-

ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުގެ މަޢުލޫމާތު ހާމަކުރުމުގެ ޒިންމާއާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2019-1050) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-258)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 28 ޑިސެމްބަރު 2022 ގައި)

 

ގަވާއިދު ނަންބަރު 2019-1050 (ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ޒިންމާއާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (ލ) ގެ ފަހަތަށް އަންނަނިވި އިބާރާތްތަކުގެ މާނަ އިތުރުކުރުން.

(ގ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ ދަށުން އުފައްދައި ފައިވާ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއަށެވެ.

(ޏ) "ޕީ.ޑީ.ޕީ" ނުވަތަ "ޕަބްލިކް ޑިސްކްލޯށަރ ޕްލެޓްފޯމް" ކަމަށް ބުނެފައި އެވަނީ،ސީ.ޑީ.އޯ.އައި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީން އެއްތަނަކުން ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމަށް އަދި ހާމަކުރުމަށް ގާއިމު ކޮށްފައިވާ އިންޓަނެޓް ޕޯޓަލަށެވެ.

(ސ) "ޕީ.ޑީ.ޕީ. އަށް ދިމާވާ މައްސަލަ" ކަމަށް ބުނެފައި އެވަނީ، އެއްވެސް ސަބަބަކާހުރެ ޕީ.ޑީ.ޕީ ފުރިހަމައަށް ނުހިނގުން ނުވަތަ ހިނގުމުގައި ދިމާވާ މައްސަލަތަކަށެވެ.

(ޑ) "އިނީށަލް ޕަބްލިކް އޮފަރިންގ" ނުވަތަ "އަލަށް ސެކިއުރިޓީޒް ދޫކުރުން" ކަމަށް ބުނެފައި އެވަނީ، ކުންފުންޏަކުން އަލަށް ސެކިއުރިޓީޒް ދޫކުރުމަށެވެ.

(ޒ) "ސީ.ޑީ.އޯ.އައި ގަވާއިދު" ކަމަށް ބުނެފައި އެވަނީ، ސެކިއުރިޓީޒް ދޫކުރާ ނުވަތަ އިށޫކުރާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ޒިންމާތަކާ ގުޅޭގޮތުން އޮތޯރިޓީން ށާއިއުކޮށްފައިވާ ގަވާއިދު ނަންބަރު 2019-1050 (ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ޒިންމާއާބެހޭ ގަވާއިދު) އަށެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 37 ވަނަ މާއްދާގެ ފަހަތަށް، ޗެޕްޓަރު 7 ގެ ގޮތުގައި އަންނަނިވި ގޮތަށް ބާބަކާއި އަންނަނިވި މާއްދާތައް އިތުރުކުރުމާއެކު، މިހާރު ޗެޕްޓަރު 7 ގެ ގޮތުގައި އޮތް ޗެޕްޓަރު އެއީ ޗެޕްޓަރު 8 ގެ ގޮތުގައި ހަމަޖައްސައި،  މިހާރު އޮތް 38 ވަނަ މާއްދާއިން ފެށިގެން މާއްދާ ތަރުތީބުކުރުން.

 

ޗެޕްޓަރު 7

ޕީ.ޑީ.ޕީ. ގައި ރަޖިސްޓަރީކޮށް މައުލޫމާތު ހާމަކުރުން

 

ޕީ.ޑީ.ޕީގައި ރަޖިސްޓަރީކުރުން 38.

(ހ) އަލަށް ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުގެ ހިއްސާގެ ބަޔާން އޮތޯރިޓީގައި ރަޖިސްޓަރީވުމާއެކު، އޮތޯރިޓީން އިށޫކުރާ ފަރާތަށް ފޮނުވާ ލިންކު މެދުވެރިކޮށް، އެ ފަރާތުގެ ފޯކަލް ޕޮއިންޓް،ޕީ.ޑީ.ޕީ މެދުވެރިކޮށް އެޕޮއިންޓް ކުރަންވާނެއެވެ. މިގޮތުން ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކުރަން ފޮނުވުމުގެ ކުރިން، އިށޫކުރާ ފަރާތުގެ ފޯކަލް ޕޮއިންޓް ޕީ.ޑީ.ޕީ. ގައި ރަޖިސްޓަރީކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ސީ.ޑީ.އޯ.އައި. ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދަށް އަމަލުކުރަން ފަށާއިރު، ސްޓޮކް އެސްޗޭންޖުގައި ލިސްޓުކޮށްފައިވާ ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުން، ސީ.ޑީ.އޯ.އައި ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ޕީ.ޑީ.ޕީ. ގައި ފޯކަލް ޕޮއިންޓް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅަންވާނެއެވެ.

 

ޕީ.ޑީ.ޕީ މެދުވެރިކޮށް މައުލޫމާތު ހާމަކުރުމުގެ ޒިންމާ 39.

(ހ) ސީ.ޑީ.އޯ.އައި ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީން ޕީ.ޑީ.ޕީ. ގައި ރަޖިސްޓަރީ ކުރުމާއެކު، ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުން ސީ.ޑީ.އޯ.އައި ގަވާއިދުގެ ދަށުން ހާމަކުރަންޖެހޭ އެންމެހައި މައުލޫމާތު ލަސްނުކޮށް ޕީ.ޑީ.ޕީ. ގައި ހާމަކުރަންވާނެއެވެ.

(ށ) މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީން ޕީ.ޑީ.ޕީ މެދުވެރިކޮށް މައުލޫމާތުތައް ހާމަކުރުމުގެ އުސޫލެއް، ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުން އެކުލަވައިލަންވާނެއެވެ.

(ނ) ޕީ.ޑީ.ޕީ މެދުވެރިކޮށް މައުލޫމާތު ހާމަކުރުމަށް އައްޔަނުކުރާ އޮފިސަރުން، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލަށް ފުރިހަމައަށް އަމަލުކުރަމުންގެންދޭތޯ ބެލުމަކީ ސެކިއުރިޓީޒް ދޫކުރާ ފަރާތުގެ ޒިންމާއެކެވެ.

 

ޕީ.ޑީ.ޕީއަށް ދިމާވާ މައްސަލައަކާ ގުޅިގެން އަމަލުކުރަންޖެހޭ އުސޫލު 40.

(ހ) ޕީ.ޑީ.ޕީ. އަށް ދިމާވާ މައްސަލައަކާ ގުޅިގެން ޕީ.ޑީ.ޕީގައި އާންމުކޮށް ށާއިއުކުރަންޖެހޭ މައުލޫމާތެއް ށާއިއު ނުކުރެވިއްޖެނަމަ، ދިމާވި މައްސަލަ ހައްލުވުމުން، ލަސްނުކޮށް އެ މައުލޫމާތު ޕީ.ޑީ.ޕީ މެދުވެރިކޮށް ހާމަކުރަންވާނެއެވެ.

(ށ) މަގުބޫލު އުޒުރަކާ ލައިގެން މެނުވީ، މި މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެމަތީން އަމަލުކޮށްފައިނުވާ ފަރާތްތަކާމެދު، މި ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

3 ވަނަ މާއްދާ - މި އިސްލާހާ އެއްގޮތްވާ ގޮތުގެމަތީން އިތުރުކުރެވޭ ޗެޕްޓަރު އިތުރުވުމުން، މިހާރު އޮތް 38 ވަނަ މާއްދާއިން ފެށިގެން މާއްދާ ތަރުތީބު ކުރުމާއެކު، މިހާރު އޮތް 39 ވަނަ މާއްދާގެ ފަހަތަށް 43 ވަނަ މާއްދާގެ ގޮތުގައި އަންނަނިވި ފަދައިން މާއްދާއެއް އިތުރުކޮށް މިހާރު އޮތް 40 ވަނަ މާއްދާއިން ފެށިގެން މާއްދާތައް ތަރުތީބުކުރުން.

 

އިސްތިސްނާ ދެ ވިފައިވާ އިންވެސްޓްމަންޓް ފަންޑު 43.

ގަވާއިދު ނަންބަރު 2019-1050 (ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ޒިންމާއާބެހޭ ގަވާއިދު) ގައި ޕްރައިވެޓް އިންވެސްޓްމަންޓް ފަންޑުގެ މައްޗަށް ހިނގާނެކަމަށް ބަޔާންކޮށްފައިވާ މާއްދާތަކަށް ގަވާއިދު ނަންބަރު 2016-57 (އިންވެސްޓްމަންޓް ފަންޑު ރަޖިސްޓަރީކޮށް ހިންގުމާބެހޭ ގަވާއިދު) ގެ 23 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތީން އުފައްދާ ފަންޑުތަކުން އަމަލުކުރަންވާނެއެވެ. އަދި އެ ގަވާއިދުގެ އެނޫން މާއްދާތަކަށް އެފަދަ ފަންޑުތަކުން އަމަލުކުރުން ލާޒިމެއް ނޫނެވެ.

 

4 ވަނަ މާއްދާ - މި ގަވާއިދުން ބުނެވިދިޔަ ގަވާއިދަށް އިތުރުކުރާ މާއްދާތަކާ ގުޅިގެން އެ ގަވާއިދުގެ މާއްދާތަކާއި ޗެޕްޓަރު ނަންބަރުތައް ތަރުތީބުކުރުން.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގަވާއިދުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

6 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

މައި ގަވާއިދު

ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ޒިންމާއާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2019-1050)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު