ސްޓްރާޓާ ޕްލޭން އަދި ސްޓްރާޓާ ސްކީމަށް ހުއްދަ ދޫކުރުމާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 2024-23)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 23 ފެބުރުއަރީ 2024 ގައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ގާނޫނު ނަންބަރު 2021-33 (އެއްމެދު އިމާރާތުގެ ގާނޫނު) ގެ ދަށުން ސްޓްރާޓާ ޕްލޭން އަދި ސްޓްރާޓާ ސްކީމަށް ހުއްދަ ދޫކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގޮތުން، އެ ގާނޫނުގެ 126 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ސްޓްރާޓާ ޕްލޭން އަދި ސްޓްރާޓާ ސްކީމަށް ހުއްދަ ދޫކުރުމާބެހޭ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް އެކުލަވައިލާ ސްޓްރާޓާ ޕްލޭނަށް ހުއްދަ ހޯދުމުގެ އުސޫލުތައް ބަޔާންކުރުމާއި، ސްޓްރާޓާ ޕްލޭނަށް ބަދަލު ގެނައުމަށް ހުށަހެޅުމާ ގުޅޭ އުސޫލުތައް ބަޔާންކުރުމާއި، ސްޓްރާޓާ ސްކީމުގެ ހުއްދަ ހޯދުމާ ގުޅިގެން އަމަލުކުރާނެ އުސޫލުތައް ތަފުސީލުކޮށް ބަޔާންކުރުމެވެ.
3 ވަނަ މާއްދާ - ސްޓްރާޓާ ޕްލޭނަށް ހުއްދަ ހޯދުމުގެ އުސޫލު
ގާނޫނުގެ 33 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަދި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ މަތީން އެއްމެދު އިމާރާތަށް ނިސްބަތްވާ ސްޓްރާޓާ ޕްލޭނަށް ހުއްދަ ހޯދަންވާނެއެވެ.
(ހ) މި ގަވާއިދުގެ ދަށުން ސްޓްރާޓާ ޕްލޭނަށް ހުއްދަ ހޯދުމަށް ޓަކައި ބިނާކޮށް ނިމިފައިވާ އިމާރާތްތަކާއި، އިމާރާތުގެ ބައެއް ނިމިފައިވާ އިމާރާތްތަކަށާއި އަދި ސްޓޭޖް ޑިވަލޮޕްމަންޓުގެ ދަށުން އަލަށް ތަރައްގީ ކުރުމަށް ރޭވިފައިވާ އިމާރާތްތަކާ ގުޅޭ ސްޓްރާޓާ ޕްލޭނުގެ ހުއްދަ ހޯދުމަށް ހުށަހަޅަންވާނެއެވެ.
(ށ) ރާއްޖޭގައި ރިއަލް އެސްޓޭޓް އުސޫލުން މަށްރޫއެއް އެކުލަވައިލައި ޔުނިޓްތައް ވިއްކުމަށް އިމާރާތް ނިމިފައިވާ ނުވަތަ ބައެއް ނިމިފައިވާ އިމާރާތެއްކަމުގައިވިޔަސް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުގެ ދަށުން އިމާރާތްތަކާގުޅޭ ސްޓްރާޓާ ޕްލޭނުގެ ހުއްދަ ހޯދުމަށް ހުށަހަޅަންވާނީސްޓޭޖް ޑިވަލޮޕްމަންޓުގެ ދަށުންނެވެ.
(ނ) ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ސްޓްރާޓާ ޕްލޭނުގައި ހުންނަންވާނީ، ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަން ފުރިހަމަވުމާއެކު، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތްވާގޮތުގެ މަތީންނެވެ.
(ރ) ސްޓްރާޓާ ޕްލޭން ހުށަހަޅާއިރު އެ އިމާރާތާ ގުޅޭ "ށެޑިއުލް އޮފް ސްޓްރާޓާ ޔުނިޓްސް" ތައްޔާރުކޮށް ހުށަހަޅަންވާނެއެވެ. އަދި "ށެޑިއުލް އޮފް ސްޓްރާޓާ ޔުނިޓްސް" ގައި ހިމަނާ ހިއްސާގެ އަދަދު ކަނޑައަޅާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ އުސޫލާއެއްގޮތްވާގޮތުގެ މަތީންނެވެ.
(ބ) އެއްމެދު އިމާރާތެއްގެ ގޮތުގައި ތަރައްގީކުރުމަށް ގަސްދުކުރާ އެއްވެސް އިމާރާތެއްގައި ހިމެނޭ ވަކިވަކި ޔުނިޓުތަކުގެ މިލްކުވެރިކަން ބަދަލުކުރުމާ ގުޅޭ އެއްވެސް މުއާމަލާތެއް ކުރިޔަށް ގެންދަންވާނީ، ގާނޫނުގެ 88 ވަނަ މާއްދާއާއި، މި ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލުތަކާއި ހަމަތަކުގެ އިތުރުން، ސްޓްރާޓާ ޕްލޭން އަދި ށެޑިއުލް އޮފް ސްޓްރާޓާ ޔުނިޓްސް މި މިނިސްޓްރީން ފާސްކުރުމަށްފަހުގައެވެ.
(ޅ) ގާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލުން، ތަރައްގީކުރާ ނުވަތަ ނިމިފައިވާ އިމާރާތަށް ކަނޑައެޅިފައިވާ ބޭނުން ސްޓްރާޓާ ޕްލޭނުގެ ގޮތުގައި ހުށަހަޅާ ކުރެހުމުގައި ބަޔާންކުރެވިފައި ހުންނަންވާނެއެވެ.
(ކ) ސްޓޭޖް ޑިވަލޮޕްމަންޓެއްގެ ދަށުން ތަރައްގީކުރާ މަށްރޫއެއްނަމަ، ސްޓްރާޓާ ޕްލޭން ހުށަހަޅާނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ އިތުރުން، ގަވާއިދު ނަންބަރު 2024-24 (ސްޓޭޖް ޑިވެލޮޕްމަންޓް ހިންގުމާބެހޭ ގަވާއިދު) ގެ ދަށުންނެވެ.
4 ވަނަ މާއްދާ - ސްޓްރާޓާ ޕްލޭނަށް ހުއްދަ ހޯދުމަށް ހުށަހެޅުން
(ހ) ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ސްޓްރާޓާ ޕްލޭނެއް އެކުލަވައިލައި އެ ޕްލޭނަށް ހުއްދަ ހޯދުމަށް އެދި ހުށަހަޅާނީ، މިނިސްޓްރީގެ ސްޓްރާޓާ ޕޯޓަލް މެދުވެރިކޮށެވެ.
(ށ) މާލެ ސަރަހައްދުން ސްޓްރާޓާ ޕްލޭނުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުގެ ފޯމު ސްޓްރާޓާ ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީން ބަލައިގަންނަ ދުވަހުން ފެށިގެން ރަސްމީީ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ އިމާރާތުގެ އިންސްޕެކްށަން ފުރިހަމަކޮށް އެ ފަރާތަށް ހުއްދަ ދޭންވާނެއެވެ. މާލެ ސަރަހައްދުން ބޭރުގައިވާ ރަށްރަށުގައި ނަމަ، ސްޓްރާޓާ ޕްލޭނުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުގެ ފޯމު މިނިސްޓްރީން ބަލައިގަންނަ ދުވަހުން ފެށިގެން ރަސްމީީ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ކައުންސިލާ ގުޅިގެން އެ އިމާރާތުގެ އިންސްޕެކްށަން ފުރިހަމަކޮށް އެ ފަރާތަށް ހުއްދަ ދޭންވާނެއެވެ.
(ނ) މި މާއްދާގައި ބަޔާންކުރާ މުއްދަތުގައި ހުއްދަ ދޫކުރެވޭނީ، ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ސްޓްރާޓާ ޕްލޭނުގައި ހުރުމާއެކު، އެ ޕްލޭނާއެކު ގާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަކެތި ހުށަހަޅައިފައިވުމާއެކުގާނޫނާއި ގަވާއިދުގައި ބަޔާންކުރާ ށަރުތުތައް ހަމަވާނަމައެވެ. އަދި ބިމުގެ އަސްލުވެރިފަރާތުން ނުވަތަ ޑިވެލޮޕަރ ހުށަހަޅާ ލިޔެކިޔުންތައް ފުރިހަމަނުވާނަމަ، މި ގަވާއިދުގައި ބަޔާންކުރާ އުސޫލުގެ ދަށުން މިނިސްޓްރީން އެކަން އެ ފަރާތަށް އަންގަންވާނެއެވެ.
5 ވަނަ މާއްދާ - ރަހުނުކުރުން
ސްޓްރާޓާ ޕްލޭނުގައި ހިމެނޭ އިމާރާތެއް ނުވަތަ ޔުނިޓެއް ރަހުނުކޮށްފިނަމަ، އެކަމާ ގުޅޭ ހުރިހާ މައުލޫމާތެއް، ސިޓީއެއް ނަމަ ސިޓީ ކައުންސިލް، ރަށެއްގައި ނަމަ ރަށުކައުންސިލަށް އަންގަންވާނެއެވެ. އަދި ރަހުނުތަކުގެ ރަޖިސްޓަރީ އެ އިދާރާއަކުން ބަލަހައްޓަންވާނެއެވެ.
6 ވަނަ މާއްދާ - އީޒްމަންޓް ކަނޑައެޅުން
ސްޓްރާޓާ ޕްލޭނަށް ހުއްދަ ހޯދުމަށް އެދި ހުށަހަޅާއިރު، އެއްމެދު އިމާރާތް ހިމެނޭ ބިމުގެ އިމުގެ ތެރޭގައި ނުވަތަ އެ ބިމާ އިންވެގެން، ވަކިންވާ ބިމެއް ބޭނުންކުރުމުގެ ހައްގު އެއްމެދު އިމާރާތުގެ ޔުނިޓުތަކަށް ދޭންޖެހޭ ހާލަތުގައި، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އީޒްމަންޓެއް ކަނޑައަޅައި ސްޓްރާޓް ޕްލޭނުގައި އެކަން ބަޔާންކުރަންވާނެއެވެ. އަދި އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް ހުށަހަޅާ ބިމެއްގެ އިމުގެ އެތެރޭގައި ނުވަތަ އެ ބިމަކާ އިންވެގެންވާ ބިމެއް، އެ ބިމެއްގެ މިލްކުވެރިކަން ނުގެއްލޭގޮތަށް ހަމައެކަނި ބިން ބޭނުންކުރުމަށް ހުށަހަޅަންޖެހޭ ހާލަތްތަކުގައި، ހާއްސަ އުސޫލެއްގެ ދަށުން އެފަދަ ބިމެއް ވަކިކަމަކަށް ބޭނުންކުރުމުގެ ހައްގު ދިނުމަށްޓަކައި "އީޒްމަންޓް" އެއް ކަނޑައަޅަންވާނެއެވެ. އަދި އެފަދަ ހައްގެއް އެ ބިމެއްގެ ވެރިފަރާތުން ދޭއިރުގައި ދޭންވާނީތިރީގައި ބަޔާންކުރާ އުސޫލުތަކުގެ މަތީންނެވެ.
(ހ) އެއްމެދު އިމާރާތް ހިމެނޭ ބިމުގެ އިމުގެ ތެރޭގައި، ނުވަތަ އެ ބިމާ އިންވެގެން އޮންނަ ބިމަކަށް ވަދެނިކުތުމުގެ ހައްގު އެއްމެދު އިމާރާތުގެ ޔުނިޓުތަކަށް ދޭންޖެހޭ ހާލަތުގައި، އީޒްމަންޓް ދޭ ބިމުގެ ވެރިފަރާތުން އެކަމާގުޅޭ 'ޑީޑް އޮފް އީޒްމަންޓް' އެއް އެކުލަވައިލައި، އެކަމާގުޅޭ ތަފްސީލުތައް ސްޓްރާޓާ ޕްލޭނުގައި ހިމެނޭ ބިމުގެ ޗާޓުގައި 'ރައިޓް އޮފް ވޭ' އެއްގެ ގޮތުގައި ފާހަގަކުރަންވާނެއެވެ.
(ށ) ސްޓްރާޓާ ޕްލޭން ނިސްބަތްވާ ބިމުގައި ހިމެނޭ އާންމު ވަސީލަތްތަކާ ގުޅޭގޮތުން، ސަރުކާރުގެ އެކަމާ ގުޅޭ އިދާރާއަކުން، ނުވަތަ އެފަދަ މަސައްކަތްކުރުމަށް ސަރުކާރުން ހުއްދަ ދޫކުރެވިފައިވާ ފަރާތަކުން، އެ ވަސީލަތްތައް ބެލެހެއްޓުމާއި އެކަމާ ގުޅޭ ޒަރޫރީ ކަންކަން ކުރުމަށް ޓަކައި ސްޓްރާޓާ ޕްލޭން ނިސްބަތްވާ ބިމަށް ނުވަތަ ގޯއްޗަށް ވަދެ ނިކުތުމުގެ ހައްގު އެކަމާ ގުޅޭ އިދާރާއަށް ދޭންވާނެއެވެ. އަދި މިކަމާ ގުޅޭ ތަފްސީލުތައް ސްޓްރާޓާ ޕްލޭނުގައި ހިމެނޭ ބިމުގެ ޗާޓުގައި "ޔުޓިލިޓީ އީޒްމަންޓް" އެއްގެ ގޮތުގައި ފާހަގަކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ އީޒްމަންޓަކީ، އީޒްމަންޓް ލިބޭ ބިން ބޭނުންކުރާ ފަރާތްތަކަށް އީޒްމަންޓް ދޭ ބިމުގެ މައްޗަށް ދާއިމީކޮށް ލިބިގެންވާ ހައްގެކެވެ.
(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައިވ ނަމަވެސް، ސްޓްރާޓާ ސްކީމް މިނިސްޓްރީން ބާތިލުކުރާ ހާލަތުގައި، ނުވަތަ އެއްމެދު އިމާރާތް ރީޑިލޮޕްކުރާ ހާލަތުގައި އީޒްމަންޓަށް ބަދަލު ގެނެވިދާނެއެވެ.
(ބ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އީޒްމަންޓުގެ ގޮތުގައި ކަނޑައަޅާ ސަރަހައްދާއި، އެ ސަރަހައްދުގައި ހިމެނޭ ވަކިވަކި ބިންތަކުގެ ތަފްސީލުތައް ސްޓްރާޓާ ޕްލޭނުގައި ހިމެނޭ ބިމުގެ ޗާޓުގައި ފާހަގަކުރަންވާނެއެވެ. އަދި މި ޗާޓުގައި ހިމެނޭ ބިމުގެ މިންތައް، މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓ ގައި ރަޖިސްޓަރީ ކުރެވިފައިވާ ސަރވެޔަރެއް ބަލައި، ޗެކްކޮށް، ސޮއިކުރެވިފައި އޮންނަންވާނެއެވެ.
(ޅ) މި މާއްދާގައި ބަޔާންކުރާ "އީޒްމަންޓް" އާ ގުޅޭ އުސޫލެއް ނުވަތަ މިންގަނޑެއް ދިވެހިރާއްޖޭގެ ކަމާބެހޭ ގާނޫނެއް ނުވަތަ ގަވާއިދެއްގައި ކަނޑައަޅައިފައި ނުވާހިނދު، އެއްމެދު އިމާރާތުގެ ގާނޫނާއި މި ގަވާއިދުގެ ބޭނުމަށް "އީޒްމަންޓް" ގެ ގޮތުގައި ބަޔާންކުރާ މިންގަނޑުތަކާއި އުސޫލުތައް މި މާއްދާގައި ބަޔާންކުރާގޮތަށް ދެމިއޮންނާނެއެވެ.
7 ވަނަ މާއްދާ - ޑީޑް އޮފް އީޒްމަންޓު ގައި ހިމަނަންޖެހޭ މައުލޫމާތު
މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ "ޑީޑް އޮފް އީޒްމަންޓް" ގައި ތިރީގައި ބަޔާންކުރާ ކަންކަން ހިމަނަންވާނެއެވެ.
(ހ) އީޒްމަންޓް ދޭ ބިމާއި އެ ބިމުގެ ވެރިފަރާތުގެ މައުލޫމާތު.
(ށ) ބިން ބޭނުންކުރުމުގެ ހައްގު ލިބޭ ފަރާތް ނުވަތަ ފަރާތްތައް ނުވަތަ އެ ސްޓްރާޓާ ޕްލޭން ނިސްބަތްވާ މެނޭޖްމަންޓް ކޯޕަރޭށަނުގެ މައުލޫމާތު.
(ނ) އީޒްމަންޓް ދޭ ބިމުން އީޒްމަންޓް ދިނުމަށް ކަނޑައަޅާ ސަރަހައްދުގެ ބޮޑުމިނާއި، އެ ބިމާ އިންވެގެންވާ ބިންތަކުގެ ތަފުސީލު.
(ރ) ބިން ބޭނުންކުރުމުގެ ހައްގުތައް، އެކަމާ ގުޅޭ ތަފްސީލުތަކުގެ ތެރޭގައި ހައްގު ދޫކުރާ ބިމުގައި ވެހިކަލް ޕާކުކުރާނަމަ، އެކަމާގުޅޭ އުސޫލެ،
(ބ) ސްޓްރާޓާ ސްކީމް ބާތިލުކުރުން ނުވަތަ ރީޑިލޮޕްމަންޓް ޕްލޭނެއްގެ ދަށުން އެފަދަ ބިމެއް ބޭނުންކުރާނެ ހާލަތްތަކާއި ގޮތްތައް.
(ޅ) އެ ބިމެއް ބޭނުންކުރުމަށް ކަނޑައަޅާ ޕްލޭނިންގ ނުވަތަ ޑިވަލޮޕްމަންޓް ކޮންޓްރޯލްތަކުގެ ތަފުސީލު.
(ކ) އެ ބިމެއް ބޭނުންކުރުމަށް ކަނޑައަޅާ މުހިންމު އިތުރު މާއްދާތައް.
(އ) "ޑީޑް އޮފް އީޒްމަންޓް" އޮންނަންވާނީ، ދިވެހިރާއްޖޭގެ ބާ ކައުންސިލުން ހުއްދަ ދޫކޮށްފައިވާ ވަކީލަކު ނޮޓަރައިޒްކޮށްފައެވެ. ނުވަތަ ށަރުއ ކޯޓެއްގައި ރަޖިސްޓަރީ ކޮށްފައެވެ.
8 ވަނަ މާއްދާ - ޑީޑް އޮފް އީޒްމަންޓް ފާސްކުރުން
ޑީޑް އޮފް އީޒްމަންޓުގެ އެއްބަސްވުން މިނިސްޓްރީން ބަލައިގަންނަ ދުވަހުން ފެށިގެން ރަސްމީ 15 (ފަނަރަ) ދުވަހުގެ ތެރޭގައި ޑީޑް އޮފް އީޒްމަންޓުގައިވާ ތަފުސީލަށް ބަލައި، ޑީޑް އޮފް އީޒްމަންޓް ފާސްކުރުމާމެދު ގޮތެއް ކަނޑައަޅައި، އެކަން އަންގަންވާނެއެވެ.
9 ވަނަ މާއްދާ - އީޒްމަންޓް ރެކޯޑުކޮށް ބެލެހެއްޓުން
މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އީޒްމަންޓެއް ކަނޑައަޅައި ސްޓްރާޓާ ޕްލޭނާއެކު ފާސްކުރުމުން، އެ މައުލޫމާތު މިނިސްޓްރީން ކައުންސިލާ ހިއްސާކުރަންވާނެއެވެ. އަދި އެފަދަ އީޒްމަންޓްތަކާގުޅޭ ރެކޯޑު ކައުންސިލުން ބަލަހައްޓަންވާނެއެވެ.
10 ވަނަ މާއްދާ - ސްޓްރާޓާ ޕްލޭނަށް ހުއްދަ ހޯދުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލުތަކުގެ މަތީން ސްޓްރާޓާ ޕްލޭނެއް އެކުލަވައިލައި، އެ ޕްލޭނަށް ހުއްދަ ހޯދުމަށް އެދި ބިމުގެ އަސްލުވެރިފަރާތުން ނުވަތަ އެ ފަރާތުން އައްޔަންކުރާ ފަރާތަކުން ސްޓްރާޓާ ޕްލޭނަށް ހުއްދަ ހޯދުމަށް ތިރީގައި މިވާ ލިޔެކިޔުންތަކުގެ ކޮޕީ ސްޓްރާޓާ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށްފަޖު، މިނިސްޓްރީން އަންގާ ވަކި މުއްދަތެއްގެ ތެރޭގައި އަސްލު ލިޔުންތައް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. އަސްލު ލިބެން ނެތް ހާލަތެއްގައި އެ ލިޔުމެއް ދޫކުރި ފަރާތުންއަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިފައިވާ ތަސްދީގު ކޮޕީ އެއް ހުށަހަޅަންޖެހޭނެއެވެ.
(ހ) ސްޓްރާޓާ ޕޯޓަލުގައި ހިމަނައިފައިވާ "ސްޓްރާޓާ ޕްލޭނަށް ހުއްދަ ހޯދުމަށް އެދޭ ފޯމު " ފުރިހަމަކުރުމަށްފަހު ޕޯޓަލް މެދުވެރިކޮށް ހުށަހެޅުން؛
(ށ) މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ "އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމާއި ހިންގައި ބެލެހެއްޓުމާ ގުޅޭ އިގްރާރު" ހުށަހެޅުން؛
(ނ) އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ބިމުގެ ރަޖިސްޓަރީގެ ކޮޕީ ހުށަހެޅުން؛
މި މާއްދާގައި ބަޔާންކުރާ ބިމަކީ، ދައުލަތުގެ އިދާރާއަކާ ހަވާލުކުރެވިފައިވާ ބިމަކަށް ވެފައި، ބިމުގެ ރަޖިސްޓަރީ ހަދައިފައިނުވާނަމަ، އެ އިދާރާއަކުން ތައްގަނޑު ޖަހައިފައިވާ ބިމުގެ އައުޓްލައިން ޗާޓު ނުވަތަ އެކަމާގުޅޭ ލިޔުން ހުށަހަޅަންޖެހޭނެއެވެ.
(ރ) ކައުންސިލުން ނުވަތަ ކަމާބެހޭ އިދާރާއިން އެންމެފަހުން ފާސްކޮށްފައިވާ އާރކިޓެކްޗަރަލް އަދި ސްޓްރަކްޗަރަލް ކުރެހުން (ޑީޓެއިލް ޑްރޯވިން) އަދި އިމާރާތްކުރުމުގެ ހުއްދައިގެ ކޮޕީ ހުށަހެޅުން؛
(ބ) ސަރުކާރުގެ ކަމާގުޅޭ އިދާރާއިން ސަރވޭކޮށް މިންތައް ފާހަގަކޮށްފައިވާ އެންމެ ފަހުގެ ބިމުގެ ޗާޓު ހުށަހެޅުން؛
- މި މާއްދާގައި ބަޔާންކުރާ ބިމުގެ ޗާޓުގައި ބިމުގެ ބައުންޑަރ ކަނޑައަޅައިފައި އޮތުމާއެކު، އިމާރާތުގެ ބައެއް، އެ ބިމެއްގެ އިމުން ބޭރުގައިވާނަމަ، އެ ބައެއް އެފަދައިން ބޭރުގައި އެވަނީ ކަމާގުޅޭ ގާނޫނުގައިވާ އުސޫލުތަކުގެ މަތީންކަން ބަޔާންކޮށް ސަރުކާރުގެ ކަމާގުޅޭ އިދާރާއިން ހުއްދަ ދީފައިވާ ލިޔުމެއްކަމުގައި ވާންވާނެއެވެ.
- މި މާއްދާގައި ބަޔާންކުރާ ކުރެހުމާއި ތަފްސީލުތަކަކީ، މި މާއްދާގެ (ރ) ގައި ބަޔާންކުރާ ކުރެހުމުގައި ހިމަނައިފައިވާ ތަފްސީލުތަކެއް ނަމަ، މި މާއްދާގައި ބަޔާންކުރާ ކުރެހުން ވަކިން ހުށަހަޅާކަށް ނުޖެހޭނެއެވެ.
(ޅ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ކުރެހުމަށް ބިނާކޮށް، ބިމާއި އިމާރާތުގައި ހިމެނޭ ޔުނިޓުތަކާއި އާންމު ތަންތަން ވަކިކޮށް ސްޓްރާޓާ ޕްލޭނުގެ ގޮތުގައި ތައްޔާރުކޮށްފައިވާ ޑްރާފްޓް ކުރެހުމާއި ށެޑިއުލް އޮފް ސްޓްރާޓާ ޔުނިޓްސްގެ ހުށަހެޅުން؛
(މި ކުރެހުން ހުށަހަޅާއިރު މިކަމާ ގުޅޭ ތަމްރީނު ލިބިފައިވާ ލޭންޑް ސަރވެއަރ، އާރކިޓެކްޓެއް ނުވަތަ މިނިސްޓްރީން އެ މަސައްކަތްކުރުމަށް ހުއްދަ ދޫކުރެވިފައިވާ ފަންނީ ފަރާތަކުން ބަލައި،ޗެކްކޮށް، ސޮއިކޮށްފައި އޮންނަންޖެހޭނެއެވެ.)
(ކ) މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ "އީސްމަންޓް" ގެ ގޮތުގައި ބިމެއް ކަނޑައަޅައިފައިވާނަމަ، އެކަމުގެ ތަފްސީލު އަދި ޑްރާފްޓް އެއްބަސްވުމުގެ ކޮޕީ (ޑީޑް އޮފް އީޒްމަންޓް)؛ މި މާއްދާގައި ބަޔާންކުރާ ތަފުސީލުތައް ހުންނަންވާނީ، ހުށަހަޅާ ސްޓްރާޓާ ޕްލޭނުގައި ފާހަގަކޮށްފައެވެ.
(އ) މެނޭޖްމަންޓް ކޯޕަރޭށަން ހިންގުމަށް ހުށަހަޅާ ގޮތްތަކާއި، އެއްމެދު އިމާރާތުގެ އާންމު ތަންތަން ބޭނުންކުރުމަށާއި ބެލެހެއްޓުމަށް ހުށަހަޅާ ބަޔާން ނުވަތަ އެއްމެދު އިމާރާތުގެ އާންމު ތަންތަން ހިންގައި ބެލެހެއްޓުމާއި ގުޅޭގޮތުން، އެކުލަވައިލާ "ބައ-ިލޯސް" ތައް ނުވަތަ އެކަމާގުޅޭ އެއްބަސްވުމުގެ ކޮޕީ.
އެއްމެދު އިމާރާތުގެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދު ނަންބަރު 2024-25 (އެއްމެދު އިމާރާތުގެ މެނޭޖްމަންޓް ކޯޕަރޭށަން ހިންގުމުގެ ގަވާއިދު) ގެ ޖަދުވަލު 2 ގައި ބައ-ިލޯސް ތައްޔާރުކުރާނެގޮތުގެ ސާމްޕަލް ފޯމެޓް ހިމެނިފައިވާނެއެވެ.
(ވ) މެއިންޓެނެންސް ފަންޑު ބެލެހެއްޓުމަށާއި، އެއްމެދު އިމާރާތުގެ އާންމު ތަންތަން ބޭނުންކުރުމަށާއި ބެލެހެއްޓުމަށް ކަނޑައަޅާ ފީ ގެ ތަފްސީލުތައް.އެއްމެދު އިމާރާތް ބެލެހެއްޓުމަށް ހިނގާނެ ހަރަދުތައް ހިސާބުކުރާނެގޮތް ތައްޔާރުކުރާނީ މި ގަވާއިދުގެ 16 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލުގެ ދަށުންނެވެ. އަދި ސްޓްރާޓާ ޕޯޓަލުގައި ފީ ހިސާބުކުރާނެގޮތުގެ ތަފްސީލު އަދި ފޯމެޓް ހިމަނައިފައިވާނެއެވެ.
(މ) ސްޓްރާޓާ އުސޫލުން ރަޖިސްޓަރީ ކުރަން ހުށަހަޅާ ގޯއްޗަކީ ރަހުނުކޮށްފައިވާ ގޯއްޗެއް ނަމަ، އެއްމެދު އިމާރާތުގެ ގޯތި ރަޖިސްޓަރީ ކުރުމަށް ރަހުނު ހިފާ ފަރާތުގެ އިއުތިރާޒެއް ނެތްކަން އަންގައިދޭ ލިޔުން.
(ފ) ބިމުގެ އަސްލު ވެރިފަރާތާއި އިމާރާތް ޑިވެލޮޕްކުރާ ފަރާތާ ދެމެދު އެއްބަސްވުމެއް ހަދައިފައިވާނަމަ، ދިވެހިރާއްޖޭގެ ބާ ކައުންސިލުން ހުއްދަ ދޫކޮށްފައިވާ ވަކީލަކު ނޮޓަރައިސްކޮށްފައިވާ އެ އެއްބަސްވުމުގެ އަސްލާ އެއްގޮތްކަން ކަށަވަރުކޮށްދޭ ކޮޕީ.
(ދ) ނިމިފައިވާ އިމާރާތެއް ނަމަ، އިމާރާތް ބޭނުންކުރުމުގެ ހުއްދައިގެ ކޮޕީ.
(ތ) އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓުގެ ކޮޕީ އާއެކު، ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ފަރާތަކ ހުށަހަޅާ ގޯއްޗާއި އިމާރާތުގެ ވެރިފަރާތް ކަމުގައި ނުވާނަމަ، ވެރިފަރާތާ އެކުގައިވެފައިވާ ބިމުގެ ވެރިފަރާތުން ދީފައިވާ ޕަވަރ އޮފް އެޓަރނީ ގެ ކޮޕީ.
(ލ) އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ފަރާތަކީ، ޕާޓްނަރށިޕެއްނަމަ، އެ ޕާޓްނަރށިޕުގެ ރަޖިސްޓަރީ އާއި ޕާޓްނަރށިޕުގެ އެއްބަސްވުމުގެ ކޮޕީ.
(ގ) އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ފަރާތަކީ، ކުންފުންޏެއްނަމަ، އެ ކުންފުނީގެ ރަޖިސްޓަރީ އާއި، އެ ވަގުތު ކުންފުނީގެ ހިއްސާދާރުންނާއި ޑިރެކްޓަރުންގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ މީހުން އެނގޭނޭހެން ރަޖިސްޓްރަރ އޮފް ކޮމްޕެނީޒް ދޫކޮށްފައިވާ ކުންފުނީގެ ޕްރޮފައިލް ށީޓު.
(ޏ) މި ގަވާއިދުގެ ޖަދުވަލު 3 ގެ ދަށުން ސްޓްރާޓާ ޕްލޭން އަދި ސްޓްރާޓާ ސްކީމުގެ ހުއްދައަށް ހުށަހަޅާ އެޕްލިކޭށަނާ ގުޅިގެން މިނިސްޓްރީއަށް ދައްކަންޖެހޭ ފީ.
11 ވަނަ މާއްދާ - ސްޓޭޖް ޑިވަލޮޕްމަންޓުގެ ދަށުން ސްޓްރާޓާ ޕްލޭނަށް ހުއްދަ ހޯދުމަށް ހުށަހެޅުން
ސްޓޭޖް ޑިވަލޮޕްމަންޓެއްގެ ދަށުން ސްޓްރާޓާ ޕްލޭނަށް ހުއްދަ ހޯދުމަށް ހުށަހަޅާ ނަމަ، މި ގަވާއިދުގެ 10 ވަނަ މާއްދާގައި ބަޔާންކުރާ ލިޔުންތަކުގެ އިތުރުން އަންނަނިވި ލިޔުންތައް ހުށަހަޅަންވާނެއެވެ.
(ހ) ސްޓޭޖް ޑިވަލޮޕްމަންޓް ހިންގުމަށް ތައްޔާރުކޮށްފައިވާ ޕްރޮޕޯސަލް؛
(ށ) ސްޓޭޖް ޑިވަލޮޕްމަންޓް ހިންގުމާ ގުޅޭ ގަވާއިދުގައި ބަޔާންކުރާ އިތުރު ލިޔެކިޔުންތައް.
12 ވަނަ މާއްދާ - ހުއްދަ ދޫކޮށްފައިވާ ސްޓްރާޓާ ޕްލޭނަށް ބަދަލު ގެނައުން
އެއްމެދު އިމާރާތުގެ ގާނޫނުގެ 44 ވަނަ މާއްދާއާއި، 45 ވަނަ މާއްދާއާއި، 46 ވަނަ މާއްދާއާއި، މި ގަވާއިދުގައި ބަޔާންކުރާ އުސޫލުގެ ދަށުން ސްޓްރާޓާ ޕްލޭނަށް ބަދަލު ގެނައުމަށް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. ސްޓްރާޓާ ޕްލޭނަށް ގެންނަ ބަދަލުތަކުން ޔުނިޓުގެ އަކަފޫޓަށް ނުވަތަ ޔުނިޓަށް ކަނޑައަޅައިފައިވާ ހިއްސާގެ އަދަދަށް ބަދަލު އަންނަނަމަ، އެކަން ފާހަގަކޮށް ށެޑިއުލް އޮފް ސްޓްރާޓާ ޔުނިޓްސް އިސްލާހުކުރުމަށް ހުށަހަޅަންވާނެއެވެ. ސްޓްރާޓާ ޕްލޭނަށް ބަދަލު ގެނައުމަށް ހުށަހަޅަނީ، މާލެ ސަރަހައްދުން ބޭރުގައިވާ ރަށެއްގައި ނުވަތަ ސިޓީއެއްގައި ނަމަ، އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލް މެދުވެރިކޮށް މިނިސްޓްރީގެ ސްޓްރާޓާ ޕޯޓަލަށެވެ.
13 ވަނަ މާއްދާ - ށެޑިއުލް އޮފް ސްޓްރާޓާ ޔުނިޓްސް ތައްޔާރުކުރުން
މި ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކުގެ ދަށުން ސްޓްރާޓާ ޕްލޭ ނާގުޅޭ ށެޑިއުލް އޮފް ސްޓްރާޓާ ޔުނިޓްސް އަދި އޭގައި ހިމަނާ ހިއްސާގެ އަދަދުތައް ތައްޔާރުކޮށް، ސްޓްރާޓާ ޕްލޭނަށް ހުއްދަ ހޯދުމަށް އެދޭއިރު ހުށަހަޅަންވާނެއެވެ.
(ހ) ށެޑިއުލް އޮފް ސްޓްރާޓާ ޔުނިޓްސްގައި ޔުނިޓުގެ ނަންބަރު، ޔުނި ޓުގެ ބޮޑުމިން، ޔުނިޓަށް ކަނޑައަޅައިފައިވާ ބޭނުން، ޔުނިޓަށް ކަނޑައެޅިފައިވާ ހިއްސާގެ އަދަދުތައް ހިމަނަންވާނެއެވެ. ހިއްސާގެ އަދަދު ކަނޑައަޅާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ އުސޫލުގެ ދަށުންނެވެ.
(ށ) ށެޑިއުލް އޮފް ސްޓްރާޓާ ޔުނި ޓާ ގުޅޭ އެންމެހައި ލިޔެކިޔުންތައް މިކަމާ ގުޅޭ ތަމްރީނު ލިބިފައިވާ ލޭންޑް ސަރވެއަރ، އާރކިޓެކްޓެއް ނުވަތަ މިނިސްޓްރީން އެ މަސައްކަތްކުރުމަށް ހުއްދަ ދޫކުރެވިފައިވާ ފަންނީ ފަރާތަކުން ބަލައި، ޗެކްކޮށް، ސޮއިކޮށްފައި އޮންނަންވާނެއެވެ.
(ނ) އެއްމެދު އިމާރާތުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓަރީ ކޮށްފައިވާ އެއްމެދު އިމާރާތެއްގެ ކުރެހުމުގައި ހިމެނޭ ޔުނިޓެއްގެ ބޮޑުމިން ބަދަލުވެފައިވާނަމަ، އެ ބަދަލާއެކު އިސްލާހު ކުރެވިފައިވާ ކުރެހުމާއި، އެ ކުރެހުމާއެކު ހުށަހަޅާ ށެޑިއުލް އޮފް ސްޓްރާޓާ ޔުނިޓްސްގައި އެ ޔުނިޓެއްގެ ތަފްސީލު ހިމަނައި ފާހަގަކުރަންވާނެއެވެ.
(ރ) އެއްމެދު އިމާރާތެއްގައި ހިމެނޭ ޔުނިޓުތަކުގެ ބޮޑުމިނަށް އަންނަ ބަދަލާ ގުޅިގެން ޔުނިޓުގެ ޖުމްލަ އަކަފޫޓުން %3 (ތިނެއް އިންސައްތަ) އަށްވުރެ އިތުރަށް ބޮޑުވެފައިވާނަމަ، ނުވަތަ %3 (ތިނެއް އިންސައްތަ) އަށްވުރެ އިތުރަށް ކުޑަވެފައިވާނަމަ، އަދި އެ ޔުނިޓަކ މިނިސްޓްރީން އެއްމެދު އިމާރާތުގެ ކުރެހުން (ނުވަތަ ސްޓްރާޓާ ޕްލޭން) ފާސްކުރެވުނު ފަހުން މިލްކުވެރިކަން ބަދަލުކޮށްފައިވާ ނުވަތަ ވިއްކައިފައިވާ ޔުނިޓެއްނަމަ، އެ ޔުނިޓެއްގެ މިލްކުވެރިފަރާތް ނުވަތަ ވިއްކައިފައިވާ ފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ށެޑިއުލް އޮފް ސްޓްރާޓާ ޔުނިޓްސްއާ އެކު ހުށަހަޅަންވާނެއެވެ.
(ބ) އެ ޔުނިޓެއް ރަޖިސްޓަރީ ކުރުމުގެ ހުއްދަ ދޫކުރާނީ، މި މާއްދާގައި ބަޔާންކުރާ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހެޅުމުންނެވެ.
14 ވަނަ މާއްދާ - އެއްމެދު އިމާރާތް ހިމެނޭ ބިމުގެ ހިއްސާ ކަނޑައެޅުން
މި ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކުރާ ޔުނިޓުގެ ހިއްސާގެ އަދަދު ކަނޑައެޅިކަމުގައިވިޔަސް، މި ގަވާއިދުގެ ބޭނުމަށް ޔުނިޓުގެ މިލްކުވެރިފަރާތަށް އެ އިމާރާތުގެ ބިމުން ލިބިދޭ ހިއްސާގެ އަދަދު ވަކިން އެނގޭނެހެން ކަނޑައެޅުމުގެ ބޭނުމަށްޓަކައި "އަން ޑިވައިޑެޑް ށެއަރ އޮފް ލޭންޑް" ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް ތައްޔާރުކޮށް ހުށަހަޅަންވާނެއެވެ.
(ހ) އެއްމެދު އިމާރާތުގެ ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ އެއްމެދު އިމާރާތްރީޑިލޮޕްކުރުމާއި، އެ ގާނޫނުގެ 48 ވަނަ މާއްދާގައި ބަޔާންކުރާ ގިނަ ބިން އެއްކޮށްގެން އެއްމެދު އިމާރާތެއް ބިނާކުރުމަށް އެކުލަވައިލާ ސްކީމުތައް ހިންގުމާއި، ގާނޫނުގެ 89 ވަނަ މާއްދާގައި ބަޔާންކުރާ އިމާރާތުގެ ބައިތައް ށަރުއ ގޮތުން ބެހުން ފަދަ ޔުނިޓްތަކާ ގުޅިގެން ކުރަންޖެހޭނެ މުއާމަލާތްތައް ފަސޭހައިން ކުރިއަށް ގެންދިއުމަށް ތިރީގައިވާ ފޯމިއުލާއާ އެއްގޮތަށް"އަންޑިވައިޑެޑް ށެއަރ އޮފް ލޭންޑް" ކަނޑައަޅައި "ށެޑިއުލް އޮފް ސްޓްރާޓާ ޔުނިޓްސް" ގައި ހިމަނަންވާނެއެވެ.
(ށ) ޔުނިޓުގެ އޭރިއާ / ހުރިހާ ޔުނިޓެއްގެ ޖުމްލަ އޭރިއާ x ޖުމުލަ ބިމުގެ އޭރިއާ
(ނ) މި މާއްދާގެ (ށ) ގައި ބުނެފައިވާ "ޔުނިޓުގެ އޭރިއާ" ކަމަށް ބުނެފައި އެވަނީ، ސްޓްރާޓާ ޕްލޭނުގައި ކަނޑައަޅާ ޔުނިޓުގެ ޖު މުލަ އޭރިއާއެވެ. އަދި "ހުރިހާ ޖުމްލަ ޔުނިޓެއްގެ އޭރިއާ" ކަމަށް ބުނެފައި އެވަނީ، އެ ސްޓްރާޓާ ޕްލޭނުގައި ހިމެނޭ ހުރިހާ ޔުނިޓެއްގެ އޭރިއާ އެއްކޮށްލުމުން އަންނަ ޖުމުލަ އޭރިއާއަށެވެ. މީގެ ތެރޭގައި އާންމު ތަންތަނުގެ ގޮތުގައި ކަނޑައަޅާ ތަންތަނާއި، ލިމިޑެޓް ކޮމަން ޕްރޮޕަޓީގެ އިތުރުން އެކްސަސަރ ޔުނިޓްތަކުގެ އޭރިއާތައް ނުހިމެނޭނެއެވެ.
15 ވަނަ މާއްދާ - އެއްމެދު އިމާރާތުގައި ހިމެނޭ ޔުނިޓުގެ މިލްކުވެރިކަން ބަދަލުކުރުން ނުވަތަ ވިއްކުން
އެއްމެދު އިމާރާތެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ގަސްދުކުރާ އިމާރާތެއް ނުވަތަ ސްޓޭޖް ޑިވަލޮޕްމަންޓުގެ ދަށުން ނުވަތަ އެނޫންގޮތަކަށްވެސް އެއްމެދު އިމާރާތެއްގެ ގޮތުގައި ތަރައްގީކޮށް، އެ އިމާރާ ތެއްގައި ހިމެނޭ ވަކިވަކި ޔުނިޓުތަކުގެ މިލްކުވެރިކަން އަދި ޔުނިޓާ ގުޅޭ ގަނެ ވިއްކުމުގެ އެއްވެސް މުއާމަލާތެއް ކުރެވޭނީ، އެއްމެދު އިމާރާތުގެ ގާނޫނާއި މި ގަވާއިދުގައި ބަޔާންކުރާ ސްޓްރާޓާ ޕްލޭން އަދި ށެޑިއުލް އޮފް ސްޓްރާޓާ ޔުނިޓްސް މިނިސްޓްރީން ފާސްކުރުމަށްފަހު ށެޑިއުލް އޮފް ސްޓްރާޓާ ޔުނިޓްސްގައި ބަޔާންކުރާ ޔުނިޓުގެ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށެވެ.
16 ވަނަ މާއްދާ - އެއްމެދު އިމާރާތަށްހިނގާނެ ހަރަދު ހިސާބުކުރުން
މި ގަވާއިދުގެ ދަށުން ސްޓްރާޓާ ޕްލޭނުގެ ހުއްދަ ހޯދުމަށް ހުށަހަޅާއިރު، ސްޓްރާޓާ ޕްލޭނުގައި ފާހަގަ ކުރާ އާންމު ތަންތަނާއި، ވަސީލަތްތަކާއި، އެކްސެސަރ ޔުނިޓް އަދި ލިމިޓެޑް ކޮމަން ޕްރޮޕަޓީއަށް ރިއާޔަތްކޮށް، އެއްމެދު އިމާރާތް ހިންގައި ބެލެހެއްޓުމަށް ހިނގާނެ ހަރަދު ތަފްސީލުކޮށް ހުށަހަޅަންވާނެއެވެ. މި ގޮތުން، ހަރަދުތައް ހިސާބުކުރާނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ އުސޫލުގައި ބަޔާންކުރާ ގޮތުގެ މަތީންނެވެ. އަދި ސްޓްރާޓާ ޕްލޭނެއްގެ ގޮތުގައި ހުއްދަ ލިބުމުން، އެ ޕްލޭނަ ށް ނިސްބަތްވާ މެނޭޖްމަންޓް ކޯޕަރޭށަނުން އެއްމެދު އިމާރާތް ހިންގައި ބެލެހެއްޓުމަށް ހިނގާ ހަރަދުތައްވެސް ހިސާބުކުރާނީ، މި ދެންނެވި ޖަދުވަލުގައިވާ ގޮތުގެމަތީންނެވެ.
17 ވަނަ މާއްދާ - ސްޓްރާޓާ ސްކީމަށް ހުއްދަ ހޯދުމަށް ހުށަހެޅުން
(ހ) ސްޓްރާޓާ ޕްލޭނަށް ހުއްދަ ލިބުމާއެކު، ސްޓްރާޓާ ސްކީމަށް ހުއްދަ ހޯދުމަށް، މި މާއްދާގައި ބަޔާންކުރާ ލިޔެކިޔުންތަކާއެކު ބިމުގެ އަސްލުވެރިފަރާތުން، ނުވަތަ ބިމުގެ އަސްލު ވެރިފަރާތުން ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތަކުން ހުށަހަޅަންވާނެއެވެ.
(ށ) މި ގަވާއިދުގައި ބަޔާންކުރާ ސްޓްރާޓާ ޕްލޭނަށް ހުއްދަ ހޯދުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި، ސްޓްރާޓާ ސްކީމަށް ހުއްދަ ހޯދުމަށް ހުށަހަޅަންޖެހޭ އެންމެހައި ކަންކަން ފުރިހަމަވާނަމަ، ސްޓްރާޓާ ޕްލޭން އަދި ސްޓްރާޓާ ސްކީމަށް ހުއްދަ އެކީ ގައި ހޯދުމަށް ހުށަހެޅުމުގެ ހުރަހެއްނެތެވެ.
18 ވަނަ މާއްދާ - ބިނާކޮށް ނިމިފައިވާ އިމާރާތްތަކުގެ ސްޓްރާޓާ ސްކީމަށް ހުއްދަ ހޯދުމަށް ހުށަހަޅާ ލިޔެކިޔުންތައް
ސްޓްރާޓާ ސްކީމަށް ހުއްދަ ހޯދުމަށް އެދި ހުށަހަޅަނީ، ބިނާކޮށް ނިމިފައިވާ އިމާރާތެއް ނުވަތަ ބައެއް ނިމިފައިވާ އިމާރާތެއް ނަމަ، އެއްމެދު އިމާރާތުގެ ގާނޫނުގެ 52 ވަނަ މާއްދާގައި ބަޔާންކުރާ ލިޔެކިޔުންތަކުގެ އިތުރުން އަންނަނިވި، ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.
(ހ) ބިނާކޮށް ނިމިފައިވާ އިމާރާތެއް ނަމަ، މުޅި އިމާރާތް ބޭނުންކުރުމަށް ކައުންސިލުން ނުވަތަ ކަމާބެހޭ އިދާރާއިން ދޫކޮށްފައިވާ ހުއްދަ އަދި ޕްރޮޖެކްޓް މެނޭޖަރ ނުވަތަ އިންޖިނިއަރ ދޫކޮށްފައިވާ އިމާރާތް ނިމުނުކަން އަންގައިދޭ ލިޔުން ނުވަތަ ކޮމްޕްލީށަން ސެޓުފިކެޓު.
(ށ) އިމާރާތް އިންށުއަރެންސް ކޮށްފައިވާ ކަމުގެ ލިޔުން ނުވަތަ އިންށުއަރެންސް ޕޮލިސީ.
19 ވަނަ މާއްދާ - އިމާރާތުގެ ބައެއް ނިމިފައިވާ އިމާރާތުގެ ސްޓްރާޓާ ސްކީމަށް ހުއްދަ ހޯދުމަށް ހުށަހަޅާ ލިޔެކިޔުންތައް
ސްޓްރާޓާ ސްކީމަށް ހުއްދައަށް އެދި ހުށަހަޅަނީ، ބިނާކޮށް ނިމިފައިވާ އިމާރާތެއް ނުވަތަ ބައެއް ނިމިފައިވާ އިމާރާތެއް ނަމަ، އެއްމެދު އިމާރާތުގެ ގާނޫނުގެ 54 ވަނަ މާއްދާގައި ބަޔާންކުރާ ލިޔެކިޔުންތަކުގެ އިތުރުން އަންނަނިވި، ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.
(ހ) އިމާރާތުގެ ބައެއް ނިމިފައިވާ އިމާރާތްތަކާއި ސްޓޭޖް ޑިވަލޮޕްމަންޓެއްނަމަ، އިމާރާތުގެ ނިމިފައިވާ ބައި ބޭނުންކުރުމަށް ކައުންސިލުން ނުވަތަ ކަމާބެހޭ އިދާރާއިން ދޫކޮށްފައިވާ ހުއްދ،ަ އަދި މުޅި އިމާރާތުގެ މަސައްކަތްތަކާ ގުޅޭގޮތުން ޕްރޮޖެކްޓް މެނޭޖަރ ނުވަތަ އިންޖިނިއަރ ސޮއިކޮށްފައިވާ ޕްރޮގުރެސް ރިޕޯޓާއި މަސައްކަތުގެ ށެޑިއުލް؛
(ށ) އިމާރާތް އިންށުއަރެންސް ކޮށްފައިވާ ކަމުގެ ލިޔުން ނުވަތަ އިންށުއަރެންސް ޕޮލިސީ.
20 ވަނަ މާއްދާ - ސްޓްރާޓާ ސްކީމާގުޅޭ ޔުނިޓް ރެޖިސްޓްރޭށަން ޕަރމިޓް ދޫކުރުން
ސްޓްރާޓާ ސްކީމަށް މިނިސްޓްރީން ހުއްދަ ދޫކުރުމާއެކު، ރަޖިސްޓަރީ ކުރުމަށް ހުއްދަ ދެވިފައިވާ ޔުނިޓްތަކުގެ އިތުރުން، އެ އިމާރާތެއްގެ ބާކީ ޔުނިޓްތަކަށް ރަޖިސްޓަރީ ކުރުމުގެ ހުއްދައަށް އެދި ހުށަހަޅަނީ ޔުނިޓްތައް ނިމޭ މިންވަރަކުން ކަމުގައިވާނަމަ، އެ ޔުނިޓްތައް ރަޖިސްޓަރީ ކުރުމުގެ ހުއްދަ ހޯދުމަށް އަންނަނިވި ލިޔެކިޔު ންތަކާއެކު މިނިސްޓްރީއަށް ސްޓްރާޓާ ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.
(ހ) ސްޓްރާޓާ ޕޯޓަލްގައިވާ ޔުނިޓުގެ ރަޖިސްޓަރީ ހެއްދުމުގެ ހުއްދަ ނުވަތަ ޕާރމިޓް ހޯދުމަށް ހުށަހަޅާ ފޯމު؛
(ށ) އިމާރާތުގައި ހިމެނ،ޭ ނިމިފައިވާ ޔުނިޓް ނުވަތަ ޔުނިޓްތަކަށް ކަމާބެހޭ އިދާރާއިން ދޫކޮށްފައިވާ ޔުނިޓް ބޭނުންކުރުން ނުވަތަ ދިރިއުޅުމުގެ ހުއްދައިގެ ކޮޕީ؛
(ނ) މިނިސްޓްރީން ހުއްދަ ދޫކޮށްފައިވާ ސްޓްރާޓާ ޕްލޭނުގައި ހިމެނޭ ޔުނިޓަކަށް ނުވަތަ ޔުނިޓުތަކަށް ބަދަލު ގެނައުމުގެ ސަބަބަން، ޔުނިޓުގެ އަކަފޫޓު ނުވަތަ ޔުނިޓުގެ ހިއްސާ ބަދަލުވެފައިވާނަމަ، ޔުނިޓުގެ ވެރިފަރާތުން އެކަމަށް އެއްވެސް އިއުތިރާޒެއް ނެތްކަން އަންގައިދޭ ލިޔެކިޔުން؛
(ރ) އިމާރާތުގެ މަސައްކަތްތަކާ ގުޅޭގޮތުން ޕްރޮޖެކްޓް މެނޭޖަރ ނުވަތަ އިންޖިނިއަރ ސޮއިކޮށްފައިވާ ޕްރޮގުރެސް ރިޕޯޓާއި މަސައްކަތުގެ ށެޑިއުލް؛
(ބ) މި މާއްދާގައި ވަކިވަކި ޔުނިޓްތަކަށް ރަޖިސްޓަރީ ކުރުމުގެ ހުއްދަ ދޫކުރެވިދާނެކަމުގައި ބަޔާންކޮށްފައިވީ ނަމަވެސް، މުޅި ސްކީމުގައި ހިމެނޭ ހުރިހާ ޔުނިޓުތަކަށް ރަޖިސްޓަރީ ހެދުމުގެ ހުއްދަ ދޫކުރެވޭނީ، ޕްރޮޖެކްޓް މެނޭޖަރ ނުވަތަ އިންޖިނިއަރ ދޫކޮށްފައިވާ އިމާރާތް ނިމުނުކަން އަންގައިދޭ ލިޔުން ނުވަތަ ކޮމްޕްލީށަން ސެޓުފިކެޓު ހުށަހެޅުމުންނެވެ.
(ޅ) ސްޓޭޖް ޑިވަލޮޕްމަންޓުގެ ދަށުން ސްޓްރާޓާ ސްކީމަށް ހުއްދަ ހޯދުމަށް އެދި ހުށަހަޅާނީ، އެއްމެދު އިމާރާތުގެ ގާނޫނުގެ 56 ވަނަ މާއްދާއާއި ސްޓޭޖް ޑިވަލޮޕްމަންޓް ހިންގުމާ ބެހޭ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކުގެ ދަށުންނެވެ.
21 ވަނަ މާއްދާ - ސްޓްރާޓް ޕްލޭން އަދި ސްޓްރާޓާ ސްކީމަށް ހުއްދަ ހޯދުމަށް ހުށަހަޅާ އިމާރާތް ސާރވޭކުރުން / އިންސްޕެކްޓް ކުރުން
(ހ) ސްޓްރާޓާ ޕްލޭން އަދި ސްޓްރާޓާ ސްކީމަށް ހުއްދައަށް އެދި ހުށަހަޅާ ފަރާތުގެ ފޯމު މިނިސްޓްރީން ބަލައިގަންނަ ދުވަހުން ފެށިގެން ރަސްމީ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ އިމާރާތުގެ އިންސްޕެކްށަން މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ކުރަންވާނެއެވެ. ނަމަވެސް، ސްޓްރާޓާ ސްކީމާ ގުޅިގެން ހުށަހަޅަންޖެހޭ ލިޔެކިޔުމެއް ނުވަތަ ސްޓްރާޓާ ސްކީމު ހޯދުމަށް ހުށަހަޅާ ލިޔެކިޔުންތައް ފުރިހަމަވެފައިނުވާނަމަ، މި މާއްދާގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި މިނިސްޓްރީން އެ ފަރާތަށް އެކަން އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ސާރވޭ ނުވަތަ އިންސްޕެކްށަން ހެދުމުގެ ކުރިން، މިނިސްޓްރީން އެކަން އެ ފަރާތަށް ލިޔުމުން ނުވަތަ އީމެއިލް މެދުވެރިކޮށް ނުވަތަ ޕޯޓަލް މެދުވެރިކޮށް އަންގައި ހަމަޖައްސަންވާނެއެވެ.
(ނ) ނިމިފައިވާ އިމާރާތްތަކުގެ ސާރވޭ ނުވަތަ އިންސްޕެކްށަން ކުރާނީ އިމާރާތް ނިމިފައިވާކަން އަންގައިދޭ ލިޔުން ސްކީމާއެކު ހުށަހެޅުމުންނެވެ. އަދި އިމާރާތުގެ ބައެއް ނިމިފައިވާ އިމާރާތްތަކާއި މަސައްކަތް ކުރިއަށްދާ މަށްރޫއުތަކުގެ އިންސްޕެކްށަން ކުރާނީ އިމާރާތް ނުވަތަ ޔުނިޓު ބޭނުންކުރުމުގެ ހުއްދަ ނުވަތަ ދިރިއުޅުމުގެ ހުއްދަ ކަމާބެހޭ އިދާރާއިން ދޫކުރުމުންނެވެ.
(ރ) ސްޓްރާޓާ ސްކީމް އަދި ޔުނިޓުގެ ރަޖިސްޓްރޭށަން ޕާމިޓް ދޫކުރުމުގެ ކުރިން މިނިސްޓްރީން ސްޓްރާޓާ ސްކީމާގުޅޭ އިންސްޕެކްށަން ހަދަންވާނެއެވެ.
22 ވަނަ މާއްދާ - ސްޓްރާޓާ ސްކީމަށް ހުއްދަ ދޫކުރުން
(ހ) ސްޓްރާޓާ ސްކީމަށް ހުއްދަ ހޯދުމަށް އެދި އެއްމެދު އިމާރާތުގެ ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަކޮށް ހުށަހެޅުމުން، އެއްމެދު އިމާރާތުގެ ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ކަށަވަރުކުރުމަށްފަޖު، އެ ސްޓްރާޓާ ސްކީމަށް ހުއްދަ މިނިސްޓްރީން ދޫކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަން ކަށަވަރުކުރުމަށްފަޖު، ބިނާކޮށް ނިމިފައިވާ އިމާރާތެއްނަމަ، މުޅި ސްކީމަށް ހުއްދަ ދޫކުރުމާއެކު، ސްކީމުގައި ހިމެނޭ ހުރިހާ ޔުނިޓެއްގެ ރަޖިސްޓަރީ ހެދުމުގެ ހުއްދަ މިނިސްޓްރީން ދޫކުރަންވާނެއެވެ. އަދި އިމާރާތުގެ ބައެއް ނިމިފައިވާ އިމާރާތެއްނަމަ، ގާނޫނާއި މި ގަވާއިދުގައިވާ އުސޫލުތަކުގެ މަތީން ސްޓްރާޓާ ސްކީމަށް ހުއްދަ ދޫކުރުމާއެކު، އެ ފަރާތުން ނިންމައި ހުށަހަޅައިފައިވާ ޔުނިޓްތަކުގެ ރަޖިސްޓަރީ ހެދުމުގެ ހުއްދަ ދޫކުރަންވާނެއެވެ.
23 ވަނަ މާއްދާ - އެއްމެދު އިމާރާތުގެ ހުއްދަ ދޫކުރުމާގުޅޭ ފީ ތަކުގެ ތަފްސީލު
އެއްމެދު އިމާރާތުގެ ގާނޫނާއި ގަވާއިދުގެ ދަށުން ސްޓްރާޓާ ޕްލޭނުގެ ހުއްދަ ދޫކުރުމަށާއި، ސްކީމާގުޅޭ ހުއްދަތައް ދޫކުރާއިރު އެކަމާގުޅޭ އިދާރީއަދި ޓެކްނިކަލް މަސައްކަތްތައް ކުރުމަށް، އިދާރީފީ އެއް މިނިސްޓްރީން ނަގަންވާނެއެވެ. އަދި އެކަމާގުޅޭ ތަފްސީލުތައް މި ގަވާއިދުގެ ޖަދުވަލު 3 ގައި ހިމެނިފައިވާނެއެވެ.
24 ވަނަ މާއްދާ - ސްޓްރާޓާ ސްކީމް ބާތިލުކުރުމަށް ހާއްސަ ގަރާރެއް ފާސްކުރުން
މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ސްޓްރާޓާ ސްކީމެއްގެ ހުއްދަ ބާތިލުކުރެވޭނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަށްރޫއުތަކާ ގުޅޭ ސްޓްރާޓާ ސްކީމް ބާތިލުކުރުމާ ގުޅޭގޮތުން މިނިސްޓްރީގެ ފަރާތުން ނިންމާ ނިންމުމަކާ އެއްގޮތަށެވެ.
25 ވަނަ މާއްދާ - ސްޓްރާޓާ ސްކީމް ބާތިލުކުރުން
އަންނަނިވި ހާލަތްތަކުގެ ދަށުން، ސްޓްރާޓާ ސްކީމެއް ބާތިލު ކުރަން ހުށަހަޅާނ ސްޓްރާޓާ ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީއަށެވެ.
(ހ) އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެވިފައިވާ އިމާރާތެއް، އިމާރާތް ކޮށްފައިވާ ދުވަހުން ފެށިގެން މަދުވެގެން 15 (ފަނަރަ) އަހަރުވެފައިވުމާއެކު، އިމާރާތް ބޭނުން ނުކުރެވޭ ފެންވަރުގައި އިމާރާތްހުރުމުގެ ސަބަބުން ރީޑިލޮޕްމަންޓުގެ ބޭނުމަށް އެ ސްޓްރާޑާ ސްކީމެއް ބާތިލުކޮށް ދޫކޮށްލުން؛
(ށ) ހާދިސާ ނުވަތަ ކާރިސާއެއްގެ ސަބަބުން މުޅި އިމާރާތް ވީރާނާވުން؛ ނުވަތަ އިމާރާތް ބޭނުން ނުކުރެވުން؛ ނުވަތަ އެފަދަ ހާލަތެއްގައި ބިމާ އިމާރާތް އެހެން ފަރާތަކަށް ވިއްކައިލުން؛
(ނ) ސަރުކާރުން ކަނޑައަޅާ ގައުމ ތަރައްގީގެ ޕްލޭނެއް ނުވަތަ އާރބަން ރީޑިވަލޮޕްމަންޓް ޕްލޭނެއްގެ ދަށުން ސްޓްރާޓާ ސްކީމެއް، އެ ސްޓްރާޓާ ސްކީމުގެ ވެރިފަރާތްތަކަށް ބަދަލު ދިނުމަށްފަޖު، އެ ސްކީމެއް ބާތިލުކުރުން، އަދި މިގޮތުން ދެވޭ ބަދަލާމެދު އެއްބަސްނުވެވޭ ހާލަތުގައި ބަދަލުގެ މިންވަރު ކަނޑައަޅަންވާނީ ށަރުއީ ކޯޓުންނެވެ.
(ރ) އެއްމެދު އިމާރާތުގެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ، ގަވާއިދު ނަންބަރު 2024-27 (އެއްމެދު އިމާރާތް ރީޑިލޮޕް ކުރުމާ ގުޅޭ ގަވާއިދު) ގެ ދަށުން ރީޑިވަލޮޕްމަންޓް ޕްލޭނެއް އެކުލަވައިލުމަށް ޓަކައި.
(ބ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ ހާލަތްތަކުގައި ސްޓްރާޓާ ސްކީމެއް ބާތިލުކުރުމަށް ހުށަހަޅާނަމަ، އެ ހުށަހެޅުންތައް ހުށަހަޅަންވާނީ، މިނިސްޓްރީގެ ލަފަޔާ އިރުށާދުގެ ދަށުންނެވެ.
26 ވަނަ މާއްދާ - ށަކުވާ ބަލައިގަތުމާއި މައްސަލަތައް ހައްލުކުރުން
(ހ) އެއްމެދު އިމާރާތް ހިންގުމާ ގުޅިގެން ދިމާވާ މައްސަލަތައް، އެއްމެދު އިމާރާތުގެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދު ނަންބަރު 2024-25 (އެއްމެދު އިމާރާތުގެ މެނޭޖްމަންޓް ކޯޕަރޭށަން ހިންގުމުގެ ގަވާއިދު) ގައި ބަޔާންކުރާ އުސޫލުތަކާއި ހަމަތަކުގެ މަތީން ހައްލު ނުކުރެވިއްޖެ ނަމަ، މިނިސްޓްރީއަށް އެ ށަކުވާ ހުށަހެޅުމުގެ ފުރުސަތު އެއްމެދު އިމާރާތުގެ ޔުނިޓުގެ ވެރިފަރާތާއި، މެނޭޖްމަންޓް ކޯޕަރޭށަނަށް ލިބިގެންވެއެވެ.
(ށ) އެއްމެދު އިމާރާތް ހިންގުމާ ގުޅިގެން ދިމާވާ މައްސަލަތަކާ ގުޅިގެން ށަކުވާއެއް މިނިސްޓްރީއަށް ހުށަހެޅުމުން އެ މައްސަލައެއް ބަލައި ކުރިއަށް ދާނެގޮތުގެ ލަފާ މިނިސްޓްރީން ދޭންވާނެއެވެ.
27 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި ބޭނުންކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތަކުގެ ތެރެއިން، ގާނޫނުގައި މާނަކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތައް މި ގަވާއިދުގައި ބޭނުންކޮށްފައި އެވަނީ، އެ ގާނޫނުގައި އެ ލަފުޒުތަކާއި އިބާރާތްތައް ބޭނުންކޮށްފައިވާ މާނައިގައެވެ. އަދި ގާނޫނުގައި މާނަކޮށްފައިނުވާ އެހެންނަމަވެސް ގަވާއިދުގައި ހިމަނައިފައިވާ އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އި ބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުންތަކެވެ.
(ހ) "އަން ޑިވައިޑެޑް ށެއަރ އޮފް ލޭންޑް" ކަމަށް ބުނެފައި އެވަނީ، ސްޓްރާޓާ ޕްލޭނުގައި ކަނޑައަޅައިފައިވާ ސްޓްރާޓާ ޔުނިޓަށް ކަނޑައަޅާ ބިމުގެ ހިއްސާގެ އަދަދަށެވެ.
(ށ) "ސްޓްރާޓާ އޭރިއާ" ކަމަށް ބުނެފައި އެވަނީ، ސްޓްރާޓާ ޕްލޭނުގައި ކަނޑައަޅައިފައިވާ ސްޓްރާޓާ ޔުނިޓަށް ކަނޑައަޅާ ބޮޑުމިނަށެވެ.
(ނ) "ބިމުގެ އަސްލުވެރި ފަރާތް" ކަމަށް ބުނެފައި އެވަނީ، ބިމުގެ ރަޖިސްޓަރީ ގައި މިލްކުވެރިކަން އޮތް ފަރާތް ކަމުގައި ބަޔާންކޮށްފައިވާ ފަރާތެވެ.
(ރ) "އީޒްމަންޓް" ކަމަށް ބުނެފައި އެވަނީ، ބިމެއްގެ ވެރިފަރާތުން، އެ ބިމުގެ މިލްކުވެރިކަން އެ ފަރާތަށް ނުގެއްލޭ ގޮތަށް، އެ ބިމަށް ވަނުމުގެ ނުވަތަ އެ ބިމުން ވަކި ބޭނުމެއް ކުރުމުގެ ހުއްދަ އެ ބިމާ އިންވެގެންވާ އެހެން ބިމެއްގެ ވެރިފަރާތަކަށް ނުވަތަ ތިންވަނަ ފަރާތަކަށް ދިނުމުގެ ގޮތުން ދޭ ބިމާ ގުޅިފައިވާ ހައްގަށެވެ.
(ބ) "ރައިޓް އޮފް ވޭ" ކަމަށް ބުނެފައި އެވަނީ، އީޒްމަންޓެއްގެ ގޮތުގައި އެއް ބިމުން އަނެއްބިމަށް ވަދެނިކުތުމަށް ދެވޭ ހައްގަށެވެ.
(ޅ) "ޔުޓިލިޓީ އީޒްމަންޓް" ކަމަށް ބުނެފައި އެވަނީ، ބިމެއްގެ ވެރިފަރާތުން، އެ ބިމުގެ މިލްކުވެރިކަން އެ ފަރާތަށް ނުގެއްލޭގޮތަށް، ބިމަށް ވަދެނިކުތުމުގެ ހައްގު އެހެން ފަރާތަކަށް ދިނުމަށެވެ. މިގޮތުން، ބިމުގައި ހިމެނޭ އާންމު ވަސީލަތްތަކާ ގުޅޭގޮތުން، އެކަމާ ގުޅޭ އިދާރާއަކުން، އެ ވަސީލަތްތައް ބެލެހެއްޓުމާއި، އެކަމާ ގުޅޭ ޒަރޫރީ ކަންކަން ކުރުމަށްޓަކައި ބިމަށް ނުވަތަ ގޯއްޗަށް ވަދެ ނިކުތުމުގެ ހައްގު ދިނުމެވެ.
(ކ) "ޑީޑް އޮފް އީޒްމަންޓް" ކަމަށް ބުނެފައި އެވަނީ، އީޒްމަންޓެއްގެ ހައްގު ދިނުމުގެ ގޮތުން އެކުލަވައިލާ އެއްބަސްވުން ނުވަތަ ލިޔުމަށެވެ.
(އ) "ސްޓްރާޓާ ޕޯޓަލް" ކަމަށް ބުނެފައި އެވަނީ، އެއްމެދު އިމާރާތާއި އެއްމެދު އިމާރާތުގައި ހިމެނޭ ޔުނިޓްތައް ރަޖިސްޓަރީ ކުރުމަށާއި، އެކަމާ ގުޅޭ އެންމެހައި ހިދުމަތްތައް ދިނުމަށް މިނިސްޓްރީގެ ވެބްސައިޓްގައި (www.strata.gov.mv) ގާއިމުކޮށްފައިވާ ޕޯޓަލަށެވެ.
(ވ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2021-33 (އެއްމެދު އިމާރާތުގެ ގާނޫނު) އަށެވެ.
(މ) "ލިމިޓެޑް ކޮމަން ޕްރޮޕަޓީ" ކަމަށް ބުނެފައި އެވަނީ، ސްޓްރާޓާ ޕްލޭން ނިސްބަތްވާ ބިމާއި އިމާރާތުގެ ހިމެނޭ ވަކި ޔުނިޓްތަކަކަށް ކަނޑައަޅައި އަދި އެ ޔުނިޓުގެ ވެރިފަރާތުން ބޭނުންކޮށް ބަލަހައްޓާ ތަންތަނަށެވެ.
(ފ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އެއިރެއްގައި އެއްމެދު އިމާރާތާ ގުޅުންހުރި ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(ދ) "ބައ-ިލޯސް" ކަމަށް ބުނެފައި އެވަނީ، އެއްމެދު އިމާރާތުގެ އާންމު ތަންތަން ބޭނުންކުރުމަށާއި ބެލެހެއްޓުމަށް ހުށަހަޅާ ބަޔާނަށެވެ.
28 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
(މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެ)
ކިޔުންތެރިންގެ ހިޔާލު