-

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2024-09) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2026-62)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 6 ޖުލައި 2026 ގައި)

 

ގަވާއިދު ނަންބަރު 2024-09 (ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް (ކ) ގެ ގޮތުގައި އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

ވަޒީފާ ދިނުމާއި، މަސައްކަތުގެ މާހައުލުގައި ތަފާތު ނުކުރުމާއި، ހަމަހަމަ ފުރުސަތު ލިބިދިނުން 3. 

(ކ) ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމު ފުރިހަމަކުރުމާއި، އެ ފޯމު ހުށަހެޅުމާއި ބަލައިގަތުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އެހީތެރިކަމަށް އެދިއްޖެ ނަމަ، ވަޒީފާދޭ ފަރާތުންނާއި މިނިސްޓްރީން އެ އެހީތެރިކަމެއް ފޯރުކޮށްދޭންވާނެއެވެ. 

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާ، އަންނަނިވި ގޮތަށް އިސްލާހުކުރުން.

ގަވާއިދު ތަންފީޒުކުރުން 5.

(ހ) މިއ،ީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް، ހަމަހަމަ އުސޫލުން ވަޒީފާގެ ފުރުސަތު ހަމަޖައްސައިދިނުމުގެ ގޮތުން، ހާއްސަ އުސޫލުތައް ކަނޑައެޅުމަށް ޓަކައި އެކުލަވައިލައިފައިވާ ހާއްސަ ގަވާއިދެކެވެ. މި ގަވާއިދުގައި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް ދިވެހިރާއްޖޭގައި ވަޒީފާދޭ އެންމެހައި އިދާރާތަކުން އަމަލުކުރަންވާނެއެވެ.

(ށ) ވަޒީފާދޭ އެންމެހައި އިދާރާތަކުން ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކުރެވިގެން މަގާމުތައް ކަނޑައަޅައި، އެ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދޭންވާނެއެވެ.

(ނ) ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ގަވާއިދުގެ ދަށުން ވަޒީފާ ދިނުމާއި ވަޒީފާ ހަމަޖެއްސުމުގެ އެންމެހައި ކަންކަން ކުރިޔަށް ގެންދަންވާނ،ީ މި ގަވާއިދުގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ދިނުމާ ގުޅޭގޮތުން ކަނޑައަޅައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ ތިރީގައިވާ 3 (ތިނެއް) މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

  1. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާދޭ ތަންތަނުގައި ފުރިހަމަވާންޖެހޭނެ ކަންކަން ބަޔާންކޮށްފައިވާ މިންގަނޑު؛
  2. ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާހައުލުގައި ށާމިލުކުރުމަށް ވަޒީފާދޭ ފަރާތުން ގެންނަންޖެހޭ ސަބަބުވެރި ބަދަލުތަކުގެ މިންގަނޑު؛
  3. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމުގެ އާންމު މިންގަނޑު.

 

3 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ އަރިމަތީ ސުރުހީ އިސްލާހުކޮށް، އެ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހު ކުރުން.

ދަރިވަރުންނާއި ތަމްރީނުވާ ފަރާތްތަކުގެ ކޮމްޕީޓެންސީ ޕްރޮފައިލް 8.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތައުލީމުދޭ މަދަރުސާތަކުގައި ކިޔަވާ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުން ފިޔަވައި، ނުކުޅެދުންތެރިކަން ހުންނަ އެ ނޫން ފަރާތްތަކުގެ ކޮމްޕީޓެންސީ ޕްރޮފައިލް މިނިސްޓްރީން ތައްޔާރުކުރަންވާނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ އަރިމަތީ ސުރުހީ އިސްލާހުކޮށް، އެ މާއްދާގެ (ށ) ގެ ފަހަތަށް (ނ) އާއި (ރ) ގެ ގޮތުގައި އަންނަނިވި ފަދައިން ދެ އަކުރެއް އިތުރުކުރުން.

ވަޒީފާއަށް ބޭނުންވާ ކޮމްޕީޓެންސީ ޕްރޮފައިލް ތައްޔާރުކުރުން 12.

(ނ) މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ވަޒީފާއަށް އެދޭ މީހުންގެ ދަފުތަރުގައި ރަޖިސްޓަރީވާ ފަރާތްތަކުގެ ވަޒީފާއަށް ބޭނުންވާ ކޮމްޕީޓެންސީ ޕްރޮފައިލް މިނިސްޓްރީން ތައްޔާރުކުރަންވާނެއެވެ. 

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ވަޒީފާއަށް ބޭނުންވާ ކޮމްޕީޓެންސީ ޕްރޮފައިލ،ް މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ވަޒީފާއަށް އެދޭ މީހުންގެ ދަފުތަރުގައި ރަޖިސްޓަރީވާ ފަރާތްތަކުގެ ކޮމް ޕީޓެންސީ ޕްރޮފައިލް އެކުލަވައިލާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތަށް މިނިސްޓްރީން ހިއްސާކުރަންވާނެއެވެ.

(ބ) ނުކުޅެދުންތެރިކަންހުރި ފަރާތުން، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކޮމްޕީޓެންސީ ޕްރޮފައިލަށް އެދޭ ހާލަތުގައި މިނިސްޓްރީން ދޫކުރާ ކޮމްޕީޓެންސީ ޕްރޮފައިލަކީ 3 (ތިނެއް) މަސްދުވަސް ހަމަވެފައިނުވާ ޕްރޮފައިލެއްކަން މިނިސްޓްރީން ކަށަވަރުކުރަންވާނެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 22 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން

ވަކިކުރުން މެންބަރުކަމުން 22.

(ހ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީގެ އެއްވެސް މެންބަރަކު، މަގުބޫލު އުޒުރެއްނެތި ވިދިވިދިގެން ކޮމިޓީގެ 3 (ތިނެއް) ބައްދަލުވުމަށް ހާޒިރުނުވެއްޖެ ނަމަ، އެ މެންބަރަކަށް އެކަން ލިޔުމުން އަންގައި، މެންބަރުކަމުން ވަކިކުރުމުގެ އިހުތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 26 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ފަހި ފުރުސަތުގެ މަގު (ނޮން ކޮމްޕެޓިޓިވް ޕާތުވޭ) 26.

(ށ) މި ގަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕްރޮފައިލަށް ރިއާޔަތްކޮށް، އެ ފަރާތަކަށް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން، މި މާއްދާގައިވާ ފުރުސަތުތައް ފަހިކޮށްދެވޭނެއެވެ. އަދި މިނިސްޓްރީން ބޭނުންވެއްޖެ ހާލަތުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީގެ ލަފާ ހޯދިދާނެއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރު، އަންނަނިވި ގޮތަށް އިސް ލާހުކުރުން.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގެ މަރުހަލާތަކުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން 29.

(1) އެ މަރުހަލާއަކާ ގުޅޭ މައުލޫމާތު، އެ މަރުހަލާއެއް ފުރިހަމަކުރުމުގެ 3 (ތިނެއް) ދުވަހުގެ ކުރިން، ވަޒީފާއަށް ކުރިމަތިލައިފައިވާ ހުރިހާ ފަރާތްތަކަށް ފޯރުކޮށްދިނުން؛

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 30 ވަނަ މާއްދާގެ (ޅ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ފަހި ފުރުސަތުތަކުގެ ތެރެއިން ވަޒީފާއަށް މީހުން ހޮވުން 30.

(ޅ) ވަޒީފާއަށް ކުރިމަތިލައިފައިވާ ފަރާތް ކުރިމަތިލައިފައިވާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ޓަކައި ބޭނުންވާ ސަބަބުވެރި ބަދަލަކީ ކޮބައިކަން ވަޒީފާދޭ ފަރާތުން އިންޓަވިއު މަރުހަލާގައި ތަފުސީލުކޮށް ދެނެގަނ،ެ އެ ބަދަލެއް ހަމަޖައްސައިދޭންވާނެއެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 33 ވަނަ މާއްދާގެ އަރިމަތީ ސުރުހީ އިސްލާހުކޮށް، އެ މާއްދާގެ (ށ) ގެ ފަހަތަށް (ނ) އާއި (ރ) އާއި (ބ) ގެ ގޮތުގައި އަންނަނިވި ފަދައިން ތިން އަކުރު އިތުރުކުރުން.

މަސައްކަތުގެ ފެންވަރު ބެލުމާއި ވަޒީފާގައި ދެމިހުރުމަށް އެހީތެރިވުން 33.

(ނ) ވަޒީފާގެ މާހައުލުގައި ސަބަބުވެރި ބަދަލުތަކުގެ ބޭރުން، ވަޒީފާދޭ ފަރާތުން އެކުލަވައިލައިފައިވާ އުސޫލުތަކަށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އަމަލުކުރަންވާނެއެވެ.

(ރ) ނުކުޅެދުންތެރިކަން ހުންނަ ފަރާތަށް ވަޒީފާގައި ދެމިހުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތް ވަޒީފާއަށް އައްޔަނުކުރެވޭތާ ގިނަވެގެން ރަސްމީ 5 (ފަހެއް) ދުވަހުގެ ތެރޭގައި، އެ ފަރާތް ވަޒީފާ އަދާކުރާ ތަނާއި، ވަޒީފާގެ މަސްއޫލިއްޔަތާއި، ސުޕަވައިޒަރުގެ މައުލޫމާތު އެނގޭނޭހެން ވަޒީފާއާ ގުޅުންހުރި މައުލޫމާތު، ވަޒީފާދޭ ފަރާތުން މިނިސްޓްރީއާ ހިއްސާކުރަންވާނެއެވެ.

(ބ) ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގައި ދެމިތިބުމަށް މަގުފަހިކުރުމުގެ ގޮތުން، އެ ފަރާތްތަކަށާއި ވަޒީފާދޭ ފަރާތްތަކަށް އަމާޒުކޮށްގެން ސެންސިޓައިޒޭށަން ޕުރޮގުރާމުތައް ހިންގަންވާނެއެވެ. މީގެ އިތުރުން، މަސައްކަތުގެ މާހައުލުގައި ގެންނަންޖެހޭ ސަބަބުވެރި ބަދަލުތައް ގެނައުމަށް ޓަކައި، މިނިސްޓްރީން ދެ ފަރާތާ ގުޅިގެން ގަވާއިދުން މޮނިޓަރިންގގެ މަސައްކަތްތައް ރާވައިގެން ކުރިޔަށް ގެންދަންވާނެއެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 35 ވަނަ މާއްދާގެ (އ) ގެ ފަހަތަށް (ވ) ގެ ގޮތުގައި އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން. 

މާނަކުރުން 35.

(ވ) "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ވަޒީފާއަށް އެދޭ މީހުންގެ ދަފުތަރު" ކަމަށް ބަޔާންކޮށްފައި އެވަނީ، މިނިސްޓްރީން ބަލަހައްޓާ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ވަޒީފާގެ ފުރުސަތު ބޭނުންވާ ފަރާތްތަކުގެ ދަފުތަރަށެވެ.

 

11 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހު މި ގަވާއިދަށް އަމަލުކުރަން ފަށާނ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2024-09)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2024-09)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު