-

އިގްތިސާދީ ބޭނުންތަކަށް ތަރައްގީކުރުމަށް ފަޅުރަށްރަށް ކުއްޔަށް ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2023-104) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2024-22)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 19 ފެބުރުއަރީ 2024 ގައި)

 

ގަވާއިދު ނަންބަރު 2023-104 (އިގްތިސާދީ ބޭނުންތަކަށް ތަރައްގީކުރުމަށް ފަޅުރަށްރަށް ކުއްޔަށް ދިނުމާބެހޭ ގަވާއިދު) އަށް، އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) (2) ޕްރައިވެޓް ސެކްޓަރ އިނީށިއޭޓެޑް ޕްރޮޕޯޒަލް ހުށަހެޅުމާއި، އެފަދަ ޕްރޮޕޯޒަލްތަކާމެދު ގޮތެއް ނިންމުމުގައި އަމަލުކުރާނެގޮތުގެ އުސޫލުގެ ދަށުން ރަށުގައި ކުރަން ބޭނުންވާ ކަމަކާބެހޭ ތަފުސީލު ޕްރޮޕޯޒަލް ހުށަހެޅުމުން، އެ އުސޫލުގެ ދަށުން ހުއްދަދެވޭ ހުށަހެޅުމެއް ހުށަހެޅި ފަރާތަކަށް.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން، ޕްރައިވެޓް ސެކްޓަރ އިނީށިއޭޓެޑް ޕްރޮޕޯޒަލް ހުށަހެޅުމާއި، އެފަދަ ޕްރޮޕޯޒަލްތަކާމެދު ގޮތެއް ނިންމުމުގައި އަމަލުކުރާނެގޮތުގެ އުސޫލުގެ ދަށުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، އިގްތިސާދީ ބޭނުންތަކަށް ތަރައްގީކުރުމަށް ފަޅުރަށެއް ކުއްޔަށް ދޫކުރުމަށް ހުއްދަދޭއިރ،ު އެކުއިޒިށަން ފީގެ ގޮތުގައި ފީއެއް ދެއްކުމަށް ށަރުޠުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. މި ގޮތުން އެކިއުޒިށަން ފީގެ އަދަދު ކަނޑައަޅާނީ، ރަށުގައި ކުރަން ހުށަހަޅާ މަސައްކަތްތަކާއި ސިނާއަތުގެ ޒާތަށާއި އިންވެސްޓްމަންޓުގެ އަދަދަށް ރިއާޔަތްކޮށ،ް އިކޮނޮމިކް ކައުންސިލުންނެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 21 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) "ޕްރައިވެޓް ސެކްޓަރ އިނީށިއޭޓެޑް ޕްރޮޕޯޒަލް ހުށަހެޅުމާއި، އެފަދަ ޕްރޮޕޯޒަލްތަކާމެދު ގޮތެއް ނިންމުމުގައި އަމަލުކުރާނެގޮތުގެ އުސޫލު" ކަމަށް ބަޔާންކޮށްފައި އެވަނީ، ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގެ ޖަދުވަލު 2 ގައިވާ އުސޫލާއި، އެ އުސޫލަށް ގެނެވޭ އެންމެހައި އިސްލާހުތައް ހިމެނޭ ގޮތުންނެވެ.

 

4 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އިގްތިސާދީ ބޭނުންތަކަށް ތަރައްގީކުރުމަށް ފަޅުރަށްރަށް ކުއްޔަށް ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2023-104)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އިގްތިސާދީ ބޭނުންތަކަށް ތަރައްގީކުރުމަށް ފަޅުރަށްރަށް ކުއްޔަށް ދިނުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2023-104)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު