ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2024-09)
(މި ގަވާއިދަށް އަމަލުކުރަން ފަށާނީ/ފެށީ 18 ފެބުރުއަރީ 2024 ގައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، އެހެން މީހުންނެކޭ އެއްފަދައިން ވަޒީފާ އަދާކުރުމުގެ ފުރުސަތުތަކާއި ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުސަތުތައް ލިބިދިނުމުގެ ހައްގު ލިއްބައިދިނުމަށް ޓަކައި، އެކަމަށް މަގުފަހިކޮށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މި ހައްގު ލިބޭކަން ކަށަވަރުކުރުމަށް އުސޫލުތައް ކަނޑައެޅުމުގެ ގޮތުން، ގާނޫނު ނަންބަރު 2010-08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު) ގެ 19 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.
(ހ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، އެހެން މީހުންނެކޭ އެއްފަދައިން އެ މީހަކު އިހްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގައްޔާއި، މަސައްކަތް ކުރުމުގައްޔާއި، ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުސަތުތައް ހޯދައިދިނުން.
(ށ) ވަޒީފާ ދިނުމުގައްޔާއި، މަސައްކަތުގެ މާހައުލުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، އެ މީހުންގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން، އެއްވެސް ފަރާތަކުން އެ މީހުންނާމެދު ތަފާތުކުރުންތައް ގެންގުޅުން މަނާކުރުން.
(ނ) ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ވަޒީފާދޭ ފަރާތުން، އެ ފަރާތަށް މަސައްކަތްކުރާނެ އެކަށީގެންވާ މާހައުލެއް ގާއިމްކޮށްދީ، މަސައްކަތުގެ މާހައުލުގައި މި ފަރާތްތައް ށާމިލުކުރާނެ ގޮތްތަކުގެ އުސޫލުތައް ކަނޑައެޅުން.
ދެވަނަ ބާބު
އަސާސީ އުސޫލުތައް
3 ވަނަ މާއްދާ - ވަޒީފާ ދިނުމާއި، މަސައްކަތުގެ މާހައުލުގައި ތަފާތު ނުކުރުމާއި، ހަމަހަމަ ފުރުސަތު ލިބިދިނުން
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކަށް އުނިކަމެއް ނާންނާނެ ފަދަ ގޮތަކަށް، ތިރީގައިވާ ކަންކަން ހާސިލުކުރުމަށް ޓަކައި އެކަށީގެންވާ ފިޔަވަޅުތައް އަޅައި އެގޮތުގެ މަތީން މަސައްކަތް ކުރަންވާނެއެވެ.
(ހ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، އެހެން މީހުންނެކޭ އެއްފަދައިން އެ މީހަކު އިހްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ހައްގާއި، މަސައްކަތެއް ކުރުމުގެ ހައްގާއި، ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުސަތުތަކެއް ލިބިދިނުމުގެ ހައްގު ކަށަވަރުކޮށްދިނުން.
(ށ) ވަޒީފާއެއް ދިނުމުގައްޔާއި މަސައްކަތުގެ މާހައުލުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުރިމަތިވާ ތަފާތުކުރުންތައް ނައްތައިލުން.
(ނ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، ވަޒީފާ އަދާކުރުމަށް ބޭނުންވާ ކަންކަމަށް ރިއާޔަތްކުރެވިފައިވާ ފަދަ މަސައްކަތުގެ މާހައުލެއް ގާއިމްކޮށްދިނުން.
(ރ) ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާ އަދާކުރުމުގައްޔާއި، ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ލިބިދިނުމުގައްޔާއި، މަގާމުގެ ކުރިއެރުން ދިނުމުގައްޔާއި، އިނާޔަތްތައް ދިނުމުގައި ހަމަހަމަކަން ގާއިމުކުރުން.
(ބ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، އެހެން މީހުންނެކޭ ވެސް އެއްފަދައިން، އެއްވަރެއްގެ މަސައްކަތަށް އެއްވަރެއްގެ އުޖޫރަ ލިބުމުގެ ހައްގު ލިބިދިނުން.
(ޅ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދީ، އެކަމަށް ބޭނުންވާ ތަމްރީނާއި މައުލޫމާތާއި ވަސީލަތްތައް އެ މީހުންނަށް ފޯރުކޮށްދިނުން.
4 ވަނަ މާއްދާ - ވަޒީފާގެ ފުރުސަތު ހުޅުވައިލުން
(ހ) ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ އިއުލާނުންނެވެ. މިފަދަ އިއުލާނުތައް، ހަބަރުފަތުރާ ވަސީލަތްތަކާއި މީސް މީޑިއާގައި ށާއިއު ކުރެވިދާނެއެވެ.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ވަސީލަތްތައް މެދުވެރިކޮށް މަ އުލޫމާތު އާންމުކުރަންވާނީ، މި ގަވާއިދުގެ ހަތްވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
5 ވަނަ މާއްދާ - މިއީ، ނުކުޅުދެންތެރިކަން ހުންނަ މީހުންނަށް، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް، ހަމަހަމަ ގަވާއިދު ތަންފީޒުކުރުން
އުސޫލުން ވަޒީފާގެ ފުރުސަތު ހަމަޖައްސައިދިނުމުގެ ގޮތުން، ހާއްސަ އުސޫލުތައް ކަނޑައެޅުމަށްޓަކައި އެކުލަވައިލައިފައިވާ ހާއްސަ ގަވާއިދެކެވެ. މި ގަވާއިދުގައި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް ދިވެހިރާއްޖޭގައި ވަޒީފާދޭ އެންމެހައި އިދާރާތަކުން އަމަލުކުރަންވާނެއެވެ.
6 ވަނަ މާއްދާ - ވަޒީފާ ހަމަޖެއްސުމުގެ ކުރިން ފުރިހަމަވާންޖެހޭ މިންގަނޑު
ވަޒީފާދޭ ފަރާތުން ވަޒީފާ ހަމަޖެއްސުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކަންކަން، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) "ވަޒީފާ ދިނުމަށް ތައްޔާރުވެފައިވާ ތަން" ކަމުގައި ބަލާނީ، އެ ތަނަކީ ވަޒީފާދޭ ފަރާތުން ވަޒީފާ ހަމަޖައްސައިދިނުމުގެ ކުރިން، އެ ތަނަކީ ވަޒީފާ ދިނުމަށް ތައްޔާރުވެފައިވާ ތަނެއްކަމަށް ހަދަންވާނެއެވެ. އެގޮތުން، އެ ފަރާތްތަކަށް ބޭނުންވާ ސަބަބުވެރި ބަދަލުތައް ހަމަޖައްސައިދެވޭ، އެ ތަނެއްގެ މުވައްޒަފުންނަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއެކުގައި މަސައްކަތްކުރުމަށް ބޭނުންވާ ތަމްރީނު ފުރިހަމަކޮށްފައިވާ އިދާރާއަކަށް ވާނަމައެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން އެ ތަނަކީ ވަޒީފާ ދިނުމަށް ތައްޔާރުވެފައިވާ އިދާރާއެއްކަމަށް ބަލާނީ، މި ގަވާއިދުގެ ދަށުން މިނިސްޓްރީން އާންމުކުރާ ވަޒީފާދޭ ތަންތަނުގައި ފުރިހަމަވާންޖެހޭ ކަންތައްތައް ހިމެނޭ މިންގަނޑަށް ބަލައިގެންނެވެ.
(ނ) މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މިންގަނޑު އެކުލަވައިލައި އާންމުކުރަންވާނެއެވެ.
(ރ) ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާ އަދާކުރާ އިދާރާއަކީ އެ ފަރާތަށް ރައްކައުތެރި މާހައުލެއްކަން ކަށަވަރުކޮށް، ވަޒީފާ އަދާކުރާ ފަރާތަށާއި އިދާރާއަށް އެ ވަޒީފާއެއްގެ ސަބަބުން އެންމެ ފުރިހަމައަށް ފައިދާ ލިބިގަނެވޭކަން ކަށަވަރުކުރުމަށް އެ އިދާރާއަކީ ވަޒީފާ ދިނުމަށް ތައްޔާރުވެފައިވާ ތަނެއް ކަމުގައި ވާންވާނެއެވެ.
ތިންވަނަ ބާބު
ޒިންމާތައް
7 ވަނަ މާއްދާ - މިނިސްޓްރީގެ ޒިންމާ
ތިރީގައިވާ ކަންކަން ކުރުމަކީ މިނިސްޓްރީގެ ޒިންމާއެކެވެ.
(ހ) ވަޒީފާގެ ފުރުސަތު ހުޅުވައިލުމުގައި މައުލޫމާތު އާންމުކުރުމުގެ މިންގަނޑު އެކުލަވައިލުން.
(ށ) ވަޒީފާދޭ ތަންތަނުގައި ފުރިހަމަވާންޖެހޭ ކަންތައްތައް ހިމެނޭ މިންގަނޑު އެކުލަވައިލުން.
(ނ) ޑިސްއެބިލިޓީ ލިޔޭޒަން އޮފިސަރުން ތަމްރީނުކޮށް، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
(ރ) "ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީ" އެކުލަވައިލައި، އެ ކޮމިޓީގެ ހިންގާ އުސޫލު އެކުލަވައިލައި އާންމުކުރުން.
(ބ) ފަންނީ ލަފާ ހޯދުމަށް ޓަކައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެ ފަރާތްތަކުގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިން ހިމެނޭގޮތަށް އެފަދަ ލަފާދެވޭނެ ފަރާތްތަކުގެ ނެޓްވަރކް އެކުލަވައިލުން.
8 ވަނަ މާއްދާ - ކޮމްޕީޓެންސީ ޕްރޮފައިލް ތައްޔާރުކުރާނެ ފަރާތްތައް
(ހ) ދިވެހިރާއްޖޭގައި ތައުލީމުދޭ މަދަރުސާތަކުގައި ކިޔަވާ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންގެ ކޮމިއުނިޓީ، ޓްރާންޒިށަން ޕްލޭނުގެ ތެރެއިން، މި ގަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމްޕީޓެންސީ ޕްރޮފައިލް، ތައުލީމާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއިން ކަނޑައަޅާ ގޮތެއްގެ މަތީން އެ ވުޒާރާއަކުން ތައްޔާރުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތައުލީމުދޭ މަދަރުސާތަކުގައި ކިޔަވާ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުން ފިޔަވައި، ނުކުޅެދުންތެރިކަން ހުންނަ އެ ނޫން ފަރާތްތަކުގެ ކޮމްޕީޓެންސީ ޕްރޮފައިލް (މި ގަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމްޕީޓެންސީ ޕްރޮފައިލް) ދައުލަތުގެ މަތީ ތައުލީމާއި ތަމްރީނުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއިން ކަނޑައަޅާ ގޮތެއްގެ މަތީން އެ ވުޒާރާއިން ތައްޔާރުކުރަންވާނެއެވެ.
ހަތަރުވަނަ ބާބު
ހާއްސަ އުސޫލުތައް
9 ވަނަ މާއްދާ - ޑިސްއެބިލިޓީ ލިޔޭޒަން އޮފިސަރުން
(ހ) މި ގަވާއިދުގެ މަގުސަދުތައް ހާސިލުކުރުމަށް ޓަކައި، ވަޒީފާ ދިނުމަށް ތައްޔާރުވެފައިވާ ކޮންމެ އިދާރާއެއްގައި ވަޒީފާއަށް އެދ،ޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭ ކަންކަން ވިލަރެސްކުރުމަށް، މަދުވެގެން 2 (ދޭއް) ޑިސްއެބިލިޓީ ލިޔޭޒަން އޮފިސަރުން ތިބެންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޑިސްއެބިލިޓީ ލިޔޭޒަން އޮފިސަރުންގެ މަސްއޫލިއްޔަތ،ު ވަޒީފާދޭ ތަންތަނުގައި މަސައްކަތްކުރަމުންދާ މުވައްޒަފުންގެ ތެރެއިން ވަކި މުވައްޒަފަކާ ނުވަތަ 2 (ދޭއް) މުވައްޒަފުންނާ ހަވާ ލުކޮށް، އެ މަސްއޫލިއްޔަތު އެ މުވައްޒަފުން އަދާކުރާގޮތަށް ހަމަޖެއްސުމަށް، މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ.
(ނ) ޑިސްއެބިލިޓީ ލިޔޭޒަން އޮފިސަރުގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތް ޒިންމާދާރުކުރުވުމުގެ ގޮތުން އެ ފަރާތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ލިޔުމުން ހަވާލުކޮށް، އެ ފަރާތުގެ ވަޒީފާގެ ބަޔާނުގައި ހިމަނަންވާނެއެވެ.
(ރ) ޑިސްއެބިލިޓީ ލިޔޭޒަން އޮފިސަރުން ތަމްރީނުކޮށް އެ ފަރާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނީ، މިނިސްޓްރީއާއި ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެންނެވެ.
10 ވަނަ މާއްދާ - ޑިސްއެބިލިޓީ ލިޔޭޒިން އޮފިސަރުންގެ މަސްއޫލިއްޔަތު
ޑިސްއެބިލިޓީ ލިޔޭޒަން އޮފިސަރުންގެ މައިގަނޑު މަސްއޫލިއްޔަތުތައް، ތިރީގައި މިވަނީއެވެ.
(ހ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެ ތަނެއްގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު ބޭނުންވެއްޖެ ހިނދެއްގައި އެ މައުލޫމާތު ފޯރުކޮށްދިނުން.
(ށ) އެ ތަނެއްގައި ވަޒީފާ އަދާކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމުގައި އެ އިދާރާއާއި ކަމާ ގުޅުންހުރި ފަރާތްތަކާއެކު ކަންކަން ވިލަރެސްކުރުން.
(ނ) މި ގަވާއިދުގެ މަގުސަދު ހާސިލުކުރުމަށް މިނިސްޓްރީއާއި އެ ތަނަކާ ދެމެދުގައި ވިލަރެސްކުރަންޖެހޭ ކަންކަމުގައި ފޯކަލް ޕޮއިންޓެއްގެ ދައުރު އަދާކުރުން.
(ރ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ އަދާކުރުމަށް ބޭނުންވާ ކަންކަމަށް ރިއާޔަތްކުރެވިފައިވާ ފަދަ ވަޒީފާގެ މާހައުލެއް ގާއިމްކުރުމަށް ޓަކައި އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ދެނެގަނެ، ކަމާ ގުޅުންހުރި ފަރާތްތަކާއެކު މި ކަންކަން ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
(ބ) ވަޒީފާ އަދާކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މަސައްކަތްތައް ކުރިޔަށްދާގޮތުގެ މައުލޫމާތުތައް، ކޮންމެ 3 (ތިނެއް) މަސްދުވަހަކުން އެއްފަހަރ،ު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީއާ ހިއްސާކުރުން.
(ޅ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ މާހައުލުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
11 ވަނަ މާއްދާ - ވަޒީފާ ބޭނުންވާ މީހުންގެ ދަފުތަރު
(ހ) ވަޒީފާތަކަށް ކުރިމަތިލުމަށް އެދޭ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ފުރުސަތުތަކާއި ލުއިތަކާއި ފަސޭހަތައް ފުރިހަމަޔަށް ލިބިދިނުމަށް ޓަކައި އެ ފަރާތްތަކަކީ ދަފުތަރުވެފައިވާ ފަރާތްތަކަކަށް ވާންވާނެއެވެ.
(ށ) މި މާއްދާށެ (ހ) ގައި ބަޔާންކޮށްފައިވާ ދަފުތަރ،ު މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވައިލަންވާނެއެވެ.
(ނ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން ފުރުސަތުތައް ހުޅުވައިލުމުގައި ވަޒީފާދޭ ފަރާތްތަކުން ބަލާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަފުތަރަށެވެ.
(ރ) ދަފުތަރު އެކުލަވައިލާންވާނީ، އެ ފަރާތްތަކުން ވަޒީފާގެ ފުރުސަތުތައް ބޭނުންވަނީ މި ގަވާއިދުގައި ކަނޑައަޅައި ފައިވާ ގޮތްތަކުގެ ތެރެއިން ކޮން ގޮތަކުން ކަމާއި، އެ ފަރާތްތަކުގެ ތެރެއިން މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިންޓަރންށިޕްގެ ފުރުސަތު ބޭނުންވާނަމަ އެކަން އެނގޭގޮތަށެވެ.
(ބ) މި މާއްދާގެ ދަށުން އެކުލަވައިލާ ދަފުތަރުގައި ހިމެނޭނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ދަފުތަރުވެފައިވާ މީހުންނެވެ.
(ޅ) ވަޒީފާދޭ ފަރާތުން އިއުލާ ނުކޮށްފައިވާ މަގާމުގެ ށަރުތު ހަމަވާ މީހަކު ދަފުތަރުގައި ހިމެނޭނަމަ، އެ ފަރާތެއްގެ މައުލޫމާތ،ު ވަޒީފާ ދޭން ށައުގުވެރިވާ ފަރާތާހިއްސާކުރަންވާނެއެވެ.
12 ވަނަ މާއްދާ - ޕްރޮފައިލް ހެދުން
(ހ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންވާ އަސާސީ ށަރުތުގައި ހިމެނޭ ތައުލީމާއި ތަޖުރިބާ ލިބިފައި ނެތް ފަރާތެއްނަމަ، ފަހި ފުރުސަ ތުގެ ތެރެއިން ވަޒީފާއެއް ހަމަޖެއްސުމުގެ ކުރިން ނުވަތަ އިންޓަރންށިޕެއްގެ ފުރުސަތު ފަހިކޮށްދިނުމުގެ ކުރިން އެ ފަރާތެއްގެ ކޮމްޕިޓެންސީ ޕްރޮފައި ލެއް ތައްޔާރުކުރަންވާނެއެވެ. ވަޒީފާގެ ފުރުސަތު ނުވަތަ އިންޓަރންށިޕްގެ ފުރުސަތު އެ ފަރާތަކަށް ފަހިކޮށްދެވޭނީ ކޮމްޕިޓެންސީ ޕްރޮފައިލަށް ބިނާކޮށެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮންޕިޓެންސީ ޕްރޮފައިލް ތައްޔާރުކުރާނެ ގޮތުގެ ޓޫލެއް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވައިލަންވާނެއެވެ.
ފަސްވަނަ ބާބު
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީ
13 ވަނަ މާއްދާ - ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީ
(ހ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީއަކީ، މި ގަވާއިދުގެ މަގުސަދު ހާސިލުކުރުމަށް ވާޒީފާދޭ އިދާރާތަކަށް ބޭނުންވާ ލަފަޔާއި އިރުށާދުދޭ ފަރާތެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމިޓީ އެކުލަވައިލާނީ، ކަމާ ގުޅޭ ދާއިރާތައް ތަމްސީލުވާނޭހެން، މިނިސްޓަރެވެ.
(ނ) މި ގަވާއިދުގެ ދަށުން އެކުލަވައިލ،ާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީ ޖަވާބުދާރީވާނީ މިނިސްޓަރަށެވެ.
(ރ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީގެ އިދާރީ ކަންކަން ހިންގައި ބަލަހައްޓާނީ، މިނިސްޓްރީގެ މުވައްޒަފެކެވެ.
14 ވަނަ މާއްދާ - ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީ އެކުލެވިގެންވާ ގޮތް
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީ އެކުލެވިގެންވަނީ އަންނަނިވި ފަރާތްތަކުގެ މައްޗަށެވެ.
(ހ) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކައުތެރިކޮށް އެ ފަރާތްތައް ބާރުވެރިކުރުމަށް މިނިސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން މިނިސްޓްރީން ކަނޑައަޅާ ފަރާތެއް.
(ށ) ސިވިލް ސަރވިސް ކޮމިށަނުގެ މުވައްޒަފުންގެ ތެރެއިން އެ ކޮމިށަނުން ކަނޑައަޅާ ފަރާތެއް.
(ނ) ގާނޫނު ނަންބަރު 2010-08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދައިފައިވާ "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލް" ގެ މެންބަރުންގެ ތެރެއިން ކައުންސިލުން ކަނޑައަޅާ ފަރާތެއް.
(ރ) އޮފީސްތަކުން އައްޔަނުކުރާ ޑިސްއެބިލިޓީ ލިޔޭޒަން އޮފިސަރުންގެ ތެރެއިން މިނިސްޓްރީން ކަނޑައަޅާ ފަރާތެއް.
(ބ) ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭށަނުން ކަނޑައަޅާ ފަރާތެއް.
(ޅ) ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އެޖެންސީން ކަނޑައަޅާ ފަރާތެއް.
(ކ) މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭށަނުގެ ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ކަނަޑައަޅާ ފަރާތެއް.
(އ) ޕްރައިވެޓް ވަޒީފާދޭ ފަރާތްތަކުގެ ތެރެއިން އެ ފަރާތްތައް ތަމްސީލު ކުރާ ފަރާތެއް.
(ވ) މިނިސްޓްރީގައި މަސައްކަތްކުރާ ގާނޫނީ ވަކީލުންގެ ތެރެއިން މިނިސްޓްރީން ކަނޑައަޅާ ފަރާތެއް.
15 ވަނަ މާއްދާ - ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީ
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީ ގެ މަސްއޫލިއްޔަތުތައް، ތިރީގައި މިވަނީއެވެ.
(ހ) މި ގަވާއިދު ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތައް ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަށްވަރާކޮށް ލަފަޔާއި ހިޔާލުތައް މިނިސްޓްރީއާ ހިއްސާކުރުން.
(ށ) ޑިސްއެބިލިޓީ އެޑްވޮކަސީގެ ދާއިރާއިން އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކޮށް، މި ގަވާއިދު އިތުރަށް ފުރިހަމަކުރުމުގައި ކުރެވިދާނެ ކަންކަން ފާހަގަކޮށް، އެކަން މިނިސްޓްރީ އާ ހިއްސާކުރުން.
(ނ) ވަޒީފާ އަދާކުރ،ާ ނުކުޅެދުންތެރިކަން ހުންނަ މީހުން މަސައްކަތުގައި ފުރިހަމަޔަށް ށާމިލުކޮށް، ވަޒީފާގެ މާހައުލުގައި އެ ފަރާތްތަކަށް ހުރި ގޮންޖެހުންތައް މަދުކުރުމަށް އެކަށައަޅަންޖެހޭ އުސޫލުތަކާއި ނިޒާމުތައް ފާހަގަކޮށް، އެކަމުގެ ލަފާ މިނިސްޓްރީ އާ ހިއްސާކުރުން.
(ރ) މި ގަވާއިދުގެ މަގުސަދުތައް ހާސިލުކުރުމަށް ކަމާ ގުޅޭ ފަރާތްތައް ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތައް ދެނެގަނެ، އެކަން މިނިސްޓްރީއާ ހިއްސާކުރުން.
(ބ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަހި ފުރުސަ ތުގެ ތެރެއިން ހުރި ވަޒީފާގެ ފުރުސަތުތައް ދެނެގަތުމުގެ މަސައްކަތްތައް ވަޒީފާދޭ ފަރާތްތަކާއެކު ކުރުމާއި، އެފަދަ މަގާމުތަކަކީ ކޮބައިކަން ދެނެގަނެ، އެ މަގާމުތައް ހާއްސަކުރުމަށް މިނިސްޓްރީއާއި ވަޒީފާދޭ ފަރާތަށް ލަފާދިނުން.
(ޅ) ވަޒީފާއަށް ހޮވުމާއި، ވަޒީފާއަށް އައްޔަނުކުރުމާއި، ވަޒީފާ އަދާކުރުމުގެ މަރުހަލާތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ހަމަޖައްސައިދިނުމަށް އެދޭ ސަބަބުވެރި ބަދަލުތަކާ (ރީޒަނަބްލް އެޖަސްޓްމަންޓްސް) ގުޅޭގޮތުންނާއި، މިނޫންވެސް ގުޅުންހުރި އެހެން ކަންކަމުގައި އިދާރާތަކަށް ފަންނީ ލަފާދިނުން.
(ކ) އިދާރާތަކުގައި އިންޓަރންށިޕް ފުރިހަމަކުރުމަށް އެދ،ޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިންޓަރންށިޕް ފުރުސަތު ފަހިކޮށްދިނުމުގައި އިދާރާތަކުން ފަންނީ ލަފަޔަށް އެދޭ ކަންކަމުގައި، މިނިސްޓްރީގެ މަށްވަރާގެ މަތީން އިދާރާތަކަށް ފަންނީ ލަފާ ދިނުން.
(އ) މި ގަވާއިދުގެ ދަށުން ހިމެނޭ ކަންކަމާ ގުޅިގެން އިދާރާތަކަށް ހުށަހެޅޭ ށަކުވާތަކާ ގުޅޭގޮތުން އެ އިދާރާތަކުން ފަންނީ ލަފައެއް ބޭނުންވެގެން އެކަމަށް އެދިއްޖެ ހިނދެއްގައި، އެ ފަދަ ލަފާ އެ އިދާރާއަކަށް ދިނުން.
(ވ) މި ގަވާއިދުގެ މަގުސަދު ހާސިލުކުރުމަށް ޓަކައި، މިނިސްޓްރީން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީގެ ލަފަޔަކަށް އެދޭ ކަންކަމާ ގުޅިގެން މިނިސްޓްރީއަށް ލަފާދިނުން.
(މ) ކޮމިޓީގެ މަސައްކަތްތަކާ ގުޅިގެން އަހަރީ ރިޕޯޓު އެކުލަވައިލައި، މިނިސްޓްރީއާ ހިއްސާކުރުން.
(ފ) މި ގަވާއިދުގެ މަގުސަދުތައް ހާސިލުކުރުމަށް ކޮމެޓީން ކުރާ އެންމެހައި މަސައްކަތްތަކުގައި ފަންނީ ލަފާ ހޯދުމަށް ޓަކައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެ ފަރާތްތަކުގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިން ހިމެނޭގޮތަށް އެފަދަ ލަފާދެވޭނެ ފަރާތްތަކުގެ ލަފާ ހޯދުން.
16 ވަނަ މާއްދާ - ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީގެ އެކުލަވައިލުން
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީން މަސްއޫލިއްޔަތުތައް އަދާކުރުމުގައި އަމަލުކުރާނެ ގޮތުގެ އިންތިޒާމުތައް ކޮމިޓީ ހިންގާ ގޮތުގެ އުސޫލު އެކުލަވައިލައި، އެ އުސޫލާ އެއްގޮތަށް ހިންގާނީ މިނިސްޓްރީންނެވެ.
17 ވަނަ މާއްދާ - ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީގެ މެންބަރުންގެ އެލަވަންސް
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީގެ މެންބަރުން ހާޒިރުވާ ކޮންމެ ބައްދަލުވުމަކަށް ދައުލަތުގެ މާލީ ކަންކަންމާ ގުޅުން ހުރި ވުޒާރާގެ ހުއްދަޔާއެކު އެލަވަންސެއް ކަނޑައަޅަންވާނެއެވެ.
18 ވަނަ މާއްދާ - ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީގެ ރައީސާއި ނައިބު ރައީސް
(ހ) ޑިސްއެބިލިޓީ އެޑްވައިޒަރީ ކޮމިޓީގެ މެންބަރުންގެ ތެރޭގައި، އައްޔަނު ކޮށްފައިވާ ރައީސަކާއި ނައިބު ރައީސަކު ހުންނަންވާނެއެވެ. ރައީސާއި ނައިބު ރައީސްކަމަށް އައްޔަނުކުރާނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީގެ މެންބަރުންގެ އައުލަބިއްޔަތުން ހޮވޭ މެންބަރެކެވެ.
(ށ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީގެ މަސައްކަތްތައް ރާވައި ހިންގައި، ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ، ކޮމިޓީގެ ރައީސެވެ. ރައީސް ނެތް ހާލަތެއްގައި، ބަޔާންވެދިޔަ ކަންކަމުގެ އިތުރުން، ރައީސްގެ މަސްއޫލިއްޔަތުކަމަށް މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ކުރާނީ ނައިބު ރައީސެވެ.
(ނ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީގެ ރައީސްގެ ޒިންމާތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
- ކޮމިޓީގެ މެންބަރުންގެ އިތުރުން، ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވާނެ ފަރާތްތައް ކަނޑައެޅުން؛
- ކޮމިޓީއަށް ހުށަހަޅާ މައްސަލަތައް އަވަސްކަމާއެކު ކުރިޔަށް ގެންދިޔުމަށް ބާރުއެޅުން؛
- ކޮމިޓީގައި މަށްވަރާކުރެވޭ ކަންކަމާއި، ކޮމިޓީން ދޭ ލަފަޔާއި، ނިންމާ ނިންމުންތަކާއި، މި ނިންމުންތަކަށް ވާސިލުވެވުނު ގޮތްތަކުގެ ޔައުމިއްޔާ ލިޔެ، ލިޔެކިޔުންތަކާއި ފައިލްތައް ބެލެހެއްޓޭކަން ކަށަވަރުކުރުން؛
- ކޮމިޓީގައި ހިންގާ މަށްވަރާތަކުގައި ކޮމިޓީގެ ހުރިހާ މެންބަރުންގެ ބައިވެރިވުމަށް ފުރުސަތު ތަނަވަސްކޮށް، އެއްބަސްވުމަކަށް ވާސިލުވުމަށް މަސައްކަތްކުރުން؛
- ކޮމިޓީގެ މެންބަރުންގެ ނަޒާހަތްތެރިކަން ދެމެހެއްޓުން ކަށަވަރުކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކައުތެރިކުރުމަށް ހަދައިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތައް ނެގެހެއްޓުން.
19 ވަނަ މާއްދާ - ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީގެ ބައްދަލުވުންތަކުގެ ގާނޫނީ އަދަދާއި ބައްދަލުވުންތައް
(ހ) ޑިސްއެބިލިޓީ އެޑްވައިޒަރީ ކޮމިޓީގެ ބައްދަލުވުންތަކުގެ ގާނޫނީ އަދަދަކީ 5 (ފަހެއް) މެންބަރުންނެވެ.
(ށ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީގެ ބައްދަލުވުންތައް ބާއްވަންވާނީ، މިނިސްޓްރީއާއި ވަޒީފާދޭ ފަރާތްތަކުން އެ ކޮމިޓީއަށް ހުށަހަޅާ މައްސަލަތަކުގެ މައްޗަށް ބިނާކޮށް، މިނިސްޓްރީން އެކުލަވައިލާ ތަވާލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ނ) ނުކުޅެދުންތެރިކަން ހުންނަ މީހުން ނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީން ނިންމާ ނިންމުމެއް ފާސްވެއްޖެކަމަށް ބެލޭނީ، ކޮމިޓީއަށް ހާޒިރުވާ މެންބަރުންގެ އައުލަބިއްޔަތުން އެ ކަމެއް ފާސްވެއްޖެ ނަމައެވެ.
(ރ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި ރައީސާއި ނައިބު ރައީސް ބައިވެރިވާން އުޒުރުވެރިވެއްޖެ ހާލަތެއްގައި، ހާޒިރުވެތިބި މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން، އެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނެ މެންބަރަކު ކަނޑައަޅަންވާނެއެވެ.
(ބ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގެ ހުރިހައި ނިންމުންތަކެއް ވެސް ޔައުމިއްޔާގައި ލިޔެ ފައި ހުންނަންވާނެއެވެ. އަދި މި ނިންމުންތައް ހުރިހާ މެންބަރުންނާ ހިއްސާކުރަންވާނެއެވެ.
20 ވަނަ މާއްދާ - ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީގެ މެންބަރުކަމުގެ ދައުރު
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމަށް ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީއަށް އައްޔަނުކުރެވޭ މެންބަރަކު، އެ މަގާމުގައި ދެމިހުންނާނީ، އެ މެންބަރަކު އައްޔަނުކުރެވޭ ތާރީހުން ފެށިގެން 4 (ހަތަރެއް) އަހަރުދުވަހުގެ މުއްދަތަކަށެވެ. އަދި އެ މުއްދަތު ހަމަވުމުން، އަލުން އިތުރު އެއްފަހަރު 4 (ހަތަރެއް) އަހަރުދުވަހުގެ މުއްދަތަކަށް އެ މެންބަރަކު އައްޔަނު ކުރެވިދާނެއެވެ.
21 ވަނަ މާއްދާ - މެންބަރަކު އިސްތިއުފާ ދިނުން
ކޮންމެ މެންބަރަކަށް ވެސް، އެ މެންބަރަކު ބޭނުންވެއްޖެ ހާލަތެއްގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީން އިސްތިއުފާ ދިނުމުގެ އިހްތިޔާރު ލިބިގެންވެއެވެ. އަދި މެންބަރުކަމުން ވަކިވާން ބޭނުންވެއްޖެ ހާލަތެއްގައި، ލިޔުމުން އެކަން މިނިސްޓަރަށް އަންގާ ތާރީހުން ފެށިގެން ވަކިވީކަމަށް ބެލޭނެއެވެ.
22 ވަނަ މާއްދާ - މެންބަރުކަމުން ވަކިކުރުން
(ހ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީގެ އެއްވެސް މެންބަރަކު، މަދުވެގެން މަހެއްގެ މައްޗަށް ބޭއްވޭ ބައްދަލުވުންތަކުގެ %70 (ހަތްދިހަ އިންސައްތަ) ބައްދަލުވުންތަކަށް ހާޒިރު ނުވެއްޖެނަމަ، ނުވަތަ މަގުބޫލު އުޒުރެއްނެތި ވިދިވިދިގެން ކޮމިޓީގެ 3 (ތިނެއް) ބައްދަލުވުމަށް ހާޒިރުނުވެއްޖެނަމަ، އެ މެންބަރަކަށް އެކަން ލިޔުމުން އަންގައި، މެންބަރުކަމުން ވަކިކުރުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.
(ށ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީގެ އެއްވެސް މެންބަރަކު، ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ ކަރާމަތަށް ގެއްލުމެއް ނުވަތަ އުނިކަމެއް ލިބޭ ފަދަ އަމަލެއް ކޮށްފިނަމަ، އެ މެންބަރަކު، މެންބަރުކަމުން ވަކިކުރުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.
(ނ) މި ގަވާއިދުގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީގެ ހިންގުން ހަރުދަނާކުރުމަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީގެ މެންބަރުން ބަދަލުކުރަން ޖެހިއްޖެނަމަ، އެ ފަދަ ބަދަލެއް ގެނައުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.
23 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން
(ހ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީގެ ކޮންމެ މެންބަރަކު ވެސް، ސިއްރު ހިފެހެއްޓުމުގެ އިގްރާރުގައި ސޮއިކުރަންވާނެއެވެ.
(ށ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީގެ މެންބަރުން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސިއްރު ހިފެހެއްޓުމުގެ އިގްރާރުގައި، މި ގަވާއިދުގެ ދަށުން ކޮމިޓީ އެކުލަވައިލުމާއެކު ސޮއިކުރަންވާނެއެވެ.
24 ވަނަ މާއްދާ - ފަންނީ ލަފާ ހޯދުން
(ހ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީއަށް އެއްވެސް އެހީތެރިކަމެއް ބޭނުންވެއްޖެ ހިނދެއްގައި، އެހެން މުއައްސަސާއެއްގެ ކަމާ ގުޅޭ އިދާރާއެއްގެ ނުވަތަ ބޭރުގެ އެހީ ފޯރުކޮށްދޭ ފަރާތެއްގެ ނުވަތަ އެ ދާއިރާއެއްގެ ފަންނީ މީހެއްގެ އެހީތެރިކަން ހޯދިދާނެއެވެ.
(ށ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ މަގުސަދު އެންމެ ފުރިހަމައަށް ހާސިލުކުރުމަށް ޓަކައި ފަންނީ ލަފާ ހޯދުމަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެ ފަރާތްތަކުގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިން ހިމެނޭގޮތަށް އެފަދަ ލަފާދެވޭނެ ފަރާތްތަކުގެ ނެޓްވަރކެއް އެކުލަވައިލުމަކީ މިނިސްޓްރީގެ ޒިންމާއެކެވެ.
ހަވަނަ ބާބު
ވަޒީފާ ހޯދުމުގައި ދެވިދާނެ މަގުތަކާބެހޭ އާންމު އުސޫލުތައް
25 ވަނަ މާއްދާ - އާންމު ހާލަތު
(ހ) ނުކުޅެދުންތެރިކަން ހުންނަ މީހަކީ އެ ފަރާތުން ކުރިމަތިލުމަށް ބޭނުންވާ މަގާމުގެ އަސާސީ ށަރުތު ހަމަވާ ފަރާތެއްނަމަ، އެ މަގާމަށް އާންމު ހާލަތުގެ މަގު (ކޮމްޕެޓިޓިވް ޕާތުވޭ) ގެ ތެރެއިން ވާދަކޮށްގެން ކުރިމަތިލެވިދާނެއެވެ.
(ށ) އިއުލާނުކުރެވޭ މަގާމުތަކަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ތައުލީމާއިތަޖުރިބާ ހުރި ފަރާތްތައް ކުރިމަތިލުމަށް ހިތްވަރުދޭންވާނެއެވެ.
(ނ) އިއުލާނުކުރާ މަގާމުތަކަށް ށަރުތު ހަމަވާ، ނުކުޅެދުންތެރިކަން ހުރި މީހަކު ހުރިނަމަ، އެ ފަރާތެއް އެ މަގާމަކަށް ކުރިމަތިލުމަށް ށައުގުވެރިކުރުވުމުގެ ގޮތުން އެ ފަރާތަށް ބޭނުންވާ އެހީތެރިކަން، ވަޒީފާ އޮތް އިދާރާއަކުން ނުވަތަ އެ ތަނެއްގައި ކަނޑައަޅާ ފަރާތަކުން ފޯރުކޮށްދޭންވާނެއެވެ. މީގެ ތެރޭގައި ވަޒީފާއަށް ކުރިމަތިލުމާއި، ހުނަރު ސާބިތުކުރުމުގެ މަރުހަލާތަކަށް އަހުލުވެރިކުރުމަށް ހަރަކާތްތަކެއް ހިންގިދާނެއެވެ.
(ރ) އާންމު ހާލަތުގެ މަގު (ކޮމްޕެޓިޓިވް ޕާތުވޭ) ގެ ތެރެއިން ވަޒީފާ ހަމަޖެއްސުމުގައި، ކޮމްޕިޓެންސީ ޕްރޮފައިލް ހަދައިފައިވުން ކޮންމެހެން ލާޒިމެއް ނޫނެވެ. ނަމަވެސް، ކޮމްޕިޓެންސީ ޕްރޮފައިލް ހަދައިފައިވާނަމަ، ހުނަރު ވަޒަންކުރުމުގައި ވަޒީފާއަށް ހޮވުމުގެ މަރުހަލާތަކުގައި އޭގައިވާ މައުލޫމާތަށް ރިއާޔަތް ކުރެވިދާނެއެވެ.
(ބ) އާންމު ހާލަތުގެ މަގު (ކޮމްޕެޓިޓިވް ޕާތުވޭ) ގެ ތެރެއިން ވަޒީފާއަށް ކުރިމަތިލާ ނުކުޅެދުންތެރިކަން ހުންނަ ފަރާތަށް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ސަބަބުވެރި ބަދަލުތައް ހަމަޖައްސައި ދޭންވާނެއެވެ. އަދި އެ އިދާރާއަކުން ވަޒީފާއަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުސޫލުގައި ބަޔާންކޮށްފައިވާ އެއްވެސް ކަމަކީ އެ ފަރާތެއްގެ ނުކުޅެދުންތެރިކަމާހުރެ އޭގެ ސަބަބުން އެ ފަރާތަށް ހަމަހަމަ ފުރުސަތު ގެއްލިގެންދާ ކަމެއްނަމަ، އެ ކަންކަމަށް ސަބަބުވެރި ބަދަލުތައް ގެންނަންވާނެއެވެ.
(ޅ) އާންމު ހާލަތުގެ މަގު (ކޮމްޕެޓިޓިވް ޕާތުވޭ) ގެ ތެރެއިން ވަޒީފާއަށް މީހުން ހޮވުމާއި އައްޔަނުކުރުމާ ގުޅޭގޮތުން ނިންމުންތައް ނިންމާނީ، އެ ތަނެއްގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން އެންމެ އިސްވެރިޔާގެ މަށްވަރާޔާ އެކުގައެވެ. އަދި އެފަދަ ނިންމުންތައް ނިންމުމުގައި ފަންނީ ލަފައެއް ބޭނުންވާނަމަ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީގައި އެކަމަށް އެދެވިދާނެއެވެ.
26 ވަނަ މާއްދާ - ފަހި ފުރުސަތުގެ މަގު (ނޮން ކޮމްޕެޓިޓިވް ޕާތުވޭ)
(ހ) ނުކުޅެދުންތެރިކަން ހުންނަ މީހަކީ ވަޒީފާތަކުގެ އަސާސީ ށަރުތު ހަމަވާ މިންވަރަށް ތައުލީމާއި ތަޖުރިބާ ލިބިފައިނުވާ ފަރާތަކަށްވާނަމަ، ނުވަތަ އެ ފަރާތުގެ އެފަދަ ތައުލީމާއި ތަޖުރިބާ ހުރިކަމުގައި ވިޔަސް، ފަހި ފުރުސަތުގެ މަގު (ނޮން ކޮމްޕެޓިޓިވް ޕާތުވޭ) މެދުވެރިކޮށް ވަޒީފާގެ ފުރުސަތު ފަހިވުމަށް ހިޔާރުކުރާ ފަރާތަކަށްވާނަމަ، ފަހި ފުރުސަތުގެ މަގު (ނޮން ކޮމްޕެޓިޓިވް ޕާތުވޭ) މެދުވެރިކޮށް ވަޒީފާއަށް އެދޭ ފަރާތްތަކުގެ ދަފުތަރުގައި ނޯޓުކުރެވިދާނެއެވެ.
(ށ) މި މާއްދާގެ ދަށުން ފުރުސަތު ފަހިކޮށްދެވޭނީ، މި ގަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕްރޮފައިލުން އެ ފަރާތަކަށް %70 (ހަތްދިހަ އިންސައްތަ) އިން ދަށް ލިބިފައިވާނަމައެވެ.
(ނ) ވަޒީފާ ހަމަޖެއްސުމަށް ތައްޔާރުވެފައިވާ ތަނުގެ އޮނިގަނޑުގައި ހިމެނޭ މަގާމުތަކުގެ ތެރެއިން ވަކި މަގާމަކީ ފަހި ފުރުސަތުގެ މަގު (ނޮން ކޮމްޕެޓެޓިވް ޕާތުވޭ) މެދުވެރިކޮށް ވަޒީފާ ބޭނުންވާ ފަރާތްތަކަށް އެކަނި ކުރިމަތިލުމަށް ހާއްސަކުރެވޭ މަގާމެއް ކަމުގައި ވަޒީފާދޭ ފަރާތްތަކަށް ކަނޑައެޅިދާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން މަގާމެއް ހާއްސަކުރުމުގައި ރިއާޔަތް ކުރަންވާނީ، ތިރީގައިވާ ކަންކަމަށް ބިނާކޮށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީން ދީފައިވާ ލަފަޔަކަށެވެ.
- ވަޒީފާއަށް އެދޭ މީހުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކުގެ ހުނަރާއި ގާބިލުކަން؛
- ވަޒީފާ ހަމަޖެއްސުމަށް ތައްޔާރުވެފައިވާ ތަނުގެ އޮނިގަނޑުގައި ހުރި މަގާމުތަކުގެ ތެރެއިން ފަހި ފުރުސަތު (ނޮން ކޮމްޕެޓިޓިވް ޕާތުވޭ) ގެ މަގަށް ހާއްސަކުރުމުގެ ސަބަބުން މި ގަވާއިދުގެ މަގުސަދު ހާސިލުވާނެކަމަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީއަށް ފެންނަ ސަބަބު؛
- ވަޒީފާ ހަމަޖެއްސުމަށް ތައްޔާރުވެފައިވާ މިންވަރަށް ބަލައި އެ ތަނަކުން ކަނޑައަޅާ މަގާމުތަކުގެ ލިސްޓު؛
(ބ) ފަހި ފުރުސަތުގެ މަގު މެދުވެރިކޮށް ވަޒީފާ ހަމަޖައްސައިދެވޭނީ، އެ މަގު ހިޔާރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އިއުލާނުކޮށްފައިވާ ވަޒީފާއަށް ބޭނުންވާ ހުނަރާއި ގާބިލުކަން ލިބިފައިވާކަމަށް ކޮމްޕިޓެންސީ ޕްރޮފައިލުން ދެނެގަނެވ،ި އެ މަގާމަށް ށައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ މެދުގައި ވާދަކޮށްގެންނެވެ.
(ޅ) ފަހި ފުރުސަތުގެ މަގު މެދުވެރިކޮށް ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމާއި، ވަޒީފާއަށް އައްޔަނުކުރުމާއި، ވަޒީފާއާ ގުޅޭ އެންމެހައި އިންތިޒާމުތައް ހަމަޖައްސާނީ، މި ގަވާއިދުގެ ހަތްވަނަ ބާބުގައިވާ ގޮތުގެ މަތީންނެވެ.
27 ވަނަ މާއްދާ - އިންޓަރންށިޕްގެ ފުރުސަތު
(ހ) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އަމަލީ ތަޖުރިބާ ބޭނުންވާ ފަރާތްތަކަށް ވަޒީފާދޭ އިދާރާތަކުގެ ތެރެއިން ވަޒީފާ ހަމަޖެއްސުމަށް ތައްޔާރުވެފައިވާ ތަންތަނުގެ އިންޓަރންށިޕްގެ ފުރުސަތު ފަހިކޮށްދީފައި އޮންނަންވާނެއެވެ.
(ށ) އިންޓަރންށިޕް ފުރުސަތ،ު ކިޔަވާ ދަރިވަރުންނަށާއި އިދާރާއެއްގައި މަސައްކަތްކޮށް ތަޖުރިބާ ހޯދުމަށް ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހަމަހަމަކަމާއެކު ލިބިދޭންވާނެއެވެ.
(ނ) އިންޓަރންށިޕް ފުރުސަތު ދެވޭނީ، ވަޒީފާ އަދާކުރުމަށް ށައުގުވެރިކަން ހުރި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ދަފުތަރުވެފައިވާ ފަރާތްތަކުގެ ތެރެއިން ކޮމްޕިޓެންސީ ޕްރޮފައިލް ހަދައިފައިވާ ފަރާތްތަކަށެވެ.
(ރ) ވަޒީފާ ހަމަޖެއްސުމަށް ތައްޔާރުވެފައިވާ ތަންތަނުގައި އިންޓަރންށިޕް ފުރިހަމަކުރުމުގެ ފުރުސަތު އޮތްތޯ ބަލައި، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެ ފަދަ ފުރުސަތަކަށް އެކަށީގެންވާ ފަރާތްތައް ދެނެގަތުގެ މަސައްކަތް ކުރާނީ، މިނސްޓްރީ މެދުވެރިކޮށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީގެ ލަފާގެ މަތީން، އެ ތަނަކުންނެވެ.
(ބ) އިންޓަރންށިޕްގެ ފުރުސަތު ފަހިކޮށްދިނުމުގައި ވަޒީފާ ހަމަޖެއްސުމަށް ތައްޔާރުވެފައިވާ ތަންތަންކަން ކަށަވަރުކުރަންވާނެއެވެ.
- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މި އިންޓަރންށިޕްތަކަށް ހަމަހަމަކަމާއެކު ކުރިމަތިލުމުގެ ފުރުސަތު ލިބިދެވޭކަން؛
- އިންޓަރންށިޕަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ވާދަވެރިކަން އޮތްނަމަ، އިންޓަރންށިޕް ހަމަޖައްސައިދެވެނީ އިދާރާއަކުން ކަނޑައަޅާ މިންގަނޑެއްގެ ތެރެއިން ދެވޭ އެސެސްމެންޓ/ްޕްރެކްޓިކަލްއަކުން ހޮވޭ އެންމެ ގާބިލު ފަރާތަށްކަމާއި، އެސެސްމަންޓ/ްޕެރެކްޓިކަލްއެއް ފުރިހަމަކުރުމުގެ ގާބިލުކަން ނެތް ފަރާތްނަމަ، އިންޓަވިއުން ހޮވޭ އެންމެ ގާބިލު ފަރާތަށްކަން؛
- އިންޓަރންށިޕްގެ ފުރުސަތު ފޯރުކޮށްދެވެނީ ކޮމްޕިޓެންސީ ޕްރޮފައިލަށް ބިނާކޮށްކަން؛
- ވަޒީފާ ހަމަޖެއްސުމަށް ތައްޔާރުވެފައިވާ ތަންތަނުގައި އިންޓަރންށިޕް ފުރުސަތުތަކުގައި އުޖޫރަ ދިނުމުގައި ގެންގުޅޭ އުސޫލުތަކާ އެއްގޮތަށް އުޖޫރަދޭންވާނެއެވެ.
(ޅ) އިންޓަރންށިޕްގެ ގޮތުގައި ހޯދާ ތަޖުރިބާ، ވަޒީފާތަކުގެ އަސާސީ ށަރުތު ހަމަކުރުމަށް ބަލައިގަނެވިދާނެއެވެ.
(ކ) އިންޓަރންށިޕް ހަމަޖެއްސުމުގެ ކުރިން އިންޓަރންށިޕްގެ ފުރުސަތުދޭ އިދާރާއާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ހިމެނޭގޮތުން އިންޓަރންށިޕާ ގުޅޭ ތިރީގައިވާ ކަންކަމާމެދު އެއްބަސްވުމަށްފަހު އެ މައުލޫމާތު ހިމެނޭ އިންޓަރންށިޕް އެގްރިމެންޓެއް އެކުލަވައިލާންވާނެއެވެ.
- އިންޓަރންށިޕްގެ ވަގުތާއި މުއްދަތު؛
- ސުޕަވައިޒްކުރާނެ ފަރާތުގެ މައުލޫމާތު؛
- އިންޓަރންގެ މަސްއޫލިއްޔަތުތައް؛
- އެއްބަސްވުމުގެ ބައިވެރިންގެ ޒިންމާތައް (އިންޓަރން އަދި އިދާރާ)
- ސްކިލްސް އިވެލުއޭޓްކޮށް މަސައްކަތުގެ ފެންވަރު ބަލާނެ ގޮތްތަކާއި، ގަވާއިދުން ފީޑްބެކް ދިނުމުގެ އިންތިޒާމުތައް؛
- ތަމްރީނު ދެވޭނެ ގޮތްތަކާއި އެކަމުގެ ޕްލޭން.
(އ) ކަނޑައެޅިފައިވާ އެއްބަސްވުމާ އެއްގޮތަށް އިންޓަރންށިޕް ފުރިހަމަކުރާ ފަރާތްތަކަށް އެކަން އަންގައި، ތިރީގައިވާ މައުލޫމާތު ހިމެނޭހެން މަސައްކަތުގެ ތަޖުރިބާގެ ލިޔުމެއް އިދާރާއިން ދޫކުރަންވާނެއެވެ.
- އިންޓަރންށިޕްގެ މައުލޫމާތު؛
- އަދާކުރި މަސްއޫލިއްޔަތު؛
- އިންޓަރންށިޕްގެ މުއްދަތުގައި އިންޓަރންގެ މަސައްކަތުގެ ފެންވަރާމެދު ދެކޭ ގޮތް؛
- މަސައްކަތް ކުރުމުގައި އިންޓަރން ބޭނުންކޮށްފައިވާ ހުނަރުތަކާއި ދައްކުވައިދީފައިވާ ގާބިލުކަން.
ހަތްވަނަ ބާބު
ވަޒީފާއަށް ހޮވުމާއި ވަޒީފާއަ ށް އައްޔަނު ކުރުމާ ބޭހޭ އާންމު އުސޫލުތައް
28 ވަނަ މާއްދާ - މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑު
(ހ) ވަޒީފާ ދިނުމަށް ތައްޔާރުވެފައިވާ ތަންތަން މެދުވެރިކޮށް ވަޒީފާއަށް މީހުން ހޮވުމާއި ވަޒީފާއަށް އައްޔަނުކުރުމުގެ ކަންކަން ކުރިޔަށްގެންދާނީ، އެ އިދާރާއަކުން ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުސޫލުތަކަކީ މައިގަނޑު އަސާސްކަމުގައި ބަލައިގެން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑުތައް ބަޔާންކުރާ އުސޫލުތައް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މިނސްޓްރީން އާންމުކުރަންވާނެއެވެ.
(ނ) ނުކުޅެދުންތެރިކަމުގެ ހާލަތްތަކަކީ ވަރަށް ފުޅާ އަދި އެހާމެ ގިނަ ހާލަތްތަކަކަށް ވުމުން، ވަޒީފާއަށް މީހުން ހޮވުމުގެ މަރުހަލާތަކުގައި ގެންނަންޖެހޭ ސަބަބުވެރި ބަދަލުތައް ދެނެގަނެ، އެ ބަދަލުތައް އެ އިދާރާއަކުން ގެންނަންވާނެއެވެ.
(ރ) ސަބަބުވެރި ބަދަލުތައް ގެނައުމަށް ފަސޭހަކުރުމުގެ ގޮތުން މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އާންމު އިރުށާދުތައް މިނިސްޓްރީން އާންމުކުރަންވާނެއެވެ.
(ބ) އާންމު ހާލަތާ އެއްގޮތަށް ނުވަތަ ފަހި ފުރުސަތުގެ ތެރެއިން މެދުވެރިކޮށް ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ފަރާތްތަކުގެ ނުކުޅެދުންތެރިކަމާ ގުޅޭގޮތުން ބޭނުންވާ އިތުރު ސަބަބުވެރި ބަދަލެއް އޮތްނަމަ، އެކަމެއް ބަޔާންކޮށްފައި ހުށަހެޅުމުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީގެ ލަފަޔާއެކީ އެ ހުށަހެޅުމަކާ ގުޅޭގޮތުން ގޮތެއް ނިންމައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް އެ އިދާރާއަކުން ހަމަޖައްސަންވާނެއެވެ.
(ޅ) އިންޓަރންށިޕް ފުރުސަތު ފަހިކޮށްދިނުމުގައި ސަބަބުވެރި ބަދަލުތައް ގެންނަންޖެހޭ ހާލަތްތަކުގައި އަމަލުކުރާނީ މި މާއްދާގައިވާ ގޮތުގެ މަތީންނެވެ.
(ކ) އިއުލާނުކޮށްފައިވާ މަގާމަށް، ނުކުޅެދުންތެރިކަން ހުންނަ މީހަކު ކުރިމަތިލައިފައިވާނަމަ، ނުވަތަ ކުރިމަތިލުމަށް ށައުގުވެރިކަން ފާޅުކޮށްފިނަމަ، ކުރިމަތިލައިފައިވާ ފަރާތްތަކަށް ބޭނުންވާ ސަބަބުވެރި ބަދަލެއް (ރީޒަނަބަލް އެޖަސްޓްމަންޓެއް) އޮތްތޯ ބަލައި، އެ އިންތިޒާމު ފަހިކޮށްދޭންވާނެއެވެ.
(އ) ސަބަބުވެރި ބަދަލުތައް ގެނައުމުގައި، ކުރިމަތިލައިފައިވާ ފަރާތުގެ ނުކުޅެދުންތެރިކަމަށް ރިއާޔަތްކޮށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީން ދޭ ލަފަޔާ އެއްގޮތަށް އިދާރާތަކުން ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ އުސޫލުގައި ބަޔާންކޮށްފައިވާ ތިރީގައިވާ ކަންކަން މުރާޖާ ކުރަންވާނެއެވެ.
- ރެކްރޫޓްމަންޓް މަރުހަލާތައް ފުރިހަމަކުރުމަށް ވަކި ހާއްސަ އާލާތެއް ނުވަތަ ޓެކްނޮލޮޖީގެ ވަސީލަތެއް ބޭނުންވާނަމަ، އެފަދަ އާލާތެއް ނުވަތަ ވަސީލަތެއް ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދިނުން؛
- ރެކްރޫޓްމަންޓް މަރުހަލާގައި ހިމެނޭ ކަމެއް ނުވަތަ ދެވޭ މައުލޫމާތެއް އިތުރަށް އޮޅުންފިލުވައިދީ ސާފުކޮށްދޭންޖެހޭނަމަ، ނުވަތަ ތަރުޖަމާ ކޮށްދޭން ޖެހޭނަމަ، އެކަމުގެ އިންތިޒާމު ހަމަޖައްސައިދިނުން؛
- ލިޔުމުންނާއި އަނގަބަހުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް އެހެން އިންތިޒާމުތަކެއް ބޭނުންވާނަމަ، އެ ކަމެއްގެ މަގުސަދު ހާސިލުވާނޭހެން، ނުކުޅެދުންތެރިކަން ހުންނަ ފަރާތަ ށް ބޭނުންވާ ބަދަލު އިންތިޒާމު ހަމަޖައްސައިދިނުން.
(ވ) ސަބަބުވެރި ބަދަލަކީ އެ ކަމެއް ފަހިކޮށްދިނުމަށް ހަރަދު ހިނގާ ކަމެއްނަމަ، އެފަދަ އިންތިޒާމަކަށް ހިނގާ ހަރަދަށް އެ ތަނަކުން ގެންނަންޖެހޭ ބަދަލުތަކާ ގުޅިގެން ހިނގާނެ ހަރަދުތައް އެ ތަނެއްގެ އަހަރީ ބަޖެޓުގައި ހިމަނައިގެން ކުރެވިދާނެއެވެ. ނަމަވެސް، އެ ހަރަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހާއަށް ބޭނުންވާ އާލާތެއް ނުވަތަ އެހެނިހެން ކަމެއްނަމަ، އެ ކަމަކަށް ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އެޖެންސީގައި އެދެވިދާނެއެވެ.
29 ވަނަ މާއްދާ - ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގެ މަރުހަލާތަކުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން
(ހ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން ކުރާ އިއުލާނުތައް ތައްޔާރުކޮށްފައި ހުންނަންވާނީ، އެ ފަރާތްތަކަށް އޭގައިވާ މައުލޫމާތުތައް ދެނެގަނެވޭ ގޮތަށެވެ. އެގޮތުން ދިވެހި ސަރުކާރުގެ ގެޒެޓުގައި އިއުލާނު ށާއިއުކުރުމާއެކު ދިވެހިރާއްޖޭގެ އަޑު މެދުވެރިކޮށް އިއުލާނު ކުރަންވާނެވެ. މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި މަސައްކަތްކުރާ ޖަމުއިއްޔާތަކަށާއި ޖަމާއަތްތަކަށް ފޮނުވުމާއި، އެފަދަ ޖަމާއަތްތަކުން މުއާމަލާތުކުރުމަށް ބޭނުންކުރާ އިލެކްޓްރޯނިކް ޕްލެޓްފޯމްތަކަށް ފޮނުވުމާއި، ތަފާތު އެހެނިހެން ވަސީލަތްތައް ބޭނުންކުރުމަކީ މުހިންމު ކަމެކެވެ. އަދި ވަޒީފާއަށް އެދި ދަފުތަރުކޮށްފައިވާ ފަރާތްތަކަށް މި ފުރުސަތު ހުޅުވައިލެވިފައިވާކަން، ވަޒީފާއެއް އޮތް ތަނަކުން އަންގަންވާނެއެވެ. އަދި ވަޒީފާއަށް އިއުލާނުކޮށްފައިވާ ގޮތަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެ ވަޒީފާއަކަށް ކުރިމަތިލުމަށް އޮތް ހުރަހަކަށް ވެގެން ނުވާނެއެވެ.
(ށ) ވަޒީފާއަށް ކުރިމަތިލުމަށް އެދޭ ފަރާތުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމާއި، އެ ފޯމު ހުށަހެޅުމާއި ބަލައިގަތުމުގައި ބޭނުންވާ އެހީތެރިކަމަށް އެ ފަރާތުން އެދިއްޖެ ހިނދެއްގައި އެ އިދާރާއަކުން ފޯރުކޮށްދޭންވާނެއެވެ.
(ނ) ހުނަރު ވަޒަންކުރުމަށް ކުރިޔަށްގެންދާ މަރުހަލާތަކުގައި (އެސެސްމަންޓާއި، ޕްރެޒެންޓޭށަނާއި، އިންޓަވިއު) ތިރީގައިވާ ކަންކަން ރިއާޔަތް ކުރަންވާނެއެވެ.
- އެ މަރުހަލާއަކާ ގުޅޭ މައުލޫމާތ،ު ކުރިމަތިލައިފައިވާ ހުރިހާ ފަރާތްތަކަށް ސާފުކޮށް އެނގޭގޮތަށް އެކަށީގެންވާ ވަގުތު އޮއްވައި ފޯރުކޮށްދެވިފައިވާކަން؛
- އެ މަރުހަލާއެއް ފުރިހަމަކުރުމަށް ކަނޑައަޅައިފައިވާ ވަގުތަކީ ވަޒީފާއަށް ކުރިމަތިލައިފައިވާ، ނުކުޅެދުންތެރިކަން ހުންނަ ފަރާތަށް އެކަށީގެންވާ ވަގުތެއްކަން؛
- އެ މަރުހަލާއެއް ފުރިހަމަކުރުމުގެ ތެރެއިން، ވަޒީފާއަށް ކުރިމަތިލައިފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އިންތިޒާމުތައް (ހުސްވަގުތުކޮޅު، ތަރުޖަމާނެއްގެ އެހީތެރިކަން، ސުވާލު ދެނެގަތުމާއި ޖަވާބު ރިކޯޑުކުރުމުގައި ބޭނުންވާ ބަދަލު އިންތިޒާމު) ހަމަޖެއްސިފައިވާކަން.
30 ވަނަ މާއްދާ - ފަހި ފުރުސަތުތަކުގެ ތެރެއިން ވަޒީފާއަށް މީހުން ހޮވުން
(ހ) ފަހި ފުރުސަތަށް ހާއްސަކޮށްގެން ވަޒީފާއަކަށް ކުރިމަތިލުމަށް ހުޅުވައިލާނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ވަޒީފާއަށް އެދޭ މީހުންގެ ދަފުތަރުގައި ދަފުތަރުވެފައިވާ މީހުންގެ މެދުގައި ވާދަކުރާ ގޮތަށެވެ. މިގޮތަށް ހުޅުވައިލެވޭ ފުރުސަތާ ގުޅޭ މައުލޫމާތު އެ ފަރާތްތަކާ ހިއްސާކުރާނީ، ވަޒީފާއަށް އިއުލާނުކުރާ ތަނެއްގެ ވަޒީފާގެ ފުރުސަތުތަކާ ގުޅޭ، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކެވެ.
- ވަޒީފާދޭ ފަރާތް؛
- މަގާމުގެ ނަމާއި، މުސާރައާއި، އެލަވަންސް؛
- މަގާމަށް ކުރިމަތިލުމުގެ ށަރުތުތަކާއި، މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް؛
- މަގާމަށް ބޭނުންވާ އަސާސީ ހުނަރާއި ގާބިލުކަން؛
- މަގާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް.
(ށ) ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވުމުން، އެ ވަޒީފާއަށް ށައުގުވެރިކަން ފާޅުކޮށް ކުރިމަތިލައިފައިވާ ފަރާތްތައް ސްކްރީން ކުރަންވާނެއެވެ. މި ގޮތުން ސްކްރީން ކުރުމުގައި ބަލާނީ އަންނަނިވި ކަންކަމަށެވެ.
- ވަޒީފާއަށް އައްޔަނުކުރުމުގެ އަސާސީ ށަރުތުތައް ފުރިހަމަވާ މީހެއްކަމުގައި ވުން (މި ށަރުތުތައް ފުރިހަމަވޭތޯ ބެލުމުގައި އަސާސީ ފެންވަރު ދެނެގަންނާނީ، ކޮމްޕިޓެންސީ ޕްރޮފައިލުގައި ހިމެނޭ މައުލޫމާތަށް ބިނާކޮށެވެ.)؛
- މަގާމަށް ކަނޑައަޅައިފައިވާ އަސާސީ ހުނަރާއި ގާބިލުކަން، މަގާމަށް ކުރިމަތިލައިފައިވާ ފަރާތުގެ ކިބައިގައި ހުރިކަން.
(ނ) ފަހި ފުރުސަތުން ވަޒީފާ ހަމަޖައްސާއިރ،ު މަގާމަށް ކަނޑައަޅައި ފައިވާ އަސާސީ ގާބިލުކަން ހުރިކަން ދެނެގަންނާނީ ކޮމްޕިޓެންސީ ޕްރޮފައިލަށް ބިނާކޮށެވެ.
(ރ) ވަޒީފާއަށް ކުރިމަތިލައިފައިވާ ފަރާތްތައް ސްކްރީންކޮށް ނިމުމުން، ސްކްރީނިންގ މަރުހަލާއިން ނުހޮވޭ ފަރާތްތަކަށް، އެ ފަރާތްތަކުގެ އެޕްލިކޭށަން ނުހޮވުނު ސަބަބު ތަފުސީލުކޮށް އަންގަންވާނެއެވެ.
(ބ) ސްކްރީނިންގ މަރުހަލާއިން ހޮވޭ ފަރާތްތަކުގެ ތެރެއިން އެ މަގާމަށް އެންމެ ގާބިލު ފަރާތް ކަނޑައަޅާނީ، އެ ފަރާތްތަކުގެ މެދުގައި އިންޓަވިއުކޮށްގެންނެވެ. އަދި ސްކްރީނިންގ މަރުހަލާއިން އެންމެ ފަރާތެއް ހޮވުނު ނަމަވެސް، އެ ފަރާތަކީ މަގާމަށް ގާބިލު ފަރާތެއްތޯ ބެލުމަށް އިންޓަވިއު ކުރަންވާނެއެވެ.
(ޅ) އިންޓަވިއު ކުރިޔަށް ގެންދިއުމުގައި، ކުރިމަތިލައިފައިވާ ފަރާތްތަކުގެ ނުކުޅެދުންތެރިކަމުގެ ސަބަބުން އެ ފަރާތަށް ބޭނުންވާ ސަބަބުވެރި ބަދަލެއް އޮތްނަމަ، އެ ބަދަލެއް ހަމަޖައްސައިދޭންވާނެއެވެ.
(ކ) ވަޒީފާއަށް މީހުން ހޮވުމުގައި އަމަލުކުރާނެ ގޮތުގެ އާންމު މިންގަނޑެއް (ސްކްރީން ކުރުން، އިންޓަވިއު، ޕްރެޓިކަލް، މާކްސް ދިނުން) މި ގަވާއިދަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވައިލަންވާނެއެވެ.
(އ) ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ދެނެގަނެވުމުން، އެންމެ ގާބިލުކަމަށް އެ ފަރާތް ކަނޑައެޅުނުކަން އަންގަންވާނެއެވެ. އަދި އެ މަގާމަށް ކުރިމަތިލައި ފައިވާ އެހެން ފަރާތަކުގެ އެޕްލިކޭށަން ނުހޮވޭކަން އެ ފަރާތްތަކަށް އަންގަންވާނެއެވެ.
(ވ) ވަޒީފާއަށް އެންމެ ގާބިލު ފަރާތް ވަޒީފާއަށް އައްޔަނުކުރުމުގެ ކުރިން، އެ ވަޒީފާ އަދާކުރުމަށް ބޭނުންވާ ސަބަބުވެރި ބަދަލުތަކެއްވާނަމަ، ވަޒީފާއަށް ހޮވުނު ފަރާތާ މަށްވަރާކޮށްގެން އެ ތަނެއްގައި އެއްބަސްވާންވާނެއެވެ. ވަޒީފާއަށް އައްޔަނުކޮށްގެން އެ ވަޒީފާގައި އެ ފަރާތް ގެންގުޅެންވާނީ އެ ކަންކަން ކަށަވަރުކުރުމަށްފަހުގައެވެ. އަދި ވަޒީފާ އަދާކުރާ މުއްދަތުގައި، ވަޒީފާގެ މަސް އޫލިއްޔަތު ފުރިހަމަޔަށް އަދާކުރުމުގެ ގޮތުން ބޭނުންވާ އިތުރުކަމެއް ހުށަހަޅައިފިނަމަ، ދެފަރާތުން މަށްވަރާކޮށް، އެއްބަސްވާ ގޮތެއްގެ މަތީން އިންތިޒާމުތައް ހަމަޖައްސައިދޭންވާނެއެވެ.
(މ) ފަހި ފުރުސަތުގެ މަގުން ވަޒީފާއަށް މީހުން އައްޔަނުކުރުމާ ގުޅޭގޮތުން މި ގަވާއިދުގައި ބަޔާންކޮށްފައިނުވާ ކަމެއްގައި ގޮތެ އް ނިންމާނީ، މި ގަވާއިދުގެ މަގުސަދާ ފުށުނާރާނޭހެން އަދި އެ އިދާރާއާއި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ހައްގުތައް އެންމެ ފުރިހަމައަށް ކަށަވަރުކުރެވޭ ގޮތެއްގެ މަތީން، އެ އިދާރާއަކުންނެވެ. އަދި މިކަމުގައި ޑިސްއެބިލިޓީ އެޑްވައިޒަރީ ކޮމެޓީގެ ލަފާ ބޭނުންވާނަމަ، އެކަމަށް އެދި ހުށަހެޅިދާނެއެވެ.
އަށްވަނަ ބާބު
ވަޒީފާގައި ދެމިހުރުމަށް ހަމަޖައްސާ ސަބަބުވެރި ބަދަލުތައް
31 ވަނަ މާއްދާ - ކޮންމެ މުވައްޒަފަކަށް
(ހ) އިދާރާތަކުގެ މުވައްޒަފުންގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަސޭހަ ފިޔަވަޅުތައް އެ މުވައްޒަފެއްގެ ހުރި ނުކުޅެދުންތެރިކަމަކާ ގުޅިގެން ބޭނުންވާ އެކަށީގެންވާ މަށްވަރާގެ މަތީން އެ ކަމާމެދު ގޮތެއް ނިންމައި، އެ ހުށަހެޅުމަކާ ގުޅިގެން ހަމަޖައްސަންޖެހޭ ސަބަބުވެރި ބަދަލުތައް ހަމަޖައްސަންވާނެއެވެ.
(ށ) ވަޒީފާ އަދާކުރުމަށް ކަނޑައެޅިފައިވާ ތަނާއި، އަމަލުކުރަންޖެހޭ އުސޫލުތަކާއި، ކަނޑައެޅިފައިވާ އިންތިޒާމުތަކަކީ މުވައްޒަފެއްގެ ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެހެން މުވައްޒަފުންނާ އަޅައިކިޔާއިރު އެ މުވައްޒަފަކަށް ބުރައަކަށްވާނަމަ، އެކަން ހައްލުކުރުމަށް އެ އިދާރާއަކުން ފިޔަވަޅުތައް އަޅަންވާނެއެވެ.
(ނ) ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ސަބަބުވެރި ބަދަލު ހަމަޖެއްސުމުގައި އިދާރާތަކުން ރިއާޔަތްކުރަންވާނީ، އެ އިންތިޒާމަކީ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފަށް އެޔާ ނުލައި ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ދަތިވާ އިންތިޒާމަކަށް ވާނަމައެވެ. މިފަދަ އިންތިޒާމުތަކުގެ ތެރޭގައި، މުވައްޒަފުން ވަޒީފާ އަދާކުރާ ގޮތާއި، ތަނަށް ގެންނަ ބަދަލުތައް ހިމެނެއެވެ.
(ރ) ވަޒީފާގައި ދެމިހުރުމަށް ހަމަޖައްސާ ސަބަބުވެރި ބަދަލުތައް ދެފަރާތުން އެއްބަސްވާގޮތެއްގެ މަތީން ލިޔެ ފައިލުކޮށްފައި އޮންނަންވާނެއެވެ. އަދި މިގޮތުން އެއްބަސްވާ ބަދަލުތަކަށް އުނިއިތުރެއް ގެންނަން ޖެހިއްޖެ ހާލަތެއްގައި، އެންމެ ފަހުގެ އެއްބަސްވުން ލިޔެފައި އޮންނަންވާނެއެވެ.
32 ވަނަ މާއްދާ - ކޯޗުކުރުމާއި މެންޓަރ ކުރުމާއި ތަމްރީނު ދިނުން
(ހ) ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުންނަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެ ގޮންޖެހުންތަކުން އަރައިގަތުމަށާއި މަސައްކަތުގެ މާހައުލަށް އަހުލުވެރިވުމަށް އެ މުވައްޒަފެއްގެ ގާބިލުކަން ހުރި މިންވަރަކުން ފުރުސަތުތައް އިދާރާއިން ފަހިކޮށްދޭންވާނެއެވެ.
(ށ) މުވައްޒަފަކީ އެ މަސައްކަތް ކުރުމަށް ގާބިލު ފަރާތަކަށް ވެފައި، އެ މުވައްޒަފަށް ބޭނުންވަނީ މަސައްކަތުގެ އައު މާހައުލަކަށް ހޭނި، އެ މުވައްޒަފެއްގެ ގާބިލުކަން އެންމެ ފުރިހަމަޔަށް ދައްކުވައިދިނުމަށް ހުރި ހުރަސްތައް މަދުކުރުން ކަމަށް ވާނަމަ، އެ ގޮންޖެހުންތަކުން އަރައިގަތުމަށް ހަދާނެ ގޮތްތަކާއި ކުރާނެ ކަންކަން އެ މުވައްޒަފަށް ބުނެދޭންވާނެއެވެ.
(ނ) މުވައްޒަފަކީ އެ މަސައްކަތް ކުރުމަށް ބޭނުންވާ އަސާސީ ގާބިލުކަމާއި ސިފަތައް ހުރި ފަރާތަކަށްވީ ނަމަވެސް، އެ މަސައްކަތްކުރަންޖެހޭ ގޮތްތާއި ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރަންވީގޮތް ބުނެދޭންޖެހޭނަމަ، އެ މުވައްޒަފަކަށް މެންޓަރިންގގެ ފުރުސަތުތަކާއި ތަމްރީނުގެ ފުރުސަތު ފަހިކޮށްދޭންވާނެއެވެ.
(ރ) މުވައްޒަފުގެ ގާބިލުކަން އިތުރުކޮށް، ވަޒީފާގެ މަސްއޫލިއްޔަތު ފުރިހަމަޔަށް އަދާކުރުމަށް މުވައްޒަފަށް ބޭނުންވާ އެހީތެރިކަމަކީ ކޮބައިކަން ވަޒީފާއަށް އައްޔަނުކުރުމުގެ ކުރިންނާއި ވަޒީފާއަށް އައްޔަނުކުރުމަށްފަހުގައި ގަވާއިދުން ބަލައި އެ އިދާރާއަކުން ފޯރުކޮށްދޭންވާނެއެވެ. މިގޮތަށް ފޯރުކޮށްދެވޭ ކޮންމެ އެހީތެރިކަމަކީ އަދި އެއާ ގުޅޭ ނިންމުންތަކަކީ މުވައްޒަފުގެ ބައިވެރިވުމާއި އެއްބަސްވުން ހޯދައިގެން ނިންމޭ ނިންމުމެއް ކަމުގައި ވާންވާނެއެވެ.
ނުވަވަނަ ބާބު
ފެންވަރު ބެލުމާއި ށަކުވާ ހުށަހެޅުން
33 ވަނަ މާއްދާ - މަސައްކަތުގެ ފެންވަރު ބެލުން
(ހ) މުވައްޒަފުންގެ މަސައްކަތްކުގެ ފެންވަރު ގަވާއިދުން މޮނިޓަރކޮށް، ރަނގަޅަށް ކުރެވޭ ކަންކަމާއި، އިސްލާހުކުރަންޖެހޭ ކަންކަމާއި، މަސައްކަތް އިތުރަށް ފުރިހަމަކުރެވިދާނެ ގޮތުގެ ފީޑްބެކ،ް ޑިސްއެބިލިޓީ ލިޔޭޒަން އޮފިސަރުގެ އެހީތެރިކަމާއެކު، ސުޕަވައިޒަރ،ު އެ މުވައްޒަފަށް ދޭންވާނެއެވެ.
(ށ) ފީޑްބެކް ދިނުމުގެ ނިޒާމު ބިނާކުރަންވާނީ، ކޮންމެ މުވައްޒަފެއްގެ ނުކުޅެދުންތެރިކަމުގެ ހާލަތަށް ރިއާޔަތްކުރެވިގެންނެވެ. މިގޮތުން އެ މުވައްޒަފެއްގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމަކީ ފޯމަލް، ނުވަތަ ސެމ-ީފޯމަލް ނުވަތަ އިންފޯމަލް ޕްރޮސެސްއެއްތޯ ކަނޑައެޅުމާއި، ލިޔުމުން ނުވަތަ އަނގަބަހުން ފީޑްބެކް ދިނުން ނުވަތަ އެހެން ގޮތަކުން މި ނިޒާމުގެ ތެރެއަށް ގެންނަންޖެހޭ ސަބަބުވެރި ބަދަލުތަކަކީ ކޮބައިކަން އެ އިދާރާއަކުން ދެނެގަނެ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީއަށް ހުށަހަޅަންވާނެއެވެ.
34 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން
(ހ) ވަޒީފާއާ ގުޅޭ އެއްވެސް މައްސަލައެއްގައި ހިތްހަމަނުޖެހުމެއް ނުވަތަ ށަކުވާއެއް އޮތްނަމަ، އެ ށަކުވާއެއް ފުރަތަމަ ހުށަހަޅާނީ، ވަޒީފާދޭ ތަނަކަށެވެ.
(ށ) އިދާރާތަކުން ބަލާ ށަކުވާގެ މައްސަލަތައް ބަލައި ހައްލުކުރަންޖެހޭ ކަންކަން ހައްލުކުރުން ކުރިޔަށްގެންދާނީ، އެ އިދާރާގައި ގާއިމުވެފައިވާ އިދާރީ އިންތިޒާމުތަކުގެ ތެރެއިންނެވެ.
(ނ) ހުށަހަޅާ ށަކުވާއަކާ ގުޅޭގޮތުން ފަންނީ ލަފައެއް ބޭނުންވެއްޖެނަމަ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީގައި އެފަދަ ލަފަޔަކަށް އެދެވިދާނެއެވެ.
(ރ) މި މާއްދާގެ (ހ) އާއި، (ށ) އާއި (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނު ނަންބަރު 2010-08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު) ގެ ދަށުން މައްސަލަތަކާއި ށަކުވާތައް ހުށަހެޅުމަށް ކަނޑައަޅައިފައިވާ ގޮތުގެ މަތީން މައްސަލަތަކާއި ށަކުވާތައް ހުށަހެޅުމަށް މި ގަވާއިދު ހުރަހެއްނާޅައެވެ.
ދިހަވަނަ ބާބު
އެހެނިހެން މާއްދާތައް
35 ވަނަ މާއްދާ - މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް މާނަކުރުން
ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ވަޒީފާ ދިނުމަށް ތައްޔާރުވެފައިވާ ތަން" ކަމަށް ބުނެފައި އެވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ހަމަޖެއްސުމަށް ތައްޔާރުވެފައިވާ ވަޒީފާދޭ ތަންތަނަށެވެ.
(ށ) "ޑިސްއެބިލިޓީ ލިޔޭޒަން އޮފިސަރ" ކަމަށް ބަޔާންކޮށްފައި އެވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަ ށް ކަންކަން ވިލަރެސްކޮށްދޭ ފަރާތަށެވެ.
(ނ) "ކޮމްޕިޓެންސީ ޕްރޮފައިލް" ކަމަށް ބަޔާންކޮށްފައި އެވަނީ، ގާބިލުކަން ވަޒަންކޮށްފައިވާ ގޮތުގެ މައްޗަށް މިނިސްޓްރީން ތައްޔާރުކުރާ ލިޔުމަށެވެ.
(ރ) "ރީޒަނަބްލް އެޖަސްޓްމަންޓް" ނުވަތަ "ސަބަބުވެރި ބަދަލުތައް" ކަމަށް ބަޔާންކޮށްފައި އެވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުން ވަޒީފާއެއް އަދާކުރުމަށް ޓަކައި އެ ވަޒީފާ އަދާކުރާ މާހައުލެއްގައި ނުވަތަ އެ އިދާރާއިން ކޮންމެހެން ފުރިހަމަކުރަންޖެހޭ ކަންތައްތަކަށެވެ.
(ބ) "ފަހި ފުރުސަތު" ނުވަތަ "ނޮން ކޮމްޕެޓިޓިވް ޕާތުވޭ" ކަމަށް ބަޔާންކޮށްފައި އެވަނީ، ވަޒީފާ ހޯދުމުގައި މި މަގު ހިޔާރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ބޭނުންވާ ހުނަރާއި ގާބިލުކަން ލިބިފައިވާކަމަށް ކޮމްޕިޓެންސީ ޕްރޮފައިލުން ދެނެގަނެވޭ ފަރާތްތަކުގެ މެދުގައި ވާދަވެރިކޮށް ހޯދޭ ވަޒީފާގެ ފުރުސަތަށެވެ.
(ޅ) "އާންމު ހާލަތު" ނުވަތަ "ކޮމްޕެޓިޓިވް ޕާތުވޭ" ކަމަށް ބަޔާންކޮށްފައި އެވަނީ، ވަޒީފާއަށް ށަރުތު ހަމަވާ، ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާއަށް ކުރިމަތިލައި،ނުކުޅެދުންތެރިކަން ނުހުންނަ މީހުންނާ ވާދަކޮށްގެން ވަޒީފާގެ ފުރުސަތު ހޯދުމަށެވެ.
(ކ) "މިނިސްޓްރީ" ކަމަށް ބަޔާންކޮށްފައި އެވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާބެހޭ އެންމެހައި ސިޔާސަތުތައް ކަނޑައެޅުމަށް ޓަކައި ސަރުކާރުން ހަވާލުކުރާ ވުޒާރާއަށެވެ.
(އ) "މިނިސްޓަރ" ކަމަށް ބަޔާންކޮށްފައި އެވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާބެހޭ އެންމެހައި ސިޔާސަތުތައް ކަނޑައެޅުމަށް ސަރުކާރުން ހަވާލުކުރާ ވުޒާރާގެ ވަޒީރަށެވެ.
36 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަށް ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެން 1 (އެކެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު