ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ޒިންމާއާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2019-1050) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2026-23)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 19 އެޕްރީލް 2026 ގައި)
ގަވާއިދު ނަންބަރު 2019-1050 (ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ޒިންމާއާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (ޒ) ގެ ފަހަތަށް އަންނަނިވި ފަދައިން (ޓ) އިތުރުކުރުން.
(ޓ) "ޕީރިއޮޑިކް ރިޕޯޓުތައް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދާއި މި ގަވާއިދުގެ ދަށުން ހަދާ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތީން، ކޮންމެ މާލީ ކުއާޓަރެއް ނިމުމުން (މާލީ އަހަރުގެ ކޮންމެ3 މަސްދުވަހަކުން)، ސެކިއުރިޓީޒް ދޫކޮށްފައިވާ ފަރާތްތަކުން ށާއިއުކުރާ ކުއާޓަލީ ރިޕޯޓުތަކާއި، މާލީ އަހަރުގެ ކޮންމެ 6 (ހައެއް) މަސްދުވަހެއް ނިމުމުން، ޕްރައިވެޓް ސެކިއުރިޓީޒް ސެގްމަންޓުގައި ސެކިއުރިޓީޒް ދޫކޮށްފައިވާ ފަރާތްތަކުން ށާއިއު ކުރާ ބައި-އެނުއަލް ރިޕޯޓުތަކަށެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރު، އަންނަނިވި ފަދައިން އިސްލާހުކުރުން.
ވެބްސައިޓް 9.
(2) އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު؛
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު، އަންނަނިވި ފަދައިން އިސްލާހުކުރުން.
މާލީ ހިސާބުތައް 10.
އޮޮތޯރިޓީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ ޕީރިއޮޑިކް ރިޕޯޓުގައި ހިމަނަންޖެހޭ މައުލޫމާތާބެހ ގައިޑްލައިނުގައި ބަޔާންކޮށްފައިވާ ބައިތައް، ޕީރިއޮޑިކް ރިޕޯޓުގައި ހިމަނަންވާނެއެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ (ށ) އަންނަނިވި ފަދައިން އިސްލާހުކުރުން.
(ށ) ޕީރިއޮޑިކް ރިޕޯޓުތަކުގައި ހިމަނަންޖެހޭ މައުލޫމާތާ ގުޅޭ ގޮތުން އޮތޯރިޓީގެ ވެބްސައިޓުގައި ށާއިއުކުރާ ގައިޑްލައިނަށް އެއްވެސް އިސްލާހެއް ގެންނަންވާނީ ސެކިއުރިޓީޒް ދޫކޮށްފައިވާ ފަރާތްތަކާ މަށްވަރާ ކުރުމަށް ފަހުގައެވެ. އަދި ގެނެވ އިސްލާހުތަކަށް އަމަލުކުރަން ފަށަންވާނީ، 60 (ފަސްދޮޅަސް) ދުވަހަށް ވުރެ މަދު ނޫން މުއްދަތެއްގެ ނޯޓިސް އެ ފަރާތްތަކަށް ދިނުމަށްފަހުގައެވެ.
5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރު، އަންނަނިވި ފަދައިން އިސްލާހުކުރުން.
މާލީ ހިސާބުތައް 10.
މުޅި އަހަރުގެ އަހަރީ ހިސާބުތަކާއި ޕީރިއޮޑިކް ހިސާބުތައް، އެ މުއްދަތެއް ނިމޭތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، ސެކިއުރިޓީޒް ދޫކޮށްފައިވާ ފަރާތްތަކުން ށާއިއުކުރަންވާނެއެވެ.
6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 1-11 ވަނަ މާއްދާގެ (ރ) އަންނަނިވި ފަދައިން އިސްލާހުކުރުން.
ޕްރައިވެޓް ސެކިއުރިޓީޒް ސެގްމެންޓުގައި ލިސްޓުކޮށްފައިވާ ފަރާތްތަކުން މައުލޫމާތު ހާމަކުރުން 1-11.
(ރ) ޕްްރައިވެޓްކޮށް ސެކިއުރިޓީޒް ވިއްކައިފައިވާ ފަރާތްތަކުން ކޮންމެހެން ހާމަކުރަންޖެހޭނީ، އޮތޯރިޓީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ ޕީރިއޮޑިކް ރިޕޯޓުގައި ހިމަނަންޖެހޭ މައުލޫމާތާބެހޭ ގައިޑްލައިނުގައި ބަޔާންކޮށްފައިވާ މައުލޫމާތެވެ.
7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 1-11 ވަނަ މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރު، އަންނަނިވި ފަދައިން އިސްލާހުކުރުން.
(2) މި މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރާ އެއްގޮތްވާ ގޮތުގެ މަތީން މާލީ އަހަރުގެ ފުރަތަމަ 6 (ހައެއް) މަސްދުވަހު ހާމަކުރަންޖެހޭ މައުލޫމާތު ހާމަކުރާނީ، އެ މުއްދަތެއް ނިމޭތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައެވެ. އަދި މާލީ އަހަރުގެ ފަހު 6 (ހައެއް) މަސްދުވަހު ހާމަކުރަންޖެހޭ މައުލޫމާތު ހާމަކުރާނީ، އެ މުއްދަތު ނިމޭތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައެވެ.
8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާގެ (ށ) އަންނަނިވި ފަދައިން އިސްލާހުކުރުން.
އަހަރީ ރިޕޯޓު 18.
(ށ) އަހަރީ ރިޕޯޓުގައި، އޮތޯރިޓީން ށާއިއުކޮށްފައިވާ ޕީރިއޮޑިކް ރިޕޯޓުގައި ހިމަނަންޖެހޭ މައުލޫމާތާބެހޭ ގައިޑްލައިންތަކާއި، ކޯޕަރޭޓް ގަވަރނަންސް ކޯޑާއި، ކަމާބެހ އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުން ހާމަކުރަންޖެހޭ ކަމަށް ކަނޑައަޅައިފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.
9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 20 ވަނަ މާއްދާގެ ފަހަތަށ،ް 1-20 ވަނަ މާއްދާގެ ގޮތުގައި، އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
މުއްދަތު އިތުރުކުރުމާއި އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ އުސޫލުތައް 1-20.
(ހ) ސެކިއުރިޓީޒް ދޫކޮށްފައިވާ ފަރާތްތަކުން އަހަރީ އާންމު ޖަލްސާ ބޭއްވުމާއި އަހަރީ ރިޕޯޓު ށާއިއުކުރުމުގެ މުއްދަތު އިތުރުކުރުމަށް އެދި، ސްޓޮކް އެކްސްޗޭންޖުން ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ސްޓޮކް އެކްސްޗޭންޖަށް ހުށަހަޅަންވާނެއެވެ. މިފަދަ ހުށަހެޅުންތައް ހުށަހެޅުމުގައި، ސްޓޮކް އެކްސްޗޭންޖުގެ އުސޫލުތަކުގައި އަހަރީ އާންމު ޖަލްސާ ބޭއްވުމަށާއި އަހަރީ ރިޕޯޓު ށާއިއުކުރުމުގެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީހަށް ސަމާލުކަން ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅާ ހުށަހެޅުންތަކާ މެދު ސްޓޮކް އެކްސްޗޭޭންޖުން ނިންމާ ނިންމުން ސެކިއުރިޓީޒް ދޫކޮށްފައިވާ ފަރާތްތަކަށް އިސްތިއުނާފު ކުރުމަށް އެދި އޮތޯރިޓީއަށް ހުށަހެޅޭނީ، އަންނަނިވި ހާލަތްތަކުގައެވެ.
- ސްޓޮކް އެކްސްޗޭންޖުގެ ނިންމުމުގައި ނިޒާމީ، ގާނޫނީ، އިޖުރާއީ، ނުވަތަ ގަވާއިދުތަކާ ހިލާފު ކަންތައްތަކެއް ނުވަތަ ރިސްކްތައް ހިމެނުން؛
- އެކްސްޗޭންޖުގެ ނިންމުމަކީ އޮތޯރިޓީން ކަނޑައަޅައިފައިވާ ގާނޫނީ ވާޖިބަކާއި، ގަވާއިދަކާއި، ށަރުތަކާއި، ނުވަތަ އަމުރަކާ ހިލާފު ނިންމުމެއް ކަމުގައި ވުން؛
- ސްޓޮކް އެކްސްޗޭންޖުގެ ނިންމުމުގެ ސަބަބުން މާކެޓަށް މެޓީރިއަލް އަސަރުތަކެއް ކުރިމަތިވުން. އެގޮތުން ސަސްޕެންށަނެއް ނުވަތަ ޑީލިސްޓްކުރަންޖެހުން ފަދަ ހާލަތެއް ކުރިމަތިވުން؛
- ސްޓޮކް އެކްސްޗޭންޖުގެ ނިންމުމަކީ އާންމު މަސްލަހަތަށް މެޓީރިއަލް އަސަރެއް ކުރާނެ ނުވަތަ އިންވެސްޓަރުންނަށް އޭގެ ސަބަބުން ގެއްލުމެއްވެދާނެ ނިންމުމަކަށްވުން.
(ނ) އިސްތިއުނާފު ކުރުމަށް އެދި އޮތޯރިޓީއަށް ހުށަހަޅާ ހުށަހެޅުންތަކާމެދު އޮތޯރިޓީން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުމެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މުއްދަތު އިތުރުކުރުމަށް އެދި ހުށަހެޅާނީ، 2027 ވަނަ އަހަރު ބޭއްވީ 2026 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއާއި، 2027 ވަނަ އަހަރު ށާއިއުކުރެވޭ 2026 ވަނަ އަހަރުގެ އަހަރީ ރިޕޯޓުން ފެށިގެންނެވެ.
10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 އުނިކުރުން.
11 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. ނަމަވެސް، މި ގަވާއިދުގެ 10 ވަނަ ނަންބަރަށް އަމަލުކުރަން ފަށާނީ، 2027 ވަނަ އަހަރުގެ ޖަނަވަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
މައި ގަވާއިދު
ކިޔުންތެރިންގެ ހިޔާލު