-

މާލިއްޔަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 20/2017) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު (ގަވާއިދު 

(ގަވާއިދު ނަންބަރު 57/2018)

 

1 ވަނަ މާއްދާ - މިއީ ގަވާއިދު ނަންބަރު 20/2017 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5.18 ގެ (ހ) އަންނަނިވިގޮތަށް އިސްލާހުކުރުން.

ދައުލަތުގެ އޮފީސްތަކުން ހަދާ ބިލު 5.18.

(ހ) ދައުލަތުގެ އޮފީހަކަށް، ފަހުން އަގު ދައްކާގޮތަށް، ދައުލަތުގެ އޮފީސްތައް ފިޔަވައި، އެހެން އެއްވެސް ފަރާތަކަށް ތަކެތި ދޭނަމަ ނުވަތަ ހިދުމަތް ދޭނަމަ، އެކަމެއްކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ލިޔެ ހުއްދަ ހޯދަންވާނެއެވެ. އަދި ފަހުން އަގު ދައްކާގޮތަށް، ތަކެތިދޭ ނުވަތަ ހިދުމަތްދޭ ފަރާތްތައް އެ އޮފީހެއްގައި ރަޖިސްޓަރީ ކުރަންވާނެއެވެ. 

 

3 ވަނަ މާއްދާ - 3 .ބުނެވިދިޔަ ގަވާއިދުގެ 8.05 އަންނަނިވިގޮތަށް އިސްލާހުކުރުން.

ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކުރާ ދަތުރު 8.05.

ދައުލަތުގެ އޮފީސްތަކުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކުރާ ދަތުރެއްކަމަށް ބަލައި، ދަތުރު ހަރަދުދޭނީ، ދައުލަތުގެ ބޭނުމަކަށް ކުރާ ދަތުރުތަކަށެވެ. އަދި އަތޮޅުތަކުން ކަނޑުމަގުން މާލެއަށް ގެންނަ ނުވަތަ މާލެއިން އަތޮޅުތަކަށް ކަނޑުމަގުން ފޮނުވަންޖެހޭ މީހުންގެ ދަތުރު ހަރަދު (ކެއުމުގެ ހަރަދާއިދަތުރުފީ) ދޭންވާނީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ. 

 

4 ވަނަ މާއްދާ - 4 .ބުނެވިދިޔަ ގަވާއިދުގެ 8.07  އަންނަނިވިގޮތަށް އިސްލާހުކުރުން.

ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކުރާ ދަތުރުތަކުގައި ހުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ހުރުމުގެ ހަރަދު ދިނުން 8.07.

(ހ) ދައުލަތުގެ އޮފީސްތަކުން މާލެއިން އަތޮޅުތަކަށް އަދި މާލެ ފިޔަވައި ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކުރާ ދަތުރުތަކުގައި ހުރުމުގެ އިންތިޒާމު ހަމަޖައްސާނީ، އެ އިދާރާއަކުންނެވެ. ނުވަތަ އެ ދަތުރަކު ދާން ބޭނުންވާ ރަށެއް ހިމެނޭ ސަރަހައްދެއްގެ ސިޓީކައުންސިލް ނުވަތަ އަތޮޅުކައުންސިލް ނުވަތަ ރަށުކައުންސިލްގެ އިދާރާ ނުވަތަ އެ ރަށެއްގައި ހުންނަ ދައުލަތުގެ އޮފީހަކަށް ނިސްބަތްވާ އޮފީހެއް މެދުވެރިކޮށްގެންނެވެ. މިގޮތަށް އިންތިޒާމު ހަމަނުޖެއްސިއްޖެ ހާލަތްތަކުގައި ހުރުމުގެ އިންތިޒާމު ހަމަޖައްސާނީ އެ އޮފީހަކުންނެވެ. 

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް ހުރުމުގެ އިންތިޒާމު ހަމަޖެއްސުމުގައި، މާލެއިން އަތޮޅުތަކުގެ ރަށްރަށަށް، އަދި މާލެ ފިޔަވައި ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކުރާ ދަތުރުތަކަށް ހުރުމުގެ ހަރަދު ދޫކުރަންވާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ކަނޑައަޅައި ށާއިއުކުރާ ރޭޓަކަށެވެ. 

(ނ) އަތޮޅުތަކުގެ ރަށްރަށުން މާލެއަށް ކުރާ ދަތުރުތަކަށް ހުރުމުގެ ހަރަދު ދޫކުރަންވާނީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ކަނޑައަޅައި ށާއިއުކުރާ ރޭޓަކަށެވެ.  

(ރ) ޓޫރިސްޓް ރިސޯޓް ނުވަތަ ޓޫރިސްޓް ހޮޓާފަދަ ތަނެއްގައި މީހަކު ބަހައްޓަން ބޭނުންވެއްޖެނަމަ، ނުވަތަ ދައުލަތުގެ އިއްޒަތްތެރިއަކު އެފަދަ ތަނެއްގައި ހުންނަން ބޭނުންވެއްޖެނަމަ، އެކަން ކުރަންވާނީ ދައުލަތުގެ ޕްރޮކިއުމަންޓް އުސޫލާ އެއްގޮތަށެވެ.

(ބ) ދަތުރުމަތީގައި ރަށެއްގައި ރޭކުރަންޖެހޭނަމަ، މި މާއްދާގައިވާ ގޮތުގެމަތިން ރެޔަކާދުވާލަށް ދިނުމަށް ހަމަޖެހިފައިވާ ރޭޓުން ހުރުމުގެ ހަރަދު ހަމަޖައްސައިދެވިދާނެއެވެ. އަދި އެ ދަތުރެއްގެ މަތީގައި ރަށެއްގައި ރޭކުރަން ނުޖެހުނުނަމަވެސް، އެއްރަށެއްގައި ހޭދަކުރަންޖެހޭ ވަގުތު 12 (ބާރަ) ގަޑިއިރަށްވުރެ އިތުރުވާނަމަ، ރެޔަކާދުވާލަށް ދިނުމަށް ހަމަޖެހިފައިވާ ރޭޓުން ހުރުމުގެ ހަރަދު ހަމަޖެއްސިދާނެއެވެ.

(ޅ) ދައުލަތުގެ އުޅަނދުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން އެ އުޅަނދެއްގައި ކުރާ ރަސްމީ ދަތުރުތަކުގައި ވަޒީފާގެ ހައިސިއްޔަތުން ހޭދަކުރާ ދުވަސްތަކަށް މި މާއްދާގައިވާ ގޮތުގެމަތިން ހުރުމުގެ ހަރަދު ހަމަޖެއްސޭނީ، އެ އުޅަނދެއްގައި ނިދުމާއި ފާހާނާކުރުމުގެ އިންތިޒާމު ހަމަޖެހިފައި ނުވާނަމައެވެ. 

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8.10 ވަނަ މާއްދާ އުނިކުރުން.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8.13 އަންނަނިވިގޮތަށް އިސްލާހުކުރުން.

ދައުލަތުގެ އޮފީސްތަކުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރާނެ ގޮތް 8.13.

(އިސްލާހު ކުރެވިފައި)

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8.14 ވަނަ މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރު އުނިކުރުން. 

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8.15 ގެ (ރ) އަންނަނިވިގޮތަށް އިސްލާހުކުރުން.

ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ގެނެސް ގެންދާ މީހުންގެ ދަތުރު ހަރަދާއި  ކޮއްތުފައިސާ ދިނުން 8.15.

(ރ) އެއްފަސްވެފައިވާ ރަށްރަށުގައި އެއްގަމުމަގުން ކުރާ ދަތުރުތަކުގެ ދަތުރުފީ ދޭނީ، އެ ސަރަހައްދެއްގައި އެ ހިދުމަތެއް ލިބެންހުރި ރޭޓަކަށެވެ. 

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8.17 ގެ (ށ) އަންނަނިވިގޮތަށް އިސްލާހުކުރުން. 

 (ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކެއުމާއި ސައިދޭނީ ތިރީގައިވާ ގަޑިތަކުގަ ިއމަސައްކަތްކުރާނަމައެވެ.

  1. ހެނދުނުސައި 06:00 ން 10:00 ށް މަސައްކަތްކުރާނަމަ 
  2. މެންދުރުކެއުން 12:00 ން 14:00 ށް މަސައްކަތްކުރާނަމަ 
  3. ހަވީރުސައި 16:00 ން 18:00 ށް މަސައްކަތްކުރާނަމަ 
  4. ރޭގަނޑު ކެއުން 20:00 ން 22:00 ށް މަސައްކަތްކުރާނަމަ 
  5. .އެދުވަހެއްގެ 23:00 ގެ ފަހުން މަސައްކަތްކުރާނަމަ، ސައެއް ދެވިދާނެއެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8.18 މާއްދާގެ (އ) އުނިކުރުމަށްފަހު، އަންނަނިވިގޮތަށް އިސްލާހުކުރުން.

އެކިއެކި ކޮމިޓީތަކާއި ބައްދަލުވުންތަކުގައި ސައިދިނުން 8.18.

(ހ) އޮފީހުގެ ތެރޭގައި ބާއްވާ ހަމައެކަނި އެ އޮފީހެއްގެ މުވައްޒަފުން ހިމެނޭ ދާއިީމ ކޮމިޓީތަކުގައި ހޭދަވާ ވަގުތު އެއްގަޑިއިރަށްވުރެ ކުރުނަމަ، އެ ބައްދަލުވުމެއް ބާއްވާ ވަގުތާ ގުޅޭގޮތަކަށް ކޮފީއެއް ނުވަތަ ފިނިބުއިމެއް ދެވިދާނެއެވެ. 

(ށ) އޮފީހުގެ ތެރޭގައި ބާއްވާ، ހަމައެކަނި އޮފީހުގެ މުވައްޒަފުން ހިމެނޭ ދާއިމީ ކޮމިޓީތަކުގެ ބައްދަލުވުމުގެ ވަގުތު އެއްގަޑިއިރަށްވުރެ ދިގުނަމަ، އެ ބައްދަލުވުމަކަށް ހޭދަވާ ވަގުތާ ގުޅޭގޮތަކަށް ސައި ނުވަތަ ކޮފީ ނުވަތަ ފިނިބުއިމެއް، ބިސްކޯދު ފަދަ ލުއިކާނާއަކާއެކު ދެވިދާނެއެވެ.

(ނ) ބައްދަލުވުން ބާއްވާ އޮފީހުގެ މުވައްޒަފުންގެ އިތުރުން އެހެން އޮފީސްއޮފީހުގެ މުވައްޒަފުން ނުވަތަ އާންމު މީހުން ހިމެނޭގޮތަށް ބާއްވާ ބައްދަލުވުމުގެ ވަގުތު އެއްގަޑިއިރަށްވުރެ ދިގުނަމަ، އެ ބައްދަލުވުމަކަށް ހޭދަވާ ވަގުތާ ގުޅޭގޮތަކަށް ކޮފީއެއް ނުވަތަ ފިނިބުއިމެއް ދެވިދާނެއެވެ.

(ރ) ބައްދަލުވުން ބާއްވާ އޮފީހުގެ މުވައްޒަފުންގެ އިތުރުން އެހެން އޮފީސްއޮފީހުގެ މުވައްޒަފުން ނުވަތަ އާންމު މީހުން ހިމެނޭގޮތަށް ބާއްވާ ބައްދަލުވުމުގެ ވަގުތު އެއްގަޑިއިރަށްވުރެ ކުރުނަމަ، އެ ބައްދަލުވުމަކަށް ހޭދަވާ ވަގުތާ އެކަށީގެންވާ ގޮތަކަށް މީހަކަށް 20 ރުފިޔާއަށްވުރެ ބޮޑުނުވާގޮތަކަށް ސަޔެއް ދެވިދާނެއެވެ.

(ބ) މި ނަންބަރުގެ (ހ) އާއި (ށ) އާއި (ނ) އާއި (ރ) ގައި ބަޔާންކޮށްފައިާވ އުސޫލުން ސަޔެއް ދޭގޮތަށް ދައުލަތުގެ ތަންތަނުގައި ބާއްވާ އެކިއެކި ކޮމިޓީތަކާއި ބައްދަލުވުންތަކުގެ ހާޒިރީ ބަލަހައްޓަންވާނެއެވެ. އަދި އެދުވަހަކު ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ ނަމާއި މަގާމާއި، ބައްދަލުވުމުގައި މަށްވަރާކުރެވުނު ކަންތައް އެނގޭނޭގޮތަށް ޔައުމިއްޔާކުރެވިފައި އޮންނަންވާނެއެވެ.

(ޅ) ދައުލަތުގެ އޮފީސްތަކުން އެކިއެކި މުނާސަބަތުތައް ފާހަގަކުރުމަށް ބާއްވާ ޖަލްސާތަކާއި، ވަރކްށޮޕް، ސެމިނާރު، މުބާރާތްތައް ފަދަ ކަންތައްތަކުގެ ފެށުމާއި ނިމުން ފާހަގަކުރުމަށް ބާއްވާ ހަފުލާތަކުގައި ކެއުމާއި ސައި ހަމަޖައްސަންވާނީ ދައުލަތުގެ ޕްރޮކިއުމަންޓް އުސޫލާ އެއްގޮތަށެވެ.

(ކ) ދައުލަތުގެ އޮފީސްތަކުން ބާއްވާ ވަރކްށޮޕް، ސެމިނާރު ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން އޮފީހުގެ މުވައްޒަފުންނާއި، އެހެން އޮފީސްއޮފީހުގެ މުވައްޒަފުން ނުވަތަ އާންމު މީހުން ހިމެނޭގޮތަށް، 5 (ފަހެއް) ގަޑިއިރަށްވުރެ މަދުނޫން ވަގުތެއް ހޭދަވާގޮތަށް ހިންގާ ޕްރޮގްރާމުތަކަށް ކެއުމާއި ސައި ހަމަޖެއްސިދާނެއެވެ. މިފަދަ ޕްރޮގްރާމުތަކަށް ކެއުމާއި ސައި ހަމަޖައްސަންވާނީ ދައުލަތުގެ ޕްރޮކިއުމަންޓް އުސޫލާ އެއްގޮތަށެވެ. 

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8.19 އަންނަނިވިގޮތަށް އިސްލާހުކުރުން.

އިއްޒަތްތެރިންނަށް ރިސެޕްށަން ދިނުން 8.19.

ދައުލަތުގެ އޮފީހަކަށް ޒިޔާރަތްކުރާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިއްޒަތްތެރިންނަށް، އެ އޮފީހެއްގެ އެންމެ އިސްވެރިންގެ ފަރާތުން ރިސެޕްށަނެއް ދިނުން ފަދަ ކަމެއް ކުރަންވާނީ، އެކަމަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހުރެގެންނެވެ. އަދި އެކަން ކުރަންވާނީ، ދައުލަތުގެ ޕްރޮކިއުމަންޓް އުސޫލާ އެއްގޮތަށެވެ. 

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8.20 އަންނަނިވިގޮތަށް އިސްލާހުކުރުން.

ބައިނަލްއަގުވާމީ ޖަލްސާތަކާއި، ގައުމީ ފެންވަރުގެ ޖަލްސާތަކުގައި ކެއުމާއި ސައިދިނުމާއި، ރިސެޕްށަން ދިނުން 8.20

ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބާއްވާ ބައިނަލްއަގުވާމީ ޖަ ްލސާތަކާއި، ގައުމީ ފެންވަރުގެ ޖަލްސާތަކުގައި ކެއުމާއި ސައި ދިނުމާއި، ރިސެޕްށަނެއް ދިނުންފަދަ ކަންތައްތަކަށް ހަރަދުކުރަންވާނީ އެކަމަށް ބޭނުންވާ ފައިސާ އެ އޮފީހެއްގެ އެ އަހަރެއްގެ ބަޖެޓުގައި ހިމެނިފައި ހުރެގެންނެވެ. އަދި އެކަން ކުރަންވާނީ، ދައުލަތުގެ ޕްރޮކިއުމަންޓް އުސޫލާ އެއްގޮތަށެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.03 އަންނަނިވިގޮތަށް އިސްލާހުކުރުން.

ދައުލަތުގެ ފައިސާ ހަރަދުކުރުމުގައި މި ގަވާއިދަށް އަމަލުކުރުން ލާޒިމުނުވާ ހާލަތްތައް 10.03.

ދައުލަތުގެ އޮފީސްތަކުން، ދައުލަތުގެ އޮފީސްތަކަށާއި، މުއައްސަސާތަކަށް ތަކެތި ގަތުމާއި، ހިދުމަތް ހޯދުމާއި، މަސައްކަތްކުރުވުމުގައި، މި ގަވާއިދަށް އަމަލުކުރުން ލާޒިމުނުވާ ހާލަތްތައް ތިރީގައި މިވަނީއެވެ.

(ހ) ގައުމީ ސަލާ ަމތާ ގުޅުންހުރި ކަންކަމަށާއި، ދައުލަތުގެ މުހިންމު މަސްލަހަތެއް ހިފެހެއްޓުމަށާއި، ދައުލަތަށް ނުވަތަ ރައްޔިތުންނަށް ދުރުރާސްތާގައި ލިބިދާނެ ގެއްލުމެއް ކުޑަކުރުމަށްޓަކައި ނުވަތަ ދުރުރާސްގައި ލިބިދާނެ ފައިދާއެއް އިތުރުކުރުމަށްޓަކައި، އެ ފަހަރަކު ބޭނުންވާ މިންވަރަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އަންގާގޮތެއްގެ މަތިން، ދައުލަތުގެ ފައިސާ ހަރަދުކުރެވިދާނެއެވެ.

(ށ) ގައުމުގެ ދިފާއަށް ކޮންމެހެން ބޭނުންވެއްޖެ ހާލަތުގައްޔާއި، ގުދުރަތީ ކާރިސާތަކުގައި ކޮންމެހެން ކުރަންޖެހޭ ހަރަދުތައް އެފަހަރަކަށް ބޭނުންވާ މިންވަރަކަށް، ޗީފް އޮފް ޑިފެންސް ފޯސް އަންގާގޮތެއްގެ މަތިން، ދައުލަތުގެ ފައިސާ ހަރަދުކުރެވިދާނެއެވެ.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.09 އަށް (ޅ) އާއި (ކ) އިތުރުކުރުން.

ޕްރޮކިއުމަންޓް ކަމެއް ކުރުމަށްހުއްދަ ދެވޭ މިންގަނޑުތައް 10.09.

(ޅ) އާންމުކޮށް ބީލަމަށް ހުޅުވައިނުލާ ޕްރޮކިއުމަންޓްތަކުގައި މިނިސްޓަރު ހުއްދަ ދޭނީ މި ބާބުގެ ޖަދުވަލު 1 ގައި މިނިސްޓަރަށް ހުއްދަ ދިނުމަށް ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށެވެ.

(ކ) އާންމުކޮށް ބީލަމަށް ހުޅުވައިނުލާ ޕްރޮކިއުމަންޓްތަކުގައި ރައީސުލްޖުމްހޫރިއްާޔ ހުއްދަ ދޭނީ މި ބާބުގެ ޖަދުވަލު 1 ގައި ރައީސުލްޖުމްހޫރިއްޔާއަށް ހުއްދަ ދިނުމަށް ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށެވެ.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.10 ގެ (ހ) އަންނަނިވިގޮތަށް އިސްލާހުކުރުން. 
ނެށަނަލް ޓެންޑަރ ބޯޑު 10.10

(ހ) މި ގަވާއިދުގައިވާ ގޮތުގެމަތިން ދައުލަތުގެ އޮފީސްތަކުގެ ޕްރޮކިއުމަންޓުގެ މަސައްކަތް ކުރުމުގެ ހުއްދަދިނުމަށް ޕްރޮކިއުމަންޓް އޮފިސަރުންނާއި، ދައުލަތުގެ އޮފީސްތަކުގެ ބިޑްކޮމިޓީތަކަށް ކަނޑައަޅާފައިވާ މިންގަނޑަށްވުރެ ބޮޑު އާންމު ޕްރޮކިއުމަންޓުގެ މަސައްކަތްތަކަށް ހުއްދަދޭނީ ނެށަނަލް ޓެންޑަރ ބޯޑުންނެވެ.

 

16 ވަނަ މާއްދާ - .ބުނެވިދިޔަ ގަވާއިދުގެ 10.13 ގެ (ހ) އަންނަނިވިގޮތަށް އިސްލާހުކުރުން. 

ދައުލަތުގެ އޮފީސްތަކުގެ ބިޑްކޮމިޓީތައް އުފެއްދުމާއި، ކޮމިޓީތައް އެކުލެވިގެންވާ ގޮތް  10.13.

(ހ) ދައުލަތުގެ އޮފީސްތަކުގެ ޕްރޮކިއުމަންޓުގެ މަސައްކަތްތަކުގެ ތެރެއިން މި ގަވާއިދުގައިވާ ގޮތުގެމަތިން ދައުލަތުގެ އޮފީސްތަކުގެ ބިޑް ކޮމިޓީތަކުން ހުއްދަދޭންޖެހޭ ޕްރޮކިއުމަންޓުގެ މަސައްކަތްތަކަށް ހުއްދަދިނުމަށްޓަކައި ދައުލަތުގެ ކޮންމެ އޮފީހެއްގައިވެސް ބިޑް ކޮމިޓީއެއް އުފައްދަންވާނެއެވެ. މީގެ އިތުރަށް ނެށަނަލް ޓެންޑަރ ބޯޑުން ކަނޑައަޅާ އޮފީސްތަކަށް، އެ އޮފީސްތަކުން ހިންގާ މި ބާބުގެ ޖަދުވަލު 1ގެ 5ގައި ބަޔާންކޮށްފައިވާ އިންޓަރ-އެޖެންސީ ޓެންޑަރ ކޮމިޓީން ހުއްދަދެވޭ މިންގަނޑަށް ފެތޭ ޕްރޮކިއުމަންޓް މަސައްކަތްތަކަށް ހުއްދަދިނުމަށްޓަކައި އިންޓަރ-އެޖެންސީ ޓެންޑަރ ކޮމިޓީއެއް އުފެއްދިދާނެއެވެ.

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.23 ގެ (ހ) އަދި (ނ) ގެ 2 ވަނަ ނަންބަރު އަންނަނިވިގޮތަށް އިސްލާހުކުރުން. 

ވަކި ބަޔަކަށް ނުވަތަ ވަކި ފަރާތްތަކަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ދިނުން (ރެސްޓްރިކްޓެޑް ޓެންޑަރިންގ) 

(ހ) ރެސްޓްރިކްޓެޑް ޓެންޑަރިންގއަކީ އާންމުކޮށް އިއުލާނުކުރުމަކާ ނުލައި އެކަމަކަށް އެކަށީގެންވާ ފަރާތްތަކެއްގެ ތެރެއިން ށޯޓްލިސްޓްކުރެވޭ ވަކި ބަޔަކަށް ނުވަތަ ވަކި ފަރާތްތަކަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ސީދާގޮތެއްގައި ދީގެން އެ އޮފީހަކަށް ބޭނުންވާ ތަކެތި ގަތުމާއި، ކުރުވަން ބޭނުންވާ މަސައްކަތް ކުރުވުމާއި، ހޯދަން ބޭނުންވާ ހިދުމަތް ހޯދުމެވެ. 

(ނ) 2. މި ގަވާއިދުގެ 10.26 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުއްލި ހާލަތްތަކުގައްޔާއި، ދައުލަތުން ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ކަނޑައަޅާ މަށްރޫއުތައް އާންމުކޮށް ބީލަމަށް ހުޅުވާލައިގެން ތަންފީޒުކުރާނެ އެކަށީގެންވާ ވަގުތުނެތުން. 

 

18 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.24 ގެ (ނ) އަންނަނިވިގޮތަށް އިސްލާހުކޮށް، (ރ) އާއި (ބ) އިތުރުކުރުން. 

"ށޮޕިންގ" އުސޫލުން ތަކެތި ގަތުން ނުވަތަ ހިދުމަތް ހޯދުން 10.24.

(ނ) "ށޮޕިންގ" ގެ އުސޫލުން ކޯޓޭށަން ހޯދައިގެން ޕްރޮކިއުމަންޓުގެ ކަމެއް ކުރަންވާނީ މި ބާބުގެ ޖަދުވަލު 2 ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަދަދަށް ފެތޭ ޕްރޮކިއުމަންޓްތަކަށެވެ.

(ރ) ތަކެތި ނުވަތަ ހިދުމަތް ހޯދުމުގައި އާންމުކޮށް އިއުލާންކޮށްގެން ހޯދަން ނުޖެހޭ ފަދަ ހާލަތްތަކުގައި އެފަދަ ތަކެތި ނުވަތަ އެފަދަ ހިދުމަތް ދައުލަތުގެ ތަނަކުން ނުވަތަ ދައުލަތުން ކޮންޓްރޯލްކުރާ ތަނަކުން ހޯދިދާނެވެ. މިގޮތުން އެފަދަ ތަކެތި ނުވަތަ އެފަދަ ހިދުމަތް ހޯދާއިރު އެވަގުތަކު ބާޒާރުގައި އެފަދަ ތަކެތި ނުވަތަ އެފަދަ ހިދުމަތް ލިބެން ހުރި އަގަށްވުރެ ބޮޑުނޫންކަން ޔަގީންކުރަންވާނެއެވެ. 

(ބ) "ށޮޕިންގ" ގެ އުސޫލުން މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކޯޓޭށަން ހޯދާއިރު ފުރަތަމަ ފަހަރު، މަދުވެގެން 3 (ތިނެއް) ފަރާތަކުން ކޯޓޭށަން ހުށަނާޅާނަމަ، ދެވަނަފަހަރަށް ކޯޓޭށަން ހޯދާއިރު ހުށަހަޅާ ަފއިވަނީ އެއްފަރާތަކުން ކަމުގައިވީނަމަވެސް، އެފަރާތަކީ ށަރުތުތައް ފުރިހަމަވާ ފަރާތަކަށްވެފައި އަދި އެފަރާތުން ހުށަހަޅާފައިވާ އަ ަގކީ އެކަށީގެންވާ އަގެއްކަމުގައިވާނަމަ، އެފަރާތަކާ މަސައްކަތް ހަވާލުކުރެވިދާނެއެވެ.

 

19 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.25 ގެ (ރ) ގެ 2 ވަނަ ނަންބަރު އަންނަނިވިގޮތަށް އިސްލާހުކުރުން.

"ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ތަކެތި ގަތުން ނުވަތަ ހިދުމަތް ހޯދުން 10.25.

(ރ) 2. މި ގަވާއިދުގެ 10.26 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުއްލި ހާލަތްތަކުގައްޔާއި، ދައުލަތުން ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ކަނޑައަޅާ މަށްރޫއަކަށް ބޭނުންވާ ތަކެތި ގަތުމަށް ނުވަތަ ހިދުމަތް ހޯދުމަށް އާންމުކޮށް ބީލަމަށް ހުޅުވައިލައިގެން ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރާނޭ އެކަށީގެންވާ ވަގުތުނެތުން.

20 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.26 ގެ (ހ) 3 ވަނަ ނަންބަރު އަންނަނިވިގޮތަށް އިސްލާހުކުރުން.

ކުއްލި ހާލަތެއް ނުވަތަ ކުއްލި ހާލަތްތަކުގައި ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރިޔަށް ގެންދިޔުން 10.26.

(ހ) 3. 

ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ރައްޔިތުންނަށް ދެވޭ ހިދުމަތްތަކާ ގުޅުންހުރި ޕްރޮގުރާމްތަކުގެ ތެރެއިން ކުއްލިގޮތަކަށް ސަރުކާރުން ރާވައި ހިންގާ ޕްރޮގުރާމްތަކަށް ހަރަދުކުރުމަށް މި ގަވާއިދުގައި ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރުމަށް ކަނޑައަޅައިފައިވާ ގޮތަށް ކުރުމަށް ވަގުތު ނެތުމުގެ ސަބަބުން އެފަދަ ޕްރޮގުރާމުތައް ހިންގުމަށް ކުރަންޖެހޭ ހަރަދެއް ނުކުރެވިއްޖެނަމަ، ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތާ ގުޅުންހުރި ކަމެއް ނުކޮށް ލަސްކުރެވެން ނެތް ހާލަތްތަކުގައި. 

 

21 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.27 އަންނަނިވިގޮތަށް އިސްލާހުކުރުން.

އާންމުކޮށް ބީލަމަށް ހުޅުވައިނުލާ ބީލަން ކުރިޔަށް ގެންދިޔުން 10.27.

(ހ) ދައުލަތުގެ ފަރާތުން ބިޑްކުރުމަކާ ނުލައި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކާ ނުވަތަ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައިވާ ސަރުކާރުގެ ހިއްސާ ހިމެނޭ ކުންފުންޏަކާ ނުވަތަ ސަރުކާރުގެ މަސްލަހަތު އޮންނަ ކޯޕަރޭޓިވް ސޮސައިޓީއަކާ ނުވަތަ ގައުމީ ޖަމްއިއްޔާއެއް ނުވަތަ ޖަމާއަތެއްކަމަށް ސަރުކާރުން ގަބޫލުކުރާ ފަރާތަކާ ހަވާލުކޮށްގެން އެ މަސައްކަތެއް ކުރުވިދާނެއެވެ. މިގޮތުން، މަސައްކަތް ހަވާލުކުރާނޭ ފަރާތެއް ކަނޑައަޅަންވާނީ، މަސައްކަތުގެ ބާވަތާއި، މަސައްކަތުގެ އަގާއި، މަސައްކަތް ހަވާލުކުރާ ފަރާތް ހިމެނޭގޮތަށް އެ އޮފީހެއްގެ މާލީޒިންމާދާރުވެރިޔާ، މި މާއްދާގެ ދަށުން އެފަރާތަކަށް ބީލަން ހަވާލުކުރަން ނިންމި ސަބަބު ބަޔާންކޮށް، މިނިސްޓަރަށް އެ މައުލޫމާތު ހުށަހަޅައި، މިނިސްޓަރުގެ ހުއްދަ ލިޔުމަކުން ހޯދައިގެންނެވެ. ނުވަތަ މިނިސްޓަރުގެ ލަފާގެމަތިން ނޭށަނަލް ޓެންޑަރު ބޯޑުން ހުއްދަ ހޯދައިގެންނެވެ. 

(ށ) ބޭރުގެ ގައުމެއްގެ އެހީގައި ިހންގާ ނުވަތަ ކޮންސެށަނަލް ލޯލނެއްގެ ދަށުން ހިންގާ މަށްރޫއުތަކާއި، ސަރުކާރުން ހިންގަން ކަނޑައަޅާ މަށްރޫއެއް ހިންގުމުގައި ބިޑްކުރުމަކާ ނުލައި ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަށްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކާ ހަވާލުކޮށްގެން އެ މަށްރޫއެއް ހިންގިދާނެއެވެ. މިގޮތުން މަށްރޫއު ހަވާ ުލކުރެވޭއިރު އެ ފަރާތަކީ މާލީގޮތުންނާއި ފަންނީގޮތުން އެ މަށްރޫއެއް ހިންގުމަށް އެކަށީގެންވާ ފަރާތެއްކަން ކަށަވަރު ކުރަންވާނެއެވެ.

22 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.43 ގެ އަރިމަތީ ސުރުހީއާއި (ކ) އަންނަނިވިގޮތަށް އިސްލާހުކޮށް، (އ) އަށް 4، 5، 6 އިތުރުކުރުން. 

ބީލަމުގެ އެކި މަރުހަލާތަކާއި، ބީލަމާ ގުޅިގެން ހުށަހަޅަންޖެހޭ ސެކިއުރިޓީތައް 10.43.

(ކ) ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކުރިއަށްގެންދާ މަށްރޫއުތަކާއި، މި ގަވާއިދުގެ 10.26 ގައި ބަޔާންކުރާ ހާލަތެއް މެދުވެރިވެގެން ހުޅުވައިލާން ބޭނުންވާ ބީލަމުގެ މުއްދަތު ކަނޑައެޅުމުގައި މި މާއްދާގެ (ބ) ގައި ބަޔާންކުރެވިފައިވާގޮތަށް އަމަލުކުރުން ލާޒިމެއް ނޫނެވެ. މިގޮތަށް ހުޅުވައިލާން ބޭނުންވާ ބީލަމުގެ މުއްދަތު ކަނޑައަޅާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ލިޔެގެން، އެ މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ. 

(އ) 4 .ބީލަމުގެ އަގު، މި ބާބުގެ ޖަދުވަލު 1 ގެ 6 ވަނަ ނަންބަރުގައިވާ މިންގަނޑަށްވުރެ ބޮޑެތި މަސައްކަތާއި، ކޮންސަލްޓެންސީ ހޯދުން ފިޔަވައި، ހޯދާ އެހެނިހެން ހިދުމަތްތަކާއި، ތަކެތި ހޯދުމަށް ބިޑް ސެކިއުރިޓީއަކާއި ޕަރފޯޯމަންސް ގެރެންޓީއެއް ނަގަންޖެހޭނެވެ.

5. މި މާއްދާގެ (އ) ގެ 4 ގައި ވާ ބިޑް ސެކިއުރިޓީއާއި ޕަރފޯމަންސް ގެރެންޓީ ވާންޖެހޭނީ، ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ، ސަރުކާރުން ގަބޫލުކުރާ ބޭންކަކުން ނުވަތަ ފައިނޭންށަލް އިންސްޓިޓިއުޓަކުން އެކަމަކަށް ދޫކޮށްފައިވާ ސެކިއުރިޓީ ނުވަތަ ގެރެންޓީއަކަށެވެ.

6. މި މާއްދާގެ (އ) ގެ 4 ގައި ބަޔާންކޮށްފައިވާ ޕަރފޯޯމަންސް ގެރެންޓީއާއި، އެޑްވާންސް ޕޭމަންޓް ގެރެންޓީއާމެދު އަމަލުކުރާނީ މި މިނިސްޓްރީން އާންމުކުރާ އުސޫލާ އެއްގޮތްވާގޮތުގެ މަތިންނެވެ.

 

23 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.55 އަންނަނިވިގޮތަށް އިސްލާހުކުރުން.

އެއްބަސްވުމަށް ބަދަލުގެނައުން 10.55.

އެއްބަސްވުމަށް އެއްވެސް ބަދަލެއް ގެންނަން ޖެހިއްޖެނަމަ ނުވަތަ އެއްބަސްވުން އުވާލަންޖެހިއްޖެނަމަ، އެ އޮފީހަކާ މަސްއޫލުވާ އޮފީހުގެ އެންމެ އިސްފަރާތާއި، އެ މަސައްކަތެއް އެވޯޯޑްކުރި ފަރާތުގެ ހުއްދަ، ލިޔުމުން ހޯދަންޖެހޭނެވެ.

 

24 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.67 ގެ (ހ) އަދި (ނ) އަންނަނިވިގޮތަށް އިސްލާހުކޮށް މި މާއްދާއަށް (ރ) އިތުރުކުރުމަށް.

އެޑްވާންސަށް ފައިސާ ދިނުން 10.67.

(ހ) މަސައްކަތުގެ ނުވަތަ ކޮންސަލްޓެންސީ ފިޔަވައި އެހެނިހެން ހިދުމަތުގެ ބީލަމުގެ ޖުމުލަ އަގު، މި ބާބުގެ ޖަދުވަލު 1 ގެ 6 ވަނަ ނަންބަރުގައިވާ މިންގަނޑަށްވުރެ ބޮޑުނަމަ، ތިރީގައިމިވާ އުސޫލުން އެޑްވާންސްގެގޮތުގައި ފައިސާ ދެވިދާނެވެ. 

  1. މަސައްކަތް ނުވަތަ ހިދުމަތް ދިނުމަށް ހަވާލުވާ ފަރާތުން، އެކަން ކުރުމަށް ހަވާލުވާތާ 45 (ސާޅީސް ަފހެއް) ދުވަހުގެ ތެރޭގައި އެޑްވާންސްގެގޮތުގައި ފައިސާ ދިނުމަށް އެދިއްޖެނަމަ، ޖުމުލަ އަގުގެ %15 (ފަނަރަ އިންސައްތަ) އަށްވުރެ ބޮޑުނޫން އަދަދަކަށް ފައިސާ ދޫކުރުން.
  2. އެޑްވާންސްގެގޮތުގައި ދިން ފައިސާ، މަސައްކަތް ކުރަމުންދާއިރު ނުވަތަ ހިދުމަތް ހޯދަމުންދާއިރު ހުށަހަޅާ ބިލުތަކުން، ކޮންޓްރެކްޓުގެ ޖުމުލަ އަގުގެ ނިސްބަތުން ކެނޑުން

(ނ) މަސައްކަތް ކުރުވުމާއި، ހިދުމަތް ހޯދުމާއި، ތަކެތި ގަތުމުގެ ބީލަންތަކުގައި މި މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ މިންގަނޑަށްވުރެ އިތުރަށް އެޑްވާންސް ފައިސާ ދޫކުރެވޭނީ، މިނިސްޓަރަށް ލިޔުމަކުން ހުށަހަޅައި، މިނިސްޓަރުގެ ހުއްދަ ލި ުޔމަކުން ލިބިގެންނެވެ.

(ރ) މަސައްކަތްކޮށްދޭ ފަރާތަށް ނުވަތަ ހިދުމަތް ފޯރުކޮށްދޭ ފަރާތަށް ނުވަތަ ތަކެތި ފޯރުކޮށްދޭ ފަރާތަށް އެޑްވާންސް ފައިސާ ދޭނަމަ، އެފަރާތަކުން އެ އެޑްވާންސް ޕޭމަންޓާ އެއްވަރުގެ ޕޭމަންޓް ގެރެންޓީއެއް ހޯދަންޖެހޭނެވެ. މިގޮތަށް ހޯދާ އެޑްވާންސް ޕޭމަންޓް ގެރެންޓީ ވާންޖެހޭނީ، ދިވެހިރާއްޖޭގައި ގާއިމުވެފައިވާ، ސަރުކާރުން ގަބޫލުކުރާ ބޭންކަކުން ނުވަތަ ފައިނޭންށަލް އިންސްޓިޓިއުޓަކުން އެ ޕްރޮޖެކްޓަކަށް ދޫކޮށްފައިާވ ގެރެންޓީއަކަށެވެ.

 

25 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.68 ގެ (ހ) އަންނަނިވިގޮތަށް އިސްލާހުކުރުން.

ރިޓެންށަން ފައިސާ އަގުން އުނިކުރުމާއި، އެ ފައިސާ އަނބުރާ ދޫކުރުން 10.68.

(ހ) ކުރުވާ މަސައްކަތާއި، ހޯދާ ތަކެތީގެ ބީލަންތަކުގެ ޖުމުލަ އަގު މި ބާބުގެ ޖަދުވަލު 1 ގެ 6 ވަނަ ނަމްބަރުގައިވާ މިންގަނޑަށްވުރެ ބޮޑުނަމަ، ތިރީގައިވާ ގޮތުގެމަތިން ރިޓެންށަން ފައިސާ އުނިކުރުމާއި، އަނބުރާ ދޫކުރަންވާނެވެ.

  1.  ހުށަހަޅާ ކޮންމެ ބިލަކުން، ބިލުގެ ޖުމުލަ އަގުގެ %5 (ފަހެއް އިންސައްތަ) ކެނޑުން.
  2.  މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތަށް ރިޓެންށަން ފައިސާ ކެނޑުމަށްފަހު ކޮންޓްރެކްޓުގައިވާ ގޮތުގެމަތިން ތިރީގައިވާގޮތަށް ފައިސާ އަނބުރާ ދޫކުރުން.
    2.1 ބީލަމުގެ ޖުމުލަ އަގު 250،000 (ދެ ލައްކަ ފަންސާސް ހާސް) ރުފިޔާއިން ފެށިގެން 2،500،000 (ދެ މިލިޔަން ފަސް ލައްކަ) ރުފިޔާއާ ހަމައަށް، ބީލަމުގެ މަސައްކަތް ނިމޭތާ 6 (ހައެއް) މަސްދުވަސްވުމުން އަނބުރާ ދިނުން.
    2.2 ބީލަމުގެ ޖުމުލަ އަގު 2،500،000 (ދެ މިލިޔަން ފަސް ލައްކަ) ރުފިޔާއަށްވުރެ ބޮޑުނަމަ، ބީލަމުގެ މަސައްކަތް ނިމޭތާ 12 (ބާރަ) މަސްދުވަސްވު ުމން އަނބުރައި ދިނުން.

 

26 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 1 އަންނަނިވިގޮތަށް އިސްލާހުކުރުން.

ޖަދުވަލު 1 

ހުއްދަދެވޭ ދަރަޖަތަކާއި، އެ ދަރަޖަތަކަށް ހުއްދަދެވޭ ފަރާތްތަކާއި، އެޑްވާންސް ފައިސާއާއި، ރިޓެންށަން ފައިސާއާއި، ލިކުއިޑޭޓެޑް ޑެމޭޖަސް ކަނޑައެޅޭނެ މިންވަރު 

 

ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރުމުގައި، ހުއްދަދިނުމަށް ދަރަޖަ ކުރެވިފައިވާ ގޮތާއި، ހުއްދަދެވޭނެ އަދަދާއި، ހުއްދަދެވޭނެ ފަރާތް ތިރީގައި މިވަނީއެވެ.

  1. ޕްރޮކިއުމަންޓެއްގެ އަގު (ތަކެތީގެ އަގާއެކު) 2،000 (ދެ ހާސް) ދިވެހި ރުފިޔާ ަހމަނުވާނަމަ، ހުއްދަދޭނީ ޕްރޮކިއުމަންޓުގެ ކަންތައް ހިންގުމާ ހަވާލުވެހުރި ޕްރޮކިއުމަންޓް އޮފިސަރެކެވެ.
  2. ޕްރޮކިއުމަންޓެއްގެ އަގު (ތަކެތީގެ އަގާއެކު) 35،000 (ތިރީސް ފަސް ހާސް) ދިވެހި ރުފިޔާއަށްވުރެ ކުޑަނަމަ، ހުއްދަދޭނީ މާލީ ޒިންމާދާރުވެރިޔާ ނުވަތަ އޭނާ ހުއްދަދީފައިވާ ފަރާތެކެވެ.
  3. ޕްރޮކިއުމަންޓެއްގެ އަގު 35،000 (ތިރީސް ފަސް ހާސް) ިދވެހި ރުފިޔާއާއި، 2،500،000 (ދެ ިމލިއަން ފަސްލައްކަ) ދިވެހި ރުފިޔާއާ ދެމެދުނަމަ، ހުއްދަދޭނީ ބިޑްކޮމިޓީން ނިންމާ ގޮތެއްގެމަތިން، އެ އޮފީހެއްގެ އެންމެ  އިސްވެރިޔާ ނުވަތަ އޭނާ ހުއްދަދީފައިވާ ފަރާތެކެވެ. 
  4. ޕްރޮކިއުމަންޓެއްގެ އަގު 2،500،000 (ދެ މިލިއަން ފަސް ލައްކަ) ދިވެހި ރުފިޔާއަށްވުރެ ބޮޑުނަމަ، އެކަމެއް ކުރުމަށް ހުއްދަދޭނީ، ނެށަނަލް ޓެންޑަރ ބޯޑަށް ހުށަހަޅައި، އެ ބޯޑުގެ ނިންމާ ގޮތެއްގެ މަތިންނެވެ. ޕްރޮކިއުމަންޓް ކަންކަމުގައި މިނިސްޓަރު ހުއްދަ ދޭނީ މިބާބުގެ 10.27 (ހ) ގައިވާ ގޮތުގެ މަތިންނެވެ. އަދި ޕްރޮކިއުމަންޓް ކަންކަމުގައި ރައީސުލްޖުމްހޫރިއްާޔ ހުއްދަ ދޭނީ މިބާބުގެ  10.27 (ށ) ގައިވާ ގޮތުގެ މަތިންނެވެ.
  5. ޕްރޮކިޔުމަންޓުގެ ޖުމުލަ އަގު (ތަކެތީގެ އަގާއެކު) 2،500،000 (ދެ މިލިއަން ފަސް ލައްކަ) ދިވެހި ރުފިޔާއާއި، 5،000،000  (ފަސް މިލިޔަން) ދިވެހި ރުފިޔާއާ ދެމެދުނަމަ، ނޭށަނަލް ޓެންޑަރ ބޯޑުން އިންޓަރ-އެޖެންސީ ކޮމިޓީއަށް ހުއްދަދެވިދާނެއެވެ.
  6. ޕްރޮކިއުމަންޓެއްގެ ޖުމުލަ އަގު 250،000 (ދެ ލައްކަ ފަންސާސްހާސް) ދިވެހި ރުފިޔާއަށްވުރެ ބޮޑުނަމަ،މި ބާބުގެ 10.43 (އ) ގެ 4 އާއި 10.67 ގެ (ހ) ގައިވާ ގޮތަށް އަމަލުކުރަންވާނެއެވެ. 
  7. ޕްރޮކިއުމަންޓެއްގެ ޖުމުލަ އަގު 250،000 (ދެ ލައްކަ ފަންސާސް ހާސް) ރުފިޔާއާއި 2،500،000 (ދެ މިލިއަން ފަސް ލައްކަ) ދިވެހި ރުފިޔާއާ ދެމެދުނަމަ، ރިޓެންށަން ފައިސާ، އަގުން ކެނޑުމާއި، އެ ފައިސާ އަނބުރާ ދޫކުރުމުގައްޔާއި، ނިމޭ މަސައްކަތަށް އަގު ދިނުމުގައި، މި ބާބުގެ 68.10 ގެ (ހ) ގެ 1.2 ވަނަ ނަންބަރާއި، 10.69 ގެ (ހ) ގައިވާ ގޮތަށް އަމަލުކުރަންވާނެއެވެ.
  8. ޕްރޮކިއުމަންޓެއްގެ ޖުމުލަ އަގު 2،500،000 (ދެ މިލިއަން ފަސް ލައްކަ) ދިވެހި ރުފިޔާއަށްވުރެ ދަށްނަމަ، މި ބާބުގެ 10.71 ގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތަށް އަމަލުކުރަންވާނެއެވެ.
  9. ޕްރޮކިއުމަންޓެއްގެ ޖުމުލަ އަގު 2،500،000 (ދެ މިލިއަން ފަސް ލައްކަ) ދިވެހި ރުފިޔާއަށްވުރެ ބޮޑުނަމަ، ިމބާބުގެ 10.68 ގެ (ހ) ގެ 2.2 ވަނަ ނަންބަރާއި، 10.69 ގެ (ށ) އާއި، 10.71 ގެ (ހ) ގެ 2 ވަނަ ނަންބަރުގައިވާ ގޮތަށް އަމަލުކުރަންވާނެއެވެ. 

 

27 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 އަންނަނިވިގޮތަށް އިސްލާހުކުރުން.

ޖަދުވަލު 2

ޕްރޮކިއުމަންޓުގެ ވައްތަރުތަކާއި، މިންގަނޑުތައް 

  • ޕްރޮކިއުމަންޓުގެ ވައްތަރުތަކާއި، މިންގަނޑުތައް ތިރީގައި މިވަނީއެވެ.
  1. މި ގަވާއިދުގެ 10.24 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރެވިފައިވާ ގޮތަށް، އެކި ފަރާތްތަކުން ކޯޓޭށަން ހޯދައިގެން ތަކެތި ގަނެވޭނީ ނުވަތަ މަސައްކަތެއް ކުރެވޭނީ ނުވަތަ ހިދުމަތެއް ހޯދޭނީ،އެ ޕްރޮކިއުމަންޓުގެ އަގު 2000 (ދެ ހާސް) ދިވެހި ރުފިޔާއާއި، 35،000 (ތިރީސްފަސްހާސް) ދިވެހި ރުފިޔާއާ ދެމެދުގައިވާނަމައެވެ. 2000 (ދެ ހާސް) ދިވެހި ރުފިޔާއަށްވުރެ ކުޑަ ޕްރޮކިއުމަންޓްތަކުގައި، އެ ވަގުތެއްގައި އެފަދަ ތަކެތި ނުވަތަ ހިދުމަތް ބާޒާރުގައި ލިބެން ހުންނަ އަގުތަކަށް ބަލާއިރު، އެކަށީގެންވާ ހޮޔޮ އަގަކަށް ލިބޭނަމަ ހޯދިދާނެއެވެ.
  2. މި ގަވާއިދުގެ 10.31 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާގޮތަށް، އާންމުކޮށް ށާއިއުކުރާނީ، 35،000 (ތިރީސް ފަސް ހާސް) ދިވެހި ރުފިޔާއަށްވުރެ މަތީ އަގުގެ ކޮންޓްރެކްޓްތަކެވެ.
  3. މި ގަވާއިދުގެ 10.22 ވަނަ ނަންބަރުގެ (ނ) އާއި، 10.23 ވަނަ މާއްދާގެ (ރ) އާއި، 10.31 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެވިފައިވާގޮތަށް، ޓެންޑަރުގައި ހަމައެކަނި ދިވެހިރާއްޖޭގެ ފަރާތްތަކަށް ބައިވެރިވެވޭގޮތަށް ފުރުސަތު ހަނިކުރެވޭނީ، އެ ޕްރޮކިއުމަންޓަކަށް ލަފާކުރެވިފައިވާ އަގު 2،500،000 (ދެ މިލިޔަން ފަސް ލައްކަ) ދިވެހި ރުފިޔާއަށްވުރެ ބޮޑުނޫންނަމައެވެ.
  4. މި ގަވާއިދުގެ 10.38 ވަނަ މާއްދާގެ (ބ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކުރެވިފައިވާގޮތަށް، އެ ޕްރޮކިއުމަންޓަކަށް ލަފާކުރެވިފައިވާ އަގު 15،000،000 (ފަނަރަ މިލިއަން) ދިވެހި ރުފިޔާއަށްވުރެ ބޮޑުނަމަ، ޓެންޑަރަށް ހުޅުވައިލުމުގެ ދަޢުވަތު ބައިނަލްއަޤުވާމީ ފެންވަރުގެ މީޑިޔާއެއްގައި ނުވަތަ ވެބްސައިޓެއްގައި ށާއިއުކުރެވިދާނެއެވެ.

 

28 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12.05 ގެ (ށ) އަންނަނިވިގޮތަށް އިސްލާހުކުރުން.

މުވައްޒަފަކާ ގުޅުންހުރި ވިޔާފާރިއަކާ، ވިޔަފާރި މުއާމަލާތެއް ހިންގުން 12.05

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުވައްޒަފަކާ ގުޅުންހުރި ތަނެއްކަމަށް ބެލެވޭނީ، މި ގަވާއިދުގެ 1.02 ގެ (ހ) ގައި، "ކްލޯޒް ރިލޭޓިވް" ނުވަތަ "ކޮލޯޒް އެސޯސިއޭޓް" ކަމަށް ބުނެފައިވާ ފަރާތަކަށް ނުވަތަ އެފަދަ ފަރާތެއްގެ ތަނަކަށެވެ. 

 

29 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11.07 ގެ (ހ) އަންނަނިވިގޮތަށް އިސްލާހުކުރުން.

ދައުލަތުގެ މުދާ ދިނުމާއި، ވިއްކުމާއި، ކުއްޔަށް ދިނުމާއި، ދޫކޮށްލުމާއި، ރަހުނުކުރުން 11.07.

(ހ) ދައުލަތުގެ މުދަލެއް ދޭންވާނީ، ނުވަތަ ވިއްކައިލަންވާނީ، ނުވަތަ ކުއްޔަށް ދޭންވާނީ، ނުވަތަ ދޫކޮށްލަންވާނީ، ނުވަތަ ރަހުނުކުރަންވާނީ، ނުވަތަ ނައްތާލަންވާނީ، މި ގަވައިދާއި މި ގަވައިދުގެ ދަށުން ހަދާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، މިކަންކަން ކުރުމަށް މިނިސްޓަރު ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގޮތެއްގެމަތިންނެވެ. މިކަންކަން ކުރަންވާނީ، ކޮންމެ އޮފީހެއްގައި ހުންނަ މި ގަވައިދުގެ ދަށުން ކަނޑައަޅާ މާލީޒިންމާދާރު ވެރިޔާއެވެ.

 

30 ވަނަ މާއްދާ - 30 .މި ގަވާއިދުން ބުނެވިދިޔަ ގަވާއިދަށް އިތުރުކުރާ ނުވަތަ އުނިކުރާ މާއްދާތަކާއި ގުޅިގެން، އެ ގަވާއިދުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

31 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި އިސްލާހުތައް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.


މައި ގަވާއިދު

މާލިއްޔަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 20/2017)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

މާލިއްޔަތުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2017/20)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު