-

ހިޔުމަން ރައިޓްސް ކޮމިށަނުގެ ގާނޫނު (ގާނޫނު ނަންބަރު 2006-06) ގެ ދަށުން ކޮމިށަނުން ބަލާ މައްސަލަތައް ތަޙުގީގުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-134)

(މި ގަވާއިދަށް އަމަލުކުރަން ފަށާނީ/ފެށީ 24 ޖަނަވަރީ 2024 ގައި)

 

އެއްވަަނަ ބާބު

ފެށުން

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއ،ީ ގާނޫނު ނަންބަރު 2006-06 (ހިޔުމަން ރައިޓްސް ކޮމިށަނުގެ ގާނޫނު) ގެ ދަށުން އެ ކޮމިށަނަށް ހުށަހެޅޭ މައްސަލަތަކާއި ކޮމިށަނުގެ އަމިއްލަ އިސްނެގުމުގެ މަތިން ބަލާ މައްސަލަތައް ތަހުގީގުކުރުމުގައި ކޮމިށަނުން އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމުގެ ގަވާއިދެވެ. 

(ށ) މި ގަވާއިދަށް ކިޔާނީ، "ގާނޫނު ނަންބަރު 2006-06 (ހިޔުމަން ރައިޓްސް ކޮމިށަނުގެ ގާނޫނު) ގެ ދަށުން ކޮމިށަނުން ބަލާ މައްސަލަތައްތަހުގީގުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.

(ނ) މި ގަވާއިދު އެކުލަވައިލައިފައިވަނީ، ހިޔުމަން ރައިޓްސް ކޮމިށަނުގެ ގާނޫނުގެ 31 ވަނަ މާއްދާގެ ދަށުން ހިޔުމަން ރައިޓްސް ކޮމިށަނަށް ލިބިދޭ ބާރުގެ ދަށުންނެވެ.

 

2 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް

މި ގަވާއިދު ހިންގާނީ، ހިޔުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސްއިންނެވެ.

 

3 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މައިގަނޑު މަގުސަދުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ކޮމިށަނަށް މައްސަލަ ހުށަހެޅުމުގައި އަމަލުކުރާނެ އުސޫލު ކަނޑައެޅުން.

(ށ) މީހެއްގެ އިންސާނީ ހައްގެއް ނިގުޅައިގެންފިކަމަށް، ނުވަތަ އިންސާނީ ހައްގެއް ނިގުޅައިގަތުމުގައި ބައިވެރިވެއްޖެކަމަށް، ނުވަތަ އެފަދަ ކަމަކަށް އެހީތެރިވެއްޖެކަމަށް ބުނެ ހުށަހަޅާ ށަކުވާތަކާއި، ކޮމިށަނަށް އެފަދަ ކަމެއް ހިނގާކަމަށް ނުވަތަ ހިނގައިފައިވާކަމަށް ގަބޫލުކުރެވޭ މައްސަލަތައް ބެލުމުގައި އަމަލުކުރާނެ އުސޫލު ކަނޑައެޅުން.

(ނ) ކޮމިށަނުން ކުރާ ތަހުގީގަކާ ގުޅޭގޮތުން ކޮމިށަނަށް ހާޒިރުކުރާ ފަރާތްތައް ހާޒިރުކޮށް ބަޔާން ނަގައި، އެ ފަރާތްތަކަށް ސުވާލުކުރުމުގައި އަމަލުކުރާނެ އިޖުރާތު ކަނޑައެޅުން.

(ރ) ކޮމިށަނުން ކުރާ ތަހުގީގުތަކުގައި މައްސަލައާ ގުޅުންހުރި ފަރާތްތަކުގެ ހައްގުތައް ހަނިނުވާނެ ގޮތަކަށް ހަރުދަނާގޮތެއްގައްޔާއި އެކަށީގެންވާ އަވަސްގޮތެއްގައި މައްސަލަތައް ބެލުމުގައި އަމަލުކުރާނެ ގޮތްތައް 
ކަނޑައެޅުން. 

(ބ) ކޮމިށަނުން ތަހުގީގުކުރާ މައްސަލަތަކުގައި ހެކި ހޯދުމާއި ހޯދާ ލިޔެކިޔުންތަކާއި މައްސަލަތަކާ ގުޅުންހުރި ހެއްކާގުޅޭގޮތުން އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން.

(ޅ) ކޮމިށަނަށް ހުށަހަޅާ މައްސަލަތަކާއި އެނޫން ށަކުވާތައް ބަލައި ތަހުގީގުކުރުމާއި، އެ ކަންކަމާމެދު ކޮމިށަނުން ގޮތެއް ނިންމުމުގައި ކޮމިށަނުން އަމަލުކުރާނެ އިޖުރާތުތައް ކަނޑައެޅުން.

 

 

ދެވަނަ ބާބު

މައްސަލަ ހުށަހެޅުން

 

4 ވަނަ މާއްދާ - ކޮމިށަނުން ބެލޭނެ މައްސަލަތައް

ހިޔުމަން ރައިޓްސް ކޮމިށަނުގެ ގާނޫނުގެ ދަށުން، އަންނަނިވި ބާވަތްތަކުގެ މައްސަލަތައް ކޮމިށަނަށް ހުށަހެޅިދާނެއެވެ.

(ހ) މީހެއްގެ އިންސާނީ ހައްގެއް ނިގުޅައިގެންފިކަމަށް، ނުވަތަ އިންސާނީ ހައްގެއް ނިގުޅައިގަތުމުގައި ބައިވެރިވެއްޖެކަމަށް، ނުވަތަ އެފަދަ ކަމަކަށް އެހީތެރިވެއްޖެކަމަށް ބުނެ ނުވަތަ އެފަދަ ކަމެއް ހިނގައިފާނެ ކަމަށް ބުނެ ހުށަހަޅާ މައްސަލަ.

(ށ) މީހެއްގެ އިންސާނީ ހައްގެއް ނިގުޅައިގެންފިކަމަށް، ނުވަތަ އިންސާނީ ހައްގެއް ނިގުޅައިގަތުމުގައި ބައިވެރިވެއްޖެކަމަށް، ނުވަތަ އެފަދަ ކަމަކަށް އެހީތެރިވެއްޖެކަމަށް ކޮމިށަނަށް ފެންނަ މީހުން ނުވަތަ ފަރާތްތަކުގެ މައްސަލަތައް.

(ނ) މީހެއްގެ އިންސާނީ ހައްގެއް ނިގުޅައިގަތުމުގެ އަމަލެއް ހިނގަން އުޅޭކަން ނުވަތަ އިންސާނީ ހައްގެއް ނިގުޅައިގަތުމުގެ އަމަލެއް ހިނގާކަމަށް ނުވަތަ އެފަދަ އަމަލެއް ހިނގައިފައިވާކަމަށް ކޮމިށަނަށް ގަބޫލުކުރެވޭ މައްސަލަތައް.

(ރ) މީހެއްގެ އިންސާނީ ހައްގެއް ނިގުޅައިގަތުމުގެ އަމަލެއް ހިނގުން ހުއްޓުވުމަށް ނުވަތަ ހިނގުން ހުއްޓުވުމަށް ޓަކައި ފިޔަވަޅުއެޅުމުގައި އިހުމާލުވެފައިވާކަމަށް ކޮމިށަނަށް ފެންނަ ނުވަތަ ގަބޫލުކުރެވޭ މައްސަލަތައް.

(ބ) ށަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި، މީހެއްގެ އިންސާނީ ހައްގަކަށް އުނިކަމެއް ލިބިއްޖެކަމަށް ނުވަތަ އިންސާނީ ހައްގަކަށް އުނިކަމެއް ކަނޑައެޅިގެން ލިބިދާނެކަމަށް، މައްސަލަ ބަލާ ފަނޑިޔާރަށް ނުވަތަ ބަންޑާރަ ނައިބަށް ނުވަތަ މައްސަލައިގައި ހިމެނޭ ފަރާތަކަށް ފެނިގެން ކޮމިށަނަށް ހުށަހަޅާ މައްސަލަތައް ނުވަތަ ކޮމިށަނުން އިސްނަގައިގެން ބަލާ މިފަދަ މައްސަލަތައް.

(ޅ) މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގަކަށް އުނިކަމެއް ލިބިއްޖެކަމަށް ބުނ،ެ ނުވަތަ އިންސާނީ ހައްގަކަށް އުނިކަމެއް ކަނޑައެޅިގެން ލިބިދާނެކަމަށް ހުށަހަޅާ ށަކުވާތަކާ ގުޅުންހުރި މައްސަލަތައް.

 

5 ވަނަ މާއްދާ - ކޮމިށަނުގެ އަމިއްލަ އިސްނެގުމުގެ މަތިން ބަލާ މައްސަލަތައް

އަންނަނިވި ހާލަތްތަކުގައި މީހެއްގެ އިންސާނީ ހައްގެއް ނިގުޅައިގެންފިކަމަށް ނުވަތަ ހަނިކޮށްފައިވާކަމަށް ނުވަތަ އެފަދަ ކަމެއް ހިނގައިފައިވާކަމަށް ކޮމިށަނުގެ ސަމާލުކަމަށް އަތުވެއްޖެނަމަ، ކޮމިށަނުގެ އަމިއްލަ އިސްނެގުމުގެ މަތީން އެ މައްސަލައެއް ތަހުގީގުކޮށް ބަލައި، ފިޔަވަޅުއެޅުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ހ) މީހެއްގެ އިންސާނީ ހައްގެއް ނިގުޅައިގެންފިކަމަށް ނުވަތަ ހަނިކޮށްފައިވާކަމަށް ނުވަތަ އެފަދަ ކަމެއް ހިނގައިފައިވާކަމަށް ނުވަތަ ހިނގައިފާނެކަމަށް ވަކި ފަރާތަކަށް ނުވަތަ ފަރާތްތަކެއްގެ މައްޗަށް ތުހުމަތުކޮށް މީޑިއާގައި ހަބަރު ފެތުރުން.

(ށ) މީހެއްގެ އިންސާނީ ހައްގެއް ނިގުޅައިގެންފިކަމަށް ނުވަތަ ހަނިކޮށްފައިވާކަމަށް ނުވަތަ އެފަދަ ކަމެއް ހިނގައިފައިވާކަމަށް ނުވަތަ ހިނގައިފާނެކަމަށް ވަކި ފަރާތަކަށް ނުވަތަ ފަރާތްތަކެއްގެ މައްޗަށް ތުހުމަތުކޮށް މުޖުތަމައުގައި ހަބަރު ފެތުރުން.

(ނ) މީހެއްގެ އިންސާނީ ހައްގެއް ނިގުޅައިގެންފިކަމަށް ނުވަތަ ހަނިކޮށްފައިވާކަމަށް ނުވަތަ އެފަދަ ކަމެއް ހިނގައިފައިވާކަމަށް ނުވަތަ ހިނގައިފާނެކަމަށް ކޮމިށަނުގެ އެހެން މަސައްކަތެއްގެ ތެރެއިން ފާހަގަކުރެވުން.

(ރ) އެއްވެސް ފަރާތަކުން ކޮމިށަނަށް ފޮނުވާ ކޮޕީ ސިޓީއެއް ނުވަތަ ލިޔުމަކުން އިންސާނީ ހައްގަކަށް އުނިކަމެއް ލިބުމުގެ ފުރުސަތު އޮތްކަމަށް ނުވަތަ ހައްގެއް ނިގުޅައިގަނެފައިވާކަމަށް ނުވަތަ އިންސާނީ ހައްގެއް ނިގުޅައިގަތުމަށް އެހީތެރިވެއްޖެކަމަށް ނުވަތަ އެއްބާރުލުން ދީފައިވާކަމަށް ކޮމިށަނަށް ފެނުން. 

(ބ) މި މާއްދާގެ (ހ) އިން ފެށިގެން (ރ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ހާލަތްތަކުގެ އިތުރުން، ކޮމިށަނުން އިސްނަގައިގެން ބަލަންޖެހޭކަމަށް 
ގަބޫލުކުރެވޭ ނުވަތަ ކޮމިށަނަށް ލިބޭ މައުލޫމާތަކާ ގުޅިގެން، އެ މައްސަލައަކީ ކޮމިށަނުން ބަލަންޖެހޭ ފަދަ މައްސަލައެއްކަމަށް ގަބޫލުކުރެވޭ، އެކަށީގެންވާ ސަބަބުތަކެއް ހުރުން.

 

6 ވަނަ މާއްދާ - މައްސަލަ ހުށަހެޅޭނެ ފަރާތްތައް

ކޮމިށަނަށް މައްސަލަ ހުށަހެޅޭނީ، ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކުންކުރެ ފަރާތަކަށެވެ.

(ހ) އިންސާނީ ހައްގު ގެއްލިފައިވާ ނުވަތަ ހަނިކުރެވިފައިވާ ކޮންމެ ފަރާތެއް.

(ށ) މީހެއްގެ އިންސާނީ ހައްގެއް ނިގުޅައިގެންފިކަމަށް، ނުވަތަ ނިގުޅައިގެންފާނެކަމަށް، ނުވަތަ ނިގުޅައިގަތުމަށް މަސައްކަތްކުރަމުންދާކަމަށް، ނުވަތަ އެފަދަ ކަމެއް ރޭވުމުގައި ހަރަކާތްތެރިވަމުންދާކަމަށް މައުލޫމާތު ލިބޭ ކޮންމެ ފަރާތެއް.

(ނ) ދައުލަތުގެ އިދާރާތައް ނުވަތަ ގާނޫނު ތަންފީޒުކުރުމުގެ ބާރުލިބިދޭ އެހެން އިދާރާއަކުން ބަލަމުންދާ މައްސަލައަކާ ގުޅިގެން، އެ އިދާރާއެއް.

(ރ) އިންސާނީ ހައްގުތައް ރައްކައުތެރިކޮށް ކުރިއެރުވުމުގައި ހަރަކާތްތެރިވާ ހިލޭސާބަހަށް މަސައްކަތްކުރާ ފަރާތްތަކާއި ޖަމުއިއްޔާތައް.

 

7 ވަނަ މާއްދާ - އެއް ފަރާތަށްވުރެ ގިނަ ފަރާތުން މައްސަލަ ހުށަހެޅުން

އެއް ހާދިސާއަކާ ގުޅިގެން ނުވަތަ ކަމަކާ ގުޅިގެން އެއް ފަރާތަށް ވުރެ ގިނަ ފަރާތުން މައްސަލަ ރައްދުވާ ފަރާތަކީ ނުވަތަ އިދާރާއަކީ އެއް ފަރާތެއް ކަމުގައިބަޔާންކޮށްފައިވާނަމަ، އެފަދަ މައްސަލަތައް އެއް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

8 ވަނަ މާއްދާ - މައްސަލަ ހުށަހެޅިދާނެ ގޮތް

(ހ) އަންނަނިވި ގޮތަކުންކުރެ ކޮންމެ ގޮތަކަށް ވެސް، ކޮމިށަނަށް މައްސަލަ ހުށަހެޅިދާނެއެވެ.

  1. ކޮމިށަނުގެ ހިލޭ ގުޅޭ ފޯނު ނަންބަރު 1424 މެދުވެރިކޮށް؛
  2. ކޮމިށަނަށް ފޮނުވާ ލިޔުމަކުން؛
  3. ކޮމިށަނުގެ ރަސްމީ އ-ީމެއިލަށް ފޮނުވާ އީމެއި ލެއް މެދުވެރިކޮށް؛
  4. ކޮމިށަނަށް ހާޒިރުވެގެން؛ މި ގޮތުން ކޮމިށަނަށް ހާޒިރުވެގެން މައްސަލަ ހުށަހެޅޭނީ ކޮމިށަނުގެ ރަސްމީ މަސައްކަތު ގަޑީގައެވެ.
  5. ކޮމިށަނުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "ކޮމިށަނަށް މައްސަލަ ހުށަހަޅާ ފޯމު" މެދުވެރިކޮށް؛
  6. ކޮމިށަނުގެ ވެބް ޕޯޓަލް މެދުވެރިކޮށ.ް

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކޮމިށަންގެ ހިލޭ ގުޅޭ ފޯނު ނަންބަރު 1424 އަކީ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ރޭގަނޑު 00:00 އަށް އަދި ރަސްމީ ބަންދު ދުވަސްތަކުގެ މެންދުރު ފަހު 14:00 އިން ރޭގަނޑު 00:00 އާ ދެމެދުގެ ގަޑިތަކުގައި މައްސަލަ ހުށަހެޅުމަށް ގުޅޭނެ ނަންބަރެކެވެ. މި ނަންބަރަށް އަންނަ ކޯލުތަކަށް ޖަވާބުދާރީވާނީ އިންވެސްޓިގޭށަން ޑިޕާޓްމަންޓުގެ، އެކަމަށް ކަނޑައަޅައިފައިވާ މުވައްޒަފުންނެވެ. މި ނަންބަރަށް އަންނަ ކޯލުތަކަށް ޖަވާބުދާރީވުމާއި، އެ ކޯލުތަކާ ގުޅިގެން ފިޔަވަޅުއެޅުމުގައި އަމަލުކުރާނެ އުސޫލު ކޮމިށަނުން އެކުލަވައި ލަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ "ކޮމިށަނަށް މައްސަލަ ހުށަހަޅާ ފޯމު" ކޮމިށަނުގެ ވެބްސައިޓް މެދުވެރިކޮށް ޑައުންލޯޑް ކުރެވޭގޮތަށް ހަމަޖައްސަންވާނެއެވެ. އަދި ކޮމިށަނުގެ ކައުންޓަރުން، އެ ފޯމު ލިބޭނެ އިންތިޒާމު ކޮމިށަނުން ހަމަޖައްސަންވާ ނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގެ ދަށުން ކޮމިށަނުގެ ވެބް ޕޯޓަލް މެދުވެރިކޮށް މައްސަލައެއް ހުށަހަޅާނީ، ކޮމިށަނުގެ ރަސްމީ ވެބްސައިޓުގައި އެކަމަށް ކަނޑައަޅައިފައިވާ ލިންކް/ ޓެބް ބޭނުންކޮށްގެންނެވެ.

(ބ) މި ގަވާއިދުގެ ދަށުން ކޮމިށަނަށް މައްސަލަ ހުށަހެޅުމުގައި އަމަލުކުރާނެ އުސޫލު ކޮމިށަނުން އެކުލަވައިލަންވާނެއެވެ.

 

9 ވަނަ މާއްދާ - މައްސަލަ ހުށަހެޅުމުގައި ފުރިހަމަވާންޖެހޭ ކަންކަން

(ހ) މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ކޮންމެ ގޮތަކަށް ކޮމިށަނަށް މައްސަލައެއް ހުށަހެޅި ކަމުގައި ވިޔަސް،މައްސަލަ ހުށަހަޅާ ފަރާތުން، އެ މައްސަލައަކާ ގުޅޭ އަންނަނިވި މައުލޫމާތު ހުށަހަޅަންވާނެއެވެ.

  1. މައްސަލަ ހުށަހެޅި ފަރާތުގެ ކާކުކަން އަންގައިދޭނެ މައުލޫމާތުގެ ތެރެއިން، އެ ފަރާތުގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، ބިދޭސީއެއްނަމަ ޕާސްޕޯޓް ނަންބަރު ނުވަތަ ވާރކް ވިސާ ނަންބަރ،ު ދާއިމީ އެޑްރެސް (ބަންދެއްގައި ނުވާ ފަރާތެއްނަމަ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް)؛ މައްސަލަ ހުށަހަޅާ ފަރާތަކީ ވަކި ފަރުދެއްނަމަ، އެ ފަރާތެއްގެ ކާކުކަން އަންގައިދޭ މައުލޫމާތު ހިމެނ،ޭ އެ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓުގެ ކޮޕީ ހުށަހަޅަންވާނެއެވެ؛
  2. މައްސަލަ ހުށަހަޅަނީ އެހެން މީހެއްގެ ފަރާތުންނަމަ، އެ ފަރާތާ ހުރި ގުޅުން (ހައިސިއްޔަތު)؛
  3. މައްސަލަ ހުށަހަޅާ ފަރާތަކަށް އެނގިފައިވާ މިންވަރަކަށް ހުށަހަޅާ މައްސަލައިގައި ހައްގު ގެއްލިފައިވާ ކަމަށް ބަޔާންކުރާ ފަރާތް ނުވަތަ ފަރާތްތަކުގެ ކާކުކަން އަންގައިދޭ މައުލޫމާތާއި، އެޑްރެހާއި، އެ ފަރާތަކަށް ގުޅޭ ފޯނު ނަންބަރު ނުވަތަ އީމެއިލް އެޑްރެސް؛
  4. މައްސަލައިގެ ތަފުސީލު؛ އެގޮތުން އެނގޭ މިންވަރަކަށް ހާދިސާ ހިނގި ތާރީހާއި، ހާދިސާ ހިނގައިފައިވާ ނުވަތަ ހިނގަމުންދާ ތަނާއި، މުއްދަތާއި، ގެއްލިފައިވާ ނުވަތަ ހަނިކުރެވިފައިވާ ހައްގުގެ ތަފުސީލު ބަޔާންކުރަންވާނެއެވެ؛
  5. އެނގޭ މިންވަރަކަށް، ހައްގެއް ހިފެހެއްޓިކަމަށް ނުވަތަ ނިގުޅައިގެންފިކަމަށް ނުވަތަ ހިފެހެއްޓުމުގައި ނުވަތަ ނިގުޅައިގަތުމުގައި ބައިވެރިވިކަމަށް ނުވަތަ އެފަދަ ކަމަކަށް އެހީތެރިވިކަމަށް ތުހުމަތުކުރާ މައްސަލަ ރައްދުވާ ފަރާތުގެ މައުލޫމާތު؛
  6. މައްސަލައަށް ހައްލެއް ހޯދުމަށް އެއްވެސް މަސައްކަތެއް ކޮށްފައިވާނަމަ އެކަން؛
  7. މައްސަލަ އެހެން އިދާރާއަކަށް ނުވަތަ ކޯޓަކަށް ހުށަހަޅައިފައިވާނަމަ އެކަމުގެ ތަފުސީލު؛
  8. މައްސަލަ ސާބިތުކުރުމަށް ހުށަހަޅާ ހެކ/ި މައުލޫމާތު؛
  9. މައްސަލަ ހުށަހަޅާ ފަރާތާ މުއާމަލާތުކުރަންވީ ފޯނު ނަންބަރާއި އީމެއިލް އެޑްރެސ.ް މައްސަލަ ހުށަހަޅާ ފަރާތަކީ ބަންދެއްގައި ހުރި ފަރާތެއްނަމަ އޭނާގެ އާއިލާގެ މީހެއްގެ ފޯނު ނަންބަރު ހިމަނަންވާނެއެވެ. 

(ށ) ކޮމިށަނަށް ހުށަހެޅޭ މައްސަލަތަކުގައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ފުރިހަމަވާކަން ކަށަވަރުކުރާނީ، ކޮމިށަނުގެ އިންވެސްޓިގޭށަން ޑިޕާޓްމަންޓުންނެވެ. އަދި މައްސަލަ ތަހުގީގު ކުރުމަށް ބޭނުންވާ މައުލޫ މާތު ފުރިހަމަ ނުވާނަމަ، އެ މައުލޫމާތު ފުރިހަމަ ކުރުމަކީ މައްސަލަ ބެލުމަށް އައްޔަންކުރާ އިންވެސްޓިގޭށަން އޮފިސަރުގެ ޒިންމާއެކެވެ.

(ނ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، މައްސަލަ ހުށަހަޅާ ފަރާތަކީ ކާކުކަން ހާމަނުކޮށް މި ގަވާއިދުގެ ދަށުން މައްސަލަތައް ހުށަހެޅިދާނެއެވެ. އަދި އެފަދައިން ކާކުކަން ހާމަނުކޮށް ހުށަހަޅާ މައްސަލަތަކުގައި ވެސް މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުން ފެށިގެން (8) ވަނަ ނަންބަރުގެ ނިޔަލަށް ހުރި މައުލޫމާތު ފުރިހަމަކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި އެފަދައިން ބަޔާންކޮށްފައި 
އޮތް ނަމަވެސް، މައްސަލަ ހުށަހަޅާ ފަރާތަކީ ގާނޫނީ ބަންދެއްގައިވާ ފަރާތެއްނަމަ، އެ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓުގެ ކޮޕީ ހުށަހަޅާކަށް ނުޖެހޭނެއެވެ.

 

10 ވަނަ މާއްދާ - މައްސަލަ ހުށަހަޅާ ފަރާތުގެ މައުލޫމާތު ސިއްރުކުރުން

(ހ) މި ގަވާއިދުގެ ދަށުން ހުށަހަޅާ މައްސަލަތަކުގައި މައްސަލަ ހުށަހަޅާ ފަރާތުން އެކަމަށް އެދިފައިވާނަމަ، މައްސަލަ ހުށަހަޅާ ފަރާތަކީ ކާކުކަން އަންގައިދޭނެ އެންމެހައި މައުލޫމާތު ސިއްރުކުރަންވާނެއެވެ. އަދި އެ މައްސަލައެއް ބަލައި ނިމުމަށްފަހުގައި ވެސް، އެ މައުލޫމާތު ސިއްރުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް މައްސަލަ ހުށަހަޅާ ފަރާތުގެ މައުލޫމާތު ސިއްރުކުރުމަށް އެދިފައިވާ މައްސަލައެއްނަމަ، އެ މައްސަލައަކާގުޅޭ މައުލޫމާތެއް އެއްވެސް ފަރާތަކާ ހިއްސާކުރަން ޖެހިއްޖެ ހާލަތެއްގައި ވެސް ހިއްސާކުރަންވާނީ، އެ މައުލޫމާތު އުނިކުރުމަށް ފަހުގައެވެ. އަދި އެ މައްސަލައާ ގުޅިގެން އެހެން އިދާރާއަކަށް ވަކި ގޮތަކަށް އަމަލުކުރުމަށް ނުވަތަ ނުކުރުމަށް އަންގަންޖެހޭ ހާލަތުގައި ވެސް މައްސަލަ ހުށަހެޅި ފަރާތުގެ މައުލޫމާތު ހިމަނައިގެން ނުވާނެއެވެ. އަދި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ވެސް އެ މައުލޫމާތުތައް ހިމަނައިގެން ނުވާނެއެވެ.

 

11 ވަނަ މާއްދާ - މައްސަލަ އެންޓްރީކުރުން

(ހ) ކޮމިށަނަށް އަންނަ ލިޔެކިޔުން ބަލައިގަތުމުގެ މަސްއޫލިއްޔަތު އެއިރަކު ހަވާލުކޮށްފައިވާ ޑިޕާޓްމަންޓަކުން ކޮމިށަނަށް ހުށަހަޅާ މައްސަލަތަކަށް "އެންޓްރީ ނަންބަރު" އެއް ދިނުމަށްފަހު، އެ މައްސަލައެއް ކޮމިށަނަށް ލިބިފައިވާކަމަށް ރިކޯޑުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް މައްސަލައަށް އެންޓްރީ ނަންބަރެއް ދިނުމާއެކު، ކޮމިށަނަށް މައްސަލަ ލިބިފައިވާކަން އެ މައްސަލަ ހުށަހެޅި ފަރާތަށް ލިޔުމުން، ރަސްމީ ބަންދުނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި އަންގަންވާނެއެވެ. މި ލިޔުން ދޫކުރާނީ، ކޮމިށަނަށް އަންނަ ލިޔެކިޔުން ބަލައިގަތުމުގެ މަސްއޫލިއްޔަތު އެ އިރަކު ހަވާލުކޮށްފައިވާ ޑިޕާޓްމަންޓަކުންނެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލަ އެންޓްރީކުރުމަށްފަހު އަންނަނިވި ހާލަތްތަކުގައި މައްސަލައިގެ ރަޖިސްޓަރީ ނަންބަރެއް ދިނުމަކާ ނުލައި، އިންވެސްޓިގޭށަން ޑިޕާޓްމަންޓް ސުޕަވައިޒްކުރާ ފަރާތްތަކުގެ އިރުށާދުގެ ދަށުން، އެ މައްސަލައެއްގެ އެންޓްރީ އިންވެސްޓިގޭށަން ޑިޕާޓްމަންޓަށް ލިބޭތާ ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، އެ މައްސަލަ ހުށަހެޅި ފަރާތަށް ލިޔުމުން ޖަވާބުދޭންވާނެއެވެ.

  1. އެހެން މައްސަލައެއްގެ ތެރެއިން އެ މައްސަލަ ކޮމިށަނުން ބެލުން؛
  2. އެހެން އިދާރާތަކަށް ފޮނުވާ ކޮޕީ ސިޓީ؛
  3. ކޮމިށަނަށް ލިބޭ ކޮޕީ ސިޓީއެއް ނުވަތަ އެ ނޫން ލިޔުމެއްގައި ހިމެނޭ ކަންކަމަކީ ވަކި މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ ފަދަ ކަމެއްކަމަށް ފާހަގަވާ ހާލަތުގައި، އެ މައްސަލައަށް ރަޖިސްޓަރީ ނަންބަރެއް ދ،ީ އެ މައްސަލައެއް ދަފުތަރުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މައްސަލައަށް އެންޓްރީ ނަންބަރެއް ދިނުމަށްފަހު، ލަސްނުކޮށް، އިންވެސްޓިގޭށަން ޑިޕާޓްމަންޓަށް، އެ މައްސަލައެއް ފޮނުވަންވާނެއެވެ.

 

12 ވަނަ މާއްދާ - އެންޓްރީތަކާ ގުޅިގެން އިތުރު މައުލޫމާތު ހޯދުން

(ހ) މައްސަލައާ އެކުގައި ހުށަހަޅައިފައިވާ ލިޔެކިޔުންތަކަށް ރިއާޔަތްކުރާއިރ،ު އެ މައްސަލައަކީ ކޮމިށަނުން ބަލަންޖެހޭ ފަދަ މައްސަލައެއްކަމާމެދު ގޮތެއް ނިންމުމަށް ޓަކައި، އެ މައްސަލައަކާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާކަމަށް އިންވެސްޓިގޭށަން ޑިޕާޓްމަންޓަށް ފެންނަނަމަ، އެ މައުލޫމާތެއް ފޯރުކޮށްދިނުމަށް، މައްސަލަ ހުށަހެޅި ފަރާތުގެ ކިބައިން އެދެންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އިތުރަށް ހޯދަންޖެހޭ މައުލޫމާތު ލިބޭނީ ސަރުކާރުގެ އެހެން އިދާރާއަކުން ކަމަށް ފެނިއްޖެނަމަ، އެ އިދާރާއަކުން އެ މައުލޫމާތެއް ހޯދިދާނެއެވެ.

 

13 ވަނަ މާއްދާ - މައްސަލަ ރަޖިސްޓަރީކުރުން

(ހ) އިންވެސްޓިގޭށަން ޑިޕާޓްމަންޓަށް އެންޓްރީވާ މައްސަލަތަކުގެ ތެރެއިން ރަޖިސްޓަރީކުރާ މައްސަލަތަކަށް ރަޖިސްޓަރީ ނަންބަރެއް ދީފައި، އެ މައްސަލައެއް ދަފުތަރުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަފުތަރުގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި މައުލޫމާތު ހިމަނައިފައި އޮންނަންވާނެއެވެ.

  1. މައްސަލަ ހުށަހެޅި ތާރީހު؛
  2. މައްސަލަ ހުށަހަޅާ ފަރާތުގެ ކާކުކަން އަންގައިދޭ މައުލޫމާތު؛
  3. މައްސަލައިގައި ހައްގު ގެއްލިފައިވާ ނުވަތަ ހަނިކުރެވިފައިވާ ފަރާތުގެ ކާކުކަން އަންގައިދޭ މައުލޫމާތު؛
  4. މައްސަލަ ރައްދުވާ އިދާރާ ނުވަތަ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުގެ ކާކުކަން އަންގައިދޭ މައުލޫމާތު؛
  5. މައްސަލައިގެ ހުލާސާ؛
  6. މައްސަލަ ތަހުގީގުކުރުމާމެދު ނިންމި ގޮތް؛
  7. މައްސަލައިގެ ބާވަތް.

(ނ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި މައްސަލަ ދަފުތަރުކުރާއިރ،ުއެ މައްސަލައެއް ހުށަހެޅި ފަރާތުގެ މައުލޫމާތު ހިމަނަންވާނެކަމަށް ބަޔާންކޮށްފައި ވީނަމަވެސް، މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް މައްސަލަ ހުށަހަޅާ ފަރާތަކީ ކާކުކަން ހާމަނުކޮށް،މައްސަލަ ހުށަހަޅަން ބޭނުންވާ ފަރާތްތަކުގެ ޒާތީ މައުލޫމާތެއް ނުހިމަނާނެއެވެ.

(ރ) މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ނ) ގެ ދަށުން، އެއީ ރަޖިސްޓަރީ ކުރަންނުޖެހޭ ފަދަ މައްސަލައެއްނަމަ، މައްސަލަ ހުށަހެޅި ފަރާތަށް ލިޔުމުން އެކަން އަންގަންވާނެއެވެ.

(ބ) އިންވެސްޓިގޭށަން ޑިޕާޓްމަންޓަށް މައްސަލައެއް އެންޓްރީކޮށް ލިބޭ ތާރީހުން ފެށިގެން، ގިނަވެގެން، ރަސްމީ ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ މައްސަލައެއް ތަހުގީގުކުރުމާމެދު ގޮތެއް ނިންމުމަށް ޓަކައި،ކޮމިށަނުގެ މެންބަރުންގެ ޖަލްސާއަކަށް ތާވަލުކުރުމަށް ޓަކައި ކޮމިށަން ބިއުރޯއަށް ފޮނުވަންވާނެއެވެ.

 

14 ވަނަ މާއްދާ - މައްސަލަ ތަހުގީގުކުރުމާމެދު ގޮތެއް ނިންމުމުގައި ރިއާޔަތްކުރަންވީ ކަންކަން

ކޮމިށަނުން މައްސަލަ ތަހުގީގުކުރުމާމެދު ގޮތެއް ނިންމުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

(ހ) މައްސަލަ ބެލުމުގެ އިހްތިސާސް ކޮމިށަނަށް ލިބިގެންވާކަން.

(ށ) މި ގަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ފުރިހަމަވެފައިވާކަން.

(ނ) އެ މައްސަލައަކީ އެހެން ގާނޫނެއްގެ ދަށުން އެހެން އިދާރާއަކުން ބަލަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ބާވަތުގެ މައްސަލައެއްކަން. 

(ރ) މިހާރު އަމަލުކުރަމުން އަންނަ އެއްވެސް ގާނޫނެއްގެ ދަށުން، އެ މައްސަލައަށް ހައްލެއް ލިބިދާނެކަން އަދި އެފަދަ ހައްލެއް ހޯދުމަށް ކޮށްފައިވާ މަސައްކަތް.

(ބ) ހުށަހަޅައިފައިވާ މައްސަލައާ އެއްބާވަތެއްގެ އެހެން މައްސަލަތައް ކޮމިށަނަށް ކުރިން ހުށަހެޅިފައިވާކަން ނުވަތަ ބަލައިފައިވާކަން. 

(ޅ) މި ގަވާއިދުގެ 15 ވަނަ މާއްދާގެ ދަށުން ކޮމިށަނުން މައްސަލައެއް ބަލައިގަތުމާމެދު ގޮތެއް ނިންމުމުގައި، މި މާއްދާގެ (ހ) އިން ފެށިގެން (ބ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އަންނަނިވި ކަންކަމަށް ރިއާޔަތްކުރެވިދާނެއެވެ.

  1. މައްސަލައަށް ހޭދަވެފައިވާ މުއްދަތު؛
  2. އެހެން އިދާރާއަކުން އެ މައްސަލައެއް ބަލަމުން ގެންދާކަން؛
  3. މައްސަލ،ަ އާންމު މަސްލަހަތާ ގުޅިފައިވާ މިންވަރު؛
  4. މައްސަލަ ނުބަލައިފިނަމަ، އޭގެ ނަތީޖާއެއްގެ ގޮތުން، މައްސަލަ ހުށަހެޅި ފަރާތަށް ނުވަތަ ތިންވަނަ ފަރާތަކަށް ލިބިދާނެ ގެއްލުމެއް؛
  5. ހުށަހެޅިފައިވާ މައްސަލައަކީ އެއްވެސް އަސާސެއް ނެތ،ި އަދި ހެޔޮނިޔަތުގައި ނޫން ގޮތަކަށް ހުށަހެޅިފައިވާ މައްސަލައެއްކަން؛
  6. ކޮމިށަނަށް ފެންނަ މުހިންމު އެހެން ކަންކަން.

(ކ) މި މާއްދާގެ ދަށުން ކޮމިށަނަށް ހުށަހެޅިފައިވާ މައްސަލައާމެދު ގޮތެއް ނިންމުމަށް ޓަކައި އިތުރު މައުލޫމާތު ބޭނުންވާނަމަ، އެ މައުލޫމާތެއް ހޯދުމުގެ އިހްތިޔާރ،ު ކޮމިށަނަށް ލިބިގެންވެއެވެ.

(އ) ހުށަހެޅިފައިވާ މައްސަލައަކ،ީ ހާއްސަ ގާނޫނެއްގެ ދަށުން އެހެން މުއައްސަސާއަކަށް އެ މައްސަލަ ބެލުމުގެ އިހްތިސާސް ލިބިދޭ މައްސަލައެއްނަމަ، ނުވަތަ ހާއްސަ ބާވަތެއްގެ ތަހުގީގު ހިންގުމުގެ ބާރު ގާނޫނަކުން ލިބިދީފައިވާ އިދާރާއެއްގެ އިހްތިސާސް ހިނގާ މައްސަލައެއްނަމަ، ގުޅުންހުރި އިދާރާގެ ސަމާލުކަމަށް އެ މައްސަލައެއް ކޮމިށަނުން ގެނައުމާއެކު ކޮމިށަނަށް އެ މައްސަލަ ކުރިޔަށް ނުގެންދިއުމުގެ އިހްތިޔާރު ލިބިގެންވެއެވެ.

(ވ) ހުށަހެޅިފައިވާ މައްސަލައިގައި ހިމެނޭ ކަންކަމަށާއި، އެ ކަންކަމާ ގުޅިގެން މައްސަލައިގައި ހިމެނޭ ފަރާތްތަކުން ހޯދާ މައުލޫމާތަށް ރިއާޔަތްކޮށް، އެ މައްސަލަ ކުރިޔަށް ނުގެންދިއުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

(މ) މި މާއްދާގެ (އ) އާއި (ވ) ގެ ދަށުން ކޮމިށަނުން ކުރިޔަށް ނުގެންދިއުމަށް ނިންމާ މައްސަލަތައް، އެފަދައިން ނިންމައިފައިވާ ސަބަބާއެކު، މައްސަލަ ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.

 

15 ވަނަ މާއްދާ - މައްސަލަ ތަހުގީގުކުރުމާމެދު ގޮތެއް ކަނޑައެޅުން

(ހ) ކޮމިށަނަށް ހުށަހެޅޭ މައްސަލައެއްގައި، މި ގަވާއިދުގެ 14 ވަނަ މާއްދާގައިބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، ތިރީގައިވާ ގޮތްތަކުންކުރެ ގޮތެއްކޮމިށަނުން ކަނޑައަޅަންވާނެއެވެ.

  1. މައްސަލަ ތަހުގީގުކުރުމަށް ފުދޭވަރުގެ މައުލޫމާތު ފުރިހަމަވާނަމަ، އަދި އެ މައްސަލައަކީ ކޮމިށަނުން ބެލުމުގެ އިހްތިސާސް ލިބިފައިވާ މައްސަލައެއްނަމަ ތަހުގީގުކުރުމަށް ނިންމުން؛
  2. ކޮމިށަނުން ތަހުގީގުކުރުމުގެ އިހްތިސާސް ލިބިފައިނުވާނަމަ ނުވަތަ މައްސަލައިގައި ހިމެނޭ ފަރާތްތަކުން/ އިދާރާތަކުން ހޯދާ މައުލޫމާތަށް ރިއާޔަތްކޮށް، އެމައްސަލައަކީ މިވަގުތު ކޮމިށަނުން ބަލަންޖެހޭ މައްސަލައެއްކަމަށް ނުފެންނަނަމަ ތަހުގީގު ނުކުރުމަށް ނިންމުން؛
  3. އެހެން އިދާރާއެއްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަމެއްނަމަ، އެ މައްސަލައެއް/ މައްސަލައިގައި ހިމެނޭ ކަންކަން އެ އިދާރާއަކަށް ކޮމިށަނުގެ ފަރާތުންފޮނުވުމަށް ނިންމައި، ނުވަތަ މައްސަލަ ހުށަހެޅި ފަރާތަށް ގުޅުންހުރި އިދާރާ ތަކަށް ހުށަހެޅުމަށް ލަފާދީ ތަހުގީގު ނުކުރުމަށް ނިންމުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތްތަކުން ކުރެ ގޮތެއް ކޮމިށަނުން ނިންމަންވާނީ، ކޮމިށަނުގެ ޖަލްސާއެއްގައި އެ މައްސަލައަކާމެދު މަށްވަރާކުރުމަށްފަހު، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވިމެންބަރުންގެ އަގްލަބިއްޔަތު އެކަމަށް ލިބިގެންނެވެ.

(ނ) މި މާއްދާގެ ދަށުން ރަޖިސްޓަރީ ނަންބަރެއް ދީފައިވާ މައްސަލައަކީ ކޮމިށަނުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ ފަދަ މައްސަލައެއްނަމަ، އެ މައްސަލައަކަށް މައްސަލަ ނަންބަރެއް ދޭންވާނެއެވެ.

 

16 ވަނަ މާއްދާ - މައްސަލަ ތަހުގީގުކުރާކަމުގެ ލިޔުން ދިނުން

(ހ) މި ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮމިށަނަށް ހުށަހަޅާ މައްސަލަ ރަޖިސްޓަރީކުރުމަށްފަހު، އެ މައްސަލައެއް ކޮމިށަނުން ތަހުގީގުކުރުމަށް ކޮމިށަނުގެ ޖަލްސާއެއްގައި ނިންމައިފިނަމަ، އެންމެ ގިނަވެގެން ވެސް، ބަންދު ނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި،ތަހުގީގުކުރުމަށް ނިންމިކަމުގެ ލިޔުން މައްސަލަ ހުށަހެޅި ފަރާތަށް ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލަ ހުށަހެޅި ފަރާތަށް ދޫކުރާ "ތަހުގީގުކުރުމަށް ނިންމިކަމުގެ ލިޔުން" ގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. މައްސަލަ ތަހުގީގުކުރަން ނިންމައިފިނަމަ، އެ މައްސަލައަކަށް ދީފައިވާ މައްސަލަ ނަންބަރު؛
  2. މައްސަލަ ހުށަހެޅި ފަރާތް؛
  3. މައްސަލަ ހުށަހެޅި ފަރާތުގެ ދާއިމީ އެޑްރެސް؛
  4. މައްސަލަ ހުށަހެޅި ތާރީހާއި، ތަހުގީގުކުރަން ނިންމި ތާރީހު؛
  5. މައްސަލައާ ގުޅިގެން ނިންމި ގޮތް.

 

17 ވަނަ މާއްދާ - ކޭސް މެނޭޖްކުރުމާ ގުޅޭ އުސޫލު

(ހ) ކޮމިށަނަށް ހުށަހެޅޭ މައްސަލަތައް އެންޓްރީކޮށް ރަޖިސްޓަރީކުރެވޭ ހިސާބުން ފެށިގެން އެ މައްސަލައެއްގެ ރިކޯޑުތައް ބެލެހެއްޓުމަށް ޓަކައި އެކަމަށް ހާއްސަކޮށްފައިވާ ކޭސް މެނޭޖްމަންޓް ސިސްޓަމެއްގެ ބޭނުން ހިފަންވާނެއެވެ. އަދި ރަޖިސްޓަރީކުރާ ހުރިހާ މައްސަލަތަކުގައި، އެ މައްސަލައަކާ ގުޅޭ ހުރިހާ މައުލޫމާތު، ކޭސް މެނޭޖްމަންޓް ސިސްޓަމަށް އެންޓަރކުރާނީ، އެ މައްސަލައެއް ބެލުމަށް ހަވާލުކުރެވޭ އިންވެސްޓިގޭށަން އޮފިސަރެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސިސްޓަމުގެ ބޭނުމަކ،ީ ކޮމިށަނުން ބަލާ މައްސަލަތަކުގެ ރިކޯޑު އެންމެ ފުރިހަމަގޮތުގައި ބެލެހެއްޓުމަށް މަގުފަހިކުރުމާއި، އެ މައްސަލައެއް ހިނގަމުންދާ ގޮތް ފަސޭހަކަމާއެކު ދެނެގަތުމާއި، އެ މައްސަލައަކާ ގުޅޭ އެންމެހައި މައުލޫމާތު އެއްތާކުން ފެންނާނެ ގޮތަކަށް ހަމަޖެއްސުމެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސިސްޓަމަށް އެކްސެސްވެވޭނީ،ކޮމިށަނުގެ މެންބަރުންނާއި، ކޮމިށަނުގެ އިންވެސްޓިގޭށަން ޑިޕާޓްމަންޓުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ރީޖަނަލް އޮފީސްތަކުގައިނަމަ، މައްސަލަ ބެލުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށެވެ. އަދި އެ ނޫން ފަރާތަކަށް އެ ސިސްޓަމަށް އެކްސެސްދެވޭނީ އެކަމަށް ޓަކައި ކޮމިށަނުން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ.

(ރ) ކޭސް މެނޭޖްމަންޓް ސިސްޓަމަށް މައުލޫމާތު އެންޓަރކުރުމާއި، އެކްސެސްވުމާއި، ބެލެހެއްޓުމާގުޅޭ އުސޫލު ކޮމިށަނުން އެކުލަވައިލަންވާނެއެވެ.

 

 

ތިންވަނަ ބާބު

މައްސަލަ ތަހުގީގުކުރުމާ ގުޅޭ އާންމު އުސޫލުތައް

 

18 ވަނަ މާއްދާ - އިންވެސްޓިގޭށަން އޮފިސަރުގެ ޒިންމާތައް

ކޮމިށަނުން ރަޖިސްޓަރީކުރާ ކޮންމެ މައްސަލައަކަށް އިންވެސްޓިގޭށަން އޮފިސަރަކު، އިންވެސްޓިގޭށަން ޑިޕާޓްމަންޓުގެ ވެރިޔާ ނުވަތަ އިންވެސްޓިގޭށަން ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެ ހުރި މުވައްޒަފަކު ކަނޑައަޅަންވާނެއެވެ. އަދި މައްސަލައިގެ ބާވަތަށާއި މަސައްކަތްކުރަންޖެހޭނެ މިންވަރަށް ރިއާޔަތްކޮށްފައި، އިންވެސްޓިގޭށަން އެއް އޮފިސަރަށްވުރެ ގިނަ އޮފިސަރުން ވެސް ކަނޑައެޅިދާނެއެވެ. މިގޮތުން ކަނޑައަޅާ އިންވެސްޓިގޭށަން އޮފިސަރުންގެ ޒިންމާތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

(ހ) މައްސަލަ ހުށަހަޅައިފައިވަނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކުގައިކަން ކަށަވަރުކުރުން.

(ށ) މައްސަލަ ތަހުގީގުކުރުމުގެ ޕްލޭން އެކުލަވައިލައި، އެކަށީގެންވާއަވަސްގޮތެއްގައި، ޕްލޭނާ އެއްގޮތަށް ނިންމުން.

(ނ) މައްސަލައާ ގުޅޭ ހެކި ހޯދުން.

(ރ) ސުޕަވައިޒަރުންގެ ލަފާގެ މަތީން ކުއްލި ހާލަތަކާ ގުޅިގެން ނުވަތަ އެ ނޫން ހާލަތްތަކުގައި ޒިޔާރަތްކުރަންޖެހޭ ތަންތަނަށް ޒިޔާރަތްކުރުމާއި، ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓުގެ ލަފާ ބޭނުންވާ ކަންކަމުގައި އެ ޑިޕާޓްމަންޓުގެ ލަފާ ހޯދުމާއި، އެކްސްޕާޓް އޮޕީނިއަން ހޯދުން.

(ބ) މައްސަލައިގެ ތަހުގީގުކުރިޔަށްދާ ގޮތުގެ މައުލޫމާތު ހޯދުމަށް މައްސަލަ ހުށަހެޅި ފަރާތުން އެދޭ ހާލަތްތަކުގައި އެ ފަރާތާ ހިއްސާކުރުމާއި، މައްސަލައާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް އެދިގެން އަންނަ ހުށަހެޅުންތަކަށް ޖަވާބުދާރީވުން.

(ޅ) މައްސަލައިގެ ތަހުގީގާ ގުޅިގެން ލިބޭ ލިޔެކިޔުންތަކާއި އެހެނިހެން ހެކިތައް، ކޭސް މެނޭޖްމަންޓް ސިސްޓަމަށް ގަވާއިދުން އެންޓަރކޮށް ފައިލް އަޕްޑޭޓްކުރުން.

(ކ) މައްސަލަ ތަހުގީގުކޮށް ގޮތެއް ކަނޑައެޅުމުގައި ޑިޕާޓްމަންޓުގެ ވެރިޔާގެނުވަތަ ސުޕަވައިޒަރުންގެ މަށްވަރާ ހޯދުމާއި، މައްސަލަ ކުރިޔަށްދާ ގޮތުގެ މައުލޫމާތު، އެ ފަރާތާ ހިއްސާކުރުން.

(އ) މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށްފަހު، ކޭސް މެނޭޖްމަންޓް ސިސްޓަމަށް ހުރިހާ މައުލޫމާތެއް އެންޓަރކުރެވިފައިވާކަމާއި، މައުލޫމާތު ފުރިހަމަވެފައިވާކަން ޔަގީންކުރުމަށްފަހު، މައްސަލައާމެދު ގޮތެއް ނިންމުމަށް ރިޕޯޓު ތައްޔާރުކޮށް ކޮމިށަނަށް އެޖެންޑާކުރުމަށް ފޮނުވުން.

(ވ) ކޮމިށަނުން މައްސަލަ ބަލައި ނިމުމަށްފަހު، ރަސްމީ 14 (ސާދަ) ދުވަހުގެ ތެރޭގައި، މައްސަލަ ނިމުނުގޮތުގެ ހުލާސާ ރިޕޯޓު ތައްޔާރުކޮށް ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން، އަދި މައްސަލައާ ގުޅޭގޮތުން ރިކޮމެންޑޭށަން ދީފައިވާ ފަރާތްތަކަށް އެކަން އަންގައި ކުރިޔަށްދާ ގޮތް ބަލައި، ކޭސް މެނޭޖްމަންޓް ސިސްޓަމް އަޕްޑޭޓްކުރުން.

 

19 ވަނަ މާއްދާ - މައްސަލަ ތަހުގީގުކުރުމުގެ ޕްލޭން އެކުލަވައިލުން

(ހ) ކޮމިށަނުން ރަޖިސްޓަރީކުރާ ކޮންމެ މައްސަލައެއްގެ ތަހުގީގުކުރިޔަށްގެންދާނެ ގޮތުގެ ޕްލޭނެއް، އެ މައްސަލައެއް ގެންގުޅޭ އިންވެސްޓިގޭށަން އޮފިސަރ،ު އޭނާގެ މަސައްކަތް ސުޕަވައިޒްކުރާ ފަރާތެއްގެ ލަފާގެ މަތީން އެކުލަވައިލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލާ މައްސަލަ ތަހުގީގުކުރުމުގެ ޕްލޭނުގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ކޭސް ނަންބަރު؛
  2. ހައްގު ގެއްލިފައިވާ ފަރާތުގެ މައުލޫމާތު؛
  3. މައްސަލަ ތަހުގީގުކުރުމަށް ރާވައިފައިވާ ގޮތުގެ ޓައިމްލައިން.

(ނ) މި މާއްދާގެ ދަށުން އެކުލަވައިލ،ާ މައްސަލަ ތަހުގީގުކުރުމުގެ ޕްލޭން، ކޮންމެ މައްސަލައެއްގެ ފައިލުގައި އަދި ކޭސް މެނޭޖްމަންޓް ސިސްޓަމުގައި ހިމަނައިފައި އޮންނަންވާނެއެވެ. އަދި ޓައިމްލައިނާ އެއްގޮތަށް ކުރިއަށްނުދާނަމަ ކުރިއަށް ނުދިޔަ ސަބަބު ބަޔާންކުރަންވާނެއެވެ.

 

20 ވަނަ މާއްދާ - މައުލޫމާތު ހޯދުމާއި ފޯރުކޮށްދިނުމަށް އެދުން

(ހ) ކޮމިށަނުން ބަލާ މައްސަލަތަކާ ގުޅިގެން ބޭނުންވާ އެންމެހައި މައުލޫމާތު ކޮމިށަނާ ހިއްސާކޮށްދިނުމަށް، މައްސަލައިގެ ތަހުގީގުގެ ކޮންމެ މަރުހަލާއެއްގައި ވެސް ކަމާ ގުޅުންހުރި ފަރާތްތަކުގެ ކިބައިން ކޮމިށަނަށް އެދެވިދާނެއެވެ. މިގޮތުން މައުލޫމާތު ފޯރުކޮށްދިނުމަށް އެދެންވާނީ، ލި ޔުމުން ނުވަތަ އީމެއިލް މެދުވެރިކޮށް ނުވަތަ ފޯނު މެދުވެރިކޮށް ނުވަތަ އެ ތަނަކަށް ކޮމިށަނުން ޒިޔާރަތްކޮށްގެންނެވެ. މިގޮތުން ފޯނު މެދުވެރިކޮށްގެންނާއި ތަނަކަށް ޒިޔާރަތްކޮށްގެން ހޯދާ މައުލޫމާތެއްނަމަ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.އެހެންކަމުން، އިންވެސްޓިގޭށަންގައި ބޭނުންކުރާ ފޯނަކީ ރިކޯޑު ކުރެވޭ ފޯނަކަށް ވާންޖެހޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މައުލޫމާތު ފޯރުކޮށްދިނުމަށް އެދޭނަމަ، އެ މައުލޫމާތު ފޯރުކޮށްދިނުމަށް އެދޭ މުއްދަތެއް ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި މައުލޫމާތު ލިބިފައި ނުވާނަމަ، އެ މައުލޫމާތު ފޯރުކޮށްދިނުން ލަސްވެފައިވާކަން ބަޔާންކޮށް އިތުރު މުއްދަތެއް ދިނުމަށްފަހު، އެކަން ލިޔުމުން އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި މައުލޫމާތު ލިބިފައި ނުވާނަމަ، ވަކި މުއްދަތެއްގެ ތެރޭގައި އެ މައުލޫމާތު ފޯރުކޮށްދިނުމަށް އަންގައި ކޮމިށަނުން ޑިރެކްޓިވްއެއް ނެރެވިދާނެއެވެ. އަދި އެ ޑިރެކްޓިވްގައި އަންގައިފައިވާ މުއްދަތުގައި މައުލޫމާތު ލިބިފައި ނުވާނަމަ، ހިޔުމަން ރައިޓްސް ކޮމިށަނުގެ ގާނޫނުގެ ދަށުން ކޮމިށަނަށް ލިބިފައިވާބާރުގެ ދަށުން މައުލޫމާތު ފޯރުކޮށްދީފައި ނުވަނީ ދައުލަތުގެ އިދާރާއަކުން ކަމުގައި ވާނަމަ، އެ އިދާރާ ހިންގުމާ ހަވާލުވެހުރި ފަރާތަކާ މަށްވަރާކޮށް،އެ މައުލޫމާތު ހޯދުމަށް މަސައްކަތްކުރަންވާނެއެވެ. އަދި އެ ގޮތުން ވެސް މައުލޫމާތު ނުލިބިއްޖެނަމަ، ށަރުއީ މަރުހަލާ މެދުވެރިކޮށް، އެ މައުލޫމާތެއް ހޯދުމަށް ކޮމިށަނުން ކޯޓަށް ހުށަހަޅަންވާނެއެވެ.

(ބ) ކޮމިށަނުން މައުލޫމާތު ހޯދުމަށް އެދެނީ ވަކި ފަރުދެއްގެ ކިބައިން ކަމުގައި ވާނަމަ، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށް ޑިރެކްޓިވްއެއް ނެރުމަށްފަހުގައި ވެސް މައުލޫމާތު އެ ފަރާތަކުން ލިބިފައި ނުވާނަމަ، ށަރުއީ މަރުހަލާ މެދުވެރިކޮށް އެ ފަރާތެއްގެ ކިބައިން މައުލޫމާތު ހޯދުމަށް ކޮމިށަނުން ކޯޓަށް ހުށަހަޅަންވާނެއެވެ.

 

21 ވަނަ މާއްދާ - މައްސަލައާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުން

(ހ) ތަހުގީގުކުރަމުންދާ މައްސަލައާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ އެނޫން ފަރާތަކުން ވެސް އިތުރު މައުލޫމާތު ބޭނުންވާކަމަށް މައްސަލަ ބަލާ އިންވެސްޓިގޭށަން އޮފިސަރަށް ފެންނަނަމަ، އިންވެސްޓިގޭށަން ޑިޕާޓްމަންޓުގެ އިސްވެރިޔާގެ މަށްވަރާގެ މަތީން އެ މައުލޫމާތެއް ހޯދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކަމާބެހޭ އިދާރާއަކުން އިތުރު މައުލޫމާތު ފޯރުކޮށްދިނުމަށް ވެސް އެދެންވާނީ، މި ގަވާއިދުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

22 ވަނަ މާއްދާ - ހާދިސާ ހިނގި ތަނަށް ޒިޔާރަތްކުރުން

ކޮމިށަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހާދިސާ ހިނގި ތަނަށް ޒިޔާރަތްކުރަން ޖެހިއްޖެނަމަ، އެ ތަނަކަށް ދިޔުމާއި، އެތަނުގައި ތިބި މީހުންގެ ފަރާތުން މައުލޫމާތު ސާފުކުރުމާއި، އެކަން ރިކޯޑުކުރުމާއި، އެ ތަނަކުން ބޭނުންވާ ތަކެތީގެ ފޮޓޯ ނެގުމާއި ވީޑިއޯކުރުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

23 ވަނަ މާއްދާ - ވީޑިއ،ޯ އޯޑިއޯ އަދި ޑިޖިޓަލް ލިޔެކިޔުންތައް

ކޮމިށަނުން ތަހުގީގުކުރާ މައްސަލައަކާ ގުޅިގެން ތަހުގީގަށް ބޭނުންވާ އޯޑިއޯ ރިކޯޑިންގއާއި ވީޑިއޯ ފުޓޭޖާއި، އިލެކްޓްރޯނިކް ވަސީލަތެއްގައި ރައްކައުކޮށްފައިވާ ލިޔެކިޔުން ހޯދައި، އެ ތަކެތި ނަކަލުކުރުމާއި، އެ ތަކެތި ކޮމިށަނަށް ގެނައުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

24 ވަނަ މާއްދާ - ތަޖުރިބާކާރުންގެ ހެކިބަސް

(ހ) ތަހުގީގުކުރާ މައްސަލައަކާ ގުޅިގެން ތަޖުރިބާކާރުންގެ ހެކިބަސް ބޭނުންކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އަންނަނިވި ކަންކަމަށް ރިއާޔަތްކޮށް، ވަކި ފަރާތަކީ ވަކި ދާއިރާއެއްގެ ތަޖުރިބާކާރެއްގެ ގޮތުގައި ބެލިދާނެއެވެ.

  1. ވަކި ހާއްސަ ދާއިރާއަކުން މަތީ ތައުލީމު ހާސިލުކޮށްފައިވުން؛
  2. އެ ދާއިރާއެއްގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކޮށް މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛
  3. އެ ދާއިރާއަކުން އިލްމީ ދިރާސާތައްކޮށް، ފޮތް ނުވަތަ ލިޔުން ށާއިއުކުރުމާއި، އެ ދާއިރާއިން މައުލޫމާތު ދިނުމާއި، ތަމްރީނުދިނުމުގެ ޕްރޮގްރާމްތައް ހިންގައިފައިވުން.

 

25 ވަނަ މާއްދާ - މައުލޫމާތު ހިއްސާކުރުމަށް އެދުން

ތަހުގީގުކުރަމުންދާ މައްސަލައެއްގައި ކޮމިށަނަށް ލިބިފައިވާ ނުވަތަ ހޯދިފައިވާ މައުލޫމާތުގެ އިތުރުން އެއްވެސް މައުލޫމާތެއް ބޭނުންވާކަމަށް ކޮމިށަނަށް ފެންނަނަމަ، އެ މައްސަލައަކާ ގުޅޭ މައުލޫމާތެއް ލިބިފައިވާ ނުވަތަ ހެއްކެއް ލިބިފައިވާ އެއްވެސް ފަރާތެއްވާނަމަ، ކޮމިށަނާ އެފަދަ މައުލޫމާތެއް ހިއްސާކޮށްދިނުމަށް ނުވަތަ ފޯރުކޮށްދިނުމަށް މީޑިއާ މެދުވެރިކޮށް ނުވަތަ ކޮމިށަނުގެ ވެބްސައިޓް މެދުވެރިކޮށް އެދެވިދާނެއެވެ.

 

26 ވަނަ މާއްދާ - މައްސަލައިގެ ތަހުގީގުކުރިޔަށް ގެންދާނެގޮތް

(ހ) މި ގަވާއިދުގެ 19 ވަނަ މާއްދާގެ ދަށުން އެކުލަވައިލާ މައްސަލަ ތަހުގީގުކުރުމުގެ ޕްލޭނުގައިވާ ގޮތުގެ މަތީން އެ މައްސަލައެއް ގެންގުޅޭ އިންވެސްޓިގޭށަން އޮފިސަރު އެ މައްސަލަ ތަހުގީގުކުރުމުގެ ކަންކަން ކުރިޔަށް ގެންދަންވާނީ، ކޮމިށަނުގެ މެންބަރުން ނުވަތަ އިންވެސްޓިގޭށަން ޑިޕާޓްމަންޓުގެ އެންމެ އިސްވެރިއެއް ނުވަތަ އޭނާގެ މަސައްކަތް ސުޕަވައިޒްކުރުމަށް ކަނޑައަޅައިފައިވާ ފަރާތުގެ މަށްވަރާއާއި ލަފާގެ މަތީންނެވެ.

(ށ) ކޮންމެ މައްސަލައެއް ވެސް ތަހުގީގު ޕްލޭނުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން އަދި އެކަށީގެންވާ އަވަސް ގޮތެއްގައި ކުރިޔަށްދާކަން އިންވެސްޓިގޭށަން ޑިޕާޓްމަންޓުގެ އެންމެ އިސްވެރިޔާ ނުވަތަ އެ މައްސަލައެއްގެ މަސައްކަތް ސުޕަވައިޒްކުރުމަށް ކަނޑައަޅައިފައިވާ ފަރާތުން ގަވާއިދުން ބަލަމުން ގެންދަންވާނެއެވެ. އަދި އެ ގޮތުގެ މަތީން އެ މައްސަލައެއްގެ ތަހުގީގު ކުރިޔަށްގެންދިއުމަށް މައްސަލަ ބަލާ އިންވެސްޓިގޭށަން އޮފިސަރަށް ދަތިކޮށް ދިމާވާ ކަންކަން ހައްލުކުރެވިދާނެ ގޮތްތައް ބަލައި، އެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.

(ނ) ކޮންމެ މައްސަލައެއްގެ ތަހުގީގު ނިމި ކޮމިށަނުން އެ މައްސަލައަކާ މެދު ގޮތެއް ނިންމުމަށް ހުށަހެޅުމަށް ޓަކައި ގުޅުންހުރި ހުރިހާ ލިޔެކިޔުމާއެކު،ކޭސް ފައިލާއި، ކޮމިށަނުގެ ކޭސް މެނޭޖްމަންޓް ސިސްޓަމުގައިވާ މައުލޫމާތު ފުރިހަވެފައިވާކަން އެ މައްސަލައެއް ތަހުގީގު ކުރުމަށް ހަވާލުކުރެވޭ އިންވެސްޓިގޭށަން އޮފިސަރު ބަލަންވާނެއެވެ.

(ރ) މައްސަލަ ތަހުގީގުކުރުމުގައި ކޮމިށަނުގެ ލަފައެއް ނުވަތަ އެހީތެރިކަމެއް ބޭނުންވާ ކަންކަމުގައި އިންވެސްޓިގޭށަން ޑިޕާޓްމަންޓަށް ކަނޑައަޅައިފައިވާ ސުޕަވައިޒްކުރާ ފަރާތްތަކާ މަށްވަރާކުރަންވާނެއެވެ.

(ބ) މައްސަލަ ބެލުމަށް ހަވާލުކޮށްފައިވާ އޮފިސަރު އޭނާގެ މައްސަލަ ތަހުގީގުކުރުމުގައި ނުވަތަ މަސައްކަތްތައް ފުރިހަމަ ކުރުމުގައި މަގުބޫލު އުޒުރެއްނެތި ލަސްވަމުންދާކަމަށް ފާހަގަކުރެވިއްޖެނަމަ، ނުވަތަ މަސައްކަތުގެ ފެންވަރު ދަށްވަމުންދާކަމަށް، އެ މައްސަލައެއްގެ މަސައްކަތް ސުޕަވައިޒްކުރުމަށް ކަނޑައަޅައިފައިވާ ފަރާތަށް ނުވަތަ އިންވެސްޓިގޭށަން ޑިޕާޓްމަންޓުގެ އެންމެ އިސްވެރިޔާއަށް ފާހަގަކުރެވިއްޖެނަމަ، އެކަން ބަލައި،އެ އޮފިސަރަކާ މަށްވަރާކޮށް، އެ ކަންކަން އިސްލާހުކުރުމަށް އަންގަންވާނެއެވެ.

 

27 ވަނަ މާއްދާ - މައްސަލަ ބަލައި ގޮތެއް ނިންމުމަށް ކޮމިށަނަށް ހުށަހެޅުން

(ހ) ތަހުގީގު ނިންމައި ކޮމިށަނުން ގޮތެއް ކަނޑައެޅުމަށް މައްސަލަތައް ހުށަހެޅުމުގައި އަމަލުކުރާނީ އަންނަނިވި އުސޫލުންނެވެ.

  1. މި ގަވާއިދުގެ 26 ވަނަ މާއްދާގެ (ނ) ގެ ދަށުން ކޭސް މެނޭޖްމަންޓް ސިސްޓަމުގައިވާ މައުލޫމާތު ފުރިހަމަކޮށް އެ މައްސަލައިގައި ކޮމިށަނުން ގޮތެއް ނިންމުމަށް ޓަކައި، ދެން އެންމެ އަވަހަށް ބޭއްވުމަށް ހަމަޖެހިފައިވާ ކޮމިށަނުގެ ބައްދަލުވުމަކަށް އެޖެންޑާ ކުރަންވާނެއެވެ. 
  2. މައްސަލަ ބަލައި ގޮތެއް ނިންމުމަށް ބާއްވާ ބައްދަލުވުމުގައި އިންވެސްޓިގޭށަން ޑިޕާޓްމަންޓުގެ ވެރިޔާ ނުވަތަ އެ މައްސަލައެއް ސުޕަވައިޒްކުރަމުންގެންދާ ސުޕަވައިޒަރު ބައިވެރިވާންވާނެއެވެ. އަދި އެ މައްސަލައެއްގެ އިންވެސްޓިގޭށަން އޮފިސަރު އެ ބައްދަލުވުމެއްގައި ބައިވެރިވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޮމިށަނުން މައްސަލައާމެދު ގޮތެއް ކަނޑައަޅާނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގްލަބިއްޔަތު އެކަމަށް ލިބިގެންނެވެ.

 

 

ހަތަރުވަނަ ބާބު

މައްސަލަ ތަހުގީގުކު ރުމާ ގުޅޭ ހާއްސަ އުސޫލުތައް

 

28 ވަނަ މާއްދާ - ތަހުގީގުކުރާ މައްސަލައިގެ ތެރެއިން ފާހަގަވާ އެހެން މައްސަލަތައް

އިންވެސްޓިގޭށަން ޑިޕާޓްމަންޓުން އެ މައްސަލައެއް ތަހުގީގުކުރުމުގެ ތެރޭގައި އެ މައްސަލައާ ގުޅިގެން ކޮމިށަނުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ ކަމަށް ފެންނަ އިތުރު މައްސަލަތަކެއް ހުރިކަމަށް ފާހަގަކުރެވިއްޖެނަމަ، އެފަދަ މައްސަލަތައް ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރުމާމެދު ނުވަތަ ތަހުގީގުކުރަމުންދާ މައްސަލައިގެ ތެރެއިން އެ ކަންކަމަށް ގޮތެއް ކަނޑައެޅުމާމެދު ކޮމިށަނުގެ ލަފާގެ މަތީން ގޮތެއް ކަނޑައަޅަންވާނެއެވެ.

 

29 ވަނަ މާއްދާ - އަވަހަށް ފިޔަވަޅުއަޅަންޖެހޭ ބާވަތުގެ މައްސަލަތައް

(ހ) އިންވެސްޓިގޭށަން ޑިޕާޓްމަންޓުން މައްސަލައެއް ބެލުމުގެ ތެރޭގައި އެ މައްސަލައަކީ ނުވަތަ އެ މައްސަލައިގައި ހިމެނޭ ވަކި ކަންކަމަކީ އަވަސް ގޮތެއްގައި ފިޔަވަޅުއަޅައި ކޮމިށަނުން އެ ކަމާމެދު ގޮތެއް ނިންމަންޖެހޭ ފަދަ ކަމެއް ކަމަށް ފާހަގަކުރެވިއްޖެނަމަ، އެ ކަމެއް ކޮމިށަނުގެ ސަމާލުކަމަށް ގެނެސް އަމަލުކުރަންވީ ގޮތެއްގެ ލަފާ ހޯދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އަވަސްގޮތެއްގައި ފިޔަވަޅުއަޅަންޖެހޭ ބާވަތުގެ ކަންކަމަކީ މީހެއްގެ ފުރާނަޔަށް ނުވަތަ ތަނަކަށް ނުވަތަ މުދަލަށް ގެއްލުމެއް ލިބިދާނެފަދަ ކަންކަމެވެ.

(ނ) މި މާއްދާގެ ދަށުން އިންވެސްޓިގޭށަން ޑިޕާޓްމަންޓުން ބަލަމުންދާ މައްސަލައިގެ ވަކި ބަޔަކަށް އެއީ އަވަހަށް ފިޔަވަޅު އަޅަންޖެހޭ ކަމެއްގެ ގޮތުގައި ކޮމިށަނުން ގޮތެއް ނިންމި ކަމުގައި ވިޔަސް، އަސްލު މައްސަލައިގެ ދެން ހުރި ބައިތައް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުރިޔަށް ގެންދަންވާނެއެވެ.

 

30 ވަނަ މާއްދާ - ކުއްލި ހާލަތެއް މެދުވެރިވެގެން ބަލަންޖެހޭ މައްސަލަތައް

(ހ) މުޖުތަމައުގައި ހިނގާ ކުއްލި ހާދިސާއެއް ނުވަތަ ކަމަކާ ގުޅިގެން އެއްވެސް މީހެއްގެ އިންސާނީ ހައްގަކަށް އުނިކަމެއް ލިބިދާނެ ކަމަށް ނުވަތަ އިންސާނީ ހައްގެއް ނިގުޅައިގަނެވިދާނެ ކަމަށް ކޮމިށަނަށް ފެނިއްޖެނަމަ، އެފަދަ ކަންކަން ބަލައި މޮނިޓަރކުރުމަށް ޓަކައި އެ ހާދިސާއެއް ނުވަތަ ކަމެއް ހިނގި ތަނަށް ޒިޔާރަތްކުރާނެ ރެޕިޑް ރެސްޕޮންސް ޓީމެއް (RRT) އިންވެސްޓިގޭށަން ޑިޕާޓްމަންޓުން ހަމަޖައްސަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ ޓީމުން އެ ހާދިސާއެއް ހިނގި ތަނަކަށް ޒިޔާރަތްކޮށް ނުވަތަ ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ކަން ހިނގައިފައިވާ ގޮތް އިންވެސްޓިގޭށަން ޑިޕާޓްމަންޓުގެ އެންމެ އިސްވެރިޔާއާ ނުވަތަ އިންވެސްޓިގޭށަން ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެހުރި މުވައްޒަފާ ވީ އެންމެ އަވަހަކަށް ހިއްސާކުރަންވާނެއެވެ. އަދި މި މައްސަލައަކީ ކޮމިށަނުން އިސްނަގައިގެން ބަލައި ތަހުގީގު ކުރަންޖެހޭ ފަދަ ކަމެއް ހިނގައިފައިވާ މައްސަލައެއްކަން ފާހަގަކުރެވޭނަމަ އެކަމާގުޅޭ މައުލޫމާތާއި ލިޔެކިޔުން ހޯދައި އެކަން އިންވެސްޓިގޭށަން ޑިޕާޓްމަންޓުގެ އެންމެ އިސްވެރިޔާއާ ނުވަތަ އިންވެސްޓިގޭށަން ޑިޕާޓްމަންޓް ހިންގުމާއި ހަވާލުވެހުރި މުވައްޒަފާ ވީ އެންމެ އަވަހަކަށް ހިއްސާކުރަންވާނެއެވެ.

(ނ) އަދި އެ ޒިޔާރަތާގުޅޭ ހާދިސާ ހިނގި ގޮތުގެ ތަފުސީލު ރިޕޯޓެއް ތައްޔާރުކޮށް، ޖެހިގެން އަންނަ ދުވަހުގެ ރަސްމީގަޑި ނިމުމުގެ ކުރިން ޑިޕާޓްމަންޓުގެ އެންމެ އިސްވެރިޔާއާ ނުވަތަ އިންވެސްޓިގޭށަން ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެހުރި މުވައްޒަފާ ހިއްސާކުރަންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން ކުއްލި ހާލަތެއް ނުވަތަ ކަމަކާ ގުޅިގެން އެ ތަނަކަށް ޒިޔާރަތްކުރާ ނުވަތަ އެ ކަމެއް ބެލުމަށް ޓަކައި ޓީމުތައް އެކުލަވައިލުމާއި، އެ ޓީމުތަކުން އަމަލުކުރަންވާނެ އުސޫލުތައް ކޮމިށަނުން އެކުލަވައިލަންވާނެއެވެ.

 

31 ވަނަ މާއްދާ - މަރުގެ މައްސަލަތައް ތަހުގީގުކުރުމާގުޅޭ އުސޫލުތައް

(ހ) ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ފަރާތެއް މަރުވެގެން އެކަމުގެ މައުލޫމާތު ކޮމިށަނަށް ލިބިއްޖެނަމަ، މި ގަވާއިދުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުއްލި ހާދިސާއަކާ ގުޅިގެން ހަރަކާތްތެރިވާނެ ޓީމެއް، އެ މައްސަލައިގައި ކަން ހިނގައިފައިވާ ގޮތް ސާފުކުރުމަށް ޓަކައި ފޮނުވަންވާނެއެވެ.

(ށ) އެ ފަރާތެއް މަރުވެފައިވާކަމަށް ބެލެވެނީ، ދައުލަތުގެ އިހުމާލުންކަމަށް ބެލެވޭނުވަތަ ށައްކުކުރެވޭ ހާލަތުގައި އެ މައްސަލަ ތަހުގީގުކުރުމަށް އިންވެސްޓިގޭށަން އޮފިސަރެއް ނުވަތަ އިންވެސްޓިގޭށަން އޮފިސަރުން ހަމަޖެއްސިދާނެއެވެ.

(ނ) ކޮމިށަނުގެ ސަމާލުކަމަށް އަންނަ މަރުގެ މައްސަލަތައް ތަހުގީގުކުރުމާ ގުޅޭ އުސޫލުތައް، މި ގަވާއިދުގެ 30 ވަނަ މާއްދާގެ (ރ) ގެ ދަށުން އެކުލަވައިލާ އުސޫލުގައި ހިމަނަންވާނެއެވެ.

 

 

ފަސްވަނަ ބާބު

އިންޓަވިއުކުރުމާއި ބަޔާންނެގުމާ ގުޅޭ އުސޫލުތައް

 

32 ވަނަ މާއްދާ - އިންޓަވިއުކުރާނެ ފަރާތްތައް ކަނޑައެޅުން

(ހ) މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮމިށަނުން ތަހުގީގުކުރާ މައްސަލައެއްގައި، އެ މައްސަލައާއެކު ހުށަހަޅައިފައިވާ ލިޔެކިޔުމުގެ ސައްހަކަން ބެލުމަށާއި، އިތުރު ތަފުސީލު ހޯދުމަށް ޓަކައި ކަމާ ގުޅުންހުރި ފަރާތްތައް ހާޒިރުކޮށް އެ ފަރާތްތަކާ ސުވާލުކޮށް ބަޔާންނެގުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ށ) ކޮމިށަނަށް ހާޒިރުވެ އިންޓަވިއުކުރުމަށްފަހު ނަގާ ބަޔާނުގައި އިންޓަވިއުދިން ފަރާތުން ސޮއިކޮށް އިނގިލީގެ ނިށާން ޖަހަންވާނެއެވެ.

(ނ) ކޮމިށަނުން ތަހުގީގުކުރާ މައްސަލަތަކުގައި މައުލޫމާތެއް ސާފުކުރުމަށް ނުވަތަ އިތުރު ތަފުސީލު ހޯދުމަށް އެއްވެސް ފަރާތަކާ ވާހަކަ ދައްކައިފިނަމަ، އެ ފަރާތަކުން ދިން ޖަވާބު ލިޔުމުން ރިކޯޑުކޮށް، އެ މައުލޫމާތު އެގޮތަށް ލިބިފައިވާކަމަށް އިންވެސްޓިގޭށަން އޮފިސަރު ސޮއިކޮށް އިނގިލީގެ ނިށާން ޖަހަންވާނެއެވެ.

 

33 ވަނަ މާއްދާ - އިންޓަވިއުގެ ބާވަތްތައް

ތަހުގީގުގައި ކޮމިށަނުން ސުވާލުކުރުމަށް އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތެއް އިހްތިޔާރު ކުރެވިދާނެއެވެ.

(ހ) ހާޒިރުގައި ކުރާ އިންޓަވިއު؛

(ށ) ވީޑިއޯ ކޯލް އިންޓަވިއު؛

(ނ) ފޯނު ކޯލް އިންޓަވިއު؛ 

(ރ) އ-ީމެއިލް މެދުވެރިކޮށް ލިޔުމުން ސުވާލުތައް ހިއްސާކޮށްގެން.

 

34 ވަނަ މާއްދާ - އޯޑިއޯ ރިކޯޑުކުރުން

އިންޓަވިއު ކުރެވޭ ފަރާތްތަކާއެކު ކުރެވޭ އިންޓަވިއުގެ އޯޑިއޯ ރިކޯޑުކުރަންވާނެއެވެ. އަދި އިންޓަވިއު ކުރެވޭ ފަރާތްތަކާއެކު ކުރެވޭ އިންޓަވިއުގެ ވީޑިއޯ ރިކޯޑުކުރަންޖެހޭ ފަދަ ހާލަތްތަކުގައި އޯޑިއޯގެ އިތުރުން ވީޑިއޯ ރިކޯޑުކުރަންވާނެއެވެ.

 

35 ވަނަ މާއްދާ - ކޮމިށަނަށް ހާޒިރުވުމަށް އެންގުން

(ހ) ކޮމިށަނުން ތަހުގީގުކުރާ މައްސަލައަކާ ގުޅޭގޮތުން ކޮމިށަނަށް ހާޒިރުވުމަށް އެންގުމުގެ ގޮތުން ފޯނުކޯލް ނުވަތަ މެސެޖަކުން ނުވަތަ އީމެއިލް މެދުވެރިކޮށް އެންގިދާނެއެވެ. އަދި އެ ކޯލް ރިކޯޑު ކުރެވެންވާނެއެވެ. އަދި އެކަން ގުޅާ ފަރާތަށް އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ކޮމިށަނުން ތަހުގީގުކުރާ މައްސަލައަކާ ގުޅޭގޮތުން ކޮމިށަނަށް ހާޒިރުވުމަށް އަންގާ އެންގުމާ އެއްގޮތަށް ކޮމިށަނަށް ހާޒިރުނުވެއްޖެނަމަ، އަދި އެ ފަރާތަކީ ކޮންމެހެން ހާޒިރުކުރަންޖެހޭ ފަރާތެއްނަމަ، އެ މީހަކު ހާޒިރުކުރާނީ ކޮމިށަނަށް ހާޒިރުވުމުގެ އަމުރު ފޮނުވައިގެންނެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ފޮނުވާ އަމުރުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. ހާޒިރުކުރެވޭ ފަރާތާ ގުޅޭ މައުލޫމާތު؛
  2. ހާޒިރުކުރެވޭ ބޭނުން؛
  3. ހާޒިރުވާން އަންގާ ތަނާއި، ގަޑިއާއި، ތާރީހު؛
  4. އަމުރާ ހަވާލުވާ ފަރާތުގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި ސޮއި؛
  5. އަމުރު ރައްދުވާ ފަރާތާއި އަމުރާ ހަވާލުވާ ފަރާތާ ހުރި ގުޅުން؛
  6. އަމުރާ ހަވާލުވާ ފަރާތުން އަމުރާ ހަވާލުވި ތާރީހާއި ގަޑި.

(ރ) ހާޒިރުވުމަށް ފޮނުވައިފައިވާ އަމުރުގެ މުއްދަތުގެ ތެރޭގައި ކޮމިށަނަށް ހާޒިރުކުރާ ފަރާތާ އިންޓަވިއު ނުކޮށް އަމުރު ބާތިލުކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ. ނުވަތަ މަސްލަހަތު ހިމާޔަތްކުރުމުގެ ގޮތުން ދައުލަތުގެ އިދާރާއެއްގެ މީހަކު ހަމަޖައްސައިދިނުމަށް ކޮމިށަނުން އެދެންވާނެއެވެ.

(ބ) މި މާއްދާގެ (ށ) ގެ ދަށުން ކޮމިށަނުން ފޮނުވާ އަމުރުގައި ބަޔާންކޮށްފައިވާ ގަޑިއަށް ހާޒިރުވުމަށް އުޒުރުވެރިވާނަމަ، ކޮމިށަނުން އަންގައިފައިވާ ގަޑީގެ މަދުވެގެން 30 (ތިރީސް) މިނިޓުގެ ކުރިން ސަބަބާއެކު ކޮމިށަނަށް އަންގަންވާނެއެވެ.

(ޅ) ކޮމިށަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މި މާއްދާގެ ދަށުން ބަންދުކޮށްފައިވާ މީހަކު ހާޒިރުކުރާނަމަ، ހާޒިރުވުމަށް އަންގާ އަމުރާއެކު، ކޮމިށަނަށް އެ ފަރާތެއް ހާޒިރުކޮށްދިނުމަށް އެދި ސިޓީ ފޮނުވަންވާނެއެވެ.

(ކ) މި މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ހާޒިރުވުމަށް އަންގާ އަމުރު ރައްދުކުރުމާ ގުޅޭ އުސޫލު ކޮމިށަނުން އެކުލަވައިލަންވާނެއެވެ.

 

36 ވަނަ މާއްދާ - ކޮމިށަނަށް މީހުން ހާޒިރުކުރުން

ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ކޮމިށަނަށް ހާޒިރުކުރަންޖެހޭ ފަރާތެއް ހާޒިރުކުރުމަށް ކަމާބެހޭ މުއައްސަސާއަށް އެންގުމުން، މަގުބޫލު އުޒުރެއްނެތި އެ ފަރާތް ހާޒިރުކޮށް ނުދީފިނަމަ، އެ ކަމަށް ޒިންމާވާނެ ފަރާތަކީ ކޮބައިކަން ދެނެގަތުމަށްފަހު، އެ ފަރާތަކާ މެދު ހިޔުމަން ރައިޓްސް ކޮމިށަނުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ށ) ގެ ދަށުން ފިޔަވަޅު އެޅުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

37 ވަނަ މާއްދާ - އިންޓަވިއުކުރުމުގެ އިޖުރާތު

ކޮމިށަނުން ތަހުގީގުކުރާ މައްސަލަތަކުގައި އިންޓަވިއުކުރާއިރު އަންނަނިވި އިޖުރާތުތައް ފުރިހަމަކުރަންވާނެއެވެ.

(ހ) އިންޓަވިއުކުރުމުގައި ކޮމިށަނުން ކަނޑައަޅާ އިންވެސްޓިގޭށަން އޮފިސަރެއް ބައިވެރިވުން؛

(ށ) ސުވާލުކުރެވޭ ސަބަބު ބަޔާންކުރުން؛

(ނ) ތަހުގީގުގެ އޯޑިއޯ ނުވަތަ ވީޑިއޯ ރިކޯޑުކުރާނެކަން ބަޔާންކުރުން؛

 

38 ވަނަ މާއްދާ - ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިގެންވުން

ކޮމިށަނުން ބަޔާން ނެގުމަށް ޓަކައި ކުރާ އިންޓަވިއުގައި ވަކީލަކު ބައިވެރިކުރުމަށް އިންޓަވިއުކުރެވޭ ފަރާތުން އެދިއްޖެނަމަ، ވަކީލަކު އެ އިންޓަވިއުގައި ބައިވެރިކުރުމުގެ ފުރުސަތު ދޭންވާނެއެވެ.

 

39 ވަނަ މާއްދާ - ކުޑަކުދިންނާ އިންޓަވިއުކުރުމުގައި އަމަލުކުރާނެ އުސޫލު

(ހ) ތަހުގީގުގައި ސުވާލުކުރެވޭ ފަރާތަކީ ކުޑަކުއްޖެއްނަމަ، ތަހުގީގު މަރުހަލާގައި އެ ފަރާތަކާމެދު އަމަލުކުރަންވާނީ އަންނަނިވި ގޮތުގެ މަތީންނެވެ.

  1. ތަހުގީގުގައި ސުވާލުކުރެވޭ ފަރާތަކީ ކުޑަކުއްޖެއްނަމަ، އެ ކުއްޖެއްގެ ބެލެނިވެރިޔާ ނުވަތަ އެ ކުއްޖެއްގެ މަސްލަހަތު ރައްކައުތެރިކޮށްދެވޭނެ މީހެއްގެ ހާޒިރުގައި މެނުވ،ީ އެ ކުއްޖާއާ ސުވާލުކޮށްގެން ނުވާނެއެވެ؛
  2. ކުއްޖެއްގެ ބެލެނިވެރިޔާ ނެތް ހާލަތެއްގައި އެ ކުއްޖެއްގެ މަސްލަހަތު ހިމާޔަތްކުރެވޭނެ މީހަކު ނުވަތަ އެ ކުއްޖާގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ދައުލަތުގެ ކަމާބެހޭ މުއައްސަސާއެއްގެ މުވައްޒަފަކު ހާޒިރުކޮށް، އެ ފަރާތުގެ ހާޒިރުގައި މެނުވީ އެ ކުއްޖަކާ ސުވާލުކޮށްގެން ނުވާނެއެވެ؛
  3. މައްސަލައަކާ ގުޅިގެން ކުރާ ތަހުގީގެއްގައި ކުޑަކުއްޖަކާ ސުވާލުކުރާއިރ،ު އެ ކުދިންގެ އުމުރާއި ވިސްނުމުގެ ގާބިލުކަމަށް ރިއާޔަތްކުރަން ވާނެއެވެ. އަދި ތަހުގީގު ކުރަމުންދާއިރު މުއާމަލާތު ކުރަންވާނީ، ކުއްޖާގެ އުމުރާއި ހާލަތަށް ރިއާޔަތްކޮށް އޯގާތެރިކަމާއި މަޑުމައިތިރިކަމާ އެކުގައެވެ؛
  4. ތަހުގީގުގައި ސުވާލުކުރެވޭ ކޮންމެ ކުއްޖަކަށް ވެސް، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު ލިބިގެންވެއެވެ. އަދި ކުއްޖާއަށް ގާނޫނީ ވަކީލަކު ހަމަޖައްސާނީ އެ ކުއްޖާގެ ބެލެނިވެރިޔާ އަމިއްލައަށެވެ؛
  5. މި ގަވާއިދުގެ ދަށުން ހާޒިރުވާ ކުޑަކުއްޖެއްގެ ބެލެނިވެރިއެއް ނުވަތަ މަސްލަހަތު ރައްކައުތެރިކޮށްދެވޭނެ އެހެން ފަރާތަކުން އެ ކުއްޖަކަށް ގާނޫނީ ވަކީލެއްގެ އެހީ ހޯދުމަށް އެދިއްޖެނަމަ، އެއީ އެ ކުއްޖަކު ބުނި ބުނުމެއް ކަމުގައި ބަލަންވާނެއެވެ.

(ށ) ކޮމިށަނުން ހިންގާ ތަހުގީގެއްގައި ހިމެނޭ ކުއްޖަކާ ގުޅޭގޮތުން، އެ ކުއްޖަކީ ކާކުކަން އެނގޭނެ ނުވަތަ ދެނެގަނެވޭނެ އެއްވެސް މައުލޫމާތެއް ކޮމިށަނުން އެއްވެސް ވަގުތެއްގައި އާންމުކޮށްގެން ނުވާނެއެވެ.

(ނ) ތަހުގީގުގައި ކުޑަކުދިންނާ ސުވާލުކުރަންވާނީ އެކަމުގެ ހާއްސަ ތަމްރީނު ލިބިފައިވާ ފަރާތަކުންނެވެ.

 

40 ވަނަ މާއްދާ - ނަފްސާނީ ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރި މީހުންނާ ސުވާލުކުރުމުގައި އަމަލުކުރާނެ އުސޫލު

ތަހުގީގުގައި ސުވާލުކުރެވޭ ފަރާތަކީ ނަފްސާނީ ނުކުޅެދުންތެރިކަމެއް ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ލިބިފައިވާ ފަރާތެއް ކަމުގައި ވެފައި، އެހެން ފަރާތެއްގެ އެހީއެއް ބޭނުންވާފަދަ ހާލަތެއްގައި ހުރި ފަރާތެއްނަމަ، ތަހުގީގު މަރުހަލާގައި، އެ ފަރާތަކާމެދު އަމަލުކުރަންވާނީ އަންނަނިވި ގޮތުގެ މަތީންނެވެ.

(ހ) ނަފްސާނީ ނުކުޅެދުންތެރިކަމެއް ހުރި ފަރާތެއްނަމަ، ތަހުގީގަށް އެ މީހެއްގެ ބަޔާން ނަގަންވާނީ ނުވަތަ އެނޫން ގޮތަކަށް ވެސް އެ މީހަކާ މުއާމަލާތު ކުރަންވާނީ، އެ މީހެއްގެ ބެލެނިވެރިއެއްގެ ނުވަތަ މަސްލަހަތު ހިމާޔަތްކޮށްދެވޭ އެހެން ފަރާތެއްގެ ހާޒިރުގައެވެ. އަދި ޖިސްމާނީގޮތުން ނުކުޅެދުންތެރިކަމެއް ހުރި ފަރާތެއްނަމަ، އެ ފަރާތެއްގެ ޖިސްމާނީ ނުކުޅެދުންތެރިކަމަށް ރިއާޔަތްކޮށް އިތުރު ފަރާތެއްގެ އެހީތެރިކަން ބޭނުންވާ ހާލަތްތަކުގައި އެހެން ފަރާތެއް ހާޒިރުކުރުމަށް ކޮމިށަނުން ހުއްދަކުރަންވާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ނަފްސާނީ ނުކުޅެދުންތެރިކަމެއް ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރި ފަރާތެއްގެ ބެލެނިވެރިއެއް ނުވަތަ މަސްލަހަތުރައްކައުތެރިކޮށްދޭނެ ފަރާތަކުން ނަފްސާނީ ނުކުޅެދުންތެރިކަން ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަން ހުރި ފަރާތުން ގާނޫނީ ވަކީލެއްގެ އެހީ ހޯދަން ބޭނުންވާނެކަމަށް ބުނެފިނަމަ، އެއީ އެ މީހަކު ބުނި ބުނުމެއް ކަމުގައި ބަލަންވާނެއެވެ. އެގޮތުން، ގާނޫނީ ވަކީލެއް ހޯދުމަށް ދެވޭ ފުރުސަތުގައި އެކަން ހަމަޖައްސަންވާނީ އެ މީހަކު އަމިއްލައަށެވެ.

(ނ) އިންޓަވިއުކުރެވޭ ފަރާތަކީ ލޮލަށް ފެނުމުގެ ދަތިކަން ހުރި ނުވަތަ ލޮލަށް ފެނުމުން މަހްރޫމްވެފައިވާ މީހެއްނަމަ، ނުވަތަ ލިޔަންކިޔަން ނޭނގޭ މީހެއްނަމަ، އޭނާ ދީފައިވާ ބަޔާނުގައި ސޮއިކުރުވުމުގެ ކުރިން، ބެލެނިވެރިޔާ ނުވަތަ މަސްލަހަތު ރައްކައުތެރިކޮށްދޭނެ ފަރާ ތެއް މެދުވެރިކޮށް ނުވަތަ އެ މައްސަލަ ބެލުމުގައި ބައިވެރިނުވާ މީހަކު މެދުވެރިކޮށް އޭނާ ދީފައިވާ ބަޔާން އޭނާއަށް އިއްވަންވާނެއެވެ.

(ރ) އިންޓަވިއުކުރެވޭ ފަރާތަކީ ކަންފަތަށް އަޑުއިވުމުގައި ދަތިތަކެއް ހުރި ނުވަތަ އަޑުއިވުމުން މަހްރޫމްވެފައިވާ މީހެއްނަމަ، ނުވަތަ ވާހަކަ ނުދެއްކޭ މީހެއްނަމަ، އޭނާއާމެދު ކުރެވޭ ތަހުގީގުގައި އޭނާއަށް އެހީތެރިވެދިނުމަށް ޓަކައި، އެފަދަ މީހަކާ މުއާމަލާތްކުރަންވާނީ އެކަން އެނގޭ މީހެއްގެ ހާޒިރުގައެވެ.

 

41 ވަނަ މާއްދާ - ބަޔާނުގައި ސޮއިކުރުން

(ހ) މި ބާބުގެ ދަށުން އިންޓަވިއުކުރާ ފަރާތްތަކުގެ ބަޔާން ނަގައި، އެ ބަޔާނުގައި އެ ފަރާތްތަކުން ސޮއިކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތަކުން ބަޔާނުގައި ސޮއިކުރުމަށް އިންކާރުކުރާނަމަ، އެފަދައިން ބަޔާންކޮށް، އެ ބަޔާން ނެގުމުގައި ބައިވެރިވި އިންވެސްޓިގޭށަން އޮފިސަރ،ު އެ ބަޔާނުގައި ސޮއިކުރަންވާނެއެވެ.

 

 

ހަވަނަ ބާބު

ގާނޫނީ ވަކީލަކު އައްޔަނުކުރުމާގުޅޭ އުސޫލުތައް

 

42 ވަނަ މާއްދާ - ގާނޫނީ ވަކީލަކު އައްޔަނުކުރުމުގެ ހައްގު

ކޮމިށަނުން ބަލާ މައްސަލަތަކުގައި ގާނޫނީ ވަކީލެއްގެ އެހީ ހޯދުމަށް އެއްވެސް ފަރާތަކުން އެދިއްޖެ ހާލަތެއްގައި، އެ ފުރުސަތު ކޮމިށަނުން އެ މީހަކަށް ދޭންވާނެއެވެ.

 

43 ވަނަ މާއްދާ - ގާނޫނީ ވަކީލެއް އައްޔަނުކުރުން

ތަހުގީގުކުރެވެމުންދާ މައްސަލައަކާ ގުޅިގެން މައްސަލައިގައި ށާމިލުވާ ފަރާތަކުން ނުވަތަ ފަރާތްތަކުން ގާނޫނީ ވަކީލެއް އައްޔަނުކުރުމަށް އެދި ހުށަހަޅާނީ، ކޮމިށަނުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "ގާނޫނީ ވަކީލަކު އައްޔަނުކުރުމަށް އެދި ހުށަހަޅާ ފޯމު" މެދުވެރިކޮށެވެ.

 

44 ވަނަ މާއްދާ - ގާނޫނީ ވަކީލަކު އައްޔަނުކުރުމަށް ދެވޭނެ މުއްދަތު

(ހ) ގާނޫނީ ވަކީލަކު އައްޔަނުކުރަން ބޭނުންވާނަމަ، ގާނޫނީ ވަކީލަކު އައްޔަނުކުރުމަށް ފުރަތަމަ ފަހަރު 3 (ތިނެއް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ. އަދި އެ 3 (ތިނެއް) ދުވަހުގެ ތެރޭގައި ގާނޫނީ ވަކީލަކު ނުލިބިގެން ދެވަނަ ފުރުސަތަކަށް އެދިއްޖެނަމަ، އިތުރު 3 (ތިނެއް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ. ދެވަނަ ފަހަރަށް ދެވުނު މުއްދަތުގައި ގާނޫނީ ވަކީލަކު އައްޔަނުކޮށްފައި ނުވާނަމަ ބެލޭނީ، އެ މީހަކު ގާނޫނީ ވަކީލަކު އައްޔަނުކުރުމުގެ ފުރުސަތު ދޫކޮށްލީކަމުގައެވެ. 

(ށ) ތަހުގީގު ފެށިއިރު ގާނޫނީ ވަކީލަކު އައްޔަނުކުރަން ބޭނުންނުވާކަމުގައި ބުނެފައި ވިޔަސް، ތަހުގީގު ފެށުމަށްފަހު ގާނޫނީ ވަކީލަކު އައްޔަނުކުރުމުގެ ފުރުސަތަށް އެދިއްޖެނަމަ، އެ މީހަކަށް އެ ފުރުސަތު ދޭންވާނެއެވެ.

(ނ) ތަހުގީގުގައި ސުވާލުކުރެވުނު މީހަކު، އެ މީހަކު އައްޔަނުކުރާ ގާނޫނީވަކީލަކާއެކު އެކަހެރިކޮށް ބައްދަލުކޮށް މަށްވަރާކުރުމުގެ ފުރުސަތަކަށްއެދިއްޖެނަމަ، އެ މީހަކަށް އެ ފުރުސަތު ދޭންވާނެއެވެ. އަދި އެއްފަހަރަށްވުރެ ގިނަފަހަރު އެ ފުރުސަތަށް އެދުނުކަމުގައި ވިޔަސް، އެ ފުރުސަތު ދޭންވާނެއެވެ.

 

45 ވަނަ މާއްދާ - ގާނޫނީ ވަކީލަކު އައްޔަނުކުރުމުގެ ފުރުސަތު ފަހުން ބޭނުންކުރުން

(ހ) ވަކީލު އައްޔަނުކުރުމާ ހަމަޔަށް ތަހުގީގުގައި ތުހުމަތުކުރެވޭ ފަރާތާ ކުރެވުނު ސުވާލުތަކަށް އެ ފަރާތުން ދިން ޖަވާބުތަކުގެ ސައްހަކަމަށް އުނިކަމެއް ނާންނާނެއެވެ. އަދި ވަކީލަކު އައްޔަނުކުރުމުގެ ފުރުސަތު އެ ފަރާތަށް ދިނުމަށްފަހު ވެސް، ގާނޫނީ ވަކީލަކު ހާޒިރުވެފައި ނުވާނަމަ، އެ ފަރާތާ ސުވާލުކުރުމައިގެން ކުރިޔަށްދެވިދާނެއެވެ.

(ށ) މި ގަވާއިދުގެ (ހ) ގައި އެހެން އޮތް ނަމަވެސް، ކޮމިށަނަށް ހާޒިރުކޮށް ސުވާލުކުރެވޭ ފަރާތުން ސުވާލުކުރާ އެއްވެސް މަރުހަލާއެއްގައި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވެއްޖެނަމަ، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު އޭނާއަށް ދޭންވާނެއެވެ.

 

46 ވަނަ މާއްދާ - ދިވެހިބަހުން ނުވަތަ އިނގިރޭސިބަހުން ވާހަކަދައްކަން ނޭނގޭ ފަރާތްތަކާމެދު އަމަލުކުރާނެ އުސޫލު

ކޮމިށަނަށް މައްސަލަ ހުށަހަޅާ ފަރާތަކީ ނުވަތަ މައްސަލައާ ގުޅުންހުރި އެއްވެސް ފަރާތަކީ ދިވެހިބަހުން ނުވަތަ އިނގިރޭސިބަހުން ދައްކާ ވާހަކަ ރަނގަޅަށް ފަހުމުނުވާ މީހެއްނަމަ، އެ ފަރާތަކާ ސުވާލު ކުރަންވާނީ ތަރުޖަމާނަކާއެކުގައެވެ. އެހެންނަމަވެސް، ތަރުޖަމާނެއް ނުލިބޭ ހާލަތުގައި މައްސަލަ ހުށަހަޅާ ފަރާތަށް ފަހުމުވާނެ އެންމެ ރައްޓެހި ބަހަކުން މުއާމަލާތުކޮށްގެން ބަޔާންނެގުމަކަށް ހުރަހެއް ނެތެވެ.

 

 

ހަތްވަނަ ބާބު

ކޮމިށަނުގެ ނިންމުން

 

47 ވަނަ މާއްދާ - ކޮމިށަނަށް ހުށަހަޅާ މައްސަލަތައް ނިންމުން

(ހ) މި ގަވާއިދުގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮމިށަނުގެ ބައްދަލުވުމަށް ތާވަލުކުރެވޭ މައްސަލަތައް ދިރާސާކޮށް ކޮމިށަނުގެ ޖަލްސާއަކަށް ހުށަހަޅާ ކޮންމެ މައްސަލައަކާ މެދުވެސްކޮމިށަނުގެ ޖަލްސާގައި ގޮތެއް ނިންމަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޮމިށަނުން ނިންމާ ނިންމުންތައް ނިންމަންވާނީ، ކޮމިށަނުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

(ނ) ކޮމިށަނަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ކޮމިށަނުން ނިންމާ ނިންމުންތައް ޔައުމިއްޔާކުރަންވާނެއެވެ. އަދި ކޮމިށަނުން ނިންމުމެއް ނިންމި ޖަލްސާގައި ހާޒިރުވެތިބި މެންބަރުންގެ ރައުޔު ތަފާތުވާ ހާލަތުގައި ކޮންމެ މެންބަރެއްގެ ރައުޔު ލިޔެ ޔައުމިއްޔާކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ކޮމިށަނުން ނިންމުމެއް ނިންމުމުގައި،އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް ނިންމިދާނެއެވެ.

  1. އިންސާނީ ހައްގަކާ ހިލާފުވެފައިވާނަމަ، ނުވަތަ އެފަދަ އަމަލެއް ހުއްޓުވުމަށް، ނުވަތަ ހިނގުން ހުއްޓުވުމަށް ފިޔަވަޅުއެޅުމުގައި އިހުމާލުވެފައިވާނަމަ، ނުވަތަ އިންސާނީ ހައްގެއް ނިގުޅައިގެންފައިވާނަމަ ނުވަތަ ހަނިކޮށްފައިވާނަމަ، ހައްގު ގެއްލުނީ ކަމަށް ނުވަތަ ހައްގު ހަނިވާ ކަމަށް؛
  2. މައްސަލައިގެ ބާވަތުން ސުލްހަވެރި ހައްލެއް ހޯދިދާނެ ކަމަށް ނުފެންނަނަމަ، ނުވަތަ ސުލްހަވެރި ހައްލެއް ހޯދުމަށް މަސައްކަތްކުރުމަށް ފަހުގައި ވެސް ސުލްހަވެރި ހައްލެއް ހޯދިފައި ނުވާނަމަ، އަދި ސުލްހަވެރި ހައްލެއް ހޯދައިނުދެވޭފަދަ މައްސަލަތަކުގައި ކޮމިށަނުން ށަރީއަތަށް މައްސަލަ ހުށަހެޅުމަށް މައްސަލަ ހުށަހެޅި ފަރާތަށް ލަފާ ދިނުން؛
  3. އިންސާނީ ހައްގަކާ ހިލާފުވެފައިވާނަމަ، ނުވަތަ އެފަދަ އަމަލެއް ހުއްޓުވުމަށް ނުވަތަ ހިނގިޔަނުދިނުމަށް ފިޔަވަޅުއެޅުމުގައި އިހުމާލުވެފައިވާނަމަ، ނުވަތަ އިންސާނީ ހައްގެއް ނިގުޅައިގެންފައިވާނަމަ، ހައްގު ގެއްލިފައިވާ ފަރާތްތައް މަދަނީ ބަދަލު ހޯދުމަށް ކޯޓަށް ދިއުމުގެ ފުރުސަތު އޮތްކަން ބަޔާންކުރުން؛
  4. އެ މައްސަލައަކީ ކޮމިށަނުން ވަކިގޮތަކަށް އަމަލުކުރުމަށް އެންގި އެންގުމަކާ އެއްގޮތަށް އަމަލުނުކޮށްގެން ބެލުނު މައްސަލައެއްނަމަ، ނުވަތަ ކޮމިށަނުން އެންގި އެންގުމަކާ ގުޅިގެން ކޮމިށަނުގެ ގަދަރަށް އުނިކަމެއް ލިބޭގޮތަށް އަމަލުކުރި މައްސަލައެއްނަމަ، ހިޔުމަން ރައިޓްސް ކޮމިށަނުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އެޅުން؛
  5. ތަހުގީގު ކުރިޔަށް ގެންދިޔުމަށް ހެކި ނެތުމުން ނުވަތަ ހެކި ހޯދުމަށް ކުރި މަސައްކަތުން މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެއްބާރުލުން ލިބިފައިނުވާނަމަ އެކަން ބަޔާންކޮށް އަދި އިތުރު މައުލޫމާތާއެކު ހުށަހެޅުމުގެ ފުރުސަތު އޮތްކަމަށް ބަޔާންކޮށް މައްސަލަ ނިންމުން؛
  6. މިހާރު އަމަލުކުރަމުންދާ ގާނޫނަކަށް ނުވަތަ ގަވާއިދަކަށް ނުވަތަ އުސޫލަކަށް ނުވަތަ އަމަލުކުރަމުންދާ ގޮތަކަށް ބަދަލެއް ގެންނަށް ކޮމިށަނަށް ފެންނަނަމަ، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އެޅިދާނެކަމަށް ކޮމިށަނަށް ފެންނަ ފިޔަވަޅުތައް، އެ ފަރާތްތަކަށް އެންގުން؛
  7. މީގެ އިތުރުން ވެސް މައްސަލައިގެ ހާލަތަށް ބަލައި ކޮމިށަނަށް ފެންނަ ފިޔަވަޅެއް އެޅުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

48 ވަނަ މާއްދާ - މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ހިމަނަންވާނެ ބައިތައް

ކޮމިށަނުން ބަލައި ގޮތެއް ނިންމާ ކޮންމެ މައްސަލައަކާ ގުޅިގެން، މި ގަވާއިދުގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮމިށަނުން އެކުލަވައިލާ ރިޕޯޓ،ު އެ މައްސަލައެއް ނިމޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައި ދޫކުރަންވާނެއެވެ. އެ ރިޕޯޓުގައި، އަންނަނިވި ބައިތައް ހިމަނަންވާނެއެވެ.

(ހ) މައްސަލަ ހުށަހެޅި ފަރާތް.

(ށ) މައްސަލައިގެ ކޭސް ނަންބަރު.

(ނ) މައްސަލައިގައި ހައްގު ގެއްލިފައިވާކަމަށް ނުވަތަ ހަނިކުރެވިފައިވާކަމަށް ބެލެވޭ ފަރާތް.

(ރ) މައްސަލަ ހުށަހެޅުނު ތާރީހު.

(ބ) މައްސަލަ ނިމުނު ތާރީހު.

(ޅ) ކޮމިށަނަށް ފާހަގަކުރެވުނު ކަންކަން.

(ކ) ކޮމިށަނުގެ ނިންމުން.

 

49 ވަނަ މާއްދާ - މައްސަލަ ނިންމި ގޮތުގެ ރިޕޯޓު ދޫކުރުން

(ހ) ކޮމިށަނުން މައްސަލައެއް ބަލައި ނިންމުމަށްފަހު، އެ މައްސަލައެއް ނިމުނު ގޮތުގެ ހުލާސާ ރިޕޯޓެއް، މައްސަލަ ހުށަހެޅި ފަރާތަށް ކޮމިށަނުން ދޫކުރަންވާނެއެވެ. އަދި މި މަސައްކަތް ކުރިޔަށް ގެންދާނީ އިންވެސްޓިގޭށަން އޮފިސަރެވެ.

(ށ) މައްސަލަ ރައްދުވާ ފަރާތް ނުވަތަ މައްސަލައިގައި ޒިންމާ ނަގަންޖެހޭ ފަރާތެއް ކަމަށް ކޮމިށަނަށް ފެންނަ ފަރާތަކަށް މައްސަލައާ ގުޅިގެން ވަކި ކަމެއް އަންގަންޖެހޭނަމަ، ކޮމިށަނުގެ ނިންމުން އިންވެސްޓިގޭށަން ޑިޕާޓްމަންޓަށް ލިބޭތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ އިދާރާއަކަށް ނުވަތަ އެ ފަރާތަކަށް އެކަން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން މައްސަލައިގެ ހުލާސާ ރިޕޯޓު ދޫކުރި ނަމަވެސް، މައްސަލައިގެ ސިއްރު ހިފެހެއްޓުމުގެގޮތުން ބައެއް މައުލޫމާތު ސިއްރުކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

50 ވަނަ މާއްދާ - މައްސަލައާ ގުޅިގެން މޮނިޓަރކުރަންޖެހޭ ކަންކަން

(ހ) ކޮމިށަނުން މައްސަލައެއް ނިންމުމަށްފަހު، އެ މައްސަލައާ ގުޅިގެން ސިސްޓަމިކް ގޮތެއްގައި މޮނިޓަރކުރަންޖެހޭ މައްސަލައެއްވާކަމަށް ކޮމިށަނުގެ ނިންމުމުގައި ފާހަގަކޮށްފައިވާނަމަ، އިންވެސްޓިގޭށަން ޑިޕާޓްމަންޓަށް ކޮމިށަނުގެ ނިންމުން ލިބޭތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ކަމެއް މޮނިޓަރކުރަމުން ގެންދިޔުމަށް ކޮމިށަނުގެ ކަމާބެހޭ ޑިޕާޓްމަންޓަށް ނުވަތަ ޑިޕާޓްމަންޓްތަކަށް، އިންވެސްޓިގޭށަން ޑިޕާޓްމަންޓުން ފޮނުވަންވާނެއެވެ.

(ށ) ކޮމިށަނުން ނިންމާ ނިންމުންތަކާ ގުޅިގެން އެއްވެސް އިދާރާއަކުން ސިސްޓަމިކް ގޮތެއްގައި މޮނިޓަރކުރަންޖެހޭ ކަންކަން ފާހަގަކޮށްފައިވާނަމަ، އެ ކަންކަން މޮނިޓަރކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު ކޮމިށަނުން އެކުލަވައިލަންވާނެއެވެ.

 

 

އަށްވަނަ ބާބު

އެހެނިހެން

 

51 ވަނަ މާއްދާ - ރިކޯޑު ބެލެހެއްޓުން

ކޮމިށަނަށް މައްސަލަ ހުށަހެޅޭ ހިސާބުން ފެށިގެން އެ މައްސަލައެއް ނިންމައި ފައިލްކުރެވެންދެން، ކޮމިށަނުން އެ މައްސަލައަކާ ގުޅިގެން ކުރާ ހުރިހާ މަސައްކަތެއްގެ ރިކޯޑު، ކޭސް ފައިލްގައްޔާއި ކޭސް މެނޭޖްމަންޓް ސިސްޓަމުގައި ބަލަހައްޓަންވާނެއެވެ.

 

52 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

ކޮމިށަނަށް ހުށަހެޅޭ މައްސަލަތަކުގެ ސިއްރު ހިފަހައްޓަންވާނެއެވެ.

 

53 ވަނަ މާއްދާ - ރީޖަނަލް އޮފީސްތަކުން އަމަލުކުރާނެ އުސޫލު

ހިޔުމަން ރައިޓްސް ކޮމިށަނުގެ ގާނޫނުގެ ދަށުން ހުށަހަޅާ މައްސަލަތައް ބެލުމަށް ޓަކައި ގާއިމުކޮށްފައިވާ ރީޖަނަލް އޮފީހުން ވެސް އެ އޮފީހަށް ހުށަހަޅާ މައްސަލަތައް ބެލުމުގައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް އަމަލުކުރަންވާނެއެވެ. އަދި އިންވެސްޓިގޭށަން ޑިޕާޓްމަންޓެއް އެ އޮފީހެއްގައި ނެތްނަމަ، އިންވެސްޓިގޭށަން ޑިޕާޓްމަންޓުގެ އިސްވެރިޔާގެ ޒިންމާ އަދާކުރާނީ، އެ އޮފީހެއްގެ މައްސަލަތައް ބެލުމުގައި، ޒިންމާ އަދާކުރާ އެންމެ އިސް ފަރާތުންނެވެ.

 

54 ވަނަ މާއްދާ - ގަވާއިދު އިސްލާހުކުރުން 

މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު މި ގަވާއިދަށް އެއްވެސް އިސްލާހެއް ގެންނަންވާނީ، އެ އިސްލާހެއް ކޮމިށަނުން ފާސްކުރުމަށް ފަހުގައެވެ. އަދި އެ އިސްލާހެއް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

55 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން 

މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފުވާ ފަރާތްތަކާމެދު ހިޔުމަން ރައިޓްސް ކޮމިށަނުގެ ގާނޫނުގެ ދަށުން ފިޔަވަޅުއެޅުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

56 ވަނަ މާއްދާ - އުސޫލު ހެދުން

މި ގަވާއިދުގެ ދަށުން ކޮމިށަނުން އެކުލަވައިލަންޖެހޭ އުސޫލުތައް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެކުލަވައިލަންވާނެއެވެ.

 

57 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވާނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން ތިރީގައިވާ އަކުރުތަކަށް ދީފައިވާ މާނަކުރުމެވެ.

(ހ) "އިންވެސްޓިގޭށަން ޑިޕާޓްމަންޓް" ކަމަށް ބުނެފައި އެވަނީ، ކޮމިށަނަށް ހުށަހެޅޭ މައްސަލަތައް އެ އިރެއްގައި ބަލައި ތަހުގީގުކުރުމުގެ މެންޑޭޓު ހަވާލުކޮށްފައިވާ ކޮމިށަނުގެ ޑިޕާޓްމަންޓްތަކާއި ރީޖަނަލް އޮފީސްތަކަށެވެ.

(ށ) "އެންޓްރީ ނަންބަރު" ކަމަށް ބުނެފައި އެވަނީ، ކޮމިށަނަށް ލިބޭ ހުރިހާ ބާވަތެއްގެ ލިޔެކިޔުމެއްގެ ތަރުތީބު އެނގޭނެ ގޮތަށް، ކޮންމެ ލިޔުމަކަށް ދޭ ހާއްސަ ނަންބަރަށެވެ.

(ނ) "އިންވެސްޓިގޭށަން އޮފިސަރު" ކަމަށް ބުނެފައި އެވަނީ، ކޮމިށަނުގެ މައްސަލަތައް ބަލައި ތަހުގީގުކުރުމުގެ މަސައްކަތްކުރާ މުވައްޒަފުންނަށެވެ.

(ރ) "ރަޖިސްޓްރޭށަން ނަންބަރު" ކަމަށް ބުނެފައި އެވަނީ، ކޮމިށަނުން ރަޖިސްޓަރީ ކުރަން ނިންމާ މައްސަލަތަކުގެ ތަރުތީބު ދެނެގަތުމަށާއި، މައްސަލައިގެ ދާއިރާ އެނގޭގޮތަށާއި، ހުށަހެޅުނު އަހަރު އެނގޭ ގޮތަށް، ކޮންމެ މައްސަލައަކަށް ދޭ ވަކި ނަންބަރަށެވެ.

(ބ) "ހިޔުމަން ރައިޓްސް ކޮމިށަނުގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-06 (ހިޔުމަން ރައިޓްސް ކޮމިށަނުގެ ގާނޫނު) އާއި، އެ ގާނޫނަށް ގެނެސްފައިވާ އެންމެހައި އިސްލާހުތައް ހިމެނޭ ގޮތުންނެވެ.

(ޅ) "ޑިރެކްޓިވް" ކަމަށް ބުނެފައި އެވަނީ، ވަކި މައުލޫމާތެއް ކަނޑައެޅޭ ވަކި މުއްދަތެއްގެ ތެރޭގައި ފޯރުކޮށްދިނުމަށް އެދި އަންގާ އެންގުމަށެވެ.

(ކ) "ދައުލަތުގެ އިދާރާ" ކަމަށް ބުނެފައި އެވަނީ، ވެރިކަން ހިންގާ ފަރާތާއި، ރައްޔިތުންގެ މަޖިލީހާއި، އަދުލުއިންސާފު ގާއިމުކުރުމުގެ ބާރާއި، މިނިވަން މުއައްސަސާތަކާއި، މުސްތަގިއްލު މަގާމުތަކާއި، ސަލާމަތީ ހިދުމަތްތަކާއި، ގާނޫނުއަސާސީގެ ދަށުން އިންތިހާބުކުރެވޭ ކައުންސިލުތައް ހިމެނޭ ގޮތުގެ މަތީންނެވެ. އަދި އެ ތަނެއް ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ ތަނަކާއި، ދައުލަތުގެ ބަޖެޓުން އެހީ ލިބިގެން ހިންގާ ކޮންމެ ތަނެއް ހިމެނޭގޮތުންނެވެ.

(އ) "ކޮޕީ ސިޓީ" ކަމަށް ބުނެފައި އެވަނީ، އެހެން ފަރާތަކަށް / އިދާރާތަކަށް އެޑްރެސްކޮށް ކޮމިށަނަށް ކޮޕީކޮށް ފޮނުވާ ސިޓީތަކަށެވެ.

(ވ) "ކޭސް ނަންބަރު" ކަމަށް ބުނެފައި އެވަނީ، ކޮމިށަނުން ތަހުގީގު ކުރަން ނިންމާ މައްސަލަތަކުގެ ތަރުތީބު ދެނެގަތުމަށާއި، މައްސަލައިގެ ދާއިރާ އެނގޭގޮތަށާއި، ހުށަހެޅުނު އަހަރު އެނގޭ ގޮތަށް، ކޮންމެ މައްސަލައަކަށް ދޭ ވަކި ނަންބަރަށެވެ.

 

58 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާތާ 6 (ހައެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ހިޔުމަން ރައިޓްސް ކޮމިށަނުގެ ގާނޫނު (ގާނޫނު ނަންބަރު 2006-06)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު