މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އަދަބު ލުއިކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2018-102)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 6 ސެޕްޓެމްބަރު 2018 ގައި)
މިއީ ގަވާއިދު ނަންބަރު 2016-37 (މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އަދަބު ލުއިކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދެވެ.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވިގޮތަށް (ބ) އިތުރުކުރުން.
"(ބ) ގައިރު ހާޒިރުގައި ނުވަތަ އެ މީހާއަށް އެނގުމަކާނުލައި އެ މީހެއްގެ މައްޗަށް ހުކުމްކޮށް އަދި އެ ހުކުމްކުރިތާ 5 (ފަހެއް) އަހަރު ފާއިތުވެފައި އަދި އެ މުއްދަތުގެ ތެރޭގައި އެ މީހެއްގެ މައްޗަށް އިތުރު ހުކުމެއް ކޮށްފައިނުވާ މީހަކު ކަމުގައިވާނަމަ، ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެ ހާލަތެއްގައި އެ މީހެއްގެ އަދަބު ލުއިކޮށްދެވިދާނެއެވެ."
2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގަވާއިދު
ކިޔުންތެރިންގެ ހިޔާލު