-

ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި ބިދޭސީ މުވައްޒަފުން ބައިވެރިކުރުމާއި، ސްކީމުގެ ދަށުން ފޯރުކޮށްދޭންޖެހޭ އިނާޔަތްތައް ބިދޭސީ މުވައްޒަފުންނަށް ފޯރުކޮށްދިނުމާބެހޭ ގަވާއިދު

(ކޮންސޮލިޑޭޓެޑް ނަންބަރު 2018-25)

(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

1 ވަނަ މާއްދާ - 

(ހ) ތައާރަފު: 

މި ގަވާއިދަކީ، ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ ލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހަށް19 ވަނަ މާއްދާގެ (ލ) ގެ ދަށުން މޯލިބިދީފައިވާ ބާރުގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ.

(ށ) މަގްސަދު:

މި ގަވާއިދަކީ، ދިވެހިރާއްޖޭގެ ރިޓަޔަމަންޓް ޕެންށަން ސްކީމުގައި ބިދޭސީ މުވައްޒަފުން ބައިވެރިކުރުމަށާއި، ސްކީމުގެ ދަށުން ފޯރުކޮށްދޭންޖެހޭ އެންމެހައި އިނާޔަތްތައް ބިދޭސީ މުވައްޒަފުންނަށް ފޯރުކޮށްދިނުމަށްޓަކައި ގާއިމުކުރަންޖެހޭ އުސޫލުތައް ގާއިމުކުރުމަށާއި، އެ އުސޫލުތައް ތަންފީޒުކުރުމަށާއި، މިކަމާގުޅޭ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުމާބެހޭގޮތުން އެކުލަވައިލާފައިވާ ގަވާއިދެކެވެ.

(ނ) ގަވާއިދުގެ ނަން:

މި ގަވާއިދަށް ކިޔާނީ "ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި ބިދޭސީ މުވައްޒަފުން ބައިވެރިކުރުމާއި، ސްކީމުގެ ދަށުން ފޯރުކޮށްދޭންޖެހޭ އިނާޔަތްތައް ބިދޭސީ މުވައްޒަފުންނަށް ފޯރުކޮށްދިނުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - އިހްތިސާސް

މި ގަވާއިދު ހިނގާނީ، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަމުންދާ ބިދޭސީ މުވައްޒަފުންނާއި އެ މުވައްޒަފުންނަށް ވަޒީފާދޭ ފަރާތްތަކުގެ މައްޗަށް އެކަންޏެވެ. 

 

3 ވަނަ މާއްދާ - އެހެނިހެން ގަވާއިދުތަކުގެ ބާރު ހިނގުން 

(ހ) މި ގަވާއިދުގެ މާއްދާތަކާ ތައާރަޒުނުވާހައި ހިނދަކު، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި ބައިވެރިވާ ބިދޭސީންނާއި، ބައިވެރިވެފައިވާ ބިދޭސީންގެ މައްޗަށް ހިނގާނީ ގަވާއިދު ނަންބަރު 2014-20 (ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ގަވާއިދު) އެވެ.

(ށ) މިި ގަވާއިދުގެ މާއްދާތަކާ ތައާރަޒުނުވާހައި ހިނދަކު، މި ގަވާއިދދު ކިޔަންވާނީ، އަ ިދމާނަކުރަންވަނީ، ގަވާއިދު ނަންބަރު 2014-20 (ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަންސްކީމުގެ ގަވާއިދު) އާއި، ގަވާއިދު ނަންބަރު 2014-21 (ދިވެހިރާއްޖޭގެ ރިޓަޔަރމަންޓްޕެންށަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދު) ގެ މާއްދާތަކާ އެކުއެކީގައެވެ. 

 

 

ވަޒީފާއަދާކުރާ ބިދޭސިން ރިޓަޔަރމަންޓް ޕެންށަނުގައި ބައިވެރިކުރުން

 

4 ވަނަ މާއްދާ - ވަޒީފާއަދާކުރާ ބިދޭސީން އެންރޯލްކުރުން

(ހ) މީީލާދީ ގޮތުން އުމުރުން 16 އަހަރާއި 65 އަހަރާ ދެމެދުގެ ބިދޭސީ މުވައްޒަފަކު، ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުން،އެ މުވައްޒަފަކަށް ވަޒީފާދިން ފަރާތުން އިއުތިރާޒު ނުކުރާނަމަ، "ދިވެހިރާއްޖޭގެ ރިޓަޔަރމަންޓްޕެންށަން ސްކީމުގެ ގަވާއިދު" އާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންއެ މުވައްޒަފަކު ބައިވެރިކުރެވިދާނެއެވެ. 

(ށ) ވަޒީފާދޭ ފަރާތް، ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި ރަޖިސްޓަރީވުމަށްފަހު، ވަޒީފާދޭ ފަރާތުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފަކު، އެ މުވައްޒަފެއްގެ ރުހުމާއެކު ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި ބައިވެރިކުރަން އެދުމުން، ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ފުރިހަމަވާނަމ،ަ ސްކީމުގައި އެ މުވައްޒަފަކު ބައިވެރިކުރުމަށްފަހ،ު އެކަން ބަޔާންކޮށް ލިޔުމަކުން ވަޒީފާދޭ ފަރާތަށް ޕެންށަން އޮފީހުން އަންގަންވާނެއެވ.ެ 

 

5 ވަނަ މާއްދާ - ބިދޭސީ މުވައްޒަފުން ސްކީމުން ވަކިވުން

ދިިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި ބައިވެރިކޮށްފައިވާ ބިދޭސީ މުވައްޒަފަކުއެ ސްކީމުން ވަކިވާން ބޭނުންވެގެން ވަޒީފާދޭފަރާތުގައި އެދިއްޖެނަމަ އެކަން ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ. އަދި ބިދޭސީ މުވައްޒަފަކު މި ސްކީމުން ވަކިކުރަން ވަޒީފާދޭ ފަރާތުންބޭނުންވާނަމަ އެކަން އެ ބިދޭސީ މުވައްޒަފަށް އެންގުމަށްފަހު، އެކަމަށް ބޭނުންވާ ލިޔުން ޕެންށަންއޮފީހަށް ހުށަހަޅައިގެން އެ މުވައްޒަފަކު ވަކިކުރެވިދާނެއެވެ.

 

6 ވަނަ މާއްދާ - ބިދޭސީ މުވައްޒަފުން ދެނެގަތުން

ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުގެ ބޭނުމަށް ބިދޭސީ މުވައްޒަފުން ދެނެގަންނާނީ، އެ މީހުންގެ ޕާސްޕޯޓް ނަންބަރުންނެވެ. 

 

ބިދޭސީ މުވައްޒަފުންނަށް ޕެންށަންގެ ގޮތުގައި އިނާޔަތްތައް ފޯރުކޮށްދިނުން

 

7 ވަނަ މާއްދާ - ޕެންށަންގެ ގޮތުގައިދެވޭ އިނާޔަތްތައް ހިސާބުކުރުން

ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުގެ ދަށުން ބިދޭސީ މުވައްޒަފުންނަށް ޕެންށަންގެ ގޮތުގައި ދެވޭ އިނާޔަތްތައް ހިސާބުކޮށް، ޕެންށަންގެ ގޮތުގައި ފޯރުކޮށްދެވޭ އިނާޔަތައްތައް ފޯރުކޮށްދޭންވާނީ، މި ގަވާއިދާއި "ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. 

8 ވަނަ މާއްދާ - ޕެންށަންގެ ގޮތުގައި ފޯރުކޮށްދެވޭ އިނާޔަތްތައް

(ހ) ރިިޓަޔަރމަންޓް ޕެންށަން ސްކީމުގައި ބައިވެރިވެފައިވާ ބިދޭސީ މުވައްޒަފަކު، ޕެންށަންދިނުމަށް ހަމަޖައްސާފައިވާ އުމުރު ހަމަވުމުގެ ކުރިން ދާއިމަށް ދިވެހިރާއްޖެ ދޫކޮށްދާނަމަ،ދައުލަތުގެ މުވައްޒަފުންނަށް އެކްރޫޑް ޕެންށަން ރައިޓްސްގެ ގޮތުގައި ރިޓަޔަރމަންޓްސޭވިންގްސް އެކައުންޓަށް ޖަމާކުރާ ފައިސާ ފިޔަވައި، އެ ބިދޭސީ މުވައްޒަފެއްގެރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާކުރެވިފައިވާ ފައިސާ، މި ގަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުގެ ދަށުން،ޕެންށަން އޮފީހުން ކަނޑައަޅާ ގޮތެއްގެމަތިންއެ ބިދޭސީ މުވައްޒަފަށް ފޯރުކޮށްދޭންވާނެއެވެ.

(ށ) އެކުރޫޑް ޕެންށަން ރައިޓްސްގެ ގޮތުގައި ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާ، އުމުރުން 65 އަހަރުވުމުން މި ގަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފޯޯމު ހުށަހެޅުމުން، އެ ބިދޭސީ މުވައްޒަފަކަށް ދޭންވާނެއެވެ. މިގޮތުން ބިދޭސީ މުވައްޒަފަށް ދޭ ފައިސާ ދޭންވާނީ ގަނޑުކޮށް އެއްފަހަރާއެވެ. 

 

9 ވަނަ މާއްދާ - އިނާޔަތްތައް ފޯރުކޮށްދިނުމަށްޓަކައިފުރިހަމަވާންޖެހޭ ކަންކަން

(ހ) މި ގަވާއިދުގެ ދަށުން ބިދޭސީ މުވައްޒަފުންނަށް ޕެންށަން ފައިސާ ދޫކުރެވޭނީ، އެކަމަށްޓަކައި ޕެންށަން އޮފީހުން ހާއްސަކޮށްފައިވާ ފޯމު ފުރިހަމަކޮށްފައި ޕެންށަން އޮފީހަށް ހުށަހެޅުމުންނެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ފޯމު އާންމުކޮށް ލިބޭނެ އިންތިޒާމު ޕެންށަން އޮފީހުން ހަމަޖައްސަންވާނެއެވެ. ޕެންށަން އޮފީހަށް ހާޒިރުވެގެން ނުވަތަ އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށްވެސް ފޯމު ހުށަހެޅިދާނެއެވެ. (އިސްލާހު ކުރެވިފައި)

(ށ) މި ގަވާއިދުގައި ބުނެފައިވާ ކަންކަން ފުރިހަމަވެފައިވާ، ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި ބައިވެރިވެފައިވާ ބިދޭސީ މުވައްޒަފަކު، ސްކީމުގައި ހުރި ފައިސާ ނެގުމަށްޓަކައި ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރުމުނ،ް 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި އެ މުވައްޒަފެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ، އެ ބިދޭސީ މުވައްޒަފަކަށް ލިބޭނެގޮތް ޕެންށަން އޮފީހުން ހަމަޖައްސައިދޭންވާނެއެވެ. 

(ނ) ޕެންށަނުގެ އުމުރު ހަމަވުމުގެ ކުރިން ބިދޭސީ މުވައްޒަފަކު ދާއިމަށް ދިވެހިރާއްޖެ ދޫކޮށް ދާން ނިންމައިފިނަމަ، އެ މުވައްޒަފަކު ދިވެހިރާއްޖެ ދޫކޮށް ދިއުމަށް ނިންމާ ހިސާބުން ފެށިގެނ،ް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމު ހުށަހެޅިދާނެއެވެ. (އިސްލާހު ކުރެވިފައި)

 

10 ވަނަ މާއްދާ - ފައިސާ ދޫކުރެވޭނެ ގޮތް (ސުރުހީ އިސްލާހު ކުރެވިފައި)

(ހ) މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގެ ދަށުން ޕެންށަން ފައިސާ ނަގައިފައިވާ ބިދޭސީ މުވައްޒަފަކަށ،ް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި އަލުން ބައިވެރިވެވިދާނެއެވެ. އެހެންނަމަވެސް، އެފަދަ ބިދޭސީ މުވައްޒަފެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާވާ ފައިސާ ދެވަނަފަހަރަށް ދޫކުރެވޭނީ، އެ ބިދޭސީ މުވައްޒަފެއްގެ އުމުރުން 65 (ފަސްދޮޅަސްފަހެއް) އަހަރު ފުރުމުންނެވެ. (އިސްލާހު ކުރެވިފައި)

(ށ) ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުން ފައިސާ ދޫކުރުމުގެ ގަވާއިދުގެ 14 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ބިދޭސީ މުވައްޒަފަކަށް، އެ މުވައްޒަފެއްގެ އުމުރުން 55 އަހަރު ފުރުމުން "އަރލީ ޕެންށަން ވިތްޑްރޯވަލް" އަށް އެދި ހުށަހެޅިދާނެއެވެ. 

(ނ) ބިދޭސީ މުވައްޒަފުންނަށް ޕެންށަން ފައިސާ ޖަމާކުރެވޭނީ، ދިވެހި ރުފިޔާއިންނެވެ. މިގޮތުނ،ް ޕެންށަން ފައިސާ ޖަމާކުރެވޭނީ، ދިވެހިރާއްޖޭގައި ހިންގާ ބޭންކެއްގައި އެ ބިދޭސީ މުވައްޒަފެއްގެ ނަމުގައި ނުވަތަ އެ ބިދޭސީ މުވައްޒަފަކު ކަނޑައަޅާ އެހެން މީހެއްގެ ނަމުގައި ހުޅުވައިފައިވާ ދިވެހި ރުފިޔާގެ އެކައުންޓަކަށެވެ. (އިތުރު ކުރެވިފައި)

(ރ) ބިދޭސީ މުވައްޒަފެއްގެ ޕެންށަން ފައިސާ ޖަމާކުރުމަށް އެހެން މީހެއްގެ ނަމުގައިވާ ބޭންކް އެކައުންޓެއް ކަނޑައަޅާނަމަ، އެކަން ކޮށްފައިވަނީ ބިދޭސީ މުވައްޒަފުގެ އަމިއްލަ އިހުތިޔާރުގައިކަން ޕެންށަން އޮފީހަށް ކަށަވަރު ކޮށްދިނުމުގެ ގޮތުނ،ް މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމުގައި ހާއްސަކޮށްފައިވާ ބައިތައް، ޕަބްލިކް ނޯޓަރީއެއް މެދުވެރިކޮށް ފުރިހަމަކުރަންޖެހޭނެއެވެ. (އިތުރު ކުރެވިފައި)

(ބ) ބިދޭސީ މުވައްޒަފަކު ނިޔާވެއްޖެނަމަ، އެ ބިދޭސީ މުވައްޒަފެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާވެފައިވާ އެންމެހައި ފައިސާ ހޯދުމަށް އެދި އެ ބިދޭސީ މުވައްޒަފެއްގެ ވާރިސުންނަށް ޕެންށަން އޮފީހަށް ހުށަހެޅިދާނެއެވެ. މިގޮތުނ،ް ވާރިސުން ހުށަހަޅަންވާނީ، މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމު މެދުވެރިކޮށ،ް ބިދޭސީ މުވައްޒަފު ނިޔާވެފައިވާކަން އެނގޭނެ ރަސްމީ ލިޔެކިޔުމާއި، ވާރިސުންނަކީ ކޮން ބައެއްކަމާއި، އެ ވާރިސުންނަށް ޕެންށަން ފައިސާ ހައްގުވާކަމަށް ބަޔާންކޮށް އެ ގައުމެއްގެ ކޯޓަކުން ކޮށްފައިވާ ހުކުމެއް ނުވަތަ އަމުރެއް ޕެންށަން އޮފީހަށް ހުށަހެޅުމުންނެވެ. މި މާއްދާގެ ދަށުން ވާރިސުން ހުށަހަޅާ ލިޔެކިޔުމުގެ ސައްހަކަން ކަށަވަރުކުރުމުގެ ބާރު ޕެންށަން އޮފީހަށް ލިބިގެންވެއެވެ. (އިތުރު ކުރެވިފައި)

(ޅ) ނިޔާވެފައިވާ ބިދޭސީ މުވައްޒަފެއްގެ ޕެންށަން ފައިސާ ވާރިސުންނަށް ދޫކުރެވޭނީ، ނިޔާވެފައިވާ ބިދޭސީ މުވައްޒަފުގެ ވާރިސުންގެ ނަމުގައި ނުވަތަ ވާރިސުން ކަނޑައަޅާ އެހެން މީހެއްގެ ނަމުގައި، ދިވެހިރާއްޖޭގައި ހިންގާ ބޭންކެއްގައި ހުޅުވައިފައިވާ ދިވެހި ރުފިޔާގެ އެކައުންޓަކަށެވެ. ޕެންށަން ފައިސާ ޖަމާކުރުމަށް އެހެން މީހެއްގެ ނަމުގައިވާ ބޭންކް އެކައުންޓެއް ކަނޑައަޅާނަމަ، އެކަން ކޮށްފައިވަނީ ވާރިސުންގެ އަމިއްލަ އިހުތިޔާރުގައިކަން ޕެންށަން އޮފީހަށް ކަށަވަރުކޮށްދިނުމުގެ ގޮތުނ،ް މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމުގައި ހާއްސަކޮށްފައިވާ ބައިތައް، ޕަބްލިކް ނޯޓަރީއެއް މެދުވެރިކޮށް ފުރިހަމަކުރަންޖެހޭނެއެވެ. (އިތުރު ކުރެވިފައި)

 

11 ވަނަ މާއްދާ - މާނަކުރުން

މިި ގަވާއިދުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މި ގަވާއިދުގައި ބޭނުންކޮށްފައިވާ އިބާރާތްތަކާއި، ލަފުޒުތަކުގެ މާނަ ބޭނުންކޮށްފައިވަނީ، "ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު" އާއި،"ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުގެ ގަވާއިދު" ގައި އެ އިބާރާތްތަކާއި އެ ލަފުޒުތަކަށްދީފައިވާ މާނައިގެ ތެރޭގައެވެ. 

 

12 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން 

(ހ) މިި ގަވާއިދަށް އަމަލު ކުރަން ފަށާނީ، މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމުން، 14 ސެޕްޓެންބަރު 2014 ވަނަ ދުވަހު އަމަލުކުރަން ފަށާފައިވާ "ބިދޭސީ މުވައްޒަފުން މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި ބައިވެރިކޮށް، ސްކީމުގެ ދަށުން ފޯރުކޮށްދޭންޖެހޭ އިނާޔަތްތައް ފޯރުކޮށްދިނުމާބެހޭ ގަވާއިދު" އުވުނީއެވެ. 

 

މައި ގަވާއިދު

ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި ބިދޭސީ މުވައްޒަފުން ބައިވެރިކުރުމާއި، ސްކީމުގެ ދަށުން ފޯރުކޮށްދޭންޖެހޭ އިނާޔަތްތައް ބިދޭސީ މުވައްޒަފުންނަށް ފޯރުކޮށްދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2018-25)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

އުވުނު ގަވާއިދު

(އަދި ނުހިމެނި)

 

މައި ގާނޫނު

ޕެންށަނާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2009-08)

ކިޔުންތެރިންގެ ހިޔާލު