ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތައް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2022-81)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2021-07 (މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) ގެ 71 ވަނަ މާއްދާގެ (ނ) ގެ (5) ވަނަ ނަންބަރާއި، 71 ވަނަ މާއްދާގެ (ނ) ގެ (9) ވަނަ ނަންބަރުގެ ދަށުން އެކުލަވައިލައިފައިވާ، ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކާއި ކެމްޕަސްތައް ރަޖިސްޓަރީކޮށް ހިންގުމުގައި އަމަލުކުރާ މިންގަނޑު ބަޔާންކުރާ ގަވާއިދެވެ.
(ށ) މި ގަވާއިދަށް ކިޔަނީ، "ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތައް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒުތައް ނުވަތަ މަރުކަޒުތަކުގެ ކެމްޕަސްތައް އެއް މިންގަނޑެއްގެ ދަށުން ހަމަހަމަކަމާއެކު ރަޖިސްޓަރީކޮށްދީ، އެ ތަންތަނަކީ މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ކަނޑައަޅައިފައިވާ މޯލްޑިވްސް ނޭށަނަލް ކޮލިފިކޭށަންސް ފްރޭމްވާރކްގެ މިންގަނޑުތަކަށް ފެތޭ ތަންތަން ކަމުގައި ކަށަވަރުކުރުމެވެ.
ބާބު 2:
ރަޖިސްޓަރީކޮށް ހިންގުން
3 ވަނަ މާއްދާ - މަރުކަޒުތައް ރަޖިސްޓަރީކުރުން
(ހ) ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތަކުން މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކާއި ކެމްޕަސްތައް ދިވެހިރާއްޖޭގައި ހިންގަންވާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މި މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެންނެވެ.
(ށ) ދިވެހިރާއްޖެއިން ބޭރުގެ ފަރާތް ތަކުން ދިވެހިރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭން ރަޖިސްޓަރީކުރުމަށް ހުށަހެޅޭނީ، އަންނަނިވި ގިންތިތަކުގެ ތެރެއިންނެވެ.
- ދިވެހިރާއްޖޭގައި ބޭރު ފަރާތަކުން އަލަށް ހުޅުވާ އިންސްޓިޓިއުޓް؛
- ބޭރު ގައުމެއްގައި ހިންގާ އިންސްޓިޓިއުޓެއްގެ ކެމްޕަހެއް؛
- ބޭރު ގައުމެއްގައި ހިންގާ ކޮލެޖެއްގެ ކެމްޕަހެއް؛
- ބޭރު ގައުމެއްގައި ހިންގާ ޔުނިވަރސިޓީއެއްގެ ކެމްޕަހެއް.
4 ވަނަ މާއްދާ - ރަޖިސްޓަރީކޮށްދިނުމުގެ ށަރުތުތައް
(ހ) ދިވެހިރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ އިންސްޓިޓިއުޓެއްގެ ކެމްޕަހެއް ދިވެހިރާއްޖޭގައިހިންގުމަށް ރަޖިސްޓަރީ ކޮށްދެވޭނީ، ރަޖިސްޓަރީކުރުމަށް ހުށަހެޅުމުގެ ކުރިން، ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅައި، ބޭރުގެ މައި އިންސްޓިޓިއުޓުގައި މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ގަބޫލުކުރާ ޑިޕްލޮމާއާއި އެޑްވާންސް ޑިޕްލޮމާ ފެންވަރަށް ކިޔަވައިދީފައިވުމާއެކު، މަދުވެގެން 3 (ތިނެއް) ފެކަލްޓީއެއްގައި، ދަރިވަރުންނަށް މަރުކަޒުގެ އަމިއްލަ ޑިޕްލޮމާއާއި އެޑްވާންސް ޑިޕްލޮމާ ލެވެލްގެ ކޯސްތައް މެދުނުކެނޑި ހިންގައިފައިވާ ތަނެއް ކަމުގައި ވާނަމައެވެ. މި މާއްދާގެ ބޭނުމަށް މެދުކެނޑުމެއް ކަމުގައި ބެލެވޭނީ، އެއްވެސް ސަބަބަކާހުރެ، ޗުއްޓީ ދުވަސް ނުހިމަނައި 6 (ހައެއް) މަސްދުވަހުގެ ނުވަތަ އެއަށްވުރެ ގިނަ ދުވަހަށް ކިޔެވުން ހުއްޓައިލައިފައި ނުވަތަ ހުއްޓިފައިވާނަމައެވެ.
(ށ) ބޭރުގެ ކޮލެޖެއްގެ ކެމްޕަހެއް ރާއްޖޭގައި ހިންގުމަށް ރަޖިސްޓަރީ ކޮށްދެވޭނީ، އެ ކެމްޕަހުގެ މައި ކޮލެޖުގައި ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ގަބޫލުކުރާ ޑިގްރީ ފެންވަރަށް ނުވަތަ އެއަށްވުރެމަތީގެ ފެންވަރަށް ކިޔަވައިދީފައިވުމާއެކު، މަދުވެގެން 5 (ފަހެއް) ފެކަލްޓީއެއްގައި،ދަރިވަރުންނަށް މަރުކަޒުގެ އަމިއްލަ ޑިގްރީއާއި މާސްޓާރސް ކޯސްތައް މެދުނުކެނޑިހިންގައި، އެ މަރުކަޒުގެ އަމިއްލަ ޑިގްރީ ސެޓުފިކެޓު އެވޯޑްކޮށްފައިވާ ތަނެއް ކަމުގައިވާނަމައެވެ. މެދުކެނޑުން ކަމުގައި ބެލެވޭނީ، އެއްވެސް ސަބަބަކާހުރެ، ޗުއްޓީ ދުވަސް ނުހިމަނައި، 6 (ހައެއް) މަސްދުވަހަށް ނުވަތަ އެއަށްވުރެ ގިނަ ދުވަހަށް ކިޔެވުންހުއްޓައިލުމުންނެވެ.
(ނ) ބޭރުގެ ޔުނިވަރސިޓީއެއްގެ ކެމްޕަހެއް ރާއްޖޭގައި ހިންގުމަށް ރަޖިސްޓަރީ ކޮށްދެވޭނީ، އެ ކެމްޕަހުގެ މައި ޔުނިވަރސިޓީގައި ވޭތުވެދިޔަ 10 (ދިހައެއް) އަހަރުދުވަހުގެ ތެރޭގައި މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ގަބޫލުކުރާ ޑިގްރީ ފެންވަރަށް ނުވަތަ އެއަށްވުރެ މަތީ ފެންވަރަށް ކިޔަވައިދީފައިވުމާއެކު، މަދުވެގެން 7 (ހަތެއް) ފެކަލްޓީއެއްގައި، ދަރިވަރުންނަށް މަރުކަޒުގެ އަމިއްލަ ޑިގްރީއާއި، މާސްޓަރސްއާއި، ޑޮކްޓޯރަލް ލެވެލްގެކޯސްތައް މެދުނުކެނޑި ހިންގައި، އެ މަރުކަޒުގެ އަމިއްލަ ޑިގްރީ ސެޓުފިކެޓުއެވޯޑްކޮށްފައިވާ ތަނެއް ކަމުގައި ވާނަމައެވެ. މެދުކެނޑުން ކަމުގައި ބެލެވޭނީ، އެއްވެސް ސަބަބަކާހުރެ، ޗުއްޓީ ދުވަސް ނުހިމަނައި، 6 (ހައެއް) މަސްދުވަހަށް ނުވަތަ އެއަށްވުރެ ގިނަ ދުވަހަށް ކިޔެވުން ހުއްޓައިލުމުންނެވެ.
(ރ) ރަޖިސްޓަރީކުރަން ހުށަހަޅާ ބޭރުގެ ޔުނިވަރސިޓީގެ ކެމްޕަހުގެ މައި ޔުނިވަރސިޓީގައި ރިސާރޗް ހަދާނެ ވަކި ސެންޓަރެއް ގާއިމުކޮށް، ރިސާރޗުގެ މަސައްކަތް ކުރަން ފަށައިފައި ވާންވާނެއެވެ.
(ބ) ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގެ މައި ކެމްޕަސްތަކަކީ ކިޔަވައިދިނުމުގައި އެ ގައުމެއްގެ ފެންވަރު ބެލުމުގެ ނިޒާމުގެ ތެރެއިން ގަބޫލުކުރެވޭ ފެންވަރެއްގައި ހިންގާ ނުވަތަ ފެންވަރު ބެލުމުގެ ގޮތުން އިންޓަރނަލް ނުވަތަ އެކްސްޓަރނަލް އޮޑިޓް ހަދައިފައިވުމުގެ އިތުރުން، އެ އޮޑިޓުގެ ލަފަޔާ އެއްގޮތަށް އިދާރީ ހިންގުމާއި އިލްމީ ފެންވަރު އެކަށައަޅަމުން ގެންދާކަން ލިޔެކިޔުމުން ސާބިތުކޮށްދެވޭ ފަރާތެއްކަމުގައި ވާންވާނެއެވެ.
(ޅ) ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގެ ބޭރުގެ މައި ކެމްޕަހަކީ ކިޔަވައިދިނުމުގައި މެދުކެނޑުމެއްނެތި 10 (ދިހައެއް) އަހަރުވެފައިވާ ތަނެއް ކަމުގައި ވާންވާނެއެވެ.
5 ވަނަ މާއްދާ - މަރުކަޒުތަކުގައި ހުންނަންވާނެ އާންމު ސިފަތައް
ދިވެހިރާއްޖޭގައި، ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތަކުން ހިންގާ މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކާއި ކެމްޕަސްތަކުގައި، އަންނަނިވި ސިފަތައް ހުންނަންވާނެއެވެ.
(ހ) ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒެއްގައި ހިންގާ %75 (ހަތްދިހަފަހެއް އިންސައްތަ) ޕްރޮގްރާމްތައް ވާންވާނީ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލްތަކަށް ފެތޭގޮތަށް ތައްޔާރުކޮށްފައިވާ ޕްރޮގްރާމްތަކަކަށެވެ. މީގެ އިތުރުން، ކޯސްތަކަށް ހާއްސަކޮށްގެން ހިންގާ ފައުންޑޭށަން ނުވަތަ ބިންގާ ކޯސްތައް މަރުކަޒުގައި ހިންގިދާނެއެވެ.
(ށ) ބޭރުގެ ފަރާތްތަކުން ހިންގާ މަރުކަޒުތަކުގެ އެކި ގިންތިތަކުގައި ޕްރޮގްރާމްތައް ހިންގޭނީ،
ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އަންނަވި ލެވެލްތަކަށެވެ.
- އަލަށް ހުޅުވާ އިންސްޓިޓިއުޓް: ލެވެލް 1 އިން ލެވެލް 6 އަށް؛
- ބޭރުގައުމެއްގައި ހިންގާ އިންސްޓިޓިއުޓެއްގެ ކެމްޕަހެއް: ލެވެލް 1 އިން ލެވެލް 6 އަށް؛
- ބޭރުގައުމެއްގައި ހިންގާ ކޮލެޖެއްގެ ކެމްޕަހެއް: ލެވެލް 5 އިން ލެވެލް 9 އަށް؛
- ބޭރުގައުމެއްގައި ހިންގާ ޔުނިވަރސިޓީއެއްގެ ކެމްޕަހެއް: ލެވެލް 5 އިން ލެވެލް 10 އަށް.
(ނ) މަރުކަޒުގައި ކިޔަވައިދެވޭނީ، އުމުރުން 16 (ސޯޅަ) އަހަރުން މަތީގެ ދަރިވަރުންނަށެވެ.
(ރ) މަރުކަޒުގައި ކިޔަވާ ދަރިވަރުންގެ މަދުވެގެން %50 (ފަންސާސް އިންސައްތަ) އަކީ،ފުލްޓައިމް ދަރިވަރުން ކަމުގައި ވާންވާނެއެވެ.
(ބ) މަރުކަޒުގައި ކިޔަވައިދޭ ހުރިހާ ކޯސްތަކުގެ ޖާގައިގެ މަދުވެގެން %40 (ސާޅީސް އިންސައްތަ) ޖާގަ ދިވެހި ދަރިވަރުންނަށް ރިޒަރވް ކޮށްފައި ހުންނަން ވާނެއެވެ.
(ޅ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަރުކަޒުތަކުގައި ކިޔަވައިދޭ ހުރިހާޕްރޮގުރާމްތަކަށް ސަނަދު ދޫކުރަންވާނީ، އެ މަރުކަޒުތައް ނިސްބަތްވާ މައި އިދާރާއިންނެވެ.
(ކ) ކޮލެޖުގައި ކިޔަވައިދޭ ލެކްޗަރަރއިންގެ ތެރެއިން މަދުވެގެން %25 (ފަންސަވީސް އިންސައްތަ) އަކީ ފުލްޓައިމް ލެކްޗަރަރއިންނަށް ވާންވާނެއެވެ. (އ) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލްގެ ޕްރޮގްރާމެއްގައި ކިޔަވައިދޭ ލެކްޗަރަރއިންނަކީ މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) ގެ ޕްރޮގްރާމް އެޕްރޫވަލް ގައިޑްލައިނުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތައް ކަމުގައި ވާންވާނެއެވެ.
(ވ) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލަކަށް ފެތޭ ޕްރޮގްރާމެއްގައި ކިޔަވައިދޭ ލެކްޗަރަރއިންނަކީ ކިޔަވައިދޭ ލެވެލަށް ވުރެ މަތީ ލެވެލެއްގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް ވާންވާނެއެވެ.
(މ) މި މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަނުވާ ލެކްޗަރަރއަކަށް، ފަންނީ ހުނަރުވެރި މަސައްކަތްތެރިކަމުގެ ޕްރޮގްރާމެއްގައި ކިޔަވައިދެވިދާނެއެވެ. ނަމަވެސް އެ ލެކްޗަރަރއަކީ މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ނުވަތަ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ގައުމީ ފެންވަރުގައި ބަލައިގަނެ ހުއްދަދީފައިވާފަރާތަކަށް ވާންވާނެއެވެ.
(ފ) މަރުކަޒުތަކާއި މަރުކަޒުތަކުގެ ކެމްޕަސްތައް ހިންގަން ހުށަހަޅާ އިމާރާތް ނުވަތަ ތަނަކީމަރުކަޒުތަކާއި މަރުކަޒުތަކުގެ ކެމްޕަސްތައް ހިންގުމަށް، އެންމެ މަދުވެގެން ވެސް 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ލިބިފައިވާ ތަނެއް ކަމުގައި ވާންވާނެއެވެ.
(ދ) ރާއްޖެއިން ބޭރުގެ މަރުކަޒުތައް ހިންގުމަށް ހުށަހަޅާ އިމާރާތަކީ، މިނިސްޓްރީން ށާއިއުކުރާ، "ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޓާއި ކެމްޕަސް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ފޯމު" ގައިވާ، މަރުކަޒު ހިންގުމަށް ހުށަހަޅާ އިމާރާތުގައި ހުންނަންވާނެ އަސާސީ މިންގަނޑުތައް ފުރިހަމަވެފައިވާ ތަނަކަށް ވުމާއެކު، ގާނޫނު ނަންބަރު 2017-04 (އިމާރާތްކުރުމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން އިމާރާތްކުރުމާއި އިމާރާތް ބޭނުންކުރުމުގެ ހުއްދަ ލިބިފައިވާތަނަކަށް ވާންވާނެއެވެ.
(ތ) ކިޔަވައިދޭން ތައްޔާރުކޮށްފައިވާ 1 (އެކެއް) އިމާރާތެއްގައި ނުވަތަ ތަނެއްގައި ރަޖިސްޓަރީކޮށްދެވޭނީ، 1 (އެކެއް) މަރުކަޒު ނުވަތަ 1 (އެކެއް) ކެމްޕަހެވެ.
(ލ) މަރުކަޒުތަކުގައްޔާއި މަރުކަޒުތަކުގެ ކެމްޕަސްތަކުގައި ދަރިވަރުން މަޑުކޮށްލައިގެން ތިބެގެން ކިޔެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެއެވެ.
6 ވަނަ މާއްދާ - ފުލްޓައިމް މުވައްޒަފުން
(ހ) ބޭރުގެ ފަރާތްތަކުން ރާއްޖޭގައި އަލަށް ހުޅުވާ އިންސްޓިޓިއުޓް ނުވަތަ އިންސްޓިޓިއުޓުގެ ކެމްޕަހުގައި ފުލްޓައިމް މުވައްޒަފުންގެ ގޮތުގައި އަންނަނިވި ފަރާތްތައް ތިބެ ންވާނެއެވެ.
- ހިންގާ އިސްވެރިޔާ؛
- އިދާރީ ކަންތައްތަކާއި މާލީ ކަންތައްތައް ބަލަހައްޓާނެ ފަރާތް؛
- އިތުރު ފެކަލްޓީއެއް އުފައްދާނަމަ، އެންމެ މަދުވެގެން ވެސް ފުލްޓައިމް އިދާރީ 1 (އެކެއް) މުވައްޒަފު.
(ށ) ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ހިންގާ ބޭރުގައުމެއްގެ ކޮލެޖެއްގެ ކެމްޕަހެއް ނުވަތަ ޔުނިވަރސިޓީއެއްގެ ކެމްޕަހެއްގައި ފުލްޓައިމް މުވައްޒަފުންގެ ގޮތުގައި އަންނަނިވި ފަރާތްތައް ތިބެ ންވާނެއެވެ.
- ކޮލެޖު ކެމްޕަސް ހިންގުމާ ހަވާލުވެ ހުންނަ، މާސްޓަރސް ޑިގްރީ ފެންވަރުގެ ފަރާތެއް؛
- ތައުލީމީ ކަންތައްތައް ބަލަހައްޓާނެ، މާސްޓަރސް ޑިގްރީ ފެންވަރުގެ ފަރާތެއް؛
- އިދާރީ ކަންތައްތަކާއި މާލީ ކަންތައްތައް ބަލަހައްޓާ، މާސްޓަރސް ޑިގްރީ ފެންވަރުގެ ފަރާތެއް؛
- ރަޖިސްޓްރާރ ނުވަތަ ދަރިވަރުންގެ އެޑްމިށަންސްއާއި ރިކޯޑުތަކާ ހަވާލުވެގެން ހުންނަ، އަންޑަރ ގްރެޖުއޭޓް ޑިގްރީ ފެންވަރުގެ ފަރާތެއް؛
- ތަމްރީނު ލިބިފައިވާ ލައިބްރޭރިއަނެއް؛
- ފުލްޓައިމް ލެކްޗަރަރއިންގެ ގޮތުގައި ރިސަރޗް މަސައްކަތްކުރާނެ، ލެވެލް 10 (ދިހައެއް) ގެ ސަނަދު ލިބިފައިވާ ފަރާތްތައް؛
- އިތުރު ފެކަލްޓީއެއް އުފައްދާނަމަ، އެންމެ މަދުވެގެން ވެސް، ފުލްޓައިމް 1 (އެކެއް) އިދާރީ މުވައްޒަފު ހުންނަންވާނެއެވެ.
7 ވަނަ މާއްދާ - ޕްރޮގްރާމް ހިންގުން
(ހ) މަރުކަޒު ހިންގުމުގެ ހުއްދަ މިނިސްޓްރީން ދިނުމުން ޕްރޮގްރާމްތައް ހިންގަންވާނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅައިގެން މުގައްރަރު ފާސްކުރުމަށްފަހު، އެ ފަރާތުގެ އިރުށާދާ އެއްގޮތަށެވެ.
(ށ) ރެގިއުލޭޓަރީ އިދާރާއަކުން ހުއްދަ ލިބިގެން ހިންގަންޖެހޭ ޕްރޮގްރާމްތައް ހިންގަންވާނީ، އެ ފަރާތްތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދައިގެންނެވެ.
(ނ) ޓެކްނިކަލް ޓްރެއިނިންގއާއި ވޮކޭށަނަލް ޓްރެއިނިންގ ފޯރުކޮށްދޭ މަރުކަޒުތަކުން،މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ސްޓޭންޑަޑްތަކަށް ޕްރޮގްރާމްތައް ހިންގަން އެދޭނަމަ، މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ރަޖިސްޓަރީކޮށްގެން، އެކަމުގެ ހުއްދަ ނަގަންވާނެއެވެ.
8 ވަނަ މާއްދާ - ޓިޔުށަންފީ
(ހ) ގާނޫނު ނަންބަރު 2021-07 (މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) ގެ 27 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން ފީއާ ގުޅޭ މައުލޫމާތު،ދަރިވަރުން ޕްރޮގްރާމަށް އެޕްލައިކުރުމުގެ ކުރިން ފެންނާނޭހެން އާންމުކުރަންވާނެއެވެ.
(ށ) އެއް ޕްރޮގްރާމެއްގައި އެއް ވަގުތެއްގައި އެންރޯލްވާ ހުރިހާ ދަރިވަރުންގެ އަތުން ނަގާ ފީ އެއްވަރުވާންވާނެއެވެ.
(ނ) ދަރިވަރުންގެ އަތުން ނަގާ އެކިކަހަލަ އިތުރު ފީތަކުގެ މައުލޫމާތު، ޕްރޮގްރާމަށް އެންރޯލްވުމުގެ ކުރިން، ދަރިވަރުންނަށް ފެންނާނޭހެން އާންމުކުރަން ވާނެއެވެ.
(ރ) ޕްރޮގްރާމަށް ދަރިވަރުން ދައްކާ ފައިސާ ރިފަންޑް ކުރުމާ ބެހޭ އުސޫލުތައް އޮތުމާއެކު، އެ އުސޫލުތައް ދަރިވަރުންނަށް ފެންނާނޭހެން އާންމު ކުރަން ވާނެއެވެ.
9 ވަނަ މާއްދާ - ދަރިވަރުންނަށް ހިދުމަތް ދިނުން
މަރުކަޒުތަކުން ދަރިވަރުންނަށް ހިދުމަތްދިނުމުގައި އަންނަވި އުސޫލުތަކަށް އަމަލުކުރަންވާނެއެވެ.
(ހ) މަރުކަޒުގައި ކިޔަވާ ދަރިވަރުންނަށް އެއްވެސް މާލީ މަންފާއެއް ލިބިދޭ ގޮތަށް އެ ތަނެއްގައި ހަމަޖެހިފައިވާނަމަ، އެ މަންފާއެއް ލިބުމަށް އެދި ހުށަހަޅާނެ ގޮތާއި، އެކަމާ ގުޅޭ ށަރުތުތަކާއި އުސޫލުތައް އެ މަރުކަޒުތަކުން އެކުލަވައިލައި، ދަރިވަރުންނަށް ފެންނާނޭހެން އެ އުސޫލުތައް އާންމު ކުރަން ވާނެއެވެ.
(ށ) ގާނޫނު ނަންބަރު 2021-07 (މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) ގެ 65 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންވެގެންވާ ކަންކަން ހިމެނޭ ގޮތަށް، މަރުކަޒުގައި ކިޔަވާ ދަރިވަރުންގެ މަސައްކަތްތަކުގެ ތެރެއިން އެ ދަރިވަރުން އެސެސްކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް އެ ދަރިވަރުން އަމިއްލައަށް ފުރިހަމަކުރުމަށް ލާޒިމުކޮށް، އެހެން ފަރާތަކާ ހަވާލުކޮށްގެން އެ މަސައްކަތްކުރުން މަނާކޮށް، އެފަދަ މައްސަލަތައް ބަލައި ދަރިވަރުންނާމެދު ފިޔަވަޅު އެޅުމާ ގުޅޭ އުސޫލުތައް އެކުލަވައިލައި، އެ އުސޫލުތައް ދަރިވަރުންނަށް ފެންނާނޭހެން އާންމުކުރަން ވާނެއެވެ.
10 ވަނަ މާއްދާ - ފެންވަރު ހިފެހެއްޓުމާއި ރިކޯޑު ބެލެހެއްޓުން
(ހ) ކޮންމެ 3 (ތިނެއް) އަހަރަކުން އިންސްޓިޓިއުށަނަލް އޮޑިޓެއް، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ކުރާނެއެވެ. މި އޮޑިޓްކުރުމަށް ބޭނުންވާ އެންމެހައި ކަންކަމަށް މަރުކަޒުތަކުން އެއްބާރުލުން ދޭންވާނެއެވެ.
(ށ) ފެންވަރު ބެލުމުގެ އޮޑިޓުގައި ބެލޭނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) ގެ އިންސްޓިޓިއުށަނަލް އޮޑިޓުގެ ގައިޑްލައިނަށެވެ.
(ނ) މަރުކަޒުގައި ޕްރޮގްރާމެއް ހިންގުމުގައި ނުވަތަ ކިޔަވައިދިނުމުގައި މައްސަލައެއް ދިމާވެއްޖެނަމަ، ނުވަތަ ކިޔަވައިދިނުމުގެ ފެންވަރަށް އަސަރުކުރާނޭފަދަ އެއްވެސް ކަމެއް ދިމާވެއްޖެނަމަ، އެ ކަމެއް ބަލައި، އޮޑިޓް ކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށާއި މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ލިބިގެންވެއެވެ.
(ރ) އޮޑިޓުގައި ފާހަގަކުރެވޭ މައްސަލަތައް، އޮޑިޓް ރިޕޯޓުގައި ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި އެ މަރުކަޒަކުން ހައްލު ކުރަންވާނެއެވެ.
(ބ) މަރުކަޒުގައި ހިންގާ ކޯސްތައް ހިނގާނުހިނގާގޮތް ބެލުމަށާއި، ކިޔަވައިދިނުމުގެ ފެންވަރު ބެލުމަށާއި، ކިޔަވައިދޭ ޕްރޮގްރާމްތަކާއި، ދަރިވަރުންގެ ފެންވަރު މަތިކޮށް ހިފެހެއްޓުމަށް ޓަކައި އިންޓަރނަލް ސުޕަވިޒަންގެ ނިޒާމަކާއި އިންޓަރނަލް ކޮލިޓީ އެށުއަރަންސްގެ ނިޒާމެއް، ކޮންމެ މަރުކަޒެއްގައި ވެސް ގާއިމުކުރަންވާނެއެވެ. އަދި މި ނިޒާމުތަކުގެ ތެރެއިން ސުޕަވިޒަންގެ ކަންތައްތައް ބަލަހައްޓާނޭ މުވައްޒަފަކު ވެސް ހުންނަންވާނެއެވެ.
(ޅ) ތިރީގައި ބަޔާންކޮށްފައިވާ ރިކޯޑުތައް، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ނުވަތަ މިނިސްޓްރީން ބޭނުންވެއްޖެ ހިނދެއްގައި ފަސޭހައިން ލިބޭނެ އިންތިޒާމު މަރުކަޒުގައި ހަމަޖެހިފައި ހުންނަންވާނެއެވެ.
- ކިޔަވައިދިނުމުގެ މަސައްކަތް ރިވިއުކޮށް މޮނިޓަރކުރާ ގޮތުގެ ރިކޯޑުތައް (ކޯސްތައް/ ޕްރޮގްރާމްތައް ވަކިވަކިން)؛
- ކިޔަވައިދިނުމާއި، ދެވޭ ހިދުމަތްތަކާމެދު ހޯދާ ދަރިވަރުންގެ ހިޔާލުގެ ރިޕޯޓު (ކޯސް/ ޕްރޮގްރާމް ފީޑްބެކް ރިޕޯޓު)؛
- ލެކްޗަރަރއިންގެ ލިސްޓާއި، ކޮލިފިކޭށަނާއި، މަސައްކަތުގެ ސުޕަރވިޒަން ރިޕޯޓުތަކާއި، ހާޒިރީ ރިޕޯޓުތައް؛
- ދަރިވަރުންގެ ހާޒިރީ ރިޕޯޓުތަކާއި، ދަރިވަރުންގެ ޕްރޮގްރެސް އެނގޭގޮތަށް ތައްޔާރުކޮށްފައިވާ މާކްށީޓުތައް (ޕްރޮގްރާމް ފެށުމަށްފަހު ޕްރޮގްރާމް ދޫކޮށްލާ ދަރިވަރުން އެނގޭގޮތަށް)؛
- ސްޓޫޑެންޓް އެސެސްމެންޓް ކްރައިޓީރިޔާއާއި، ދޭ އިމްތިޙާނު ކަރުދާހާއި،އެސައިންމެންޓްތައް؛
- ޕްރޮގްރާމްތައް ހިނގަމުންދާ ގޮތާއި، ކިޔަވައިދިނުމުގައި ބޭނުންކުރާ ރިސޯސްތައް؛
- އިންޓަރނަލް ސުޕަވިޒަނާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތައް؛
- ދަރިވަރުން/ ލެކްޗަރަރއިންގެ ކަންތައްތަކާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ މައުލޫމާތު؛
- އިމްތިޙާނާ ބެހޭގޮތުންނާއި، ޕްރޮގްރާމުގެ މުގައްރަރާއި އެސެސްކުރުމާ ބެހޭ ލިޔެކިޔުންތައް؛
- އިންޓަރނަލް އޮޑިޓާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތައް؛
- އެޑްމިށަން ކްރައިޓީރިޔާއާއި، އެޑްމިށަންގެ މަސައްކަތް ހިނގާގޮތުގެ މައުލޫމާތު؛
- ދަރިވަރުންގެ ރިކޯޑުތައް، މަދުވެގެން 6 (ހައެއް) އަހަރުދުވަހުގެ މުއްދަތަށް ރައްކައުކޮށްފައި ހުރުން؛
- މި ގަވާއިދުގައި ބަޔާންވެފައިވާ އެންމެހައި ލިޔެކިޔުންތައް.
11 ވަނަ މާއްދާ - ރިޕޯޓުތަކާއި ތަފާސްހިސާބު ހުށަހެޅުން
(ހ) މިނިސްޓްރީން އަންގާ ފޯމެޓަށް ތައްޔާރުކޮށްފައިވާ އަހަރީ ރިޕޯޓާއި ތަފާސްހިސާބު، ކޮންމެ އަހަރެއްގެ ޖަނަވަރީމަހުގެ 30 (ތިރީސް) ވަނަ ދުވަހުގެ ކުރިން ހުށަހަޅަންވާނެއެވެ.
(ށ) މާލީ ކޮންމެ އަހަރެއް ނިމޭތާ ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، އޮޑިޓްކުރުމުގެ ލައިސަންސް ލިބިފައިވާ އޮޑިޓަރަކު ނުވަތަ އޮޑިޓް ފާރމެއް މެދުވެރިކޮށް އެކުލަވައިލައިފައިވާ މަރުކަޒުގެ އޮޑިޓް ރިޕޯޓެއް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
12 ވަނަ މާއްދާ - ށަކުވާ ހުށަހެޅުމުގެ ނިޒާމު
(ހ) މަރުކަޒުގައި އަންނަނިވި ކަންކަން ހިމެނޭގޮތުން ށަކުވާ ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސައި، އެކަމާ ގުޅޭ އުސޫލުތައް ހަދައި، އުސޫލުތައް ދަރިވަރުންނާ ހިއްސާކުރަން ވާނެއެވެ.
- ދަރިވަރުންނަށް އެޑްމިށަން ދިނުމާއި އެންރޯލްކުރުމާ ގުޅޭ ކަންކަން؛
- ދަރިވަރުންނަށް ކިޔަވައިދިނުމާއި، ފޯރުކޮށްދޭ އެހެނިހެން ހިދުމަތްތަކާ ގުޅޭގޮތުން؛
- ހަނގާކުރުމާ ގުޅޭގޮތުން؛
- މަރުކަޒުގެ މާޙައުލުން އެއްވެސް ކަހަލަ ގޯނާއެއް ނުވަތަ ފުރައްސާރައެއް ލިބޭނަމަ، އެކަމާ ގުޅޭގޮތުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމަކާ ގުޅޭ މައްސަލައެއް ދަރިވަރަކު ހުށަހަޅާތާ ރަސްމީ 5 (ފަހެއް) ދުވަހުގެ ތެރޭގައި ޖަވާބެއް ލިބިފައި ނުވާނަމަ، ނުވަތަ ލިބިފައިވާ ޖަވާބާމެދު ދަރިވަރު ހިތްހަމަ ނުޖެހޭނަމަ، މިނިސްޓްރީއަށް ލިޔުމުން ށަކުވާ ހުށަހެޅުމުގެ ފުރުސަތު ދަރިވަރަށް ލިބިގެންވެއެވެ. އަދި މިނިސްޓްރީއަށް ދަރިވަރަކު އެފަދަ ށަކުވާއެއް ހުށަހަޅާތާ ރަސްމީ 10 (ދިހައެއް) ދުވަހުގެ ތެރޭގައި ލިޔުމުން ދަރިވަރަށް ޖަވާބު ދޭންވާނެއެވެ.
13 ވަނަ މާއްދާ - މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒު ރަޖިސްޓަރީ ކުރުމަށް އެދި ހުށަހެޅޭނެ ފަރާތްތައް
(ހ) މި ގަވާއިދުގެ ދަށުން މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒެއް ރަޖިސްޓަރީ ކުރުމަށް އެދި މިނިސްޓްރީއަށް ހުށަހެޅޭނީ، ދިވެހިރާއްޖޭގެ އިގްތިސާދީ ތަރައްގީއާއި، ވިޔަފާރިއާ ގުޅުންހުރި އެންމެހައި ކަންކަމާ ބެހޭ ވުޒާރާގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގެ ދަށުން މަތީ ތައުލީމާއި ތަމްރީނު ދިނުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
(ށ) ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގެ މައި ކެމްޕަސްތަކުގެ ނަމާއި، ނަމުގެ މާނައާއި، ނަމުގެ ގޮތުގައި ބޭނުންކުރާ އިނީށިއަލްސްއާއި، ތަނުގެ ލޯގޯއާއި، ދިދައާއި، ވިށަނާއި، މިށަނާއި، މޮޓޯއާއި، މެންޑޭޓާއި، ހިންގާ ގަވާއިދާއި، ޗާޓަރާއި، މަންހަޖާއި، މުގައްރަރާއި، މަރުކަޒާ ގުޅުންހުރި އެ ނޫން ވެސް އެންމެހައި ކަންކަން ބައްޓަން ކޮށްފައި ހުންނަންވާނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 10 ވަނަ މާއްދާއާއި، ގާނޫނު ނަންބަރު 1994-06 (ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ގާނޫނު) އާ ހިލާފުނުވާ ގޮތުގެ މަތީންނެވެ.
14 ވަނަ މާއްދާ - މަސްއޫލުވެރި ފަރާތް
މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްދޭ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒެއްގެ މަސްއޫލުވެރި ފަރާތެއްގެ ގޮތުގައި ވާނީ، އެ މަރުކަޒެއް ރަޖިސްޓަރީ ކޮށްދެވޭ ފަރާތެވެ.
15 ވަނަ މާއްދާ - މަސްއޫލުވެރި ފަރާތް ބަދަލުކުރުން
(ހ) މަސްއޫލުވެރި ފަރާތް ބަދަލުކުރަންވާނީ، މިނިސްޓްރީއަށް ލިޔުމުން އެކަން އެންގުމަށްފަހުގައެވެ.
(ށ) އައު މަސްއޫލުވެރި ފަރާތުގެ ދަށުގައި މަރުކަޒު ރަޖިސްޓަރީ ކުރުމަށް މިނިސްޓްރީން ކަނޑައަޅައި ށާއިއުކުރާ ފޯމާއި، އެ ފޯމުގައި ހުށަހަޅަން ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.
16 ވަނަ މާއްދާ - ރަޖިސްޓަރީ ކުރުމަށް އެދިހުށަހެޅުން
މި ގަވާއިދުގެ ދަށުން މަރުކަޒެއް ރަޖިސްޓަރީކުރުމަށް މިނިސްޓްރީއަށް ހުށަހަޅާއިރު، ތިރީގައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.
(ހ) ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކާއި ކެމްޕަސްތައް ރަޖިސްޓަރީކުރުމަށް އެދުމަށް މިނިސްޓްރީން ކަނޑައަޅައި ށާއިއުކުރާ ފޯމާއި، އެ ފޯމުގައި ހުށަހަޅަން ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތައް.
(ށ) ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކާއި ކެމްޕަސްތައް ރަޖިސްޓަރީކުރުމަށް އެދުމަށް މިނިސްޓްރީން ކަނޑައަޅައި ށާއިއުކުރާ ފޯމެޓަށް ތައްޔާރުކޮށްފައިވާ ޕްރޮޕޯޒަލް.
(ނ) ރާއްޖޭގައި ހުޅުވަން ގަސްތުކުރާ ކެމްޕަސް ނިސްބަތްވާ ބޭރުގެ މައި އިންސްޓިޓިއުޓާއި،ކޮލެޖާއި، ޔުނިވަރސިޓީގެ ނަމުގައި ރާއްޖޭގައި ކެމްޕަހެއް ހުޅުވުމުގެ އިއުތިރާޒެއް ނެތްކަމަށް އެ އިންސްޓިޓިއުޓެއްގެ ނުވަތަ ކޮލެޖެއްގެ ނުވަތަ ޔުނިވަރސިޓީގެ ރަޖިސްޓްރަރ ސޮއިކޮށް، ސްޓޭމްޕް ޖަހައިފައި ދޫކޮށްފައިވާ ލިޔުމުގެ އަސްލު.
(ރ) ކޮލެޖެއް ނުވަތަ ޔުނިވަރސިޓީއެއްގެ ކެމްޕަހެއް ރަޖިސްޓަރީ ކުރަން ހުށަހަޅާނަމަ، އެ ކޮލެޖެއްގެ ނުވަތަ ޔުނިވަރސިޓީއެއްގެ ކެމްޕަސް ހިންގާނެ ގޮތުގެ ގަވާއިދު.
(ބ) ޔުނިވަރސިޓީއެއްގެ ކެމްޕަހެއް ރަޖިސްޓަރީކުރަން ހުށަހަޅާނަމަ، އެ ކެމްޕަސް ނިސްބަތްވާ މައި ޔުނިވަރސިޓީގެ ޗާޓަރު.
(ޅ) ޔުނިވަރސިޓީއެއްގެ ކެމްޕަހެއް ރަޖިސްޓަރީކުރަން ހުށަހަޅާނަމަ، އެ ކެމްޕަސް ނިސްބަތްވާ މައި ޔުނިވަރސިޓީ ގާއިމުކޮށްފައިވާ ގައުމުގެ ކަމާބެހޭ ރަސްމީ އިދާރާއިން ޔުނިވަރސިޓީ ތައުލީމު ދިވެހިރާއްޖޭގައި ދިނުމަށް ހުއްދަދީ އަދި އެކްރެޑިޓްކޮށްފައިވާ ކަމުގެ ރަސްމީ ލިޔުން.
17 ވަނަ މާއްދާ - ރަޖިސްޓަރީ ކޮށްދިނުން
(ހ) މަރުކަޒުތައް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ހުށަހެޅުން ދިރާސާކުރާނީ، ޕްރޮޕޯޒަލް ދިރާސާކުރުމަށް މިނިސްޓްރީން އެ ކުލަވައިލާ 3 (ތިނެއް) މެންބަރުންގެ މައްޗަށް އެކުލެވޭ "ދިވެހި ރާއްޖެއިން ބޭރުގެ މަރުކަޒުތައް ދިވެހިރާއްޖޭގައި ހުޅުވުމަށް ހުށަހަޅާ ޕްރޮޕޯޒަލް ދިރާސާކުރާ ޕެނަލް" އިންނެވެ.
(ށ) އެޕްލިކޭށަން ފުރިހަމަނަމަ، ހުށަހަޅާ ދުވަހުން ފެށިގެން 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި މަރުކަޒު ރަޖިސްޓަރީ ކޮށްދޭންވާނެއެވެ.
(ނ) އެޕްލިކޭށަނުގައިވާ ކަންކަން ފުރިހަމަ ނުވާނަމަ، ފުރިހަމަކުރަންޖެހޭ ކަންކަން ފާހަގަކޮށްފައި، އެޕްލިކޭށަން ހުށަހެޅި ފަރާތަށް، 30 (ތިރީސް) ދުވަހުގެ ތެރޭގައި މިނިސްޓްރީން އަންގަންވާނެއެވެ. އަދި ހުށަހަޅާ ފަރާތުން އެޕްލިކޭށަން އިސްލާޙު ކުރުމަށްފަހު 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައިވާ މުއްދަތުގެ ތެރޭގައި އިސްލާޙުކުރަން އަންގާ ކަންތައްތައް އިސްލާޙުކޮށްފައި ހުށަހަޅައިފައި ނުވާނަމަ، އެޕްލިކޭށަން ބާތިލުވާނެއެވެ. އަދި އަލުން ރަޖިސްޓަރީ ކުރުމަށް ހުށަހެޅޭނީ، އައު އެޕްލިކޭށަނެއްގެ ގޮތުގައެވެ.
18 ވަނަ މާއްދާ - ފަންނީ ކޮމިޓީ
(ހ) ބޭރުގެ ޔުނިވަރސިޓީއެއްގެ ކެމްޕަހެއް ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ބަލައި، އެސެސްމަންޓް ރިޕޯޓް ތައްޔާރުކުރާނީ، މިނިސްޓްރީން އެކުލަވައިލާ ފަންނީ ކޮމިޓީއަކުންނެވެ.
(ށ) ޔުނިވަރސިޓީއެއްގެ ކެމްޕަހެއް ރަޖިސްޓަރީ ކުރުމަށް ހުށަހަޅައިފިނަމަ، ތިރީގައިވާ ގޮތަށް 3 (ތިނެއް) މެންބަރުންގެ ފަންނީ ކޮމިޓީއެއް މިނިސްޓްރީން އެކުލަވައިލަން ވާނެއެވެ.
- ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ، ދިވެހިރާއްޖެއިން ބޭރުގެ "ޔުނިވަރސިޓީ ކެމްޕަސް" ހާއްސަކޮށްފައިވާ ދާއިރާއިން ޕީ.އެޗް.ޑީ ހާސިލުކޮށްފައިވާ 2 (ދޭއް) މެންބަރުން؛
- ވިޔަފާރީގެ ދާއިރާއިން ފުރަތަމަ ޑިގްރީއާއި މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވާ އަދި ވިޔަފާރީގެ ދާއިރާއިން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ 1 (އެކެއް) މެންބަރު.
(ނ) ފަންނީ ކޮމިޓީން އެސެސްމަންޓު ރިޕޯޓު ތައްޔާރުކުރުމުގައި ބަލާނީ، މިނިސްޓްރީން ތައްޔާރުކުރާ "ޕްރޮޕޯޒަލް އެސެސްމަންޓް ކްރައިޓީރިޔާ" އަށެވެ.
(ރ) ފަންނީ ކޮމިޓީގެ މެން ބަރުން ތައްޔާރުކުރާ އެސެސްމަންޓު ރިޕޯޓު، ޔުނިވަރސިޓީގެ ކެމްޕަސް ރަޖިސްޓަރީ ކުރަން ހުށަހަޅާތާ ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ނިންމަންވާނެއެވެ.
19 ވަނަ މާއްދާ - "ޔުނިވަރސިޓީ ކެމްޕަސް" ހުޅުވުމަށް ތައްޔާރުވުމަށް ދޭ ހުއްދަ
(ހ) މިނިސްޓްރީން އެކުލަވައިލާ، "ދިވެހިރާއްޖެއިން ބޭރުގެ މަރުކަޒުތައް ދިވެހިރާއްޖޭގައި ހުޅުވުމަށް ހުށަހަޅާ ޕްރޮޕޯޒަލް ދިރާސާކުރާ ޕެނަލް" އިން އެސެސްމަންޓް ރިޕޯޓް ދިރާސާކޮށް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ "މަތީ ތައުލީމާއި ތަމްރީނުދޭ ބޭރުގެ ޔުނިވަރސިޓީ ކެމްޕަހުގެ އިމާރާތުގައި ހުންނަންޖެހޭ އަސާސީ ށަރުތުތައް" ފިޔަވައި އެހެން ށަރުތުތައް ފުރިހަމަވާނަމަ، "ޔުނިވަރސިޓީގެ ކެމްޕަސް ހުޅުވުމަށް ތައްޔާރުވުމަށް ދޭ ހުއްދަ" ރަޖިސްޓަރީކޮށް ނިން މަންޖެހޭ މުއްދަތެއް ބަޔާންކޮށްދޭންވާނެއެވެ.
(ށ) "ޔުނިވަރސިޓީގެ ކެމްޕަސް ހުޅުވުމަށް ތައްޔާރުވުމަށް ދޭ ހުއްދަ" ދީފައިވާ މުއްދަތުގެ ތެރޭގައި ޔުނިވަރސިޓީ ކެމްޕަސް އިސްތިހާރުކުރުމާއި، ދަރިވަރުންނަށް އެޑްމިށަން ދިނުމާއި، އެއްވެސް ކަހަލަ ޕްރޮގްރާމެއް ކެމްޕަހުގައި ހިންގައިގެން ނުވާނެއެވެ.
(ނ) "ޔުނިވަރސިޓީގެ ކެމްޕަސް ހުޅުވުމަށް ތައްޔާރުވުމަށް ދޭ ހުއްދަ"އިގެ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީކޮށް ނިންމަން 12 (ބާރަ) މަސްދުވަހަށްވުރެ ކުރު މުއްދަތެއް ދީފައި ނުވާނަމަ، "ޔުނިވަރސިޓީގެ ކެމްޕަސް ހުޅުވުމަށް ތައްޔާރުވުމަށް ދޭ ހުއްދަ" ދޫކުރި ދުވަހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ވަގުތީ ހުއްދަ ދޫކުރި ކެމްޕަސް ހިންގަން ގަސްތުކުރާ އިމާރާތް އިންސްޕެކެޓް ކޮށްދިނުމަށާއި، އިމާރާތާ ގުޅިގެން ހުށަހަޅަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތައް، މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި، މި ގަވާއިދުގައި ޔުނިވަރސިޓީ ކެމްޕަހެއް ރަޖިސްޓަރީކުރުމަށް ފުރިހަމަވާންޖެހޭ އެއްވެސް ށަރުތެއް ފުރިހަމަ ނުވާނަމަ، ވަގުތީ ހުއްދަ ބާތިލުވާނެއެވެ.
(ރ) "ޔުނިވަރސިޓީގެ ކެމްޕަސް ހުޅުވުމަށް ތައްޔާރުވުމަށް ދޭ ހުއްދަ" ބާތިލުކޮށްފި ހާލަތެއްގައި، ކެމްޕަސް ރަޖިސްޓަރީ ކުރުމަށް ހުށަހެޅި އެޕްލިކޭށަން ބާތިލުވާނެއެވެ.
20 ވަނަ މާއްދާ - "ޔުނިވަރސިޓީ ކެމްޕަސް" ރަޖިސްޓަރީ ކޮށްދިނުން
ދީފައިވާ "ޔުނިވަރސިޓީގެ ކެމްޕަސް ހުޅުވުމަށް ތައްޔާރުވުމަށް ދޭ ހުއްދަ" އިގެ މުއްދަތުގެ ތެރޭގައި، މި ގަވާއިދުގައި ޔުނިވަރސިޓީ ކެމްޕަހެއް ރަޖިސްޓަރީކުރުމަށް ފުރިހަމަވާންޖެހޭ އެންމެހައި ށަރުތު ފުރިހަމަވެފައިވާނަމަ، 1 (އެކެއް) މަސްދުވަހުގެ ތެރޭގައި، ޔުނިވަރސިޓީގެ ކެމްޕަސް ރަޖިސްޓަރީ ކޮށްދޭންވާނެއެވެ.
21 ވަނަ މާއްދާ - މަރުކަޒު ރަޖިސްޓަރީކުރުމަށްފަހު ޖަވާބުދާރީވުން
(ހ) މަރުކަޒުގެ ކަންތައްތަކުގައި މިނިސްޓްރީއަށް ޖަވާބުދާރީވާނީ މިނިސްޓްރީގައި މަރުކަޒު ރަޖިސްޓަރީކޮށްފައިވާ ފަރާތުންނެވެ.
(ށ) މަރުކަޒު ރަޖިސްޓަރީކޮށްފައިވާ ފަރާތް ނޫން އެހެން ފަރާތަކާ ޖަވާބުދާރީވުން ހަވާލުކުރާނަމަ، ހަވާލުކުރާ ފަރާތުން، ހަވާލުކުރެވޭ ފަރާތް ޖަވާބުދާރީ ކުރެވޭނޭ ގޮތުގެ މަތީން، އެ ފަރާތްތަކުގެ މަސްއޫލިއްޔަތުގައި ހިމެނިފައި އޮންނަންވާނެއެވެ.
(ނ) އެއްވެސް ހާލެއްގައި މަރުކަޒު ހިންގުމާ ހަވާލުވެ ހުންނަ ވެރިޔަކު ބަދަލުވެއްޖެނަމަ،އެކަމާ ހަވާލުވާ ފަރާތެއްގެ މައުލޫމާތު، އެ ބަދަލެއް އަންނަތާ 14 (ސާދަ) ދުވަހުގެތެރޭގައި މިނިސްޓްރީއާ ހިއްސާ ކުރަންވާނެއެވެ.
22 ވަނަ މާއްދާ - ރަޖިސްޓަރީ ބާތިލުކުރުން
މި ގަވާއިދުގައިވާ ގޮތުގެ މަތީން، އަންނަނިވި ސަބަބުތަކުގެ ތެރެއިން ސަބަބަކާހުރެ އެ މަރުކަޒެއްގެ ރަޖިސްޓަރީ ބާތިލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ހ) އެއްވެސް ޕްރޮގްރާމެއް ނުވަތަ ކޯހެއް ނުހިންގާތާ 1 (އެކެއް) އަހަރުދުވަސް ވުން.
(ށ) އެ މަރުކަޒެއްގެ ފަރާތުން އެ މަރުކަޒެއް އުވައިލަދިނުމަށް އެދުން.
(ނ) ރަޖިސްޓަރީކުރުމަށްފަހު މަރުކަޒުގެ ފެންވަރު ބެލުމަށް އޮޑިޓްކުރުމުން، އެ މަރުކަޒުގެ އުނގެނުމާއި އުނގަންނައިދިނުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ނުހިފެހެއްޓި، އެ ތަނުގެ ކިޔަވައިދިނުމުގެ ފެންވަރު ދަށަށް ދިއުން.
(ރ) ގާނޫނު ނަންބަރު 2021-07 (މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) އާއި މި ގަވާއިދުގެ ދަށުން މަރުކަޒަކަށް ވުމަށް ކޮންމެހެން ފުރިހަމަވާންޖެހޭ ކަމެއް ފުރިހަމަ ނުވާނަމަ، އެ ކަމެއް ރަނގަޅުކުރުމަށް ދޭ މުއްދަތުގައި ރަނގަޅު ނުކުރުން، ނުވަތަ ރަނގަޅުކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނެތުން.
(ބ) މަރުކަޒު އުވައިލަން މިނިސްޓްރީން އަންގާ ހިނދު، އެއްވެސް ޕްރޮގްރާމެއް ނުވަތަ ކޯހެއް އެ މަރުކަޒުގައި ހިންގަމުންދާނަމަ، އެ ޕްރޮގްރާމް ނުވަތަ ކޯސް ނިމެންދެން ކުރިޔަށް ގެންދަންވާނެއެވެ. ނުވަތަ އެންރޯލްވެފައިވާ ދަރިވަރުން އެހެން މަރުކަޒެއްގައި ޕްރޮގްރާމް ނުވަތަ ކޯސް ފުރިހަމަ ކުރެވޭނެ އިންތިޒާމު އެ މަރުކަޒަކުން ހަމަޖައްސައިދޭންވާނެއެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި އިތުރު ދަރިވަރަކު އެންރޯލްކޮށް، އިތުރު ޕްރޮގްރާމެއް ނުވަތަ ކޯހެއް ފަށައިގެން ނުވާނެއެވެ.
(ޅ) މަރުކަޒެއް އުވައިލަން މަސްއޫލުވެރިޔާ އެދޭހިނދު، އެއްވެސް ޕްރޮގްރާމެއް ނުވަތަ ކޯހެއް ހިންގަމުންދާނަމަ، އެ ޕްރޮގްރާމް ނުވަތަ ކޯސް ނިމެންދެން މަރުކަޒެއް އުވައިނުލައި ކުރިޔަށް ގެންދެވޭނެއެވެ. އަދި އެ މަރުކަޒެއްގައި ޕްރޮގްރާމް ނުވަތަ ކޯސް ފުރިހަމަ ކުރުމަށް ދަތިވާނަމަ، އެންރޯލްވެފައިވާ ދަރިވަރުން އެހެން މަރުކަޒެއްގައި އެ ޕްރޮގްރާމް ނުވަތަ ކޯސް ފުރިހަމަ ކުރެވޭނެ އިންތިޒާމު އެ މަރުކަޒަކުން ހަމަޖައްސައިދޭން ވާނެއެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި އިތުރު ދަރިވަރުން ހޮވައިގެން އިތުރު ޕްރޮގްރާމެއްނުވަތަ ކޯހެއް ނުހިންގޭނެއެވެ.
ބާބު 3:
ބޭރުގެ ކޮލެޖާއި ޔުނިވަރސިޓީތަ ކުގެ ކެމްޕަސްތައް ހިންގުން
23 ވަނަ މާއްދާ - ހިންގުން
ބޭރުގެ ކޮލެޖާއި ޔުނިވަރސިޓީތަކުގެ ކެމްޕަސްތައް ހިންގުމުގައި ބޭނުންކުރާ ނިޒާމުގެ ތެރޭގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
(ހ) ބޭރުގެ ކޮލެޖާއި ޔުނިވަރސިޓީތަކުގެ ކެމްޕަސްތައް ހިންގަންވާނީ، ކެމްޕަސް ހިންގުމުގެއެންމެހައި ބާރުތައް ލިބިގެންވާ ހާއްސަ ކައުންސިލަކުންނެވެ.
(ށ) ކެމްޕަހެއް ހިންގުމާ ހަވާލުވެހުރި އިސްވެރިޔާއާއި، ފުލްޓައިމް މުވައްޒަފުންގެ ތެރެއިން އިސްވެރިޔާ އައްޔަނުކުރާ 2 (ދޭއް) ފަރާތަކާއެކު، ކައުންސިލުގައި މަދުވެގެން ފުލްޓައިމް 3 (ތިނެއް) މުވައްޒަފުން ހިމެނެންވާނެއެވެ. މީގެ އިތުރުން، ދަރިވަރުންގެ ތެރެއިން ދަރިވަރުން ތަމްސީލުކުރާނެ ފަރާތަކާއި، އެ ކޮލެޖަކަށް ނުވަތަ އެ ޔުނިވަރސިޓީއަކަށް ނިސްބަތްނުވާ މީހަކު ހިމެނެންޖެހޭނެއެވެ.
(ނ) ކައުންސިލަށް ލިބިގެންވާ ބާރުތައް، ކައުންސިލަށް ފެނިއްޖެ ހިނދެއްގައި، އެ ކެމްޕަހެއްގައި އުފައްދައިފައިވާ އެހެން ކޮމެޓީތަކާއި ބޯޑުތަކާ ނުވަތަ މުވައްޒަފަކާ ހަވާލުކުރެވިދާނެއެވެ. މިގޮތުން ހަވާލުކުރާ ކަންކަމާއި ހަވާލުކުރެވޭ ފަރާތަކީ ކޮބައިކަން ލިޔުމުން އެނގެން އޮންނަންވާނެއެވެ. ނަމަވެސް މިގޮތަށް ހަވާލުކުރާ ކަންކަމުގައި ވެ ސް ޒިންމާދާރު ފަރާތަކީ ކައުންސިލެވެ.
(ރ) މަރުކަޒުގެ އަގު ހިފެހެއްޓުމާއެކު، މަރުކަޒަކީ ގަދަރުވެރި ތަނަކަށް ހެދުމުގެގޮތުން ކައުންސިލްގެ މެންބަރުންނަކީ އެ މެންބަރުން ހޮވުމުގެ ކުރިން ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ގާނޫނުލްއުގޫބާތުގައި ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތެއް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން ށަރުތުކުރަން ވާނެއެވެ.
24 ވަނަ މާއްދާ - ބޯޑުތަކާއި ދާއިމީ މުވައްޒަފުން
(ހ) ބޭރުގެ ކޮލެޖާއި ޔުނިވަރސިޓީތަކުގެ ކެމްޕަސްތަކުގެ ކައުންސިލުގެ އިތުރުން، ފަންނީ ގާބިލް ފަރާތްތަކާއި، ކަމާ ގުޅޭ އެހެނިހެން ފަރާތްތައް ހިމެނިގެން އެކުލަވައިލާ ބޯޑުތައް،ކެމްޕަސް ހިންގުމުގައި ށާމިލު ކުރަންވާނެއެވެ. މީގެ ތެރޭގައި، އެކަޑަމިކް ސެނެޓާއި ދަރިވަރުންގެ ގްރީވެންސްތައް ބަލާނެ ކޮމިޓީއާއި ދަރިވަރުންގެ ޖަމްއިއްޔާ ހިމެނެންވާނެއެވެ.
(ށ) ކެމްޕަހުގައި ދޭ ތައުލީމު އިތުރަށް ފުރިހަމަ ކުރުމުގެގޮތުން، ކައުންސިލުން އިތުރު ބޯޑުތަކާއި، ފެކަލްޓީތަކާއި، ސެނެޓާއި، ސްކޫލާއި، އިންސްޓިޓުއުޓްތައް އުފެއްދިދާނެއެވެ.
(ނ) ކެމްޕަހުގައި ދަރިވަރުންނަށް ދޭ ހިދުމަތްތަކަށާއި ކެމްޕަހުގެ މަގުސަދުތައް ހާސިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ބޭނުންވާ އަދަދަށް ފަންނީ މުވައްޒަފުންނާއި، އިދާރީ މުވައްޒަފުންނާއި، އެހެނިހެން މުވައްޒަފުން ތިބެންވާނެއެވެ.
25 ވަނަ މާއްދާ - ގަވާއިދުތައް އެކުލަވައިލުން
(ހ) ކެމްޕަހުގެ މަގުސަދުތަކާއި، ކެމްޕަހުގެ ކައުންސިލް އުފައްދާނެ ގޮތާއި، ބޯޑުތައް އުފައްދާނެ ގޮތާއި، ބޯޑުތަކުގެ މަސްއޫލިއްޔަތާއި، ކައުންސިލް މެންބަރުންގެ މަސްއޫލިއްޔަތާއި، ދައުރާއި، ދަރިވަރުން ވެއްދުމާއި، ކެމްޕަހުގެ ކަލަންޑަރު އެކުލަވައިލުމާއި، މިނޫނަސް ކެމްޕަހުގައި ހިނގާ ހުރިހާ ރަސްމީ މުހިންމު ކަންކަން ހިންގާނެ ގަވާއިދު އެ ޔުނިވަރސިޓީއަކުން ނުވަތަ ކޮލެޖަކުން އެކުލަވައިލައި، އެ ތަކެތި ވެބްސައިޓުގައި އާންމުކޮށް، ކެމްޕަހުގެ ހުރިހާ މުވައްޒަފުންނާއި ދަރިވަރުންނަށް ފެންނަން ހުންނަންވާނެއެވެ.
(ށ) ދަރިވަރުންނާ ގުޅޭ މި ފަދަ ގަވާއިދުތައް ދަރިވަރުންނަށް ފެންނާނޭ ހެން ވެބްސައިޓުގައި އަޕްލޯޑްކޮށްފައި ހުންނަންވާނެއެވެ.
(ނ) ގަވާއިދުތައް ހެދުމުގައްޔާއި، ދަރިވަރުންނާއި މުވައްޒަފުންގެ ތެރެއިން ކައުންސިލާއި ބޯޑުތަކާއި ކޮމިޓީތައް ތަމްސީލުކުރާ ފަރާތްތައް ހޮވުމުގައި، ވޯޓުލުންފަދަ ގޮތްތައް ހިމެނިގެން ކަނޑައެޅޭ ގަވާއިދުގެ ތެރެއިން ވީހާވެސް އިންސާފުވެރި ގޮތަކަށް އެކަން ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި އޮންނަންވާނެއެވެ.
(ރ) ގަވާއިދުތައް ހަދައިފައި ހުންނަންވާނީ، ދިވެހިރާއްޖޭގައި ހަދައިފައިވާ ގާނޫނާއި،ގަވާއިދުތަކާއި، ސަގާފަތާއި، އާދާކާދަތަކާއި، އިސްލާމްދީނާ ހިލާފު ނުވާނޭ ގޮތަށެވެ.
ބާބު 4:
އެހެނިހެން ކަންކަން
26 ވަނަ މާއްދާ - ފީތައް
(ހ) މަރުކަޒުތައް ރަޖިސްޓަރީ ކުރުމަށް އަންނަނިވި ފީތައް ނެގޭނެއެވެ.
- އަލަށް ހުޅުވާ އިންސްޓިޓިއުޓް 100،000 (އެއްލައްކަ) ރުފިޔާ؛
- ބޭރުގައުމެއްގައި ހިންގާ އިންސްޓިޓިއުޓެއްގެ ކެމްޕަހެއް 100،000 (އެއްލައްކަ) ރުފިޔާ؛
- ބޭރުގައުމެއްގައި ހިންގާ ކޮލެޖެއްގެ ކެމްޕަހެއް 250،000 (ދެލައްކަ ފަންސާސް ހާސް) ރުފިޔާ؛
- ބޭރުގައުމެއްގައި ހިންގާ ޔުނިވަރސިޓީއެއްގެ ކެމްޕަހެއް 500،00 (ފަސްލައްކަ) ރުފިޔާ.
(ށ) އަހަރީ ފީއެއްގެ ގޮތުގައި، އަންނިނިވި ފީތައް މިނިސްޓްރީއަށް ދައްކަންވާނެއެވެ. އަހަރީ ފީ، ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ ނިޔަލަށް ދައްކައި ނިންމަންވާނެއެވެ.
- އަލަށް ހުޅުވާ އިންސްޓިޓިއުޓް 35،000 (ތިރީސް ފަސްހާސް) ރުފިޔާ؛
- ބޭރުގައުމެއްގައި ހިންގާ އިންސްޓިޓިއުޓެއްގެ ކެމްޕަހެއް 35،000 (ތިރީސް ފަސްހާސް) ރުފިޔާ؛
- ބޭރުގައުމެއްގައި ހިންގާ ކޮލެޖެއްގެ ކެމްޕަހެއް 70،000 (ހަތްދިހަ ހާސް) ރުފިޔާ؛
- ބޭރުގައުމެއްގައި ހިންގާ ޔުނިވަރސިޓީއެއްގެ ކެމްޕަހެއް 100،000 (އެއްލައްކަ) ރުފިޔާ.
(ނ) ރަޖިސްޓަރީ ކުރުމަށްފަހު ރަޖިސްޓަރީއަށް އެއްވެސް ބަދަލެއް ގެންނަނަމަ، 500 (ފަސްސަތޭކަ) ރުފިޔާ.
(ރ) ރަޖިސްޓަރީ ގެއްލިގެން ނުވަތަ އެހެން ސަބަބަކާހުރެ ރަޖިސްޓަރީ އައުކުރަން އެދޭނަމަ، 2،000 (ދެހާސް) ރުފިޔާ.
27 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން
މި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު، ގާނޫނު ނަންބަރު 2021-07 (މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2022-70 (މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކާ ބެހޭގޮތުން ހުށަހަޅާ ށަކުވާތައް ބެލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.
28 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
29 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި، އަންނަނިވި ލަފުޒުތަކާއި އިބާރާތްތައް ބޭނުންކޮށްފައިވަނީ ތިރީގައިވާ މާނައިގައެވެ.
(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.
(ށ) "މަތީ ތައުލީމާއި ތަމްރީނު" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްފައިވާ މަރުކަޒެއްގައި ދޭ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލަކަށް ފެތޭ ތައުލީމާއި ތަމްރީނުގެ ޕްރޮގުރާމްތަކަށާއި، ނޭށަނަލް ކޮމްޕިޓެންސީ ސްޓޭންޑަޑްގައި ބަޔާންކޮށްފައިވާ، އަދި އެ ސްޓޭންޑަޑަށް ތައްޔާރުކޮށް ހިންގާ،މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކަށެވެ.
(ނ) "މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނު ދިނުމަށް މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގާ، ބޭރު ފަރާތަކުން ދިވެހިރާއްޖޭގައި އަލަށް ހުޅުވާ އިންސްޓިޓިއުޓާއި، ބޭރު ގައުމެއްގައި ހިންގާ އިންސްޓިޓިއުޓެއްގެ ކެމްޕަހާއި، ބޭރު ގައުމެއްގައި ހިންގާ ކޮލެޖެއްގެ ކެމްޕަހާއި، ބޭރު ގައުމެއްގައި ހިންގާ ޔުނިވަރސިޓީއެއްގެ ކެމްޕަސްތަކަށެވެ.
(ރ) "ފުލްޓައިމް ދަރިވަރުން" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ފުލްޓައިމް ކޯސްތައްކަމަށް ކަނޑައަޅައިފައިވާ މިންގަނޑަށް ފެތޭ، އެވްރެޖްގޮތެއްގައި 120 (އެއްސަތޭކަ ވިހި) ކްރެޑިޓް ފުރިހަމަކުރާ ކޯސްތަކުގައި ކިޔަވާ ދަރިވަރުންނަށެވެ.
(ބ) "ފުލްޓައިމް ލެކްޗަރަރ" އިން ކަމަށް ބުނެފައި އެވަނީ، އިންސްޓިޓިއުޓެއްގައި ނުވަތަ ކޮލެޖެއްގައި ކޮންމެ ހަފުތާއަކު މަދުވެގެން 25 (ފަންސަވީސް) ގަޑިއިރު ކިޔަވައިދިނުމުގައި މަސައްކަތްކުރާ ފަރާތްތަކަށެވެ.
(ޅ) "އިންސްޓިޓިއުށަނަލް އޮޑިޓް" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމުގެ ފެންވަރު ކަށަވަރުކޮށް ވަޒަންކުރުމަށް ބޭނުންކުރާ މިންގަނޑަށެވެ.
(ކ) "އިންސްޓިޓިއުޓް" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި، މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ދަސްކޮށްދިނުމުގެ ޕްރޮގުރާމްތައް ހިންގުމަށް މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގާ ތަންތަނަށެވެ.
(އ) "ކެމްޕަސް" ކަމަށް ބުނެފައި އެވަނީ، ބޭރުގެ ގައުމުތަކުގައި ރަޖިސްޓަރީކޮށްގެން ހިންގާ އިންސްޓިޓިއުޓާއި، ކޮލެޖާއި، ޔުނިވަރސިޓީތަކުން ދޭ ހިދުމަތްތަކެއް ދިނުމަށް ރާއްޖޭގައިގާއިމުކުރާ ގޮފިތަކަށެވެ.
(ވ) "އިންސްޓިޓިއުޓް ހިންގާ އިސްވެރިޔާ" ކަމަށް ބުނެފައި އެވަނީ، އިންސްޓިޓިއުޓުގެ ހިންގުމުގެ އެންމެހައި ކަންކަމުގައި ހަވާލުވެ ހުންނަ އިސް ފަރާތަށެވެ.
(މ) "ކޮލެޖް ހިންގާ އިސްވެރިޔާ" ކަމަށް ބުނެފައި އެވަނީ، ކޮލެޖުގެ ހިންގުމުގެ އެންމެހައި ކަންކަމުގައި ހަވާލުވެ ހުންނަ އިސް ފަރާތަށެވެ.
މި ގަވާއިދަށް ގެނެވުނު އިސްލާހު
ކޮންސޮލިޑޭޓެޑް ގަވާއިދު
ކިޔުންތެރިންގެ ހިޔާލު