-

އަރިއަތޮޅު އުތުރުބުރީ މާޅޮހު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހިންގާ ގަވާއިދު 

(ގަވާއިދު ނަންބަރު 2022-144)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 21 ސެޕްޓެމްބަރު 2022 ގައ)

 

ފުރަތަމަ ބާބު

އާންމު މާއްދާތައް 

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 56.8 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރު ލިބިގެން، އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލުގެ މަށްވަރާޔާއެކު، އަރިއަތޮޅު އުތުރުބުރީ މާޅޮހު އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީ ހިންގުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރުމަށް ޓަކައިއަރިއަތޮޅު އުތުރުބުރީ މަޅޮހު އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔަނީ، "އަރިއަތޮޅު އުތުރުބުރީ މާޅޮހު އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ ގެ ހިންގާ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، އަރިއަތޮޅު އުތުރުބުރީ މާޅޮހު އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީން މި ގަވާއިދު ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

3 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މައިގަނޑު މަގުސަދުތައް ތިރީގައި މިވަނީއެވެ.

(ހ) ގާނޫނު ނަންބަރު ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކޮމިޓީ ހިންގުން.

(ށ) ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކޮމިޓީން ނިންމަންޖެހޭ ކަންކަން ނިންމުމަށް ކޮމިޓީން ބާއްވަންޖެހޭ ބައްދަލުވުންތައް ބޭއްވުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތައް ކަނޑައެޅުން.

(ނ) ކޮމިޓީ ގެ ބައްދަލުވުންތައް ހިންގުމާއި، ބައްދަލުވުންތަކުގައި ނިންމާ ނިންމުންތަކަށް އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމެވެ.

 

 

ދެވަނަ ބާބު

ކޮމިޓީ ގެ ރައީސާއި، ނައިބު ރައީސާއި، މެންބަރުން

 

4 ވަނަ މާއްދާ - ކޮމިޓީ ގެ ރައީސާއި ނައިބު ރައީސް

ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކޮމިޓީ ގެ މެންބަރުންގެ ތެރެއިން ކޮމިޓީ ގެ ރައީސާއި، ނައިބު ރައީސާއި، ކޮމިޓީ ގެ މެންބަރުން އިންތިހާބު ކުރަންވާނެއެވެ.

 

5 ވަނަ މާއްދާ - ކޮމިޓީ ގެ ރައީސާއި ނައިބު ރައީސް އިންތިހާބުކުރާނެ ގޮތް

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާކޮށްފައިވާ ފަދައިން ކޮމިޓީ ގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރާނީ، ކޮމިޓީ ގެ އާންމު ބައްދަލުވުމެއްގައި އަންނަނިވި ގޮތުގެ މަތީންނެވެ.

  1. ކޮމިޓީ ގެ މެންބަރުންގެ ތެރެއިން ކޮމިޓީ ގެ ރައީސްކަމަށް ނުވަތަ ނައިބު ރައީސްކަމަށް އިންތިހާބުކުރުމަށް އެދޭ މެންބަރެއްގެ ނަން ކޮމިޓީ ގެ އާންމު ބައްދަލުވުމަކަށް ހުށަހެޅުން؛
  2. ނަން ހުށަހެޅި މެންބަރުންގެ ތެރެއިން ކޮމިޓީ ގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރެވޭނީ، ކޮމިޓީ ގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން؛
  3. ކޮންމެ މަގާމެއް އިންތިހާބު ކުރުމަށް ނެގޭ ސިއްރު ވޯޓުގައި ބައިވެރިވާ ކޮންމެ މެންބަރަކަށް ދެވޭނީ 1 (އެކެއް) ވޯޓު؛
  4. ކޮމިޓީ ގެ ރައީސާއި ނައިބު ރައީސްކަމަށް ވޯޓަށް އަހާނީ، 2 (ދޭއް) މަގާމަށް ވަކިވަކިން.

(ށ) ކޮމިޓީ ގެ ރައީސަކު އިންތިހާބުކުރުމަށް އެންމެ ފުރަތަމަ ބާއްވާބައްދަލުވުމުގައި ކޮމިޓީ ގެ ރައީސަކު އިންތިހާބު ކުރެވެންދެން ރިޔާސަތު ބަހަލައްޓާނީކައުންސިލުގެ ރައީސެވެ.

(ނ) ކޮމިޓީ ގެ ރައީސްގެ މަގާމު ހުސްވެގެން ރައީސަކު އިންތިހާބުކުރާ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނީ، ކޮމިޓީ ގެ ނައިބު ރައީސެވެ. ނައިބު ރައީސަކު ނެތްނަމަ، ކޮމިޓީ ގެ މަސްއޫލިއްޔަތުތަކާ އެ ވަގުތަކު ހަވާލުވެ ހުރި މެންބަރެކެވެ.

(ރ) ކޮމިޓީ ގެ ނައިބު ރައީސަކު އިންތިހާބުކުރާ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނީ، ކޮމިޓީ ގެ ރައީސެވެ.

(ބ) ކޮމިޓީ ގެ ރައީސްކަމަށާއި ނައިބު ރައީސްކަމަށް އިންތިހާބުވާނީ، އެންމެ ގިނަ ވޯޓު ލިބޭ މެންބަރެކެވެ.

 

6 ވަނަ މާއްދާ - ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުން

(ހ) ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ރޫހާ އެއްގޮތަށް ކޮމެޓީ ހިންގުމުގައި އިހުމާލުވަމުންދާކަމަށް ފާހަގަކުރެވިގެން ކޮމެޓީ ގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ކުރިން، އަންނަނިވި މަރުހަލާތައް ފުރިހަމަކުރަން ވާނެއެވެ.

  1. ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ރޫހާ އެއްގޮތަށްކޮމެޓީ ހިންގުމުގައި އިހުމާލުވަމުންދިއުން ތަކުރާރުވާކަން ފާހަގަކުރެވިގެން ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ކޮމެޓީ ގެ އާންމު ބައްދަލުވުމަށް އެޖެންޑާކުރުން؛
  2. ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ރޫހާ އެއްގޮތަށް ކޮމެޓީ ހިންގުމުގައި އިހުމާލުވަމުންދާކަމަށް ފާހަގަކުރެވިގެން، އެ ކަންކަން އިސްލާހުކުރުމަށް ކޮމިޓީން 30 (ތިރީސް) ދުވަހުގެ ފުރުސަތު ދިނުން.

(ށ) މި މާއްދާގެ ދަށުން ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ނުވަތަ އެ ވޯޓުގެ ކުރިން ފުރިހަމަކުރަންޖެހޭ އިޖުރާއަތު ފުރިހަމަކުރުމަށް ކޮމެޓީ ގެ އާންމު ބައްދަލުވުމަށް މެންބަރަކު ހުށަހަޅާ ހުށަހެޅުން، އާންމު ބައްދަލުވުމަށް ކަންކަން އެޖެންޑާކުރާ އުސޫލުގެ ތެރެއިން އެޖެންޑާ ކޮށްދިނުމަކީ ކޮމެޓީ ގެ ރައީސް ނުވަތަ ނައިބު ރައީސް ނުވަތަ އެ ވަގުތަކު ކޮމެޓީ ހިންގުމާ ހަވާލުވެ ހުރި މެންބަރެއްގެ ޒިންމާއެކެވެ.

(ނ) ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ރޫހާ އެއްގޮތަށް ކޮމެޓީ ހިންގުމުގައި ރައީސް ނުވަތަ ނައިބު ރައީސް އިހުމާލުވަމުންދާކަމަށް ކޮމެޓީ ގެ މެންބަރަކަށް ފާހަގަކުރެވިއްޖެނަމަ، އެ މައްސަލަ އެޖެންޑާކުރުމަށް ފޮނުވަންވާނީ، ކޮމެޓީ ގެ އާންމު ބައްދަލުވުމަށް ކަންކަން އެޖެންޑާކުރާ އުސޫލާ އެއްގޮތަށެވެ.

(ރ) ކޮމެޓީ ގެ ބައްދަލުވުމަށް މައްސަލަ އެޖެންޑާކުރުމަށްފަހު، ކޮމެޓީ ހިންގުމުގައި ރައީސް ނުވަތަ ނައިބު ރައީސް އިހުމާލުވިކަމަށް ފެންނަ ކަންކަން،ލިޔުމުން، ބައްދަލުވުމަށް ހުށަހަޅަންވާނެއެވެ.

(ބ) ކޮމެޓީ ގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގޭނީ، ކޮމެޓީ ގެ އަގުލަބިއްޔަތުން އެކަން ފާސްވުމުންނެވެ.

(ޅ) ކޮމެޓީ ގެ ރައީސް ނުވަތަ ނައިބު ރައީސްކަމުގެ މަގާމުން މެންބަރަކު ވަކިކުރި ކަމުގައި ވިޔަސް، އެ މެންބަރެއްގެ މެންބަރުކަން ދެމިއޮންނާނެއެވެ.

(ކ) ކޮމެޓީ ގެ ރައީސް ނުވަތަ ނައިބު ރައީސްގެ މައްޗަށް ކޮމެޓީން އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު، އެފަދައިން ކޮމެޓީން ފާސްކޮށްފައިވަނީމި މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށްކަން ކަށަވަރުކުރުމަށް ޓަކައި، ކޮމެޓީން އެކަން ފާސްކުރާތާ ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި، މި މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުމާއެކު،ކޮމެޓީން ކައުންސިލަށް ފޮނުވަންވާނެއެވެ. އަދި ރަސްމީ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، އިތުބާރު ނެތްކަމުގެ ވޯޓު ނަގައިފައިވަނީމި މައްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށްކަން ނުވަތަ ނޫންކަންކައުންސިލުން ކަނޑައަޅައި، ކޮމެޓީ އަށް އެކަން އަންގަންވާނެއެވެ.

(އ) މި މާއްދާގައިވާ ގޮތުގެ މަތީން ކޮމިޓީން ނިންމާ ނިންމުން ކަށަވަރުކުރުމަށް ކައުންސިލަށް ފޮނުވަންވާނީ، އަންނަނިވި ލިޔެކިޔުމާއެކުގައެވެ.

  1. އިސްލާހުކުރުމަށް ބޭއްވި ބައްދަލުވުމާއި، އިތުބާރުނެތްކަމުގެ ވޯޓުނެގުމަށް ބޭއްވި ބައްދަލުވުމަށް މައްސަލަ އެޖެންޑާކޮށްދިނުމަށް އެދި ހުށަހެޅި ލިޔުންތައް؛
  2. އިސްލާހުކުރުމަށް ބޭއްވި ބައްދަލުވުމާއި، އިތުބާރުނެތްކަމުގެ ވޯޓުނެގުމަށް ބޭއްވި ބައްދަލުވުންތަކުގެ އެޖެންޑާތައް؛
  3. އިސްލާހުކުރުމަށް ބޭއްވި ބައްދަލުވުމާއި، އިތުބާރު ނެތްކަމުގެ ވޯޓުނެގުމަށް ބޭއްވި ބައްދަލުވުން ބޭއްވުމުގެ 1 (އެކެއް) ދުވަހުގެކުރިން ބައްދަލުވުމުގެ އެޖެންޑާ ފޮނުވިކަން އެނގޭ ލިޔެކިޔުން؛
  4. އިސްލާހުކުރުމަށް ބޭއްވި ބައްދަލުވުމާއި، އިތުބާރު ނެ ތްކަމުގެ ވޯޓުނެގުމަށް ބޭއްވި ބައްދަލުވުންތަކުގެ ޔައުމިއްޔާތައް؛
  5. އިހުމާލުވި ކަންކަން ބަޔާންކޮށް ކޮމެޓީ ގެ ބައްދަލުވުމަށް ހުށަހެޅުނު ލިޔުންތައް؛
  6. އިސްލާހުކުރަންވ ކަންކަމާއި، އެ ކަންކަން އިސްލާހުކުރުމަށް ދެވޭ މުއްދަތު އަންގައި ކޮމެޓީ ގެ ރައީސަށް ނުވަތަ ނައިބު ރައީސަށް ހަވާލުކުރި ލިޔުން؛ 
  7. ކަމާ ގުޅޭ އެހެނިހެން ލިޔެކިޔުން.

(ވ) މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގެ އިތުރަށް، އެހެން ލިޔުމެއް ނުވަތަ މައުލޫމާތެއް ހޯދުމަށް ކައުންސިލުން އެދިއްޖެނަމަ، އެ ލިޔުމެއް ނުވަތަ މައުލޫމާތެއް، ވީއެންމެ އަވަހަކަށް ކޮމިޓީން ފޯރުކޮށްދޭންވާނެއެވެ.

(މ) ކޮމިޓީގެ ރައީސް ނުވަތަ ނައިބު ރައީސްގެ މައްޗަށް ކޮމިޓީން އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު، އެ ވޯޓު ނެގުމުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަކޮށްފައިވާކަން ކައުންސިލުން ކަށަވަރުކުރުމާ ހަމަޔަށް، އިތުބާރު ނެތްކަމުގެ ވޯޓު ނެގުނު ރައީސް ނުވަތަ ނައިބު ރައީސް، އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުން ވަގުތ ގޮތުން ދުރުވާންވާނެއެވެ.

(ފ) ކޮމިޓީގެ ރައީސްގެ މަސްއޫލިއްޔަތުތަކުން ވަގުތ ގޮތުން ދުރުވާ މުއްދަތުގައި ކޮމިޓީގެ ހިންގުމާ ހަވާލުވެ ހުންނާނީ، ކޮމިޓީގެ ނައިބު ރައީސެވެ. އަދި ކޮމިޓީގެ ނައިބު ރައީސް ނެތް ހާލަތެއްގައި ކޮމިޓީގެ ހިންގުމާ ހަވާލުވެ ހުންނާނީ، އެ ވަގުތަކު ކޮމިޓީން ކަނޑައަޅާ މެންބަރެކެވެ.

(ދ) ކޮމެޓީ ގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު އެ މަގާމަށް މެންބަރަކު އިންތިހާބުކުރަންވާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގައި މި ގަވާއިދުގައިވާ އިޖުރާއަތުތައް ފުރިހަމަކޮށްފައިވާކަން ކަށަވަރުކުރުމަށް ކައުންސިލަށް ފޮނުވައި، ކައުންސިލުން އެކަން ކަށަވަރުކޮށްދިނުމުންނެވެ.

(ތ) މި މާއްދާގައި ބަޔާންކޮށްފައިވާ 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނާނ، އިސްލާހުކުރަންވ ކަންކަމާއި އެ ކަންކަން އިސްލާހުކުރުމަށް ދެވޭ މުއްދަތު، ކޮމެޓީ ގެ ރައީސަށް ނުވަތަ ނައިބު ރައީސަށް އެންގި ތާރީހުން ފެށިގެން، ރަސްމީ ބަންދު ދުވަސްތައް ވެސް ހިމެނޭ ގޮތަށެވެ.

(ލ) ކޮމެޓީ ހިންގުމުގައި ކޮމެޓީ ގެ ރައީސް ނުވަތަ ނައިބު ރައީސް އިހުމާލުވިކަމަށް ފާސްކުރި ބައްދަލުވުމުގައި ކޮމެޓީ ގެ ރައީސް ނުވަތަ ނައިބު ރައީސް ބައިވެރިވެފައިވާނަމަ، އިސްލާހުކުރުމަށް އެންގުމަށް ބައްދަލުވުމުން ނިންމިކަން، ކޮމެޓީ ގެ ރައީސަށް ނުވަތަ ނައިބު ރައީސަށް އެންގުނުކަމަށް ބެލެވޭނީެއެވެ. އަދި އެކަން ބަޔާންކޮށް އަލުން ލިޔުމުން އެންގުން ލާޒިމެއް ނޫނެވެ. ނަމަވެސް، އެ ބައްދަލުވުމުގައި ރައީސް ނުވަތަ ނައިބު ރައީސް ބައިވެރިވެފައި ނުވާނަމަ، ކޮމެޓީ ގެ ނިންމުން ރައީސަށް ނުވަތަ ނައިބު ރައީސަށް ލިޔުމުން އެންގުނުކަން، ކޮމެޓީން ކަށަވަރުކުރަންވާނެއެވެ. އަދި އެ ހާލަތުގައި 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނާނީ، ކޮމެޓީ ގެ ނިންމުން ލިޔުމުން އެންގުނު ތާރީހުން ފެށިގެންނެވެ.

(ގ) މި މާއްދާގެ (ލ) ގެ ދަށުން ރައީސަށް ނުވަތަ ނައިބު ރައީސަށް އަންގާ އެންގުމާ ހަވާލުވުމަށް ރައީސް ނުވަތަ ނައިބު ރައީސް އިންކާރުކުރާނަމަ، ލިޔުން ހަވާލުކުރަން މަސައްކަތްކުރުމުން ލިޔުމާ ހަވާ ލުވުމަށް އިންކާރުކުރިކަމަށް 2 (ދޭއް) ފަރާތަކުން ހެކިކޮށް ސޮއިކުރަން ވާނެއެވެ.މި ހާލަތުގައި، ރައީސަށް ނުވަތަ ނައިބު ރައީސަށް ލިޔުމުން ހަވާލުކުރިކަމަށް ބަލައި، އެ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނޭނެއެވެ.

(ޏ) ހިންގުމުގައި އިސްލާހުކުރަން ކޮމެޓީން އަންގާ ކަމެއް، އެކަން އިސްލާހުކުރުމަށް ދޭ މުއްދަތުގައި އިސްލާހު ނުކުރުމާއި، ފުރަތަމަ މަރުހަލާ ފުރިހަމަކޮށްފައި ވަނިކޮށް އެފަދަ ކަމެއް ނުވަތަ ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ރޫހާ ހިލާފު އެހެން ކަމެއް ކުރުމަކީ، މި މާއްދާގެ ބޭނުމަށް، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ރޫހާ އެއްގޮތަށް ކޮމެޓީހިންގުމުގައި އިހުމާލުވަމުންދިއުން ތަކުރާރުކުރުން ކަމުގައި ބެލެވޭނީެއެވެ.

 

7 ވަނަ މާއްދާ - ރައީސް، ނައިބު ރައީސްގެ މަގާމު ހުސްވުން

(ހ) ކޮމިޓީގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމު ހުސްވެއްޖެނަމަ،ބަދަލުގައި އެއިން މަގާމަކަށް މެންބަރަކު 30 (ތިރީސް) ދުވަހުގެ ތެރޭގައި އަލުން އިންތިހާބު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމު ހުސްވާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މަގާމަށް މެންބަރަކު އިންތިހާބުކުރެވިފައި ނުވާނަމަ، އެ މަގާމަށް މެންބަރަކު އިންތިހާބު ކުރެވެންދެން، އެ ނޫންކަމަކާ ގުޅޭގޮތުން ކޮމެޓީ ގެ ބައްދަލުވުމެއްގައި މަށްވަރާ ކޮށްގެން ނުވާނެއެވެ.

(ނ) ކޮމިޓީގެ މަގާމުތަކަށް އަންނަ ބަދަލުތައް، ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި، ކޮމިޓީނިސްބަތްވާ ކައުންސިލަށާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށް އަންގަންވާނެއެވެ.

 

8 ވަނަ މާއްދާ - މެންބަރަކު މެންބަރުކަމުން ވަކިވުން

އެއްވެސް ސަބަބަކާހުރެ މެންބަރަކު ވަކިވެއްޖެނަމަ، ރަށު ކައުންސިލް ނުވަތަ ސިޓީކައުންސިލް މެދުވެރިކޮށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށް، ރަސްމީީ 3 (ތިނެއް) ދުވަހުގެ ތެރޭގައި، ސަބަބު އެނގޭ ގޮތަށް، ލިޔުމަކުން އަންގަންވާނެއެވެ. މެންބަރަކު މެންބަރުކަމުން ވަކިވިކަމަށް ބެލެވޭނީ، ތިރީގައިވާ ގޮތުގެ މަތީންނެވެ.

(ހ) އެ މީހަކު މެންބަރުކަމުން ވަކިވާން އެދި ކޮމިޓީއަށް އެޑްރެސްކޮށް ސިޓީފޮނުވުން.

(ށ) މަގްބޫލު އުޒުރެއް ނެތި، ވިދިވިދިގެން 5 (ފަހެއް) ޖަލްސާއަށް ހާޒިރުނުވުން. މަގުބޫލު އުޒުރެއްކަމަށް ބެލެވޭނީ، ތިމާ ނުވަތަ ބަލަންޖެހޭ މީހަކު ބަލިވެގެން ނުވަތަ ކޮމިޓީން ގަބޫލުކުރާ އެހެން ސަބަބެއް މެދުވެރިވުމުން.

(ނ) މެންބަރެއްގެ ކިބައިގައި ހުރުން، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 6-56 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ފަދައިން، ގާނޫނު ނަންބަރު 2010-10 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައި ލާޒިމުކުރާ ސިފައެއް މެންބަރެއްގެ ކިބައިން އުނިވުން.

(ރ) މަރުވުން ނުވަތަ ކޮމިޓީގެ ވާޖިބު އަދާނުކުރެވޭ މިންވަރަށް ދާއިމަށް ނުކުޅެދުން.

 

9 ވަނަ މާއްދާ - ކޮމިޓީގެ ރައީސްގެ މަސްއޫލިއްޔަތު

ކޮމިޓީގެ ރައީސްގެ މަސްއޫލިއްޔަތު، ތިރީގައި މި ވަނީއެވެ.

(ހ) ކޮމެޓީ ގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮމެޓީން ނިންމާ ނިންމުންތައްތަންފ ޒުކުރުން.

(ށ) ކޮމިޓީގެ މަގުސަދާ އެއްގޮތަށް ކޮމިޓީގެ ހަރަކާތްތައް ރާވައި ހިންގުން.

(ނ) ކޮމެޓީ ގެ މަގުސަދުތައް ހާސިލުކުރުމަށް ކޮމެޓީން އެކަށައަޅާ މަސައްކަތު ތާވަލާއި ބަޖެޓުގެ މަގުސަދުތައް ހާސިލުކުރެވޭނެ ގޮތަށް ކޮމެޓީ ގެ މަސައްކަތްތައް ބައްޓަންކުރުން.

(ރ) ކޮމެޓީ ގެ ބައްދަލުވުންތައް ގަވާއިދުން ބޭއްވުމާއި، ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން.

(ބ) ކޮމެޓީ ގެ ހަރަކާތްތައް ހިނގަމުންދަނ ކޮމެޓީ ގެ މަގުސަދާ އެއްގޮ ތަށްތޯ ބެލުން.

(ޅ) ކޮމެޓީން އެކުލަވައިލަން ލާޒިމުކުރާ ޕްލޭންތަކާއި ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، އާންމުކުރަންޖެހޭ ނިންމުންތައް އާންމުކުރާކަން ކަށަވަރުކުރުން.

(ކ) ކޮމެޓީ ތަމްސ ލުކުރަންޖެހޭ ތަންތަނުގައި ކޮމެޓީ ތަމްސ ލުކުރުން.

(އ) ކޮމެޓީ ހިނގަމުންދަނ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންކަން ކަށަވަރުކުރުން.

(ވ) ކޮމެޓީ ގެ މާލީ ޒިންމާތައް، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީން އަދާކުރަމުންދާކަން ކަށަވަރުކުރުން.

(މ) ކޮމެޓީ ގެ މަސްއޫލިއްޔަތާއި ޒިންމާތަކާ ގުޅިގެން، ރައްޔިތުންނަށާއި މަސްއޫލު އިދާރާތަކަށް ޖަވާބުދާރީ ވުން.

(ފ) ކޮމިޓީގެ މާލިއްޔާއިން ކުރަންޖެހޭ ހަރަދުތައް ކުރުމުގެ ހުއްދަ ދިނުމާއި، ފައިސާގެ ކަންތައްތައް ކަނޑައެޅިފައިވާ ގަވާއިދުން ހިންގާތޯ ބެލުން.

(ދ) ކޮމެޓީން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.

(ތ) ކޮމިޓީގެ މަސްއޫލިއްޔަތުތައްކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާމަސްއޫލިއްޔަތުތައް އަދާކުރުން.

 

10 ވަނަ މާއްދާ - ކޮމިޓީގެ ނައިބު ރައީސްގެ މަސްއޫލިއްޔަތު

އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ނައިބު ރައީސްގެ މަސްއޫލިއްޔަތު، ތިރީގައި މިވަނީއެވެ.

(ހ) ކޮމެޓީ ގެ މަސައްކަތްތަކާ ގުޅޭގޮތުން ކޮމެޓީ ގެ ރައީސަށް އެހީތެރިވެދިނުން.

(ށ) ކޮމެޓީ ގެ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ އެ މަގާމު ހުސްވެއްޖެ ހާލަތެއްގައި، އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތ ގޮތުން އަދާކުރާނީ ކޮމެޓީ ގެ ނައިބު ރައީސެވެ. މީގެ އިތުރުން، ކޮމެޓީ ގެ ރައީސް،ކޮމެޓީ ގެ ނައިބު ރައީސާ ހަވާލުކުރާ މަސްއޫލިއްޔަތުތައް ވެސް އޭނާ އަދާކުރަންވާނެއެވެ.

(ނ) ކޮމެޓީން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.

(ރ) ކޮމިޓީގެ މަސްއޫލިއްޔަތުތައްކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާމަސްއޫލިއްޔަތުތައް އަދާކުރުން.

 

11 ވަނަ މާއްދާ - ކޮމެޓީ ގެ މެންބަރުންގެ މަސްއޫލިއްޔަތު

އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީ ގެ މެންބަރުންގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ރަށުގެ އަންހެނުންނަށް ދަތި އުނދަގޫކޮށް ދިމާވާ ކަންކަމުގެ ވާހަކަ ނުވަތަ އެ ކަންކަމުގެ މައުލޫމާތު، ކޮމެޓީ ގެ ސަމާލުކަމަށް ގެނައުމާއި، އެ ކަންކަން ހައްލުކުރުމަށް މަސައްކަތްކުރުން.

(ށ) ކޮމެޓީ ގެ ޖަލްސާތަކުގައި ބައިވެރިވުން.

(ނ) ކޮމެޓީ ގެ މަގުސަދުތައް ހާސިލުކުރުމަށް ޓަކައި މަސައްކަތްކުރުން.

(ރ) ކޮމެޓީން އެކުލަވައިލަންޖެހޭ ޕްލޭންތަކާއި މަސައްކަތު ތާވަލާއި ބަޖެޓު އެކުލަވައިލުމުގައި އަމަލ ގޮތުން ބައިވެރިވުން.

(ބ) ކޮމެޓީ ގެ މަސްއޫލިއްޔަތުތަކާ ގުޅިގެން ކޮމެޓީ ގެ ރައީސް ހަވާ ލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

(ޅ) ކޮމިޓީގެ މަސްއޫލިއްޔަތުތައްކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާމަސްއޫލިއްޔަތުތައް އަދާކުރުން.

 

 

ތިންވަނަ ބާބު

ކޮމިޓީގެ ބައްދަލުވުން

 

12 ވަނަ މާއްދާ - ކޮމިޓީގެ ބައްދަލުވުން

ކޮމިޓީގެ ބައްދަލުވުންތައް ބެހިގެންވަނީ، އަންނަނިވި 3 (ތިނެއް) ބާވަތުގެ މައްޗަށެވެ.

(ހ) ކޮމިޓީގެ އާންމު ބައްދަލުވުން.

(ށ) ކޮމިޓީގެ ކުއްލި ބައްދަލުވުން.

(ނ) ކޮމިޓީން ކައުންސިލާއެކު ބާއްވާ ބައްދަލުވުންތައް.

 

13 ވަނަ މާއްދާ - ބައްދަލުވުމުގެ ގާނޫނީ އަދަދު

(ހ) ކޮމިޓީގެ ބައްދަލުވުމެއް ބޭއްވޭނީ، ކޮމިޓީގެ ޖުމުލަ މެންބަރުންގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގާނޫނީ އަދަދު ހަމަނުވާނަމަ، އެ އަދަދު ހަމަވަންދެން، އެ ބައްދަލުވުމެއް މެދުކަނޑައިލުމުގެ ނުވަތަ އެހެން ވަގުތަކަށް ފަސްކުރުމުގެ އިހްތިޔާރު، ކޮމިޓީގެ ރައީސަށް ލިބިގެންވެއެވެ.

 

14 ވަނަ މާއްދާ - ކޮމިޓީގެ އާންމު ބައްދަލުވުން ބާއްވާ ދުވަސް

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކޮންމެ މަހަކު އެއްފަހަރު ކޮމިޓީގެ ތާވަލުކޮށްފައިވާ އާންމު ބައްދަލުވުމެއް ބާއްވަންވާނެއެވެ. އާންމުކޮށް ބައްދަލުވުން ބާއްވާނީ، ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހުގެ 21:00 ގައެވެ.

(ށ) ކޮމިޓީގެ ރައީސަށް ނުވަތަ ކޮމިޓީގެ މެންބަރުންގެ އަގުލަބިއްޔަތަށް ފެނިއްޖަނަމަ، މަހަކު 1 (އެކެއް) އާންމު ބައްދަލުވުމަށް ވުރެ ގިނަ އާންމު 
ބައްދަލުވުން ބޭއްވުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

 

15 ވަނަ މާއްދާ - ކޮމިޓީގެ އާންމު ބައްދަލުވުން ބާއްވާ ތަނާއި، ވަގުތާއި، އެޖެންޑާ

(ހ) ބައްދަލުވުން ބާއްވާނެ ތަނާއި ވަގުތާއި އެޖެންޑާ ކަނޑައަޅާނީ، ކޮމިޓީގެ ރައީސެވެ.

(ށ) ކޮމިޓީގެ އާންމު ބައްދަލުވުން ބޭއްވުމަށް ކަނޑައަޅާ ތަނާއި، ގަޑިއާއި، އެޖެންޑާ، އެ ބައްދަލުވުމެއް ބޭއްވުމުގެ މަދުވެގެން 1 (އެކެއް) ދުވަހުގެ ކުރިން، ކޮމިޓީގެ ރައީސް، ލިޔުމުން ކޮމިޓީގެ މެންބަރުންނަށްފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮމިޓީގެ އާންމުބައްދަލުވުމުގެ އެޖެންޑާ، ބައްދަލުވުމުގެ 1 (އެކެއް) ދުވަހުގެ ކުރިން ފޮނުވި ގޮތުގެ ރިކޯޑުތައް، ކޮމިޓީގެ އިދާރީ ކަންކަމާ ހަވާލުވެ ހުންނަ ކައުންސިލުގެ މުވައްޒަފު ބަލަހައްޓަންވާނެއެވެ.

 

16 ވަނަ މާއްދާ - ކޮމިޓީގެ އާންމު ބައްދަލުވުމުގެ އެޖެންޑާ

(ހ) ކޮމިޓީއަށް ހުށަހެޅޭ ހުރިހާކަމެއް، އެ ހުށަހެޅޭ ތަރުތީބުން، ކޮމިޓީގެ ރައީސް އެޖެންޑާ ކުރަންވާނެއެވެ.

(ށ) ކޮމިޓީގެ މެންބަރަކު، ޖަލްސާގެ އެޖެންޑާގައި ކަމެއް ހިމެނުމަށް ބޭނުންވާނަމަ، އާންމު ބައްދަލުވުން ތާވަލުކުރެވިފައިވާ ދުވަހުގެ 2 (ދޭއް) ދުވަހުގެ ކުރިން، ލިޔުމަކުން ކޮމިޓީގެ ރައީސަށް އަންގަންވާނެއެވެ.

(ނ) ކޮމިޓީގެ ނިސްބަތްވާ ކައުންސިލުގެ ދާއިރާގެ ރައްޔިތަކު ނުވަތަ ކުންފުނިންނުވަތަ ޖަމާއަތްތަކުން ކޮމިޓީއަށް ވަކިކަމެއް ހުށަހަޅަން ބޭނުންވާނަމަ،ކޮމިޓީނިސްބަތްވާ ކައުންސިލުގެ އިދާރާ މެދުވެރިކޮށް އެ ކަމެއް ކޮމިޓީއަށް ހުށަހެޅިދާނެއެވެ.

(ރ) ސަރުކާރުގެ ފަރާތުން ކޮމިޓީއަށް ހުށަހަޅާ ކަންތައްތައް ހުށަހަޅާނ، ގައުމީ އިދާރާތަކުންނެވެ.

(ބ) ކޮމިޓީގެ އާންމު ބައްދަލުވުމެއްގެ އެޖެންޑާގައި ހިމެނުމަށް ހުށަހެޅޭ ކޮންމެ މައްސަލައަކ ވެސް، ގާނޫނުއަސާސ އާއި، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކުގެ ދަށުން ކޮމިޓީއަށް ބެލުމުގެ އިހްތިޔާރާއި ބާރު އޮތް މައްސަލައަކަށް ވާންވާނެއެވެ.

 

17 ވަނަ މާއްދާ - ކޮމިޓީގެ ކުއްލި ބައްދަލުވުން

އަންނަނިވި ހާލަތުންކުރެ ހާލަތެއްގައި، އެ ހުށަހެޅިފައިވާ ކަމެއް ކުރުމަށް ޓަކައި، ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވަންވާނެއެވެ.

(ހ) ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް، މަދުވެގެން، ކޮމިޓީގެ ތިންބައިކުޅަ އެއްބައި މެންބަރުން އެދުން.

(ށ) ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެދުން.

(ނ) އެކަށ ގެންވާ ސަބަބަކާހުރެ ކޮމިޓީގެ ރައީސަށް މިފަދަ ބައްދަލުވުމެއް ބާއްވަން ފެނުން.

 

18 ވަނަ މާއްދާ - ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވަން ހުށަހެޅުން 

ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވަން އެދުމުގައި، އެ ޖަލްސާއެއް ބާއްވަން ބޭނުންވާ ސަބަބާއި ތާރީހު، ކޮމިޓީގެ ރައީސަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

 

19 ވަނަ މާއްދާ - ކޮމިޓީގެ ކުއްލި ބައްދަލުވުން ބާއްވާ ތަނާއި، ވަގުތާއި، އެޖެންޑާ

(ހ) މި ގަވާއިދުގައިވާ ގޮތުގެ މަތީން، ކޮމިޓީން ބާއްވާ ކުއްލި ބައްދަލުވުން ބާއްވާނެ ތަނާއި ވަގުތާއި އެޖެންޑާ ކަނޑައަޅާނީ، އެ ބައްދަލުވުމެއް ބޭއްވުމަށް ހުށަހެޅި ފަރާތަކުން ލިޔުމުން ހުށަހަޅައިފައިވާ ހުށަހެޅުމާ އެއްގޮތްވާ ގޮތުގެ މަތީން، ކޮމިޓީގެ ރައީސެވެ.

(ށ) ކޮމިޓީގެ ކުއްލި ބައްދަލުވުން ބޭއްވުމަށް ކޮމިޓީގެ ރައީސް ކަނޑައަޅާ ތަނާއިގަޑިއާއި އެޖެންޑާ، ވީއެންމެ އަވަހަކަށް، ކޮމިޓީގެ ރައީސް، ކޮމިޓީގެ މެންބަރުންނަށް ލިޔުމުން ފޮނުވަންވާނެއެވެ.

 

20 ވަނަ މާއްދާ - ކުއްލި ބައްދަލުވުމެއްގައިނުނިންމޭނެ ކަންތައްތައް

އަންނަނިވި ކަންކަމުން ކުރެ ކަމެއް، ކޮމިޓީގެ ކުއްލި ބައްދަލުވުމެއްގައި ނިންމައިގެން ނުވާނެއެވެ.

(ހ) ކޮމިޓީގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް މެންބަރަކު ހޮވުން.

(ށ) ކޮމިޓީގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުން.

(ނ) ވިޔަފާރިކުރުމާއި، ދަރަންޏަށް ޒިންމާވުން.

(ރ) ކޮމިޓީގެ ބަޖެޓު ކަނޑައެޅުމާއި، ބަޖެޓު ފާސްކުރުން.

(ބ) ކޮމިޓީގެ ޕްލޭންތައް އެކުލަވައިލުމާއި ފާސްކުރުން.

 

21 ވަނަ މާއްދާ - ކޮމިޓީގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން

ކޮމިޓީގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ، ކޮމިޓީގެ ރައީސެވެ. ރައީސް ނެތް ހާލަތެއްގައި ރިޔާސަތު ބަލަހައްޓާނީ، ކޮމިޓީގެ ނައިބު ރައީސެވެ.

 

22 ވަނަ މާއްދާ - ކޮމިޓީގެ ބައްދަލުވުންތައް ފެށުމާއި ނިންމުން

(ހ) މި ގަވާއިދުގައިވާ ގޮތުގެ މަތީން ކޮމިޓީން ބާއްވާ ކޮންމެ ބައްދަލުވުމެއްގެ ފެށުމާއި ނިންމުން، ބައްދަލުވުމުގެ ރިޔާސަތުން އިއުލާނު ކުރަންވާނެއެވެ.

(ށ) ބައްދަލުވުން ބޭއްވުމަށް ކަނޑައަޅައިފައިވާ ގަޑިޖެހުމުން، އެ ބައްދަލުވުމުގެ ގާނޫނީ އަދަދު ހަމަވޭތޯ ރިޔާސަތުން ބަލަންވާނެއެވެ. ގާނޫނީ އަދަދުހަމަވާނަމަ، މެންބަރުންގެ އަދަދު ރިޔާސަތުން އިއުލާނުކުރުމަށްފަހު ބައްދަލުވުން ފަށާނީއެވެ. ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވާ ގަޑިޖެހޭއިރު ގާނޫނީ އަދަދު ހަމަނުވާނަމަ، އެ އަދަދު ހަމަވޭތޯ 15 (ފަނަރަ) މިނިޓުބަލަންވާނެއެވެ. މި ވަގުތު ފަހަނަޅައިދިއުމުންވެސް ގާނޫނީ އަދަދުހަމަނުވާނަމަ، އެކަން ރިޔާސަތުން އިއުލާނުކުރަންވާނެއެވެ.

 

23 ވަނަ މާއްދާ - އެޖެންޑާ އިއްވުމާއި ފާސްކުރުން

(ހ) ބައްދަލުވުން ފެށުމަށްފަހު، އެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެޖެންޑާ ރިޔާސަތުން އިއްވަންވާނެއެވެ.

(ށ) އެޖެންޑާގެ ތަރުތީބަށް ބަދަލު ގެނައުމަށް ކޮމިޓީގެ ބައްދަލުވުމުން ފާސްކުރެވިދާނެއެވެ.

(ނ) އާންމު ބައްދަލުވުމުގެ 1 (އެކެއް) ދުވަހުގެ ކުރިން ފޮނުވި އެޖެންޑާގައި ނުހިމެނޭ ކަމެއް، އާންމު ބައްދަލުވުމުގެ އެޖެންޑާއަށް އިތުރެއް ނުކުރެވޭނެއެވެ. އަދި އެޖެންޑާގައި ހިމެނޭ ކަމެއް އެޖެންޑާއިން އުނިކޮށްގެން ވެސް ނުވާނެއެވެ.

 

24 ވަނަ މާއްދާ - އެޖެންޑާއާ އި ބައްދަލުވުން އެއްގޮތަށް ކުރިޔަށް ގެންގޮސް ބަހުސަށް ހުޅުވަ އިލުން

(ހ) ބައްދަލުވުމުގެ އެޖެންޑާ ފާސްކުރުމަށްފަހު، އެ އެޖެންޑާގައި ކަނޑައެޅިފައިވާ ތަރުތީބުން، އެޖެންޑާގައި ހިމަނައިފައިވާ ކަންކަން، ރިޔާސަތުން ކަނޑައަޅާ ގޮތެއްގެ މަތީން ބައްދަލުވުމަށް ހުށަހަޅައި، އެ ކަމަކާބެހޭގޮތުން ބަހުސްކުރުމުގެ ފުރުސަތު ބައްދަލުވުމުގެ ރިޔާސަތުން ހުޅުވައިލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ބަހުސްގެ ފުރުސަތު ހުޅުވައިލުމުގައި، މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި، މުޅި ބަހުސަށް ދެވޭނެ ޖުމުލަ ވަގުތާއި، ކޮންމެ މެންބަރަކަށް ދެވޭ ފުރުސަތުގެ ދިގުމިން ކަނޑައެޅުމުގެ އިހްތިޔާރު، ބައްދަލުވުމުގެ ރިޔާސަތަށް ލިބިގެންވެއެވެ. މިގޮތުގެ މަތީން ފުރުސަތުގެ ދިގުމިން ކަނޑައަޅަން ރިޔާސަތުން ނިންމައިފިނަމަ، ބަހުސްގެ ޖުމުލަ ދިގުމިނާއި، ކޮންމެ މެންބަރަކަށް ލިބޭނެ ފުރުސަތުގެ ދިގުމިން، ބަހުސް ފެށުމުގެ ކުރިން ރިޔާސަތުން އިއުލާނު ކުރަންވާނެއެވެ. މިގޮތަށް މެންބަރުންނަށް ފުރުސަތު ދޭންވާނީހަމަހަމަ އުސޫލަކުންނެވެ.

 

25 ވަނަ މާއްދާ - ބައްދަލުވުމުގައި ވާހަކަދެއްކުމަށް ފުރުސަތަށް އެދުން

(ހ) މި ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ބަހުސަށް ހުޅުވައިލުމުން، އެ ބައްދަލުވުމަކަށް ހުށަހެޅިފައިވާ މައްސަލައިގެ ބަހުސުގައި ބައިވެރިވާން ބޭނުންވާ މެންބަރުން، އަތް އުފުލައިގެން ރިޔާސަތަށް އެކަމަށް އެދޭނ އެވެ.

(ށ) ބަހުސްގައި ބައިވެރިވުމަށް ފުރުސަތަށް އެދޭ މެންބަރުންނަށް، އެ ބަހުސަކަށް ކަނޑައެޅިފައިވާ ވަގުތު ހަމަވަންދެން، ނުވަތަ ބަހުސް އެއްކޮށް ނިމެންދެން، މެންބަރުން ފުރުސަތަށް އެދުނު ތަރުތީބުކަމަށް ރިޔާސަތަށް ނޯޓުކުރެވިފައިވާ ތަރުތީބުން، ފުރުސަތު ދޭންވާނެއެވެ.

 

26 ވަނަ މާއްދާ - ބަހުސްގައި ވާހަކަދެއްކުމުގެ އަދަބުތައް

ކޮމިޓީގެ ބައްދަލުވުންތަކުގައި ވާހަކަދެއްކުމުގައި، ކޮންމެ މެންބަރަކު ވެސް،އަންނަނިވި އުސޫލުތަކަށް ތަބާވާންވާނެއެވެ.

(ހ) މެންބަރަކު ވާހަކަދައްކަމުންދާ ވަގުތު، އޭނާއާއި ރިޔާސަތާ ދެމެދު އެއްވެސް ހުރަހެއް ނުހުރުމާއި، މެންބަރަކު ވެސް އެ ދެމެދަށް ހުރަސް ނޭޅުން.

(ށ) ހުށަހަޅައިފައިވާ މައްސަލައެއްގެ މައްޗަށް މެންބަރުންގެ ވާހަކަ ބިނާކުރުން.

(ނ) އިސްލާމްދ ނުގެ އަސްލުތަކާ ހިލާފުނުވެ، ދިވެހިރާއްޖޭގެ ބަސްމޮށެ އުޅުމުގެ އަދަބުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން، ކައުންސިލާއި ކޮމިޓީގެ އެއްވެސް މެންބަރެއްގެ އިއްޒަތާއި ކަރާމާތަށް އުނިކަމެއް ނާންނާނޭ ގޮތުގެ މަތީން ވާހަކަދެއްކުން.

 

27 ވަނަ މާއްދާ - ބަހުސް ނިންމުން 

(ހ) ކޮމިޓީގެ ބައްދަލުވުމަށް ހުށަހެޅި ބަހުސްކުރެވެމުންދާ މައްސަލައިގެ ބަހުސް

ނިމުމުން، ނުވަތަ ބަހުސަށް ކަނޑައެޅިފައިވާ ޖުމުލަ ވަގުތު ހަމަވުމުން، އެ ބަހުސްކުރެވުނު މައްސަލައެއް ހުށަހެޅި މެންބަރަކަށް، ޖަވާބުދާރީ ވުމަށާއި ފަހުބަސް ބުނުމަށް ޓަކައި، މަދުވެގެން 3 (ތިނެއް) މިނިޓު ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މައްސަލަ ހުށަހެޅި މެންބަރަށް ފަހުބަސް ބުނުމުގެ ފުރުސަތު ރިޔާސަތުން ދިނުމާއެކު، އެ މައްސަލައެއްގެ ބަހުސް ނިމުނ އެވެ.

 

28 ވަނަ މާއްދާ - މެންބަ ރަކު ކުރިޔަށްގެންދާ ވާހަކައެއް ހުއްޓައިލުމަށް އެންގުން

މެންބަރަކު ވާހަކަދައްކަމުން ދަނިކޮށް، އަންނަނިވި ކަންކަމުންކުރެ ކަމެއް ދިމާވެއްޖެނަމަ، އެ މެންބަރަކު ދައްކަމުންދިޔަ ވާހަކަ ހުއްޓައިލަންވާނެއެވެ.

(ހ) މެންބަރަކު ދައްކާ ވާހަކައަކ އިސްލާމްދ ނުގެ އަސްލަކާ ހިލާފުވާ ގޮތަށް ދައްކާ ވާހަކައެއްކަމަށް ރިޔާސަތަށް ފެނިގެން ވާހަކަ ހުއްޓައިލުމަށް އެންގުން.

(ށ) މެންބަރަކު ވާހަކަދައްކަނީ ކޮމިޓީގައި ވާހަކަދެއްކުމުގެ އަދަބުތައްކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަކާ ތައާރުޒުވާ ގޮތަށް ކަމަށް ރިޔާސަތަށް ފެނިގެން ވާހަކަ ހުއްޓައިލުމަށް އެންގުން.

(ނ) މެންބަރަކު ދައްކާ ވާހަކައަކީ އެޖެންޑާގައި ހިމެނިގެންވާ ކަމަކާ ގުޅުމެއް ނެތް ވާހަކައެއްކަމަށް ރިޔާސަތަށް ފެނިގެން ވާހަކަ ހުއްޓައިލުމަށް އެންގުން.

 

29 ވަނަ މާއްދާ - ވާހަކަ ހުއްޓައިލަން އެންގި ސަބަބު ބަޔާންކުރުން

މެންބަރެއްގެ ވާހަކަ ހުއްޓައިލުމަށް ރިޔާސަތުން އަންގައިފިނަމަ، އެ ވާހަކައެއް ހުއްޓައިލުމަށް އަންގާ ސަބަބު، ރިޔާސަތުން ސާފުކޮށް ބަޔާންކުރަންވާނެއެވެ.

 

30 ވަނަ މާއްދާ - ކޮމިޓީގެ ބައްދަލުވުމެއްގައި ކުރުން ހުއްދަނޫން ކަންކަން

ކޮމިޓީގެ އެއްވެސް ބައްދަލުވުމެއްގައި، ކޮމިޓީގެ މެންބަރަކު، އަންނަނިވި ކަންކަމުންކުރެ ކަމެއް ކޮށްގެން ނުވާނެއެވެ.

(ހ) މެންބަރަކު ވާހަކަދައްކަމުން ގެންދާއިރު، އޭނާއަށް އުނދަގޫވާ ފަދަ އެއްވެސް ކަމެއް ކުރުން.

(ށ) ބައްދަލުވުން ހިނގަމުންދާއިރު، ކޮމިޓީގެ ހުރުމަތް ކެނޑޭފަދަ ގޮތަށް ނޫސް މަޖައްލާފަދަ ތަކެތި ކިޔުމާއި، އެހެނިހެން މެންބަރުންނާ ވާހަކަދައްކައި ހެދުމާއި، ބައްދަލުވުމެގެ އަޑުއެހުމަށް އައިސް ތިބޭ މީހުންނަށް އިށާރާތްކޮށް މުއާމަލާތްކޮށް ހެދުން.

(ނ) ކޮމިޓީން ކަނޑައަޅާ ގޮތެއްގެ މަތީން، ކޮމިޓީގެ ބޭނުމަށް ފިޔަވައި، ކެސެޓް ރެކޯޑަރ، ނުވަތަ ޓޭޕް ރެކޯޑަރ، ނުވަތަ ކެމެރާ، ނުވަތަ މަންޒަރު ނުވަތަ އަޑު ރިކޯޑުކުރެވިދާނެ އެނޫންވެސް އެއްޗެހި ކޮމިޓީގެ ބައްދަލުވުންތަކުގައި ބޭނުންކުރުން.

(ރ) މެންބަރަކު ވާހަކަދައްކަމުން ގެންދަނިކޮށް، އެ މެންބަރަކާ ރިޔާސަތާ ދެމެދު ހުރަސް އެޅުން.

(ބ) ބައްދަލުވުމުގެ ތެރޭގައި، މޯބައިލް ފޯނުން ފޯނު ކުރުމާއި، ފޮޓޯއާއި ވީޑިއޯ ނެގުމާއި، އަޑު ރިކޯޑުކުރުން.

 

31 ވަނަ މާއްދާ - ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުން

(ހ) ކޮމިޓީގެ ބައްދަލުވުންތަކަކީ އާންމުކޮށް ހުޅުވައިލައިގެން ބާއްވާ ބައްދަލުވުންތަކެކެވެ.

(ށ) ކޮމިޓީގެ ބައްދަލުވުމުގެ އަޑުއަހަން ވަންނަ އެއްވެސް ފަރާތަކަށް ކޮމިޓީގެ ބައްދަލުވުމުގައި އެއްވެސް ވާހަކައެއް ދެއްކުމާއި، ބަހުސްގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިވުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

(ނ) ބައްދަލުވުމުގެ އަޑުއަހަށް ވަންނަ އެއްވެސް ފަރާތަކުން، ބައްދަލުވުން ކުރިޔަށް ގެންދިއުމަށް ދަތިވާފަދަ އެއްވެސް އަމަލެއް ހިންގުމަކީ މަނާ ކަމެކެވެ. އަދި މިފަދަ އަމަލެއް ހިންގި ކޮންމެ މީހަކު، ބައްދަލުވުން ބާއްވާ މާލަމުން ވަގުތުން ބޭރުކުރުމާއި، އޭގެ ފަހުގެ އެއްވެސް ބައްދަލުވުމަކަށް ނުވެއްދުމަށް، ނުވަތަ ވަކި މުއްދަތަކަށް އެއްވެސް ބައްދަލުވުމަކަށް ނުވެއްދުމަށް ނިންމުމުގެ އިހްތިޔާރު، ކޮމިޓީގެ ރައީސަށް ލިބިގެންވެއެވެ.

(ރ) ކޮމިޓީގެ ބައްދަލުވުމުގައި އެޖެންޑާކުރެވިފައިވާ ކަމަކާ ގުޅިގެން ކޮމިޓީއަށް ބޭނުންވާ މައުލޫމާތާއި މަށްވަރާ ދެވިދާނެ އެކި ފަރާތްތަކަށް، ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ދައުވަތު ދިނުމުގެ ބާރު، ކޮމިޓީގެ ރައީސަށް ލިބިގެންވެއެވެ.

 

32 ވަނަ މާއްދާ - ކޮމިޓީން ކަމެއް ނިންމުން

(ހ) މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައ ހިނދަކު، ކޮމިޓީގެ ބައްދަލުވުމަށް ހުށަހެޅޭ ކަންކަން ނިންމޭނ، ކޮމިޓީގެ ބައްދަލުވުމަކަށް އެ ކަމެއް ހުށަހެޅި، އެ ބައްދަލުވުމަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، އަންނަނިވި ކަންކަމުންކުރެ ކަމެއް ފާސްކުރެވޭނީ، މުޅި ކޮމިޓީގެ ޖުމުލަ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

  1. ކޮމިޓީގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ދުރުކުރުން؛
  2. ވިޔަފާރިކުރުމާއި، ދަރަންޏަށް ޒިންމާވުން.

 

33 ވަނަ މާއްދާ - ކޮމިޓީން ކަމެއް ނިންމުމުގައިރިއާޔަތްކުރަންޖެހޭ ކަންތައްތައް

ކޮމިޓީން ކަމެއް ނިންމުމުގައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދޭން ވާނެއެވެ. އަދި ކޮމިޓީން ކަންކަން ނިންމަންވާނީ، ގާނޫނުތަކާއި ގަވާއިދުތަކާއި ސަރުކާރުގެ ސިޔާސަތުތަކާއި ރަށުގެ ތަރައްގީ ގެ ޕްލޭނާއި ގައުމީ ތަރައްގީ ގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

34 ވަނަ މާއްދާ - ވޯޓު ދިނުން

(ހ) ކޮމިޓީގެ ރައީސާއި ނައިބު ރައީސް އިންތިހާބުކުރުން ފިޔަވައި، ކޮމިޓީން ކަންކަން ނިންމުމުގައި ވޯޓު ދޭނ، އަތް އުފުލައިގެންނެވެ.

(ށ) ކޮމިޓީގެ ކޮންމެ މެންބަރަކަށް ވެސް، ވޯޓަށް އެހޭ ކަމެއްގައި ދެވޭނީ، 1 (އެކެއް) ވޯޓެވެ.

 

35 ވަނަ މާއްދާ - ވޯޓު ގުނައި، ތަފުސީލު ރިކޯޑުކުރުމާއި، ނަތީޖާ އިއުލާނު ކުރުން

ވޯޓު ގުނައި، އޭގެ ތަފުސީލު ރިކޯޑު ކުރާނީ، ކައުންސިލުން ކަނޑައަޅާ ކައުންސިލް އިދާރާގެ މުވައްޒަފެކެވެ. އަދި ވޯޓުގެ ނަތީޖާ އިއުލާނުކުރާނީ، ބައްދަލުވުމުގެ ރިޔާސަތުންނެވެ.

 

36 ވަނަ މާއްދާ - މަސްލަހަތު ފުށު އަރާ ހާލަތު

ކޮމިޓީގެ އެއްވެސް މެންބަރެއްގެ އަނބިމީހާ، ފިރިމީހާ، ދަރިއެއް، މަންމަ، ބައްޕަ، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހެއްގެ މަސްލަހަތު ހިމެނޭ ނުވަތަ އެ މެންބަރެއްގެ އަމިއްލަ ފައިދާއެއް ނުވަތަ ދައުރެއް އޮތް ކަމަކާމެދު ކޮމިޓީގައި މަށްވަރާކުރާނަމަ، ބައްދަލުވުމުގައި އެ ކަމަކާމެދު މަށްވަރާކޮށް ގޮތެއް ނިންމުމުގައި އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ.

 

37 ވަނަ މާއްދާ - ރިޔާސަތުން ވޯޓުގައި ބައިވެރިވުން

ކޮމިޓީން ކަމެއް ނިންމުމުގައި ރިޔާސަތަށް ވޯޓުގައި ބައިވެރިވެވޭނެއެވެ.

 

38 ވަނަ މާއްދާ - ނިންމުންތައް ހާމަކުރުން

(ހ) ކޮމިޓީން ފާސްކުރާ ގަރާރުތަކާއި އަމުރުތަކާއި ނިންމުންތަކާއި ކަންތައްތައް އާންމުކޮށް ހާމަކުރަންވާނެއެވެ. މިގޮތަށް އާންމު ނުކުރާނަމަ، އެއީ ސައްހަ ގަރާރުތަކާއި އަމުރުތަކާއި ނިންމުންތައް ކަމުގައެއް ނުބެލެވޭނީެއެވެ.

(ށ) ކޮމިޓީން ފާސްކުރާ ގަރާރުތަކާއި އަމުރުތަކާއި ނިންމުންތަކާއި ކަންތައްތައް އާންމުކޮށް ހާމަކުރުމަށް ޓަކައި ކޮމިޓީގެ ސިއްކަ ޖެހުމަށްފަހު، ކައުންސިލުގެ އިދާރާގެ ނޯޓިސް ބޯޑާއި، ކައުންސިލުގެ ވެބްސައިޓާއި، ކޮމިޓީގެ ރަސްމީީ ސޯށަލް މީޑިއާ ޕްލެޓްފޯމްތަކުގައި އާންމުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮމިޓީގެ ގަރާރުތަކާއި އަމުރުތަކާއި ނިންމުންތައް އާންމުކުރުމަށްފަހު، ކޮމިޓީގެ އިދާރާއިން އެކަން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.

 

39 ވަނަ މާއްދާ - ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން

ކޮމިޓީގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ތައްޔާރުކުރުމުގެ އިންތިޒާމު ހަމަޖައްސައި ކޮމިޓީގެ މެންބަރުންނަށް ފަސޭހައިން ފެންނާނޭހެން ބެލެހެއްޓުމަކީ ކައުންސިލުގެ އިދާރާގެ ސެކްރެޓަރ ޖެނެރަލްގެ މަސްއޫލިއްޔަތެކެވެ.

 

40 ވަނަ މާއްދާ - ބައްދަލުވުންތަކުގެ ޔައުމިއްޔާ 

(ހ) ކޮމިޓީގެ ކޮންމެ ބައްދަލުވުމެއްގެ ޔައުމިއްޔާ، އެ ބައްދަލުވުމެއްގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ފާސްކޮށް އެ ޔައުމިއްޔާގައި މެންބަރުން ސޮއިކުރަންވާނެއެވެ. އެ ބައްދަލުވުމެއްގައި ކޮމިޓީން ނިންމި ކަންކަމާއި، ބައްދަލުވުމުގައި ބައިވެރިވި މެންބަރުންނާއި، ބައްދަލުވުމުގައި ބައިވެރިނުވި މެންބަރުން ބައިވެރިނުވި ސަބަބާއި، ބައްދަލުވުން ބޭއްވި ތާރީހާއި ތަނާއި ވަގުތާއި ބައްދަލުވުމުގެ އެޖެންޑާއާއި ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުންގެ އިތުރުން އެހެން ފަރާތަކުން ބައިވެރިވެފައިވާނަމައެކަމުގެ މައުލޫމާތު ބައްދަލުވުމުގެ ޔައުމިއްޔާގައި ސާފުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ކޮމިޓީގެ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުމަށް ވޯޓު ނުދޭ މެންބަރުން، ޔައުމިއްޔާ އިސްލާހުކުރާނެގޮތެއް ފާހަގަކޮށްފައި ނުވާނަމަ ބެލެވޭނީ، ޔައުމިއްޔާ ރަނގަޅުކަމަށް ރުހޭކަމަށެވެ.

 

 

ހަތަރުވަނަ ބާބު

ކޮމިޓީގެ މާލީ ކަންކަން

 

41 ވަނަ މާއްދާ - ބަޖެޓު އެކުލަވައިލުން

(ހ) މި ގަވާއިދުގެ 42 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ މަސައްކަތު ތާވަލަށް ބިނާކޮށް، ދައުލަތުން ކައުންސިލަށް ލިބޭ ހިލޭ އެހީގެ ތެރެއިން ކޮމިޓީއަށް ހަވާލުކުރާ %5 (ފަހެއް އިންސައްތަ) އާއި، ކޮމެޓީ އަށް ލިބޭ އެހެނިހެން އާމްދަނ އާއި އެހެނިހެން ހިލޭ އެހީއަށް ބަލައި، ކޮމެޓީ ގެ ބަޖެޓުއެކުލަވައިލައިފައި ކައުންސިލަށް ހުށަހަޅަންވާނެއެވެ.

(ށ) ދައުލަތުން ދޭ ހިލޭ އެހީގެ ފައިސާއިން ކޮމެޓީ ގެ ބަޖެޓުން ހަރަކާތްތައް ހިންގުމަށް ފާސްކޮށް ހަރަދު ކުރަންވާނީ، މެންބަރުންގެ އުޖޫރައަށްވާ ފައިސާ އުނިކުރުމަށްފަހުގައެވެ.

(ނ) މި މާއްދާގެ (ހ) ގައި ކޮމެޓީ އަށް ލިބޭނެކަމަށް ކަނޑައަޅާ ފާސްކޮށްފައިވާ ބަޖެޓުގައި ހިމެނޭ ފައިސާއިން އަހަރު ނިމޭއިރު ހަރަދު ނުކުރެވޭނަމަ، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީ ގެ އާމްދަނ ގެ ގޮތުގައި އެ ފައިސާ ޖަމާކުރަންވާނެއެވެ. ނަމަވެސް ޑިސެންބަރުމަހުގެ 31 ވަނަ ދުވަހުގެ ކުރިން ގަނެފައިވާ ތަކެއްޗާއި ހޯދައިފައިވާ ހިދުމަތާއި ގަންނަން އެއްބަސްވެފައިވާ ތަކެއްޗާއި ހޯދަން އެއްބަސްވެފައިވާ ހިދުމަތްތަކުގެ އަގަށްވާ ފައިސާ، ޖެހިގެން އަންނަ އަހަރުގެ ޖަނަވަރ މަހުގެ 31 ގެ ކުރިން ދައްކައި ނިންމަންވާނެއެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ކޮމެޓީ ގެ އެންމެހައި އާމްދަނީ ފައިސާ ޖަމާކުރާނީ، ކައުންސިލުގެ އެކައުންޓުގައި ކޮމެޓީ އަށް ހާއްސަކޮށްފައިވާކޯޑުގައެވެ.

 

42 ވަނަ މާއްދާ - ކޮމިޓީގެ ހިސާބުތައް ބެލެހެއްޓުމާއި ހަރަދުކުރުން

(ހ) ކޮމިޓީއަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން މާލީ އެންމެހައި ކަންކަން ކުރަންވާނީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އާއި، އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުނުވާ ގޮތެއްގެ މަތީންނެވެ.

(ށ) ކައުންސިލުގެ އެކައުންޓުގައި، ކޮމެޓީ ގެ ފަންޑުގެ ނަމުގައި ހުންނަ ފައިސާއާއި ކޮމިޓީގެ ނަމުގައި ވަކި އެކައުންޓެއްގައި ހުންނަ ފައިސާގެ ތަފުސީލު، ވިޔަ މޮޑިއުލް/ސެޕް ސިސްޓަމުގައި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީ އަށް ހާއްސަކޮށްފައިވާ ފަންޑުގައި ރިކޯޑުކުރަންވާނެއެވެ.

(ނ) ކޮމެޓީ ގެ ފަންޑުގެ ހިސާބު ބެލެހެއްޓުމާއި، ކޮމެޓީ ގެ ހަރަކާތްތަކަށް ހިދުމަތާއި މުދާ ހޯދުމުގެ ހުއްދަ (ޕީ.އޯ. އޮތަރައިޒް ކުރުން) އާއި، ކޮމެޓީ ގެ ފަންޑުން ފައިސާ ހަރަދުކުރުމުގެ ހުއްދަ (ޕީ.އޯ. އޮތަރައިޒް ކުރުން) ދޭނީ، ކައުންސިލުގެ އެ މަސައްކަތް ކުރުމަށް ކަނޑައަޅައިފައިވާ މުވައްޒަފުންނެވެ.

(ރ) ކޮމެޓީ ގެ ފަންޑުން އެއްވެސް ހަރަދެއް ކުރަން ހުއްދަ ދޭންވާނީ، އެ ކޮމެޓީ ގެ ރައީސް ނުވަތަ ކޮމެޓީން ކަނޑައަޅާ މެންބަރަކު ސޮއިކޮށްފައި ކައުންސިލަށް ފޮނުވާ މުދަލާއި ހިދުމަތަށް އެދޭ ފޯމަކަށެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފޯމު ލިބުމުން، ފޯމުގައި ބަޔާންކޮށްފައިވާ ހިދުމަތް ނުވަތަ ގަންނަން އެދޭ މުދާ، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާ އެއްގޮތަށް،ލަސްނުކޮށް ކައުންސިލުން ހޯދައިދޭންވާނެއެވެ.

(ޅ) ވިޔަ މޮޑިއުލް ނުވަތަ ސެޕް ސިސްޓަމުގެ ތެރެއިން ހަރަދުކުރުމަށް ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާ އެއްގޮތަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، ބިލުތަކަށް ފައިސާދެއްކުމާއި، ހިސާބުތައް އަދާހަމަކުރުމަކީ، ކައުންސިލުން އެ މަސައްކަތް ކުރާ މުވައްޒަފުންގެ ޒިންމާއެކެވެ.

(ކ) ކޮމިޓީގެ ފަންޑުން ހަރަދުކުރަންވާނީ، ކޮމިޓީގެ މަގުސަދުތައް ހާސިލުކުރުމަށް އެކުލަވައިލާ މަސައްކަތު ތާވަލާއި ބަޖެޓުގައި ބަޔާންކޮށްފައިވާހަރަކާތްތަކަށެވެ.

(އ) ކޮމެޓީ ގެ ފަންޑުގެ ބަޖެޓް ރިޕޯޓު، ކައުންސިލުގެ ފަރާތުން، ކޮންމެ މަހަކު،އަންހެނުންގެ ކޮމެޓީ އަށް ހަވާލުކުރަންވާނެއެވެ.

 

43 ވަނަ މާއްދާ - ކޮމިޓީގެ ފައިސާއަށް ޒިންމާވުން

(ހ) ކޮމެޓީ ގެ ފައިސާއާއި ހިސާބުތަކާ ހަވާލުވެ ހުންނަ ކައުންސިލުގެ އިދާރާގެ މުވައްޒަފަކު އޭނާއާ ހަވާލުވެފައިވާ ފައިސާއާއި ހިސާބުތަކަށް ޒިންމާވާންޖެހޭނެއެވެ. އަދި އެފަދަ މުވައްޒަފަކަށް ކައުންސިލުގެ ވަޒީފާއިން ވަކިވެވޭނީ، އޭނާ ހަވާލުވެހުރި ފައިސާއާއި ހިސާބުތައް ކައުންސިލުން ކަނޑައަޅާ ފަރާތަކާ ހަވާލުކުރުމަށްފަހުގައެވެ.

(ށ) ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 6-56 ވަނަ މާއްދާގެ (ކ) ގެ ބޭނުމަށް، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީއަށް އާމްދަނ ހޯދުމުގެ ގޮތުންނާއި އަންހެނުންނަށް ވަޒީފާގެ ފުރުސަތުތަކާއި ވިޔަފާރ ގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ހިންގޭ ހަރަކާތްތައް ހިންގިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހަރަކާތްތައް ހިންގުމަށާއި، ކޮމެޓީން ކުރިން ކުރަމުން ގޮސްފައިވާ ހަރަކާތްތައް ހުއްޓުނަނުދ ދެމެހެއްޓުމަށް ޓަކައި، މާލީ މަންފާއެއް ލިބިދެވޭ ގޮތަށް މީހުން ހަރަކާތްތެރިކުރެވިދާނެއެވެ.

 

 

ފަސްވަނަ ބާބު

ރިޕޯޓު ފޮނުވުމާއި ރިޕޯޓު ކުރުން

 

44 ވަނަ މާއްދާ - ރިޕޯޓު ފޮނުވުމާއި ރިޕޯޓުކުރުން

(ހ) ކޮންމެ އަހަރަކު ވެސް، ކޮމިޓީން ހާސިލުކުރަން ކަނޑައަޅާ ލަނޑުދަނޑިތައް، ކޮންމެ އަހަރެއްގެ ފުރަތަމަ މަހު އެކަށައަޅައި އާންމުކުރަންވާނެއެވެ. އަދި ފާއިތުވެދިޔަ އަހަރަށް ކަނޑައެޅުނު ލަނޑުދަނޑިތަކުގެ ތެރެއިން ހާސިލުކުރެވުނު މިންވަރާ ގުޅޭ ރިޕޯޓުއެކުލަވައިލައިފައި ކައުންސިލުން ކަނޑައަޅާ ތާރީހަކަށް ހުށަހަޅަންވާނެއެވެ.

(ށ) ކޮމިޓީގެ މަސައްކަތު ތާވަލާއި ބަޖެޓު އެކުލަވައިލައި، ކައުންސިލުން ކަނޑައަޅާ ތާރީހަކަށް ކައުންސިލަށް ހުށަހަޅަން ވާނެއެވެ.

(ނ) ކޮމިޓީގެ މާލިއްޔަތުގައިވާ ތަކެތ ގެ އޯޑިޓް ހިސާބު ރަށު ކައުންސިލުގެ ނުވަތަ ސިޓީ ކައުންސިލުގެ އޯޑިޓް ރިޕޯޓުގައި ހިމެނުމަށް، ކައުންސިލުން ކަނޑައަޅާ ތާރީހަކަށް، ރަށު ކައުންސިލަށް ނުވަތަ ސިޓީ ކައުންސިލަށްހުށަހަޅަންވާނެއެވެ.

 

 

ހަވަނަ ބާބު

މެންބަރުންގެ ހާޒިރީ

 

45 ވަނަ މާއްދާ - ކޮމިޓީމެންބަ ރުންގެ ހާޒިރީ

(ހ) ކޮމިޓީގެ މެންބަރުންގެ ހާޒިރީއާ ގުޅޭގޮތުން ގަވާއިދު ނަންބަރު 2021-143 (ލޯކަލް ކައުންސިލުތަކުގެ އާންމު އިޖުރާއ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ފަދައިން އަމަލުކުރަން ވާނެއެވެ.

(ށ) އެއްވެސް މަގުބޫލު އުޒުރަކާހުރެ އެ ހަފުތާއަކު ހާޒިރީގައި ސޮއިކު ރުމަށް ހާޒިރުވެވެން ނެތްނަމަ، އެކަމަށް ކަނޑައެޅިފައިވާ ދުވަހެއްގެ ރަސްމީ ގަޑި ނިމުމުގެ ކުރިން، ކޮމިޓީގެ ރައީސަށް ނުވަތަ ކޮމިޓީހިންގުމާ އެ ވަގުތަކު ހަވާލުވެހުރި މެންބަރަކަށާއި ކައުންސިލުގެ ސެކްރެޓަރ ޖެނެރަލްއަށް ލިޔުމުން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި މަގުބޫލު އުޒުރެއްކަމަށް ބަޔާންކޮށްފައި އެވަނީ، ކޮމިޓީގެ އެއްވެސް މެންބަރަކު، ނުވަތަ މެންބަރެއްގެ ފިރިމީހާ، ނުވަތަ ދަރިއަކު، ނުވަތަ މަންމަ، ނުވަތަ ބައްޕަ، ނުވަތަ އެއްބަނޑުއެއްބަފާ މީހަކު، ނުވަތަ އެއްބަނޑު މީހަކު، ނުވަތަ އެއްބަފާ މީހަކު، ނުވަތަ ށަރުއ ގޮތުން ބަލަދުއަރައިފައިވާ މީހަކު ބަލިވުމުން ނުވަތަ ރަސްމީ ބޭނުމަކަށް ވީއްލުމުގެ ސަބަބުން ހާޒިރު ނުވެވުމަށް ނުވަތަ މެންބަރެއްގެ އަމިއްލަ ބޭނުމަކު ކޮމެޓީން ނިންމައިގެން ރަށުން ބޭރުގައި ހުންނަ ހުރުމަށެވެ.

 

46 ވަނަ މާއްދާ - ކޮމިޓީގެ ބައްދަލުވުންތަކުގެ ހާޒިރީ

ކޮމިޓީގެ ބައްދަލުވުމެއްގައި އެއްވެސް މަގުބޫލު އުޒުރަކާހުރެ އެއްވެސް މެންބަރަކަށް ބައިވެރިނުވެވޭނަމަ، ވީއެންމެ އަވަހަކަށް، ކޮމިޓީގެ ރައީސަށާއި ކައުންސިލުގެ ސެކްރެޓަރ ޖެނެރަލްއަށް ލިޔުމުން އެކަން އަންގަންވާނެއެވެ.

(ހ) މި މާއްދާގެ ބޭނުމަށް މަގުބޫލު އުޒުރެއްކަމަށް ބެލެވޭނީ، ތިމާ ނުވަތަ ބަލަންޖެހޭ މީހަކު ބަލިވެގެން ނުވަތަ ކޮމިޓީން ގަބޫލުކުރާ އެނޫންވެސް ސަބަބެއް މެދުވެރިވެގެންނެވެ.

(ށ) ކޮމިޓީގެ ބައްދަލުވުމެއްގައި އެއްވެސް މަގުބޫލު އުޒުރަކާހުރެ ބައްދަލުވުމެއްގައި ބައިވެރިނުވެވޭނަމަ، ވީއެންމެ އަވަހަކަށް، ކޮމިޓީގެ ރައީސަށާއި ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްއަށް ލިޔުމުން އެކަން އަންގަންވާނެއެވެ.

(ނ) ކޮމިޓީގެ މެންބަރަކު 1 (އެކެއް) މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް ރަށުން ބޭރަށް ދާންޖެހިއްޖެ ހިނދެއްގައި، އެ މެންބަރެއްގެ މަސްއޫލިއްޔަތު، ކޮމިޓީގެ މަށްވަރާއާއެކު ލިޔުމަކުން އެހެން މެންބަރަކާ ހަވާލުކުރަން ވާނެއެވެ.

 

 

ހަތްވަނަ ބާބު

އެހެނިހެން ކަންކަން

 

47 ވަނަ މާއްދާ - ކޮމިޓީގެ އިދާރީ ހިންގުން

(ހ) ކޮމިޓީގެ އިދާރީ އެންމެހައި ކަންކަން ބެލެހެއްޓުމަށް ބޭނުންވާ ވަސީލަތްތަކާއި ކޮމިޓީގެ މަސައްކަތްތައް ކުރުމަށް ބޭނުންވާނެ އިދާރީ އިންތިޒާމު، ކައުންސިލުގެ ރައީސް ހަމަޖައްސައިދޭންވާނެއެވެ. މިގޮތުން، ކޮމިޓީގެ އިދާރީ މަސައްކަތްތަކާއި މާލީ މަސައްކަތްތައް ކަނޑައަޅައި، ކައުންސިލުގެ މުވައްޒަފުންގެ ވަޒީފާ ބަޔާނުގައި ހިމަނައި، ޒިންމާ ހަވާލުކުރަންވާނެއެވެ.

(ށ) ކޮމިޓީގެ އިދާރީ އެންމެހައި ލިޔެކިޔުންތަކާއި މާލީ އެންމެހައި ލިޔެކިޔުންތައް، ކައުންސިލުގެ އެހެނިހެން ލިޔުންތަކެކޭ އެއް އު ސޫލުން،ރައްކައުތެރިކަމާއި ޒިންމާދާރުކަމާއެކު ކައުންސިލުން ބަލަހައްޓަންވާނެއެވެ. އަންހެނުންގެ ކޮމިޓީގެ އެންމެހައި ލިޔެކިޔުން ހުންނަންވާނީ، އެ ކޮމިޓީގެ ބޭނުންތަކަށް ފަސޭހަކަމާއެކު ލިބޭ ނޭހެން އިންތިޒާމުކުރެވިފައެވެ.

(ނ) ކޮމިޓީގެ ބައްދަލުވުންތަކުގައި، ކައުންސިލުގެ އިދާރާގެ ޒިންމާދާރުވެރިޔާ ނުވަތަ އެ މަގާމުގެ މަސްއޫލިއްޔަތުތަކާ އެ ވަގުތަކު ހަވާލުވެހުރި ކައުންސިލުގެ އިދާރާގެ މުވައްޒަފު ނުވަތަ ކޮމިޓީގެ އިދާރީ ކަންކަން ބެލެހެއްޓުމަށް ކައުންސިލުން ކަނޑައަޅާ މުވައްޒަފަކު ބައިވެރިވާންވާނެއެވެ. ނަމަވެސް އެ ފަރާތަކަށް ކޮމިޓީން ނިންމާ ކަންކަމުގައި ވޯޓެއް ނުދެވޭނެއެވެ.

(ރ) ކޮމިޓީގެ ހަރަކާތްތައް ގިނަވެ، އާމްދަނ އިތުރުވެ، އިދާރީ މަސައްކަތްތައް އިތުރުވެއްޖެނަމަ، ކޮމިޓީގެ މާލީ ތަނަވަސްކަން ހުރިނަމަ، ކޮމިޓީގެ ހަރަކާތްތަކުގެ އިދާރީ މަސައްކަތްތަކަށް، ކައުންސިލުގެ މަށްވަރާގެ މަތީން،މުވައްޒަފުން ހޯދިދާނެއެވެ.

 

48 ވަނަ މާއްދާ - ޖަވާބުދާރީ ވުން

ކޮމެޓީ ގެ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލަށާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށް ކޮމެޓީން ޖަވާބުދާރީ ވާންވާނެއެވެ.

 

49 ވަނަ މާއްދާ - ކޮމިޓީގެ ނަމުގައި ސޮއިކުރުން

ކޮމިޓީން އެކި ފަރާތްތަކަށް ފޮނުވާ ސިޓީ އާއި، ރިޕޯޓާއި، ރަސްމީ އެހެނިހެން ލިޔުންތަކާއި، ކޮމެޓީ ގެ މަސައްކަތްތަކާ ގުޅޭގޮތުން ބޭނުންވާ މުދަލާއި ހިދުމަތްތަކަށް އެދޭ ލިޔުންތަކުގައި ސޮއިކުރާނީ، ކޮމިޓީގެ ރައީސެވެ. ކޮމިޓީގެ ރައީސް ނެތް ހިނދެއްގައި، ކޮމިޓީގެ ނައިބު ރައީސެވެ. ނުވަތަ ކޮމިޓީހިންގުމާ އެ ވަގުތަކު ހަވާލުވެހުރި މެންބަރެކެވެ.

 

50 ވަނަ މާއްދާ - ކޮމިޓީގެ ލެޓަރހެޑާއި ސިއްކަ

(ހ) ކޮމިޓީން ފޮނުވާ ލިޔެކިޔުންތަކުގައި ބޭނުންކުރާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ނަމޫނާ ލެޓަރހެޑެވެ.

(ށ) ކޮމިޓީގެ ސިއްކައިގެ ގޮތުގައި ބޭނުންކުރާނީ، ކައުންސިލުގެ ސިއްކައެވެ.

 

51 ވަނަ މާއްދާ - ކޮމިޓީމަސައްކަތްކުރާ ތަން

ކޮމިޓީގެ މަސައްކަތްތައް ކުރާނީ، ކައުންސިލުގެ އިދާރާގައެވެ.

 

52 ވަނަ މާއްދާ - ގަވާއިދު އިސްލާހުކުރުން

މި ގަވާއިދު އިސްލާހުކުރުމުގެ ބާރު ކޮމިޓީއަށް ލިބިގެންވެއެވެ.

 

53 ވަނަ މާއްދާ - ގަވާއިދުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ އަމަލު ކުރާނޭ ގޮތް

މި ގަވާއިދުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ، އެ ކަމެއް ނިންމާނީ، އެ ކޮމިޓީއަކާއި، ރަށު ކައުންސިލާ ނުވަތަ ސިޓީ ކައުންސިލާ މަށްވަރާކުރުމަށްފަހު، ލޯކަލް ގަވަރމަންޓް އޮތޯރިޓީންނެވެ.

 

54 ވަނަ މާއްދާ - އިޖުރާއ ގަވާއިދާ އެއްވެސް މާއްދާއެއް ފުށުއެރުން

މި ގަވައިދުގައި ބަޔާންކޮށްފައިވާ އެއްވެސް މާއްދާއެއް ކައުންސިލުތަކުގެ އާންމު އިޖުރާއ ގަވައިދާ ފުށުއަރައިފިނަމަ އިސްކަންދެވޭނީ، ގަވާއިދު ނަންބަރު 2021-143 (ލޯކަލް ކައުންސިލުތަކުގެ އާންމު އިޖުރާއީ ގަވާއިދު) އަށެވެ.

 

55 ވަނަ މާއްދާ - މާނަ ކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ތިރީގައި ބަޔާންކޮށްފައިވާ އިބާރާތްތަކަށާއި ލަފުޒުތަކަށް ދީފައިވަނީ، ތިރީގައިވާ އަކުރުތަކުގައި ބަޔާންކޮށްފައިވާ މާނައެވެ.

(ހ) "އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ" ނުވަތަ "ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އިންތިހާބުކޮށްފައިވާ އަރިއަތޮޅު އުތުރުބުރީ މާޅޮހުއަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީ އަށެވެ.

(ށ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީނިސްބަތްވާ ރަށު ކައުންސިލަށް ނުވަތަ ސިޓީކައުންސިލަށެވެ.

(ނ) "ވިޔަ މޮޑިއުލް" ކަމަށް ބުނެފައި އެވަނީ، ކައުންސިލުތަކުގެ މާލީ ކަންކަން ބެލެހެއްޓުމަށް އެކުލަވައިލައި ފައިވާ ޕޯޓަލްއަށެވެ.

 

މައި ގާނޫނު

ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު