ހިޔުމަން ރައިޓްސް ކޮމިށަނުގެ ގާނޫނު (ގާނޫނު ނަންބަރު 2006-06) ގެ ދަށުން ކޮމިށަނުން ބަލާ މައްސަލަތައް ތަޙުގީގުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2025-68)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 6 ޖުލައި 2025 ގައި)
ގާނޫނު ނަންބަރު 2006-06 (ހިޔުމަން ރައިޓްސް ކޮމިށަނުގެ ގާނޫނު) ގެ ދަށުން ކޮމިށަނުން ބަލާ މައްސަލަތައް ތަހުގީގުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު އަށް އަންނަނިވިި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކޮމިށަނާ ހިލޭ ގުޅޭ ފޯނު ނަންބަރު 1424 އަކީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 12:00 އަށް އަދި ރަސްމީ ބަންދު ދުވަސްތަކުގެ މެންދުރުފަހު 2:00 އިން ރޭގަނޑު 12:00 އާ ދެމެދުގެ ގަޑިތަކުގައި މައްސަލަ ހުށަހެޅުމަށް ގުޅޭނެ ނަންބަރެކެވެ. މި ނަންބަރަށް އަންނަ ކޯލުތަކަށް ޖަވާބުދާރީވާނީ އިންވެސްޓިގޭށަން ޑިޕާޓްމަންޓުން އެކަމަށް ކަނޑައަޅައިފައިވާ މުވައްޒަފުންނެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ބ) މި ގަވާއިދުގެ ދަށުން ކޮމިށަނަށް މައްސަލަ ހުށަހެޅުމާ ގުޅޭ އިޖުރާތުތައް ބަޔާންކޮށް އުސޫލެއް އެކުލަވައިލަންވާނެއެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ނ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލަ އެންޓްރީކުރުމަށްފަހު އަންނަނިވި ހާލަތްތަކުގައި މައްސަލައިގެ ރަޖިސްޓަރީ ނަންބަރެއް ދިނުމަކާ ނުލައި، އިންވެސްޓިގޭށަން ޑިޕާޓްމަންޓް ސުޕަވައިޒްކުރާ ފަރާތްތަކުގެ އިރުށާދުގެ ދަށުން، އެ މައްސަލައެއްގެ އެންޓްރީ އިންވެސްޓިގޭށަން ޑިޕާޓްމަންޓަށް ލިބޭތާ ރަސްމީ ބަންދުނޫން 14 (ސާދަ) ދުވަހުގެ ތެރޭގައި، އެ މައްސަލަ ހުށަހެޅި ފަރާތަށް ލިޔުމުން ޖަވާބުދޭންވާނެއެވެ.
- އެހެން މައްސަލައެއްގެ ތެރެއިން އެ މައްސަލަ ކޮމިށަނުން ބެލުން؛
- އެހެން އިދާރާތަކަށް ފޮނުވާ ކޮޕީ ސިޓީ؛
- ކޮމިށަނަށް ލިބޭ ކޮޕީ ސިޓީއެއް ނުވަތަ އެ ނޫން ލިޔުމެއްގައި ހިމެނޭ ކަންކަމަކީ ވަކި މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ ފަދަ ކަމެއްކަމަށް ފާހަގަވާ ހާލަތުގައި، އެ މައްސަލައަށް ރަޖިސްޓަރީ ނަންބަރެއް ދީ، އެ މައްސަލައެއް ދަފުތަރުކުރަންވާނެއެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރުން.
ކޮމިށަނަށް ހުށަހެޅޭ އަދި އަމިއްލަ އިސްނެގުމުގައި ބަލާ މައްސަލައެއްގެ ބާވަތުން އެ މައްސަލައަކާ ގުޅުންހުރި އިދާރާއެއްގެ ސަމާލުކަމަށް ގެންނަންޖެހޭ ފަދަ ކަމެއް ފާހަގަވާ ނަމަ، އެ ކަންކަން އެ އިދާރާގެ ސަމާލުކަމަށް ގެނައުމަށް ނިންމުން.
5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަކުރެއް އިތުރުކުރުން.
(ރ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮމިށަނުން އެ މައްސަލައެއް ތަހުގީގު ނުކުރުމަށް ނިންމައިފި ނަމަ، އެ ނިންމުން އިންވެސްޓިގޭށަން ޑިޕާޓްމަންޓަށް ލިބޭތާ ރަސްމީ ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި، މައްސަލަ ހުށަހެޅި ފަރާތަށް ލިޔުމުން އެކަން އަންގަންވާނެވެ.
6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
މި ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮމިށަނަށް ހުށަހަޅާ މައްސަލަ ރަޖިސްޓަރީކުރުމަށްފަހު، އެ މައްސަލައެއް ކޮމިށަނުން ތަހުގީގުކުރުމަށް ކޮމިށަނުގެ ޖަލްސާއެއްގައި ނިންމައިފި ނަމަ، އެ ނިންމުން އިންވެސްޓިގޭށަން ޑިޕާޓްމަންޓަށް ލިބޭތާ ރަސްމީ ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި، ތަހުގީގުކުރުމަށް ނިންމިކަމުގެ ލިޔުން، މައްސަލަ ހުށަހެޅި ފަރާތަށް ދޭންވާނެއެވެ.
7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާގެ (ރ) އުނިކުރުން.
8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާގެ (ވ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ވ) ކޮމިށަނުން މައްސަލަ ބަލައި ނިމުމަށްފަހު، ކޮމިށަނުގެ ނިންމުން އިންވެސްޓިގޭށަން ޑިޕާޓްމަންޓަށް ލިބޭތާ ރަސްމީ ބަންދުނޫން 14 (ސާދަ) ދުވަހުގެ ތެރޭގައި، މައްސަލަ ނިމުނުގޮތުގެ ހުލާސާ ރިޕޯޓު ތައްޔާރުކޮށް ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުމާއި، މައްސަލައާ ގުޅޭގޮތުން ރިކޮމެންޑޭށަން ދީފައިވާ ފަރާތްތަކަށް އެކަން އަންގައި، މައްސަލަ ކުރިޔަށްދާ ގޮތް ބަލައި، ކޭސް މެނޭޖްމަންޓް ސިސްޓަމް އަޕްޑޭޓްކުރުން.
9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 19 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ހ) ކޮމިށަނުން ތަހުގީގުކުރުމަށް ނިންމާ ކޮންމެ މައްސަލައެއްގެ ތަހުގީގު ކުރިޔަށްދާނެ ގޮތުގެ ޕްލޭނެއް، އެ މައްސަލައެއް ގެންގުޅޭ އިންވެސްޓިގޭށަން އޮފިސަރ،ު އޭނާގެ މަސައްކަތް ސުޕަވައިޒްކުރާ ފަރާތެއްގެ ލަފާގެ މަތީން އެކުލަވައިލަންވާނެއެވެ.
10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 30 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 30 ވަނަ މާއްދާގެ (ރ) އުނިކުރުން.
12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 31 ވަނަ މާއްދާގެ (ނ) އުނިކުރުން.
13 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 35 ވަނަ މާއްދާގެ (ކ) އުނިކުރުން.
14 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ހ) ގާނޫނީ ވަކީލަކު އައްޔަނުކުރަން ބޭނުންވާ ނަމަ، ގާނޫނީ ވަކީލަކު އައްޔަނުކުރުމަށް ފުރަތަމަފަހަރު ރަސްމީ ބަންދުނޫން 3 (ތިނެއް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ. އަދި އެ 3 (ތިނެއް) ދުވަހުގެ ތެރޭގައި ގާނޫނީ ވަކީލަކު ނުލިބިގެން ދެވަނަ ފުރުސަތަކަށް އެދިއްޖެ ނަމަ، ރަސްމީ ބަންދުނޫން އިތުރު 3 (ތިނެއް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ. ދެވަނަފަހަރަށް ދެވުނު މުއްދަތުގައި ގާނޫނީ ވަކީލަކު އައްޔަނުކޮށްފައި ނުވާ ނަމަ، އެ މީހަކު ގާނޫނީ ވަކީލަކު އައްޔަނުކުރުމުގެ ފުރުސަތު ދޫކޮށްލީކަމުގައި ބެލެވޭނެއެވެ.
15 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 48 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ކޮމިށަނުން ބަލައި ގޮތެއް ނިންމާ ކޮންމެ މައްސަލައަކާ ގުޅިގެން، މި ގަވާއިދުގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮމިށަނުން އެކުލަވައިލާ ރިޕޯޓު، ކޮމިށަނުގެ ނިންމުން އިންވެސްޓިގޭށަން ޑިޕާޓްމަންޓަށް ލިބޭތާ ރަސްމީ ބަންދުނޫން 14 (ސާދަ) ދުވަހުގެ ތެރޭގައި ދޫކުރަންވާނެއެވެ. އެ ރިޕޯޓުގައި، އަންނަނިވި ބައިތައް ހިމަނަންވާނެއެވެ.
(ހ) މައްސަލަ ހުށަހެޅި ފަރާތް؛
(ށ) މައްސަލައިގެ ކޭސް ނަންބަރު،
(ނ) މައްސަލައިގައި ހައްގު ގެއްލިފައިވާކަމަށް ނުވަތަ ހަނިކުރެވިފައިވާކަމަށް ބެލެވޭ ފަރާތް؛
(ރ) މައްސަލަ ހުށަހެޅުނު ތާރީހު؛
(ބ) މައްސަލަ ނިމުނު ތާރީހު؛
(ޅ) ކޮމިށަނަށް ފާހަގަކުރެވުނު ކަންކަން.
(ކ) ކޮމިށަނުގެ ނިންމުން.
16 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 49 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ށ) މައްސަލަ ރައްދުވާ ފަރާތް ނުވަތަ މައްސަލައިގައި ޒިންމާ އުފުލަންޖެހޭ ފަރާތެއްކަމަށް ކޮމިށަނަށް ފެންނަ ފަރާތަކަށް މައްސަލައާ ގުޅިގެން ވަކި ކަމެއް އަންގަންޖެހޭ ނަމަ، ކޮމިށަނުގެ ނިންމުން އިންވެސްޓިގޭށަން ޑިޕާޓްމަންޓަށް ލިބޭތާ ރަސްމީ ބަންދުނޫން 7 (ހަތެއް) ދުވަހުގެ
17 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 50 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ހ) ކޮމިށަނުން މައްސަލައެއް ނިންމުމަށްފަހު، އެ މައްސަލައާ ގުޅިގެން ސިސްޓަމިކް ގޮތެއްގައި މޮނިޓަރކުރަންޖެހޭ މައްސަލައެއް އޮތްކަމަށް ކޮމިށަނުގެ ނިންމުމުގައި ފާހަގަކޮށްފައިވާ ނަމަ، އިންވެސްޓިގޭށަން ޑިޕާޓްމަންޓަށް ކޮމިށަނުގެ ނިންމުން ލިބޭތާ ރަސްމީ ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ކަމެއް މޮނިޓަރކުރަމުން ގެންދިޔުމަށް ކޮމިށަނުގެ ކަމާބެހޭ ޑިޕާޓްމަންޓަށް ނުވަތަ ޑިޕާޓްމަންޓްތަކަށް، އިންވެސްޓިގޭށަން ޑިޕާޓްމަންޓުން ފޮނުވަންވާނެއެވެ.
18 ބުނެވިދިޔަ ގަވާއިދުގެ 50 ވަނަ މާއްދާގެ (ށ) އުނިކުރުން.
19 ބުނެވިދިޔަ ގަވާއިދުގެ 53 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ހިޔުމަން ރައިޓްސް ކޮމިށަނުގެ ގާނޫނުގެ ދަށުން ހުށަހަޅާ މައްސަލަތައް ބެލުމަށް ޓަކައި ގާއިމުކޮށްފައިވާ ރީޖަނަލް އޮފީހުން ވެސް އެ އޮފީހަށް ހުށަހަޅާ މައްސަލަތައް ބެލުމުގައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރތަކަށާއި އުސޫލަށް އަމަލުކުރަންވާނެއެވެ. އަދި އިންވެސްޓިގޭށަން ޑިޕާޓްމަންޓެއް އެ އޮފީހެއްގައި ނެތް ނަމަ، އިންވެސްޓިގޭށަން ޑިޕާޓްމަންޓުގެ އިސްވެރިޔާގެ ޒިންމާ އަދާކުރާނ،ީ އެ އޮފީހެއްގެ މައްސަލަތައް ބެލުމުގައި، ޒިންމާ އަދާކުރާ އެންމެ އިސް ފަރާތުންނެވެ.
20 ބުނެވިދިޔަ ގަވާއިދުގެ 56 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރތަކާއި އުސޫލު އެކުލަވާލުން 56.
(ހ) މި ގަވާއިދުގެ ދަށުން ކޮމިށަނުން އެކުލަވައިލަންޖެހޭ އުސޫލ،ު މި ގަވާއިދަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެކުލަވައިލަންވާނެއެވެ.
(ށ) މި ގަވާއިދުގެ ދަށުން ކޮމިށަނުން އަދާކުރާ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާކުރުމަށް ޓަކައި އަންނަނިވި ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރތައް ކޮމިށަނުގައި އެކުލަވައިލައިފައި އޮންނަންވާނެއެވެ.
- ހިޔުމަން ރައިޓްސް ކޮމިށަނުގެ ގާނޫނުގެ ދަށުން ކޮމިށަނާ ހިލޭ ގުޅޭ ނަންބަރު 1424 އަށް އަންނަ ފޯނުކޯލުތަކަށް ޖަވާބުދިނުމުގައި އަމަލުކުރާނެ ގޮތުގެ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ.
- ހިޔުމަން ރައިޓްސް ކޮމިށަނުގެ ގާނޫނުގެ ދަށުން ކޮމިށަނުން ބަލާ މައްސަލަތަކުގެ ކޭސް މެނޭޖްމަންޓާ ގުޅޭ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ.
- ހިޔުމަން ރައިޓްސް ކޮމިށަނުގެ ގާނޫނުގެ ދަށުން، ކުއްލި ހާލަތަކާ ގުޅިގެން ދިމާވާ މައްސަލަތައް ބެލުމަށް ޓަކައި ރެޕިޑް ރެސްޕޮންސް ޓީމް އެކުލަވައިލައި ހަރަކާތްތެރިވުމުގައި އަމަލުކުރާނެ ގޮތުގެ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ.
- ހިޔުމަން ރައިޓްސް ކޮމިށަނުގެ ގާނޫނުގެ ދަށުން ކޮމިށަނަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ.
- ހިޔުމަން ރައިޓްސް ކޮމިށަނުގެ ގާނޫނުގެ ދަށުން ކޭސް ރިލޭޓެޑް ރިކޮމެންޑޭށަން، ކޮންސާންސް ސިޓީ، އިލްތިމާސް ސިޓީ، ސަމާލު ސިޓީ ފާހަގަކުރުން އަދި ދެންނެވުން ފަދަ ލިޔެކިޔުން އިދާރާތަކާ ހިއްސާކުރުމާއި ފޮލޯއަޕްކުރުމުގައި އަމަލުކުރަންޖެހޭ ގޮތުގެ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ.
- ހިޔުމަން ރައިޓްސް ކޮމިށަނުގެ ގާނޫނުގެ ދަށުން ކޮމިށަނުން ބަލާ މައްސަލަތައް ތަހުގީގުކުރުމުގައި ކުޑަކުދިންނާ ސުވާލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ.
- ހިޔުމަން ރައިޓްސް ކޮމިށަނުގެ ގާނޫނުގެ ދަށުން ކޮމިށަނުން މައްސަލަތައް ތަހުގީގުކުރުމާ ގުޅޭ އިޖުރާއަތުތައް ބަޔާންކުރާ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ.
21 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނ،ީ މި ގަވާއިދުގައި ހިމެނޭ މި އިސްލާހުތައް ކޮމިށަނުން ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު