުގެ ހިދުމަތްދޭ ފަރާތްތައް؛
- ކޫރިއަރ އޮޕަރޭޓަރުން؛
- ފްރައިޓް ފޯވަރޑިންގެ ހިދުމަތްދޭ ފަރާތްތައް.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކާގޯ އޭޖެންޓުންގެ ގޮތުގައި ރަޖިސްޓަރީ ކުރެވޭ ފަރާތްތަކަށް އެކަމުގެ ލިޔުމެއް ކަސްޓަމްސްއިން ދޫކުރަންވާނެއެވެ.
45 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 235 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ކަސްޓަމްސްއާއެކު މުއާމަލާތުކުރުން 235.
(ހ) ކާގޯ އޭޖެންޓުންގެ ތެރެއިން ޕޯސްޓު ނުވަތަ ކޫރިއަރ އޮޕަރޭޓަރުންނަށް އެ ފަރާތްތައް މެދުވެރިވެގެން ގެންނަ މުދާ ކްލިއަރ ކުރުމަށް ޓަކައި ކަސްޓަމްސް ބްރޯކަރުންގެ ހިދުމަތް ދެވިދާނެއެވެ. މިގޮތުން ކަސްޓަމްސް ބްރޯކަރެއްގެ ހިދުމަތް ދެވޭނީ، މި ގަވާއިދުގެ 9 ވަނަ ބައިގެ އެއްވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކަސްޓަމްސްގެ ބްރޯކަރެއްގެ ގޮތުގައި ރަޖިސްޓަރީ ވުމުންނެވެ.
(ށ) ކާގޯ އޭޖެންޓުންގެ ތެރެއިން ފްރައިޓް ފޯވަޑިންގ ހިދުމަތްދޭ ފަރާތަކީ ކަސްޓަމްސްގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދުފަހަރުގެ އޭޖެންޓެއް ނަމަ، މި ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން، އެ ފަރާތަކަށް ކަސްޓަމްސް ބްރޯކަރެއްގެ ގޮތުގައި ރަޖިސްޓަރީއެއް ނުކުރެވޭނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ކާގޯ އޭޖެންޓެއް، ބްރޯކަރުންގެ ހިދުމަތަށް ރަޖިސްޓަރީކުރާ ނަމަ، މި ގަވާއިދުގެ ޖަދުވަލު 36 ގައި ބަޔާންކޮށްފައިވާ ބްރޯކަރުންގެ ރަޖިސްޓްރޭށަން ފީއާއި ބްރޯކަރުންގެ އަހަރީ ފީ ދައްކަންވާނެއެވެ.
(ރ) މި މާއްދާގެ ދަށުން ބްރޯކަރުގެ ހިދުމަތް ދިނުމުގައި،މި ގަވާއިދުގައިވާ ކަސްޓަމްސްގެ ބްރޯކަރުންގެ މަސައްކަތުގެ ޒިންމާތަކާއި
މަސްއޫލިއްޔަތުތައް ކާގޯ އޭޖެންޓުންގެ މައްޗަށް ހިނގާނެއެވެ.
(ބ) މި މާއްދާގެ ދަށުން ކަސްޓަމްސްގެ ބްރޯކަރުންގެ ހިދުމަތްދޭ ޕޯސްޓު ނުވަތަ ކޫރިއަރ އޮޕަރޭޓަރަކު އެ ފަރާތް މެދުވެރިވެގެން ގެންނަ މުދާ ފިޔަވައި އެހެން މުދަލަކާ ގުޅޭގޮތުން ކަސްޓަމްސްއާ މުއާމަލާތުކޮށް ބްރޯކަރުންގެ މަސައްކަތް ކުރުމަކީ މަނާކަމެކެވެ. އެފަދަ ކަމެއް ކޮށްފި ނަމަ، މި ގަވާއިދުގެ 550 ވަނަ މާއްދާގެ (ރ) ގެ (30) ވަނަ ނަންބަރުގެ ދަށުން އެ ފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ.
46 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 236 ވަނަ މާއްދާ އަންނިވިގޮތަށް އިސްލާހުކުރުން.
ކަސްޓަމްސްގެ ސަރަހައްދުތަކަށް ވަންނަން ބޭނުންވާ މީހުންގެ ށަރުތުތައް 236.
ކާގޯ އޭޖެންޓުން މެދުވެރިކޮށް ގެންނަ މުދާ ކްލިއަރ ކުރުމުގެ މަސައްކަތް ކުރުމަށް ޓަކައި ކަސްޓަމްސްއަށް ފޮނުވާ މީހުންނާއި އެފަދަ ތަކެއްޗާ ގުޅޭގޮތުން ކަސްޓަމްސްގެ ސަރަހައްދުތަކުގައި މަސައްކަތްކުރާ މީހުންނަކީ ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ މީހުންނަށް ވާންވާނެއެވެ.
(ހ) މަސްތުވާތަކެތި އެތެރެކުރުމާއި، އެ ތަކެތީގެ ވިޔަފާރިކުރުމުގެ މައްސަލައެއް ށަރީއަތަށް ސާބިތުވެފައިވާ ނަމަ، ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މާފުކުރިތާ 3 (ތިނެއް) އަހަރުދުވަސް ވެފައިވުން.
(ށ) ކަސްޓަމްސްގެ ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ޖީނާއީ މައްސަލައެއް ށަރީއަތަށް ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ކޮށްފައިވާ ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތ،ާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މާފުކުރެވުނުތާ 1 (އެކެއް) އަހަރުދުވަސް ވެފައިވުން.
47 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 237 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ކަސްޓަމްސްގެ ސަރަހައްދުތަކަށް ވަދެ ނުކުމެ ވާ މީހުންނަށް ދޫކުރާ ފާސް 237.
(ހ) ކާގޯ އޭޖެންޓުންގެ ފަރާތުން ކަސްޓަމްސްގެ ސަރަހައްދުތަކުގައި މަސައްކަތްކުރާ މީހުންނަށް ކަސްޓަމްސްއިން ފާހެއް ދޫކުރަންވާނެއެވެ. މިގޮތުން ކާގޯ އޭޖެންޓަކަށް އަގަކާ ނުލައި، އަހަރަކު 5 (ފަހެއް) ފާސް ދޫކުރަންވާނެއެވެ.
48 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 238 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ކާގޯ އޭޖެންޓުންގެ މަސްއޫލިއްޔަތާއި ޒިންމާ 238.
(ހ) ޕޯސްޓު ނުވަތަ ކޫރިއަރ އޮޕަރޭޓަރުންގެ މަސްއޫލިއްޔަތާއި ޒިންމާ، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
- މި ގަވާއިދުގެ 85 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޕޯސްޓުން ނުވަތަ ކޫރިއަރ ސަރވިސް މެދުވެރިކޮށް ގެންނަ ތަކެތީގެ ކާގޯ މެނިފެސްޓުގެ ހައުސް ބިލް އޮފް ލޭޑިންގ ނުވަތަ ހައުސް އެއަރވޭ ބިލްތަކުގެ މައުލޫމާތު ހުށަހެޅުން؛
- މި ގަވާއިދުގެ ދަށުން ފްރައިޓް ފޯވަރޑަރުން މެދުވެރިވެގެން ރާއްޖެ ގެންނަ މުދަލަށް ހުށަހަ ޅައިފައިވާ ކާގޯ މެނިފެސްޓާ ގުޅޭގޮތުން ކަސްޓަމްސްގެ ގާނޫނާއި ގަވާއިދުތަކުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުން؛
- މުދަލުގެ ވެރިފަރާތުން ގާނޫނާއި ގަވާއިދާ ހިލާފު އަމަލެއް ހިންގާކަން ނުވަތަ ހިންގައިފިކަން ނުވަތަ ހިންގަން އުޅޭކަން އެނގިއްޖެ ނަމަ، ވީ އެންމެ އަވަހަކަށް އެކަން ކަސްޓަމްސްއަށް
އެންގުން؛ - މުދަލާ ގުޅޭގޮތުން ހުށަހެޅޭ މެނިފެސްޓަކާ ގުޅިގެން، އެއްވެސް ފަރާތަކުން، ގާނޫނާއި ގަވާއިދާ ހިލާފު އަމަލެއް ހިންގާކަން ނުވަތަ ހިންގައިފިކަން ނުވަތަ ހިންގަން އުޅޭކަން އެނގިއްޖެ ނަމަ، ވީ އެންމެ އަވަހަކަށް ކަސްޓަމްސްއަށް އެކަން އެންގުން؛
- ޕޯސްޓު ނުވަތަ ކޫރިއަރ އޮޕަރޭޓަރުންގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ މުވައްޒަފުންގެ ތެރެއިން ކަސްޓަމްސްއާއެކު މުއާމަލާތު ކުރުމަށް ކަސްޓަމްސްއިން ފާސް ދޫކޮށްފައިވާ މީހަކު ވަކިވެއްޖެ ނަމަ، ނުވަތަ ނިޔާވެއްޖެ ނަމަ، ނުވަތަ އެ މީހެއްގެ ފާސް ގެއްލިއްޖެ ނަމަ، ނުވަތަ ހަލާކުވެއްޖެ ނަމަ، އެ ކަމެއް ހިނގާ ދުވަހުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ މައުލޫމާތު ކަސްޓަމްސްއަށް އެންގުން؛
- ކަސްޓަމްސްއިން މައުލޫމާތެއް ފޯރުކޮށްދިނުމަށް އެދިއްޖެ ނަމަ، އެ މައުލޫމާތެއް ފޯރުކޮށްދިނުން؛
- ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައިވާ މުދަލަކާ ގުޅިގެން ޕޯސްޓު ނުވަތަ ކޫރިއަރ އޮޕަރޭޓަރު ގާނޫނާއި ގަވާއިދާ ހިލާފުވުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ނުވަތަ އެނޫންވެސް ގޮތަކުން ކަސްޓަމްސްއަށް އެއްވެސް ފައިސާއެއް ދައްކަން ޖެހިއްޖެ ނަމަ އެ ފައިސާއެއް ދެއްކުން؛
- ކަސްޓަމްސްއިން ކުރަމުންގެންދާ ތަހުގީގަކަށް އެއްބާރުލުން ދިނުމަށް ކަސްޓަމްސްއިން އެދިއްޖެ ހާލަތެއްގައި އެއްބާރުލުން ދިނުން؛
- ކާގޯ އޭޖެންޓުންނަށް ނުވަތަ ޕޯސްޓު ނުވަތަ ކޫރިއަރ އޮޕަރޭޓަރުންނަށް އަމާޒުކޮށްގެން ހިންގާ ތަމްރީނު ޕުރޮގުރާމުތަކާއި، ރިފްރެށަރ ޕު ރޮގުރާމުތަކާއި، ވޯކްށޮޕް ފަދަ ޕުރޮގުރާމުތަކަށް ދޭ ދައުވަތަށް އިޖާބަދީ، އެ ކަންކަމުގައި ބައިވެރިވުން؛
- ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް ތަކެތި އެތެރެކުރުމާއި، ރާއްޖެއިން ތަކެތި ބޭރުކުރުން ހުއްޓުވުމަށް ޓަކައި ކަސްޓަމްސްއިން ކުރަމުންގެންދާ މަސައްކަތްތަކުގައި އެހީތެރިވެ އެއްބާރުލުންދިނުން؛
- ޕޯސްޓުން ނުވަތަ ކޫރިއަރ ސަރވިސް މެދުވެރިކޮށް ގެންނަ ތަކެއްޗާއި ފޮނުވާ ތަކެއްޗާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކަސްޓަމްސްގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކުރުން.
(ށ) ފްރައިޓް ފޯވަރޑަރުންގެ މަސްއޫލިއްޔަތާއި ޒިންމާ ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
- މި ގަވާއިދުގެ 85 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފްރައިޓް ފޯވަރޑަރުން މެދުވެރިކޮށް ގެންނަ ތަކެތީގެ ކާގޯ މެނިފެސްޓުގެ ހައުސް ބިލް އޮފް ލޭޑިންގ ނުވަތަ ހައުސް އެއަރވޭ ބިލްތަކުގެ މައުލޫމާތު ހުށަހެޅުން؛
- މި ގަވާއިދުގެ ދަށުން ފްރައިޓް ފޯވަރޑަރުން މެދުވެރިވެގެން ރާއްޖެއަށް ގެންނަ މުދަލަށް ހުށަހަޅައިފައިވާ ކާގޯ މެނިފެސްޓާ ގުޅޭގޮތުން ކަސްޓަމްސްގެ ގާނޫނާއި ގަވާއިދުތަކުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުން؛
- މުދަލުގެ ވެރިފަރާތުން ގާނޫނާއި ގަވާއިދާ ހިލާފު އަމަލެއް ހިންގާކަން ނުވަތަ ހިންގައިފިކަން ނުވަތަ ހިންގަން އުޅޭކަން އެނގިއްޖެ ނަމަ، ވީ އެންމެ އަވަހަކަށް އެކަން ކަސްޓަމްސްއަށް އެންގުން؛
- މުދަލާ ގުޅޭގޮތުން ހުށަހެޅޭ މެނިފެސްޓަކާ ގުޅިގެން، އެއްވެސް ފަރާތަކުން، ގާނޫނާއި ގަވާއިދާ ހިލާފު އަމަލެއް ހިންގާކަން ނުވަތަ ހިންގައިފިކަން ނުވަތަ ހިންގަން އުޅޭކަން އެނގިއްޖެ ނަމަ، ވީ އެންމެ އަވަހަކަށް ކަސްޓަމްސްއަށް އެކަން އެންގުން؛
- ފްރައިޓް ފޯވަރޑަރެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތެއްގެ މުވައްޒަފުންގެ ތެރެއިން ކަސްޓަމްސްއާއެކު މުއާމަލާތު ކުރުމަށް ކަސްޓަމްސްއިން ފާސް ދޫކޮށްފައިވާ މީހަކު ވަކިވެއްޖެ ނަމަ، ނުވަތަ ނިޔާވެއްޖެ ނަމަ، ނުވަތަ އެ މީހެއްގެ ފާސް ގެއްލިއްޖެ ނަމަ، ނުވަތަ ފާސް ހަލާކުވެއްޖެ ނަމަ، އެ ކަމެއް ހިނގާ ދުވަހުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ މައުލޫމާތު ކަސްޓަމްސްއަށް އެންގުން؛
- ކަސްޓަމްސްއިން މައުލޫމާތެއް ފޯރުކޮށްދިނުމަށް އެދިއްޖެ ނަމަ، އެ މައުލޫމާތެއް ފޯރުކޮށްދިނުން؛
- ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައިވާ މުދަލަކާ ގުޅިގެން ފްރައިޓް ފޯވަރޑަރު، ގާނޫނާއި ގަވާއިދާ ހިލާފުވުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ނުވަތަ އެ ނޫން ވެސް ގޮތަކުން ކަސްޓަމްސްއަށް އެއްވެސް ފައިސާއެއް ދައްކަން ޖެހިއްޖެ ނަމަ އެ ފައިސާއެއް ދެއްކުން؛
- ކަސްޓަމްސްއިން ކުރަމުންގެންދާ ތަހުގީގަކަށް، އެއްބާރުލުން ދިނުމަށް ކަސްޓަމްސްއިން އެދިއްޖެ ހާލަތެއްގައި އެއްބާރުލުން ދިނުން؛
- ކާގޯ އޭޖެންޓުންނަށް ނުވަތަ ފްރައިޓް ފޯވަރޑަރުންނަށް އަމާޒުކޮށްގެން ހިންގާ ތަމްރީނު ޕުރޮގުރާމަތަކާއި، ރިފްރެށަރ ޕުރޮގުރާމްތަކާއި، ވޯކްށޮޕް ފަދަ ބައްދަލުވުންތަކަށް ދޭ ދައުވަތަށް އިޖާބަދިނުން؛
- ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް ތަކެތި އެތެރެކުރުމާއި، ރާއްޖެއިން ތަކެތި ބޭރުކުރުން ހުއްޓުވުމަށް ޓަކައި ކަސްޓަމްސްއިން ކުރަމުންގެންދާ މަސައްކަތްތަކުގައި އެހީތެރިވެ އެއްބާރުލުންދިނުން؛
- ދިވެހިރާއްޖެއަށް ގެންނަ މުދަލާއި ދިވެހިރާއްޖެއިން ބޭރުކުރާ މުދަލުގެ ފްރައިޓް ފޯވަރޑަރުކަން ކުރުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކަސްޓަމްސްގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކުރުން.
49 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 239 ވަނަ މާއްދާގެ އަރިމަތީ ސުރުހީއާއި އެ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ކާގޯ އޭޖެންޓުންގެ މައުލޫމާތު ބަދަލުވުން 239.
ކާގޯ އޭޖެންޓެއްގެ ގޮތުގައި ކަސްޓަމްސްގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއެއްގެ، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ބަދަލުވެއްޖެ ނަމަ، އެ މައުލޫމާތު ބަދަލުވި ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ މައުލޫމާތު ކަސްޓަމްސްއަށް ދޭންވާނެއެވެ.
(ހ) ވިޔަފާރީގެ މިލްކުވެރިކަން ބަދަލުވުން.
(ށ) ވިޔަފާރީގެ ނަން ބަދަލުވުން.
(ނ) ވިޔަފާރީގެ އެޑްރެސް ބަދަލުވުން.
(ރ) ވިޔަފާރީގެ މުވައްޒަފުންގެ ތެރެއިން ކަސްޓަމްސްގެ ބްރޯކަރުންގެ ތަމްރީނު ފުރިހަމަކޮށްފައިވާ މުވައްޒަފަކު ވަޒީފާއިން ވަކިވުން.
50 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 240 ވަނަ މާއްދާގެ ފެށުމާއި އެ މާއްދާގެ (ހ) އަންނަނިވިގޮތަށް އިސްލާހުކޮށް، އެ މާއްދާގެ (ށ) ގެ ފަހަތަށް (ނ) އާއި، (ރ) އާއި، (ބ) އާއި، (ޅ) ގެ ގޮތުގައި އަކުރުތަކެއް އިތުރުކުރުން.
ކޮށްގެން ނުވާނެ ކަންތައްތައް 240.
ކާގޯ އޭޖެންޓުން، ތިރީގައި ބަޔާންކޮށްފައިވާ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.
(ހ) ކާގޯ އޭޖެންޓުންގެ ހިދުމަތް ހޯދާ ފަރާތްތަކުން ގެންނަ ތަކެއްޗާއި ފޮނުވާ ތަކެއްޗާ ގުޅޭ ލިޔުންތަކާއި މައުލޫމާތުތަކަށް ރައްކައުތެރި ނުވުމާއި، މުދަލުގެ ވެރިފަރާތުގެ ހުއްދަ ނެތި އެފަދަ ލިޔުންތަކާއި މައުލޫމާތު އެހެން ފަރާތަކަށް ހާމަކުރުން. މީގެ ތެރޭގައި ކަސްޓަމްސްއަށް ލިޔުންތަކާއި މައުލޫމާތު ދިނުމެއް ނުހިމެނެއެވެ.
(ނ) ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ލިބިދީފައިވާ އެއްވެސް އިމްތިޔާޒެއް ނުވަތަ އިހްތިޔާރެއްގެ ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް މުދާ އެތެރެކުރުމާއި ބޭރުކުރުމުގެ އަމަލެއް ކުރުން ނުވަތަ ކުރަން އުޅުން.
(ރ) ހިދުމަތް ހޯދާ ފަރާތްތަކާއި، ކަސްޓަމްސްއާ ދެމެދު އޮންނަ ގުޅުމަށް ނޭދެވޭ އަސަރެއް ފޯރާ ފަދަ އަމަލެއް ކުރުން.
(ބ) ކަސްޓަމްސާއެކު ކުރާ މުއާމަލާތްތަކުގައި ކަނޑައެޅިގެން އޮޅުވައި ލަން މަސައްކަތް ކުރުން ނުވަތަ އެފަދަ ކަމަކަށް މަގުފަހިވެދާނެ ގޮތަކަށް ލޯކަލް ކޫރިއަރ އޭޖެންޓުން މަސައްކަތް ކުރުން؛
(ޅ) ބޭއަދަބީ ބަހުން ނުވަތަ އަމަލުން ކަސްޓަމްސްއާ މުއާމަލާތު ކުރުން.
51 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 241 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ކަސްޓަމްސް ސަރަހައްދުތަކަށް ވަންނަން ބޭނުންވާ މީހުން ރަޖިސްޓަރީ ކުރުން 241.
(ހ) ކާގޯ އޭޖެންޓުން މެދުވެރިކޮށް ގެންނަ ތަކެތި ކްލިއަރ ކުރުމަށް އެ ފަރާތްތަކުން ކަސްޓަމްސްއަށް ފޮނުވާ މީހުންނާއި އެފަދަ ތަކެއްޗާ ގުޅޭގޮތުން ކަސްޓަމްސްގެ ސަރަހައްދުތަކުގައި މަސައްކަތްކުރާ މީހުން ރަޖިސްޓަރީ ކުރުމަށް ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.
- ހިދުމަތްތައް ރަޖިސްޓަރީ ކުރުމަށާއި ކެންސަލް ކުރުމަށް ޓަކައި، ކަސްޓަމްސްއިން ކަނޑައަޅާ ފޯމު ނުވަތަ ކަސްޓަމްސްއިން ކަނޑައަޅާ ފޯމެޓާ އެއްގޮތަށް ފުރިހަމަކޮށްފައިވާ އެޕްލިކޭށަން؛
- ކުންފުނިން ނުވަތަ ވިޔަފާރިން އެ މުވައްޒަފަށް ވަޒީފާ ދިންކަމުގެ
ލިޔުން؛ - މި ގަވާއިދުގެ 236 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް އެ މީހެއްގެ ކިބައި ގައި ފުރިހަމަވާކަން އެނގޭނެ، ސަރުކާރުގެ ކަމާބެހޭ ފަރާތުގެ ލިޔުން؛
- ޕާސްޕޯޓްސައިޒުގެ 2 (ދޭއް) ފޮޓޯ (ފޮޓޯ ނެގިތާ 3 މަސްދުވަސް ހަމަނުވާ)؛
- ބިދޭސީއެއް ނަމަ، އެ ގައުމެއްގެ އެމްބަސީން އެންޑޯޒްކޮށްފައިވާ އެ މީހެއްގެ ކުށުގެ ރިކޯޑު ނުވަތަ ޕޮލިސް ރިޕޯޓ.ު
(ށ) މި ބާބުގެ ދަށުން ކަސްޓަމްސްގެ ސަރަހައްދުތަކަށް ވަދެނުކުމެ ވުމުގެހުއްދައަށް އެދި ހުށަހަޅާ މީހަކީ މި ގަވާއިދުގެ 236 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ މީހެއް ނަމަ، ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ މީހަކު ކަސްޓަމްސްގައި ރަޖިސްޓަރީކޮށް، ފާސް ދޫކުރަންވާނެއެވެ. އަދި އެ މީހަކީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ މީހަކަށް ނުވާ ނަމަ، ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، ރަޖިސްޓަރީ ކުރުމަށް ހުށަހެޅި ފަރާތަށް އެކަން އަންގަންވާނެއެވެ.
(ނ) ކާގޯ އޭޖެންޓުން މެދުވެރިކޮށް ގެންނަ ތަކެއްޗާއި ފޮނުވާ ތަކެއްޗާ ގުޅޭގޮތުން ކަސްޓަމްސްގެ ސަރަހައްދުތަކަށް ވަންނަން ބޭނުންވާ މީހުން ކަސްޓަމްސްގައި ރަޖިސްޓަރީކޮށް ފާސް ދޫކުރެވޭނީ، ރަޖިސްޓަރީ ކޮށްދެވޭ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދ،ޭ މުއްދަތު ހަމަނުވާ ކާޑު ނުވަތަ ކާކުކަން އަންގައިދ،ޭ ފޮޓޯޖެހި ރަސްމީ ލިޔުމެއް ގެނައުމުންނެވެ. އަދި އެ މީހަކީ ބިދޭސީއެއް ނަމަ، އެ މީހެއްގެ، މުއްދަތު ހަމަނުވާ ވާރކް ޕާމިޓުގެ އަސްލު ނުވަތަ ވާރކް ޕާމިޓް ކާޑު ނުވަތަ ކާކުކަން އަންގައިދ،ޭ ފޮޓޯޖެހި ރަސްމީ ލިޔުމެއް ގެނައުމުންނެވެ.
(ރ) ކާގޯ އޭޖެންޓުން މެދުވެރިކޮށް ގެންނަ ތަކެތި ކްލިއަރ ކުރުމަށް ކަސްޓަމްސްއަށް ފޮނުވާ މީހުންނާއި، އެފަދަ ތަކެއްޗާ ގުޅޭގޮތުން ކަސްޓަމްސްގެ ސަރަހައްދުތަކުގައި މަސައްކަތްކުރާ މީހުން ކަސްޓަމްސްގެ ސަރަހައްދުތަކުގައި އުޅޭއިރު، ކަސްޓަމްސްއިން ދޫކޮށްފައިވާ ފާސް ފެންނަގޮތަށް ހަރުކޮށްފައި ހުންނަންވާނެއެވެ.
52 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 242 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ރަޖިސްޓަރީކުރެވޭ މުއްދަތު 242.
ކާގޯ އޭޖެންޓުން ކަސްޓަމްސްގައި ރަޖިސްޓަރީ ކުރެވޭނީ، ރަޖިސްޓަރީކުރާ ތާރީހުން ފެށިގެން މީލާދީ 3 (ތިނެއް) އަހަރުދުވަހަށެވެ. ނަމަވެސް އެ ފަރާތަށް މެދުނުކެނޑި ހިދުމަތް ދެވޭނީ، ހިދުމަތް ހޯދަމުންދާ އަހަރަކަށް ދައްކަންޖެހޭގޮތަށް މި ގަވާއިދުގެ ޖަދުވަލު 36 ގައި ބަޔާންކޮށްފައިވާ އަހަރީ ފީ ދައްކައިފައިވާނަމައެވެ.
53 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 243 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ރަޖިސްޓަރީ އައުކޮށްދިނުން 243.
(ހ) ކާގޯ އޭޖެންޓުންގެ ރަޖިސްޓަރީ އައުކޮށްދިނުމަށް އެދި ހުށަހަޅައިފި ނަމަ، އެ ފަރާތްތަކުގެ ހިދުމަތުގެ ފެންވަރު ބެލުމަށް ކަސްޓަމްސްއިން ކަނޑައަޅައިފައިވާ އު ސޫލުން 50 (ފަންސާސް) ޕޮއިންޓަށްވުރެ މަތިން ލިބިފައިވާ ނަމަ، އެ ފަރާތެއްގެ ލައިސަންސް އައުކޮށްދެވޭނެއެވެ.
(ށ) ކާގޯ އޭޖެންޓުންގެ ރަޖިސްޓަރީގެ މުއްދަތު ހަމަވެއްޖެ ނަމަ، އެ ފަރާތަކަށް ކަސްޓަމްސްއިން ދޭ ހިދުމަތް ވަގުތީގޮތުން މެދުކަނޑައިލެވޭނެއެވެ. އަދި އެ ހިދުމަތް އަލުން ދެވޭނީ ރަޖިސްޓަރީ އައުކުރުމުންނެވެ.
(ނ) ކާގޯ އޭޖެންޓުންގެ ރަޖިސްޓަރީ އައުކޮށްދެވޭނީ، މި ގަވާއިދުގެ ޖަދުވަލު 36 ގައި ބަޔާންކޮށްފައިވާ އަހަރީ ފީ ކަސްޓަމްސްއަށް ދެއްކުމުންނެވެ.
54 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 244 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ރަޖިސްޓަރީ ބާތިލުކުރުމާއި ހިފެހެއްޓުން 244.
(ހ) ކާގޯ އޭޖެންޓުންގެ ރަޖިސްޓަރީ ބާތިލުކުރެވޭނެ ހާލަތްތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
- ކާގޯ އޭޖެންޓުގެ ފަރާތުން ރަޖިސްޓަރީ ބާތިލުކޮށްދިނުމަށް އެދުން؛
- ކާގޯ އޭޖެންޓުންގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރި އުވައިލުން؛
- އޭޖެންޓުންގެ ހިދުމަތުގެ ފެންވަރު ބެލުމަށް ކަސްޓަމްސްއިން ކަނޑައަޅައިފައިވާ އުސޫލުގެ ދަށުން 50 (ފަންސާސް) ޕޮއިންޓަށް ވުރެ މާކްސް ދަށްވުން؛
- މި ގަވާއިދުގައި ބަޔާންކޮށްފައިވާ "އޭޖެންޓުންގެ މަސައްކަތްތައް ބަލަހައްޓާ ކޮމިޓީ" އިން އަޅާ ފިޔަވަޅެއްގެ ގޮތުގައި ރަޖިސްޓަރީ ބާތިލުކުރުމަށް ނިންމުން؛
- އެހެން ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ކަމާބެހޭ އިދާރާއަކުން، ހިދުމަތް ދިނުމަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކުރުން؛
- ވިޔަފާރީގެ ހިއްސާދާރެއްގެ މައްޗަށް ނުވަތަ ޑިރެކްޓަރެއްގެ މައްޗަށް ނުވަތަ ޕާޓްނަރެއްގެ މައްޗަށް މަސްތުވާތަކެތީގެ މައްސަލައެއް ނުވަތަ މަނީލޯންޑްރިންގެ ކުށެއް ނުވަތަ އިމްޕޯޓް އެކްސްޕޯޓާ ގުޅުންހުރި ޖިނާއީ ކުށެއް ކޮށްފައިވާކަމަށް ށަރީއަތަށް ސާބިތުވުން ނުވަތަ އިއުތިރާފުގެ ނުވަތަ ނަސޭހަތުގެ އެއްބަސްވުމެއްގެ ދަށުން ދައުވާ ނުކުރަން ޕްރޮސެކިއުޓަރ ޖެނެރަލް ނިންމުން.
(ށ) ވިޔަފާރީގެ ހިއްސާދާރެއްގެ މައްޗަށް ނުވަތަ ޑިރެކްޓަރެއްގެ މައްޗަށް ނުވަތަ ޕާޓްނަރެއްގެ މައްޗަށް މަސްތުވާތަކެތީގެ މައްސަލައެއް ނުވަތަ މަނީލޯންޑްރިންގެ ކުށެއް ނުވަތަ އިމްޕޯޓް އެކްސްޕޯޓާ ގުޅުންހުރި ޖިނާއީ ކުށެއް ކޮށްފިކަމަށް ނުވަތަ ކުރަން އުޅޭކަމަށް ނުވަތަ ކުރަމުންދާކަމަށް
ނުވަތަ އެފަދަ ކުށެއް ކުރުމުގައި ބައިވެރިވިކަމަށް ތަހުގީގަށް ސާބިތުވެއްޖެ ނަމަ، އެ ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް ހިފެހެއްޓުމުގެ އިހްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ތަހުގީގަށް ސާބިތުވެފައިވާ މައްސަލަ ށަރީއަތަށް ސާބިތު ނުވެއްޖެ ނަމަ، ނުވަތަ އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުން ނުވަތަ ނަސޭހަތުގެ އެއްބަސްވުމެއްގެ ދަށުން ނޫން ގޮތަކަށް ދައުވާ ނުކުރުމަށް ނިންމައިފި ނަމަ، ހިފެހެއްޓިފައިވާ ލައިސަންސް އަލުން އެ ފަރާތަކަށް ދޭންވާނެއެވެ.
(ރ) ކާގޯ އޭޖެންޓުންގެ ރަޖިސްޓަރީ ބާތިލުކޮށްފި ނަމަ، އެ ފަރާތަކަށް އަލުން ލައިސަންސް ދޫކުރެވޭނީ، އަންނަނިވި ގޮތުގެ މަތީންނެވެ.
- ލައިސަންސް ބާތިލުކުރީ އެ ފަރާތެއްގެ ފެންވަރު ދަށްވުމުގެ ސަބަބުން ނުވަތަ އިދާރީ ކުށަކާ ގުޅިގެން ކަސްޓަމްސްއަށް ލިބިގެންވާ އިހްތިޔާރެއްގެ ސަބަބުން ނަމަ، ލައިސަންސް ބާތިލުކުރިތާ 4 (ހަތަރެއް) މަސްދުވަސް ފަހުން؛
- މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތު ފިޔަވައި އެހެން ހާލަތެއް ނަމަ، ލައިސަންސް ބާތިލުކުރިތާ 1 (އެކެއް) މަސްދުވަސްފަހުން؛
- މި މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގެ ދަށުން ބާތިލުކޮށްފައިވާ ލައިސަންސެއް ނަމަ، ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އަދަބު މާފު ކުރިތާ ނުވަތަ އިއުތިރާފުގެ އެއްބަސްވުން ހަދާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރުފަހުން؛ ނަމަވެސް ހުކުމްކުރެވުނު ފަރާތް ނުވަތަ އިއުތިރާފުގެ އެއްބަސްވުން ހެދުނު ފަރާތް އެ ވިޔަފާރިއަކުން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ، އެ ފަރާތެއްގެ ނަން ވިޔަފާރިން ވަކިކުރާތާ 1 (އެކެއް) މަސްދުވަސް ފަހުން.
55 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 246 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން
މައްސަލަ ހުށަހެޅުން 246.
(ހ) ކާގޯ އޭޖެންޓަކާ ގުޅޭގޮތުން ކަސްޓަމްސްއިން އަމަލުކުރި ގޮތަކާމެދު އެ ފަރާތަކުން ހިތްހަމަނުޖެހޭ މައްސަލައެއް އޮތް ނަމަ، އެ މައްސަލަ އިތުރަށް ބަލައިދިނުމަށް އެދި މި ގަވާއިދުގެ 15 ވަނަ ބައިގައި ބަޔާންކޮށްފައިވާ އޭޖެންޓުންގެ މަސައްކަތްތައް ބަލަހައްޓާ ކޮމިޓީއަށް ހުށަހެޅިދާނެއެވެ.
56 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 252 ވަނަ މާއްދާގެ (ޅ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ހިންގާ ފަރާތުގެ ޒިންމާ 252.
(ޅ) ކަސްޓަމްސްއާއެކު މުއާމަލާތު ކުރުމަށް އައްޔަނުކޮށްފައިވާ ކަސްޓަމްސްގެ ބްރޯކަރެއް ބަދަލުވެއްޖެ ނަމަ، ބަދަލުވާ ދުވަހުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ މައުލޫމާތު ކަސްޓަމްސްއަށް ދިނުން.
57 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 256 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދަލާ ގުޅޭގޮތުން ކަސްޓަމްސްއާ މުއާމަލާތު ކުރުން 256.
ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދަލާ ގުޅޭގޮތުން ކަސްޓަމްސްއާ މުއާމަލާތު ކުރަންވާނީ މުދަލުގެ ވެރިފަރާތުންނެވެ. އަދި ވެރިފަރާތުން ބޭނުންވެއްޖެ ނަމަ، ވެރިފަރާތުގެ ބަދަލުގައި މުއާމަލާތު ކުރުމަށް މި ގަވާއިދުގެ 9 ވަނަ ބައިގެ އެއްވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކަސްޓަމްސްގެ ބްރޯކަރެއް އައްޔަނު ކުރެވިދާނެއެވެ.
58 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 259 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.
ބޮންޑު ކީޕަރުން ރަޖިސްޓަރީ ކުރުމަށް ހުށަހެޅުން 259.
(ހ)
- ހިދުމަތްތައް ރަޖިސްޓަރީ ކުރުމަށާއި ކެންސަލް ކުރުމަށް ޓަކައި، ކަސްޓަމްސްއިން ކަނޑައަޅާ ފޯމު ނުވަތަ ކަސްޓަމްސްއިން ކަނޑައަޅާ ފޯމެޓާ އެއްގޮތަށް ފުރިހަމަކޮށްފައިވާ އެޕްލިކޭށަން؛
59 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 270 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދަލަށް ޑިއުޓީ ދެއްކުން 270.
(ހ) ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދަލުގެ ޑިއުޓީ ދައްކަންވާނީ މުދަލުގެ ވެރިފަރާތުން ނުވަތަ ކަސްޓަމްސްގެ ބްރޯކަރުންނެވެ.
60 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 336 ވަނަ މާއްދާގެ (ޅ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.
ކަސްޓަމްސް އޮފިސަރުން ފޮނުވައިގެން އެކްސްޕޯޓް މުދާ ފާސްކުރުން 336.
(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން މުދާ ބަލައި ފާސްކުރަން އެދެނީ ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަނަކުން ނަމަ، އެ މުދާ ބަލައި ފާސްކުރުމަށް ކަސްޓަމްސް އޮފިސަރުން ފޮނުވޭނީ، މި ގަވާއިދުގެ ޖަދުވަލު 36 ގައި ބަޔާންކޮށްފައިވާ ފީ ކަސްޓަމްސްއަށް ދެއްކުމުންނެވެ.
61 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 418 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ވިއްކުން 418.
(ހ) ގާނޫނާއި ގަވާއިދާ ހިލާފުވެގެން ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންނަ ތަކެއްޗާއި، ހިފަހައްޓާ ތަކެއްޗާއި، ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ބަހައްޓާ ތަކެއްޗާއި، އެކި ފަރާތްތަކުން ދޫކޮށްލައިފައިދާ ތަކެއްޗާއި، މިލްކުވެރިޔަކު އެނގެން ނުހުންނަ ތަކެއްޗާއި، ބަދަލު ދިނުމަކާ ނުލައި އަތުލާ ތަކެތީގެ ތެރެއިން ކަސްޓަމްސްއިން ކަނޑައަޅާ ތަކެތި ވިއްކައިލުމުގެ އިހްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަކެތި ނީލަންކިޔާ ނަމަ، ނީލަން ފަށާނެ އެންމެ ކުޑަ އަގު ކަނޑައަޅާނީ ކަސްޓަމްސްއިންނެވެ. މިގޮތުން ނީލަން ކިޔަންވާނީ، ކަސްޓަމްސްގެ ގާނޫނީ ޒިންމާ އަދާކުރުމަށް ޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް ބޭނުންކުރެވިދާނެ އެއްޗެއް އޭގެ ތެރޭގައި ހުރި ނަމަ، އެ އެއްޗެއް ކަސްޓަމްސްގެ ބޭނުމަށް ނެގުމަށްފަހު، ބާކީ ހުންނަ ތަކެތި ދައުލަތުގެ އެއްވެސް އޮފީހަކުން ބޭނުންވޭތޯ ބެލުމަށްފަހު، ދައުލަތުގެ މުދާ ނީލަން ކިޔުމުގައި އަމަލުކުރަން ކަނޑައަޅައިފައި އޮންނަ އުސޫލާ އެއްގޮތަށެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަކެތީގެ ތެރޭގައި ށަރީއަތުން ވަކިގޮތަކަށް އަމަލުކުރަންޖެހޭ ތަކެތި ހިމެނޭ ނަމަ، އެ ތަކެތި ނީލަމުގައި ވިއްކައިލެވޭނީ ށަރީއަތުން އެ ތަކެއްޗާމެދު ވަކިގޮތެއް ކަނޑައެޅުމުންނެވެ.
62 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 419 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ތަކެއްޗާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރާ ފަރާތް 419.
(ހ) ގާނޫނާއި ގަވާއިދާ ހިލާފުވެގެން ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންނަ ތަކެއްޗާއި، ހިފަހައްޓާ ތަކެއްޗާއި، ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ބަހައްޓާ ތަކެއްޗާއި، އެކި ފަރާތްތަކުން ދޫކޮށްލައިފައިދާ ތަކެއްޗާއި، މިލްކުވެރިޔަކު އެނގެން ނުހުންނަ ތަކެއްޗާއި، ބަދަލުދިނުމަކާ ނުލައި އަތުލާ ތަކެއްޗާ ގުޅޭގޮތުން މި ގަވާއިދުގެ ދަށުން ކުރަންޖެހޭ ކަންތައްތައް ކުރާނީ މި ގަވާއިދުގެ 15 ވަނަ ބައިގައި ބަޔާންކޮށްފައިވ،ާ ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށަށް ގެންނަ ތަކެއްޗާމެދު ގޮތެއް ނިންމާ ކޮމިޓީންނެވެ.
63 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 433 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ކޮމިޓީ އެކުލަވައިލުން 433.
(ހ) މި ގަވާއިދުގެ 9 ވަނަ ބައިގައި ބަޔާންކޮށްފައިވާ އޭޖެންޓުންނާއި 10 ވަނަ ބައިގައި ބަޔާންކޮށްފައިވާ ބޮންޑު ކީޕަރުންނާ ގުޅޭ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް ޓަކައި، އޭޖެންޓުންގެ މަސައްކަތްތައް ބަލަހައްޓާ ކޮމިޓީއެއް، ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް އެކުލަވައިލަން ވާނެއެވެ.
64 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 437 ވަނަ މާއްދާގެ (ބ) އާއި (ކ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާގެ
(ޅ) އުނިކުރުން.
ކޮމިޓީގެ މަސްއޫލިއްޔަތު 437.
(ބ) އޭޖެންޓުންނަށް ހިންގާ ތަމްރީނުތަކާ ގުޅޭ ކަންކަން ހަރުދަނާކުރުމަށް ޓަކައި ކަމާބެހޭ ސެކްށަންތަކަށް ލަފަޔާ އި މަށްވަރާ ދިނުން.
(ޅ) އުނިކޮށްފައި
(ކ) އޭޖެންޓުންނާއި ކަސްޓަމްސްއާ ދެމެދު އޮންނަ ގުޅުން ރަނގަޅުކުރުމާއި، އޭޖެންޓުންގެ އިތުބާރާއި ޔަގީންކަން ކަސްޓަމްސްއާމެދު އިތުރުކުރުމަށް ޓަކައި ކަމާބެހޭ ސެކްށަންތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
65 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 458 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ކޮމިޓީގެ އެކުލަ ވައިލުން 458.
(ހ) ކަސްޓަމްސްއިން ތަހުގީގުކުރާ މައްސަލަތަކުގައި، ގާނޫނާއި ގަވާއިދާ އެއްގޮތަށް ފިޔަވަޅު އެޅުމަށް ޓަކައި "ޕްރޮސެކިއުށަން ކޮމިޓީ" ގެ ނަމުގައި ކޮމިޓީއެއް، ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް އުފައްދަންވާނެއެވެ.
66 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 446 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ބައްދަލުވުމުގެ ކޯރަމް 446.
(ހ) ކޮމިޓީގެ ބައްދަލުވުމެއް ބޭއްވޭނީ، މަދުވެގެން 3 (ތިނެއް) މެންބަރުން ހާޒިރުވެގެންނެވެ. ބައްދަލުވުން ބާއްވަން ކަނޑައަޅާ ދުވަހު، 3 (ތިނެއް) މެންބަރުން ހާޒިރު ނުވެއްޖެ ނަމަ، އެ ބައްދަލުވުން ބާއްވާނެ އެހެން ތާރީހެއް، ރިޔާސަތުން ކަނޑައަޅަންވާނެއެވެ.
67 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 461 ވަނަ މާއްދާގެ (ށ) އުނިކޮށް، އެ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ކޮމިޓީގެ ބައްދަލުވުންތަކާއި ނިންމުންތައް 461.
(ށ) އުނިކޮށްފައި
(ރ) ކޮމިޓީން ނިންމާ ނިންމުންތައް ނިންމަންވާނީ، ކޮމިޓީއަށް ހާޒިރުވާ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މިގޮތުން ނިންމާ މައްސަލަތައް ފައިލުކޮށް ރިކޯޑު ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކޮށްފައި އޮންނަންވާނެއެވެ.
68 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 462 ވަނަ މާއްދާގެ (ށ) އުނިކުރުން.
ކޮމިޓީގެ މަސްއޫލިއްޔަތު 462.
(ށ) އުނިކޮށްފައި
69 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 467 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާގެ (ރ) އުނިކުރުން.
ކޮމިޓީގެ މަސްއޫލިއްޔަތު 467.
(ހ) ކަސްޓަމްސްއިން މީހަކާމެދު ކުރި މުއާމަލާތެއްގައި، ކަސްޓަމްސްއިން ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާމެދު އެ މުއާމަލާތު ކުރެވުނު ފަރާތް ހިތްހަމަނުޖެހިގެން ހުށަހަޅާ މައްސަލަތައް ބަލައި ގޮތެއް ނިންމުން. މިގޮތުން ބެލޭނީ، އެ ކަމެއް ހިނގި ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ހުށަހަޅާ މައްސަލަތަކެވެ.
(ރ) އުނިކޮށްފައި
70 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 469 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ރަޖިސްޓަރީކުރަންޖެހޭ ކަންތައްތައް 469.
(ހ) ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުމަށް ކަސްޓަމްސްގައި ރަޖިސްޓަރީ ކުރަންވާނެއެވެ. މިގޮތުން ކަސްޓަމްސްގައި ރަޖިސްޓަރީކުރާ ފަރާތްތަކަށް ހާއްސަ ނަންބަރެއް ކަސްޓަމްސްއިން ދޭންވާނެއެވެ.
- ބޮންޑެޑް ވެއަރހައުސް ހިންގުމަށް؛
- ކަސްޓަމްސް ބްރޯކަރުގެ ހިދުމަތް ދިނުމަށް؛
- އުޅަނދުފަހަރުގެ އޭޖެންޓުކަން ކުރުމަށް؛
- ކާގޯ އޭޖެންޓުންގެ ހިދުމަތް ދިނުމަށް؛
- ރާއްޖެއަށް މުދާ އިމްޕޯޓްކުރުމަށް ނުވަތަ ރާއްޖެއިން މުދާ އެކްސްޕޯޓްކުރުމަށް؛
- ޑިއުޓީ ހިލޭ ފިހާރަ ހިންގުމަށ.ް
71 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 469 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް (ރ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.
ރަޖިސްޓަރީކުރަންޖެހޭ ކަންތައްތައް 469.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ކުރުމަށް ކަސްޓަމްސްގައި ފުރަތަމަ ފަހަރު ރަޖިސްޓަރީވާ އިރު ކަސްޓްމްސްއިން ހިދުމަތް ދިނުމަށް ކަނޑައަޅައިފައިވ،ާ މި ގަވާއިދުގެ (އަށާރަވަނަ ބައިގެ ދެވަނަ ބާބު) 516 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕޯޓަލް ނުވަތަ އެ ހިދުމަތަކާ ގުޅޭ ސޮފްޓްވެއަރތަކުގެ ޔޫސަރ ލޮގިން ދެވޭނެއެވެ.
72 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 471 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ބޮންޑެޑް ވެއަރހައުސް ރަޖިސްޓަރީކުރުމަށް އެދި ހުށަހެޅުން 471.
(ހ) ހިދުމަތްތައް ރަޖިސްޓަރީ ކުރުމަށާއި ކެންސަލް ކުރުމަށް ޓަކައި، ކަސްޓަމްސްއިން ކަނޑައަޅާ ފޯމު ނުވަތަ ކަސްޓަމްސްއިން ކަނޑައަޅާ ފޯމެޓާ އެއްގޮތަށް ފުރިހަމަކޮށްފައިވާ އެޕްލިކޭށަން.
73 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ސޯޅަވަނަ ބައިގެ ދެވަނަ ބާބުގެ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ކަސްޓަމްސްގެ ބްރޯކަރުން ރަޖިސްޓަރީކުރުން
74 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 473 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ކަސްޓަމްސްގެ ބްރޯކަރުންގެ ށަރުތުތައް 473.
ކަސްޓަމްސްގެ ބްރޯކަރުންގެ ގޮތުގައި ކަސްޓަމްސްގައި ރަޖިސްޓަރީ ކުރެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކެވެ.
(ހ) ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިއެއް ކަމުގައި ވުން.
(ށ) ހިދުމަތްދިނުމަށް އެކަށީގެންވާ އަދަދަށް މުވައްޒަފުން ތިބުމާއި، ކަސްޓަމްސްގެ ބްރޯކަރުންނަށް ހިންގާ ތަމްރީނު ކޯހުން ފާސްވެ ސެޓުފިކެޓު ލިބިފައިވާ މުވައްޒަފުން ތިބުން.
(ނ) އިމްޕޯޓަރެއްގެ ގޮތުގައި ނުވަތަ އެކްސްޕޯޓަރެއްގެ ގޮތުގައި ރަޖިސްޓަރކޮށްފައިވާ ވިޔަފާރިތަކާއި، ށިޕިންގ އޭޖެންޓުންނާއި، އެއަރކްރާފްޓް އޮޕަރޭޓަރ ނުވަތަ އެއަރކްރާފްޓް އޮޕަރޭޓަރުގެ އޮތޮރައިޒްޑް އޭޖެންޓު، ކަސްޓަމްސް ބްރޯކަރުންގެ ގޮތުގައި ރަޖިސްޓަރީއެއް ނުކުރެވޭނެއެވެ.
(ރ) ބުރޯކަރެއްގެ ގޮތުގައި ރަޖިސްޓަ ރީ ކޮށްދެވޭ ވިޔަފާރީގެ މުވައްޒަފުންގެ ތެރޭގައި ކަސްޓަމްސްގެ ސަރަހައްދުތައް ހުންނަ ބަނދަރުތައް ހިންގާ ަރާތުގެ މުވައްޒަފަކު ނުވަތަ ކަސްޓަމްސްގެ މުވައްޒަފަކު ނުވަތަ ކަސްޓަމްސްގެ މުވައްޒަފެއްގެ މަންމ/ަބައްޕ/ައަނބ/ިފިރ/ިދަރިއެއް ނެތުން.
(ބ) ކަސްޓަމްސްގެ ބްރޯކަރުންގެ ހިދުމަތް ދެވޭނެ ވަސީލަތްތައް ގާއި ކޮށްފައި ހުރުމާއި، އާންމުކޮށް ފެންނާ ނޭހެން ތަނުގެ ނަންބޯޑު ބަހައްޓައިފައި ހުރުން.
75 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 474 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ކަސްޓަމްސްގެ ބްރޯކަރުންގެ ލައިސަންސަށް އެދި ހުށަހެޅުން 474.
ކަސްޓަމްސްގެ ބްރޯކަރުންގެ ލައިސަންސް ހޯދުމަށް އެދޭ ފަރާތްތަކުން، ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.
(ހ) ހިދުމަތްތައް ރަޖިސްޓަރީ ކުރުމަށާއި ކެންސަލްކުރުމަށް ކަސްޓަމްސްއިން ކަނޑައަޅާ ފޯމު ނުވަތަ ކަސްޓަމްސްއިން ކަނޑައަޅާ ފޯމެޓާ އެއްގޮތަށް ފުރިހަމަކޮށްފައިވާ އެޕްލިކޭށަން.
(ށ) ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ؛
76 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 475 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ލައިސަންސް ދޫކުރުން 475.
(ހ) ކަސްޓަމްސްގެ ބްރޯކަރުންގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް އެދޭ ފަރާތަކީ މި ގަވާއިދުގެ 473 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތެއް ނަމަ، ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ފަރާތެއް ކަސްޓަމްސްގައި ރަޖިސްޓަރީކޮށް، އެ ފަރާތަށް ލައިސަންސް ދޫކުރަންވާނެއެވެ. މީގެ ތެރޭގައި ރަޖިސްޓްރޭށަން ފީއާއި އަހަރީ ފީ ކަސްޓަމްސްއަށް ނުދެއްކުމުގެ ސަބަބުން ލަސްވާ ލަސްވުމެއް ނުހިމެނޭނެއެވެ. އަދި އެ ފަރާތަކީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތެއް ކަމުގައި ނުވާ ނަމަ، ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، ރަޖިސްޓަރީ ކުރުމަށް ހުށަހެޅި ފަރާތަށް އެކަން އަންގަންވާނެއެވެ.
(ށ) ކަސްޓަމްސްގެ ބްރޯކަރުންގެ ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ށަރުތު ފުރިހަމަވާ ފަރާތްތަކަށް ލައިސަންސް ދޫކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 36 ގައި ބަޔާންކޮށްފައިވާ ރަޖިސްޓްރޭށަން ފީއާއި އަހަރީފީ ކަސްޓަމްސްއަށް ދެއްކުމުންނެވެ.
(ނ) ކަސްޓަމްސްގެ ބްރޯކަރުންގެ ލައިސަންސް ދޫކުރަންވާނީ، ކަސްޓަމްސް ބްރޯކަރުންގެ ގޮތުގައި ރަޖިސްޓަރީ ކޮށްދެވޭ ވިޔަފާރީގެ ހިއްސާދާރެއް ނުވަތަ ޑިރެކްޓަރެއް ނުވަތަ ޕާޓްނަރުންގެ، ދިވެހި ރައްޔިތެއްކަން އަންގައިދ،ޭ މުއްދަތު ހަމަނުވާ ކާޑު ގެނައުމުންނެވެ. އަދި ވިޔަފާރީގެ ހިއްސާދާރުންގެ ތެރޭގައި ނުވަތަ ޑިރެކްޓަރުންގެ ތެރޭގައި ނުވަތަ ޕާޓްނަރުންގެ ތެރޭގައި ބިދޭސީއަކު ހިމެނޭ ނަމަ، އެ މީހެއްގެ، މުއްދަތު ހަމަނުވާ ވާރކް ޕާމިޓުގެ އަސްލު ނުވަތަ ވާރކް ޕާމިޓް ކާޑު ގެނައުމުންނެވެ.
77 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ސޯޅަވަނަ ބައިގެ ތިންވަނަ ބާބުގެ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ކަނޑު އުޅަނދުފަހަރުގެ އޭޖެންޓުންނާއި ކަނޑު އުޅަނދުފަހަރު ރަޖިސްޓަރީކުރުން
78 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 476 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހު ކުރުން.
ކަނޑު އުޅަނދުފަހަރުގެ އޭޖެންޓުކަން ކުރާ ފަރާތްތަކުގެ ށަރުތުތައް 476.
ކަނޑު އުޅަނދުފަހަރުގެ އޭޖެންޓުންގެ ގޮތުގައި ކަސްޓަމްސްގައި ރަޖިސްޓަރީ ކުރެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކެވެ.
(ހ) ރާއްޖޭގައި ށިޕިންގ ހިދުމަތް ދިނުމަށް ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއެއް ކަމުގައި ވުން.
(ށ) އުޅަނދުފަހަރުގެ އޭޖެންޓުންގެ ހިދުމަތް ދެވޭނެ ވަސީލަތްތައް ގާއިމުކޮށްފައި ހުރުން.
(ނ) އެހެން ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން އުޅަނދުފަހަރުގެ އޭޖެންޓުން ރަޖިސްޓަރީކުރުމަށް ލާޒިމުކޮށްފައިވާ ނަމަ، އެ ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ބަޔާންކޮށްފައިވާ ފަދައިން ރަޖިސްޓަރީ ކޮށްފައިވާ ފަރާތެއް ކަމުގައި ވުން. ކަނޑު އުޅަނދުފަހަރު ރަޖިސްޓަރީކުރުން
(ރ) ކަނޑުމަގުން ރާއްޖެއަންނަ އުޅަނދާއި ރާއްޖެއިން ފުރާ އުޅަނދު ކަސްޓަމްސްގައި ރަޖިސްޓަރީ ކުރަންވާނެއެވެ. މިގޮތުން އުޅަނދު ރަޖިސްޓަރީ ކުރާނީ، އެ އުޅަނދެއް ރާއްޖެއަށް ފުރަތަމަ ފަހަރަށް އަންނަ ނުވަތަ ރާއްޖެއިން ފުރާ ދަތުރާ ގުޅިގެން، މި ގަވާއިދުގެ ދެވަނަބައިގެ ދަށުން އިންވާރޑް ކްލިއަރެންސް ނުވަތަ އައުޓްވާރޑް ކްލިއަރެންސް ހޯދުމަށް އެދި ހުށަހަޅާ ލިޔުންތަކުގެ މައްޗަށް ބިނާކޮށެވެ.
79 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 477 ވަނަ މާއްދާގެ އަރިމަތީ ސުރުހީއާއި އެ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ކަނޑު އުޅަނދުފަހަރުގެ އޭޖެންޓުންގެ ލައިސަން ސަށް އެދި ހުށަހެޅުން 477.
(ހ) ހިދުމަތްތައް ރަޖިސްޓަރީ ކުރުމަށާއި ކެންސަލް ކުރުމަށް ޓަކައި، ކަސްޓަމްސްއިން ކަނޑައަޅާ ފޯމު ނުވަތަ ކަސްޓަމްސްއިން ކަނޑައަޅާ ފޯމެޓާ އެއްގޮތަށް ފުރިހަމަކޮށްފައިވާ އެޕްލިކޭށަން.
80 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 478 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ލައިސަންސް ދޫކުރުން 478.
(ހ) ކަނޑު އުޅަނދުފަހަރުގެ އޭޖެންޓުންގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް އެދޭ ފަރާތަކީ މި ގަވާއިދުގެ 476 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތެއް ނަމަ، ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ފަރާތެއް ކަސްޓަމްސްގައި ރަޖިސްޓަރީކޮށް ލައިސަންސް ދޫކުރަންވާނެއެވެ. މީގެ ތެރޭގައި ރަޖިސްޓްރޭށަން ފީއާއި އަހަރީފީ ކަސްޓަމްސްއަށް ނުދެއްކުމުގެ ސަބަބުން ލަސްވާ ލަސްވުމެއް ނުހިމެނޭނެއެވެ. އަދި އެ ފަރާތަކީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތެއް ކަމުގައި ނުވާ ނަމަ، ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ރަޖިސްޓަރީ ކުރުމަށް ހުށަހެޅި ފަރާތަށް
އެކަން އަންގަންވާނެއެވެ.
(ށ) ކަނޑު އުޅަނދުފަހަރުގެ އޭޖެންޓުންގެ ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ށަރުތު ފުރިހަމަވާ ފަރާތްތަކަށް ލައިސަންސް ދޫކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 36 ގައި ބަޔާންކޮށްފައިވާ ރަޖިސްޓްރޭށަން ފީއާއި އަހަރީފީ ކަސްޓަމްސްއަށް ދެއްކުމުންނެވެ.
(ނ) ކަނޑު އުޅަނދުފަހަރުގެ އޭޖެންޓުންގެ ލައިސަންސް ދޫކުރަންވާނީ، އުޅަނދުފަހަރުގެ އޭޖެންޓުގެ ގޮތުގައި ރަޖިސްޓަރީކޮށްދޭ ވިޔަފާރީގެ ޑިރެކްޓަރުންގެ، ދިވެހި ރައްޔިތެއްކަން އަންގައިދ،ޭ މުއްދަތު ހަމަނުވާ ކާޑު ގެނައުމުންނެވެ. އަދި ވިޔަފާރީގެ ޑިރެކްޓަރުންގެ ތެރޭގައި ބިދޭސީއަކު ހިމެނޭ ނަމަ، އެ މީހެއްގެ، މުއްދަތު ހަމަނުވާ ވާރކް ޕާމިޓުގެ އަސްލު ނުވަތަ ވާރކް ޕާމިޓް ކާޑު ގެނައުމުންނެވެ.
81 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ސޯޅަވަނަ ބައިގެ ހަތަރުވަނަ ބާބުގެ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ކާގޯ އޭޖެންޓުން ރަޖިސްޓަރީކުރުން
82 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 479 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ޕޯސްޓުގެ ހިދުމަތްދޭ ފަރާތްތަކާއި ކޫރިއަރ އޮޕަރޭޓަރުން ރަޖިސްޓަރީ ކުރުން 479.
(ހ)
- މި ގަވާއިދުގެ 234 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތަށް ކާގޯ އެޖެންޓެއްގެ ގޮތުގައި ޕޯސްޓުގެ ހިދުމަތް ކަސްޓަމްސްގައި ރަޖިސްޓަރީ ކުރެވޭނީ، އެ ފަރާތަކީ ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 2006-05 (ޕޯސްޓްގެ ހިދުމަތް ދިނުމުގެ ގާނޫނު) ގައިވާ ގޮތުގެ މަތީން ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް ވާ ނަމައެވެ.
- މި ގަވާއިދުގެ 234 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތަށް ކާގޯ އެޖެންޓެއްގެ ގޮތުގައި ކޫރިއަރ އޮޕަރޭޓަރެއް ކަސްޓަމްސްގައި ރަޖިސްޓަރީ ކުރެވޭނީ، އެ ފަރާތަކީ ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނު) އާއި، ކަމާ ގުޅުންހުރި ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ރަޖިސްޓަރީ ކުރަންޖެހޭ ފަރާތެއް ނަމަ އެ ގާނޫނުގައިވާ ނުވަތަ ގަވާއިދުގައިވާ ގޮތުގެ މަތީން ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް ވާނަމައެވެ.
(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކޫރިއަރ އޮޕަރޭޓަރެއްގެ ގޮތުގައި ކަސްޓަމްސްގައި ރަޖިސްޓަރީކުރުމަށް އެދޭ ފަރާތްތަކުން، ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.
- ހިދުމަތްތައް ރަޖިސްޓަރީ ކުރުމަށާއި ކެންސަލްކުރުމަށް ޓަކައި، ކަސްޓަމްސްއިން ކަނޑައަޅާ ފޯމު ނުވަތަ ކަސްޓަމްސްއިން ކަނޑައަޅާ ފޯމެޓާ އެއްގޮތަށް ފުރިހަމަކޮށްފައިވާ އެޕްލިކޭށަން؛
- ވިޔަފާރި ރަޖިސްޓަރީގެ އަސްލާ އެއްގޮތް ކޮޕީ؛
- ވިޔަފާރީގެ މަގުސަދުތަކުގެ ތެރޭގައި ނުވަތަ ހަރަކާތްތަކުގައި ކޫރިއަރ ހިދުމަތް ދިނުމުގެ ހަރަކާތް ހިމެނިފައިވާކަން އަންގައިދޭ ލިޔުން؛
- އިންޓަރނޭޝަނަލް ކޫރިއަރ އޮޕަރޭޓަރެއްގެ ކޫރިއަރ އޭޖެންޓެއް ނަމަ، އިންޓަރނޭޝަނަލް ކޫރިއަރ އޮޕަރޭޓަރުގެ ފަރާތުން ދޫކޮށްފައިވާ، ކޫރިއަރ އޭޖެންޓުކަން އަންގައިދޭ ލިޔުން.
(ނ) ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރުމާ ހަމަޔަށް ކަސްޓަމްސްއިން ދޫކޮށްފައިވާ ކޫރިއަރ އޭޖެންޓުންގެ ލައިސަންސަކީ މި މާއްދާގައި ބަޔާންކޮށްފައިވާ ކޫރިއަރ އޮޕަރޭޓަރުންގެ ތެރެއިން ލައިސަންސް ދޫކޮށްފައިވާ ކޫރިއަރ އޮޕަރޭޓަރުންގެ ގޮތުގައި ބެލެވޭނެއެވެ.
83 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 480 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ފްރައިޓް ފޯވަ ރޑަރުން ރަޖިސްޓަރީ ކުރުން 480.
(ހ) މި ގަވާއިދުގެ 234 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ކާގޯ އެޖެންޓެއްގެ ގޮތުގައި ފްރައިޓް ފޯވަރޑަރެއްގެ ގޮތުގައި ކަސްޓަމްސްގައި ރަޖިސްޓަރީ ކުރެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކެވެ.
- ގަވާއިދު ނަންބަރު 2020-115 (ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމުގެ ގަވާއިދު: ފްރެއިޓް ފޯވަރޑިންގގެ ހިދުމަތްތައް) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިއަކަށް ވުން؛
- ކުންފުންޏެއް ނަމަ، އެ ކުންފުނީގެ ނަމުގައި ނުވަތަ ކުންފުނީގެ ޑިރެކްޓަރުންގެ ތެރޭގައި ނުވަތަ ކުންފުނީގެ މުވައްޒަފުންގެ ތެރޭގައި އިމްޕޯޓް އެކްސްޕޯޓުގެ ވިޔަފާރިކުރާ ފަރާތެއް ނެތުން؛
- ކުންފުނި ފިޔަވައި، އެހެން ބާވަތެއްގެ ވިޔަފާރިއެއް ނަމަވެސް އެ ވިޔަފާރީގެ ނަމުގައި ނުވަތަ ވިޔަފާރީގެ އެއްވެސް އިސްފަރާތެއް ނުވަތަ މުވައްޒަފުންގެ ތެރޭގައި އިމްޕޯޓް އެކްސްޕޯޓުގެ ވިޔަފާރިކުރާ ފަރާތެއް ނެތުން؛
- ވިޔަފާރީގެ ހިއްސާދާރުންގެ ތެރޭގައި ނުވަތަ ޑިރެކްޓަންގެ ތެރޭގައި ނުވަތަ ޕާޓްނަރުންގެ ތެރޭގައި ނުވަތަ ވިޔަފާރީގެ މުވައްޒަފުންގެ ތެރޭގައި ކަސްޓަމްސްގެ ކޮންޓްރޯލް އޮންނަ ބަނދަރުތައް ހިންގާ ފަރާތުގެ މުވައްޒަފަކު ނުވަތަ ކަސްޓަމްސްގެ މުވައްޒަފަކު ނުވަތަ ކަސްޓަމްސްގެ މުވައްޒަފެއްގެ މަންމަ/ބައްޕަ/އަނބި/ފިރި/ދަރިއެއް ނެތުން؛
- ކުންފުނި ފިޔަވައި، އެހެން ބާވަތެއްގެ ވިޔަފާރިއެއް ނަމަވެސް އެ ވިޔަފާރީގެ ނަމުގައި ނުވަތަ ވިޔަފާރީގެ އެއްވެސް އިސްފަރާތެއް ނުވަތަ މުވައްޒަފުންގެ ތެރޭގައި ކަސްޓަމްސްގެ ކޮންޓްރޯލް އޮންނަ ބަނދަރުތައް ހިންގާ ފަރާތުގެ މުވައްޒަފަކު ނުވަތަ ކަސްޓަމްސްގެ މުވައްޒަފަކު ނެތުން.
(ށ) ފްރައިޓް ފޯވަރޑަރުންގެ ގޮތުގައި ކަސްޓަމްސްގައި ރަޖިސްޓަރީކުރުމަށް އެދޭ ފަރާތްތަކުން، ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.
- ހިދުމަތްތައް ރަޖިސްޓަރީ ކުރުމަށާއި ކެންސަލްކުރުމަށް ޓަކައި، ކަސްޓަމްސްއިން ކަނޑައަޅާ ފޯމު ނުވަތަ ކަސްޓަމްސްއިން ކަނޑައަޅާ ފޯމެޓާ އެއްގޮތަށް ފުރިހަމަކޮށްފައިވާ އެޕްލިކޭށަން؛
- ވިޔަފާރި ރަޖިސްޓަރީގެ އަސްލާ އެއްގޮތް ކޮޕީ؛
- ގަވާއިދު ނަންބަރު 2020-115 (ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމުގެ ގަވާއިދު: ފްރެއިޓް ފޯވަރޑިންގގެ ހިދުމަތްތައް) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ނަމަ، ރަޖިސްޓަރީވެފައިވާކަމުގެ ލިޔުން.
84 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 481 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ރަޖިސްޓަރީ ދޫކުރުން 481.
(ހ) މި ބާބުގެ ދަށުން ރަޖިސްޓަރީ ކުރަން އެދޭ ފަރާތްތަކަކީމި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކެއް ނަމަ، އެ ފަރާތަކުން ރަޖިސްޓަރީ ކުރަން ހުށަހެޅި ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ފަރާތެއް ކަސްޓަމްސްގައި ރަޖިސްޓަރީ ކުރަންވާނެއެވެ. މީގެ ތެރޭގައި ފީ ނުދެއްކުމުގެ ސަބަބުން ލަސްވާ ލަސްވުމެއް ނުހިމެނޭނެއެވެ. އަދި އެ ފަރާތަކީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަނުވާ ފަރާތެއް ކަމުގައި ވާނަމަ، ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، ރަޖިސްޓަރީ ކުރުމަށް ހުށަހެޅި ފަރާތަށް އެކަން އަންގަންވާނެއެވެ.
(ށ) މި ބާބުގެ ދަށުން ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ށަރުތު ފުރިހަމަވާ ފަރާތްތަކަށް ރަޖިސްޓަރީ ދޫކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 36 ގައި ބަޔާންކޮށްފައިވާ ރަޖިސްޓްރޭށަން ފީއާއި އަހަރީފީ ކަސްޓަމްސްއަށް ދެއްކުމުންނެވެ.
(ނ) މި ބާބުގެ ދަށުން ދޫކުރާ ރަޖިސްޓަރީ ދޫކުރެވޭނީ، އެ ވިޔަފާރިއެއްގެ ވެރިފަރާތް ނުވަތަ ވެރިފަރާތްތަކުގެ ތެރެއިން ފަރާތަކުން، ނުވަތަ އެއިން ފަރާތެއް ލިޔުމުން އައްޔަނު ކޮށްފައިވާ ފަރާތަކަށެވެ. މިގޮތުން ދޫކުރެވޭނީ، އެ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދ،ޭ މުއްދަތު ހަމަނުވާ ކާޑު ނުވަތަ ބިދޭސީއެއް ނަމަ ވާރކް ޕާމިޓުގެ އަސްލު ދެއްކުމުންނެވެ.
85 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ސޯޅަވަނަ ބައިގެ ފަސްވަނަ ބާބުގެ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.
އިމްޕޯޓް ފަރާތްތަކާއި އެކްސްޕޯޓްކުރާ ފަރާތްތައް ރަޖިސްޓަރީކުރުން
86 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 482 ވަނަ މާއްދާގެ އަރިމަތީ ސުރުހީއާއި، އެ މާއްދާ (ހ) އާއި، (ށ) އާއި، (ނ) އާއި، (ރ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާގެ (ބ) އުނިކުރުން.
އިމްޕޯޓްކުރާ ފަރާތްތަކާއި އެކްސްޕޯޓް ކުރާ ފަރާތްތައް ރަޖިސްޓަރީ ކުރުން 482.
(ހ) އަމިއްލަ ބޭނުމަކު ފިޔަވައި، އެ ނޫން ބޭނުންތަކުގައި ރާއްޖެއަށް މުދާ އިމްޕޯޓްކުރާ ފަރާތްތަކާއި އެކްސްޕޯޓްކުރާ ފަރާތްތައް ކަސްޓަމްސްގައި ރަޖިސްޓަރީ ކުރަންވާނެއެވެ. އެގޮތުން ރާއްޖެއަށް މުދާ އިމްޕޯޓްކުރާ ފަރާތްތަކާއި ރާއްޖެއިން މުދާ އެކްސްޕޯޓްކުރާ ފަރާތްތައް ކަސްޓަމްސްގައި ރަޖިސްޓަރީ ކޮށްދެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ކަސްޓަމްސްއަށް ހުށަހެޅުމުންނެވެ.
- އިމްޕޯޓްކުރާ ފަރާތްތަކާއި އެކްސްޕޯޓްކުރާ ފަރާތްތައް ރަޖިސްޓަރީކޮށްދިނުމަށް ޓަކައި، ކަސްޓަމްސްއިން ކަނޑައަޅާ ފޯމު ނުވަތަ ކަސްޓަމްސްއިން ކަނޑައަޅާ ފޯމެޓުގެ އެޕްލިކޭށަން؛
- ވިޔަފާރި ރަޖިސްޓަރީގެ އަސްލާ އެއްގޮތް ކޮޕީ؛
- ރަޖިސްޓަރީކުރުމަށް ހުށަހަޅަނީ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި ހަރަކާތެއް ނަމަ، ކަމާބެހޭ އިދާރާއިން ދޫކޮށްފައިވާ އޮޕަރޭށަނަލް ލައިސަންސް ނުވަތަ ލިޔުމުގެ ކޮޕީ؛
- ރަޖިސްޓަރީކުރުމަށް ހުށަހަޅަނީ ޕްރޮޖެކްޓެއް ނަމަ، ކަމާބެހޭ ވުޒާރާއިން ދޫކޮށްފައިވ،ާ އެ ފަރާތަށް ޕްރޮޖެކްޓް އެވޯޑްކުރިކަމުގެ ލިޔުމުގެ ކޮޕީ؛
- ރަޖިސްޓަރީކުރުމަށް ހުށަހަޅަނީ ރާއްޖެއިން ބޭރަށް ދަތުރުކުރާ އުޅަނދެއްގެ ނަމުގައި ކަމަށްވާ ނަމަ، އެ އުޅަނދުގެ ރަޖިސްޓަރީގެ އަސްލާ އެއްގޮތް ކޮޕ.ީ
(ށ) މުދާ އެކްސްޕޯޓް ކުރުމާއި، އިމްޕޯޓް ކުރުމާއި، ރ-ީއެކްސްޕޯޓް ކުރުމުގެ ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތައްއެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކަސްޓަމްސްގައި ރަޖިސްޓަރީ ކުރުމަށް އެ ފަރާތުން އެކަމަށް އެދި ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ. މިގޮތުން ރަޖިސްޓަރީ ކުރުމަށް އެދި މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލިޔުން ހުށަހަޅާކަށް ނުޖެހޭނެއެވެ.
(ނ) އިމްޕޯޓްކުރާ ފަރާތެއް އަދި އެކްސްޕޯޓްކުރާ ފަރާތެއް ރަޖިސްޓަރީވުމަށްފަހު، އެ ފަރާތުން ރަޖިސްޓަރީ ކުރުމަށް ހުށަހެޅި އެއްވެސް މައުލޫމާތެއް ބަދަލުވެއްޖެ ނަމަ، އެ މައުލޫމާތު ބަދަލުވި ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ މައުލޫމާތު ލިޔުމުން ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި އެހެން އޮތް ނަމަވެސް، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ބަދަލުވެއްޖެ ނަމަ، އެ މައުލޫމާތު ބަދަލުވި ދުވަހުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ މައުލޫމާތު ބަދަލުވެފައިވާކަން ލިޔުމުން ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.
- ވިޔަފާރީގެ އެޑްރެހާއި މެއިލިންގ އެޑްރެސް؛
- އެ ފަރާތާ މުއާމަލާތު ކުރުމަށް ދީފައިވާ މައުލޫމާތު؛
- ވިޔަފާރީގެ )ޒާތް ނުވަތަ ބާވަތް( އެކްޓިވިޓީ ލިސްޓު ނުވަތަ ވިޔަފާރީގެ މަގުސަދުގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ ކަންކަން.
87 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ސޯޅަވަނަ ބައިގެ ހަވަނަ ބާބުގެ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.
އެއަރކްރާފްޓް އޮޕަރޭޓަރ ނުވަތަ އެއަރކްރާފްޓް އޮޕަރޭޓަރުގެ އޮތޮރައިޒްޑް އޭޖެންޓު ރަޖިސްޓަރީކުރުން
88 ބުނެވިދިޔަ ގަވާއިދުގެ 483 ވަނަ މާއްދާގެ އަރިމަތީ ސުރުހީ އާއި އެ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
އެއަރކްރާފްޓް އޮޕަރޭޓަރު ނުވަތަ އެއަރކްރާފްޓް އޮޕަރޭޓަރުގެ އޮތޮރައިޒްޑް އޭޖެންޓު ރަޖިސްޓަރީކުރުން 483.
(ހ) ވައިގެ މަގުން ރާއްޖެއަށް، ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ހިދުމަތްދޭ އެއަރކްރާފްޓް އޮޕަރޭޓަރ ނުވަތަ އެ ފަރާތުގެ އޮތޮރައިޒްޑް އޭޖެންޓު ކަސްޓަމްސްގައި ރަޖިސްޓަރީ ކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓަރީ ކުރުމަށް އެދި ތިރީގައިވާ މައުލޫމާތާއި ލިޔެކިޔުން، އެއަރކްރާފްޓް އޮޕަރޭޓަރ ނުވަތަ އެއަރކްރާފްޓް އޮޕަރޭޓަރުގެ އޮތޮރައިޒްޑް އޭޖެންޓު ކަސްޓްމްސްއަށް ހުށަހަޅަންވާނެއެވެ.
- ހިދުމަތްތައް ރަޖިސްޓަރީ ކުރުމަށާއި ކެންސަލްކުރުމަށް ޓަކައި، ކަސްޓަމްސްއިން ކަނޑައަޅާ ފޯމު ނުވަތަ ކަސްޓަމްސްއިން ކަނޑައަޅާ ފޯމެޓާ އެއްގޮތަށް ފުރިހަމަކޮށްފައިވާ އެޕްލިކޭށަން؛
- ބައިނަލްއަގުވާމީ އޮޕަރޭޓަރެއް ނަމަ، ސަރުކާރުގެ ކަމާބެހޭ އިދާރާއިން އެ ފަރާތް "އޮތޮރައިޒް" ކޮށްފައިވާކަން އެނގޭނެ ލިޔުން.
(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރުމާ ހަމަޔަށް ރާއްޖެއަށް ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ހިދުމަތްދޭ އެއަރކްރާފްޓް އޮޕަރޭޓަރުން، މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ރަޖިސްޓަރީ ކުރަންވާނެއެވެ.
ލައިސަންސް ދޫކުރުން (ރ).
- އެއަރކްރާފްޓް އޮޕަރޭޓަރު ނުވަތަ އެއަރކްރާފްޓް އޮޕަރޭޓަރުގެ އޮތޮރައިޒްޑް އޭޖެންޓުގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް އެދޭ ފަރާތަކީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތެއް ނަމަ، ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ފަރާތެއް ކަސްޓަމްސްގައި ރަޖިސްޓަރީކޮށްފައި، އެ ފަރާތަށް ލައިސަންސް ދޫކުރަންވާނެއެވެ. މީގެ ތެރޭގައި ރަޖިސްޓްރޭށަން ފީއާއި އަހަރީފީ ކަސްޓަމްސްއަށް ނުދެއްކުމުގެ ސަބަބުން ލަސްވާ ލަސްވުމެއް ނުހިމެނޭނެއެވެ. އަދި އެ ފަރާތަކީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަނުވާ ފަރާތެއް ކަމުގައިވާ ނަމަ، ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ރަޖިސްޓަރީ ކުރުމަށް ހުށަހެޅި ފަރާތަށް އެކަން އަންގަންވާނެއެވެ.
- އެއަރކްރާފްޓް އޮޕަރޭޓަރު ނުވަތަ އެއަރކްރާފްޓް އޮޕަރޭޓަރުގެ އޮތޮރައިޒްޑް އޭޖެންޓުގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ށަރުތު ފުރިހަމަވާ ފަރާތްތަކަށް ލައިސަންސް ދޫކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 36 ގައި ބަޔާންކޮށްފައިވާ ރަޖިސްޓްރޭށަން ފީއާއި އަހަރީފީ ކަސްޓަމްސްއަށް ދެއްކުމުންނެވެ.
- އެއަރކްރާފްޓް އޮޕަރޭޓަރު ނުވަތަ އެއަރކްރާފްޓް އޮޕަރޭޓަރުގެ އޮތޮރައިޒްޑް އޭޖެންޓުގެ ލައިސަންސް ދޫކުރަންވާނީ، އެއަރކްރާފްޓް އޮޕަރޭޓަރު ނުވަތަ އެއަރކްރާފްޓް އޮޕަރޭޓަރުގެ އޮތޮރައިޒްޑް އޭޖެންޓުގެ ގޮތުގައި ރަޖިސްޓަރީ ކޮށްދެވޭ ވިޔަފާރީގެ ޑިރެކްޓަރުންގެ، ދިވެހި ރައްޔިތެއްކަން އަންގައިދ،ޭ މުއްދަތު ހަމަނުވާ ކާޑު ގެނައުމުންނެވެ. އަދި ޑިރެކްޓަރުންގެ ތެރޭގައި ބިދޭސީއަކު ހިމެނޭ ނަމަ، އެ މީހެއްގެ، މުއްދަތު ހަމަނުވާ ވާރކް ޕާމިޓުގެ އަސްލު ނުވަތަ ވާރކް ޕާމިޓް ކާޑު ގެނައުމުންނެވެ.
89 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 484 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ރަޖިސްޓަރީކުރުމަށް ހުށަހެޅުން 484.
(ހ) ޑިއުޓީ ހިލޭ ފިހާރަ ރަޖިސްޓަރީ ކުރުމަށް ޓަކައި، ހިދުމަތްތައް ރަޖިސްޓަރީ ކުރުމަށާއި ކެންސަލް ކުރުމަށް ޓަކައި، ކަސްޓަމްސްއިން ކަނޑައަޅާ ފޯމު ނުވަތަ ކަސްޓަމްސްއިން ކަނޑައަޅާ ފޯމެޓާ އެއްގޮތަށް ފުރިހަމަކޮށްފައިވާ އެޕްލިކޭށަން ހުށަހަޅަންވާނެއެވެ.
90 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 530 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ތަފާސްހިސާބަށް އެދުން 530.
ތަފާސްހިސާބަށް އެދި ހުށަހަޅާ ފަރާތްތަކުން، އެކަމަށް ޓަކައި ކަސްޓަމްސްއިން ކަނޑައަޅާ ފޯމު ނުވަތަ ކަސްޓަމްސްއިން ކަނޑައަޅާ ފޯމެޓާ އެއްގޮތަށް ފުރިހަމަކޮށްފައިވާ އެޕްލިކޭށަން ހުށަހަޅަންވާނެއެވެ.
91 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 539 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު އުނިކޮށް، އެ އަކުރުގެ ނަންބަރުތައް ތަރުތީބުކުރުން.
92 ވަނަ މާއްދާ - ުނެވިދިޔަ ގަވާއިދުގެ 540 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ސައްހަ ނޫން މައުލޫމާތު ދިނުމުގެ މައްސަލަތަކުގައި ފިޔަވަޅު އެޅުން 540.
(ހ) މި ގަވާއިދުގެ 539 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތު ފިޔަވައި، ކަސްޓަމްސްއަށް ސައްހަ ނޫން މައުލޫމާތު ދިނުމުގެ މައްސަލަތަކުގައި ކަން ހިނގައިފައިވާ ގޮތަށް ރިއާޔަތްކޮށް، އެ ކަމެއްގެ ކުޑަބޮޑުމިނަށް ބެލުމަށްފަހު، އެކަން ކުރި ފަރާތާމެދު، ތިރީގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އެޅޭނެއެވެ.
- ލިޔުމުން ނަސޭހަތްދިނުން؛
- ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޖޫރިމަނާ ކުރުން؛
- ފުރަތަމަ ފަހަރު ޖޫރިމަނާ ކުރާނީ، އެ ކަމެއްގައި ހިމެނޭ މުދަލަށް ކަސްޓަމްސްއިން ގަބޫލުކުރާ ޖުމުލަ އެފްއޯބީ އަގުގެ %15 (ފަނަރަ އިންސައްތަ) އިންނެވެ.
- މިފަދަ ކަމެއްގައި ދެވަނަފަހަރަށް ޖޫރިމަނާކުރަން ޖެހިއްޖެ ނަމަ ޖޫރިމަނާ ކުރާނީ، އެ ކަމެއްގައި ހިމެނޭ މުދަލަށް ކަސްޓަމްސްއިން ގަބޫލުކުރާ ޖުމުލަ އެފްއޯބީ އަގުގެ %25 (ފަންސަވީސް އިންސައްތަ) އިންނެވެ.
- މިފަދަ ކަމެއްގައި ދެފަހަރަށްވުރެ ގިނަފަހަރު ޖޫރިމަނާކުރަން ޖެހިއްޖެ ނަމަ، ތަކުރާރުކުރާ ކޮންމެ ފަހަރަކު، އެ ކަމެއްގައި ހިމެނޭ މުދަލަށް ކަސްޓަމްސްއިން ގަބޫލުކުރާ ޖުމުލަ އެފްއޯބީ އަގުގެ %50 (ފަންސާސް އިންސައްތަ) އިން ޖޫރިމަނާ ކުރެވޭނެއެވެ.
(ށ) މައްސަލައިގައި ކަން ހިނގައިފައިވާ ގޮތަށް ރިއާޔަތްކޮށް، އެ ކަމެއްގެ ކުޑަބޮޑުމިނަށް ބަލާނީ އަންނަނިވި ގޮތުގެ މަތީންނެވެ.
- ކުށުގެ އަމަލުގައި ހިމެނޭ މުދަލަށް ނިންމައިފައިވާ ޑިކްލަރޭށަނުގައި ބަޔާންކޮށްފައިވާ ޑިއުޓީގެ މިންވަރު، ށިޕްމަންޓުގައި އައިސްފައިވާ މުދަލުގެ ތެރެއިން ކުށުގެ އަމަލުގައި ހިމެނޭ މުދަލަށް ކަސްޓަމްސްއިން އިސްލާހުކުރި ޑިއުޓީގެ ޖުމުލަ މިންވަރުގެ ނިސްބަތް %0 (ސުމެއް އިންސައްތަ) އިން ފެށިގެން %10 (ދިހައެއް އިންސައްތަ) އަށްވުރެ ކުޑަ ނަމަބެލެވޭނީ، ކުޑަ ކުށެއް ކަމުގައެވެ.
- ކުށުގެ އަމަލުގައި ހިމެނޭ މުދަލަށް ނިންމައިފައިވާ ޑިކްލަރޭށަނުގައި ބަޔާންކޮށްފައިވާ ޑިއުޓީގެ މިންވަރު، ށިޕްމަންޓުގައި އައިސްފައިވާ މުދަލުގެ ތެރެއިން ކުށުގެ އަމަލުގައި ހިމެނޭ މުދަލަށް ކަސްޓަމްސްއިން އިސްލާހުކުރި ޑިއުޓީގެ ޖުމުލަ މިންވަރުގެ ނިސްބަތް %10 (ދިހައެއް އިންސައްތަ)
- ( ނަމަ ނުވަތަ އެއަށްވުރެ ބޮޑު ނަމަ ބެލެވޭނީ، ބޮޑު ކުށެއް ކަމުގައެވެ.
(ނ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަ ތުގައި އެ ކުށް ކުރާ ފުރަތަމަ 3 (ތިނެއް) ފަހަރު، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ކުށް ކުރި ފަރާތަކަށް ލިޔުމުން ނަސޭހަތް ދެވޭނެއެވެ. އަދި އެ ކުށް ތަކުރާރުކުރާ 4 (ހަތަރެއް) ވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު، މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކުށްކުރި ފަރާތް ޖޫރިމަނާ ކުރެވޭނެއެވެ.
(ރ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަ ތުގައި އެ ކުށް ކުރި ފަރާތ،ް މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޖޫރިމަނާ ކުރެވޭނެއެވެ.
93 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 543 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ޖޫރިމަނާކުރުމުން އިސްތިސްނާވުން 543.
(ނ) ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑިއުޓީ މާފު ކޮށްދީފައިވާ މުދަލާއި، ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ގާނޫނުގެ ދަށުން ޑިއުޓީ މާފުކޮށްދީފައިވާ މުދަލާއި، ޑިޕްލޮމެޓިކް އިމްތިޔާޒު ލިބިފައިވާ މުދަލުގެ މައްސަލަތައް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ޖޫރިމަނާތަކުން އިސްތިސްނާވާނެއެވެ.
94 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 550 ވަނަ މާއްދާގެ (ށ) އާއި (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
އެހެނިހެން ކުށްކުށުގައި ޖޫރިމަނާ ކުރެވޭ ގޮތުގެ ތަފުސީލު 550.
(ށ) މި މާއްދާގެ ބޭނުމަށް ޓަކައި ކުށް ތަކުރާރުކުރުން ކަމުގައި ބަލާނީ، ޖޫރިމަނާކުރި ތާރީހުން ފެށިގެން މީލާދީގޮތުން 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި އެ ކުށެއް އަލުން ކޮށްފި ނަމައެވެ.
(ނ) މީލާދީ 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި އެއް ކުށެއް 3 (ތިނެއް) ފަހަރަށް ތަކުރާރުކޮށްފި ނަމަ، އެ ފަރާތަކަށް ދެމުންގެންދާ ހިދުމަތ،ް 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް މެދުކަނ ޑައިލެވޭނެއެވެ.
95 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 550 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރާއި، (13) ވަނަ ނަންބަރާއި، (19) ވަނަ ނަންބަރާއި، (21) ވަނަ ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުމާއި، އެ މާއްދާގެ (17) ވަނަ ނަންބަރު
އުނިކުރުން.
އެހެނިހެން ކުށްކުށުގައި ޖޫރިމަނާ ކުރެވޭ ގޮތުގެ ތަފުސީލު 550 (ރ).
(2) ޕޯސްޓުން ނުވަތަ ކޫރިއަރ މެދުވެރިކޮށް ގެންނަ ތަކެއްޗާ ގުޅޭގޮތުން ހުށަހަޅާ ކާގޯ މެނިފެސްޓުގައި ނުހިމެނޭ ތަކެތ،ި އެ މެނިފެސްޓުގެ ދަށުން ޕޯސްޓުން އައިސްފައިވާ ދާގީނާގައި ނުވަތަ ކޫރިއަރ ދާގީނާގައި ހުރުން. | މެނިފެސްޓުގައި ނުހިމެނޭ މުދަލުގެ އެފ.ްއޯބީ އަގުގެ 50% (ފަންސާސް) އިންސައްތައިން ޖޫރިމަނާ ކުރުން؛ މިގޮތުން ކުރާ ޖޫރިމަނާގެ އަދަދު 1,000 )އެއްހާސް) ރުފިޔާއަށް ވުރެ ކުޑަ ނަމަ، މި ހާލަތުގައި ޖޫރިމަނާ ކުރާނީ 1,000 (އެއްހާސް) ރުފިޔާއިންނެވެ. |
)13( (ހ) ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް ދިއުމުގެ ހުއްދަދޭ އުޅަނދު، އެ އުޅަނދު ދިއުމުގެ ހުއްދަ ދީފައިވާ ތަން ފިޔަވައި އެހެން ތަންތަނަށް ދިއުމާއި، ކަސްޓަމްސްގެ ހުއްދަނެތި އެ އުޅަނދަށް އަރައިފޭބުމާއި، މުދާ އަރުވައިބޭލުން. |
30,000 (ތިރީސްހާސް) ރުފިޔާ |
)13( (ށ) ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައި ހުންނަ އުޅަނދުފަހަރާއި ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުން މުދާ އެއްތަނުން އަނެއްތަނަށް ގެންދިޔުމަށް ހުއްދަދޭ އުޅަނދުފަހަރު އޮންނަތަން ދެނެގަތުމަށް ޓަކައި ކަސްޓަމްސްއިން ކަނޑައަޅާ ގޮތެއްގެ މަތީން ހަރުކޮށްފައި ހުންނަ އިލެކްޓްރޯނިކް އާލާތް ނިވައިލުން ނުވަތަ އެ އާލާތް މަސައްކަތް ނުކުރާގޮތަށް ހެދުން؛ |
30,000 (ތިރީސްހާސް) ރުފިޔާ |
)19( ކަސްޓަމްސްގެ ބްރޯކަރުންގެ ހިދުމަތް ހޯދާ ފަރާތްތަކުގެ ލިޔުންތަކާއި މައުލޫމާތުތަކަށް ރައްކައުތެރި ނުވުމާއި، މުދަލުގެ ވެރިފަރާތުގެ ހުއްދަ ނެތި އެފަދަ ލިޔުންތަކާއި މައުލޫމާތު އެހެން ފަރާތަކަށް ހާމަކުރުން |
20،000 (ވިހިހާސް) ރުފިޔާ |
)21( ކަސްޓަމްސާއެކު ކުރެވޭ މުއާމަލާތްތަކުގައި މި މާއްދާގެ (ކ) ގައިވާ ގޮތަށް ކަނޑައެޅިގެން ލިޔުން އޮޅުވައިލުމާއި، ލިޔުމަށް ބަދަލުގެނައުމުގެ ހާލަތު ފިޔަވައި، ކަނޑައެޅިގެން އޮޅުވައިލަން މަސައްކަތް ކުރުން. |
30,000 (ތިރީސްހާސް) ރުފިޔާ |
96 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 550 ވަނަ މާއްދާގެ (ރ) ގެ (28) ވަނަ ނަންބަރުގެ ފަހަތަށް (29) ވަނަ ނަންބަރާއި (30) ވަނަ ނަންބަރު އިތުރުކުރުން.
އެހެނިހެން ކުށްކުށުގައި ޖޫރިމަނާ ކުރެވޭ ގޮތުގެ ތަފުސީލު 550 (ރ).
(29) (ހ) އިންވާރޑް ކާގޯ މެނިފެސްޓް ނުވަތަ އައުޓްވާރޑް ކާގޯ މެނިފެސްޓް ހުށަނާޅައި އުޅަނދެއް ރާއްޖެއަށް އައުން ނުވަތަ ރާއްޖެއިން ފުރައިގެން ދިއުން. | 50،000 (ފަންސާސްހާސް) ރުފިޔާ |
(ށ) މެނިފެސްޓާ ގުޅޭގޮތުން ކާގޯ އޭޖެންޓު ހުށަހަޅަންޖެހޭ މައުލޫމާތު މި ގަވާއިދުގައި ބަޔާންކޮށްފައިވާ ވަގުތުގެ ތެރޭގައި ހުށަނޭޅުން. | 10،000 (ދިހަހާސް) ރުފިޔާ |
ކަސްޓަމްސްގެ ބްރޯކަރުންގެ ހިދުމަތްދޭ ޕޯސްޓު ނުވަތަ ކޫރިއަރ އޮޕަރޭޓަރަކު އެ ފަރާތް މެދުވެރިވެގެން ގެންނަ މުދާ ފިޔަވައި އެހެން މުދަލަކާ ގުޅޭގޮތުން ކަސްޓަމްސްއާ މުއާމަލާތުކޮށް ބްރޯކަރުންގެ މަސައްކަތްކުރުން. | 10،000 (ދިހަހާސް) ރުފިޔާ |
97 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ އަންނަނިވި ޖަދުވަލުތައް އުނިކުރުން.
ޖަދުވަލު 14 އާއި، ޖަދުވަލު 15 އާއި، ޖަދުވަލު 16 އާއި، ޖަދުވަލު 20 އާއި، ޖަދުވަލު 21 އާއި، ޖަދުވަލު 22 އާއި، ޖަދުވަލު 26 އާއި، ޖަދުވަލު 27 އާއި، ޖަދުވަލު 28 އާއި، ޖަދުވަލު 29 އާއި، ޖަދުވަލު 30 އާއި، ޖަދުވަލު 31 އާއި، ޖަދުވަލު 32
98 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 36 ގެ 14 ވަނަ ނަންބަރާއި، 20 ވަނަ ނަންބަރާއި، 21 ވަނަ ނަންބަރު އިސްލާހުކޮށް، 24 ވަނަ ނަންބަރުގެ ފަހަތަށް 25 ވަނަ ނަންބަރުގެ ގޮތުގައި އަންނަނިވިގޮތަށް ނަންބަރެއް އިތުރުކުރުން.
14. ކަސްޓަމްސްގެ އޭޖެންޓުންނަށް ހިންގާ ތަމްރީނުތަކުގައި ބައިވެރިވުމުގެ ފީ ނަގާނީ އަންނަނިވި ގޮތުގެ މަތީންނެވެ. | ފީ |
(ހ) ސެޓުފިކެޓު ލެވެލް 1 ގެ ކޯހެއް ނަމަ | 2،000 (ދެހާސް) ރުފިޔާ |
(ށ) ސެޓުފިކެޓު ލެވެލް 2 ގެ ކޯހެއް ނަމަ | 4،000 (ހަތަރުހާސް) ރުފިޔާ |
(ނ) ސެޓުފިކެޓު ލެވެލް 3 ގެ ކޯހެއް ނަމަ | 6،000 (ހަހާސް) ރުފިޔާ |
20 ޕޯސްޓް ނުވަތަ ކޫރިއަރ އޮޕަރޭޓަރުން / ފްރައިޓް ފޯވަރޑަރުން ރަޖިސްޓަރީ ކޮށްދިނުމުގެ ފީ | 500 (ފައްސަތޭކަ) ރުފިޔާ |
21 (ހ) ޕޯސްޓް ނުވަތަ ކޫރިއަރ އޮޕަރޭޓަރުންގެ އަހަރީ ފީ | 1،000 (އެއްހާސް) ރުފިޔާ |
(ށ) ފްރައިޓް ފޯވަރޑަރުން - ގެ އަހަރީ ފީ | 3،5000 (ތިންހާސް ފައްސަތޭކަ) ރުފިޔާ |
25 އެކްސްޕޯޓް ކުރުމަށް މުދާ ބަލައި ފާސްކުރަން އެދެނީ ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަނަކުން ނަމަ، އެ މުދާ ބަލައި ފާސްކުރުމަށް ކަސްޓަމްސް އޮފިސަރުން ފޮނުވޭނީ، ކަސްޓަމްސް އޮފިސަރުގެ މަސައްކަތް ފެށި ވަގުތުން ފެށިގެން މަސައްކަތް ނިމުނު ވަގުތާ ހަމަޔަށް ހޭދަވި ކޮންމެ ގަޑިއަކަށް. | 125 (އެއްސަތޭކަ ފަންސަވީސް) ރުފިޔާ |
99 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު