-

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2011-43) އަށް 30 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-160)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 25 ސެޕްޓެމްބަރު 2023 ގައި)

 

ގަވާއިދު ނަންބަރު 2011-43 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

(ބ) ބޭރުގެ ޓޫރިސްޓް އުޅަނދަށް، އެ އުޅަނދާ ހަވާލުވެ ހުންނަ އޭޖެންޓުގެ ނަމުގައި ޓޫރިޒަމާބެހޭ މިނިސްޓްރީން ދޫކުރާ ޗާޓަރ ލައިސަންސަކީ، ޓޫރިޒަމާބެހޭ މިނިސްޓްރީން، އެ އޭޖެންޓަށް ދޫކުރާ ހިންގުމުގެ ހުއްދައެއް ކަމުގައި، ގާނޫނާއި މި ގަވާއިދުގެ ބޭނުމަށް ބެލެވޭނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

(ރ) ގާނޫނާއި މި ގަވާއިދުގެ ދަށުން ޖީ.އެސް.ޓީ ނެގުން ހުއްދަ ނޫން ފަރާތަކުން ފޯރުވައިދޭ އެއްވެސް މުދަލަކަށް ނުވަތަ ހިދުމަތަކަށް ޖީ.އެސް.ޓީ ނަގައިފިނަމަ، ނުވަތަ ރަޖިސްޓަރީ ކޮށްފައިވާ ފަރާތަކުން ފޯރުވައިދޭ މުދަލުގެ ނުވަތަ ހިދުމަތްތަކުގެ ތެރެއިން ޖީ.އެސް.ޓީ ނަގަން ނުޖެހޭ މުދަލަކަށް ނުވަތަ ހިދުމަތަކަށް ޖީ.އެސް.ޓީ ނަގައިފިނަމަ، ނުވަތަ ނަގަންޖެހޭ އަދަދަށްވުރެ އިތުރަށް ޖީ.އެސް.ޓީ ނަގައިފިނަމަ، އަދި އެ ފައިސާ ނެގުނު ޓެކްސް ނެގޭ މުއްދަތުގެ ނިޔަލަށް މުދާ ނުވަތަ ހިދުމަތް ލިބިގަތް ފަރާތަށް އެ އަދަދު އަނބުރައި ދީފައި ނުވާނަމަ، އެ މުއްދަތުގެ ޖީ.އެސް.ޓީ ބަޔާނުގައި ހިމަނައި، އެ އަދަދު މީރާއަށް ދައްކަންޖެހޭނެއެވެ. 

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެ އަދަދު މީރާއަށް ދައްކައިފައި އޮތް ނަމަވެސް، މުދާ ނުވަތަ ހިދުމަތް ލިބިގަތް ފަރާތަށްއެ އަދަދު އަނބުރައި ރައްދުކޮށްފިނަމަ، ގާނޫނާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކްރެޑިޓް ނޯޓެއް ތައްޔާރުކޮށް، އެ މުއާމަލާތް ޖީ.އެސް.ޓީ ބަޔާނުގައި ހިމަނައިގެން، އެ އަދަދު މީރާއިން އަނބުރައި ހޯދިދާނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 23 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) މި މާއްދާގެ (ހ) ގައި ނުވަތަ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ޓެކްސް އިންވޮއިސްއެއް ނުވަތަ ރަސީދެއް ތައްޔާރު ނުކުރި ކަމުގައި ވިޔަސް، ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖީ.އެސް.ޓީ ލާޒިމުވާ ވަގުތު ބެލުމުގެ ބޭނުމަށް، ޓެކްސް އިންވޮއިސްއެއް ނުވަތަ ރަސީދެއް އެ މުއްދަތު ނިމޭ ދުވަހު ތައްޔާރުކުރިކަމަށް ބަލަންވާނެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 41 ވަނަ މާއްދާގެ (އ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(އ) މި މާއްދާގެ ބޭނުމަށް.

  1. ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތެއް ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-25 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) ގެ 79 ވަނަ މާއްދާގެ (ހލ) ގައި އެ އިބާރާތަށް ދީފައިވާ މާނައިގެ ތެރޭގައި ހިމެނޭ ފަރާތަކަށެވެ؛ އަދި
  2. ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތެއްގެ މުވައްޒަފެއް ނުވަތަ އެ ފަރާތް ތަމްސީލުކުރާ އެހެން ފަރާތެއް، އެ ހިދުމަތް ފޯރުވައިދިނުމުގެ މަސައްކަތުގައި ދިވެހިރާއްޖޭގައި ހުރިނަމަ، އެ ފަރާތަކ ދިވެހިރާއްޖޭގައި ހުރި ފަރާތެއް ކަމަށް ބެލެވޭނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 104 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން

(ނ) (2) ހިދުމަތެއް ނުވަތަ އެއިން ބައެއް ދިނީ އެ ހިދުމަތް ދެވުނުއިރު ދިވެހިރާއްޖޭގައި ހުރި ފަރާތެއް މެދުވެރިކޮށް ކަމުގައި ވުން؛ ނުވަތަ

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 104 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ގޮތަށް ނަންބަރުތަކެއް  އިތުރުކުރުން.

(ނ)

(3) މުދާ ނުވަތަ ހިދުމަތް ނުވަތަ އެއިން ބައެއް ފޯރުވައިދިނީ އެ ފަރާތުން ދިވެހިރާއްޖޭގައި ހިންގާ ޓެކްސް ނެގޭ ހަރަކާތުން ނުވަތަ ޓެކްސް ނެގޭ ހަރަކާތް މެދުވެރިކޮށް ކަމުގައިވުން؛ނުވަތަ

(4) މުދާ ނުވަތަ ހިދުމަތް ފޯރުވައިދޭ ފަރާތުގެ މުވައްޒަފަކު ނުވަތަ އެ ފަރާތް ތަމްސީލުކުރާ އެހެން ފަރާތެއް، އެ ހިދުމަތް ފޯރުވައިދިނުމުގެ މަސައްކަތުގައި ދިވެހިރާއްޖޭގައި ހުރުން.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 1-104 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ގޮތަށް ނަންބަރެއް އިތުރުކުރުން.

104-1. 1-3)(ހ) (1-3).

މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މުދާ ނުވަތަ ހިދުމަތް ފޯރުވައިދޭ ވަގުތު ދިވެހިރާއްޖޭގައި ފިޒިކަލީ ހުރި ފަރުދެއްނަމަ، ގާނޫނުގެ ބޭނުމަށް އެއީދިވެހިރާއްޖޭގައި ހުރި ފަރާތެއް ކަމުގައި ބެލެވޭނެއެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 104-1 ވަނަ މާއްދާގެ (ށ) އުނިކުރުން.

104-1 (ށ) (އުނިކޮށްފައި)

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 105 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

މެދުކެނޑުމެއްނެތި ނުވަތަ ދާއިމ ސިފައެއްގައި ހިންގާ ވިޔަފާރި 1-105.

(ހ) ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށް، މެދުކެނޑުމެއްނެތި  ނުވަތަ ދާއިމީ ސިފައެއްގައި މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމަށް ޓަކައި ހިންގާ ވިޔަފާރީގެ ތެރޭގައި އަންނަނިވި 
ކަންކަން ހިމެނެއެވެ.

  1. ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީީ ކުރުމުގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީީ ކުރަންޖެހޭ ނުވަތަ ރަޖިސްޓަރީީ ކޮށްފައިވާ ފަރާތަކުން މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުން؛ 
  2. ގާނޫނު ނަންބަރު 1996-10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން ރަޖިސްޓަރީީ ކޮށްފައިވާ ކުންފުންޏަކުން މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުން؛
  3. ގާނޫނު ނަންބަރު 2011-13 (ޕާޓްނަރށިޕްގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީީ ކޮށްފައިވާ ޕާޓްނަރށިޕަކުން މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުން؛
  4. ގާނޫނު ނަންބަރު 2007-03 (ކޯޕަރޭޓިވް ސޮސައިޓީ ގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީީ ކޮށްފައިވާ ކޯޕަރޭޓިވް ސޮސައިޓީ އަކުން މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުން؛
  5. ގާނޫނު ނަންބަރު 2019-25 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) ގެ 79 ވަނަ މާއްދާގެ (ހވ) ގައި މާނަކޮށްދީފައިވާ ފަދަ ދާއިމ މަރުކަޒެއް މެދުވެރިކޮށް މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުން؛
  6. ގާނޫނު ނަންބަރު 2019-25 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) ގެ 79 ވަނަ މާއްދާގެ (ށނ) ގެ (2) ވަނަ ނަންބަރުގައި މާނަކޮށްދީފައިވާ ފަދަ ޕާޓްނަރށިޕަކުން މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުން؛
  7. ޓޫރިޒަމާބެހޭ މިނިސްޓްރީން ހިންގުމުގެ ހުއްދައެއް ލިބިގެން ހިންގާ ތަނަކުން ނުވަތަ އުޅަނދަކުން، ނުވަތަ ހިންގުމުގެ ހުއްދައެއް ނަގައިގެން ހިންގަންޖެހޭ ތަނަކުން ނުވަތަ އުޅަނދަކުން، ނުވަތަ ޗާޓަރ ލައިސަންސް ލިބިގެން ދުއްވައި ބަނދަރުކުރާ އުޅަނދަކުން، ނުވަތަ ދުއްވައި ބަނދަރުކުރުމަށް ޗާޓަރ ލައިސަންސް ނަގަންޖެހޭ އުޅަނދަކުން، މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުން.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ހާލަތްތަކުގައި އެއީ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށް، މެދުކެނޑުމެއްނެތި ނުވަތަ ދާއިމ ސިފައެއްގައި މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމަށް ޓަކައި ވިޔަފާރިއެއް ހިންގުންކަމުގައި ބެލެވޭނެއެވެ.

  1. 12 )ބާރަ( މަސްދުވަހުގެ މުއްދަތެއްގައި، 90 (ނުވަދިހަ) ދުވަހުގެ މުއްދަތަކަށް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް، ދިވެހިރާއްޖޭގައި މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުން؛ 
  2. ދިވެހިރާއްޖޭގައި ފޯރުކޮށްދެމުންދާ މުދަލެއް ނުވަތަ ހިދުމަތެއް، 12 (ބާރަ) މަސްދުވަހުގެ މުއްދަތެއްގައި، 90 (ނުވަދިހަ) ދުވަހުގެ މުއްދަތަކަށް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ފޯރުކޮށްދޭނެކަމަށް އަންދާޒާކުރެވުން.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ހުރިހާ ށަރުތެއް ފުރިހަމަވާ ބޭރުގެ ޓޫރިސްޓު އުޅަނދަކުން މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމަކ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށް، މެދުކެނޑުމެއްނެތި ނުވަތަ ދާއިމ ސިފައެއްގައި މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމަށް ޓަކައި ވިޔަފާރިއެއް ހިންގުންކަމުގައެއް ނުބެލެވޭނެއެވެ.

  1. ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ދުއްވުމާއި ބަނދަރުކުރުމުގެ ހުއްދ،ަ ޓޫރިޒަމާބެހޭ މިނިސްޓްރީން ލިބިފައިވުން ؛
  2. ޓޫރިޒަމާބެހޭ މިނިސްޓްރީން ޗާޓަރ ލައިސަންސް ނަގަންޖެހޭ އުޅަނދަކަށް ނުވުން އަދި އެފަދަ ލައިސަންސެއް ނަގައިފައި ނުވުން؛
  3. މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހުއްދައިގެ މުއްދަތުގެ ތެރޭގައި ފަސިންޖަރުން ބަދަލުވާ އުޅަނދެއް ކަމުގައި ނުވުން؛
  4. މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހުއްދަ ނެގުމަށްފަހު ހިނގާ 12 (ބާރަ) މަސްދުވަހުގެ މުއްދަތުގެ ތެރޭގައި، އެ އުޅަނދު ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި 180 (އެއްސަތޭކަ އައްޑިހަ) ދުވަހަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައި ނުވުން.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 107 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

(ބ) ޓޫރިޒަމާބެހޭ މިނިސްޓްރީން ދޫކުރާ ޗާޓަރ ލައިސަންސްގައި ވަކި މުއްދަތެއް ކަނޑައަޅައިފައި އޮތް ނަމަވެސް، ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުތަކަށް ނިސްބަތްކޮށް، ގާނޫނުގެ 15 ވަނަ މާއްދާގެ (ނ) ގެ ބޭނުމަށް، ޗާޓަރު މާނަކޮށް ޗާޓަރުގެ އަގު ކަނޑައަޅާނީ، މި މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. 

 

12 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2011-43)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު