މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އަދަބު ލުއިކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2016-37) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2018-85)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 15 އޮގަސްޓް 2018 ގައި)
މިއީ ގަވާއިދު ނަންބަރު 2016-37 (މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އަދަބު ލުއިކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދެވެ.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) އަންނަނި ިވ ގޮތަށް އިސްލާހުކުރުން.
"(ހ) އެމީހަކީ، އެމީހަކާ ދެކޮޅަށް ށަރުއީ ކޯޓެއްގައި ޖިނާއީ ކުށެއްގެ ދައުވާ އުފުލިފައިވާ މީހަކު ކަމުގައިވާނަމަ، އެ ދައުވާއަކީ މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއްގެ ދައުވާއަކަށް ނުވެފައި، އެ ދައުވާ އުފުލުނު ތާރީހުން ފެށިގެން، ހުކުމްނުކުރެވި މީލާދީގޮތުން 1 (އެކެއް) އަހަރު ފާއިތުވެފައިވުން؛ އަދި"
2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގަވާއިދު
ކިޔުންތެރިންގެ ހިޔާލު