ގާނޫނު ނަންބަރު 2012-03 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) ގެ ދަށުން ކައުންސިލުތަކާ މަސްއޫލިއްޔަތު ހަވާލުކުރުމު ގެ ގަވާއިދު
(ގަވާއިދު ނަންބަރު 2023-159)
(މި ގަވާއިދަށް އަމަލުކުރަން ފެށީ/ފަށާނީ 19 ޑިސެމްބަރު 2023 ގައި)
އެއްވަނަ ބާބު
ފެށުން
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ގާނޫނު ނަންބަރު 2012-03 (ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު) ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު ކައުންސިލުތަކާ ހަވާލުކުރުމާ ގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގޮތުން، އެ ގާނޫނުގެ 51 ވަނަ މާއްދާގެ (ބ) އަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 66 ވަނަ މާއްދާގެ (ހ) އިން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ގާނޫނު ނަންބަރު 2012-03 (ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު) ގެ ދަށުން ކައުންސިލުތަކާ މަސްއޫލިއްޔަތު ހަވާލުކުރުމުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - ގަވާއިދު ހިނގާނެ ފަރާތްތައް
މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި އިޖުރާއަތުތައް، ކައުންސިލުތަކުގެ މައްޗަށް ހިނގާނެއެވެ.
3 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މައިގަނޑު މަގުސަދުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) ކައުންސިލުތަކުގެ އިހްތިސާސް ހިނގާ ސަރަހައްދުތަކުގައި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު އުފުލުމަށް އެ ކައުންސިލުތަކަށް މަގުފަހިކޮށްދިނުން.
(ށ) ގެވެށި އަނިޔާ ހުއްޓުވުމުގެ ގައުމީ ސިޔާސަތު ތަންފީޒު ކުރުމުގައި ކައުންސިލުތަކުގެ ބައިވެރިވުން ހޯދޭކަން ކަށަވަރުކުރުން.
(ނ) ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު ތަންފީޒު ކުރުމުގައި ކައުންސިލުތަކުގެ މަސްއޫލިއްޔަތު ކަނޑައެޅުމާއި، އެ ކައުންސިލުތަކާ މަސްއޫލިއްޔަތު ހަވާލުކުރުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުން.
(ރ) ކައުންސިލުގެ އިހްތިސާސް ހިނގާ ސަރަހައްދުތަކުގައި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު ތަންފީޒު ކުރުމަށް ޓަކައި، އެއިން ކޮންމެ ކައުންސިލަކީ، އެ ސަރަހައްދަކަށް އައްޔަނުކުރާ އޭޖެންޓެއް ކަމުގައިހަމަޖެއްސުމާއި، ކައުންސިލުތަކުން އެ ގާނޫނު ތަންފީޒު ކުރުމުގައި އަމަލުކުރާނެ އުސޫލު ކަނޑައެޅުން.
(ބ) މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކައުންސިލުތަކާ ހަވާލުކުރާ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާނެ އުސޫލު ކަނޑައެޅުން.
ދެވަނަ ބާބު
ކައުންސިލުތަކާއި މަސްއޫލިއްޔަތު ހަވާލުކުރުމާ ގުޅޭ އުސޫލުތައް
4 ވަނަ މާއްދާ - ކައުންސިލުތަކާ މަސްއޫލިއްޔަތު ހަވާލުކުރުމާ ގުޅޭ އާންމު އުސޫލުތައް
ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން، މިނިސްޓަރ،ު ކައުންސިލުތަކާ މަސްއޫލިއްޔަތު ހަވާލުކުރަންވާނީ، އަންނަނިވި ކަންކަން ހާސިލުވާނެ ގޮތުގެ މަތީންނެވެ.
(ހ) ކައުންސިލުތަކުން ގެވެށި އަނިޔާގެ މައްސަލަތަކުގައި ފިޔަވަޅު އެޅުމުގައި ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގެވެށި އަނިޔާ ހުއްޓުވުމުގެ ގައުމީ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތީން އެ ސިޔާސަތު ތަންފީޒު ކުރުމަށް މަގުފަހިކުރުން.
(ށ) މުޖުތަމައުގައި ހިނގާ ގެވެށި އަނިޔާގެ މައްސަލަތައް ހުއްޓުވުމަށް ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރުމަށް މަގުފަހިކުރުން.
(ނ) ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ގާނޫނު ތަންފީޒު ކުރުމުގެ ޒިންމާ އަދާކުރުމަށް ބޭނުންވާނެ ވަސީލަތްތަކާއި ތަމްރީނުތަކާއި އެހީތެރިކަން ފޯރުކޮށްދިނުމާއެކު، ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވައި ފިޔަވަޅުއެޅޭނެ ފުރުސަތު ލާމަރުކަޒީ ނިޒާމުގެ ތެރެއިން ފޯރުކޮށްދެވޭކަން ކަށަވަރުކުރުން.
(ރ) ލާމަރުކަޒީ ނިޒާމުގެ ތެރެއިން، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު ކާމިޔާބުކަމާއެކު ތަންފީޒު ކުރުމަށް ޓަކައި ކައުންސިލުތައް ބާރުވެރިކުރުވުން.
5 ވަނަ މާއްދާ - ލާމަރުކަޒީ ނިޒާމުގެ ތެރެއިން އޭޖެންޓުން ހަމަޖެއްސުން
(ހ) ކައުންސިލުތަކުގެ އިހްތިސާސް ހިނގާ ސަރަހައްދުތަކުގައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރާނީ،އެ ސަރަހައްދަށް އައްޔަނުކުރާ އޭޖެންޓެއްގެ ހައިސިއްޔަތުން ކައުންސިލުތަކުން ކަމުގައި މިނިސްޓަރު ކަނޑައަޅަންވާނެއެވެ.
(ށ) މިނިސްޓަރު ކަނޑައަޅާ އެޖޭންޓުންގެ ގޮތުގައި، މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް، ރަށު ކައުންސިލުތަކުން އަދާކުރަންވާނެއެވެ.
6 ވަނަ މާއްދާ - މަސްއޫލިއްޔަތު ހަވާލުކުރުމަށް ވެވޭ އެއްބަސްވުން
(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާ ގައިވާ ގޮތުގެ މަތީން ކައުންސިލުތައްއޭޖެންޓުންގެ ގޮތުގައި އައްޔަނު ކުރުމަށް ފަހުގައި، އެ ކައުންސިލުތަކާ އެއްވެސް މަސްއޫލިއްޔަތެއް ހަވާލުކުރަންވާނީ، މިނިސްޓަރު ނުވަތަ މިނިސްޓަރު ކަނޑައަޅާ ފަރާތަކާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތު ހަވާލުކުރުމުގެ އެއްބަސްވުމުގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- ހަވާލުކުރާ މަސްއޫލިއްޔަތުތައް؛
- ހަވާލުކުރާ މަސްއޫލިއްޔަތަކީ ވަކި މުއްދަތެއްގެ ތެރޭގައި އަދާކުރަންޖެހޭ ކަމެއްނަމަ އެ މުއްދަތެއް؛
- މަސްއޫލިއްޔަތު އަދާކުރުމަށް ފޯރުކޮށްދޭނެ އެހީތެރިކަމާއި ވަސީލަތްތައް؛
- ކައުންސިލުތަކަށް ފޯރުކޮށްދޭ ބަޖެޓު ހަރަދުކުރެވޭ ގޮތުގެ ތަފްސީލުތައް ރިޕޯޓުކުރުމާ ގުޅޭ އުސޫލު؛
- މަސްއޫލިއްޔަތު އަދާކުރަމުންދާ ގޮތުގެ ރިޕޯޓު، މިނިސްޓަރު ކަނޑައަޅާ ފަރާތަކަށް ފޮނުވަމުން ގެންދިޔުމާގުޅޭ އުސޫލު.
7 ވަނަ މާއްދާ - ކައުންސިލުތަކުގެ މަސްއޫލިއްޔަތުތައް
މި ގަވާއިދުގެ ދަށުން ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) ގެވެށި އަނިޔާގެ މައްސަލައެއް ރިޕޯޓުކުރެވިއްޖެނަމަ، ނުވަތަ ގެވެށި އަނިޔާގެ މައްސަލައެއް ރަށުތެރޭގައި ހިނގާކަމުގެ މައުލޫމާތު ލިބިއްޖެނަމަ، ނުވަތަ އެފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ، އެ ކަމެއް ވަގުތުން، އެ ރަށެއްގައި ގާއިމުކޮށްފައިވާ ފުލުހުންގެ މަރުކަޒަކަށް ނުވަތަ އެފަދަ މަރުކަޒެއް ނެތްނަމަ އެ އަތޮޅެއްގައި ގާއިމުކޮށްފައިވާ ފުލުހުންގެ މަރުކަޒަކަށް އެންގުމާއި، އެކަން ރިކޯޑުކުރުން؛ ކައުންސިލުތަކުން ގެވެށި އަނިޔާގެ މައްސަލަތައް ފުލުހުންގެ މަރުކަޒަށް އަންގަންވާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމަނައި ފައިވާ ރިފަރަލް ފޯމު މެދުވެރިކޮށެވެ.
(ށ) ގެވެށި އަނިޔާގެ މައްސަލަތަކުގައި ފުލުހުންގެ މަރުކަޒުތަކުން، ނުވަތަފެމެލީ ޕްރޮޓެކްށަން އޮތޯރިޓީން ނުވަތަ މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުތަކުން އެދޭ ގޮތެއްގެ މަތީން އެހީތެރިކަން ފޯރުކޮށްދ،ީ އެކަން ރިކޯޑުކޮށް ބެލެހެއްޓުމާއި، ގެވެށި އަނިޔާއާ ގުޅުންހުރި ތަފާސްހިސާބު ބަލަހައްޓައި، މިނިސްޓަރު އަންގާ ގޮތެއްގެ މަތީން ފެމެލީ ޕްރޮޓެކްށަން އޮތޯރިޓީއާ ހިއްސާކުރަމުން ގެންދިޔުން.
(ނ) ގެވެށި އަނިޔާގެ ށިކާރައަކަށް ވެފައިވާ ފަރާތަކުން ކައުންސިލުގެ އެހީތެރިކަމަށް އެދިއްޖެނަމަ، ފެމެލީ ޕްރޮޓެކްށަން އޮތޯރިޓީ ނުވަތަ މިނިސްޓްރީ ނުވަތަ މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރު މެދުވެރިކޮށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުން.
(ރ) ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތައް ތަންފީޒު ކުރުމުގެ ގޮތުން ރާވައި ހިންގާ އެކި މަސައްކަތްތައް ރަށު ފެންވަރުގައި ހިނގާ ނުހިނގާ ގޮތް، މިނިސްޓަރު އަންގާ ގޮތެއްގެ މަތިން ބަލައި، އެކަމަށް ޓަކައި ކަނޑައަޅާ ފޯމެޓެއްގައި މިނިސްޓަރުކަނޑައަޅާ ފަރާތަކަށް ރިޕޯޓުކުރުން.
(ބ) ގެވެށި އަނިޔާގެ މައްސަލަތަކާ ދެކޮޅަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގައި، އެކަމާ ގުޅިގެން ކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުމުގައި އެ ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއިކައުންސިލުތަކުގެ އިހްތިސާސް ހިނގާ ސަރަހައްދުގެ ރައްޔިތުންނާއި އަމިއްލަ ޖަމާއަތްތަކުގެ ބައިވެރިވުން ހޯދުން.
(ޅ) ގެވެށި އަނިޔާ ހުއްޓުވުމުގެ ގައުމީ ސިޔާސަތު ތަންފީޒު ކުރުމުގައި ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީއަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުން.
(ކ) ކައުންސިލަށް ރިޕޯޓުކުރާ ނުވަތަ މައުލޫމާތު ލިބޭ ގެވެށި އަނިޔާ މައްސަލަތަކުގައި ކުޑަކުދިން ހިމެނޭނަމަ، ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގައި ކުޑަކުދިންނާ ދެކޮޅަށް ހިންގޭ ކުށްތަކާ ގުޅިގެން އެ ކުދިންގެ ހައްގުތައް ރައްކައުތެރިކުރުމަށް ޓަކައި ކަނޑައަޅައިފައިވާ އެންމެހައި އުސޫލުތައް ނެގެހެއްޓުން.
(އ) ގެވެށި އަނިޔާގެ މައްސަލަތައް ދެނެގަތުމާއި، އެފަދަ މައްސަލަތައް ހުއްޓުވުމާއި، ގެވެށި އަނިޔާގެ ށިކާރައަކަށްވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ފެމެލީ ޕްރޮޓެކްށަން އޮތޯރީޓީއާ ގުޅިގެން އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުން.
8 ވަނަ މާއްދާ - އަތޮޅު ކައުންސިލުތަކުގެ މަސްއޫލިއްޔަތު
މި ގަވާއިދުގެ ދަށުން އަތޮޅު ކައުންސިލުތަކުގެ ޒިންމާތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން އޭޖެންޓުންގެ ގޮތުގައި މިނިސްޓަރު އައްޔަނުކުރާ ކައުންސިލުތަކުން، އެ ފަރާތްތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުން.
(ށ) ގެވެށި އަނިޔާގެ މައްސަލަތަކުގައި ކުއްލިގޮތަކަށް ފިޔަވަޅު އަޅަންޖެހޭ ހާލަތްތަކުގައި، ނުވަތަ ވަގުތުން ފިޔަވަޅު އަޅަންޖެހޭ ހާލަތްތަކުގައި، އެ އަތޮޅެއްގެ ފުލުހުންގެ މަރުކަޒު މެދުވެރިކޮށް، ނުވަތަ އަތޮޅުގެ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުތައް މެދުވެރިކޮށް،ނުވަތަ ފެމެލީ ޕްރޮޓެކްށަން އޮތޯރިޓީ މެދުވެރިކޮށް އެ ފިޔަވަޅުއެޅުމަށް މަގުފަހިކޮށްދިނުން.
(ނ) މިނިސްޓްރީއާއި ފެމެލީ ޕްރޮޓެކްށަން އޮތޯރިޓީން، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު ތަންފީޒު ކުރުމަށް އަތޮޅު ފެންވަރުގައި ކުރަންޖެހޭނެކަމަށް ކަނޑައަޅާ ކަންކަން، އަތޮޅުގެ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުތަކާ ގުޅިގެން ކުރުމާއި، ރަށު ކައުންސިލުތަކުން ކުރަންޖެހޭ ކަންކަން އެ ސެންޓަރުތަކާ ގުޅިގެން ވިލަރެސްކޮށްދިނުން.
(ރ) ގެވެށި އަނިޔާ ހުއްޓުވުމުގެ މަސައްކަތުގައި ކައުންސިލުތަކަށް ނަތީޖާ ނެރެވޭނެ ގޮތަކަށް މަސައްކަތް ކުރުމަށް ޓަކައި، މި ގަވާއިދުގެ 14 ވަނަ މާއްދާގެ ދަށުން ރަށު ކައުންސިލުތަކުން މުއާމަލާތުކުރުމަށް އައްޔަނުކުރާ ފަރާތްތަކުގެ މެދުގައި ހިޔާލު ބަދަލުކޮށް، ފަންނީ އެހީތެރިކަން ހިއްސާކޮށް އެއްބާރުލުން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމަށް ޓަކައި ގަވާއިދުން މަށްވަރާކުރެވޭނެ ފޯރަމެއް ގާއިމުކޮށްދިނުން.
9 ވަނަ މާއްދާ - ވަސީލަތްތައް ފޯރުކޮށްދިނުން
(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާއާއި 8 ވަނަ މާއްދާގެ ދަށުން ކައުންސިލުތަކާމަސްއޫލިއްޔަތު ހަވާލުކުރަންވާނީ، ފެމެލީ ޕްރޮޓެކްށަން އޮތޯރިޓީއަށް ކޮންމެ އަހަރަކު ކަނޑައަޅާ ބަޖެޓުގެ ތެރެއިން، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ 51 ވަނަ މާއްދާގެ (ށ) ގެ ދަށުން ކައުންސިލުތަކުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ވަސީލަތްތައް އެ ކައުންސިލަކަށް ފޯރުކޮށްދިނުމަށް ފަހުގައެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާނެ ވަސީލަތްތައް ފޯރުކޮށްދިނުމުގައި އެ ކައުންސިލަކަށް ލިބިފައިވާ ވަސީލަތްތަކާއި، އެ މަސްއޫލިއްޔަތެއް އަދާކުރުމުގައި ކުރިމަތިވެދާނެ ގޮންޖެހުންތަކާއި، އެ ކަންކަން ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން އެ ކައުންސިލެއްގެ ލަފާ ހޯދަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ކައުންސިލުތަކާ ހަވާލުކުރެވޭ މަސްއޫލިއްޔަތުތަކާ ގުޅިގެން އޮތޯރިޓީގެ އެހީތެރިކަމަށް އެދިއްޖެނަމަ، އެ އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.
ތިން ވަނަ ބާބު
ކައުންސިލުތަކުން މަސްއޫލިއްޔަތު އަދާކުރުމުގައި ހިފަހައްޓަންޖެހޭ ހަމަތައް
10 ވަނަ މާއްދާ - ގުޅިގެން މަސައްކަތްކުރުމުގެ ނިޒާމު
(ހ) ގެވެށި އަނިޔާގެ މައްސަލަތައް ބަލައި ފިޔަވަޅުއެޅުމުގައި ރަށު ފެންވަރުގައްޔާއި ސިޓީ ފެންވަރުގައްޔާއި އަތޮޅު ފެންވަރުގައި ހަރަކާތްތެރިވާ ފުލުހުންނާއި، މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރަންސްސަރވިސް ސެންޓަރުތަކާއި ސިއްހީ ހިދުމަތް ފޯރުކޮށްދޭ ހޮސްޕިޓަލް ތަކުން ނުވަތަ ސިއްހީ މަރުކަޒުތަކުން ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު ތަންފީޒު ކުރުމުގައި އެ ރަށެއްގެ ކައުންސިލަކާ އެކުގައި ގުޅިގެން މަސައްކަތް ކުރަންވާނެއެވެ.
(ށ) ގެވެށި އަނިޔާގެ މައްސަލަތައް ބަލައި ފިޔަވަޅުއެޅުމުގައި، ރަށުގައި، ނުވަތަ އަތޮޅުގައި އަދި ސިޓީގައި ހަރަކާތްތެރިވާ މުއައްސަސާތަކުން ކައުންސިލުތަކުގެ އެއްބާރުލުމާއި އެހީތެރިކަމަށް އެދިއްޖެނަމަ، އެ ކައުންސިލަކުން އެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދޭންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކައުންސިލުތަކުން ގެވެށި އަނިޔާގެ މައްސަލަތަކުގައި އެހެން އިދާރާތަކާ ގުޅިގެން މަސައްކަތްކުރުމަށް ޓަކައި އެ ކައުންސިލެއްގައި އިޖުތިމާއީ މައްސަލަތައް ބެލުމަށް އެ ވަގުތަކު ހާއްސަކޮށްފައިވާ "އިބަމަ" ނުވަތަ އެފަދަ އެހެން މެކޭނިޒަމެއްގެ ބޭނުން ހިފިދާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ "އިބަމަ" ގެ ޓީމުތައް އެކުލަވައިލައިފައިނުވާ ކައުންސިލުތަކުގައި އެ ކައުންސިލުތަކާއެކުމުއާމަލާތުކުރާނެ ވަކި ފަރާތެއް، މި ގަވާއިދުގެ 5 ވަނަ މާއްދާގައިވާ ގޮތުގެމަތީން އައްޔަނު ކުރަންވާނެއެވެ. އަދި މިނިސްޓްރީގެ އިތުރުން، އެ ރަށެއްގައި ނުވަތަ އަތޮޅެއްގައި ނުވަތަ ސިޓީއެއްގައި ގާއިމުކޮށްފައިވާ ފުލުހުންގެ މަރުކަޒަށާއި މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރަންސްސަރވިސް ސެންޓަރަށާއި އެ ރަށެއްގެ ހޮސްޕިޓަލަށް ނުވަތަ ސިއްހީ މަރުކަޒަށް އެކަން އަންގަންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގެ ދަށުން މުއާމަލާތުކުރާނެ ފަރާތެއް އައްޔަނުކުރުމަށްފަހ،ު އެއްވެސް ސަބަބެއް މެދުވެރިވެގެން،އައްޔަނުކޮށްފައިވާ ފަރާތް ބަދަލުވެއްޖެނަމަ، ވީ އެންމެ އަވަހަކަށް، ކަމާބެހޭ ފަރާތްތަކަށް އެކަން އަންގަންވާނެއެވެ.
11 ވަނަ މާއްދާ - ކައުންސިލުން އެހީތެރިކަން ފޯރުކޮށްދިނުން
ގާނޫނު ތަންފީޒު ކުރުމުގައި ހަރަކާތްތެރިވާ މުއައްސަސާތަކުން ކައުންސިލުތަކުގެ އެހީތެރިކަމަށް އެދިއްޖެ ހާލަތެއްގައި، އެ ކައުންސިލަކަށް ލިބިފައިވާ ވަސީލަތްތަކާއި ބަޖެޓަށް ރިއާޔަތްކޮށް، އެ އެހީތެރިކަމެއް ފޯރުކޮށްދޭންވާނެއެވެ. އަދި ކައުންސިލުތައް މެދުވެރިކޮށް ރަށުގެ ނުވަތަ ސިޓީގެ އެހެން ފަރާތަކާ ނުވަތަ ފަރާތްތަކާ ގުޅިގެން އެ އެހީތެރިކަން ފޯރުކޮށްދިނުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
12 ވަނަ މާއްދާ - ގާނޫނު ތަންފީ ޒުކުރާ އިދާރާއެއް ގާއިމުކުރެވިފައި ނެތް ރަށްރަށުގައި ކައުންސިލުގެ ދައުރު
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ މަރުކަޒެއް ނުވަތަ ޑެސްކެއް ނުވަތަ މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރެއް ނުވަތަ ޑެސްކެއް ނެތް ރަށެއްގައި ކައުންސިލުތަކުން މަސައްކަތްކުރަންވާނީ، ގެވެށި އަނިޔާގެ މައްސަލަތަކަށް ފުރަތަމަ އިޖާބަދޭ ފަރާތެއްގެ ގޮތުގައެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކައުންސިލުން ގެވެށި އަނިޔާ ހުއްޓުވުމުގެ މައްސަލައަކާ ގުޅިގެން ފުރަތަމަ އިޖާބަދޭ ފަރާތެއްގެ ގޮތުގައި ހަރަކާތްތެރިވާންޖެހޭ ހާލަތެއްގައި އަމަލުކުރަންވާނީ، ފުލުހުންގެ ފަރާތުން ނުވަތަ މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުން
ނުވަތަ މިނިސްޓްރީން ދޭ އިރުށާދާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ނ) މި މާއްދާގެ ދަށުން ފުލުހުން ނުވަތަ މިނިސްޓްރީން އެ މައްސަލައެއްގައި ފިޔަވަޅުއެޅުމަށް އެ ރަށަކަށް ދެވެންދެން، ކައުންސިލުތަކުން، އަންނަނިވި ކަންކަން ކުރަންވާނެއެވެ.
- ރައްކައުތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ވަގުތުން ބޭނުންވާނެ ރައްކައުތެރިކަން ފޯރުކޮށްދިނުން؛
- ހުށަހެޅިފައިވާ މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ސާފުކޮށް ރިކޯޑުކުރުން؛
- ހުށަހެޅިފައިވާ މައްސަލައާ ގުޅުންހުރި ފަރާތެއްގެ މައުލޫމާތެއް ބޭނުންވެއްޖެނަމަ އެ މައުލޫމާތެއް ހޯދުން؛
- ފުލުހުން ނުވަތަ މިނިސްޓްރީ ން ނުވަތަ މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުން އެދޭ އެހެން ކަންކަން؛
- ފެމެލީ ޕްރޮޓެކްށަން އޮތޯރިޓީން އެދޭ ކަންކަން.
(ރ) މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގެ ދަށުން އެއްވެސް ފަރާތަކަށް ވަގުތުން ބޭނުންވާ ރައްކައުތެރިކަން ފޯރުކޮށްދޭން ފުލުހުންގެ ފަރާތުން ނުވަތަ މިނިސްޓްރީގެ ސެންޓަރަކުން އެދިއްޖެނަމަ، އެ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ހިނގާ ހަރަދަށް، އެ އެހީތެރިކަމަށް އެދުނު ފަރާތަކުންޒިންމާވާންވާނެއެވެ.
(ބ) މި މާއްދާގެ ދަށުން ފުލުހުން ނުވަތަ މިނިސްޓްރީން ކައުންސިލަށް އިރުށާދު ދޭންވާނީ، ވީ ވަރަކުން ލިޔުމުންނެވެ. އަދި އެ ފަރާތްތަކުގެ އިރުށާދުގެ ދަށުން ކައުންސިލުން އަޅާ ފިޔަވަޅުތައް ކައުންސިލުން ގަވާއިދުން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.
13 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން
(ހ) ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ކައުންސިލުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ލިބޭ އެންމެހައި މައުލޫމާތަކީ، އެ މައުލޫމާތުގެ ސިއްރު ހިފަހައްޓަންވާނެ މައުލޫމާތެކެވެ.
(ށ) ގެވެށި އަނިޔާގެ އެއްވެސް މައްސަލައަކާ ގުޅިގެން މީޑިއާ މެދިވެރިކޮށް ނުވަތަ އެނޫން ގޮތަކަށް ވެސް އެ މައުލޫމާތު ތިންވަނަ ފަރާތަކާ ހިއްސާކޮށްގެން ނުވާނެއެވެ. އަދި ށަރުއީ ކޯޓެއްގެ އެންގުމަށް ނުވަތަ ހިނގަމުންދާ ތަހުގީގަކާ ގުޅިގެން ފުލުހުންގެ އިދާރާއިން އެދިގެން މައުލޫމާތު ހިއްސާކުރަން ޖެހިއްޖެ ހާލަތެއްގައި ވެސް މައުލޫމާތުގެ ސިއްރު ހިފެހެއްޓޭކަން ކަށަވަރު ކުރަންވާނެއެވެ. އަދި ހުރިހާ ވަގުތެއްގައި ވެސް، މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ޒާތީ މައުލޫމާތު ރައްކައުތެރި ކުރަންވާނެއެވެ.
ހަތަރުވަނަ ބާބު
ކައުންސިލުތަކުގެ އިދާރީ އިންތިޒާމުތަކާއި ބަޖެޓު
14 ވަނަ މާއްދާ - ގެވެށި އަނިޔާގެ މައްސަލަތަކުގައި މަސައްކަތްކުރާނެ ހާއްސަ މުވައްޒަފުން ކަނޑައެޅުން
(ހ) ކައުންސިލުތަކަށް ރިޕޯޓުކުރެވޭ ނުވަތަ ކައުންސިލުތަކަށް މައުލޫމާތު ލިބޭ ގެވެށި އަނިޔާގެ މައްސަލަތަކާއި އެހެން އިދާރާތަކުން އެހީތެރިކަމަށް އެދޭ ގެވެށި އަނިޔާގެ މައްސަލަތަކުގައި ކައުންސިލުންތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ހަރަކާތްތެރިވާންވާނީ އެކަމަށް ޓަކައި ކަނޑައަޅައިފައިވާ ވަކި މުވައްޒަފުންނެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކައުންސިލު އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ނިސްބަތަށް ބަލައި، ކައުންސިލުގައި އެކަމަށް ހާއްސަ މުވައްޒަފަކު ނުވަތަ ދެ މުވައްޒަފުން، ކޮންމެ ކައުންސިލަކުން ވެސް ކަނޑައަޅަންވާނެއެވެ. އަދި އެގޮތުން ކަނޑައަޅާ މުވައްޒަފުންނަކީ "އިބަމަ" ގައި ހަރަކާތްތެރިވާ އެ ކައުންސިލެއްގެ މުވައްޒަފުންނަށް ވުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ކަނޑައަޅާ ހާއްސަ މުވައްޒަފުން، ގެވެށި އަނިޔާގެ މައްސަލަތަކާ ގުޅިގެން ކުރާނެ މަސައްކަތްތައް، އެ މުވައްޒަފުންގެ ވަޒީފާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމަނަންވާނެއެވެ.
(ރ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ކައުންސިލުތަކުން އެ ކައުންސިލެއްގެ އިޖުތިމާއީ ކަންކަމުގައި މަސައްކަތްކުރުމަށް ވަކި ފަރާތެއް އައްޔަނުކޮށްފައިވާނަމަ، އެއީ މި މާއްދާގެ (ށ) ގެ ދަށުން އައްޔަނުކޮށްފައިވާ ފަރާތްކަމަށް ބެލުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ބ) މި މާއްދާގެ ދަށުން އައްޔަނުކުރާ ފަރާތަކީ ކައުންސިލުގެ އެ ދައުރެއްގެ އިންތިހާބުކޮށްފައިވާ ކައުންސިލުގެ މެންބަރަކަށް ވުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތުގެ މަތީން ކައުންސިލުތަކަށް ރިޕޯޓުކުރެވޭ ނުވަތަ ކައުންސިލުތަކަށް މައުލޫމާތު ލިބޭ ގެވެށި އަނިޔާގެ މައްސަލަތަކާއި އެހެން އިދާރާތަކުން އެހީތެރިކަމަށް އެދޭ ގެވެށި އަނިޔާގެ މައްސަލަތަކުގައި ކައުންސިލުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކައުންސިލުތަކުން މުއާމަލާތުކުރާނެ ވަކި ފަރާތެއް ކަނޑައަޅައިފައި ނުވާނަމަ، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެފަދަ ފަރާތެއް އައްޔަނުކޮށްފައި، މި މާއްދާގައިވާ ގޮތުގެ މަތީން، ފެމެލީ ޕްރޮޓެކްށަން އޮތޯރިޓީއަށް އަންގަންވާނެއެވެ.
15 ވަނަ މާއްދާ - ބަޖެޓު ކަނޑައެޅުން
(ހ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ގެވެށި އަނިޔާގެ މައްސަލަތައް ބަލައި ފިޔަވަޅުއެޅުމުގައި ނުވަތަ އެހެން އިދާރާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާނެކަމަށް އަންދާޒާކުރާ ވަކި މިންވަރެއް، ކޮންމެ އަހަރަކު އެ ކައުންސިލެއްގެ އަހަރީ ބަޖެޓުގެ ތެރެއިން އިޖުތިމާއީ ކަންކަމަށް ހަރަދުކުރުމަށް ކަނޑައަޅައިފައިވާ ބައިން އެކަމަށް ހާއްސަކުރުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.
(ށ) މި މާއްދާގެ ދަށުން ގެވެށި އަނިޔާގެ މައްސަލަތަކަށް ހިނގާނެ ހަރަދު އަންދާޒާކުރުމުގައި، އެ ރަށެއްގެ އާބާދީއަށާއި، އެ ރަށަކުން ގެވެށި އަނިޔާގެ މައްސަލަތަކުގައި އާންމުންނަށް އެހީތެރިކަން ލިބެން ހުރި އެހެން އިންތިޒާމުތަކަށާއި، އެ ކައުންސިލަކުން ގެވެށި އަނިޔާގެ މައްސަލަތަކާ ގުޅިގެން ފޯރުކޮށްދީފައިވާ އެހީތެރިކަމަށާއި، އެފަދަ މައްސަލަތައް ހުއްޓުވުމަށް ޓަކައި އެ ކައުންސިލަކުން ހިންގުމަށް ރާވައި ފައިވާ ޕްރޮގްރާމްތަކަށް ރިއާޔަތް ކުރަންވާނެއެވެ.
16 ވަނަ މާއްދާ - ބޭނުންވާ ތަމްރީނުތައް ހިންގުން
(ހ) މި ގަވާއިދުގެ ދަށުން ކައުންސިލުތަކާ މަސްއޫލިއްޔަތު ހަވާލުކުރަންވާނީ، އެއިން ކޮންމެ ކައުންސިލެއްގައި ގެވެށި އަނިޔާއާ ގުޅޭގޮތުން އެ ކައުންސިލެއްގެ މުވައްޒަފުން ތަމްރީނުކުރުމަށް ފަހުގައެވެ. މިކަމަށް ޓަކައި، ކޮންމެ ކައުންސިލެއްގައި، މި ގަވާއިދުގެ 14 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ މުވައްޒަފުންނަށް އެކަށީގެންވާ ތަމްރީނު ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކައުންސިލުތަކުގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ފެމެލީ ޕްރޮޓެކްށަން އޮތޯރިޓީމެދުވެރިކޮށް އެ ތަމްރީނުތައް ކައުންސިލުތަކަށް ފޯރުކޮށްދޭންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ކައުންސިލުތަކުގައި ގެވެށި އަނިޔާގެ މައްސަލަތަކަށް ހާއްސަކުރެވޭ މުވައްޒަފުންނަށް ބޭނުންވާނެ ތަމްރީނުތަކާއި ހުންނަންވާނެ ފެންވަރާއި ށަރުތުތައް، މިނިސްޓަރުގެ ލަފާގެ މަތީން، ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީން ކަނޑައަޅަންވާނެއެވެ.
(ރ) މި މާއްދާގެ ދަށުން ތަމްރީނު ދެވޭ މުވައްޒަފުންގެ އިތުރުން، އެ ކައުންސިލެއްގެ މެންބަރުން ވެސް، މި މާއްދާގައި ބަޔާންކޮށްފައިވާ ތަމްރީނުތަކުގައި ބައިވެރިވާންވާނެއެވެ.
(ބ) މި މާއްދާގެ ދަށުން ފޯރުކޮށްދޭ ތަމްރީންނުތައް އޮތޯރިޓީން ފޯރުކޮށްދިނުމުގައި މިނިސްޓްރީގެ އެހީތެރިކަމަށް އެދުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.
17 ވަނަ މާއްދާ - ތަމްރީނު ހިންގިދާނެ ދާއިރާތައް
މި ގަވާއިދުގެ ދަށުން ގެވެށި އަނިޔާއާ ގުޅުންހުރި އަންނަނިވި ދާއިރާތައް ހިމެނޭގޮތުން ކައުންސިލުތަކަށް ތަމްރީނުތައް ހިންގިދާނެއެވެ.
(ހ) ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ވަކިވަކި އިދާރާތަކުގެ ދައުރާއި ޒިންމާތައް،
(ށ) ގެވެށި އަނިޔާގެ މައްސަލަތަކާ ގުޅިގެން ސިއްރު ހިފެހެއްޓުން.
(ނ) ގެވެށި އަނިޔާގެ ށިކާރައަކަށްވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
18 ވަނަ މާއްދާ - ހިދުމަތް ފޯރުކޮށްދޭ ގޮތް ބެލުން
(ހ) މި ގަވާއިދުގެ ދަށުން ކައުންސިލުތަކުން މަސްއޫލިއްޔަތު އަދާކުރަމުން ގެންދާގޮތް ބެލުމަށް ޓަކައި ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީން އަންގާ ގޮތެއްގެ މަތީން އެ ފަރާތާ މައުލޫމާތު ހިއްސާކުރަންވާނެއެވެ. އެގޮތުން، ހިއްސާކުރެވޭ މައުލޫމާތުގެ އަލީގައި، ކައުންސިލުތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުވޭނެ ގޮތްތަކާއި، ލިބިފައިވާ ވަސީލަތައް އެކަށީގެންވާކަން ނުވަތަ ނޫންކަން ދެނެގަނެވޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު ތަންފީޒު ކުރުމުގެ ގޮތުން ކައުންސިލުތަކުން އަދާކުރާ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން މިނިސްޓަރަށް ނުވަތަ ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީއަށް މައުލޫމާތު ފޯރުކޮށްދިނުމަކީ އެ ކައުންސިލެއްގެ ސެކްރެޓަރީ ޖެނެރަލްގެ ޒިންމާއެކެވެ.
(ނ) މި މާއްދާގެ ދަށުން މިނިސްޓަރާ ނުވަތަ ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީއާ ހިއްސާކުރާ މައުލޫމާތަށް ބަލައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސަމާލުކަމަށް ގެންނަންޖެހޭ ކަމެއް ވާނަމަ، އެ ކަމެއް އެ އިދާރާއަށް އަންގަންވާނެއެވެ.
ފަސް ވަނަ ބާބު
އެހެނިހެން
19 ވަނަ މާއްދާ - ގަވާއިދުގައި ނެތްކަމެއް ދިމާވުން
މި ގަވާއިދުގައި ނެތްކަމެއް ދިމާވެއްޖެނަމަ، އެ ކަމެއްގައި އަމަލުކުރަންވާނީ، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން، މިނިސްޓަރު އިރުށާދުދޭ ގޮތެއްގެ މަތީންނެވެ.
20 ވަނަ މާއްދާ - ކައުންސިލުން އިދާރީ އިޖުރާއަތުތައް ކަނޑައެޅުން
މި ގަވާއިދުގައި ކައުންސިލުގެ މަސްއޫލިއްޔަތު ކަމުގައި ކަނޑައަޅައިފައިވާ ކަންކަން ތަންފީޒު ކުރުމަށް ޓަކައި ކައުންސިލުތަކުން އަމަލުކުރާނެ ގޮތުގެ އިޖުރާއަތ،ު އޮތޯރިޓީގެ ލަފާގެ މަތީން، އެ ކައުންސިލަކުން އެކުލަވައިލެވިދާނެއެވެ.
21 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވާނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު" ނުވަތަ "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2012-03 (ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު) އާއި، އެ ގާނޫނަށް ގެނެވޭ އެންމެހައި އިސްލާހުތަކަށެވެ.
(ށ) "ކައުންސިލުތައް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެގާނޫނު) ގެ ދަށުން އުފައް ދައިފައިވާ ސިޓީ ކައުންސިލުތަކާއި، އަތޮޅު ކައުންސިލުތަކާއި، ރަށު ކައުންސިލުތަކަށެވެ.
(ނ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ގެވެށި އަނިޔާ ހުއްޓުވުމަށް ގައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގެ ޒިންމާ އުފުލާ ސަރުކާރުގެ ވުޒާރާއަށެވެ.
(ރ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ގެވެށި އަނިޔާ ހުއްޓުވުމަށް ގައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގެ ޒިންމާ އުފުލ،ާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.
(ބ) "ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީ" ނުވަތަ "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2012-03 (ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު) ގެ 52 ވަނަ މާއްދާގެ ދަށުން އުފައް ދައިފައިވާ "ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީ" އަށެވެ.
(ޅ) "ފުރަތަމަ އިޖާބަދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ގެވެށި އަނިޔާގެ ށިކާރައަކަށް ވެގެން ހިދުމަތް ހޯދުމަށް އަންނަ ފަރާތަކަށް ފުރަތަމަ ހިދުމަތް ފޯރުކޮށްދޭ ފަރާތަށެވެ.
(ކ) "އިބަމަ" ކަމަށް ބުނެފައި އެވަނީ، އުސޫލު ނަންބަރު 2022-33 (އިޖުތިމާއީ ބަދަހި މަދަދުވެރިން "އިބަމަ" ގެ އުސޫލު) ގެ ދަށުން ދިވެހިރާއްޖޭގެ މުޖުތަމައުތަކުގައި ދިރިއުޅޭ އިޖުތިމާއީ ރައްކައުތެރިކަމާއި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި، މާލެ ސިޓީ ފިޔަވައި، ދިވެހިރާއްޖޭގެ މީހުން އުޅޭ ރަށްރަށުގައްޔާއި ސިޓީތަކުގައި އެކުލަވައިލާ މަދަދުވެރިންގެ ޓީމުތަކަށެވެ.
22 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.
ޖަދުވަލު 1
ކިޔުންތެރިންގެ ހިޔާލު