-

ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި ބިދޭސީ މުވައްޒަފުން ބައިވެރިކުރުމާއި، ސްކީމުގެ ދަށުން ފޯރުކޮށްދޭންޖެހޭ އިނާޔަތްތައް ބިދޭސީ މުވައްޒަފުންނަށް ފޯރުކޮށްދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2018-25) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-165)

(މި ގަވާއިދަށް އަމަލުކުރަންފެށީ 12 އޮކްޓޫބަރު 2023 ގައި)

 

ގަވާއިދު ނަންބަރު 2018-25 (ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި ބިދޭސީ މުވައްޒަފުން ބައިވެރިކުރުމާއި، ސްކީމުގެ ދަށުން ފޯރުކޮށްދޭންޖެހޭ އިނާޔަތްތައް ބިދޭސީ މުވައްޒަފުންނަށް ފޯރުކޮށްދިނުމާބެހޭ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) އާއި އެ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިނާޔަތްތައް ފޯރުކޮށްދިނުމަށް ޓަކައި ފުރިހަމަވާންޖެހޭ ކަންކަން 9.

(ހ) މި ގަވާއިދުގެ ދަށުން ބިދޭސީ މުވައްޒަފުންނަށް ޕެންށަން ފައިސާ ދޫކުރެވޭނީ، އެކަމަށްޓަކައި ޕެންށަން އޮފީހުން ހާއްސަކޮށްފައިވާ ފޯމު ފުރިހަމަކޮށްފައި ޕެންށަން އޮފީހަށް ހުށަހެޅުމުންނެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ފޯމު އާންމުކޮށް ލިބޭނެ އިންތިޒާމު ޕެންށަން އޮފީހުން ހަމަޖައްސަންވާނެއެވެ. ޕެންށަން އޮފީހަށް ހާޒިރުވެގެން ނުވަތަ އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށްވެސް ފޯމު ހުށަހެޅިދާނެއެވެ.

(ނ) ޕެންށަނުގެ އުމުރު ހަމަވުމުގެ ކުރިން ބިދޭސީ މުވައްޒަފަކު ދާއިމަށް ދިވެހިރާއްޖެ ދޫކޮށް ދާން ނިންމައިފިނަމަ، އެ މުވައްޒަފަކު ދިވެހިރާއްޖެ ދޫކޮށް ދިއުމަށް ނިންމާ ހިސާބުން ފެށިގެނ،ް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމު ހުށަހެޅިދާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ އަރިމަތީ ސުރުހީއާއި އެ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުމާއި، އެ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް (ނ) އާއި، (ރ) އާއި، (ބ) އާއި، (ޅ) ގެ ގޮތުގައި އަކުރު އިތުރުކުރުން.

ފައިސާ ދޫކުރެވޭނެ ގޮތް 10.

(ހ) މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގެ ދަށުން ޕެންށަން ފައިސާ ނަގައިފައިވާ ބިދޭސީ މުވައްޒަފަކަށ،ް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި އަލުން ބައިވެރިވެވިދާނެއެވެ. އެހެންނަމަވެސް، އެފަދަ ބިދޭސީ މުވައްޒަފެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާވާ ފައިސާ ދެވަނަފަހަރަށް ދޫކުރެވޭނީ، އެ ބިދޭސީ މުވައްޒަފެއްގެ އުމުރުން 65 (ފަސްދޮޅަސްފަހެއް) އަހަރު ފުރުމުންނެވެ.

(ނ) ބިދޭސީ މުވައްޒަފުންނަށް ޕެންށަން ފައިސާ ޖަމާކުރެވޭނީ، ދިވެހި ރުފިޔާއިންނެވެ. މިގޮތުނ،ް ޕެންށަން ފައިސާ ޖަމާކުރެވޭނީ، ދިވެހިރާއްޖޭގައި ހިންގާ ބޭންކެއްގައި އެ ބިދޭސީ މުވައްޒަފެއްގެ ނަމުގައި ނުވަތަ އެ ބިދޭސީ މުވައްޒަފަކު ކަނޑައަޅާ އެހެން މީހެއްގެ ނަމުގައި ހުޅުވައިފައިވާ ދިވެހި ރުފިޔާގެ އެކައުންޓަކަށެވެ.

(ރ) ބިދޭސީ މުވައްޒަފެއްގެ ޕެންށަން ފައިސާ ޖަމާކުރުމަށް އެހެން މީހެއްގެ ނަމުގައިވާ ބޭންކް އެކައުންޓެއް ކަނޑައަޅާނަމަ، އެކަން ކޮށްފައިވަނީ ބިދޭސީ މުވައްޒަފުގެ އަމިއްލަ އިހުތިޔާރުގައިކަން ޕެންށަން އޮފީހަށް ކަށަވަރު ކޮށްދިނުމުގެ ގޮތުނ،ް މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމުގައި ހާއްސަކޮށްފައިވާ ބައިތައް، ޕަބްލިކް ނޯޓަރީއެއް މެދުވެރިކޮށް ފުރިހަމަކުރަންޖެހޭނެއެވެ.

(ބ) ބިދޭސީ މުވައްޒަފަކު ނިޔާވެއްޖެނަމަ، އެ ބިދޭސީ މުވައްޒަފެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާވެފައިވާ އެންމެހައި ފައިސާ ހޯދުމަށް އެދި އެ ބިދޭސީ މުވައްޒަފެއްގެ ވާރިސުންނަށް ޕެންށަން އޮފީހަށް ހުށަހެޅިދާނެއެވެ. މިގޮތުނ،ް ވާރިސުން ހުށަހަޅަންވާނީ، މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމު މެދުވެރިކޮށ،ް ބިދޭސީ މުވައްޒަފު ނިޔާވެފައިވާކަން އެނގޭނެ ރަސްމީ ލިޔެކިޔުމާއި، ވާރިސުންނަކީ ކޮން ބައެއްކަމާއި، އެ ވާރިސުންނަށް ޕެންށަން ފައިސާ ހައްގުވާކަމަށް ބަޔާންކޮށް އެ ގައުމެއްގެ ކޯޓަކުން ކޮށްފައިވާ ހުކުމެއް ނުވަތަ އަމުރެއް ޕެންށަން އޮފީހަށް ހުށަހެޅުމުންނެވެ. މި މާއްދާގެ ދަށުން ވާރިސުން ހުށަހަޅާ ލިޔެކިޔުމުގެ ސައްހަކަން ކަށަވަރުކުރުމުގެ ބާރު ޕެންށަން އޮފީހަށް ލިބިގެންވެއެވެ.

(ޅ) ނިޔާވެފައިވާ ބިދޭސީ މުވައްޒަފެއްގެ ޕެންށަން ފައިސާ ވާރިސުންނަށް ދޫކުރެވޭނީ، ނިޔާވެފައިވާ ބިދޭސީ މުވައްޒަފުގެ ވާރިސުންގެ ނަމުގައި ނުވަތަ ވާރި ސުން ކަނޑައަޅާ އެހެން މީހެއްގެ ނަމުގައި، ދިވެހިރާއްޖޭގައި ހިންގާ ބޭންކެއްގައި ހުޅުވައިފައިވާ ދިވެހި ރުފިޔާގެ އެކައުންޓަކަށެވެ. ޕެންށަން ފައިސާ ޖަމާކުރުމަށް އެހެން މީހެއްގެ ނަމުގައިވާ ބޭންކް އެކައުންޓެއް ކަނޑައަޅާނަމަ، އެކަން ކޮށްފައިވަނީ ވާރިސުންގެ އަމިއްލަ އިހުތިޔާރުގައިކަން ޕެންށަން އޮފީހަށް ކަށަވަރުކޮށްދިނުމުގެ ގޮތުނ،ް މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމުގައި ހާއްސަކޮށްފައިވާ ބައިތައް، ޕަބްލިކް ނޯޓަރީއެއް މެދުވެރިކޮށް ފުރިހަމަކުރަންޖެހޭނެއެވެ.

 

3 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

މައި ގަވާއިދު

ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި ބިދޭސީ މުވައްޒަފުން ބައިވެރިކުރުމާއި، ސްކީމުގެ ދަށުން ފޯރުކޮށްދޭންޖެހޭ އިނާޔަތްތައް ބިދޭސީ މުވައްޒަފުންނަށް ފޯރުކޮށްދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2018-25)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި ބިދޭސީ މުވައްޒަފުން ބައިވެރިކުރުމާއި، ސްކީމުގެ ދަށުން ފޯރުކޮށްދޭންޖެހޭ އިނާޔަތްތައް ބިދޭސީ މުވައްޒަފުންނަށް ފޯރުކޮށްދިނުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2018-25)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު