-

އިގްތިސާދީ ބޭނުންތަކަށް ތަރައްގީކުރުމަށް ފަޅުރަށްރަށް ކުއްޔަށް ދިނުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2023-104)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 17 މޭ 2023 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކ،ީ އިގްތިސާދީ ބޭނުންތަކަށް ތަރައްގީކުރުމަށް ފަޅުރަށްރަށް ކަނޑައެޅުމާއި، އެފަދަ ފަޅުރަށްރަށް ކުއްޔަށް ދޫކުރުމާއި، އިންޑަސްޓްރިއަލް ރަށްރަށް ގިންތިކުރާނެ ގޮތުގެ އުސޫލު ކަނޑައެޅުމާއި، ކަމާ ގުޅޭ އެހެނިހެން އުސޫލުތައް ބަޔާންކުރުމަށް، ގާނޫނު ނަންބަރު 1998-20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު) ގެ 11 ވަނަ މާއްދާގެ (ށ) އާއި (ނ) އާއި 22 ވަނަ މާއްދާގެ (ށ) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނ،ީ "އިގްތިސާދީ ބޭނުންތަކަށް ތަރައްގީކުރުމަށްފަޅުރަށްރަށް ކުއްޔަށް ދިނުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ދާއިރާ

މި ގަވާއިދު ހިނގާނ،ީ އަންނަނިވި ދާއިރާތައް ނުހިމެނޭ ގޮތުން، އިގްތިސާދީ ބޭނުންތަކަށް ތަރައްގީކުރުމަށް ކުއްޔަށް ދޫކުރާ ފަޅުރަށްރަށުގެ މައްޗަށެވެ.

(ހ) ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ކުއްޔަށް ދޫކުރެވޭ ފަޅުރަށްރަށް.

(ށ) ހަމައެކަނި މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިގްތިސާދީ ބޭނުމަށް ކުއްޔަށް ދޫކުރެވޭ ފަޅުރަށްރަށް.

(ނ) ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނުގެ ދަށުން ވަރުވާއަށް ލިޔެދޭ ފަޅުރަށްރަށް.

 

3 ވަނަ މާއްދާ - އިގްތިސާދީ ބޭނުންތަކަށް ފަޅުރަށް ތަރައްގީކުރުމަށް ކަނޑައެޅުން

(ހ) މި ގަވާއިދުގެ ދަށުން، ފަޅުރަށެއްގައި އިގްތިސާދީ މަސައްކަތެއް ހިންގުމަށް ޓަކައި އެ ރަށަކީ އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީކުރާ ރަށެއްގެ ގޮތުގައި ކަނޑައަޅާނ،ީ އިކޮނޮމިކް ކައުންސިލުން ނިންމާ ގޮތެއްގެ މަތީން، ރައީސުލްޖުމްހޫރިއްޔާއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން، ފަޅުރަށެއްގައި އިގްތިސާދީ މަސައްކަތެއް ހިންގުމަށް ޓަކައި އެ ރަށަކީ އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީކުރާ ރަށެއްގެ ގޮތުގައި ކަނޑައަޅާއިރު، އެ ރަށަކ،ީ ރަށު ކައުންސިލެއްގެ ނުވަތަ ސިޓީ ކައުންސިލެއްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ފަޅުރަށެއް ނަމ،ަ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 1-56 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެ ރަށުގެ ނުވަތަ ސިޓީގެ އިހްތިސާސުން އެ ފަޅުރަށެއް ވަކިކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން، ފަޅުރަށެއްގައި އިގްތިސާދީ މަސައްކަތެއް ހިންގުމަށް ޓަކައި އެ ރަށަކީ އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ކަނޑައެޅުމާއެކ،ު މި ގަވާއިދުގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދަފުތަރުގައި އެ ރަށެއް ހިމަނަންވާނެއެވެ.

 

4 ވަނަ މާއްދާ - ކުއްޔަށް ދިނުން

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން، އިގްތިސާދީ ބޭނުންތަކަށް ތަރައްގީކުރުމަށް ކަނޑައަޅާ ފަޅުރަށްރަށް ނުވަތަ ރަށުން ބައެއް ކުއްޔަށް ދޭންވާނ،ީ ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) މި ގަވާއިދުގެ ދަށުން އިގްތިސާދީ ބޭނުންތަކަށް ތަރައްގީކުރުމަށް ކަނޑައަޅާ ފަޅުރަށްރަށް ކުއްޔަށް ދޭނ،ީ އަންނަނިވި ދެ ގޮތުންކުރެ ގޮތަކަށެވެ.

  1. މި ގަވާއިދުގެ ދަށުން ބީލަމުގެ އުސޫލުން އާންމުކޮށް އިއުލާނު ކޮށްގެން، އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް؛ ނުވަތަ 
  2. އަންސޮލިސިޓަޑް ޕްރޮޕޯޒަލް ޕޮލިސީގެ ދަށުން، ރަށުގައި ކުރަން ބޭނުންވާ ކަމަކާބެހޭ ތަފުސީލު ޕްރޮޕޯޒަލް ހުށަހެޅުމުން، އެ ޕޮލިސީގެ ދަށުން ހުއްދަދެވޭ ހުށަހެޅުމެއް ހުށަހެޅި ފަރާތަކަށް.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް ދައުލަތުގެ ބޭނުންތަކަށް ކަނޑައެޅިފައިވާ ރަށްރަށާއި، ސީދާ ސަރުކާރުން އެކިއެކި މަށްރޫއު ހިންގާ ރަށްރަށާއި، ސަރުކާރުގެ 100 (ސައްތައިންސައްތަ) ހިއްސާވާ ކުންފުނިތަކުން އެކިއެކި މަސައްކަތް ހިންގާ ރަށްރަށާއި، ރާއްޖެއިން ބޭރުގެ ފަރާތްތަކާއި ސަރުކާރާ ބައިވެރިވެގެން އެކިއެކި މަސައްކަތް ހިންގާ ރަށްރަށް، މި މާއްދާގެ (ހ) އާއި (ށ) އިން އިސްތިސްނާވާނެއެވެ. އަދި އެ ރަށްރަށް ކުއްޔަށް ދޭނ،ީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

 

5 ވަނަ މާއްދާ - ކުއްޔަށް ދޭ މުއްދަތު

މި ގަވާއިދުގެ ދަށުން އިގްތިސާދީ ބޭނުންތަކަށް ތަރައްގީކުރުމަށް ކަނޑައަޅާ ފަޅުރަށްރަށް ކުއްޔަށް ދޭނ،ީ މީލާދީ 21 (އެކާވީސް) އަހަރުދުވަހުގެ މުއްދަތަށެވެ.

 

6 ވަނަ މާއްދާ - ކުއްޔަށް ދޭ މުއްދަތު އިތުރުކުރުން

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ބަޔާންކުރާ ގޮތުގެ މަތީން ކުއްޔަށް ދީފައިވާ މުއްދަތު ހަމަވުމުން، ކުއްޔަށް ދިނުމުގެ މުއްދަތު އިތުރުކުރުމަށް ޓަކައި، އެ މުއްދަތު ހަމަވުމުގެ 12 (ބާރަ) މަސްދުވަހުގެ ކުރިން މިނިސްޓްރީއަށް ހުށަހެޅުމުން، ކުއްޔަށް ދޫކުރެވިފައިވާ މުއްދަތު ޖުމުލަ 50 (ފަންސާސް) އަހަރަށްވުރެ އިތުރުނުވާގޮތަށް މުއްދަތު އިތުރުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީއަށް ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމަށް މިނިސްޓްރީން ކަނޑައެޅުމުގައި، އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.

  1. ރަށުގައި ކުރަން ހުށަހެޅި މަސައްކަތްތައް، އެއްބަސްވެފައިވާ ށެޑިއުލާ އެއްގޮތަށް ކުރަމުން ގެންގޮސްފައިވުމާއި، މިގޮތުން މަސައްކަތުގެ މަދުވެގެން 75 (ހަތްދިހަފަހެއް އިންސައްތަ) ފުރިހަމަކޮށްފައިވުން؛ 
  2. ރަށުގައި ކުރަން ހުށަހެޅި މަސައްކަތްތަކަށް ކުރަން ހުށަހަޅައިފައިވާ އިންވެސްޓްމަންޓުގެ އަދަދުގެ މަދުވެގެން 75 (ހަތްދިހަފަހެއް އިންސައްތަ) ފައިސާ އިންވެސްޓްކޮށްފައިވުން.

(ނ) މި މާއްދާގެ ދަށުން އިގްތިސާދީ ބޭނުންތަކަށް ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށެއްގެ ކުއްޔަށް ދޫކުރެވިފައިވާ މުއްދަތު އިތުރުކުރުމަށް، 5,000 (ފަސްހާސް) ދިވެހި ރުފިޔާގެ ފީއެއް، ސަރުކާރަށް ދައްކަންވާނެއެވެ.

 

7 ވަނަ މާއްދާ - އެކިއުޒިށަން ފީ

މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން، އަންސޮލިސިޓަޑް ޕްރޮޕޯޒަލް ޕޮލިސީގެ ދަށުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، އިގްތިސާދީ ބޭނުންތަކަށް ތަރައްގީކުރުމަށް ފަށުރަށެއް ކުއްޔަށް ދޫކުރުމަށް ހުއްދަދޭއިރު، އެކުއިޒިށަން ފީގެ ގޮތުގައި ފީއެއް ދެއްކުމަށް ށަރުތުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. މި ގޮތުން އެކިއުޒިށަން ފީގެ އަދަދު ކަނޑައަޅާނ،ީ ރަށުގައި ކުރަން ހުށަހަޅާ މަސައްކަތްތަކާއި ސިނާއަތުގެ ޒާތަށާއި އިންވެސްޓްމަންޓުގެ އަދަދަށް ރިއާޔަތްކޮށް، އިކޮނޮމިކް ކައުންސިލުންނެވެ.

 

8 ވަނަ މާއްދާ - ކުލި

މި ގަވާއިދުގެ ދަށުން އިގްތިސާދީ ބޭނުންތަކަށް ތަރައްގީކުރުމަށް ކުއްޔަށް ދޫކުރެވޭ ފަށުރަށެއްގެ ކުލި ކަނޑައަޅާނ،ީ ރަށުގައި ކުރަން ހުށަހަޅާ މަސައްކަތްތަކާއި ސިނާއަތުގެ ޒާތަށާއި އިންވެސްޓްމަންޓުގެ އަދަދަށް ރިއާޔަތްކޮށް، މިނިސްޓްރީންނެވެ. އެހެން ނަމަވެސ،ް މިގޮތުން ކަނޑައަޅާ ކުލީގެ އަދަދ،ު އަކަފޫޓަކަށް އަހަރަކަށް 10 (ދިހައެއް) ލާރިއަށްވުރެ ދަށްވެގެން ނުވާނެއެވެ.

 

9 ވަނަ މާއްދާ - ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ހިމަނަންޖެހޭ ކަންކަން

މި ގަވާއިދުގެ ދަށުން ފަޅުރަށެއް ކުއްޔަށް ދޭއިރު، މިނިސްޓްރީއާއި ކުއްޔަށް ހިފާ ފަރާތާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަންވާނެއެވެ. އަދި މި އެއްބަސްވުމުގައި،އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

(ހ) ކުއްޔަށް ދެވޭ މުއްދަތު، އަދި މުއްދަތު އިތުރުކުރުމުގެ ށަރުތެއްވާނަމ،ަ އެފަދަ ށަރުތެއް ނުވަތަ ށަރުތުތައް.

(ށ) ކުލީގެ އަދަދާއި، ކުލި ދައްކާނެ ގޮތް.

(ނ) ރަށުގައި ހިންގާނެ މަސައްކަތާއި، އެ މަސައްކަތް ހިންގާނެ ގޮތާއި، މަސައްކަތްތައް ހިންގާނެ ށެޑިއުލް.

(ރ) ކުއްޔަށް ހިފާ ފަރާތުން އެއްބަސްވުމާ ހިލާފުވެއްޖެނަމ،ަ އަމަލުކުރާނެ ގޮތް.

(ބ) އެއްބަސްވުން ބާތިލުކުރެވޭ ގޮތް.

(ޅ) އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ނުވަތަ އެއްބަސްވުން ބާތިލުވުމުން، އެ ރަށުގައި ހުންނަ އިމާރާތްތަކާއި ތަކެއްޗާމެދު އަމަލުކުރެވޭނެ ގޮތް.

(ކ) މި ގަވާއިދުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވ،ާ ރަށުގެ އިންސްޕެކްށަން ހިންގުމަށް ޓަކައި ދަތުރުގެ އިންތިޒާމުތަކާއި ހަރަދ،ު ކުއްޔަށް ހިފާ ފަރާތުގެ ހަރަދުގައި ހަމަޖައްސައިދިނުމުގެ އުސޫލު.

 

10 ވަނަ މާއްދާ - ރަށުގައި ކޮށްފައިވާ އިންވެސްޓްމަންޓް ވިއްކައިލުން

މި ގަވާއިދުގެ ދަށުން ކުއްޔަށް ދީފައިވާ ރަށެއްގައި ކޮށްފައިވާ އިންވެސްޓްމަންޓ،ް ކުއްޔަށް ހިފާ ފަރާތުން އެހެން ފަރާތަކަށް ވިއްކައިލެވޭނ،ީ އަންނަނިވި ށަރުތުތައް ފުރިހަމަވާކަން ކަށަވަރުކޮށް، އެކަމުގެ ހުއްދަ މިނިސްޓްރީން ހޯދުމަށްފަހުގައެވެ.

(ހ) ރަށުގައި ކުރަން ހުށަހެޅި މަސައްކަތްތައް، އެއްބަސްވެފައިވާ ށެޑިއުލާ އެއްގޮތަށް ކުރަމުން ގެންގޮސްފައިވުމާއި، މަސައްކަތުގެ ށެޑިއުލްގެ މަދުވެގެން 65 (ފަސްދޮޅަސްފަހެއް އިންސައްތަ) ފުރިހަމަކޮށްފައިވުން.

(ށ) އިންވެސްޓްމަންޓް ގަންނަ ފަރާތުގެ ކިބައިގައި، ރަށުގައި ކުރަން ހުށަހެޅި މަސައްކަތްތައް ހިންގުމުގެ ގާބިލުކަމާއި، ކުރަން ހުށަހެޅި އިންވެސްޓްމަންޓް ކުރުމުގެ ގާބިލުކަން ހުރުން.

(ނ) ރަށާ ގުޅޭގޮތުން ނުވަތަ ކުލީގެ އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފާ ފަރާތުގެ ހައްގުތައް ރަހުނުކުރެވިފައިވާނަމ،ަ ރަހުނުކޮށްފައިވާ ފަރާތުން، އިންވެސްޓްމަންޓް ވިއްކައިލުމަށް އިއުތިރާޒު ނުކުރާކަމުގެ ލިޔުމެއް ހުށަހެޅުން.

(ރ) ކުއްޔަށް ހިފާ ފަރާތުގެ ކިބައިން އެއްވެސް ދައުވާއެއް ނުވަތަ ކްލެއިމެއް އެއްވެސް ފަރާތަކުން ކޮށްފިނަމ،ަ އެ ކަމަކަށް ޒިންމާވާނެކަމުގެ ގެރެންޓީ ދިނުން.

 

11 ވަނަ މާއްދާ - އިންވެސްޓްމަންޓް ވިއްކައިލުމުގެ ހުއްދައަށް އެދި ހުށަހެޅުން

(ހ) މި ގަވާއިދުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ރަށުގައި ކޮށްފައިވާ އިންވެސްޓްމަންޓް ވިއް ކައިލުމުގެ ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅާއިރު، މި ގަވާއިދުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާކަން ކަށަވަރު ކުރުމަށް ޓަކައި، މިނިވަން ސަރޓިފައިޑް އޮޑިޓަރެއް މެދުވެރިކޮށް އިންވެސްޓްމަންޓުގެ ހަރަދު އެނގޭނެ ތަފުސީލ،ު މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. 

(ށ) ރަށުގައި ކޮށްފައިވާ އިންވެސްޓްމަންޓް ވިއްކައިލުމުގެ ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހެޅުމުން، ހުއްދަ ދޫކުރުމުގެ ކުރިން، ރަށާއި ރަށުގައި ކޮށްފައިވާ އިންވެސްޓްމަންޓް އިންސްޕެކްޓްކުރުމުގެ އިހްތިޔާރު،މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

12 ވަނަ މާއްދާ - އެއްބަސްވުން ބަދަލުކުރުން

(ހ) މި ގަވާއިދުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރަށުގައި ކޮށްފައިވާ އިންވެސްޓްމަންޓ،ް ކުއްޔަށް ހިފާ ފަރާތުން އެހެން ފަރާތަކަށް ވިއްކައިލާއިރު، މިނިސްޓްރީއާއި ކުއްޔަށް ހިފާ ފަރާތާ ދެމެދު ކުރެވިފައިވާ އެއްބަސްވުން، އިންވެސްޓްމަންޓް ގަންނަ ފަރާތަށް ބަދަލުކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން އެއްބަސްވުން ބަދަލުކުރާއިރު، މި ގަވާއިދުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަންކަމަށް ރިއާޔަތްކޮށް، އެއްބަސްވުމުގެ މާއްދާތަކަށް ބަދަލު ގެނައުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

13 ވަނަ މާއްދާ - ދެވަނަ ފަރާތަކަށް ކުއްޔަށް ދިނުން

މި ގަވާއިދުގެ ދަށުން ކުއްޔަށް ދީފައިވާ ރަށެއް ނުވަތަ ރަށުން ބައެއް، ކުއްޔަށް ހިފާ ފަރާތުން އެހެން ފަރާތަކަށް ކުއްޔަށް ދެވިދާނެއެވެ. މިގޮތަށް ކުއްޔަށް ދެވޭނ،ީ އަންނަނިވި ށަރުތުތައް ފުރިހަމަކުރުމާއެކ،ު މިނިސްޓްރީން އެކަމުގެ ހުއްދަ ދިނުމުންނެވެ.

(ހ) ރަށުގައި ކުރަން ހުށަހެޅި މަސައްކަތްތައް، އެއްބަސްވެފައިވާ ށެޑިއުލާ އެއްގޮތަށް ކުރަމުން ގެންގޮސްފައިވުމާއި، މަސައްކަތުގެ މަދުވެގެން 50 (ފަންސާސް އިންސައްތަ) ފުރިހަމަކޮށްފައިވުން.

(ށ) ރަށުގައި ކުރަން ހުށަހެޅި މަސައްކަތްތަކަށް ކުރަން ހުށަހަޅައިފައިވާ އިންވެސްޓްމަންޓުގެ އަދަދުގެ މަދުވެގެން 50 (ފަންސާސް އިންސައްތަ) ފައިސާ އިންވެސްޓްކޮށްފައިވުން.

(ނ) ކުއްޔަށްހިފާ ދެވަނަ ފަރާތުގެ ކިބައިގައި، ރަށުގައި ކުރަން ހުށަހެޅި މަސައްކަތްތައް ނުވަތަ ދެވަނަ ފަރާތަކަށް ކުއްޔަށް ދިނުމުގައި ހިންގުމަށް ހުށަހަޅާ މަސައްކަތްތައް ހިންގުމުގެ ގާބިލުކަމާއި، ކުރަން ހުށަހެޅި އިންވެސްޓްމަންޓް ކުރުމުގެ ގާބިލުކަން ހުރުން. 

(ރ) ރަށް ނުވަތަ ރަށުން ބައެއް ދެވަނަ ފަރާތަކަށް ކުއްޔަށްދޭ ބޭނުމަކ،ީ ރަށް ކުއްޔަށްދިން ބޭނުމުގެ މަސައްކަތުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައިވުން.

 

14 ވަނަ މާއްދާ - ދެވަނަ ފަރާތަކަށް ކުއްޔަށް ދިނުމުގެ ހުއްދައަށް ހުށަހެޅުން

(ހ) ކުއްޔަށް ދީފައިވާ ރަށެއް ނުވަތަ ރަށުން ބައެއް، ކުއްޔަށް ހިފާ ފަރާތުން އެހެން ފަރާތަކަށް ކުއްޔަށް ދިނުމުގެ ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅާއިރު، މި ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާކަން ކަށަވަރު ކުރުމަށް ޓަކައި، މިނިވަން ސަރޓިފައިޑް އޮޑިޓަރެއް މެދުވެރިކޮށް އިންވެސްޓްމަންޓުގެ ހަރަދު އެނގޭނެ ތަފުސީލ،ު މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ށ) ކުއްޔަށް ދީފައިވާ ރަށެއް ނުވަތަ ރަށުން ބައެއް، ކުއްޔަށް ހިފާ ފަރާތުން އެހެން ފަރާތަކަށް ކުއްޔަށް ދިނުމުގެ ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހެޅުމުން، ހުއްދަ ދޫކުރުމުގެ ކުރިން، ރަށާއި ރަށުގައި ކޮށްފައިވާ އިންވެސްޓްމަންޓް އިންސްޕެކްޓްކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

15 ވަނަ މާއްދާ - އެއްބަސްވުން މިނިސްޓްރީއަށް ހުށަހެޅުން

މި ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރަށް ނުވަތަ ރަށުން ބައެއް، ކުއްޔަށް ހިފާ ފަރާތުން ދެވަނަ ފަރާތަކަށް ކުއްޔަށްދޭއިރު، ކުއްޔަށް ހިފާ ފަރާތާއި ދެވަނަ ފަރާތާ ދެމެދު ވެވޭ އެއްބަސްވުމުގެ ކޮޕީއެއް ހުށަހަޅައި، މިނިސްޓްރީގެ ހުއްދަ ހޯދަންވާނެއެވެ.

 

16 ވަނަ މާއްދާ - ރަހުނުކުރުން

(ހ) މި ގަވާއިދުގެ ދަށުން ކުއްޔަށް ދޫކޮށްފައިވާ ރަށަކާ ގުޅޭގޮތުން ނުވަތަ ކުލީގެ އެއްބަސްވުމުގެ ދަށުން ރަށް ކުއްޔަށް ހިފާ ފަރާތަށް ލިބިދޭ ހައްގުތައް ރަހުނުކުރުމުގެ ހައްގ،ު މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރަށް ކުއްޔަށް ހިފާ ފަރާތަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކުއްޔަށް ދޫކޮށްފައިވާ ރަށަކާ ގުޅޭގޮތުން ނުވަތަ ކުލީގެ އެއްބަސްވުމުގެ ދަށުން ރަށް ކުއްޔަށް ހިފާ ފަރާތަށް ލިބިދޭ ހައްގުތައް ރަހުނުކުރުމުގެ ކުރިން، މިނިސްޓްރީގެ ހުއްދަ ހޯދައި، ރަހުނުކުރުން މިނިސްޓްރީގައި ރަޖިސްޓަރީ ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކުއްޔަށް ދޫކޮށްފައިވާ ރަށަކާ ގުޅޭގޮތުން ނުވަތަ ކުލީގެ އެއްބަސްވުމުގެ ދަށުން ރަށް ކުއްޔަށް ހިފާ ފަރާތަށް ލިބިދޭ ހައްގުތައް ރަހުނުކުރުން މިނިސްޓްރީގައި ރަޖިސްޓަރީ ކުރުމަށް ޓަކައި، 5,000 (ފަސްހާސް) ދިވެހި ރުފިޔާގެ ފީއެއް، ސަރުކާރަށް ދައްކަންވާނެއެވެ.

 

17 ވަނަ މާއްދާ - މޮނިޓަރކުރުމާއި އިންސްޕެކްޓްކުރުން

(ހ) މި ގަވާއިދުގެ ދަށުން ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށްރަށުގައި ކުރަމުންގެންދާ މަސައްކަތްތަކާއި، އެ ރަށެއްގައި ހިންގާ ހަރަކާތްތައް ބެލުމަށާއި، ރަށް ކުއްޔަށް ދޫކޮށްފައިވާ އެއްބަސްވުމާ ހިލާފު ނުވާކަން ކަށަވަރު ކުރުމަށް ޓަކައި، މިނިސްޓްރީން ރަށް އިންސްޕެކްޓް ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް ޓަކައި، އަންނަނިވި ގޮތުގެ މަތީން ކުރެވޭ އިންސްޕެކްށަންތައް ކުރުމަށް ޓަކައި މިނިސްޓްރީގެ އޮފިށަލުން ރަށަށް ދަތުރުކޮށް ރަށުގެ އިންސްޕެކްށަން ހެދުމަށް ބޭނުންވާ ހަރަދުތަކާއި ދަތުރުގެ އިންތިޒާމުތައް، ކުއްޔަށް ހިފާ ފަރާތުގެ ހަރަދުގައި ހަމަޖައްސައިދޭންވާނެއެވެ.

  1. އަހަރަކު ގިނަވެގެން 2 (ދޭއް) ފަހަރު ކުރާ ރޫޓިން އިންސްޕެކްށަން؛ 
  2. މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުރާ އިންސްޕެކްށަން؛ އަދި
  3. މި ގަވާއިދުގެ 14 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުރާ އިންސްޕެކްށަން.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް އެއްވެސް ގާނޫނަކާ ހިލާފު ނުވަތަ ކުއްޔަށް ދިނުމުގެ އެއްބަސްވުމާ ހިލާފު އެއްވެސް އަމަލެއް ނުވަތަ ކަމެއް ރަށުގައި ހިނގާކަން، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް މިނިސްޓްރީއަށް ގަބޫލުކުރެވިއްޖެނަމ،ަ މަދުވެގެން 24 (ސައުވީސް) ގަޑިއިރުގެ ނޯޓިހެއް ދިނުމަށްފަހ،ު ރަށަށް އަރައި ރަށް އިންސްޕެކްޓް ކުރުމުގެ ބާރާއި އިހްތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

18 ވަނަ މާއްދާ - އެއްބަސްވުން ބާތިލުކުރުން

(ހ) ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މި ގަވާއިދުގެ ދަށުން ކުއްޔަށް ދޫކޮށްފައިވާ ރަށެއް، ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން، ރާއްޖޭގެ ދިފާއަށް ބޭނުންވެއްޖެ ހާލަތެއްގައި މެނުވ،ީ މިނިސްޓްރީން ބޭނުންވެގެން ކުއްޔަށް ދިނުމުގެ އެއްބަސްވުން ބާތިލުކުރަންވާނ،ީ މަދުވެގެން 2 (ދޭއް) އަހަރުދުވަހުގެ ނޯޓިހެއް ދިނުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމާ ކުއްޔަށް ހިފާ ފަރާތުން ހިލާފުވެއްޖެނަމ،ަ ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ގޮތެއްގެ މަތީން އެއްބަސްވުން ބާތިލުކުރުމުގެ ބާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

19 ވަނަ މާއްދާ - އިންޑަސްޓްރި އަލް ރަށްރަށް ގިންތިކުރުން

(ހ) މި ގަވާއިދުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މި ގަވާއިދު ހިނގާ ދާއިރާގެ ތެރޭގައި ހިމެނޭ އެންމެހައި ފަޅުރަށްރަށަކ،ީ "އިންޑަސްޓްރިއަލް ރަށް" އެއްގެ ގޮތުގައި ގިންތިކޮށް، އިންޑަސްޓްރިއަލް ރަށްރަށުގެ ދަފުތަރެއް އެކުލަ ވައިލައި، މިނިސްޓްރީން އެ ދަފުތަރު ބަލަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަފުތަރުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. އިގްތިސާދީ ބޭނުންތަކުގެ ތެރެއިން، ރަށް ބޭނުންކުރެވޭ ވަކި ސިނާއަތެއް ނުވަތަ އިގްތިސާދީ ވަކި ހަރަކާތެއް؛
  2. ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށެއްނަމ،ަ ކުއްޔަށް ދޫކުރެވިފައިވާ ފަރާތާއި މުއްދަތު؛ 
  3. ރަށުގެ ލީސްހޯލްޑް ހައްގުތައް ރަހުނުކުރެވިފައިވާނަމަ އެކަން.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަފުތަރު، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވައިލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

20 ވަނަ މާއްދާ - ފިޔަވަޅު އެޅުން

ގާނޫނުގައި ނުވަތަ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަކާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމ،ަ ގާނޫނާ ނުވަތަ މި ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަމެއްގެ ކުޑަބޮޑުމިނަށް ބަލައި 1,000,000 (އެއް މިލިޔަން) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. 

 

21 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ލަފުޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން، ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކ،ު އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައިވަނ،ީ އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "އަންސޮލިސިޓަޑް ޕްރޮޕޯޒަލް ޕޮލިސީ" ކަމަށް ބަޔާންކޮށްފައި އެވަނ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ "ބިޑްކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު" އަށާއި، އެ އުސޫލަށް ގެނެވޭ އެންމެހައި އިސްލާހުތަކާއި، އެ އުސޫލު އިސްލާހުކޮށް އަލަށް އެކުލަވައިލެވޭ އެންމެހައި އުސޫލުތައް ހިމެނޭ ގޮތުންނެވެ.

(ށ) "އިކޮނޮމިކް ކައުންސިލް" ކަމަށް ބަޔާންކޮށްފައި އެވަނ،ީ ވަޒީރުންގެ މަޖިލީހުގެ އިކޮނޮމިކް ކައުންސިލަށް ނުވަތަ ކަމާގުޅޭ ކޮމިޓީއަށެވެ.

(ނ) "މިނިސްޓްރީ" ކަމަށް ބަޔާންކޮށްފައި އެވަނ،ީ އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ރ) "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު" ކަމަށް ބަޔާންކޮށްފައި އެވަނ،ީ ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އަށާއި، އެ ގާނޫނަށް ގެނެވޭ އެންމެހައި އިސްލާހުތަކާއި، އެ ގާނޫނު އިސްލާހުކޮށް އަލަށް އެކުލަވައިލެވޭ އެންމެހައި ގާނޫނުތައް ހިމެނޭ ގޮތުންނެވެ.

(ބ) "ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު" ކަމަށް ބަޔާންކޮށްފައި އެވަނ،ީ ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށާއި، އެ ގާނޫނަށް ގެނެވޭ އެންމެހައި އިސްލާހުތަކާއި، އެ ގާނޫނު އިސްލާހުކޮށް 
އަލަށް އެކުލަވައިލެވޭ އެންމެހައި ގާނޫނުތައް ހިމެނޭ ގޮތުންނެވެ.

(ޅ) "ގާނޫނު" ނުވަތަ "ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު" ކަމަށް ބަޔާންކޮށްފައި އެވަނ،ީ ގާނޫނު ނަންބަރު 1998-20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު) އަށާއި، އެ ގާނޫނަށް ގެނެވޭ އެންމެހައި އިސްލާހުތަކާއި، އެ ގާނޫނު އިސްލާހުކޮށް އަލަށް އެކުލަވައިލެވޭ އެންމެހައި ގާނޫނުތައް ހިމެނޭ ގޮތުންނެވެ. 

 

22 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އިގްތިސާދީ ބޭނުންތަކަށް ތަރައްގީކުރުމަށް ފަޅުރަށްރަށް ކުއްޔަށް ދިނުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2023-104)

 

މައި ގާނޫނު

ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1998-20)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު