-

ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-63) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2024-51)

ގަވާއިދު ނަންބަރު 2022-63 (ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 26 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގަވާއިދު ނަންބަރު 2023-111 (ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު) ގެ ޖަދުވަލު 1 ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވ،ާ ދައުލަތުގެ ބާރުތަކާއި އިދާރާތަކުން، ވަޒީފާދޭ ފަރާތުގެ ޓެކްނިކަލް މަގާމުތަކަށް ނުވަތަ ޕްރޮފެށަނަލް މަގާމުތަކަށް ގެންނަ ބިދޭސީ މުވައްޒަފުން ފިޔަވައި އެހެނިހެން ބިދޭސީ މުވައްޒަފުން ރެކްރޫޓް ކުރަންވާނީ، އަދި އެ ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމުގެ  ހުއްދަތައް ހޯދުމާއި މެނޭޖްކުރުމުގެ ކަންކަން ފުރިހަމަ ކުރާންވާނީ، މި ގަވާއިދުގެ ދަށުން ލައިސަންސް ދޫކޮށްފައިވ،ާ ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއެއް މެދުވެރިކޮށެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 26 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ، ވަޒީފާދޭ ފަރާތަކުން، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ބިދޭސީން ރެކްރޫޓްކޮށްފިނަމަ، 50,000 (ފަންސާސްހާސް) ރުފިޔާއިން، ޖޫރިމަނާ ކުރުމާއި، ރެކްރޫޓްކުރެވޭ ކޮންމެ މީހަކަށް 5,000 (ފަސްހާސް) ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެއެވެ.

 

3 ވަނަ މާއްދާ - މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިޢުކުރާ ތާރީހުން ފެށިގެންނެވެ.

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2022-63)

 

މައި ގަވާއިދު

ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-63)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު