-

ބަންޑާރަ ގޯއްޗާއި، އަމިއްލަ ގޯއްޗާއި، އެފަދަ ގޯތީގައި ހަދާ އިމާރާތް ރަޖިސްޓަރީ ކުރުމާބެހޭގަވާއިދު (ގަވާއިދު ނަންބަރު 2016-88) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-151)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 25 އޯގަސްޓް 2023 ގައި)

 

ގަވާއިދު ނަންބަރު 2016-88 (ބަންޑާރަ ގޯއްޗާއި، އަމިއްލަ ގޯއްޗާއި، އެފަދަ ގޯތީގައި ހަދާ އިމާރާތް ރަޖިސްޓަރީކުރުމާބެހޭ ގަވާއިދު) އަށް 2 ވަނަ އިސްލާހު ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 2 ވަނަ މާއްދާގެ އަރިމަތީ ސުރުހީ އާއި، އެ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާގެ (ށ) ގެ ފަހަތަށް (ނ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.

ރަޖިސްޓަރީ ދޫކުރާ އިދާރާ 2.

(ހ) ސިޓީއެއްގައި ނަމަ، އެ ސިޓީއެއްގެ ސިޓީ ކައުންސިލުގައި، ނުވަތަ އެ ސިޓީއެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއެއްގައި، ނުވަތަ ސަރުކާރުން ވަކި ސަރަހައްދެއް ތަރައްގީކުރުމަށް ކުރިޔަށްގެންދާ ގޯތި ދިނުމުގެ މަށްރޫއުތަކުގެ ދަށުން ގޯތި ދޫކުރުމަށް ސަރުކާރުން ކަނޑައަޅާ އިދާރާއެއްގައި؛

(ނ) ސަރުކާރުން ވަކި ސަރަހައްދެއް ތަރައްގީކުރުމަށް ކުރިޔަށްގެންދާ ގޯތި ދިނުމުގެ މަށްރޫއުތަކުގެ ދަށުން ގޯތި ދޫކުރުމަށް ސަރުކާރުން ކަނޑައަޅާ އިދާރާއިން ރަޖިސްޓަރީ ހަދައިދިނުމުގައި، މި ގަވާއިދުގެ 3 ވަނަ މާއްދާއާއި، 4 ވަނަ މާއްދާއާއި، 5 ވަނަ މާއްދާއާއި، 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލެއް ނުހިނގާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރު އިސްލާހު ކުރުން.

ހުށަހަޅަންޖެހޭ މައުލޫމާތު 7.

(ހ) (3) ގޯތީގެ ވަގުތީ ރަޖިސްޓަރީ ނުވަތަ ދާއިމީ ރަޖިސްޓަރީ؛ 

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ އަރިމަތީ ސުރުހީއާއި، އެ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރަޖިސްޓަރީ ނުވަތަ ގޯތި ދޫކުރިކަމުގެ ލިޔުން ދޫކުރުން 8.

(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާއާއި 7 ވަނަ މާއްދާގައިވާ ކަންތައްތައް ފުރިހަމަވުމުނ،ް ގޯތި ރަޖިސްޓަރީކޮށްދީ، ރަޖިސްޓަރީ ހެދުމަށް ހުށަހެޅި ފަރާތަށް ގޯތީގެ ރަޖިސްޓަރީގެ އަސްލު ދޫކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް ސަރުކާރުން ވަކި ސަރަހައްދެއް ތަރައްގީކުރުމަށް ކުރިޔަށްގެންދާ ގޯތި ދިނުމުގެ މަށްރޫއުތަކުގެ ދަށުން ގޯތި ހަވާލުކުރާއިރު، ގޯތީގެ ދާއިމީ ރަޖިސްޓަރީ، ގޯތި ލިބުނު ފަރާތަށް ދޫކުރަންވާނެއެވެ. މި ރަޖިސްޓަރީ ދޫކުރުމުނ،ް މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ރަޖިސްޓަރީކުރަން އަލުން ހުށަހަޅާކަށެއް ނުޖެހޭނެއެވެ.

(ނ) ސަރުކާރުން ތަރައްގީ ކުރުމުގެ ގޮތުން ގޯތި ދިނުމަށް ކަނޑައަޅައިފައިވާ ސަރަހައްދަކީ ނުހިއްކައި ނުވަތަ އިން ވަކިނުކޮށް އޮތް ސަރަހައްދެއްނަމަ، އެފަދަ ސަރަހައްދަކުން ގޯތި ހަވާލުކުރާއިރު ގޯތި ދޫކުރިކަމުގެ ލިޔުމެއް، ގޯތި ލިބުނު ފަރާތަށް ދޫކުރެވިދާނެއެވެ.

(ރ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ދޫކުރާ ރަޖިސްޓަރީގެ ކޮޕީއެއް، އެ ކޮޕީގައި އަސްލާ އެއްގޮތް ކޮޕީއެއްކަން އަންގައިދޭ ތައްގަނޑު ޖަހައި، ސިޓީއެއްގައި ނަމަ އެ ސިޓީއެއްގެ ސިޓީ ކައުންސިލުގައި ނުވަތަ އެ ސިޓީއެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާގައި، އަދި ސިޓީއެއް ނޫންނަމަ، އެ ރަށެއްގެ ރަށު ކައުންސިލުގެ އިދާރާގައި ނުވަތަ އެ ރަށެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާގައި ނުވަތަ ސަރުކާރުން ވަކި ސަރަހައްދެއް ތަރައްގީކުރުމަށް ކުރިޔަށްގެންދާ ގޯތި ދިނުމުގެ މަށްރޫއުތަކުގެ ދަށުން ގޯތި ދޫކުރާ އިދާރާގައި ބާއްވަންވާނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހު ކުރުން.

ބަންޑާރަ ގޯތި އަމިއްލަކުރުމަށްފަހު ރަޖިސްޓަރީކުރުން 10.

ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް އަމިއްލަކުރާ ހާލަތުގައި، ގާނޫނު ނަންބަރު 2002-01 (ދިވެހިރާއްޖޭގެ ބިމާބޭހޭ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2022-18 (ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ގަވާއިދު) ގައިވާ ގޮތުގެ މަތީން ބިމުގެ އަގު އަދާކޮށް ނިމޭތާ ގިނަވެގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ބަންޑާރަ ގޯތީގެ ރަޖިސްޓަރީ ބާތިލުކޮށް، އަމިއްލަ ގޯއްޗެއްގެ ގޮތުގައި އެ ގޯތީގެ އައު ރަޖިސްޓަރީއެއް ހެއްދުމަށް، ސިޓީއެއްގައި ނަމަ އެ ސިޓީއެއްގެ ސިޓީ ކައުންސިލަށް ނުވަތަ އެ ސިޓީއެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަށް، އަދި ސިޓީއެއް ނޫންނަމަ، އެ ރަށެއްގެ ރަށު ކައުންސިލުގެ އިދާރާއަށް ނުވަތަ އެ ރަށެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަށް ނުވަތަ ސަރުކާރުން ވަކި ސަރަހައްދެއް ތަރައްގީކުރުމަށް ކުރިޔަށްގެންދާ ގޯތި ދިނުމުގެ މަށްރޫއުތަކުގެ ދަށުން ގޯތި ދޫކުރާ އިދާރާއަށް ހުށަހަޅަންވާނެއެވެ. (ނޯޓް: މި މާއްދާގައި ގަވާއިދު ނަންބަރު 2022-18 އަށް ހަވާލާދެވިފައިވާ އޮޅުމަކުން ކަމަށާއި އަސްލު ގަވާއިދަކީ ނަންބަރު 2022-181 ކަމަށް ބެލެވޭ)

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) އަންނަނިވިގޮތަށް އިސްލާހުކުރުން.

ރަޖިސްޓަރީކުރަން ހުށަހެޅުން 12.

(ހ) ނުއުފުލޭ މުދަލުގެ ތަރިކައިން ނުވަތަ ހިބައިން ނުވަތަ ވަސިއްޔަތުން ނުވަތަ ގަނެގެން ނުވަތަ އެނޫންވެސް ގޮތަކުން ލިބިގެން ބަންޑާރަ ގޯއްޗެއް ނުވަތަ ބަންޑާރަގޯއްޗަކުން ބައެއް ނުވަތަ އަމިއްލަ ގޯތި ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް ރަޖިސްޓަރީކުރަން ހުށަހަޅާއިރު، ސިޓީއެއްގައި ނަމަ އެ ސިޓީއެއްގެ ސިޓީ ކައުންސިލަށް ނުވަތަ އެ ސިޓީއެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަށް، އަދި ސިޓީއެއް ނޫންނަމަ، އެ ރަށެއްގެ ރަށު ކައުންސިލުގެ އިދާރާއަށް ނުވަތަ އެ ރަށެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަށް އެކަމަށް އެދޭ ފޯމ،ު އަންނަނިވި ލިޔެކިޔުންތަކާއެކު ހުށަހަޅަންވާނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނޯޓް 17ވަނަ މާއްދާއަށް ހަވާލާދެވިފައިވަނީ 18 ވަނަ މައްދާގެ ބަދަލުގައި އޮޅުމަކުން ކަމަށް ބެލެވޭ. އެއީ މި ގަވާއިދަށް ގެނެވުނު 1ވަނަ އިސްލާހާއި ގުޅިގެން 10ވަނަ މާއްދާއަށް ފަހު ހުރި ނަންބަރު ތަކަށް ބަދަލު ގެނެވިފައިވާތީވެ)

ރަޖިސްޓަރީގައި ހިމަނަންޖެހޭ މައުލޫމާތު 17.

މި ގަވާއިދުގެ ދަށުން ހަދައިދޭ ރަޖިސްޓަރީގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) ގޯތި ރަޖިސްޓަރީ ކުރެވިފައިވާ މީހާ ނުވަތަ މީހުން.

(ށ) ގޯއްޗަކީ އަމިއްލަ ގޯއްޗެއްކަން ނުވަތަ ބަންޑާރަ ގޯއްޗެއްކަން.

(ނ) ގޯތި އޮތް ރަށާއި ތަން.

(ރ) ގޯތީގެ ބޮޑުމިން އެނގޭނެ ޗާޓެއް.

(ބ) ގޯތި ރަޖިސްޓަރީ ކުރެވުނު ތާރީހު.

(ޅ) ރަޖިސްޓަރީގައި ހިމަނަންޖެހޭ އިތުރު އެންގުންތައް.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހު ކުރުން. 

(ނޯޓް 18 ވަނަ މާއްދާއަށް ހަވާލާދެވިފައިވަނީ 19 ވަނަ މައްދާގެ ބަދަލުގައި އޮޅުމަކުން ކަމަށް ބެލެވޭ. އެއީ މި ގަވާއިދަށް ގެނެވުނު 1ވަނަ އިސްލާހާއި ގުޅިގެން 10ވަނަ މާއްދާއަށް ފަހު ހުރި ނަންބަރު ތަކަށް ބަދަލު ގެނެވިފައިވާތީވެ)

ރަޖިސްޓަރީ ގެއްލިގެން އަލުން ހަދައިދިނުން

(ހ) މި ގަވާއިދުގެ ދަށުން ހަދައިދެވިފައިވާ ރަޖިސްޓަރީއެއް ގެއްލިއްޖެނަމަ، ސިޓީއެއްގައި ނަމަ އެ ސިޓީއެއްގެ ސިޓީ ކައުންސިލަށް ނުވަތަ އެ ސިޓީއެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަށް، އަދި ސިޓީއެއް ނޫންނަމަ، އެ ރަށެއްގެ ރަށު ކައުންސިލުގެ އިދާރާއަށް ނުވަތަ އެ ރަށެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަށް ނުވަތަ ސަރުކާރުން ވަކި ސަރަހައްދެއް ތަރައްގީކުރުމަށް ކުރިޔަށްގެންދާ ގޯތި ދިނުމުގެ މަށްރޫއުތަކުގެ ދަށުން ގޯތި ދޫކުރާ އިދާރާއަށް، ލަސްނުކޮށް އެކަން އަންގަންވާނެއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހު ކުރުން.

(ނޯޓް 20 ވަނަ މާއްދާއަށް ހަވާލާދެވިފައިވަނީ 21 ވަނަ މައްދާގެ ބަދަލުގައި އޮޅުމަކުން ކަމަށް ބެލެވޭ. އެއީ މި ގަވާއިދަށް ގެނެވުނު 1ވަނަ އިސްލާހާއި ގުޅިގެން 10ވަނަ މާއްދާއަށް ފަހު ހުރި ނަންބަރު ތަކަށް ބަދަލު ގެނެވިފައިވާތީވެ)

ރަޖިސްޓަރީ ބާތިލުކުރުން 20.

(ހ) މި ގަވާއިދުގެ ދަށުން އަންނަނިވި ހާލަތްތަކުގައި ގޯތީގެ ރަޖިސްޓަރީ ބާތިލުކުރުމުގެ އިހްތިޔާރު، މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ އިދާރާތަކަށް ނުވަތަ އެ ރަޖިސްޓަރީއެއް ދޫކުރި އިދާރާއަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދަށް ގެނައި އިސްލާހުތަކުގެ ސަބަބުން ގަވާއިދުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

10 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފެށުން މި ގަވާއިދަށް އަމަލުކުރަން ފަށާނ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ބަންޑާރަ ގޯއްޗާއި، އަމިއްލަ ގޯއްޗާއި، އެފަދަ ގޯތީގައި ހަދާ އިމާރާތް ރަޖިސްޓަރީ ކުރުމާބެހޭގަވާއިދު (ގަވާއިދު ނަންބަރު 2016-88)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ބަންޑާރަ ގޯއްޗާއި، އަމިއްލަ ގޯއްޗާއި، އެފަދަ ގޯތީގައި ހަދާ އިމާރާތް ރަޖިސްޓަރީ ކުރުމާބެހޭގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2016-88)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު