-

ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުގެ މަޢުލޫމާތު ހާމަކުރުމުގެ ޒިންމާއާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2019-1050) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-188)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 28 ޑިސެމްބަރު 2023 ގައި)

 

ގަވާއިދު ނަންބަރު 2019-1050 (ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ޒިންމާއާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާގެ ފަހަތަށ،ް 11-1 ވަނަ މާއްދާގެ ގޮތުގައި އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

ޕްރައިވެޓް ސެކިއުރިޓީޒް ސެގްމަންޓުގައި ލިސްޓުކޮށްފައިވާ ފަރާތްތަކުން މައުލޫމާތު ހާމަކުރުން 1-11.

(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ސްޓޮކް އެކްސްޗޭންޖުގެ ޕްރައިވެޓް ސެކިއުރިޓީޒް ސެގްމެންޓުގައި ސެކިއުރިޓީޒް ލިސްޓުކުރާ ފަރާތްތަކުން މައުލޫމާތު ހާމަކުރުމުގައި އަމަލުކުރާނީ މި މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. 

(ށ) ސްޓޮކް އެކްސްޗޭންޖުގެ ޕްރައިވެޓް ސެކިއުރިޓީޒް ސެގްމަންޓުގައި ސެކިއުރިޓީޒް ލިސްޓުކޮށްފައިވާ ފަރާތްތަކުން، މި ގަވާއިދުގައި ސެކިއުރިޓީޒް އާންމުކޮށް ވިއްކާ ފަރާތްތަކަށް ހާއްސަކޮށްފައިވާ މާއްދާތައް ފިޔަވައި އެހެން މާއްދާތަކަށް އަމަލުކުރަންވާނެއެވެ. 

(ނ) މި މާއްދާގެ )ށ( ގައި ބަޔާންކޮށްފައިވާ ހާއްސަ މާއްދާތަކާއި އާންމު މާއްދާތަކާމެދުގައި ސުވާލެއް އުފެދިއްޖެނަމަ އެކަމުގައި ގޮތެއް ކަނޑައަޅާނީ އޮތޯރިޓީންނެވެ. އަދި މި ބައިތައް ކަނޑައަޅައި ސެކިއުރިޓީޒް ދޫކުރާ ފަރާތަށް އެންގުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ރ) ޕްރައިވެޓްކޮށް ސެކިއުރިޓީޒް ވިއްކާ ފަރާތްތަކުން ކޮންމެހެން ހާމަކުރަންޖެހޭނީ، އޮތޯރިޓީން އާންމުކުރާ "މިނިމަމް ކްރައިޓީރިއާ ފޮރ ޕީރިއޮޑިކް ރިޕޯޓިންގ ފޮރ ޕްރައިވެޓް ޕްލ ސްމެންޓް" ގައި ކަނޑައަޅައިފައިވާ މައުލޫމާތެވެ. 

(ބ) 

  1. މި ގަވާއިދާއ،ި ގަވާއިދު ނަންބަރު 2021-126 (ސެކިއުރިޓީޒް ދޫކުރުމާބެހޭ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީން މައުލޫމާތު ހާމަކުރާނީ، އަހަރަކު 2 (ދޭއް) ފަހަރ،ު އިލެކްޓްރޯނިކް ފޯމެޓުގައ،ި އެ ސެކިއުރިޓީޒެއްގައި އިންވެސްޓްކޮށްފައިވާ އިންވެސްޓަރުންނަށެވެ؛
  2. މި މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރާ އެއްގޮތްވާ ގޮތުގެ މަތީން މާލީ އަހަރުގެ ފުރަތަމަ 6 (ހައެއް) މަސްދުވަހުގެ ތެރ ގައި ހާމަކުރަންޖެހ މައުލޫމާތު ހާމަކުރާނީ، އެ މުއްދަތެއް ނިމޭތާ 30 (ތިރީސް) ދުވަހުގެ ތެރ ގައެވެ. އަދި މާލީ އަހަރުގެ 
    ފަހު 6 (ހައެއް) މަސްދުވަހުގެ ތެރ ގައި ހާމަކުރަންޖެހޭ މައުލޫމާތު ހާމަކުރާނީ، އެ މުއްދަތު ނިމޭތާ 30 (ތިރީސް) ދުވަހުގެ ތެރ ގައެވެ؛
  3. ސެކިއުރިޓީޒް ދޫކޮށްފައިވާ ފަރާތުގެ އޮޑިޓްކޮށްފައިވާ އަހަރީ ހިސާބުތައް، އެންމެ ލަސްވެގެން، މާލީ އަހަރު ނިމޭތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހާމަކުރަންވާނެއެވެ. 

(ޅ) މި މާއްދާގެ (ބ) އާ އެއްގޮތްވާ ގޮތުގެ މަތީން ހާމަކުރާ މައުލޫމާތ،ު އޮތޯރިޓީއަށާއި ސްޓޮކް އެކްސްޗޭންޖަށް ހުށަހަޅަންވާނެއެވެ.

(ކ) ސްޓޮކް އެކްސްޗޭންޖުގެ ޕްރައިވެޓް ސެކިއުރިޓީޒް ސެގްމަންޓުގައި ލިސްޓުކޮށްފައިވާ އެއްވެސް ސެކިއުރިޓީޒެއް ސެކަންޑަރީ މާކެޓުގައި ގަނެވިއްކާނަމ،ަ ގަންނަން ހުށަހަޅާ ފަރާތަށް ސެކިއުރިޓީޒް ދޫކުރިފަރާތުގެ މާލީ ބަޔާންތައް ފޯރުކޮށްދޭންވާނެއެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ޒިންމާއާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2019-1050)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު