-

އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި، 55 އަހަރު ނުވިނަމަވެސް، ސިއްހީ ސަބަބުތަކަށް ޓަކައި--- ގަވާއިދު (ނަންބަރު 2022-57) އަށް 1ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-182)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 31 އޮކްޓޫބަރު 2022 ގައި)

 

ގަވާއިދު ނަންބަރު 2022-57 (އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި، 55 އަހަރު ނުވިނަމަވެސް، ސިއްހީ ސަބަބުތަކަށް ޓަކައި އަމިއްލައަށް އެދިގެން މަގާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) އަށް  1 ވަނަ އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ -

ގަވާއިދު ނަންބަރު  2022-57 (އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި، 55 އަހަރު ނުވިނަމަވެސް ސިއްހީ ސަބަބުތަކަކަށް ޓަކައި އަމިއްލައަށް އެދިގެން މަގާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށްއިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެގަވާއިދު) ގެ ނަން އަންނަނިވި ގޮތަށް އިސްލާހުކުރުން.

 

ފަނޑިޔާރުންގެ ރިޓަޔަރމަންޓް ގަވާއިދު 

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 1 ވަނަ މާއްދާގެ (ހ) އާއި (ށ) އިސްލާހު ކުރުން.

ތައާރުފާއި ނަން 1.

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ 27 ވަނަ މާއްދާ ދަށުން، އުމުރުން 55  (ފަންސާސްފަހެއް) އަހަރު ވުމުން އަމިއްލައަށް އެދިގެން ފަނޑިޔާރުކަމުން ވަކިވެއްޖެނަމަ، އެ ގާނޫނުގެ 28 ވަނަ މާއްދާގެ (ށ) ގެ ދަށުން ދެވޭ އިނާޔަތާއި، އެ ގާނޫނުގެ 66 ވަނަ މާއްދާގެ (ނ) ގެ ދަށުން މުސްކުޅިކުރެވޭ ފަރާތްތަކަށް ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅާ އިނާޔަތް ބަޔާންކުރާ އަދި 55 އަހަރު ނުވިކަމުގައި ވިޔަސް، ށަރަފުވެރިކަމާއެކު މަގާމުން ވަކިވެވޭނެ އުސޫލު ބަޔާންކުރާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔަނީ، "ފަނޑިޔާރުންގެ ރިޓަޔަރމަންޓް ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 1 ވަނަ މާއްދާގެ ފަހަތަށް 1-1 ގެ ގޮތުގައި މާއްދާއެއް އިތުރުކުރުން.

ށަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވުން 1-1.

(ހ) ތައުދީބީ މައްސަލައެއްގައި ފަނޑިޔާރުންގެ ވަޒީފާއިން ވަކިކުރުމަށް ނިންމާ ފަނޑިޔާރުންނާއި، ފަނޑިޔާރެއްގެ މަގާމުގައި ހުރެ ކުރި ކަމެއްގެ ސަބަބުން އޭނާއާމެދު އެޅިދާނެ ތައުދީބީ ފިޔަވަޅަކުން ބަރީއަވުމަށް ޓަކައި ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާދޭ ނުވަތަ ވަކިވާ ފަރާތްތައް ފިޔަވައި، ފަނޑިޔާރެއްގެ ގޮތުގައި ހުރެވޭނެ އެންމެ ދޮށީ އުމުރު ހަމަވުމުން ވަޒީފާއިން ވަކިކުރާ ފަރާތްތަކާއި، އެއްވެސް ތައުދީބީ މައްސަލައެއް އުފުލިފައި ނެތް ހާލަތުގައި، އަދި އެފަދަ މައްސަލައެއް އުފުލުމުގެ ހާލަތު ވެސް އުފެދިފައި ނެތި، އަމިއްލަ އިހްތިޔާރުގައި ފަނޑިޔާރުކަމުގެ ވަޒީފާއިން އިސްތިއުފާދޭ ނުވަތަ ވަކިވާ ފަނޑިޔާރުންގެ ތެރެއިން މި މާއްދާގެ (ށ) ގައިވާ ށަރުތުތައް ހަމަވާ ފަނޑިޔާރުންގެ ތެރެއިން މި ގަވާއިދުގައިވާ ގޮތުގެ މަތީން ށަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން ވަކިވުމަށް އެދޭ ފަނޑިޔާރުންނެވެ.

(ށ) ށަރަފުވެރިކަމާއެކު މަގާމުން ވަކިކޮށްދިނުމަށް އެދެވޭނެ ފަރާތްތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. ފަނޑިޔާރުކަމުގައި 10 (ދިހައެއް) އަހަރުދުވަހު ހިދުމަތް ކޮށްފައިވާ ފަނޑިޔާރުން؛
  2. ސުލޫކީ މައްސަލައެއް ސާބިތުވެ، އެކަމުގެ ފިޔަވަޅެއްގެ ގޮތުން، ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަންގެ ގާނޫނު) ގެ 1-32 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިބަޔާންކޮށްފައިވާ ފިޔަވަޅު، ވޭތުވެދިޔަ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އަޅައިފައިނުވާ ފަނޑިޔާރުން؛
  3. ސުލޫކީ މައްސަލައެއް ސާބިތުވެ، އެކަމުގެ ފިޔަވަޅެއްގެ ގޮތުން، ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަންގެ ގާނޫނު) ގެ 1-32 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފިޔަވަޅު، ވޭތުވެދިޔަ 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި އަޅައިފައިނުވާ ފަނޑިޔާރުން.

 

4 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި، 55 އަހަރު ނުވިނަމަވެސް، ސިއްހީ ސަބަބުތަކަށް ޓަކައި އަމިއްލައަށް އެދިގެން މަގާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-57)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ފަނޑިޔާރުންގެ ރިޓަޔަރމަންޓް ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2022-182)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު