ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ޒިންމާއާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 2019-1050)
1 ވަނަ މާއްދާ - ތައާރަފާއި އަމަލުކުރަން ފެށުން
(ހ) މިއީ، ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ 60 ވަނަ މާއްދާގެ ދަށުން، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ލިބިދީފައިވާ ބާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ "ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުން މައުލޫމާތު ހާމަކުރުމުގެ ޒިންމާއާބެހޭ ގަވާއިދު" އެވެ.
(ނ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ ތިރީގައި ބުނެފައިވާ ފަދައިންނެވެ.
- ޕީރިއޮޑިކް ރިޕޯޓު ށާއިއުކުރުމާއި އެ ރިޕޯޓުގައި ހިމަނަންޖެހޭ ބައިތަކާބެހޭ ގޮތުން ހުރި މާއްދާތަކަށް އަމަލުކުރަން ފަށާނީ، މި ގަވާއިދުގެ 3 ވަނަ ނަންބަރުގައި ބުނެފައިވާ ދުވަހުން ފެށިގެން 3 (ތިނެއް) މަސްދުވަސް ހަމަވުމާއެކުއެވެ.
- ގަވާއިދުގެ އެހެން މާއްދާތަކަށް އަމަލުކުރަން ފަށާނީ، މި ގަވާއިދުގެ 3 ވަނަ ނަންބަރުގައި ބުނެފައިވާ ތާރީހުން ފެށިގެންނެވެ.
2 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަންޖެހޭ ފަރާތްތައް
(ހ) މި އަކުރުގައި ބުނެފައިވާ ބާވަތުގެ ސެކިއުރިޓީޒް ވިއްކައިފައިވާ ފަރާތްތަކުންނާއި އެއްވެސް ސެކިއުރިޓީޒްއެއް ލިސްޓުކޮށްފައިވާ ފަރާތްތަކުން މި ގަވާއިދަށް އަމަލުކުރަން ޖެހޭނެއެވެ.
- ހިއްސާގެ ސެކިއުރިޓީޒް؛
- ދަރަނި؛
- ޕްރިފަރެންސް ހިއްސާ؛
- ސެކިއުރިޓައިޒްކޮށްފައިވާ ޔުނިޓް؛
- ފަންޑެއްގެ ޔުނިޓް؛
- ގާނޫނުގެ ދަށުން ސެކިއުރިޓީޒްކަމަށް އޮތޯރިޓީން ކަނޑައަޅާ އެހެން ތަކެތި.
(ށ) ސެކިއުރިޓީޒް ވިއްކައިފައިވާ ފަރާތްތަކުން، މި ގަވާއިދުގެ އާންމު އުސޫލުތަކަށާއި، އެކިބާވަތުގެ ސެކިއުރިޓީޒްއަށް ހާއްސަކޮށް ކަނޑައަޅައިފައިވާ އުސޫލުތަކަށް އަމަލުކުރަންވާނެއެވެ.
3 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުމާއި އުވައި ލެވޭ ގަވާއިދު
(ހ) މި ގަވާއިދު ށާއިއުކުރާ ތާރީހުގެ ކުރިއަށް ހިއްސާ ނުވަތަ ދަރަނި ވިއްކައިފައިވާ ފަރާތްތަކުން މި ގަވާއިދަށް އަމަލުކުރަން ފަށާނީ، 1 ސެޕްޓެން ބަރު 2019 އާއި މި ގަވާއިދު ށާއިއުކުރާ ތާރީހުގެ ތެރެއިން ފަ ހުން އަންނަ ތާރީހުގައެވެ.
(ށ) ސްޓޮކް އެކްސްޗޭންޖުގެ ޕްރައިވެޓް ޕްލޭސްމަންޓް ސެގްމެންޓުގައި ސެކިއުރިޓީޒް ލިސްޓުކުރާ ފަރާތްތަކުން މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
(ނ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 2011-10 (ސެކިއުރިޓީޒް ދޫކުރާ ކުންފުނިތަކުން މައުލޫމާތު ހާމަކުރުމުގެ ޒިންމާއާބެހޭ ގަވާއިދު) އުވުނީއެވެ.
4 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އެހެން ގޮތަކަށް ދޭހަނުވާ ނަމަ، ނުވަތަ އެ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަނުވާ ނަމަ، މި ގަވާއިދުގައި ބޭނުންކޮށްފައިވާ އަންނަނިވި ލަފުޒުތައް މާނަކުރާނީ ތިރީގައި ބުނެފައި މިވާ ފަދައިންނެވެ.
(ހ) "ހިސާބުކުރާ މުއްދަތު" ކަމަށް ބުނެފައި އެވަނީ، ސެކިއުރިޓީޒް ދޫކުރާ ކުންފުނީގެ މާލީ ހިސާބުތައް ތައްޔާރުކުރަންޖެހޭ މުއްދަތަށެވެ. އަދި މި މުއްދަތަކީ 1 (އެކެއް) އަހަރުދުވަސް ނުވަތަ އެނޫން މުއްދަތެއް ކަމުގައިވީނަމަވެސް އެ މުއްދަތެކެވެ.
(ށ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) އަށެވެ.
(ނ) "ގުޅިފައިވާ ފަރާތް” ކަމަށް ޑިރެކްޓަރަކާ ނުވަތަ ޗީފް އެގްޒެކެޓިވްއާ ބެހޭގޮތުން، ބުނެފައި އެވަނީ؛
- އެ ފަރާތެއްގެ އަނބިމީހާ، ނުވަތަ ފިރިމީހާ، ނުވަތަ ދަރިން ނުވަތަ މިއިން އެއްވެސް ފަރާތަކުން ބަލަހައްޓާ ކުންފުންޏެއް، ނުވަތަ ޓްރަސްޓެއް ނުވަތަ އެހެން ގާނޫނީ ށަހުސެއް،
- އެ ޑިރެކްޓަރެއް ނުވަތަ ޗީފް އެގްޒެކެޓިވްއެއް، ޑިރެކްޓަރުކަމުގެ މަގާމު އަދާކުރާ ކުންފުންޏެއް؛ އަދި
- ޑިރެކްޓަރެއް ނުވަތަ ޗީފް އެގެޒެކެޓިވްއެއްގެ މުވައްޒަފެއް.
(ރ) "ބޯޑު" ކަމަށް ބުނެފައި އެވަނީ، ސެކިއުރިޓީޒް ދޫކުރާ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށެވެ.
(ބ) "ޗީފް އެގްޒެކެޓިވް" ކަމަށް ބުނެފައި އެވަނީ، ސެކިއުރިޓީޒް ދޫކުރާ ކުންފުނީގެ ޑިރެކްޓަރުންގެ ސީދާ އަމުރު ލިބިގެން މުޅި ވިޔަފާރި ހިންގުމުން، އެކަނި ނުވަތަ އެހެން ށަހުސަކާ ނުވަތަ ށަހުސުންތަކަކާ ގުޅިގެން، ޒިންމާ އުފުލާ މުވައްޒަފަށެވެ.
(ޅ) "ދުވަސް" ކަމަށް ބުނެފައި އެވަނީ، ރަސްމީ ބަންދު ދުވަސްތައް ވެސް ހިމެނޭ ގޮތަށެވެ. ނަމަވެސް، ވަކި ކަމެއް ނިންމަންޖެހޭ އެންމެ ފަހުގެ ތާރީހަކީ ރަސްމީ ބަންދު ދުވަހެއް ނަމަ، އެ ކަމެއް ނިންމަންޖެހޭ ދުވަސްކަމުގައި ބަލާނީ، ޖެހިގެން އަންނަ ރަސްމީ ބަންދުނޫން ދުވަހަށެވެ.
(ކ) "ޑިރެކްޓަރުން" ކަމަށް ބުނެފައި އެވަނީ، ކުންފުނިތަކުގެ ބޯޑުގެ ޑިރެކްޓަރުންނަށާއި، ކޮންމެ ގާނޫނީ ށަހްސެއްގެ ވެސް ހިންގުމުގެ އެންމެ މަތީ ބޯޑުގެ މެންބަރުންނަށެވެ.
(އ) "މަސްލަހަތު އޮތުން" ނުވަތަ 'ސެކިއުރިޓީޒްގައި މަސްލަހަތު އޮތުން' ކަމަށް ބުނެފައި އެވަނީ، ގާނޫނީ ނުވަތަ އެހެން އެއްވެސް ހައްގެއް ވަކި ސެކިއުރިޓީޒްއެއްގެ މައްޗަށް އޮތުމަށެވެ. މީގެ ތެރޭގައި:
- އުފައްދައިފައިވާ، ނުވަތަ ކަނޑައަޅައި ފައިވާ ނުވަތަ ނެރެފައިވާ ސެކިއުރިޓީއެއް ލިބިގަތުމުގެ ފުރިހަމަ ހައްގު ނުވަތަ އެފަދަ ހައްގެއް ލިބިގަނެވޭނެ ފަދަ ގޮތެއް އޮތުން؛ އަދި
- އެ ފަރާތެއްގެ ސެކިއުރިޓީއެއް ގެ ނުވަތަ ޓްރަސްޓެއްގެ ނުވަތަ އެހެން ފަރާތެއްގެ ބެލުމުގެ ދަށުގައި ނުވަތަ ޑިޕޮޒިޓަރީއެއްގައިވާ ފަރާތުގެ މަސްލަހަތުތައް ނުވަތަ ހައްގުތައް
(ވ) "ހާމަކުރުން" ކަމުގައި ބުނެފައި އެވަނީ
- އެ މައުލޫމާތެއް ނުވަތަ ލިޔުމެއް އޮތޯރިޓީއަށާއި ސްޓޮކް އެކްސްޗޭންޖަށް ހުށަހަޅައިފައި ވުމާއެކު، އަދި
- އާ ންމުކޮށް ސެކިއުރިޓީޒް ވިއްކައި ފައިވާ ފަރާތެއް ނަމަ، އެ ފަރާތުގެ ވެބްސައިޓު ގައި ށާއިއުކޮށް، އަދި ށާއިއުކުރެވުނުކަން ޗާޕުކޮށްގެން ނެރޭ ރާއްޖޭގެ ނޫހަކަށް ނުވަތަ އޮންލައިން ނޫހަކަށް އަންގައި ފައި ވުމެވެ. ނުވަތަ؛
- ޕްރައިވެޓްކޮށް ސެކިއުރިޓީ ޒް ވިއް ކައި ފައިވާ ފަރާތެއް ނަމަ، އެ މައުލޫމާތު ސްޓޮކް އެކްސްޗޭންޖަށް ހުށަހެޅިކަން އެ މައު ލޫމާތަކާ ގުޅޭ ސެކިއުރިޓީޒްގެ އިންވެސްޓަރުންނަށް އަން ގައި ފައިވުމެވެ.
(މ) "ސެކިއުރިޓީޒް ވިއްކި ފަރާތް" ކަމުގައި ބުނެފައި އެވަނީ، އެ ފަރާތަކުން ދޫކުރާ ނުވަތަ ދޫކުރުމަށް ހުށަހަޅާ ސެކިއުރިޓީޒް ގަތުމަށް އެހެން ފަރާތަކަށް ދައުވަތުދީގެން ވިއްކައިފައިވާ ކުންފުންޏަކަށް ނުވަތަ ގާނޫނީ ށަހްސަކަށެވެ.
(ފ) "މެންބަރު" ކަމަށް ބުނެފައި އެވަނީ، ސެކިއުރިޓީޒް ދޫކުރާ ކުންފުނީގެ މެންބަރުންގެ ދަފުތަރުގައި ހިއްސާދާރެއްގެ ގޮތުގައި ހިމެނިފައިވާ ފަރާތްތަކަށެވެ.
(ދ) "މައި ހިއްސާދާރެއް" ކަމަށް ބުނެފައި އެވަނީ، އަމިއްލައަށް ނުވަތަ އެހެން ފަރާތެއް މެދުވެރިކޮށްގެން ނަމަވެސް، ކުންފުންޏެއްގައި ހިއްސާގެ އަދަދު އޮތް މިންވަރުން ނުވަތަ ހި އްސާގައި އެ ފަރާތެއްގެ މަސްލަހަތު އޮތް މިންވަރު، އެ ކުންފުންޏެއްގެ ޖަލް ސާއެއްގައި ވޯޓުލުމުގައި %5 (ފަހެއް އިންސައްތަ) އަށް ވުރެ މަދުނޫން ޖުމުލަ ބާރު ލިބިގެންވާ ފަރާތަށެވެ.
(ތ) "ޕްރައިވެޓްކޮށް ވިއްކާ ފަރާތް" ކަމުގައި ބުނެފައި އެވަނީ، ކަނޑައެޅޭ ވަކި ބަޔަކަށް ސެކިއުރިޓީޒް ގަތުމުގެ ދައުވަތު ދީ އަދި އެގޮތުން ވިއްކާ ސެކިއުރިޓީޒް ސް ޓޮކް އެކްސްޗޭންޖުގެ ހަމައެކަނި ޕްރައިވެޓް ޕްލޭސްމަންޓް ސެގްމަން ޓުގައި ލިސްޓުކޮށްފައިވާ ފަރާތްތަކަށެވެ.
(ލ) "އާންމުކޮށް ވިއްކާ ފަރާތް" ކަމުގައި ބުނެފައި އެވަނީ ސެކިއުރިޓީޒް ގަތުމަށް ށަރުތު ހަމަވާ ކޮންމެ ފަރާތަކަށްވެސް ހުޅުވިފައިވާ ދައުވަތެއްގެ ދަށުން ސެކިއުރިޓީޒް ވިއްކާ ފަރާތެއް، ނުވަތަ ސްޓޮކް އެކްސްޗޭންޖުގެ ޕްރައިވެޓް ޕްލޭސްމަންޓް ސެގްމަންޓް ފިޔަވައި އެހެން ސެގްމަންޓެއްގައި ސެކިއުރިޓީޒް ލިސްޓުކޮށްފައިވާ ފަރާތަކަށެވެ.
ޗެޕްޓަރު 2
އާންމު ޒިންމާތަކާއި، މައުލޫމާތު ހާމަކުރުމުގައި ގެންގުޅެންޖެހޭ ހަމަތަކާއި އުސޫލުތައް
5 ވަނަ މާއްދާ - މި ޗެޕްޓަރަށް އަމަލުކުރަންޖެހޭ ފަރާތްތައް
މި ގަވާއިދުގައި އެހެން ގޮތަކަށް ބުނެފައި ނުވާ ނަމަ، އެއްވެސް ބާވަތެއްގެ ސެކިއުރިޓީޒް ވިއްކައިފައިވާ ފަރާތްތަކުން މި ބަޔަށް އަމަލުކުރަން ޖެހޭނެއެވެ.
6 ވަނަ މާއްދާ - މައުލޫމާތު ހާމަކުރުމުގައި ތަބާވާންޖެހޭ އާންމު އުސޫލުތައް
ސެކިއުރިޓީޒް ވިއްކާ ފަރާތްތަކުން މައުލޫމާތު ހާމަކުރުމުގައްޔާއި، މި ގަވާއިދުގައި ބުނެފައިވާ ޒިންމާތައް އަދާކުރުމުގައި ތިރީގައިވާ އުސޫލުތަކަށް ތަބާވާންވާނެއެވެ.
(ހ) ހާމަކުރަންޖެހޭ މާލީ މައުލޫމާތުތައް ތައްޔާރުކޮށް ހާމަކުރަންވާނީ ގާނޫނުން ލާޒިމުކުރާ އެކައުންޓިންގއާއި ފައިނޭންށަލް ރިޕޯޓިންގގެ ސްޓޭންޑާރޑްތަކާ އެއްގޮތަށެވެ.
(ށ) އަހަރީ އޮޑިޓްކުރަންވާނީ އެކަމުގެ ތަމްރީނާ ހުނަރު ލިބިފައިވާ، ގާބިލު، އަދި މިނިވަން އޮޑިޓަރަކުކަން ޔަގީންކުރަންވާނެއެވެ.
(ނ) މައުލޫމާތު ދިނުމުގައި ހަގީގަތް އޮޅުވައިލައިގެން ނުވާނެއެވެ. އަދި އިންވެސްޓަރުންނަށާއި މާކެޓަށް ފޯރުކޮށްދޭ މައުލޫމާތު ވާންވާނީ އޮޅުން ނާރާގޮތަށް ދެވޭ މައުލޫމާތު ކަމުގައެވެ.
(ރ) ސެކިއުރިޓީޒް ވިއްކައިފައިވާ ފަރާތްތަކުން ހުށަހަޅާ މައުލޫމާތުތަކާއި ރިޕޯޓުތަކާއި ބަޔާންތަކާއި ލިޔެކިޔުންތަކުގައި، މައުލޫމާތު ހާމަކުރެވޭ ކަމަކާ ގުޅޭގޮތުން އެކަށީގެންވާ މިންވަރުގެ، އެކަމަކާ ގުޅޭ، ސައްހ،ަ އޮޅުން ނާރާނޭ ފަދައިން ސާފުކޮށް ބަޔާންކޮށްފައިވާ މައުލޫމާތު، ކަނޑައެޅިފައިވާ ވަގުތަށް ހާމަކޮށްދެވިފައި ހުންނަންވާނެއެވެ.
7 ވަނަ މާއްދާ - މައުލޫމާތު ހާމަކުރުމުގެ އާ ންމު ޒިންމާ
(ހ) މި ގަވާއިދުގެ އެންމެހައި މާ އްދާތަކާ އެއްގޮތްވާ ގޮތުގެ މަތިން އަދި އަމަލުކުރ،ާ އާންމު އުސޫލެއްގެ ގޮތުން، ސެކިއުރިޓީޒް ދޫކުރާ ކުންފުނިތަކުން އެ ފަރާތެއްގެ ވިޔަފާރިއަށް އަންނަ ބޮޑެތި ބަދަލުތަކާބެހޭ ގޮތުން، ނޫސްބަޔާނެއް ރާއްޖޭގައި ނެރ،ެ ދުވަހު ނޫސްތަކުގެ ތެރެއިން މަދުވެގެން 1 (އެކެއް) ނޫހުގައި އަދި ސެކިއުރިޓީޒް ދޫކުރާ ކުންފުނީގެ ވެބްސައިޓުގައި ށާއިއުކުރަންވާނެއެވެ. އަދި އެ ފަދަ މައުލޫމާތު މި އޮތޯރިޓީއަށާއި ސްޓޮކް އެކްސްޗޭންޖަށް ލިޔުމުން އަންގަންވާނެއެވެ. މި ފަދަ މައުލޫމާތުގެ ގޮތުގައި ހިމެނޭނީ އާންމުކޮށް އެނގެން ނުހުންނަ ތިރީގައި މިވާފަދަ މައުލޫމާތެވެ.
- ސެކިއުރިޓީޒް ދޫކުރާ ކުންފުންޏާއި އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނިތަކުގެ މާލީ ހާލަތު އެ ކުންފުންޏަށާއި އާންމުންނަށް ދެނެގަނެވޭނެ ފަދަ މައުލޫމާތަށްވުން؛
- ސެކިއުރިޓީޒާބެހޭ ގޮތުން ހަގީގަތާ ހިލާފު ބާޒާރެއް ގާއިމުވިޔަ ނުދިނުމަށް މުހިންމު މައުލޫމާތަކަށް ވުން؛ ނުވަތަ
- ސެކިއުރިޓީޒްގެ އަގުމަގުކުރުމަށް ނުވަތަ ބާޒާރުގައި އޭގެ އަގަށް ފާހަގަކުރެވޭ ބަދަލެއް ގެނުވާފާނެ މައުލޫމާތަށް ވުން.
(ށ) ތިރީގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެއްޖެ ނަމަ، މި މާއްދާގެ (ހ) ގައިވާ ކަންތައްތަކުން އެ ފަރާތެއް އިސްތިސްނާވާނެއެވެ.
- އެ ފަދަ މައުލޫމާތެއް ހާމަކުރުމަކީ ގާނޫނީގޮތުން މަނާ ކަމެއްކަމުގައިވާނަމަ؛
- އެ ފަދަ މައުލޫމާތަކީ ނުނިމި އޮތް ވިޔަފާރީގެ ހުށަހެޅުމެއް ނުވަތަ މަށްވަރާތައް ފުރިހަމަނުވާ ކަމަކާ ގުޅޭ މައުލޫމާތެއް ނަމަ؛
- ލަފާކުރެވޭ ކަމަކާ ގުޅޭ ނުވަތަ ކަނޑައެޅިގެން ފުރިހަމަނުވާ ކަމަކާބެހޭ މައުލޫމާތަކަށް ވުމުން، އެ ފަދަ މައުލޫމާތެއް ހާމަކުރުމުން ހާމަކުރާ ފަރާތާ ބެހޭގޮތުން ބާޒާރުގައި އޮޅުންއަރާފާނެ ނަމަ؛
- އެ ފަދަ މައުލޫމާތަކީ ވިޔަފާރީގެ ސިއްރެއްގެ ގޮތުގައި ބެލެވޭ މައުލޫމާތެއް ނަމަ؛
- އެ ފަދަ މައުލޫމާތެއް ހާމަކުރުމުން ސެކިއުރިޓީޒް ދޫކުރާ ކުންފުންޏަށް ނޭދެވޭ ބޮޑު އަސަރެއް ކުރާނެ ކަމަށް ބެލެވޭ ސައްހަ ހާލަތެއް އޮތްކަމަށާއި، އަދި މި މައުލޫމާތު ހާމަނުކުރުމުން އާންމު ފަރާތްތަކަށް ކުރާ އަސަރަށް ވުރެ މާބޮޑު ނޭދެވޭ އަސަރެއް ސެކިއުރިޓީޒް ދޫކުރާ ކުންފުންޏަށް ކުރާނެކަމަށް މި އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި، އެ މައުލޫމާތު ހާމަކުރުމުގެ ޒިންމާއިން އެ ފަރާތެއް މި އޮތޯރިޓީން އިސްތިސްނާކޮށްފި ނަމަ؛
8 ވަނަ މާއްދާ - މުދާ ގަތުން، ނުވަތަ ވިއްކުމުގެ މުއާމަލާތްތަކުގައި މައުލޫމާތު ހާމަކުރުން
(ހ) މުދަލެއް ގަތުން ނުވަތަ ވިއް ކައިލުން ނުވަތަ އެހެންވެސް ގޮތަކުން އޭގެ ހައްގު ލިބިގަތުން ނުވަތަ ދޫކޮށްލުމުގެ މުއާމަލާތެއްގައި ތިރީގައި ބުނެފައިވާ ހާލަތަކަށް ފެތޭ ނަމަ، މި މާއްދާގެ (ށ) ގައި ބުނެފައިވާ މައުލޫމާތުތައް ހާމަކުރަންވާނެއެވެ.
- އެ މުއާމަލާތުގައި ހިމެނޭ މުދަލުގެ، ފޮތުގެ އަގަކީ އެ ށަހްސުގެ ޖުމްލަ ނެޓް އެސެޓް )ނުވަތަ ކޮންސޮލިޑޭޓެޑް ޖުމުލަ ނެޓް އެސެޓް( ގެ އަގުގެ %5 (ފަހެއް އިންސައްތަ) އަށްވުރެ މަތީ އަދަދަކަށް ވުނ،.ް ނުވަތަ؛
- އެ މުއާމަލާތުގައި ހިމެނޭ އެއްފަރާތަކީ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއްގެ ޑިރެކްޓަރެއް ނުވަތަ ޗީފް އެގްޒެކެޓިވްއެއް ނުވަތަ އެއިން ފަރާތަކާ ގުޅުންހުރި ފަރާތެއް، ނުވަތަ ކުންފުނީގެ މައި ހިއްސާދާރެއް ކަމުގައިވުން.
- ގަތް ނުވަތަ ވިއްކި، ނުވަތަ ލިބުނު ނުވަތަ ދޫކޮށްލި މުދަލަކީ، އެ އެންޓިޓީގެ ޑިރެކްޓަރު ނުވަތަ ޗީފް އެގްޒެކެޓިވް ނުވަތަ އެއިން ފަރާތަކާ ގުޅުންހުރި ފަރާތެއް މައި ހިއްސާދާރެއްގެ ގޮތުގައި ހިއްސާވާ ކުންފުންޏެއްގައި އޮތް އެއިން ފަރާތެއްގެ ހައްގަކަށްވުން.
- އެންޓިޓީގެ ނުވަތަ އެ ފަރާތުގެ ސަބްސިޑަރީގެ ވިއްކައިލެވުނު ނުވަތަ ދޫކޮށްލެވުނު މުދަލުން ވޭތިވެދިޔަ މާލީ އަހަރު ލިބުނު (ޓެކްސްކޮށްފައިނުވާ) ފައިދާއަކީ، ވޭތިވެދިޔަ އަހަރުގެ އޮޑިޓްކޮށްފައިވާ ހިސާބުތަކުން ދައްކާ ކޮންސޮލިޑޭޓެޑް (ޓެކްސްނުކުރާ) ޖުމުލަ ފައިދާގެ %5 (ފަހެއް އިންސައްތަ) އަށް ވުރެ މަތީ މިންވަރަކަށް ވުން.
(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ހާލަތުތަކަށް ފެތޭ މުއާމަލާތްތަކާ ގުޅިގެން ތިރީގައި ބުނެފައިވާ މައުލޫމާތު މި ގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތިން ހާމަކުރަންޖެހޭނެއެވެ.
- މުއާމަލާތް ހިންގި ތާރީހާއި މުއާމަލާތް ކުރެވުނު ފަރާތްތައް؛
- މުދަލުގެ ބާވަތާބެހޭ ތަފުސީލާއި، މި މުދަލަކީ ނުވަތަ އެއިން ބަޔަކީ ކުންފުންޏެއްގެ ހިއްސާތަކެއް ނަމަ،ހިއްސާ ލިބިގަތް ނުވަތަ ދޫކޮށްލި ކުންފުނީގެ ވިޔަފާރިއާ ބެހޭ ތަފުސީލު؛
- މުއާމަލާތުގައި ހިމެނުނު މުގާބިލާއި ފުރިހަމަކުރަންޖެހޭ އެހެނިހެން ށަރުތުތައް؛
- މި މާއްދާގެ (ހ)ގެ (1) ނުވަތަ މި މާއްދާގެ (ހ) ގެ (2) ގައިވާ ފަދައިން މުއާމަލާތް ހިންގައިފައިވާނަމަ؛
- މުދާ ލިބިގަތްއިރު ނުވަތަ ދޫކޮށްލިއިރު އޭގެ އަގު ކަނޑައެޅުނު ގޮތް؛ އަދި
- މުދާ ދޫކޮށްލައިފައިވާ ނަމަ، މުދަލުގެ އަގުގެ ގޮތުގައި ހިސާބުގައި ލިޔެވިފައިވާ އަގަށް ވުރެ އިތުރުވި އަދަދު ނުވަތަ މަދުވި އަދަދު؛
- މި މާއްދާގެ (ހ) ގައިވާ ފަދައިން މުއާމަލާތް ހިންގާފައިވާ ނަމަ، އެކަމުގައި ށާމިލުވާ ޑިރެކްޓަރު، ނުވަތަ ޗީފް އެގްޒެކެޓިވ،ް ނުވަތަ އެ ފަރާތްތަކާ ގުޅުންހުރި ފަރާތް ނުވަތަ ކުންފުނީގެ %5 (ފަހެއް އިންސައްތަ) އަށް ވުރެ ބޮޑު އަދަދެއްގެ ހިއްސާ ގަނެފައިވާ ފަރާތްތަކުގެ ނަން؛ އަދި
- ޑިރެކްޓަރެއް ނުވަތަ ޗީފް އެގެޒެކެޓިވްއެއް ނަމަ، އެ ފަރާތް ފުރަމުންގެންދާ މަގާމް؛
- ޑިރެކްޓަރަކާ ނުވަތަ ޗީފް އެގްޒެކެޓިވްއަކާ ގުޅުންހުރި ފަރާތެއް ނަމަ، އެ ފަރާތަކާއެކު އޮތް ގުޅުމާއި، އެ ޑިރެކްޓަރެއްގެ ނުވަތަ ޗީފް އެގްޒެކެޓިވްއެއްގެ ނަމާ މަގާމު.
9 ވަނަ މާއްދާ - ވެބްސައިޓް
(ހ) ކުންފުނީގެ އަސާސީ މައުލޫމާތުތައް އެކުލެވޭ ވެބްސައިޓެއް ކުންފުނިން ހިންގާ ބަލަހައްޓަންވާނެއެވެ. މި ވެބްސައިޓުގައި ތިރީގައި ބުނެފައިވާ މައުލޫމާތު ހިމެނެންވާނެއެވެ.
- ކުންފުނީގެ މަސައްކަތުގެ ހުލާސާ.
- ސެކިއުރިޓީޒްގައި އިންވެސްޓްކޮށްފައިވާ ފަރާތްތަކުގެ ކަންކަމުގައި އެހީތެރިވާ ފަރާތެއްގެ ގޮތުގައި މައުލޫމާތު ދިނުމަށް ކުންފުނިން ހަމަޖައްސައިފައިވާ ފަރާތާ ގުޅާނެ ގޮތުގެ މައުލޫމާތު.
(ށ) އާންމުކޮށް ހިއްސާ ވިއްކައިފައިވާ ފަރާތެއް ނަމަ، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހުންނަންވާނެއެވެ.
- (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު؛
- ހިންގާ ގަވާއިދު؛
- ޑިރެކްޓަރުންގެ ބޯޑުގެ އެކުލެވިގެންވާ ގޮތާއި، މެންބަރުންގެ ނަމާއި، ބޯޑުގެ ސަބް ކޮމިޓީތައް އެކުލެވޭ ގޮތާއި، ތިއްބަވާ މެން ބަރުންގެ ނަން؛
- މައި ހިއްސާދާރުންގެ ނަމާއި، ހިއްސާވާ މިންވަރު؛
- ކުންފުނިން ދޫކޮށްފައިވާ ސެކިއުރިޓީޒްއާ ގުޅޭ ގޮތުން އެ ސެކިއުރިޓީޒްގެ އިންވެސްޓަރުންނަށް ފޮނުވާ ހުރިހާ ނޯޓިސްތައް.
- މާލީ ނަތީޖާތައް (މީގެ ތެރޭގައި ޕީރިއޮޑިކް ހިސާބުތަކާއި، އަހަރީ ހިސާބާއި، އޮޑިޓްކޮށްފައިވާ ހިސާބުތައް ހިމެނޭނެއެވެ. އަދި އޮޑިޓްކޮށްފައިވާ އަހަރީ ހިސާބުތައް ބޯޑުން ފާސްކުރުމާއެކު މި ގަވާއިދުގައިވާ ގޮތުގެ މަތިން ވެބްސައިޓުގައި ށާއިއުކުރަންވާނެއެވެ.)
- ހިއްސާގެ ސެކިއުރިޓީޒް ވިއް ކައިފައިވާ ފަރާތެއް ނަމަ، އަހަރީ ރިޕޯޓު؛
- ދަރަނީގެ ސެކިއުރިޓީޒް ވިއްކައިފައިވާ ފަރާތެއް ނަމަ
- އިންޓަރެސްޓް ނުވަތަ ރިޑެމްޕްށަން ފައިސާ ދޭންޖެހޭ ތާރީހުގައި ނުދެވި އޮތް ނަމަ އެކަން.
- މުދަލުގެ މައްޗަށް ދަރަނި ދިން ފަރާތުގެ ހައްގު ވުޖޫދުކުރަންޖެހޭ ތާރީހަށް ކުރެވިފައި ނުވާނަމަ އެކަން.
- ދަރަނީގެ ސެކިއުރިޓީޒްއަށް ނުވަތަ ކުންފުންޏަށް ދީފައިވާ ރޭޓިންއެއް ބަދަލުކޮށްފި ނަމަ، އެކަން.
(ނ) (ށ) ގެ 5 ނަންބަރާއި، 6 ވަނަ ނަންބަރާއި، 7 ވަނަ ނަންބަރާއި، 8 ވަނަ ނަންބަރުގައި ބަޔާންވެފައިވާ މައުލޫމާތުތައް ވެބްސައިޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން އެންމެ މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ވެބްސައިޓުގައި ބެލޭ ގޮތަށް ހުންނަންވާނެއެވެ.
(ރ) ވެބްސައިޓުގައި ހުންނަ މައުލޫމާތުތަކަކީ ސައްހ،ަ ތެދު މައުލޫމާތުކަން ޔަގީންކުރަންވާނެއެވެ.
(ބ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންވެފައި ނުވާ ނަމަ، ވެބްސައިޓުގައި އެ ކަމެއްގެ މައުލޫމާތު ށާއިއުކޮށްފައިވާ ކަމަކަށް ބަދަލެއް އަތުވެއްޖެ ނަމަ، އެ ބަދަލެއް އަންނަތާ 5 (ފަހެއް) މަސައްކަތު ދުވަހުގެ ތެރޭގައި ވެބްސައިޓް އަޕްޑޭޓްކުރަންވާނެއެވެ.
10 ވަނަ މާއްދާ - މާލީ ހިސާބުތައް
(ހ) ކުންފުނީގެ މާލީ ހިސާބުތައް ތައްޔާރުކުރަންވާނީ ތިރީގައި ބުނެފައިވާ އުސޫލުތަކާ އެއްގޮތަށެވެ.
- މާލީ ހިސާބުތައް ތައްޔާރުކުރަންވާނީ އެކްރޫއަލް އެކައުންޓިންގައި ތައްޔާރުކުރަންޖެހޭ ގޮތަށް، އަދި އިންޓަރނޭށަނަލް ފައިނޭންށަލް ރިޕޯޓިންގ ސްޓޭންޑަޑްތަކާ އެއްގޮތަށެވެ.
- ޕީރިއޮޑިކް ހިސާބުތަކުގައި، އޮތޯރިޓީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ "މިނިމަމް ކްރައިޓީރިއާ ފޮރޕީރިއޮޑިކް ރިޕޯޓިންގ" ގައިވާ މައުލޫމާތު، ޕީރިއޮޑިކް ހިސާބުތަކުގައި ހިމެނިފައި ހުންނަންވާނެއެވެ.
- މާލީ ހިސާބުތައް ހުންނަންވާނީ، ކުންފުނީގެ ޗީފް އެގްޒެކެޓިވްއާއި ޗީފް ފައިނޭންށަލް އޮފިސަރާއި، އޮޑިޓް ކޮމިޓީގެ މެންބަރު ސޮއިކޮށްފައެވެ.
(ށ) އޮތޯރިޓީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ "މިނިމަމް ކްރައިޓީރިއާ ފޮރރ ޕީރިއޮޑިކް ރިޕޯޓިންގ"އަށް ބަދަލެއް ގެންނަންވާނީ ކުންފުނިތަކާއެކު މަށްވަރާކުރުމަށްފަހުގައެވެ. އަދި އެގޮތުން ގެނެވޭ ބަދަލާ އެއްގޮތަށް އަމަލުކުރަން ފެށުމުގެ ކުރިން 60 (ފަސްދޮޅަސް) ދުވަހުގެ ނޯޓިހެއް ދޭންވާނެއެވެ.
(ނ) މާލީ ހިސާބުތައް ށާއިއުކުރުމުގައި ތިރީގައިވާ ފަދައިން އަމަލުކުރަންވާނެއެވެ.
- ޕީރިއޮޑިކް ހިސާބުތަކާއި އަހަރީ ހިސާބު (މުޅި އަހަރުގެ ހިސާބު) އެ މުއްދަތެއް ނިމޭތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ށާއިއުކުރަންވާނެއެވެ.
- ޕީރިއޮޑިކް ހިސާބުތަކާއި އަހަރީ ޖުމްލަ ހިސާބު އޮޑިޓްކުރުމަށްފަހު ނުވަތަ އޮޑިޓްނުކޮށްވެސް ށާއިއުކުރެވިދާނެއެވެ.
- ކުންފުނީގެ އޮޑިޓްކޮށްފައިވާ އަހަރީ ހިސާބުތައް ޑިރެކްޓަރުންގެ ބޯޑުން ފާސްކުރުމުގެ 5 (ފަހެއް) ދުވަހުގެ ތެރޭގައި ށާއިއުކުރަންވާނެއެވެ. ނަމަވެސް އެންމެ ލަސްވެގެންވެސް މާލީ އަހަރު ނިމޭތާ 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި، އޮޑިޓްކޮށްފައިވާ އަހަރީ ހިސާބުތައް ށާއިއުކުރަންޖެހޭނެއެވެ.
(ރ) ޕީރިއޮޑިކް ރިޕޯޓުތަކާއި އަހަރީ ރިޕޯޓުގައި، ތިރީގައި ބަޔާންވެ ފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.
- މި ގަވާއިދުގެ ދަށުން ސެކިއުރިޓީޒް ވިއްކައިގެން ހޯދައިފައިވާ ފައިސާ ބޭނުންކޮށްފައިވާ ގޮތުގެ މައުލޫމާތު؛ އަދި ފައިސާ ބޭނުންކުރުމަށް އަންދާޒާކުރެވޭ ކަމަށް ޕްރޮސްޕެކްޓަސްގައި ބަޔާންކުރި ގޮތާ ހިލާފަށް ބޭނުންކުރެވިފައިވޭތޯ ނުވަތަ ނޫންތޯއާއި، ޕްރޮސްޕެކްޓަސްގައި ބަޔާންކުރި ގޮތާ ހިލާފަށް ބޭނުންކުރެވިފައިވާ ނަމަ، އެ ހިލާފުވާ ގޮތާއި އަދަދ.ު
- ކުންފުނިން، އެ ކުންފުނީގެ ޑިރެކްޓަރުންނާއި، ނުވަތަ މައި ހިއްސާދާރުންނާ އެކު ކޮށްފައިވާ މެޓީރިއަލް ޓްރާންސެކްށަން.
- ސެކިއުރިޓައިޒްކޮށްފައިވާ މާލީ މުދަލެއް ޔުނިޓް ވިއްކައި ފައިވާ ނަމަ، ޕީރިއޮޑިކް ހިސާބުތަކުގައި، ސެކިއުރިޓައިޒްކުރެވުނު މުދަލުގެ މައުލޫމާތު (ނަމަވެސް ދަރަނި ނެގި ފަރާތުގެ މައުލޫމާތު ނުހިމަނައި).
- ވިއްކި ސެކިއުރިޓީޒްއަކާ ހާއްސަކޮށް ގުޅޭ ގޮތުން ހާމަކުރަންޖެހޭ މައުލޫމާތެއްވާ ނަމަ އެ މައުލޫމާތެއް.
11 ވަނަ މާއްދާ - ސެކިއުރިޓީޒްއާ ގުޅޭ ކޯޕަރޭޓް އެކްށަންތަކަށް ރެކޯޑު ނަގަންޖެހޭ ތާރީހު
(ހ) އިންޓަރެސްޓުގެ ފައިސާ ދެއްކުމަށާއި، ޑިވިޑެންޑް ދިނުމަށާއި، ފައިދާ ބެހުމަށާއި، ސެކިއުރިޓީޒްގެ ރިޕޭމަންޓް ނުވަތަ ރިޑެމްޕްށަނުގެ ފައިސާ ދެއްކުމަށް، ނުވަތަ މި މާއްދާގައި ބުނެފައިވާ އެފަދަ އެހެން ކަންކަމަށް، އެ ސެކިއުރިޓީޒްގެ އިންވެސްޓަރުނަކީ ކޮންބައެއްކަން ކަނޑައަޅުމަށް އިންވެސްޓަރުންގެ ރެކޯޑު ނަގާނެ ތާރީހެއް ކަނޑައަޅަންވާނެއެވެ.
(ށ) ރެކޯޑު ނަގާ ތާރީހުގެ ކުރިއަށް އެންމެ މަދުވެގެންވެސް މަސައްކަތު 7 (ހަތެއް) ދުވަހުގެ ނޯޓި ހެއް ކުންފުނިން އިންވެސްޓަރުންނަށް ދޭންވާނެއެވެ. މި ނޯޓިސްގައި ރެކޯޑު ނަގަނީ ކޮން ބޭނުމަކަށްކަން ބަޔާންކުރަންވާނެއެވެ. މި 7 (ހަތެއް) ދުވަސް ގުނާނީ ރެކޯޑު ނަގަން ހަމަޖެހިފައިވާ ތާރީހާއި ނޯޓިސް ށާއިއުކުރާ ތާރީހު ނުހިމަނައެވެ.
(ނ) ހިއްސާގެ ސެކިއުރިޓީޒް ދޫކޮށްފައިވާ ފަރާތެއް ނަމަ –
- ތިރީގައިވާ ކަންތައްތަކަށް ރެކޯޑު ތާރީހު ކަނޑައަޅަންވާނެއެވެ.
- ޑިވިޑެންޑް ލިބޭނެ ފަރާތްތައް ކަނޑައެޅުމަށް.
- ރައިޓްސް އިށޫއާއާ ބޯނަސް އިށޫގެ ހިއްސާ ދޫކުރުމަށް.
- ޑިބެންޗަރ ނުވަތަ އެހެންވެސް ކޮންވާޓިބަލް ސެކިއުރިޓޒުގެ ބަދަލުގައި ހިއްސާ ދޫކުރުމަށް.
- ހިއްސާ ސްޕްލިޓްކުރުމާއި، ބޯނަސް ހިއްސާ ދޫކުރުމާއި، ދެ ކުންފުންޏެއް އެއްކޮށްލުމާއި،ކުންފުންޏެއް ދެބައިކޮށްލުންފަދަ ކޯޕަރޭޓް އެކްށަންތަކަށް.
- ސެކިއުރިޓީޒްގެ ރަޖިސްޓަރީ ބަންދުކުރަންޖެހޭ ނުވަތަ ސެކިއުރިޓީޒްގެ އިންވެސްޓަރުންގެ ރެކޯޑު ނަގަންޖެހޭ ފަދަ އެހެން ކަންތައްތަކަށް.
- ޑިވިޑެންޑް ނުވަތަ ފައިސާއިން ބޯނަހެއް ދޭނަމަ، ރެކޯޑު ތާރީހު (ހައްގުވާ ފާރާތްތަކުގެ ދަފުތަރު އެކުލަވައިލާ ތާރީހު) ގެ ކުރިއަށް އެންމެ މަދުވެގެންވެސް 5 (ފަހެއް) މަސައްކަތު ދުވަހުގެ ނޯޓިހެއް ދޭންވާނެއެވެ. މި ދުވަސްތައް ގުނާނީ، ނޯޓިސް ދޭ ތާރީހާއި ރެކޯޑު ނަގާ ތާރީހު ނުހިމަނައެވެ.
(ރ) ސެޓުފިކެޓު ދޫކޮށްފައި ހުރި ސެކިއުރިޓީޒްގެ ރެކޯޑު ނަގާ ތާރީހުގެ ބަދަލުގައި ފޮތް ބަންދުކުރާ ތާރީހު ކަނޑައެޅިދާނެއެވެ.
12 ވަނަ މާއްދާ - އެހެނިހެން ޒިންމާތައް
(ހ) ކުންފުންޏަށް ލިބިފައިވާ ފައިދާއިން ނޫން ގޮތަކަށް ކުންފުނިން ޑިވިޑެންޑް ބަހައިގެން ނުވާނެއެވެ.
(ށ) ސެކިއުރިޓީޒް ވިއްކުމުގެ ގަވާއިދުގައި ކަނޑައަޅައިފައިވާގޮތުގެ މަތިން، ކުންފުނީގެ ޕްރޮމޯޓަރުންގެ ހިއްސާ/ސެކިއުރިޓީޒް ވިއްކުން މަނާކުރުން ނުވަތަ ހަނިކުރަންވާނެއެވެ.
(ނ) ސެކިއުރިޓީޒް ޓްރާންސްފަރކުރުމަށް ބޭނުންވާ ފަރާތްތަކުން އެކަމާބެހޭ ލިޔެކިޔުންތައް ހުށަހެޅުމުން، "ސެކިއުރިޓިޒް ވިއްކުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތިން ވެރިފަރާތް ބަދަލުކުރެވޭނެ އިންތިޒާމްތައް ކުންފުނިން ހަމަޖައްސައިދީފައި ހުންނަންވާނެއެވެ.
(ރ) ކުންފުނި އެހެން ކުންފުންޏަކާ އެއްކޮށްލުން، ނުވަތަ ރިސްޓްރަކްޗަރކުރުން، ނުވަތަ އަގުއަދާކޮށްފައިވާ ހިއްސާގެ ކެޕިޓަލް މަދުކުރުމަށް އެކުލަވައިލާ އެއްވެސް ޕްލޭނެއް ނުވަތަ އިންތިޒާމެއްގައި،
(ބ) ސެކިއުރިޓީޒްއާބެހޭ ގާނޫނާއި ގަވާއިދާއި ހިލާފުވާ ފަދަ،. ނުވަތަ އެ ސެކިއުރިޓީޒްގެ އިންވެސްޓަރުންނާމެދު ހަމަހަމަކޮށް އަމަލުކުރުމުގެ އުސޫލާ ހިލާފުވާ ފަދަ އެއްވެސް ކަމެއް ހިމެނިގެން ނުވާނެއެވެ.
(ޅ) ސެކިއުރިޓީޒް ވިއްކިއިރު ވިއްކުމުގެ އުސޫލުތަކާއި ށަރުތުތަކުގެ ތެރޭގައި އެހެން ގޮތަކަށް ހިމެނިފައި ނުވާނަމަ، ސެކިއުރިޓީޒް ރިޑީމްކުރާއިރު ކުރަންވާނީ ޕްރ-ޯރޭޓާ އުސޫލުންނެވެ.
ޗެޕްޓަރު 3
ހިއްސާގެ ސެކިއުރިޓީޒް ވިއްކައި ފައިވާ ފަރާތްތަކުގެ ޒިންމާތައް
13 ވަނަ މާއްދާ - މި ޗެޕްޓަރަށް އަމަލުކުރަންޖެހޭ ފަރާތްތައް
މި ޗެޕްޓަރަށް އަމަލުކުރަންޖެހޭނީ ހީއްސާގެ ސެކިއުރިޓީޒް ވިއްކައި ފައިވާ ފަރާތްތަކުންނެވެ.
14 ވަނަ މާއްދާ - ކުންފުނިން އަމަލުކުރަންޖެހޭ ކޯޕަރޭޓް ގަވަރނަންސްގެ އުސޫލުތައް
ތިރީގައިވާ މަގްސަދުތައް ހާސިލުކުރުމަށްޓަކައި ބޭނުންވާނޭ ކޯޕަރޭޓް ގަވަރނަންސް ސްޓޭންޑަޑްތަކަށް ކުންފުނިން އަމަލުކުރަންވާނެއެވެ.
(ހ) ތިރީގައި ބުނެފައިވާ ހިއްސާދާރުންގެ ހައްގުތައް ހަމަހަމަކަމާއެކު ލިބިދިނުން.
- ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން ކުންފުނީގެ ކޯޕަރޭޓް ގަވަރނަންސްއާ ގުޅޭ މުހިންމު ނިންމުންތަކާއި، ކުންފުންޏަށް ގެންނަ ބޮޑެތި ބަދަލުތަކާބެހޭ ގޮތުން މަށްވަރާކުރެވުމާއި އެކަންކަމާބެހޭ މައުލޫމާތު ހިއްސާދާރުންނަށް އެންގުން.
- އާންމު ޖަލްސާތަކާބެހޭ އުސޫ ލުތައް ހިއްސާދާރުންނަށް އެންގުން.
- ޑިރެކްޓަރުންގެ ބޯޑަށް ސުވާލުކުރުމުގެ ފުރުސަތު ލިބިދިނުން.
- ކުންފުނީގެ ހިންގާ ގަވާއިދުގައި އެކަށައަޅ،ާ އެކަށީގެންވާ އުސޫލުތަކެއްގެ މަތީން، އާންމު ޖަލްސާތަކުގެ އެޖެންޑާއަށް ކަންކަން ހުށަހެޅުމާއި، ރިސޮލިއުށަންތައް ހުށަހެޅުމުގެ ފުރުސަތު ލިބިދިނުން.
- މިލްކުވެރިކަމުގެ ހައްގާ ގުޅިގެން ލިބިދެވޭ ކަންކަން.
- ހިއްސާދާރުންގެ ށަކުވާތަކަކީ ކޮބައިތޯ ބަލައި، އެކަންކަމާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ކުންފުނީގެ މައިނޯރިޓީ ހިއް ސާދާރުންގެ ހައްގަށް އުނިކަން ލިބޭ ގޮތަށް، ނުވަތަ މައި ހިއްސާދާރުން ނުވަތަ ކޮންޓްރޯލްކުރާ ހިއްސާދާރުންގެ އަމިއްލަ މަސްލަހަތު ކުރިއެރުވުމަށް ކުރާ ކަންކަން.
(ށ) ކަނޑައެޅިފައިވާ ވަގުތުގައި މައުލޫމާތު ދިނުން: ހިއްސާކަނޑައެޅިފައިވާ ވަގުތުގައި އެކަށީގެންވާ މިންވަރަށް ހިއްސާދާރުންނަށް ކުންފުނިން މައުލޫމާތު ފޯރުކޮށްދޭންވާނެއެވެ. އޭގެ ތެރޭގައި ތިރީގައި ބަޔާންވެފައިވާ މައުލޫމާތު ހިމެނެއެވެ.
- އާންމު ޖަލްސާތަކުގެ އެޖެންޑާއާއި ތަނާއި ތާރީހު؛
- އާންމު ޖަލްސާތަކުގައި މަށްވަރާކުރުމަށް އެޖެންޑާކުރެވޭ ކަންކަމުގެ އެކަށީގެންވާ ތަފުސީލީ މައުލޫމާތު؛
- ހިއްސާދާރަކަށް ނުވަތަ ހިއްސާދާރުންގެ ބަޔަކަށް، އެ ފަރާތްތަކުގެ މިލްކުގައިވާ ހިއްސާގެ ނިސްބަތާ ނުބައްދަލު މިންވަރަކަށް ވޯޓުލުމުގެ ބާރު ނުވަތަ ކޮންޓްރޯލްކުރުމުގެ ބާރު ލިބިދޭގޮތަށް އެކުލެވިފައިވާ ސްޓްރަކްޗަރތަކާއި އިންތިޒާމްތަކާއި އެއްބަސްވުންތަކުގެ މައުލޫމާތު.
- އެކިއެކި ކްލާސ/ްކެޓެގަރީތަކުގެ ހިއްސާއަށް ލިބިދެވޭ ހައްގުތަކާއި ވަކި ކްލާހަކަށް ނުވަތަ ކެޓެގަރީއަކަށް ހާއްސަކޮށް ލިބިދެވޭ ހައްގުތައް.
(ނ) ހިއްސާދާރުންނާމެދު އަދުލުވެރިކަމާއެކު ކަންކަންކުރުން: ހުރިހާ ހިއްސާދާރުންގެ މެދުގައި ކަންކަން ކުރަންވާނީ އަދުލުވެރިކަމާއެކުގައެވެ. އޭގެ ތެރޭގައި، ތިރީގައިވާ ފަދައިން އަމަލުކުރުން ހިމެނެއެވެ.
- އެއް ކްލާހެއްގެ ހިއްސާދާރުންގެ މެދުގައި އަމަލުކުރެވެންވާނީ އެއްގޮތަކަށެވެ.
- ކުންފުނީގެ ގަވަރނަންސްގެ މުހިންމު ނިންމުންތަކުގައި (މިސާލަކަށް، ޑިރެކްޓަރުންގެ ބޯޑަށް ނަން ހުށަހެޅުމާއި ވޯޓުދިނުން) ފަދަ ކަންކަމުގައި ހިއްސާދާރުންނަށް ބައިވެރިވެވޭނެ މަގު ފަހިކޮށްދޭންވާނެއެވެ.
- ކުންފުނީގެ އެތެރޭގެ ސިއްރު މައުލޫމާތުގެ މައްޗަށް ބިނާކޮށް ހިއްސާގެ މުއާމަލާތްކުރުން ހުއްޓުވުމަށް އެކަށޭނެ އުސޫލުތަކެއް ކަނޑައަޅައިފައި ހުންނަންވާނެއެވެ.
- އާންމު ޖަލްސާތަކުގެ ޕްރޮސެސްތަކާއި ޕްރޮސީޖަރތަކުގައި ހުރިހާ ހިއްސާދާރުންނަށް އަމަލުކުރަންވާނީ އެއް އުސޫލެއްގެ މަތިންނެވެ.
- އާންމު ޖަލްސާތަކުގެ އު ސޫލުތަކަކީ، ޖަލްސާގައި ބައިވެރިވެ ވޯޓު ދިނުމަށް އެކަށީގެންނުވާ މިންވަރަކަށް ހިއްސާދާރުންނަށް ހަރަދުބޮޑު ނުވަތަ އުނދަގޫ ގޮތްތަކެއް ކަމުގައި ވެގެން ނުވާނެއެވެ.
15 ވަނަ މާއްދާ - އޮތޯރިޓީއަށް ނޯޓިސް ދޭންޖެހޭ ކަންތައްތައް
ތިރީގައިވާ ކަންކަމާބެހޭ ގޮތުން ޑިރެކްޓަރުންގެ ބޯޑުން ގޮތެއް ނިންމުމުގެ ޖަލްސާ ބޭއްވުމުގެ ކުރިން އެ ޖަލްސާ ބާއްވާކަން އޮތޯރިޓީއަށް އަންގަންވާނެއެވެ.
(ހ) އަހަރީ ހިސާބުތައް އެޕްރޫވްކުރުން؛
(ށ) ސެކިއުރިޓީޒް އަނބުރާ ގަތުން؛
(ނ) ސްޓޮކް އެކްސްޗޭންޖުން ސެކިއުރިޓީޒް ޑިލިސްޓުކުރުން؛
(ރ) އާންމުކޮށް ހިއްސާ ވިއްކައިގެން، ނުވަތަ ރައިޓްސްގެ ހިއްސާ ވިއްކައިގެން، ނުވަތަ ޕްރިފަރެންސް ހިއްސާ ވިއްކައިގެން ނުވަތަ އެހެންވެސް ގޮތަކުން ސެކިއުރިޓީޒް ވިއްކައިގެން ފައިސާ ހޯދުމާއި، ހިއްސާގެ ސެކިއުރިޓީޒްގެ އަގު ކަނޑައެޅުން ނުވަތަ ކަނޑައަޅާނެ ގޮތެއް ނިންމުން.
(ބ) ޑިވިޑެންޑް ދިނުމަށް، ނުވަތަ ކޮންވާޓިބަލް ސެކިއުރިޓީޒް ވިއްކުމަށް، ނުވަތަ ހިއްސާ ގަތުމުގެ ހައްގު ވިއްކުމަށް، ނުވަތަ ޑިވިޑެންޑް ނުދިނުމަށް ރެކޮމެންޑްކޮށްފި ނަމަ، ނުވަތަ ނިންމައިފި ނަމަ.
(ޅ) ބޯނަސް ހިއްސާ ދޫކުރުމާ ބެހޭ ގޮތުން.
(ކ) ސެކިއުރިޓީޒް ގަނެފައިވާ ފަރާތްތަކަށް ލިބިދޭ ހައްގުތަކާ އިނާޔަތްތަކަށް އެއްވެސް ބަދަލެއް ގެނައުމާބެހޭ ގޮތުން.
16 ވަނަ މާއްދާ - މައުލޫމާތު ހާމަކުރަންޖެހޭ ކަންކަން
(ހ) ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނަޒަރުގައި މެޓީރިއަލް ކަމެއްކަމުގައި ފެންނަ ކޮންމެ ކަމަކާބެހޭ ގޮތުން ކުންފުނިން މައުލޫމާތު ހާމަކުރަންވާނެއެވެ.
(ށ) މި ގަވާއިދުގެ ޖަދުވަލު 1 ފުރަތަމަ ބައިގައި ބަޔާންކޮށްފައިވާ ކަންކަމަކީ މެޓީރިއަލް ކަންކަން ކަމުގައި ބެލޭ ކަންކަމެވެ. އަދި އެ ކަންކަމުގެ މައުލޫމާތު، ކުންފުނިން ގަވާއިދުން ހާމަކުރަންވާނެއެވެ.
(ނ) މި ގަވާއިދުގެ ޖަދުވަލު 1 ގެ ދެވަނަ ބައިގައި ބަޔާންވެފައިވާ ކަންކަމަކީ މެޓީރިއަލް ކަންކަން ކަމުގައި ވެދާނެ ކަންކަމެވެ. އަދި ވަކި ކަމަކީ މެޓީރިއަލް ކަމެއްތޯ ބެލުމުގައި ރިއާޔަތްކުރުމަށް މި މާއްދާގެ (ރ) ގައި ބަޔާންވެފައިވާ މިންތަކުން ބަލާއިރު، އެއީ މެޓީރިއަލް ކަމެއްކަމުގައިވާ ނަމަ، އެ ކަމެއްގެ މައުލޫމާތު ކުންފުނިން ހާމަކުރަންވާނެއެވެ.
(ރ) ތިރީގައިވާ ހާލަތުތަކަށް ފެތޭ ކަމަކީ ނުވަތަ މައުލޫމާތަކީ މެޓީރިއަލް މައުލޫމާތު ކަމުގައި ބެލޭނެއެވެ.
- އެއީ ކުރިން ހާމަކޮށްފައިވާ ކަމެއް ނުވަތަ މައުލޫމާތަކާ ގުޅިފައިވާ ކަމެއްކަމުގައިވެފައި، ހާމަނުކޮށްފި ނަމަ، ކުރީގައި ހާމަކުރި މައުލޫމާތެއްގެ ނުވަތަ ކަމެއްގެ މިހާރުގެ ހަގީގަތް ބަދަލުވެފައިވުމުގެ ފުރުސަތު އޮތުން، ނުވަތަ ދެމެހެއްޓެނިވިކޮށް އެނގެންޖެހޭ މައުލޫމާތެއް މެދުކެނޑުމުގެ ފުރުސަތު އޮތުން.
- އެ ކަމެއް ނުވަތަ މައުލޫމާތެއް ހާމަކޮށްފި ނަމަ، ސެކިއުރިޓީޒްގެ އަގަށް ނިސްބަތުން ފާހަގަވާ ފަދަ ބަދަލެއް އައުމުގެ ފުރުސަތު އޮތުން.
- މި އަކުރުގެ (1) އާއި (2) އަށް ނުފެތޭ ކަމެއް ނުވަތަ މައުލޫމާތެއް ނަމަވެސް، އެއީ ޑިރެކްޓަރުންގެ ބޯޑުގެ ނަޒަރުގައި މެޓީރިއަލް ކަމެއް ނުވަތަ މައުލޫމާތެއް ކަމުގައިވުން.
(ބ) މި ގަވާއިދުގެ ޖަދުވަލު 1 ގެ އެއްވަނަ ބައިގައި ބުނެފައިވާ ކަންކަމުގެ މައުލޫމާތު ވީ އެންމެ އަވަހަކަށް، ނަމަވެސް އެންމެ ލަސްވެގެންވެސް މަސައްކަތު 3 (ތިނެއް) ދުވަހުގެ ތެރޭގައި، އަދި މި މާއްދާގެ (ޅ) އާ ހިލާފު ނުވާނޭ ގޮތުގެ މަތިން، ކުންފުނިން ހާމަކުރަންވާނެއެވެ.
(ޅ) ޖަދުވަލު 1 ގެ އެއްވަނަ ބައިގެ ޕެރެގްރާޕް 1 ގައި ބުނެފައިވާ ކަންކަން ޑިރެކްޓަރުންގެ ބޯޑުން ނިންމުމުން،ޖެހިގެން އަންނަ މަސައްކަތު ދުވަސް ނިމުމުގެ ކުރިން ހާމަކުރަންވާނެއެވެ.
(ކ) މި ގަވާއިދުގެ ދަށުން ހާމަކުރަންޖެހޭ ކަމެއް ނުވަތަ މައުލޫމާތެއް ބަދަލުވެއްޖެ ނަމަ، ނުވަތަ އަޕްޑޭޓް ވެއްޖެ ނަމަ، އެ ކަމެއް ނުވަތަ އެ މައުލޫމާތުވެސް ހާމަކުރަމުން ގެންދަންވާނެއެވެ. މިގޮތުން އެ ކަމެއް ނިމެންދެން އެ ކަމަކާ ބެހޭ މައުލޫމާތު ދެމުން ގެންދަންވާނެއެވެ.
(އ) މި ގަވާއިދުގެ ދަށުން ހާމަކުރަންޖެހޭ ކަންކަމާއި މައުލޫމާތު، ކުންފުނީގެ ވެބްސައިޓްގައި ށާއިއުކޮށް، އެމައުލޫމާތު ފެންނާނޭހެން އެންމެ މަދުވެގެންވެސް 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ހުންނަ ންވާނެއެވެ.
(ވ) މި ގަވާއިދުގެ ދަށުން ހާމަކޮށްފައިވާ ކަމަކާ ގުޅޭގޮތުން ނުވަތަ މައުލޫމާތަކާ ގުޅޭގޮތުން އިންވެސްޓަރުން ސުވާލުކުރާ ކަންކަން ކުންފުނިން އެކަށީގެންވާ މިންވަރަކަށް ސާފުކޮށްދޭންވާނެއެވެ
17 ސްޓޭޓްމަންޓް އޮފް ޑީވިއޭށަންސް
(ހ) ރިޕޯޓުކުރާ ކޮންމެ މުއްދަތެއް ނިމުމުންނާއި، މާލީ އަހަރު ނިމުމުން، ތިރީގައި ބަޔާންވެފައިވާ މައުލޫމާތު ހިމެނޭ ބަޔާނެއް ކުންފުނިން ހާމަކުރަންވާނެއެވެ.
- ސެކިއުރިޓީޒް ވިއްކައިގެން ހޯދި ފައިސާ ބޭނުންކުރެވޭނެކަމަށް ލަފާކުރެވޭ ގޮތްކަމަށް ޕްރޮސްޕެކްޓަސްގައި ބުނެފައިވާ ގޮތާއި، ފައިސާ ހަގީގަތުގައި ބޭނުންކުރެވިފައިވާ ގޮތާ ހުރި ހިލާފުތައް.
(ށ) ސެކިއުރިޓީޒް ވިއްކައިގެން ހޯދި ފައިސާ ހަރަދުކޮށް ނިމެންދެން، މި މާއްދާގެ (ހ) ގައި ބުނެފައިވާ މައުލޫމާތު ދެމުން ގެންދަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ބަޔާން ހާމަކުރުމުގެ ކުރިން ކުންފުނީގެ އޮޑިޓްކޮމިޓީން އެޕްރޫވްކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ބަޔާނުގައި (ހ) ގެ (1) ގައި ބުނެފައިވާ ހިލާފުތައް ހުރިނަމަ، އެ ހިލާފުތައް މެދުވެރިވާން ދިމާވީ ކީއްވެކަން ކުންފުނިން އެ ބަޔާނުގައި ބުނެދޭންވާނެއެވެ.
18 ވަނަ މާއްދާ - އަހަރީ ރިޕޯޓު
(ހ) ކޮންމެ މާލީ އަހަރެއް ނިމޭތާ 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި ކުންފުނީގެ އަހަރީ ރިޕޯޓު ހާމަކުރަންވާނެއެވެ.
(ށ) ކުންފުނީގެ އަހަރީ ރިޕޯޓުގައި، ކުންފުންޏާބެހޭ ގާނޫނާއި ކޯޕަރޭޓް ގަވަރނަންސް ކޯޑާއި، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންވެފައިވާ މައުލޫމާތު ހުންނަންވާނެއެވެ.
19 ވަނަ މާއްދާ - އަހަރީ އާންމު ޖަލްސާ
(ހ) ހިއްސާ ވިއްކައިފައިވާ ކުންފުނިތަކުން، އެ ކުންފުނިތަކުގެ މާލީ އަހަރު ނިމޭތާ 5 (ފަހެއް) މަސްދުވަހުގެ ތެރޭގައި އަހަރީ އާންމު ޖަލްސާ ބާއްވަންވާނެއެވެ.
20 ވަނަ މާއްދާ - އާންމު ޖަލްސާގެ ކުރިއަށް ހާމަކުރަންޖެހޭ މައުލޫމާތާއި ލިޔުންތައް
(ހ) އަހަރީ އާންމު ޖަލްސާ ބޭއްވުމުގެ އެންމެ މަދުވެގެން 14 (ސާދަ) ދުވަހުގެ ކުރިއަށް، ތިރީގައި ބަޔާންފައިވާ މައުލޫމާތާއި ލިޔުންތައް ހާމަކުރަންވާނެއެވެ.
- އަހަރީ ރިޕޯޓު (އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއެކު)؛
- އައު ޑިރެކްޓަރުން އައްޔަންކުރާނަމަ، ނުވަތަ އިންތިހާބުކުރާ ނަމަ، ތިރީގައި ބަޔާންވެފައިވާ މައުލޫމާތު.
- ޑިރެކްޓަރު(ން) ގެ ހުލާސާ ސީވީއެއް؛
- އެކި ފަންކްށަނަލް އޭރިއާތަކުގައި އެ ޑިރެކްޓަރު(ން) ގެ ތަޖުރިބާ؛
- ވަކިވަކި ޑިރެކްޓަރުންގެ މެދުގައި ހުރި އާއިލީ ގުޅުން ނުވަތަ ވިޔަފާރީގެ ގުޅުން؛
- އެ ޑިރެކްޓަރުން، ޑިރެކްޓަރުކަން ކުރާ ލިސްޓުކޮށްފައިވާ އެހެން ކުންފުނިތައް؛ އަދި ބޯޑު ކޮމިޓީގެ މެމްބަރުކަން ކުރާ ލިސްޓުކޮށްފައިވާ އެހެން ކުންފުނިތައް؛
- ނޮން އެގްޒެކެޓިވް ޑިރެކްޓަރުގެ ހިއްސާގެ އަދަދު (ކުންފުނީގައި އޮތް)
- ޖަލްސާގެ އެޖެންޑާގައި ހިމނައިފައިވާ ކަންކަމުގެ އެކަށީގެންވާ މިންވަރުގެ ތަފުސީލު (މީގެ ތެރޭގައި،ހުށަހެޅިފައިވާ ރިޒޮލިއުށަންތައް ހިމެނެންވާނެއެވެ).
21 ވަނަ މާއްދާ - ހިއްސާ ވިއް ކައި ފައިވާ ފަރާތްތަކާ ގުޅޭ އެހެނިހެން ކަންކަން
(ހ) ގާނޫނެއްގައި ނުވަތަ ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންވެފައި ނުވާނަމަ، އެއްކޮށް އަގު އަދާކޮށްފައިވާ ހިއްސާ ބަދަލުކުރުމަށް، ނުވަތަ އެއްކޮށް އަގު އަދާކޮށްފައި ނުވާ ހިއްސާ ނަމަ، އެ އަދާކޮށްފައިނުވާ ބަޔާ ގުޅިގެން މެނުވީ އެފަދަ ހިއްސާ ބަދަލުކޮށްދިނުމަށް، ހިއްސާ ވިއްކި ފަރާތުން އިންކާރުކޮށްގެން ނުވާނެއެވެ.
(ށ) ލިސްޓުކުރާ ވަކި ކްލާހެއްގެ ހިއްސާގައި އެކުލެވޭ ވޯޓުލުން ނުވަތަ ޑިވިޑެންޑް ލިބުމުގެ ހައްގާބެހޭ ގޮތުން، ވަކި ފަރާތަކަށް ވަކި ހާއްސަ އިމްތިޔާޒުތަކެއް ލިބިދެވޭގޮތަށް އެ ކްލާހެއްގެ ހިއްސާ ވިއްކައިގެން ނުވާނެއެވެ.
(ނ) އާންމު ޖަލްސާއެއްގައި އެހެން ގޮތަކަށް ނިންމައިފައި ނުވާނަމަ، އިތުރަށް ހިއްސާ (މީގެ ތެރޭގައި ފޯފީޓްކޮށްފައިވާ ހިއްސާއާއި ހިއްސާ ގަތުމުގެ ހައްގާއި އިމްތިޔާޒުތައް ހިމެނޭ) ވިއްކަންވާނީ، ނުވަތަ ގަތުމަށް ދައުވަތު ހުށަހަޅަންވާނީ، އެންމެ ފުރަތަމަ ހުރިހާ ހިއްސާދާރުންނަށް ޕްރޯރޭޓާ ކޮށެވެ.
ޗެޕްޓަރު 4
ދަރަނީގެ ސެކިއުރިޓީޒް ވިއްކައިފައިވާ ކުންފުނިތައް
22 ވަނަ މާއްދާ - މި ޗެޕްޓަރަށް އަމަލުކުރަންޖެހޭ ފަރާތްތައް
(ހ) މި ޗެޕްޓަރަށް އަމަލުކުރަން ޖެހޭނީ، ދަރަނީގެ ސެކިއުރިޓީޒް ވިއްކައިފައިވާ ކުންފުނިތަކުންނެވެ.
(ށ) ސެކިއުރިޓީޒް ހުށަހެޅުމާ ވިއްކުމާބެހޭ ގަވައިދު 6 ވަނަ މާއްދާގެ ދަށުން އިސްތިސްނާ ލިބިދޭ ކުންފުނީގެ ޕޭރަންޓް ކުންފުނިކަމުގައި ބަލާ ކުންފުނިންވެސް މި ޗެޕްޓަރަށް އަމަލުކުރަންވާނެއެވެ.
(ނ) މި ގަވާއިދުގެ ބޭނުމަށް، "ދަރަނީގެ ސެކިއުރިޓީޒް" ކަމުގައި ބުނެފައިވަނީ،
- ހިއްސާއަށް ބަދަލުނުކުރެވޭގޮތަށް ވިއްކައިފައި ހުންނަ ޑިބެންޗަރއާއި ބޮންޑު؛
- ހިއްސާއަށް ބަދަލުނުކުރެވޭ ގޮތަށް، އަދި ކުންފުންޏަށް އަނބުރާ ގަނެވޭ ގޮތަށް ވިއްކައިފައި ހުންނަ ޕްރިފަރެންސް ހިއްސާ.
23 ވަނަ މާއްދާ - އޮތޯރިޓީއަށް ކުރިން އަންގަންޖެހޭ ކަންކަން
ސެކިއުރިޓީޒް ގަނެފައިވާ ފަރާތްތަކުގެ އެއްވެސް ހައްގަކާ ގުޅޭ ގޮތުން މަށްވަރާކުރުމަށް ބޯޑުގެ ޖަލްސާއެއް ބޭއްވޭ ނަމަ، އެ ޖަލްސާ ބޭއްވޭކަން، ކުންފުނިން އޮތޯރިޓީއަށް ކުރިން އަންގަންވާނެއެވެ.
24 ވަނަ މާއްދާ - ސެކިއުރިޓީޒް ގެ އަގަށް ބަދަލެއް އަތުވެދާނެ ފަދަ،. ނުވަތަ ކުންފުނީގެ ޕާފޯމަންސަށް އަސަރުކުރާ ފަދަ ކަންކަމުގެ މައުލޫމާތު ހާމަކުރުން.
(ހ) ސެކިއުރިޓީޒްގެ އަގަށް ބަދަލެއް ގެނުވަފާނޭ ފަދަ މައުލޫމާތާއި، ކުންފުނީގެ ވިޔަފާރީގެ ނަތީޖާއަށް ނުވަތަ މާލީ ނަތީޖާއަށް އަސަރުކުރުވަފާނޭ މައުލޫމާތާއި ދަރަނީގެ ސެކިއުރިޓީޒްއަށް ދައްކަންޖެހޭ އިންޓަރެސްޓް ފައިސާ ނުވަތަ ދައްކަންޖެހޭ އެހެންވެސް ފައިސާ ދެއްކުމަށް އަސަރުކުރުވަފާނޭ މައުލޫމާތުތައް ކުންފުނިން ވަގުތުން ހާމަކުރަންވާނެއެވެ.
(ށ) ސެކިއުރިޓީޒް ހުށަހެޅުމާ ވިއްކުމާބެހޭ ގަވައިދުގެ 6 ވަނަ މާއްދާގެ ދަށުން އިސްތިސްނާ ލިބިފައިވާ ސަބްސިޑަރީ ކުންފުނީގެ ޕޭރަންޓް ކުންފުނިން، އެ ގަވާއިދުގެ ދަށުން އެ ކުންފުނީގެ ތިރީގައި ބަޔާންވެފައިވާ ކަންކަމާ ގުޅޭ ޒިންމާތައް، ނުވަތަ އެނޫންވެސް އެފަދަ ޒިންމާތަކަށް އަސަރުކުރުވަފާނޭ މައުލޫމާތު ވަގުތުން ހާމަކުރަންވާނެއެވެ.
- އެ ކުންފުނިން ދަރަނީގެ ސެކިއުރިޓީޒް އިށޫކުރުމަށް ނިންމުން؛
- އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏަކުން ދަރަނީގެ ސެކިއުރިޓީޒް ވިއްކުމަށް ނިންމުން؛
(ނ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ހާމަކުރަންޖެހޭ މައުލޫމާތު، ވީ އެންމެ އަވަހަކަށް އަދި އެއްވެސް ހާލެއްގައި އިތުރު ފަރާތަކާ ހިއްސާކުރުމުގެ ކުރިން ހާމަކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) އާއި (ށ) ގައި އޮތް އާންމު އުސޫލުގެ އިތުރުން، މި ގަވާއިދުގެ ޖަދުވަލު 1 ގެ ދެވަނަ ބައިގައި ބަޔާންވެފައިވާ މައުލޫމާތުތައް ގަވާއިދުގައިވާ ގޮތުގެ މަތިން ކުންފުނިން ހާމަކުރަމުން ގެންދަންވާނެއެވެ.
25 ވަނަ މާއްދާ - އެސެޓް ކަވަރ ރޭށިއޯ
ކުންފުނީގެ ދަރަނީގެ ސެކިއުރިޓީޒްގެ ޕްރިންސިޕަލްއަށްވާ ފައިސާ ގެ މިންވަރަށް ކުންފުނީގެ މުދާ އަބަދުވެސް ހުންނަންވާނެއެވެ. މި މާއްދާގެ ބޭނުމަށް "މުދާ" ކަމުގައި ބެލޭނީ ޓެންޖިބަލް މުދަލެވެ.
26 ވަނަ މާއްދާ - ކްރެޑިޓް ރޭޓިންގ
ކުންފުނިން ދަރަނީގެ ސެކިއުރިޓްއާބެހޭ ގޮތުން ނުވަތަ ކުންފުންޏާބެހޭ ގޮތުން ކްރެޑިޓް ރޭޓިންގއެއް ހޯދައިފައިވާ ނަމަ، އެ ރޭޓިންގ، މަދުވެގެން އަހަރަކު އެއްފަހަރު ރިވިއުކޮށް، އައު ރޭޓިންގ ހާމަކުރަންވާނެއެވެ.
27 ވަނަ މާއްދާ - ހާމަކުރަންޖެހޭ އެހެނިހެން ލިޔެކިޔުންތަކާއި މައުލޫމާތު ތިރީގައިވާ ލިޔެކިޔުންތައް ކުންފުނިން ވީ އެންމެ އަވަހަކަށް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
- ތިރީގައިވާ ކަންކަމާބެހޭ ގޮތުން ހިއްސާދާރުންނަށް ފޮނުވާ ނޯޓިސްތަކާއި، ރިސޮލިއުށަންތަކާއި ސާކިއުލާރތައް
1.1 ދަރަނީގެ ސެކިއުރިޓީޒް އިތުރަށް ދޫކުރުމާބެހޭ ގޮތުން؛
1.2 ދަރަނީގެ ސެކިއުރިޓީޒް ގަނެފައިވާ ފަރާތްތަކުގެ ބައްދަލުވުމާއި، އެ ބައްދަލުވުމުން ނިންމޭ ކަންތައްތައް. - ތިރީގައި ބަޔާންވެފައިވާ ކަންކަމާބެހޭ މައުލޫމާތު
2.1 ރޭޓިންއަށް ގެނެވޭ ރިވިށަންތައް؛
2.2 އިންޓަރެސްޓް ފައިސާ ދެއްކުމާއި، ޕްރިންސިޕަލް ފައިސާ ދެއްކުން ނުވަތަ ދަރަނީގެ ސެކިއުރިޓީޒް ގަނެފައިވާ ފަރާތްތަކަށް ދައްކަންޖެހޭ އެހެންވެސް ފައިސާއެއް ދައްކަންޖެހޭ ގަޑިއަށް ނުދެއްކިއްޖެ ނަމަ، އެ މައުލޫމާތު؛
2.3 މުދަލުގެ މައްޗަށް ސެކިއުރިޓީޒްގެ ގޮތުގައި ކުރަންޖެހޭ ރަހުނުގެ އެއްބަސްވުމެއް ނުވަތަ ޗާޖެއް ނުވަތަ ވައުދެއް ކުރުމުގެ ޕްރޮސީޖަރތައް ފުރިހަމަ ކުރުމުގައި ލަސްވެއްޖެ ނަމަ، އެ މައުލޫމާތު. - ދަރަނީގެ ސެކިއުރިޓީޒް ގަނެފައިވާ ފަރާތްތަކަށް އިންޓަރެސްޓް ނުވަތަ ޕްރިންސިޕަލް ފައިސާ ދެއްކުމަށްފަހު އެކަން.
28 ވަނަ މާއްދާ - ދަރަނީގެ ސެކިއުރިޓީޒް ގެ އާންމު ށަރުތުތައް
(ހ) ކަނޑައެޅޭ ވަގުތަށް އިންޓަރެސްޓް ފައިސ،ާ ނުވތަ ޑިވިޑެންޑް ފައިސ،ާ ނުވަތަ ރިޑެމްޕްށަން ފައިސާ ދެއްކުމަކީ ކުންފުނީގެ މައްޗަށް ލާޒިމު ކަމެކެވެ.
(ށ) ތިރީގައިވާ ހާލަތްތަކުން ކުރެ ހާލަތެއް މެދުވެރިވެފައިވާ ނަމަ، ކުންފުނިން އާންމު ހިއްސާދާރުންނަށް ފައިދާ ބެހުމަކީ މަނާކަމެކެވެ.
- ދަރަނީގެ ސެކިއުރިޓީޒްއަށް ދައްކަންޖެހޭ އިންޓަރެސްޓް، ނުވަތަ ޑިވިޑެންޑް ނުވަތަ ރިޑެމްޕްށަން ފައިސާއެއް ދައްކަންޖެހޭ ގަޑިޖެހި އެ ފައިސާ ނުދެއްކި އޮތް ނަމަ؛
- ދަރަނީގެ ސެކިއުރިޓީޒް ވިއްކުމުގެ ޕްރޮސްޕެކްޓަސްގައިވާ ގޮތުގެ މަތިން އެ ސެކިއުރިޓީޒް ގަންނަ ފަރާތްތަކުގެ މަންފާއަށް، ރަހުނު ނުވަތަ އުފަންކުރަންޖެހޭ ސެކިއުރިޓީގެ ކަންކަން ފުރިހަމަވެފައި ނެތް ނަމަ؛
- އެ ފައިދާ ބަހައިފި ނަމަ، ހިއްސާދާރުންނަށް ދެން ބެހޭގޮތަށް ރިޒާވްގައި ހުރި މިންވަރު، ދެން އެންމެ އަވަހަށް ދައްކަންޖެހޭ އިންޓަރެސްޓް/ޑިވިޑެންޑް ނުވަތަ ރިޑެމްޕްށަން ދައްކަންޖެހޭ ނަމަ، ރިޑެމްޕްށަންގެ ޖުމުލައަށް ވުރެ މަދުވާ ނަމަ؛
- އެ ފައިދާއެއް ބަހައިފިނަމަ، ކުންފުނީގެ މުދާ ހުރި މިންވަރު، މި ގަވާއިދުގައި ބުނެފައިވާ އެސެޓް ކަވަރގެ މިންވަރަށް ވުރެ ދަށްވާނެ ނަމަ.
(ނ) ލިސްޓުކޮށްފައިވާ އަދި އެއްވަގުތެއްގައި އެއް ހައްގުތަކެއް ލިބިފައިވާ ދަރަނީގެ ސެކިއުރިޓީޒް ރިޑީމް ކުރެވޭނީ ޕްރޯ ރޭޓާ އުސޫލުންނެވެ.
(ރ) ދަރަނީގެ ސެކިއުރިޓީޒް، އެއް ފަރާތުން އަނެއް ފަރާތަށް ބަދަލުކުރުމުގައި، މި ގަވާއިދުގައިވާ އުސޫލުތަކަށް އަމަލުކުރަންވާނެއެވެ.
ޗެޕްޓަރު 5
ސެކިއުރިޓައިޒްކޮށްގެން ވިއްކާ ހިއްސާ (ޔުނިޓްސް)
29 ވަނަ މާއްދާ - މި ޗެޕްޓަރަށް އަމަލުކުރަންޖެހޭ ފަރާތްތައް
(ހ) މި ޗެޕްޓަރަށް އަމަލުކުރަންޖެހޭނީ ސެކިއުރިޓައިޒްކޮށްގެން ހިއްސާ ވިއްކުމުގެ ބޭނުމަށްޓަކައި އުފައްދާ ސްޕެށަލް ޕާރޕޯސް އެންޓިޓީ (އެސ.ްޕ.ީއީ) ތަކުންނާއި، ސެކިއުރިޓައިޒްކުރާ މުދާ އެ އެންޓިޓީއަށް ޓްރާންސްފަރކުރާ ފަރާތް (އޮރިޖިނޭޓަރ) އާއި، އެ އެންޓިޓީ މެނޭޖްކުރާ ފަރާތްތަކުންނެވެ.
(ށ) މި ޗެޕްޓަރުގައިވާ ލަފުޒުތަކާއި އިބާރާތްތައް މާނަކުރާނީ ސެކިއުރިޓީޒް ވިއްކުމާބެހޭ ގަވާއިދުގައިވާ ގޮތަށެވެ.
(ނ) މި ޗެޕްޓަރުގެ ބޭނުމަށް، "ޔުނިޓް" ކަމުގައި ބުނެފައިވަނީ ސެކިއުރިޓައިޒްކޮށްފައިވާ ހިއްސާއަށެވެ.
30 ވަނަ މާއްދާ - އޮތޯރިޓީއަށް ކުރިން ދޭންޖެހޭ މައުލޫމާތާއި ނޯޓިސް
(ހ) ތިރީގައިވާ ކަންކަމާބެހޭ ގޮތުން މަށްވަރާކޮށް ގޮތެއް ނިންމުމަށް އެސ.ްޕ.ީއީ އިން ނުވަތަ އޮރިޖިނޭޓަރއިން ބޯޑުގެ ޖަލްސާއެއް ބާއްވާނަމަ، އެކަން އެ ޖަލްސާބޭއްވުމުގެ ކުރިން އޮތޯރިޓީއަށް އަންގަންވާނެއެވެ.
- އިތުރަށް ޔުނިޓް ވިއްކުން
- ޔުނިޓް ގަނެފައިވާ ފަރާތްތަކަށް، އެސ.ްޕ.ީއީއަށް މުދާ ބަދަލުކުރި އެއްބަސްވުމުގެ ދަށުން، ނުވަތަ މި ގަވާއިދުގެ ދަށުން ލިބިދެވޭ އެއްވެސް ހައްގަކާބެހޭ ގޮތުން މަށްވަރާކޮށް ގޮތެއް ނިންމުން.
(ށ) ކޮންމެ މަހެއް ނިމުމުން، ނުވަތަ ޔުނިޓް ވިއްކުމުގެ ޕްރޮސްޕެކްޓަސްގައި ބުނެފައިވާ ކޮންމެ މުއްދަތެއް ނިމުމުން މަސައްކަތު 5 (ފަހެއް) ދުވަހުގެ ތެރޭގައި އިންޓަރެސްޓް/ފައިދާ/ޑިވިޑެންޑް އާބެހޭ ރިޕޯޓެއް އެސްޕީއީއިން އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
31 ވަނަ މާއްދާ - ސެކިއުރިޓީޒްގެ އަގަށް ބަދަލު ގެނުވަފާނެ ފަދަ މައުލޫމާތާއި، ކުންފުނީގެ ޒިންމާތައް އަދާކުރެވޭ ގޮތާބެހޭ މައުލޫމާތު
(ހ) ކުންފުނީގެ ޒިންމާތައް އަދާކުރެވޭގޮތް ނުވަތަ ކުންފުނީގެ މަސައްކަތްތަކަށް އަސަރުކުރުވަފާނެ ފަދަ މައުލޫމާތާއި، ސެކިއުރިޓައިޒޭށަން ޕްލޭންގެ ދަށުން ވިއްކި ހިއްސާ/ޔުނިޓުގެ މާކެޓްގެ އަގަށް ބަދަލު ގެނުވަފާނެ ފަދަ މައުލޫމާތު ކުންފުނިން ވަގުތުން ހާމަކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ އާންމު އުސޫލަށް އަމަލުކުރުމުގެ އިތުރުން، މި ގަވާއިދުގެ ޖަދުވަލު 1 ގެ 3 ވަނަ ބައިގައި ބުނެފައިވާ މައުލޫމާތު ގަވާއިދުގައިވާ ގޮތުގެ މަތިން ކުންފުނިން ހާމަކުރަންވާނެއެވެ.
(ނ) ވިއްކައިފައިވާ ޔުނިޓްތަކާ ގުޅިގެން ސެކިއުރިޓައިޒޭށަން ޕް ލޭނެއްގެ ދަށުން ނުވަތަ މި ގަވާއިދުގެ ދަށުން އޮރިޖިނޭޓަރއެއް އަދާކުރަންޖެހޭ ޒިންމާއަށް އަސަރުކުރުވަފާނެ ފަދަ މައުލޫމާތެއްވާ ނަމަ، އެ މައުލޫމާތު އޮރިޖިނޭޓަރ ހާމަކުރަންވާނެއެވެ.
32 ވަނަ މާއްދާ - ކްރެޑިޓް ރޭޓިންގ
ސެކިއުރިޓައިޒްކޮށްގެން ވިއްކޭ ޔުނިޓްތަކާ ބެހޭ ގޮތުން ކްރެޑިޓް ރޭޓިންއެއް ހޯދައިފައިވާ ނަމަ، އެ ރޭޓިންގ ކަނޑައެޅޭ މުއްދަތުތަކަކުން ރިވިއުކޮށް އައު ރޭޓިންގ ހާމަކުރަންވާނެއެވެ. މިގޮތުން އެންމެ އެދެވިގެންވަނީ މަދުވެގެން އަހަރަކު އެއްފަހަރު ރިވިއުކުރުމެވެ.
33 ވަނަ މާއްދާ - ސެކިއުރިޓައިޒްކޮށް ޔުނިޓް ދޫކުރުމުގެ ށަރުތުތައް
(ހ) ސެކިއުރިޓައިޒްކޮށް ވިއްކައިފައިވާ ޔުނިޓްގެ ކޫޕަން/ފައިދާ ދޫކުރުމާއި، އެ ތަކެތި އެހެން ބާވަތެއްގެ ސެކިއުރިޓީޒްއަށް ބަދަލުކުރުމާއި، ރިޑީމްކުރުމާއި، އެނޫންވެސް ކަންކަމާބެހޭ ގޮތުން ހިމެނިފައިވާ އު ސޫލުތަކަށް މައިގަނޑު ބަދަލެއް ގެނެވޭނީ އެކަމަށް އޮތޯރިޓީއިން ހުއްދަ ހޯދުމަށްފަހުގައި، އެ ބަދަލެއް ގެނައުމަށް އިންވެސްޓަރުންގެ ހާއްސަ ގަރާރަކުން ފާސްކުރުމަށްފަހުގައެވެ.
(ށ) ސެކިއުރިޓައިޒްކޮށް ދޫކޮށްފައިވާ ޔުނިޓަށް ލިބޭ ފައިދާ/ކޫޕަން/ޑިވިޑެންޑާއި ރިޑެމްޕްށަނަށް ދޭންޖެހޭ ފައިސާ އެކަމަށް ކަނޑައެޅިފައިވާ ވަގުތުގައި ދެމުން ގެންދަންވާނެއެވެ.
(ނ) ސެކިއުރިޓައިޒްކޮށް ޔުނިޓް ދޫކުރުމުގައި ކްރެޑިޓް އެންހޭންސްމެންޓެއް އެކަށައަޅައިފައިވާ ނަމަ، އެއެންހެންސްމޭންޓް ސެކިއުރައިޓްކޮށް ދޫކުރި ޔުނިޓްތަކަށް ލިބޭނެގޮތް އަބަދުވެސް ހަމަޖެހިފައިވާކަން، އިށުއަރ/އޮރިޖިނޭޓަރު ޔަގީންކުރަންވާނެއެވެ.
(ރ) ސެކިއުރިޓައިޒްކޮށް ވިއްކައި ފައިވާ ޔުނިޓް ރިޑީމްކުރާ ނަމަ، ރިޑީމްކުރާނެ ޔުނިޓްތައް ކަނޑައަޅަންވާނީ ޕްރ-ޯރޭޓާކޮށެވެ.
(ބ) ސެކިއުރިޓައިޒްކޮށް ވިއްކައި ފައިވާ ޔުނިޓްތަކުގެ މުއްދަތު ހަމަވަންދެން، ނުވަތަ އިންވެސްޓަރުންގެ ހާއްސަ ގަރާރަކުން އެހެން ގޮތަކަށް ފާސްކުރަންދެން، ޔުނިޓްވިއްކި ފަރާތް (އިށުއަރ) އޮންނަންވާނީ ލިސްޓުކޮށްފައެވެ.
ޗެޕްޓަރު 6
ފަންޑުގެ ޔުނިޓްތައް
34 ވަނަ މާއްދާ - މި ބަޔަށް އަމަލުކުރަންޖެހޭ ފަރާތްތައް
(ހ) ފަންޑް ސްކީމެއްގެ ދަށުން އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ފަންޑުތައް މެނޭޖްކުރާ އެސެޓް މެނޭޖަރުން ވެސް މި ބަޔަށް އަމަލުކުރަންޖެހޭނެއެވެ.
(ށ) ފަންޑުގެ ޔުނިޓް ވިއްކާ ފަރާތުންނާއި، ފަންޑުގެ މެނޭޖަރު، އިންވެސްޓްމަންޓް ފަންޑު އުފައްދައި ހިންގުމާބެހޭ ގަވާއިދަށާއި އިންވެސްޓްމަންޓް އެޑްވައިޒަރުންނާބެހޭ ގަވާއިދަށް އަމަލުކުރަންވާނެއެވެ.
35 ވަނަ މާއްދާ - މާނަކުރުން
މި ޗެޕްޓަރގައި ބޭނުންކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތައް މާނަކުރާނީ، އިންވެސްޓްމަންޓް ރަޖިސްޓަރީކޮށް ހިންގުމާބެހޭ ގަވާއިދުގައި މާނަކޮށްފައިވާ ގޮތަށެވެ.
36 ވަނަ މާއްދާ - ހުށަހަޅަންޖެހޭ މައުލޫމާތާއި ލިޔެކިޔުންތައް
(ހ) ޔުނިޓް ވިއްކި ފަރާތުން، ސްކީމުގެ ޕޯޓްފޯލިއޯއާއި (އޯޕަންޑް އެންޑް ފަންޑެއް ނަމަ) ނެޓް އެސެޓް ވެލިއު، މަހަކު އެއްފަހަރުއާއި، ކަނޑައެޅޭ މުއްދަތުތަކެއްގައި އިންވެސްޓަރުންނަށް ހާމަކުރަމުން ގެންދަންވާނެއެވެ.
(ށ) ޔުނިޓް ވިއްކި ފަރާތުން ނެރޭ ޕީރިއޮޑިކް ރިޕޯޓުގައި، ތިރީގައިވާ މައުލޫމާތު ހިމަނަންވާނެއެވެ.
- ސްކީމުގެ ޔުނިޓުގެ އަދަދަށާއި ކެޕިޓަލްއަށް އައި ބަދަލު؛
- ސްކީމަށް ލިބިފައިވާ ރޭޓިންގއާއި ރޭޓިންގއަށް އައި ބަދަލު؛
- މެނޭޖަރާމެދު ފިޔަވަޅެއް އަޅައިފައިވާ ނަމަ، އެ ފިޔަވަޅު (ޖޫރިމަނާކުރުން ފަދަ)؛
- ފަންޑުގެ ޕާފޯމަންސް ނުވަތަ ފަންޑު މެނޭޖަރުގެ ޕާފޯމަންސާ ސީދާ ގުޅިފައިވާ އެހެނިހެން މައުލޫމާތު؛
(ނ) އިންވެސްޓްމަންޓް ފަންޑުތައް ރަޖިސްޓަރީކޮށް ހިންގުމާބެހޭ ގަވާއިދުގައި ކަނޑައަޅައިފައިވާ އެހެނިހެން މައުލޫމާތު، އޮތޯރިޓީން ކަނޑައަޅާ ގޮތުގެ މަތިން، ފަންޑު ޔުނިޓް ވިއްކި ފަރާތުން ހާމަކުރަމުން ގެންދަންވާނެއެވެ.
(ރ) ފަންޑު ޔުނިޓް ވިއްކާ ފަރާތުން، ތިރީގައި ބަޔާންވެފައިވާ މައުލޫމާތާއި ލިޔެކިޔުންތައް އޮތޯރިޓީއަށާއި އިންވެސްޓަރުންނަށް ފޯރުކޮށްދޭންވާނެއެވެ.
(ބ) ފަންޑު އުފެއްދުމުގެ އަސާސީ ލިޔެކިޔުންތައް (މެމޮރެންޑަމް، އާޓިކަލް، ޗާޓަރު ފަދަ ގާނޫނީ ހައިސިއްޔަތު ލިބިދޭ ލިޔުންތައް)
- ފަންޑުގެ ޕްރޮމޯޓަރުންނާއި، މެނޭޖަރު/އިންވެސްޓްމަންޓު އެޑްވައިޒަރާއި، ކަސްޓޯޑިއަންގެ މައުލޫމާތު
- ފަންޑުގެ ޕޯޓްފޯލިއޯ ހުރިގޮތް
- ފަންޑާއި، ފަންޑުގެ ކަސްޓޯޑިއަން، ނުވަތަ ފަންޑުގެ މެނޭޖަރާ ދެމެދު ވެވިފައިވާ އެއްބަސްވުންތައް
- ބޯޑުތަކާއި ކޮމިޓީތަކުގެ މެންބަރުންގެ މައުލޫމާތު؛
- އޮތޯރިޓީން ކަނޑައަޅާ އެހެނިހެން މައުލޫމާތު.
(ޅ) ފަންޑުގެ ޔުނިޓް އާންމުކޮށް ވިއްކައިފައިވާ ނަމަ، (ބ) ގައި ބުނެފައިވާ މައުލޫމާތު އާންމުކޮށް ހާމަކުރަންވާނެއެވެ.
37 ވަނަ މާއްދާ - ޔުނިޓު ގެ އަގަށް ބަދަލުގެނުވާނެ ފަދަ، ނުވަތަ ފަންޑުގެ ޕާފޯމަންސަށް އަސަރުކޮށްފާނެ ފަދަ ކަންކަމުގެ މައުލޫމާތު
ހާމަކުރުން
ފަންޑުގެ ޕާފޯމަންސަށް ނުވަތަ ހިންގުމަށް އަސަރުކުރާނެ ފަދަ ކަންކަމުގެ މައުލޫމާތު ނުވަތަ ސްކީމުގެ ޕޯޓްފޯލިއޯ/މުދަލުގެ އަގަށް ބަދަލުގެނުވަފާނެ ފަދަ ކަންކަމުގެ މައުލޫމާތު، ފަންޑުގެ ޔުނިޓް ވިއްކި ފަރާތުން ވަގުތުން ހާމަކުރަންވާނެއެވެ.
ޗެޕްޓަރު 7
އެހެނިހެން ކަންކަން
38 ވަނަ މާއްދާ - އޮތޯރިޓީ ން އިތުރު މައުލޫމާތު ފޯރުކޮށްދިނުމަށް އެދުން
(ހ) ތިރީގައިވާ ކަންކަން ކުރުމަށް، ސެކިއުރިޓީޒް ވިއްކި ފަރާތަށް ނުވަތަ ސްޕެށަލް ޕާޕަސް އެންޓިޓީއަށް ސްޕެށަލް ޕާޕަސް އެންޓިޓީއެއްގެ ގެރެންޓަރއަށް ނުވަތަ އެންޓިޓީގެ އޮރިޖިނޭޓަރއަށް ނުވަތަ އެންޓިޓީގެ މެނޭޖަރަށް، ކޮންމެ ވަގުތެއްގައިވެސް އޮތޯރިޓީން އެންގިދާނެއެވެ.
- އޮތޯރިޓީއަށް ބޭނުންވާނޭ މައުލޫމާތު، ވަކި ގޮތަކަށް، ކަނޑައެޅިފައިވާ ވަކި ވަގުތެއްގެ ކުރީން އޮތޯރިޓީއަށް ފޯރުކޮށްދިނުމަށް؛
- (1) ވަނަ ނަންބަރުގައި ބުނެފައިވާ މައުލޫމާތު އާންމުކޮށް ހާމަކުރުމަކީ، އިންވެސްޓަރުންގެ މަސްލަހަތު ހިމާޔަތްކުރުމަށާއި، ސެކިއުރިޓީޒް މާކެޓުގެ ކަންކަން އޮމާންކަމާއެކު ހަރުދަނާގޮތުގައި ހިނގަމުންދިއުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް އޮތޯރިޓީއަށް ފެނިއްޖެ ނަމަ، އެ މައުލޫމާތު، އޮތޯރިޓީން ކަނޑައަޅާ ގޮތަކަށް، ކަނޑައަޅާ ވަކިވަގުތެއްގެ ކުރީން އާންމުކޮށް ހާމަކުރުމަށް.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެފައިވާ މައުލޫމާތު ހާމަކުރުމުގެ އެންގުމަށް، އެ އެންގުން ރައްދުވާ ފަރާތުން އަމަލުނުކޮށްފި ނަމަ، އޮތޯރިޓީއަށް (ހ) ގައި ބުނެފައިވާ މައުލޫމާތު އާންމުކޮށް ހާމަކުރެވިދާނެއެވެ.
39 ވަނަ މާއްދާ - އިސްތިސްނާ ކޮށްދިނުން
(ހ) މި ގަވާއިދުގައި ކަނޑައަޅައިފައިވާ ކަމެއް ކުރުމުން އިސްތިސްނާކޮށްދިނުމަށް ނުވަތަ ލުއި ދިނުމަށް އެދި ސެކިއުރިޓީޒް ވިއްކި ފަރާތުން އޮތޯރިޓީއަށް ލިޔުމުން ހުށަހަޅައިފި ނަމަ، އެ ފަރާތަށް ދިމާވެފައިވާ ހާލަތަށް ރިއާޔަތްކުރާއިރު އިސްތިސްނާ ކޮށްދިނުމަކީ ނުވަތަ ލުއިކޮށްދިނުމަކީ އެކަށީގެންވާ ކަމެއްކަމަށް އޮތޯރިޓީއަށް، އޮތޯރިޓީގެ ފުރިހަމަ އިހްތިޔާރުގައި ފެންނަ ނަމަ، މި މާއްދާގެ (ށ) އާއި (ނ) ގައިވާ ގޮތުގެ މަތިން، މި ގަވާއިދުގައި ކުރުމަށް ކަނޑައަ ޅައިފައިވާ ކަމެއް ކުރުމުން އިސްތިސްނާ ކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ހުށަހެޅުމުގައި، އެ ފަރާތަށް ދިމާވެފައިވާ ހާލަތާއި، އިސްތިސްނާ ނުވަތަ ލުއިހޯދުމަށް އެދޭ ސަބަބުތަކާއި، ލުއިހޯދުމަށް އެދޭ ކަމެއްގައި އެ ފަރާތުން އަމަލުކުރާނެ އެހެން ގޮތްތައް ނުވަތަ އިންތިޒާމުތައް.
(ނ) މި މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީއަށް ހުށަހަޅައިފައި އޮތް ނަމަވެސް، އޮތޯރިޓީ ން އެ ހުށަހެޅުމުގައިވާ ގޮތަށް ލުއި ދިނުމަށް ނިންމައި ފައި ނުވާ ނަމަ؛ އެ ފަރާތުން މި ގަވާއިދުގެ މާއްދާތަކަށް ފުރިހަމައަށް އަމަލުކުރަންޖެހޭނެއެވެ.
(ރ) މި މާއްދާގެ ދަށުން އޮތޯރިޓީން އިސްތިސްނާ ކޮށްފި ނަމަ، ނުވަތަ ލުއި ދީފި ނަމަ، އެ ފަރާތުގެ ނަމާއި ދެވުނު ލުއި ނުވަތަ އިސްތިސްނާގެ ހުލާސާ މައުލޫމާތު އިންވެސްޓަރުންނަށް ވަގުތުން ހާމަކުރަންވާނެއެވެ.
40 ވަނަ މާއްދާ - ދަތި ވެފައިވާ ކަންތައްތަކެއް ހައްލުކޮށްދިނުމުގެ ގޮތުން ލުއިދިނުމުގެ ބާރު
(ހ) މި ގަވާއިދަށް އަމަލުކުރުމުގައި ދިމާވާ ދަތި އުނދަގޫ ކަންތައް ތަކެއް ނުވަތަ ގަވާއިދު މާނަކުރެވޭ ގޮތުން ދިމާވާ ދަތި އުނދަގޫ ކަންތައްތަކެއް ހައްލުކޮށްދިނުމަށްޓަކައި އިރުށާދު ދީ އޮތޯރިޓިއަށް ސާރކިއުލަރ ނުވަތަ ގައިޑެންސް ނޯޓް ނެރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެފައިވާ ގައިޑެންސް ނުވަތަ ސާރކިއުލަރ މެދުވެރިކޮށް އިރުށާދު ދެވިދާނެފަދަ ކަންކަމުގެ ތެރޭގައި ތިރީގައިވާ ކަންތައްތައް ހިމެނެއެވެ.
- އޮތޯރިޓީއަށް ދޭންޖެހޭ ނޯޓިސްތައް ދިނުމާއި، ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުމުގައި އަމަލުކުރާނެ އިޖުރާއަތްތަކާބެހޭ ގޮތުން.
- ހާމަކުރަންވީ މައުލޫމާތުތަކާ ބެހޭ ގޮތުން.
- ލިސްޓުކުރުމުގެ ށަރުތުތަކާ ބެހޭ ގޮތުން.
41 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުމުގައި ލުއިގޮތް ހަމަޖެއްސުމުގެ ބާރު
މި ގަވާއިދުން ލާޒިމުކުރާ ކަމެއްގައި ލުއި ގޮތަކަށް އަމަލުކުރުމަށް ހަމަޖެއްސުމަކީ، ސެކިއުރިޓީޒް މާކެޓާއި އިންވެސްޓަރުންގެ އިންވެސްޓަރުންގެ މަސްލަހަތު ކުރިއެރުވުން، ނުވަތަ މާކެޓް ތަރައްގީކުރުމުގައި އަމަލުކުރުން އެންމެ އެދެވޭ ގޮތް ކަމުގައި ފެންނަ ނަމަ، އަދި ތިރީގައިވާ ކަންކަމުން ކަމެއް ފުރިހަމަވާ ކަމުގައި އޮތޯރިޓީއަށް ފެންނަ ނަމަ، އެފަދަ ލުއިގޮތަކަށް އަމަލުކުރުމަށް އޮތޯރިޓީއަށް ހަމަޖެއްސިދާނެއެވެ.
(ހ) ސެކިއުރިޓީޒް ނެރެ ވިއްކި ފަރާތް. އެ ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން އުފައްދައިފައިވާ، ނުވަތަ ހިންގަންޖެހޭ ނުވަތަ އަމަލުކުރަންޖެހޭ ގާނޫނެއް ނުވަތަ ގަވާއިދެއްގެ މާއްދާތަކަށް އިސްކަންދޭންޖެހޭ ނަމަ؛
(ށ) ގަވާއިދުން ލާޒިމުކުރާ ކަމަކީ ސެކިއުރިޓީޒް ވިއްކި ފަރާތަށް އެކަށީގެންނުވާ ބޮޑު ބުރައެއް ކުރިމަތިކުރުވާ ކަމެއްނަމަ؛
(ނ) ހާމަކުރުން ލާޒިކުރުވާފައިވާ މައުލޫމާތަކީ ވަކި އިންޑަސްޓްރީއަކަށް ނުވަތަ ވަކި ކްލާހެއްގެ ސެކިއުރިޓީއަކަށް ގުޅުމެއް ނެތް. މާނައެއް ނެތް މައުލޫމާތެއް ކަމުގައިވާ ނަމަ؛
(ރ) ގަވާއިދުން ލާޒިމުކުރާ ކަމަކީ އޭގެ ޒާތުގައި ޓެކްނިކަލްގޮތުން ދިމާވާ ކަމެއް ނަމަ؛
(ބ) ގަވާއިދަށް އަމަލު ނުކުރެވެނީ ވަކި ކްލާހެއްގެ ސެކިއުރިޓީޒް ވިއްކައިފައިވާ ހުރިހާ ފަރާތްތަކަކަށްވެސް ދިމާވާ، އަދި އެފަރާތްތަކުގެ ކޮންޓްރޯލްގެ ބޭރުގައިވާ ކަމެއްގެ ސަބަބުންކަމުގައިވާ ނަމަ؛
42 ވަނަ މާއްދާ - ސެކިއުރިޓީޒް ދޫކުރާ ކުންފުންޏާމެދު ފިޔަވަޅު އެޅުން
(ހ) ސެކިއުރިޓީޒް ދޫކުރާ ކުންފުނިން މި ގަވާއިދުގެ މާއްދާއަކާ ހިލާފުވެއްޖެކަމަށް ނުވަތަ މި ގަވާއިދުގެ މާއްދާއަކާ އެއްގޮތަށް އަމަލު ނުކޮށްފިކަމަށް، މި އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި އެ ކުންފުންޏެއްގެ މައްޗަށް ތިރީގައިވާ ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް އެޅުމުގެ ބާރު މި އޮތޯރިޓީއަށް ލިބިގެންވެއެވެ.
- އެ ފަރާތާ ވަކިން ވާހަކަދެއްކުން؛
- 30,000 (ތިރީސް ހާސް) ދިވެހި ރުފިޔާ އަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން؛
- ސެކިއުރިޓީޒް ދޫކުރާ ކުންފުންނާމެދު ފިޔަވަޅު އެޅިއްޖެކަން ނުވަތަ ވާހަކަދެކެވިފައިވާކަން އިއުލާނުކުރުން؛
- ތިރީގައިވާ ފަދައިން ފިޔަވަޅު އެޅުމަށް ސެކިއުރިޓީޒް ދޫކޮށްފައިވާ ކުންފުނި ލިސްޓުކޮށްފައިވާ ސްޓޮކް އެކްސްޗޭންޖް އެންގުން-
4.1 ސެކިއުރިޓީޒް ދޫކުރާ ކުންފުނީގެ ސެކިއުރިޓީޒް ވިޔަފާރި ސްޓޮކް އެކްސްޗޭންޖުގައި ވަގުތީގޮތުން ހުއްޓައިލުން؛
4.2 ސެކިއުރިޓީޒް ދޫކުރާ ކުންފުނި ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައި އޮތްއޮތުން ވަގުތީގޮތުން ހުއްޓައިލުން؛
4.3 ސެކިއުރިޓީޒް ދޫކުރާ ކުންފުނި ސްޓޮކް އެކްސްޗޭންޖުގެ ލިސްޓުން ވަކިކުރުން.
(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން ސެކިއުރިޓީޒް ދޫކުރާ ކުންފުންޏަކާމެދު ފިޔަވަޅު އެޅިއްޖެ ނަމަ، ޖޫރިމަނާކުރެވުނު މުއްދަތު ހިމެނޭ އެ ފަރާތުގެ އޮޑިޓްކޮށްފައިވާ ހިސާބުގައި އެކަން ތަފުސީލުކޮށް ބަޔާންކުރަންވާނެއެވެ.
(ނ) މި މާއްދާގައިވާ ފަދަ ޖޫރިމަނާއެއް ދައްކަންޖެހޭނީ މި އޮތޯރިޓީއަށެވެ.
43 ވަނަ މާއްދާ - ސެކިއުރިޓީޒް ދޫކުރާ ކުންފުނީގެ ޑިރެކްޓަރުންނާމެދު ފިޔަވަޅު އެޅުން
(ހ) ސެކިއުރިޓީޒް ދޫކުރާ ކުންފުނިން މި ގަވާއިދާ ހިލާފުވެފައިވަނީ އެ ފަރާތުގެ ޑިރެކްޓަރެއް ނުވަތަ ޑިރެކްޓަރުންގެ އިހުމާލުންކަމަށް މި އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި، 42 ވަނަ މާއްދާގައިވާ ފަދައިން ފިޔަވަޅު އެޅުމުގެ އިތުރުން، ތިރީގައިވާ ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއްވެސް އެޅިދާނެއެވެ.
- އިހުމާލުވެފައިވާ ކޮންމެ ޑިރެކްޓަރެއް 15،000 (ފަނަރަ ހާސް) ދިވެހި ރުފިޔާ އަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުން؛
- އިހުމާލުވެފައިވާ ޑިރެކްޓަރުންނާ ވަކިން ވާހަކަދެއްކުން؛
- ޑިރެކްޓަރުންނާމެދު ފިޔަވަޅު އެޅިއްޖެކަން ނުވަތަ ވާހަކަދެކެވިފައިވާކަން އިއުލާނުކުރުން؛
- ޑިރެކްޓަރެއް ގަސްތުގައި ނުވަތަ ތަކުރާރުކޮށް އިހުމާލުވެފައިވާ ނަމަ، މި އޮތޯރިޓީއަށް ފެންނަ ގޮތުގައި އެފަދަ ޑިރެކްޓަރެއް މަގާމުގައި ހުރުމަކީ އިންވެސްޓަރުންގެ މަސްލަހަތަށް ގެއްލުންހުރި ކަމެއް ކަމުގައި އާންމުކޮށް އެންގުމަށްޓަކައި އިއުލާނުކުރުން؛
- މި މާއްދާގެ (4) ގައިވާ ފަދައިން މި އޮތޯރިޓީގެ އާންމު އިއުލާނަކަށްފަހު ވެސް އެފަދަ ޑިރެކްޓަރެއް ވަޒީފާގައި ދެމިހުރެއްޖެ ނަމަ، ސެކިއުރިޓީޒް ދޫކުރާ ކުންފުނީގެ ސެކިއުރިޓީޒް ވިޔަފާރި ސްޓޮކް އެކްސްޗޭންޖުގައި ވަގުތީގޮތުން ހުއްޓުވުމަށް، ނުވަތަ ސެކިއުރިޓީޒް ދޫކުރާ ކުންފުނި ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކުރުން ވަގުތީގޮތުން ހުއްޓުވަން މި އޮތޯރިޓީގެ ފަރާތުން ސްޓޮކް އެކްސްޗޭންޖަށް އެންގުން.
(ށ) މި މާއްދާގެ ޖޫރިމަނާ ދައްކަންޖެހޭނީ މި އޮތޯރިޓީއަށެވެ.
44 ވަނަ މާއްދާ - ގަވާއިދާ ހި ލާފުވުމުން އެޅޭ ފިޔަވަޅު އެންގުން
(ހ) 42 ވަނަ މާއްދާއާއި 43 ވަނަ މާއްދާގައިވާ ފަދަ ފިޔަވަޅެއް އެޅުމަށް މި އޮތޯރިޓީން ގަސްތުކޮށްފި ހިނދެއްގައި، ބާޒާރު ހަރުދަނާކަމާއެކު ދެމެހެއްޓުމުގެ ގޮތުން ނުވަތަ އިންވެސްޓަރުން ހިމާޔަތްކުރުމުގެ ގޮތުން ތަފާތު ފިޔަވަޅެއް އަޅަން ނުޖެހޭނެ ނަމަ، ތިރީގައިވާ ފަދައިން މި އޮތޯރިޓީން އަމަލުކުރަންވާނެއެވެ.
- މި އޮތޯރިޓީން އަޅާނެ ފިޔަވަޅަކާ ބެހޭގޮތުން ދުރާލައި ސެކިއުރިޓީޒް ދޫކުރާ ކުންފުންޏަށް އެންގުން؛
- މައްސަލައާ ބެހޭގޮތުން މި އޮތޯރިޓީއަށް ލިޔެގެން ނުވަތަ މި އޮތޯރިޓީއާ ބައްދަލުކޮށްގެން ވާހަކަދެއްކުމަށް ދައުވަތު ދިނުން؛
- ވަކި ނިންމުމެއް ނިންމުމާއެކު، ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި އެކަން އެންގެން؛ އަދި
- މި އޮތޯރިޓީން ނިންމާ ނިންމުމަކީ ސެކިއުރިޓީޒް ދޫކުރާ ފަރާތަށް ނޭދެވޭ ނިންމުމެއް ނަމަ، އެގޮތަށް ނިންމަންޖެހުނު ސަބަބު ބަޔާންކޮށް ލިޔުމަކުން އެކަން އެންގުން.
ޖަދުވަލު 1
ފުރަތަމަ ބައި
ހިއްސާއާ ގުޅޭ –
(ހ) ކަމުގެ ކުޑަބޮޑުމިނަށް ބެލުމަކާ ނުލައި ވަގުތުން ހާމަކުރަންޖެހޭނެ ކަންކަން.
ހާމަކުރަންޖެހޭ ކަންކަން
- ޑިރެކްޓަރުންގެ ބޯޑުން ނިންމ،ާ ތިރީގައިވާ ކަންކަމުގެ ނިންމުންތައް. މިކަންކަން ޖެހިގެން އަންނަ މަސައްކަތު ދުވަސް ނިމުމުގެ ކުރިން ހާމަކުރަންވާނެއެވެ.
1.1 ޑިވިޑެންޑް ނުވަތަ ކޭށް ބޯނަސް ދިނުމަށް ހުށަހެޅުން، ނުވަތަ ނިންމުން، ނުވަތަ ޑިވިޑެންޑް ނުދިނުމަށް ނިންމުން، އަދި ޑިވިޑެންޑް ދޭނޭ ނުވަތަ ދޫކުރާނޭ ތާރީހު.
1.2 ދިނުމަށް ހުށަހަޅައިފައިވާ ޑިވިޑެންޑް ކެންސަލް ކުރުން.
1.3 ވިއްކައިފައިވާ ސެކިއުރިޓީޒް އަނބުރާ ގަތުމަށް ނިންމުން.
1.4 ސެކިއުރިޓީޒް ވިއްކައިގެން ފަންޑު ހޯދުމަށް ހުށަހެޅުން.
1.5 ކެޕިޓަލައިޒްކޮށްގެން ބޯ ނަސް ހިއްސާ ވިއްކުމަށް ނިންމުން. އަދި ބޯނަސް ހިއްސާ ރަޖިސްޓަރީކޮށްދޭނ/ޭކްރެޑިޓްކޮށްދޭނޭ ތާރީހު.
1.6 ފޯފިޓްކޮށްފައިވާ ހިއްސާ/ސެކިއުރިޓީޒް ވިއްކުން، ނުވަތަ ފަހުން އިށޫކުރުމަށް ރިޒާވްކޮށްފައިހުރި ހިއްސާ ވިއްކުން، ނުވަތަ ހިއްސާ ނުވަތަ ސެކިއުރިޓީޒް އުފެއްދުން، ނުވަތަ ހިއްސާ/ސެކިއުރިޓީޒްއަށް ސަބްސްކްރައިބްކުރުމުގެ ހައްގ،ު އިމްތިޔާޒު ނުވަތަ އެފަދަ އިނާޔަތެއް އުފެއްދުން.
1.7 ކެޕިޓަލްއަށް ގެނެވޭ އެހެންވެސް ބަދަލުތަކުގެ ހުލާސާ؛ މީގެ ތެރޭގައި ދޫކޮށްފައިވާ ހިއްސާއަށް ފައިސާ ދައްކަން އެންގުން (ކޯލް) ވެސް ހިމެނ.ޭ
1.8 އަހަރީ މާލީ ހިސާބުތައް.
1.9 ސްޓޮކް އެކްސްޗޭންޖުން ޑީލިސްޓްކުރުމަށް ކުންފުނިން ނިންމުން.ޖެހިގެން އަންނަ މަސައްކަތު 3 (ތިނެއް) ދުވަހުގެ ތެރޭގައި ހާމަކުރަންޖެހޭ ކަންކަން - މުދާ/ވިޔަފާރި ގަތުން؛ ނުވަތަ ގަތުމަށް އެއްބަސްވުން؛ ދެ ކުންފުނި ގުޅައިލުމަށް ނުވަތަ އެއްކޮށްލުމަށް ނިންމުމާއި، އެގޮތަށް ކަންކުރުމަށް ރާވައިފައިވާ ގޮތުގެ ޕްލޭން؛ ކުންފުނީގެ ވިޔަފާރި ޔުނިޓެއް، ސެގްމެންޓެއް، ޑިވިޒަނެއް، ނުވަތަ ސަބްސިޑަރީ ކުންފުންޏެއް ވިއްކައިލުން، ނުވަތަ އެފަދަ އެހެންވެސް ގޮތަކަށް ކުންފުނި ރީސްޓްރަކްޗަރ ވެގެންދާ ކަންތައްތައް.
- ކުންފުންޏެއްގެ ނުވަތަ ވިޔަފާރިއެއްގެ %5 (ފަހެއް އިންސައްތަ) ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ ކޮންޓްރޯލް ލިބިގަތުން؛ ނުވަތަ އެއަށްފަހ،ު އެ ކޮންޓްރޯލަށް %2.5 (ދޭއް ޕޮއިންޓް ފަހެއް) އިންސައްތައިގެ ބަދަލެއް އައުން.
- ގަވާއިދުގައިވާ ކަނޑައަޅައިފައިވާ ކްރައިޓީރިއާއަށް ފެތޭގޮތުން މުދާ ލިބގަތުން، ނުވަތަ ދޫކޮށްލުން.
- ސެކިއުރިޓީޒް ވިއްކުން، ނުވަތަ ފޯފީޓްކުރުން، ނުވަތަ ހިއްސާ ސްޕްލިޓްކުރުން، ނުވަތަ ހިއްސާތަކެއް މާޖުކުރުން، ނުވަތަ ސެކިއުރިޓީޒް އަނބުރާ ގަތުން، ނުވަތަ ސެކިއުރިޓީޒްގެ މިލްކުވެރިކަން ބަދަލުކުރުމަށް ހުރަސްއެޅޭފަދަ ކަމެއް، ނުވަތަ ސެކިއުރިޓީޒްގެ ށަރުތުތައް ނުވަތަ ސްޓްރަކްޗަރއަށް ބަދަލުގެނުވާ ފަދަ ކަންކަން (ފޯފީޓްކުރުން، އަލުން ވިއްކުން، އަނބުރާ ގަތުން ފަދަ).
- ރޭޓިންގއަށް ގެނެވޭ ބަދަލުތައް.
- ހިއްސާދާރުންގެ މެދުގައި ވެވޭ އެއްބަސްވުމާއި، ޖޮއިންޓް ވެންޗަރ އެއްބަސްވުންތައް (އެފަދަ އެއްބަސްވުންތަކުން، ކުންފުނީގެ މެނޭޖްމަންޓަށް ނުވަތަ ކޮންޓްރޯލަ ށް ބަދަލެއް އަންނަ ނަމަ).
- ޕްރޮމޯޓަރެއްގެ ނުވަތަ ކުންފުނީގެ ހިންގުމުގެ އިސްފަރާތެއްގެ މަކަރާއި ހީލަތުގެ އަމަލެއް (ކުންފުންޏާ ގުޅޭ ގޮތުން).
- ޑިރެކްޓަރުން ނުވަތަ ކުންފުނީގެ ހިންގުމުގެ އިސްފަރާތެއް ބަދަލުވުން (މެނޭޖިންގ ޑިރެކްޓަރު، ނުވަތަ ސ.ީއ.ީއޯ، ނުވަތަ ސ.ީއެފ.ްއޯ، ނުވަތަ ކުންފުނީގެ ސެކްރެޓަރީ ފަދަ).
- ކުންފުނީގެ ދަރަނި ރީސްޓްރަކްޗަރކުރުން
- ބޭންކާއެކު ދަރަނި ހަލާސްކުރުމުގެ އެއްބަސްވުމަކަށް އައުން.
- ކްރެޑިޓަރުން/ނުވަތަ އެއްވެސް ފަރާތަކުން ކުންފުނި އުވައިލުމަށް ރަސްމީ އިދާރާއަކަށް ހުށަހެޅުން.
- ހިއްސާދާރުންނަށް ނުވަތަ ޑިބެންޗަރ ގަނެފައިވާ ފަރާތްތަކަށް، ނުވަތަ ކުރެޑިޓަރުންނަށް ނުވަތަ މި ބުނެވުނު ފަރާތްތަކުންކުރެ ވަކި ކްލާހަކަށް ފޮނުވާ ނޯޓިސް، ނުވަތަ ފައިސާ ދެއްކުމުގެ ސިޓީ، ނުވަތަ ގަރާރު، ނުވަތަ ސާކިއުލަރ.
- އަހަރީ އާންމު ޖަލްސާއާއި ހާއްސަ ޖަލްސާތަކުގެ ނިންމުންތައް.
- ކުންފުނީގެ މެމޮރެންޑަމް ނުވަތަ އާޓިކަލްސްއަށް ބަދަލެއް ގެނައުން.
(ށ) އެ ކަމަކީ މެޓީރިއަލިޓީގެ އުސޫލުތަކުން ބަލާއިރު ފާހަގަކުރެވޭފަދަ ކަމެއްކަމުގައިވާ ނަމަ، ޖެހިގެން އަންނަ 3 (ތިނެއް) ދުވަހުގެ ތެރޭގައި މައުލޫމާތު ހާމަކުރަންޖެހޭ ކަންކަން.
- ކުންފުނީގެ ވިޔަފާރީގެ ބާވަތަށް އަންނަ ބަދަލު، ނުވަތަ އައު ވިޔަފާރިއެއް ފެށުން، ނުވަތަ މިހާރު ހިނގަމުންދާ ވިޔަފާރި ޑިވިޒަނެއް/ޔުނިޓެއް އެއްކޮށް ނުވަތަ އެއިން ބައެއް ބަންދުކުރުން/ހުއްޓައިލުން.
- މުދާ ގަތުން، ނުވަތަ މުދާ ވިއްކުން.
- ކުންފުނީގެ އާންމު ވިޔަފާރީގައި ނުހިމެނޭ ކަމެއްގައި އޯޑަރެއް/ކޮންޓްރެކްޓެއް ލިބުން، ނުވަތަ އެފަދަ ކޮންޓްރެކްޓަކަށް ބަދަލެއް އައުން ނުވަތަ އުވައިލުން.
- އާންމު ވިޔަފާރީގައި ނުހިމެނޭ އެއްބަސްވުންތައް (މިސާލަކަށް، ލޯނު އެއްބަސްވުންތައް ފަދަ)، ނުވަތަ އެފަދަ އެއްބަސްވުންތަކަށް ގެނެވޭ ބަދަލުތައް ނުވަތަ އުވައިލުން.
- ގުދުރަތީ ކާރިސާއެއް ނުވަތަ ބާރުފޯރުވެން ނެތްފަދަ ކަމެއް (ހަޅުތާލުކުރުން ފަދަ) ކަމެއްގެ ސަބަބުން ވިޔަފާރީގެ ޑިވިޒަނެއް ނުވަތަ ޔުނިޓެއްގެ މަސައްކަތަށް ހުރަސްއެޅުން ނުވަތަ ހުއްޓުން ނު ވަތަ ދަތިވުން.
- ކުންފުނިން އަމަލުކުރަންޖެހޭ ގަވާއިދުތަކަށް އަންނަ ބަދަލުތަކުގެ ނަތީޖާ.
- ދައުވާތައް/ދެބަސްވުންތައް ނުވަތަ ރެގިއުލޭޓަރީ އިދާރާއަކުން އަޅާ ފިޔަވަޅުތަކާއި އޭގެ ނަތީޖާ.
- ޑިރެކްޓަރުން ނުވަތަ މުވައްޒަފުންގެ މަކަރާއި ހީލަތުގެ އަމަލުތައް.
- މުވައްޒަފުންގެ ހިއްސާގެ ސްކީމެއްގެ ދަށުން، ނުވަތަ އެހެންވެސް އުސޫލެއްގެ ދަށުން ހިއްސާ ގަތުމަށް ދެވޭ އިހްތިޔާރީ އޮޕްށަން.
- ތިންވަނަ ފަރާތަކަށް ގެރެންޓީއެއް، އެށުއަރިޓީއެއް ނުވަތަ އިންޑެމްނިޓީއެއް ދިނުން.
- ރެގިއުލޭޓަރީ އިދާރާއަކުން ލައިސަންސެއް ނުވަތަ ހުއްދައެއް ދިނުން، ނުވަތަ ދީފައި ހުއްދައެއް ދޫކޮށްލުން، ނުވަތަ އަތުލުން، ބާތިލުކުރުން ނުވަތަ ހިފެހެއްޓުން.
ދެވަނަ ބައި
ދަރަނީގެ ސެކިއުރިޓީޒް (ޑިބެންޗަރޒް، ބޮންޑްސް) ވިއް ކައި ފައިވާ ކުންފުނިތަކުން ހާމަކުރަންޖެހޭ މައުލޫމާތު
"ދައްކަންޖެހޭ ފައިސާ" ކަމަށް ބުނެފައި އެވަނީ ދަރަނީގެ ސެކިއުރިޓީޒް ނުވަތަ ޕްރިފަރެންސް ހިއްސާއާ ގުޅިގެން ދައްކަންޖެހޭ
އިންޓަރެސްޓް، ނުވަތަ ޑިވިޑެންޑް ނުވަތަ ރިޑެމްށަނަ ށް ދައްކަންޖެހޭ ފައިސާއަށެވެ.
ސެކިއުރިޓީޒްގެ އަގަށް ބަދަލެއް ގެނުވަފާނެ ފަދަ މައުލޫމާތުތަކާއި، ކުންފުނީގެ އޮޕަރޭށަންތަކ/ާވިޔަފާރިއަށް އަސަރުކުރާ ފަދަ މައުލޫމާތުތަކާއި، އިންޓަރެސްޓް ނުވަތަ ޑިވިޑެންޑް ނުވަތަ ރިޑެމްޕްށަން ފައިސާ ދިނުމަށް ކުންފުނީގެ ގާބިލުކަމަށް އަސަރުކުރުވާފާނެފަދަ މައުލޫމާތުތައް، ސެކިއުރިޓީޒް ވިއްކައިފައިވާ ފަރާތުން ވަގުތުން ހާމަކުރަންވާނެއެވެ. މި ބުނެވުނު ފަދަ މައުލޫމާތުތަކުގެ ތެރޭގައި ތިރީގައި މިވާ ކަންކަން ހިމެނެއެވެ.
- ފައިސާ ދޭންޖެހޭ ގަޑިއަށް ފައިސާ ނުދެވުން، ނުވަތަ ނުދެވޭނެކަމަށް ލަފާކުރެވުން، ނުވަތަ ފައިސާ ދިނުމަށް ދަތިވެދާނެ
ފަދަ ކަމެއް ދިމާވުން. - ޑިބެންޗަރއާ ގުޅިގެން ފުރިހަމަކުރަންޖެހޭ ސެކިއުރިޓީޒް، ނުވަތަ މޯގޭޖް ނުވަތަ ރަހުނުގެ ކަންކަން ފުރިހަމަ ނުކުރެވުން.
- ދަރަނީގެ ސެކިއުރިޓީޒް ނުވަތަ އެއިން ބައެއްނަމަވެސް، ރީޑީމްކުރުން، ނުވަތަ ކޮންވާޓްކުރުން، ނުވަތަ ކެންސަލްކުރުން، ނުވަތަ ނިމުމަކަށް އަންނާނޭފަދަ އެއްވެސް ކަމެއް މެދުވެރިވުން.
- ކުންފުނީގެ ވިޔަފާރީގ/ެމަސައްކަތްތަކުގެ އާންމު ޒާތަށް ނުވަތަ ސިފައަށް އަންނަ ބަދަލުތައް، ނުވަތަ ގުދުރަތީ ކާރިސާއެއް
ފަދަ ކަމެއްގެ ސަބަބުން ކުންފުނީގެ މަސައްކަތްތަކަށް ދަތިތަކެއް ދިމާވުން، ނުވަތަ ކުންފުނިން އައު ވިޔަފާރިއެއް ނުވަތަ
މަސައްކަތްތަކެއް ފެށުން. - ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވާ ކޮމްޕޮސިށަންއަށް މައިގަނޑު ބަދަލެއް އައުން، އެއީ އޭގެ ނަތީޖާއެއްގެ ގޮތުން ކުންފުނީގެ ކޮންޓްރޯލަ ށް ބަދަލެއް އަންނަ ނަމަ.
- ރޭޓިންގއަށް ގެންނަ ބަދަލުތައް.
- ޑިރެކްޓަރުންގެ ބޯޑުން ތިރީގައިވާ ކަންކަން އެޕްރޫވްކުރުން.
(ހ) ޑިވިޑެންޑް ޕާސްކުރުމަށް ނިންމުން.
(ށ) ކެޕިޓަލް އިތުރުކޮށްފި ނަމަ، އޭގެ ހުލާސާއެއް. - ދަރަނީގެ ސެކިއުރިޓީޒް ގަނެފައިވާ ފަރާތްތަކުގެ މީޓިންގއާ ގުޅޭގޮތުން ފޮނުވާ ހުރިހާ މައުލޫމާތު، ނުވަތަ ރިޕޯޓު، ނުވަތަ ނޯޓިސް، ނުވަތަ ސިޓީ، ނުވަތަ ސާކިއުލަރ، ނިންމުންތައް ފަދަ.
- ސެކިއުރިޓީޒް ގަނެފައިވާ ފަރާތްތަކުގެ ހައްގުތަކާ އިލްތިޒާމްތަކަށް އަސަރުކުރުވާ ފަދަ ކޮންމެ ކަމެއް.
- އާންމުކޮށް ހާމަކޮށްފައިނުވާ، ތިރީގައިވާ މައުލޫމާތުތައް.
(ހ) އެ ސެކިއުރިޓީޒްގެ ހަގީގަތާ ހިލާފު/ހަގީގަތާ ހިލާފު ކަންތައްތަކެއްގެ މައްޗަށް ބިނާވެފައިވާ އަގުތަކެއް އުފެދުން ހުއްޓުވުމަށް ކޮންމެހެން ހާމަކުރަންޖެހޭ މައުލޫމާތު.
(ށ) ސެކިއުރިޓީޒްގެ އަގަށް ބަދަލުގެނުވަފާނެ ފަދަ މައުލޫމާތު.
(ނ) ކުންފުނީގެ ވިޔަފާރި މަސައްކަތްތަކަށ/ްނަތީޖާއަށް އެކަށީގެންވާ އަސަރެއްކުރުވަފާނެ ފަދަ މައުލޫމާތު.
ތިންވަނަ ބައި
ސެކިއުރިޓީޒް ވިއްކި ފަރާތް/އެސެޓު ގެ އޮރިޖިނޭޓަރ، ނުވަތަ ސާވިސަރ، ނުވަތަ މެނޭޖަރގެ
އޮޕަރޭށަންތައް/ޒިންމާތައް/ޕާފޯމަންސް، ނުވަތަ ވިއް ކައި ފައިވާ ސެކިއުރިޓީޒްގެ އަގަށް ބަދަލު އަތުވެދާނެ ފަދަ މައުލޫމާތު.ސެކިއުރިޓީޒް ވިއްކި ފަރާތް/އޮރިޖިނޭޓަރ، ނުވަތަ ސާވިސަރ، ނުވަތަ މެނޭޖަރ، ތިރީގައި ބަޔާންވެ ފައިވާ މައުލޫމާތުތައް ވަގުތުން ހާމަކުރަންވާނެއެވެ.
- ސެކިއުރިޓައިޒްކޮށް ވިއްކައިފައިވާ ޔުނިޓްތައް ނުވަތަ އެއިން ބައެއްނަމަވެސް، ރީޑީމްކުރުން، ނުވަތަ ކޮންވާޓްކުރުން، ނުވަތަ ކެންސަލްކުރުން، ނުވަތަ ނިމުމަކަށް އަންނާނޭފަދަ އެއްވެސް ކަމެއް މެދުވެރިވުން.
- ސެކިއުރިޓައިޒްކޮށް ވިއްކައިފައިވާ ޔުނިޓުތަކަށް ދައްކަންޖެހޭ ފައިސާއެއް ދެއްކުމަށް ދަތިވާފަދަ އެއްވެސް ކަމެއް މެދުވެރިވުން، ނުވަތަ ފައިސާ ނުދެއްކކިދާނެކަމަށް ލަފާކުރެވުން.
- ޔުނިޓުތަކުގެ ޒާތް. ނުވަތަ އެއާ ގުޅިފައިވާ ހައްގުތަކަށް ނުވަތަ އިމްތިޔާޒުތަކަށް އެއްވެސް ބަދަލެއް ގެނައުން.
- ވިޔަފާރީގެ ބާވަތަށް ނުވަތަ ޒާތަށް ބަދަލެއް އައުން؛ ނުވަތަ ވިއްކިފަރާތް. ނުވަތަ އޮރިޖިނޭޓަރ ނުވަތަ ސާވިސަރ/މެނޭޖަރަށް ކުރިމަތިވާ ގުދުރަތީ ކާރިސާއެއް ނުވަތަ ބާރުފޯރުވެން ނެތް ފަދަ ކަމެއް )ހަޅުތާލުކުރުން ފަދަ( ކަމެއްގެ ސަބަބުން، ޔުނިޓްސްއާ ގުޅޭ ގޮތުން އެ ފަރާތްތަކުގެ ވިޔަފާރ/ިނުވަތަ ޕާފޯމަންސަށް އަސަރުކުރާ ފަދަ ކަމެއް މެދުވެރިވުން.
- ރޭޓިންގއަށް ގެނެވޭ ބަދަލުތައް.
- ސެކިއުރިޓީޒް ގަނެފައިވާ ފަރާތްތަކުގެ ހައްގުތަކާއި އިލްތިޒާމްތަކާ ގުޅިފައިވާ އެހެން މައުލޫމާތު.
- އާންމުކޮށް ހާމަކޮށްފައިނުވާ، ތިރީގައިވާ މައުލޫމާތުތައް.
(ހ) އެ ސެކިއުރިޓީޒްގެ ހަގީގަތާ ހިލާފު/ހަގީގަތާ ހިލާފު ކަންތައްތަކެއްގެ މައްޗަށް ބިނާވެފައިވާ އަގުތަކެއް އުފެދުން ހުއްޓުވުމަށް ކޮންމެހެން ހާމަކުރަންޖެހޭ މައުލޫމާތު.
(ށ) ސެކިއުރިޓީޒްގެ އަގަށް ބަދަލުގެނުވަފާނެ ފަދަ މައުލޫމާތު.
(ނ) ސެކިއުރިޓީޒް ވިއްކި ފަރާތުގެ މަސައްކަތްތަކަށ/ްނަތީޖާއަށް އެކަށީގެންވާ އަސަރެއް ކުރުވަފާނެ ފަދަ މައުލޫމާތު.
ޖަދުވަލު 2
އަހަރީ ރިޕޯޓުގައި ހިމަނަންޖެހޭ މައުލޫމާތު
- ސެކިއުރިޓީޒް ވިއްކި ފަރާތުގެ ތިރީގައިވާ މައުލޫމާތު.
(ހ) ނަން، އުފައްދައިފައިވާ ގައުމ،ު އުފައްދައިފައިވާ ތާރީހ،ު ރަޖިސްޓަރީ ނަންބަރު.
(ށ) ލިސްޓުކޮށްފައިވާ އިންސްޓްރުމެންޓް/ސެކިއުރިޓީޒް، ލިސްޓުކޮށްފައިވާ ތާރީހު.
(ނ) ޑިރެކްޓަރުންގެ ބޯޑުގެ މެން ބަރުން.
(ރ) މައި ހިއްސާދާރުން.
(ބ) ކުންފުނީގެ މައި ވިޔަފާރިތައް؛ އޭގެ ތެރޭގައި އެއިން ކޮންމެ ވިޔަފާރިއަކުން ލިބުނު އާމްދަނީއާއި، ފައިދާގެ މިންވަރު ހިމަނައިގެން.
(ޅ) ސަބްސިޑަރީ ކުންފުނިތަކުގެ ނަމާއި، ހިސާބުކުރާ މުއްދަތާއި، މައި ވިޔަފާރިތައް.
(ކ) ކުންފުނީގެ ހިއްސާގައްޔާއި، ދަރަނީގެ ސެކިއުރިޓީޒްގައި ޑިރެކްޓަރުންގެ އޮތް މަސްލަހަތު (ސީދާކޮށްވިޔަސް، ނުވަތަ ނުސީދާކޮށްވިޔަސް، ނުވަތަ ގުޅިފައިވާ ފަރާތެއް މެދުވެރިކޮށް ވިޔަސް)
(އ) ކުންފުނީގެ ސަބްސިޑަރީ ކުންފުނިތަކުގެ ހިއްސާގައްޔާއި، ދަރަނީގެ ސެކިއުރިޓީޒްގައި ޑިރެކްޓަރުންގެ އޮތް މަސްލަހަތު (ސީދާކޮށްވިޔަސް، ނުވަތަ ނުސީދާކޮށްވިޔަސް، ނުވަތަ ގުޅިފައިވާ ފަރާތެއް މެދުވެރިކޮށް ވިޔަސް)
(ވ) ކުންފުނީގެ ޑިރެކްޓަރަކަށް ނުވަތަ ޗީފް އެގްޒެކެޓިވްއަށް، ނުވަތަ އެއިން ފަރާތަކާ ގުޅިފައިވާ ފަރާތަކަށް ކުންފުނީގެ ހިއްސާ ނުވަތަ ޑިބެންޗަރ ގަތުމަށް އިހްތިޔާރީ ހައްގެއް (އޮޕްށަނެއް) ދީފައިވޭތޯ ނުވަތަ ނޫންތޯ.
(މ) އެޕްލައިކުރަންޖެހޭ އިންޓަރނޭށަނަލް ފައިނޭންށަލް ރިޕޯޓިންގ ސްޓޭންޑަރޑްސް ކުންފުނިން އެޕްލައިކޮށްފައި ނުވާ ނަމަ އެކަން، އަދި ސަބަބުތައް.
(ފ) ތިރީގައިވާ މާލީ މައުލޫމާތު.
-
- ހިއްސާ ވިއްކި ފަރާތުގެ ދަރަނި (ތިރީގައިވާ ފަދައިން ކެޓެގަރައިޒްކޮށްފައި)
- ބޭންކު ލޯނާއި އޯވަރޑްރާފްޓް –
1.1.1 އެއް އަހަރުދުވަހުގެ ތެރޭގައި ނުވަތަ އެދިއްޖެ ނަމަ، ވަގުތުން ދައްކަންޖެހޭ.
1.1.2 އެއްއަހަރާއި ދެއަހަރާ ދެމެދުގައި ދައްކަންޖެހޭ.
1.1.3 ދެއަހަރާއި ތިން އަހަރާ ދެމެދުގައި ދައްކަންޖެހޭ.
1.1.4 ތިންއަހަރަށްވުރެ ފަހުން ދައްކަންޖެހޭ.
1.2 ބޭންކުލޯނު ފިޔަވައި އެހެނިހެން ދަރަނިތައް (1 ވަނަ ނަންބަރުގައި ބުނެފައިވާ ފަދައިން ކެޓެގަރައިޒްކޮށްފައި) - ސެކިއުރިޓީޒް ވިއްކި ފަރާތުގެ ސަބްސިޑަރީ ކުންފުނިތަކުގެ ދަރަނި (ހިއްސާ ވިއްކި ފަރާތެކޭ އެއްފަދައިން ކެޓެގަރައިޒްކޮށްފައި).
- ސެކިއުރިޓީޒް ވިއްކި ފަރާތާއި، ކޮންމެ ސަބްސިޑަރީ އަކުން، ކެޕިޓަލައިޒްކޮށްފައިވާ އިންޓަރެސްޓް.
- ބޭންކު ލޯނާއި އޯވަރޑްރާފްޓް –
- ހިއްސާ ވިއްކި ފަރާތުގެ ދަރަނި (ތިރީގައިވާ ފަދައިން ކެޓެގަރައިޒްކޮށްފައި)
- ޑިރެކްޓަރުންނާއެކު އޮތް ވަޒީފާގެ އެއްބަސްވުންތައް.އެއްވެސް ޑިރެކްޓަރަކާއެކު، ނުވަތަ ޑިރެކްޓަރަކަށް ނޮމިނޭޓްކޮށްފައި ނުވަތަ ހުށަހަޅައިފައިވާ ފަރާތަކާއެކު ވަޒީފާގެ އެއްވެސް އެއްބަސްވުމެއް ނިމިގެންދިޔަ މާލީ އަހަރުގައި އޮވެފައި، އެއީ ކުރިއަށް އޮތް މާލީ އަހަރުގައި، އެއްވެސް ބަދަލެއް ދޭންޖެހުމަކާ ނުލައި އުވައިލެވޭނެ އެއްބަސްވުމެއް ނޫން ނަމަ.
- ޑިރެކްޓަރުންގެ މަސްލަހަތު.
(ހ) ސެކިއުރިޓީޒް ވިއްކި ފަރާތާއި އެހެން އެއްވެސް ފަރާތަކާމެދު ކޮންޓްރެކްޓެއް އޮވެފައި، އެ އެއްބަސްވުމެއްގައި ޑިރެކްޓަރެއްގެ ނުވަތަ ޑިރެކްޓަރަކަށް ވުމަށް ހުށަހަޅައިފައިވާ ފަރާތެއްގެ މަސްލަހަތެއް (ސީދާކޮށްވިޔަސް، ނުވަތަ ނުސީދާކޮށްވިޔަސް) އޮތްނަމަ، އެކަމުގެ ތަފުސީލު،
(ށ) ކުންފުނީގެ ސަބްސިޑަރީ ކުންފުންޏަކާ އެހެން އެއްވެސް ފަރާތަކާ ދެމެދު އެއްބަސްވުމެއް އޮވެފައި، އެ އެއްބަސްވުމުގައި ޑިރެކްޓަރެއްގެ ނުވަތަ ޑިރެކްޓަރަކަށް ވުމަށް ހުށަހަޅައިފައިވާ ފަރާތެއްގެ މަސްލަހަތެއް (ސީދާކޮށްވިޔަސް ނުވަތަ ނުސީދާކޮށްވިޔަސް އޮތްނަމަ) އެކަމުގެ ތަފުސީލު، - މައި ހިއްސާދާރުންގެ މަސްލަހަތު
(ހ) ސެކިއުރިޓީޒް ވިއްކި ފަރާތާއި އެހެން އެއްވެސް ފަރާތަކާމެދު ކޮންޓްރެކްޓެއް އޮވެފައި، އެ އެއްބަސްވުމެއްގައި މައި ހިއްސާދާރެއްގެ މަސްލަހަތެއް (ސީދާކޮށްވިޔަސް، ނުވަތަ ނުސީދާކޮށްވިޔަސް) އޮތް ނަމަ، އެކަމުގެ ތަފުސީލު،
(ށ) ކުންފުނީގެ ސަބްސިޑަރީ ކުންފުންޏަކާ އެހެން އެއްވެސް ފަރާތަކާ ދެމެދު އެއްބަސްވުމެއް އޮވެފައި، އެ އެއްބަސްވުމުގައި މައި ހިއްސާ ދާރެއްގެ މަސްލަހަތެއް (ސީދާކޮށްވިޔަސް ނުވަތަ ނުސީދާކޮށްވިޔަސް އޮތްނަމަ) އެކަމުގެ ތަފުސީލު، - ގުޅިފައިވާ ފަރާތްތަކާއެކު ކޮށްފައިވާ އެހެނިހެން މުއާމަލާތްތައް.
- ތިރީގައިވާ ކަންކަމާބެހޭ ގޮތުން މެނޭޖްމަންޓުގެ ޑިސްކަށަންސް (އިހްތިޔާރީ ކަމެއްގެ ގޮތުގައި).
(ހ) އިންޑަސްޓްރީ އެކުލެވިގެންވާ ގޮތާއި، އައިސްފައިވާ ބަދަލުތައް.
(ށ) ހުޅުވިފައިވާ ފުރުސަތުތަކާއި، ދިމާވެދާނެ ނޭދެވޭ ކަންތައްތައް.
(ނ) ކުންފުނީގެ ވިޔަފާރި ސެގްމެންޓުތައް ނުވަތަ ވިއްކާ ޕްރޮޑަކްޓް ލައިންތަކުން ލިބިފައިވާ ނަތީޖާއާއި،ކުރިމަގާމެދު ފެންނަ ގޮތް.
(ބ) ރިސްކު އެކުލެވިގެންވާ ކަންކަމާއި، ސަމާލުވާންޖެހޭ ކަންތައްތައް.
(ޅ) ހިންގުމުގައި އެޅިފައިވާ ފިޔަވަޅުތަކަށް ބަލާއިރު ނެރެވިފައިވާ މާލީ ނަތީޖާ.
(ކ) އިންސާނީ ވަސީލަތްތަކަށް އައިސްފައިވާ މައި ބަދަލުތައް. - އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައި ހާމަކުރުމަށް ބުނެފައިވާ މައުލޫމާތުތައް.
- މާލީ ހިސާބުތައް.
- ޑިރެކްޓަރުންގެ އިގްރާރު، ޑިރެކްޓަރުންގެ ބޯޑުގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރާއި ޗީފް ފައިނޭންށަލް އޮފިސަރު ސޮއިކޮށްފައި.
މި ގަވާއިދަށް ގެނެވުނު އިސްލާހު
ކިޔުންތެރިންގެ ހިޔާލު