ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުންއަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2019-1052)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 2 ސެޕްޓެމްބަރު 2019 ގައި)
ފުރަތަ ބައި
އިބްތިދާއީ މާއްދާތައް
އެއްވަނަ ބާބު
ތައާރަފު
1 ވަނަ މާއްދާ - ތައާރަފާއި ނަން
(ހ) މިއީ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 211 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން ބާރުލިބިގެން އަދި ގާނޫނު ނަންބަރު 2008-05 (ފުލުހުންގެ ގާނޫނު) ގެ ދަށުން ފުލުހުންގެ އިހްތިސާސް ހިމެނޭ ދާއިރާތަކާއި ކަންކަމުގެ ތެރެއިން، ދިވެހިރާއްޖޭގައި ޖިނާއީ ކުށުގެ ތަހުގީގުތައް ކުރިއަށް ގެންދިއުމުގައްޔާއި، ތަހުގީގު މަރުހަލާގައި ޖިނާއީ ކުށްތަކާ ގުޅިގެން މައްސަލަ ހުށަހެޅުމުގައްޔާއި، ތަންތަނާއިމުދާ ބަލައި ފާސްކުރުމާއި މުދާ ހިފެހެއްޓުމުގައްޔާއި، މީހުން ހުއްޓުވައި ބަލައި ފާސްކުރުމާއި، ސުވާލުކުރުމާއި، ހައްޔަރުކުރުމާއި، ބަންދުކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި، ޖިނާއީ ކުށްތައް ތަހުގީގު ކުރުމުގައި ފުލުހުންނަށް ިލބިދޭ ބާރުތަކުގެ އިމުގެ ތެރެއިން އެފަދަ ކުށްތައް ތަހުގީގުކުރުމުގައި، ފުލުހުން އަމަލުކުރާނެގޮތް ބަޔާންކުރާ ގަވާއިދެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގްސަދު
މި ގަވާއިދުގެ ބޭނުމަކީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުން ފުލުހުންނަށް ލިބިދީފައިވާ އިހްތިސާސްގެ ތެރެއިން، އަންނަނިވި މަގްސަދުތައް ހާސިލުކުރުމެވެ.
(ހ) ކުށެއް ކޮށްފިކަން، ނުވަތަ ކުށެއް ކުރަން އުޅޭކަން ނުވަތަ ކުށެއް ކުރާކަމުގެ މައުލޫމާތު ފުލުހުންނަށް ހުށަހެޅުމުން، ފުލުހުން އަމަލުކުރާނެ ގޮތުގެ އިޖުރާތުތަކެއް ކަނޑައެޅުން.
(ށ) މައްސަލަ ހުށަހެޅުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން.
(ނ) ޖިނާއީ ކުށެއްގެ ތަހުގީގަކާ ގުޅޭގޮތުން ފުލުހުންގެ މަރުކަޒަށް ހާޒިރުކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުން.
(ރ) ހައްޔަރުކުރުމަކަށް ނުވާގޮތަށް ކުށެއްގެ ތުހުމަތުގައި މީހަކާ ސުވާލުކުރުމަށްޓަކައް، ފުލުހުންގެ ބެލުމުގެދަށަށް މީހަކު ގެންދިޔުމުގައި ފުލުހުން އަމަލުކުރާނެ ގޮތު އިޖުރާއަތްތައް ކަނޑައެޅުމެވެ.
(ބ) ޖިނާއީ ކުށަކާ ގުޅިގެން ފުލުހުންގެ މަރުކަޒަކަށް މީހުން ހާޒިރުކުރުކުރުމުގައްޔާއި އެ މީހުންނާ ސުވާލުކުރުމުގައި ފުލުހުން އަމަލުކުރާނެ ގޮތްތަކެއް އެކަށައަޅައި ބަޔާންކުރުން.
(ޅ) ފުލުހުންގެ ހައްޔަރަށް މީހަކު ގެނައުމުގައްޔާއި ހައްޔަރުކޮށް ބަންދުގައި ބެހެއްޓުމުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ އިޖުރާއަތުތަކެއް ކަނޑައެޅުން.
(ކ) ޖިނާއީ ކުށެއްގެ ތުހުމަތުގައި ސުވާލުކުރާ މީހާއަށް ލިބިދޭ ހަނުހުރުމުގެ ހައްގާއި، ވަކީލުގެ އެހީ ލިބިގަތުމުގެ ހައްގާއި، އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ހައްގަށް ރިއާޔަތްކޮށް، އެ ހައްގުގެ ދާއިރާގެ ތެރޭގައި ފުލުހުންގެ ދައުރު އެކަށައެޅުން.
(އ) އާންމު ތަންތަނާއި، އަމިއްލަ ތަންތަނާއި، އުޅަނދާއި، މީހުން ބަލައި ފާސްކުރުމުގައި ފުލުހުންނަށް ލިބިދޭ ބާރާއި، އެ ބާރު ތަންފީޒުކުރުމުގައި ފުލުހުން ގެންގުޅޭނެ އުސޫލާއި މިންގަނޑު އެކަށައެޅުން.
(ވ) ޖިނާއީ މައްސަލަ ތަހުގީގުކުރުމުގައި ފޮރެންސިކް ހެކި ހޯދުމަށްޓަކައި ސާމްޕަލް ނެގުމުގައްޔާއި، ސާމްޕަލް ތަހުލީލުކުރުމުގައްޔާއި، ރައްކައުތެރިކަމާއެކު ބެލެހެއްޓުމުގައި އަމަލުކުރާނެ އުސޫލު އެކަށައެޅުން.
(މ) ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މުދާ ރައްކައުތެރިކަމާއެކު ބަލައްޓާނެ ގޮތުގެ އުސޫލުތަކާއި، ބަލައި ފާސްކުރުމުގެ ރިކޯޑު ބަލަހައްޓާނެ ގޮތުގެ އުސޫލު ކަނޑައެޅުން.
(ފ) މުދާ ހިފެހެއްޓުމުގައި ފުލުހުންނަށް ލިބިދޭ ބާރާއި، އެކަމާ ގުޅޭ އިޖުރާއަތްތައް ކަނޑައެޅުން.
(ދ) ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ފުލުހުންގެ އިހްތިސާސްގައި ހިމެނޭ ކަންކަން ތަންފީޒުކުރާނެ މިންގަނޑުތައް އެކަށައެޅުން.
(ތ) ޖިނާއީ މައްސަލަތަކުގެ ތެރެއިން ވަކި ހާއްސަ ބާވަތެއްގެ ޖިނާއީ ތަހުގީގު ހިންގުމުގެ ބާރު ގާނޫނަކުން ލިބިދީފައިވާ އިދާރާއާަކ ގުޅިގެން ޖޮއިންޓް އިންވެސްޓޭިގށަން ހިނގާނެ ގޮތުގެ އުސޫލުތައް ކަނޑައެޅުން.
(ލ) ކުޑަކުދިންނަށާއި ނަފްސާނީ ނުވަތަ ޖިސްމާނީ އުނިކަމެއް ލިބިފައިވާ މީހުންނަށް ލިބިފައިވާ ހާއްސަ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން ފުލުހުން އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން.
(ގ) ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ކުށުގެ ތުހުމަތުކުރެވޭ ފަރާތްތަކުގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތެއްގެ މަތިން ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސްމިނެއްގައި ތަހުގީގު ކުރިއަށް ގެންދިއުމަށް ބާރުއެޅުން.
ދެވަނަ ބާބު
މަފްހޫމްތަކުގެ ރަދީފު
3 ވަނަ މާއްދާ - މަފްހޫމްތަކުގެ އަސާސް
މި ގަވާއިދުގެ 4 ވަނަ މާއްދާއިން ފެށިގެން 7 ވަނަ މާއްދާގެ ނިޔަލަށް ބަޔާންވެގެންވާ ލަފުޒުތަކާއި އިބާރާތްތަކަކީ، މި ގަވާއިދު ބިނާވެގެނާްވ މައިގަނޑު މަފްހޫމުތަކެވެ. އެ މަފްހޫމުތައް އެ މާއްދާތަކުގައި ބަޔާންކޮށްފައި އެވަނީ، މި ގަވާއިދުގެ އަސްލު އެގޮތުގައި ދެމެހެއްޓުމަށާއި މި ގަވާއިދުގެ މަގްސަދު އެންމެ ފުޅާމިނުގައި ހާސިލުކުރުމަށް މަގުފަހިކުރުމުގެ ބޭނުމުގައެވެ. މި ގަވާއިދުގެ ހަމަ ކޮންމެ މާއްދާއެއްވެސް ކިޔަންވާނީ، ނުވަތަ މާނަކުރަންވާނީ، އެ މަފްހޫމުތަކަށް ހަނިކަމެއް ނާންނާނެ ގޮތުގެ މަތިންނެވެ.
4 ވަނަ މާއްދާ - ހުއްޓުވުން
"ހުއްޓުވުން" ކަމަށް ބުނެފައި އެވަނީ، ހައްޔަރުކުރުމަކަށް ނުވާގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ހާލަތުގައި ފިޔަވައި، ޖިނާއީ ކުށެއްގެ ތުހުމަތުގައި ސުވާލުކުރުމަށްޓަކައި ނުވަތަ ޖިނާއީ ކުށެއްގެ ތުހުމަތުކުރެވޭ މީހަކު ބަލައި ފާސްކުރުމަށްޓަކައި މީހަކު ހުއްޓުވާ ހުއްޓުވުމަށެވެ.
5 ވަނަ މާއްދާ - ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން
(ހ) "ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ދެ ހާލަތުންކުރެ ހާލަތެއްގައިވާ މީހާ ހުރި ހާލަތަށް ނިސްބަތްކޮށެވެ.
- މި ގަވާއިދުގެ 6 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ފަދައިން، ހައްޔަރުކުރުމަކަށް ނުވާގޮތަށް ކުށެއްގެ ތުހުމަތުގައި ސުވާލުކުރުމަށްޓަކައި ފުލުހުންގެ މަރުކަޒަކަށް ގެނައުމަށްފަހު ނުވަތަ ހާޒިރުކުރުމަށްފަހު ހިނގާ 4 (ހަތަރެއް) ގަޑިއިރުގެ ވަގުތު.
- މި ގަވާއިދުގެ 8 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ފަދައިން ހައްޔަރުކުރުމަށްފަހު ނުވަތަ މި ގަވާއިދުގެ 10 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ފަދައިން ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައި ބަންދުގައި ހުންނަ ވަގުތު އޭނާ ހުރި ހާލަތު.
(ށ) ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ ހާލަތުގައި، ގާނޫނީ އިންޒާރު ދީ، ވަކީލެއްގެއެހީތެރިކަން ދޭންވާނެއެވެ.
(ނ) ކުށުގެ ތުހުމަތެއްގައި ނޫންގޮތަކަށް ސުވާލުކުރުމަށް ނުވަތަ މައުލޫމާތު ސާފުކުރުމަށް ނުވަތަ ހެކިބަސް ހޯދުމަށްޓަކައި ފުލުހުގެ މަރުކަޒަކަށް ހާޒިރުވާ މީހާ އެ ހުރީ މި މާއްދާގެ ބޭނުމަށްޓަކައި، ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށް ނުބެލޭނެއެވެ.
6 ވަނަ މާއްދާ - ހައްޔަރުކުރުން
(ހ) "ހައްޔަރުކުރުން" ކަމަށް ބުނެފައި އެވަނީ، މީހާގެ މިނިވަންކަން ހުއްޓުމަކަށް އައިސް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގާނޫނީ އިންޒާރު ދިނުމާއެކު، ފުލުހުންގެ ބެލުމުގެ ދަށަށް މީހާ ގެނައުމަށެވެ.
(ށ) ފުލުހުންގެ ހައްޔަރުގައި މީހަކު ހުންނާނީ އޭނާ ފުލުހުންގެ ބަންދަށް ބަދަލުވުމާ ހަމައަށެވެ.
(ނ) ހައްޔަރުގައި ހުންނަ ވަގުތު ގާނޫނީ އިންޒާރުގައި ބަޔާންވެގެންވާ ހައްގުތައް ހައްޔަރުގައި ހުންނަ މީހާއަށް ލިބިގެންވެއެވެ.
(ރ) ހައްޔަރުގައި ހުންނަ މީހާ ހުންނާނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
7 ވަނަ މާއްދާ - ބަންދުކުރުން
(ހ) "ބަންދުކުރުން" ކަމަށް ބުނެފައި އެވަނީ، މީހަކު ހައްޔަރުކުރުމަށްފަހު އޭނާ ހައްޔަރުކޮށްގެން ގެންދެވުނު މަރުކަޒުގައި އެ ވަގުތު ހުރި އިސް އޮފިސަރު އޭނާ ހައްޔަރުކޮށްފައި ބެހެއްޓުމަށް ކަނޑައެޅުމުން ނުވަތަ ހައްޔަރު ކުރެވިފައިވާ މީހާ ފަނޑިޔާރެއްގެ ކުރިމައްޗައް ހާޒިރުކުރުމުން، ފަނޑިޔާރަކު އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުންނެވެ. ބަންދުގެ މުއްދަތުގައި އޭނާ ހުންނާނީ ފުލުހުންގެ ބެލުމުގެ ދަށުގައިވާ ކަސްޓޯޑިއަލް ޖަލެއްގައެވެ.
(ށ) ބަންދުގައި ހުންނަ ވަގުތު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގާނޫނީ އިންޒާރުގައި ބަޔާންވެގެންވާ ހައްގުތައް ބަންދުގައި ހުންނަ މީހާއަށް ލިބިގެންވެއެވެ.
ދެވަނަ ބައި
މައްސަލަ ހުށަހެޅުމުގެ އިޖުރާއަތްތައް
ތިންވަނަ ބާބު
މައްސަލަ ހުށަހެޅުން
8 ވަނަ މާއްދާ - މައްސަލަ ހުށަހެޅުމުގެ އިޖުރާއަތްތައް
މި ބާބުގައި ހިމެނިގެންވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 3 ވަނަ ބާބުގައި ބަޔާންވެގެންވާ އުސޫލުތަކަށް ފުލުހުން އަމަލުކުރާނެގޮތް ބަޔާންކުރުމަށްޓަކައި، އެ ގާނޫނުގެ 24 ވަނަ މާއްދާގެ (ނ) އަށް ހަވާލާދީ އެކުލަވައިލައިފައިވާ އިޖުރާއަތްތަކެވެ.
9 ވަނަ މާއްދާ - މައްސަލަ ހުށަހެޅޭނެގޮތް
(ހ) ކުށެއް ކޮށްފިކަން، ނުވަތަ ކުށެއް ކުރަން އުޅޭކަން ނުވަތަ ކުށެއް ކުރާކަމުގެ މައުލޫމާތު ލިބޭ ކޮންމެ ފަރާތަކަށް، ތިރީގައިވާ ޒަރީއާތަކުގެ ތެރެއިން ޒަރީއާއަކުން ފުލުހުންނަށް މައުލޫމާތެއް ނުވަތަ މައްސަލައެއް ހުށަހެޅިދާނެއެވެ.
- ފުލުހުންގެ މަރުކަޒަކަށް ފޯނުކޮށް އަނގަބަހުން؛
- ފުލުހުންގެ މަރުކަޒަކަށް ހާޒިރުވެ؛
- ޑިއުޓީގައި އުޅޭ ފުލުހަކަށް؛
- މޯލްޑިވްސް ޕޮލިސް ސަރވިސްގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް (ހަމައެކަނި އިމަޖެންސީ ނޫން ހާލަތްތަކުގައި)؛
- ސިޓީ ނުވަތަ ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް (ހަމައެކަނި އިމަޖެންސީ ނޫން ހާލަތްތަކުގައި)؛ އަދި
- އިމަޖެންސީ ހާލަތެއްގައިނަމަ 119 ނުވަތަ 3322111 ނަންބަރު ގުޅައިގެން.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (5) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ގޮތްތަކުންކުރެ ގޮތަކަށް މައްސަލަ ހުށަހެޅުމަށްޓަކައި ބޭނުންކުރާީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅޭނެކަމަށް ވެބްސައިޓުގައި އާންމުކޮށްފައިވާ ފޯނު ނަންބަރުތަކާއި އެޑްރެސްތަކާއި ލިންކުތަކަށެވެ، އެ މައުލޫމާތަށް އެއްވެސް ބަދަލެއް އަންނަ ހާލަތުގައި، ފުލުހުން އެ މައުލޫމާތު ގަވާއިދުން އަޕްޑޭޓްކޮށް އާންމުކުރަންވާނެއެވެ.
(ނ) އިމަޖެންސީ ނޫން ހާލަތްތަކުގައި ޓެކްސްޓް މެސެޖް މެދުވެރިކޮށް ނުވަތަ މެސެޖިންގ އެޕްލިކޭށަނެއް މެދުވެރިކޮށްމެދުވެރިކޮށް ފުލުހުންނަށް ކަމެއް އެންގުމަކީ، މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ފުލުހުންނަށް މައްސަލަ ހުށަހެޅީކަމުގައި ނުބެލޭނެއެވެ.
10 ވަނަ މާއްދާ - މައްސަލަ ހުށަހެޅޭނެ ވަގުތު
ޖިނާއީ ކުށަކާ ގުޅޭ ކޮންމެ މައްސަލައެއް، ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތެއްގައިވެސް ފުލުހުންނަށް ހުށަހެޅުމުގެ ހައްގު ހަމަ ކޮންމެ މީހަކަށްވެސް ލިބިގެންވެއެވެ.
11 ވަނަ މާއްދާ - މައްސަލަ ހުށަހެޅޭނެ ފަރާތް
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ފުލުހުންނަށް މައްސަލަތައް ހުށަހެޅޭނީ، އަންނަނިވި ފަރާތްތަކަށެވެ.
(ހ) މީހަކު ކުށެއް ކޮށްފިކަން ނުވަތަ ކުށެއް ކުރާކަމުގެ ނުވަތަ ކުށެއް ކުރަން އުޅޭކަމުގެ މައުލޫމާތު ލިބޭ ކޮންމެ ފަރާތެއް؛
(ށ) ގާނޫނު ތަންފީޒުކުރުމުގެ ބާރުލިބިދޭ އެހެން އިދާރާއަކުން ބަލަމުންދާ ކަމަކާ ގުޅިގެން އެ އިދާރާއަކުން؛
(ނ) ފުލުހުންގެ އަމިއްލަ އިސްނެގުމުން؛
(ރ) ޕްރޮސެކިއުޓަރ ޖެނަރަލްގެ ފަރާތުން ތަހުގީގުކުރުމަށް އަންގާ އެންގުމެއްގެ ދަށުން.
12 ވަނަ މާއްދާ - މައްސަލަ ހުށަހުށަހެޅުމުގައި ހިމަނަންޖެހޭ މައުލޫމާތު
(ހ) މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތަކުން ފުލުހުންނަށް މައްސަލައެއް ހުށަހަޅާއިރު، އެ ފަރާތަކަށް އެނގުނު މިންވަރަކުން، އަންނަނިވި މައުލޫމާތު ފޯޯރުކޮށްދޭންވާނެއެވެ.
- މައްސަލަ ހުށަހަޅާ ފަރާތަކީ ކޮން ފަރާތެއްކަން އަންގައިދޭ މައުލޫމާތު؛
- މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ މައުލޫމާތު؛
- ކުށެއް ކުރިކަން ނުވަތަ ކުށެއް ކުރަމުންދާކަން ނުވަތަ ކުށެއް ކުރަން އުޅޭކަމަށް ގަބޫލުކުރާ ސަބަބުތައް؛
- ކުށް ކުރިކަމަށް ނުވަތަ ކުރަން އުޅޭކަމަށް ބެލޭ ތާރީހު؛
- މައްސަލަ ހިނގި ނުވަތަ ހިނގާ ތަން ނުވަތަ ހިނގާނެކަމަށް ބެލޭ ތަން؛
- މައްސަލަ ހުށަހަޅާ ފަރާތާ ގުޅޭނެ ފޯނު ނަންބަރެއް (ހުށަހަޅާ ފަރާތުން ބޭނުންނަމަ)؛ އަދި
- މައްސަލަ ހުށަހަޅާ ފަރާތުގެ އީމެއިލް އެޑްރެސް (ހުށަހަޅާ ފަރާތުން ބޭނުންނަމަ).
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އެހެން އޮތްނަމަވެސް، މީހަކު ކުށެއް ކޮށްފިކަން ނުވަތަ ކުށެއް ކުރާކަން ނުވަތަ ކުށެއް ކުރަން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ދޭ ފަރާތަކީ ކޮން ފަރާތެއްކަން އޭނާ ހާމަކުރަން ބޭނުން ނުވާނަމަ، އެ މައުލޫމާތު ދިނުން މި ގަވާއިދުގެ ދަށުން ލާޒިމެއް ނޫނެވެ. އަދި އެ ފަރާތެއްގެ ބާަޔންކުރެވުނު މައުލޫމާތު ފުލުހުންނަށް ދިންނަމަވެސް، އޭނާގެ އެދުމުގެ މަތިން ނުވަތަ އޭނާގެ ރައްކައުތެރިކަމަށް ފުލުހުން އެ މައުލޫމާތު ސިއްރުކުރަން ވާނެއެވެ.
13 ވަނަ މާއްދާ - އިހްތިސާސް ލިބިގެން ނުވާ މައްސަލަތަކާ މެދު އަމަލުކުރާނެ ގޮތް
މި ގަވާއިދުގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅޭ މައްސަލައަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިހްތިސާސުން ބޭރު މައްސަލައެއް ނަމަ، ނުވަތަ އެހެން އިދާރާއަކަށް ނުވަތަ މުއައްސަސާއަކަށް ހުށަހަޅަންޖެހޭ މައްސަލައެއް ނަމަ، އެކަން އެގޮތަށް ބަޔާންކޮށް، މައްސަލަ ހުށަހަޅާ ފަރާތަށް 10 (ދިހައެއް) ދުވަހުގެ ތެރޭގައި ލިޔުމުން އަންގަންވާނެއެވެ.
14 ވަނަ މާއްދާ - މައްސަލަ ރަޖިސްޓަރީކުރި ކަމުގެ ލިޔުން ދޫކުރުން
(ހ) މި ގަވާއިދުގެ 4 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ފަދައިން މައްސަލައެއް ރަޖިސްޓަރީކޮށްފި ނަމަ، އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްގައި ރަޖިސްޓަރީކުރިކަމުގެ ލިޔުމެއް، މައްސަލަ ހުށަހެޅި ފަރާތަށް ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ނުވަތަ ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ދޭންވާނެއެވެ. މި އަކުރު މިހެން އޮތްކަމުގައި ވިޔަސް، މައްސަލަ ހުށަހެޅި ފަރާތުން އެ ލިޔުން ބޭނުން ނޫންކަމުގައި ބުނެފިނަމަ، އެކަން ލިޔުމުން ރެކޯޑުކޮށް، ލިޔުން ފައިލުކުރަންވާނެއެވެ. މައްސަލަ ރަޖިސްޓްރީކުރި ލިޔުން ޖަދުވަލު 8 ގައި އެވަނީއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާނޮްކށްފައިވާ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްގައި ރަޖިސްޓަރީކުރިކަމުގެ ލިޔުމެއް ލިބިގަތުމަށް، ކުށުގެ ސަބަބުން އަނިޔާ ލިބުނު ފަރާތަކުން އެދިއްޖެ ނަމަ، ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ނުވަތަ ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ދޭންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މައްސަލަ ރަޖިސްޓަރީ ކުރިކަމުގެ ލިޔުމުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- މައްސަލަ ހުށަހެޅުނު ތާރީހާއި ގަޑި؛
- މައްސަލަ ރަޖިސްޓަރީކުރި ތާރީހު؛
- މައްސަލައިގެ ރިފަރެންސް ނަންބަރު،
- މައްސަލަ ހުށަހެޅުނު ފުލުހުންގެ މަރުކަޒު؛
- މައްސަލަ ރަޖިސްޓަރީކުރިކަމުގެ ލިޔުން ލިޔުނު ތާރީހު؛
- މައްސަލަ ރަޖިސްޓަރީ ކުރިކަމުގެ ލިޔުން، މައްސަލަ ހުށަހެޅި ފަރާތާ ހަވާލުކުރެވުނު ތާރީހު؛
- މައްސަލަ ރަޖިސްޓަރީ ކުރިކަމުގެ ލިޔުން، މައްސަލަ ހުށަހެޅި ފަރާތުން ބޭނުން ނުވާކަމުގައި އަންގައިފި ނަމަ، ސަބަބާއެކު އެފަދައިން އެންގި ތާރީހު.
15 ވަނަ މާއްދާ - މައްސަލައާ ގުޅޭ މައުލޫމާތު ސާފުކޮށްދިނުން
(ހ) ފުލުހުން ރަޖިސްޓަރީކޮށްފައިވާ މައްސަލައަކާ ގުޅިގެން މައްސަލައާ ގުޅުންހުރި ފަރާތަކުން ނުވަތަ ތުހުމަތުކުރެވޭ ފަރާތުގެ ވަކީލު މައުލޫމާތު ސާފުކުރަން އެދިއްޖެ ނަމަ، އެ މައުލޫމާތު ދިނުމުން ތަހުގީގަށް ދައްޗެއް ނުވަތަ ބުރުލެއް ނުވަތަ ހުރަހެތްނެތް ނަމަ، އަދި މައްސަލައިގައި ހިމޭނޭ ފަރާތަކުން އިއުތިރާޒު ނުކުރާ ނަމަ، އެ މައުލޫމާތު ފޯރުކޮށް ދެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި "މައްސަލައާ ގުޅުންހުރި ފަރާތް" ކަމަށް ބުނެފައި އެވަނީ، މައްސަލަ ހުށަހެޅި ފަރާތް ނުވަތަ މައްސަލައިގެ ތުހުމަތު ކުރެވިފައިވާ މީހާގެ؛
- މަންމަ؛
- ބައްޕަ؛
- 18 އަހަރުފުރިހަމަވެފައިވާ އުފަންދަރި؛
- އަނިބިމީހާ،
- ފިރިމީހާ،
- ށަރުއީ ނުވަތަ ގާނޫނީ ބަލަދުވެރިޔާ؛ އަދި
- އަނިޔާ ލިބުނު ފަރާތުގެ ވަކީލަށެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ކޮންމެވެސް އެއްފަރާތަކަށް މައުލޫމާތު ހިއްސާކުރުމުން (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލު ކުރެވުނީ ކަމުގައި ބެލޭނެއެވެ.
16 ވަނަ މާއްދާ - މައްސަލަ ނިންމުން
ރަޖިސްޓަރީކޮށްފައިވާ މައްސަލައެއް ތަހުގީގުކުރުމަށްފަހު، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އެ މައްސަލައެއް ނިންމިދާނެއެވެ. މައްސަލަ ނިމުނުގޮތުގެ ލިޔުން ޖަދުވަލު 9 ގައި އެވަނީއެވެ.
- ތަހުގީގު ނިންމައި، ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފޮނުވުން؛ ނުވަތަ
- ތަހުގީގު ނިންމިއިރު، ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވުމަށް އެކަށޭނަ ހެކި ނެތް ނަމަ، މައްސަލަ ފައިލުކުރުން؛ ނުވަތަ
- ތަހުގީގު ކުރިއަށް ގެންދިޔުމަށް އެކަށޭނަ މިންވަރަށް ހެކި ނެތުމުން މައްސަލަ އިތުރަށް ތަހުގީގު ނުކުރަން ނުވަތަ އިތުރު މައުލޫމާތު ލިބުމުން އަލުން ކުރިޔަށް ގެންދާގޮތަށް ނިންމައިފައި މައްސަލަ ފައިލްކުރުން.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ނިންމުމެއް ނިންމައިފިނަމަ، އެ ނިންމި ގޮތެއް، މައްސަލަ ހުށަހެޅި ފަރާތަށާއި ކުށުގެ ތުހުމަތު ކުރެވުނު ފަރާތަށް ނުވަތަ ފަރާތްތަކަށް އަދި އަނިޔާލިބުނު ފަރާތަށް އަންގަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) އެހެން އޮތްކަމުގައި ވިޔަސް، އަންނަނިވި ހާލަތްތަކުގައި ތިބި މީހުންނަށް، އެ މާއްދާގައި ބަޔާންކުރާ އުސޫލެއް ނުހިނގާނެއެވެ.
- މައްސަލަ ހުށަހެޅިއިރު، ވަކި ފަރާތެއް ނާންގާ ހުށަހެޅި މީހުން.
- މައްސަލައިގައިވާ ގޮތް ބަލަން ބޭނުން ނުވާކަމަށް ފުލުހުންނަށް އަންގައިފައިވާ މީހުން.
(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މައްސަލައަކާމެދު ގޮތެއް ނިންމާ ދުވަހުން ފެށިގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި، އެ މައްސަލައެއް ހުށަހެޅި ފަރާތަށް މައްސަލަޔާމެދު ނިންމިގޮތް ލިޔުމުން އަންގަންވާނެއެވެ. މި އަކުރު މިހެން އޮތްކަމުގައި ވިޔަސް، މައްސަލަ ހުށަހެޅި ފަރާތުން އެ ލިޔުން ބޭނުންނޫން ކަމުގައި ބުނެފި ނަމަ، އެކަން ލިޔުމުން ރެކޯޑުކޮށް، ލިޔުން ފައިލުކުރަންވާނެއެވެ.
ހަތަރުވަނަ ބާބު
މައްސަލަ ގިންތިކޮށް ރަޖިސްޓަރީކުރުން
17 ވަނަ މާއްދާ - މައްސަލަ ގިންތިކުރުން
(ހ) ފުލުހުންނަށް މައްސަލައެއް ހުށަހެޅުމާއެކު، އަންނަނިވި ދެގޮތުންކުރެ ގޮތަކަށް އެ މައްސަލައެއް ގިންތި ކުރަން ވާނެއެވެ.
- މެސެޖް؛ ނުވަތަ
- އިންސިޑެންޓް.
(ށ) މި މާއްދާގެ ބޭނުމަށްޓަކައި "މެސެޖް" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށަކާ ގުޅިގެން އެކި ފަރާތްތަކުން ފޯރުކޮށްދޭ މައުލޫމާތަށެވެ.
(ނ) މި މާއްދާގެ ބޭނުމަށްޓަކައި "އިންސިޑެންޓް" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށެއް ހިނގާކަމަށް ނުވަތަ ހިނގައިފިކަމަށް ނުވަތަ ހިނގަން އުޅޭކަމަށް ބުނެ، އެކި ފަރާތްތަކުން ހުށަހަޅާ މައްސަލަތަކަށެވެ.
(ރ) ފުލުހުންނަށް ހުށަހެޅޭ މެސެޖުތަކާއި އިންސިޑެންޓުތައް، އެ މައުލޫމާތު ހުށަހަޅާ ތާރީހާއި ގަޑި އެނގޭގޮތަށް ރިކޯޑުކުރަންވާނެއެވެ.
(ބ) ފުލުހުންނަށް މެސެޖެއް ނުވަތަ އިންސިޑެންޓެއް ހުށަހެޅުމުން، އެ މެސެޖެއްގައި ނުވަތަ އިންސިޑެންޓެއްގައި ޖިނާއީ ކުށެއް އެކުލެވޭތޯ ފުލުހުން ވަޒަންކުރަންވާނެއެވެ. އެގޮތުން ވަޒަންކުރުމުގައި، ޖިނާއީ ކުށެއް އެކުލެވޭކަމަށް ފުލުހުންނަށް ބުރަވެވޭނަމަ، އެ މެސެޖް ނުވަތަ އިންސިޑެންޓް މައްސަލައަކަށް ބަދަލުކޮށް މައްސަލައެއްގެ ގޮތުގައި ރަޖިސްޓަރީކުރަންވާނެއެވެ.
18 ވަނަ މާއްދާ - މެސެޖް ނުވަތަ އިންސިޑެންޓް ކްލޯޒްކުރުން
(ހ) ގަވާއިދުގެ 17 ވަނަ މާއްދާގެ (ހ) ގެ (1) ނަންބަރުގައި ބަޔާންކޮށްފައިވާ މެސެޖެއް 24 (ސައުވީސް) ގަޑިއިރުވުމުން ބަންދުވާނެއެވެ. މެސެޖެއް ބަންދުވުމުގެ ކުރިން އިންސިޑެންޓަކަށް ބަދަލުކުރަން ބޭނުންވާނަމަ، ކަމިށަންޑް އޮފިސަރެއްގެ ހުއްދަޔާއެކު މެސެޖު ލިބުނު ޑިޕާޓްމަންޓް ނުވަތަ ޔުނިޓު ނުވަތަ ސްޓޭށަނުން އެ މެސެޖެއް އިންސިޑެންޓަކަށް ބަދަލުކުރެވިދާނެއެވެ.
(ށ) މި ގަވާއިދުގެ 17 ވަނަ މާއްދާގެ (ހ) ގެ (2) ބަޔާންކޮށްފައިވާ އިންސިޑެންޓެއް، މައްސަލައެއްގެ ގޮތުގައި ރަޖިސްޓަރީނުކޮށް 72 (ހަތްދިހަ ދޭއް) ގަޑިއިރު ވެއްޖެނަމަ، އެހިސާބުން ފެށިގެން އެ އިންސިޑެންޓް މައްސަލައަކަށް ބަދަލުވެ، މައްސަލައެއްގެ ގޮތުގައި ރަޖިސްޓަރީކުރުން ލާޒިމުވީއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ 72 (ހަތްދިހަ ދޭއް) ގަޑިއިރުގެ މުއްދަތުގެ ކުރިން އިންސިޑެންޓެއް ބަންދުކުރަންބޭނުން ނަމަ، އަންނަނިވި އުސޫލުތައް ހިނގާނެއެވެ.
- ޖިނާއީ ކުށެއްގެ ރުކުންތައް ހުރިކަމަށް އެކަށީގެންވާ މިންވަރަށް ގަބޫލުނުކުރެވުން.
- ކަމުގެ އިހްތިސާސް އޮތް އެހެން އިދާރާއެއްގައި ބަލަމުންދާ މައްސަލައެއް ކަމުގައި ވުން
- ކޯޓުގައި ހިނގަމުންދާ ނުވަތަ ތަހުގީގުކުރަމުންދާ ޖިނާއީ މައްސަލައެއް، އެއް ވާގިޔާއެއްގެ މައްޗަށް އޮތުން.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން އިންސިޑެންޓެއް ބަންދުކުރެވޭނީ، ކަމިށަންޑް އޮފިސަރެއްގެ ހުއްދަޔާއެކު، އެ އިންސިޑެންޓް ރިކޯޑުކުރި ޑިޕާޓްމަންޓުން، ނުވަތަ ޑިވިޒަނުން ނުވަތަ އަތޮޅުން އެ އިންސިޑެންޓެއް ބަންދު ކުރުމުންނެވެ.
(ބ) މެސެޖެއް ނުވަތަ އިންސިޑެންޓެއް ބަންދުކުރި ކަމުގައިވިޔަސް، ފަހުގެ ތާރީހެއްގައި އެކަމާ ގުޅިގެން އިތުރު މައުލޫމާތެއް ލިބިއްޖެ ނަމަ، އެ މެސެޖެއް ނުވަތަ އިންސިޑެންޓެއް އަލުން ބެލުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.
19 ވަނަ މާއްދާ - ކްލޯޒްކުރު ުމގެ ނަތީޖާ
މެސެޖެއް ނުވަތަ އިންސިޑެންޓެއް ކްލޯޒްކޮށްފި ނަމަ، އޭގެ މާނައަކީ، އޭގެ މައްޗަށް އިތުރު ފިޔަވަޅެއް އެޅުމެއް ނުވަތަ ތަހުގީގެއް ހިންގުމެއް ނެތި، އެ މައްސަލަ، މި ގވާއިދުގެ 18 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ ހާލަތެއް ވުޖޫދުވުމާ ހަމައަށް، ފައިލްކުރެވުނީއެވެ.
ތިންވަނަ ބައި
ހާޒިރުކުރުމާއި ސުވާލުކުރުން
ފަސްވަނަ ބާބު
ތަހުގީގަށް ނުވަތަ އެނޫންވެސް ބޭނުމަކަށް މީހުން ހާޒިރުކުރުން
20 ވަނަ މާއްދާ - ހާޒިރުވުމަށް ށަރުތުކޮށްފައި ދޫކޮށްލުން
(ހ) ޖިނާއީ ކުށަކާ ގުޅޭގޮތުން މަގުމަތިން މީހަކު ހުއްޓުވައި، ފަހުގެ ތާރީހެއްގައި ނުވަތަ އެހެން ވަގުތެއްގައި ފުލުހުންގެ ވަކި މަރުކަޒަކަށް ހާޒިރުވުމަށް އެންގުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ. މި މާއްދާގައި ބަޔާންކުރާ ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އެންގިކަމުގެ ލިޔުން ނުވަތަ ށަރުތުގެ ނޯޓިސް ޖަދުވަލު 7 ގައި އެވަނީއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން ފުލުހަކު އަންގާއިރު، އަންނަނިވި ކަންކަމަށް ބަލަންވާނެއެވެ.
- ތުހުމަތުކުރެވޭ ކުށުގެ ކުޑަބޮޑުމިނާއި، ނުރައްކައުތެރިކަން؛
- ހެއްކާއި ގަރީނާ ހޯދުމަށް ކުރިމަތިވެދާނެ ދަތި އުނދަގޫ ކަންކަން؛
- އެ މީހާގެ ނުވަތަ އެހެން މީހެއްގެ ފުރާނައަށް ނުވަތަ މީހެއްގެ މުދަލަކަށް ލިބިދާނެ ގެއްލުން؛ އަދި
- އެ މީހަކު، އެހެން ކުށަކަށް އަރައިގެންފާނެކަމަށް ބެލޭ މިންވަރު.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މީހަކު ހާޒިރުވުމަށް އަންގައިފި ނަމަ، އަންނަނިވި މައުލޫމާތު ހިމެނޭގޮތަށް ށަރުތުގެ ނޯޓިސް އޭނާއަށް ދޭންވާނެއެވެ.
(ރ) މި ބާބުގެ ބޭނުމަށްޓަކައި "ށަރުތުގެ ނޯޓިސް" ކަމަށް ބުނެފައި އެވަނީ، ވަކި ދުވަހެއްގެ ވަކި ވަގުތަކަށް ފުލުހުންގެ ވަކި މަރުކަޒަކަށް ހާޒިރުވުން ށަރުތުކޮށްފައި އެކަން އަންގައިފައި، ތިރީގައިވާ މައުލޫމާތު ހިމެނޭ ގޮތަށް ފުލުހަކު މީހަކަށް ދޫކުރާ ލިޔުމަކަށެވެ.
- މީހާގެ ނަމާއި، އެޑްރެހާއި، އުމުރު،
- ހާޒިރުވުމަށް އަންގާ ބޭނުން،
- ހާޒިރުވާންޖެހޭ ފުލުހުންގެ މަރުކަޒާއި، ތާރީހާއި، ގަޑި؛
- އެ ލިޔުން ދޫކުރާ ފުލުހުންގެ އޮފިސަރުގެ ނަމާއި، ރޭންކާއި، ސަރވިސް ނަންބަރާއި، ސޮއި؛
- ލިޔުން ދޫކުރި ތާރީހާއި ގަޑި.
(ބ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ށަރުތުގެ ނޯޓިސް ލިބި، އެ ނޯޓިހުގައިވާ ތާރީހާއި ގަޑިއަށް ހާޒިރުނުވެއްޖެ ނަމަ، އަންނަނިވި ގޮތުގެމަތިން އަމަލުކުރެވޭނެއެވެ.
- އެ މީހަކީ ތަހުގީގަށް މައުލޫމާތު ދެވިދާނެ ނުވަތަ އެހީތެރިވެވިދާނެ މީހެއް ނަމަ، ހާޒިރުވުމަށް އަންގައި، ޗިޓު ފޮނުވުން؛
- އެ މީހަކީ ކުށެއްގެ ތުހުމަތުކުރެވޭ މީހެއް ނަމަ، ހައްޔަރުކުރުމަކަށް ނުވާގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން؛ ނުވަތަ
- އެ މީހަކީ ކުށެއްގެ ތުހުމަތުކުރެވޭ މީހެއްކަމުގައި ވެފައި، ގާނޫނުގައި ބަޔާންވެގެންވާ ގޮތުގެ މަތިން ކޯޓު އަމުރަކާނުލައި ހައްޔަރުކުރެވިދާނެ މީހަހެއް ނަމަ، ހައްޔަރުކުރުން.
21 ވަނަ މާއްދާ - ހާޒިރުވުމަށް އެންގުމުގެ ބާރު
(ހ) ޖިނާއީ ކުށެއްގެ ތަހުގީގަކާ ގުޅޭގޮތުން ފުލުހުންގެ މަރުކަޒަށް ހާޒިރުވުމަށް، ޗިޓެއް މެދުވެރިކޮށް ލިޔުމުން އެންގުމުގެ ބާރު، ފުލުހުންނަށް ލބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެންގުމަކީ، ފުލުހުންގެ ކަމާބެހޭ ޑިޕާޓްމަންޓުގެ ނުވަތަ ޔުނިޓުގެ ނުވަތަ ސްޓޭށަނުގައި އިސްކޮށް ހުންނަ އޮފިސަރު ސޮއިކޮށްފައި ދޫކުރާ، ހާޒިރުވުމުގެ ޗިޓެއް ކަމުގައި ވާންވާނެއެވެ.
މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދައިން ޖިނާއީ ތަހުގީގަކާ ގުޅިގެން، ފުލުހުންގެ މަރުކަޒަށް ހާޒިރުވުމަށް އެންގޭނީ، އަންނަނިވި ހާލަތްތަކުގައެވެ.
- ކުށެއްގެ ތުހުމަތުކުރެވޭ މީހަކު ކަމުގައި ވުން؛
- ތަހުގީގަށް މައުލޫމާތު ދެވިދާނެ މީހެއް ކަމުގައި ވުން؛
- ހެކިބަސް ދެވިދާނެ މީހެއް ކަމުގައި ވުން.
(ރ) ހާޒިރުވުމަށް އަންގާ ޗިޓު ރައްދުވާ މީހާ ހުރީ ރާއްޖޭގައި ނަމަ، އެ ޗިޓު، އޭނާ ފުލުހުންގެ މަރުކަޒަށް ހާޒިރުވާންޖެހޭ ގަޑީގެ 12 (ބާރަ) ގަޑިއިރުގެ ކުރިން އޭނާއަށް ރައްދުކުރަންވާނެއެވެ.
(ބ) ހާޒިރުވުމަށް އަންގާ ޗިޓު ރައްދުވާމީހާ ހުރީ ރާއްޖެއިން ބޭރުގައި ނަމަ، އެ ޗިޓު، އޭނާ ފުލުހުންގެ މަރުކަޒަށް ހާޒިރުވާންޖެހޭ ގަޑީގެ މަދުވެގެން 14 (ސާދަ) ދުވަހުގެ ކުރިން އޭނާއަށް ރައްދުކުރަންވާނެއެވެ،
(ޅ) މި މާއްދާގެ (ރ) އާއި (ބ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ހާޒިރުވާން އަންގާ ފަރާތަށް ފުރަތަމަ ދެވޭ މުއްދަތުގެ ތެރޭގައި، އެ ފަރާތް ހާޒިރުވާންޖެހޭ ތާރީހާއި ގަޑިއަށް ހާޒިރުވެވެން ނެތްކަމަށް ބުނެ މަގްބޫލު އުޒުރަކާއެކު ފުލުހުންގެ މަރުކަޒަކަށް އަންގައިފި ނަމަ، އޭނާ ހާޒިރުވުމަށް އެކަށޭނަ އިތުރު މުއްދަތެއް ދިނުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ.
(ކ) މި މާއްދާގެ (ހ) ގެ ދަށުން އަންގާ އެންގުމަކަށް ފުލުހުންގެ މަރުކަޒަކަށް ހާޒިރުވާ މީހަކު، އެކަމަށް އޭނާ ހާޒިރުވެ ހުންނަ ހުރުމުގައި ހައްޔަރެއް ނުކުރެވޭނެއެވެ.
22 ވަނަ މާއްދާ - ހާޒިރުމުގެ ޗިޓުގައި ހިމަނަންޖެހޭ މައުލޫމާތު
މި ގަވާއިދުގެ 21 ވަނަ މާއްދާގެ ދަށުން އަންގާ އެންގުމެއްގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ. ހާޒިރުވުމަށް އަންގާ ޗިޓު ޖަދުވަލު 13 ގައި އެވަނީއެވެ.
(ހ) ހާޒިރުކުރެވޭ މީހާގެ ނަމާއި، ދާއިމީ އެޑްރެހާއި، އުމުރު،
(ށ) ހާޒިރުކުރެވޭ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަނަބަރު ނުވަތަ ޕާސްޕޯޓުގެ ނަންބަރު،
(ނ) ހާޒިރުކުރެވޭ ހައިސިއްޔަތު؛
(ރ) ކުށަކަށް ތުހުމަތުކުރެވޭ ފަރާތެއް ނަމަ، އޭނާއާމެދު ކުރެވޭ ތުހުމަތުގެ ހުލާސާ؛
(ބ) ތަހުގީގަކަށް މައުލޫމާތު ދެވިދާނެ މީހަކު ނުވަތަ ހެކިބަސް ދެވިދާނެ މީހަކު ނަމަ، ކުރަމުންދާ ތަހުގީގުގެ ހުލާސާ؛
(ޅ) ހާޒިރުވާން އަންގާ ތަނާއި ތާރީހާއި ގަޑި؛
(ކ) ހޭދަވާނެކަމަށް އަންދާޒާކުރާ ވަގުތު؛
(އ) ހާޒިރުވެ ބައްދަލުކުރަންވީ އޮފިސަރުގެ ނަމާއި، ސަރވިސް ނަންބަރު، އަދި
(ވ) ހުއްދަ ދޭ އޮފިސަރުގެ ސޮޔާއި ސަރވިސް ނަންބަރ.
23 ވަނަ މާއްދާ - ހާޒިރުވުމަށް އަންގާނެ ގޮތް
(ހ) ފުލުހުންގެ މަރުކަޒަށް ހާޒިރުވުމަށް މި ގަވާއިދުގެ 21 ވަނަ މާއްދާގެ ދަށުން އަންގާނީ، ހާޒިރުވުމަށް އަންގާ ޗިޓު ފޮނުވައިގެންނެވެ. ހާޒިރުވުމުގެ ޗިޓުގެ ނަމޫނާ، މި ގަވާއިދުގެ ޖަދުވަލު 13 ގައި އެވަނީއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ހާޒިރުވުމަށް އަންގާ ޗިޓު ރައްދުކުރާނީ އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށެވެ.
- ހާޒިރުވުމަށް އަންގާ ޗިޓު ރައްދުވާ ފަރާތަށް ހަވާލުކުރުން.
- ހާޒިރުވުމަށް އަންގާ ޗިޓު ރައްދުވާ ފަރާތް ދިރިއުޅޭ އެޑްރެހުގައި އުޅޭ ތަސައްރުފު ފުދިފައިވާ މީހަކާ ހަވާލުކުރުން.
- ހާޒިރުވުމަށް އަންގާ ޗިޓު ރައްދުވާ މީހާ ދިރިއުޅޭ އެޑްރެހަށް ޕީސްޓްކުރުން.
- މި އަކުރުގެ (1) ވަނަ ނަންބަރުން ފެށިގެން (3) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ގޮތަކުންކުރެ ގޮތަކަށް ހާޒިރުވުމަށް އަންގާ ޗިޓު ރައްދު ނުކުރެވުނު ނަމަ، ހާޒިރުވުމަށް އަންގާ ޗިޓު ރައްދުވާ މީހާގެ ދާއިމީ އެޑްރެހަށް ޕޯސްޓްކުރުން.
24 ވަނަ މާއްދާ - ޗިޓަށް ހާޒިރުވުން
(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މީހަކު ޗިޓަށް ހާޒިރުވާއިރު، އެ މީހަކީ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމަކާއި ހާޒިރުވުމަށް އަންގާ ޗިޓު ގެންނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހާޒިރުވާ މީހަކު ގާނޫނީ ވަކީލެއްގެއެހީތެރިކަން ބޭނުންވާ ނަމަ، ގާނޫނީ ވަކީލަކާއެކު ހާޒިރުވުމުގެ ފުރުސަތު އޭނާއަށް ލިބިގެންވެއެވެ.
25 ވަނަ މާއްދާ - ޗިޓަށް ހާޒިރުވުމަށް އުޒުރުވެރިވުން
މި ގަވާއިދުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހާޒިރުވުމަށް އަންގާ ޗިޓު ރައްދުވާ މީހާ އެ ޗިޓުގައިވާ ގަޑިއަށް ހާޒިރުވެވެން ނެތް ނަމަ، މަގްބޫލު ސަބަބަކާއެކު ހާޒިރުވާންޖެހޭ ގަޑީގެ 1 (އެކެއް) ގަޑިއިރުގެ ކުރިން، އެ މީހަކު ހާޒިރުވާންޖެހޭ ފުލުހުންގެ މަރުކަޒަށް ނުވަތަ ފުލުހުންނަށް ސިޓީއާއި ލިޔެކިޔުން ހުށަހެޅުމަށް ހަމަޖެހިފައިވާ ގޮތްތަކުންކުރެ ގޮތަކަށް، ލިޔުމުން އަންގަންވާނެއެވެ.
26 ވަނަ މާއްދާ - މަގްބޫލު ސަބަބެއްނެތި ހާޒިރުނުވުން
(ހ) ކުށެއްގެ ތުހުމަތުކުރެވޭ މީހަކު މަގްބޫލު ސަބަބެއް ނެތި ހާޒިރުވުމަށް އަންގާ ޗިޓުގައިވާ ތާރީހާއި ގަޑިއަށް ހާޒިރުނުވެއްޖެ ނަމަ، އެ މީހަކު ހައްޔަރުކުރުމަކަށް ނުވާގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.
މި މާއްދާގެ ބޭނުމަށްޓަކައި މަގްބޫލު ސަބަބުކަމުގައި ބެލޭނެ ކަންތައްތައް ތިރީގައި ބަޔާންކޮށްފައި އެ ވަނީއެވެ.
- ދަތުރުފަތުރު ކުރެވޭވަރަށް މޫސުން ތަން ނުދިނުން؛
- ހާޒިރު ނުވެވޭފަދަ ބައްޔެއް ވުން؛
- މިނޫނަސް މިފަދަ މަގުބޫލު ސަބަބެއް މެދުވެރިވުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ސަބަބެއް މެދުވެރިވެފައިވާކަން ސާބިތުކޮށްދިނުމަކީ ހާޒިރުވުމުގެ ޗިޓް ރައްދުވާ ފަރާތުގެ ޒިންމާއެކެވެ.
(ނ) ކުށެއްގެ ތުހުމަތުކުރެވޭ މީހަކު، ހާޒިރުވުމުގެ ޗިޓެއް ލިބި އެ ޗިޓުގައިވާ ތާރީހާއި ގަޑިއަށް ހާޒިރުނުވެއްޖެ ނަމަ، އެ މީހަކާމެދު ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 533 ވަނަ މާއްދާގެ ދަށުން ގާނޫނީ ފިޔަވަޅުއެޅުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.
27 ވަނަ މާއްދާ - ހާޒިރުވުމަށް އަންގައި އިއުލާންކުރުން
(ހ) ކުށުގެ ތުހުމަތުކުރެވޭ މީހާއަށް ހާޒިރުވުމަށް އަންގާ ޗިޓު، މި ގަވާއިދުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތްތަކުންކުރެ އެއްވެސް ގޮތަކަށް ރައްދުކުރެވުނުކަން ފުލުހުންނަށް ކަށަވަރު ނުކުރެވުނު ނަމަ، ނުވަތަ އެ ފަރާތެއް ދިރިއުޅޭ ތަނެއް ނުވަތަ އެ ފަރާތަކަށް ޗިޓު ރައްދުކުރާނެ ގޮތާބެހޭ މައުލޫމާތު ފުލުހުންނަށް ިލބިފައިނުވާނަމަ، ކުށުގެ ތުހުމަތުކުރެވޭ މީހާގެ ފޮޓޯއާއެކު އޭނާ ހޯދުމަށް އާންމުކޮށް އިއުލާނުކުރާނެ ކަމުގައި އޭނާގެ އާއިލާގެ މެންބަރަކަށް ނުވަތަ އޭނާގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތަކަށް އެންގުމަށްފަހު، އެ މީހަކު ހާޒިރުވުމަށް އަންގައި އާންމުކޮށް އިއުލާނުކުރުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ކުށުގެ ތުހުމަތުކުރެވޭ މީހާގެ އާއިލާގެ މެންބަރަކަށް ނުވަތަ އޭނާގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތަކަށް އެންގުމުގައި، މުއާމަލާތްކުރެވުނު ފަރާތުގެ މައުލޫމާތާއި، މުއާމަލާތްކުރެވުނު ތަރީހާއި ވަގުތު ފުލުހުން ރިކޯޑުކުރަނެވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ަބޔާންކޮށްފައިވާ އިއުލާނުގައި، އަންނަނިވި މައުލޫމާތު ހިމަންނަވާނެއެވެ.
- ހާޒިރުކުރެވޭ މީހާގެ ނަމާއި، ދާއިމީ އެޑްރެހާއި، އުމުރު،
- ހާޒިރުކުރެވޭމީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ ޕާސްޕޯޓުގެ ނަންބަރު،
- ހާޒިރުކުރެވޭ ހައިސިއްޔަތު؛
- ހާޒިރުވާން އަންގާ ތަނާއި ތާރީހާއި ގަޑި،
(ރ) މި މާއްދާގައިވާ ގޮތުގެމަތިން ހާޒިރުވުމަށް އަންގާ މީހާ ފުލުހުންގެ މަރުކަޒަކަށް ހާޒިރުވުމަށް، މަދުވެގެން 7 (ހަތެއް) ދުވަހުގެ ފުރުސަތު އޭނާއަށް ދޭންވާނެއެވެ.
(ބ) މި މާއްދާގައިވާ ގޮތުގެމަތިން ހާޒިރުވުމަށް އަންގާ މީހާ ހާޒިރުވާންޖެހޭ ތާރީހަށް ހާޒިރުވުމަށް މަގްބޫލު އުޒުރެއް އޮތްނަމަ، މަގްބޫލު ސަބަބާއެކު، ވީ އެންމެ އަވަހަކަށް އަދި ގިނަވެގެން ހާޒިރުވާންޖެހޭ ތާރީހާއި ވަގުތުގެ 24 (ސައުވީސް) ގަޑިއިރުގެ ކުރިން، ފުލުހުންގެ މަރުކަޒަކަށް ލިޔުމުން އަންގަންވާނެއެވެ. އަދި އެ ލިޔުމުގައި އޭނާ އުޅޭ ތަނަކާއި އޭނާއާ މުއާމަލާތްކުރާނެ ގޮތުގެ މައުލޫމާތު ހިމަނަންވާނެވެ.
28 ވަނަ މާއްދާ - ރުހުމުގައި ފުލުހުންގެ މަރުކަޒަށް ހާޒިރުވުން
(ހ) ފުލުހުން ިހންގަމުންގެނާްދ ތަހުގީގަކާ ގުޅިގެން ކުށުގެ ތުހުމަތު ކުރެވޭ ފަރާތެއް ނުވަތަ މައްސަލައަކާ ގުޅިގެން ހެކިބަހެއް ނުވަތަ މައުލޫމާތެއް ދިނުމަށް ފުލުހުންގެ މަރުކަޒަކަށް ހާޒިރުކުރަން ބޭނުންވާ މީހާގެ ރުހުމުގައި، ފޯނުކޮށް އަންގައިގެން ނުވަތަ އެ މީހަކާ ބައްދަލުކޮށް ހާޒިރުވާންޖެހޭ ގަޑި އަންގައިގެން ފުލުހުންގެ މަރުކަޒަކަށް ހާޒިރުވުމަށް އެންގުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގައިވާ ގޮތުގެ މަތިން އަންގާ އެންގުމަކާ ގުޅިގެން ފުލުހުންގެ މަރުކަޒަކަށް ހާޒިރުވާއިރު އެ މީހެއްގެ ގާނޫނީ ވަކީލާ އެކު ހާޒިރުވުމުގެ ހައްގު އެ މީހަކަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގައިވާ ގޮތުގެ މަތިން އަންގާ އެންގުމަކާ ގުޅިގެން ފުލުހުންގެ މަރުކަޒަކަށް ހާޒިރު ކުރެވޭ މީހަކާ ސުވާލުކުރުމުގެ ކުރިން، މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކުރާ، ކުށުގެ ތުހުމަތުގައި ސުވާލުކުރެވޭ މީހަކަށް ދޭންޖެހޭ ގާނޫނީ އިންޒާރު އެ މީހަކަށް ލިޔުމުން ދޭންވާނެއެވެ.
(ރ) މި މާއްދާގައިވާ ގޮތުގެ މަތިން އަންގާ އެންގުމަށް ހާޒިރުވެ ހުންނަ ފަރާތަކާ ސުވާލުކުރުމުގައި، މި ގަވާއިދުގެ 31 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ އުސޫލާ އެއްގޮތަށް އަމަލު ކުރަން ވާނެއެވެ.
(ބ) މި މާއްދާގައިވާ ގޮތުގެ މަތިން އަންގާ އެންގުމަށް ހާޒިރުވެ ހުންނަ ފަރާތަކީ ހައްޔަރުކުރުމަކަށް ނުވާގޮތަކަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެ ިވފައިވާ ފަރާތެއް ނުވަތަ ހައްޔަރުކޮށްގެން ގެނެވިފައިވާ ފަރާތެއްކަމުގައި ނުވާތީ، މި ގަވާއިދުގެ 33 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ އުސޫލާ އެއްގޮތަށް އަމަލުކުރާކަށް ނުޖެހޭނެއެވެ.
ހަވަނަ ބާބު
ހައްޔަރުކުރުމަކަށް ނުވާގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުން
29 ވަނަ މާއްދާ - ހައްޔަރުކުރުމަކަށް ނުވާގޮތަކަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން
(ހ) ހައްޔަރުކުރުމަކަށް ނުވާގޮތަކަށް، ކުށެއްގެ ތުހުމަތުގައި މީހަކާ ސުވާލުކުރުމަށްޓަކައި، ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންދިޔުމުގެ ބާރު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 50 ވަނަ މާއްދާއިން ފުލުހުންނަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ހައްޔަރުކުރުމަކަށް ނުވާގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި މީހަކު ބެހެއްޓޭނީ، ގިނަވެގެން 4 (ހަތަރެއް) ގަޑިއިރުގެ މުއްދަތަށެވެ.
(ނ) ހައްޔަރުކުރުމަކަށް ނުވާގޮތަކަށް ފުލުހުންގެ ބެލުމުގެދަށަށް ގެންދާ ކޮންމެ މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެންދެވޭ ހިނދު، އޭނާއަށް އަނގަބަހުން ގާނޫނީ އިންޒާރު ފުލުހުން ދޭންވާނެއެވެ. މި ހާލަތުގައި ފުލުހުން ދޭންޖެހޭ ގާނޫނީ އިންޒާރު، މި ގަވާއިދުގެ ޖަދުވަލު 1 ގައި އެވަނީއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ގާނޫނީ އިންޒާރުގައި ހިމެނިގެންވާ ބައިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހާއަށް ރަނގަޅަށް ފަހުމުވެއްޖެކަން ފުލުހުން ކަށަވަރުކުރަންވާނެއެވެ. އަދި ފަހުމުނުވާނަމަ، އޭނާއަށް އެކަންކަން ފަހުމުވާނެ ގޮތަކަށް ސާފުކޮށްދޭންވާނެއެވެ.
(ބ) މި މާއްދާގެ (ހ) ގައިވާގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ކޮންމެ މީހަކާސުވާލުކުރަން ފެށުމުގެ ކުރިން، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ގާނޫނީ އިންޒާރުގެ ކޮޕީއެއް އޭނާއަށް ފުލުހުން ދޭނާްވނެއެވެ.
(ޅ) މި މާއްދާގެ (ހ) ގައިވާގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ކޮންމެ މީހަކާ ސުވާލުކުރަން ފެށުމުގެ ކުރިން، މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކުރާ ގާނޫނީ އިންޒާރު އެ މީހަކަށް ދޭންވާނެއެވެ.
ހަތްވަނަ ބާބު
ސުވާލުކުރުން
30 ވަނަ މާއްދާ - ޗިޓަށް ހާޒިރުކުރެވޭ މީހުންނާ ސުވާލުކުރުން
(ހ) މި ގަވާއިދުގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފުލުހުންގެ މަރުކަޒަކަށް ހާޒިރުކުރެވޭ މީހުންނާ ސުވާލުކުރުކުމުގެ ބާރު، ފުލުހުންނަށް ިލބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ފުލުހުންގެ މަރުކަޒަކަށް ހާޒިރުކުރެވޭ މީހުން ފުލުހުންގެ މަރުކަޒުގައި ބޭތިއްބޭނީ، ހާޒިރުވުމަށް އަންގާ ޗިޓުގައި ބަޔާންކޮށްފައިވާ މުއްދަތަށެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސުވާލުކުރެވޭ މީހާއަކީ ކުށެއްގެ ތުހުމަތުގައި ސުވާލުކުރާ މީހެއް ނަމަ، އޭނާއާ ސުވާލުކުރަން ފެށުމުގެ ކުރިން، ކުށުގެ ތުހުމަތުގައި ސުވާލުކުރެވޭ މީހުންނަށް ދޭ ގާނޫނީ އިންޒާރު، ލިޔުމަކުން އޭނާއަށް ދޭންވާނެއެވެ. އަދި އެ ލިޔުމުގެ ކޮޕީއެއް އޭނާއަށް ފުލުހުން ދޭންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފުލުހުން ދޭންޖެހޭ ގާނޫނީ އިންޒާރުގައި، އަންނަނިވި ބައިތައް ހިމަނަންވާނެއެވެ.
- ތުހުމަތުކުރެވެނީ، ކޮން ގާނޫނެއްގައި ބަޔާންކުރާ ކޮން ކުށަކާ ގުޅިގެންކަން؛
- އޭނާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު މައުލޫމާތެއް ނުދީ ހަނުހުރުމުގެ ހައްގު އޭނާއަށް ލިބިގެންވާކަން؛
- ސުވާލަށް ޖަވާބު ނުދިނުމަކީ އޭނާއަށް ލިބިގެންވާ ހައްގެއް ކަމުގައިވިޔަސް، ސުވާލަށް ޖަވާބުދިނުން އެދެވިގެންވާކަން؛
- ސުވާލަށް އޭނާ ދޭ ޖަވާބަކީ، އޭނާއާ ދެކޮޅަށް ކޯޓެއްގައި ބޭނުންކުރެވިދާނެ އެއްޗެއްކަން؛
- އޭނާއަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިގެންވާކަން؛ އަދި
- އޭނާއަކީ ގާނޫނީ ވަކީލަކު ހަމަޖެއްސޭވަރުގެ މާލީ ތަނަވަސްކަމެއް ނެތް މީހެއް ނަމަ، އަދި އޭނާއާމެދު ތުހުމަތު ކުރެވިފައިވާ ކުށަކީ ޖިނާއީ ބޮޑު ކުށެއް ނަމަ، ދައުލަތުން ގާނޫނީ ވަކީލަކު ހަމަޖައްސައިދިނުމަށް އެދުމުގެ ހައްގު އޭނާއަށް ލިބިގެންވާކަން.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ގާނޫނީ އިންޒާރުގައި ހިމެނިގެންވާ ބައިތައް ސުވާލުކުރެވޭމީހާއަށް ރަނގަޅަށް ފަހުމުވެއްޖެކަން ފުލުހުން ކަށަވަރުކުރަންވާނެއެވެ. އަދި ފަހުމު ނުވާނަމަ، އޭނާއަށް އެ ކަންކަން ފަހުމުވާނެ ގޮތަކަށް ސާފުކޮށްދޭންވާނެއެވެ.
(ޅ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ގާނޫނީ އިންޒާރު، ކުށެއްގެ ތުހުމަތުގައި ސުވާލުކުރުމަށް ހާޒިރުކުރާ ކޮންމެފަހަރަކު، މި މާއްދާގައިވާ ގޮތުގެމަތިން ތުހުމަތު ކުރެވޭ މީހާއަށް ލިޔުމުން ދޭންވާނެއެވެ.
31 ވަނަ މާއްދާ - ސުވާލުކުރެވޭ ވަގުތުގެ ދިގުމިން
(ހ) މި ގަވާއިދުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ފުލުހުންގެ މަރުކަޒަކަށް ހާޒިރުކުރެވޭ މީހަކާ ފުލުހުންނަށް މެދުކެނޑުމެއްނެތި ސުވާލުކުރެވޭނީ ގިނަވެގެން 60 (ފަސްދޮޅަސް) މިނެޓަށެވެ. ސުވާލުކުރާ މުއްދަތުގެ ތެރޭގައި 60 (ފަސްދޮޅަސް) މިނެޓު ސުވާލުކުރުމަށްފަހު، މަދުވެގެން 10 (ދިހައެއް) މިނެޓުގެ ހުސްވަގުތުކޮޅެއް އެ މީހަކަށް ފުލުހުން ދޭންވާނެއެވެ.
(ށ) ޖިނާއީ ބޮޑެތި ކުށްތައް ނުވަތަ ހާއްސަ ގާނޫނަކުން ކަނޑައަޅައިފައިވާ ކުށަކާ ގުޅޭ ގޮތުން ހިނގޭ ތަހުގީގެއްގައި ތަހުގީގު ކުރާ ފަރާތަށް ކޮންމެހެން ބޭނުންވެއްޖެ ކަމަށް ފެނިއްޖެ ހިނދެއްގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަގުތަށް ވުރެ އިތުރަށް ސުވާލުކުރުން ކުރިޔަށް ގެންދެވިދާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި އެހެންއޮތް ނަމަވެސް، ފުލުހުންގެ މަރުކަޒަކަށް ހާޒިރުކުރެވޭ މީހާއާ ސުވާލުކުރާއިރު ހުސްވަގުތު ބޭނުން ނުވާކަމަށް ބުނެފިނަމަ، މި މާއްދާގެ (ހ) ގައިވާ އުސޫލެއް ނުހިނގާނެއެވެ. (ނޯޓް: (ނ) ތިރީގައިވެސް ތަކުރާރުވެފައިވޭ)
(ނ) މި ގަވާއިދުގެ 29 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން، ހައްޔަރުކުރުމަކަށް ނުވާގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހަކާ ސުވާލުކުރެވޭނީ، އެ މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ވަގުތުގެ ތެރެއިން ގިނަވެގެން 2 (ދޭއް) ގަޑިއިރަށް ވުރެ އިތުރުނުވާ ގޮތަށެވެ، އަދި ސުވާލުކުރާ ވަގުތު، އެއްވެސް ސަބަބަކާހުރެ 2 (ދޭއް) ގަޑިއިރަށްވުރެ އިތުރުވެގެން ނުވާނެއެވެ، ހައްޔަރުކުރުމަށް ނުވާގޮތުން ސުވާލުކުރުމަށްޓަކައި ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ މީހުން ފިޔަވައި އެނޫން މީހުންނަކަށް މި އުސޫލެއް ނުހިގާނެއެވެ، (ނޯޓް: (ނ) މަތީގައިވެސް ތަކުރާރުވެފައިވޭ)
(ރ) މި ގަވާއިދުގެ 34 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން، ހައްޔަރުގައި ބަހައްޓައިގެން ފުލުހުން މީހަކާ ސުވާލުކުރާ ހާލަތުގައި ހިނގާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލެވެ.
32 ވަނަ މާއްދާ - ސުވާލުކުރަން ފެށުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަންކަން
(ހ) ހައްޔަރުކުރުމަކަށް ނުވާގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ކޮންމެ މީހަކާ ސުވާލުކުރަން ފެށުމުގެ ކުރިން، އޭނާއާ ސުވާލުކުރެވޭ ސަބަބ،ު ފުލުހުން އޭނާއަށް ސާފުކޮށްދޭން ވާނެއެވެ.
(ށ) ހައްޔަރުކުރުމަކަށް ނުވާގޮތަށް ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ފުލުހުން މީހަކީ ސުވާލުކުރަން ފެށުމުގެ ކުރިން، އޭނާގެ ތިމާގެ މީހަކަށް ނުވަތަ ރަހްމަތްތެރިއަކަށް ނުވަތަ އޭނާގެ ގާނޫނީ ވަކީލަށް ގުޅުމުގެ ފުރުސަތު ދޭންވާނެއެވެ. އަދި އެ ފަރާތްތަކާ ގުޅައިގެން މައުލޫމާތު ދިނުމުގައި، އޭނާ ހުރި ތަނެއް ބަޔާންކުރުމުގެ ފުރުސަތު އޭނާއަށް ފުލުހުން ދޭންވާނެއެވެ. ތުހުމަތުކުރެވޭ ފަރާތާއި ސުވާލުކުރުމުގެ ކުރިން ފޯނުކުރުމުގެ ފުރުސަތު ދެވުނުކަމުގެ ލިޔުން ޖަދުވަލު 6 ގައި އެވަނީއެވެ.
(ނ) ހައްޔަރުކުރުމަކަށް ނުވާގޮތަށް ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހާ ބޭނުން ނަމަ، އޭނާއާ ސުވާލުކުރެވޭ ވަގުތު އޭނާގެ ގާނޫނީ ވަކީލު އޭނާއާ އެކުގައި ހުރުމަށް އެދުމުގެ ހައްގު އޭނާއަށް ލިބިގެންވެއެވެ. އަދި، އޭނާ އެކަމަށް އެދިއްޖެ ނަމަ، އެކަން އެގޮތަށް ކޮށްދިނުން ފުލުހުންގެ މައްޗަށް ލާޒިމުވެގެން ވެއެވެ.
33 ވަނަ މާއްދާ - ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލުން
(ހ) ހައްޔަރުކުރުމަކަށް ނުވާގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހަކު ހައްޔަރުކުރަން އެކަށީގެންވާ ސަބަބެއް ނެތް ނަމަ، އޭނާއާ ސުވާލުކޮށް ނިމުމުން، އޭނާ އިތުރަށް ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ނުވާނެއެވެ.
(ށ) ހައްޔަރުކުރުމަކަށް ނުވާގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހަކު، ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިތާ 4 (ހަތަރެއް) ގަޑިއިރު ހަމަވުމުން، އޭނާއާ ސުވާލުކޮށް ނުނިމުނަސް، އޭނާ އިތުރަށް ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ނުވާނެއެވެ.
34 ވަނަ މާއްދާ - ހައްޔަރުގައި ބަހައްޓައިގެން ސުވާލުކުރުން
(ހ) ހައްޔަރުގައި ބަހައްޓައިގެން ފުލުހުން މީހަކާ ސުވާލުކުރާ ހާލަތުގައި، އޭނާއާ ސުވާލުކުރަން ފެށުމުގެ ކުރިން، އަންނަނިވި ބައިތައް ހިމެނޭ ގާނޫނީ އިންޒާރު އޭނާއަށް ދިނުމާއެކު، އެ ގާނޫނީ އިންޒާރުގައި ހިމެނިގެންވާ ބައިތައް އޭނާއަށް ރަނގަޅަށް ފަހުމުވެއްޖެކަން ކަށަވަރުކުރަންވާނެއެވެ. އަދި ފަހުމުނުވާ ނަމަ، އޭނާއަށް އެކަންކަން ފަހުމުވާނެ ގޮތަކަށް ސާފުކޮށްދޭންވާނެއެވެ. ހައްޔަރުގައި ބަހައްޓައިގެން ސުވާލުކުރާ މީހުންނަށް ދެވޭ ގާނޫނީ އިންޒާރު ޖަދުވަލު 11 ގައި އެވަނީއެވެ.
- އޭނާ ހައްޔަރުކުރެވޭ ކަމާއި، ހައްޔަރުކުރެވެނީ ކޮން ގާނޫނެއްގައި ބަޔާންކުރާ ކޮން ކުށަކާ ގުޅިގެންކަން؛
- އޭނާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު މައުލޫމާތެއް ނުދީ ހަނުހުރުމުގެ ހައްގު އޭނާއަށް ލިބިގެންވާކަން؛
- ސުވާލަށް ޖަވާބު ނުދިނުމަކީ އޭނާއަށް ލިބިގެންވާ ހައްގެއްކަމުގައި ވިޔަސް، ސުވާލަށް ޖަވާބުދިނުން އެދެވިގެންވާކަން؛
- ސުވާލަށް އޭނާ ދޭ ޖަވާބަކީ، އޭނާއާ ދެކޮޅަށް ކޯޓެއްގައި ބޭނުންކުރެވިދާނެ އެއްޗެއްކަން؛
- އޭނާއަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިގެންވާކަން؛ އަދި
- އޭނާއަކީ ގާނޫނީ ވަކީލަކު ހަމަޖެއްސޭވަރުގެ މާލީ ތަނަވަސްކަމެއް ނެތް މީހެއް ނަމަ، އަދި އޭނާއާމެދު ތުހުމަތު ކުރެވިފައިވާ ކުށަކީ ޖިނާއީ ބޮޑު ކުށެއް ނަމަ، ދައުލަތުން ގާނޫނީ ވަކީލަކު ހަމަޖައްސައިދިނުމަށް އެދުމުގެ ހައްގު އޭނާއަށް ލިބިގެންވާކަން.
(ށ) ހައްޔަރުގައި ބަހައްޓައިގެން ފުލުހުން މީހަކާ ސުވާލުކުރާ ހާލަތުގައި، އޭނާއާ ސުވާލުކުރަން ފެށުމުގެ ކުރިން، އޭނާގެ ތިމާގެ މީހަކަށް ނުވަތަ ރަހްމަތްތެރިއަކަށް ނުވަތަ އޭނާގެ ގާނޫނީ ވަކީލަށް ފޯޯނުކުރުމުގެ ފުރުސަތު ދޭންވާނެއެވެ. އަދި އޭނާ ހުރި ތަނެއް ބަޔާންކުރުމުގެ ފުރުސަތު ދޭންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފުރުސަތުތައް ފުލުހުންގެ ހައްޔަރުގައި ހުރިމީހާއަށް ފުލުހުން ދޭނީ، އެންމެ ފުރަތަމަ ފަހަރު އޭނާއާ ސުވާލުކުރަން ފެށުމުގެ ކުރިންނެވެ.
(ރ) ފުލުހުންގެ ހައްޔަރުގައި ހުރި ީމހާ ބޭނުން ނަމަ، އޭނާއާ ސުވާލުކުރެވޭ ވަގުތު އޭނާގެ ގާނޫނީ ވަކީލު އޭނާއާ އެކުގައި ހުރުމަށް އެދުމުގެ ހައްގު، އޭނާއަށް ލިބިގެންވެއެވެ. އަދި، އޭނާ އެކަމަށް އެދިއްޖެ ނަމަ، މި ގަވާއިދުގައިވާ ގޮތުގެމަތިން ފުލުހުން އޭނާއަށް އެފުރުސަތު ދޭންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައި އެހެންއޮތް ނަމަވެސް، ހައްޔަރުކުރެވޭއިރު ފުލުހުން ދޭ ގާނޫނީ އިންޒާރު ދިނުމަށްފަހުގައި، އަދި އެ އިންޒާރުގައި ހިމެނޭ ކަންކަން އޭނާއަށްފަހުމްވެއްޖެކަން ކަށަވަރުކުރުމަށްފަހުގައިވެސް ގާނޫނީ ވަކީލެއްގެ ފުރުސަތު ބޭނުން ނުވާކަމަށް ބުނެ، އެ ފުރުސަތު ދޫކޮށްލައިފި މީހަކާ ފުލުހުންނަށް ސުވާލުކުރެވިދާނެއެވެ.
35 ވަނަ މާއްދާ - ތަހުގީގުގައި ކުށަށް އިއުތިރާފުވުން
(ހ) ކުށުގެ ތުހުމަތުގައިވާ މީހަކު ތަހުގީގުގައި ކުށަށް އިއުތިރާފުވާން ބޭނުންކަމަށް ބުނެފި ނަމަ، ނުވަތަ އިއުތިރާފުވި ނަމަ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 96 ވަނަ މާއްދާގައިވާ ގޮތުގެމަތިން އަމަލުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފުރުސަތު ދިނުމަށްޓަކައި، އެކަން ވީ އެންމެ އަވަހަކަށް އަދި ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ތަހުގީގުކުރާ ޑިޕާޓްމަންޓުގެ ނުވަތަ ޔުނިޓުގެ ނުވަތަ ސްޓޭށަނުގެ އެންމެ އިސް އޮފިސަރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިޔުމުން އަންގަންވާނެއެވެ. އަދި، ޑިއުޓީ ޕްރޮސެކިއުށަނަށް ވީ އެންމެ އަވަހަކަށް ގުޅައިފައި އެކަން އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކުށަށް އިއުތިރާފުވި ފަރާތް ފިޔަވައި އެހެން ފަރާތެއްގެ މައްޗަށް ތުހުމަތުކުރެވޭ ނަމަ، ނުވަތަ އިއުތިރާފުވި ފަރާތުން އެއްވެސް ސަބަބަކާ ހުރެ އިއުތިރާފުން ރުޖޫއަވެއްޖެ ނަމަ، ފުލުހުންގެ ފަރާތުން އެފަދަ މައްސަލަތަކުގެ ތަހުގީގު ފުރިހަމަކުރަންވާނެއެވެ.
36 ވަނަ މާއްދާ - ސުވާލުކުރުމާ ގުޅޭ އާންމު އުސޫލު
(ހ) ސުވާލުކުރެވޭ މީހާ އާންމުކޮށް ވާހަކަދައްކާ އުޅޭ ބަހުން ނުވަތަ އޭނާއަށް އެނގޭ އެނޫންވެސް ބަހަކުން ފުލުހުންނަށް އޭނާއާ ސުވާލުކުރަން ނޭނގޭނަމަ، ފުލުހުން ކުރާ ސުވާލުތައް އޭނާއަށް ތަރުޖަމާކޮށްދެވޭނެ މީހަކު ހޯދައި، އެ ތަރުޖަމާނުގެ ހިދުމަތް ފުލުހުން ބޭނުންކުރަންވާނެއެވެ. އަދި، އޭނާ ވާހަކަދައްކަނީ އިށާރާތުން ނަމަ، އެކަން އޭނާއަށް ކޮށްދިނުން އެކަށީގެންވާ މީހަކު އޭނާއާ އެއްހާޒިރުގައި ބަހައްޓައި، އެފަދަ މީހެއްގެ ބޭނުން ފުލުހުން ހިފަންވާނެއެވެ.
(ށ) ކުށުގެ ތުހުމަތުގައި ވަނީ ކުޑަކުއްޖެއް ނަމަ، އެ ކުއްޖަކާ ސުވާލުކުރަންވާނީ، އެ ކުއްޖެއްގެ ބެލެނިވެރިއެއްގެ ހާޒިރުގައެވެ. ބެލެނިވެރިއަކަށް ހާޒިރުވެވެން ނެތް ހާލަތުގައި އެ ކުއްޖެއްގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ އެހެން ފަރާތެއްގެ ހާޒިރުގައެވެ.
(ނ) ކުށުގެ ތުހުމަތުގައިވާ މީހަކާ ފުލުހުން ސުވާލުކުރަން ފެށުމުގެ ކުރިން ދޭ ގާނޫނީ އިންޒާރާއި، އެއަށް އޭނާ ދޭ ޖަވާބާއި، ފުލުހުން ކުރާ ސުވާލާއި، އެ ސުވާލު ަތކަށް އޭނާ ދޭ ޖަވާބަކީ، އޯޑިއޯ ނުވަތަ ވީޑިއޯ ރިކޯޑުކުރެވެންވާނެ ސުވާލާއި ޖަވާބެވެ. އަދި އޯޑިއޯ ނުވަތަ ވީޑިއޯ ރިކޯޑު ނުކުރެވޭގޮތަށް މީހަކާ ސުވާލުކޮށްގެން ނުވާނެއެވެ.
(ރ) ޖިނާއީ ތަހުގީގަކާ ގުޅިގެން ކުށެއްގެ ތުހުމަތުގައި މީހަކާ ފުލުހުން ކުރާ ސުވާލާއި، އެ ސުވާލުތަކަށް އޭނާ ދޭ ޖަވާބުގެ އޯޑިއޯ ނުވަތަ ވީޑިއޯ ރެކޯޑުކުރަންވާނެއެވެ.
(ބ) ތަހުގީގުގައި އޯޑިއޯ ނުވަތަ ވީޑިއޯ މެދުވެރިކޮށް ރިކޯޑުކުރެވޭ އެއްޗެއްސަކީ، އެ މީހަކު ތަހުގީގުގައި އެގޮތަށް ދައްކައިފައިވާ ވާހަކަ ކަމަށް ސާބިތުކޮށްދިނުމަށްޓަކައި ހެކީގެ ގޮތުގައި، ކޯޓަށް ހުށަހެޅޭނެ އަދި ކޯޓުން ބަލައިގަންނާނެ ހެއްކެވެ.
(ޅ) ކުށެއްގެ ތުހުމަތުގައި ސުވާލުކުރެވޭ ފަރާތެއްގެ ގާނޫނީ ވީަކލެއް، ބެލެނިވެރިއެއް ނުވަތަ މަސްލަހަތު ހިމާޔަތްކުރާ ފަރާތެއްގެ ހާޒިރުގައި އޯޑިއޯ ނުވަތަ ވީޑިއޯ ރެކޯޑިންގއާއެކު ކުރެވޭ ތަހުގީގު އިންޓަވިއުއާއި، މައްސަލައެއް ހުށަހަޅާ ފަރާތުގެ ނުވަތަ ހެކިބަސްދޭ ފަރާތުގެ ބަޔާން ނެގުމަށް ސާުވލުކުރެވޭ ހިނދު، އަޑުއަހާ މީހެއްގެ ގޮތުގައި އިތުރު ފަރާތެއްގެ ބައިވެރިވުމެއް ނެތި އިންޓަވިއުކުރުމުގެ އިހްތިޔާރު ތަހުގީގު ކުރާ ފަރާތަށް ލިބިގެންވެއެވެ.
އަށްވަނަ ބާބު
ހައްޔަރުކުރުން
37 ވަނަ މާއްދާ - ހައްޔަރުކުރުން
(ހ) މި ބާބުގެ ބޭނުމަ ްށޓަކައި "ހައްޔަރުކުރުން" އަށް ދީފައިވާ މާނައަކީ، މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގައި "ހައްޔަރުކުރުން" އަށް ދީފައިވާ މާނައެވެ.
(ށ) ފުލުހުންގެ ހައްޔަރުގައި މީހަކު ހުންނާނީ، އޭނާ ފުލުހުންގެ ބަންދަށް ބަދަލުވުމާ ހަމައަށެވެ. ފުލުހުންގެ ހައްޔަރުގައި ހުންނަ މީހާ ފުލުހުންގެ ބަންދަށް ބަދަލުކުރެވޭނީ، އޭނާ ހައްޔަރުކޮށްގެން ގެންދެވުނު މަރުކަޒުގައި އެ ވަގުތު ހުރި އިސް އޮފިސަރު އޭނާ ހައްޔަރުކޮށްފައި ބެހެއްޓުމަށް ކަނޑައެޅުމުން، ނުވަތަ ހައްޔަރު ކުރެވިފައިވާ މީހާފަނޑިޔާރެއްގެ ކުރިމައްޗައް ހާޒިރުކުރުމުން، ފަނޑިޔާރަކު އޭނާ ބަންދުގައި ގެހެއްޓުމަށް އަމުރުކުރުމުންނެވެ.
(ނ) ހައްޔަރުގައި ހުންނަ ވަގުތު ގާނޫނީ އިންޒާރުގައި ބަޔާންވެގެންވާ ހައްގުތައް ހައްޔަރުގައިހުންނަ މީހާއަށް ލިބިގެންވެއެވެ.
(ރ) ހައްޔަރުގައި ހުންނަމީހާ ހުންނާނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
38 ވަނަ މާއްދާ - ހައްޔަރުކުރުމުގެ ބާރު
(ހ) މީހަކު ހައްޔަރުކުރުމުގެ ބާރު އެއްވެސް ގާނޫނަކުން ފުލުހުންނަށް ލިބިދޭ ހާލަތުގައި، ޖިނީާއ އިޖުރާއަތުގެ ގާނޫނާއި، މި ގަވާއިދުގައިވާ ގޮތުގެމަތިން އެމީހަކު ހައްޔަރުކުރުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބާރު، ފުލުހުންނަށް އަންނަނިވި ދެގޮތުންކުރެ ގޮތަކަށް ބޭނުންކުރެވިދާނެއެވެ.
- ކޯޓު އަމުރަކާ ނުލައި،
- ކޯޓުގެ އަމުރާއެކު.
39 ވަނަ މާއްދާ - ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުން
(ހ) އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް ވުޖޫދުގައިވާކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ފުލުހުންނަށް ގަބޫލުކުރެވޭނަމަ، އެ ހާލަތުގައިވާ މީހާ ކޯޓުގެ އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު، ފުލުހުންނަށް ިލބިގެންވެއެވެ.
- މީހަކު ކުށެއް ކޮށްފިކަމަށް އެކީަށގެންވާ ހެކި ލިބިފައިވާ ހާލަތުގައި؛
- މީހަކު ކުރަމުންދާ ކުށެއް ހުއްޓުވުމަށްޓަކައި، ނުވަތަ އެ ވަގުތު އެ ކުށުގެ އަމަލު ތަކުރާރުކުރިޔަ ނުދިނުމަށްޓަކައި، ނުވަތަ ހިންގަމުންދިޔަ އަމަލުން އެހެން ކުށެއް ކުރިޔަނުދިނުމަށްޓަކައި؛
- މީހަކު އެ ވަގުތު އެ އުޅެނީ ކުށެއް ކުރަން ކަމަށް ބުއްދިއަށް ގަބޫލުކުރެވޭ ފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކި ލިބިފައިވާ ހާލަތުގައި، އެ ކުށް ކުރިޔަ ނުދިނުމަށް ޓަކައި؛
- މީހާގެ ނަމާއި އުމުރު ބަޔާންކޮށްދިނުމަށް މި ގަވާއިދުގެ 45 ވަނަ މާއްދާއިން ފުލުހުން ކުރާ އަމުރަށް އިންކާރުކުރުމުން، އެ މައުލޫމާތު ދެނެގަތުމަށްޓަކައި؛
- ކޯޓަށް ހާޒިރުވުމުގެ އަމުރެއް ނިސްބަތްވާ މީހަކު އެ އަމުރަށް ތަބާނުވުމުން، އޭނާ ކޯޓަށް ހާޒިރުކޮށްދިނުމަށް ކޯޓުން ކުރާ އަމުރެއް ތަންފީޒުކުރުމަށްޓަކައި،
- ޖިނާއީ ބޮޑު ކުށެއްގެ ހެކި ފޮރުވުމަށް ނުވަތަ ނައްތައިލުމަށް މަސައްކަތް ކޮށްފާނެ ކަމަށް ޓަކައި؛
- ގާނޫނީގޮތުން ބަންދުގައި ބެހެއްޓޭނެ ހާލަތެއްގައި ބަންދުގައި ހުރި މީހަކު ފިލައިގެން ދިޔަ ނުދިނުމަށް ޓަކައި؛
- ކޯޓު އަމުރަކާ ނުލައި މީހުން ހައްޔަރުކުރުމަށް ގާނޫނުން ކަނޑައެޅިގެން ފުލުހުންނަށް ބާރު ލިބިދޭ ހާލަތުގައި އަދި؛
- ޖިނާއީ ކުށެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ބަންދުން ިފލައިގެން އުޅޭ ހާލަތުގައި ނުވަތަ ޖިނާއީ މައްސަލައަކާ ގުޅިގެން ކޯޓަކުން ހުކުމެއް ކޮށްފައިވާ މީހަކު، ހުކުމް ތަންފީޒުކުރާ މަރުކަޒަކަށް ހަވާލުކުރުމަށް ފުލުހުންނާ ހަވާލުކުރެވޭ ހާލަތުގައި
(ށ) މި މާއްދާގެ (ހ) ގެ ދަށުން މީހަކު ހައްޔަރު ކުރަންވާނީ، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދަޔާއެކު، ފުލުހެކެވެ.
(ނ) މީހަކު ހައްޔަރު ކުރަން ޖެހެނީ، ފުލުހުންގެ މައި މަރުކަޒު ނުވަތަ ސަރަހައްދީ މަރުކަޒެއް ގާއިމުކުރެވިފައިވާ ރަށެއް ނޫން އެހެން ރަށެއްގައި ނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ހުއްދަ ހޯދާނީ، އެ ރަށެއްގައި ހުރި ސަބް އިންސްޕެކްޓަރ ރޭންކުން ފެށިގެން މަތީ އޮފިސަރެއްގެ ކިބައިންނެވެ. އަދި އެ ރަށެއްގައި ސަބް އިންސްޕެކްޓަރ ރޭންކުން ފެށިގެން މަތީ އޮފިސަރަކު ނެތް ނަމަ، ފުލުހުންގެ މައި މަރުކަޒަށް ނުވަތަ އެންމެ ކައިރީގައިވާ ސަރަހައްދީ މަރުކަޒަކަށް ގުޅައި، އެ ތަނުގައި ހުރި ސަބް އިންސްޕެކްޓަރ ރޭންކުން ފެށިގެން މަތީ ރޭންކެއް އޮފިސަރެއްގެ ކިބައިންނެވެ.
(ރ) މި މާއްދާގެ (ނ) އެހެ ްނ އޮތުމަކީ، މި މާއްދާގެ (ށ) ގެ ދަށުން މީހަކު ހައްޔަރުކުރުމުގެ ކުރިން ސަބް އިންސްޕެކްޓަރ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދަ ލިޔުމުން ހޯދައިގެން މެނުވީ ހައްޔަރު ނުކުރުމެއް ނޫނެވެ، އޭނާގެ ހުއްދަޔާއެކު ހައްޔަރުކުރުމެވެ، އަދި އެ ހުއްދަ ދިންކަމުގެ ރިކޯޑު ބޭއްވުމަށްޓަކައި، ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި، ހުއްދަދިން ފުލުހުންގެ އޮފިސަރުގެ ނަމާއި، ސޮޔާއި، ހުއްދަ ދިން ތާރީހާއި، ވަގުތު، ލިޔުމުން ރިކޯޑުކޮށް ބެލެހެއްޓުމެވެ،
(ބ) މި މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގެ ދަށުން ހައްޔަރުކުރާ މީހާ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 58 ވަނަ މާއްދާގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރާކަށެއް ނުޖެހޭނެއެވެ، ނަމަވެސް، ފަނޑިޔާރެއްގެ ކުރިމައްޗައް ހާޒިރުނުކޮށް، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓޭނީ، ގިނަވެގެން 72 (ހަތްދިހަ ދޭއް) ގަޑިއިރަށެވެ،
(ޅ) މައްސަލައެއްގެ ތަހުގީގަށް އެހީތެރިވުމަށް، އަމިއްލަ އިސްނެގުމުން ފުލުހުންގެ މަރުކަޒަކަށް ހާޒިރުވުމަށްފަހު ނުވަތަ ފުލުހަކު މައްސަލައެއް ތަހުގީގު ކުރަމުންދާ ތަނަކަށް ހާޒިރުވުމަށްފަހު، އެ މީހާ ހައްޔަރުކުރިކަން އެ މީހާއަށް ނާންގާހައި ހިނދަކު، އެ މީހާ އެ ތަނުން ދިއުމުގެ އިހްތިޔާރު އެ މީހާއަށް ލިބިގެންވެއެވެ، ނަމަވެސް މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (8) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ސަބަބުތަކަށް ޓަކައި އެ މީހާ ހައްޔަރުކުރުމަށް މި މާއްދާގެ (ނ) އާ އެއްގޮތްވާ ގޮތުގެ މަތިން ނިންމައިފި ހިނދެއްގައި، މި ގަވާއިދުގައިވާ ގޮތުގެމަތިން އެ މީހަކު ހައްޔަރުކުރެވުނުކަން އަންގައި، މި ގަވާއިދުގެ 34 ވަނަ މާއްދާގައާިވ ގޮތުގެމަތިން އޭނާއަށް ގާނޫނީ އިންޒާރު ދޭންޖެހޭނެއެވެ.
40 ވަނަ މާއްދާ - ބިދޭސީން ހައްޔަރު ކުރުމަށްފަހު ފުރިހަމަކުރަންޖެހޭ ކަންތައްތައް
(ހ) ޖިނާއީ ކުށަކާ ގުޅިގެން ޖިނާއީ އިޖުރާއަތުގެ ގާނޫނާއި މި ގަވާއިދުގެ ދަށުން ބިދޭސީއަކު ހައްޔަރުކޮށްފި ނަމަ، އެކަށީގެންނުވާ ލަސްކުރުމެއްނެތި ނުވަތަ އެ މީހަކަށް ހައްޔަރުކުރެވުނު ސަބަބު ލިޔުމުން އަނާްގތާ ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، ލިޔުމަކުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް ފުލުހުން އެކަން އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ފުލުހުން ހައްޔަރުކުރާ ބިދޭސީ މީހާއަކީ ކާކުކަން އެނގެން ނެތް ހާލަތުގައި، އެ މީހަކީ ކާކުކަން ސާފުކުރުމަށް އެކަށީގެންންވާ ލަސްވުމެއްނެތި މޯލްޑިވްސް އިމިގްރޭށަނުގައި އެދި، ބިދޭސީއަކު ހައްޔަރުކޮށްފައި ހުރިކަމުގެ މައުލޫމާތު ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ލިޔުމަކުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް ފުލުހުން އަންގަންވާނެއެވެ. އަދި އެ މީހަކީ ކާކުކަން އެނގުމުން، އެ މައުލޫމާތު ލަސްވުމެއްނެތި ލިޔުމަކުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް ފުލުހުން އަންގަނާްވނެއެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް ފުލުހުން އަންގާ އެންގުމުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ. ހައްޔަރުކޮށްފައިވާ ބިދޭސީންގެ މައުލޫމާތު އަންގާ ފޯމް ޖަދުވަލު 12 ގައި އެވަނީއެވެ.
- ހައްޔަރުކުރެވުނު މީހާގެ ނަމާއި، ޕާސްޕޯޓުގެ ނަންބަރާއި، ގައުމާއި، ރާއްޖޭގައި ދިރިއުޅޭ އެޑްރެސް؛
- ހައްޔަރުކުރެވުނު މީހާގެ މައްޗަށް ތުހުމަތުކުރެވެނީ ކޮން ގާނޫނެއްގައި ބަޔާންކުރ،ާ ކޮން ކުށަކާ ގުޅިގެންކަން؛
- ހައްޔަރުކުރެވުނު މީހާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ނަމަ، އެކަން އަދި އެ އަމުރުގެ ތާރީހު؛
- ހައްޔަރުކުރެވުނު މީހާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމުގައި ނުވާ ނަމަ، ކޯޓު އަމުރަކާ ނުލައި އޭނާ ހައްޔަރުކުރުމަށް ފުލުހުންނަށް ލިބިދޭ ބާރު ބަޔާންކުރާ ގާނޫނާއި ގާނޫނުގެ މާއްދާ؛
- ރާއްޖެއާ އެންމެ ކައިރީގައި ހުރި އޭނާ ނިސްބަތްވާ ގައުމުގެ އެމްބަސީއާ މުއާމަލާތްކުރުމާއި، އެމްބަސީގެ ފަރާތުން އަންނަ މަންދޫބުންނާ ބައްދަލުކުރުމުގެ ފުރުސަތު އޮތްކަން އަންގައިދީފައިވާކަން.
41 ވަނަ މާއްދާ - ހައްޔަރުކުރުމުގެ އަމުރަށް އެދުން
(ހ) މީހަކު ހައްޔަރުކުރުމަށްޓަކައި ކޯޓު އަމުރަކަށް އެދި ހުށަހަޅާއިރު، އަންނަނިވި މައުލޫމާތު ފުލުހުން ކޯޓަށް ހުށަހަޅަންވާނެއެވެ.
- ކޯޓު އަމުރަށް އެދެނީ ކޮން ގާނޫނެއްގައި ބަޔާންކުރާ ކޮން ކުށަކާ ގުޅިގެންކަން؛
- ހައްޔަރުކުރަން ބޭނުންވާ މީހާގެ ނަމާއި އެޑްރެސް؛
- ހައްޔަރުކުރަން ބޭނުންވާ މީހާ އެ ކުށް ކުރިކަމަށް ލިބިފައިވާ ހެކި؛
- މައްސަލައާ ގުޅޭ އިތުރު ތަފުސީލު؛
- މައްސަލަ ތަހުގީގުކުރާ ފުލުހުންގެ އޮފިސަރުގެ ނަމާއި، ސަރވިސް ނަންބަރާއި، ރޭންކާއި، ސޮއި؛
- ކޯޓު އަމުރަށް އެދުމަށް ހުއްދަދިން ފުލުހުންގެ ކަމާބެހޭ ޔުނިޓުގެ ވެރިޔާގެ ނަމާއި، ސޮޔާއި، އެ އިދާރާގެ ތައްގަނޑު؛ ނުވަތަ އެ ޔުނިޓުގެ ވެރިޔަކީ ސަބް އިންސްޕެކްޓަރ ރޭންކުން ފެށިގެން މަތީގެ ރޭންކެއްގެ ފުލުހަކަށް ނުވާނަމަ، އެ ޔުނިޓު ނިސްބަތްވާ ޑިޕާޓްމަންޓުގެ ވެރިޔާ ނުވަތަ އެ ވެރިޔާގެ ނާއިބުގެ ނަމާއި، ސޮޔާއި، އެ އިދާރާގެ ތައްގަނޑު؛ އަދި
- ކޯޓުން އިތުރު މައުލޫމާތެއް ހުށަ ެހޅުމަށް އެދިއްޖެ ނަމަ، އެ މައުލޫމާތު.
(ށ) ހައްޔަރުކުރުމުގެ ކޯޓު އަމުރެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އެ އަމުރު ދެމިއޮންނާނީ، އެ އަމުރުގައި ބަޔާންކުރާ މީހާ ހައްޔަރުކުރެވެންދެން ނުވަތަ އެ އަމުރު ކޯޓުން ބާތިލުކުރަންދެނެވެ.
(ނ) ޖިނާއީ ކުށެއްގެ ތުހުމަތުގައި ކޯޓު އަމުރަކާއެކު މީހަކު ހައްޔަރުކުރާ ހާލަތުގައްޔާއި ކޯޓެއްގެ އަމުރެއް ތަންފީޒުކުރުމުގެ ގޮތުން ފުލުހުން މީހަކު ހައްޔަރުކުރާ ހާލަތުގައި، އަންނަނިވި ގޮތުގެ މަތިން ފުލުހުން އަމަލުކުރަން ވާނެއެވެ.
- ހައްޔަރުކުރެވޭ މީހާގެ ނަމާއި، އެޑްރެހާއި، އުމުރު ބަޔާންކުރަން އެންގުމާއި، އެކަމުގެ ހެކި ދައްކަން އެންގުން.
- ހައްޔަރުކުރެވޭ މީހާއަށް ހައްޔަރުކުރާ ފުލުހުންގެ އޮފިސަރުގެ ޕޮލިސް އައިޑެންޓިޓީ ކާޑު ދައްކައި، އޭނާގެ ތައާރަފެއް ދިނުން.
- ހައްޔަރުކުރެވޭ މީހާއަށް، ކޯޓު އަމުރުގެ ކޮޕީއެއް ދިނުން.
- ހައްޔަރުކުރެވޭ މީހާއަށް، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކުރާ ގާނޫނީ އިންޒާރު ދިނުން.
- ހައްޔަރުކުރެވޭ މީހާ ހައްޔަރުކޮށްގެން ގެންދެވޭ ތަން ބަޔާންކޮށްދިނުން.
42 ވަނަ މާއްދާ - ކުޑަކުދިން ހައްޔަރުކުރުމާއި ބަންދުކުރުމުގެ ހާއްސަ އުސޫލު
ކުޑަކުއްޖަކު ހައްޔަރުގައި ނުވަތަ ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ނިންމުމުގެ ކުރިން، އެ ކުއްޖާގެ ހާލަތާއި، އެ ކުއްޖަކު ހައްޔަރުގައި ނުވަތަ ބަންދުގައި ބެހެއްޓު ުމން ކޮށްފާނެ ނޭދެވޭ އަސަރުތަކާއި، އެ ކަމުގައި އެ މީހަކަށް ފެންނަ އެންމެ ރަނގަޅުގޮތް ހުށަހެޅުމުގެ ފުރުސަތު، އެ ކުއްޖާގެ ބެލެނިވެރިޔަކަށް ނުވަތަ ހަވާލުވެގެންހުރި މީހާއަށް ނުވަތަ އެ ކުއްޖެއްގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ މީހާއަށް ދޭނާްވނެއެވެ.
ނުވަނަ ބާބު
ހައްޔަރުކުރުމުގައި އަމަލުކުރާނެ ގޮތް
43 ވަނަ މާއްދާ - ދެކޮޅުވެރިކަމެއް ނެތް ހާލަތުގައި ހައްޔަރުކުުރުން
ފުލުހުން މީހަކު ހައްޔަރުކުރާއިރު، އޭނާގެ ފަރާތުން ދެކޮޅުވެރިކަމެއް ނުފެންނަ ހާލަތުގައި، އަންނަނިވި ގޮތުގެ މަތިން ފުލުހުން އަމަލުކުރަން ވާނެއެވެ.
(ހ)
- މީހާ ހައްޔަރުކުރަނީ، ކުށެއް ކުރަމުންދަނިކޮށް ކަމުގައި ނުވާނަމަ، ހައްޔަރުކުރެވޭ މީހާއަށް ހައްޔަރުކުރާ ފުލުހުންގެ އޮފިސަރުގެ ޕޮލިސް އައިޑެންޓިޓީ ކާޑު ދައްކައި، އޭނާގެ ތައާރަފެއް ދިނުން؛
- މި އަކުރުގެ (1) ގައި އެހެން އޮތް ނަމަވެސް، ހައްޔަރުކުރެވޭ މީހާ ހައްޔަރުކުރަނީ، ކުށެއް ކުރަމުންދަނިކޮށް ނަމަ، މި އަކުރުގެ (1) އަށް ފުލުހުން އަމަލުކުރާކަށެއް ނުޖެހޭނެއެވެ.
(ށ)
- ހައްޔަރުކުރެވޭ މީހާގެ ނަމާއި އެޑްރެހާއި އުމުރު ބަޔާންކުރަން އެންގުމާއި، އެކަމުގެ ހެކި ދައްކަން އެންގުން؛
- މި އަކުރުގެ (1) ގައި އެހެން އޮތް ނަމަވެސް، ހައްޔަރުކުރެވޭ މީހާ ހައްޔަރުކުރަނީ، ކުށެއް ކުރަމުންދަނިކޮށް ނަމަ، މި އަކުރުގެ (1) އަށް ފުލުހުން އަމަލުކުރާކަށެއް ނުޖެހޭނެއެވެ.
(ނ) ކޯޓު އަމުރަކާއެކު ހައްޔަރުކުރެވޭ ހާލަތުގައި، ހައްޔަރުކުރެވޭ މީހާއަށް، ކޯޓު އަމުރުގެ ކޮޕީއެއް ދިނުން؛
(ރ) މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ގާނޫނީ އިންޒާރު ދިނުން؛ އަދި
(ބ) ހައްޔަރުކުރެވޭ މީހާ ހައްޔަރުކުރުމަށް ދެކޮޅުނަހަދާ ނަމަ، ބާރުގެ ބޭނުން ނުކުރުމާއި ބިޑި ނޭޅުވުން.
44 ވަނަ މާއްދާ - ދެކޮޅުވެރިކަން ދައްކާ ހާލަތުގައި ހައްޔަރުކުރުން
(ހ) ފުލުހުން ހައްޔަރުކުރަންޖެހޭ މީހާ ހައްޔަރުވުމަށް ދެކޮޅުވެރިކަން ދައްކާނަމަ، އަންނަނިވި ގޮތުގެ މަތިން ފުލުހުން އަމަލުކުރަންވާނެއެވެ.
- ހައްޔަރުކުރެވޭ މީހާ ހިފެހެއްޓުމަށްޓަކައި ބޭނުންވާ މިންވަރަށް ފުލުހުން ބާރުގެބޭނުންކުރުމާއި ބިޑިއެޅުވުން
ހައްޔަރުކުރެވޭ މީހާގެ ގައިގައި ހުރި ބައްޔެއްގެ ސަބަބުން ނުވަތަ ޒަހަމެއްގެ ސަބަބުން ނުވަތަ ޖިސްމާނީ އުނިކަމެއްގެ ސަބަބުން އޭނާގެ ދެއަތުގައި ބިޑިއެޅުވުމަކީ، ކުރަން އެކަށީގެންވާ ކަމެއް ނޫންކަމަށް ފުލުހުންނަށް ފެނިއްޖެ ހިނދެއްގައި، މި އަކުރު މިހެން އޮތްކަމުގައި ވިޔަސް، ބިޑި ނާޅުވައި އޭނާ ހިފެހެއްޓުމުން ނުވަތަ މައިތިރިކުރުމުން ފުދޭނެއެވެ. - ހައްޔަރުކުރެވޭ މީހާއަށް، ހައްޔަރުކުރާ ފުލުހުންގެ އޮފިސަރުގެ ޕޮލިސް އައިޑެންޓިޓީ ކާޑު ދައްކައި، އޭނާގެ ތައާރަފެއް ދިނުން؛
މި އަކުރު މިހެން އޮތް ނަމަވެސް، ހައްޔަރުކުރެވޭ މީހާ ހައްޔަރުކުރަނީ، ކުށެއް ކުރަމުންދަނިކޮށް ކަމުގައިވާ ނަމަ، މި އަކުރަށް ފުލުހުން އަމަލުކުރާކަށެއް ނުޖެހޭނެއެވެ. - ހައްޔަރުކުރެވޭ މީހާގެ ނަމާއި އެޑްރެހާއި އުމުރު ބަޔާންކުރަން އެންގުމާއި، އެކަމުގެ ހެކި ދައްކަން އެންގުން؛
މި އަކުރު މިހެން އޮތް ނަމަވެސް، ހައްޔަރުކުރެވޭ މީހާ ހައްޔަރުކުރަނީ، ކުށެއް ކުރަމުންދަނިކޮށް ކަމުގައިވާ ނަމަ، މި އަކުރަށް ފުލުހުން އަމަލުކުރާކަށެއް ނުޖެހޭނެއެވެ. - ކޯޓު އަމުރަކާއެކު ހައްޔަރުކުރެވޭ ހާލަތުގައި، ހައްޔަރުކުރެވޭ މީހާއަށް ކޯޓު އަމުރުގެ ކޮޕީއެއް ދިނުން؛ އަދި
- މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ގާނޫނީ އިންޒާރު ދިނުން.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ބިޑި އަޅުވަންވާނީ، ހައްޔަރުކުރެވޭ މީހާއަށް ނުވަތަ އެ މީހެއްގެ ފުށުން އެހެން މީހަކަށް ހާނީއްކައެއް ނުލޭިބނެ ގޮތެއްގެ މަތިންނެވެ. މިގޮތުން ބިޑިއެޅުވުމުގައި ބޭނުންކުރާ ބާރު ވާންވާނީ، އެ އިރެއްގައި ދެމިއޮތް ހާލަތާއި ބިޑިއަޅުވަންޖެހޭ ީމހާގެ އުމުރާއި އަމަލުތަކުގެ މައްޗަށް ިރއާޔަތްކޮށް، އެކަށީގެންވާ އެންމެ ކުޑަ ބާރަކަށެވެ.
(ނ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ހައްޔަރަށް ދެކޮޅުހެދުމުގެ ތެރޭގައި، އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ކުރުން ހިމެނެއެވެ.
- ހައްޔަރުވުމާ ދެކޮޅުހަދާކަން އަނގަބަހުން ފާޅުކުރުން؛
- ހަރުކަށިކަމާއި ގަދަފަދަކަން ދެއްކުން؛
- އަނިޔާވެރިކަން ފާޅުކުރުން؛
- ދުއްވައިގަތުން؛
- ފިލަން މަސައްކަތްކުރުން؛
- ވެއްޓިގަތުން؛ ނުވަތަ
- ހައްޔަރުކުރެވޭ މީހާ އެހެން މީހެއްގެ ގައިގައި ނުވަތަ ތަނެއްގައި ހިފަހައްޓައިގެން ވީއްލިޔަނުދީ ހުރުން ނުވަތަ އެހެން މީހަކު އޭނާ ގައިގައި ހިފެހެއްޓީމާ އެކަމުން ނުވީއްލި ހުރުން.
- ހައްޔަރުކުރެވޭ ކުށުގެ ބާވަތުން ނުވަތަ ހައްޔަރުކުރެވޭ މީހާގެ އަމަލުތައް ހުރިގޮތުން ހައްޔަރުކުރާ ފަރާތަށް ނުވަތަ އެހެން މީހަކަށް އަނިޔާއެއް ނުވަތަ ހާނިކައެއް ކޮށްފާނެކަމަށް ބެލެވުން.
(ރ) މި މާއްދާގެ (ހ) ގެ ބޭނުމަށް "ބޭނުންވާ މިންވަރަށް ފުލުހުން ބާރުގެ ބޭނުންކުރުން" ކަމަށް ބުނެފައި އެވަނީ، ހާލަތާ ބައްދަލު މިންވަރަށް ބާރުގެ ބޭނުންކުރުމަށެވެ. އަދި ހާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުން ނުކުރުމަށެވެ.
(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބާރު ބޭނުންކުރުމުގައި، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ދާއިރާގެ ތެރޭގައި ފުލުހަކު ކުރާ އަމަލަކުން، ހައްޔަރުކުރެވޭ މީހާއަށް ނުވަތަ އެ ތަނުގައި ހުރި އެހެން މީހަކަށް ލިބޭ މާއްދީ ނުވަތަ ޖިސްމާނީ ގެއްލުމެއްގެ ޒިންމާ އުފުލާނީ ހައްޔަރުކުރެވޭ މީހާއެވެ. އަދި އެތަނުގައި ހުރި މުދަލަކަށް ލިބޭ ގެއްލުމެއްގެ ޒިންމާ އުފުލާނީ ހައްޔަރުކުރެވޭ މީހާއެވެ.
45 ވަނަ މާއްދާ - ކާކުކަން ބަޔާން ކޮށްދޭން އެންގުން
(ހ) އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައި ހުރި މީހެއްގެ ނަމާއި އެޑްރެހާއި އުމުރު ބުނެދޭން އެންގުމުގެ ބާރާއި އެކަމުގެ ހެކި ދެއްކުމަށް އެންގުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.
- ކުށެއް ކުރަމުންދަނިކޮށް ފެންނަ މީހާ؛
- ކުށެއް ކޮށްފައިވާ ކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ތުހުމަތުކުރެވޭ މީހާ؛
- ކޯޓު އަމުރެއް ތަންފީޒުކުރުމަށްޓަކައި އެ އަމުރު ރައްދުވާ މީހާ؛
- ފުލުހުން ހިންގަމުންގެންދާ ތަހުގީގެއްގައި އެހީތެރިވެވިދާނެ ފަރާތެއްކަމަށް ފުލުހުންނަށް ފެންނަ މީހާ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހެކީގެ ގޮތުގައި ބެލޭނީ ައންނަނިވި ލިޔުންތަކެވެ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު؛
- ޕާސްޕޯޓު؛
- ޑްރައިވިންގ ލައިސަންސް ކާޑު؛
- މޯލްޑިވްސް އިމިގްރޭށަނުން ދޫކޮށްފައިވާ ވިޒާ ކާޑު ނުވަތަ ވާކް ޕަރމިޓް ކާޑު.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ފުލުހުންނަށް ލިބިދޭ ބާރުގެ ބޭނުން ހިފުމުގައި، މީހެއްގެ ނަމާއި އެޑްރެހާއި، އުމުރު ބަޔާންކޮށްދިނުމަށް އަންގަނީ، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ހާލަތްތަކުގެ ތެރެއިން ކޮން ހާލަތެއްގައިކަން އޭނާއަށް ސާފުކޮށް ދިނުމަކީ، އެ ފުލުހެއްގެ ވާޖިބެކެވެ.
(ރ) އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވާ ހާލަތުގައި ފިޔަވައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކާއި، މި ގަވާއިދުގެ 39 ވަނަ މާއްދާގެ (ހ) އާއި 102 ވަނަ މާއްދާގެ (ށ) ގެ (1) ގައިވާ ހާލަތުގައި މެނުވީ، މީހެއްގެ ނަމާއި އެޑްރެހާއި އުމުރު ބަޔާންކޮށްދިނުމަށާއި އެކަމުގެ ހެކި ދެއްކުމަށް އެންގުމުގެ ބާރު، ފުލުހުންނަށް ލިބިގެނެއް ނުވެއެވެ.
46 ވަނަ މާއްދާ - ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތު ދިނުން
(ހ) ފުލުހުން، ކޯޓް އަމުރެއްގެ ދަށުން ނުވަތަ ކޯޓް އަމުރަކާ ނުލައި ނަމަވެސް، މީހަކު ހައްޔަރުކޮށްފި ނަމަ، އޭނާ ހައްޔަރު ކުރާކަމާއި، އޭނާ ހައްޔަރުކުރެވޭ ސަބަބު ވަގުތުން އަނގަބަހުން އަންގަން ވާނެއެވެ.
(ށ) މީހަކު ހައްޔަރުކުރުމަށްފަހު، ވީ އެންމެ އަވަސް ފުރުސަތެއްގައި އަދި ގިނަވެގެން 12 (ބާރަ) ގަޑިއިރުގެ ތެރޭގައި، އެ މީހަކު ހައްޔަރުކުރެވިފައިވާ ކަމާއި، އޭނާ ހައްޔަރުކުރި ސަބަބާއި، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ މައުލޫމާތު، އޭނާއަށް ފުލުހުން ލިޔުމުން ދޭންވާނެއެވެ.
(ނ) މީހަކު ހައްޔަރުކުރުމަށްފަހު ދޫކޮށްލުމުގެ ކުރީގައި، އޭނާ ހައްޔަރުކުރި ފުލުހުންގެ އޮފިސަރުގެ ނަމާއި، ރޭންކާއި، އެ ފުލުހެއްގެ ސަރވިސް ނަންބަރާއި، އޭނާ ހައްޔަރުކޮށް ބަހައްޓައިފައިހުރި ތަނަކާއި، އޭނާއާ ހަވާލުވެހުރި އެންމެ އިސް މީހެއްގެ ނަމާއި ސަރވިސް ނަންބަރު، އޭނާ އަށް ލިޔުމުން ދޭންވާނެއެވެ.
(ރ) ހައްޔަރުކުރީ ކުޑަކުއްޖެއް ކަމުގައިވާނަމަ، އޭނާ ހައްޔަރުކުރެވިފައިވާކަން އޭނާގެ ބެލެނިވެރިއަކަށް ނުވަތަ އޭނާގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ އެހެން ފަރާތަކަށް، ވީ އެންމެ އަވަސް ފުރުސަތެއްގައި އަދި ހައްޔަރުކުރާ ވަގުތުން ފެށިގެން ގިނަވެގެން 4 (ހަތަރެއް) ގަޑިއިރުގެ ތެރޭގައި އަންގަންވާނެއެވެ.
47 ވަނަ މާއްދާ - ގާނޫނީ އިންޒާރުދިނުން
(ހ) ކުށެއްގެ ތުހުމަތުގައި ފުލުހުން މީހަކު ހައްޔަރުކުރާއިރު، އޭނާއަށް ގާނޫނީ އިންޒާރު ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ދޭ ގާނޫނީ އިންޒާރު، މި ގަވާއިދުގެ ޖަދުވަލު 2 ގައި އެވަނީއެވެ.
48 ވަނަ މާއްދާ - ހައްޔަރުކުރުމަށްފަހުއަމަލުކުރަންޖެހޭ އިޖުރާއަތްތައް
(ހ) ފުލުހުން މީހަކު ހައްޔަރުކޮށްފި ނަމަ، ލަސްނުކޮށް އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަކަށް އޭނާ ގެންދިއުމަށްފަހު، އަންނަނިވި މައުލޫމާތު ރިކޯޑުކުރަންވާނެއެވެ. މި މާއްދާގެ މަގްސަދަށްޓަކައި އެއްފަސްކޮށް އޮންނަ ރަށެއް ނުވަތަ ރަށްތަކެއް ނުވަތަ އެއްގަމުމަގުން ގުޅުވައިލެވިފައިވާ ރަށްތަކެއް ނަމަ، އެ މީހަކު، ހައްޔަރުކުރި ފުލުހުން ހައްޔަރުކުރާ މީހުން ގެންދަން ކަނޑައަޅައިފައިވާ ކަސްޓޯޑިއަލް ޖަލަށް ނުވަތަ އެ މީހެއްގެ މައްސަލަ ބެލުމަށް ހަމަޖެހިފައިވާ ޕޮލިސް ސްޓޭށަނަކަށް ނުވަތަ އެ މީހަކު ހައްޔަރުކުރުމާމެދު ގޮތެއް ނިންމުމުގެ އިހްތިސާސް ލިބިފައިވާ އޮފިސަރަކު ހުރި އެންމެ ކައިރި ޕޮލިސް ސްޓޭށަނަކަށް އެ މީހަކު ލަސްނުކޮށް ހާޒިރުކުރުމުން، އެފަދަ މީހަކު ހާޒިރުކުރަންޖެހޭ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭށަނަކަށް ލަސްނުކޮށް ހާޒިރުކުރެވުނީކަމަށް ބެލެވޭނެއެވެ. ހައްޔަރުކޮށްގެން ގެނެވޭ މީހުންގެ ހައްޔަރާމެދު ގޮތެއް ކަނޑައަޅާ ފޯމް ޖަދުވަލު 10 ގައި އެވަނީއެވެ.
- ހައްޔަރުކުރެވޭ މީހާގެ ނަމާއި އެޑްރެހާއި އުމުރާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ ޕާސްޕޯސްޓުގެ ނަންބަރު،
- ހައްޔަރުކުރެވޭ މީހާ އެ މަރުކަޒަށް ގެންދެވުނު ސަބަބު؛
- ހައްޔަރުކުރެވޭ މީހާ އެ މަރުކަޒަށް ގެންދެވުނު ތާރީހާއި ގަޑި؛ އަދި
- ހައްޔަރުކުރެވޭ މީހާއާ ހަވާލުވެގެން ދިޔަ ފުލުހުންގެ ނަމާއި ސަރވިސް ނަންބަރު.
(ށ) ފުލުހުންގެ މަރުކަޒުގައި އެ ވަގުތު ޑިއުޓީގައި ހުރި އެންމެ އިސް އޮފިސަރު، މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ފުލުހުންގެ މަރުކަޒަށް ގެންދެވޭ މީހާއަކީ ތުހުމަތުކުރެވޭ ކުށާ ގުޅިގެން ސުވާލުކުރަންޖެހޭ މީހެއްކަމަށް ކަނޑައަޅައި ބަންދުގައި ބެހެއްޓުމަށް ނިންމައިފި ނަމަ، އަންނަނިވި މައުލޫމާތު ރިކޯޑުކުރުމަށްފަހު، އޭނާ ކަސްޓޯޑިއަލް ޖަލަކަށް ބަދަލުކުރަންވާނެއެވެ.
- ހައްޔަރުކުރެވޭ މީހާ އެ މަރުކަޒުން އެހެން މަރުކަޒަކަށް ނުވަތަ ކަސްޓޓޯޑިއަލް ޖަލަކަށް ބަދަލުކުރެވުނު ތާރީހާއި، ގަޑިއާއި، ބަދަލުކުރެވުނު ތަން؛ އަދި
- ހައްޔަރުކުރެވޭ މީހާއާ ހަވާލުވެގެން ދިޔަ ފުލުހުންގެ ނަމާއި ސަރވިސް ނަންބަރު.
(ނ) ފުލުހުންގެ މަރުކަޒުގައި އެވަގުތު ޑިއުޓީގައި ހުރި އެންމެ އިސް އޮފިސަރު، މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ފުލުހުންގެ މަރުކަޒަށް ގެންދެވޭ މީހާއަކީ ކުށާ ގުޅިގެން ސުވާލުކުރަންޖެހޭ މީހެއް ނޫންކަމަކަށް ކަނޑައަޅައިފައި އޭނާ ދޫކޮށްލަން ނިންމައިފި ނަމަ، އޭނާ އެވަގުތު ދޫކޮށްލަންވާނެއެވެ. އަދި އަންނަނިވި މައުލޫމާތު ހިމެނޭ ލިޔުމެއް، އޭނާ ދޫކޮށްލާއިރު އޭނާއަށް ދޭންވާނެއެވެ.
- ހައްޔަރުކުރެވުނު މީހާ ދޫކޮށްލި ތާރީހާއި ގަޑި؛
- ހައްޔަރުކުރި ފުލުހުންގެ އޮފިސަރުގެ ނަމާއި، ރޭންކާއި، ސަރވިސް ނަންބަރު،
- ހައްޔަރުކޮށްގެން ގެންދެވުނު ފުލުހުންގެ މަރުކަޒު؛ އަދި
- އެ ތަނާ ހަވާލުވެހުރި އެންމެ އިސް އޮފިސަރުގެ ނަމާއި، ރޭންކާއި، ސަރވިސް ނަންބަރު.
ދިހަވަނަ ބާބު
ބަންދުކުރުން
49 ވަނަ މާއްދާ - ބަންދުކުރުން
(ހ) މި ބާބުގެ ބޭނުމަށްޓަކައި "ބަންދުކުރުން" އަށް ދީފައިވަނީ މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގައި "ބަންދުކުރުން" އަށް ދީފައިވާ މާނައެވެ.
(ށ) ބަންދުގައި ހުންނަ ވަގުތު މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ގާނޫނީ އިންޒާރުގައި ބަޔާންވެގެންވާ ހައްގުތައް، ބަންދުގައި ހުންނަ މީހާއަށް ލިބިގެންވެއެވެ.
50 ވަނަ މާއްދާ - ކަސްޓޯޑިއަލް ޖަލަށް ގެންދިއުމަށްފަހު މައުލޫމާތު ރިކޯޑުކުރުން
(ހ) މި ގަވާއިދުގެ 48 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެމަތިން ހައްޔަރުކުރެވޭ މީހާ ބަންދުކުރުމަށް ނިންމައިފި ނަމަ، ކަސްޓޯޑިއަލް ޖަލަކަށް ގެންދިޔުމަށްފަހު، ބަންދުކުރެވޭ މީހާއާބެހޭ އަންނަނިވި މައުލޫމާތު ރިކޯޑުކުރަންވާނެއެވެ.
- ނަމާއި އެޑްރެހާއި އުމުރާއި އެޑްރެހާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނުވަތަ ޕާސްޕޯޓު ނަންބަރު،
- ބަރުދަނާއި އިސްކޮޅު؛
- މަރުކަޒަށް ގެންދެވުނު ސަބަބު؛
- މަރުކަޒަށް ގެންދެވުނު ތާރީހާއި ގަޑި؛
- ހަވާލުވެގެން ދިޔަ ފުލުހުންގެ ނަމާއި، ރޭންކާއި، ސަރވިސް ނަންބަރު، އަދި
- ކަސްޓޯޑިއަލް ޖަލުން ހަވާލުވި ފުލުސް މީހާގެ ނަމާއި، ރޭންކާއި، ސަރވިސް ނަންބަރު.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މައުލޫމާތު ރިކޯޑުކުރުމަށްފަހު، ފުލުހުން އަންނަނިވި ކަންކަން ކުރަންވާނެއެވެ.
- ފިންގަރ ޕްރިންޓް (އިނގިލީގެ ިނށާން) ނެގުން؛
- ފޮޓޯ (މަގްށޮޕް) ނެގުން؛
- އޭނާއަކީ ކާކުކަން ދެނެގަނެވޭނީ މާއްދީ ނިށާންތައް ފާހަނގަކޮށްފައި އޭނާގެ ފޮޓޯ ނެގުން؛
- އޭނާއަކީ މަސްތުވާ އެއްޗެއް ބޭނުންކޮށްގެން ހުރި މީހެއްކަން އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭ ހާލަތުގައި އޭނާގެ ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ނެގުން؛
- ކަސްޓޯޑިއަލް ޖަލަށް ގެނެވޭ މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައިވާނަމަ، އެކަން ރިކޯޓުކުރުން؛
- ގައިންގަޔަށް އަރާ ބައްޔެއް ހުރިކަން ނުވަތަ އެހިނދުން އެހިނަދަށް ސަމާލުވާންޖެހޭ ސިއްހީ ހާލަތެއްގައިވާ މީހެއްތޯ ބެލުން؛ އަދި
- ފުލުހުންގެ ބެލުމުގެ ދަށުގައި ކަސްޓޯޑިއަލް ޖަލުގައި ބައިތިއްބާ މީހުންނަށް ލިބެންޖެހޭކަމަށް މި މާއްދާގެ (ބ) ގައި ބަޔާންކުރާ ހައްގުތައް ސާފުކޮށްދިނުން.
(ނ) މި މާއްދާގެ (ށ) ގެ (1) އާއި، (2) އާއި (3) ވަނަ ނަންބަރުގެ ދަށުން ރިކޯޑުކުރާ ނމައުލޫމާތަކީ، އޭނާއާ ދެކޮޅަށް ހީެކގެ ގޮތުގައި ބޭނުންކުރުމަށްޓަކައި ރިކޯޑުކުރާ މައުލޫމާތެއް ނޫނެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ މައުލޫމާތު ރިކޯޑުކުރުމަށް ފުލުހުން އެދުމުން، އެކަމަށް ބަންދުކުރާ މީހާ ދެކޮޅުހަދާނަމަ ނުވަތަ ހުރަސްއަޅާނަމަ، ސަބް އިންސްޕެކްޓަރ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދައާއެކު އެ މީހާގެ ކިބައިން އެ މައުލޫމާތެއް ހޯދައި، އެ މައުލޫމާތު ރިކޯޑުކުރުމުގެ ބާރު ފުލުހުންނަށް ލިބިދެއެވެ. އަދި އެ ހާލަތުގައި، އެކަން ކުރުމަށް ބޭނުނާްވ އެންމެ ކުޑަ މިންވަރަށް ބާރުގެ ބޭނުން ފުލުހުންނަށް ކުރެވިދާނެއެވެ.
(ބ) ކަސްޓޯޑިއަލް ޖަލުގައި ބަންދުގައި ތިބޭ މީހުންނަށް، އެ މީހުންނަށް ލިބިގެންވާ އަންނަނިވި ހައްގުތަކާބެހޭ މައުލޫމާތު ފޯރުކޮށްދިނުމަކީ، ކަސްޓޯޑިއަލް ޖަލާ ހަވާލުވެހުރި އެންމެ އިސް ފަރާތުގެ ޒިންމާއެކެވެ.
- ކަނޑައެޅިފައިވާ އުސޫލުގެ ދަށުން އާއިލާއާ ބައްދަލުކުރުމުގެ ހައްގު.
- ކަނޑައެޅިފައިވާ އުސޫލުގެ ދަށުން އާއިލާއާ ފޯނުން ގުޅުމުގެ ހައްގު.
- މި ގަވާއިދުގެ 67 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު.
- ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ސިއްހީ ފަރުވާ ލިބުމުގެ ހައްގު.
- އޭނާގެ މައްޗަށް ހިނގާނެ ކަސްޓޯޑިއަލް ޖަލުގެ އުސޫ އޭނާއަށް ލިޔުމުން ދިނުން.
(ޅ) މި ގަވާއިދުގެ ދަށުން ބަންދުގައި މީހުން ބަހައްޓާ ތަނަކީ، ދިވެހިރާއްޖޭގެ ޖަލުތަކާ ޕެރޯލްގެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތައް ހިނގާ އަދި އެ އުސޫލުތައް ތަންފީޒުކުރާ ތަނެއްކަން، ފުލުހުންގެ އިދާރާގެ އެންމެ އިސްވެރިޔާ ކަށަވަރުކުރަން ވާނެއެވެ.
51 ވަނަ މާއްދާ - ބަންދުގައި ހުންނަމީހާ ބަލައި ފާސްކުރުން
ޖިނާއީ ކުށެއްގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށް ބަންދުގައި ބަހައްޓައިފައި ހުންނަ މީހަކު، އަންނަނިވި ގޮތުގެމަތިން ބަލައި ފާސްކުރުމުގެ ބާރު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 53 ވަނަ މާއްދާއިން ފުލުހުންނަށް ލިބިގެންވެއެވެ.
(ހ) މީހަކު ބަލައި ފާސްކުރަންވާނީ ބަލައި ފާސްކުރެވޭ މީހާގެ ކަރާމާތަށް އުނިކަން ނާންނަފަދަ އަދި އެފަދަ ކަމަށް އެކަށޭނަ ތަނެއްގައެވެ.
(ށ) ބަލައި ފާސްކުރެވޭ މީހާގެ ގައިގައި އަތްލަންވާނީ، އަދި ބަލައި ފާސްކުރެވޭހިނދު އެެތަނުގައި ހާޒިރުވެ ތިބެންވާނީ ބަލައި ފާސްކުރެވޭ މީހާއާ އެއްޖިންސެއްގެ މީހުން އެކަންޏެވެ.
(ނ) ބަލައި ފާސްކުރެވޭހިނދު އެތަނުގައި ކުށުގެ ތުހުމަތުގައިވާ މީހާއާ އެއްޖިންސުގެ ފުލުހަކު ނެތް ނަމަ، އެ މީހަކު ބަލައި ފާސްކުރަންވާނީ އޭނާޔާ އެއް ޖިންސުގެ މީހަކު އެ ތަނަށް ހާޒިރުކުރުވައި، އެ މީހަކު މެދުވެރިކޮށެވެ. އަދި އެ ތަނުގައި ހާޒިރުވެ ތިބެންވާނީ ބަލައި ފާސްކުރެވޭ މީހާޔާ އެއް ޖިންސެއްގެ މީހުން އެކަންޏެވެ.
(ރ) މީހަކު ބަލައި ފާސްކުރާއިރު، އެ ތަނުގައި ބަލައި ފާސްކުރާ މީހާގެ އިތުރުން، މަދުވެގެން އެކަކު ހުންނަންވާނެއެވެ.
(ބ) ބަލައި ފާސްކުރުމުގައި ކުށުގެ ތުހުމަތުގައިވާ މީހާގެ ޖިންސީ ގުނަވަނެއް ހާމަކުރަން ޖެހޭ ނަމަ، ނުވަތަ އެފަދަ ޖިންސީ ގުނަވަނެއް ބަލައި ފާސްކުރަން ޖެހޭނަމަ، އެކަން ކުރަންވާނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހޯދާ ކޯޓު އަމުރުގައި، އެ އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
52 ވަނަ މާއްދާ - ބަލައި ފާސްކުރާއިރު ބައެއް ތަކެތި ހިފެހެއްޓުން
(ހ) ފުލުހުން ހައްޔަރުކޮށް ނުވަތަ ބަންދުގައި ބަހައްޓައިފައި ހުންނަ މީހާ ބަލައި ފާސްކުރުމުގައި، އޭނާގެ އަތުން ނުވަތަ ހަށިގަނޑުން ނުވަތަ ފޭރާމުން ފެންނަ ތަކެތީގެ ތެރެއިން އޭނާއާމެދު ތުހުމަތުކުރެވޭ ކުށާ ގުޅުންހުރި އެއްޗެހި، ހެކީގެ ގޮތުގައި ނަގައި ހިފެހެއްޓުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ. އަދި، މީހަކު ބަލައި ފާސްކުރުމުގައި، އޭނާގެ އަތުން ނުވަތަ ހަށިގަނޑުން ނުވަތަ ފޭރާމުން ފެންނަ އެއްޗަކީ ގާނޫނާ ހިލާފު އެއްޗެއް ކަމުގައިވާ ނަމަ، އެ އެއްޗެއް ހިފެހެއްޓުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހިފަހައްޓާ ތަކެއްޗާމެދު އަމަލުކުރާނީ، މި ގަވާއިދުގެ ސައުވީސް ވަނަ ބާބުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
(ނ) ފުލުހުން ހައްޔަރުކޮށްފައި ނުވަތަ ބަންދުގައި ބަހައްޓައިފައި ހުންނަ މީހާ ބަލައި ފާސްކުރުމުގައި، އޭނާގެ އަތުން ނުވަތަ ހަށިގަނޑުން ނުވަތަ ފޭރާމުން ފެންނަ އަންނަނިވި ތަކެތި ފުލުހުން ނަގައި، ފުލުހުންގެ އަތުގައި ވަގުތީގޮތުން ބެހެއްޓިދާނެއެވެ.
- އޭނާގެ ފުރާނައަށް ނުރައްކައުވެދާނެ ނުވަތަ ހަށިގަނޑަށް މާއްދީ ގެއްލުމެއް ލިބިދާނެ އެއްޗެއް؛
- އެހެން މީހަކަށް ނުރައްކައުވެދާނެ ނުވަތަ މާއްދީ ގެއްލުމެއް ކުރިމަތިކުރުވައިފާނެ އެއްޗެއް؛
- ފިލައިގެންދިޔުމަށް ބޭނުންކުރެވިދާނެ އެއްޗެއް؛
- ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު ގެ 539 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، މަނާކޮށްފައިވާ އެއްޗެއް؛
- އޭނާ ބަންދުގައި ހުންނަ މުއްދަތުގައި، ފުލުހުން ރައްކައުތެރިކަމާއެކު ބަލަހައްޓައިދޭންޖެހޭ އެއްޗެއް.
(ރ) ފުލުހުން ހައްޔަރުކޮށް ބަންދުގައި ބަހައްޓައިފައި ހުންނަ މީހާ ބަލައި ފާސްކުރުމުގައި، މި މާއްދާގެ (ހ) އާއި (ނ) ގެ ދަށުން އޭނާގެ އަތުން ނުވަތަ ހަށިގަނޑުން ނުވަތަ ފޭރާމުން ފެނުނު ތަކެއްޗާބެހޭ މައުލޫމާތު އޭނާއަށް ލިޔުމުން ދޭންވާނެއެވެ.
(ބ) މި މާއްދާގެ (ނ) ގެ ދަށުން ހިފަހައްޓާ އެއްޗެތި، އެ މީހަކު ބަންދުން ދޫކޮށްލާއިރު އެ މީހަކާ ހަވާލުކުރަންވާނެއެވެ.
(ޅ) މި މާއްދާގެ (ހ) ގެ ދަށުން ހިފެހެއްޓޭ އެއްޗަކީ ގާނޫނާ ހިލާފު އެއްޗެއް ނަމަ، އެ އެއްޗެއް ނުވަތަ އެ ތަކެތި، އެ މީހަކާ ހަވާލެއް ނުކުރެވޭނެއެވެ.
(ކ) މި މާއްދާގެ (ހ) ގެ ދަށުން ހިފެހެއްޓޭ އެއްޗަކީ ތަހުގީގުކުރެވޭ ކުށެއްގެ ހެކީގެ ގޮތުގައި ބޭންކުރެވިދާނެ އެއްޗެއް ކަމުގައިވާ ނަމަ، އެ އެއްޗެއް ހިފެހެއްޓޭ ބޭނުން ނިމުމަކަށް އަންނަންދެން އެ އެއްޗެއް ނުވަތަ އެ ތަކެތި، އެމީހަކަށް އަނބުރާ ހަވާލުނުކޮށް ހިފެހެއްޓުމުގެ ބާރު ލިބިގެންވެއެވެ.
53 ވަނަ މާއްދާ - ރައްކައުތެރިކަމާއެކު ބަލަހައްޓަންޖެހޭ ތަކެތި
(ހ) މި ގަވާއިދުގެ 52 ވަނަ މާއްދާގެ (ނ) ގެ ދަށުން ހިފެހެއްޓޭ ތަކެތީގެ ތެރޭގައި ހިމެނޭ ދިވެހިރާއްޖެ އެތެރެކުން ނުވަތަ ގެންގުޅުން ގާނޫނަކުން މަނާކޮށްފައިވާ ތަކެތި ފިޔަވައި އެހެން ހުރިހާ ތަކެއްޗަކީ ރައްކައުތެރިކަމާއެކު ފުލުހުން ބަލަހައްޓަންޖެހޭ ތަކެއްޗެވެ. މިގޮތުން އެ ތަކެތި، އެ ތަކެތީގެ ވެރިފަރާތާ ހަވާލުކުރެވެންދެން ހުންނާނީ އެ މީހަކު ބަންދުކޮށްފައި ހުންނަ ކަސްޓޯޑިއަލް ޖަލުގެ އެންމެ އިސްފަރާތުން ކަނޑައަޅާ ތަނެއްގައި، އޭނާގެ ޒިންމާގެ ދަށުގައެވެ. މި އަކުރުގެ ދަށުން ހިފަހައްޓާ އަދި ބަލަހައްޓާ ތަކެތީގެ ތެރޭގައި ހެކީގެ ގޮތުގައި ބޭނުންކުރުމަށްޓަކައި ހިފެހެއްޓޭ ތަކެއްޗާއި ގާނޫނަކުން ގެންގުޅުން މަނާ ތަކެއްޗެއް ނުހިމެނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ތަނަކީ، ތަޅުލެވޭގޮތަށް ހުންނަ ރައްކައުތެރިކަމާއެކު ބެލެހެއްޓޭ ތަނެއްކަން ކަށަވަރުކުރުމަކީ ކަސްޓޯޑިއަލް ޖަލުގެ އެންމެ އިސްފަރާތުގެ ޒިންމާއެކެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ތަނުގައި ބެހެއްޓޭ ތަކެތި ރައްކައުތެރިކަމާއެކު ބެލެހެއްޓުމުގެ ގޮތުން އަންނަނިނި ކަންކަން ފުރިހަމަކުރަންވާނެއެވެ.
- އެ ތަނުގައި ބަހައްޓާ ތަކެއްޗާއި އެތަނުން ނަގާ އެއްޗެހި އެނގޭނެގޮތަށް ރިކޯޓުކުރުން؛
- އެ ތަނުގައި ތަކެތި ބަހައްޓާ ފުލުހުންގެ މައުލޫމާތާއި އެ ތަނުން ތަކެތި ނަގާ ފުލުހުންގެ މައުލޫމާތު ރިކޯޑުކުރުން؛ އަދި
- ތަނުގެ ތަޅުދަނޑިއާ އެވަގުތަކު ހަވާލުވެހުރި ފުލުހެއްގެ މައުލޫމާތު، ތާރީހާއި ގަޑި އެނގޭނެ ގޮތަށް ރިކޯޑުކުރުން.
(ރ) މާއްދާގެ (ހ) އެހެން އޮތް ނަމަވެސް، ރައްކައުތެރިކަމާއެކު ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓާ ތަކެތީގެ ތެރެއިން އެއްވެސް އެއްޗެއް، އާއިލާގެ މެންބަރަކާ ހަވާލުކުރުމަށް ބަންދުކޮށްފައިވާ މީހާ އެދިއްޖެ ނަމަ، އޭނާ އެ ތަކެތި ހަވާލުކުރުމަށް އެދުނު އާއިލާގެ މެންބަރާ ހަވާލުކުރެވިދާނެއެވެ. އަދި އެކަން ލިޔުމުން ރިކޯޑުކުރަންވާނެއެވެ.
އެގާރަވަނަ ބާބު
ބަންދުކޮށްފައިވާ މީހާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުން
54 ވަނަ މާއްދާ - ބަންދާމެދު ގޮތެއް ކަނޑައެލުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުން
(ހ) ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައިވަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށްޓަކައި، ވީ އެންމެ އަވަހަކަށް، އަދި އޭނާ ހައްޔަރުކުރެވޭތާ ލަސްވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް އޭނާ ހާޒިރުކުރަންވާނެއެވެ.
(ށ) ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރެވޭ މީހަކުވެސް، ބަންދުގައި ބަހައްޓާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައާިވ ގޮތުގެމަތިން އޭނާ ފަނޑޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަންވާނެއެވެ.
(ނ) އަންނަނިވި ހާލަތްތަކުގައި ފިޔަވައި، ކުށުގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާ ފަނޑިޔާރެއްގެ ކުރިމަށްޗަށް ހާޒިރުނުކޮށް، 24 (ސައުވީސް) ގަޑިއިރަށް ވުރެ އިތުރުވެގެން ނުވާނެއެވެ.
- ފަނޑިޔާރު ހުރީ އޭނާ ހައްޔަރުކުރެވުނު ރަށް ނޫން އެހެން ރަށެއްގައި ކަމަށް ވެފައި، ދަތުރުފަތުރު ކުރުމުގެ އެކަށީގެންވާ ވަސީލަތެއް ނެތުން، ނުވަތަ ދަތުރުކުރުމަށް މޫސުން ތަން ނުދިނުން؛
- ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން ހައްޔަރުކުރެވޭ މީހެއް ނަމަ، ކަނޑައެޅިފައިވާ ވަގުތަށް އޭނާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވޭ ވަރަށްވުރެ ދަތުރަށް ހޭދަވާ ވަގުތު ދިގުވުން؛
- އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން އޭނާއަށް ފަރުވޭާދންޖެހުން ނުވަތަ ސިއްހީ ހިދުމަތްދޭ މަރުކަޒެއްގައި އެޑްމިޓްކޮށްފައި އޮތުން؛
- ކޯޓަށް ހާޒިރުވުމުގެ އަމުރެއް ނިސްބަތްވާ މީހަކު އެ އަމުރަށް ތަބާނުވުމުން، އޭނާ ކޯޓަށް ހާޒިރުކޮށްދިނުމަށް ކޯޓުން ކުރާ އަމުރެއް ތަންފީޒުކުރުމަށްޓަކައި ހައްޔަރުކޮށްފައިވުން.
(ރ) މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުން ފެށިގެން (3) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކުރާ ސަބަބެއް މެދުވެރިވާ ހާލަތުގައި، އެ ސަބަބެއް ނެތި ިދޔަހައި އަވަހަކަށް، އެ މީހަކު ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަންވާނެއެވެ. އަދި މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުން ފެށިގެން (3) ވަނަ ަނންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ސަބަބެއް މެދުވެރިވިކަން ދަލީލުކޮށްދޭ ރަސްމީ ލިޔުމެއް ކޯޓަށް ހުށަހަޅަންވާނެއެވެ.
(ބ) މި މާއްދާގެ (ނ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކުރާ ހާލަތުގައި، ހައްޔަރުކޮށްފައި ހުންނަ މީހާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުނުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓޭނީ ގިނަވެގެން 72 (ހަތްދިހަ ދޭއް) ގަޑިއިރަށެވެ.
(ޅ) ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަން ނުވަތަ ނޫންކަން ކަނޑައަޅައިދިނުމަށް އެދި ފަނޑިޔާރަށް ހުށަހަޅާނީ ފުލުހުންނެވެ.
(ކ) ބަންދުކޮށްފައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ ށަރީއަތަކަށް އެ މީހާގެ ބަންދާ ގުޅޭ، އަންނަނިވި މައުލޫމާތު، ފުލުހުންހުށަހަޅަންވާނެއެވެ.
- މައްސަލަ ހުށަހަޅާ ފަރާތުގެ މައުލޫމާތު؛
- ހައްޔަރުކޮށްފައިވާ މީހާގެ ނަމާއި، އެޑްރެހާއި، އުމުރާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ ޕާސްޕޯޓުގެ ނަންބަރު،
- އޭނާ ހައްޔަރުކުރި ތާރީހާއި ގަޑި؛
- އޭނާ ހައްޔަރުކުރި ސަބަބު؛
- އޭނާ ހައްޔަރުކުރީ ކޮން ގާނޫނެއްގައި ބަޔާންކުރާ، ކޮން ކުށަކާ ގުޅިގެންކަން؛
- ތުހުމަތުކުރެވޭ ކުށާއި، އޭނާއާ ގުޅުވައިދޭ ހެކި ލިބިފައިވާ މިންވަރު،
- އޭނާ އިތުރަށް ބަންދުގައި ބަހައްޓަން ބޭނުންވާ ސަބަބު؛
- އޭނާ އިތުރަށް ބަންދުގައި ބަހައްޓަން ބޭނުންވާ މުއްދަތު،
- އޭނާގެ ކުށުގެ ރިކޯޑު؛ އަދި
10 މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތައްގަނޑާއި، މައްސަލަ ތަހުގީގުކުރާ ފުލުހެއްގެ ނަމާއި، ސަރވިސް ނަންބަރާއި، ސޮއި.
(އ) މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުން ފެށިގެން (3) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިވެގެން، ކުށެއްގެ ތުހުމަތުގައިހައްޔަރުކޮށްފައިވާ މީހާ ފަނޑިޔާރުގެ ކުރިމައްޗަށް ހާޒިރުކޮށްފައިވަނީ އޭނާ ހައްޔަރުކުރެވުނުތާ 24 (ސައުވީސް) ގަޑިއިރު ފާއިތުވި ފަހުން ނަމަ، އެ ސަބަބެއް މެދުވެރިވިކަން ފަނޑިޔާރަށް ގަބޫލުކުރެވޭނެ މިންވަރަށް، ފުލުހުން ކޯޓަށް މައުލޫމާތު ހުށަހަޅަންވާނެއެވެ.
(ވ) މީހަކު ބަންދުކޮށްފައި ވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ބާއްވާ ށަރީއަތުގެ މަޖިލީހަށް ހާޒިރުވެ ދައުލަތުގެ ފަރާތުން ވާހަކަދެއްކުމުގެ އިހްތިޔާރު، ޕްރޮސިކިއުޓަރ ޖެނެރަލަށް ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.
(މ) ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ކުށުގެ ތުހުމަތުގައާިވ މީހާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބާއްވާ ށަރީއަތުގެ އަޑުއެހުމަކީ، ގާނޫނުގައިވާ ގޮތުގެ މަތިން ށަރީއަތުގެ މަޖިލީހެއް ކަމުގައި ބެލޭނެއެވެ. އަދި އެ މަޖިލީހުގައި އޭނާ ދޭ ބަޔާންތަކާއި ދައްކާ ވާހަކަތަކަކީ، އޭނާގެ މައްޗަށް އެ ކުށުގެ ދައުވާ ފަހުން އުފުލިއްޖެ ހާލަތެއްގައި ބޭއްވޭ ށަރީއަތުގައި އޭނާއާ ދެކޮޅަށް ބޭނުންކުރެވޭނެ ހެކި ކަމުގައި ބެލޭނެއެވެ.
55 ވަނަ މާއްދާ - ބަންދާމެދު ގޮތެއް ކަނޑައެޅުމުގެ ކުރިން ހިއްސާކުރަންޖެހޭ މައުލޫމާތު
(ހ) ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ބާއްވާ ށަރީއަތުގެ މަޖިލީހުގައި، އޭނާ ބަންދުކޮށްފައިވަނީ ގާނޫނީ ހަމަތަކުގެ މަތިންކަން ނުވަތަ ނޫންކަން ފަނޑިޔާރު ކަނޑައެޅުމުގެ ކުރިން، ފުލުހުން މައްސަލަ ހުށަހަޅާއިރު، އަންނަނިވި ތަފުސީލުތައް ފަނޑިޔާރާ ހިއްސާކުރަންވާނެއެވެ.
- ކުށުގެ ބާވަތާއި، ކުށުގެ ކުޑަބޮޑުމިނާއި، ކުށް ކޮށްފައިވާ ހާލަތާއި، ކުށް ކުރުމުގައި އަނިޔާވެރިކަން ހިމެނޭނަމަ އެކަން؛
- ސިއްރު ކުރަންޖެހޭ ހެކި ފިޔަވައި، ތުހުމަތުގައިވާ މީހާއާ ދެކޮޅަށް ލިބިފައިވާ ހެކީގެ މައުލޫމާތު؛ އަދި
- ކުށުގެ ތުހުމަތުގައިވާ މީހާގެ ކުށުގެ ރިކޯޑު.
(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު އެހެން އޮތްކަމުގައި ވިޔަސް، ސިއްރުކުރަންޖެހޭ ހެކި، ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރާއިރު، އެ ފަނޑިޔާރަކާ ވަކިން ހިއްސާކުރުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މައުލޫމާތު ހިއްސާކުރާއިރު، ކުށުގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުގައި ބަހައްޓަން އެދެނީ، އަންނަނިވި ހާލަތްތަކުގެ ތެރެއިން ކޮން ހާލަތެއް ނުވަތަ ހާލަތްތަކެއް މެދުވެރިވެގެންކަން، ފުލުހުން ފަނޑިޔާރަށް ތަފުސީލުކޮށްދޭން ވާނެއެވެ.
- އޭނާއާމެދު ތުހުމަތުކުރެވިފައާިވ މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ އެ މައްސަލައިގައި ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް އޭނާ މަސައްކަތްކޮށްފާނެ ކަމަށް ބެލެވުން.
- އޭނާ ކޯޓަށް ހާޒިރުނުވެދާނެ ކަމަށް ބެލެވުން؛
- އޭނާ ފިލާފާނެ ކަމަށް ބެލެވުން؛ ނުވަތަ
- އޭނާ ބަންދުން ދޫކޮށްލައިފި ނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވުން.
(ރ) މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، ހެކި ފޮރުވުމަށް ނުވަތަ އެ މައްސަލައިގައި ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަަސައްކަތް ކޮށްފާނެކަމަށް ބަލައި، ފަނޑިޔާރުގެ ސަމާލުކަމަށް އަންނަނިވި ކަންކަން ހިމެނޭގޮތުން ސަބަބުތައް ހުށަހެޅިދާނެއެވެ.
- އެ މައްސަލައިގެ ހެކިބަސް ދޭންތިބި މީހުންގެ ބަޔާން ނަގައި ނިމިފައި ނުވުން، އެ މައްސަލައިގެ ތަހުގީގަށް ފާހަގަވެފައިވާ ހެކި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި ނުވުން ނުވަތަ ބެލުމުގެ ދަށަށް ގެނެވިފައިވިޔަސް، ވަޒަންކުރެވިފައި ނުވުން.
- އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން މީހަކާ ފުލުހުންނަށް ސުވާލުކުރެވިފައި ނުވުން.
(ބ) މި މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، ކުށުގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ކޯޓަށް ހާޒިރުނުވެދާނެ ކަމަށް ބަލައި، ފަނޑިޔާރުގެ ސަމާލުކަމަށް އަންނަނިވި ކަންކަން ހުށަހެޅިދާނެއެވެ.
- ފުލުހުންގެ މަރުކަޒަކަށް ހާޒިރުވުމަށް އަންގައިފައި ކުރިން ފޮނުވައި ފައިވާ ޗިޓަކަށް ހާޒިރުވެފައި ނުވުން.
- ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ކުރިން އަމުރު ނެރެފައިވާ މީހަކަށް ވުން.
- ފިލައިގެން ހިނގައިދާނެކަމަށް ޕާސްޕޯޓު ކުރިން ހިފަހައްޓައިފައިވާ މީހަކަށް ވުން.
- މަކަރާ ހީލަތުގެ އަމަލެއް ނުވަތަ އޮޅުވައިލުމުގެ އަމަލެއް ހިމެނޭ ކުށެއްގެ ތުހުމަތުކުރެވިފައި މީހަކަށް ވުން.
(ޅ) މި މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، ކުށުގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ފިލައިފާނެކަމަށް ބަލައި، ފަނޑިޔާރުގެ ސަމާލުކަމަށް އަންނަނިވި ކަންކަން ހުށަހެޅިދާނެއެވެ.
- ތަހުގީގުކުރެވުނު މައްސަލައެއްގައި ކުރިން ފިލައިގެން އުޅުނު މީހަކަށް ވުން.
- ބަންދުގައި ބަހައްޓައިގެން ކޯޓަށްހާޒިރުކުރުމަށް ކުރިން އަމުރު ނެރެފައިވާ މީހަކަށް ވުން.
- ފުލުހުންގެ މަރުކަޒަކަށް ހާޒިރުވުމަށް އަންގައިފައި ކުރިން ފޮނުވައިފައިވާ ޗިޓަކަށް ހާޒިރުވެފައި ނުވުން.
- އާންމުކޮށް ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހަކަށް ވުން.
- ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނާ ހިލާފުވެފައިވާ ނުވަތަ ވަޒާީފ ދިން ފަރާތް ނޭނގޭ ނުވަތަ ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ ބިދޭސީއެއް ކަމަށް ވުން.
- ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުކުރެވިފައިވާ މީހަކަށް ވުން.
(ކ) މި މާއްދާގެ (ނ) ގެ (4) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައި، ފަނޑިޔާރުގެ ސަމާލުކަމަށް އަންނަނިވި ކަންކަން ހުށަހެޅިދާނެއެވެ.
- ތޫނު ހަތިޔާރު ބޭނުންކުރުމުގެ ނުވަތަ ގޮވާ އެއްޗެހި ބޭނުންކުރުމުގެ އަމަލެއް ހިމެނޭ ކުށެއްގެ ތުހުމަތުކުރެވިފައި މީހަކަށް ވުން.
- ތޫނު ހަތިޔާރު ބޭނުންކުރުމުގެ ނުވަތަ ގޮވާ އެއްޗެހި ބޭނުންކުރުމުގެ އަމަލެއް ހިމެނޭ ކުށެއްގެ ތުހުމަތު ކުރިން ކުރެވިފައިވާ މީހަކަށް ވުން.
- ޓެރަރިޒަމަށް ހިތްވަރުލިބޭ ފަދަ ވާހަކަ ދެއްކުމާއި، އެފަދަ އަމަލެއް ކުރުމަށް ހިތްވަރުދިނުން ހިމެނޭ ކުށެއްގެ ތުހުމަތުކުރެވޭ މީހަކަށް ވުން.
- ގޭންގަކަށް ނިސްބަތްވާ ނުވަތަ އެކަށީގެންނުވާ ގުޅުމެއް ގޭންގެއްގެ މެންބަރުންނާ އޮންނަ މީހަކަށްވުން.
- މާއްދީ އަނިޔާއާއި ހާނިއްކަ ލިބޭ ފަދަ އަމަލެއް ހިމެނޭ ކުށެއްގެ ތުހުމަތުކުރެވިފައިވާ މީހަކަށް ވުން.
- ޖިންސީ އަމަލެއް ހިމެނޭ ކުށެއްގެ ތުހުމަތު ކުރެވިފައިވާ މީހަކަށް ވުން.
- ކުރިން، ޖިންސީ އަމަލެއް ހިމެނޭ ކުށެއްގެ ތުހުމަތު ކުރެވިފައިވާ މީހަކަށް ވުން.
- މީހެއްގެ ފުރާނައަށް ނުވަތަ މުދަލަށް ނުވަތަ އާއިލާއަށް ގެއްލުން ދީފާނެ ކަމުގެ އިންޒާރު ދީފައިވުމާއި، އެ އިންޒާރާ އެއްގޮތަށް އެކަން ކޮށްފާނެ ކަމުގެ އެކަށޭނަ ސަބަބު ހުރުން.
- އާންމުކޮށް އެއް ބާވަތެއްގެ ކުށެއް ތަކުރާރުކޮށް ކުރާ މީހަކަށް ވުން.
56 ވަނަ މާއްދާ - ބަންދުން ދޫކޮށްލުން
ށަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ކަނޑައަޅާ މީހުން ފިޔަވައި، މި ގަވާއިދުގެ 55 ވަނަ މާއްދާގެ ދަށުން ފުލުހުން އެދޭ އެދުމެއްގެ މައްޗަށް ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްދީފައިވާ މީހާގެ މައްޗަށް ކުރެވޭ ކުށުގެ ތަހުގީގު ނިމުމުން، ނުވަތަ އޭނާ ބަންދުގައި ބެހެއްޓުމަށް ފުލުހުން ބޭނުންވި ސަބަބު ފިލައިދިއުމުން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ހުއްދަކޮށްފައިވާ މުއްދަތު ހަމަނުވި ކަމުގައި ވިޔަސް، އޭނާ އިތުރަށް ބަންދުގައި ނުބަހައްޓައި ފުލުހުން އޭނާ ދޫކޮށްލަންވާނެއެވެ.
57 ވަނަ މާއްދާ - ކަސްޓޯޑިއަލް ޖަލަކުން ރިމާންޑް ޖަލަކަށް ބަދަލުކުރުން
ށަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން ކަނޑައަޅައިފައިވާ މީހާގެ މައްޗަށް ކުރެވޭ ކުށުގެ ތަހުގީގު ނިމުމުން، އެ މީހަކު ކަސްޓޯޑިއަލް ޖަލަކުން ރިމާންޑް ޖަލަކަށް ބަދަލުކުރުމުގެ އިންތިޒާމު ފުލުހުން ހަމަޖައްސަންވާނެއެވެ.
58 ވަނަ މާއްދާ - ޑީޕޯޓުކުރަންޖެހޭ ބިދޭސީން
ފުލުހުންގެ ތަހުގީގަށް ބަންދުކުރާ މީހަކީ ޑީޕޯޓުކުރަންޖެހޭ ބިދޭސީއެއްކަމަށް ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނުން ކަނޑައަޅާ ބާވަތުގެ މީހެއް ނަމަ، ފުލުހުންގެ ތަހުގީގު ނިމުމުން، އޭނާ ދޫކޮށްލުމުގެ ބަދަލުގައި، އެ މީހަކު، މޯލްޑިވްސް އިމިގްރޭށަނާ ފުލުހުން ހަވާލުކުރަންވާނެއެވެ.
ހަތަރުވަނަ ބައި
ހައްގުތައް
ބާރަވަނަ ބާބު
ހަނުހުރުމުގެ ހައްގު
59 ވަނަ މާއްދާ - ހަނުހުރުމުގެ ހައްގު
(ހ) ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ޖިނާއީ ކުށެއްގެ ތުހުމަތުގައި ސުވާލުކުރެވޭ މީހާއަށް، ތިމާއަކީ ކާކުކަން އަންގައި ދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މައުލޫމާތެއް ނުދީ ހަނުހުރުމުގެ ހައްގުގެ ބޭނުން ހިފުމަށް ކޮންމެ ވަގުތެއްގައިވެސް އިހްތިޔާރު ކުރެވިދާނެއެވެ. އަދި އެ ހައްގުގެ ބޭނުންހިފާނަމަ، އެ ހައްގު އޭނާ އިހްތިޔާރުކޮށްފިކަން ފާޅުގައި ބުނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ސުވާލުކުރެވޭ މީހާ ހަނުހުރުމުގެ ހައްގު އިހްތިޔާރުކޮށްފިނަމަ، އޭނާއާމެދު ކުރެވިފައިވާ ތުހުމަތާ ގުޅޭގޮތުން އޭނާއާ ދެން އިތުރަށް އެއްވެސް ސުވާލެއް ކޮށްގެން ނުވާނެއެވެ. އަދި، އޭނާ އެ ހައްގު އިހްތިޔާރުކުރީ، ސުވާލުކުރެވެމުން ދަނިކޮށް ކަމުގައިވާނަމަ، އޭނާއާ ސުވާލުކުރަމުން ދިޔަދިއުން އެހިނދުން ފެށިގެން ހުއްޓައިލަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ސުވާލުކުރެވޭ މީހާ ހަނުހުރުމުގެ ހައްގު އިހްތިޔާރުކުރީ އޭނާއާ ސުވާލުކުރެވެމުންދަނިކޮށް ކަމުގައާިވނަމަ، އެ ހައްގު އިހްތިޔާރުކުރުމާ ހަމައަށް އޭނާއާ ކުރެވުނު ސުވާލުތަކާއި، އެ ސުވާލުތަކަށް ދިން ޖަވާބުގެ ގާނޫނީ ސައްހަކަމަށް އުނިކަމެއް ނާންނާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހައްގަކީ ކުށަކާ ގުޅިގެން ފުލުހުންނަށް މައުލޫމާތުދޭ މީހުންނާއި ހެކިބަސްދޭ މީހުންނަށް އެކަމުގެ މަންފާ ލިބިދޭ ހައްގެއް ނޫނެވެ.
60 ވަނަ މާއްދާ - ރިކޯޑު ދިނުން
(ހ) ކުށެއްގެ ތުހުމަތުގައި ސުވާލުކުރެވޭ މީހާ، މި ގަވާއިދުގެ 59 ވަނަ މާއްދާގައިވާ ގޮތުގެމަތިން ހަނުހުރުމުގެ ހައްގު އިހްތިޔާރުކޮށްފިކަމަށް ފާޅުގައި ބުނެފި ނަމަ، އޭނާާއާ ސުވާލުކުރާ ފުލުހުންގެ އޮފިސަރު، ލިޔުމުން އެކަން ރިކޯޑުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ރިކޯޑުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- ސުވާލުކުރެވޭ މީހާގެ ނަމާއި އުމުރާއި ޖިންސް؛
- ސުވާލުކުރެވޭ މީހާގެ ދާއިމީ އެޑްރެހާއި، މިހާރު އުޅޭ އެޑްރެސް؛
- ސުވާލުކުރެވޭ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ ޕާސްޕޯޓުގެ ނަންބަރު،
- ސުވާލުކުރެވޭ މީހާގެ ގައުމީ ނިސްބަތް؛
- ސުވާލުކުރެވޭ މީހަކީ ކުޑަކުއްޖެއް ނަމަ، ބެލެނިވެރިޔާ ނުވަތަ މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތް؛
- ސުވާލުކުރެވޭ މީހަކީ ނަފްސާނީ ނުކުޅެދުންތެރިކަން ހުރި މީހެއް ނަމަ، ބެލެނިވެރިޔާ ނުވަތަ މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތް؛
- ސުވާލުކުރެވޭ މީހާއަކީ ބިދޭސީއެއް ނަމަ، ނުވަތަ އަޑުނީވޭ މީހެއް ނަމަ، ނުވަތަ ވާހަކަ ނުދެއްކޭ މީހެއް ނަމަ، ނުވަތަ ކުއްޖެއް ނަމަ، ތަރުޖަމާކޮށްދޭ ފަރާތް؛
- ކުރެވޭ ކުށުގެ ތުހުމަތު؛
- ސުވާލުކުރެވޭ މީހާ ހަނުހުރީ ސުވާލުކުރަން ފެށުމުގެ ކުރިންކަން ނުވަތަ ސުވާލުކުރެވެމުން ދަނިކޮށްކަން؛ އަދި
- ސުވާލުކުރެވުނު ތާރީހާއި ގަޑި.
61 ވަނަ މާއްދާ - ހައްގުގެ ދާއިރާ
(ހ) ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ހަނުހުރުމުގެ ހައްގު، ކުށުގެ ތުހުމަތުގައިވާ މީހަކަށް ިލބިދެނީ ފުލުހުން ކުރާ ސުވާލަކަށް ދޭ ޖަވާބަކުން، އޭނާގެ މައްޗަށް ކުށެއް ސާބިތުކުރުމަށް ހެކި ހުށަހެޅިދާނެ ހާލަތެއްގައި ނުވަތަ އޭނާގެ އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ދޭންޖެހޭ ހާލަތުގައި، އެ ނިސްބަތަށް އެކަންޏެވެ. އެ ނޫން ހާލަތްތަކުގައި ހަނުހުރުމުގެ ހައްގުގެ ބޭނުމެއް ނުކުރެވޭނެއެވެ.
(ށ) ގާނޫނެއްގައި އެހެން ގޮތަކަށް ަބޔާންކޮށްފައި ނުވާހައި ހިނދަކު، ފުލުހުން ށަރީއަތަށް ހުށަހަޅައިފާނެ މައުލޫމާތަކީ، ކުށުގެ ތުހުމަތުގައިވާ މީހާއާ ދެކޮޅަށް ކުށެއް ސާބިތުކުރުމަށް ބޭނުންކުރެވިދާނެ މައުލޫމާތެއް ނަމަ، އެ މައުލޫމާތެއް ފުލުހުންނަށް ނުދީ، އެ ހާލަތުގައި، ހަނުހުރުމުގެ ހައްގު، އޭނާއަށް ލިބިދެއެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތް ނަމަވެސް، އޭނާގެ ފަރާތުން ދެވޭ މައުލޫމާތަކީ އޭނާއާ ދެކޮޅަށް ހެކީގެ ގޮތުގައި ބޭނުން ކުރެވޭނެ މައުލޫމާތެއް ކަމުގައި ނުވާނަމަ، އެ މައުލޫމާތެއް ފުލުހުންނަށް ހާމަކުރަންވާނެއެވެ. އެ ހާލަތުގައި ހަނުހުރުމުގެ ހައްގުގެ ބޭނުމެއް ނުކުރެވޭނެއެވެ.
62 ވަނަ މާއްދާ - އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާންެއް ނުދިނުމުގެ ހައްގު
(ހ) ކުށެއްގެ ތުހުމަތުގައިވާ ކޮންމެ މީހަކަށް ވެސް، އެ މީހެއްގެ އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ހައްގު ލިބިގެންވެއެވެ.
(ށ) ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މާއްދީ ހެއްކެއްގެ ގޮތުގައި ށަރީއަތަށް ހުށަހަޅަންޖެހޭ އެއްޗެއް ހުށަހެޅެން އޮތް ހަމައެކަނި ގޮތަކީ، އެ އެއްޗެއް، ކުށުގެ ތުހުމަތުކުރެވޭ މީހާއާ ގުޅުވުމަށްޓަކައި، އޭނާގެ އަތުލިޔުމުގެ ސާމްޕަލެއް ނުވަތަ އިނގިލީގެ ނިށާން ނުވަތަ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް ނުވަތަ ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލެއް ހޯދުން ކަމުގައި ވެފައި، އެ އެއްޗެއް އޭނާގެ އަތުން ހޯދަން އެދޭ ހާލަތުގައި، އެއިން ސާމްޕަލެއް ނުދިނުމަކީ، އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ މާނައިގައި ހިމެނިގެންވާ ކަމެކެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތް ނަމަވެސް، ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހެއްގެ އަތުލިޔުމުގެ ސާމްޕަލެއް ނުވަތަ އިނގިލީގެ ނިށާން ނުވަތަ ހަށިގަނޑުގެ ބޭރުންނެގޭ ސާމްޕަލެއް ނުވަތަ ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލެއް ދިނުމަށް އޭނާ އިންކާރުކޮށްފި ނަމަ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޯޓު އަމުރެއްގެ ދަށުން އެ އެއްޗެހި ހޯދައި، އޭނާއާ ދެކޮޅަށް ބޭނުންކުރުމަކަށް މި ގަވާއިދު ހުރަހެއްނާޅައެވެ.
63 ވަނަ މާއްދާ - ހަނުހުރުމާއި އަމިއްލަ ނަފްސަށާ ދެކޮޅަށް ބަޔާން ދިނުން ކަމުގައި ނުވާ ކަންކަން
(ހ) ޖިނާއީ ކުށެއްގެ ތުހު ަމތުގައި ހިންގާ ތަހުގީގެއްގައި ނުވަތަ ިޖނާއީ ކުށެއްގެ ށަރީއަތުގައި، ވަކި ސުވާލެއްގެ ޖަވާބުދިނުމަކީ އޭގެ ސަބަބުން ޖިނާއީ ދައުވާއެއް އުފުލުމަށް ނުވަތަ ޖިނާއީ ކުށެއް ސާބިތުކުރުމަށް މަގުފަހިކުރާ ކަމަކަށްނުވާ ހާލަތުގައި ނަމަވެސް، އެ ސުވާލުގެ ޖަވާބުދިނުމަކީ، އޭނާ ލަދުގަންނަންޖެހިދާނެ ނުވަތަ އޭނާއަށް ިދރިއުޅުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ނުވަތަ އޭނާއާމެދު މީހުން ދެކޭގޮތަށް ބަދަލެއް އަތުވެދާނެ ކަމެއްކަމުގައި ވިޔަސް، އެ ސުވާލުގެ ޖަވާބުދިނުން އޭނާގެ މައްޗަށް ލާޒިމުވެގެންވެއެވެ. އަދި، އެ ސުވާލަށް ޖަވާބުނުދިނުން އެއީ، ހަނުހުރުމުގެ ހައްގުގެ ތެރޭގައި ހިމެނިގެންވާ ކަމެއް ނޫނެވެ.
(ށ) މީހަކު ކުރިކަމަށް ކުރިން ސާބިތުވެފައިވާ ކުށެއްގެ މައުލޫމާތު ހޯދުމަށް އޭނާއާ ސުވާލުކުރެވޭ ހިނދު، އެ ސުވާލުގެ ޖަވާބުދިނުމުގައި ހަނުހުރުމުގެ ހައްގުގެ ބޭނުމެއް ނުކުރެވޭނެއެވެ. އެއީ، އެ ކުށް އޭނާގެ މައްޗަށް ސާބިތުވެ ނިމިފައިވާކަމަށްޓަކައި، އެ ކުށަށް ދެވަނަ ފަހަރަށް އަދަބެއް ދިނުން ގާނޫނުއަސާސީގެ 60 ވަނަ މާއްދާއިން މަނާކުރާތީއެވެ.
(ނ) މި ގަވާއިދުގެ 61 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތު ފިޔަވައި އެނޫން ހާލަތެއްގައި، ކުށުގެ ތުހުމަތުގައިވާ މީހާގެ އަތުލިޔުމުގެ ސާމްޕަލެއް ނުވަތަ އިނގިލީގެ ނިށާން ނުވަތަ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް ނުވަތަ ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލެއް ދޭންޖެހުމަކީ، އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ހައްގުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ.
(ރ) ހަނުހުރުމުގެ ހައްގުގެ ދާއިރާގެ ތެރޭގައި ނުވަތަ އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ހައްގުގެ ތެރޭގައި، މި ގަވާއިދުގެ 62 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގެ ދާއިރާއިން ބޭރުގައި، ވަކި އެއްޗެއް އޮތް ތަނެއް ނުވަތަ ވަކި ތަނެއް ހުޅުވޭނެ ގޮތް ނުވަތަ ތަޅުދަނޑިއެއް ނުވަތަ ޕާސްވަރޑެއް ނުވަތަ ތަޅެއް ހުޅުވޭނެ ނަންބަރުތަކެއް ނުވަތަ ވަކި އެކައުންޓެއް އެއީ ކޮން އެކައުންޓެއްކަން ބުނުދޭން ޖެހުމެއް ނުހިމެނެއެވެ.
(ބ) ވަކި އެއްޗެއް އެއީ ކާކުގެ އެއްޗެއްކަން ދެނެގަތުމުގެ ބޭނުމުގައި އެކަނި، އަދި ހެއްކެއްގެ ގޮތުގައި ހުށަހެޅުމަކަށް ނުވާގޮތުން، މީހެއްގެ އިނގިލީގެ ނިށާނެއް ނުވަތަ އަޑުގެ ރިކޯޑިންގއެއް ނުވަތަ އިސްތަށީގެ ނުވަތަ އެހެންވެސް ޑީ.އެން.އޭ. ސާމްޕަލެއް ނުވަތަ އަތުލިޔުމުގެ ސާމްޕަލެއް ނުވަތަ ސޮއިގެ ސާމްޕަލެއް ނުވަތަ ފޮޓޯއެއް ނުވަތަ އެކްސްރޭއެއް ނުވަތަ މިނެއް ދިނުމަށް އެންގުމުން، އެކަން ކުރަން ޖެހުމަކީ، ހަނުހުރުމުގެ ހައްގުގެ ދާއިރާގެ ތެރޭގައި، ނުވަތަ އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ހައްގުގެ ތެރޭގައި، ހިމެނޭ ކަމެއް ނޫނެވެ.
64 ވަނަ މާއްދާ - ސާމްޕަލް ނެގުމަށް ކޯޓު އަމުރަށް އެދުމުގެ ހުއްދަ ހޯދުން
(ހ) މި ގަވާއިދުގެ 62 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ސާމްޕަލެއް ދިނުމަށް އިންކާރު ކޮށްފި ނަމަ، އެ ސާމްޕަލް ހޯދުމަކީ، އެ ތަހުގީގަށް މުހިންމު ކަމެއްކަމަށް ތަހުގީގުކުރާ ފުލުހުންގެ އޮފިސަރަށް ގަބޫލުކުރެވިއްޖެ ނަމަ، އެ ސާމްޕަލެއް ނެގުމަށްޓަކައި ކޯޓު އަމުރެއް ހޯދުމަށް ފުލުހުންނަށް އެދެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކޯޓު އަމުރު ހޯދުމަށް ފުލުހުންގެ ފަރާތުން އެދޭނީ، އެ މައްސަލައެއް ނިސްބަތްވާ ޑިޕާޓްމަންޓުގެ ވެރިޔާ ނުވަތަ އޭނާ ކަނޑައަޅާ ކަމިށަންޑް އޮފިސަރަކު ސޮއިކޮށް، ސާމްޕަލް ނެގުމަށް އެދި ފަނޑިޔާރަށް ހުށަހަޅާ ފޯމު މެދުވެރިކޮށެވެ.
65 ވަނަ މާއްދާ - ސާމްޕަލް ނެދުމުގެ ކޯޓު އަމުރު ތަންފީޒުކުރުން
(ހ) ސާމްޕަލް ހޯދުމަށް ކޯޓު އަމުރެއް ދީފިނަމަ، އެ އަމުރުގައި ކަނޑައަޅައިފައިވާ ގޮތުގެމަތިން، ސާމްޕަލް ހޯދުމަށް ފުލުހުންނަށް ބާރުލިބިދެއެވެ.
(ށ) ސާމްޕަލް ނެގުމަށް ދިން ކޯޓު އަމުރުގައި ހުއްދަ ދީފައިވަނީ ހަމައެކަނި ވަކި ސާމްޕަލެއް ނުވަތަ ސާމްޕަލްތަކެއް ނެގުމަށް ކަމުގައި ވާނަމަ، ހުއްދަ ދެވިފައިވާ ސާމްޕަލެއް ނުވަތަ ސާމްޕަލްތަކެއް ފިޔަވައި އެހެން އެއްވެސް ސާމްޕަލެއް ފުލުހުންނަގައިގެން ނުވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ކޯޓު އަމުރު ތަންފީޒުކުރުމަށް އެއްބާރުލުން ނުދޭ ހާލަތްތަކުގައި، އެ އަމުރު ތަންފީޒުކުރުމަށް ބޭނުންވާ އެންމެ ކުޑަ މިންވަރުގެ ބާރު ބޭނުންކުރުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ. އަދި ސާމްޕަލް ނެގުމުގައި މި އަކުރުގައި ބަޔާންކޮށްފައިވާ ފަދަ ބާރެއް ބޭނުންކޮށްފި ނަމަ، އެކަން ރެކޯޑުކުރަން ވާނެއެވެ.
66 ވަނަ މާއްދާ - ގާނޫނުން ބޭރުން ލާޒިމު ނުކުރުން
މި ގަވާއިދުގައި ބަޔާންވެގެންވާ ސާމްޕަލެއް ދިނުމަށް، މި ގަވާއިދުގައި ބަޔާންވެގެންވާ ހާލަތްތަކުގައި މެނުވީ އަދި މި ގަވާއިދުގައި ބަޔާންވެގެންވާ ގޮތުގެމަތިން މެނުވީ، ކުށުގެ ތުހުމަތުގައިވާ މީހާއަށް ލާޒިމުކުރުވުމަކީ އޭނާގެ ބަޔާން މަޖުބޫރުން ހޯދުންކަމުގައި، ގާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ބޭނުމަށްޓަކައި ބެލޭނެއެވެ.
ތޭރަވަނަ ބާބު
ގާނޫނީ ވަކީލުގެ އެހީ ލިބިގަތުން
67 ވަނަ މާއްދާ - ގާނޫނީ ވަކީލެއްގެ އެހީ ލިބިގެންވާކަން އެންގުން
(ހ) ކުށުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް އޭނާއާ ސުވާލުކުރަން ފެށުމުގެ ކުރިން، މި ގަވާއިދުގެ ޖަދުވަލު 2 އަދި ޖަދުވަލު 3 ގައިވާ ގާނޫނީ އިންޒާރު ފުލުހުން އޭނާއަށް ދޭންވާނެއެވެ. އަދި، ހައްޔަރުކުރުމަކަށް ނުވާގޮތަށް ކުށުގެ ތުހުމަތުގައި ސުވާލުކުރުމަށް ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެނެސް، އޭނާއާ ސުވާލުކުރަން ފެށުމުގެ ކުރިން، މި ގަވާއިދުގެ ޖަދުވަލު 1 އަދި ޖަދުވަލު 3 ގައިވާ ގާނޫނީ އިންޒާރު ފުލުހުން އޭނާއަށް ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ކޮންމެ ހާލަތެއްގައި ވެސް، އެ ހާލަތަކާ ގުޅޭގޮތުން ދޭންޖެހޭ ގާނޫނީ އިންޒާރު ދިނުމަށް ފަހު، އޭނާއާ ސުވާލުކުރަންފެށުމުގެ ކުރިން އޭނާއަށް އިއްވި ގާނޫނީ އިންޒާރުގައިވާ ގޮތުގެ މަތިން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންކަން ނުވަތަ ނޫންކަން އޭނާއާ ސުވާލުކުރާ ފުލުހުންގެ އޮފިސަރު ސާފުކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މީހަކު، ވަކީލަކަށް ފޯނުކުރުމަށް ބޭނުންވާކަމަށް ނުވަތަ ސުވާލުކުރެވޭ އިރު އޭނާއާއެކު ހުރުމަށް ބޭނުންވާކަމަށް ބުނެފިނަމަ، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އުސޫލަށް އުނިކަން ނާންނާނެ ގޮތުގެ މަތިން، އެ ފުރުސަތު ފުލުހުން އޭނާއަށް ފަހިކޮށްދޭންނެއެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ފުލުހުން ސުވާލުކުރުމުން، ގާނޫނީ ވަކީލެއްގެ އެހީ ބޭނުންކަމަށް އޭނާ ބުނެފި ނަމަ، އަންނަނިވި ގޮތުގެމަތިން ފުލުހުން އަމަލުކުރަންވާނެއެވެ.
- ހައްޔަރުކޮށްފައިވާ މީހެއް ނަމަ، ވަކީލެއް އައްޔަނުކުރުމަށް 12 (ބާރަ) ގަޑިއިރުގެ ފުރުސަތެއް ދިނުމަށް ފަހު އެ 12 (ބާރަ) ގަޑިއިރުގެ ތެރޭގައި ވަކީލަކު ހާޒިރުނުވާނަމަ، ސުވާލުކުރުމާއިގެން ކުރިއަށްދިޔުން. އަދި، ގާނޫނީ ވަކީލެއް އައްޔަނުކުރުމަށްފަހު، އެކަށީގެންވާ ސަބަބަކާ ނުލައި ގާނޫނީ ވަކީލު ހާޒިރުނުވެއްޖެ ނަމަ، އަދި ވަކީލު އެކަން ހައްޔަރުކޮށްފައިވާ މީހާއަށް އަންގާފައި ނުވާ ނަމަ، އެހެން ވަކީލަކު އައްޔަނުކުރުމަށް 6 (ހައެއް) ގަޑިއިރުގެ ފުރުސަތެއް ދިނުމަށް ފަހު އެ 6 (ހައެއް) ގަޑިއިރުގެ ތެރޭގައި ވަކީލަކު ހާޒިރު ނުވާނަމަ، ސުވާލުކުރުމާއިގެން ކުރިއަށްދިޔުން.
- ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރިމީހެއް ނަމަ، ވަކީލަކާއެކު ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އަލުން ހާޒިރުވުމަށް އަންގައި، ހާޒިރުވުމަށް އަންގާ ޗިޓު ހަވާލުކޮށްފައި އޭނާ ދޫކޮށްލުން.
- ހާޒިރުވުމަށް އަންގާ ޗިޓެއްގެ ދަށުން ހާޒިރުވެ އިން މީހެއް ނަމަ، ވަކީލަކާއެކު 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އަލުން ހާޒިރުވުމަށް އަންގައި، އޭނާ ފޮނުވައިލުން.
(ބ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ފުލުހުން ސުވާލުކުރުމުން، ގާނޫނީ ވަކީލެއްގެ އެހީ ބޭނުން ނޫންކަމަށް އޭނާ ބުނެފި ނަމަ، އޭނާ ބޭނުންވެއްޖެ ހިނދެއްގައި ގާނޫނީ ވަކީލަކު އައްޔަނުކުރުމުގެ ފުރުސަތު އޭނާއަށް ލިބިގެންވާކަންބަޔާންކޮށްދިނުމަށް ފަހު، ފުލުހުންނަށް އޭނާއާ ސުވާލުކުރަން ފެށިދާނެއެވެ.
(ޅ) މި މާއްދާގެ (ރ) ގައި ވަކީލަކު އައްޔަންކުރުމަށް ދީފައިވާ މުއްދަތުތައް އެގޮތަށް ހިނގާނީ، އެހެން ގާނޫނެއްގައި އެކަންކަމާ ގުޅޭގޮތުން އެހެން މުއްދަތުތަކެއް ބަޔާންކޮށްފައި ނުވާހައިހިނދަކުއެވެ.
68 ވަނަ މާއްދާ - ވަކީލަކު އައްޔަންކުރުމުގެ ފުރުސަތު ފަހުން ބޭނުންކުރުން
(ހ) މި ގަވާއިދުގެ 67 ވަނަ މާއްދާގެ (ރ) ގައިވާ ހާލަތުންކުރެ ހާލަތެއްގައި، ގާނޫނީ ވަކީލުގެ ގައިރު ހާޒިރުގައި އޭނާއާ ސުވާލުކުރުމާއިގެން ކުރިއަށް ދިޔަ ނަމަވެސް، އޭގެފަހުން އޭނާގެ ވަކީލު ހާޒިރުވެއްޖެ ނަމަ، ވަކީލު ހާޒިރުވާ ހިސާބުން ފެށިގެންއޭނާއާ ސުވާލުކުރަންވާނީ ވަކީލުގެ ހާޒިރުގައެވެ. އެހެންނަމަވެސް، ވަކީލު ހާޒިރުވުމާ ހަމައަށް ކުރި ސުވާލުތަކާއި ދިން ޖަވާބުތަކުގެ ސައްހަކަމަކަށް އުނިކަމެއް ނާންނާނެއެވެ.
(ށ) މި ގަވާއިދުގެ 67 ވަނަ މާއްދާގެ (ބ) ގައިވާ ހާލަތުގައި، ގާނޫނީ ވަކީލެއްގެ ފުރުސަތު ބޭނުންވާކަމަށް ބުނެފި ނަމަ، އޭނާއާ ސުވާލުކުރުން ވަގުތުން ހުއްޓައިލަންވާނެއެވެ. އަދި ވަކީލަކު އައްޔަނުކުރުމުގެ ފުރުސަތު، މި ގަވާއިދުގެ 67 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން އޭނާއަށް ދޭންވާނެއެވެ.
69 ވަނަ މާއްދާ - ގާނޫނީ ވަކީލެއްގެ އެހީ ލިބިގަތުން
ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހަކު ނުވަތަ ހައްޔަރުކުރުމަކަށް ނުވާގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހަކު، ގާނޫނީ ވަކީލެއްގެ އެހީ ހޯދުމަށް އެދިއްޖެ ނަމަ، އޭނާގެ ވަކީލުގެ ހާޒިރުގައި މެނުވީ އޭނާއާ ފުލުހުން ސުވާލުކޮށްގެން ނުވާނެއެވެ. އެހެންނަމަވެސް، މި ގަވާއިދުގެ 67 ވަނަ މާއްދާގެ ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުކުރުމަށްފަހުވެސް ގާނޫނީ ވަކީލު ހާޒިރުވެފައި ނުވާ ނަމަ، އެ މީހަކާ ސުވާލުކުރުމާއިގެން ކުރިއަށް ދެވިދާނެއެވެ.
70 ވަނަ މާއްދާ - ގާނޫނީ ވަކީލާއެކު ބައްދަލުވުމުގެ ފުރުސަތު ދިނުން
(ހ) ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހަކު، އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުކުރުމުގެ ފުރުސަތަކަށް އެދިއްޖެ ނަމަ، ފުލުހުން އެ މީހަކަށް އެ ފުރުސަތު ދޭންވާނެއެވެ. އެގޮތުން، އެއް ފުރުސަތަށް ވުރެ ގިނަ ފުރުސަތަށް އެދިއްޖެ ނަމަ، އެ ފުރުސަތުތައް ވެސް އޭނާއަށް ދޭންވާނެއެވެ. ހިނގަމުންދާ ތަހުގީގު އިންޓަވިއުއަކަށް ހާޒިރުވުމަށްފަހު، އެ މީހެއްގެ މައްޗަށް ކުރެވޭ ތުހުމަތު އއްވާ ގާނޫނީ އިންޒާރު ދިނުމަށްފަހު ވަކީލާއެކު އެކަހެރިކޮށް ބައްދަލުކުރުމުގެ ފުރުސަތަކަށް އެދިއްޖެ ނަމަ، ތަހުގީގަށް ސުވާލު ކުރަން ފެށުމުގެ ކުރިން ވަކީލާއެކު އެކަހެރިކޮށް ބައްދަލުކުރުމަށް ދެވޭނީ 15 (ފަނަރަ) މިނިޓުގެ ފުރުސަތެކެވެ. އަދި ހިނގަމުންދާ ތަހުގީގު އިންޓަވިއުއެއްގައި ކުރެވޭ ވަކި ސުވާލަކާ ގުޅިގެން ތަހުގީގު މެދުކަނޑައިލުމަށްފަހު ވަކީލާއެކު އެކަހެރިކޮށް ބައްދަލުކުރުމަށް ފުރުސަތެއް ދެވޭނީ ތަހުގީގަށް ހުރަސް ނޭޅޭ ހާލަތުގައި ނުވަތަ ތަހުގީގު އިންޓަވިއުގައި ހޭދަވެފައިވާ ވަގުތު 50 (ފަންސާސް) މިނިޓަށް ވުރެ އިތުރުވެގެން ދެވޭ ހުސްވަގުތުކޮޅާ އެކުގައެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލު އެގޮތަށް ހިނގާނީ، އެހެން ގާނޫނެއްގައި އެކަމާ ގުޅޭގޮތުން އެހެން އުސޫލުތަކެއް ބަޔާންކޮށްފައި ނުވާހައި ހިނދަކުއެވެ.
(ނ) ކުށުގެ ތުހުމަތުގައިވާ މީހަކާއި އޭނާގެ ގާނޫނީ ވަކީލާ ދެމެދު ކުރެވޭ މުއާމަލާތްތަކަކީ، ގާނޫނީ ހިމާޔަތް ލިބިގެންވާ މުއާމަލާތްތަކެކެވެ.
71 ވަނަ މާއްދާ - ދައުލަތުން ވަކީލަކު ހަމަޖައްސައިދިނުން
ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހަކު، ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީ ހަމަޖައްސައިދިނުމަށް އެދިއްޖެ ނަމަ، ދައުލަތުން ވަކީލަކު ހަމަޖައްސައިދެވޭ ހާލަތްތަކާއި އުސޫލު، ފުލުހުން އެ ީމހަކަށް ސާފުކޮށޭްދން ވާނެއެވެ. އަދި، ކަނޑައެޅިފައިވާ އުސޫލުން ދައުލަތުން ގާނޫނީ ވަކީލަކު ހަމަޖެއްސުމަށް ބޭނުންވާ ފުރުސަތު އޭނާއަށް ފުލުހުން ދޭންވާނެއެވެ. އަދި، ކަނޑައެޅިފައިވާ އުސޫލުން ދައުލަތުން ގާނޫނީ ވަކީލަކު ހަމަޖެއްސުމަށް ފުލުހުން ކުރަންޖެހޭ ކަންކަން އޭނާއަށް ކޮށްދޭންވާނެއެވެ.
72 ވަނަ މާއްދާ - އެއް މައްސަލައެއްގައި ދެފަރާތް ވަކާލާތުކޮށްދިނުން
(ހ) މައްސަލައެއްގައި ސުވާލުކުރެވޭ ފަރާތެއްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި އައްޔަނުކުރެވިފައިވާ ފަރާތެއް، އެ މައްސަލައިގައި ސުވާލުކުރެވޭ އެހެން ފަރާތެއްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި އައްޔަނެއް ނުކުރެވޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި "އައްޔަނުކުރުން" ކަމަށް ބުނެފައި އެވަނީ، ތުހުމަތުކުރެވޭ އެއް ފަރާތަށް ވުރެ ގިނަ ފަރާތް ހިމެނޭ މައްސަލައެއްގެ ތަހުގީގެއްގައި، އެ ތަހުގީގުގައި ތުހުމަތުކުރެވޭ އެއް ފަރާތުގެ ވަކީލެއްގެ ގޮތުގައި އެކަނި އައްޔަނުވުމަށެވެ.އަދި، އެފަދައިން އައްޔަނުވުމަށް ފަހު، އެ ތަހުގީގުގައި ތުހުމަތުކުރެވޭ އެހެން ފަރާތެއްގެ ގާނޫނީ ވަކީލަކަށް ނުވުމަށެވެ. އަދި، އެފަދައިން ތުހުމަތުކުރެވޭ އެއް ފަރާތެއްގެ ވަކީލެއްގެ ގޮތުގައި އައްޔަނުވުމަށްފަހު، ވަކީލުކަމުން ތަނާޒުލުވެ ނުވަތަ ވަކިވެ ނުވަތަ ވަކިކުރުމުން، ހަމަ އެ ތަހުގީގުގައި ތުހުމަތުކުރެވޭ އެހެން ފަރާތެއްގެ ވަކީލަކަށް ފަހުންވެސް އައްޔަނުނުވުމަށެވެ.
(ނ) ދައުލަތުން ކަނޑައަޅާ ދިފާއީ ވަކީލުންނަށް، މި މާއްދާގެ (ހ) ގައި ބަޔާންކުރާ އުސޫލެއްނުހިނގާނެއެވެ.
73 ވަނަ މާއްދާ - ގާނޫނީ ވަކީލުކޮށްގެން ނުވާނެކަންކަން
(ހ) ފުލުހުން ހިންގާ ތަހުގީގެއްގައި ތުހުމަތުކުރެވޭ ފަރާތެއްގެ ގާނޫނީ ވަކީލަކު، ޖިނާއީ ކުށަކާ ގުޅިގެން ފުލުހުން ހިންގަމުންދާ ތަހުގީގެއްގައި އޭނާގެ މުވައްކިލާއެކު ހާޒިރުވެ ހުންނައިރު، އަންނަނިވި ކަންކަން ކޮށްގެން ނުވާނެއެވެ.
- ތުހުމަތުކުރެވޭ ފަރާތުގެ އިއުތިރާފުގެ ބަސް، އޭނާގެ މުވައްކިލުގެ ފަރާތުން ނުވަތަ އޭނާގެ ބަދަލުގައި ދިނުން.
- ފުލުހުން ކުރާ ސުވާލުތަކަށް ދޭންވާ ޖަވާބު ބުނެދިނުން.
- އަޑާއި މަންޒަރު ރިކޯޑް ކުރެވޭނެ ނުވަތަ އިލެކްޓްރޯނިކް އެއްވެސް އެއްޗެއްގެ ބޭނުންހިފުން.
- ސުވާލުކުރުމާއި ޖަވާބުދިނުން މެދުކަނޑައިލެވިފައިވާ ވަގުތެއްގައި ފިޔަވައި، މުވައްކިލާ ސުވާލުކުރެވެމުން ދަނިކޮށް ތަހުގީގުކުރާ ކޮޓަރިން ނުކުމެގެން ދިއުން.
- ތަހުގީގުކުރާ ކޮޓަރީގައި ސުވާލުކުރުމަށާއި ޖަވާބުދިނުމަށް ހުރަސްއެޅޭ އަމަލެއް ކުރުން.
(ށ) މި މާއްދާގެ (ހ) އެހެން އޮތް ނަމަވެސް، ފުލުހުން ކުރާ ވަކި ސުވާލަކަށް ޖަވާބު ނުދިނުމަށް ގާނޫނީ ވަކީލު އޭނާގެ މުވައްކިލަށް ނަސޭހަތްތެރިވުމަކީ، ގާނޫނީ ވަކީލަށް ކުރެވިދާނެ ކަމެކެވެ.
(ނ) ޖިނާއީ ކުށަކާ ގުޅިގެން ފުލުހުން ސުވާލު ކުރަމުންދާ ހިނދެއްގައި، ގާނޫނީ ވަކީލާ މަށްވަރާކުރުމަށް ބޭނުންވާކަމަށް ކުށުގެ ތުހުމަތުކުރެވޭ ފަރާތުން ބަޔާންކޮށްފި ނަމަ، ސުވާލުކުރުމަށާއި ޖަވާބުދިނުމަށް ހުރަސްނޭޅޭނެ ގޮތެއްގެ މަތިން، ގާނޫނީ ވަކީލާ މަށްވަރާކުރުމަށް ފުލުހުން ފުރުސަތު ދޭންވާނެއެވެ.
74 ވަނަ މާއްދާ - ތަހުގީގުކުރާ ކޮޓަރިއަށް ވަނުން
ގާނޫނީ ވަކީލަކު އައްޔަނުކުރުމަށް ކުށުގެ ތުހުމަތުކުރެވޭ މީހަކަށް ިލބިދޭ ހައްގުގެ ދަށުން، އޭނާ އެއް ވަކީލަށްވުރެ ގިނަ ވަކީލުން އައްޔަނުކުރި ކަމުގައި ވިޔަސް، އޭނާއާ އެކުގައި ތަހުގީގުކުރާ ކޮޓަރިއަށް އާންމު އުސޫލުން އެއްވަގުތެއްގައި ވަދެވޭނީ އޭނާ ކަނޑައަޅާ 1 (އެކެއް) ވަކީލަކަށެވެ. ތަހުގީގު ކުރުމަށް ބޭނުންކުރާ ތަނުގެ ޖާގައާއި ވަސީލަތްތައް ހުރި މިންވަރަކުން ގިނަވެގެން 3 (ތިނެއް) ވަކީލުންނަށް ވުރެ އިތުރު ނުވާގޮތަށް ތަހުގީގެއްގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.
75 ވަނަ މާއްދާ - ސަސްޕެންޑްކޮށްފައިވާ ވަކީލުން
ވަކި މީހަކަށް ދޫކޮށްފައިވާ "ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ" ވަގުތީގޮތުން ހިފެހެއްޓިފައިވާކަމަށް ނުވަތަ ބާތިލުކޮށްފައިވާ ކަމަށް ގާނޫނީ ވަކީލުންގެ ކަންކަން ރެގިއުލޭޓްކުރާ އިދާރާއިން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގައިފި ނަމަ، އަދި އެ އެންގުމުގައިވާގޮތުން ކުށުގެ ތުހުމަތުކުރެވޭ މީހެއްގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ތަހުގީގު މަރުހަލާގައި މަސައްކަތްކުރުން ވެސް ހިފެހެއްޓިފައިވާކަމަށް ބަޔާންކޮށްފައިވާ ނަމަ، އެގޮތަށް ހުއްދަ ހިފެހެއްޓިފައިވާ ވަކީލެއްގެ ހުއްދަ ހިފެހެއްޓިފައިވާ މުއްދަތުގައި، ކުށުގެ ތުހުމަތުކުރެވޭ މީހެއްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މި ގަވާއިދުގެ ބޭނުމަށް އޭނާ ަބލައެއް ނުގަނެވޭނެއެވެ.
76 ވަނަ މާއްދާ - ގާނޫނީ ވަކީލުންނާ ބައްދަލުކުރުން
މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފުނުވާ ގޮތުގެ މަތިން، ކުށުގެ ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ބަންދުގައި ހުންނަ މުއްދަތުގައި، އޭނާގެ ގާނޫނީ ވީަކލާ ބައްދަލުކުރުމާ ގުޅޭ އިދާރީ ކަންކަމުގެ އުސޫލެއް، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެކުލަވައިލުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.
ސާދަވަނަ ބާބު
ކުޑަކުދިންނަށާއި ނަފްސާނީ އުނިކަމެއް ނުވަތަ ޖިސްމާނީ އުނިކަމެއް ލިބިފައިވާ މީހުންނަށް ލިބިފައިވާ ހާއްސަ ހައްގުތައް
77 ވަނަ މާއްދާ - ކުޑަކުދިންނާމެދު އަމަލުކުރާނެ ހާއްސަ އުސޫލު
(ހ) ޖިނާއީ ކުށެއްގެ ތުހުމަތުކުރެވޭ ކުޑަ ކުއްޖެއްގެ މައްސަލައިގެ ތަހުގީގުގައި އެ ކުއްޖެއްގެ ބެލެނިވެރިޔާ ނުވަތަ އެ ކުއްޖެއްގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ މީހެއްގެ ހާޒިރުގައި މެނުވީ، ފުލުހުން އެ ކުއްޖަކާ ސުވާލުކޮށްގެން ނުވާނެއެވެ.
(ށ) ކުއްޖެއްގެ ބެލެނިވެރިޔާ ނުވަތަ ެބލެނިވެރިޔާ ނެތް ހާ ަލތެއްގައި އެ ކުއްޖެއްގެ މަސްލަހަތު ހިމާޔަތްކުރެވޭނެ މީހަކު ފުލުހުންގެ މަރުކަޒަށް ހާޒިރުވުމަށް އެކަށީގެންވާ ވަގުތު ދެވި އެ ވަގުތުގެ ތެރޭގައި ހާޒިރު ނުވި ނަމަ، އެ ކުއްޖާގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ދައުލަތުގެ ކަމާބެހޭ މުއައްސަސާއެއްގެ މުވައްޒަފަކު ހާޒިރުކޮށް، އެ ފަރާތުގެ ހާޒިރުގައި މެނުވީ ފުލުހުން އެ ކުއްޖަކާ ސުވާލުކޮށްގެން ނުވާނެއެވެ.
(ނ) ޖިނާއީ މައްސަލައަކާ ގުޅިގެން ކުރާ ތަހުގީގެއްގައި ކުޑަކުއްޖަކާ ސުވާލުކުރާއިރު، އެ ކުދިންގެ އުމުރާއި ވިސްނުމުގެ ގާބިލުކަމަށް ފުލުހުން ރިއާޔަތްކުރަން ވާނެއެވެ. އަދި ތަހުގީގުކުރާ ފުލުހުން ތިބެންވާނީ އާދައިގެ ހެދުމުގައެވެ.
78 ވަނަ މާއްދާ - ކުޑަކުއްާގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ މީހާގެ ދައުރު
(ހ) ޖިނާއީ ކުށެއްގެ ތަހުގީގާ ގުޅިގެން ސުވާލުކުރެވޭ ފަރާތަކީ ކުޑަކުއްޖެއް ނަމަ، އެ ކުއްޖެއްގެ ބެލެނިވެރިޔާ ނުވަތަ އެ ކުއްޖެއްގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ މީހަކު ހާޒިރުކުރުވުމުގެ މަގްސަދުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނޭކަން، އެމީހަކަށް އަނގަބަހުންނާއި ލިޔުމުން ފުލުހުން އަންގަންވާނެއެވެ.
- އެ ކުއްޖާއަށް ލަފާދިނުން؛
- އެ ކުއްޖާއާމެދު އަމަލުކުރެވެނީ އަދުލުވެރިކޮށްތޯއާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންތޯ ބެލުން؛
- އެ ކުއްޖާ ބުނަން ބޭނުންވާ ވާހަކައެއް ބުނުމަށް އެހީތެރިވެދިނުމަށާއި، އެ ކުއްޖާއާ
މުއާމަލާތްކުރުމުގައި އެހީތެރިވެދިނުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެންގުން، އެ ކުއްޖެއްގެ ބެލެނިވެރިޔާއަށް ނުވަތަ އެ ކުއްޖެއްގެ މަސްލަހަތު ހިމާޔަތްކުރެވޭނެ މީހަކަށް ފުލުހުންގެ މަރުކަޒަށް ހާޒިރުވުމަށް އަންގާއިރު، އަނގަބަހުން ކިޔައިދޭންވާނެއެވެ. އަދި އެ މީހަކު ހާޒިރުވުމުން، ކުއްޖާއާ ސުވާލުކުރަން ފެށުމުގެ ކުރިން ލިޔުމުން އެ އެންގުން ފުލުހުން ހަވާލުކުރަންވާނެއެވެ.
79 ވަނަ މާއްދާ - ދައުލަތުގެ ކަމާބެހޭ މުއައްސަސާގެ މުވައްޒަކު ހާޒިރުކުރުން
ޖިނާއީ ކުށަކާ ގުޅިގެން ހެއްކެއްގެ ގޮތުގައި ނުވަތަ މައުލޫމާތު ސާފުކުރުމުގެގޮތުން ފުލުހުންގެ މަރުކަޒަކަށް ހާޒިރުކުރެވޭ ކުދިންނާ ސުވާލުކުރެވޭ ހިނދު، އެ ކުއްޖެއްގެ ބެލެނިވެރިޔާ ނުވަތަ އެ ކުއްޖެއްގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ މީހަކު ހާޒިރުވެ ހުންނަންވާނެއެވެ. އަދި އެއިން މީހަކަށް ހާޒިރުވުމަށް އެކަށީގެންވާ ވަގުތު ދެވި، އެ ވަގުތުގެ ތެރޭގައި ހާޒިރު ނުވި ނަމަ، އެ ކުއްޖާއާ ސުވާލުކުރަން ޖެހޭނީ، އެ ކުއްޖާގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ދައުލަތުގެ ކަމާބެހޭ މުއައްސަސާއެއްގެ މުވައްޒަފަކު ހާޒިރުކޮށް އެ މުވައްޒަފުގެ ހާޒިރުގައެވެ.
80 ކުޑަކުއްޖާއަށް ލިބިދޭ ހައްގު
(ހ) ފުލުހުންނާ މުއާމަލާތްކުރުމުގައި، ޖިނާއީ މައްސަލައެއްގައި ތުހުމަތުކުރެވޭ ކުޑަކުދިންނަށް ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެހައި ހައްގުތައް ލިބިގެންވެއެވެ.
(ށ) މި ގަވާއިދުގެ ދަށުން ކުޑަކުއްޖެއްގެ ބެލެނިވެރިޔަކު ނުވަތަ އެ ކުއްޖެއްގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ މީހަކު، އެ ކުއްޖަކަށް ގާނޫނީ ވަކީލެއްގެ އެހީ ހޯދުމަށް އެދިއްޖެ ނަމަ، އެއީ އެ ކުއްޖަކު ގާނޫނީ ވަކީލެއްގެ އެހީ ހޯދުމަށް އެދުނީ ކަމުގައި ބަލަންވާނެއެވެ.
(ނ) ވީނުވީ ތަނެއް ނޭނގުމުގެ ސަބަބުން އާންމުކޮށް އިއުލާނުކޮށްގެން ހޯދަންޖެހޭ ކުއްޖަކު ފިޔަވައި، ޖިނާއީ ކުށަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ކުއްޖަކާ ނުވަތަ ފުލުހުން ހިންގާ ޖިނާއީ ކުށެއްގެ ތަހުގީގެއްގައި ހިމެނޭ ކުއްޖަކާ ގުޅޭގޮތުން، އެ ކުއްޖަކީ ކާކުކަން އެނގޭނެ ނުވަތަ ދެނެގަނެވޭނެ އެއްވެސް މައުލޫމާތެއް ފުލުހުން އާންމުކޮށްގެން ނުވާނެއެވެ.
81 ވަނަ މާއްދާ - ނަފްސާނީ ނުވަތަ ޖިސްމާނީ އުނިކަމެއް ހުރި މީހުންނާމެދުއަމަލުކުރާނެ ހާއްސަ އުސޫލު
(ހ) ޖިނާއީ ކުށެއްގެ ތަހުގީގާ ގުޅިގެން ސުވާލުކުރެވޭ ފަރާތަކީ ނަފްސާނީގޮތުން ގެއްލުމެއް ލިބިފައިވާ މީހެއް ނުވަތަ ލޮލަށް ފެނުމުގައި ނުވަތަ ކަންފަތަށް އަޑުއިވުމުގައި ނުވަތަ ވާހަކަދެއްކުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް އުނިކަމެއް ހުރި މީހެއްކަމަށް ނުވަތަ ލިޔަންކިޔަން ނުދަންނަ މީހެއް ކަމަށް ފުލުހުންނަށް ގަބޫލުކުރެވޭ ނަމަ، ނުވަތަ އެފަދަ މައުލޫމަތެއް ލިބިފައާިވނަމަ، އެކަމާ ދެކޮޅަށް ހެކި ލިބިފައި ނުވާހައި ހިނދަކު، އެ މީހަކާމެދު އަމަލުކުރަންވާނީ އެފަދަ ސިފައެއް ހުރި މީހެއްގެ ގޮތުގައި ބަލައިގެންނެވެ.
(ށ) ނަފްސާނީ ނުވަތަ ޖިސްމާނީ އުނިކަމެއް ހުރުމުގެ ސަބަބުން އެ މީހެއްގެ އަމިއްލަ މަސްލަހަތު ދިފާއުނުކުރެވޭ މީހުންނާމެދު، އަންނަނިވި ގޮތުގެ މަތިން ފުލުހުން އަމަލުކުރަންވާނެއެވެ.
- ތަހުގީގުގައި އެ މީހަކާ ސުވާލުކޮށް ނުވަތަ ބަޔާން ނަގައި ނުވަތަ އެނޫން ގޮތަކަށްވެސް ތަހުގީގުގައި އޭނާއާ މުއާމަލާތްކުރަންވާނީ އޭނާއާ ހަވާލުވެގެން ހުންނަ މީހެއްގެ ނުވަތަ އޭނާގެ މަސްލަހަތު ހިމާޔަތްކުރެވޭނެ މީހެއްގެ ހާޒިރުގައެވެ.
- އެ މީހަކާމެދު ކުރެވޭ ތުހުމަތުތަކާއި، ތަހުގީގުގައި އޭނާއާ ކުރެވޭ ސުވާލުތަކާއި،އޭނާ ދީފައިވާ ބަޔާންތަކާއި އެހެނިހެން ލިޔެކިޔުންތައް ހުށަހަޅާފައިވާގޮތަށް އެ މީހަކަށް ވިސްނިފައިވާކަން ޔަގީންކުރުމަކީ ތަހުގީގުކުރާ ފަރާތުގެ ޒިންމާއެކެވެ.
- އޭނާ ހައްޔަރުކުރާނަމަ ނުވަތަ ބަންދުކުރާނަމަ، އޭނާގެ ނަފްސާނީ އަދި ޖިސްމާނީ ހާލަތަށް ރިއާޔަތްކުރަންވާނެއެވެ. އަދި އޭނާ ހައްޔަރުކުރުމުގައި ނުވަތަ ބަންދުކޮށްފައި ބެހެއްޓުމުގައި އޭނާގެ އަމިއްލަ އިހްތިޔާރުގައި ކުރަން ދަތި ޒަރޫރީ ކަންކަން ކުރެވޭނެ އިންތިޒާމް ފުލުހުން ހަމަޖައްސައިދޭންވާނެއެވެ.
- ފުލުހުންގެ ފަރާތުން ޖިނާއީ އެއްވެސް އިޖުރާއަތެއް އެފަދަ މީހެއްގެ މައްޗަށް ހިންގުމުގައި، އެ މީހެއްގެ ނަފްސާނީ ނުވަތަ ޖިސްމާނީ ހާލަތާ އެކަށީގެންނުވާ ބުރައެއް އެ މީހަކާ ކުރިމަތިކޮށްގެން ނުވާނެއެވެ.
- އޭނާ ބަލައި ފާސްކުރަންވާނީ، އެ މީހަކާ ހަވާލުވެގެން ހުންނަ މީހެއްގެ ނުވަތަ އެ މީހެއްގެ މަސްލަހަތު ދިފާއުކުރެވޭނެ މީހެއްގެ ހާޒިރުގައެވެ.
- ބަންދުގައި ތިބޭ އެހެން މީހުންގެ ފަރާތުން އޭނާއަށް އަނިޔާއެއް ނުލިބޭނެ ގޮތަކަށް ނުވަތަ ގޯނާއެއް ނުވާނެ ފަދަ ގޮތަކަށް ފުލުހުން އިންތިޒާމްތައް ހަމަޖައްސަންވާނެއެވެ.
- އޭނާއަކީ ލޮލަށް ފެނުމުގައި އުނިކަމެއް ލިބިފައިވާ މީހެއް ނަމަ، ނުވަތަ ލިޔަންކިޔަން ނޭނގޭ މީހެއް ނަމަ، އޭނާ ދީފައިވާ ބަޔާނުގައި ސޮއިކުރުވުމުގެ ކުރިން، ބެލެނިވެރިޔާ ނުވަތަ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތް މެދުވެރިކޮށް ނުވަތަ އެ މައްސަލަ ތަހުގީގުކުރުމުގައި ބައިވެރިނުވާ މީހަކު މެދުވެރިކޮށް އޭނާ ދީފައިވާ ބަޔާން އޭނާއަށް އިއްވަންވާނެއެވެ.
- އޭނާއަކީ ކަންފަތަށް އަޑުއިވުމުގައި އުނިކަމެއް ލިބިފައިވާ މީހެއް ނަމަ، ނުވަތަ ވާހަކަނުދެއްކޭ މީހެއް ނަމަ، އޭނާއާމެދު ކުރެވޭ ތަހުގީގުގައި އޭނާއަށް އެހީތެރިވެދިނުމަށްޓަކައި، އެފަދަ މީހަކާ މުއާމަލާތްކުރަން އެނގޭ މީހަކު، ވީ އެންމެ އަވަސް ފުރުސަތެއްގައި ފުލުހުން ހަމަޖައްސައިދޭން ވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރުގައި އެހެން އޮތް ނަމަވެސް، އެފަދަ މީހެއްގެ މަސްލަހަތު ދިފާއުކުރެވޭނެ މީހަކު ނެތް ހާލަތެއްގައިވެސް، އެފަދަ މީހަކު ބަލައި ފާސްކުރުމަކީ މައްސަލައިގެ އެންމެހައި ހާލަތުތަކަށް ރިއާޔަތްކުރާއިރު ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ފުލުހުންނަށް ގަބޫލު ކުރެވިއްޖެ ނަމަ، އެފަދަ މީހަކު ބަލައި ފާސްކުރަންވާނީ، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކަށް ވުރެ މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދުމަށްފަހުގައެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން މީހަކު ބަލައި ފާސްކުރާ ކޮންމެ ފަހަރަކު، އެކަން އެގޮތަށް ކުރި ސަބަބު ބަޔާންކޮށް، ލިޔުމުން ރިކޯޑުކުރަންވާނެއެވެ. އަދި އެ ލިޔުމުގައި އެ މީހަކު ބަލައި ފާސްކުރި ފުލުހާއި، އެކަމަށް ހުއްދަ ދިން އޮފިސަރުގެ ސޮއިކޮށްފައި އޮންނަންވާނެއެވެ.
82 ވަނަ މާއްދާ - ނަފްސާނީގޮތުން ނުވަތަ ޖިސްމާނީގޮތުން އުނިކަމެއް ލިބިފައިވާ މީހާގެ މަސްލަހަތު ހިމާޔަތްކޮށްދޭ މީހާގެ ދައުރު
ޖިނާއީ ކުށެއްގެ ތަހުގީގާ ގުޅިގެން ސުވާލުކުރެވޭ ފަރާތަކީ ނަފްސާނީގޮތުން ގެއްލުން ލިބިފައިވާ މީހެއް ނަމަ، އަދި ނަފްސާނީގޮތުން ގެއްލުމެއް ލިބިފައިވާ މީހަކާ ހަވާލުވެގެން ހުންނަ މީހަކު ނުވަތަ އެ މީހެއްގެ މަސްލަހަތު ދިފާއުކުރެވޭނެ މީހަކު، ގާނޫނު ތަންފީޒުކުރާ ފަރާތުން ހާޒިރުކުރަން ޖެހިއްޖެ ނަމަ، އެ މީހަކު ހާޒިރުކުރުވުމުގެ މަގްސަދުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނޭކަން، އެ މީހަކަށް އަނގަބަހުންނާއި ލިޔުމުން ފުލުހުން އަންގަންވާނެއެވެ.
(ހ) ނަފްސާނީގޮތުން ގެއްލުން ިލބިފައިވާ މީހާއަށް ލަފާދިނުން؛
(ށ) ނަފްސާނީގޮތުން ގެއްލުން ިލބިފައިވާ މީހާއާމެދު އަމަލުކުރެވެނީ އަދުލުވެރިކަމާއެކުގައިތޯއާއި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުން؛
(ނ) ނަފްސާނީގޮތުން ގެއްލުން ލިބިފައިވާ މީހާ ބުނަން ބޭނުންވާ ވާހަކައެއް ބުނުމަށް އެހީތެރިވެދިނުމަށާއި، އެ ކުއްޖާއާ ނުވަތަ އެ މީހާއާ މުއާމަލާތްކުރުމުގައި އެހީތެރިވެދިން.
83 ވަނަ މާއްދާ - ނަފްސާނީގޮތުްނ ނުވަތަ ޖިސްމާނީ ގޮތުން އުނިކަމެއް ލިބިފައިވާ މީހުންނަށް ލިބިދޭ ހައްގުތައް
ފުލުހުންނާ މުއާމާަލތްކުރުމުގައި، ޖިނާއީ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކީ ނަފްސާނީގޮތުން ގެއްލުމެއް ލިބިފައިވާ މީހެއް ނަމަ، އެ މީހެއްގެ މައްޗަށް ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެހައި ހައްގުތަކާއި، އަންނަނިވި އުސޫލުތައް ހިނގާނެއެވެ.
(ހ) ނަފްސާނީގޮތުން ގެއްލުމެއް ލިބިފައިވާ މީހަކާ ހަވާލުވެގެން ހުންނަ މީހަކު ނުވަތަ އެ މީހެއްގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ މީހަކު، އެ މީހަކަށް ގާނޫނީ ވަކީލެއްގެ އެހީ ހޯދުމަށް އެދިއްޖެ ނަމަ، އެއީ އެ މީހަކު ގާނޫނީ ވަކީލެއްގެ އެހީ ހޯދުމަށް އެދުނީ ކަމުގައި ބަލަންވާނެއެވެ.
(ށ) ނަފްސާނީގޮތުން ގެއްލުމެއް ލިބިފައިވާ މީހަކު ހައްޔަރުކޮށްފައި ބެހެއްޓުމާމެދު ނުވަތަ ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ނިންމުމުގެ ކުރިން، އެ މީހެއްގެ ހާލަތާއި، އެ މީހަކު ހައްޔަރުކޮށްފައި ބެހެއްޓުމުން ނުވަތަ ބަންދުކޮށްފައި ބެހެއްޓުމުން ކޮށްފާނެ ނޭދެވޭ އަސަރުތަކުގެ ވާހަކަ ކިޔައިދީ، އެ ކަމުގައި އެ މީހަކަށް ފެންނަ އެންމެ ރަނގަޅުގޮތް ހުށަހެޅުމުގެ ފުރުސަތު، އެ މީހަކާ ހަވާލުވެގެންހުރި މީހާއަށް ނުވަތަ އެ މީހެއްގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ މީހާއަށް ދޭންވާނެއެވެ.
(ނ) ޖިނާއީ ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ ފަރާތަކީ ލޮލަށް ފެނުމުގައި ނުވަތަ ކަންފަތަށް އަޑުއިވުމުގައި ނުވަތަ ވާހަކަދެއްކުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް އުނިކަމެއް ހުރި މީހެއް ނުވަތަ ލިޔަންކިޔަން ނުދަންނަ މީހެއް ކަމަށް ފުލުހުންނަށް ގަބޫލުކުރެވޭ ނަމަ، ނުވަތަ އެފަދަ މައުލޫމަތެއް ލިބިފައިވާ ނަމަ، ނަފްސާނީގޮތުން ގެއްލުމެއް ލިބިފައިވާ މީހުންނަށް ހާއްސަކޮށް މި ގާަވއިދުގައި ބަޔާންކޮށްފައިވާ އުސޫލުތައް އެ މިންވަރަށް ހިނގާނެއެވެ.
ފަސްވަނަ ބައި
ބަލައި ފާސްކުރުމާއި ބަލައި ފާސްކުރުމާ ގުޅޭ މައުލޫމާތު ރިކޯޓުކުުރުން
ފަސްވަނަ ބާބު
އާންމު ތަންތަން ބަލައި ފާސްކުރުން
84 ވަނަ މާއްދާ - އާންމު ތަނަކަށް ވަނުމުގެ ބާރު
ވަކި ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައިހިނދަކު، ހިނގަމުންދާ ތަހުގީގަކާ ގުޅިގެން ބަލައި ފާސްކުރުމުގެ ބޭނުމުގައި، އާންމު ތަނަކަށް، ކޯޓު އަމުރަކާ ނުލައި ވަނުމުގެ ބާރު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 28 ވަނަ މާއްދާއާއި 30 ވަނަ މާއްދާއިން ފުލުހުންނަށް ލިބިގެންވެއެވެ.
85 ވަނަ މާއްދާ - އާންމު ތަންތަން ބަލައި ފާސްކުރުން
މި ގަވާއިދުގެ 84 ވަނަ މާއްދާގެ ދަށުން ފުލުހުންނަށް ލިބިދޭ ބާރުގެ ބޭނުން ިހފުމުގެ ތެރޭގައި، އަންނަނިވި ކަންކަން ކުރުމުގެ ބާރުވެސް ފުލުހުންނަށް ލިބިގެންވެއެވެ.
(ހ) އެ ތަނެއް ބަލައި ފާސްކުރުމަށްޓަކައި، އެ ތަނުގައި ތިބެން ެޖހޭނެކަމަށް ފުލުހުން ކަނޑައަޅާ އެކަށޭނަ ވަގުތެއް ވަންދެން އެތަނެއްގައި ތިބުން؛
(ށ) ކުށެއްގެ ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެ އެއްޗެއް ފެނޭތޯ އެ ތަނެއް ހޯދުން؛
(ނ) ކުށެއްގެ ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެ އެއްޗެއް ފެނިއްޖެ ނަމަ، އެ އެއްޗެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުން؛
(ރ) އާންމު ތަނެއްގައި ހުރި މީހަކު ކުށެއް ކުރަނިކޮށް ފެނިއްޖެ ހިނދެއްގައި، ނުވަތަ މީހަކު ކުށެއް ކޮށްފިކަމަށް، ނުވަތަ އެ ވަގުތަކު އެ އުޅެނީ ކުށެއް ކުރަން ކަމަށް ބުއްދިއަށް ގަބޫލުކުރެވޭ ފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ފެނިއްޖެ ހިނދެއްގައި، ނުވަތަ ކޯޓު އަމުރަކުން ހުއްދަ ލިބިގެން، އެ ީމހާގެ އަތުގައި ކުށެއްގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް ގަބޫލުކުރެވޭ އެއްޗެއް އޮތްކަކަމަށް ފުލުހުންނަށް ގަބޫލުކުރެވޭ ނަމަ، އެ މީހެއްގެ އަތުން އެ އެއްޗެއް ފުލުހުން އަތުލައި، ފުލުހުންގެ ބެލުމުގެ ދަށަށް އެ އެއްޗެއް ގެންދިޔުން؛
(ބ) އެ ތަނާއި އެ ތަނުގައިވާ އެއްޗެހީގެ ފޮޓޯއާއި ވީޑިއޯ ނެގުން؛
(ޅ) އެ ތަނެއްގައި ހުރި އިމާރާތެއް ބަލައި ފާސްކުރުން؛
(ކ) އެ ތަނެއް ކޮނެގެން ބެލުން؛
(އ) ބަންދުކޮށްފައި ހުރި އެއްޗެއް އެ ތަނެއްގައި ހުރި ނަމަ، އެ އެއްޗެއް ހުޅުވައިގެން ބެލުން އަދި؛
(ވ) ތަޅުލައިފައި ހުރި އެއްޗެއް އެ ތަނެއްގައި ހުރި ނަމަ، އެ ތަޅު ހުޅުވައިގެން ނުވަތަ ހަލާކުކޮށްލައިގެން އެ އެއްޗެއް ބެލުން.
86 ވަނަ މާއްދާ - އާންމު ތަނެއްގައި ހުރި މީހަކު ބަލައި ފާސްކުރުން
(ހ) މި ގަވާއިދުގެ 102 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތުގައި މީހަކު ހުރިކަމަށް ފުލުހުންނަށް ފެނިއްޖެ ނަމަ، އެ މީހަކު ބަލައި ފާސްކުރުމުގައި، އަންނަނިވި ކަންކަން ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.
- އެ މީހަކީ ކާކުކަން ބުނެދިނުމަށް އެދުން؛
- ހައްޔަރުކުރުމަކަށް ނުވާގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް އެ މީހަކު ގެނައުން؛
- އެ މީހެއްގެ ޖިންސީ ގުނަވަނެއް ިފޔަވައި، އެހެން ތަންތަން، ލައިގެންހުރި ހެދުން މަތިން އަތްލައިގެން ނުވަތަ ޑިޓެކްޓަރެއް ޖައްސައިގެން ބަލައި ފާސްކުރުން؛
- އެ މީހެއްގެ އަތުގައި އޮތް އެއްޗެއް ނުވަތަ އެ މީހަކު ހިފައިގެން ހުރި އެއްޗެއް ބަލައި ފާސްކުރުން؛
- އެ މީހަކު ލައިގެންހުރި ހެދުމެއްގެ ޖީބު ނުވަތަ އެއްޗެއް ރައްކައުކުރެވޭގޮތަށް އެ ހެދުމެއްގައިވާ އެހެން ތަންތަން ބަލައި ފާސްކުރުން؛
- މޫނު ނިވާކޮށްގެން ހުރި ނަމަ މޫނު ހާމަކުރުން؛
- ކުށެއް ކުރިކަމުގެ ތުހުމަތުގައި ހެއްކެއްގެ ގޮތުގައި ބެލޭނެ އެއްޗެއް އޭނާގެ އަތުގައި އޮތް ނަމަ، އެ އެއްޗެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުން؛
- އެހެން މީހަކަށް ގެއްލުމެއް ދެވިދާނެ އެއްޗެއް އޭނާގެ އަތުގައި އޮތް ނަމަ، އެ ވަގުތަކަށް، ނުވަތަ ވަގގުތީގޮތުން، އެ އެއްޗެއް ފުލުހުންގެ ބެލުމުގެދަށަށް ގެންދިއުން.
(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން މީހަކު ބަލައި ފާސްކުރަން ޖެހިއްޖެ ނަމަ، އެކަން ކުރަންވާނީ، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައި އެ މީހާ ހުރި ނަމައެވެ.
- އަނިޔާވެރި އަމަލެއް ހިންގުމަށް ގެންގުޅޭ އެއްޗެއްކަމަށް ބެލޭ ވަޅިއެއް ނުވަތަ ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ކަމުގައި ބެލެވިދާނެ އެނޫންވެސް އެއްޗެއް އޭނާގެ އަތުގައި އޮތްކަމަށް ބެލެވުން؛
- އޭނާގެ އަތުގައި މަސްތުވާއެއްޗެއް ނުވަތަ ބަނގުރާ ހުރިކަމަށް ބެލެވުން؛
- ވަގަށް ނަގައިފައިވާ އެއްޗެއް އޭނާގެ އަތުގައި އޮތްކަމަށް ބެލެވުން؛
- މިލްކުވެރިކަން ސާބިތުކޮށްނުދެވޭ އެއްޗެއް އޭނާގެ އަތުގައި ހުރިކަމަށް ބެލުން؛
- ޖިނާއީ ބޮޑު ކުށެއްގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް އޭނާގެ އަތުގައި ހުރިކަމަށް ބެލެވުން.
(ނ) މި މާއްދާގެ (ހ) ގެ ދަށުން މީހަކު ބަލައި ފާސްކުރުމަށް ފުލުހުންނަށް ބާރު ލިބދިން ކަމުގައި ވިޔަސް، އެ މީހަކު ބަލައި ފާސްކުރުމަކީ އެކަމުން އެއްވެސް މަގްސަދެއް ހާސިލުވާނެ ކަމެއް ނޫންކަމަށް ނުވަތަ އެއްވެސް ފައިދާއެއް ކުރާނެ ކަމެއް ނޫންކަމަށް އެކަން ކުރާ ފުލުހަކަށް ފެނިއްޖެ ނަމަ، ބަލައި ފާސްނުކޮށް ދޫކޮށްލެވިދާނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ (3) އާއި، (5) އާއި (6) ނަންބަރުން ފުލުހުންނަށް ލިިބިދޭ ބާރުގެ ދަށުން، މީހަކު ބަލައި ފާސްކުރަންވާނީ، ބަލައި ފާސްކުރެވޭ މީހާއާ އެއް ޖިންސެއްގެ ފުލުހުން އެކަންޏެވެ. އެ ވަގުތު އެ ތަނުގައި ބަލައި ފާސްކުރެވޭ މީހާއާ އެއްޖިންސުގެ ފުލުހަކު ނެތް ނަމަ، އޭނާއާއެއް ޖިންސުގެ މީހަކު އެ ތަނަށް ހާޒިރުކުރުވައިގެން އެ މީހަކު މެދުވެރިކޮށް، ބަލައި ފާސްކުރެވިދާނެއެވެ.
(ބ) ބަލައި ފާސްކުރަންޖެހެނީ މޫނުބުރުގާ އަޅައިގެން ހުރި މީހެއް ނަމަ، އޭނާގެ މޫނު ހާމަކުރަން އަންގަންވާނީ އަދި މޫނު ހާމަކުރާއިރު ހާޒިރުވެ ހުންނަންވާނީ، އޭނާއާ އެއްޖިންސުގެ ފުލުހެކެވެ. އެ ވަގުތު އެ ތަނުގައި އެފަދަ ފުލުހަކު ނެތް ނަމަ، އޭނާއާ އެއް ޖިންސުގެ މީހަކު އެ ތަނަށް ހާޒިރުކުރުވައިގެން އެ މީހަކު ލައްވައި އޭނާ ބަލައި ފާސްކުރެވިދާނެއެވެ.
(ޅ) ފުލުހުން މީހަކު ބަލައި ފާސްކުރާއިރު، އެ ތަނުގައި ބަލައި ފާސްކުރާ ފުލުހުންގެ އިތުރުން، މަދުވެގެން ފުލުހުންގެ އެކަކު ހުންނަންވާނެއެވެ.
(ކ) އާންމު ތަނެއްގައި މީހަކު ބަލައި ފާސްކުރަން ޖެހިއްޖެ ނަމަ، މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރާއި، (5) ވަނަ ނަންބަރާއި، (6) ވަނަ ނަންބަރުގައި ބަޔާންކުރާ މިންވަރަށް ވުރެ އިތުރަށް އެ މީހަކު ަބލައި ފާސްކުރަންވާނީ، އެ މީހަކު ހައްޔަރުކޮށްގެން ނުވަތަ ހައްޔަރުކުރުމަކަށް ނުވާގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހު، އެ މީހަކު ފުލުހުންގެ މަރުކަޒަކަށް ގެންގޮސްގެންނެވެ.
(އ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ފަދައިން މީހަކު ބަލާފާސްކުރުމުގެ ތެރެއިން، އޭނާގެ ލައިގެން ހުރި އަންނައުނުގައި ނުވަތަ ހަށިގަނޑުގައި ގާނޫނާ ހިލާފު އެއްޗެއް ނުވަތަ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް ނުވަތަ ޖިނާއީ ތަހުގީގަކާ ގުޅިގެން ބޭނުންކުރެވިދާނެ ހެއްކެއް ފޮރުވައިފައިވާ ނަމަ، ނުވަތަ ފެނިއްޖެ ނަމަ، އެ އެއްޗެއް އެ ވަގުތުގައި ނުވަތަ ފުލުހުންގެ މަރުކަޒަކަށް ގެންގޮސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިދާނެއެވެ.
(ވ) އާންމު ތަނެއްގައި ހުރި މީހެއްގެ މައްޗަށް ކުރެވޭ ކުށުގެ ތުހުމަތުގެ ބާވަތުން އެ މީހެއްގެ އަތުން ފެންނަ ނުވަތަ އެ މީހެއްގެ ބެލުމުގެ ދަށުގައި ހުރިކަމަށް ތުހުމަތުކުރެވޭ އެއްޗެއް އެ ތަނެއްގައި ބަލައި ފާސްކުރުމަށް ހުރަހެއް މެދުވެރިވެއްޖެ ނަމަ، ނުވަތަ އެ އެއްޗެއް އެފަދަ ތަނެއްގައި ބަލައި ފާސްކުރުމަކީ އެކަށީގެން ނުވާ ކަމެއްކަމަށް ފެނިއްޖެ ނަމަ، އެ އެއްޗެއް އެ މީހަކާއެކު ފުލުހުންގެ މަރުކަޒަށް ގެންދިއުމަށްފަހު، ބަލައި ފާސްކުރެވިދާނެއެވެ.
87 ވަނަ މާއްދާ - އާންމުތަނެއް ބަލައި ފާސްކޮށް ހެކި ނެގުން
ބަލައި ފާސްކުރެވުނު ތަނުން ގާނޫނާ ހިލާފު އެއްޗެއް ނުވަތަ މައްސަލައެއްގެ ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް ފެނިއްޖެ ނަމަ، އެ އެއްޗެއް ހެކީގެގޮތުގައި ނެގުމުގެ ބާރު ފުލުހުންނަށް، ލިބިގެންވެއެވެ. އަދި އަމިއްލަ ތަނެއްގެ ގޮތުގައި ހިމެނޭ ތަނެއް ގާނޫނުގައިވާ ގޮތުގެ މަތިން އާންމުތަނެއްގެ ގޮތުގައި ބެލޭ ހާލަތުގައި އެފަދަ ތަނެއް ބަލައި ފާސްކުރުމުގެ ތެރޭގައި، ގާނޫނާ ހިލާފު އެއްޗެއް ނުވަތަ މައްސަލައެއްގެ ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް ފެނިއްޖެ ނަމަ، އެވަގުތަކު އެ ތަނުގައި އެ ތަނުގެ ވެރިފަރާތް ނުވަތަ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތެއް ހުރިނަމަ، އެ އެއްޗެއް ނަގަންވާނީ އެ ތަނުގެ ވެރި ފަރާތް ނުވަތަ މަސްލަހަތު ހިމާޔަތްކޮށްދޭނެ ފަރާތަކަށް ދެއްކުމަށް ފަހުގައެވެ.
88 ވަނަ މާއްދާ - ބަލައި ފާސްކުރުމުގެ ރިކޯޑު ބެލެހެއްޓުން
ފުލުހަކު އެއްވެސް އާންމު ތަނެއް ބަލައި ފާސްކޮށްފި ނަމަ، މި ގަވާއިދުގެ ބާވީސްވަނަ ބާބުގައިވާ ގޮތުގެމަތިން ބަލައި ފާސްކުރުމުގެ ރިކޯޑު ލިޔެ ބަލަހައްޓަންވާނެއެވެ.
ސޯޅަވަނަ ބާބު
އަމިއްލަ ތަންތަން ބަލައި ފާސްކުރުން
89 ވަނަ މާއްދާ - އަމިއްލަ ތަންތަނަށް ވަނުމުގެ ބާރު
ބަލައި ފާސްކުރުމުގެ ބޭނުމުގައި، އަމިއްލަ ތަނަކަށް ަވނުމުގެ ބާރު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 29 ވަނަ މާއްދާއިން ފުލުހުންނަށް ލިބިގެންވެއެވެ.
90 ވަނަ މާއްދާ - އަމިއްލަ ތަންތަނަށް ވަނުން
(ހ) ފުލުހުން ތަހުގީގުކުރަމުންދާ ޖިނާއީ ކުށަކާ ގުޅިގެން ބަލައި ފާސްކުރުމުގެ ބޭނުމުގައި އަމިއްލަ ތަނަކަށް ވަންނަން ޖެހިއްޖެ ނަމަ، އެ ތަނަކަށް ވަދެވޭނީ، އެ ތަނެއްގެ ވެރި ފަރާތުގެ ނުވަތަ އޭނާގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތެއްގެ ރުހުމާއެކުގައެވެ. ރުހުން ނެތް ހާލަތުގައި އެތަނަކަށް ވަދެވޭނީ ކޯޓު އަމުރަކާ އެކުގައެވެ. ބަލައި ފާސްކުރުމަށް ހުއްދަ ދިންކަމުގެ ލިޔުން ޖަދުވަލު 4 ގައި އެވަނީއެވެ.
(ށ) މި ބާބުގެ މަގްސަދަށް ޓަކައި "މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތް" ކަމުގައި ބުނެފައި އެވަނީ، އެ ތަނެއްގެ ވެރި ފަރާތް ނުވަތަ އެ ތަނެއްގައި ދިރިއުޅޭ ފަރާތް ނުވަތަ އެވަގުތަކު އެ ތަނަކާ ހަވާލުވެގެން ހުރި ފަރާތް ހިމެނޭ ގޮތުންނެވެ.
(ނ) މި މާއްދާގެ (ހ) އެހެން އޮތް ނަމަވެވެސް، އަންނަނިވި ހާލަތްތަކުގައި، އަންނަނިވި ކަންކަން ކުރުމަށްޓަކައި، ކޯޓު އަމުރަކާ ނުލައި، އަމިއްލަ ތަނަކަށް ވަނުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ. އަދި އެކަންކަން ކުރަން އެކަށޭނެ މިންވަރެއްގެ ވަގުތަކަށް އެ ތަނުގައި
މަޑުކުރުމުގެ ނުވަތަ ތިބުމުގެ ބާރުވެސް ފުލުހުންނަށް ިލބިގެންވެއެވެ.
- ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު ލިބިދޭ ހާލަތުގައި ހުރި މީހަކު ހައްޔަރުކުރުމަށް.
- ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމުގެ ބާރު ލިބިގެންވާ މީހަކު ހައްޔަރުކުރުމަށް.
- ކުށް ކުރި ކަމަށް ބެލޭ މީހަކު ހައްޔަރުކުރުމަށް ޓަކައި، އޭނާ ފަހައިދަނިކޮށް އޭނާ ދުމަށް އެ ތަނަކަށް ވަނުމަށް.
- މީހެއްގެ ފުރާނައަށް ނުވަތަ މުދަލަށް ލިބިދާނެ ގެއްލުމަކުން އެ މީހަކު ނުވަތަމުދަލެއް ސަލާމަތްކުރުމަށް އެ ތަނަކަށް ވަނުމަށް.
- ގާނޫނީގޮތުން ހަވާލުކުރުމުގެ ބާރު ލިބިފައިވާ ލިޔުމެއް ނުތަތަ އަމުރެއްހަވާލުކުރުމަށް ނުވަތަ ރައްދުކުރުމަށް އެ ތަނަކަށް ވަނުމަށް.
(ރ) މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ހާލަތުގައި ހުރި މީހަކު އަމިއްލަ ތަނެއްގައި ހުރެގެން އެ ތަނަކަށް ފުލުހުންނަށް ވަދެވޭނީ، އެ މީހަކު އެ ތަނުގައި ހުރިކަމަށް އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް ފުލުހުންނަށް ގަބޫލު ކުރެވުމާއެކު، އެ ހެކީގެ މައްޗަށް ބިނާކޮށް، ސަބް އިންސްޕެކްޓަރ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ ފުލުހެއްގެ ހުއްދަ ލިބިގެންނެވެ.
(ބ) މި މާއްދާގެ (ރ) ގެ ދަށުން އަމިއްލަ ތަނަކަށް ފުލުހަކު ވަނުމަށްފަހު، އެ ތަނެއްގެ ވެރިފަރާތް ނުވަތަ އެ ތަނަކާ ހަވާލުވެހުރި ފަރާތަށް ނުވަތަ އެ ތަނެއްގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތަކަށް ޕޮލިސް އައިޑެންޓިޓީ ކާޑު ދައްކައިފައި، އޭނާގެ ތައާރަފެއް ދީ، އެ ތަނަށް ވަނީ މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ހާލަތުގައި ހުރި މީހަކު އެ ތަނުގައި ހުރުމުންކަން އަންގައިދޭންވާނެއެވެ.
(ޅ) ކޯޓު އަމުރަކާ ނުލައި އަމިއްލަ ތަނަކަށް ވަނުމުން އުފެދޭ މައްސަލައެއްގައި، އެ ތަނަށް ވަތް ވަނުން ބިނާކުރި އެކަށީގެންވާ ސަބަބަކީ ކޮބައިކަން ސާބިތުކޮށްދިނުމަކީ، އެ ހުއްދަ ދިން ފުލުހުންނާއި ހުއްދައަށް އެދުނު ފުލުހުންގެ ޒިންމާއެކެވެ.
(ކ) ކޯޓު އަމުރަކާ ނުލައި އަމިއްލަ ތަނަކަށް ވަތްނަމަވެސް، އަމިއްލަ ތަނެއް ބަލައި ފާސްކުރެވޭނީ، މި ގަވާއިދުގެ 91 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ.
(އ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދަ މީހަކު ހައްޔަރުކުރުމަށް ފުލުހުން ވަންނަ ތަނަކުން ހާމަކޮށް ދިމާއަށް ފެންނަން ހުންނަ، ގާނޫނާ ހިލާފު ަތކެއްޗާއި، އެ މީހެއްގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅުންހުރި ހެކި ނުވަތަ ތަކެތި އިތުރަސް ބަލައި ފާސްކުރުމެއް ނެތި، ހާމަޔަށް ފެންނަން ހުންނަ ހާލަތުގައި އެފަދަ ތަކެތި ނަގައި، އެ ތަކެތި ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.
91 ވަނަ މާއްދާ - އަމިއްލަ ތަންތަން ބަލައި ފާސްކުރުން
(ހ) ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ކުށަކާ ގުޅޭ ހެކި އަމިއްލަ ތަނެއްގައި ހުރިކަމަށް ފުލުހުންނަށް ފެނިގެން، އަދި އެއީ އެ ކުށް ސާބިތުކުރުމަށްޓަކައި ހެކީގެގޮތުގައި ށަރީއަތަށް ހުށަހެޅުމަށް ބޭނުންތެރިވެދާނެ އެއްޗެއް ކަމަށް ވާނަމަ، އެ އެއްޗެއް ހޯދުމަށް އެ ތަނަކަށް، އެ ތަނެއްގެ ވެރި ފަރާތުގެ ނުވަތަ އެ ތަނެއްގައި ދިރިއުޅޭ ފަރާތެއްގެ ނުވަތަ އެވަގުތު އެ ތަނަކާ ހަވާލުވެގެން ހުރި ފަރާތުގެ ރުހުމުގައި ފުލުހުންނަށް ވަދެވިދާނެއެވެ. ރުހުން ނެތް ހާލަތުގައި ފުލުހުންނަށް ވަދެވޭނީ، ކޯޓު އަމުރެއްގެ ދަށުންނެވެ.
(ށ) ރުހުމުގައި ނުވަތަ ކޯޓު އަމުރެއްގެ ދަށުން، މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، އަމިއްލަ ތަނަކަށް ވަންނަ ވަނުމުގައި، އެ ތަނެއްގެ ވެރި ފަރާތުގެ ނުވަތަ އެ ތަނެއްގައި ދިރިއުޅޭ ފަރާތެއް ނުވަތަ އެވަގުތު އެ ތަނަކާ ހަވާލުވެގެން ހުރި ފަރާތުގެ ރުހުމުގައި އެ ތަނެއް ބަލައި ފާސްކުރުމުގެ ބާރު ފުލުހުންނަށް ިލބިގެންވެއެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ފަދައިން ރުހުމުގައި ތަނަކަށް ވަދެ، އެ ތަނެއް ބަލައި ފާސްކުރުމަށްފަހު، އެ ތަނެއްގެ ވެރި ފަރާތުގެ ނުވަތަ އެ ތަނެއްގައި ދިރިއުޅޭ ފަރާތެއްގެ ނުވަތަ އެވަގުތު އެ ތަނަކާ ހަވާލުވެގެން ހުރި ފަރާތުގެ ރުހުމުގައި އެ ތަނެއްގައި ހުރި މުދަލެއް ނުވަތަ އެއްޗެއް ހެކީގެ ގޮތުގައި ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.
(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެތެރެކުރުމާއި ގެންގުޅުން ގާނޫނަކުން މަނާކޮށްފައިވާ އެއްޗެއް އެ ތަނުން ފެނިއްޖެ ނަމަ، އެ އެއްޗެއް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.
(ބ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ފަދައިން ރުހުމުގައި ތަނަކަށް ވަތް ނަމަ، ނުވަތަ ރުހުމުގައި ބަލައިފާސްކުރި ނަމަ، ރުހުން ލިބުނުކަން ލިޔުމުން ރޯިކޑުކުރަންވާނެއެވެ.
92 ވަނަ މާއްދާ - ބަލައި ފާސްކުރުމުގެ އަމުރ ތަންފީޒުކުރުމުގައި ފުލުހުންނަށް ލިބިދޭ އިތުރު ބާރު
ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޒުކުރުމުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 34 ވަނަ މާއްދާއިން އަންނަނިވި އިތުރު ބާރުތައް ފުލުންނަށް ލިބިގެންވެއެވެ.
(ހ) ބަލައި ފާސްކުރުމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ތަނަށް ވަދެ، އެ ތަން ބަލައި ފާސްކުރުމަށް އެކަށީގެންވާ ވަގުތު އެ ތަނުގައި ތިބުން؛
(ށ) ކޯޓު އަމުރުގައިވާ ތަނަށް ވަނުމަށްޓަކައި އެހެން ތަނަކަށް ވަންނަންޖެހޭ ނަމަ، ނުވަތަ އެ ތަނަކަށް ވަދެވޭނީ އެހެންތަނަކަށް ވަދެގެން ކަމުގައި ވާނަމަ، އެ ތަނަށް ވެސް ވަނުން؛
(ނ) ކޯޓު އަމުރުގައި ބަޔާންކުރާ އެއްޗެއްނޫން، އެ މައްސަލައިގައި ނުވަތަ ފުލުހުން ތަހުގީގު ކުރަމުންދާ ޖިނާއީ އެހެން ކުށަކާ ގުޅޭ ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް ނުވަތަ ކުށްކޮށްގެން ހޯދައިފައިވާ މުދަލެއް ކަމަށް ބެލެވޭ އެއްޗެއް އެ ތަނުގައި ހުރި ނަމަ، ނުވަތަ އޮތް ނަމަ، އަދި އެ އެއްޗެއް ފޮރުވުމުގެ ނުވަތަ ނައްތައިލުމުގެ ފުރުސަތު އޮތްކަމަށް ފުލުހުންގެ އޮފިސަރަކަށް ގަބޫލުކުރެވޭ ނަމަ، އެ އެއްޗެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން؛
(ރ) އެ ތަނާއި އެ ތަނުގައި ހުރި ކަމާބެހޭ އެއްޗެހީގެ ފޮޓޯއާއި ވީޑިއޯ ނެގުން؛
(ބ) އެ ތަނެއްގައި އެ ވަގުތަކު ހުރި މީހަކު ބަލައި ފާސްކުރަންޖެހޭ ނަމަ، އެ މީހަކު ބަލައިފާސްކުރުން؛
(ޅ) ތަޅުލައިފައި ހުރި ދޮރެއްގެ ތަޅު ހަލާކުކޮށްލައިގެން އެ ދޮރެއް ހުޅުވުން؛
(ކ) ބަންދުކޮށްފައިވާ ކުޑަދޮރެއްގެ ތަޅު ހަލާކުކޮށްލައިގެން ނުވަތަ ކުޑަދޮރު ހަލާކުކޮށްލައިގެން އެ ކުޑަދޮރެއް ހުޅުވުން؛
(އ) ތަޅުންގަނޑުން ބައެއް، ނުވަތަ ފާރުން ބައެއް، ނުވަތަ ފަންގިފިލާއިން ބައެއް ނުވަތަ ފުރާޅުން ބައެއް ހަލާކުކޮށްލައިގެން ނުވަތަ ތަނެއް ކޮނެގެން ބަލަންޖެހޭ އެއްޗެއް ނުވަތަ ތަނެއް ބެލުން؛
(ވ) ބަންދުކޮށްފައިހުރި ފޮއްޓެއް ނުވަތަ އެނޫންވެސް އެއްޗެއް ހުޅުވައިގެން ނުވަތަ ހަލާކުކޮށްލައިގެން ބަލަންޖެހޭ އެއްޗެއް ބެލުން؛
(މ) އެ ތަނެއްގައި އޮތް އުޅަނދެއް ބަލައި ފާސްކުރަންޖެހޭ ނަމަ، މި ގަވާއިދުގެ ސަތާރަވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ކަމެއް ކުރުން.
93 ވަނަ މާއްދާ - ބަލައި ފާސްކުރުމުގެ ރިކޯޑު ބެލެހެއްޓުން
ފުލުހަކު އެއްވެސް އަމިއްލަ ތަނެއް ބަލައި ފާސްކޮށްފި ނަމަ، މި ގަވާއިދުގެ ބާވީސްވަނަ ބާބުގައިވާ ގޮތުގެމަތިން ބަލައި ފާސްކުރުމުގެ ރިކޯޑު ލިޔެ ބަލަހައްޓަންވާނެއެވެ. އަދި ތަނަށް ނުވަތަ ތަނުގައިވާއެއްވެސް މުދަލަކަށް ބަލައިފާސްކުރުމުގެ ތެރޭގައި ގެއްލުމެއް ލިބިފައިވާނަމަ، އެ ކަމުގެ ތަފުސީލުއެ ރިކޯޑުގައި ބަޔާންކުރަންވާނެއެވެ.
ސަތާރަވަނަ ބާބު
އުޅަނދުފަހަރު ބަލައި ފާސްކުރުން
94 ވަނަ މާއްދާ - އުޅަނދުފަހަރު ބަލައި ފާސްކުރުން
މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެއްގަމާއި ކަނޑާއި ވައިގައި ދުއްވާ އުޅަނދުފަހަރު ބަލައި ފާސްކުރުމުގެ ބާރު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 35 ވަނަ މާއްދާއިން ފުލުހުންނަށް ލިބިގެންވެއެވެ.
95 ވަނަ މާއްދާ - ކޯޓުއަމުރަކާ ނުލައި ބަލައި ފާސްކުރުން
(ހ) އަންނަނިވި ހާލަތްތަކުގައި ކޯޓު އަމުރަކާ ނުލައި އުޅަނދުފަހަރު ބަލައި ފާސްކުރުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ.
- ގާނޫނަކުން ގެންގުޅުން މަނާކުރާ ތޫނު އެއްޗެއް ނުވަތަ ގޮވާއެއްޗެއް އެ އުޅަނދެއްގައި އޮތުން؛
- އެ އުޅަނދެއްގައި މަސްތުވާއެއްޗެއް ހުރުން؛
- ވަގަށްނަގައިފައިވާ މުދާ އެ އުޅަނދެއްގައި ހުރުން؛
- ކުށްކޮށްގެން ހޯދައިފައިވާ މުދާ އެ އުޅަނދެއްގައި ހުރުން؛
- ކުށެއް ކުރުމުގައި ބޭނުންކޮށްފައިވާ އެއްޗެއް އެ އުޅަނދެއްގައި އޮތްކަމަށް ބެލުން؛
- ކުށެއް ކުރުމަށްޓަކައި ބޭނުންކުރި އެއްޗަކަށް އެ އުޅަނދު ވުން؛
- ކުށެއްގެ އަމަލެއް އެ އުޅަނދުގައި ހިނގަމުންދާކަމަށް، ނުވަތަ ކުށުގެ އަމަލެއް އެ އުޅެނީ ހިންގަންކަން، ކުށުގެ އަމަލެއް ދާދި ދެންމެ ހިނގައިފިކަމަށް، އެކަށީގެންވާ ސަބަބުގެ މައްޗަށް ިބނާކޮށް ގަބޫލުކުރެވުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އުޅަނދުފަހަރު ބަލައި ފާސްކުރުމަށް ފުލުހުންނަށް ލިބިގެންވާ ބާރުތަކުގެ ތެރޭގައި، އަންނަނިވި ކަންކަން ކުރުމުގެ ބާރު ލިބިގެންވެއެވެ.
- ދުއްވައިފައިދާ އުޅަނދެއް ހުއްޓުވައި، އެ އުޅަނދު ފާސްކުރުމުގެ ބާރާއި، ޕާކުކޮށްފައިވާ ނުވަތަ އުޅަނދު ފަހަރާއި ބަނދަރުކޮށްފައިވާ އުޅަނދުފަހަރު ބަލައި ފާސްކުރުމުގެ ބާރު؛
- ބަލައި ފާސްކުރުމަށް ހުއްޓުވާ އުޅަނދެއްގައިވާ މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެނައުމުގެ ބާރު؛
- އުޅަނދެއް އޮތް ތަނެއްގައި ބާއްވައިގެން އެ އުޅަނދެއް ބަލައި ފާސްކުރުމަކީ ކުރެވޭނެ ކަމެއްކަމުގައި ނުވާނަމަ، އެ އުޅަނދެއް ބަލައި ފާސްކުރުމަށްޓަކައި، ފުލުހުންގެ ބެލުމުގެ ދަށުން އެކަން ކުރެވޭނެ އެހެން ތަނަކަށް ގެންދިޔުމުގެ ބާރު؛ އަދި
- އުޅަނދެއް ބަލައި ފާސްކުރުމުގައި، މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެއްޗެއް އެ އުޅަނދުގައި އޮތް ނަމަ، ނުވަތަ ހުރި ނަމަ، އެ އެއްޗެއް ހިފެހެއްޓުމުގެ ބާރު،
(ނ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން އުޅަނދެއް ބަލައި ފާސްކުރުމުގައި އެ އުޅަނދެއްގައި ތިބި މީހުން ނުވަތަ އޭގެ ތެރެއިން ބަޔަކު ނުވަތަ އޭގެ ތެރެއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަންޖެހޭ ނަމަ، އެ މީހުން ނުވަތަ އެ ބަޔަކު ނުވަތަ އެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމާމެދު، އުޅަނދު ހިފަހައްޓާ ވަގުތުން ފެށިގެން ގިނަވެގެން 4 (ހަތަރެއް) ގަޑިއިރުގެ ތެރޭގައި ފުލުހުން ގޮތެއް ނިންމަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން އުޅަނދެއް ބަލައި ފާސްކުރަން ފަށަންވާނީ، އެ އުޅަނދަކާ ހަވާލުވެހުރި ފަރާތަށް، ޕޮލިސް އައިޑެންޓިޓީ ކާޑު ދައްކައި، އޭނާގެ ތައާރަފެއް ދީ، އެ އުޅަނދެއް ބަލައި ފާސްކުރެވެނީ މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތްތަކުގެ ތެރެއިން ކޮން ހާލަތެއް ދިމާވެގެންކަން އަންގައިދިނުމަށްފަހުގައެވެ.
(ބ) މި ބާބުގެ ބޭނުމަށްޓަކައި "އުޅަނދާ ހަވާލުވެހުރި ފަރާތް" ކަމަށް ބުނެފައި އެވަނީ، އެ އުޅަނދެއް ބަލައި ފާސްކުރަންދާއިރު ތިރީގައި މިވާ ހާލަތްތަކުގައި، އަންނަނިވި ފަރާތްތައް ހިމެނޭ ގޮތުގެ މަތިންނެވެ.
- އެ އުޅަނދެއްގެ ވެރިފަރާތް އެ އުޅަނދުގައި އިން ނަމަ، ނުވަތަ ހުރި ނަމަ، އޭނާ؛
- ވެރިފަރާތުން އެ އުޅަނދު ވަކިފަރާތަކާ ހަވާލުކޮށްފައިވާ ނަމަ، އޭނާ؛
- އެއްގަމު އުޅަނދެއް ނަމަ، އެވަގުތަކު އެ އުޅަނދު ދުއްވަން އިން މީހާ؛
- އެއްގަމު އުޅަނދެއް ނަމަ، އެވަގުތަކު އެ އުޅަނދު ބާއްވައިފައިވާ ތަނުގެ ވެރިފަރާތް ނުވަތަ އެ ތަނަކާ ހަވާލުވެ ހުރި ފަރާތް؛
- ކަނޑު ދަތުރުފަތުރުކުރާ އުޅަނދެއް ނަމަ، އެ އުޅަނދުގެ ކެޕްޓަން؛
- އެ އުޅަނދު ބެލެހެއްޓުން ހަވާލުކޮށްފައިވާ މީހާ އެ އުޅަނދުގައި އިންނަމަ، ނުވަތަ ހުރި ނަމަ، އޭނާ؛ ނުވަތަ
- އުޅަނދާ ގުޅޭގޮތުން ވެރިފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތްކަމަށް ބަޔާންކުރާ މީހާ އެ އުޅަނދުގައި އިން ނަމަ، ނުވަތަ ހުރި ނަމަ، އޭނާ،
(ޅ) މި މާއްދާގެ (ބ) ބަޔާންކޮށްފައި އެވާ ހާލަތްތަކުގައި އެވާ މީހުންނަކީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 33 ވަނަ މާއްދާގެ (ޅ) ގެ ބޭނުމަށްޓަކައި އުޅަނދުގެ މަސްލަހަތު ހިމާޔަތްކޮށްދޭ މީހުންކަމުގައި ބެލޭނެއެވެ.
96 ވަނަ މާއްދާ - ކޯޓު އަމުރަކާއެކު އުޅަނދު ބަލައި ފާސްކުރުން
(ހ) ކޯޓު އަމުރެއްގެ ދަށުން އުޅަނދު ބަލައި ފާސްކުރަން ފަށަންވާނީ، އެ އުޅަނދަކާ ހަވާލުވެހުރި ފަރާތަށް ޕޮލިސް އައިޑެންޓިޓީ ކާޑާއި ކޯޓު އަމުރުގެ ކޮޕީއެއް ދެއްކުމަށްފަހުއެވެ. އަދި އުޅަނދާ ހަވާލުވެހުރި ފަރާތުން އެދިއްޖެ ނަ ކޯޓު އަމުރުގެ ކޮޕީއެއް ފުލުހުން އޭނާއަށް ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަމުރުގެ ދަށުން ބަލައި ފާސްކުރާނީ އެ އަމުރުގައިވާ ގޮތުގެ މަތިންނެވެ. އަދި އެ ައމުރުގައި ވަކި ހާއްސަ ކަންތައްތަކެއް ކުރުމުގެ ބާރު ފުލުހުންނަށް ދީފައިވާ ނަ އެ ކަންކަން ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަމުރުގައި ވަކި ހާއްސަ ކަންތައްތަކެއް ކުރުމުގެ ބާރު ފުލުހުންނަށް ދީފައި ނުވާ ނަމަ، މި ގަވާއިދުގެ 95 ވަނަ މާއްދާގެ (ށ) ގައި ކުރުމަށް ފުލުހުންނަށް ބާރު ލިބިދޭ ކަންކަން ކުރުމުގެ ބާރު، އެ އަމުރު ތަންފީޒުކުރާ ފުލުހުންނަށް ލިބިގެންވެއެވެ.
97 ވަނަ މާއްދާ - ބަލައި ފާސްކުރުމުގައި އަމަލުކުރަންވީ އުސޫލު
ކޯޓު އަމުރެއްގެ ދަށުން އުޅަނދެއް ބަލައި ފާސްކުރަން ފަށަންވާނީ، އެ އުޅަނދަކާ ހަވާލުވެހުރި ފަރާތަށް، ޕޮލިސް އައިޑެންޓިޓީ ކާޑު ދައްކައި، އޭނާގެ ތައާރަފަކާއި ކޯޓު އަމުރުގެ ކޮޕީއެއް ދީ، އެ އުޅަނދެއް ބަލައި ފާސްކުރެވެނީ މި ގަވާއިދުގެ 95 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތްތަކުގެ ތެރެއިން ކޮން ހާލަތެއް ދިމާވެގެންކަން އަންގައިދިނުމަށް ފަހުގައެވެ.
98 ވަނަ މާއްދާ - ދުއްވަމުންދާ އުޅަނދެއް ފާސްކުރުން
(ހ) ބަލައި ފާސްކުރަންޖެހޭ އުޅަނދަކީ ދުއްވައިފައިދާ އެއްގަމު އުޅަނދެއް ނަމަ އެފަދަ އުޅަނދެއް މަޑުކުރުވުމަށްޓަކައި އަމަލުކުރާނީ އަންނަނިވި ގޮތަށެވެ.
- އަނގަބަހުން ނުވަތަ އިށާރާތުން ނުވަތަ އެކަމަށް ގެންގުޅޭ ނިށާންޖެހި ބޯޑަކުން މަޑުކުރަން އެންގުން.
- އެގޮތަށް އެންގުމުން މަޑު ނުކޮށްފި ނަމަ ވަގުތަށާއި ހާލަތަށާއި މަގުހިނގާ މީހުންގެ ރައްކައުތެރިކަމަށް ބަލައިފައި، އަންނަނިވި 4 (ހަތަރެއް) ގޮތުން ކުރެ ގޮތަކަށް އަމަލުކުރުން.
(ހ) އެ އުޅަނދު މަޑުކުރަންދެން އެ އުޅަނދުގެ ފަހަތުން ދިޔުން؛
(ށ) ފުރޮޅު ފަޅައިލުމަށް ބޭ ުނންކުރާ ވަސީލަތްތައް ބޭނުންކޮށްގެން ފުރޮޅު ފަޅައިލުން؛
(ނ) އެ އުޅަނދުގެ ފަހަތުން ނުގޮސް، އެ އުޅަނދުގެ ރަޖިސްޓަރީ ނަންބަރު ނޯޓުކުރުން؛ ނުވަތަ
(ރ) ޕޮލިސް ސައިރަން އެޅުމާއެކު އެ އުޅަނދެއް ފަހައިދިއުން.
(ށ) ބަލައި ފާސްކުރަންޖެހޭ އުޅަނދަކީ ދުއްވައިފައިދާ ކަނޑު ދަތުރުފަތުރުކުރާ އުޅަނދެއް ނަމަ އެފަދަ އުޅަނދުފަހަރު މަޑުކުރުވުމަށްޓަކައި އަންނަނިވި ގޮތުގެ މަތިން ފުލުހުން އަމަލުކުރަންވާނެއެވެ.
- އަނގަބަހުން ނުވަތަ އިށާރާތުން ނުވަތަ އެކަމަށް ގެންގުޅޭ ނިށާންޖެހި ބޯޑަކުން މަޑުކުރަން އެންގުނެ.
- އެގޮތަށް އެންގުމުން މަޑުނުކޮށްފި ނަމަ ވަގުތާއި ހާލަތަށް ބަލައިފައި، އަންނަނިވި 3 (ތިނެއް) ގޮތުން ކުރެ ގޮތަކަށް އަމަލުކުރުން.
(ހ) އެ އުޅަނދާ ގުޅޭ ފޯނު ނަންބަރުކަމަށް އެ އުޅަނދުގައި ފޯނު ނަންބަރެއް އިސްތިހާރުކޮށްފައިވާ ނަމަ އެ ނަންބަރަށް ގުޅައިގެން
މަޑުކުރަން އެންގުން؛
(ށ) ރޭޑިއޯ ކޮމިއުނިކޭށަނުގެ ވަސީލަތް ބޭނުނޮްކށްގެން، މަޑުކުރަން އެ ބޯޓަށް އެންގުން، ނުވަތަ
(ނ) އެ އުޅަނދު މަޑުކުރަންދެން އެ އުޅަނދުގެ ފަހަތުން ދިޔުން؛
(ރ) އެ އުޅަނދު ހުއްޓުވުމަށް ކޯސްޓްގާޑުގެ އެހީތެރިކަމަށް އެދުން.
99 ވަނަ މާއްދާ - ވެރިފަރާތް ނޭނގޭ އުޅަނދުފަހަރު
އާންމު ތަނެއްގައި އޮތް އުޅަނދެއް ބަލައި ފާސްކުރަންޖެހޭ ހާލަތުގައި، ފުލުހުން ބަލައިބެލުންތަކުން އޭގެ ވެރިފަރާތް އެނގެންނެތް އުޅަނދާއި ވެރިޔަކުނެތި ދޫކޮށްލައިފައިވާ އުޅަނދު ބެލުމުގައި ފުލުހުން އަމަލުކުރާނީ، ކޯޓު އަމުރަކާ ނުލައި އުޅަނދެއް ބެލުމުގައި އަމަލުކުރަން ހުރި އުސޫލުތަކާ ވީހާވެސް އެއްގޮތަށް އަމަލުކުރެވެން ހުރި ކަންކަމުގައި، އެގޮތަށެވެ.
100 ވަނަ މާއްދާ - ބަލައި ފާސްކުރުމުގެ ރިކޯޑު ބެލެހެއްޓުން
ފުލުހަކު އެއްވެސް އުޅަނދެއް ބަލައި ފާސްކޮށްފިނަ މި ގަވާއިދުގެ ބާވީސްވަނަ ބާބުގައިވާ ގޮތުގެ މަތިން ބަލައި ފާސްކުރުމުގެ ރިކޯޑު ލިޔެ ބަލަހައްޓަންވާނެއެވެ.
އަށާރަވަނަ ބާބު
މީހުން ބަލައި ފާސްކުރުން
101 ވަނަ މާއްދާ - މީހުން ބަލައި ފާސްކުރުމުގެ ބާރު
މި ބާބުގައި ހިމެނިގެންވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 5 ވަނަ ބާބުގައި ބަޔާންވެގެންވާ އުސޫލުތަކަށް ފުލުހުން އަމަލުކުރާނެ ގޮތް ބަޔާންކުރުމަށް ޓަކައި، އެ ގާނޫނުގެ 38 ވަނަ މާއްދާއަށް ހަވާލާދީ އެކުލަވައިލައިފައިވާ އިޖުރާއަތުތަކެވެ.
102 ވަނަ މާއްދާ - ކޯޓު އަމުރާ ނުލައި މީހުން ބަލައި ފާސްކުރުން
(ހ) ކޯޓު އަމުރަކާ ނުލައި މީހަކު ހުއްޓުވައި ބަލައި ފާސްކުރެވޭނީ، ކުށުގެ ވެށިން ފެންނަ ނުވަތަ ކުށެއް ކުރުމަށް ފަހު ކުށުގެ ވެށި ދޫކޮށްދިޔަތާ ގިނައިރުތަކެއް ނުވަނީސް ފުލުހުންނާ ދިމާވާ މީހުންގެ ތެރެއިން؛ އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް؛ އަންނަނިވި ކަންކަމަށް ށައްކުކުރުމުގެ ހައިސިއްޔަތު އުފެދޭ ހާލަތެއްގައި އެކަންޏެވެ.
- އަނިޔާވެރި އަމަލެއް ހިންގުމަށް ގެންގުޅޭ އެއްޗެއްކަމަށް ބެލެވޭ ވަޅިއެއް ނުވަތަ ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ކަމުގައި ބެލެވިދާނެ އެނޫންވެސް އެއްޗެއް އޭނާގެ އަތުގައި އޮތްކަމަށް ބެލެވުން،
- އޭނާގެ އަތުގައި މަސްތުވާއެއްޗެއް ނުވަތަ ބަނގުރާ ހުރިކަމަށް ބެލެވުން،
- އޭނާގެ އަތުގައި ވަގަށް ނަގައިފައިވާ އެއްޗެއް އޮތްކަމަށް ބެލެވުން؛
- އޭނާގެ އަތުގައި މިލްކުވެރިކަން ސާބިތުކޮށްނުދެވޭ އެއްޗެއް ހުރިކަމަށް ބެލުން؛
- ޖިނާއީ ބޮޑު ކުށެއްގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް އޭނާގެ އަތުގައި ހުރިކަމަށް ބެލެވުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ހާލަތެއްގައިވާ މީހަކު ހުއްޓުވައި، އެ މީހަކާ ގުޅޭގޮތުން އަންނަނިވި ކަންކަން ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.
- އެ މީހަކީ ކާކުކަން ބުނެދިނުމަށް އެދުން؛
- ހައްޔަރުކުރުމަކަށް ނުވާގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް އެ މީހަކު ގެނައުން؛
- އެ މީހެއްގެ ޖިންސީ ގުނަވަނެއް ިފޔަވައި، އެހެން ތަންތަން، ލައިގެންހުރި ހެދުން މަތިން އަތްލައިގެން ނުވަތަ ޑިޓެކްޓަރެއް ޖައްސައިގެން ބަލައި ފާސްކުރުން؛
- އެ މީހެއްގެ އަތުގައި އޮތް އެއްޗެއް ނުވަތަ އެ މީހަކު ހިފައިގެން ހުރި އެއްޗެއް ބަލައި ފާސްކުރުން؛
- އެ މީހަކު ލައިގެންހުރި ހެދުމެއްގެ ޖީބު ނުވަތަ އެއްޗެއް ރައްކައުކުރެވޭގޮތަށްއެ ހެދުމެއްގައިވާ އެހެން ތަންތަން ބަލައި ފާސްކުރުން؛
- މޫނު ނިވާކޮށްގެން ހުރިނަމަ، މޫނު ހާމަކުރުން؛
- ކުށެއް ކުރިކަމުގެ ތުހުމަތުގައި ހެއްކެއްގެ ގޮތުގައި ބެލެވޭނެ އެއްޗެއް އޭނާގެ އަތުގައި އޮތް ނަމަ، އެއެއްޗެއް ފުލުހުންގެ ބެލުމުގެ ޑަށަށް ގެންދިއުން؛
- އެހެން މީހަކަށް ގެއްލުމެއް ދެވިދާނެ އެއްޗެއް އޭނާގެ އަތުގައި އޮތް ނަމަ، އެވަގުތަކަށް، ވަގުތީގޮތުން، އެ އެއްޗެއް ފުލުހުންގެ ބެލުމުގެދަށަށް ގެންދިއުން.
103 ވަނަ މާއްދާ - އާންމު ތަނެއްގައި ބަލައިފާސްކުރުން
މި ގަވާއިދުގެ 102 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތުގައި ހުރި މީހަކު، އާންމު ތަނެއްގައި ބަލައި ފާސްކުރަން ޖެހިއްޖެ ނަމަ، މި ގަވާއިދުގެ 102 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރާއި، (5) ވަނަ ނަންބަރާއި (6) ވަނަ ނަންބަރުގައި ބަޔާންކުރާ ފާސްކުރުން ފިޔަވައި، އިތުރަށް އޭނާ ބަލައި ފާސްކުރަންވާނީ އެ މީހަކު ހައްޔަރުކުރުމަށްފަހު، ނުވަތަ ހައްޔަރުކުރުމަކަށް ނުވާގޮތަށް ފުލުހުންގެ ބެލުމުގެދަށަށް ގެންދިޔުމަށްފަހު، އެ މީހަކު ފުލުހުންގެ މަރުކަޒަކަށް ގެންގޮސްގެންނެވެ.
104 ވަނަ މާއްދާ - ބަލައި ފާސްކުރުމުގައި އަމަލުކުރާނެގޮތް
(ހ) މީހަކު ބަލައި ފާސްކުރުމުގެ ކުރިން، އެކަން ކުރަން ބޭނުންވާކަން، ބަލައި ފާސްކުރެވޭ މީހާއަށް އަންގަންވާނެއެވެ.
(ށ) ބަލައި ފާސްކުރާ ފުލުސްމީހާ ހުރީ ޔުނީފޯމުގައި ކަމަށް ނުވާ ނަމަ، އޭނާއަކީ ފުލުހެއްކަމަށް ބަޔާންކޮށް، އޭނާއަކީ ފުލުހެއްކަން އަންގައިދޭ ރަސްމީ ލިޔުމެއް، ބަލައި ފާސްކުރެވޭ މީހާއަށް ދައްކަންވާނެއެވެ. ބަލައި ފާސްކުރާ ފުލުސްމީހާ ހުރީ ޔުނީފޯމުގައި ނަމަވެސް، ބަލައި ފާސްކުރުމުގެ ކުރިން، އޭނާއަކީ ފުލުހެއްކަން އަންގައިދޭ ރަސްމީ ލިޔުމެއް، ބަލައި ފާސްކުރެވޭ މީހާއަށް ދައްކަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގަ ިއ ބަޔާންކޮށްފައިވާ އިޖުރާއަތްތައް ފުރިހަމަނުކޮށް ބަލައި ފާސްކުރަން ފަށައިގެން ނުވާނެއެވެ.
(ރ) މި މާއްދާގެ ދަށުން ބަލައި ފާސްކުރުމަށްޓަކައި މީހަކު ހުއްޓުވައިފި ނަމަ، އެކަށީގެންވާ މިންވަރަށް އެކަން ކުރެވެންދެން އޭނާ ހުއްޓުވައިފައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.
(ބ) މި ގަވާއިދުގެ 102 ވަނަ މާއްދާގެ (ހ) ގެ ދަށުން މީހަކު ބަލައި ފާސްކުރުމަށް ފުލުހުންނަށް ބާރު ލިބިދިން ކަމުގައި ވިޔަސް، އެ މީހަކު ބަލައި ފާސްކުރުމަކީ އެކަމުން އެއްވެސް މަގްސަދެއް ހާސިލުވާނެ ނުވަތަ އެއްވެސް ފައިދާއެއް ކުރާނެކަމެއް ނޫންކަމަށް އެކަން ކުރާ ފުލުހަކަށް ފެނިއްޖެ ނަމަ، ބަލައި ފާސްނުކޮށް ދޫކޮށްލެވިދާނެއެވެ.
(ޅ) މި ގަވާއިދުގެ 102 ވަނަ މާއްދާގެ (ށ) ގެ ދަށުން ލިބިދޭ ބާރުގެ ދަށުން މީހެއްގެ ހަށިގަނޑު ފުލުހުން ބަލައި ފާސްކުރުމުގައި، ބަލައި ފާސްކުރަންވާނީ އަދި އެތަނުގައި އެވަގުތު ހާޒިރުވެ ތިބެންވާނީ، ބަލައި ފާސްކުރެވޭ މީހާއާ އެއް ޖިންސެއްގެ ފުލުހުން އެކަންޏެވެ. އެ ވަގުތު އެ ތަނުގައި ބަލައި ފާސްކުރެވޭ މީހާއާ އެއްޖިންސުގެ ފުލުހަކު ނެތް ނަމަ، އޭނާއާ އެއް ޖިންސުގެ މީހަކު އެ ތަނަށް ހާޒިރުކުރުވައިގެން އެ މީހަކު ލައްވައި އޭނާ ބަލައި ފާސްކުރެވިދާނެއެވެ.
(ކ) ބަލައި ފާސްކުރަންޖެހެނީ މޫނުބުުރގާ އަޅައިގެން ހުރި މީހެއް ނަމަ، އޭނާގެ މޫނު ހާމަކުރަން އަންގަންވާނީ އަދި ހާމަކުރާއިރު ހާޒިރުވެ ހުންނަންވާނީ، އޭނާއާ އެއްޖިންސުގެ ފުލުހެކެވެ. އެ ވަގުތު އެ ތަނުގައި އެފަދަ ފުލުހަކު ނެތް ނަމަ، އޭނާއާ އެއް ޖިންސުގެ މީހަކު އެ ތަނަށް ހާޒިރުކުރުވައިގެން އެ މީހަކު ލައްވައި އޭނާ ބަލައި ފާސްކުރެވިދާނެއެވެ.
(އ) ފުލުހުން މީހަކު ބަލަ ިއ ފާސްކުރާއިރު، އެ ތަނުގައި ބަލައި ފާސްކުރާ ފުލުހުގެ އިތުރުން، މަދުވެގެން ފުލުހުންގެ އެކަކު ހުންނަންވާނެއެވެ.
105 ވަނަ މާއްދާ - ބަލައި ފާސްކުރުމުގެ ރިކޯޑު ބެލެހެއްޓުން
ފުލުހަކު އެއްވެސް މީހަކު ބަލައި ފާސްކޮށްފި ނަމަ، މި ގަވާއިދުގެ 134 ވަނަ މާއްދާގައިވާ ގޮތުގެމަތިން ބަލައި ފާސްކުރުމުގެ ރިކޯޑު ލިޔެ ބަލަހައްޓަންވާނެއެވެ.
106 ވަނަ މާއްދާ - ކޯޓު އަމުރާަކއެކު މީހުން ބަލައި ފާސްކުރުން
(ހ) ކުށެއްގެ ތުހުމަތުގައިވާ މީހަކު ބަލައި ފާސްކުރުމުގެ ކޯޓު އަމުރަކަށް އެދި ފުލުހުން ކޯޓަށް ހުށަހަޅާއިރު، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- ބަލައި ފާސްކުރުމަށް ބޭނުންވާ މީހާގެ ނަމާއި، އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ ޕާސްޕޯޓުގެ ނަންބަރު؛
- ހޯދަން ބޭ ުނންވާ ތަކެތީގެ ތަފުސީލު؛
- ބަލައި ފާސްކުރުމަށް ހޭދަވާނެކަމަށް ލަފާކުރެވޭ ވަގުތު؛
- ބަލައިފާސްކުރުން ފެށޭ ތާރީހާއި ގަޑި؛
- ބަލައިފާސްކުރުން ނިމޭ ތާރީހާއި ގަޑި؛
- މައްސަލައިގެ ތަފުސީލު؛
- ފާސްކުރަން ބޭނުންވާ ސަބަބު؛
- ހަވާލާދޭ ގާނޫނާއި ކުށް؛
- އަމުރަށް އެދޭ ފުލުހުގެ ނަމާއި، ސަރވިސް ނަންބަރާއި، ސޮއި؛
- ހުއްދަދިން އޮފިސަރުގެ ނަމާއި، ސޮޔާއި، ސަރވިސް ނަންބަރާއި، އިދާރާގެ ތައްގަނޑު؛
- ކޯޓުން ހޯދަން އެދޭ އިތުރު އެހެން މައުލޫމާތު.
(ށ) ކުށެއްގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މީހަކު ބަލައި ފާސްކުރާނީ، އެ އަމުރުގައިވާ ގޮތުގެމަތިން، އެ މިންވަރަށެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ އަމުރުގައި ވަކި ހާއްސަ ކަންތައްތަކެއް ކުރުމުގެ ބާރު ފުލުހުންނަށް ދީފައިވާނަމަ، އެކަންކަން ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ އަމުރުގައި ވަކި ހާއްސަ ކަންތައްތަކެއް ކުރުމުގެ ބާރު ފުލުހުންނަށް ދީފައިނުވިޔަސް، މި ގަވާއިދުގެ 102 ވަނަ މާއްދާގެ (ށ) ގައި ކުރުމަށް ފުލުހުންނަށް ބާރު ލިބިދޭ ކަންކަން ކުރުމުގެ ބާރު، އެ އަމުރު ތަންފީޒުކުރާ ފުލުހުންނަށް ލިބިގެންވެއެވެ.
107 ވަނަ މާއްދާ - ބަންދުގައި ހުންނަ މީހާ ބަލައި ފާސްކުރުން
ޖިނާއީ ކުށެއްގެ ތުހުމަތުގައި ފުލުހުން ބަންދުގައި ބަހައްޓައިފައި ހުންނަ މީހަކު ބަލައި ފާސްކުރަންޖެހޭ ހާލަތުގައި، އެކަން ކުރާނީ، މި ގަވާއިދުގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
ނަވާރަވަނަ ބާބު
އެކި ބާވަތްތަކުގެ ސާމްޕަލް
108 ވަނަ މާއްދާ - ސާމްޕަލްގެ މާނަ
"ސާމްޕަލް" ކަމަށް ބުނެފައި އެވަނީ، ހަށިގަނޑުގެ ބޭރުން ނަގާ ސާމްޕަލާއި، ހަށިގަނޑުގެ ތެރެއިން ނަގާ ސާމްޕަލާއި، ފޮރެންސިކް ތަހުލީލުކުރުމަށްޓަކައި ނަގާ އެހެނިހެން ބާވަތްތަކުގެ ސާމްޕަލް ހިމެނޭގޮތަށެވެ.
109 ވަނަ މާއްދާ - ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލް
"ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް" ކަމަށް ބުނެފައި އެވަނީ، މީހެއްގެ ހަށިގަނޑުން ނަގާ އަންނަނިވި ސާމްޕަލްތަކަށެވެ.
(ހ) ހަށިގަނޑުގެ ޖިންސީ ގުނަވަން ހިމެނޭ ސަރަހައްދު ނޫން އެހެން ހިސާބުތަކުން ނަގާ އިސްތަށި؛
(ށ) ނިޔަފައްޗާއި ނިޔަފަތީގެ ދަށުން ނަގާ ސްވަބް ސާމްޕަލް؛
(ނ) އަނގައިންނާއި ނޭފަތުންނާއި ކަންފަތުން ނަގާ ސްވަބް؛
(ރ) ހަށިގަނޑުގެ އެހެނިހެން ހިސާބުތަކުން ނަގާ ސްވަބް ސާމްޕަލް؛
(ބ) ކުޅު؛
(ޅ) އަޑު (ވޮއިސް) ގެ ސާމްޕަލް؛
(ކ) އެކްސްރޭ؛
(އ) ކުޑަކަމުދާ ތަކެތި؛ އަދި
(ވ) ހަށިގަނޑުގެ ހަމުގައި ފެންނަން ހުންނަ ތަފާތު ނިށާންތައް.
110 ވަނަ މާއްދާ - ހަށިގަނޑުގެ ތެރެއިން ނަގާ ސާމްޕަލް
"ހަށިގަނޑުގެ ތެރެއިން ނަގާ ސާމްޕަލް" ކަމަށް ބުނެފައި އެވަނީ، މީހެއްގެ ހަށިގަނޑުން ނަގާ އަންނަނިވި ސާމްޕަލްތަކަށެވެ.
(ހ) ދަތްޕިލައިގެ ނިށާން؛
(ށ) ލޭ؛
(ނ) މަނި؛
(ރ) މައިދާގެ ތެރެއިން ނަގާ ސާމްޕަލް؛
(ބ) ޖިންސީ ގުނަވަނާއި، އެ ގުނަވަނުގެ ވަށައިގެންވާ ސަރަހައްދުން ނަގާ އިސްތަށި؛
(ޅ) އަނގަ ފިޔަވައި ހަށިގަނޑުގެ ހުޅުވިފައި ހުންނަ ގުނަވަންތަކުން ނަގާ ސާމްޕަލް؛
(ކ) ޑ.ީއެން.އޭ ހެދުމަށްޓަކައި ނަގާ ކަށީގެ މަދާއި، ސޮފްޓް ޓިށޫ؛ އަދި
(އ) ހަށިގަނޑުގެ އެތެރެއަށް އެއްޗެއް ބާނައިގެން ނަގާ ކުޑަކަމުދާ ތަކެތި.
111 ވަނަ މާއްދާ - އިނގިލީގެ ނިށާން
"އިނގިލީގެ ނިށާން" ކަމަށް ބުނެފައި އެވަނީ، އަތްތިލަ ނުވަތަ ފައިތިލައިގެ ހުދުހަމަށްވާ ބަޔާއި، އަތާއި ފައިގެ އިނގިލިތަކާއި، އިނގިލިތަކަށްނުވާ އަތްތިލަ ނުވަތަ ފައިތިލައިގެ ހުދުހަމުގެ ބަޔާއި، އަތްތިލަ ނުވަތަ ފައިތިލައިގެ ހަމުގެ ޕެޓަރނާއި، ފްރިކްށަން ރިޖާއި، މާއްދީ ސިފަތަކާއި ނިށާންތައް ހިމެނޭ ގޮތުންނެވެ.
112 ވަނަ މާއްދާ - އަތުލިޔުމުގެ ސާމްޕަލް
(ހ) "އަތުލިޔުމުގެ ސާމްޕަލް" ކަމަށް ބުނެފައި އެވަނީ، އަންނަނިވި 2 (ދޭއް) ބާވަތުގެ ސާމްޕަލަށެވެ.
- އަތުލިޔުމުގެ ސާމްޕަލެއް ދިނުމަށް ފުލުހުން އެދުމުގެ ކުރިން އޭނާ ލިޔެފައިވާ ލިޔުމެއްގެ އަސްލު، އަދި
- އަތުލިޔުމުގެ ސާމްޕަލެއް ދިނުމަށް ފުލުހުން އެދުމުން ދޭ ލިޔުމުގެ ނަމޫނާ.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ސާމްޕަލް، މި ގަވާއިދުގެ 138 އާއި 139 ވަނަ މާއްދާގެ ދަށުން ބަލައި ފާސްކުރުމަށްފަހު ހިފަހައްޓާ މުދަލުގެ ތެރޭގައި ފުލުހުންނަށް ިހފެހެއްޓާިދނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ފިޔަވައި، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ސާމްޕަލް، އެހެން ތިންވަނަ ފަރާތެއްގެ އަތުގައި އޮތް ހާލަތުގައި، އެ ފަރާތުގެ ރުހުމާއެކު، ކޯޓު އަމުރަކާ ނުލައި ފުލުހުންނަށް އެ ސާމްޕަލް ހޯދިދާނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ސާމްޕަލް، ކޯޓު އަމުރަކާ ނުލައި، އެ ސާމްޕަލް ދޭންޖެހޭ މީހާގެ ރުހުމުގައި ފުލުހުންނަށް ހޯދިދާނެއެވެ.
(ބ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ސާމްޕަލް ނެގުމަށް ފުލުހުންނަށް ކޯޓު އަމުރަކަށް އެދެވޭނީ، އެ ސާމްޕަލަކީ ކުށުގެ ތުހުމަތުކުރެވޭ ފަރާތާ ދެކޮޅަށް ށަރީއަތަށް ހެއްކެއްގެ ގޮތުގައި ހުށަހެޅެން އޮތް ހަމައެކަނި ހެކިކަމުގައި ނުވާ
ހާލަތުގައެވެ.
(ޅ) މި މާއްދާގެ (ބ) ގައި އެހެންއޮތް ނަމަވެސް، ތުހުމަތުކުރެވެނީ ޖިނާއީ ބޮޑު ކުށެއްގަ ނަމަ، މި ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ކޯޓު އަމުރެއްގެ ދަށުން އެ ސާމްޕަލެއް ހޯދައިގެން، ކުށުގެ ތުހުމަތުކުރެވޭ މީހާޔާ ދެކޮޅަށް ބޭނުންކުރެވޭނެއެވެ.
113 ވަނަ މާއްދާ - ފޮރެންސިކް ތަހުލީލުކުރުމަށްޓަކައި ނަގާ އެހެނިހެން ބާވަތްތަކުގެ ސާމްޕަލް
"ފޮރެންސިކް ތަހުލީލުކުރުމަށްޓަކައި ނަގާ އެހެނިހެން ބާވަތްތަކުގެ ސާމްޕަލް" ކަމަށް ބުނެފައި އެވަނީ، ހަށިގަނޑުގެ ބޭރުން ނަގާ ސާމްޕަލާއި، ހަށިގަނޑުގެ ތެރެއިން ނަގާ ސާމްޕަލާއި، އިނގިލީގެ ނިށާނާއި، އަތުލިޔުމުގެ ސާމްޕަލް ފިޔަވައި، އިލެކްޓްރީނިކް ޑިވައިސަސް ހިމެނޭގޮތުން، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެއްޗާއި އެއްކުރެވޭ މައުލޫމާތު ތަހުލީލުކޮށްގެން ނަގާ ސާމްޕަލާއި، ޑާޓާއާއި އެފަދަ އެހެނިހެން މައުލޫމާތަށެވެ.
114 ވަނަ މާއްދާ - އިލެކްޓްރޯނިކް ޑިވައިސަސް
"އިލެކްޓްރޯނިކް ޑިވައިސް" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ތަކެތިން ނުވަތަ ތަހުލީލުކޮށްގެން ނަގާ ސާމްޕަލާއި، ޑާޓާއާއި އެހެނިހެން މައުލޫމާތަށެވެ.
(ހ) ކޮމްޕިއުޓަރު (ޕަރސަނަލް ކޮމްޕިއުޓަރު، ލެޕްޓޮޕ،ް ޓެބްލެޓް ހިނެނޭގޮތުން)
(ށ) މޯބައިލް ފޯނު.
(ނ) ކެމެރާ.
(ރ) އިލެކްޓްރޯނިކް ސްޓޯރޭޖް (ހާޑް ޑިސްކާއި، ސިމް ކާޑާއި، ޕެން ޑްރައިވާއި، މެމޮރީ ކާޑާއި، މޯމޯޑެމް، ޕޯޓަބަލް މީޑިއާ ޕްލޭޔަރާއި، ކްލައުޑް ސްޓޯރޭޖާއި، އޮންލައިން ސްޓޯރޭޖް ހިމެނޭ މިފަދަ އެހެން ތަކެތި).
(ބ) ގަޑި (ސްމާޓް ވޮޗާއި، އަތުކުރީގައި އަޅާ ޑިޖިޓަލް ގަޑިއާއި، އެނަލޮގް އަތުރުކުރީ ގަޑިއާއި، ފާރުގައި ހަރުކުރާ ގަޑިއާއި، މިފަދަ އެހެން ތަކެތި).
(ޅ) އޯޑިއޯ ރިކޯޑަރާއި ވީޑިއޯ ރިކޯޑަރ.
(ކ) މި މާއްދާގެ (ހ) އިން ފެށިގެން (ޅ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ވަސީލަތްތަކުގެ އިތުރުން، މައުލޫމާތު ރައްކައުކުރެވޭ އިލެކްޓްރޯނިކް އެހެނިހެން އާލާތްތައް.
115 ވަނަ މާއްދާ - އިލެކްޓްރޯނިކް ޑިވައިސަސްތަކުގައި ރައްކައުކޮށްފައިވާ މައުލޫމާތު، ހެކީގެ ގޮތުގައި ނެގުން
(ހ) ހެކީގެ ގޮތުގައި ބޭނުންކުރުމަށް ހޯދަން ބޭނުންވާ އެއްޗަކީ އެއްވެސް ބާވަތެއްގެ އިލެކްޓްރޯނިކް ވަސީލަތެއްގައި ރައްކައުކޮށްފައިވާ މައުލޫމާތެއް ނަމަ، އެ މައުލޫމާތު ހޯދަންވާނީ ކޯޓް އަމުރެއްގެ ދަށުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބާަޔންކޮށްފައި އޮތް ނަމަވެސް، ކުށުގެ ތުހުމަތުކުރެވޭ ފަރާތް ނުވަތަ އެ މައުލޫމާތު ހުރި ފަރާތުން ލިޔުމުން ރުހުން ދީފި ނަމަ، ކޯޓް އަމުރަކާ ނުލައި އެ މައުލޫމާތު ހޯދައިގެން، އެމައުލޫމާތު ބޭނުންކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މައުލޫމާތެއް ހޯދައިފި ނަމަ، އެކަން ލިޔުމުން ރިކޯޑްކޮށް، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ ރުހުންދިންކަމުގެ ލިޔުން ފުރިހަމަކުރަންވާނެއެވެ.
116 ވަނަ މާއްދާ - ފޮރެންސިކް ހެކި އެއްކުރުން
"ފޮރެންސިކް ހެކި" ކަމަށް ބުނެފައި އެވަނީ، އަންނަނިވި މައުލޫމާތާއި އެއްޗެހި ހިމެނޭ ގޮތަށެވެ.
(ހ) އިނގިލީގެ ނިށާނާއި، ޑީ.އެން.އޭ. ގެ މައުލޫމާތާއި، ފޮޓޯއާއި، އެތެރެހަށީގެ ފޮޓޯއާއި، ބޮޑީ ސާމްޕަލާއި، އެތެރެހަށީގެ ސާމްޕަލް ހިމެނޭގޮތުން، ސައިންސާއި ޓެކްނޮލޮޖީގެ ޒަރީއާއިން ހޯދާ އެފަދަ މައުލޫމާތު.
(ށ) މަރުވެފައިވާ މީހެއްގެ ހަށިގަނޑުން ހަދާ އޮޓޮޕްސީން ލިބިދޭ މައުލޫމާތާއި ނަގާ ސާމްޕަލް.
(ނ) ކުށެއް ކުރުމުގައި ބޭނުންކުރި އެއްޗެއް ނުވަތަ ކުށް ކުރި ފަރާތް ނުވަތަ އަނިޔާ ލިބުނު ފަރާތް ނުވަތަ ކުށުގެ ވެށިން ފެންނަ މާއްދީ ހެއްކެއް ތަހީުލލުކުރުމުން ދެނެގަނެވޭ މައުލޫމާތާއި އެ މައުލޫމާތުގެ މައްޗަށް އެކުލަވައިލާ ރިޕޯޓު.
(ރ) މި މާއްދާގެ (ނ) ގެ ބޭނުމަށްޓައި "ކުށުގެ ވެށި" ކަމަށް ބުނެފައި އެވަނީ، މީހަކު ކުށް ކުރި ތަނާއި، ކުށްކުރުމަށްފަހު އެނބުރި ދާ ދިޔުމާއި، ފިލަން ނުވަތަ އެއްޗެއް ފޮރުވުމަށް ވަދެހުންނަން ކޮންމެ ތަނަކަށެވެ.
ވިހިވަނަ ބާބު
ސާމްޕަލް ނެގުމާ ގުޅޭ އުސޫލު
117 ވަނަ މާއްދާ - ފޮރެންސިކް ހެއްކާއި ގަރީނާ ހޯދުމާއި ނެގުމާއި ޓެސްޓުކުރުމާއި ރައްކައުތެރިކުރުން
ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި، ފޮރެންސިކް ހެކި ހޯދުމަށްޓަކައި ސާމްޕަލް ނެގުމުގައްޔާއި، ތަހުލީލުކުރުމުގައްޔާއި ރައްކައުތެރިކަމާއެކު ބެލެހެއްޓުމުގައި އަމަލުކުރާނީ، މި ބާބުގައި ބަޔާންކުރާ ގޮތުގެ މަތިންނެވެ.
118 ވަނަ މާއްދާ - ސޮޔާއި، އިނގިލީގެ ނިށާނާއި ފޮޓޯ ނެގުމާ ގުޅިގެން ހިނގާނެ އުސޫލު
(ހ) ސޮޔާ ގުޅޭގޮތުން ހިނގާނީ، މި ގަވާއިދުގެ 112 ވަނަ މާއްދާގައި އަތުލިޔުމުގެ ސާމްޕަލާ ގުޅޭގޮތުން ބަޔާންކޮށްފައިވާ އުސޫލުތަކެވެ.
(ށ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އިނގިލީގެ ނިށާން ނެގުމާގުޅޭގޮތުން ހިނގާނީ، މި ގަވާއިދުގެ 112 ވަނަ މާއްދާގައި އަތުލިޔުމުގެ ސާމްޕަލާ ގުޅޭގޮތުން ބަޔާންކޮށްފައިވާ އުސޫލެވެ.
(ނ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ފޮޓޯޯ ނެގުމާ ގުޅޭގޮތުން ހިނގާނީ، މި ގަވާއިދުގެ 120 ވަނަ މާއްދާގައި، ހަށިގަނޑުގެ ބޭރުން ނަގާ ސާމްޕަލް ނެގުމާ ގުޅޭގޮތުން ބަޔާންކޮށްފައިވާ އުސޫލެވެ.
119 ވަނަ މާއްދާ - ހަށިގަނޑުގެ ބޭރުން ނަގާ ސާމްޕަލް
(ހ) ކޯޓު އަމުރަކާ ނުލައި ހަށިގަނޑުގެ އެތެރެއިން ސާމްޕަލް ނެގޭނީ، އެ ސާމްޕަލް ދޭންޖެހޭ މީހާގެ ރުހުމުގައި އެ ސާމްޕަލް ދޭނަމައެވެ.
(ށ) ކުށެއްގެ ތުހުމަތުކުރެވޭ މީހަކު ސާމްޕަލް ދޭން ދެކޮޅުހަދާ ނަމަ، އެ ސާމްޕަލެއް ފުލުހުން ނަގަންވާނީ ކޯޓު އަމުރަކާ އެކުގައެވެ.
120 ވަނަ މާއްދާ - ހަށިގަނޑުގެ އެތެރެއިން ނަގާ ސާމްޕަލް
(ހ) ކޯޓު އަމުރަކާ ނުލައި ހަށިގަނޑުގެ އެތެރެއިން ސާމްޕަލް ނެގޭނީ، އެ ސާމްޕަލް ދޭންޖެހޭ މީހާގެ ރުހުމުގައި އެ ސާމްޕަލް ދޭނަމައެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެންއޮތް ނަމަވެސް، ޖިނާއީ ބޮޑު ކުށްކުށާއި ޖިންސީ ކުށްކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނާ ގުޅޭގޮތުން، އަންނަނިވި ކަންކަން ކުރެވޭނީ، ކޯޓު އަމުރެއްގެ ދަށުން، އެ އަމުރުގައިވާ ގޮތުގެމަތިންނެވެ.
- މީހެއްގެ ޖިންސީ ގުނަވަނެއް ބަލައި ފާސްކުރުން؛
- މީހެއްގެ ޖިންސީ ގުނަވަނެއްގެ ފޮޓޯނެގުން؛ އަދި
- މީހެއްގެ ހަށިގަނޑުގެ ތެރެއިން ސާމްޕަލް ނެގުން.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން އެ އަކުރުގެ (3) ވަނަ ނަ ްނބަރުގައި ބަޔާންކޮށްފައިވާ ސާމްޕަލް ނަގަންޖެހޭ މީހާ އެކަމަށް ދެކޮޅުހަދާނަމަ، އެ މީހާގެ ހަށިގަނޑުގެ ތެރެއިން ސާމްޕަލް ނެގުމަށް ބޭނުންވާ އެންމެ ކުޑަ މިންވަރަށް ފުލުހުންނަށް ބާރުގެ ބޭނުން ކުރެވިދާނެއެވެ.
(ރ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަށިގަނޑުން ސާމްޕަލް ނެގުމުގެ ކަންކަން ކުރަންވާނީ، ބޭސްކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރެއްގެ ނުވަތަ ބޭސްކުރުމުގެ ހުއްދަ ލިބިފައިވާ ސިއްހީ އެހީތެރިއެއްގެ އެހީގައެވެ. އަދި ސާމްޕަލް ނެގުމުގެ ސަބަބުން އެ މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް އެއްވެސް ނުރައްކަލެއް ނުވާނެކަން ކަށަވަރުކުރަންވާނެއެވެ.
(ބ) މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައާިވ ސާމްޕަލެއް މީހެއްގެ ކިބައިން ނެގުމުގެ ކުރިން، ނަގަން ބޭނުންވާ ސާމްޕަލަކީ ކޮބައިކަމާއި، އެ ސާމްޕަލް ނެގެނީ ކޮން ސަބަބަކަށްޓަކައިކަން، ކުށުގެ ތުހުމަތުގައިވާ މީހާއަށް ފުލުހުން ބަޔާންކޮށްދޭންވާނެއެވެ. އަދި ޖިނާއީ ބޮޑު ކުށެއް ކުރިކަމަށް ނުވަތަ ޖިންސީ ކުށެއް ކުރިކަމަށް ނުވަތަ އެފަދަ ކުށެއްގައި ބައިވެރިވިތޯ ބެލުމަށްޓަކައި، އެހެން ސާމްޕަލަކާ ނުވަތަ ސާމްޕަލްތަކަކާ އަޅައިކިޔުމަށް އޭނާގެ ކިބައިން ހޯދޭ ސާމްޕަލް ބޭނުންކުރެވިދާނެކަންވެސް ބަޔާންކޮށްދޭންވާނެއެވެ.
121 ވަނަ މާއްދާ - ޕޮރެންސިކް ތަހުލީލުކުރުމަށްޓަކައި ނަގާ އެހެނިހެން ބާވަތްތަކުގެ ސާމްޕަލް
(ހ) މި ގަވާއިދުގެ 109 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، މީހެއްގެ ހަށިގަނޑުގެ ބޭރުން ނަގާ ސާމްޕަލާއި، މި ގަވާއިދުގެ 110 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން މީހެއްގެ ހަށިގަނޑުގެ ތެރެއިން ނަގާ ސާމްޕަލް ފިޔަވައި، މިނޫންވެސް ފޮރެންސިކް ތަހުލީލުކުރުމަށްޓަކައި ނަގާ އެހެނިހެން ބާވަތްތަކުގެ ސާމްޕަލް، ކޯޓު އަމުރަކާ ނުލައި ނެގޭނީ، އެ ސާމްޕަލަކީ މި ގަވާއިދުގައިވާ ފަދައިން ބަލައި ފާސްކުރުމަށްފަހު ހިފަހައްޓާ މުދަލުގެ ތެރޭގައި ހިމެނޭ އެއްޗަކުން ނަގާ ނުވަތަ ހޯދައިފައިވާ ސާމްޕަލެއް ނަމަ، ނުވަތަ ސާމްޕަލް ދޭންޖެހޭ މީހާ ރުހުމުގައި ސާމްޕަލް ދޭނަމައެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮ ްށފައިވާ ސާމްޕަލް ނެގުމަށް ފުލުހުންނަށް ކޯޓު އަމުރަކަށް އެދުމުގެ އިހްތިޔާރު ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސާމްޕަލ،ް އެހެން ތިންވަނަ ފަރާތެއްގެ އަތުގައި އޮތް ހާލަތުގައި، އެ ފަރާތުގެ ރުހުމާއެކު، ކޯޓު އަމުރަކާ ނުލައި ފުލުހުންނަށް އެ ސާމްޕަލް ހޯދިދާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އުސޫލު އެގޮތަށް ހިނގާނީ، އެހެން ގާނޫނެއްގައި އެކާަމާ ގުޅޭގޮތުން އެހެން އުސޫލެއް ބަޔާންކޮށްފައި ނުވާހައި ހިނދަކުއެވެ.
122 ވަނަ މާއްދާ - މަރުވެފައިވާ މާީހގެ ހަށިގަނޑުން ނަގާ ސާމްޕަލް
(ހ) އަންނަނިވި ހާލަތްތަކުގައި، މަރުވެފައިވާ މީހެއްގެ ހަށިގަނޑުން ސާމްޕަލް ނަގައި ތަހުލީލުކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.
- ކުށަކާ ގުޅިގެން މީހަކު މަރުވުން؛
- ށައްކުއުފެދޭ ފަދައަކުން ނުވަތަ އެފަދަ ހާލަތެއްގައި މީހަކު މަރުވުން؛
- މަރުވެފައިވާ މީހެއްގެ ނުވަތަ މީހުންގެ ހަށިގަނޑު ރާއްޖެއަށް ލެއްގުން ނުވަތަ ރާއްޖެއިން ފެނުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބާރު ފުލުހުން ބޭނުން ކުރަންވާނީ، މަރުވެފައިވާ މީހެއްގެ ހަށިގަނޑުން ސާމްޕަލް ނަގައިގެން، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ނުވަތަ ކަންތައްތަކެއް ހޯދުމަށެވެ.
- އޭނާ އަކީ ކާކުކަން ދެނެގަތުން.
- އޭނާ މަރުވުމަށް ދިމާވި ސަބަބު ދެނެގަތުން.
- އޭނާ މަރުވުމުގައި ޖިނާއީ ކުށުގެ އަމަލެއް ހިނގައިފައިވާކަން ބެލުން.
- އޭނާގެ ހަށިގަނޑުން ކުށަކާ ގުޅޭ ހެއްކެއް ހޯދުން.
123 ވަނަ މާއްދާ - ހަށިގަނޑުގެ ތެރޭގައި ފޮރުވައިފައިވާ ތަކެތި ނެގުން
(ހ) ގާނޫނާ ހިލާފު އެއްޗެއް ނުވަތަ ތަހުގީގުކުރެވޭ ކުށެއްގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް މީހެއްގެ ހަށިގަނޑުގެ ތެރޭގައި ފޮރުވައިފައިވާކަމަށް ތުހުމަތު ކުރެވިއްޖެ ނަމަ، އެ އެއްޗެއް އެ މީހެއްގެ ހަށިގަނޑުގެ ތެރެއިން ނެގޭނީ، އެ މީހެއްގެ ރުހުމާއެކުގައެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ އެއްޗެއް އެ މީހެއްގެ ހަށިގަނޑުން ނެގުމަށް އެ މީހަކު ރުހުން ނުދޭ ހާލަތުގައި، އެ އެއްޗެއް ނަގަންވާނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ އެއްޗެއް މީހެއްގެ ހަށިގަނޑުން ނަގަންވާނީ، ސިއްހީ ހިދުމަތް ދޭ ތަނަކަށް ގެންގޮސް، ޑޮކްޓަރެއްގެ ލަފަޔާއެކު، ތުހުމަތުކުރެވޭ މީހާޔާ އެއް ޖިންސެއްގެ 2 (ދޭއް) ފުލުހުންގެ ނުވަތަ ތުހުމަތުކުރެވޭ މީހާޔާ އެއްޖިންސުގެ 2 (ދޭއް) ފުލުހުން ނެތް ނަމަ، ތުހުމަތުކުރެވޭ މީހާޔާ އެއްޖިންސުގެ 2 (ދޭއް) މީހުންގެ ހާޒިރުގައެވެ.
124 ވަނަ މާއްދާ - ރުހުންދިންކަ،ިގެ ލިޔުން
(ހ) މި ބާބުގައި ބަޔާންކޮށްފައިވާ ސާމްޕަލެއް ދިނުމަށް މީހަކު ރުހޭކަމަށް ބުނެފި ނަމަ، އޭނާގެ ކިބައިން ހޯދަން ބޭނުންވާ ސާމްޕަލް ނަގަންވާނީ، އަންނަނިވި މައުލޫމާތު ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ ލިޔުމެއްގައި، އޭނާ އެ ސާމްޕަލް ދިނުމަށް ރުހޭކަމުގައި
ސޮއިކުރުމުންނެވެ.
- ސާމްޕަލް ދޭ މީހާގެ ނަމާއި، އެޑްރެހާއި، ދިވެހި ރައްތިޔެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ ޕާސްޕޯޓުގެ ނަންބަރު؛
- ސާމްޕަލް ދޭ މީހާގެ މައްޗަށް ކުރެވޭ ކުށުގެ ތުހުމަތު؛
- ނަގަން ބޭނުންވާ ސާމްޕަލަކީ ކޮބައިކަން؛
- ސާމްޕަލް ނަގާ ސަބަބު؛
- ސާމްޕަލް ދޭ މީހާގެ ސޮޔާއި އިނގިލީގެ ނިށާން؛
- ސާމްޕަލް ނެގުނު ތަން؛
- ސާމްޕަލް ނަގާ ފަރާތް ނުވަތަ ފަރާތްތަކުގެ ނަމާއި، އެ ފަރާތްތަކުގެ ސަރވިސް ނަންބަރު ނުވަތަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ ޕާސްޕޯޓުގެ ނަންބަރު؛
- ސާމްޕަލް ނެގިއިރު ހާޒިރުވެތިބި ފަރާތްތަކުގެ ސަރވިސް ނަންބަރު ނުވަތަ ދިވެހި ރައްތިޔެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ ޕާސްޕޯޓުގެ ނަންބަރު؛
- ހުއްދަ ދިން ފަރާތާއި، ސަރވިސް ނަންބަރު؛ އަދި
- ޖިނާއީ ބޮޑު ކުށެއް ނުވަތަ ޖިންސީ ކުށެއް ކުރިކަމަށް ނުވަތަ އެފަދަ ކުށެއްގައި ބައިވެރިވިތޯ ބެލުމަށްޓަކައި އެހެން ސާމްޕަލަކާ ނުވަތަ ސާމްޕަލްތަކަކާ އަޅައިކިޔުމަށް އޭނާގެ ކިބައިން ހޯދޭ ސާމްޕަލް ބޭނުންކުރެވިދާނެކަން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސާމްޕަލް ދޭ މީހާ ސޮއިކުރާ ލިޔުން، ރިކޯޑުކޮށްފައި ރައްކައުތެރިކަމާއެކު ފުލުހުން ބަލަހައްޓަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސާމްޕަލް ދޭ މީހާ އެކަމަށް ލިޔުމުން ރުހުން ދީފައި ނުވާހައި ހިނދަކު، އޭނާގެ ހަށިގަނޑުގެ ބޭރުންނާއި ހަށިގަނޑުގެ ތެރެއިން ސާމްޕަލެއް ނެގޭނީ ކޯޓު އަމުރާއެކުގައެވެ.
(ރ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މަރުވެފައިވަނިކޮށް ފެންނ،ަ ކާކުކަން ނޭނގޭ މީހުންނާއި، މަރުވެފައިވަނިކޮށް ދިވެހިރާއްޖެއަށް ލައްގާ މީހަކީ ނުވަތަ ކަނޑުމަތިން ހޮވާ މީހަކީ ކާކުކަން ދެނެގަތުމަށާއި، އެފަދަ މީހުންނާ ބެހޭ ގޮތުން ބައިނަލްއަގުވާމީ ފަރާތްތަކުން ބަލަހައްޓާ ޑޭޓާ ބޭސްތަކަށް ބޭނުންވާ މައުލޫމާތު ދެނެގަތުމަށް ޓަކައި ނަގަންޖެހޭ ސާމްޕަލް ނެގުމުގެ އިހްތިޔާރު، ކޯޓު އަމުރެއް ނެތަސް ނުވަތަ އެހެން ފަރާތެއްގެ ރުހުން ނެތަސް، ފުލުހުންނަށް ލިބިގެންވެއެވެ.
125 ވަނަ މާއްދާ - ސާމްޕަލް ނެގުމުގެ ކޯޓު އަމުރަށް އެދުން
ތުހުމަތުގައިވާ މީހާގެ ހަށިގަނޑުގެ ތެރެއިންނާއި ހަށިގަނޑުގެ ބޭރުން ސާމްޕަލް ނެގުމުގެ ކޯޓު އަމުރަށް އެދުމުގައި، އަންނަނިވި މައުލޫމާތު ފުލުހުންހުށަހަޅަންވާނެއެވެ.
(ހ) މީހާގެ ނަމާއި، އެޑްރެހާއި، ދިވެހިރައްތިޔެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ ޕާސްޕޯޓުގެ ނަންބަރު؛
(ށ) ހައްޔަރުކުރެވިފައިވާ މީހާ ކުރިކަމަށް ތުހުމަތު ކުރެވޭ ކުށަކީ ކޮން ާގނޫނެއްގައި ބަޔާންކުރ،ާ ކޮން ކުށެއްކަން؛
(ނ) ނަގަން ބޭނުންވާ ސާމްޕަލަކީ ކޮބައިކަން؛
(ރ) ހައްޔަރުކުރެވިފައިވާ މީހާ ކުރިކަމަށް ތުހުމަތުކުރެވިފައިވާ ކުށް އޭނާ ކުރިކަމަށް އެހައިތަނަށް ލިބިފައިވާ ހެކި؛
(ބ) ކޯޓު އަމުރަށް އެދެނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކޮން ކަމަކަށްޓަކައި ކަމާއި، އެކަން ކުރަން ބޭނުންވާ ސަބަބު؛
(ޅ) ކޯޓު އަމުރުން ކުރުމަށް ހުއްދަދޭ ކަންކަން ފުލުހުންގެ ފަރާތުން ތަންފީޒުކުރާނެ އޮފިސަރުންގެ ނަމާއި މަގާމު؛ އަދި
(ކ) ކޯޓުން އިތުރު މައުލޫމާތެއް ހުށަހެޅުމަށް އެދޭ ނަމަ، އެ މައުލޫމާތު.
126 ވަނަ މާއްދާ - ސާމްޕަލް ނަގާއިރު ރިކޯޑުކުރާ މައުލޫމާތު
މީހެއްގެ ހަށިގަނޑުގެ އެތެރެއިން ނުވަތަ ބޭރުން ސާމްޕަލް ނަގާ ާހލަތުގައި، އަންނަނިވި މައުލޫމާތު ރިކޯޑުކުރަންވާނެއެވެ.
(ހ) ސާމްޕަލް ނެގުނު މީހާގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ ޕާސްޕޯޓުގެ ނަންބަރު؛
(ށ) ސާމްޕަލް ނެގި ތާރީހާއި ގަޑި؛
(ނ) ސާމްޕަލް ނަންބަރު؛
(ރ) މައްސަލައިގެ ކޭސް ނަންބަރު؛
(ބ) ސާމްޕަލް ނަގަނީ ކޯޓު އަމުރެއްގެ ދަށުން ނަމަ، ކޯޓު އަމުރު ނަންބަރު؛
(ޅ) ސާމްޕަލްގެ ބާވަތް؛
(ކ) ހަށިގަނޑުން ސާމްޕަލް ނެގިފައިވަނީ އެ މީހެއްގެ އެއްބާރުލުމާ އެކުގައި ކަން ނުވަތަ ނޫންކަން؛
(އ) ހަށިގަނޑުން ސާމްޕަލް ނެގިފައިވަނީ އެ މީހެއްގެ އެއްބާރުލުމާއެކުގައި ކަމުގައި ނުވާނަމަ، އަމުރު ތަންފީޒުކުރުމަށް ބާރުގެ ބޭނުން ކުރެވުނުކަން ނުވަތަ ނޫންކަން. އަދި ބާރުގެ ބޭނުންކުރިނަމަ، އެކަމުގެ ތަފުސީލު؛
(ވ) ޖިނާއީ ބޮޑު ކުށެއް ކުރިތޯ ބެލުމަށްޓަކައި، ނުވަތަ ޖިންސީ ކުށެއް ކުރިތޯ ބެލުމަށްޓަކައި، ނުވަތަ އެފަދަ ކުށެއްގައި ބައިވެރިވިތޯ ބެލުމަށްޓަކައި، އެހެން ސާމްޕަލަކާ ނުވަތަ ސާމްޕަލްތަކަކާ އަޅައިބެލުމަށް ޓަކައި އޭނާގެ ކިބައިން ހޯދޭ ސާމްޕަލް ބޭނުންކުރެވިދާނެކަން، އެ މީހަކަށް އެންގިކަން ނުވަތަ ނޫންކަން.
އެކާވީސްވަނަ ބާބު
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މުދަލާއި ސާމްޕަލް ރައްކަ އުތެރިކަމާއެކު ބެލެހެއްޓުން
127 ވަނަ މާއްދާ - މުދަލާއި ސާމްޕަލް ސީލްކުރުން
މި ގަވާއިދުގެ 140 ވަނަ މާއްދާގައިވާ ފަދައިން، ފުލުހުންގެ ެބލުމުގެ ދަށަށް ގެންދާ މުދަލާއި، ތަހުލީލުކުރުމަށް ޓަކައި، މި ގާަވއިދުގެ ވިހި ވަނަ ާބބުގައި ބަޔާންކޮށްފައިވާ ފަދައިން ނަގާ ކޮންމެ ސާމްޕަލެއް ނެގުމަށްފަހު، އެ ސާމްޕަލަކާ އެކަށޭނަ ގޮތަކަށް ސީލްކުރަންވާނެއެވެ.
128 ވަނަ މާއްދާ - ޗެއިން އޮފް ކަސްޓަޑީ ފޯމު
(ހ) ފުލުހުން ނަގާ ކޮންމެ މުދަލެއް އަދި ސާމްޕަލެއް ސީލްކޮށް، އެ އެއްޗެއްގެ ބޭރުގައި، ޗެއިން އޮފް ކަސްޓަޑީ ފޯމެއް ހަރުކުރަންވާނެއެވެ. އަދި ޗެއިން އޮފް ކަސްޓަޑީ ފޯމުގައި، އެ މުދަލަށް ނުވަތަ ސާމްޕަލަށް އެވިޑެންސް ނަންބަރެއް ދީފައި، އެ ނަންބަރު ރިކޯޑުކުރަންވާނެއެވެ.
(ށ) ނަގައިފައިވާ މުދަލެއް ނުވަތަ ސާމްޕަލެއް އެއްތަނުން އަނެއް ތަނަށް ގެންދާ ނަމަ، ނުވަތަ އެ މުދަލެއް ނުވަތަ ސާމްޕަލާ ހަވާލުވެހުރި ފަރާތް ބަދަލުވާ ނަމަ، ޗެއިން އޮފް ކަސްޓަޑީ ފޯމުގައި އެކަން ރިކޯޑުކުރަންވާނެއެވެ.
(ނ) ޗެއިން އޮފް ކަސްޓަޑީ ފޯމުގައި ހިމެނޭ މައުލޫމާތެއް ލިޔުމުގައި އިމްލާ ކުށެއް ނުވަތަ ލިޔުމުގެ ކުށެއް ލިޔެވިއްޖެ ނަމަ، އެ ކުށެއް ލިޔުނު ފުލުހަކު، އެ ތަނެއް އެއް ރޮނގުން ކަނޑައިލުމަށްފަހު، ރަނގަޅުގޮތް ލިޔެ، އެތަނާ ދިމާގައި ނުވަތަ އެތަނުގެ ކައިރީގައި ސޮއިކުރަންވާނެއެވެ.
129 ވަނަ މާއްދާ - މުދަލާއި ސާމްޕަލް ރައްކައުތެރިކަމާއެކު ބެލެހެއްޓުން
(ހ) މި ގަވާއިދުގެ 127 ވަނަ މާއްދާގެ ދަށުން ސީލްކުރާ ހުރިހާ ތަކެއްޗަކީ ޗެއިން އޮފް ކަސްޓަޑީ ފޯމެއް ހަރުކޮށް، ރައްކައުތެރިކަމާއެކު ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަންޖެހޭ ތަކެއްޗެވެ. މިގޮތުން އެ ތަކެތި ތަހުލީލުކޮށް، މައްސަލައިގެ ށަރީއަތް ނިމެންދެން އެ ތަކެތި ހުންނާނީ ފުލުހުންގެ އިދާރާގެ އެންމެ އިސްފަރާތުން ކަނޑައަޅާ ތަނެއްގައި، އޭނާގެ ޒިންމާގެ ދަށުގައެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ތަނަކީ، ތަޅުލެވޭގޮތަށް ހުންނަ، ރައްކައުތެރިކަމާއެކު ބެލެހެއްޓޭ ތަނެއްކަން ކަށަވަރުކުރުމަކީ ފުލުހުންގެ އިދާރާގެ އެންމެ އިސްފަރާތުގެ ޒިންމާއެކެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ތަނުގައި ބެހެއްޓޭ ތަކެތި ރައްކައުތެރިކަމާއެކު ބެލެހެއްޓުމުގެ ގޮތުން އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.
- އެ ތަނުގައި ބަހައްޓާ ތަކެއްޗާއި، އެ ތަނުން ނަގާ އެއްޗެހި އެނގޭނެގޮތަށް ލިޔެ ރިކޯޑުކުރުން؛
- އެ ތަނުގައި ތަކެތި ބަހައްޓާ ފުލުހުންނާއި، އެތަނުން ތަކެތި ނަގާ ފުލުހުންގެ މައުލޫމާތު ރިކޯޑުކުރުން؛
- ތަނުގެ ތަޅުދަނޑިއާ އެވަގުތަކު ހަވާލުވެހުރި ފުލުހެއްގެ މައުލޫމާތު، ތާރީހާއި ގަޑި އެނގޭނެގޮތަށް ރިކޯޑުކުރުން.
130 ވަނަ މާއްދާ - ސާމްޕަލް ތހުލީލުކުރުމަށް ފޮނުވުން
މީހެއްގެ ހަށިގަނޑުގެ ތެރެއިން ނުވަތަ ހަށިގަނޑުގެ ބޭރުން ސާމްޕަލެއް ނަގައިފި ނަމަ، ތަހުލީލު ރިޕޯޓެއް ހޯދުމަށްޓަކައި ފުލުހުން ކަނޑައަޅާ ލެބޯރަޓަރީއަކަށް، ފުލުހުން، އެ ސާމްޕަލް ފޮނުވަންވާނެއެވެ.
131 ވަނަ މާއްދާ - ސާމްޕަލް ތަހުލީލުކުރެވޭނެ އުސޫލު
(ހ) ޕޮލިހުގެ ފަރާތުން ނަގާ ހުރިހާ ފޮރެންސިކް ސާމްޕަލްތަކެއް ތަހުލީލިކުރުމުގެ މަސައްކަތްކުރާ ހުރިހާ ލެބޯރެޓަރީތަކެއްގައި އަންނަނިވި މިންގަނޑުތައް ހިފަހައްޓަންވާނެއެވެ.
- ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ފޯރުކޮށްދެވޭ ފޮރެންސިކް ސައިންސްގެ ހިދުމަތްތަކަކީ އެކަށޭނަ ފެންވަރެއް ހިފަހައްޓާ ހިދުމަތްތަކެއްކަން ކަށަވަރުކުރުމަށްޓަކައި، އެކި ބާވަތްތަކުގެ ސާމްޕަލްތަކާއި އެކި ބޭނުންތަކަށް ތަހުލީލުކުރެވޭ ސާމްޕަލްތަކާމެދު އަމަލުކުރަންޖެހޭ ގޮތްތަކުގެ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖިއަރ އެއް ލިޔެ، އެއަށް އަމަލުކުރުން. އަދި ޒަމާނީ ކުރިއެރުންތަކާ އެއްހަމަކުރުމަށް، ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖިއަރ މުތާލިޔާކޮށް، އެއަށް އެކަށޭނަ ަބދަލުތައް ގެނައުން.
- ލެބޯޓަރީގައި ބޭނުންކުރާ ހުރިހާ މެށިނަރީއާއި އިކުއިޕްމަންޓް، އެ ތަކެއްޗާ އެންމެ އެކަށޭނަ ގޮތެއްގައި ބަލަހައްޓައި، އެ ތަކެތި މޮނިޓަރކޮށް، އެ ތަކެއްޗަށް ގެއްލުމެއް ވެއްޖެ ނަމަ، ނުވަތަ މައްސަލަ ެއއް ޖެހިއްޖެ ނަމަ، އެކަން ރިކޯޑުކޮށް، ތަކެތި ބޭނުންކުރެވޭ ކަންކަން ރިކޯޑުކޮށް، އެ ރިކޯޑުތައް ބަލަހައްޓައި، ލެބޯޓަރީގެ ފެންވަރު އިތުރަށް ހަރުދަނާކޮށް ދެމެހެއްޓުމަށް އެކަށޭނަ ފިޔަވަޅު އެޅުން.
(ށ) މީހެއްގެ ހަށިގަނޑުން ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވާ ފުލުހުންނާއި، އެ ނޫން ފަރާތްތަކުންވެސް، އިންސާނީ ކަރާމަތް ރައްކައުތެރިކޮށް، އިންސާނީ ކަރާމާތަށް ހުރުމަތްތެރިކޮށް ހިތަންވާނެއެވެ.
ބާވީސްވަނަ ބާބު
ބަލައި ފާސްކުރުމުގެ ރިކޯޑް ބެލެހެއްޓުން
132 ވަނަ މާއްދާ - އާންމު ތަންތަނާއި އަމިއްލަ ތަންތަން ބަލައި ފާސްކުރުމުގެ ރިކޯޑު ބެލެހެއްޓުން
(ހ) ކޯޓު އަމުރަކާއެކު ނުވަތަ ކޯޓު އަމުރަކާ ނުލައިނަމަވެސް، އާންމު ތަނެއް ނުވަތަ އަމިއްލަ ތަނެއްނަމަވެސް ފުލުހަކު ބަލައި ފާސްކޮށްފި ކޮންމެ ހާލަތެއްގައި، އެ ތަނެއް ބަލައި ފާސްކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ފުލުހަކު އަންނަނިވި މައުލޫމާތު ހިމެނޭ ރިކޯޑެއް ލިޔަންވާނެއެވެ.
- ބަލައި ފާސްކުރި ތަނުގެ މައުލޫމާތު،
- ބަލައި ފާސްކުރި ތަނުގެ ވެރިފަރާތުގެ މައުލޫމާތު؛
- ބަލައި ފާސްކުރި ތަނާ ހަވާލުވެހުރި ފަރާތުގެ މައުލޫމާތު؛
- އެ ތަނުގައި ހުރި އެއްޗެއް ބަލައި ފާސްކޮށްފައިވާކަން؛
- ބަލައި ފާސްކުރި ސަބަބު؛
- ބަލައި ފާސްކުރި ފުލުހުންގެ ޓީމުގައި އިސްކޮށް ހުރި ފަރާތުގެ ނަމާއި، ސަރވިސް ނަންބަރާއި، މަސައްކަތްކުރާ ޔުނިޓާއި، ޑިޕާޓްމަންޓް ނުވަތަ ސްޓޭށަން؛
- ބަލައި ފާސްކުރި ތަނުގައި ހާޒިރުވެ ތިބި މީހުން؛
- ބަލައި ފާސްކުރަން ފެށި ވަގުތު؛
- ބަލައި ފާސްކޮށް ނިންމި ވަގުތު؛
- ބަލައި ފާސްކުރުމުގައި ހަރަކާތެރިވި ފުލުހުންގެ ނަމާއި، ސަރވިސް ނަންބަރު؛ އަދި
- ބަލައި ފާސްކުރި ތަނުން އެއްޗެއް ހިފެހެއްޓި ނަމަ، އެ އެއްޗެއްގެ ތަފުސީލު (އެ އެއްޗަކަށް ގެއްލުމެއް ލިބިފައިވާ ނަމަ، އެކަން އެނގޭނެ ގޮތަކަށް) އަދި އެ އެއްޗެއް ފެނުނު ތަން.
(ށ) ފުލުހުން ތަނެއް ބަލައި ފާސްކުރީ އެ ތަނާ ހަވާލުވެހުރި މީހެއްގެ ހާޒިރުގައި ނަމަ، މި މާއްދާގެ (ހ) ގެ ދަށުން ފުލުހުން ލިޔާ ރިކޯޑުގެ ކޮޕީއެއް، އެ ތަނާ ހަވާލުވެހުރި މީހާއަށް ވަގުތުން ދެވެންއޮތް ހާލަތުގައި ވަގުތުން ދޭންވާނެއެވެ. އަދި އެހެން ކޮންމެ ހާލަތެއްގައި، ބަލައި ފާސްކޮށް ިނމޭ ވަގުތުން ފެށިގެން 48 (ސީާޅސް އަށެއް) ގަޑިއިރުގެ ތެރޭގައި އެ ލިޔުން ދޭންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިކޯޑުގެ އިތުރު ކޮޕީއެއް، ފުލުހުންގެ މަރުކަޒުގައި ރައްކައުތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ފުލުހުން ލިޔާ ރިކޯޑުގެ ކޮޕީއެއް، އެ ތަނާ ހަވާލުވެހުރި މީހާއަށް ހަވާލުކުރަން މަސައްކަތްކޮށް، އެ ފަރާތުން އެ ލިޔުމާ ހަވާލު ނުވި ނަމަ، ކޮމިށަންޑް އޮފިސަރަކަށް އެ މައުލޫމާތު ފޯރުކޮށްދިނުމަށްފަހު، ލިޔުމުގައި އެކަން ފާހަގަކޮށް، ދެ ފުލުހުން ލިޔުމުގައި ސޮއިކުރަންވާނެއެވެ.
(ބ) މި މާއްދާގެ (ހ) ގެ ދަށުން ފުލުހުން ލިޔާ ރިކޯޑުގެ ކޮޕީއެއް، އެ ތަނާ ހަވާލުވެހުރި މީހާއަށް ހަވާލުކުރަން މަސައްކަތްކޮށް، އެ ފަރާތުން އެ ލިޔުމާ ހަވާލު ނުވި ނަމަ، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން އަމަލުކުރުމަށްފަހު، ބަލައި ފާސްކުރެވުނު ތަނުގައި ހުރި ފަސޭހައިން ފެންނަ ތަނެއްގައި ފުލުހުން ލިޔާ ރިކޯޑުގެ ކޮޕީއެއް، ބާއްވަންވާނެއެވެ. ނުވަތަ ހަރުކުރަންވާނެއެވެ.
133 ވަނަ މާއްދާ - އުޅަނދުފަހަރު ބަލައި ފާސްކުރުމުގެ ރިކޯޑު ބެލެހެއްޓުން
(ހ) ކޯޓު އަމުރަކާއެކު ނުވަތަ ކޯޓު އަމުރަކާ ނުލައިނަމަވެސް، އުޅަނދެއް ބަލައި ފާސްކޮށްފި ކޮންމެ ހާލަތެއްގައި، އެ އުޅަނދެއް ބަލައި ފާސްކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ފުލުހަކު، އަންނަނިވި މައުލޫމާތު ހިމެނޭ ރިކޯޑެއް ލިޔަންވާނެއެވެ.
- އޮޑި ނަންބަރު ނުވަތަ އުޅަނދުގެ ރަޖިސްޓަރީ ނަންބަރާއި، ބާވަތް. އަދި ކަނޑު ދަތުރުފަތުރުކުރާ އުޅަނދެއް ނަމަ އުޅަނދުގެ ނަން، އަދި ރަޖިސްޓަރީ ކޮށްފައިނުވާ އުޅަނދެއް ނަމަ، އިމްޕޯޓުކުރުމުގައި ބޭނުންކުރާ ނުވަތަ ކުރެވުނު ކަސްޓަމްސް ލިޔެކިޔުމުން އެނގެން އޮތް ނަންބަރު؛
- އުޅަނދުގެ ވެރިފަރާތުގެ ނަމާއި، އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު؛
- އުޅަނދާ ހަވާލުވެ ހުރި ފަރާތުގެ ނަމާއި، އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، އުޅަނދާ ހަވާލުވެހުރި ހައިސިއްޔަތު؛
- އެ އުޅަނދު ނުވަތަ އުޅަނދުގައި ހުރި އެއްޗެއް ބަލައި ފާސްކޮށްފައިވާކަން؛
- ބަލައި ފާސްކުރި ސަބަބު؛
- ބަލައި ފާސްކުރި ފުލުހުންގެ ޓީމުގައި އިސްކޮށް ހުރި ފަރާތުގެ ނަމާއި، ސަރވިސް ނަންބަރާއި، މަސައްކަތްކުރާ ފުލުހުންގެ މަރުކަޒު؛
- ބަލައި ފާސްކުރި ތަނުގައި ހާޒިރުވެ ތިބި މީހުން؛
- ލައި ފާސްކުރަންފެށި ވަގުތު؛
- ބަލައި ފާސްކޮށް ނިންމި ވަގުތު؛
- ބަލައި ފާސްކުރުމުގައި ހަރަކާތެ ިރވި ފުލުހުންގެ ނަމާއި، ސަރވިސް ނަންބަރު؛ އަދި
- ބަލައި ފާސްކުރި އުޅަނދުން އެއްޗެއް ފެނުނުނަމަ އެ އެއްޗެއްގެ ތަފުސީލާއި، އެ އެއްޗެއް ފެނުނު ތަން.
(ށ) ފުލުހުން އުޅަނދެއް ބަލައި ފާސްކުރީ އެ އުޅަނދާ ހަވާލުވެހުރި މީހެއްގެ ހާޒިރުގައި ނަމަ، މި މާއްދާގެ (ހ) ގެ ދަށުން ފުލުހުން ލިޔާ ރިކޯޑުގެ ކޮޕީއެއް، އެ އުޅަނދާ ހަވާލުވެހުރި މީހާއަށް، ވަގުތުން ދެވެންއޮތް ހާލަތުގައި ވަގުތުން ދޭންވާއެވެ. އަދި އެއްވެސް ހާލަތެއްގައި އެ ރިކޯޑު ނުދީ 48 (ސާޅީސް އަށެއް) ގަޑިއިރަށް ވުރެ ގިނަވެގެން ނުވާނެއެވެ.
(ނ) ފުލުހުން ަބލައި ފާސްކުރި އުޅަނދަކީ، މި ގަވާއިދުގެ 99 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ވެރިފަރާތް ނޭނގޭ އުޅަނދެއް ނަމަ، މި މާއްދާގެ (ހ) ގެ ދަށުން ފުލުހުން ލިޔާ ރިކޯޑުގެ ކޮޕީއެއް، އެ އުޅަނދުގައި ހަރުކުރަންވާނެއެވެ. އަދި އެ ރިކޯޑުގެ އިތުރު ކޮޕީއެއް، ފުލުހުންގެ މަރުކަޒުގައި ރައްކައުތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.
134 ވަނަ މާއްދާ - މީހުން ބަލައި ފާސްކުރުމާ ގުޅޭ މައުލޫމާތު ރިކޯޑުކުރުން
(ހ) ފުލުހަކު، އެއްވެސް މީހަކު ބަލައި ފާސްކޮށްފި ނަމަ، އެކަން ލިޔުމުން ރިކޯޑު ނުކުރެވޭނެ ފަދަ ހާލަތްތަކުގައި މެނުވީ، ބަލައި ފާސްކުރުމުގެ ރިކޯޑު ވަގުތުން ލިޔެ ބަލަހައްޓަނާްވނެއެވެ. އެކަން ވަގުތުން ރިކޯޑު ނުކުރެވޭ ހާލަތުގައިވެސް، ވީ އެންމެ އަވަހަކަށް އެ ރިކޯޑު ލިޔަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ރިކޯޑު ލިޔުމުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- ބަލައި ފާސްކުރެވޭ މީހާގެ ނަމާއި، އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ ޕާސްޕޯޓުގެ ނަންބަރު؛
- ބަލައި ފާސްކުރި ބޭނުން؛
- ބަލައި ފާސްކުރަން ޖެހުނު ސަބަބު،
- ބަލައި ފާސްކުރި ތާރީހާއި ގަޑި؛
- ބަލައި ފާސްކުރި ތަން؛
- ބަލައި ފާސްކުރުމުން ފެނުނު ތަކެއްޗާބެހޭ މައުލޫމާތު؛
- ބަލައި ފާސްކުރި އޮފިސަރުގެ ނަމާއި، ސަރވިސް ނަންބަރާއި، ސޮއި؛
- ބަލައި ފާސްކުރި ތަނުގައި ހާޒިރުވެ ތިބި އެހެން އޮފިސަރުންގެ ނަމާއި، ސަރވިސް ނަންބަރު؛
- ބަލައި ފާސްކުރުމުގެ ސަބަބުން ބަލައި ފާސްކުރެވުނު މީހާއަށް އެއްވެސް އަނިޔާއެއް ނުވަތަ ހާނިއްކައެއް ލިބުނު ނަމަ، އެކަމުގެ ތަފުސީލު؛
- ބަލައި ފާސްކުރަނީ ނަފްސާނީ އުނިކަމެއް ލިބިފައިވާ މީހެއް ނަމަ، ބަލައި ފާސްކުރިއިރު ހާޒިރުވެހުރި މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތުގެ މައުލޫމާތު؛
- ބަލައި ފާސްކުރީ، ހަވާލުވެހުރި ފަރާތުގެ ނުވަތަ މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތުގެ ހާޒިރުގައި ނޫން ނަމަ، އެފަދައިން ބަލައި ފާސްކުރަންޖެހުނު ސަބަބު؛
- ބަލައި ފާސްކުރީ ބެލެނިވެރިޔާ ނުވަތަ މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތުގެ ހާޒިރުގައި ނޫން ނަމަ، އެކަމަށް ހުއްދަދިން އޮފިސަރުގެ ނަމާއި، ސަރވިސް ނަންބަރާއި، ސޮއި.
(ނ) ފުލުހަކު، މީހަކު ބަލައި ފާސްކޮށްފި ނަމަ، އެ މީހަކު ބަލައި ފާސްކުރުމަށްފަހު ފުލުހުން ލިޔާ ރިކޯޑުގެ ކޮޕީއެއް، ވަގުތުން ދެވެންއޮތް ހާލަތުގައި ވަގުތުން ދޭންވާނެއެވެ. އަދި އެހެން ކޮންމެ ހާލަތެއްގައި އެ ރިކޯޑު ލަސްވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި ދޭންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާނޮްކ ްށފައިވާ ރިކޯޑުގެ އިތުރު ކޮޕީއެއް، ފުލުހުންގެ އިދާރާގައި ރައްކައުތެރިކަމާއެކު ބަލަހައްޓަނާްވނެއެވެ.
135 ވަނަ މާއްދާ - ބަދަލު ދިނުން
(ހ) ކޯޓު އަމުރަކާއެކު ނުވަތަ ކޯޓު އަމުރަކާ ނުލައިނަމަވެސް، ފުލުހުން އުޅަނދެއް ބަލައި ފާސްކުރުމުގައި، ފުލުހުންނަށް ލިބިދޭ ގާނޫނީ ބާރު ބޭނުންކުރުމުގެ ސަބަބުން، އެ އުޅަނދަށް ނުވަތަ އެ އުޅަނދުގައި ހުރި އެއްޗަކަށް ގެއްލުމެއް ލިބިއްޖެ ނަމަ، އަންނަނިވި 2 (ދޭއް) އުސޫލުންކުރެ އުސޫލެއް ހިނގާނެއެވެ.
- ފުލުހުން ބަލައި ފާސްކުރި އުޅަނދަކީ، މި ގަވާއިދުގެ 95 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ 7 (ހަތެއް) ހާލަތުންކުރެ ހާލަތަކަށް ފެތޭ އުޅަނދެއްކަމަށް، ބަލައި ފާސްކުރުމުން ކަށަވަރުވާ ނަމަ، އެ އުޅަނދަށް ނުވަތަ އެ އުޅަނދުގައި ހުރި އެއްޗަކަށް ލިބުނު ގެއްލުމަށް ފުލުހުން ޒިންމާވާކަށެއް ނުޖެހޭނެއެވެ.
- ފުލުހުން ބަލައި ފާސްކުރި އުޅަނދަކީ، މި ގަވާއިދުގެ 95 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ 7 (ހަތެއް) ހާލަތުންކުރެ ހާލަތަކަށް ފެތޭ އުޅަނދެއް ނޫންކަމަށް، ބަލައި ފާސްކުރުމުން ކަށަވަރުވާ ނަމަ، އަދި އެ އުޅަނދެއް ފުލުހުން ބަލައި ފާސްކުރުމަށް ހުރަހެއް ކުރިމަތިކުރުވައިފައި ނުވާނަމަ، އެ އުޅަނދަށް ނުވަތަ އެ އުޅަނދުގައި ހުރި އެއްޗަކަށް، ބަލައި ފާސްކުރުމުން ލިބުނު ގެއްލުން، ފުލުހުން ކަނޑައަޅާ އާންމުކުރާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން، ހާލަތަށް ބަލައިފައި ފުލުހުން މަރާމާތު ކޮށްދޭން ވާނެއެވެ.
(ށ) ކޯޓު އަމުރަކާއެކު ނުވަތަ ކޯޓު އަމުރަކާ ނުލައިނަމަވެސް، ފުލުހުން ތަނެއް ބަލައި ފާސްކުރުމުގައި، ފުލުހުންނަށް ލިބިދޭ ގާނޫނީ ބާރު ބޭނުންކުރުމުގެ ސަބަބުން، އެ ތަނަކަށް ނުވަތަ އެ ތަނުގައި ހުރި އެއްޗަކަށް ގެއްލުމެއް ލިބިއްޖެ ނަމަ، އަންނަނިވި 2 (ދޭއް) އުސޫލުން ކުރެ އުސޫލެއް ހިނގާނެއެވެ.
- ފުލުހުން ބަލައި ފާސްކުރި ތަނަކީ، ކުށާ ގުޅުންހުރި މީހުން ނުވތަ ކުށާ ގުޅުން ހުރިތަކެތި ހުރި ތަނެއްކަމަށް އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭ ނަމަ، އެ ތަނަށް ނުވަތަ އެ ތަނުގައި ހުރި އެއްޗަކަށް ލިބުނު ގެއްލުމަށް ފުލުހުން ޒިންމާވާކަށެ ްއ ނުޖެހޭނެއެވެ.
- ފުލުހުން ބަލައި ފާސްކުރި ތަނީަކ، ކުށާ ގުޅުންހުރި މީހުން ނުވަތަ ކުށާ ގުޅުން ހުރިތަކެތި ހުރި ތަނެއްކަމަށް އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ގަބޫލު ނުކުރެވޭ ނަމަ، އަދި ތަނެއް ބަލައި ފާސްކުރުމަށް ހުރަހެއް ކުރިމަތިކުރުވައިފައި ނުވާ ނަމަ، އެ ތަނަށް ނުވަތަ އެތަނުގައި ހުރި އެއްޗަކަށް ލިބުނު ގެއްލުން، ފުލުހުން ކަނޑައަޅާ އާންމުކުރާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން، ހާލަތަށް ބަލައިފައި، ފުލުހުން މަރާމާތު ކޮށްދޭން ވާނެއެވެ.
ތޭވީސްވަނަ ބާބު
މުދާ ހިފެހެއްޓުން
136 ވަނަ މާއްދާ - މުދާ ހިފެހެއްޓުމުގެ ބާރު
މީހުންނާއި ތަންތަން ބަލައި ފާސްކުރުމުގައި، ހެކީގެ ގޮތުގައި ބޭނުންކުރުމަށް ގާނޫނުން ނުވަތަ މި ގަވާއިދުން ހުއްދަކުރާ އެއްޗެއް ނުވަތަ އެއްޗަކުން ބައެއް ހިފެހެއްޓުމުގެ ބާރު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 36 ވަނަ މާއްދާއިން ފުލުހުންނަށް ިލބިގެންވެއެވެ.
137 ވަނަ މާއްދާ - ކޯޓު އަމުރަކާ ނުލައި މުދާ ހިފެހެއްޓުން
އަންނަނިވި ހާލަތްތަކުގައި، އަންނަނިވި ތަކެތި، ކޯޓު އަމުރަކާ ނުލައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިދާނެއެވެ.
(ހ) ކޯޓު އަމުރަކާ ނުލައި އާންމު ތަންތަން ބަލައި ފާސްކުރުމުގެ ތެރޭގައި ކުށެއްގެ ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެ ކަމަށް ގަބޫލުކުރެވޭ އެއްޗެއް.
(ށ) އާންމު ތަނެއްގައި ހުރި މީހަކު ކުށެއް ކުރަނިކޮށް ފެނިއްޖެ ހިނދެއްގައި، ނުވަތަ މީހަކު ކުށެއް ކޮށްފިކަމަށް، ނުވަތަ އެ ވަގުތަކު އެ އުޅެނީ ކުށެއް ކުރަންކަމަށް ބުއްދިއަށް ގަބޫލުކުރެވޭ ފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެއްޖެ ހިނދެއްގައި، އެ މީހާގެ އަތުގައި ކުށެއްގެ ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެ ކަމަށް ގަބޫލުކުރެވޭ އެއްޗެއް އޮތްކަމުގައި ފުލުހުންނަށް ގަބޫލުކުރެވޭ ނަމަ، އެ އެއްޗެއް.
(ނ) އަމިއްލަ ތަނެއްގެ ވެރިފަރާތުގެ ނުވަތަ އެ ތަނެއްގައި ދިރިއުޅޭ ފަރާތުގެ ނުވަތަ އެވަގުތަކު އެ ތަނަކާ ހަވާލުވެހުރި ފަރާތެއްގެ ރުހުމާއެކު އެ ތަނެއް ބަލައިފާސްކުރުމުގައި ފެންނަ އާންމު ފަރުދަކު ގެންގުޅުން ގާނޫނަކުން މަނާކޮށްފައިވާ އެއްޗެއް ނުވަތަ ކުށެއްގެ ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެ ކަމަށް ގަބޫލުކުރެވޭ އެއްޗެއް.
(ރ) ކޯޓު އަމުރަކާ އެއްގޮތްވާ ގޮތިގެ މަތިން އަމިއްލަ ތަނެއް ބަލައި ފާސްކުރުމުގައި، އެ އަމުރުގައި ބަޔާންކުރާ އެއްޗެއް ނޫން އެހެން އެއްޗެއް ފެނިއްޖެ ނަމަ، އަދި އެ އެއްޗަކީ، ޖިނާއީ އެހެން ކުށަކާ ގުޅޭ ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއްކަމަށް ފުލުހުންނަށް ބެލޭ ނަމަ، އަދި އެ އެއްޗެއް ފޮރުވުމުގެ ފުރުސަތު ނުވަތަ ނައްތައިލުމުގެ ފުރުސަތު އޮތްކަމަށް އެ ފުލުހަކަށް ގަބޫލުކުރެވޭނަމަ، އެ އެއްޗެއް.
(ބ) ކޯޓު އަމުރަކާ ނުލައި އުޅަނދެއް ފާސްކުރެވޭ ހާލަތެއްގައި، އެ އުޅަނދެއް ބަލައި ފާސްކުރުމުގައި، އެ އުޅަނދަކުން ފެންނ،ަ އަންނަނިވި ތަކެތި:
- ގާނޫނަކުން ގެންގުޅުން މަނާކުރާ ތޫނު އެއްޗެއް ނުވަތަ ގޮވާ އެއްޗެއް؛
- މަސްތުވާ އެއްޗެއް؛
- ވަގަށްނަގައިފައިވާ މުދާ؛
- ކުށެއް ކޮށްގެން ހޯދައިފައިވާ މުދާ؛
- ކުށްކުރުމުގައި ބޭނުންކޮށްފައިވާ ކަމަށް ބެލޭ އެއްޗެއް.
(ޅ) ގާނޫނުގައިވާ ގޮތުގެމަތިން ފުލުހަކު މީހަކާ ސުވާލުކުރުމުގައި، ނުވަތަ ތަނަކަށް ވަނުމުގައި، ނުވަތަ އުޅަނދެއް ހިފެހެއްޓުމުގައި، ނުވަތަ ފަހަތުން ފަހައިދިޔުމުގައި، ނުވަތަ ކުށުގެ ވެށީގެ ތެރެއިން، ގާނޫނާ ހިލާފު އެއްޗެއް ނުވަތަ އެވަގުތަކު އެ ފުލުހަކު އޭނާއާ މުއާމަލާތްކުރާ މައްސަލައިގައި ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް، އެއްވެސް މިންވަރެއްގެ ބަލައި ފާސްކުރުމަކަށް ބޭނުންނުވެ، ދިމާއަށް ލޯޯމައްޗަށް ފެންނަން އޮވެއްޖެނަމަ، އެ އެއްޗެއް.
(ކ) ކޯޓު އަމުރަކާ ނުލައި ފުލުހުންނަށް މީހެއްގެ އަތުން ނުވަތަ އުޅަނދކުން ނުވަތަ ތަނަކުން ހިފެހެއްޓިދާނެކަމުގައި ގާނޫނުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކޮންމެ މުދަލެއް.
138 ވަނަ މާއްދާ - ކޯޓު އަމުރުގެ ދަށުން އަމިއްލަ ތަނެއްގައި ހުރި މުދާ ހިފެހެއްޓުން
(ހ) ކޯޓު އަމުރެއްގެ ދަށުން އަމިއްލަ ތަނެއް ބަލައި ފާސްކުރުމުގައި، އަންނަނިވި ތަކެތި ހިފެހެއްޓުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ.
- ހެކީގެ ގޮތުގައި ބޭނުންކުރުމަށް އެ އަމުރުން ހިފެހެއްޓުމަށް ހުއްދަކުރާ އެއްޗެއް.
- ކުށްކޮށްގެން ހޯދައިފައިވާ މުދަލެއް ކަމަށް ބެލުމުގައި އެކަށީގެންވާ ސަބަބު ހުރި އެއްޗެއް ނުވަތަ އެ އެއްޗަކުން ބައެއް. އެއްޗެއް އެއްކޮށް.
- ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް ނުވަތަ ކުށްކޮށްގެން ހޯދައިފައިވާ މުދަލެއް އެ ތަނުގައި ހުރި ނަމަ، އެ އެއްޗެއް.
- ކޯޓު އަމުރަކާ އެއްގޮތްވާ ގޮތުގެމަތިން އަމިއްލަ ތަނެއް ބަލައި ފާސްކުރުމުގައި، އެ އަމުރުގައި ބަޔާންކުރާ އެތި ނޫން އެހެން އެއްޗެއް ފެނިއްޖެ ނަމަ؛ އަދި އެ އެއްޗަކީ، ޖިނާއީ އެހެން ކުށަކާ ގުޅޭ ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއްކަމަށް ފުލުހުންނަށް ބެލޭ ނަމަ؛ އަދި އެ އެއްޗެއް ފޮރުވުމުގެ ފުރުސަތު ނުވަތަ ނައްތައިލުމުގެ ފުރުސަތު އޮތްކަމަށް އެ ފުލުހަކަށް ގަބޫލުކުރެވޭ ނަމަ، އެ އެއްޗެއް.
(ށ) ހެކީގެ ގޮތުގައި ބޭނުންކުރުމަށް ޓަކައި، ބަލައި ފާސްކުރެވޭ ތަނަކުން ހޯދަން ބޭނުންވާ އެއްޗަކީ އެއްވެސް ބާވަތެއްގެ އިލެކްޓްރޯނިކް ވަސީލަތެއްގައި ރައްކައުކޮށްފައިވާ މައުލޫމާތެއް ނަމަ، އެ މައުލޫމާތު ބެލޭނެ ގޮތަށާއި، އެ މައުލޫމާތު ކިޔަން އެނގޭނެގޮތަށާއި، އެ ތަނުން ގެންދެވޭނެ ގޮތަކަށް ހުށަހެޅުމަށް އެންގުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) ގެ 3 ވަނަ މާއްދާއާއި، 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އެއްވެސް އެއްޗެއް ފެނިއްޖެ ނަމަ، އެއީ ވަކި މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަންވާނެއެވެ.
139 ވަނަ މާއްދާ - ހިފަހައްޓާ މުދަލުގެ އިންވެންޓްރީ
(ހ) ފުލުހުން ހިފަހައްޓާ މުދަލުގެ ިއންވެންޓްރީއެއް، ކޯޓު އަމުރު ތަންފީޒުކުރާ ފުލުހަކު އެކުލަވައިލަންވާނެއެވެ. ފުލުހުން އެކަން ކުރަންވާނީ، މުދަލުގެ ވެ ިރފަރާތުގެ ހާޒިރުގައި، ބަލައި ފާސްކުރާ ވަގުތުއެވެ. ވެރިފަރާތް ނެތް ހާލަތެއްގައި، ވެރިފަރާތުގެ މަސްލަހަތު ހިމާޔާތްކޮށްދެވޭނެ ފަރާތެއްގެ ހާޒިރުގައެވެ. އިންވެންޓްރީ ފޯމް ޖަދުވަލު 14 ގައި އެވަނީއެވެ.
(ށ) ބަލައި ފާސްކުރެވުނު ތަނުގައި އެވަގުތު ހާޒިރުވެހުރި މުދަލުގެ ވެރިފަރާތަށް ނުވަތަ މުދަލުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތަކަށް، ހިފެހެއްޓޭ މުދަލުގެ އިންވެންޓްރީގެ ކޮޕީއެއް ފުލުހުން ދޭންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އެހެން އޮތްކަމުގައި ވިޔަސް، ބަލައި ފާސްކުރުމުގެ ކޯޓު އަމުރެއް ތަންފީޒުކުރުމުގެ ތެރެއިން ހިފަހައްޓާ މުދަލުގެ އިންވެންޓްރީ އެކުލަވައިލާނީ، އިންވެންޓްރީ ލިޔާ އޮފިސަރާއި، އެހެން އިތުރު ފުލުހަކާއި، މުދަލުގެ ވެރިފަރާތުގެ ހާޒިރުގައެވެ. ވެރިފަރާތް ނެތް ހާލަތެއްގައި، ވެރިފަރާތުގެ މަސްލަހަތު ހިމާޔާތްކޮށްދެވޭނެ ފަރާތެއްގެ ހާޒިރުގައެވެ.
(ރ) ހިފެހެއްޓޭ މުދަލުގެ އިންވެންޓްރީއާ، މުދަލުގެ ވެރިފަރާތް ނުވަތަ ވެރިފަރާތް ނެތް ހާލަތެއްގައި ވެރިފަރާތުގެ މަސްލަހަތު ހިމާޔާތްކޮށްދެވޭނެ ފަރާތަކުން ހަވާލުނުވި ނަމަ، އިންވެންޓްރީގެ ކޮޕީއެއް، ބަލައި ފާސްކުރިތަނުގައި ފުލުހުން ހަރުކުރަންވާނެއެވެ.
(ބ) މި މާއްދާގެ މަގްސަދަށްޓަކައި، ބަލައި ފާސްކުރާ ތަނުގެ ވެރިފަރާތް ނުވަތަ އެ ތަނުގެ މަސްލަހަތު ރައްކައުތެރިކޮށްދޭ ފަރާތަކީ، އެ ތަނުގައި ހުރި މުދަލުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތެއްކަމަށް ބެލޭނެއެވެ.
ސައުވީސްވަނަ ބާބު
ހިފަހައްޓާ މުދަލާމެދު އަމަލުކުރާނެ އުސޫލު
140 ވަނަ މާއްދާ - ސީލްކުރުމާއި އެވިޑެންސް ނަންބަރު ދިނުން
(ހ) ފުލުހުން ބަލައި ފާސްކުރުމުގައި ހެކީގެ ގޮތުގައި އެއްވެސް އެއްޗެއް ހިފަހައްޓައިފި ނަމަ، ލަސްނުކޮށް އެ އެއްޗެއް ސީލްކުރަންވާނެއެވެ. އަދި ހިފެހެއްޓޭ އެއްޗަކީ ސީލް ނުކުރެވޭ ބާވަތުގެ އެއްޗެއް ނަމަ، އެ އެއްޗެއް ހިފެހެއްޓި ބޭނުން ނުގެއްލޭނޮެގތަށް ރައްކައުތެރިކުރަން ވާނެއެވެ.
(ށ) ފުލުހުން ހިފަހައްޓާ ކޮންމެ މުދަ ެލއްގައި ނުވަތަ އެ މުދާ ސީލްކުރެވޭ އެއްޗެއްގެ ބޭރުގައި ޗެއިން އޮފް ކަސްޓަޑީ ފޯމެއް ހަރުކުރަންވާނެއެވެ. އަދި ޗެއިން އޮފް ކަސްޓަޑީ ފޯމުގައި، ހިފެހެއްޓުނު މުދަލަށް އެވިޑެންސް ނަންބަރެއް ދީ، އެ ނަންބަރު، ރިކޯޑު ކުރަންވާނެއެވެ.
(ނ) ހިފެހެއްޓޭ މުދާ އެއްތަނުން އަނެއްތަނަށް ގެންދާ ނަމަ، ނުވަތަ އެ މުދަލާ ހަވާލުވެހުރި ފަރާތް ބަދަލުވާ ނަމަ، ޗެއިން އޮފް ކަސްޓަޑީ ފޯމުގައި އެކަން ރިކޯޑުކުރަންވާނެއެވެ.
141 ވަނަ މާއްދާ - ފުލުހުންގެ ބެލުމުގެ ދަށުގައިވާ ތަކެތި ބެލެހެއްޓުން
(ހ) މި ގަވާއިދުގެ ތޭވީސްވަނަ ބާބުގެ ދަށުން ފުލުހުން ހިފަހައްޓާ އެއްޗެހި، އެ އެއްޗެހީގެ ވެރިފަރާތާ އަނބުރާ ހަވާލުކުރެވެންދެން ނުވަތަ އެ އެއްޗެއްސާމެދު އަމަލުކުރަންޖެހޭ އެހެން ގޮތަކަށް އަމަލުކުރެވެންދެން ހުންނާނީ، ފުލުހުންގެ އިދާރާގެ އެންމެ އިސް ފަރާތުން ކަނޑައަޅާ ތަނެއްގައެވެ. މިފަދަ މުދަލެއް ބަހައްޓާނީ އެފަދަ މުދަލެއް ބެހެއްޓުމަށް އެކަށީގެންވާ ފަދަ ތަނެއްގައެވެ.
(ށ) މި މާއްދާގެ ދަށުން އެއްވެސް އެއްޗެއް ހިފެހެއްޓިއްޖެ ނަމަ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 36 ވަނަ މާއްދާގެ (ދ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ރައްކައުތެރިކަންމަތީ އެ އެއްޗެއް ބެލެހެއްޓުމަކީ، ފުލުހުންގެ އިދާރާގެ އެންމެ އިސް ފަރާތުގެ ޒިންމާއެކެވެ.
142 ވަނަ މާއްދާ - މުދާ ހިފެހެއްޓުން
(ހ) މި ގަވާއިދުގެ ދަށުން ބަލައި ފާސްކުރުމާ ގުޅިގެން ފުލުހުން ހިފަހައްޓާ މުދަލަކީ، އަންނަނިވި ކަންކަމަށް ބޭނުންކުރެވިދާނެ ތަކެއްޗެވެ. އަދި އެ މުދަލަކީ އެ ކަންކަން ނިމެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓިދާނެ ތަކެއްޗެވެ.
- ޖިނާއީ ކުށެއްގެ ތަހުގީގެއްގައި ބޭނުންކުރުމަށް؛
- ޖިނާއީ ކުށެއްގެ ށަރީއަތުގައި ހެއްކެއްގެ ގޮތުގައި ބޭނުންކުރުމަށް؛
- ގާނޫނާ ހިލާފަށް ހޯދައިފައިވާ އެއްޗެއް ކަމުގައި ބެލުމަށް އެކީަށގެންވާ ހެކި ލިބިފައިވާނަމަ، އެ އެއްޗެއްގެ ހަގީގީ ވެރިފަރާތް ހޯދުން.
(ށ) މި މާއްދާގެ (ހ) ގައި އެހެންއޮތް ނަމަވެސް، ހިފެހެއްޓޭ މުދަލަކީ، އެ މުދާ ހިފެހެއްޓި ބޭނުން ނިމުމަކަށް އައުމާއެކު، އެ އެއްޗަކީ ދިވެހިރާއްޖެއަށް ގެނައުން މަނާ ނުވަތަ ދިވެހިރާއްޖޭގައި ގެންގުޅުން މަނާ އެއްޗެއް ކަމުގައި ނުވާ ނަމަ، އެކަށީގެންނުވާ ލަސްކުރުމެއްނެތި އަދި ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ފުލުހުން އެ މުދަލެއް އެ މުދަލެއްގެ ވެރިފަރާތާ އަނބުރާ ހަވާލުކުރަންވާނެއެވެ. އަދި ހިފެހެއްޓޭ އެއްޗަކީ، ހަމައެކަނި އެ އެއްޗެއްގެ ކޮޕީއެއް ނުވަތަ ފޮޓޯއެއް އޮތުމުން ފުދޭނެ އެއްޗަކަށް ވާނަމަ، އެކަން ކުރުމަށްފަހު، އެ އެއްޗެއް، އެ އެއްޗެއްގެ ވެރިފަރާތާ ހަވާލުކުރަންވާނެއެވެ. ނުވަތަ އެ އެއްޗަކީ، މައުލޫމާތު ރައްކައުކުރެވޭ އެއްޗެއް ކަމުގައި ވެފައި، ތަހުގީގަށް ބޭނުންވަނީ އެ އެއްޗެއްގައިވާ މައުލޫމާތު އެކަނި ކަމުގައި ވާނަމަ، އެ މައުލޫމާތަކަށް ވާސިލުވެ، އެ މައުލޫމާތު ނަކަލުކުރުމަށްފަހު، އެ މުދަލެއްގެ ވެރިފަރާތާ ހަވާލުކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ފަދަ އެއްޗެއްގައި ހުންނަ ފޮޓޯ، ވީޑިއޯ ނުވަތަ މައުލޫމާތަކީ އެހެން މީހެއްގެ އަބުރާއި އިއްޒަތާއި ކަރާމާތަށް އުނިކަން ލިބޭ ފަދަ ނުވަތަ ގާނޫނާ ހިލާފު އަމަލެއް ހިންގުމަށް ހިއްވަރުދިނުމަށް ނުވަތަ އެފަދަ އަމަލެއް އުނގަންނައިދިނުމަށް ބޭނުންކުރެވިދާނެ އެއްޗެއް ނަމަ، އެފަދަ ފޮޓޯ ނުވަތަ ވީޑިއޯ ނުވަތަ މައުލޫމާތު އަނބުރާ ވުޖޫދު ނުކުރެވޭނެ ފަދައަކުން އެ ވަސީލަތަކުން ފޮހެލުމާއި، އެ އެއްޗެއް ނައްތައިލުމަށްފަހު، އެ އެއްޗެއް އަނބުރާ ހަވާލުކުރުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ.
143 ވަނަ މާއްދާ - ހިފަހައްޓާ މުދާ އަނބުރާ ރައްދުކުރުން
(ހ) އުޅަނދެއް، ނުވަތަ ތަނެއް ނުވަތަ މީހަކު ބަލައި ފާސްކުރުމަށް ފަހު، ފުލުހުން ހިފަހައްޓާ މުދަލެއް، އެ މުދަލެއްގެ ވެރިފަރާތަށް އަނބުރާ ރައްދުކުރުމުގައި އަމަލުކުރާނީ މި މާއްދާގައި ބަޔާންވެގެންވާ ފަދައިންނެވެ.
(ށ) ހިފަހައްޓައިފައިވާ މުދަލެއް އަނބުރާ ރައްދުކުރާއިރު، އެހެން ގޮތަކަށް ސާބިތުނުވާހައި ހިނދެއްގައި ރައްދުކުރަންވާނީ އެ އެއްޗެއް ނުވަތަ އެ މުދަލެއް އަތުލެވުނު ފަރާތަކަށެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތްކަމުގައި ވިޔަސް، ހިފަހައްޓައިފައިވާ މުދަލެއް އަނބުރާ ރައްދުކުރަންޖެހޭ ހާލަތުގައި، އެ އެއްޗެއްގެ އަސްލު ވެރިފަރާތަކީ އެ އެއްޗެއް އަތުލެވުނު ފަރާތް ނޫން އެހެން ފަރާތެއް ކަމުގައި، އެ އެއްޗެއް ހިފެހެއްޓި ފުލުހުންނަށް ަގބޫލުކުރެވޭ މަގުބޫލު ސަބަބުތަކެއް ހުރި ނަމަ، އެ އެއްޗެއް ރައްދުކުރަންވާނީ އެކަން ކަށަވަރު ކުރުމަށްފަހު، އެ އެއްޗެއްގެ އަސްލު ހައްގުވެރިޔާއަށެވެ.
(ރ) ރައްދުކުރަންޖެހޭ އެއްޗެއްގެ މިލްކުވެރިޔަކީ އެ މީހާކަމަށް ބުނެ އެއް ފަރާތަށް ވުރެ ގިނަ ފަރާތުން ހުށަހަޅާ ހާލަތުގައި، އެ އެއްޗެއްގެ ހައްގުވެރިޔާ ކަށަވަރުކުރެވެންދެން، އެއްވެސް ފަރާތަކަށް އެ އެއްޗެއް ރައްދުނުކޮށް، ފުލުހުންގެ އިދާރާގައި އެކަށީގެންވާ މުއްދަތަކަށް ހިފެހެއްޓިދާނެއެވެ. އަދި އެކީަށގެންވާ މުއްދަތެއްގެ ތެރޭގައި އެ އެއްޗެއްގެ އަސްލު ހައްގުވެރިޔާ ކަށަވަރު ނުކުރެވުނު ނަމަ، އެ އެއްޗެއް ރައްދުކުރާނީ ށަރީއަތުން އެ މުދަލެއްގެ ވެރިފަރާތް ކަމުގައި ކަނޑައަޅާ ފަރާތަކަށެވެ.
(ބ) ހިފެހެއްޓިފައިވާ އެއްޗެއް ވެރި ފަރާތާ ހަވާލުކުރަންވާނީ އަންނަނިވި މައުލޫމާތު ހިމެނޭ ލިޔުމަކާ އެކުގައެވެ.
- މުދަލުގެ ނަމާއި، ބާވަތާއި، މުދަލަށް ދީފައިވާ އެވިޑެންސް ނަންބަރު؛
- މުދާ ހިފެހެއްޓި ތާރީހާއި ތަން؛
- މުދާ ހިފެހެއްޓި ސަބަބު،
- މުދަލުގެ ވެރިފަރާތުގެ ނަމާއި، އެއީ ކާކުކަން އަންގައިދޭ މައުލޫމާތު؛
- މުދަލާ ހަވާލުވި ފަރާތުގެ ނަމާއި، އެއީ ކާކުކަން އަންގައިދޭ މައުލޫމާތާއި ސޮއި؛
- މުދާ ހަވާލުކުރި އޮފިސަރުގެ ނަމާއި، ސަރވިސް ނަންބަރާއި، ސޮއި؛
- މުދާ ހަވާލުކުރަން ހުއްދަދިން އިސްވެރިޔާގެ ނަމާއި، ސަރވިސް ނަންބަރާއި، ސޮއި؛
- މުދާ ހަވާލުކުރި ތާރީހާއި ގަޑި؛
- މުދާ ހަވާލުކުރެވުނުއިރު މުދާ ހުރި ހާލަތު.
144 ވަނަ މާއްދާ - ހައްޔަރުކޮށްފައިވާ ނުވަތަ ބަންދުކޮށްފައިވާ މީހާގެ އަތުން ނަގާ ތަކެތި
(ހ) ފުލުހުން ހައްޔަރުކޮށްފައިވާ ނުވަތަ ބަންދުކޮށްފައިވާ މީހަކު މީހެއް ބަލައި ފާސްކުރުމުގައި، އޭނާގެ އަތުން ނުވަތަ ހަށިގަނޑުން ނުވަތަ ފޭރާމުގެ ތެރެއިން ފެންނަ ތަކެތީގެ ތެރެއިން ގާނޫނާ ހިލާފު ތަކެއްޗާއި، އޭނާާއމެދު ތުހުމަތުކުރެވޭ ކުށާ ގުޅުންހުރި އެއްޗެހި، ހެކީގެ ގޮތުގައި ނަގައި ހިފެހެއްޓުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ. އަދި މިގޮތުން ތަކެތި ހިފެހެއްޓުމުގައި އަމަލުކުރާނީ މި ގަވާއިދުގެ 140 ވަނަ މާއްދާގައިވާ ގޮތަށެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފުލުހުން ހިފަހައްޓާ ތަކެތީގެ ތެރެއިން، ފުލުހުން ހައްޔަރުކޮށްފައިވާ މީހާއަށް ނުވަތަ ބަންދުކޮށްފައިވާ މީހާއަށް ރައްކައުތެރިކަމާއެކު އަނބުރާ ރައްދުކޮށްދޭންޖެހޭ ތަކެއްޗާއި، އަނބުރާ ރައްދުކުރާނެ ގޮތް މި ގަވާއިދުގެ 143 ވަނަ މާއްދާގައި އެވަނީއެވެ.
145 ވަނަ މާއްދާ - ޑިޕްލޮމެޓިކް އިމްތިޔާޒުގެ ދަށުގައިވާ ތަކެތި ހިފެހެއްޓުން
މި ގަވާއިދުގެ 137 ވަނަ މާއްދާއާއި 138 ވަނަ މާއްދާ އެހެން އޮތް ނަމަވެސް، ޑިޕްލޮމެޓިކް އިމްތިޔާޒު ލިބިފައިވާ ތަކެތި ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިގެނެއް ނުވެއެވެ.
ފަންސަވީސްވަނަ ބާބު
ބަލައި ފާސްކުރުމުގެ ކޯޓު އަމުރަށް އެދުން
146 ވަނަ މާއްދާ - ބަލައި ފާސްކުރުމުގެ ކޯޓު އަމުރަށް އެދުން
ކޯޓު އަމުރަކާއެކު ނޫނީ ބަލައި ފާސްކުރެވެން ނެތް ހާލަތުގައި، ކޯޓު އަމުރެއް ހޯދުމަށް ފުލުހުންގެ ފަރާތުން އެދި ހުށަހަޅަންވާނީ، އެ މައްސަލައެއް ތަހުގީގުކުރާ ޑިޕާޓްމަންޓުގެ ވެރިޔާ ނުވަތަ އޭނާ ކަނޑައަޅާ ކަމިށަންޑް އޮފިސަރެއް ސޮއިކޮށް، ކަމާބެހޭ ފޯމު މެދުވެރިކޮށެވެ.
147 ވަނަ މާއްދާ - ކޯޓު އަމުރަށް އެދޭ ފޯމު
(ހ) ހޯޓު އަމުރަކަށް އެދެނީ އަމިއްލަ ތަނެއް ބަލައި ފާސްކުރުމަށް ކަމުގައިވާނަމަ، އެކަމަށްޓަކައި އެދޭނީ، ތަންނަން ބަލައި ފާސްކުރުމަށް އެދި ފަނޑިޔާރަށް ހުށަހަޅާ ފޯމު މެދުވެރިކޮށެވެ.
(ށ) ކޯޓު އަމުރަކަށް އެދެނީ އުޅަނދެއް ބަލައި ފާސްކުރުމަށް ކަމުގައިވާނަމަ، އެކަމަށްޓަކައި އެދޭނީ، އުޅަނދު ބަލައި ފާސްކުރުމަށް އެދި ފަނޑިޔާރަށް ހުށަހަޅާ ފޯމު މެދުވެރިކޮށެވެ.
(ނ) ކޯޓު އަމުރަކަށް އެދެނީ މީހަކު ބަލައި ފާސްކުރުމަށް ކަމުގައިވާނަމަ، އެކަމަށްޓަކައި އެދޭނީ، މީހުން ބަލައި ފާސްކުރުމަށް އެދި ފަނޑިޔާރަށް ހުށަހަޅާ ފޯމު މެދވެރިކޮށެވެ.
148 ވަނަ މާއްދާ - ބަލައި ފާސްކުރުމުގެ ކޯޓު އަމުރު ތަންފީޒުކުރުން
(ހ) ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމަށް ހުއްދަދެވޭ ތަނެެއް، އެ އަމުރުގައި ކަނޑައަޅައިފައިވާ ގޮތުގެމަތިން، އެ އަމުރުގައި ބަޔާންކޮށްފައިވާ މުއްދަތާއި ވަގުތުގައި ބަލައި ފާސްކޮށް ނިންމަންވާނެއެވެ.
(ށ) ކޯޓު އަމުރެއް ތަންފީޒުކުރުމުގެ ބާރު ކޮންމެ ފުލުހަކަށް ވެސް ލިބިގެންވެއެވެ. އަދި އެ އަމުރުގެ ދަށުން ކުރަން ހުއްދަ ކޮންމެ ކަމެއް ކުރުމުގެ ބާރުވެސް ކޮންމެ ފުލުހަކަށް ވެސް ލިބިގެންވެއެވެ.
(ނ) ބަލައި ފާސްކުރުމުގެ އަމުރެއްގައި ހުއްދަ ދީފައިވަނީ ހަމައެކަނި ތަނެއްގެ ވަކިބައެއް ނުވަތަ ސަރަހައްދެއް ބަލައި ފާސްކުރުމަށް ކަމުގައިވާނަމަ، ހުއްދަ ދެވިފައިވާ ބައި ނުވަތަ ސަރައްހައްދު ފިޔަވައި އެހެން އެއްވެސް ތަނެއް ފުލުހުން ބަލައި ފާސްކޮށްގެން ނުވާނެއެވެ.
(ރ) އެހެން ގާނޫނެއްގައި މިނޫންގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޒުކުރުމުގެ ގޮތުން އަމިއްލަ ތަނަކަށް ފުލުހުން ވަނުމުގައި، ބަލައި ފާސްކުރަންޖެހޭ ތަނުގެ ތެރެއިން އެ ތަނަކުން ފުލުހުންނާއި ފުރަތަމަ ބައްދަލުވާ މީހަކަށް ނުވަތަ ބަޔަކަށް އެ ތަނަށް ވަންނަކަން އަންގަންވާނެއެވެ.
(ބ) ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ބަލައި ފާސްކުރަންޖެހޭ ތަނުގައި އެ ތަނުގެ ވެރިފަރާތް ނުވަތަ އެ ފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ އެހެން މީހަކު އެ ތަނުގައި ނެތްނަމަ، އެ ތަނެއް ބަލައި ފާސްކޮށްގެންނުވާނެއެވެ.
149 ވަނަ މާއްދާ - ބަލައި ފާސްކުރުމުގެ ހާއްސަ އުސޫލު
(ހ) ބަޑި، ނުވަތަ ބަރު ހަތިޔާރު، ނުވަތަ ވަޒަން، ނުވަތަ ގޮވާ އެއްޗެހި ހިފައިގެން ބަޔަކު ނުވަތަ މީހަކު ތަނެއްގައި ޖިނާއީ ކުށެއް ހިންގަމުންދާކަމަށް ނުވަތަ ހިންގައިފާނެކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ފުލުހުންނަށް ގޫަބލުކުރެވޭ ހާލަތުގައި، އެ ތަނެެއް ބަލައި ފާސްކުރުމުގައި ނޭށަނަލް ޑިފެންސް ފޯސްގެ އެހީތެރިކަމަށް އެދެވިދާނެއެވެ. ފުލުހުންގެ ފަރާތުން މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްގެ އެހީތެރިކަމަށް އެދުނު ގޮތާއި، ސިފައިންގެ ފަރާތުން އެ ތަނެއްގައި ހަރަކާތްތެރިވުމަށް އައި ގަޑިއާއި، ސިފައިންގެ އޮޕަރޭށަނާ ހަވާލުވެ ހުރި ފަރާތުގެ ނަމާއި، ރޭންކާއި، ސަރވިސް ނަންބަރާއި، ސިފައިން އެ ތަނެއް ރައްކައުތެރިކަމަށް ކަނޑައެޅި ތާރީހާއި، ގަޑިއާއި، އެ ތަނުން ސިފައިން ދިޔަ ގަޑި، ފުލުހުން ރެކޯޑުކުރަންވާނެއެވެ.
(ށ) ތޫނު ހަތިޔާރު ހިމެނޭގޮތުން ބަޔަކު ނުވަތަ މީހަކު ޖިނާއީ ކުށެއް ހިންގާކަމަށް ނުވަތަ ހިންގަން އުޅޭކަމަށް ނުވަތަ ތަނެއްގައި ޖިނާއީ ކުށެއް ހިންގަމުންދާކަމަށް ނުވަތަ ހިނގައިފާނެކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ފުލުހުންނަށް ގަބޫލުކުރެވޭ ހާލަތުގައި އެ ތަނެއް ނުވަތަ އެ ބަޔަކު ނުވަތަ އެ މީހަކު ބަލައި ފާސްކުރުމަށްޓަކައި ފުލުހުން ހަރަކާތްތެރިވާނީ، އެ ތަނަކަށް ވަނުމަށް ނުވަތަ އެ ބަޔަކާ ނުވަތަ އެ މީހަކާ މުއާމަލާތުކުރުމަށް އަޅަންޖެހޭ ރައްކައުތެރިކަމުގެ ފިޔަވަޅު އަޅައިގެންނެވެ.
ހަވަނަ ބައި
އިތުރު ބާރުތައް
ސައްބީސްވަނަ ބާބު
އެކައުންޓުގެ މައުލޫމާތު ހޯދުން
150 ވަނަ މާއްދާ - އެކައުންޓު މޮނިޓަރކުރުން
ޖިނާއީ ކުށެއްގެ ތަހުގީގާ ގުޅިގެން މީހެއްގެ ނުވަތަ ފަރާތެއްގެ ބޭންކު އެކައުންޓާއި އެ އެކައުންޓުން ކުރާ މުއާމަލާތް މޮނިޓަރ ކުރަން ޖެހިއްޖެ ހިނދެއްގައި، އަންނަނިވި 2 (ދޭއް) ގޮތުން ކުރެ ގޮތަކަށް ފުލުހުން ަނށް އެކަން ކުރެވިދާނެއެވެ.
(ހ) ގާނޫނު ނަންބަރު 2010-24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގެ 41 ވަނަ މާއްދާގެ ދަށުން، ނުވަތަ
(ށ) ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ ދަށުން.
151 ވަނަ މާއްދާ - ބޭންކިންގއާބެހޭ ގާނޫނުގެ ދަށުން މައުލޫމާތު ހޯދުން (ނޯޓް: މި މާއްދާގެ (ހ) އަދި (ށ) ގެ ނަންބަރުތައް ދެފަހަރު ތަކުރާރު ކުރެވިފައިވޭ)
(ހ) މި ގަވާއިދުގެ 150 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދައިން، ޖިނާއީ ކުށެއްގެ ތަހުގީގާ ގުޅިގެން، ގާނޫނު ނަންބަރު 2010-24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގެ 41 ވަނަ މާއްދާގެ ދަށުން ބޭންކު އެކައުންޓަކާ އެ އެކައުންޓުން ކުރާ މުއާމަލާތް ބަލަން ޖެހިއްޖެ ހާލަތެއްގައި، އަންނަނިވި ގޮތުންކުރެ ގޮތަކަށް ފުލުހުންނަށް އެކަން ކުރެވިދާނެއެވެ.
(ހ) ކަސްޓަމަރެއްގެ ބޭންކު އެކައުންޓުތަކާއި، ޑިޕޮޒިޓްތަކާއި، ޓްރަސްޓްތަކާއި، ސޭފް ޑިޕޮޒިޓް ބޮކްސްތަކާއި، އަދި / ނުވަތަ މުއާމަލާތަކާބެހޭ މައުލޫމާތު ނުވަތަ ސޭްޓޓްމަންޓް ފުލުހުންނަށް ފޯރުކޮށްދިނުމަށް ކަމާބެހޭ ބޭންކެއްގައި ލިޔުމުން އެދުން؛
(ށ) ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނުގެ 41 ވަނަ މާއްދާއިން ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިދޭ ބާރުގެ ދަށުން، ކަސްޓަމަރެއްގެ ބޭންކު އެކައުންޓު ަތކާއި، ޑިޕޮޒިޓްތަކާއި، ޓްރަސްޓްތަކާއި، ސޭފް ޑިޕޮޒިޓް ބޮކްސްތަކާއި، އަދި / ނުވަތަ މުއާމަލާތަކާބެހޭ މައުލޫމާތު ނުވަތަ ސްޓޭޓްމަންޓް ފުލުހުންނަށް ހޯދައިދިނުން އެދި ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހެޅުން.
(ށ) ކަސްޓަމަރެއްގެ ބޭންކު އެކައުންޓުތަކާއި، ޑިޕޮޒިޓްތަކާއި ޓްރަސްޓްތަކާއި، ސޭފް ޑިޕޮޒިޓް ބޮކްސްތަކާއި، އަދި / ނުވަތަ މުއާމަލާތަކާބެހޭ މައުލޫމާތ،ު ސްޓޭޓްމަންޓް ނުވަތަ އެނޫންވެސް ބޭންކުން ބަލަހައާްޓ ކަސްޓަމަރުންގެ މައުލޫމާތު ހޯދުމަށް އެދި ބޭންކަށް ހުށަހަޅާ ލިޔުމުގައި ސޮއިކުރަންވާނީ އެ މައްސަލައެއް ތަހުގީގްކުރާ ކޮމާންޑް ހެޑް ނުވަތަ ޑައިރެކްޓަރޭޓް ހެޑް ނުވަތަ އެ މަސްއޫލިއްޔަތާ ހަވާލުވެ ހުންނަ ޗީފް ސުޕުރިންޓެންޑެންޓުން ފެށިގެން މަތީގެ އޮފިސަރެކެވެ.
152 ވަނަ މާއްދާ - މޮނިޓަރކުރުމުގެ އަމުރަކަށް އެދެވޭނެ ހާލަތް
(ހ) މި ގަވާއިދުގެ 150 ވަނަ މާއްދާގެ (ށ) ގައިވާ ފަދައިން، އަންނަނިވި ހާލަތްތަކުގައިވާ މީހުންގެ ބޭންކު އެކައުންޓާއި އެ އެކައުންޓުން ކުރާ މުއާމަލާތް މޮނިޓަރކުރުމުގެ ކޯޓު އަމުރަކަށް އެދުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ.
- ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުން ލާޒިމުކުރާ ކުށެއް ކޮށްފައިވާ މީހާއާއި، އެފަދަ ކުށެއް ކުރުމުގައި ބައިވެރިވެފައިވާ މީހާއާއި، އެފަދަ ކުށެއް ކުރަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ މީހާ؛
- ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުން ލާޒިމުކުރާ ކުށެއްގެ އަމަލުން ސީދާގޮތުގައި ނުވަތަ ނުސީދާގޮތުގައި މަންފާ ލިބިފައިވާ މީހާ؛
- ޖިނާއީ ބޮޑު ކުށެއްގެ އަމަލުން މަންފާއެއް ލިބިގަތުމުގެ މަގުމަތީގައިވާ މީހާ.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުން ލާޒިމުކުރާ ކުށެއްކަމަށް ބަލާނީ، ގާނޫނަކުން ކަނޑައަޅައިފައިވާ ކުށަކަށްވުމާއެކު، އެ ކުށްކޮށްގެން ހޯދައިފައިވާ މުދާ ދައުލަތަށް ނެގުން ލާޒިމުކަމަށް އެ ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި ކަނޑައަޅައިފައިވާ ކުށަށެވެ.
(ނ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި ޖިނާއީ ބޮޑު ކުށެއްގެ އަމަލުން މަންފާއެއް ލިބިގަތުންކަމަށް ބެލުމުގައި އަންނަނިވި ހާލަތްތައް ހިމެނިގެންވެއެވެ.
- ކުށެއްގެ ތުހުމަތު ކުރެވޭ މީހާ ހިންގި ކުށުގެ އަމަލުން ނުވަތަ އެ އަމަލާ ގުޅިގެން އުފެދޭ ފައިސާ ވަކި އެކައުންޓަކަށް ޖަމާވެދާނެކަމަށް ލިބޭ މައުލޫމާތު.
- ކުށެއްގެ ތުހުމަތުކުރެވޭ މީހާ ހިންގި ކުށުގެ އަމަލުން ނުވަތަ އެ އަމަލާ ގުޅިގެން އުފެދޭ ފައިސާ ބަލަހައްޓާނީ ނުވަތަ އެއާ ހަވާލުވާނީ އެހެން ތިންވަނަ މީހަކު މެދުވެރިކޮށް ކަމަށް ލިބޭ މައުލޫމާތު،
- ކުށެއްގެ ތުހުމަތުކުރެވޭ މީހާ ހިންގި ކުށުގެ އަމަލުން ނުވަތަ އެ އަމަލާ ގުޅިގެން އުފެދޭ ފައިސާގެ އަސްލަށް ބަދަލުގެނައުމުގެ ބޭނުމުގައި އެއިން މުއާމަލާތެއް ހިންގާކަމަށް ލިބޭ މައުލޫމާތު،
- ކުށެއްގެ ތުހުމަތުކުރެވޭ މީހާ ހިންގި ކުށުގެ އަމަލުން ނުވަތަ އެ އަމަލާ ގުޅިގެން އުފެދޭ ފައިސާ ލިބިގަތް ގޮތުގެ ހަގީގަތް އޮޅުވައިލުމަށް ނުވަތަ ފޮރުވުމަށް ވަކި އެކައުންޓެއްގައި އެ ފައިސާ ބަހައްޓަން އުޅޭކަމަށް ލިބޭ މައުލޫމާތު؛ އަދި
- ކުށެއްގެ ތުހުމަތުކުރެވޭ މީހާ ހިންގި ކުށުގެ އަމަލުން ނުވަތަ އެ އަމަލާ ގުޅިގެން އުފެދޭ ފައިސާއާއި އޭނާއާ އޮތްގުޅުން ފޮރުވުމަށް އެހެން ތިންވަނަ ފަރާތެއްގެ ހަވާލުގައި ބަހައްޓަން އުޅޭކަމަށް ލިބޭ މައުލޫމާތު.
153 ވަނަ މާއްދާ - މިނިޓަރކުރުމުގެ އަމުރަކަށް އެދުން
(ހ) މި ގަވާއިދުގެ 152 ވަނަ މާ ްއދާގެ (ހ) ގައި ބަޔާންކުރާ ކޯޓު އަމުރަކަށް އެދޭއިރު، އަންނަނިވި މައުލޫމާތު ުހށަހަޅަންވާނެއެވެ.
- އަމުރު ނިސްބަތްވާ މީހާގެ ނަމާއި އެޑްރެހާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ ބިދޭސީއެއް ނަމަ، އަމުރު ނިސްބަތްވާ މީހާގެ ނަމާއި، އެޑްރެހާއި، ޕާސްޕޯޓުގެ ނަންބަރާއި، ގައުމު؛
- ކުރަމުންދާކަމަށް ނުވަތަ ކުރަން އުޅޭކަމަށް ތުހުމަތުކުރެވޭ ކުށް؛
- ކުށުގެ ތުހުމަތުކުރެވިފައިވާ މީހާ އެ ކުށް ކުރަންއުޅޭކަމަށް ނުވަތަ ކުރަމުންދާކަމަށް ލިބިފައިވާ ހެކި؛
- ކޯޓު އަމުރުގެ ދަށުން މޮނިޓަރކުރަން އެދޭ ބޭންކު އެކައުންޓު ނުވަތަ އެކައުންޓުތަކުގެ މައުލޫމާތު؛
- ކޯޓު އަމުރުގެ ދަށުން މޮނިޓަރކުރަން ބޭނުންވާ މުއާމަލާތުގެ ބާވަތް؛
- އެކައުންޓު މޮނިޓަރކުރަން ބޭނުންވަނީ އެކައުންޓުގެ ވެރިފަރާތަށް ނޭނގޭ ގޮތަށްކަން ނުވަތަ އެނގޭ ގޮތަށްކަން؛
- އެކައުންޓު މޮނިޓަރކުރަން ބޭނުންވަނީ އެކައުންޓުގެ ވެރިފަރާތަށް ނޭނގޭ ގޮތަށް ކަމަށްވާނަމަ، އެކަން އެގޮތަށް ކުރަންޖެހޭ ސަބަބު؛
- އެ އަމުރުގެ ދަށުން މޮނިޓަރކުރުމަށް ހުއްދަކުރެވޭ އެކައުންޓު މޮނިޓަރކުރެވޭ ތާރީހު ނުވަތަ ތާރީހުތައް. ނުވަތަ މުއްދަތު؛
- ކޯޓު އަމުރުގައި ބަޔާންކުރާގޮތް ފިޔަވައި އެހެން ގޮތަކަށް ނުވަތަ މަގްސަދަކަށް ހުއްދައިގެ ބޭނުން ނުކުރެވޭނެކަން؛
- މޮނިޓަރކުރުމުގެ ހުއްދަ ދެވޭ އެކައުންޓް ނިސްބަތްވާ ބޭންކު ނުވަތަ މާލީ އިދާރާ؛
- އަމުރަށް އެދޭ ފުލުހުގެ ނަމާއި، ސަރވިސް ނަންބަރާއި، ސޮއި؛ އަދި
- ކޯޓު އަމުރަށް އެދުމަށް ހުއްދަދިން ފުލުހުންގެ ކަމާބެހޭ ޔުނިޓުގެ ވެރިޔާގެ ނަމާއި، ސޮޔާއި، އެ އިދާރާގެ ތައްގަނޑު.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ އަމުރެއްގައި ބަޔާންކުރާގޮތް ފިޔަވައި އެހެން ގޮތަކަށް ނުވަތަ މަގްސަދަކަށް އެ އަމުރުގެ ދަށުން އެއްކުރާ މައުލޫމާތުގެ ބޭނުން ފުލުހުންނަކަށް ނުކުރެވޭނެއެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މީހެއްގެ އެކައުންޓު މޮނީޓަރކުރުމަށް ހޯދާ ކޯޓު އަމުރުގެ މުއްދަތު ހަމަވުމުގެ ކުރިން ކޯޓު އަމުރު ހޯދި ބޭނުން ނެތި ހިނގައްޖެ ނަމަ، ފުލުހުން އެ އަމުރު ބާތިލުކުރަން އެދެންވާނެއެވެ.
ހަތާވީސްވަނަ ބާބު
އެކައުންޓު ހިފެހެއްޓުން
154 ވަނަ މާއްދާ - އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުން
(ހ) ކޯޓުން ނެރޭ މޮނިޓަރކުރުމުގެ އަމުރެއްގެ ދަށުން ބަލަމުންދާ ބެލުންތަކުން ޖިނާއީ ބޮޑު ކުށެއް ފާހަގަވާ ނަމަ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 73 ވަނަ މާއްދާއަށް ހަވާލާދީ، އެ އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުމާއި، އެ ފައިސާއިން މުއާމަލާތް ކުރުން ހުއްޓުވުމަށް ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ ކޯޓު އަމުރަކަށް ފުލުހުންނަށް ެއދެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކޯޓު އަމުރަކަށް އެދޭއިރު، އަންނަނިވި މައުލޫމާތު ހުށަހަޅަންވާނެއެވެ.
- އަމުރު ނިސްބަތްވާ މީހާގެ ނަމާއި އެޑްރެހާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނުވަތަ ބިދޭސީއެއް ނަމަ، އަމުރު ނިސްބަތްވާ ީމހާގެ ނަމާއި، އެޑްރެހާއި، ޕާސްޕޯޓު ނަންބަރާއި، ގައުމު؛
- ކުރަމުންދާކަމަށް ނުވަތަ ކުރަންއުޅޭ ކަމަށް ތުހުމަތުކުރެވޭ ކުށް؛
- ކުށުގެ ތުހުމަތުކުރެވިފައިވާ މީހާ އެ ކުށް ކުރަންއުޅޭ ކަމަށް ނުވަތަ ކުރަމުންދާ ކަމަށް ލިބިފައިވާ ހެކި؛
- ކޯޓު އަމުރުގެ ދަށުން އެކައުންޓު ހިފެހެއްޓުމަށް ބޭނުންވާ ބޭންކު އެކައުންޓު ނުވަތަ އެކައުންޓުތަކުގެ މައުލޫމާތު؛
- އެ އަމުރުގެ ދަށުން އެކައުންޓު ހިފެހެއްޓުމަށް ނުވަތަ މުއާމަލާތްކުރުން ހުއްޓުވުމަށް އެދޭ މުއްދަތާއި ތާރީހުތައް؛
- ހިފެހެއްޓުމަށް ބޭނުންވާ އެކައުންޓު ނުވަތަ އެކައުންޓުތައް ހުރި ބޭންކު ނުވަތަ މާލީ އިދާރާ؛
- އަމުރަށް އެދޭ ފުލުހުގެ ނަމާއި، ސަރވިސް ނަންބަރާއި، ސޮއި؛ އަދި
- އަމުރަށް އެދުމަށް ހުއްދަދިން ފުލުހުންގެ ކަމާބެހޭ ޔުނިޓުގެ ވެރިޔާގެ ނަމާއި، ސޮޔާއި، އެ އިދާރާގެ ތައްގަނޑު.
(ނ) މި މާއްދާގެ (ށ) ގެ ދަށުން އެކައުންޓު ހިފަހައްޓަންވާނީ، ހެޔޮ ނިޔަތުގައި އަމަލުކުރާ ތިންވަނަ ފަރާތްތަކުގެ ހައްގުތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ގޮތެއްގެމަތިންނެވެ.
(ރ) އެކައުންޓު ހިފެހެއްޓުމުގެ ކޯޓު އަމުރުގެ މުއްދަތު ހަމަވުމުގެ ކުރިން ކޯޓު އަމުރު ހޯދި ބޭނުންނެތި ހިނަގައްޖެ ނަމަ، އެ އަމުރު ބާތިލުކުރުމަށް ފުލުހުން އެދެންވާނެއެވެ.
އަށާވީސްވަނަ ބާބު
ޒާތީ މުއާމަލާތް
155 ވަނަ މާއްދާ - ޒާތީ މުއާމަލާތް އަޑުއެހުމާއި ބެލުން
(ހ) ގާނޫނެއްގައި އެހެންގޮތަކަށް ަބޔާންކޮށްފައި ނުވާހައި ހިނދަކު، މީހަކު ހިންގާ ޒާތީ މުއާމަލާތަކީ، އަންނަނިވި ކުށްތަކުގެ ތެރެއިން ކުށަކަށް މަގުފަހާިވ އެއްވެސް މައުލޫމާތެއް ހިމެނޭ މުއާމަލާތެއް ކަމަށް ބެލުމުގައި އެކަށީގެންވާ ހެކި ފުލުހުންނަށް ލިބިފައިވާ ނަމަ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 74 ވަނަ މާއްދާއަށް ހަވާލާދީ، ކޯޓު އަމުރެއްގެ ދަށުން އެ މުއާމަލާތެއް ސަރވެއިލްކުރުމުގެ އިހްތިޔާރު، ފުލުހުންނަށް ލިބިގެންވެއެވެ.
- މީހުން މެރުމުގެ ކުށް؛
- އިންތިޒާމުވެގެން ހިންގާ ބޮޑެތި ޖިނާއީ ކުށް؛
- ޓެރަރިޒަމްގެ ކުށް؛
- މަނީ ލޯންޑްރިންގއާއި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށް؛
- މީހުން ޓްރެފިކްކުރުމުގެ ކުށް؛
- މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، އަންނަނިވި ބާވަތުގެ ޒާތީ މުއާމަލާތްތައް ސަރވެއިލްކުރުމުގެ އިހްތިޔާރު، ފުލުހުންނަށް ލިބިގެންވެއެވެ.
- ސިޓީއާއި އީމެއިލް މެދުވެރިކޮށް ހިންގާ ޒާތީ މުއާމަލާތްތައް؛
- މުވާސަލާތީ ވަސީލަތެއް މެދުވެރިކޮށް ހިންގާ ޒާތީ މުއާމަލާތްތައް.
156 ވަނަ މާއްދާ - ސަރވެއިލްކުރުމުގެ ހުއްދައަށް އެދުން
(ހ) މި ގަވާއިދުގެ 155 ވަނަ މާއްދާގައި ބަޔާންކުރާ ޒާތީ މުއާމަލާތް ސަރވެއިލްކުރުމުގެ ހުއްދައަށް އެދި ކޯޓަށް ހުށަހަޅަންވާނީ، އަންނަނިވި ކަންކަން ފުރިހަމަކުރުމަށްފަހުގައެވެ.
- އެ ސަރވެއިލަންސް ނިސްބަތްވާ ފަރާތުން ކޮށްފައިވާކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ ކުރަން އުޅޭކަމަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ ކުރަންއުޅޭކަމަށް ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވުން؛
- އެ މުއާމަލާތް ސަރވެއިލްކޮށްގެން މެނުވީ، މި ގަވާއިދުގެ 155 މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށްތަކުގެ ތެރެއިން ކުށެއް ކުރިކަމުގެ ހެކި ލިބެން ނެތްކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރުން؛
- އެ ޒާތީ މުއާމަލާތް ސަރވެއިލް ކުރުމުގެ އަމުރަކަށް އެދުމަށް ފުލުހުންގެ އިދާރާގެ އިސްވެރިޔާ ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން ހުއްދަ ދީފައިވުން.
(ށ) މި ގަވާއިދުގެ 155 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ޒާތީ މުއާމަލާތް ސަރވެއިލްކުރުމުގެ ހުއްދައަށް އެދި ކޯޓަށް ހުށަހަޅާއިރު، އަންނަނިވި މައުލޫމާތު ހުށަހަޅަންވާނެއެވެ.
- ސަރވެއިލަންސް ނިސްބަތްވާ މީހާގެ ނަމާއި، އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ ޕާސްޕޯޓުގެ ނަންބަރު؛
- އޭނާ ކޮށްފައިވާކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ ކުރަންއުޅޭ ކަމަށް ތުހުމަތުކުރެވޭ ކުށް؛
- އޭނާ އެ ކުށް ކުރިކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ ކުރަންއުޅޭ ކަމަށް ލިބިފައިވާ ހެކި؛
- އެ އަމުރުގެ ދަށުން ސަރވެއިލްކުރަން ބޭނުންވާ މުއާމަލާތުގެ ބާވަތް؛
- އެ އަމުރުގެ ދަށުން ސަރވެއިލަންސެއް ހިންގުމަށް ބޭނުންވާ މުއްދަތު؛ އަދި
- އެ އަމުރުގެ ދަށުން ހުއްދަކުރާ ސަރވެއިލަންސް ހިންގުމުގައި ޒިންމާއުފުލާނެ ފުލުހުންގެ އޮފިސަރުގެ ނަމާއި މަގާމާއި ސަރވިސް ނަންބަރު.
(ނ) މި ގަވާއިދުގެ 155 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ޒާތީ މުއާމަލާތް ސަރވެއިލްކުރުމުގެ ހުއްދައަށް އެދި ކޯޓަށް ހުށަހަޅާއިރު، މި މާއްދާގެ (ށ) ގައި ބަޔާންކުރާ މައުލޫމާތުގެ އިތުރުން އަންނަނިވި މައުލޫމާތު ހުށަހަޅަންވާނެއެވެ.
- އެ އަމުރުގެ ދަށުން ސަރވެއިލަންސެއް ހިންގުމަށް ބޭނުންކުރާނެ ސަރވެއިލަންސްޑިވައިސް ނުވަތަ ޑިވައިސްތަކުގެ ބާވަތް؛
- (2) އެ އަމުރުގެ ދަށުން ސަރވެއިލަންސެއް ހިންގުމަށް ބޭނުންވާ މުވާސަލާތީ ވަސީލަތުގެ ތަފުސީލު؛
- (3) ސަރވެއިލަންސެއް ހިންގައިގެން އެ ކުށާގުޅޭ ހެކި ލިބޭނެކަމަށް ގަބޫލުކުރެވޭ ސަބަބު؛
- (4) އެ އަމުރުގެ ދަށުން ސަރވެއިލަންސެއް ހިންގުމަށް ބޭނުންވާ މުވާސަލާތީ ވަސީލަތުގެ ހިދުމަތްދޭ ފަރާތް؛ އަދި
- (5) އެ އަމުރުގެ ދަށުން ސަރވެއިލަންސެއް ހިންގުމަށް ބޭނުންވާ މުވާސަލާތީ ވަސީލަތަކީ ވަކި ތަނެއްގައި ހުރި މުވާސަލާތީ ވަސީލަތެއް ނަމަ، ނުވަތަ ވަކި ތަނަކަށް ވަދެގެން މެނުވީ ވާސިލުނުވެވޭނެ ވަސީލަތެއްނަމަ، އެ ަތނެއް.
(ރ) މި ގަވާއިދުގެ 155 ވަނަ މާއާްދގެ ދަށުން ފުލުހުންނަށް ލިބިދޭބާރުގެ ބޭނުން ފުލުހުން ކުރަންވާނީ، މި މާއްދާގެ ދަށުން ނެރޭ ކޯޓު އަމުރާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
(ބ) މި ގަވާއިދުގެ 155 ވަނަ މާއްދާގައިވާ ގޮތުގެމަތިން ހިންގޭ ސަރވެއިލަންސެއްގައި ހޯދާ އެއްވެސް މައުލޫމާތެއް، އެ ސަރވެއިލަންސް ނިސްބަތްވާ ކުށަކާ ގުޅިގެން ހިންގާ ތަހުގީގެއްގެ ނުވަތަ ށަރީއަތެއްގެ ބޭނުމަށް މެނުވީ، އެއްވެސް ފަރާތަކަށް އެއްވެސް ގޮތަކުން ހާމަކޮށްގެން ނުވާނެއެވެ.
ނަވާވީސްވަނަ ބާބު
ޕާސްޕޯޓު ހިފެހެއްޓުން
157 ވަނަ މާއްދާ - ޕާސްޕޯޓު ހިފެހެއްޓުން
މީހަކު ކުށެއް ކުރަމުންދާކަން ނުވަތަ ކުށެއް ކޮށްފިކަން ނުވަތަ ކުށެއް ކުރަން އުޅޭކަން ގަބޫލުކުރެވޭ އެކަށީގެންވާ ހެކި ލިބިފައިވާ ނަމަ، އަދި އޭނާ ފިލައިގެން ދާންއުޅޭ ކަމަށް ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވާ ނަމަ، އޭނާގެ ޕާސްޕޯޓު ނުވަތަ އޭނާއަށް ދޫކޮށްފައިވާ ދަތުރުފަތުރުކުރުމުގައި ބޭނުންކުރާ ރަސްމީ އެނޫން ލިޔުމެއް، ހަވާލާދީ، ކޯޓު އަމުރެއްގެ ދަށުން ހިފެހެއްޓުމުގެ އިހްތިޔާރު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 75 ވަނަ މާއްދާއިން ފުލުހުންނަށް ލިބިގެންވެއެވެ.
158 ވަނަ މާއްދާ - ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް އެދުން
(ހ) މީހެއްގެ ޕާސްޕޯޓު ނުވަތަ ދަތުރުފަތުރުކުރުމުގައި ބޭނުންކުރާ ރަސްމީ އެނޫން ލިޔުމެއް ހިފެހެއްޓުމަށް އެދި ކޯޓަށް ހުށަހަޅާއިރު، އަންނަނިވި މައުލޫމާތު ހުށަހަޅަންވާނެއެވެ.
- (1) ޕާސްޕޯޓު ހިފަހައްޓަން ބޭނުންވާ މީހާގެ ނަމާއި، އެޑްރެހާއި، ޕާސްޕޯޓުގެ ނަންބަރު؛
- ޕާސްޕޯޓު ހިފަހައްޓަން ބޭނުންވާ މީހާ ކޮށްފައިވާކަމަށް ނުވަތަ ކުށެއް ކުރަމުންދާކަމަށް ނުވަތަ ކުރަން ުއޅޭ ކަމަށް ތުހުމަތުކުރެވޭ ކުށް؛
- (3) އޭނާ އެ ކުށް ކުރިކަމަށް ލިބިފައިވާ ހެކި؛
- (4) ދިވެހިރާއްޖެ ދޫކޮށް އޭނާ ފިލައިގެންދާން އުޅޭ ކަމަށް ބެލޭ ސަބަބާއި، ކަމާ ގުޅޭގޮތުން ލިބިފައިވާ ހެކި؛
- (5) އޭނާ ދިވެހިރާއްޖޭގައި މަޑުކުރުވަންޖެހޭ ސަބަބު؛
- (6) އެ އަމުރުގެ ދަށުން ޕާސްޕޯޓު ހިފަހައްޓަން ބޭނުންވާ މުއްދަތު.
(ށ) މި މާއްދާގެ ދަށުން މީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމަށް ނެރޭ އަމުރު ލިބުމަށްފަހު ލަސްނުކޮށް، މޯލްޑިވްސް އިމިގްރޭށަނަށް އެކަން އަންގަންވާނެއެވެ. އަދި ހަމަ އެ ތާރީހުގައި ރަސްމީ ލިޔުމަކާއެކު މި އަމުރުގެ ކޮޕީއެއް މޯލްޑިވްސް އިމިގްރޭށަނަށް ފޮނުވަން ވާނެއެވެ.
(ނ) މި މާއްދާގެ ދަށުން މީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމަށް ނެރޭ އަމުރުގެ ކޮޕީއެއް، ވީއެންމެ އަވަހަކަށް އަދި އެ ތާރީހުގައި ފުލުހުން އެ މީހަކަށް ދޭންވާނެއެވެ.
(ރ) މި މާއްދާގެ ދަށުން ނެރޭ އަމުރުގައި ބަޔާންކުރާ މުއްދަތު ހަމަނުވަނީސް މި މާއްދާގެ ދަށުން މީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމުގެ މަގްސަދު ހާސިލުވެއްޖެނަމަ، އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް ނެރުނު އަމުރު ބާތިލުކުރުމަށް އެދި ފުލުހުން ހުށަހާަޅންވާނެއެވެ.
ހަތްވަނަ ބައި
އާންމު ކަންކަމުގެ މާއްދާތައް
ތިރީސްވަނަ ބާބު
ޖޮއިންޓް އިންވެސްޓިގޭށަން ހިންގުން
159 ވަނަ މާއްދާ - ޖޮއިންޓް އިންވެސްޓިގޭށަން ހިންގުން
ފުލުހުން ތަހުގީގުކުރަމުންދާ ޖިނާއީ މައްސަލައެއްގައި، ވަކި ހާއްސަ ބާވަތެއްގެ ޖިނާއީ ތަހުގީގު ހިންގުމުގެ ބާރު ގާނޫނަކުން ލިބިދީފައިވާ އިދާރާއެއްގެ އިހްތިސާސް ހިނގާ ނަމަ، އަންނަނިވި 2 (ދޭއް) ގޮތުންކުރެ ގޮތަކަށް ފުލުހުން އަމަލުކުރަންވާނެއެވެ.
(ހ) އެ ކުށުގެ އެ ބައިގެ ތަހުގީގު އެ އިދާރާއަކުން ކުރިޔަށް ގެންދިޔުމަށްޓަކައި އެ އިދާރާއަށް މައްސަލަ ފޮނުވުން؛ ނުވަތަ
(ށ) މި ގަވާއިދުގައިވާ ގޮތުގެމަތިން ޖޮއިންޓް އިންވެސްޓިގޭށަނެއް ހިންގުން.
(ނ) މި މާއްދާގެ (ހ) ގެ ދަށުން އެހެން އިދާރާއަކަށް އެ މައްސަލަ ފޮނުވަންވާނީ ރަސްމީ ލިޔުމަކުންނެވެ.
160 ވަނަ މާއްދާ - އެއްބަސްވުން
(ހ) ފުލުހުން ބަލަމުންދާ ޖިނާއީ މައްސަލައެއްގައި ދައުލަތުގެ ވަކި އިދާރާއަކާ ނުވަތަ އިދާރާތަކަކާ ގުޅިގެން ޖޮއިންޓް އިންވެސްޓިގޭށަނެއް ހިންގުމަށް ފުލުހުން ބޭނުން ނަމަ، އެކަން ކުރާނީ އެކަމަށްޓަކައި އެ އިދާރާއަކާ ނުވަތަ އެ އިދާރާތަކަކާއެކު ސޮއިކުރާ އެއްބަސްވުމެއްގެ ދަށުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމަކީ، ޖޮއިންޓް އިންވެސްޓިގޭށަނުގައި ފުލުހުންނާއެކު ބައިވެރިވާ ދައުލަތުގެ އިދާރާ ނުވަތަ އިދާރާތަކާއެކު އިހްތިސާސް ހިއްސާކުރާނެ ނުވަތަ މަސައްކަތާއި ދައުރު ވަކިކުރާނެ ހަމަތައް ނުވަތަ އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެދޭނެ އުސޫލުތައް ބަޔާންކުރާ އެއްބަސްވުމެވެ.
(ނ) ފުލުހުންނާއި އެ އެއްބަސްވުމެއް ވެވޭ ދައުލަތުގެ އިދާރާއިންބޭނުން ނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުން، ވަކި މުއްދަތަކަށް، ނުވަތަ ވަކި މައްސަލައަކަށް ބިނާކޮށް، އެކުލަވައިލެވާިދނެއެވެ.
(ރ) މި މާއްދާގެ (ނ) އެހެން އޮތްކަމުގައި ވިޔަސް، ޖޮއިންޓް އިންވެސްޓިގޭށަން ހިންގާ ޖިނާއީ މައްސަލަތަކާ ގުޅިގެން، އަންނަނިވި ކަންކަމާގުޅޭ އުސޫލުތަކަށް ފުލުހުންނާއި ފުލުހުންނާއެކު ބައިވެރިވާ ދައުލަތުގެ ތަހުގީގީ އިދާރާ ނުވަތަ އިދާރާތައް އެއްބަސްވާންވާނެއެވެ.
- މައްސަލައިގެ ދާއިރާ.
- ދެ މުއައްސަސާގެ ދައުރު ވަކިވެގެންދާނެ ގޮތް.
- ކޮންމެ އިދާރާއަކަށް ލިބިގެންވާ ިއހްތިސާސް.
- ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ މައުލޫމާތަށް ވާސިލުވުމުގެ އުސޫލުތައް.
- ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ މައުލޫމާތު އެއްކުރާނެ އުސޫލުތައް.
- މަށްވަރާކުރުމާއި ވިލަރެސްކުރާނެ އުސޫލުތައް.
- މައްސަލަޔާ ގުޅިގެން އާންމުކުރެވޭ މައުލޫމާތު ހާމަކުރާ އުސޫލު.
- މައްސަލަޔާ ގުޅިގެން އެއް އިދާރާއިން އަނެއް އިދަރާއަށް މައްސަލައާ ގުޅޭ މައުލޫމާތު ބަދަލުކުރުމުގެ އުސޫލު.
- މައްސަލަޔާ ގުޅިގެން ތުހުމަތުކުރެވޭ ފަރާތާ ސުވާލުކޮށްގެން ބަޔާން ނެގުމުގެ އުސޫލު.
- މައްސަލަޔާ ގުޅިގެން ހެކީގެ ގޮތުގައި ބަޔާން ނެގޭ ފަރާތްތަކާ ނުވަތަ މައުލޫމާތު ދެވޭ ފަރާތްތަކާ ސުވާލުކޮށްގެން ބަޔާން ނެގުމުގެ އުސޫލު.
(ބ) މި ގަވާއިދުގައިވާ ގޮތުގެމަތިން ޖޮއިންޓް ިއންވެސްޓޭިގށަނެއް ހިންގުމުގެ ނަތީޖާއަކަށްވާނީ، ޖޮއިންޓް އިންވެސްޓިގޭށަނުން ތަހުގީގު ޖިނާއީ މައްސަލަ ތަހުގީގުކުރުމަށް ފުލުހުންނަށް ލިބިގެންވާ އިހްތިސާސްގެ ހައިސިއްޔަތަށް އުނިކަމެއް އައުމަކާ ނުލައި، އެ މައްސަލައިގައި ފުލުހުންނާ ބައިވެރިވި ދައުލަތުގެ އިދާރާއަށް ނުވަތަ އިދާރާތަކަށް ވެސް އިހްތިސާސް ލިބިދިނުމާއެކު، ގާނޫނީ ހައިސިއްޔަތާއި ބާރު އެ ތަހުގީގަށް ލިބިދިނުމެވެ.
އެއްތިރީސްވަނަ ބާބު
އަސާސީ އުސޫލުތައް
161 ވަނަ މާއްދާ - ފުލުހުންގެ މަސައްކަތުގައި ތަބާވާންޖެހޭ އަސާސީ އުސޫލުއް
ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ ދަށުން ފުލުހުންގެ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރުމުގައްޔާއި، އެ ގާނޫނުން ފުލުހުންނަށް ލިބިދީފައިވާ ބާރާއި އިހްތިޔާރުގެ ބޭނުންހިފުމުގައި ކޮންމެ ފުލުހަކު ވެސް، އަންނަނިވި އުސޫލުތަކަށް ތަބާވެ، އެ އުސޫލުތަކަށް އަމަލުކޮށް، އެ އުސޫލުތައް ނަގަހައްޓަންވާނެއެވެ.
(ހ) ފުލުހެއްގެ ޒިންމާ އަދާކުރުމުގައި އެ މީހަކީ އާންމު ރައްޔިތުންނަށް ވުރެ މަތީ ގިންތިއެއްގެ އަހްލާގެއްގެ ވެރިއަކަށް ވާންޖެހޭކަން ގަބޫލުކޮށް، ހުރިހާ ވަގުތެއްގައި ވެސް ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އަމަލުކުރުމަށާއި، މުޖުތަމަ އަށް ހިދުމަތްކޮށްދީ، ހުރިހާ ފަރާތްތަކެއް ވެސް ގާނޫނާ ހިލާފު އަމަލުތަކުން ރައްކައުތެރިކޮށްދިނުން.
(ށ) އިންސާނީ ކަރާމާތް ރައްކައުތެރިކުރުމާއި، އިންސާނީ ކަރާމާތް ދެމެހެއްޓުމާއި، ހުރާިހ ފަރާތްތަކެއްގެ އިންސާނީ ހައްގުތައް ހިމާޔަތްކޮށްދިނުން.
(ނ) ގާނޫނަކުން އެނޫން ގޮތަކަށް ކަނޑައަޅައިފައިވާ ހިނދެއްގައި ނުވަތަ ޒިންމާ އަދާކުރުމުގެ ތެރެއިން އެނޫން ގޮތަކަށް އަމަލުކުރަން ޖެހިއްޖެ ހާލަތެއްގައި ނުވަތަ އިންސާފު ގާއިމުކުރުމަށް އެނޫން ގޮތަކަށް އަމަލުކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ، ފުލުހެއްގެ ދައުރު އަދާކުރުމުގެ ތެރެއިން ލިބޭ މައުލޫމާތަކީ ސިއްރު މައުލޫމާތުގެ ގޮތުގައި ބެލެހެއްޓުން.
(ރ) އެއްވެސް ހާލަތެއްގައި ކޮރަޕްށަނުގެ އަމަލެއް ނުހިންގުމަށާއި، އެފަދަ އަމަލެއްގައި ބައިވެރި ނުވުމަށާއި، ކޮރަޕްށަނުގެ އަމަލުތައް ހުއްޓުވުމަށް ކަމާބޭެހ މުއައްސަސާތަކާއެކުމަސައްކަތްކުރުން.
(ބ) ކޮންމެ މީހަކީ ވެސް ގާނޫނުގެ ކުރިމަތީގައި، އަދި އެމީހެއްގެ މައްޗަށް ގާނޫނު ހިންގުމުގައި ތަފާތުކުރުމެއް ނެތި ހަމަހަމަވެގެންވާ މީހެއްކަމުން، ފުލުހުންގެ ވާޖިބު އަދާކުރުމުގައި ހުރިހާ މީހުންނާމެދު ވެސް އެއް ހަމައަކުން އަމަލުކުރުމަށާއި، މުޖުތަމައުގެ އާންމު ހާލަތަށް ވުރެ ނިކަމެތިކަމެއް ލިބިފައިވާ މީހުންނާމެދު އަމަލުކުރުމުގައި ހާއްސަކޮށް ސަމާލުވެ ފަރުވާތެރިވުން.
(ޅ) ކުށުން އަނިޔާލިބޭ ފަރާތްތަކާއި ކުށުގެ ށިކާރައަކަށްވާ މީހުންނަށް އިހްތިރާމާއި އަޅައިލުމާއެކު ކަމޭހިތައި، އެ މީހުންގެ ރައްކައުތެރިކަމާއި ޒާތީ މިނިވަންކަން ރައްކައުތެރިކުރުމަށް ސަމާލުވުން.
(ކ) ކޮންމެހެން ޒަރޫރީ ހާލަތެއްގައި މެނުވީ ބާރުގެ ބޭނުން ނުކުރުމަށާއި، ބާރުގެ ބޭނުން ކުރަންޖެހޭ ހާލާތެއްގައި ވެސް ބޭނުން ކުރެވޭނެ އެންމެ ލުއިކޮށް ބާރުގެ ބޭނުންކުރުން.
(އ) ގައިރު ގާނޫނީ އެހެނަސް ސުލްހަވެރި އެއްވުންތަކުގައި ފުލުހުންގެ ދައުރު އަދާކުރާއިރު ބާރުގެ ބޭނުންކުރުމުން ދުރުވުމަށާއި، ސުލްހަވެރި ނޫން އެއްވުންތައް ރޫޅައިލުމުގައި ބާރުގެ ބޭނުން ކޮންމެހެން ކުރަން ޖެހިއްޖެ ހިނދެއްގައި މެނުވީ، ބާރުގެ ބޭނުން ނުކުރުން.
(ވ) ލީތަލް ބާރުގެ ބޭންން ކުރަންވާނީ ހަމައެކަނި އަމިއްލަ ފުރާނަ ނުވަތަ އެހެން މީހެއްގެ ފުރާނަ ރައްކައުތެރިކުރަން ޖެހިއްޖެ ހާލަތެއްގައި، އެނޫން ގޮތަކަށް އަމަލުކުރެވެން ނެތިގެން.
(މ) ގާނޫނީ އަސާސެއް އޮވެގެން މެނުވީ މީހުން ހައްޔަރުކޮށް ބަންދު ނުކުރުމަށާއި، މީހުން ހައްޔަރު ކުރުމުގައްޔާއި ބަންދުކުރުމުގައި ގާނޫނާއި މި ގަވާއިދުގައިވާ ގާނޫނީ އިޖުރާއަތުތައް ފުރިހަމަކުރުން.
(ފ) ހައްޔަރުކުރެވޭ ނުވަތަ ބަންދު ކުރެވޭ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުމާއެކު، ލަސްނުކޮށް އެ ފަރާތެއްގެ ގާނޫނީ ވަކީލާ ނުވަތަ ތިމާގެ މީހަކާ ނުވަތަ ރަހްމަތްތެރިއަކާ ބައްދަލުކުރުމުގެ ފުރުސަތު ދިނުމާއި، ސިއްހީ އެހީތެރިކަމަށް އެދިއްޖެ ނަމަ، ނުވަތަ ސިއްހީ އެހީތެރިކަމެއް ދޭންޖެހޭ ކަމަށް އެކަށީގެންވާ މިންވަރަށް ގަބޫލުކުރެވޭ ނަމަ، ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުން.
(ދ) ހައްޔަރުކޮށްގެން ނުވަތަ ބަންދުކޮށްގެން ނުވަތަ އެނޫން ގޮތަކަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހަކާމެދު އިންސާނިއްޔަތުކަމާއެކު އަމަލުކުރުމާއި، އެއްވެސް މީހަކާމެދު އަދި އެއްވެސް ހާލަތެއްގައި ރަހުމުކުޑަ، ލާއިންސާނީ އިހާނެތިކަމުގެ އަމަލެއް ނުކުރުމަށާއި، އެފަދަ އަމަލަކަށް ހިތްވަރުދީ މަގުފަހި ނުކުރުމަށާއި، އެފަދަ އަމަލެއް ހިންގުން ތަހައްމަލު ނުކުރުމަށާއި، އެފަދަ އަމަލެއް ކުރުމަށް ލިބޭ އޯޑަރުތަކަށް ތަބާނުވުން.
(ތ) މި މާއްދާގައި ބަޔާންކޮށްފައިމާިވ އުސޫލުތަކާ ހިލާފަށް ހިނގާކަންކަން އެ ފުލުހެއްގެ މައްޗަށް ހުންނަ ސީނިޔަރ އޮފިސަރަކަށާއި ފުލުހުންގެ ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑަށް އެންގުމާއެކު، އެފަދަ ހިލާފުވުންތަކާ ބެހޭ ތަހުގީގުތައް ކުރިއަށް ގެންދިއުމަށްޓަކައި ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުން.
(ލ) ދިވެހިރާއްޖޭގެ ގާނޫނުތަކާއި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާބެހޭ އެކި މުއާހަދާތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު، އެ މުއާހަދާތަކުގެ ދަށުން އުފުލަންޖެހޭ އިލްތިޒާމުތައް އަދާކުރުމަށް އެހީތެރިވުން.
ބައްތިރީސްވަނަ ބާބު
މާނަކުރުން
162 ވަނަ މާއްދާ - އިބާރާތްތަކަށާއި ލަފުޒުތަކަށް ދީފައިވާ މާނަ
މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދެވިފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ. މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދެވިފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ހައްޔަރުކުރުން" އަށް ދީފައިވާ މާނައަކީ، މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގައި "ހައްޔަރުކުރުން" އަށް ދީފައިވާ މާނަކުރުމެވެ.
(ށ) "ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ 109 ވަނަ މާއްދާގައި "ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް" އަށް ދީފައިވާ މާނަކުރުމެވެ.
(ނ) "ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލެއް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ 110 ވަނަ މާއްދާގައި "ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލް" އަށް ދީފައިވާ މާނަކުރުމަށެވެ.
(ރ) "ހަނުހުރުން" އަށް ދީފައިވާ މާނައަކީ، މި ގަވާއިދުގެ 59 ވަނަ މާއްދާގައި "ހަނުހުރުން" އަށް ދީފައިވާ މާނަކުރުމެވެ.
(ބ) "ހާޒިރުވުމަށް އަންގާ ޗިޓު" ކަމަށް ބުނެފައި އެވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 71 ވަނަ މާއްދާގެ ދަށުން ފުލުހުންގެ މަރުކަޒަކަށް ހާޒިރުވުމަށް އަންގާ ދޫކުރާ ލިޔުމަށެވެ.
(ޅ) "ހުއްޓުވުން" އަށް ދީފައިވާ މާނައަކީ، މި ގަވާއިދުގެ 4 ވަނަ މާއްދާގައި "ހުއްޓުވުން" އަށް ދީފައިވާ މާނަކުރުމެވެ.
(ކ) "ބަންދުކުރުން" އަށް ދީފައިވާ މާނައަކީ، މި ގަވާއިދުގެ 7 ވަނަ މާއްދާގައި "ބަންދުކުރުން" އަށް ދީފައިވާ މާނަކުރުމެވެ.
(އ) "ބެލުމުގެ ދަށަށް ގެނައުން" ައށް ދީފައިވާ މާނައަކީ، މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގައި "ބެލުމުގެ ދަށަށް ގެނައުން" އަށް ދީފައިވާ މާނަކުރުމެވެ.
(ވ) "އަތުލިޔުމުގެ ސާމްޕަލް" އަށް ދީފައިވާ މާނައަކީ، މި ގަވާއިދުގެ 112 ވަނަ މާއްދާގައި "އަތުލިޔުމުގެ ސާމްޕަލް" އަށް ދީފައިވާ މާނަކުރުމެވެ.
(މ) "އަމިއްލަ ތަންތަން" ކަމަށް ބުނުފައި އެވަނީ، މީހެއްގެ ނަމުގައި ރަޖިސްޓަރީކުރެވިގެންވާ ގޯއްޗާއި، ގެއާއި، ބިމާއި، އިމާރާތާއި، މީހުން ދިރިއުޅުމަށް ބޭނުންކުރާ ގޭގެއަށާއި ގޭބިސީއަށާއި އޮފީހަށާއި، ވަކި އިދާރާއަކުން ވަކި އުސޫލަކުން ވަކި ބައެއް ބޭނުންކުރަން ދޫކޮށްފައިވާ ގޯއްޗާއި އިމާރާތާއި ހޯލާއި މައިދާންތަކަށެވެ.
(ފ) ''އައްޔަނުކުރުން" އަށް ދީފައިވާ މާނައަކީ، މި ގަވާއިދުގެ 72 ވަނަ މާއްދާގެ (ށ) ގައި "އައްޔަނުކުރުން" އަށް ދީފައިވާ މާނަކުރުމެވެ.
(ދ) "އާންމު ތަންތަން" ކަމަށް ބުނުފައި އެވަނީ، އެންމެންނަށް ވެސް ބޭނުންކުރެވޭ ގޮތަށް އަބަދުވެސް ހުޅުވައިލެވިފައިވާ މަގާއި ގޯއްޗާއި ބިމާއި އާންމު މައިދާންތަކާއި ޕާކުތަކާއި އަމިއްލަ ތަންތަން ކަމަށް ނުބެލެވޭ ބިމާއި ގޯއްޗާއި އިމާރާތަށެވެ. އާންމުކޮށް މީހުންނަށް ވަދެނިކުމެވޭ ގޮތަށް ހުޅުވިގެންވާ ފިހާރަތަކާއި ކެފޭތަކާއި ރެސްޓޯރަންޓުތަކާއި ސައިހޮޓާތަކާއި އެފަދަ ތަންތަނުގެ ތެރެއިން ތަނެއްގައި ކުށެއް ހިނގައިފިކަމަށް ނުވަތަ ކުށެއް ހިނގަމުންދާކަމަށް އެކީަށގެންވާ ސަބަބެއްގެ މައްޗަށް ިބނާކޮށް ތުހުމަތުކުރެވޭ ހިނދު، އެ ތަނަކީވެސް އާންމު ތަނެއްގެ މާނައިގައި ހިމެނިގެންވާ ތަނެކެވެ.
(ތ) "އިނގިލީގެ ނިށާން" އަށް ދީފައިވާ މާނައަކީ، މި ގަވާއިދުގެ 111 ވަނަ މާއްދާގައި "އިނގިލީގެ ނިށާން" އަށް ދީފައިވާ މާނަކުރުމެވެ.
(ލ) "އިންސިޑެންޓް" އަށް ދީފައިވާ މާނައަކީ، މި ގަވާއިދުގެ 17 ވަނަ މާއްދާގެ (ނ) ގައި "އިންސިޑެންޓް" އަށް ދީފައިވާ މާނަކުރުމެވެ.
(ގ) "އިލެކްޓްރޯނިކް ޑިވައިސަސް" އަށް ދީފައިވާ މާނައަކީ، މި ގަވާއިދުގެ 114 ވަނަ މާއްދާގައި "އިލެކްޓްރޯނިކް ޑިވައިސަސް" އަށް ދީފައިވާ މާނަކުރުމެވެ.
(ޏ) "އުޅަނދު ހަވާލުވެހުރި ފަރާތް" އަށް ދީފައިވާ މާނައަކީ، މި ގަވާއިދުގެ 95 ވަނަ މާއްދާގެ (ބ) ގައި "އުޅަނދު ހަވާލުވެހުރި ފަރާތް" އަށް ދީފައިވާ މާނަކުރުމެވެ.
(ސ) "އެކައުންޓް ހިފެހެއްޓުން" ކަމަ ްށ ބުނެފައި އެވަނީ، އެކައުންޓުން އެއްވެސް މުއާމަލާތެއް ނުކުރެވޭ އަދި އެކައުންޓުން އެއްވެސް ގޮތަކަށް ފައިސާ ނުނެގޭ ގޮތަށް، އެކައުންޓުގެ ބޭނުން ނުކުރެވޭގޮތް ހެދުމަށެވެ.
(ޑ) "ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ، ދިރިއުޅޭ ތަނެއްކަމުގައި ބެލޭ ތަނެއް، އެ މީހާގެ ބެލުމުގެ ދަށުގައިވާ މީހާއާއި، އެ ތަނެއްގައި ދިރިއުޅޭ މީހާއާއި، އެ ތަނަކަށް ޒިންމާ އުފުލަންޖެހޭ މީހާއާއި، އެތަނެއް ކޮންޓްރޯލުކުރުމުގެ ބާރު ލިބިގެންވާ މީހާއާއި، އެ ތަނެއްގައި ހިނގާ ހަރަކާތްތަކާއި އެ ތަނެއްގެ ހާލަތު ކޮންޓްރޯލު ުކރުމުގެ ބާރު ލިބިގެންވާ މީހާއާއި، އެ ތަނަށް ވަދެ އެ ތަނެއްގައި ތިބުމުގެ ހުއްދަ ލިބިގެންވާ މީހުންނަށެވެ.
(ޒ) "މައްސަލައާ ގުޅުންހުރި ފަރާތް" އަށް ދީފައިވާ މާނައަކީ، މި ގަވާއިދުގެ 15 ވަނަ މާއްދާގެ (ށ) ގައި "މައްސަލައާ ގުޅުންހުރި ފަރާތް" އަށް ދީފައިވާ މާނަކުރުމެވެ.
(ޓ) "މުވައްކިލު" ކަމަށް ބުނެފައި އެވަނީ، ވަކީލެއްގެ ފަންނީ އެހީތެރިކަމާއި ގާނޫނީ އެހީތެރިކަން ހޯދައި، ލިބިގަންނަ ފަރާތަށެވެ.
(ޔ) "މެސެޖް" އަށް ދީފައިވާ މާނައަކީ، މި ގަވާއިދުގެ 17 ވަނަ މާއްދާގެ (ށ) ގައި "މެސެޖް" އަށް ދީފައިވާ މާނަކުރުމެވެ.
(ޕ) "ޕާސްޕޯޓު ހިފެހެއްޓުން" ކަމަށް ބުނެފައި އެވަނީ، ޕާސްޕޯޓު ނުވަތަ ދަތުރުފަތުރުކުރުމަށް ބޭނުންކުރާ ރަސްމީ ލިޔުމެއް މެދުވެރިކޮށް، އެ މީހަކަށް ބައިނަލްއަގްވާމީ ދަތުރުފަތުރުކުރުން ހުއްޓުވުމަށް، ކޯޓު އަމުރެއްގެ ދަށުން ފުލުހުންނަށް ލިބިދޭ ބާރަށެވެ. ޕާސްޕޯޓު ހިފެހެއްޓުމުގެ މާނައިގެ ތެރޭގައި، އޭގެ ޒާތުގައި ޕާސްޕޯޓު ނުވަތަ ދަތުރުފަތުރުކުރުމަށް ބޭނުންކުރާ ރަސްމީ ލިޔުމެއް ހިފަހައްޓައިފައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމެއް ނުހިމެނެއެވެ.
(ޖ) "ފުލުހުންގެ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ރައްޔިތުންނަށް ފުލުހުންގެ ހިދުމަތް ދިނުމަށް އުފައްދައިގެން ހިންގާ އަންނަނިވި ތަންތަނަށް ޖުމުލޮަކށެވެ.
- މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައި އިދާރާ.
- ރާއްޖެ އެކިއެކި ސަރަހައްދުތަކަށް ބަހައި، އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ފުލުހުންގެ ސަރަހައްދީ މަރުކަޒުތައް.
- އަތޮޅުތަކުގައި ގާއިމުކޮށްފައިވާ އަތޮޅު ޕޮލިސް ސްޓޭށަންތައް.
- ރަށްރަށުގައި ގާއިމުކޮށްފައިވާ ރަށު ޕޮލިސް ސްޓޭށަންތައް.
- ރަށްރަށުގައި ގާއިމުކޮށްފައިވާ ފުލުހުންގެ މަރުކަޒުތައް.
- މާލޭގައި ގާއިމުކޮށްފައިވާ ޕޮލިސް ސްޓޭށަންތައް.
- މީގެ އިތުރުންވެސް ފުލުހުންގެ ހިދުމަތާގުޅޭ ވަކި ހާއްސަ ދާއިރާތަކުގެ މަސައްކަތަށް ހާއްސަކޮށްގެން އުފައްދައިގެން ހިންގާ މަރުކަޒުތައް.
މި މާނައިގައި ފުލުހުންގެ އެތެރޭގެ ބޭނުންތަކަށް ގާއިމުކޮށްފައިވާ ވަސީލަތްތަކާއި ހިދުމަތް ދޭ ތަންތަނެއް ނުހިމެނޭނެއެވެ. އެ ތަންތަނަކީ ރައްޔިތުންނަށް ފުލުހުންގެ ހިދުމަތް ދޭ ތަންތަނެއްނޫނެވެ.
މި މާނަކުރުން މިހެން އޮތްކަމުގައި ވިޔަސް، މި ގަވާއިދުގައި ވަކި ބާވަތެއްގެ ފުލުހުންގެ މަރުކަޒަކަށް ނިސްބަތްކޮށް އުސޫލެއް ކަނޑައަޅާނަމަ، އެ އުސޫލެއް ބަޔާންކުރާ މާއްދާގައި ނުވަތަ ބާބުގައި ފުލުހުންގެ މަރުކަޒެއްކަމަށް އެ މާއްދާގެ ނުވަތަ ބާބުގެ މަހައްލުގައި ބަޔާންކުރާ ފުލުހުންގެ މަރުކަޒަށް ވަކި ހާއްސަ މާނަކުރުމެއް ދެވިދާނެއެވެ.
(ޗ) "ފޮރެންސިކް ހެކި" އަށް ދީފައިވާ މާނައަކީ، މި ގަވާއިދުގެ 116 ވަނަ މާއްދާގައި "ފޮރެންސިކް ހެކި" އަށް ދީފައިވާ މާނަކުރުމެވެ.
(ހހ) "ފޮރެންސިކް ތަހުލީލުކުރުމަށްޓަކައި ނަގާ އެހެނިހެން ބާވަތްތަކުގެ ސާމްޕަލް" އަށް ދީފައިވާ މާނައަކީ، މި ގަވާއިދުގެ 113 ވަނަ މާއްދާގައި "ފޮރެންސިކް ތަހުލީލުކުރުމަށްޓަކައި ނަގާ އެހެނިހެން ބާވަތްތަކުގެ ސާމްޕަލް" އަށް ދީފައިވާ މާނަކުރުމެވެ.
(ށށ) "ދައުލަތުގެ ތަހުގީގީ އިދާރާ" ކަމަށް ބުނެފައި އެވަނީ، ވެރިކަން ހިންގާ ފަރާތާއި، ރައްޔިތުންގެ މަޖިލީހާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގައި ހިމެނޭ އިދާރާތަކުގެ ތެރެއިން ޖިނާއީ ތަހުގީގު ހިންގުމުގެ ބާރު ގާނޫނަކުން ލިބިދީފައިވާ އެންމެހައި އިދާރާތަކާއި، އެފަދަ މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތަކާއި ކޮމިށަންތަކަށެވެ.
(ނނ) "ސާމްޕަލް" އަށް ދީފައިވާ މާނައަކީ، މި ގަވާއިދުގެ 108 ވަނަ މާއްދާގައި "ސާމްޕަލް" އަށް ދީފައިވާ މާނަކުރުމެވެ.
(ރރ) "ށަރުތުގެ ނޯޓިސް" އަށް ދީފައިވާ މާނައަކީ، މި ގަވާއިދުގެ 20 ވަނަ މާއްދާގެ (ރ) ގައި "ށަރުތުގެ ނޯޓިސް" އަށް ދީފައިވާ މާނަކުރުމެވެ.
(ބބ) "ކަމިށަންޑް އޮފިސަރ" ކަމަށް ބުނެފައި އެވަނީ، ފުލުހުންގެ ހުވާކޮށްފައި ތިބި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަބްއިންސްޕެކްޓަރ ރޭންކުން ފެށިގެން މަތީ މަގާމުގެ އޮފިސަރުންނަށެވެ.
(ޅޅ) "ކޯޓު" ކަމަށް ބުނެފައި އެވަނީ، ޖިނާއީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޮންމެ ކޯޓެއް ވެސް ހިމެނޭގޮތުންނެވެ.
(ކކ) "ކޯޓު އަމުރު" ކަމަށް ބުނެފައި އެވަނީ، ކޯޓު އަމުރެއް ހޯދައިގެން ކުރަންޖެހޭ ކަމެއް ކުރުމަށް މި ގަވާއިދުގައިވާ ގޮތުގެމަތިން ފަނޑިޔާރަކު ދޫކުރާ ހުއްދައަށެވެ. ނުވަތަ ފަނޑިޔާރަކު ކުރާ އަމުރަށެވެ.
(އއ) "އޮފިސަރ" ކަމަށް ބުނެފައި އެވަނީ، ފުލުހުންގެ ހުވާކޮށްފައި ތިބި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އޮފިސަރުންނެވެ.
(ވވ) "ގާނޫނީ ވަކީލު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ގޮތުގައި ހިދުމަތްކުރުމުގެ ހުއްދަ އޮތް، ނުވަތަ ށަރުއީ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ އޮތް ކޮންމެ ވަކީލަކަށެވެ.
(މމ) "ޖިނާއީ އިޖުރާއަތުގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، 2 މެއި 2016 ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) އާއި، އެ ގާނޫނަށް ގެނެވިފައިވާ އިސްލާހުތައް ހިމެނޭގޮތަށެވެ.
ތެއްތިރީސްވަނަ ބާބު
އާންމު އުސޫލު
163 ވަނަ މާއްދާ - އެއް މުއައްސަސާއިން އަނެއް މުއައްސަސާއަކަށް މަސައްކަތް ނަގުލުކުުރުން
މި ގަވާއިދުގައި ވަކި ނަމަކުން ވަކި މުއައްސަސާއަކަށް ނުވަތަ އެ މުއައްސަސާއެއްގެ ވަކި ބަޔަކަށް އިށާރާތްކޮށްފައި ވަނިކޮށް ގާނޫނީގޮތުން ނުވަތަ އިދާރީގޮތުން ގެނެވޭ ބަދަލެއްގެ ސަބަބުން އެ މުއައްސަސާއަކުން ނުވަތަ އެ ބަޔަކު ކުރަމުންދިޔަ މަސައްކަތް އެހެން މުއައްސަސާއަކަށް ނަގުލުވެއްޖެ ހިނދެއްގައި، އެ ނަގުލުވި މުއައްސަސާއެއް، މި ގަވާއިދުން ދޭ ހަވާލާގައި ހިމެނިގެންވެއެވެ.
164 ވަނަ މާއްދާ - ހެކިބަސްދޭ ބަޔާނުގައި އިގްރާރުވުން
މައްސަލައެއްގައި ހެކިބަސް ދޭ މީހާގެ ހެކިބަސް ނަގަންވާނީ، އަންނަނިވި އިގްރާރުވުމަށް ފަހުގައެވެ.
"އަހުރެން،. .........މި މައްސަލައިގައި، މި ދޭ ހެކިބަހަކީ، ތެދު ހަގީގަތުގެ މައްޗަށް ދޭ ހެކިބަހެއް ކަމުގައި، އަހުދުވެ، އިގްރާރުވަމެވެ."
165 ވަނަ މާއްދާ - މި ގަވާއިދަށް އިސްކަން ދިނުން
މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު، ޖިނާއީ އިޖުރާއަތުގެ އެއްވެސް އުސޫލެއް ބަޔާންކޮށްފައިވާ ފުލުހުންގެ ގަވާއިދަކާ، ނުވަތަ އޯޑަރަކާ ނުވަތަ އުސޫލަކާ މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލަކާ ތައާރަޒުވާނަ އަމަލުކުރުމުގައި އިސްކަން ދެވޭނީ މި ގަވާއިދަށެވެ.
166 ވަނަ މާއްދާ - ޖަދުވަލުތައް
މި ގަވާއިދުގައި ހަވާލާދީފައިވާ ޖަދުވަލުތަކަކީ، މި ގަވާއިދުގެ ބައެކެވެ. މި ގަވާއިދު ފުރިހަމަވާނީ، އެ ޖަދުވަލުތަކާ އެކުގައެވެ. އެއިން ކޮންމެ ޖަދުވަލަކަށް ހަވާލާދެވޭ ހިނދު، އެ ހަވާލާދެވެނީ، މި ގަވާއިދުގެ ބަޔަކަށް ކަމުގައި ބެލޭނެއެވެ.
167 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިކުރާ ދުވަހުން ފެށިގެންނެވެ.
ޖަދުވަލު 1
ހައްޔަރުކުރުމަކަށް ނުވާގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ މީހާއަށް ދޭ ގާނޫނީ އިންޒާރު
"ތިޔަ ފަރާތް މިހާރު ތިޔަހުރީ ހައްޔަރުކުރުމަކަށް ނުވާގޮތަށް ސުވާލުކުރުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި، ތިޔަ ފަރާތަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު މައުލޫމާތެއް ނުދީ، ކުރެވޭ ސުވާލުތަކަށް ޖަވާބުނުދީ، ހަނުހުރުމުގެ ހައްގު ތިޔަ ފަރާތަށް ލިބިގެންވޭ، އަދި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިގަތުމުގެ ހައްގު ތިޔަ ފަރާތަށް ލިބިގެންވޭ، ހައްޔަރުކުރުމަކަށް ނުވާގޮތަށް ތިޔަ ފަރާތް ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓޭނީ، ގިނަވެގެން 4 (ހަތަރެއް) ގަޑިއިރުގެ މުއްދަތަށް،"
ޖަދުވަލު 2
ތިޔަ ފަރާތް ހައްޔަރު މި ކުރަނީ (♦) ގާނޫނުގައި ބަޔާންކުރާ (♦) ކުށުގެ ތުހުމަތުގައި. ތިޔަ ފަރާތަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު މައުލޫމާތެއް ނުދީ، ކުރެވޭ ސުވާލުތަކަށް ޖަވާބުނުދީ، ހަނުހުރުމުގެ ހައްގު ތިޔަ ފަރާތަށް ލިބިގެންވޭ. އެކަމަކު ކުރެވޭ ސުވާލަށް ޖަވާބު ދިނުމަކީ، އެދެވިގެންވާ ކަމެއް. ތިޔަ ފަރާތާ ކުރެވޭ ސުވާލަށް ދޭ ޖަވާބަކީ، ިތޔަ ފަރާތާ ދެކޮޅަށް ކޯޓެއްގައި ބޭނުންކުރެވިދާނެ އެއްޗެއް. ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިގަތުމުގެ ހައްގު ތިޔަ ފަރާތަށް ލިބިގެންވޭ. ތިޔަ ފަރާތަކީ ގާނޫނީ ވަކީލަކު ހަމަޖެއްސޭވަރުގެ މާލީ ތަނަވަސްކަމެއް ނެތް މީހެއްކަމުގައިވާ ނަމަ، އަދި ފަރާތަށް ތުހުމަތު ކުރެވެނީ ޖިނާއީ ބޮޑު ކުށެއްގައި ކަމުގައިވާ ނަމަ، ދައުލަތުން ވީަކލަކު ހަމަޖައްސައިދިނުމަށް އެދުމުގެ ހައްގު ތިޔަ ފަރާތަށް ލިބިގެންވޭ"
ޖަދުވަލު 3
- ކުށެއްގެ ތުހުމަތު ކުރެވޭކަން އަދި ތުހުމަތުކުރެވެނީ ކޮން ގާނޫނެ ްއގައި ބަޔާންކޮށްފައިވާ ކުށަކާ ގުޅިގެންކަން.
- ކާކުކަން އަންގައިދިނުން ފިޔަވައި ިއތުރު މައުލޫމާތެއް ނުދީ ހަނުހުރުމުގެ ހައްގު ލިބިގެންވާކަން.
- ތުހުމަތުކުރެވޭ ކުށް ބަޔާންކުރާ ގާނޫނުގައި ގާނޫނީ ހަނުހުރުމުގެ ހައްގު އެއްވެސް މިންވަރަކަށް ހިފެހެއްޓިފައިވާ ނަމަ، އެ މިންވަރަކަށް އެ ހައްގު ހިފެހެއްޓިފައިވާކަން.
- ސުވާލަށް ޖަވާބުނުދިނުމަކީ ލިބިގެންވާ ހައްގެއްކަމުގައި ވިޔަސް، ސުވާލަށް ޖަވާބުދިނުމަކީ އެދެވިގެންވާ ކަމެއްކަން.
- ސުވާލަށް ދޭ ޖަވާބަކީ އޭނާޔާ ދެކޮޅަށް ކޯޓުއި ބޭނުންކުރެވިދާނެ އެއްޗެއްކަން.
- ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިގެންވާކަން.
- ގާނޫނީވަކީލަކު ހަމަޖެއްސޭވަރުގެ މާލީ ތަނަވަސްކަމެއް ނެތް މީހެއްކަމުގައި ވާނަމަ، އަދި ތުހުމަތު ކުރެވެނީ ޖިނާއީ ބޮޑު ކުށެއްގައި ކަމުގައި ވާނަމަ، ދައުލަތުން ވަކީލަކު ހަމަޖައްސައިދި ުނމަށް އެދުމުގެ ހައްގު ލިބިގެންވާކަން.
(އަންނަނިވި ދަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި ވާނެ)
ޖަދުވަލު 4
ބަލައި ފާސްކުރުމަށް ހުއްދަ ދިންކަމުގެ ލިޔުން
ޖަދުވަލު 5
އުޅަނދު / އަމިއްލަ ތަންތަން ބަލައި ފާސްކުރިކަމުގެ ލިޔުން
ޖަދުވަލު 6
ތުހުމަތުކުރެވޭ ފަރާތާއި ސުވާލުކުރުމުގެ ކުރިން ފޯނުކުރުމުގެ ފުރުސަތު ދެވުނުކަމުގެ ލިޔުން
ޖަދުވަލު 7
ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އެންގިކަމުގެ ލިޔުން
ޖަދުވަލު 8
މައްސަލަ ރަޖިސްޓަރީކުރި ލިޔުން
ޖަދުވަލު 9
މައްސަލަ ނިމުނުގޮތުގެ ލިޔުން
ޖަދުވަލު 10
ހައްޔަރުކޮށްގެން ގެނެވޭ މީހުންގެ ހައްޔަރާމެދު ގޮތެއް ކަނޑައަޅާ ފޯމު
ޖަދުވަލު 11
ހައްޔަރުގައި ބަހައްޓައިގެން ސުވާލުކުރާ މީހުންނަށް ދެވޭ ގާނޫނީ އިންޒާރު
ޖަދުވަލު 12
ހައްޔަރުކޮށްފައިވާ ބިދޭސީންގެ މައުލޫމާތު އަންގާ ފޯމު
ޖަދުވަލު 13
ހާޒިރުވުމަށް އަންގާ ޗިޓް
ޖަދުވަލު 14
ބަލައި ފާސްކުރުމަށްފަހު ހިފެހެއްޓުނު ތަކެތީގެ އިންވެންޓްރީ
ކިޔުންތެރިންގެ ހިޔާލު