-

ނުރައްކައުތެރި ހަތިޔާރާއި ތޫނު އެއްޗެހި ރާއްޖެއަށް އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދ

(ގަވާއިދު ނަންބަރު 2023-143)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 10 އޮގަސްޓް 2023 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ނުރައްކައުތެރި ހަތިޔާރާއި ތޫނު އެއްޗެހީގެ ގޮތުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ތަކެތީގެ ތެރެއިން އާންމު ދިރިއުޅުމުގެ ބޭނުންތަކާއި މަސައްކަތުގެ ބޭނުމަށް ބޭނުންކުރާ ތަކެތި ފިޔަވައި އެހެނިހެން ތަކެއްޗާއ،ި ބައިނަލްއަގުވާމީގޮތުން ނުވަތަ ދުނިޔޭގެ ގިނަ ގައުމުތަކުގައި ހަތިޔާރެއް ގޮތުގައި ބަލާ ތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ކުރިން ނުވަތަ ރާއްޖޭގައި އުފެއްދުމުގެ ކުރިން މިނިސްޓްރީން ހުއްދަ ނެގުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމަށް ޓަކައ،ި ގާނޫނު ނަންބަރު 2010-17 (ބިރުދެއްކުމާއިނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު) ގެ 26 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރުލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނ،ީ "ނުރައް ކައުތެރި ހަތިޔާރާއި ތޫނު އެއްޗެހި ރާއްޖެއަށް އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ނުރައްކައުތެރި ހަތިޔާރާއި ތޫނު އެއްޗެހި ރާއްޖެއަށް އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމުގައި އަމަލުކުރަންވީ ގޮތް ބަޔާންކުރުން.

(ށ) ނުރައްކައުތެރި ހަތިޔާރާއި ތޫނު އެއްޗެހި ރާއްޖެއަށް އެތެރެކުރާ ފަރާތްތަކާއި އެފަދަ ތަކެތި ރާއްޖޭގައި އުފައްދާ ފަރާތްތަކާއ،ި އެ ތަކެތީގެ ރިކޯޑު ބެލެހެއްޓުމާ ގުޅޭ އުސޫލުތައް ބަޔާންކުރުން.

(ނ) ނުރައްކައުތެރި ހަތިޔާރާއި ތޫނު އެއްޗެހި ރާއްޖެއަށް އެތެރެކުރާ ފަރާތްތަކާއި އެފަދަ ތަކެތި ރާއްޖޭގައި އުފައްދާ ފަރާތްތަކުން، އެ ތަކެތީގެ ވެރިފަރާތް ބަދަލުކުރުމުގައި އަމަލުކުރަންވީ ގޮތް ބަޔާންކުރުން.

 

3 ވަނަ މާއްދާ - ނުރައްކައުތެރި ހަތިޔާރާއި ތޫނު އެއްޗެހި

(ހ) މި ގަވާއިދުގެ މަގުސަދަށް ޓަކައި ނުރައްކައުތެރި ހަތިޔާރުގެ ގޮތުގައި ބެލެވޭނ،ީ ގާނޫނުގެ 29 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ތަކެއްޗަށެވެ.

(ށ) މި ގަވާއިދުގެ މަގުސަދަށް ޓަކައި ތޫނު އެއްޗެހި ގޮތުގައި ބެލެވޭނ،ީ ގާނޫނުގެ 29 ވަނަ މާއްދާގެ (ރ) އާއި (ބ) އާއި (ޅ) ގައި ބަޔާންކޮށްފައިވާ ތަކެއްޗަށެވެ.

 

4 ވަނަ މާއްދާ - ނުރައްކައުތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުރިން ނުވަތަ އުފެއްދުމުގެ ކުރިން ހުއްދަ ނެގުން

(ހ) ނުރައްކައުތެރި ހަތިޔާރާއި ތޫނު އެއްޗެހީގެ ގޮތުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ތަކެތީގެ ތެރެއިން، އާންމު ދިރިއުޅުމުގެ ބޭނުންތަކާއިމަސައްކަތުގެ ބޭނުމަށް ބޭނުންކުރާ ތަކެތި ފިޔަވައި އެހެނިހެން ތަކެއްޗާއ،ިބައިނަލްއަގުވާމީގޮތުން ނުވަތަ ދުނިޔޭގެ ގިނަ ގައުމުތަކުގައި ހަތިޔާރެއްގެ ގޮތުގައި ބަލާ ތަކެތި ރާއްޖެއަށް އެތެރެކުރަންވާނީ ނުވަތަ ރާއްޖޭގައި އުފައްދަންވާނީ މިނިސްޓްރީގެ ހުއްދަ، ލިޔުމުން ލިބިގެންނެވެ.

(ށ) މި ގަވާއިދުގެ ދަށުން މިނިސްޓްރީން ހުއްދަ ހޯދުމަށްފަހު ރާއްޖެ އެތެރެކުރެވޭ އެއްޗެއް އެއީ އެހެން ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން އިތުރު ހުއްދައެއް އެހެން ވުޒާރާއަކުން ނަގަންޖެހޭ ބާވަތެއްގެ އެއްޗެއްނަމަ، މި ގަވާއިދުގެ ދަށުން ހުއްދަ ހޯދުމަކީ، އެހެން ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން ނަގަންޖެހޭ ހުއްދައެއް ނެގުމުން އިސްތިސްނާ ވީކަމަށް ބަލައިގެން ނުވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީގެ ހުއްދައަށް އެދެންވާނެ ބާވަތްތަކުގެ ލިސްޓެއް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތުގެ މަށްވަރާއާއެކު މިނިސްޓްރީން، ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކޮށް ށާއިއުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދަ ހޯދުމަށް އެދ،ި މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމު މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ފޯމާ ގުޅިގެން މިނިސްޓްރީން ނިންމާ ގޮތެއް، އެ ފޯމު ހުށަހަޅާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައ،ި ފޯމު ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

 

5 ވަނަ މާއްދާ - ނުރައްކައުތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް ދިވެހިރާއްޖެއަށް ގެނެސްފިނަމަ އަމަލުކުރަންވީގޮތުގެ އިޖުރާތު

(ހ) މި ގަވާއިދާ ހިލާފަށް ނުރައްކައުތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއްދިވެހިރާއްޖެއަށް ގެނެސްފިނަމަ، އެ އެއްޗެއް ހިފެހެއްޓުމުގެ އިހްތިޔާރ،ު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ލިބިގެންވެއެވެ. މިގޮތުން ހިފެހެއްޓޭ ތަކެއްޗާމެދު ގޮތެއް ނިންމައ،ި އެކަން ތަންފީޒުކުރާނ،ީ ގަވާއިދު ނަންބަރު 2011-41 (ކަސްޓަމްސްގެ އާންމު ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީން ،މޯލްޑިވްސް ކަސްޓަމްސް ސަރވި ސްއިންނެވެ.

(ށ) ބިދޭސީއަކު ނުރައްކައުތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް ދިވެހިރާއްޖެއަށް ގެނެސްފިނަމަ، ގަވާއިދު ނަންބަރު 2011-41 (ކަސްޓަމްސްގެ އާންމު ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަ ތީން އެ އެއްޗެއް އަނބުރާ ރާއްޖެއިން ބޭރަށް ގެންދިއުމުގެ ފުރުޞަތު ދިނުމުގެ އިހްތިޔާރ،ު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ލިބިގެންވެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ހުއްދަ ހޯދައިގެން ރާއްޖެ އެތެރެކުރެވޭ އެއްޗެއް ހުއްދަ ނެތި ރާއްޖެއަށް ގެނެސްފިނަމަ، އެ އެއްޗަކާމެދު އަމަލުކުރާނެ ގޮތެއް ކަނޑައަޅާނ،ީމިނިސްޓްރީގެ މަށްވަރާއާއެކު ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް ނުވަތަ ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް ކަނޑައަޅާ ފަރާތަކުންނެވެ.

(ރ) މި ގަވާއިދާ ހިލާފަށް ނުރައްކައުތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް ދިވެހިރާއްޖެއަށް ގެނެސްފިނަމަ، އެ މައްސަލަ ތަ ހުގީގުކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާނ،ީ ގަވާއިދު ނަންބަރު 2011-41 (ކަސްޓަމްސްގެ އާންމު ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިންނެވެ.

 

6 ވަނަ މާއްދާ - ރިކޯޑު ބެލެހެއްޓުން 

މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ރާއްޖެއަށް އެތެރެކުރުމަށް ނުވަތަ ރާއްޖޭގައި އުފެއްދުމަށް މިނިސްޓްރީން ހުއްދަ ދޭން ނިންމާ ތަކެއްޗާއި އެ ތަކެތީގެ ވެރިފަރާތުގެ މައުލޫމާތ،ު މިނިސްޓްރީން ލިޔުމުން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.

 

7 ވަނަ މާއްދާ - މައުލޫމާތު ހިއްސާކުރުން

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ރާއްޖެއަށް އެތެރެކުރުމަށް ނުވަތަ ރާއްޖޭގައި އުފެއްދުމަށް މިނިސްޓްރީން ހުއްދަ ދޭން ނިންމާ ތަކެއްޗާއި އެ ތަކެތީގެ ވެރިފަރާތުގެ މައުލޫމާތ،ު ދިވެހި ފުލުހުންގެ ހިދުމަތާ މިނިސްޓްރީން ލިޔުމުން ހިއްސާކުރަންވާނެއެވެ.

(ށ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ރާއްޖެއަށް އެތެރެކުރުމަށް މިނިސްޓްރީން ހުއްދަ ދޭން ނިންމާ ތަކެއްޗާއި އެ ތަކެތީގެ ވެރިފަރާތުގެ މައުލޫމާތު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ މިނިސްޓްރީން ލިޔުމުން ހިއްސާކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ރާއްޖެ އެތެރެކުރާ ނުވަތަ ރާއްޖޭގައި އުފައްދާ ތަކެތި ބޭނުންކުރުން

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން މިނިސްޓްރީން ހުއްދަ ދޭ ތަކެތ،ި އެ ތަކެތި ރާއްޖެ އެތެރެކުރާ ނުވަތަ ރާއްޖޭގައި އުފެއްދުމަށް ހުއްދަ ދޭ ބޭނުން ނޫން އެހެން ބޭނުމަކަށ،ް އެ ހުއްދަ ބޭނުންކޮށްގެން ނުވާނެއެވެ.

(ށ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން މިނިސްޓްރީން ހުއްދަ ދޭ ތަކެތި ބޭނުންކުރެވޭނ،ީ އެ ތަކެތި ރާއްޖެ އެތެރެކުރާ ނުވަތަ ރާއްޖޭގައި އުފެއްދުމަށް ހުއްދަ ދޭ ފަރާތްތަކަށް އެކަންޏެވެ.

(ނ) ވެރިފަރާތް ބަދަލުކުރަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ވެރިފަރާތް ބަދަލުކުރެވޭނ،ީ ވެރިފަރާތް ބަދަލުކުރަންޖެހޭ ސަބަބު ބަޔާންކޮށް މިނިސްޓްރީއަށް ލިޔ،ެ މިނިސްޓްރީގެ ހުއްދަ ލިޔުމުން ލިބިގެންނެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ވެރިފަރާތް ބަދަލުކުރުމަށް އެދި ހުށަހަޅާ ފަރާތަށް ހުއްދަ ދެވޭނ،ީ ފުރަތަމަ އެ އެއްޗެއް އެތެރެކުރުމަށް ނުވަތަ އުފެއްދުމަށް ހުއްދަ ދީފައިވާ ބޭނުމަށް އެކަންޏެވެ.

(ބ) މި ގަވާއިދުގެ ދަށުން މިނިސްޓްރީން ހުއްދަ ދީގެން ރާއްޖެއަށް އެތެރެކުރާ ނުވަތަ ރާއްޖޭގައި އުފައްދާ އެއްޗެއް ގެއްލިއްޖެނަމަ ނުވަތަ ވަގަށް ނަގައިފިނަމަ، ދިވެހި ފުލުހުންގެ ހިދުމަތަށާއި މިނިސްޓްރީއަށް އެކަން ވަގުތުން ރިޕޯޓުކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ހ) އާއ،ި (ށ) އާއ،ި (ނ) އާއ،ި (ބ) އާ ހިލާފަށް އަމަލުކޮށްފިނަމަ، މިނިސްޓްރީން ހުއްދަ ދީގެން ރާއްޖެއަށް އެތެރެކުރާ ނުވަތަ ރާއްޖޭގައި އުފައްދާ އެއްޗެއް އެތެރެކުރުމަށް ނުވަތަ އުފެއްދުމަށް ދީފައިވާ ހުއްދަ އެ ހިނދުން ފެށިގެން ބާތިލުވާނެއެވެ.

 

9 ވަނަ މާއްދާ - މިނިސްޓްރީން އަމަލުކުރާނެ ގޮތުގެ އުސޫލު އެކުލަ ވައިލުން

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންތައްތަކާ ގުޅިގެން މިނިސްޓްރީން އަމަލުކުރާނެ ގޮތުގެ އިޖުރާތުތައް ހިމެނޭގޮތަށް އުސޫލެއް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވައިލަންވާނެއެވެ.

 

10 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކ،ު އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި މިވަނ،ީ ތިރީގައިވާ އަކުރުތަކަށް ދީފައިވާ މާނަކުރުމެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނ،ީ މިނިސްޓްރީ އޮފް ހޯމް އެފެއާޒް ނުވަތަ ދިވެހިރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކައުތެރިކަމާއި އަމަންއަމާންކަން ދެމެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ށ) "ގާނޫނު" ކަމަށް ބުނެފައި އެވަނ،ީ ގާނޫނު ނަންބަރު 2010-17 (ބިރުދެއްކުމާއިނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު) އާއި އެ ގާނޫނަށް ގެނެވިފައިވާ އެންމެހައި އިޞްލާހުތަކަށެވެ.

 

11 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

 

(މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެއެވެ)

 

މައި ގާނޫނު

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-17)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު