އެއްމެދު އިމާރާތު ގެ މެނޭޖްމަންޓް ކޯޕަރޭށަން ހިންގުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2024-25)
(މި ގަވާއިދަށް އަމަލުކުރަން ފަށާނީ/ފެށީ 23 މާޗް 2024 ގައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ގާނޫނު ނަންބަރު 2021-33 (އެއްމެދު އިމާރާތުގެ ގާނޫނު) ގެ 97 ވަނަ މާއްދާގެ (ރ) އާއި 103 ވަނަ މާއްދާގެ (ށ) އާއި 107 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކޮށް، އެއްމެދު އިމާރާތު ގެ މެނޭޖްމަންޓް ކޯޕަރޭށަން ރަޖިސްޓަރީކޮށް ހިންގުމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގޮތުން، އެ ގާނޫނުގެ 126 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "އެއްމެދު އިމާރާތުގެ މެނޭޖްމަންޓް ކޯޕަރޭށަން ހިންގުމުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، އެއްމެދު އިމާރާތެއް ރަޖިސްޓަރީކުރުމާއެކު، އެ އިމާރާތާ ގުޅޭ މެނޭޖްމަންޓް ކޯޕަރޭށަން ރަޖިސްޓަރީކުރުމުގައި އަމަލުކުރާނެ އިޖުރާއަތު ބަޔާންކުރުމާއި ހިންގުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ތަފުސީލުކޮށް ބަޔާންކުރުމެވެ.
3 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަން ރަޖިސްޓަރީކުރުން
އެއްމެދު އިމާރާތުގެ ގާނޫނުގެ 97 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެއްމެދު އިމާރާތަކަށް ނިސްބަތްވާ ސްޓްރާޓާ ޕްލޭން މިނިސްޓްރީން ފާސްކުރުމާއެކު، އަންނަނިވި އުސޫލާއި ހަމަތަކުގެ މަތީން، އެ ސްކީމަކަށް ނިސްބަތްވާ މެނޭޖްމަންޓް ކޯޕަރޭށަން ރަޖިސްޓަރީ ކުރަންވާނެއެވެ.
(ހ) އެއްމެދު އިމާރާތުގެ ގާނޫނުގެ 95 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިމާރާތެއްގައި މަދުވެގެން 5 (ފަހެއް) ޔުނިޓު ހިމެނޭނަމަ، އޭގެ ތެރެއިން މަދުވެގެން 3 (ތިނެއް) ޔުނިޓުގެ ވެރިފަރާތަކީ، ތަފާތު 3 (ތިނެއް) ފަރާތަކަށް ވާނަމަ، މިނިސްޓްރީން އެކަމަށްޓަކައި ގާއިމުކުރާ ޕޯޓަލްމެދުވެރިކޮށް، މިނިސްޓްރީގައި އެ އެއްމެދު އިމާރާތުގެ މެނޭޖްމަންޓް ކޯޕަރޭށަނެއް ރަޖިސްޓަރީ ކުރަންވާނެއެވެ.
(ށ) 5 (ފަހެއް) ޔުނިޓަށްވުރެ މަދު ޔުނިޓު ހުންނަ އެއްމެދު އިމާރާތްތައް ބެލެހެއްޓުމަށާއި، އެ އިމާރާތްތަކާ ގުޅޭގޮތުން މެނޭޖްމަންޓް ކޯޕަރޭށަނުން އަދާކުރަން ޖެހޭނެކަމަށް އެއްމެދު އިމާރާތުގެ ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް، އެ އިމާރާތުގައި ހިމެނޭ ޔުނިޓުތަކުގެ ވެރިންގެ މެދުގައި މެނޭޖްމަންޓް އެއްބަސްވުމެއް އޮންނަންވާނެއެވެ. އަދި އެފަދަ އެއްބަސްވުމެއް ބައްޓަންކުރަންވާނީ އެއްމެދު އިމާރާތުގެ ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ މެނޭޖްމަންޓް ކޯޕަރޭށަނުގެ މަސްއޫލިއްޔަތުތަކާއި، ޔުނިޓްތަކުގެ ވެރިފަރާތްތަކުން އެއްމެދުއިމާރާތުގެ އާންމު ތަންތަން ބަލަހައްޓާނެގޮތްތަކާ ގުޅޭ ކަންކަމު ގެ އަސާސްތައް ނުގެއްލޭގޮތަށް، މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ނުކުތާތަކުގެ މައްޗަށެވެ.
(ނ) ސަރުކާރުގެ އިދާރާއަކުން ބޭނުންވެއްޖެ ހިނދެއްގައި، 1 (އެކެއް) އެއްމެދު އިމާރާތަށްވުރެ ގިނަ އިމާރާތްތައް ހިމެނޭގޮތަށް ސްކީމެއް އެކުލަވައި ލައި، 1 (އެކެއް) މެނޭޖްމަންޓް ކޯޕަރޭށަނެއްގެ ދަށުން ހިންގުމުގެ މަގުސަދުގައި، މެނެޖްމަންޓް ކޯޕަރޭށަނެއް ރަޖިސްޓަރީކުރުމަށް ހުށަހެޅިދާނެއެވެ. ނަމަވެސް، އެފަދައިންމެނޭޖްމަންޓް ކޯޕަރޭށަނެއް ރަޖިސްޓަރީކުރެވޭނީ، އެއްމެދު އިމާރާތުގެ ގާނޫނުގެ ދަށުން އެކުލަވައިލެވިފައިވާ "ސްޓްރާޓާ ޕްލޭނާއި ސްޓްރާޓާ ސްކީމަށް ހުއްދަ ދިނުމާބެހޭ ގަވާއިދު" ގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "އީޒްމަންޓް" ގެ ދަށުން "ރައިޓް އޮފް ވޭ" ގެ ގޮތުގައި ކަނޑައެޅިފައިވާ ބިމެއްގެ އިމުން ގުޅިފައިވާ އެއްމެދު އިމާރާތްތަކެއްގެ މައްޗަށެވެ.
(ރ) އެއްމެދު އިމާރާތަށް ނިސްބަތްވާ ސްޓްރާޓާ ޕްލޭން މިނިސްޓްރީން ފާސްކުރުމާއެކު، މި މާއްދާގައި ބަޔާންކޮށްފައިވާ މެނޭޖްމަންޓް ކޯޕަރޭށަން ރަޖިސްޓަރީކުރުމުގެ މަގުސަދުގައި، މި ގަވާއިދުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "އާރޓިކަލް އޮފް އިންކޯޕަރޭށަން" މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
(ބ) މެނޭޖްމަންޓް ކޯޕަރޭށަނާ ގުޅޭ "އާރޓިކަލް އޮފް އިންކޯޕަރޭށަން" ދޫކުރުމާއެކު، މި ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފުރަތަމަ އާންމު ޖަލްސާ ބޭއްވުމާއެކު، އެ ބައްދަލުވުގެ ނިންމުންތައް މިނިސްޓްރީއަށް ހުށަހަޅާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި މެނޭޖްމަންޓް ކޯޕަރޭށަން، މިނިސްޓްރީގައި ރަޖިސްޓަރީ ކުރަންވާނެއެވެ.
(ޅ) އެއްމެދު އިމާރާތުގެ ގާނޫނާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން މެނޭޖްމަންޓް ކޯޕަރޭށަން ރަޖިސްޓަރީ ކުރުމަށްފަހު، ރަޖިސްޓަރީ ކޮށްދީފިކަން ބަޔާންކޮށްފައިވާ ރަޖިސްޓްރޭށަން ސެޓްފިކެޓެއް، އެ ކޯޕަރޭށަނަށް މިނިސްޓްރީން ދޫކުރަންވާނެއެވެ. އަދި ހުއްދަ ދޫކޮށްފައިވާ ސްޓްރާޓާ ޕްލޭނާއި މެނޭޖްމަންޓް ކޯޕަރޭށަނުގެ ރަޖިސްޓްރޭށަން ސެޓްފިކެޓުގެ ކޮފީ، އެ ކޯޕަރޭށަން ރަޖިސްޓަރީކުރާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި މިނިސްޓްރީން ކަމާބެހޭ ކައުންސިލަށް ފޮނުވަންވާނެއެވެ.
4 ވަނަ މާއްދާ - 5 (ފަހެއް) ޔުނިޓަށްވުރެ މަދުން ޔުނިޓްތައް ހުންނަ އެއްމެދު އިމާރާތްތައް
އެއްމެދު އިމާރާތެއްގައި ހިމެނެނީ 5 (ފަހެއް) ޔުނިޓަށްވުރެ މަދު ޔުނިޓުނަމަ، އެ އިމާރާތް ބެލެހެއްޓުމަށާއި، އެ އިމާރާތާގުޅޭގޮތުން މެނޭޖްމަންޓް ކޯޕަރޭށަނުން އަދާކުރާނީ، އެ އިމާރާތުގައި ހިމެނޭ ޔުނިޓުތަކުގެ ވެރިންގެ މެދުގައި އެކުލަވައިލެވޭ މެނޭޖްމަންޓް އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އެފަދަ މެނޭޖްމަންޓް އެއްބަސްވުމެއްގައި މަދުވެގެން އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
(ހ) އިމާރާތުގެ ވެރިފަރާތް ނުވަތަ ޑިވެލޮޕަރާއި، ޔުނިޓުތަކުގެ ވެރިފަރާތްތަކުގެ ނަން،
(ށ) އެއްބަސްވުމުގެ މަގުސަދާއި، ބާވަތާއި ތަފުސީލު،
(ނ) އެއްބަސްވުމުގެ ދަށުން އެއްބަސްވުމުގެ ބައިވެރިން އަދާކުރަންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތުތައް.
(ރ) އެއްބަސްވުމުގެ މާއްދާއަކާ ހިލާފުވެއްޖެނަމަ އަމަލުކުރާނެގޮތް.
(ބ) އެއްބަސްވުމުގައި ނެތްކަމެއް ދިމާވެއްޖެނަމަ އަމަލުކުރާނެގޮތް.
(ޅ) ވަކި ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަމެއްވާނަމަ، އެކަމެއް ބަޔާންކުރުން،
5 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަން ރަޖިސްޓަރީ ވުމުން ފުރިހަމަކުރަންޖެހޭ ކަންކަން
އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް ހުށަހަޅާ އިމާރާތަކީ އެއްމެދު އިމާރާތުގެ ގާނޫނުގެ 70 ވަނަ މާއްދާއާއި، 88 ވަނަ މާއްދާއާއި، 89 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާތަކުގެ ދަށުން ސްޓްރާޓާ ސްކީމެއްގެ ގޮތުގައި ރަޖިސް ޓަރީކޮށް، މިލްކުވެރިކަން ބަދަލުކުރަން ހުށަހަޅާ ސްކީމެއްނަމަ، އެފަދަ ސްކީމަކާގުޅޭ މެނޭޖްމަންޓް ކޯޕަރޭށަން މިނިސްޓްރީގައި ރަޖިސްޓަރީކުރުމުން، ބިމުގެ އަސްލުވެރި ފަރާތުން އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.
(ހ) އެއްމެދު އިމާރާތުގެ ގާނޫނުގެ 95 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލުގެ ދަށުން، ޔުނިޓު ތަކުގެ ވެރިފަރާތްތަކަކީ ތަފާތު 3 (ތިނެއް) ފަރާތްކަމުގައިވެފައި، ސްޓްރާޓާ ޕްލޭނުގައި ކަނޑައަޅައި ފައިވާ ޔުނިޓުތަކަށް ކަނޑައެޅިފައިވާ މުޅި ޖުމުލަ ހިއްސާގެ އަދަދުގެ 1/3 (ތިންބައިކުޅަ އެއްބައި) ހިއްސާ ވިކުމާއެކު، އެ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާމެނޭޖްމަންޓް ކޯޕަރޭށަނުގެ ފުރަތަމަ އާންމު ޖަލްސާ ބާއްވަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން، ބިމުގެ އަސްލުވެރި ފަރާތުން މެނޭޖްމަންޓް ކޯޕަރޭށަންގެ ހަރަކާތްތައް ހަރުދަނާގޮތެއްގައިފެށުމަށާއި، ހިންގުމަށް ބާއްވާ ފުރަތަމަ އާންމު ޖަލްސާ ބާއްވަން ބޭނުންވެއްޖެ ހިނދެއްގައި، އެ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން ނުވަތަ މުއްދަތުގެ ތެރޭގައި އެ ކަންކުރުމުގެ ހުރަހެއްނެތެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) އާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލާތަކުގެ ދަށުން މެނޭޖްމަންޓް ކޯޕަރޭށަން ފުރިހަމަ ބާރުގައި ފެށެން ދެން، އެ އިމާރާތާގުޅޭ އެންމެހައި ކަންކަން ކުރަންވާނީ ބިމުގެ އަސްލުވެރި ފަރާތުންނެވެ.
(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ އިމާރާތަކީ ރިއަލް އެސްޓޭޓް އުސޫލުން ނުވަތަ ސްޓޭޖް ޑިވަލޮޕްމަންޓުގެ ދަށުން ޔުނިޓުތައް ވިއްކުމަށް ފަރުމާކުރެވި، ނުވަތަ އެފަދަ އުސޫލަކުން ޔުނިޓުގެ މިލްކުވެރިކަން ބަދަލުކުރުމަށް ހުށަހަޅާ އިމާރާތެއްނަމަ، އެ އިމާރާތާގުޅޭ މެނޭޖްމަންޓް ކޯޕަރޭށަނުގެ ހަރަކާތްތައް ފެށުމަށް އަމަލުކުރާނީ،މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާ ތަކާއި ހަމަތަކުގެ މަތީންނެވެ.
6 ވަނަ މާއްދާ - ސްޓޭޖް ޑިވެލޮޕްމަންޓުގެ ދަށުން މަށްރޫއުތަކުގެ މެނޭޖްމަންޓް ކޯޕަރޭށަނުގެ ހަރަކާތްތައް ފެށުން
މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އުސޫލާގެ ދަށުން އެކުލަވައިލާ ހިންގާ ސްކީމެއްގެ މެނޭޖްމަންޓް ކޯޕަރޭށަންގެ އާންމު ޖަލްސާއާއި ހަރަކާތްތަކާ ގުޅޭ އެންމެހައި ކަންކަން ބިމުގެ އަސްލު ވެރިފަރާތް ނުވަތަ ޑިވެލޮޕަރ ކުރިޔަށްގެންދަންވާނީ އަންނަނިވި އުސޫލުތަކުގެ ދަށުންނެވެ.
(ހ) އެއްމެދު އިމާރާތުގެ ގާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިނީށިއަލް ޕީރިއަޑް ހަމަވުމާ ހަމައަށް ސްޓްރާޓާ ޕްލޭނުގައި ހިމެނޭ އިމާރާތުގެ ޔުނިޓްތަކާއި، އާންމު ތަންތަނާއި، އެ ސްޓްރާޓާ ސްކީމާ ގުޅޭ އެނޫން ވެސް ކަންކަން ހިންގައި ބެލެހެއްޓުމަކީ ޑިވެލޮޕަރުގެ ޒިންމާއެކެވެ.
(ށ) ސްޓްރާޓާ ޕްލޭނަށް ހުއްދަ ދޫކުރުމަށްފަހު ސްޓްރާޓާ ޕްލޭން އިސްލާހުކުރެވޭނީ ގާނޫނުގެ 5 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ނ) ސްޓްރާޓާ ޕްލޭނުގައި ކަނޑައަޅައިފައިވާ ޔުނިޓުތަކަށް ކަނޑައެޅިފައިވާ މުޅި ޖުމުލަ ހިއްސާގެ އަދަދުގެ 1/3 (ތިންބައިކުޅަ އެއްބައި) ހިއްސާ ވިއްކުމާ ހަމައިން، މެނޭޖްމަންޓް ކޯޕަރޭށަނުގެ އަހަރީ އާންމު ޖަލްސާ ބޭއްވުމާ ހަމައަށް މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ބިލްޑިންގ މެނޭޖްމަންޓް ކޮމިޓީ" އެކުލަވައިލަންވާނެއެވެ.
(ރ) ޔުނިޓުތަކަށް ކަނޑައެޅިފައިވާ މުޅި ޖުމުލަ ހިއްސާގެ އަދަދުގެ 1/3 (ތިންބައިކުޅަ އެއްބައި) ހިއްސާ ވިކުމާއެކު، އެ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ މެނޭޖްމަންޓް ކޯޕަރޭށަންގެ ފުރަތަމަ އާންމު ޖަލްސާ ބާއްވަންވާނެއެވެ. އަދި މި ބައްދަލުވުމުގެ އެންމެހައި ކަންކަން ހަމަޖައްސާނީ"ބިލްޑިންގ މެނޭޖްމަންޓް ކޮމިޓީ" އިންނެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތު ނިމޭ ތާރީހުގެ ކުރިން، މެނޭޖްމަންޓް ކޯޕަރޭށަނުގެ ހަރަކާތްތައް ހަރުދަނާގޮތެއްގައި ފެށުމަށާއި ހިންގުމަށް "ބިލްޑިންގ މެނޭޖްމަންޓް ކޮމިޓީ" އިން ފުރަތަމަ އާންމު ޖަލްސާ ބާއްވަން ބޭނުންވެއްޖެ ހިނދެއްގައި، އެ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން ނުވަތަ މުއްދަތުގެ ތެރޭގައި އެކަންކުރުމުގެ ހުރަހެއް ނެތެވެ.
7 ވަނަ މާއްދާ - ބިލްޑިންގ މެނޭޖްމަންޓް ކޮމިޓީ އެކުލަވައިލުން
މެނޭޖްމަންޓް ކޯޕަރޭށަނުގެ ހަރަކާތްތައް ފެށުމުގެ މަގުސަދުގައި މަށްރޫއު ތަރައްގީކުރުމަށް ފަށާ ހިސާބުން ނުވަތަ މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުގައި ބިމުގެ އަސްލުވެރި ފަރާތުން ނުވަތަ ޑިވެ ލޮޕަރުގެ ފަރާތުން "ބިލްޑިންގ މެނޭޖްމަންޓް ކޮމިޓީ" އެއް އުފައްދައި ހިންގަންވާނެއެވެ. މި ކޮމިޓީ އުފައްދާނެ ގޮތާއި، ކޮމިޓީގެ މައިގަނޑު މަގުސަދުތައް ތިރީގައި މިވަނީއެވެ.
(ހ) ބިލްޑިންގ މެނޭޖްމަންޓް ކޮމިޓީގެ މައިގަނޑު މަގު ސަދަކަށް ވާންވާނީ އިމާރާތުން ވިއްކާ ޔުނިޓްތައް ވިއްކުމާ ގުޅިގެން، ޑިވެލޮޕަރ އަދި އެ ޔުނިޓުތައް ގަންނަ ފަރާތްތަކުން ނަގަންޖެހޭ ޒިންމާތަކާ ގުޅޭ ކަންކަމުގައި ދެފަރާތަށް އެހީތެރިވެދިނުމާއި، އިމާރާތް ތަރައްގީކޮށް ނިމޭއިރު، ފުރިހަމަ އަދި ބާރުވެރި މެނޭޖްމަންޓް ކޯޕަރޭށަނަކަށް ވާސިލުވުމަށްޓަކައި ބިމުގެ އަސްލުވެރި ފަރާތުން ނުވަތަ ޑިވެލޮޕަރުގެ ފަރާތުން ނުވަތަ ޔުނިޓުގެ ވެރިފަރާތްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމެވެ. މި ކޮމިޓީއަކީ ވަގުތީ ކޮމިޓީއެކެވެ.
(ށ) ކޮމިޓީ އެކުލަވައިލާނީ މަދުވެގެން 3 (ތިނެއް) މެންބަރުން އަދި ގިނަވެގެން 14 (ސާދަ) މެންބަރުން ހިމެނޭގޮތަށެވެ. ބިމުގެ އަސްލުވެރި ފަރާތުން ނުވަތަ ޑިވެލޮޕަރުގެ ފަރާތުން ކޮމިޓީގެ މެންބަރުންގެ ތެރޭގައި ދިވެހިރާއްޖޭގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ އޮތް، މަދުވެގެން 1 (އެކެއް) ފަރާތް ހިމަނަންވާނެއެވެ. އަދި ބިމުގެ އަސްލުވެރި ފަރާތުން ނުވަތަ ޑިވެލޮޕަރ ބޭނުންވެއްޖެނަމަ، އުސޫލެއް އެކުލަވައިލައި، އެ އުސޫލުގެ ދަށުން ޔުނިޓް ގަނެފައިވާ ފަރާތްތައް މިކޮމިޓީގައި ހިމެނިދާނެއެވެ.
(ނ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ހަރަކާތްތައް ފެށުމުގެ ގޮތުން އެކުލަވައިލާ އެންމެހައި ލިޔެކިޔުންތައް މި ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ދަށުން ތައްޔާރުކުރުން؛ މީގެ ތެރޭގައި މެނޭޖްމަންޓް ކޯޕަރޭށަނުގެ ބައި-ލޯސްތައް ޑްރާފްޓްކުރުމާއި، މެއިންޓެނަންސް ބަޖެޓް ތައްޔާރުކުރުމާއި އެކަމާގުޅޭ އެހެނިހެން ލިޔުންތައް ތައްޔާރުކުރުން ހިމެނެއެވެ.
(ރ) މި ގަވާއިދުގެ 20 ވަނަ މާއްދާގައި މެނޭޖްމަންޓް ކޯޕަރޭށަނާ ހަވާލުކުރަންވާނެކަމަށް ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތައް ހޯދުމާއި ތައްޔާރުކުރުން،
(ބ) އެއްމެދު އިމާރާތުގެ ގާނޫނުގެ 111 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މެއިންޓެނަންސް ފަންޑް ހުޅުވުމާއި ބެލެހެއްޓުން،
(ޅ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ފުރަތަމަ އާންމު ޖަލްސާ ބޭއްވުމަށްޓަކައި ވާންޖެހޭ އެންމެހައި ތައްޔާރީތައްވުން؛ މި ގޮތުން މެނޭޖްމަންޓް ކޯޕަރޭށަނަށް އައްޔަނުކުރާ ފަރާތްތައް އައްޔަން ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން؛ އަދި އެއްމެދު އިމާރާތުގެ ގާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތު ފުރިހަމަވުމުން، މި ގަވާއިދުގެ 18 ވަނަ މާއްދާއާއި 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުގެ މަތީން މެނޭޖްމަންޓް ކޯޕަރޭށަނުގެ ފުރަތަމަ އާންމު ޖަލްސާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ބޭއްވުން،
(ކ) މަތީގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، މެނޭޖްމަންޓް ކޯޕަރޭށަނަކުންކުރަންޖެހޭ އެންމެހައި ކަންކަން ކޮމިޓީގެ މުއްދަތުގައި ކުރުން،
8 ވަނަ މާއްދާ - ބިމުގެ އަސްލުވެރިފަރާތް ނުވަތަ ޑިވެލޮޕަރުގެ ޒިންމާތައް
މި ގަވާއިދުގެ 5 ވަނަ މާއްދާއާއި، 6 ވަނަ މާއްދާއާއި 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ދަށުން، ބިމުގެ އަސްލުވެރިފަރާތް ނުވަތަ ޑިވެލޮޕަރ އަދާކުރަމުންދިޔަ އެންމެހައި މަސްއޫލިއްޔަތުތަކާއި ޒިންމާތައް، މެނޭޖްމަންޓް ކޯޕަރޭށަނާ ހަވާލުކުރަންވާނެއެވެ.
(ހ) މި ގަވާއިދުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔެކިޔުން މެނޭޖްމަންޓް ކޯޕަރޭށަނާ ހަވާލުކުރުން،
(ށ) އެއްމެދު އިމާރާތުގެ ގާނޫނުގެ 110 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މެއިންޓެނަންސް ފަންޑް މެނޭޖްމަންޓް ކޯޕަރޭށަނާ ހަވާލުކުރުން،
(ނ) މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށް މެނޭޖްމަންޓް ކޯޕަރޭށަން އުފެއްދުމާގުޅޭ އެންމެހައި ކަންކަންކުރުން.
9 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަން ހިންގުން
މި ގަވާއިދުގެ 5 ވަނަ މާއްދާއާއި 6 ވަނަ މާއްދާއާއި 7 ވަނަ މާއްދާއާއި 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ދަށުން، ބިމުގެ އަސްލުވެރިފަރާތް ނުވަތަ ޑިވެލޮޕަރ އަދާކުރަމުންދިޔަ އެންމެހައި މަސްއޫލިއްޔަތުތަކާއި ޒިންމާތައް، މެނޭޖްމަންޓް ކޯޕަރޭށަނާހަވާލުކުރުމުން، މެނޭޖްމަންޓް ކޯޕަރޭށަނުގެ ހަރަކާތްތައް ފެށުމާއެކު، އެއްމެދު އިމާރާތުގެ ގާނޫނުގެ 102 ވަނަ މާއްދާއާއި މި ގަވާއިދުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މެނޭޖްމަންޓް ކޯޕަރޭށަނުގެ މަސްއޫލިއްޔަތުތައް ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީން މެނޭޖްމަންޓް ކޯޕަރޭށަނުން ހިންގަންވާނެއެވެ.
10 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަނު ގެ މަސްއޫލިއްޔަތުތައް
އެއްމެދު އިމާރާތުގެ ގާނޫނުގެ 102 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތަކުގެ އިތުރުން، ތިރީގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތައް މެނޭޖްމަންޓް ކޯޕަރޭށަނުން އަދާކުރަންވާނެއެވެ.
(ހ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ޖަލްސާތައް ރާވައި ބައްދަލުވުމުގައި އެޖެންޑާކުރެވޭ ކަންތައްތައް ނިންމާނެގޮތާއި، އަދި ވޯޓުލުމުގެ އެންމެހައި ކަންކަން ކުރުން،
(ށ) އެއްމެދު އިމާރާތް ހިންގައި ބެލެހެއްޓުމުގައި އިމާރާތުގައި ކުރަންޖެހޭ މަރާމާތުތަކާއި ގުޅޭ ފަންޑު ބެލެހެއްޓުމާއި، އެ ފަންޑު ބޭނުންކުރުމާ ގުޅޭ އެންމެހައި ކަންކަން ކުރުން،
(ނ) އަލިފާނުގެ ހާދިސާތަކާއި ގުދުރަތީ ކާރިސާތަކުން ސަލާމަތްވުމަށްޓަކައި، އިމާރާތުގެ ރިޕްލޭސްމަންޓް ވެލިއުގައި އިމާރާތް އިންށުއަރކޮށް ބެލެހެއްޓުމާއި، އިންށުއަރެންސް ޕްރިމިއަމް ގަވާއިދުން ދެއްކުން،
(ރ) އިމާރާތް ބެލެހެއްޓުމާއި ބޭނުންކުރުމާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދޭ ނޯޓިސްތަކާއި އެންގުންތައް އިމާރާތުގެ ވެރިފަރާތްތަކަށް އެންގުން،
(ބ) މެނޭޖްމަންޓް ކޯޕަރޭށަނުގެ މާލީ ހިސާބުތައް ބެލެހެއްޓުމާއި މާލީ ހިސާބުތައް ގަވާއިދުން އޮޑިޓްކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން،
(ޅ) މެއިންޓެނަންސް އަދި ސިންކިންގ ފަންޑު ބެލެހެއްޓުން،
(ކ) ކޮންމެ އަހަރަކު މަދުވެގެން 1 (އެކެއް) ފަހަރު އާންމު ޖަލްސާ ބޭއްވުން،
(އ) ސްޓްރާޓާ ރޯލް ތައްޔާރުކޮށް ބެލެހެއްޓުން،
(ވ) ކޮންމެ އަހަރަކު މަދުވެގެން 2 (ދޭއް) ފަހަރު، ޔުނިޓްތަކުގެ ވެރިފަރާތްތަކާ ބައްދަލުކުރުމާއި، އެ ފަރާތްތަކުގެ ހިޔާލުތަކާއި ށަކުވާތައް ބަލައިގަނ،ެ މައްސަލަތަކަށް ހައްލު ހޯދުމާއި އެ ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން.
11 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަނު ގެ މެންބަރުން
މެނޭޖްމަންޓް ކޯޕަރޭށަނުގެ މެންބަރުންގެ ތެރޭގައި ހިމެނެނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކެވެ.
(ހ) ޑިވެލޮޕަރު (ވަގުތީ މެންބަރު).
(ށ) ގަނެވިއްކުމުގެ އެއްބަސްވުމުގެ ދަށުން އެއްމެދު އިމާރާތުގެ ޔުނިޓް ގަންނަ ފަރާތްތައް.
(ނ) އެއްމެދު އިމާރާތުގައި ހިމެނޭ ކޮންމެ ޔުނިޓެއްގެ ވެރިފަރާތް.
12 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަނު ގެ ނިންމުންތައް ކަނޑައެޅުން
މެނޭޖްމަންޓް ކޯޕަރޭށަނުގެ ނިންމުންތައް ނިންމުމަށް ޔުނިޓުގެ ވެރިފަރާތްތަކުގެ މެދުގައި ވޯޓުލާނީ، ސްޓްރާޓާ ޕްލޭނާއެކު ދޫކުރާ ށެޑިއުލް އޮފް ސްޓްރާޓާ ޔުނިޓްސްގައި ކަނޑައަޅައިފައިވާ ޔުނިޓްތަކުގެ ހިއްސާގެ މިންވަރުތަކުގެ މައްޗަށް ބިނާކޮށެވެ.
13 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަނު ގެ މެންބަރުކަމުން ވަކިވުން
(ހ) އިމާރާތުގެ ޑިވެލޮޕަރު މެނޭޖްމަންޓް ކޯޕަރޭށަނުގެ މެންބަރުކަމުން ވަކިވާނީ، އިމާރާތުގެ ޑިފެކްޓް ލައިބިލިޓީ މުއްދަތު ނިމުމުންނެވެ.
(ށ) ގަނެ ވިއްކުމުގެ އެއްބަސްވުމުގެ ދަށުން އެއްމެދު އިމާރާތުގެ ޔުނިޓު ގަންނަ ފަރާތް މެނޭޖްމަންޓް ކޯޕަރޭށަނުގެ މެންބަރުކަމުން ވަކިވާނީ، އިމާރާތުގެ ޔުނިޓް ގަނެވިއްކުމަށް އެކުލަވައިލައިފައިވާ އެއްބަސްވުން އެއްވެސް ސަބަބަކާހުރެ ބާތިލުކުރާ ހިނދުން ފެށިގެންނެވެ.
14 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަނު ގެ ކައުންސިލް
(ހ) މެނޭޖްމަންޓް ކޯޕަރޭށަން ހިންގުމަށާއި އެ ކޯޕަރޭށަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި، މެންބަރުންގެ މެދުގައި ނެގޭ ވޯޓަކުން، މަދުވެގެން 3 (ތިނެއް) ނުވަތަ އެއަށްވުރެ ގިނަ އަދަދެއްގެ މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެއް އިންތިހާބު ކުރަންވާނެއެވެ. އަދި ކައުންސިލް މެންބަރުންގެ ގޮތުގައި އެންމެ ގިނަވެގެން ކަނޑައެޅޭނީ 15 (ފަނަރަ) މެން ބަރުންނެވެ.
(ށ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބާއްވާ ފުރަތަމަ އާންމު ބައްދަލުވުމުގައި، އެންމެ މަދުވެގެން އެ ކޯޕަރޭށަނުގެ ކައުންސިލުގެ ރައީސާއި، ހަޒާންދާރު އަދި ސެކްރެޓަރީއެއް އިންތިހާބު ކުރަންވާނެއެވެ.
15 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލުގެ ރައީސްގެ މަސްއޫލިއްޔަތުތައް
މެނޭޖްމަންޓް ކޯޕަރޭށަނުން އިންތިހާބުކުރާ ކައުންސިލުގެ ރައީސްގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި އެންމެ މަދުވެގެން ތިރީގައި ކަންކަން ހިމެނޭނެއެވެ.
(ހ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލުގެ ޖަލްސާތައް ޗެއަރ ކޮށް ބެލެހެއްޓުން،
(ށ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލުގެ ޖަލްސާތައް ރާވައި ހިންގުމާއި ރަނގަޅަށް ކުރިޔަށްދޭތޯ ބެލުމާއި، ރިވިއުކުރުން،
(ނ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލަށް ހުށަހެޅޭ މައްސަލަތައް ބެލުމާއި، ހުށަހެޅޭ މައްސަލަތަކަށް ހައްލު ހޯދައިދިނު މަށް ފުރިހަމަ އެއްބާރުލުންދިނުން،
(ރ) މެނޭޖްމަންޓް ކޯޕަރޭށަނުގެ އާންމު ޖަލްސާއިން ކައުންސިލުގެ ރައީސް ގެ މަސްއޫލިއްޔަތުގެ ގޮތުގައި ކަނޑައަޅާ އެންމެހައި މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުން.
16 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލުގެ ހަޒާންދާރުގެ މަސްއޫލިއްޔަތުތައް
މެނޭޖްމަންޓް ކޯޕަރޭށަނުން އިންތިހާބުކުރާ ކައުންސިލުގެ ހަޒާންދާރުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި އެންމެ މަދުވެގެން ތިރީގައިވާ ކަންކަން ހިމެނޭނެއެވެ.
(ހ) ޔުނިޓްތަކުގެ ވެރިފަރާތްތަކުން ދަންކަންޖެހޭ ފީއާ ގުޅޭ ކަންކަން ބެލެހެއްޓުމާއި އެކަމާ ގުޅޭ ނޯޓިސް އެ ފަރާތްތަކަށް ދިނުން،
(ށ) ޔުނިޓްތަކުގެ ވެރިފަރާތްތަކަށް ފައިސާ ދެއްކުމުން ދޫކުރާ ފައިސާގެ ރަސީދު ދޫކުރުން،
(ނ) މެނޭޖްމަންޓް ފީއާ ގުޅޭ ފަންޑުތައް ބެލެހެއްޓުމާއި ފައިނޭންށިއަލް އިންސްޓިއުޓްތަކުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން،
(ރ) ފަންޑާ ގުޅިގެން ނިންމަންޖެހޭ ފައިނޭންށިއަލް ސްޓޭޓްމަންޓް ނުވަތަ އެކަމާ ގުޅުންހުރި އެންމެހައި ލިޔެކިޔުން ނިންމުން،
(ބ) މެނޭޖްމަންޓް ކޯޕަރޭށަނުގެ މާލީ ހިސާބުތައް ގަވާއިދާއި އުސޫލުތަކުގެ ދަށުން ބެލެހެއްޓުން،
(ޅ) މެނޭޖްމަންޓް ކޯޕަރޭށަނުގެ އާންމު ޖަލްސާއިން ކައުންސިލުގެ ހަޒާންދާރުގެ މަސްއޫލިއްޔަތުގެ ގޮތުގައި ކަނޑައަޅާ އެންމެހައިމަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުން،
17 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލް ސެކްރެޓަރީގެ މަސްއޫލިއްޔަތުތައް
މެނޭޖްމަންޓް ކޯޕަރޭށަނުން އިންތިހާބުކުރާ ކައުންސިލް ސެކްރެޓަރީގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި އެންމެ މަދުވެގެން ތިރީގައިވާ ކަންކަން ހިމެނޭނެއެވެ.
(ހ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލުގެ ޖަލްސާތަކާއި އާންމު ޖަލްސާތަކާގުޅޭ ގޮތުން ނޯޓިސްދިނުމާއި، ޖަލްސާތަކުގެ ޔައުމިއްޔާ ބެލެހެއްޓުމާއި އެކަމާ ގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން،
(ށ) ސްޓްރާޓާ ރޯލް އަޕްޑޭޓްކޮށް ބެލެހެއްޓުން،
(ނ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލަށް ފޮނުވާ ސިޓީތަކުގެ ޖަވާބުތައް ތައްޔާރުކުރުމާއި، ރިކޯޑު ބެލެހެއްޓުން،
(ރ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލުގެ އިދާރީ އެންމެހައި ކަންކަން ބެލެހެއްޓުން؛
(ބ) މެނޭޖްމަންޓް ކޯޕަރޭށަނުގެ އާންމު ޖަލްސާއިން ކައުންސިލުގެ ސެކްރެޓަރީގެ މަސްއޫލިއްޔަތުގެ ގޮތުގައި ކަނޑައަޅާ އެންމެހައި މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުން،
18 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަނު ގެ ފުރަތަމަ އާންމު ޖަލްސާ
(ހ) އެއްމެދު އިމާރާތުގެ ގާނޫނުގެ 15 ވަނަ މާއްދާއާއި 95 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެ ކޯޕަރޭށަނުގެ ފުރަތަމަ އާންމު ޖަލްސާ ބާއްވަންވާނެއެވެ.
(ށ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ފުރަތަމަ އާންމު ޖަލްސާ ބާއްވާނީ، ބިލްޑިންގ މެނޭޖިންގ ކޮމިޓީން ނުވަތަ އެ ކޮމިޓީގެ ބެލުމުގެ ދަށުން ކަނޑައަޅާ ފަރާތަކުންނެވެ.
(ނ) ފުރަތަމަ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ތާރީހުގ،ެ މަދުވެގެން 14 (ސާދަ) ދުވަސް ކުރިން، ޔުނިޓުގެ ވެރިފަރާތްތަކަށް އަންނަނިވި މައުލޫމާތު އެކުލެވޭ ނޯޓިހެއް ފޮނުވަންވާނެއެވެ.
- ޖަލްސާ ބާއްވަން ހަމަޖެހިފައިވާ ތާރީހާއި، ތަނާއި، ވަގުތު؛
- ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވާ ކަންކަން،
19 ވަނަ މާއްދާ - ފުރަތަމަ އާންމު ބައްދަލުވުމުގެ އެޖެންޑާ
މެނޭޖްމަންޓް ކޯޕަރޭށަނުގެ ފުރަތަމަ އާންމު ބައްދަލުވުމުގެ އެޖެންޑާގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
(ހ) ސްޓްރާޓާ ސްކީމަށް ނިސްބަތްވާ އިމާރާތް ނުވަތަ އިމާރާތްތައް ހިންގައި ބެލެހެއްޓުމަށް ހިނގާނެ ހަރަދުތަކާ ގުޅޭ އެންމެހައި މައުލޫމާތު ހުށަހެޅުމާއި މަށްވަރާކުރުން ނުވަތަ ފާސްކުރުން،
(ށ) މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ މެއިންޓެނަންސް ފަންޑު ޕްލޭނެއް އެކުލަވައިލުމާއި ހުށަހެޅުމާއި ފާސްކުރުން،
(ނ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލަށް އައްޔަނުކުރާ މެންބަރުންގެ އަދަދު ކަނޑައެޅުމާއި، އެފަރާތްތައް ވޯޓު ލައިގެން ހޮވުމާ ގުޅޭ އެންމެހައި ކަންކަން ނިންމުން،
(ރ) ބިމުގެ އަސްލު ވެރިފަރާތް ނުވަތަ ޑިވެލޮޕަރުގެ ފަރާތުން މި ގަވާއިދުގެ 20 ވަނަ މާއްދާގެ ދަށުން ހުށަހަޅާ މައުލޫމާ ތާއި ތަފުސީލު މެނޭޖްމަންޓް ކޯޕަރޭށަނާއި ނުވަތަ މެންބަރުންނާއި ހިއްސާކުރުމާއި ހަވާލުކުރުން،
(ބ) ޑިވެލޮޕަރުގެ ފަރާތުން ހުށަހަޅާ މުހިންމު އެހެން ކަންކަން،
(ޅ) މި ބައްދަލުވުމުގައި ބަޔާންކޮށްފައިވާ ކަންކަމާގުޅޭ ނިންމުންތައް، އެ ނިންމުންތައް ނިންމާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމެޓާ އެއްގޮތަށް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
20 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަނާ ހަވާލުކުރަންޖެހޭ ލިޔެކިޔުންތައް
އެއްމެދު އިމާރާތުގެ ގާނޫނުގެ 101 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔެކިޔުމުގެ އިތުރުން އަންނަނިވި ލިޔެކިޔުން މެނޭޖްމަންޓް ކޯޕަރޭށަނާ ހަވާލުކުރުމަކީ ބިމުގެ އަސްލުވެރިފަރާތުގެ ނުވަތަ ޑިވެލޮޕަރުގެ ޒިންމާއެކެވެ.
(ހ) ކަމާބެހޭ ކައުންސިލަކުން ނުވަތަ އިދާރާއަކުން ފާސްކޮށްފައިވާ ކުރެހުންތަކާއި، އިމާރާތްކުރުމާ ގުޅޭ ހުރިހާ ކުރެހުންތަކާއި ލިޔެކިޔުން، ކުރެހުމަށް ގެނެވިފައިވާ އިސްލާހުތަކާއި، އިމާރާތްކުރުމާގުޅޭ ހުއްދަތަކުގެ ކޮޕީ.
(ށ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ރަޖިސްޓަރީއާއި މެނޭޖްމަންޓް ކޯޕަރޭށަނާ ގުޅޭ އެހެނިހެން ލިޔެކިޔުން،
(ނ) މިނިސްޓްރީން ފާސްކޮށް ދޫކޮށްފައިވާ ސްޓްރާޓާ ޕްލޭނާއި ސްޓްރާޓާ ޕްލޭނަށް ދޫކުރެވިފައިވާ ހުއްދައާއި ށެޑިއުލް އޮފް ސްޓްރާޓާ ޔުނިޓްސް.
(ރ) ކަމާބެހޭ ކައުންސިލުން ނުވަތަ އިދާރާއަކުން ދޫކުރާ އިމާރާތް ބޭނުންކުރުމުގެ ހުއްދައާއި ދިރިއުޅުމަށް ނުވަތަ ވިޔަފާރިކުރުމަށް ދޫކޮށްފައިވާ ހުއްދަތަކުގެ ކޮޕީ.
(ބ) އިމާރާތުގެ ފަޔަރ ސޭފްޓީ ކުރެހުންތަކާއި، ސެޓްފިކެޓުތަކުގެ އަސްލު،
(ޅ) އިމާރާތުގެ މެއިންޓެނަންސް ޕްލޭނާއި ނަގާ ފީގެ ތަފުސީލު،
(ކ) މި މާއްދާގައި (ހ) އިން ފެށިގެން (ޅ) އާ ހަމައަށް ބަޔާންކޮށްފައިވާ ލިޔެކިޔުމުގެ އިތުރުން، މެނޭޖްމަންޓް ކޯޕަރޭށަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ބޭނުންވެދާނެ މުހިންމު ލިޔެކިޔުން،
21 ވަނަ މާއްދާ - އަހަރީ އާންމު ޖަލްސާ
(ހ) މެނޭޖްމަންޓް ކޯޕަރޭށަނުން، ކޮންމެ މީލާދީ އަހަރަކު މަދުވެގެން އެއްފަހަރު އެ ކޯޕަރޭށަނުގެ އަހަރީ އާންމު ބައްދަލުވުމެއް ބާއްވަންވާނެއެވެ.
(ށ) އަހަރީ އާންމު ބައްދަލުވުމެއް ބޭއްވުމުގެ މަދުވެގެން 14 (ސާދަ) ދުވަހުގެ ކުރިން، މެނޭޖްމަންޓް ކޯޕަރޭށަނުގެ ކޮންމެ މެންބަރަކަށް އަންނަނިވި މައުލޫމާތު އެކުލެވޭ ނޯޓިހެއް ފޮނުވަންވާނެއެވެ.
- ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ތާރީހާއި، ތަނާއި، ވަގުތު؛
- ބައްދަލުވުމަށް އެޖެންޑާކޮށްފައިވާ ކަންކަން؛
- ހުރިހާ މެންބަރުންގެ ވޯޓުން ފާސްކުރަންޖެހޭ ނިންމުމެއްވާނަމަ، އެ މައްސަލައާގުޅޭ ހުލާސާއެއް.
22 ވަނަ މާއްދާ - ކުއްލި ޖަލްސާ
(ހ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ކުއްލި ބައްދަލުވުމެއް ބާއްވަން މެނޭޖްމަންޓް ކޯޕަރޭށަނުގެ މެންބަރުންގެ ތެރެއިން، މަދުވެގެން 1/3 (ތިންބައިކުޅަ އެއްބައި) މެންބަރުން އެދިއްޖެ ހިނދެއްގައި، ކޯޕަރޭށަނުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ވާނެއެވެ.
(ށ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ކުއްލި ބައްދަލުވުމެއް ބޭއްވޭނީ، އެ ޖަލްސާ ބާއްވަން ބޭނުންވާ ސަބަބާއި، ތަނާއި، ތާރީހު، ހިމެނޭ ނޯޓިސް 1 (އެކެއް) ދުވަހުގެ ކުރިން މެންބަރުންނަށް ފޮނުވުމަށް ފަހުގައެވެ.
23 ވަނަ މާއްދާ - ވޯޓުލުން
(ހ) އެއްމެދު އިމާރާތުގެ ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މެނޭޖްމަންޓް ކޯޕަރޭށަނުގެ ކޮންމެ މެންބަރަކަށްމ،ެ އެ ކޯޕަރޭށަނުގެ ޖަލްސާތަކަށް ހާޒިރުވެގެން، ނުވަތަ އެ މެންބަރު ގެ ފަރާތުން ވޯޓުލުމުގެ ހައްގު އަދާކުރުމަށްޓަކައި އެ ފަރާތުން އައްޔަނުކުރާ އެހެން ފަރާތެއް ޖަލްސާތަކަށް ހާޒިރުވެގެން، ވޯޓުދެވިދާނެއެވެ.
(ށ) އާންމު ޖަލްސާތަކުގައި ވޯޓުލާނީ، އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު، އަތް އުފުލައިގެންނެވެ.
(ނ) ކޮންމެ މެންބަރަކަށް ވެސް ވޯޓު ދެވޭނީ، ޔުނިޓުގެ ހިއްސާގެ މިންވަރު ކަނޑައެޅިފައިވާ ގޮތުގެ މަތީންނެވެ. މި ގޮތުން ށެޑިއުލް އޮފް ސްޓްރާޓާ ޔުނިޓްސްގައި ޔުނިޓަށް ކަނޑައަޅައިފައިވާ ހިއްސާގެ އަދަދަކީ ޔުނިޓެއްގެ ވެރިފަރާތަށް ލިބިފައިވާ ހިއްސާގެމިންވަރެވެ.
(ރ) ވަކި ޔުނިޓެއްގެ މިލްކުވެރިކަން އޮތީ، އެއް ފަރާތަށްވުރެ ގިނަ ފަރާތުގައި ކަމަށްވާނަމަ، އެ ޔުނިޓެއްގެ މިލްކުވެރި ފަރާތްތަކުން ވޯޓުދޭނީ، އެ ފަރާތްތަކުން އައްޔަނުކުރާ ފަރާތެއް މެދުވެރިކޮށެވެ.
(ބ) ޔުނިޓެއްގެ މިލްކުވެރިކަން އޮތީ، ކުންފުންޏެއް ނުވަތަ ޕަރޓްނަރށިޕެއް ނުވަތަ ޖަމުއިއްޔާއަކަށްނަމަ، އެ ފަރާތުން ވޯޓުދިނުމަށް ރެޕްރެޒެންޓޭޓިވެއް އައްޔަނު ކުރަންވާނެއެވެ. އަދި އެ ފަރާތުން ވޯޓު ދިނުމަށް އައްޔަނުކުރާ ފަރާތުގެ މައުލޫމާތު އެނގޭނޭހެން ބޯޑު ރިސޮލިއުށަނެއް ނުވަތަ ރަސްމީ ލިޔުމެއް މެނޭޖްމަންޓް ކޯޕަރޭށަނަށް ހުށަހަޅަންވާނެއެވެ.
(ޅ) ވޯޓުލާނެ އުސޫލާއި އޭގެ ތަފުސީލުތައް މެނޭޖްމަންޓް ކޯޕަރޭށަނު ގެ ބައި-ލޯސްގައި ހިމަނަންވާނެއެވެ.
24 ވަނަ މާއްދާ - އިއްތިފާގުން ނިންމަންޖެހޭ ކަންކަމުގައި ވޯޓުދިނުން
މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކުރަންޖެހޭ ކަމެއްވާނަމަ، އަންނަނިވި ދެގޮތުންކުރެ ގޮތަކަށް، މެނޭޖްމަންޓް ކޯޕަރޭށަނުގެ މެންބަރަކަށް ވޯޓު ދެވިދާނެއެވެ.
(ހ) އެ ނިންމުން ފާސްކުރުމަށް ހަމަޖެހިފައިވާ އާންމު ބައްދަލުވުމަށް ހާޒިރުވެ ވޯޓު ދީގެން؛ ނުވަތަ
(ށ) އެ ނިންމުން ފާސްކުރުމަށް ހަމަޖެހިފައިވާ އާންމު ބައްދަލުވުމަށް ހާޒިރުވެވެން ނެތްނަމަ، އެ ޖަލްސާ ބާއްވާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ މެންބަރަކު ވޯޓުދޭން ބޭނުންވާ ގޮތް، ލިޔުމުން ހުށަހަޅައިގެން.
25 ވަނަ މާއްދާ - މެއިންޓެނަންސް ފަންޑް ހުޅުވުން
އެއްމެދު އިމާރާތުގެ ގާނޫނުގެ 110 ވަނަ މާއްދާއާއި، 114 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މެނޭޖްމަންޓް ކޯޕަރޭށަނުން މެއިންޓެ ނަންސް ފަންޑް ހުޅުވައި، ހިންގައި ބަލަހައްޓަންވާނެއެވެ.
26 ވަނަ މާއްދާ - ސޯސަލް ހައުސިންގ މަށްރޫއުތަކާ ގުޅޭ މެއިންޓެނަންސް ފަންޑް ހުޅުވުމާއި ބެލެހެއްޓުން
މި ގަވާއިދުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މެއިން ޓެނަންސް ފަންޑް ހުޅުވަނީ ސަރުކާރުގެ ބޯހިޔާވެހިކަމުގެ މަށްރޫއެއްގެ ނުވަތަ ސޯސަލް ހައުސިންގ މަށްރޫއެއްގެ ދަށުންނަމަ އެ ފަންޑް ހުޅުވާނީ، އެ މަށްރޫއު ހިންގާ އިދާރާއެއްގެ ނުވަތަ ކުންފުންޏެއްގެ ނަމުގައެވެ. އަދި އެފަދަ ފަންޑަކާ ގުޅޭ އެންމެހައި ކަންކަން ކުރަންވާނީ އަންނަނިވި އުސޫލުތަކުގެ ދަށުންނެވެ.
(ހ) އެ މަށްރޫއު ހިންގާ އިދާރާއެއްގެ ނުވަތަ ކުންފުއްޏެއްގެ ނަމުގައި މެއިންޓެނަންސް ފަންޑް ހުޅުވުމަށްފަހު، ނިސްބަތްވާ ސްކީމާ ގުޅޭ މެނޭޖްމަންޓް ކޯޕަރޭށަނާ ދެމެދު ފަންޑް ބޭނުންކުރުމަށް އެއްބަސްވުމެއް ހަދަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގައި ފަންޑް ބެލެހެއްޓުމާ ގުޅޭ ދެފަރާތުގެ މަސްއޫލިއްޔަތުތަކުގެ އިތުރުން ފައިސާ ދޫކުރާނެ އުސޫލުތައް ކަނޑައެޅިފައި އޮންނަންވާނެއެވެ. އަދި މި އެއްބަސްވުން މެނޭޖަމަންޓް ކޯޕަރޭށަނުގެ އާންމު ޖަލްސާއިން ފާސްކުރަންވާނެއެވެ.
(ނ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ނަމަށް މެއިންޓެނަންސް ފަންޑް ބަދަލުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެގޮތަށް ބަދަލުކުރެވޭނީ، އެ ސްކީމެއްގައި ހިމެނޭ ޔުނިޓްތަކުގެ ތެރެއިން %60 (ފަސްދޮޅަސް އިންސައްތަ) ޔުނިޓުގެ އަގު، އެ ޔުނިޓްތަކުގެ ވެރިފަރާތްތަކުން ސަރުކާރުގެ އިދާރާއަށް ނުވަތަ ކުންފުންޏަކަށް ދައްކައި ހަލާސްކޮށްފައިވުމާއެކު، މެނޭޖްމަންޓް ކޯޕަރޭށަނުގެ އާންމު ބައްދަލުވުމުން އެކަން ފާސްކުރުމަށްފަހު، އެކަމާ ގުޅޭ ހުއްދަ މިނިސްޓްރީން ލިބުމުންނެވެ.
27 ވަނަ މާއްދާ - މެއިންޓެނަންސް ފީ ނުދެއްކުން
އެއްމެދު އިމާރާތުގެ ޔުނިޓުގެ ވެރިފަރާތުން ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް މެއިންޓެނަންސް ފީ ނުދައްކާނަމަ، މެނޭޖްމަންޓް ކޯޕަރޭށަނުން އެ ފަރާތަށް ފީ ދެއްކުމަށް އަންގައި، އަންނަނިވި ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.
(ހ) މެނޭޖްމަންޓް ކޯޕަރޭށަނުން ކަނޑައަޅައިފައިވާ އުސޫލުން މެއިންޓެނަންސް ފީ ނުދައްކާނަމަ، އެ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ މުއްދަތެއް ދިނުމަށްފަހު ފުރަތަމަ ނޯޓިސްދިނުން، އަދި އެ މުއްދަތުގެ ތެރޭގައި ފީ ދައް ކައިފައިނުވާނަމަ، އިތުރު 7 (ހަތެއް) ދުވަހުގެ ތެރޭގައި ފީ ދެއްކުމަށް އަންގައި ނޯޓިސްދިނުން،
(ށ) މެނޭޖްމަންޓް ކޯޕަރޭށަނުން ކަނޑައަޅާ މުއްދަތުގައި ދެވަނަ ފަހަރު ނޯޓިސް ދިނުމުން ފީ ނުދައްކާނަމަ، އިތުރު 3 (ތިނެއް) ދުވަހުގެ މުހުލަތެއް ދިނުމަށްފަހު މުއްދަތު ހަމަވުމުން ޔުނިޓުގެ ވެރިފަރާތަށް މެނޭޖްމަންޓް ކޯޕަރޭށަނުން އަޅަން ނިންމައިފައިވާ ފިޔަވަޅުތައް ބަޔާންކޮށް، ލިޔުމުން އެންގުން،
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ފީ، ޔުނިޓުގެ ވެރިފަރާތުން ނުދައްކާނަމަ، ށަރުއީ ކޯޓަށް ހުށަހަޅައިގެން މެއިންޓެނަންސް ފައިސާއާއި މެއިންޓެނަންސް ފީ ނުދައްކާ ހޭދަވީ މުއްދަތަށް، މެނޭޖްމެންޓް ކޯޕަރޭށަނުން ކަނޑައަޅާ ގޮތެއްގެ މަތީން ފ،ީ އަދި ޖޫރިމަނާ ހޯދުމުގެ ބާރު މެނޭޖްމަންޓް ކޯޕަރޭށަނަށް ލިބިގެންވެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ފީ ނުދެއްކުމުން އަޅާނެ ފިޔަވަޅުތަކުގެ ތަފުސީލުތަކާއި، ޖޫރިމަނާއާއި އެނޫން ވެސް އެކަމާ ގުޅޭ އެންމެހައި އުސޫލުތަކާއި ތަފުސީލުތައް މެނޭޖްމަންޓް ކޯޕަރޭށަނުގެ ބައި-ލޯސްގައި ހިމަނައި، އާންމު ޖަލްސާއިން ފާސްކޮށް، އާންމުކުރަންވާނެއެވެ. އަދި އެ އުސޫލުގައި ޖޫރިމަނާކުރެވޭނެ އަދަދުތަކާއި، ޖޫރިމަނާ ފައިސާ ބަލައިގަންނާނެ ގޮތާއި، ޖޫރިމަނާ ފައިސާ ނުދެއްކުމުން އެ ފަރާ ތަކާމެދު އެ ކޯޕަރޭށަނުން އަޅާނެ ފިޔަވަޅުތައް ހިމެނިދާނެއެވެ.
28 ވަނަ މާއްދާ - މެނޭޖިންގ އެޖެންޓް އައްޔަނުކުރުން
މެނޭޖްމަންޓް ކޯޕަރޭށަނުން ބޭނުންވެއްޖެ ހިނދެއްގައި، ސްޓްރާޓާ ސްކީމަށް ނިސްބަތްވާ އާންމު ތަންތަން މަރާމާތުކޮށް ބެލެހެއްޓުމަށް، އެ ކޯޕަރޭށަނުގެ އާންމު ބައްދަލުވުމަކުން ފާސްކުރުމަށްފަހު، މެނޭޖިންގ އެޖެންޓެއް އައްޔަނުކުރެވިދާނެއެވެ. މެނޭޖިންގ އެޖެންޓް އައްޔަނުކުރުމުގައި އަންނަނިވި ކަންކަން މެނޭޖްމެންޓް ކޯޕަރޭށަނުން ބަލަންވާނެއެވެ.
(ހ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ %100 (ސައްތައިން ސައްތަ) ދިވެހިން ހިއްސާވާ ކުންފުންޏެއް ނުވަތަ ޕާޓްނަރށިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ކަމުގައިވުން.
(ށ) މެނޭޖިންގ އެޖެންޓުގެ ގޮތުގައި ކަނޑައަޅާނެ ފަރާތެއްގައި އިމާރާތުގެ މެއިންޓެނަންސް ދާއިރާ ނުވަތަ އެފަދަ ދާއިރާއެއް ގެ ކަމާ ގުޅޭ ފަންނީ 2 (ދޭއް) މުވައްޒަފުން މަދުވެގެން ހުންނަންވާނެއެވެ.
(ނ) މެނޭޖިންގ އެޖެންޓް އައްޔަނުކުރަންވާނީ މެނޭޖްމަންޓް ކޯޕަރޭށަނާއި މެނޭޖިންގ އެޖެންޓްކަން ހަވާލުކުރެވޭ ފަރާތާ ދެމެދު ދެ ފަރާތުގެ މަސްއޫލިޔަތުތައް ބަޔާންކޮށް ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
(ރ) މެނޭޖިންގ އެޖެންޓަކީ މެނޭޖްމެންޓް ކޯޕަރޭށަނުގެ އާންމު ޖަލްސާއަކުން ފާސްކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.
29 ވަނަ މާއްދާ - ސޯސަލް ހައުންސިންގއާ ގުޅޭ މެނޭޖްމަންޓް އެޖެންޓް އައްޔަނުކުރުން
ސަރުކާރުގެ ބޯހިޔާވެހިކަމުގެ މަށްރޫއުތަކުގެ ނުވަތަ ސޯސަލް ހައުސިންގ މަށްރޫއުތަކުގެ ދަށުން މެނޭޖިންގ އެޖެންޓް އައްޔަންކުރާނީ އަންނަނިވި އުސޫލުތަކުގެ ދަށުންނެވެ.
(ހ) މި ގަވާއިދުގެ 26 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސޯސަލް ހައުސިންގ ހިންގާ އިދާރާއެއްގައި، އެ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތު ހަމަވާނަމަ، އެފަދަ މަށްރޫއެއްގެ މެނޭޖިންގ އެޖެންޓެއްގެ ގޮތުގައި ވާންވާނީ ސޯސަލް ހައުސިންގ ހިންގާ އިދާރާއެވެ.
(ށ) މި މާއްދާގެ (ހ) އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ސޯސަލް ހައުސިންގ ސްކީމް ހަރުދަނާ އުސޫލެއްގެ ދަށުން ބެލެހެއްޓުމުގެ މަގުސަދުގައި އެހެން ފަރާތެއް މެނޭޖިންގ އެޖެންޓެއްގެ ގޮތުގައި އައްޔަންކުރެވިދާނެއެވެ. ނަމަވެސް އެފަދައިން މެނޭޖިންގ އެޖެންޓެއް އައްޔަންކުރަންވާނީ މެނޭޖްމަންޓް ކޯޕަރޭށަނުގެ އާންމު ޖަލްސާއިން މެނޭޖިންގ އެޖެންޓް ފާސްކުރުމުގެ އިތުރުން، މިނިސްޓްރީގެ ހުއްދަ ލިބުމާއެކުގައެވެ.
30 ވަނަ މާއްދާ - އާރޓިކަލް އޮފް އިންކޯޕަރޭށަން
ކޮންމެ މެނޭޖްމަންޓް ކޯޕަރޭށަނަކުން ވެސް، އެ މެނޭޖްމަންޓް ކޯޕަރޭށަން އުފެއްދުމަށާއި ހިންގުމަށް އެއްމެދު އިމާރާތުގެ ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ދަށުން މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމަނައިފައިވާ ނަމޫނާގައި ހިމެނޭ މަ އުލޫމާތުތައް ހިމެނޭގޮތަށް "އާރޓިކަލް އޮފް އިންކޯޕަރޭށަން" އެކުލަވައިލައި، އަންނަނިވި އުސޫލުގެ ދަށުން މިނިސްޓްރީއަށް ހުށަހަޅައި ފާސްކުރަންވާނެއެވެ.
(ހ) ސްޓްރާޓާ ޕްލޭން މިނިސްޓްރީން ފާސްކުރާ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި "އާރޓިކަލް އޮފް އިންކޯޕަރޭށަން" މިނިސްޓްރީއަށް ހުށަހަޅައިފާސްކުރަންވާނެއެވެ.
(ށ) "އާރޓިކަލް އޮފް އިންކޯޕަރޭށަން" މިނިސްޓްރީން ފާސްކުރުމަށްފަހު، އެ ލިޔުމަށް އެއްވެސް ބަދަލެއް ނުވަތަ އިސްލާހެއް ގެނެވޭނީ މެނޭޖްމަންޓް ކޯޕަރޭށަނަށް ކަނޑައަޅައިފައިވާ ޔުނިޓްތަކުގެ ހިއްސާގެ ޖުމުލަ އަދަދުގެ %80 (އަށްޑިހައިންސައްތަ) ހިއްސާ ހަމަވާ ވަރަށް އާންމު ޖަލްސާއަކުން ވޯޓު ލިބި ފާސްވެފައިވާނަމައެވެ.
(ނ) "އާރޓިކަލް އޮފް އިންކޯޕަރޭށަން" މިނިސްޓްރީން ފާސްކުރުމުގެ ކުރިން، އެއްމެދު އިމާރާތުގެ ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން "އާރޓިކަލް އޮފް އިންކޯޕަރޭށަން" ގައި އެއްމެދު އިމާރާތުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާ ތައާރުޒުވާ ކަމެއް ހިމެނޭނަމަ، އެ މާއްދާތަކަށް ބަދަލު ގެނައުމަށް އެންގުމުގެ ބާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.
31 ވަނަ މާއްދާ - އެއްމެދު އިމާރާތް ހިންގައި ބެލެހެއްޓުމާއި، ބޭނުންކުރުމާ ގުޅޭ އެހެނިހެން އުސޫލުތައް އަދި ބައި-ލޯސްތައް އެކުލަވައިލުން
ދިވެހިރާއްޖޭގައި އަމަލުކުރަމުންދާ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުނުވާ ގޮތުގެ މަތީން އެއްމެދު އިމާރާތް ހިންގައި ބެލެހެއްޓުމަށް، އެއްމެދު އިމާރާތުގެ ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެކަމާ ގުޅޭ އުސޫލުތައް ނުވަތަ ބައި-ލޯސްތައް އެކުލަވައިލައި، މެނޭޖްމަންޓް ކޯޕަރޭށަނުގެ އާންމު ބައްދަލުވުމަކުން ފާސްކޮށް، އާންމު ކުރުމަށްފަހު މެނޭޖްމަންޓް ކޯޕަރޭށަނުގެ އެންމެހައި މެންބަރުން އެއަށް އަމަލުކުރަންވާނެއެވެ.
32 ވަނަ މާއްދާ - ސްޓްރާޓާ ޕްލޭނުގެ ހުއްދަ ހޯދުމަށް ހުށަހަޅާ އުސޫލުތައް / ބައި-ލޯސްތައް
މި ގަވާއިދުގެ 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތައް ނުވަތަ ބައި-ލޯސްތައް މެނޭޖްމަންޓް ކޯޕަރޭށަނުން ފާސްކުރިކަމުގައި ވީނަމަވެސް، އެއްމެދު އިމާރާތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ސްޓްރާޓާ ޕްލޭންގެ ހުއްދަ ހޯދުމަށް ހުށަހަޅާއިރު، ތިރީގައި ބަޔާންކޮށްފައިވާ ކަންކަމާގުޅޭ އުސޫލުތައް / ބައި-ލޯސްތައް މެނޭޖްމަންޓް ކޯޕަރޭށަނުން މިނިސްޓްރީއަށް ހުށަހަޅައި މިނިސްޓްރީން ފާސްކުރަންވާނެއެވެ.
(ހ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލް އައްޔަނުކުރުމާއި ހިންގުމާ ގުޅޭ އުސޫލުތަކުގެ އިތުރުން، ކައުންސިލަށް އައްޔަނުކުރާ ފަރާތްތަކާއި މެންބަރުންގެ ޒިންމާއާ ގުޅޭ އުސޫލުތައް.
(ށ) މެނޭޖްމަންޓް ކޯޕަރޭށަނުގެ އިލެކްށަން ބޭއްވުމާއި ވޯޓުލުމާ ގުޅޭ އުސޫލުތައް.
(ނ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ޖަލްސާތައް ބާއްވާނެ ގޮތުގެ އުސޫލުތައް.
(ރ) އެއްމެދު އިމާރާތުގެ ގާނޫނާއި ގަވާއިދުގެ ދަށުން ޔުނިޓުގެ ވެރިފަރާތުން ކޮންމެހެން ކުރަން ލާޒިމުކުރާ ކަންކަމާގުޅޭ އުސޫލުތައް. (މެއިންޓެނަންސް ފީ ދެއްކުން، އިމާރާތް ރަނގަޅު ފެންވަރަށް ބެލެހެއްޓުމަށް ކުރަންޖެހޭ ދާއިމީ މަރާމާތާ ގުޅޭ ކަންކަމާއި، އިމާރާތަށް ގެންލުންވާ އަލިފާ ނުގެ ހާދިސާ ނުވަތަ ފެނުގެ ހާދިސާ ފަދ،ަ އިމަޖެންސީ ހާލަތްތަކުގައި ކަންކަންކުރާނެ އުސޫލުތަކާއި، މެނޭޖްމަންޓް ކޯޕަރޭށަނާ ގުޅިގެން، ޔުނިޓުގެ ވެރިފަރާތުން ކޮންމެހެން އަދާކުރަންޖެހޭ މުހިންމު ޒިންމާތަކާ ގުޅޭފަދަ ކަންކަން)
(ބ) ޕާކިންއާ ގުޅޭ ކަންކަމުގައި އަމަލު ކުރަންޖެހޭ ގޮތުގެ އުސޫލުތައް.
33 ވަނަ މާއްދާ - އެހެނިހެން އުސޫލުތައް އެކުލަވައިލުން
މި ގަވާއިދުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމާގުޅޭ އުސޫލުތަކުގެ ނުވަތަ ބައި-ލޯސްތަކުގެ އިތުރުން، މެނޭޖްމަންޓް ކޯޕަރޭށަނުން ތިރީގައިވާ ކަންކަމާގުޅޭ އުސޫލުތައް އެކުލަވައިލައި، މިނިސްޓްރީން ފާސްކުރަންވާނެއެވެ.
(ހ) އެއްމެދު އިމާރާތުގައި ހިމެނޭ އާންމު ތަންތަން ޔުނިޓުގެ ވެރިފަރާތްތަކުން ނުވަތަ އިމާރާތަށް ޒިޔާރަތްކުރާ ފަރާތްތަކުން ބޭނުންކުރުމުގައި އަދި ވަދެ ނިކުމެ އުޅުމުގައި އަމަލުކުރާނެ އުސޫލުތައް؛ އަދި އެފަދަ ތަންތަން ބޭނުންކުރާއިރު ލިބޭ ގެންލުންތަކުގެ ޒިންމާ ނަގާނެ ފަރާތްތަކާއި އެކަމާ ގުޅޭ އުސޫލުތައް؛
(ށ) ޔުނިޓް ތެރޭގައި އަޑުގަދަކުރުމާއި، ޕާޓީ ބޭއްވުން ނުވަތަ އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް އުދަނގުވާ ކަންކަމާ ގުޅޭ އުސޫލުތައް؛
(ނ) އިމާރާތުގައި ޕެޓް ނުވަތަ ދިރޭތަކެތި ގެންގުޅޭނަމަ، އެ ފަދަ ކަންކަމުގައި އަމަލު ކުރާނެ އުސޫލުތައް؛
(ރ) އާންމު ތަންތަނަށް ކުނިއެޅުމާއި، އިމާރާތުގެ ތެރޭގައި ކުނި މެނޭޖްކުރުމާ ގުޅޭ ކަންކަމުގެ އުސޫލުތައް؛
(ބ) އިމާރާތުގައި ހިމެނޭ އާންމު ތަންތަން ނުވަތަ ކޮމަން ފްރޮޕަރޓީ ކަމުގައިވާ ސްވިމިން ޕޫލް، ކުލަބް ހައުސް ފަދަ ތަންތަން، ޔުނިޓުގެ ވެރިފަރާތްތަކުންނާއި ތަނަށް ޒިޔާރަތްކުރާ ފަރާތަތަކުން ބޭނުންކުރާނެ ގޮތުގެ އުސޫލުތައް؛
(ޅ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ޔުނިޓުގެ ވެރިފަރާތްތަކުގެ މެދުގައި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ ގޮތް ބަޔާންކޮށްފައިވާ އުސޫލުތައް؛
(ކ) ޔުނިޓަށް ބޭނުންންވާ ފަރުނީޗަރ ފަދަ އެއްޗިހި އުފުލާއިރު، އާންމު ތަންތަން ނުވަތަ ކޮމަން ފްރޮޕަރޓީ ބޭނުންކުރާނެ ގޮތުގެ އުސޫލުތައް؛
(އ) އެއްމެދު އިމާރާތް ހިންގައި ބެލެހެއްޓުމާއި، މެނޭޖްމަންޓް ކޯޕަރޭށަންގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ އެހެނިހެން އުސޫލުތައް.
34 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަނުން ވިޔަފާރީގެ މުއާމަލާތްކުރުން
ކޮމަން ޕްރޮޕަޓީއެއްގެ ގޮތުގައި ކަނޑައަޅައިފައިވާ އެއްވެސްތަނެއްގައި ވިޔަފާރީގެ މުއާމަލާތެއް ކުރެވޭނީ، ކަމާބެހޭ މިނިސްޓްރީއެއްގައި އެ ވިޔަފާރިއަކާ ގުޅޭ ކަންކަން ރަޖިސްޓަރީ ކުރުމަށްފަހުގައެވެ. އަދި އެކަންކުރަންޖެހޭ އުސޫލު އެކުލަވައިލެވި، މެނޭޖްމަންޓް ކޯޕަރޭށަނުގެ އާންމު ޖަލްސާއިން ފާސްކޮށްފައި އޮންނަންވާނެއެވެ.
35 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި ބޭނުންކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތަކުގެ ތެރެއިން، ގާނޫނު ނަންބަރު 2021-33 (އެއްމެދު އިމާރާތުގެ ގާނޫނު) ގައި މާނަކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތައް މި ގަވާއިދުގައި ބޭނުންކޮށްފައި އެވަނީ، އެ ގާނޫނުގައި އެ ލަފުޒުތަކާއި އިބާރާތްތައް ބޭނުންކޮށްފައިވާ މާނައިގައެވެ. އަދި އެ ގާނޫނުގައި މާނަކޮށްފައިނުވާ އެހެން ނަމަވެސް، މި ގަވާއިދުގައި ހިމަނައިފައިވާ އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އެ އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، ތިރީގައި މިވާ އަކުރުތަކަށް ދީފައިވާ މާނަކުރުންތަކެވެ.
(ހ) "ރިޕްލޭސްމަންޓް ވެލިއު" ކަމަށް ބުނެފައި އެވަނީ، އިމާރާތް ބާވެ ހަލާކުވުން ނުވަތަ ހާދިސާއެއްގެ ސަބަބުން އެފަދަ އިމާރާތެއް އަލުން ބިނާކުރުމަށް އެއިރެއްގައި ހިނގާނެކަމަށް ލަފާކުރާ ހަރަދަށެވެ.
(ށ) "ޑިޕްރިށިއޭށަން ށެޑިއުލް" ކަމަށް ބުނެފައި އެވަނީ، އިމާރާތް ހަދައިފައިވާ ގޮތުގެ ފެންވަރު ދުވަހުން ދުވަހަށް ބެލުމަށްޓަކައި ތައްޔާރުކުރާ ށެޑިއުލަށެވެ. މި ށެޑިއުލްގައި އިމާރާތުގެ ސްޓްރަކްޗަރަށް ބިނާކޮށް އިމާރާތް ބޭނުންކުރުމަށް އަންދާޒާކުރެވޭ މުއްދަތާއި، އިމާރާތުގައި ހިމެނޭ މުހިންމު ވަސީލަތްތަކާ ގުޅޭ ކަންކަމުގެ މައުލޫމާތު ހިމެނޭނެއެވެ.
(ނ) "ބައި-ލޯސް" ކަމަށް ބުނެފައި އެވަނީ، އެއްމެދު އިމާރާތުގެ އާންމު ތަންތަން ބޭނުންކުރުމަށާއި ބެލެހެއްޓުމަށް ހުށަހަޅާ ބަޔާނަށެވެ.
(ރ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އެއްމެދު އިމާރާތާ ގުޅުންހުރި ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(ބ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2021-33 (އެއްމެދު އިމާރާތުގެ ގާނޫނު) އާއި އެ ގާނޫނަށް ގެނެވޭ އިސްލާހުތައް ހިމެނޭގޮތުންނެވެ.
36 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެން 1 (އެކެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.
37 ވަނަ މާއްދާ - އިންތިގާލީ މުއްދަތު
މި ގަވާއިދަށް އަމަލުކުރަން ފަށާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އެއްމެދު އިމާރާތްތަކުގެ މެނޭޖްމަންޓް ކޯޕަރޭށަންގެ މަސްއޫލިއްޔަތު މި ގަވާއިދާ އެއްގޮތްވާގޮތުގެ މަތީން އަދާކުރުމަށްޓަކައި މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކުރަންވާނެއެވެ.
ޖަދުވަލު 1
އިންގާ ގަވާއިދު (އިންގިރޭސި)
ARTICLES OF INCORPORATION
OF
(...................) MANAGEMENT CORPORATION
In compliance with the requirements of Chapter 10, of the Strata Property Act
(33/2021), for the purpose of forming a management corporation – Strata Plan no:
_________________ for non-profit. The undersigned hereby certify, declare, and adopt
the following articles of incorporation.
ARTICLE 1 - NAME OF MANAGEMENT CORPORATION
The name of the management corporation is _______________ MANAGEMENT
CORPORATION.
ARTICLE 2 – MANAGEMENT CORPORATION’S ADDRESS
The principal office shall be located at:
Address:
Street Name:
Atoll and island:
ARTICLE 3 – PURPOSE AND POWER OF MANAGEMENT CORPORATION
The sole purpose of management corporation is to operate, maintain or manage the
property by the benefits flowing through to its members, as set forth in the Act
(33/2021) and its Bylaws. The management corporation does not contemplate
pecuniary gain or profit to the members thereof, and the specific purposes for which it
is formed are as follows:
a. To provide maintenance, preservation, and architectural control of the property.
b. To promote growth, progressive civic improvement, health and safety, welfare,
and recreation of residents.
c. To exercise all the powers and privileges and to perform all the duties and
obligations of the management corporation, as the same may be amended from
time to time as therein.
d. To fix maintenance fee, collect and enforce payment by any lawful means, all
charges, or assessments pursuant to the terms and conditions of the Act.
e. To pay all expenses in connection therewith and all office and other expenses
incident to the conduct of the business of management corporation.
f. To promote, enhance and foster development and improvement of the quality of
life of members through livelihood projects and other economic activities.
g. To do and perform any other acts and things, and to have and exercise any other
powers, which may be necessary, convenient, and appropriate to accomplish the
purpose for which the management corporation is organized.
ARTICLE 4 – QUALIFICATION OF MEMBERS
Every unit owner shall be qualified to be a member of the management corporation,
under section 99 of the Act (33/2021). Membership shall be appurtenant to and cannot
be separated from ownership of any unit located in the property.
ARTICLE 5 – RIGHTS OF MEMBERS
Every unit owner has the right to enjoy the community services and facilities. Members
shall have the right to:
a. Access to all community services, use and enjoyment of common property,
provided that he or she pays the necessary fees and other pertinent charges.
b. Participate, vote and be eligible for any elective or appointive office of the
management corporation subject to the qualifications as provided in the Act
(33/2021) and in the bylaws.
c. Participate in management corporation meetings, elections, and referenda etc.
d. Inspect management corporation books and records and provide upon request with
annual reports, including financial statements.
e. To enjoy all other rights as may be provided in the Act (33/2021) or bylaws of the
management corporation.
ARTICLE 6 – DUTIES OF MEMBERS
Every member of management corporation shall have the following duties:
a. To pay fees, dues, assessments, and such other fees which may be levied by the
management corporation.
b. To attend the annual general meeting and other meetings as may be called for by
the management corporation, the council, or its committees.
c. To obey and comply with bylaws and such other relevant laws, rules, and
regulations.
ARTICLE 7 – COUNCIL OF MANAGEMENT CORPORATION
The council members of the management corporation shall be between 3 and 15
members.
Election contests and their resolutions shall be governed, as set forth in the Act
(33/2021), regulation and bylaws, where President, Treasurer and Secretary of the
council shall be elected by secret ballot at annual general meeting of management
corporation.
The elected members of the council of a management corporation must retire from
office at the conclusion of the next annual general meeting of management corporation
but retiring members of the council are eligible for re-election.
ARTICLE 8 – MEETING OF MEMBERS AND QUORUM REQUIREMENTS
Members shall hold meetings on the time or date set forth in its bylaws, members are
entitled to be present at meetings and cast vote or through a proxy, a majority of the
votes of the total membership shall constitute a quorum for any action except as
otherwise provided in these articles of incorporation, act, regulation or the bylaws.
The request for appointing the proxies shall be in writing, signed by the member and
filed before the schedule of meeting with management corporation secretary. Unless
otherwise provided in the proxy, it shall be valid only for the meeting for which it is
intended. No proxy shall be valid and effective for a period longer than three (3) years
at any one-time unless earlier revoked by the member.
ARTICLE 9 – VOTING
The voting shall be based on the share value of the unit.
The quantum of share value is comprised in schedule of strata units. The share value of
any unit must not be altered in any manner on or after the date of constitution of
management corporation.
The motion shall be decided according to the number of votes cast for and against the
motion, under the type of resolutions required for passing of different motions as per
the relevant sections of act (33/2021) and bylaws.
All resolutions must be determined by a majority vote, unless the act (33/2021) or
regulation requires an alternative level of voting approval.
ARTICLE 10 – BUILDING MANAGEMENT COMMITTEE (BMC)
The affairs of management corporation shall be managed initially by the Building
Management Committee (BMC), who shall serve until the first annual general meeting
(AGM), as set forth in the Act (33/2021), regulation and bylaws.
BMC is an interim committee of original owner(s) or developer, who shall act in the
capacity of management corporation and serves to represent all strata unit owners. The
original owner or developer can convene the committee of 3-15 members.
The composition of committee are;
(Names and addresses)
ARTICLE 11 - BYLAWS
The bylaws of management corporation shall be adopted and may be altered, amended,
or rescinded by a majority vote of a quorum of all members voting in person or by
proxy.
ARTICLE 12 - DURATION
The management corporation shall exist perpetually.
ARTICLE 13 - AMENDMENTS
Amendment of these articles shall require the assent of 80% (eighty percent) of the
aggregate share value.
ARTICLE 14 – BENEFICIAL INTEREST.
No part of the collection, contribution or net earnings of the management corporation
shall inure to the benefit of any of its members or any other individual. Accordingly,
the management corporation shall not carry on any activity for the profit of its members,
or distribute any gains, profits, or dividends to any of its members as such, or engage,
except to an insubstantial degree, in any activities which are not in furtherance of the
specific and primary objects and purposes of the management corporation. The
management corporation may, however, provide a rebate, reimbursement or refund of
excess membership dues, fees, or assessments to its members. In determining whether
there should be any such rebate, reimbursement or refund or the amount of any such
rebate, reimbursement or refund, the contributions, earnings of the corporation are not
to be considered in any manner.
IN WITNESS WHEREOF, the undersigned have executed these articles of incorporation on
this _________ day of ______________ (month), __________(year)
Original Owner / Developer:
On behalf of Ministry of Housing, Land and Urban Development:
Witness:
ޖަދުވަލު 2
މެނޭޖްމަންޓް ކޯޕަރޭށަނާ ގުޅޭ ބައިލޯސް ތައްޔާރުކުރުމާއި ހުށަހަޅާނެގޮތުގެ އުސޫލު
1 ވަނަ މާއްދާ - ތައާރުފު
މި އުސޫލަކީ، ގާނޫނު ނަންބަރު 2021-33 (އެއްމެދު އިމާރާތުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން މެނޭޖްމަންޓް ކޯޕަރޭށަން ހިންގުމަށް ޓަކައި ބޭނުންވާ ބައިލޯސް ނުވަތަ އެކަމާ ގުޅޭ އުސޫލުތައް ތައްޔާރުކޮށް، މިނިސްޓްރީއަށް ހުށަހަޅާނެގޮތުގެ ތަފުސީލުތައް ބަޔާންކުރާ އުސޫލެވެ.
2 ވަނަ މާއްދާ - މަގުސަދު
މި އުސޫލުގެ މަގުސަދަކީ މެނޭޖްމަންޓް ކޯޕަރޭށަންތައް ހިންގުމަށް ޓަކައި ތައްޔާރުކުރާ ބައިލޯސް އެކުލަވައިލާނެ ވަކި މިންގަނޑެއް ކަނޑައެޅުމާއި އެއްމެދު އިމާރާތާބެހޭ މެނޭޖްމަންޓް ކޯޕަރޭށަންތައް ހަމަހަމަ އުސޫލެއްގެ ދަށުން ހިންގުމަށް މަގުފަހިކުރުމުގެ ގޮތުންނާއި ބައިލޯސްތަކުގައި ހިމަނަންޖެހޭ އާންމު މާއްދާތަކާ ގުޅޭ ތަފުސީލުތައް ބަޔާންކުރުމެވެ.
3 ވަނަ މާއްދާ - ބައިލޯސް ތައްޔާރުކުރުން
މެނޭޖްމަންޓް ކޯޕަރޭށަނުގެ ހިންގާ ބައިލޯސްތައް ތައްޔާރުކުރަންވާނީ ގާނޫނު ނަންބަރު 2021-33 (އެއްމެދު އިމާރާތުގެ ގާނޫނު) ގެ ދަށުން އެކުލަވައިލައިފައިވާ އެއްމެދު އިމާރާތުގެ މެނޭޖްމަންޓް ކޯޕަރޭށަން ހިންގުމުގެ ގަވާއިދުގެ 31 ވަނަ މާއްދާގެ ދަށުންނެވެ. އަދި މެނޭޖްމަންޓް ކޯޕަރޭށަނުގެ ބައިލޯސްތައް އެކުލަވައިލާއިރު ސްކީމަށް ނިސްބަތްވާ ސްޓްރާޓާ ޕްލޭނުގައި ހިމެނޭ ސްޓްރާޓާ ޔުނިޓްތަކާއި އާންމު ތަންތަނުގެ ތަފުސީލުތަކަށް ރިއާޔަތް ކުރަންވާނެއެވެ.
4 ވަނަ މާއްދާ - ބައިލޯސް ހުށަހެޅުން
މެނޭޖްމަންޓް ކޯޕަރޭށަނާ ގުޅޭ ބައިލޯސްތައް އަންނަނިވި އުސޫލުގެ ދަށުން ތައްޔާރުކޮށް މިނިސްޓްރީއަށް ހުށަހަޅައި ފާސްކުރަންވާނެއެވެ.
(ހ) އެއްމެދު އިމާރާތުގެ ސްޓްރާޓާ ޕްލޭންގެ ހުއްދަ ހޯދުމަށް ހުށަހަޅާއިރު މި އުސޫލުގެ ށެޑިއުލް 1 ގައި ހިމަނައިފައިވާ ނަމޫނާ ބައިލޯސްއާ އެއްގޮތަށް ނުވަތަ އޭގައި ހިމެނިފައިވާ މައުލޫމާތު ހިމެނޭ ފޯމެޓަކަށް ބައިލޯސް ޑްރާފްޓް ތައްޔާރުކޮށް ހުށަހަޅަންވާނެއެވެ.
(ށ) ޔުނިޓުތަކަށް ކަނޑައެޅިފައިވާ މުޅި ޖުމުލަ ހިއްސާގެ އަދަދުގެ 1/3 (ތިންބައިކުޅަ އެއްބައި) ހިއްސާ ވިއްކުމާއެކު، އެއްމެދު އިމާރާތުގެ ގާނޫނާއި އެއްމެދު އިމާރާތުގެ މެނޭޖްމަންޓް ކޯޕަރޭށަން ހިންގުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުގެ ދަށުން މެނޭޖްމަންޓް ކޯޕަރޭށަނުގެ ފުރަތަމަ އާންމު ޖަލްސާ ބާއްވައި، ބައިލޯސް ފާސްކުރުމާއެކު 30 (ތިރީސް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. އަދި މި އަކުރުގައި ބަޔާންކޮށްފައިވާ އުސޫލުން ބައިލޯސްތައް ހުށަހަޅާއިރު، ގާނޫނާއި ގަވާއިދުގެ ދަށުން ފުރަތަމަ އާންމު ބައްދަލުވުމުގައި މެންބަރުންގެ މެދުގައި ވޯޓުލައިގެން ނިންމަންޖެހޭ ނިންމުމެއްވާނަމަ އެ ނިންމުން ނިންމައި، އެ ބައްދަލުވުމުގެ ޔައުމިއްޔާއާއެކު، ބައިލޯސް ހުށަހަޅަންވާނެއެވެ.
5 ވަނަ މާއްދާ - ބައިލޯސްއަށް ބަދަލު ނުވަތަ އިސްލާހު ގެނައުން
ގާނޫނު ނަންބަރު 33/2021 (އެއްމެދު އިމާރާތުގެ ގާނޫނު) އާއި އެއްމެދު އިމާރާތުގެ މެނޭޖްމަންޓް ކޯޕަރޭށަން ހިންގުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމާގުޅޭ ގޮތުން އެކުލަވައިލާ ބައިލޯސްތައް މެނޭޖްމަންޓް ކޯޕަރޭށަނުގެ ފުރަތަމަ އާންމު ބައްދަލުވުމުން ފާސްކުރުމަށްފަހު، ބައިލޯސްއަށް ބަދަލުގެނެސް ނުވަތަ އިސްލާހުގެނެވޭނީ މެނޭޖްމަންޓް ކޯޕަރޭށަނުގެ އާންމު ޖަލްސާއިން މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ. އަދި ބައިލޯސްއަށް ގެނެވޭ އިސްލާހުތައް، މެނޭޖްމަންޓް ކޯޕަރޭށަނުގެ ނިންމުންތަކާއެކު 30 (ތިރީސް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހަޅައި، ފާސްކުރަންވާނެއެވެ.
ށެޑިއުލް
(---------) މެނޭޖްމަންޓް ކޯޕަރޭށަންގެ ބައިލޯސް
މެނޭޖްމަންޓް ކޯޕަރޭށަނުގެ ރަޖިސްޓަރީ ނަންބަރު: ____________
1 ވަނަ މާއްދާ - ތައާރުފު
މިއީ، ގާނޫނު ނަންބަރު 2021-33 (އެއްމެދު އިމާރާތުގެ ގާނޫނު) އާއި އެއްމެދު އިމާރާތުގެ މެނޭޖްމަންޓް ކޯޕަރޭށަން ހިންގުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ދަށުން ރަޖިސްޓަރީކުރާ މެނޭޖްމަންޓް ކޯޕަރޭށަން ހިންގުމަށާއި މެނޭޖްމަންޓް ކޯޕަރޭށަނުގެ "އާރޓިކަލް އޮފް އިންކޯޕަރޭށަން" ގައި ކަނޑައަޅައިފައިވާ މަގުސަދުތައް ހާސިލުކުރުމަށް ޓަކައި އެކުލަވައިލައިފައިވާ ބައިލޯސްތަކެވެ.
2 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަނުގެ ނަން
މެނޭޖްމަންޓް ކޯޕަރޭށަނުގެ ނަމަކީ، "................. މެނޭޖްމަންޓް ކޯޕަރޭށަން" އެވެ. އަދި މި މެނޭޖްމަންޓް ކޯޕަރޭށަނުގެ އޮފީހުގެ އެޑްރެހަކީ ................. އެވެ.
3 ވަނަ މާއްދާ - މަގުސަދު
މި ބައިލޯސް އެކުލަވައިލުމުގެ މަގުސަދުތައް ތިރީގައި މިވަނީއެވެ.
(ހ) މެނޭޖްމަންޓް ކޯޕަރޭށަނުގެ "އާރޓިކަލް އޮފް އިންކޯޕަރޭށަން" ގައި ކަނޑައަޅައިފައިވާ މަގުސަދުތަކާއި އުސޫލުތަކުގެ ދަށުން، އެއްމެދު އިމާރާތް ހަރުދަނާ އުސޫލުތަކެއްގެ މަތީން އެއްފެންވަރެއްގައި ހިންގައި ބެލެހެއްޓުން.
(ށ) އިމާރާތުގެ އާބާތުރަފިލުވައި، އިމާރާތުގެ އާންމު ތަންތަން ބެލެހެއްޓުން.
(ނ) ޔުނިޓްތަކުގެ ވެރިފަރާތްތައް ނުވަތަ ދިރިއުޅޭ ފަރާތްތަކުގެ ހައްގުތައް ދަމަހައްޓައި އިމާރާތުގައި ދިރިއުޅޭ ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި އެކިއެކި އިޖުތިމާއީ އަދި ރިކްރިއޭށަނަލް ޕްރޮގްރާމުތައް ހިންގުން.
(ރ) އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށްދީ އެ ފަރާތްތަކަށް ފަސޭހަކުރުމުގެ ގޮތުން އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅައި، އަމަލުކުރުން.
4 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަނުގެ މެންބަރުން
ގާނޫނު ނަންބަރު 33/2021 (އެއްމެދު އިމާރާތުގެ ގާނޫނު) ގެ ދަށުން އެކުލަވައިލެވިފައިވާ "އެއްމެދު އިމާރާތުގެ މެނޭޖްމަންޓް ކޯޕަރޭށަން ހިންގުމުގެ ގަވާއިދު" ގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުން ސްޓްރާޓާ ސްކީމުގައި ހިމެނޭ ކޮންމެ ޔުނިޓެއްގެ ވެރިފަރާތަކީ މެނޭޖްމަންޓް ކޯޕަރޭށަނުގެ މެންބަރެކެވެ. މި ގޮތުން ޔުނިޓެއް ގަތުމަށް ޓަކައި ނުވަތަ ޔުނިޓުގެ މިލްކުވެރިކަން ހޯދުމަށް ޓަކައި ބިމުގެ އަސްލުވެރިފަރާތާއެކު އެއްވެސް އެއްބަސްވުމެއްގައި ސޮއިކުރާ ހިސާބުން، އެ ފަރާތް ބަލާނީ އެއީ ޔުނިޓުގެ ވެރިފަރާތެއް ކަމުގައެވެ.
5 ވަނަ މާއްދާ - މެންބަރުންގެ ހައްގުތައް
މެނޭޖްމަންޓް ކޯޕަރޭށަނުގެ ކޮންމެ މެންބަރަކަށް ވެސް ތިރީގައި ބަޔާންކޮށްފައިވާ ހައްގުތައް ލިބިގެންވެއެވެ.
(ހ) އެއްމެދު އިމާރާތުގައި ގާއިމުކުރެވިފައިވާ އަސާސީ ހިދުމަތްތަކާއި، ވަސީލަތްތައް ބޭނުންކުރުން.
(ށ) ސްޓްރާޓާ ޕްލޭނުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން އެއްމެދު އިމާރާތުގައި ހިމެނޭ އާންމު ތަންތަން، ހަމަހަމަ އުސޫލުން ބޭނުންކުރުން.
(ނ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ޖަލްސާތަކުގައި ބައިވެރިވުމާއި، މެނޭޖްމަންޓް ކޯޕަރޭށަން ހިންގުމަށް ކަނޑައަޅާ އެކިއެކި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ލިބުމުގެ އިތުރުން ވޯޓުލުމުގެ ހައްގު ލިބުން.
(ރ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ބައްދަލުވުންތަކުގައި ބައިވެރިވުމާއި، މެނޭޖްމަންޓް ކޯޕަރޭށަނުގެ ފަރާތުން ހިންގާ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވުން.
(ބ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ލިޔުންތައް ބެލުމާއި، އެކިއެކި ކަންކަމާ ގުޅޭގޮތުން ނިންމައިފައިވާ ނިންމުންތަކުގެ ތަފުސީލުތައް ބެލުމާއި ހޯދައި ލިބިގަތުން.
(ޅ) މެނޭޖްމަންޓް ކޯޕަރޭށަން ހިންގުމަށް ނަގާ ފީގެ ތަފުސީލުތަކާއި، ފައިނޭންށިއަލް ސްޓޭޓްމަންޓްތަކުގެ ތަފުސީލުތައް ބެލުމާއި، ހޯދައި ލިބިގަތުން.
(ކ) މަތީގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ގާނޫނު ނަންބަރު 33/2021 (އެއްމެދު އިމާރާތުގެ ގާނޫނު) އާއި، އެއްމެދު އިމާރާތުގެ މެނޭޖްމަންޓް ކޯޕަރޭށަން ހިންގުމުގެ ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޔުނިޓުގެ ވެރިފަރާތަށް ލިބިދޭ އެންމެހައި ހައްގުތަކާއި، ބައިލޯސްގެ ދަށުން ކަނޑައަޅާ އިތުރު ކަންކަން މެނޭޖްމަންޓް ކޯޕަރޭށަނުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
6 ވަނަ މާއްދާ - މެންބަރުންގެ މަސްއޫލިއްޔަތުތައް
(ހ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ކޮންމެ މެންބަރެއް ވެސް ޔުނިޓާ ގުޅިގެން ދައްކަންޖެހޭ ހުރިހާ ފީއެއް ގަވާއިދުން ދެއްކުން.
(ށ) މެނޭޖްމަންޓް ކޯޕަރޭށަނުގެ އެކިއެކި ޖަލްސާތަކުގައި ބައިވެރިވުމާއި އެ ޖަލްސާތަކުގައި ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް ވޯޓު ދޭންޖެހޭނަމަ، ވޯޓުލުން.
(ނ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ބައްދަލުވުންތަކާއި އެކިއެކި ހަރަކާތްތަކުގައި ބައިވެރިވުން.
(ރ) މަތީގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ގާނޫނު ނަންބަރު 2021-33 (އެއްމެދު އިމާރާތުގެ ގާނޫނު) އާއި ގަވާއިދާއި ބައިލޯސްގެ ދަށުން ބަޔާންކޮށްފައިވާ ކަންކަން ކުރުން.
7 ވަނަ މާއްދާ - މެންބަރުން ގުޑް ސްޓޭންޑިންގ
މެނޭޖްމަންޓް ކޯޕަރޭށަނުގައި ހިމެނޭ ކޮންމެ މެންބަރެއް ވެސް، އެ މެންބަރެއްގެ ޒިންމާތަކާ މަސްއޫލިއްޔަތުތައް، ގާނޫނާއި، ގަވާއިދުތަކާއި ބައިލޯސްތަކާ އެއްގޮތަށް، ހުރުމަތްތެރިކޮށް ހިތައި، އެ އުސޫލުތަކަށް ތަބާވާން ވާނެއެވެ. އެފަދައިން އަމަލުކުރާ މެންބަރުން ބަލާނީ "މެންބަރ އިން ގުޑް ސްޓޭންޑިންގ" މެންބަރުންގެ ގޮތުގައެވެ.
8 ވަނަ މާއްދާ - މެންބަރުންނަށް ފިޔަވަޅު އެޅުން
މެނޭޖްމަންޓް ކޯޕަރޭށަނުގެ މެންބަރުންގެ ތެރެއިން "މެންބަރ އިން ގުޑް ސްޓޭންޑިންގ" ގެ ދަރަޖަ ނުހިފައްޓާ މެންބަރުންނާ ދެމެދު އަންނަނިވި އުސޫލުގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.
(ހ) މެނޭޖްމަންޓް ކޯޕަރޭށަން ހިންގުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުން އެކިކަންކަމާ ގުޅޭ ނޯޓިސްދިނުން.
(ށ) ގާނޫނާއި ގަވާއިދުގެ އިތުރުން މި ބައިލޯސްގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށް ފީ ނުދެއްކުން ނުވަތަ އެނޫންވެސް އުސޫލުތަކާއި ހިލާފުވާކަންކަން ކުރުމާ ގުޅިގެން ޖޫރިމަނާކުރުން.
(ނ) ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ތެރެއިން މިނިސްޓްރީއަށް ނުވަތަ ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަހެޅުން.
(ރ) ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ދަށުން ކަމާގުޅޭ މައްސަލަތައް ދިވެހިރާއްޖޭގެ ކޯޓުތަކަށް ހުށަހެޅުން.
9 ވަނަ މާއްދާ - މެންބަރުންގެ ދަފުތަރު ބެލެހެއްޓުން
މެނޭޖްމަންޓް ކޯޕަރޭށަނުގެ މެންބަރުންގެ ދަފުތަރު މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލުން ބަލަހައްޓަންވާނެއެވެ. އަދި އެކަމާގުޅޭ މައުލޫމާތުތައް ނުވަތަ ރިކޯޑުތަކުގެ ތަފުސީލުތައް "ސްޓްރާޓާ ރޯލް" ގައި ހިމަނަންވާނެއެވެ.
10 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލް
މެނޭޖްމަންޓް ކޯޕަރޭށަނުގެ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުންނާއި މެނޭޖްމަންޓް ކޯޕަރޭށަނުގެ "އާރޓިކަލްސް އޮފް އިންކޯޕަރޭށަން" ގައި ކަނޑައެޅިފައިވާ އުސޫލުތަކާއި މަގުސަދުތައް ހާސިލުކުރުމަށް ޓަކައި މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލް ހިންގުމަށް 3 (ތިނެއް) މެންބަރުންނާއި 15 (ފަނަރަ) މެންބަރުންނާ ދެމެދުގެ އަދަދަކަށް މެންބަރުން ހިމަނަންވާނެއެވެ. މިގޮތުން، --- ވަނަ ދުވަހު ބޭއްވުނު މެނޭޖްމަންޓް ކޯޕަރޭށަނުގެ ފުރަތަމަ އާންމު ބައްދަލުވުމުން ތިރީގައި ބަޔާންކޮށްފައިވާ އުސޫލުން މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލަށް އައްޔަންކުރާނެ މަގާމުތަކާއި މެންބަރުންގެ އަދަދުގެ މެޖޯރިޓީ ވޯޓާއެކު ފާސްކޮށް އެ ތަފުސީލު ތިރީގައި ހިމެނީމެވެ.
(ހ) ކައުންސިލުގެ ރައީސް - 1 (އެކެއް)
(ށ) ކައުންސިލުގެ ހަޒާންދާރު - 1 (އެކެއް)
(ނ) ކައުންސިލުގެ ސެކްރެޓަރީ - 1 (އެކެއް)
(ރ) ކައުންސިލުގެ މެންބަރުން - ގިނަވެގެން 12 (ބާރަ)
11 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލް މެންބަރުންގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކަށް ބަދަލު ގެނައުން
މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލަށް ކަނޑައަޅާނެ މެންބަރުންގެ އަދަދާއި، އައްޔަންކުރާނެ އުސޫލާއި މަސްއޫލިއްޔަތުތަކާއި ޒިންމާތަކަށް އެއްވެސް ބަދަލެއް ގެނެވޭނީ މެނޭޖްމަންޓް ކޯޕަރޭށަނުގެ އާންމު ޖަލްސާއަކުން ފާސްކުރުމަށްފަހުގައެވެ.
12 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލް މެންބަރުން އައްޔަނުކުރުން
މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލް މަގާމުތަކަށް މެންބަރުން އައްޔަންކުރަންވާނީ ތިރީގައި ބަޔާންކޮށްފައިވާ އުސޫލުގެ ދަށުންނެވެ.
(ހ) މި ބައިލޯސްގެ (10) ވަނަ ނަންބަރުގައި ހިމެނޭ (ހ) އާއި (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ފަރާތްތައް އައްޔަނުކުރާނީ މެނޭޖްމަންޓް ކޯޕަރޭށަނުގެ އާންމު ޖަލްސާއެއްގައި ސިއްރު ވޯޓެއް ލައިގެންނެވެ. އަދި ކައުންސިލުގެ މެންބަރުންގެ ގޮތުގައި ކަނޑައަޅައިފައިވާ މެންބަރުން އައްޔަނުކުރާނީ މި ބައިލޯސްގައި ކަނޑައަޅައިފައިވާ އުސޫލުތަކުގެ ދަށުންނެވެ.
(ހ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލުގެ މަގާމަކަށް އައްޔަނުކުރާ މެންބަރުންނަކީ، "މެންބަރ އިން ގުޑް ސްޓޭންޑިންގ" ގެ ގޮތުގައި ދެމިހުންނަ ފަރާތެއްކަމުގައި ވާންވާނެއެވެ.
(ށ) މި ބައިލޯސްގެ (10) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިންތިހާބުކުރާ ކައުންސިލުގެ މަގާމުތަކަށް މީހުން ހޮވައި އައްޔަނުކުރަންވާނީ ކަމާގުޅޭ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ނ) މި ބައިލޯސްގެ (10) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިންތިހާބުކުރާ ކައުންސިލުގެ މަގާމެއްގައި އެންމެ ގިނަވެގެން ހުރެވޭނީ 1 (އެކެއް) އަހަރުދުވަސް ވަންދެންނެވެ. ނަމަވެސް، އެ ފަރާތުގެ އެ ދައުރު ނިމުމުން، ށަރުތު ހަމަވާނަމަ، ކުރިޔަށް އޮތް ދައުރަށް ކުރިމަތިލުމުގެ ފުރުސަތު ލިބޭނެއެވެ.
(ރ) މެނޭޖްމަންޓް ކޯޕަރޭށަނުގެ މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއި އެ ފަރާތަށް ލިބިދޭ އިނާޔަތްތަކުގެ ތަފުސީލީ ރިކޯޑު މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލުން ބަލަހައްޓަންވާނެއެވެ.
13 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލާ ގުޅޭ މުހިންމު ކަންކަން ނިންމުން
ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ދަށުން މެނޭޖްމަންޓް ކޯޕަރޭށަނުގެ މަގާމުގައި ތިބޭ ފަރާތްތަކުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއި، ކައުންސިލުގެ ޖަލްސާ ބާއްވާނެ މުއްދަތާއި، ކައުންސިލުގެ ކޯރަމާއި ކައުންސިލުން މެންބަރުން ވަކިވުމާ ގުޅިގެން އަމަލުކުރާނެ އުސޫލުތަކާއި، އެ ފަރާތަށް ލިބިދޭ އިނާޔަތްތައް ކަނޑައެޅުމާއި، އެނޫން ވެސް މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލާ ގުޅޭ މުހިންމު ކަންކަން ކުރަންވާނީ މެނޭޖްމަންޓް ކޯޕަރޭށަނުގެ އާންމު ޖަލްސާއިން ފާސްކުރެވިގެންނެވެ.
14 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލުގެ ލިޔެކިޔުންތައް ބެލެހެއްޓުން
މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލުގެ ފަރާތުން ބާއްވާ ޖަލްސާތަކާއި، ކައުންސިލުން ނިންމާ ނިންމުންތަކުގެ ޔައުމިއްޔާތަކާއި، ތަފުސީލުތަކާއި، ރިކޯޑުތައް މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލުގެ ސެކްރެޓަރީ ބަލަހައްޓަންވާނެއެވެ.
15 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަނުގެ އިންތިހާބު ބޭއްވުން
ގާނޫނު ނަންބަރު 33/2021 (އެއްމެދު އިމާރާތުގެ ގާނޫނު) އާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ދަށުން މެނޭޖްމަންޓް ކޯޕަރޭށަނުގެ އިންތިހާބުކުރާ މެންބަރުން ހޮވުމަށް އިންތިހާބު ބާއްވަންވާނީ އަންނަނިވި އުސޫލުތަކުގެ ދަށުންނެވެ.
(ހ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ފުރަތަމަ އާންމު ބައްދަލުވުމަށްފަހު، އިލެކްށަންތައް ބޭއްވުމުގެ އެންމެހައި މަސައްކަތްތައް ކުރަންވާނީ މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލުގެ ފަރާތުންނެވެ. އަދި އެކަމާ ގުޅޭ އުސޫލުތައް މެނޭޖްމަންޓް ކޯޕަރޭށަނުން އާންމު ޖަލްސާއިން ފާސްކޮށް ހުރިހާ މެންބަރުންނާ ހިއްސާކުރަންވާނެއެވެ.
(ށ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލް މެންބަރުން ހޮވާނީ މެޖޯރިޓީ ވޯޓު ލިބިގެންނެވެ. އަދި ފުރަތަމަ ބުރުން މެޖޯރިޓީ ވޯޓު އެއްވެސް ފަރާތަކަށް ލިބިފައިނުވާނަމަ، މަދުވެގެން 15 (ފަނަރަ) ދުވަހުގެ ނޯޓިހެއް ދިނުމަށްފަހު އަލުން އިންތިހާބު ބާއްވަންވާނެއެވެ.
(ނ) އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބޭނީ މެނޭޖްމަންޓް ކޯޕަރޭށަނުގެ މެންބަރެއްގެ ގޮތުގައި ކޮލިފައިވެފައިވާ ފަރާތްތަކަށެވެ. ނަމަވެސް، މެންބަރުންގެ ފަރާތުން ޕްރޮކްސީއެއް ހުށަހަޅާނަމަ، އެ ފަރާތަށް ވޯޓުލުމުގެ ފުރުސަތު ދޭންވާނެއެވެ. ޕްރޮކްސީގެ ގޮތުގައި ކަނޑައަޅާ ފަރާތްތަކާ ގުޅޭ އުސޫލު މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލުން އެކުލަވައިލައި އެކަމާ ގުޅޭ ލިޔެކިޔުންތައް ބަލަހައްޓަންވާނެއެވެ.
(ރ) މެނޭޖްމަންޓް ކޯޕަރޭށަނަށް އިންތިހާބުކުރާ ކައުންސިލުގެ މެންބަރުން ހޮވަންވާނީ މެނޭޖްމަންޓް ކޯޕަރޭށަނުގެ އާންމު ޖަލްސާއަކުންނެވެ. އަދި އާންމު ޖަލްސާގައި މެންބަރުން އިންތިހާބު ނުކުރެވޭނަމަ، އެ މަގާމުތަކަށް މެންބަރުން އިންތިހާބު ކުރެވެންދެން ކުރިން އެ މަގާމުތަކަށް އިންތިހާބުކޮށްފައިވާ މެންބަރުން އެ މަސްއޫލިއްޔަތު އަދާކުރަންވާނެއެވެ.
16 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަނުން ބައްދަލުވުންތައް ބޭއްވުން
ގާނޫނު ނަންބަރު 33/2021 (އެއްމެދު އިމާރާތުގެ ގާނޫނު) އާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ މެނޭޖްމަންޓް ކޯޕަރޭށަނުގެ އަހަރީ އާންމު ޖަލްސާތައް ބޭއްވުމުގެ އިތުރުން އެކި ކަންކަމާގުޅޭ ގޮތުން މެންބަރުންނާ ބައްދަލުކުރަންވާނެއެވެ. މި ގޮތުން ތިރީގައި ބަޔާންކޮށްފައިވާ އުސޫލުން އާންމު ބައްދަލުވުންތައް ބާއްވަންވާނެއެވެ.
(ހ) ކޮންމެ އަހަރަކު އެއްފަހަރު އަހަރީ އާންމު ޖަލްސާ ބޭއްވުން - ބާއްވާނީ ކޮންމެ އަހަރެއްގެ ޖުލައި 26 ވަނަ ދުވަހުގައެވެ.
(ށ) ކުއްލި ބައްދަލުވުން ބޭއްވުން - މި ޖަލްސާ ބާއްވާނީ 1/3 (ތިންބައިކުޅަ އެއްބައި) މެންބަރުން އެދިގެން، ޖަލްސާ ބާއްވަން ބޭނުންވެއްޖެ ހިނދެއްގައި ނުވަތަ ކައުންސިލުގެ އަޣުލަބިއްޔަތުން ބައްދަލުވުން ބާއްވަން ބޭނުންވެއްޖެ ހިނދެއްގައެވެ.
(ނ) ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުން ހާއްސަ ބައްދަލުވުން ބާއްވަން ޖެހިއްޖެ ހާލަތެއްގައި ހާއްސަ ބައްދަލުވުން މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލުން އިންތިޒާމުކޮށް ބާއްވަންވާނެއެވެ.
(ރ) ކޮންމެ ބައްދަލުވުމެއް ބޭއްވުމުގެ 14 (ސާދަ) ދުވަހުގެ ކުރިން، އެ ބައްދަލުވުމުގެ އެޖެންޑާކުރެވިފައިވާ ކަންކަމާއެކު ހުރިހާ މެންބަރުންނަށް ލިޔުމުން ނުވަތަ މެނޭޖްމަންޓް ކޯޕަރޭށަނުން ކަނޑައަޅާ އުސޫލެއްގެ މަތީން އަންގަންވާނެއެވެ.
(ބ) ކޮންމެ ބައްދަލުވުމެއްގެ ނިންމުންތައް ނިންމުމަށާއި، ބައްދަލުވުންތައް ބާއްވައި ކުރިޔަށް ގެންދިއުމަށް ކޯރަމެއް ކަނޑައަޅައި، އެކަމާ ގުޅޭ އުސޫލު މެނޭޖްމަންޓް ކޯޕަރޭށަނުން ފާސްކުރަންވާނެއެވެ. ބައްދަލުވުމުގެ ކޯރަމް މެނޭޖްމަންޓް ކޮމިޓީގެ ކައުންސިލުގެ ޖުމުލަ މެންބަރުންގެ އަދަދުގެ ދެބައިކުޅަ އެއްބަޔަށްވުރެ މަދުވެގެން ނުވާނެއެވެ.
(ޅ) މެނޭޖްމަންޓް ކޯޕަރޭށަނުން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ ސްޓޭޓްމަންޓެއް ކޮންމެ އަހަރަކު ވެސް ތައްޔާރުކޮށް، އަހަރީ އާންމު ޖަލްސާއަށް ހުށަހަޅައި މެންބަރުންނާ ހިއްސާކުރަންވާނެއެވެ.
17 ވަނަ މާއްދާ - ވޯޓުލުން
މެނޭޖްމަންޓް ކޯޕަރޭށަންގެ ކޮންމެ މެންބަރަކަށްމެ މެނޭޖްމަންޓް ކޯޕަރޭށަންގެ ކޮންމެ ބައްދަލުވުމަކަށް ހާޒިރުވެ، ގާނޫނު ނަންބަރު 2021-33 (އެއްމެދު އިމާރާތުގެ ގާނޫނު) އާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.
18 ވަނަ މާއްދާ - ޕްރޮކްސީ ކަނޑައެޅުން
ޔުނިޓުގެ ވެރިފަރާތުން ނުވަތަ ފަރާތުން މެނޭޖްމަންޓް ކޯޕަރޭށަނާ ގުޅިގެން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ނެގުމަށް އެހެން ފަރާތެއް ނުވަތަ "ޕްރޮކްސީ" އެއް ކަނޑައެޅިދާނެއެވެ. އަދި ޕްރޮކްސީއެއްގެގޮތުގައި ކަނޑައަޅާ ފަރާތުގައި ހުންނަންޖެހޭ ށަރުތުތަކާއި އުސޫލުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) ދިވެހި ރައްޔިތެއް ކަމުގައިވުން
(ށ) ޕްރޮކްސީގެ ގޮތުގައި ކަނޑައަޅަން ހުށަހަޅާ ފަރާތުގެ މައުލޫމާތު މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލަށް ލިޔުމުން ހުށަހަޅަންވާނެއެވެ. އަދި އެކަން ކައުންސިލުގައި ރިކޯޑު ކުރަންވާނެއެވެ.
(ނ) ޕްރޮކްސީއެއްގެ ގޮތުގައި ކަނޑައަޅާ ފަރާތަށް އެންމެ ގިނަވެގެން ޕްރޮކްސީއެއްގެ ގޮތުގައި ދެމި ހުރެވޭނީ ގިނަވެގެން 3 (ތިނެއް) އަހަރުދުވަހަށެވެ.
19 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަނުން ކޮމިޓީ އެކުލަވައިލުން
މެނޭޖްމަންޓް ކޯޕަރޭށަނުގެ މެޖޯރިޓީ މެންބަރުން ބޭނުންވެއްޖެ ހިނދެއްގައި ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް ކޮމިޓީތައް އެކުލަވައިލެވިދާނެއެވެ. މި ގޮތުން ކޮމިޓީ އެކުލަވައިލާނަމަ، ކޮމިޓީގެ މަގުސަދާއި މަސައްކަތްތަކުގެ ތަފުސީލުތަކާއި، މެންބަރުންގެ އަދަދާއި މަސްއޫލިއްޔަތުތަކާއި ކޮމިޓީ ދެމިއޮންނާނެ މުއްދަތު ފަދަ ކަންކަން އެކުލަވައިލުމާއެކު މެނޭޖްމަންޓް ކޯޕަރޭށަނުން ފާސްކުރަންވާނެއެވެ. މި ކޮމިޓީތައް ވިލަރެސްކުރުމުގެ އެންމެހައި ކަންކަން ކުރިޔަށް ގެންދާނީ މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލުގެ ބެލުމުގެ ދަށުންނެވެ.
(ހ) އެއްމެދު އިމާރާތުގެ މަރާމާތާ ގުޅޭ ކަންކަމާބެހޭ ކޮމިޓީ
(ށ) އެވެއަރނެސް އަދި އެޑިއުކޭށަނަލް ކޮމިޓީ
(ނ) މާލީ ކަންކަމާގުޅޭ ކޮމިޓީ
(ރ) އިޖުތިމާއީ އަދި ރިކްރިއޭށަނަލް ކަންކަމާގުޅޭ ކޮމިޓީ
(ބ) ޑިވެލޮޕްމަންޓް އަދި އައި.ޓީ ސަރވިސްއާގުޅޭ ކޮމިޓީ
20 ވަނަ މާއްދާ - މެނޭޖްމަންޓް އެކައުންޓް އަދި ފީ ކަނޑައެޅުމާ ދެއްކުން
އެއްމެދު އިމާރާތުގެ އާންމު ތަންތަން ހިންގައި ބެލެހެއްޓުމަށް ޓަކައި ހުރިހާ ޔުނިޓުގެ ވެރިފަރާތްތަކުން މެނޭޖްމަންޓް ކޯޕަރޭށަނުން ކަނޑައަޅާ ފީ ގަވާއިދުން ދައްކަންވާނެއެވެ. މި ގޮތުން މެނޭޖްމަންޓް ކޯޕަރޭށަނުގެ މެންބަރުން އަތުން ފައިސާ ނަގައި ފައިސާ ބަލަހައްޓަންވާނީ އަންނަނިވި އުސޫލުތަކުގެ ދަށުންނެވެ.
(ހ) އެއްމެދު އިމާރާތް ބެލެހެއްޓުމަށް ހިނގާ ރިކަރަންޓް އަދި ކެޕިޓަލް ހަރަދުތައް މެނޭޖްމަންޓް ކޯޕަރޭށަނުގެ އާންމު ޖަލްސާއިން ފާސްކުރުމާއެކު ޔުނިޓުގެ ވެރިފަރާތުން އެ ޔުނިޓަކުން ދެއްކުމަށް ކަނޑައަޅައިފައިވާ ފައިސާ ގަވާއިދުން ދައްކަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފީ ދައްކާނީ ތިރީގައި ބަޔާންކޮށްފައިވާ އެ ކަމަށް ހާއްސަކުރެވިފައިވާ ބޭންކު އެކައުންޓަށެވެ.
ބޭންކު އެކައުންޓް ނަންބަރު:
ބޭންކުގެ ނަން:
21 ވަނަ މާއްދާ - މެނޭޖްމަންޓް އެކައުންޓުގައި ހިމެނޭ ފައިސާގެ މުއާމަލާތްތައް
މެނޭޖްމަންޓް ކޯޕަރޭށަނަށް ލިބޭ ފައިސާ ބޭނުންކުރުމާއި، އެކަމާ ގުޅޭ އެއްވެސް މުއާމަލާތެއް ކުރެވޭނީ ތިރީގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ދަށުންނެވެ.
(ހ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލުން ފައިސާ ބޭނުންކުރާ އުސޫލު އެކުލަވައިލައި، މެނޭޖްމަންޓް ކޯޕަރޭށަނުގެ އާންމު ޖަލްސާއަކުން ފާސްކުރަންވާނެއެވެ.
(ށ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ފައިސާއާ ގުޅޭ އެއްވެސް މުއާމަލާތެއް ކުރަންވާނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުގެ ދަށުން، މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލުގެ އެކަމާ ގުޅޭ ފަރާތުގެ ސޮޔާއި އެ ފަރާތުގެ ހުއްދަ ހޯދުމަށްފަހުގައެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލުގެ ދަށުން އެއްމެދު އިމާރާތުގެ މަރާމާތުކުރުމާ ގުޅޭ ހިދުމަތްދޭ ފަރާތްތަކާމެދު ކުރެވޭ ފައިސާގެ މުއާމަލާތްތަކުގެ ލިޔެކިޔުންތައް ރިކޯޑުކޮށް މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލުން ބަލަހައްޓަންވާނެއެވެ. މީގެ އިތުރުން ހިދުމަތާ ގުޅޭ ގޮތުން އެއްބަސްވުން ހަދަންޖެހޭ ހާލަތްތަކުގައި ދެ ފަރާތުން ވެސް އެއްބަސްވުން ހަދަންވާނެއެވެ.
22 ވަނަ މާއްދާ - މެންބަރުންގެ ރިކޯޑުތައް ބެލެހެއްޓުން އަދި އޮޑިޓްކުރުން
ގާނޫނު ނަންބަރު 2021-33 (އެއްމެދު އިމާރާތުގެ ގާނޫނު) އާއި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ދަށުން މެނޭޖްމަންޓް ކޯޕަރޭށަނުގެ ފައިސާގެ މުއާމަލާތްތަކާ ގުޅޭ ހުރިހާ އެކައުންޓްތަކާ ގުޅޭ ފައިނޭންށިއަލް ސްޓޭޓްމަންޓްތައް ކޮންމެ އަހަރަކު އެއްފަހަރު ތައްޔާރުކޮށް، އޮޑިޓްކުރަންޖެހޭނަމަ، އޮޑިޓްކޮށް ބަލަހައްޓަންވާނެއެވެ. އަދި މި ސްޓޭޓްމަންޓްތައް ހުރިހާ މެންބަރުންނާ ވެސް ހިއްސާކުރަންވާނެއެވެ.
23 ވަނަ މާއްދާ - ވެހިކަލް ޕާކުކުރުން
އެއްމެދު އިމާރާތުގެ، ގޯތި ނުވަތަ އިމާރާތުގެ އެތެރޭގައި، ވެހިކަލް ޕާކުކުރުމަށް ކަނޑައަޅައިފައިވާ ސަރަހައްދު ފާހަގަ ކުރެވިފައިވާނެއެވެ. މި ގޮތުން ވެހިކަލް ޕާކުކުރާނީ އެކަމަށް ކަނޑައެޅިފައިވާ ސަރަހައްދުގައި އަންނަނިވި އުސޫލުތަކުގެ ދަށުންނެވެ.
(ހ) ޔުނިޓުގެ ވެރިފަރާތެއް ނުވަތަ ޔުނިޓުގައި ދިރިއުޅޭ ފަރާތްތަކުން ޕާކް ކުރަންވާނީ އެކަމަށް ކަނޑައަޅައިފައިވާ ސަރަހައްދުގައި އެކަންޏެވެ. އަދި ވަކި ޔުނިޓަކަށް ކަނޑައަޅައިފައިވާ ޕާކިންގަކަށް ޕާކްކުރަންވާނީ، އެ ޔުނިޓުގައި ދިރިއުޅޭ ފަރާތެއްގެ އުޅަނދެކެވެ.
(ށ) ކާރު ޕާކުކުރުމަށް ކަނޑައަޅައިފައިވާ ސަރަހައްދެއްގައި ސައިކަލް ނުވަތަ އެހެން އުޅަނދެއް ޕާކުކޮށްގެން ނުވާނެއެވެ.
(ނ) ވެހިކަލް ޕާކުކުރުމަށް ކަނޑައަޅައިފައިވާ ބޭނުން ފިޔަވައި، އެހެން އެއްވެސް ބޭނުމެއް ޕާކުކުރުމަށް ކަނޑައަޅައިފައިވާ ތަނެއްގައި ކުރުމަކީ މަނާކަމެކެވެ.
(ރ) ވެހިކަލް ޕާކުކުރުމާ ގުޅޭ އުސޫލު މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލުން ހަދައި މެނޭޖްމަންޓް ކޯޕަރޭށަނުގެ އާންމު ޖަލްސާއަކުން ފާސްކުރަންވާނެއެވެ. މި އުސޫލުގެ ދަށުން ޕާކުކުރުމުގެ އުސޫލުތަކާ ހިލާފަށް ޕާކުކޮށްފައިވާ ޔުނިޓުތަކުގެ ވެރިފަރާތް މެނޭޖްމަންޓް ކޯޕަރޭށަނަށް ޖޫރިމަނާ ކުރެވިދާނެއެވެ. މިފަދަ ޖޫރިމަނާއެއް ނަގަންވާނީ މެނޭޖްމަންޓް ކޯޕަރޭށަނުގެ ބައްދަލުވުމެއް ބާއްވައި އެކަމެއް ފާސްކުރުމަށްފަހުގައެވެ.
24 ވަނަ މާއްދާ - އިމާރާތަށް ވަދެ ނިކުތުން
އިމާރާތަށާއި އިމާރާތުގައި ހިމެނޭ ދިރިއުޅޭ ޔުނިޓްތަކަށް ވަދެ ނިކުމެވޭނީ ތިރީގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ދަށުންނެވެ.
(ހ) އިމާރާތަށް ވަދެނިކުމެ އުޅެވޭނީ ޔުނިޓްތަކުގެ ވެރިފަރާތްތައް ނުވަތަ ދިރިއުޅޭ ފަރާތްތަކާއި އަދި އިމާރާތް ބެލެހެއްޓުމަށް މެނޭޖްމަންޓް ކޯޕަރޭށަނުން ހުއްދަ ދޫކުރެވިފައިވާ ފަރާތްތަކަށެވެ. ނަމަވެސް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ އެ އިދާރާއެއް ތަމްސީލުކުރާ ފަރާތަކުން އިމާރާތަށް ނުވަތަ ޔުނިޓަކަށް ވަންނަން ބޭނުންވެއްޖެ ހިނދެއްގައި ކަމާބެހޭ ގާނޫނާއި ގަވާއިދުތަކުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން އެ ފަރާތްތަކަށް ވަދެ ނިކުތުމުގެ ހައްގު ލިބިގެންވެއެވެ.
(ށ) ހުރިހާ ޔުނިޓުގައި ދިރިއުޅޭ ފަރާތްތަކުން، އިމާރާތަށް ވަދެ ނުކުމެ އުޅުމުގައި ބޭނުންކުރަންވާނީ އެ ފަރާތަކަށް ދޫކުރެވިފައިވާ އެކްސެސް ކާޑު ނުވަތަ ވަދެ ނުކުތުމަށް ކަނޑައަޅައިފައިވާ އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެންނެވެ.
(ނ) އިމާރާތުގައި ހިމެނޭ އާންމު ސަރަހައްދުތަކުގެ ތެރޭގައި ގާއިމުކުރެވިފައިވާ ޖިމް، ސުވިމިންގ ޕޫލް، ޕާކިންގ ފަދަ ތަންތަނަށް ވަދެނިކުތުމުގައި، އަމަލުކުރާނީ މެނޭޖްމަންޓް ކޯޕަރޭށަނުން އަންގައިފައިވާ ގޮތުގެ މަތީންނެވެ. ނުވަތަ އެ ތަންތަނަށް ވަދެ ނިކުތުމަށް ކަނޑައަޅައިފައިވާ އުސޫލުތަކުގެ ދަށުންނެވެ.
(ރ) އިމާރާތުގެ ޔުނިޓުގައި ދިރިއުޅޭ ފަރާތްތަކަށް ޒިޔާރަތްކުރާ ފަރާތްތަކާއި، ޑެލިވަރީ ކުރާ ފަރާތްތަކުން، އިމާރާތުގައި ދިރިއުޅޭ އެންމެހައި ފަރާތްތަކުގެ ރައްކައުތެރިކަމާއި ސަލާމަތަށް ފަރުވާތެރިވާންވާނެއެވެ. މި ގޮތުން، ޒިޔާރަތްކުރާ ފަރާތެއްގެ ފުށުން އެއްވެސް ނޭދެވޭ އަމަލެއް ހިނގައިފިނަމަ އެކަމުގެ ޒިންމާ ޔުނިޓުގެ ވެރިފަރާތުން ނަގަންވާނެއެވެ.
(ބ) އިމާރާތަށް ވަދެނިކުތުން ހަރުދަނާ އުސޫލެއްގެ ދަށުން ބެލެހެއްޓުމަށް ޓަކައި "އެކްސެސް ކޮންޓްރޯލް ސިސްޓަމް" އެއް އިމާރާތުގައި ގާއިމުކުރެވިފައިވާނެއެވެ. މިގޮތުން އިމާރާތަށް ވަދެނިކުތުމަށް ޓަކައި ޔުނިޓުގެ ވެރިފަރާތަށް ނުވަތަ ޔުނިޓުގެ ވެރިފަރާތުން ކަނޑައަޅާ ފަރާތްތަކަށް، 2 (ދޭއް) "އެކްސެސް ކީ" މެނޭޖްމަންޓް ކޯޕަރޭށަނުން ދޫކުރަންވާނެއެވެ. އަދި އެކްސެސް ކީ ގެއްލިގެން ނުވަތަ އިތުރު "އެކްސެސް ކީ" ދޫކުރެވޭނީ -/500 (ފަންސާސް) ރުފިޔާގެ ޗާޖަކާ އެކުގައެވެ.
(ޅ) "އެކްސެސް ކީ" ގެއްލިއްޖެނަމަ މެނޭޖްމަންޓް ކޯޕަރޭށަނަށް ވެރިފަރާތުން އަންގަންވާނެއެވެ.
(ކ) އިމާރާތުގައި ހިމެނޭ އުޓިލިޓީ ހިދުމަތް ދިނުމަށް ގާއިމު ކުރެވިފައިވާ އެއްވެސް ތަނަކަށް ވަދެވޭނީ މެނޭޖްމަންޓް ކޯޕަރޭށަނުގެ ނުވަތަ އިމާރާތުގެ ސެކިއުރިޓީ ބަލަހައްޓާ ފަރާތުގެ ހުއްދަ ލިބިގެންނެވެ.
25 ވަނަ މާއްދާ - އިމާރާތުގެ އާންމު ތަންތަން ބޭނުންކުރުން
އެއްމެދު އިމާރާތުގެ އާންމު ތަންތަން ބޭނުންކުރުމުގައި އަމަލުކުރަންވާނީ ތިރީގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ މަތީންނެވެ.
(ހ) އެއްމެދު އިމާރާތުގެ އާންމު ތަންތަނަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ވަދެނިކުތުމާއި، އެ ތަންތަން ބޭނުންކުރުމަކީ އިމާރާތުގައި ދިރިއުޅޭ ކޮންމެ ކޮންމެ ފަރާތެއްގެ ހައްގެކެވެ. އަދި އެ ހައްގު އުނިވާފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ކުރުމަކީ މަނާކަމެކެވެ.
(ށ) އިމާރާތުގެ އާންމު ތަންތަނާއި އެ ތަންތަނުގައި ގާއިމުކުރެވިފައިވާ އެއްވެސް ވަސީލަތެއް އެއްވެސް ފަރާތެއްގެ އަމިއްލަ ބޭނުމަކަށް އިސްތިއުމާލު ކުރުމަކީ މަނާކަމެކެވެ. އަދި އިމާރާތުގެ އާންމު ތަންތަނުގައި ގާއިމުކުރެވިފައިވާ ލިފްޓް، ސެކިއުރިޓީ ކެމެރާ، އަލިފާން ނިއްވާ ނިޒާމުތައް، ކަރަންޓާއި ފެނުގެ ވަސީލަތްތަކަށް ގެއްލުން ދިނުމަކީ މަނާކަމެކެވެ. އަދި އިމާރާތުގައި ދިރިއުޅޭ ފަރާތްތަކާއި ޒިޔާރަތްކުރާ ފަރާތްތަކުން ވެސް، އެފަދަ ތަންތަނާއި ވަސީލަތްތައް ބޭނުންކުރަންވާނީ އެކަމަށް ކަނޑައަޅައިފައިވާ އުސޫލުތަކުގެ ދަށުންނެވެ.
(ނ) އިމާރާތުގައި ދިރިއުޅޭ ފަރާތްތަކުން ފަރުނީޗަރެއް ނުވަތަ މުދާފަދަ ތަކެތި އިމާރާތުގެ އާންމު ތަންތަނުގައި އުފުލަންވާނީ، އިމާރާތުގައި އުޅޭ ފަރާތްތަކާއި އާންމު ތަންތަނަށް ގެއްލުންނުވާނެ ގޮތަށެވެ. އަދި އިމާރާތުގެ އާންމު ތަނެއްގައި ތަކެތި އުފުލާއިރު، އާންމު ތަނަކަށް ލިބޭ ގެއްލުންތަކުގެ ޒިންމާ ޔުނިޓުގެ ވެރިފަރާތުން ނަގަންވާނެއެވެ.
(ރ) އިމާރާތުގެ ތެރޭގައި ހުންނަ އާންމު ތަނެއްގައި ކުޑަކުދިން ކުޅިވަރު ކުޅުމުގެ ފުރުސަތު ދޭންވާނީ ބެލެނިވެރިއެއްގެ ހާޒިރުގައެވެ. އަދި ކަރަންޓާއި ފެނުގެ ނިޒާމު ގާއިމުކޮށްފައިވާ ސަރަހައްދުތަކާއި، ކާރު ޕާކިން އޭރިއާ ނުވަތަ ކުޑަކުދިންނަށް ނުރައްކަލެއް ކުރިމަތިވެދާނެ އެހެން ސަރަހައްދެއް ހިމެނޭ ތަނެއްގައި ކުޑަކުދިން އުޅުމުގެ ފުރުސަތު ދީގެން ނުވާނެއެވެ.
(ބ) އާންމު ތަނެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ތަންތަނުގައި، ތަނާ ނުގުޅޭ ގަސްމުނި، ހިފައި ގެންގުޅޭފަދަ އެއްވެސް އެއްޗެއް ބެހެއްޓުމަކީ މަނާކަމެކެވެ. އަދި އިމާރާތުގައި ދިރިއުޅޭ ފަރާތުގެ ރައްކައުތެރިކަމަށްޓަކައި އިތުރު އިންޒާރަކާ ނުލައި އެފަދަ ތަކެތި ނެގުމުގެ އިހްތިޔާރު މެނޭޖްމަންޓް ކޯޕަރޭށަނަށް ލިބިގެންވެއެވެ.
(ޅ) އެއްމެދު އިމާރާތުގެ އާންމު ތަންތަނުގައި ދިރިއުޅޭ ފަރާތްތަކުން އެކަކު އަނެކަކަށް އިހްތިރާމް ކުރުމާއި އެކަކު އަނެކަކަށް ރީތިބަހުން ވާހަކަ ދެއްކުމާއި، ޒުވާބު ނުވަތަ އަޑުގަދަކޮށް މީހުންނަށް އުނދަގޫވާފަދަ ކަންކަން ނުކުރުމާއި، ހުރިހާ ފަރާތަކުން ރިވެތި އަހުލާގު އިސްކޮށް، އިސްލާމްދީނުގެ ރިވެތި އުސޫލުތައް ހިފަހައްޓަންވާނެއެވެ.
26 ވަނަ މާއްދާ - އިމާރާތުގައި އަޑުގަދަކުރުން އަދި ހަފްލާތައް ބޭއްވުން
(ހ) އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް އާންމު އުނދަގޫވާގޮތަށް އަޑުގަދަކުރުމާއި، ޕާޓީ ބޭއްވުމާއި ބާރަށް ލަވަޖެހުން ފަދަ ކަންކަން ކުރުމަކީ މަނާކަމެކެވެ.
(ށ) އިޖުތިމާއީ ބޭނުންތަކަށް ޖަލްސާ ބޭއްވުމާއި ކުޑަކުދިންގެ ޕާޓީ ނުވަތަ އެނޫން ވެސް ޔުނިޓުގެ ވެރިފަރާތްތަކުން ޕާޓީ ނުވަތަ ހަފްލާއެއް ބާއްވަން ބޭނުންވެއްޖެނަމަ އެކަން ކުރަންވާނީ އެކަމަށް ހާއްސަކުރެވިފައިވާ ސަރަހައްދުގައި އެކަމާ ގުޅޭ އުސޫލުތަކުގެ ދަށުންނެވެ.
27 ވަނަ މާއްދާ - އިމާރާތުގެ ވައިގޮޅި އަދި ހުސްޖާގަތައް ބޭނުންކުރުން
އެއްމެދު އިމާރާތުގައި ހިމެނޭ ވައިގޮޅިތަކާއި ހިމެނޭ ހުސްޖާގަތަކުގައި ތަކެތި ބެހެއްޓުމާއި ތަކެތި ހަރުކުރުމާއި، ތަންތަނަށް އުނިކަމެއް އަންނަގޮތަށް ބަދަލެއް ގެނައުމާއި ބޭނުންކުރުމަކީ މަނާކަމެކެވެ. އަދި އެ ތަންތަނުގައި އެއަރ ކޮންޑިށަން ޔުނިޓް ފަދަ ތަކެތި ހަރުކުރެވޭނީ މެނޭޖްމަންޓް ކޯޕަރޭށަންގެ ހުއްދަ ލިބިގެންނެވެ.
28 ވަނަ މާއްދާ - އިމާރާތަށް އަދި ޔުނިޓަށް ބަދަލު ގެނައުން
އެއްމެދު އިމާރާތަށް އަދި އިމާރާތުގައި ހިމެނޭ އެއްވެސް ޔުނިޓަކަށް ބަދަލެއް ގެނެވޭނީ ތިރީގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ މަތީންނެވެ.
(ހ) އެއްމެދު އިމާރާތަށް އެއްވެސް ބަދަލެއް ގެނެވޭނީ ކަމާބެހޭ ޕްލޭނިންގ ގާނޫނާއި ގަވާއިދާއި އިމާރާތްކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކުގެ ދަށުން ހުއްދަ ހޯދުމަށްފަހުގައެވެ. އަދި އިމާރާތަށް އެއްވެސް ބަދަލެއް ގެނެވޭނީ މި ދެންނެވި ގަވާއިދުގެ ދަށުން މެނޭޖްމަންޓް ކޯޕަރޭށަނުގެ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތީންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުގެ ދަށުން، އިމާރާތުގައި ހިމެނޭ އާންމު ތަންތަނަށާއި ސްޓްރަކްޗަރަލް އިލަމަންޓްސްތަކުގެ އިތުރުން، ވައިގޮޅިތަކަށާއި އިމާރާތުގެ ފަސާޑް (facade) ގެއްލޭގޮތަށް އެއްވެސް ބަދަލެއް ގެނެވޭނީ މެނޭޖްމަންޓް ކޯޕަރޭށަނުގެ އާންމު ޖަލްސާއަކުން ފާސްކުރެވިގެންނެވެ.
(ނ) އެއްމެދު އިމާރާތުގެ ހިމެނޭ ޔުނިޓަކަށް ކަނޑައެޅިފައިވާ އިންފާރަށާއި، ޕްލޭނިންގ މިންގަނޑުތަކުގެ ދަށުން ޔުނިޓެއްގެ ވެންޓިލޭށަން އަދި ބެލްކަނީގެ ގޮތުގައި ކަނޑައަޅައިފައިވާ ތަންތަނަށް އުނިއިތުރުވާ އެއްވެސް ބަދަލެއް ގެނައުމަކީ މަނާކަމެކެވެ. ނަމަވެސް، ޔުނިޓު ގަނެވިއްކުމުގެ އެއްބަސްވުމުގެ ދަށުން އެފަދަ ބަދަލެއް ގެނައުން ހުއްދަކުރާނަމަ، އެ އެއްބަސްވުމާ ހިލާފުނުވާ ގޮތުގެ މަތީން ޔުނިޓުގެ ވެރިފަރާތުން ބޭނުންވެއްޖެ ހިނދެއްގައި، ސްޓްރަކްޗަރަލް ބަޔަށް އަސަރުނުކުރާގޮތަށް ޔުނިޓުގެ އެތެރޭގައި ހިމެނޭ ފާރެއް ނުވަތަ އިންޓީރިއާ ބަދަލެއް މެނޭޖްމަންޓް ކޯޕަރޭށަނުގެ ހުއްދައާއެކު އެކަމާގުޅޭ އުސޫލުތަކުގެ ދަށުން ގެނެވިދާނެއެވެ.
(ރ) އެއްމެދު އިމާރާތުގައި ހިމެނޭ ޔުނިޓެއްގެ ފާރު ތޮރުފުމާއި މޮހޮރުޖެހުމާއި ނުވަތަ އެހެން ވެސް މަރާމާތުތައް ކުރަންވާނީ، އެކަމާ ގުޅޭ އުސޫލުތަކުގެ ދަށުން މެނޭޖްމަންޓް ކޯޕަރޭށަނުގެ ހުއްދަ ލިބިގެންނެވެ. އަދި ގަވާއިދާ ހިލާފަށް މިފަދަ ކަންކަންކުރާ ފަރާތްތަކާމެދު ކަމާބެހޭ ގާނޫނުތަކުގެ ދަށުން ފިޔަވަޅު އެޅޭނެއެވެ. އަދި އެފަދަ ކަމަކުން އިމާރާތަށް ލިބިދޭ ގެއްލުމުގެ ޒިންމާ ޔުނިޓުގެ ވެރިފަރާތުން ނަގަންވާނެއެވެ.
29 ވަނަ މާއްދާ - ޔުނިޓުގެ މަރާމާތުކުރުމުގައި ނުވަތަ އެނޫންގޮތަކުން ނަމަވެސް އަނެއް ޔުނިޓަށް ލިބޭ ގެއްލުންތައް
(ހ) އެއްމެދު އިމާރާތުގައި ހިމެނޭ ޔުނިޓެއްގެ ވެރިފަރާތުން ކުރާކަމަކުން ނުވަތަ ހިނގާ ކަމަކުން ޖެހިގެން އިންނަ ޔުނިޓް ނުވަތަ ތިރީގައި ހުރި ފްލެޓަށް އެއްވެސް ބާވަތެއްގެ ގެއްލުމެއް ނުވަތަ ތަކުލީފަކަށްވާކަމެއް ކުރިމަތިވެއްޖެނަމަ، އެކަން ދެ ޔުނިޓުގެ ވެރިފަރާތުން އެއްބާރުލުންދީ، ވާހަކަ ދައްކައިގެން ހައްލުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއް ޔުނިޓުގެ ވެރިފަރާތްތަކުން ސުލްހަވެރިކަމާއެކު ހައްލު ނުކުރެވިއްޖެނަމަ، އެ މައްސަލަ މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލަށް ހުށަހަޅަންވާނެއެވެ. އަދި މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލުން އެ މައްސަލަ ބަލައި، ހައްލުކޮށް އެކަމާ ގުޅޭ ފިޔަވަޅު އަޅަންވާނެއެވެ.
30 ވަނަ މާއްދާ - އެއްމެދު އިމާރާތުގެ ކުނި އަންނަނިވި އުސޫލުތަކުގެ ދަށުން އުކައިލަންވާނެއެވެ
(ހ) އެއްމެދު އިމާރާތުގައި އުފެދޭ ކުނި ގަވާއިދުން އުކައިލަންވާނެއެވެ. މި ގޮތުން، ޔުނިޓްތަކާއި އާންމު ތަންތަނުގައި އުފެދޭ ކުނި އުކައިލުމަށް ޓަކައި ބަހައްޓަންވާނީ ކުނި ބެހެއްޓުމަށް ހާއްސަކުރެވިފައިވާ ތަނުގައެވެ.
(ށ) އިމާރާތުގައި އުފެދޭ ކުނި މެނޭޖުކުރާ އުސޫލު މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލުން އެކުލަވައިލަންވާނެއެވެ. އަދި މި އުސޫލު އެކުލަވައިލަންވާނީ ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތީންނެވެ.
31 ވަނަ މާއްދާ - ށަކުވާ ހުށަހެޅުމާއި މައްސަލަތައް ބެލުން
ޔުނިޓުގެ ވެރިފަރާތްތަކުގެ މެދުގައި ދިމާވާ މައްސަލަތަކާއި، މެނޭޖްމަންޓް ކޯޕަރޭށަނާ ގުޅިގެން ހުށަހަޅާ ށަކުވާތައް ބެލުމުގެ އެންމެހައި ކަންކަން ކުރިޔަށް ގެންދަންވާނީ އަންނަނިވި އުސޫލުގެ ދަށުންނެވެ.
(ހ) ޔުނިޓްތަކުގެ ވެރިފަރާތްތަކާ ދެމެދު ދިމާވާ މައްސަލަތައް މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލަށް ހުށަހަޅައިގެން އެ ކައުންސިލުން އެކުލަވައިލާ އުސޫލުތަކާ އެއްގޮތަށް ކުރިޔަށް ގެންދިއުން.
(ށ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލަށް ހުށަހަޅައިގެން ވެސް މައްސަލަ ހައްލު ނުކުރެވިއްޖެނަމަ ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ކުރިޔަށް ގެންދިއުން.
(ނ) މައްސަލަ އިތުރަށް ހައްލު ނުކުރެވިއްޖެނަމަ، ކަމާބެހޭ އިދާރާގެ އިރުށާދާ އެއްގޮތަށް ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓަކަށް މައްސަލަ ހުށަހަޅައިގެން ކުރިޔަށް ގެންދެވިދާނެއެވެ.
32 ވަނަ މާއްދާ - ކުއްލި ހާލަތްތަކާއި ކާރިސާ ހިނގުން ފަދަ ހާލަތްތަކުގައި އަމަލުކުރާނެ އުސޫލު
އެއްމެދު އިމާރާތުގައި ދިރިއުޅޭ އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރުމަށާއި، ކުރިމަތިވެދާނެ ކުއްލި ހާލަތްތަކާއި ކާރިސާ ހިނގުން ފަދަ ހާލަތްތަކުގައި އަމަލުކުރާނެ އުސޫލު ކާރިސާއެއްގައި އިމާރާތުގައި ދިރިއުޅޭ ފަރާތްތަކުން އަމަލުކުރާނެ އުސޫލެއް، މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލުން އެކުލަވައިލަންވާނެއެވެ. މި ގޮތުން މިފަދަ ޕްލޭނެއް އެކުލަވައިލަންވާނީ ކަމާބެހޭ މާހިރުންގެ ލަފަޔާއި އާންމު މެންބަރުންގެ ލަފާގެ މަތީންނެވެ.
33 ވަނަ މާއްދާ - ބައިލޯސް ފާސްވުމާއި، ބައިލޯސްގައި ހިމެނޭ އުސޫލުތައް ބަދަލުކުރުމާ އިސްލާހުކުރުން
މެނޭޖްމަންޓް ކޯޕަރޭށަނުގެ ބައިލޯސްތައް ފާސްކޮށް، އެއަށް އެއްވެސް ބަދަލެއް ގެނެވޭނީ އެއްމެދު އިމާރާތުގެ ގާނޫނާއި އެއްމެދު އިމާރާތުގެ މެނޭޖްމަންޓް ކޯޕަރޭށަން ހިންގުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުން، މެނޭޖްމަންޓް ކޯޕަރޭށަނުގެ މެންބަރުންގެ އަޣުލަބިއްޔަތު ލިބި ފާސްކުރެވިގެންނެވެ. އަދި ބައިލޯސްގައި ހިމެނޭ އެންމެހައި އުސޫލުތަކަށް އެއްވެސް ބަދަލެއް ގެނެވޭނީ މެނޭޖްމަންޓް ކޯޕަރޭށަނުގެ މެންބަރުންގެ އަޣުލަބިއްޔަތު ލިބި ފާސްކުރެވިގެންނެވެ.
34 ވަނަ މާއްދާ - ބައިލޯސްގެ ދަށުން އެކިއެކި ކަންކަމާގުޅޭ އުސޫލުތައް އެކުލަވައިލުން
އެއްމެދު އިމާރާތް ހަރުދަނާ ގޮތެއްގެ މަތީން ހިންގައި ބެލެހެއްޓުމަށާއި، އަދި ދިރިއުޅޭ ފަރާތްތަކުގެ މަންފާއަށް، މި ބައިލޯސްތަކުގައި ބަޔާންކޮށްފައިވާ ހަމަތަކާއި އުސޫލުތަކުގެ ދަށުން އެކިއެކި ކަންކަމާގުޅޭ އުސޫލުތައް މެނޭޖްމެންޓް ކޯޕަރޭށަނުގެ ކައުންސިލުން އެކުލަވައިލަންވާނެއެވެ.
35 ވަނަ މާއްދާ - ބައިލޯސްއަށް އަމަލުކުރުން ފެށުން
ބައިލޯސްއަށް އަމަލުކުރަން ފަށާނީ، އެއްމެދު އިމާރާތުގެ މެނޭޖްމަންޓް ކޯޕަރޭށަން ހިންގުމުގެ ގަވާއިދުގައިވާ ގޮތުގެ މަތީން މި ބައިލޯސް ފާސްކުރާ ތާރީހުން ފެށިގެންނެވެ.
މި ގަވާއިދަށް ގެނެވުނު އިސްލާހު
ކިޔުންތެރިންގެ ހިޔާލު