-

ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-160) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-113)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 28 މޭ 2023 ގައި)

 

ގަވާއިދު ނަންބަރު 2021-160 (ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ހިންގުމުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހު ގެނައުމުގެ ގަވާއިދު

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ވ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ވ) އިންސްޓިޓިއުޓް ހިންގަން ހުށަހަޅާ އިމާރާތަކ،ީ މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "އިންސްޓިޓިއުޓް ހިންގުމަށް ހުށަހަޅާ އިމާރާތުގައި ހުންނަންވާނެ އަސާސީ މިންގަނޑުތައް" ފުރިހަމަކޮށްފައިވާ އިމާރާތަކަށް ވާންވާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާގެ (ރ) އާއ،ި (ބ) އާއ،ި (ޅ) އާއ،ި (ކ) އާއ،ި (އ) އަންނަނިވި ގޮތަ ށް 
އިސްލާހުކުރުން.

(ރ) ގާނޫނު ނަންބަރު 2022-03 (ޖަމްއިއްޔާތަކުގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ޖަމްއިއްޔާއެއް.

(ބ) މި މާއްދާގެ (ހ) އާއ،ި (ށ) އާއ،ި (ނ) ގައިވާ ފަރާތްތަކުން ކުރެ ފަރާތަކަށް އިންސްޓިޓިއުޓެއް ރަޖިސްޓަރީކޮށްދެވޭނ،ީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއެއްގެ ދަށުންނެވެ.

(ޅ) މި މާއްދާގެ (ށ) އާއ،ި (ނ) އާއ،ި (ރ) ގައިވާ ފަރާތްތަކުން ކުރެ ފަރާތަކަށް އިންސްޓިޓިއުޓެއް ރަޖިސްޓަރީކުރުމަށް ހުށަހަޅާނަމ،ަ އިންސްޓިޓިއުޓުގެ ކަންކަމުގައި މަސްއޫލުވާނެ ފަރާތެއް އައްޔަނު ކުރަންވާނެއެވެ.

(ކ) މި މާއްދާގެ (ށ) އާއ،ި (ނ) ގައިވާ ފަރާތަކުން އިންސްޓި ޓިއުޓުގެ ކަންކަމުގައި މަސްއޫލުވާނެ ފަރާތެއްގެ ގޮތުގައި އައްޔަނުކުރާ ފަރާތް ވާންވާނ،ީ އެ ޕާޓްނަރށިޕް ނުވަތަ ކުންފުނީގައި ހިއްސާވާ ފަރާތަކަށެވެ.

(އ) މި މާއްދާގެ (ހ) ގައިވާ ފަރާތުން އިންސްޓިޓިއުޓުގެ ކަންކަމުގައި މަސްއޫލުވާނެ ފަރާތެއްގެ ގޮތުގައި އައްޔަނު ކުރަންވާނ،ީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނުގެ ދަށުން އެ ފަރާތެއްގެ ނަންމަތީގައި ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) އައު މަސްއޫލުވެރި ފަރާތުގެ ދަށުގައި އިންސްޓިޓިއުޓް ރަޖިސްޓަރީ ކުރުމަށް މި ގަވާއިދުގެ ދަށުން އެދި ހުށަހަޅާނ،ީ މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "އިންސްޓިޓިއުޓު ގެ މަސްއޫލުވެރިފަރާތް ބަދަލުކުރުމަށް އެދޭ ފޯމު" މެދުވެރިކޮށެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) މި ގަވާއިދުގެ ދަށުން އިންސްޓިޓިއުޓް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާނ،ީ މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "އިންސްޓިޓިއުޓް ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު" އާއި "ޕްރޮ ފޯމާ ފޮރ އިންސްޓިޓިއުޓް ރަޖިސްޓްރޭށަން" މެދުވެރިކޮށެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާގެ (ށ) އާއި (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) އައުޓްރީޗް ސެންޓަރެއްގެ ގޮތުގައި ބޭނުންކުރަން ހުށަހަޅާ ތަނަކ،ީ މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "އިންސްޓިޓިއުޓް ހިންގުމަށް ހުށަހަޅާ އިމާރާތުގައި ހުންނަންވާނެ އަސާސީ މިންގަނޑުތައް" ފުރިހަމަކޮށްފައިވާ ތަނަކަށް ވާންވާނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން އައުޓްރީޗް ސެންޓަރެއްގެ ގޮތުގައި ތަނެއް ހިންގުމުގެ ހުއްދައަށް އެދި ހުށަހަޅާނ،ީ މި ނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "އައުޓްރީޗް ސެންޓަރ ހިންގުމުގެ ހުއްދަ ހޯދުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް" އާ އެކުގައެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 19 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މި ގަވާއިދުގެ ދަށުން އިންސްޓިޓިއުޓެއް ރަޖިސްޓަރީކުރުމަށްފަހު ރަޖިސްޓަރީއަށް ބަދަލެއް ގެންނަނަމ،ަ ނުވަތަ ރަޖިސްޓަރީ ގެއްލިގެން ނުވަތަ ރަޖިސްޓަރީ ހަލާކުވެގެން އައު ރަޖިސްޓަރީއެއް ހައްދަން އެދޭނަމ،ަ އިންސްޓިޓިއުޓުގެ މަސްއޫލުވެރިޔާ އެކަމަށް އެދޭ ސިޓީއާއެކ،ު މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "ރަޖިސްޓަރީ އައުކުރުމަށް އެދޭ ފޯމު" ހުށަހަޅަންވާނެއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) (2). އިންސްޓިޓިއުޓުގެ މިލްކުވެރި ފަރާތުން ނުވަތަ ފަރާތްތަކުން އެ އިންސްޓިޓިއުޓެއް އުވައިލަން އެދުން.

(ނ) އިންސްޓިޓިއުޓުގެ މިލްކުވެރި ފަރާތުން ނުވަތަ ފަރާތްތަކުން އެ އިންސްޓިޓިއުޓެއް އުވައިލަން އެދޭހިނދ،ު އެއްވެސް ޕްރޮގްރާމެއް ނުވަތަ ކޯހެއް ހިންގަމުންދާނަމ،ަ އެ ޕްރޮގްރާމެއް ނުވަތަ ކޯހެއް ނިމެންދެން އިންސްޓިޓިއުޓް އުވައިނުލައި ކުރިޔަށް ގެންދެވޭނެއެވެ. އަދި އިންސްޓިޓިއުޓުގައި އެ ޕްރޮގްރާމެއް ނުވަތަ ކޯހެއް ފުރިހަމަކުރުމަށް ދަތިވާނަމ،ަ އެންރޯލްވެފައިވާ ދަރިވަރުނ،ް މަތީ ތައުލީމާއި ތަމްރީނުދޭ އެހެން މަރުކަޒެއްގައި އެ ޕްރޮގްރާމް ނުވަތަ ކޯސް ފުރިހަމަކުރެވޭނެ އިންތިޒާމ،ު އެ އިންސްޓިޓިއުޓެއްގެ ފަރާތުން ހަމަޖައްސައިދޭން ވާނެއެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި އިތުރު ދަރިވަރުން ބައިވެރިކުރާ އިތުރު ޕްރޮގްރާމެއް ނުވަތަ ކޯހެއް އެ އިންސްޓިޓިއުޓަކަށް ނުހިންގޭނެއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 22 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) މި ގަވާއިދުގެ ދަށުން ކޮލެޖެއް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާނ،ީ މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "ކޮލެޖް ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު" އާއި "ޕްރޮ ފޯމާ ފޮރ ކޮލެޖް ރަޖިސްޓްރޭށަން" މެދުވެރިކޮށެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 23 ވަނަ މާއްދާގެ (ދ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ދ) ކޮލެޖް ހިންގަން ހުށަހަޅާ އިމާރާތަކީ ނުވަތަ ތަނަކީ މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވ،ާ "ކޮލެޖް ހިންގުމަށް ހުށަހަޅާ އިމާރާތުގައި ހުންނަންވާނެ އަސާސީ މިންގަނޑުތައް" ފުރިހަމަވެފައިވާ ތަނަކަށް ވުމާއެކ،ު އިމާރާތުގެ ބޭނުންކުރުމަށް ސަރުކާރުން ހުއްދަ ލިބިފައިވާ އިމާރާތެއްގައި ހިންގާ ތަނަކަށް ވާންވާނެއެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 34 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރާއި (ށ) އާއި (ބ) އަންނަނިވި ގޮތަށް 
އިސްލާހުކުރުން.

(ހ) (4). ގާނޫނު ނަންބަރު 2022-03 (ޖަމްއިއްޔާތަކުގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ޖަމްއިއްޔާއެއް.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއ،ި (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައިވާ ފަރާތަކަށް ކޮލެޖެއް ރަޖިސްޓަރީކޮށްދެވޭނ،ީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިއެއްގެ ދަށުންނެވެ.

(ބ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ފަރާތުން ކޮލެޖު ގެ ކަންކަމުގައި މަސްއޫލުވާނެ ފަރާތެއްގެ ގޮތުގައި އައްޔަނުކުރަންވާނ،ީ ގާނޫނު ނަންބަރު 2014-19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު) ގެ ދަށުން އެ ފަރާތެއްގެ ނަންމަތީގައި ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 35 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) މަސްއޫލުވެރި ފަރާތް ބަދަލުކުރަން އެދޭނ،ީ މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "ކޮލެޖުގެ މަސްއޫލުވެރިފަރާތް ބަދަލުކުރުމަށް އެދޭ ފޯމު"މެދުވެރިކޮށެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 37 ވަނަ މާއްދާގެ (ހ) އާއި (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ކޮލެޖް ރަޖިސްޓަރީ ކުރުމަށް އެދި ފޮނުވާ ޕްރޮޕޯޒަލްގައ،ި މި ގަވާއިދުގައިވާ ށަރުތުތައް ފުރިހަމަވާކަން ސާބިތުކޮށްދިނުމާއެކ،ު އެކަމަށް ހާއްސަކޮށް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "ޕްރޮ ފޯމާ ފޮރ ކޮލެޖް ރަޖިސްޓްރޭށަން" ގައި ބަޔާންކޮށްފައިވާ ތަފުސީލު ހިމަނަންވާނެއެވެ.

(ރ) ކޮލެޖެއްގެ ގޮތުގައި 3 (ތިނެއް) އަހަރުދުވަހުގެ އިންތިގާލީ މުއްދަތަކަށް ރަޖިސްޓަރީކޮށް ހިންގުމުގެ ހުއްދަ ދޭނ،ީ ޕްރޮޕޯޒަލް ދިރާސާކުރާ ޕެނަލުން ޕްރޮޕޯޒަލް ދިރާސާކޮށ،ް ސައިޓް ބަލައ،ި މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "ޕްރޮ ފޯމާ ފޮރ ކޮލެޖް ރަޖިސްޓްރޭށަން" ގައި ފާހަގަކޮށްފައިވާ ކަންކަމަށް ބެލުމަށްފަހ،ު ކޮލެޖް ފެންވަރުގައި ހިންގުމަށް ބޭނުންވާ ވަސީލަތްތަކާއި ގާބިލްކަނ،ް ޕްރޮޕޯޒަލް ހުށަހެޅި ފަރާތުގައި ހުރިކަމަށް މިނިސްޓްރީން ފާސްކުރުމުންނެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 40 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މި ގަވާއިދުގެ ދަށުން ކޮލެޖެއް ރަޖިސްޓަރީކުރުމަށްފަހ،ު ރަޖިސްޓަރީއަށް ބަދަލެއް ގެންނަ ނަމ،ަ ނުވަތަ ރަޖިސްޓަރީ ގެއްލިގެން ނުވަތަ ހަލާކުވެގެން އައު ރަޖިސްޓަރީއެއް ހައްދަން އެދޭނަމ،ަ ކޮލެޖުގެ މަސްއޫލުވެރިޔާ އެކަމަށް އެދޭ ސިޓީއާއެކ،ު މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "ރަޖިސްޓަރީ އައުކުރުމަށް އެދޭ ފޯމު" ހުށަހަޅަންވާނެއެވެ.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 41 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ބ) ކޮލެޖުގެ މިލްކުވެރި ފަރާތުން ނުވަތަ ފަރާތްތަކުން އެ ކޮލެޖެއް އުވައިލަން އެދޭ ހިނދ،ު އެއްވެސް ޕްރޮގްރާމެއް ނުވަތަ ކޯހެއް ހިންގަމުންދާ ނަމ،ަ އެ ޕްރޮގްރާމެއް ނުވަތަ ކޯހެއް ނިމެންދެން ކޮލެޖް އުވައިނުލައި ކުރިޔަށް ގެންދެވޭނެއެވެ. އަދި ކޮލެޖުގައި އެ ޕްރޮގްރާމެއް ނުވަތަ ކޯހެއް ފުރިހަމަކުރުމަށް ދަތިވާނަމ،ަ އެ ންރޯލްވެފައިވާ ދަރިވަރުނ،ް މަތީ ތައުލީމާއި ތަމްރީނުދޭ އެހެން މަރުކަޒެއްގައ،ި އެ ޕްރޮގްރާމް ނުވަތަ ކޯސް ފުރިހަމަކުރެވޭނެ އިންތިޒާމ،ު އެ ކޮލެޖެއްގެ ފަރާތުން ހަމަޖައްސައި ދޭންވާނެއެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި އިތުރު ދަރިވަރުން ބައިވެރިކުރާ އިތުރު ޕްރޮގްރާމެއް ނުވަތަ ކޯހެއް ނުހިންގޭނެއެވެ.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 45 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރ،ު މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ އިންސްޓިޓިއުޓެއްގައި ނުވަތަ ކޮލެޖެއްގައި ހުންނަންޖެހޭކަމަށް މި ގަވާއިދުގައި ކަނޑައަޅައިފައިވާ މިންގަނޑެއް އުނިވެއްޖެނަމ،ަ 6 ޖުލައި 2023 ގެ ކުރިން މި ގަވާއިދުގައިވާ މިންގަނޑުތަކަށް ފައްތައި އެ އިންސްޓިޓިއުޓެއްގެ ނުވަތަ ކޮލެޖެއްގެ ރަޖިސްޓަރީ އައުކުރަންވާނެއެވެ. އަދި އެއްވެސް ސަބަބަކާހުރެ މި ގަވާއިދާ އެއްގޮތަށް އިންސްޓިޓިއުޓެއް ނުވަތަ ކޮލެޖެއް ރަޖިސްޓަރީ ނުކުރެވޭނެ ހާލަތެއް ދިމާވެއްޖެނަމ،ަ ސަބަބު ބަޔާންކޮށް މިނިސްޓްރީއަށް އެކަން ލިޔުމުން އަންގަންވާނެއެވެ. އަދި ބަޔާންކޮށްފައިވާ ހާލަތަށް ރިއާޔަތްކޮށ،ް އެ ހާލަތަކީ މަގުބޫލު އުޒުރެއްކަމަށް މިނިސްޓްރީއަށް ފެނިއްޖެނަމ،ަ އިތުރު މުއްދަތު ދޭންވާނެއެވެ. އިންސްޓިޓިއުޓުން ނުވަތަ ކޮލެޖުން މިގޮތަށް އަމަލު ނުކޮށްފިނަމ،ަ މި ގަވާއިދުގައިވާ ގޮތުގެ މަތީން އެ އިންސްޓިޓިއުޓެއް ނުވަތަ ކޮލެޖެއް އުވައިލައ،ި މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކުގެ ދަފުތަރުން އުނިކުރެވޭނެއެވެ.

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގައިވާ ޖަދުވަލުތައް މި އިސްލާހާ ގުޅިގެން އުނިކުރުން.

 

17 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-160)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ހިންގުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2021-160)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު