-

ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި ބިދޭސީ މުވައްޒަފުން ބައިވެރިކުރުމާއި، ސްކީމުގެ ދަށުން ފޯރުކޮށްދޭންޖެހޭ އިނާޔަތްތައް ބިދޭސީ މުވައްޒަފުންނަށް ފޯރުކޮށްދިނުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2018-25)

1 ވަނަ މާއްދާ

(ހ) ތައާރަފު: 

މި ގަވާއިދަކީ، ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ ލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހަށް19 ވަނަ މާއްދާގެ (ލ) ގެ ދަށުން މޯލިބިދީފައިވާ ބާރުގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ.

(ށ) މަގްސަދު:

މި ގަވާއިދަކީ، ދިވެހިރާއްޖޭގެ ރިޓަޔަމަންޓް ޕެންށަން ސްކީމުގައި ބިދޭސީ މުވައްޒަފުން ބައިވެރިކުރުމަށާއި، ސްކީމުގެ ދަށުން ފޯރުކޮށްދޭންޖެހޭ އެންމެހައި އިނާޔަތްތައް ބިދޭސީ މުވައްޒަފުންނަށް ފޯރުކޮށްދިނުމަށްޓަކައި ގާއިމުކުރަންޖެހޭ އުސޫލުތައް ގާއިމުކުރުމަށާއި، އެ އުސޫލުތައް ތަންފީޒުކުރުމަށާއި، މިކަމާގުޅޭ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުމާބެހޭގޮތުން އެކުލަވައިލާފައިވާ ގަވާއިދެކެވެ.

(ނ) ގަވާއިދުގެ ނަން:

މި ގަވާއިދަށް ކިޔާނީ "ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި ބިދޭސީ މުވައްޒަފުން ބައިވެރިކުރުމާއި، ސްކީމުގެ ދަށުން ފޯރުކޮށްދޭންޖެހޭ އިނާޔަތްތައް ބިދޭސީ މުވައްޒަފުންނަށް ފޯރުކޮށްދިނުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - އިހްތިސާސް

މި ގަވާއިދު ހިނގާނީ، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަމުންދާ ބިދޭސީ މުވައްޒަފުންނާއި އެ މުވައްޒަފުންނަށް ވަޒީފާދޭ ފަރާތްތަކުގެ މައްޗަށް އެކަންޏެވެ. 

 

3 ވަނަ މާއްދާ - އެހެނިހެން ގަވާއިދުތަކުގެ ބާރު ހިނގުން 

(ހ) މި ގަވާއިދުގެ މާއްދާތަކާ ތައާރަޒުނުވާހައި ހިނދަކު، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި ބައިވެރިވާ ބިދޭސީންނާއި، ބައިވެރިވެފައިވާ ބިދޭސީންގެ މައްޗަށް ހިނގާނީ ގަވާއިދު ނަންބަރު 2014-20 (ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ގަވާއިދު) އެވެ.

(ށ) މިި ގަވާއިދުގެ މާއްދާތަކާ ތައާރަޒުނުވާހައި ހިނދަކު، މި ގަވާއިދދު ކިޔަންވާނީ، އަ ިދމާނަކުރަންވަނީ، ގަވާއިދު ނަންބަރު 2014-20 (ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަންސްކީމުގެ ގަވާއިދު) އާއި، ގަވާއިދު ނަންބަރު 2014-21 (ދިވެހިރާއްޖޭގެ ރިޓަޔަރމަންޓްޕެންށަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދު) ގެ މާއްދާތަކާ އެކުއެކީގައެވެ. 

 

ވަޒީފާއަދާކުރާ ބިދޭސިން ރިޓަޔަރމަންޓް ޕެންށަނުގައި ބައިވެރިކުރުން

 

4 ވަނަ މާއްދާ - ވަޒީފާއަދާކުރާ ބިދޭސީން އެންރޯލްކުރުން

(ހ) މީީލާދީ ގޮތުން އުމުރުން 16 އަހަރާއި 65 އަހަރާ ދެމެދުގެ ބިދޭސީ މުވައްޒަފަކު، ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުން،އެ މުވައްޒަފަކަށް ވަޒީފާދިން ފަރާތުން އިއުތިރާޒު ނުކުރާނަމަ، "ދިވެހިރާއްޖޭގެ ރިޓަޔަރމަންޓްޕެންށަން ސްކީމުގެ ގަވާއިދު" އާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންއެ މުވައްޒަފަކު ބައިވެރިކުރެވިދާނެއެވެ. 

(ށ) ވަޒީފާދޭ ފަރާތް، ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި ރަޖިސްޓަރީވުމަށްފަހު، ވަޒީފާދޭ ފަރާތުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފަކު، އެ މުވައްޒަފެއްގެ ރުހުމާއެކު ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި ބައިވެރިކުރަން އެދުމުން، ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ފުރިހަމަވާނަމ،ަ ސްކީމުގައި އެ މުވައްޒަފަކު ބައިވެރިކުރުމަށްފަހ،ު އެކަން ބަޔާންކޮށް ލިޔުމަކުން ވަޒީފާދޭ ފަރާތަށް ޕެންށަން އޮފީހުން އަންގަންވާނެއެވ.ެ 

 

5 ވަނަ މާއްދާ - ބިދޭސީ މުވައްޒަފުން ސްކީމުން ވަކިވުން

ދިިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި ބައިވެރިކޮށްފައިވާ ބިދޭސީ މުވައްޒަފަކުއެ ސްކީމުން ވަކިވާން ބޭނުންވެގެން ވަޒީފާދޭފަރާތުގައި އެދިއްޖެނަމަ އެކަން ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ. އަދި ބިދޭސީ މުވައްޒަފަކު މި ސްކީމުން ވަކިކުރަން ވަޒީފާދޭ ފަރާތުންބޭނުންވާނަމަ އެކަން އެ ބިދޭސީ މުވައްޒަފަށް އެންގުމަށްފަހު، އެކަމަށް ބޭނުންވާ ލިޔުން ޕެންށަންއޮފީހަށް ހުށަހަޅައިގެން އެ މުވައްޒަފަކު ވަކިކުރެވިދާނެއެވެ.

 

6 ވަނަ މާއްދާ - ބިދޭސީ މުވައްޒަފުން ދެނެގަތުން

ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުގެ ބޭނުމަށް ބިދޭސީ މުވައްޒަފުން ދެނެގަންނާނީ، އެ މީހުންގެ ޕާސްޕޯޓް ނަންބަރުންނެވެ. 

 

ބިދޭސީ މުވައްޒަފުންނަށް ޕެންށަންގެ ގޮތުގައި އިނާޔަތްތައް ފޯރުކޮށްދިނުން

 

7 ވަނަ މާއްދާ - ޕެންށަންގެ ގޮތުގައިދެވޭ އިނާޔަތްތައް ހިސާބުކުރުން

ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުގެ ދަށުން ބިދޭސީ މުވައްޒަފުންނަށް ޕެންށަންގެ ގޮތުގައި ދެވޭ އިނާޔަތްތައް ހިސާބުކޮށް، ޕެންށަންގެ ގޮތުގައި ފޯރުކޮށްދެވޭ އިނާޔަތައްތައް ފޯރުކޮށްދޭންވާނީ، މި ގަވާއިދާއި "ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. 

8 ވަނަ މާއްދާ - ޕެންށަންގެ ގޮތުގައި ފޯރުކޮށްދެވޭ އިނާޔަތްތައް

(ހ) ރިިޓަޔަރމަންޓް ޕެންށަން ސްކީމުގައި ބައިވެރިވެފައިވާ ބިދޭސީ މުވައްޒަފަކު، ޕެންށަންދިނުމަށް ހަމަޖައްސާފައިވާ އުމުރު ހަމަވުމުގެ ކުރިން ދާއިމަށް ދިވެހިރާއްޖެ ދޫކޮށްދާނަމަ،ދައުލަތުގެ މުވައްޒަފުންނަށް އެކްރޫޑް ޕެންށަން ރައިޓްސްގެ ގޮތުގައި ރިޓަޔަރމަންޓްސޭވިންގްސް އެކައުންޓަށް ޖަމާކުރާ ފައިސާ ފިޔަވައި، އެ ބިދޭސީ މުވައްޒަފެއްގެރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާކުރެވިފައިވާ ފައިސާ، މި ގަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުގެ ދަށުން،ޕެންށަން އޮފީހުން ކަނޑައަޅާ ގޮތެއްގެމަތިންއެ ބިދޭސީ މުވައްޒަފަށް ފޯރުކޮށްދޭންވާނެއެވެ.

(ށ) އެކުރޫޑް ޕެންށަން ރައިޓްސްގެ ގޮތުގައި ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާ، އުމުރުން 65 އަހަރުވުމުން މި ގަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފޯޯމު ހުށަހެޅުމުން، އެ ބިދޭސީ މުވައްޒަފަކަށް ދޭންވާނެއެވެ. މިގޮތުން ބިދޭސީ މުވައްޒަފަށް ދޭ ފައިސާ ދޭންވާނީ ގަނޑުކޮށް އެއްފަހަރާއެވެ. 

 

9 ވަނަ މާއްދާ - އިނާޔަތްތައް ފޯރުކޮށްދިނުމަށްޓަކައިފުރިހަމަވާންޖެހޭ ކަންކަން

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިނާޔަތްތައް ހޯދުމަށްޓަކައި، ބިދޭސީ މުވައްޒަފުން މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ "ބިދޭސީ މުވައްޒަފުން ޕެންށަނަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު، ޕެންށަން އޮފީހަށް ހުށަހަޅަންވާނެއެވެ. 

(ށ) މި ގަވާއިދުގައި ބުނެފައިވާ ކަންކަން ފުރިހަމަވެފައިވާ، ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި ބައިވެރިވެފައިވާ ބިދޭސީ މުވައްޒަފަކު، ސްކީމުގައި ހުރި ފައިސާ ނެގުމަށްޓަކައި ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރުމުނ،ް 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި އެ މުވައްޒަފެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ، އެ ބިދޭސީ މުވައްޒަފަކަށް ލިބޭނެގޮތް ޕެންށަން އޮފީހުން ހަމަޖައްސައިދޭންވާނެއެވެ. 

(ނ) ބިދޭސީ މުވައްޒަފަކ،ު ޕެންށަނަށް ދިނުމަށް ހަމަޖައްސާފައިވާ އުމުރު ހަމަވުމުގެ ކުރިން ދާއިމަށް ދިވެހިރާއްޖެ ދޫކޮށް ދާން ނިންމައިފިނަމަ، އެ މުވައްޒަފަކު، ރާއްޖެއިން ފުރާ ތާރީހުގެ 3 (ތިނެއް) މަސްދުވަހުގެ ކުރިން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމ،ު ޕެންށަން އޮފީހަށް ހުށަހެ ިޅދާނެއެވެ.

 

10 ވަނަ މާއްދާ - އެހެނިހެން

(ހ) ރިިޓަޔަރމަންޓް ޕެންށަން ސްކީމުގައި ބައިވެރިވެފައިވާ ބިދޭސީ މުވައްޒަފަކު، ދިވެހިރާއްޖެއިން ފުރައިގެންދާއިރު، މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ރިޓަޔަރމަންޓް ސޭވިންގ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާ ހޯދަން އެދި ހުށަހަޅާފައިނުވާނަމަ، އެ މުވައްޒަފެއްގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާ ހޯދުމަށް އެދެވޭނީ އެ މުވައްޒަފުގެ އުމުރުން 65 އަހަރު ފުރުމަށްފަހުގައެވެ. 

(ށ) ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުން ފައިސާ ދޫކުރުމުގެ ގަވާއިދުގެ 14 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ބިދޭސީ މުވައްޒަފަކަށް، އެ މުވައްޒަފެއްގެ އުމުރުން 55 އަހަރު ފުރުމުން "އަރލީ ޕެންށަން ވިތްޑްރޯވަލް" އަށް އެދި ހުށަހެޅިދާނެއެވެ. 

 

11 ވަނަ މާއްދާ - މާނަކުރުން

މިި ގަވާއިދުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މި ގަވާއިދުގައި ބޭނުންކޮށްފައިވާ އިބާރާތްތަކާއި، ލަފުޒުތަކުގެ މާނަ ބޭނުންކޮށްފައިވަނީ، "ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު" އާއި،"ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުގެ ގަވާއިދު" ގައި އެ އިބާރާތްތަކާއި އެ ލަފުޒުތަކަށްދީފައިވާ މާނައިގެ ތެރޭގައެވެ. 

 

12 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން 

(ހ) މިި ގަވާއިދަށް އަމަލު ކުރަން ފަށާނީ، މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމުން، 14 ސެޕްޓެންބަރު 2014 ވަނަ ދުވަހު އަމަލުކުރަން ފަށާފައިވާ "ބިދޭސީ މުވައްޒަފުން މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި ބައިވެރިކޮށް، ސްކީމުގެ ދަށުން ފޯރުކޮށްދޭންޖެހޭ އިނާޔަތްތައް ފޯރުކޮށްދިނުމާބެހޭ ގަވާއިދު" އުވުނީއެވެ. 

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި ބިދޭސީ މުވައްޒަފުން ބައިވެރިކުރުމާއި، ސްކީމުގެ ދަށުން ފޯރުކޮށްދޭންޖެހޭ އިނާޔަތްތައް ބިދޭސީ މުވައްޒަފުންނަށް ފޯރުކޮށްދިނުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2018-25)

 

އުވުނު ގަވާއިދު

(އަދި ނުހިމެނި)

 

މައި ގާނޫނު

ޕެންށަނާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2009-08)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު