އިލެކްށަންސް ކޮމިށަނުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2019-02)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 6 ޖަނަވަރީ 2019 ގައި)
1 ވަނަ މާއްދާ - ތައާރުފު
(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2008-08 (އިލެކްށަންސް ކޮމިށަނުގެ ގާނޫނު) ގެ 32 ވަނަ މާއްދާގެ ދަށުން ކޮމިށަން ހިންގުމަށްޓަކައި، ހަދައިފައިވާ އިލެކްށަންސް ކޮމިށަނުގެ ގަވާއިދެވެ.
(ށ) މި ގަވާއިދަށް ކިޔާނީ "އިލެކްށަންސް ކޮމިށަނުގެ ގަވާއިދު" އެވެ.
(ނ) މި ގަވާއިދަށް އުނި އިތުރު ގެނައުމުގެ ހައްގު ކޮމިށަނަށް ލިބިގެންވެއެވެ. އަދި މި ގަވާއިދަށް ބަދަލުގެނެވޭނީ ކޮމިށަނުގެ މެންބަރުންގެ ޖަލްސާއަކުން އެ ބަދަލެއްފާސްކޮށްގެންނެވެ. އަދި މި ގަވާއިދަށް ގެންނަ ބަދަލުތަކަށް އަމަލުކުރެވޭނީ ދިވެހިސަރުކާރުގެ ގެޒެޓުގައި އެ ބަދަލެއް ށާއިއުކުރެވޭ ތާރީހުން ފެށިގެންނެވެ.
1 ވަނަ ބާބު
ކޮމިށަނުގެ އިދާރީ ހިންގުން
2 ވަނަ މާއްދާ - ކޮމިށަން ހިންގުމާއި، ކޮމިށަނުގެ ސެކްރެޓޭރިއެޓް
(ހ) ކޮމިށަނުގެ ސެކްރެޓޭރިއެޓަކީ، ކޮމިށަނުގެ ސެކްރެޓަރީ ޖެނެރަލާއި، ކޮމިށަނުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނެވެ.
(ށ) އިލެކްށަންސް ކޮމިށަނުގެ ގާނޫނާއި މި ގަވާއިދުގައިވާ ގޮތުގެމަތީން، ކޮމިށަނުގެ ސެކްރެޓޭރިއެޓް ހިންގާނީ ސެކްރެޓަރީ ޖެނެރަލެވެ. އަދި ކޮމިށަނުން ކަނޑައަޅާ ސިޔާސަތާއި އު ސޫލުތަކާއި، ކޮމިށަނުން ދޭ އިރުށާދާ އެއްގޮތްވާ ގޮތުގެމަތީން،ކޮމިށަނުގެ ސެކްރެޓޭރިއެޓުގެ އެންމެހައި ކަންތައްތައް ބަލަހައްޓާނީ ސެކްރެޓަރީ ޖެނެރަލެވެ. ސެކްރެޓަރީ ޖެނެރަލް ޖަވާބުދާރީވާންޖެހޭނީ ކޮމިށަނަށެވެ. ސެކްރެޓަރީ ޖެނެރަލް، އޭނާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރޭތޯ ކޮމިށަނުން ބަލަންވާނެއެވެ. އަދި ސެކްރެޓަރީ ޖެނެރަލް ކަންކަން ކުރޭތޯ ރައީސް ނުވަތަ އެވަގުތު ކޮމިށަން ހިންގުމާ ހަވާލުވެހުރި މެންބަރަކު ބަލަންވާނެއެވެ.
(ނ) ކޮމިށަނުގެ ސެކްރެޓޭރިއެޓުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ އެންމެހައިމަސައްކަތްތައްކޮށް، އެ ކަންކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އަޅަމުން ގެންދަން ވާނެއެވެ.
(ރ) ކޮމިށަނުގެ ފަރާތުން މެންބަރުންނަށް އަންގާ އެންގުންތައް ކޮމިށަނުން ކަނޑައަޅާގޮތެއްގެމަތީން އަންގާނީ ކޮމިށަނުގެ ރައީސެވެ. ނުވަތަ ރައީސް ކަނޑައަޅާ ފަރާތެކެވެ.
3 ވަނަ މާއްދާ - ކޮމިށަނުގެ ސެކްރެޓޭރިއެޓާއި މަސައްކަތު ގަޑި
(ހ) ކޮމިށަނުގެ ސެކްރެޓޭރިއެޓުގައި ރަސްމީކޮށް މަސައްކަތްކުރާނީ އާންމުގޮތެއްގައި، އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް، ހަފުތާއަކު 5 (ފަހެއް) ދުވަހުއެވެ. ބަންދު ދުވަހެއް ކަމުގައި ސަރުކާރުން ކަނޑައަޅާ ދުވަހަކީ ކޮމިށަނުގެރަސްމީ ބަންދު ދުވަހެކެވެ. އެހެންނަމަވެސް، ކޮމިށަނުގެ މުހިންމު މަސައްކަތްތަކާ ގުޅިގެން ކޮމިށަނުން އަންގާ ގޮތެއްގެމަތިން ބަންދު ދުވަސްތަކުގައިވެސް މުވައްޒަފުން ކޮމިށަނުގެ މަސައްކަތަށް ނެރެވިދާނެއެވެ.
(ށ) ކޮންމެ މުވައްޒަފަކުވެސް، އެ މުވައްޒަފަކު މަސައްކަތް ކުރަންޖެހޭ ހުރިހާ ދުވަހަކު ގަޑިއަށް މަސައްކަތަށް ހާޒިރުވާން ވާނެއެވެ. ރަސްމީ މަސައްކަތު ދުވަހެއްގައި އުޒުރެއް މެދުވެރިވެގެން ސަލާން ބުނުމަކާނުލައި، ނުވަތަ ޗުއްޓީ ނެގުމަކާނުލައި،އެއްވެސް މުވައްޒަފަކު އޮފީހަށް ހާޒިރުނުވެ ހުރެއްޖެނަމަ ބަލާނީ ހާޒިރުނުވާ ދުވަހެއްގެ ގޮތުގައެވެ.
(ނ) މި މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގެމަތީން ހާޒިރުވާންޖެހޭ ގަޑި ޖެހުމަށްފަހު ހާޒިރުވާ މުވައްޒަފުން ގަޑިޖެހޭނެއެވެ. އަދި ހާޒިރުވާންޖެހޭ ގަޑިއަށް ހާޒިރުނުވެއްޖެނަމަ، ހާޒިރުނުވާ ވަގުތަށް ގަޑީލާރ،ި އެ މުވައްޒަފުގެ މުސާރައިންކެނޑޭނެއެވެ.
(ރ) ދަންވަރު 12:00 ގެ ފަހުން މުވައްޒަފު މަސައްކަތް ކުރާނަމަ، ދަންވަރު 12:00 ގެ ފަހުން ހިނގާ ވަގުތަށް ބަލައި، ޖެހިގެން އަންނަ ދުވަހު ހެނދުނު އޮފީހަށް ނުކުތުމުގައި އެ މުވައްޒަފަކަށް އެ މިންވަރަށް ވަގުތު ފަސްކޮށްދޭނީ،މި ގަވާއިދުގެ ޖަދުވަލު 6 ގައިވާ ގޮތުގެމަތީންނެވެ.
(ބ) ކޮމިށަނުން އަންގައިގެން އޮފީހުގެ މަސައްކަތެއްގައި އޮފީހުން ބޭރުގައި އުޅުމުގެ ސަބަބުން އޮފީހަށް ހާޒިރުވާންޖެހޭ ގަޑިއަށް ހާޒިރު ނުވެވޭނަމަ، ހާޒިރީ ބަލަހައްޓާ މުވައްޒަފަކަށް އެކަން އަންގަންވާނެއެވެ.
(ޅ) އޮފީސް ހުޅުވާ މުވައްޒަފަކު ހާޒިރު ނުވެގެން، ނުވަތަ އެހެންވެސް ސަބަބަކާހުރެ ގަޑިޖެހުނުއިރު އޮފީސް ނުހުޅުވިއްޖެނަމަ، ކޮމިށަނުގެ މުވައްޒަފުންގެ ތެރެއިން އެ ވަގުތު ހާޒިރުވެ ހުރި އިސް މުވައްޒަފަކު، އެހެން މުވައްޒަފުން ހާޒިރުވި ގަޑި ބަލާނީއެވެ. އަދި އޮފީސް ހުޅުވުމުން ހާޒިރީ ރެކޯޑު ކުރާނީއެވެ.
(ކ) މުވައްޒަފަކު އާންމުގޮތެއްގައި ގަޑިޖެހިގެން އޮފީހަށް ހާޒިރުވާނަމަ، ކޮމިށަނުންކަނޑައަޅާ އުސޫލާ އެއްގޮތްވާ ގޮތުގެމަތީން އެ މުވައްޒަފަކާމެދު އިސްލާހީ ފިޔަވަޅު އަޅަންވާނެއެވެ.
4 ވަނަ މާއްދާ - އޮފީސް ހުޅުވައިލެއްޕުން
(ހ) އޮފީސް ހުޅުވައިލައްޕާނީ، މި ގަވައިދުގެ ޖަދުވަލު 9 ގައިވާ ގޮތުގެ މަތީން އެކަމަށް ހުއްދަދީފައިވާ މުވައްޒަފުންނެވެ.
(ށ) ރަސްމީ ދުވަސްދުވަހު ރަސްމީ މަސައްކަތު ގަޑިޖެހުމުގެ 15 (ފަނަރަ) މިނެޓުގެ ކުރިން އޮފީސް ހުޅުވަން ވާނެއެވެ.
5 ވަނަ މާއްދާ - ސެކްރެޓަރީ ޖަނެރަލް އައްޔަންކުރުން
އިލެކްށަންސް ކޮމިށަނުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދައިން، ކޮމިށަން އިދާރީގޮތުން ހިންގުމަށްޓަކައި ކޮމިށަނަށް ސެކްރެޓަރީ ޖެނެރަލަކު ކޮމިށަނުން އައްޔަންކުރަން ވާނެއެވެ. އަދި މި މަގާމަށް އައްޔަންކުރާނީ އާންމު އިއުލާނެއްކޮށްގެން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން، އިއުލާނުގައިވާ ށަރުޒު ފުރިހަމަވާ ފަރާތެކެވެ.
6 ވަނަ މާއްދާ - ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ މުއްދަތު
ސެކްރެޓަރީ ޖެނެރަލްގެ ދައުރަކީ، 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތެކެވެ.
7 ވަނަ މާއްދާ - ސެކްރެޓަރީ ޖެނެރަލްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް
(ހ)
- އިލެކްށަންސް ކޮމިށަން އިދާރީގޮތުން ހިންގައި ބެލެހެއްޓުން؛
- އިލެކްށަންސް ކޮމިށަނުން ޖަވާބުދާރީވާންޖެހޭ ކަންކަމުގައި އެހީތެރިވުން؛
- އިލެކްށަންސް ކޮމިށަނުގެ ބައްދަލުވުންތަކުގެ ސެކްރެޓޭރިއޭޓް ބެލެހެއްޓުން؛
- އިލެކްށަންސް ކޮމިށަނަށް ގާނޫނީގޮތުން ލާޒިމްކުރާ އިންތިހާބުތައް މިނިވަންކަމާއި އިންސާފުވެރިކަމާއެކު ބޭއްވުމަށް ބޭނުންވާ އެންމެހައި އިދާރީ މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުން؛
- ސިވިކް އެޑިޔުކޭށަން ޕްރޮގްރާމް ރާވައި، ހިންގައި ބެލެހެއްޓުން؛
- ސިޔާސީ ޕާޓީތައް ރަޖިސްޓަރީކުރުމާއި، ޕާޓީތަކާ ބެހޭގޮތުން ކޮމިށަނުން ކުރަންޖެހޭ ކަންތައްތައް ރާވައި، ހިންގައި ބެލެހެއްޓުން؛
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުންވެސް ވަޒީފާގެ ބަޔާނުގައި ސެކްރެޓަރީ ޖެނެރަލްގެ މަސައްކަތްތައްކަމަށް ބަޔާންކޮށްފައިވާ އެންމެހައި ކަންތައްތައް ހިމެނެނީ ސެކްރެޓަރީ ޖެނެރަލްގެ ވާޖިބުތަކާއިމަސްއޫލިއްޔަތުތަކުގެ ތެރޭގައެވެ.
8 ވަނަ މާއްދާ - ސެކްރެޓަރީ ޖެނެރަލްގެ މުސާރައާއި އިނާޔަތްތައް
ސެކްރެޓަރީ ޖެނެރަލްގެ މުސާރައާއި، އިނާޔަތްތައް ކަނޑައަޅާނީ ކޮމިށަނުންނެވެ.
9 ވަނަ މާއްދާ - ސެކްރެޓަރީ ޖެނެރަލްގެ ހިދުމަތުގެ ފެންވަރު ބެލުމާއި، މަގާމުން ވަކިކުރުން
(ހ) ސެކްރެޓަރީ ޖެނެރަލްގެ ހިދުމަތުގެ ފެންވަރު ވަޒަންކުރާނީ، ކޮމިށަނުގެ މެންބަރުންނެވެ. މިގޮތުން މަދުވެގެން އަހަރަކު އެއްފަހަރު ސެކްރެޓަރީ ޖެނެރަލްގެ މަސައްކަތުގެ ފެންވަރު ވަޒަން ކުރަންވާނެއެވެ. ސެކްރެޓަރީ ޖެނެރަލްގެ ހިދުމަތުގެފެންވަރު ވަޒަންކުރުމުން 75 (ހަތްދިހަ ފަހެއް) ޕޮއިންޓަށް ވުރެ މަދުން ލިބުނުނަމަ، އެކަން އިސްލާހުކުރުމަށް 3 (ތިނެއް) މަސްދުވަހުގެ ފުރުސަތެއް ސެކްރެޓަރީ ޖެނެރަލަށް ދޭންވާނެ އެވެ. އަދި މި 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އިސްލާހު ނުކޮށްފިނަމަ، ސެކްރެޓަރީ ޖެނެރަލް މަގާމުން ވަކިކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ށ) އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، ސެކްރެޓަރީ ޖެނެރަލް މަގާމުން ވަކިކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
- ސެކްރެޓަރީ ޖެނެރަލްގެ ވާޖިބުތަކުގެ ތެރޭގައި ހިމެނޭކަމެއް އިސްލާމްދީނާއި ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ކުރިކަން ކޮމިށަނަށް ސާބިތުވެ، އެކަމެއް ނުކުރުމަށް ކޮމިށަނުން ނަސޭހަތްތެރިވުމުންވެސް އެކަން ތަކުރާރުކުރުން.
- ޗުއްޓީގައި ނޫންގޮތަކަށް، ވީގޮތެއް ނާންގައި އޮފީހަށް ނުނުކުމެ ހުންނަތާ 7 (ހަތެއް) ދުވަސް ވުން.
- ސެކްރެޓަރީ ޖެނެރަލ،ް އޭނާގެ މަސައްކަތުގެ އަހްލާގު އެކަށީގެން ނުވުމާއެކު، ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރުކުރެވޭނެކަމެއް ކަމަށް ކޮމިށަނަށް ނުފެންނަ ހާލަތުގައި 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 23 ވަނަ މާއްދާގައިވާ ގޮތުގެމަތިން ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރެވިދާނެއެވެ.
10 ވަނަ މާއްދާ - އޮފީސް ހިންގުމުގެ އޮނިގަނޑު
(ހ) ކޮމިށަނުގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި، ކޮމިށަނުން ފާސްކޮށްފައިވާ އިދާރީ އޮނިގަނޑެއް ކޮމިށަނުގައި އޮންނަން ވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން އެކުލަވައިލާ އިދާރީ އޮނިގަނޑުގައި ހިމެނޭ ބައިތަކުގެ މަގުސަދާއި، ކުރަންޖެހޭ މައިގަނޑު ހުރިހާ މަސައްކަތެއް ލިޔެފައި އޮންނަން ވާނެއެވެ. އަ ދި މަސައްކަތްތައް ކުރަންވާ ގޮތުގެ އުސޫލުތައް (ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރސް) ވެސް ލިޔެ، ކޮމިށަނުން ފާސްކޮށްފައި އޮންނަން ވާނެއެވެ.
11 ވަނަ މާއްދާ - އޮނިގަނޑު މުރާޖައާ ކުރުން
ކޮމިށަނުގެ ސެކްރެޓޭރިއެޓުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ކޮމިށަނުގެ އިދާރީ އޮނިގަނޑަށް ބަދަލެއް ގެނައުމަށް ބޭނުންވެއްޖެނަމަ، އިދާރީ އޮނިގަނޑު މުރާޖައާކޮށް ގެންނަންޖެހޭ ބަދަލު ކޮމިށަނުން ގެންނަންވާނެއެވެ. މިގޮތުން ކޮމިށަނުގެ އިދާރީ އޮނިގަނޑަށް ގެނެވޭ ބަދަލަކާ ގުޅިގެން ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާ އެއްގޮތްވާގޮތުގެ މަތިން މަގާމު އުފެއްދުމާއި މަގާމު އުވައިލުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
12 ވަނަ މާއްދާ - މީޑިއާ އަށް މައުލޫމާތު ދިނުން
(ހ) ކޮމިށަނުގެ ސިޔާސަތުތަކާއި ނިންމުންތަކާ ގުޅޭގޮތުން ހާމަކުރަންޖެހޭ މައުލޫމާތު މީޑިއާއަށް ހާމަކުރާނީ ކޮމިށަން އެވަގުތަކު ހިންގުމާ ހަވާލުވެ ހުންނަ ފަރާތް ނުވަތަ ކޮމިށަނުން ކަނޑައަޅާ ފަރާތެކެވެ.
(ށ) ކޮމިށަނުގެ ނަމުގައި ނެރޭ ނޫސް ބަޔާންތައް ނެރެންވާނީ ކޮމިށަނުން ފާސްކޮށްގެންނެވެ. އަދި ކުއްލި ހާލަތްތަކުގައި ނެރޭ ނޫސްބަޔާންތައް ނެރެންވާނީ ކޮމިށަނުގެ މެންބަރުންގެ ރުހުން ލިބިގެންނެވެ.
13 ވަނަ މާއްދާ - ހިޔުމަން ރިސޯސް ޕެނަލް އުފެއްދުން
ގާނޫނު ނަންބަރު 2008-08 (އިލެކްށަންސް ކޮމިށަނުގެ ގާނޫނު) އާއި މި ގަވާއިދު ތަންފީޒު ކުރުމަށާއި، މުވައްޒަފުންނަށް ދެވޭ ހިދުމަތްތައް ރަނގަޅުކުރުމުގެ ބޭނުމުގައި "ހިޔުމަން ރިސޯސް ޕެނަލް" ގެ ނަމުގައި ކޮމިޓީއެއް އުފައްދަންވާނެއެވެ. މި ކޮމިޓީއަށް މެންބަރުން އައްޔަނުކުރާނީ ކޮމިށަނުންނެވެ. އަދި ހިއުމަން ރިސޯސް ޕެނަލް ހިންގަންވާނީ މި ގަވާއިދުގެޖަދުވަލު 1 ގައިވާ ގޮތުގެ މަތީންނެވެ.
2 ވަނަބާބު
މުއްވަޒަފުންނާ ބެހޭ ބައި
14 ވަނަ މާއްދާ - މުވައްޒަފުން ހުރުމަތްތެރިކޮށް ހިތަންޖެހޭ އާންމު އުސޫލުތައް
(ހ) މި މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ކޮމިށަނުގެ ހުރިހާ މުވައްޒަފުން ވެސް ހުރުމަތްތެރިކޮށް ހިތަންވާނެއެވެ.
(ށ) ކޮންމެ މުވައްޒަފަކުމެ، ވަޒީފާ އަދާކުރުމުގައި އިސްލާމީ ށަރީއަތަށާއި،ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށާއި، ދިވެހި ދައުލަތުގެ ގާނޫނުތަކާއި ގަވާއިދުތަކަށް، ހުރުމަތްތެރިކޮށް ހިތަންވާނެއެވެ.
(ނ) ކޮންމެ މުވައްޒަފަކުވެސް އެ މީހަކާ ހަވާލުކޮށްފައިވާ މަސައްކަތްތައް ކުރަންވާނީ އެ މީހެއްގެ ލަޔާގަތާއި ގާބިލުކަން ތަންދޭ އެންމެ މަތީ ދަރަޖައަކަށް، ކަމަށް ކަމޭހިތައިގެން ފަރުވާތެރިކަމާ އެކުގައެވެ.
(ރ) ކޮމިށަނުގެ މަސައްކަތް ކުރުމުގައި ގާނޫނާއި ގަވާއިދާ ހިލާފުނުވާ ގޮތުގެ މަތިން،ވެރިން ކުރާ އަމުރުތަކަށް ކޮންމެ މުވައްޒަފަކުވެސް ކިޔަމަން ވާންވާނެއެވެ.
(ބ) ކޮމިށަނުގެ މަސައްކަތްތައް ކުރަންވާނީ، ކޮމިށަނާމެދު ރައްޔިތުންގެ އިތުބާރާއިއިހްތިރާމް ގެއްލިގެންނުދާ ފަދަ ގޮތެއްގެ މަތީންނެވެ. މިގޮތުން އެކިއެކި ބޭނުމުގައި ކޮމިށަނަށް އަންނަ މީހުންނާ މުހާތަބުކޮށް މުއާމަލާތު ކުރަންވާނީ، އެ މީހުންނަށްބޭނުންވާ ސައްހަ މައުލޫމާތުދީ، އިހްތިރާމު ކުރުމާއެކު، އެކަށީގެންވާ ރިވެތި ގޮތެއްގެ މަތީންނެވެ.
(ޅ) ކޮމިށަނުގައި ވަޒީފާ އަދާކުރާ ދާއިމީ އެއްވެސް މުވައްޒަފަކު އެހެން އެއްވެސްފަރާތެއްގެ ވަޒީފާއެއް އަދާކޮށްގެން ނުވާނެއެވެ.
(ކ) ކޮމިށަނުގެ އެއްވެސް ލިޔުމެއް ނުވަތަ ރިކޯޑިންގއެއް ނުވަތަ އޭގެ ނަކަލެއް ވިޔަސް، ގަވާއިދުން އެ ލިޔުމެއް ނުވަތަ ރިކޯޑިންގއެއް ނުވަތަ އޭގެ ނަކަލެއް ދައްކަންޖެހޭ މީހަކަށް ފިޔަވައި އެހެން މީހަކަށް ދައްކައިގެން ނުވާނެއެވެ. އަދިދީގެންވެސް ނުވާނެއެވެ. އަދި އެފަދަ އެއްވެސް މައުލޫމާތެއް ގަވާއިދުން އެކަމެއް އަންގަންޖެހޭ މީހަކަށް ފިޔަވައި އެހެން މީހަކަށް އަންގައިގެން ނުވާނެއެވެ. މި މާއްދާގައި މިހެން އޮތްނަމަވެސް، މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) އާއި (ށ) މިއިން އިސްތިސްނާވެއެވެ.
(އ) މުވައްޒަފަކު، ކޮމިށަނުގެ އެއްވެސް އެއްޗެއް އޮފީހުން ބޭރަށް ގެންދަންވާނީ ކޮމިށަނުގެ ވެރިޔެއްގެ ހުއްދަ ލިބިގެންނެވެ. މިގޮތުން އެ އެއްޗެއް އޮފީހުން ބޭރަށް ގެންދިޔުމަށް ވެރިޔަކު ހުއްދަ ދޭންވާނީ، ގެންދާ އެއްޗަކާއި ގެންދާ ބޭނުމަކާއި މުއްދަތު ބަޔާންކުރާ ލިޔުމެއް ލިޔެ، އެ ލިޔުމުގައި އެ އެއްޗެއް ގެންދާ މީހާ ސޮއިކުރުމުންނެވެ. އަދި ކޮމިށަނުގެ އެއްވެސް އެއްޗެއް އެއްވެސް ފަރާތަކާ ހަވާލުކުރަންވާނީ، ހަވާލުވާ ފަރާތުން އެ އެއްޗަކާ ހަވާލުވިކަމުގެ ސޮއި ހޯދުމަށްފަހުގައެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މިފަދަ ތަކެތި އަނބުރާ ގެނައިތޯ ބެލުމަކީ، އެތަކެތި ބެލެހެއްޓުމާ ހަވާލުވެފައިވާ މުވައްޒަފެއްގެ މަސްއޫލިއްޔަތެކެވެ. އަދި އިސްވެ ބަޔާންކޮށްފައިވާ ފަދަ އެއްޗެއް ގެންދާ މީހަކު އޭގެ ބޭނުން ކުރުމަށްފަހު އެއަށް ގެއްލުމެއްނުދީ އަނބުރާ ގެންނަންވާނެއެވެ. އަދި އެއެއްޗަކަށް ގެއްލުމެއްވެއްޖެނަމަ، ގެންދިޔަ ފަރާތުން އެއަށް ޒިންމާވާން ޖެހޭނެއެވެ.
(ވ) ކޮމިށަނުގެ މުވައްޒަފަކު އޭނާގެ އަމިއްލަ ފައިދާއަށްޓަކައި ނުވަތަ އާމްދަނީ ލިބޭނެ ގޮތެއް ހޯދުމަށްޓަކައި، ކޮމިށަނުގެ އެއްވެސް އެއްޗެއް ބޭނުންކޮށްގެން ނުވާނެއެވެ.އަދި ކޮމިށަނުގެ އެއްވެސް މުވައްޒަފަކު ކުރަންޖެހޭ ހަރަދެއް ސަލާމަތްކުރުމުގެ ގޮތުން، އޮފީހުގެ ދުއްވާ އެއްޗެއްގައި، ނުވަތަ އޮފީހުން ކުއްޔަށް ހިފައިފައިވާ އުޅަނދެއްގައި، އަމިއްލަ ދަތުރު ކޮށްގެން ނުވާނެއެވެ. އަދި މުވައްޒަފަކު ކުރާ މިފަދަ އަމުރަކަށް އެހެން މުވައްޒަފަކު ކިޔަމަންވެގެންވެސް ނުވާނެއެވެ.
(މ) ކޮމިށަނުގެ އެއްވެސް މުވައްޒަފަކު، އެ މުވައްޒަފެއްގެ ރަސްމީ ގަޑީގައި އަމިއްލަ ވިޔަފާރިއާބެހޭ ކަމެއް، ނުވަތަ މާލީ ފައިދާއެއް ލިބޭ މަސައްކަތެއް ނުވަތަ މާލީ ފައިދާއެއް ނުލިބޭ މަސައްކަތެއް ވިޔަސް ކޮށްގެން ނުވާނެއެވެ. އަދި އެހެން މުވައްޒަފަކު ލައްވައި އެފަދަ މަސައްކަތެއް ކުރުވައިގެންވެސް ނުވާނެއެވެ.
(ފ) އެއްވެސް މުވައްޒަފަކު، އޭނާ އަދާކުރަމުންދާ މަގާމާ ގުޅޭގޮތުން، ނުވަތަ އޭނާ އެ މަގާމުގައި އަދާކުރާ ވާޖިބުތަކާ ގުޅޭގޮތުން އަންނަނިވި ކަންތައްތައް ކޮށްގެންނުވާނެއެވެ.
- ވަކި ފަރާތަކަށް ފައިދާއެއް ހޯދައިދިނުމުގެގޮތުން، އެއްވެސް އަމަލެއްކުރުން.
- އެއްވެސް ފަރާތަކުން ފައިދާއެއް ހޯދުމަށް ނުވަތަ އަމިއްލަ ބޭނުންތަކެއް ހާސިލުކުރުމަށް މަގާމުގެ ބޭނުންކުރުން.
(ދ) މަސައްކަތު ގަޑީގައި މުވައްޒަފަކު އަމިއްލަ ކަމެއްގައި އޮފީހުން ބޭރަށް ދާންވާނީ، އެ މުވައްޒަފެއްގެ ސުޕަވައިޒަރުގެ ހުއްދަ ލިބި، "ސައިން އައުޓް" ވުމަށްފަހުގައެވެ.
(ތ) ކޮމިށަނުގެ މުވައްޒަފަކު، ބަންދުދުވަހެއްގައި ނަމަވެސް ރަށުން ބޭރަށް ނުވަތަ ރާއްޖެއިން ބޭރަށް ދާނަމަ، އެ މުވައްޒަފެއްގެ ސުޕަވައިޒަރަށް އެކަން އަންގަންވާނެއެވެ. އަދި ޑިވިޜަންތަކުގެ ވެރިންނާއި ސެކްށަންތަކުގެ ވެރިން ބަންދު ދުވަހެއްގައި ރަށުން ބޭރަށް ނުވަތަ ރާއްޖެއިން ބޭރަށް ދާނަމަ، ސެކްރެޓަރީ ޖެނެރަލަށް އެކަން އަންގަންވާނެއެވެ.
(ލ) މަސައްކަތުގައި އުޅެނިކޮށް މުވައްޒަފަކަށް ސިއްހީ ފަރުވާއެއް ބޭނުންވާފަދަ ގެއްލުމެއް ލިބިއްޖެނަމަ، އެ މީހަކަށް ފަރުވާދިނުމަށް އަވަސް ވާންވާނެއެވެ. އަދި އެ މީހަކު ލައްވާ މަސައްކަތް ކުރުވުމާ ހަވާލުވެހުރި އިސް މުވައްޒަފ،ު ލަސްނުކޮށް އެކަން ސެކްރެޓަރީ ޖެނެރަލަށް އަންގަންވާނެއެވެ.
(ގ) ކޮމިށަނުގެ މުވައްޒަފުން ރަސްމީ ގަޑީގައި އޮފީހަށް ނުކުންނައިރު ހެދުންއަޅައިގެން ތިބެންވާނީ، މި ގަވާއިދުގެ ޖަދުވަލު 6 ގައިވާ ގޮތުގެ މަތިންނެވެ.
(ޏ) ރަސްމީ ޖަލްސާތަކާއި ހަފްލާތަކުގައި ކޮމިށަނުން ބައިވެރިވާ މުވައްޒަފުން ތިބެންވާނީ، އެ މުނާސަބަތަކަށް ކަނޑައަޅައިފައިވާ ހެދުމެއްގައެވެ. ނުވަތަ އެ މުނާސަބަތަކާ އެކަށީގެންވާ ހެދުމެއްގައެވެ.
(ސ) އޮފީހުގެ މަސައްކަތުގައި ބޭނުންކުރާ އެންމެހައި ތަކެތި ބޭނުންކުރަންވާނީ،ދައުލަތަށް ހަރަދުކުޑަކޮށް އެ ތަކެއްޗަށް އެއްވެސް ގެއްލުމެއް ނުލިބޭގޮތަށެވެ.
(ޑ) އެއްވެސް މުވައްޒަފެއްގެ އިހު މާލުން ކޮމިށަނުގެ އެއްޗަކަށް ގެއްލުމެއްލިބިއްޖެނަމަ، އެ އެއްޗެއްގެ ބަދަލ،ު މާލިއްޔަތު ގާނޫނުގައިވާ ގޮތުގެ މަތީން، އެ މީހަކު ކޮމިށަނަށް ދޭންވާނެއެވެ.
(ޒ) ކޮމިށަނުގެ މަސައްކަތެއް ކޮންޓްރެކްޓް އުސޫލުން ކުރުމަށް، ކޮމިށަނުގެ ސެކްރެޓޭރިއެޓުގެ ދާއިމީ މަގާމެއްގައި ހުރި މުވައްޒަފަކާ ހަވާލުކޮށްގެން ނުވާނެއެވެ. އަދި އެފަދަ މުވައްޒަފަކު އެފަދަ މަސައްކަތެއް ކޮންޓްރެކްޓް އުސޫލުން ކުރުމަށް ހަވާލުވެގެންވެސް ނުވާނެއެވެ.
(ޔ) ކޮމިށަނުގެ މުވައްޒަފުން އިންޓަ ނެޓް ބޭނުންކުރުމުގައި އަމަލުކުރާނީ ކޮމިށަނުގެ އައިޓީ ޕޮލިސީތަކާ އެއްގޮތަށެވެ.
(ޕ) ހުރިހާ ވަގުތެއްގައިވެސް މުވައްޒަފުން މަސައްކަތުގެ އަހުލާގު ހިފަހައްޓަންވާނެއެވެ.
(ޖ) ކޮމިށަނުގެ މަސައްކަތާ ނުވަތަ އިންތިހާބެއްގެ ކަމަކާ ގުޅިގެން އެއްވެސް ފަރާތަކަށް ބަޔާނެއް ނުވަތަ އިންޓަވިޔުއެއް ދޭންވާނީ ކޮމިށަނުގެ ހުއްދަ ލިބިގެންނެވެ.
15 ވަނަ މާއްދާ - މުވައްޒަފުންނަށް ގޯނާކުރުން
(ހ) މަސައްކަތުގެ ދާއިރާގައި އަންހެނުންނާއި ފިރިހެނުންނަށް އަބުރުވެރިކަމާއި ނަފުސުގެ އިއްޒަތާއެކު، މަސައްކަތްކުރުމުގެ ފުރުސަތު ދޭންވާނެއެވެ. ކޮމިށަނުގެ އެއްވެސް މުވައްޒަފަކު އަނެއް މުވައްޒަފަކާމެދު އެއްވެސް ބާވަތެއްގެ ގޯނާއެއްކުރުމުގެ އަމަލެއް ހިންގައިގެން ނުވާނެއެވެ.
(ށ) ތިރީގައި ބަޔާންކޮށްފައި މިވާ ކަންކަމުގެ ތެރެއިން ކަމެއް، މެންބަރަކު، މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް އެހެން މުވައްޒަފަކަށް ނުވަތަ މުވައްޒަފުންތަކަކަށްކުރުމަކީ، ގޯނާކަމަށް ބެލިދާނެ ބައެއް އަމަލުތަކެވެ. އަދި މިއިން ކަމެއް ކުރާ ފަރާތަކާމެދު ފިޔަވަޅު އެޅުމުގައި އަމަލުކުރެވޭނީ މި ގަވައިދުގެ ޖަދުވަލު 3 ގައިވާ ގޮތުގެމަތީންނެވެ.
- މުވައްޒަފަކު ރުޅިއެރުވުމަށް ނުވަތަ ދެރަކޮށްލުމަށް ނުވަތަނިކަމެތިކޮށްލުމުގެގޮތުން މަލާމާތްކުރުން، ނުވަތަ ދިމާކުރުން، ނުވަތަޖެއްސުންކުރުން، ނުވަތަ ފުރައްސާރަކުރުން ނުވަތަ މުވައްޒަފަކާ ބެހޭގޮތުން ސާބިތު ނުހިފޭ ވާހަކަ ދެއްކުން.
- ގާނޫނު ނަންބަރު 2014-16 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނު) ގައި ބަޔާންކުރާ ފަދަ ޖިންސީ ފުރައްސާރަކުރުމާ އި ގޯނާކުރުމުގެ އަމަލެއް ހިންގުން.
- މުވައްޒަފެއްގެ ނަފުސަށް ނުވަތަ ޖިސްމަށް ގެއްލުމެއް ދިނުން، ގެއްލުމެއް ނުވަތަ ދެވިދާނެ ކަމަށް ބުނުން، ނުވަތަ އެފަދަ ކަމެއް އިށާރާތުން ދެއްކުން.
- މުވައްޒަފެއްގެ އަގު ވައްޓައިލުމަށް މުވައްޒަފަކާ ދިމާއަށް އެހެން މީހުންގެ ތެރޭގައި ހިތްހަމަ ނުޖެހިގެން، ބާރަށް ހަޅޭއްލެވުން.
- މުވައްޒަފަކާ މުހާތަބުކުރުމުގައި އަހުލާގީގޮތުން ބޭއަދަބީ ބަސް ބޭނުންކުރުމާއި އެއްޗެހި ގޮވުން.
- އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކުރެވިދާނެކަމަށް ނުވަތަ ހަރުކަށި އަދަބެއް ދެވިދާނެކަމަށް ބުނެ ބިރުދެއްކުން.
- މުވައްޒަފެއްގެ މަސައްކަތަށް ހުރަސްއެޅުމުގެގޮތުން ކަމެއްކުރުން. (މުވައްޒަފަކާ ހަވާލުކުރެވިފައިވާ މަސައްކަތެއް ކުރުމަށް ބޭނުންވާ މައުލޫމާތު ގަސްތުގައި ނުދިނުން ނުވަތަ ހިފެހެއްޓުން ނުވަތަ ސައްހަ ނޫން މައުލޫމާތު ދިނުންފަދަ ކަންކަން މީގެ ތެރޭގައި ހިމެނެއެވެ.)
(ނ) އެއް މުވައްޒަފަކު އަނެއް މުވައްޒަފަކާމެދު ގޯނާކުރުމުގެ އަމަލެއް ހިންގައިފިނަމަ، އެ އަމަލެއް ހިންގި އަދި އެކަމުގައި ބައިވެރިވި މުވައްޒަފެއްގެ މައްޗަށް އިސްލާހީފިޔަވަޅު އަޅަންވާނެއެވެ.
(ރ) މުވައްޒަފަކާ ބެހޭގޮތުން މައްސަލައެއް ބަލަމުންދާ ދަނޑިވަޅެއްގައި، އެ މުވައްޒަފަކުއޮފީހަށް ނުކުމެ އުޅުމަކީ އެ މައްސަލަ ބެލުމަށް ހުރަސްއެޅިދާނެ ކަމެއް ކަމަށް ކޮމިށަނަށް ފެނިއްޖެ ހިނދެއްގައި، ބަންދުދުވަސްތައް ހިމަނައިގެން 14 (ސާދަ) ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް މުސާރައާއި އިނާޔަތްތައް ދިނުމާއެކު އެ މުވައްޒަފަކު އޮފީހަށް ނުނުކުތުމަށް އެންގިދާނެއެވެ.
16 ވަނަ މާއްދާ - މުވައްޒަފުންގެ ޒާތީ މައުލޫމާތު ހާމަކުރުން
(ހ) ކޮމިށަނުގެ މުވައްޒަފުންގެ ޒާތީ މައުލޫމާތ،ު ކޮމިށަނާއި ކޮމިށަނުގެ ސެކްރެޓޭރިއެޓުން ބޭރުގެ ފަރާތްތަކަށް ހާމަކުރަންވާނީ، ގާނޫނުއަސާސީއާއި އެކަމަ ށް ހަދައިފައިވާ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) ކޮމިށަނުގެ މުވައްޒަފަކު މި ގަވާއިދާ ހިލާފަށް މުވައްޒަފެއްގެ ޒާތީ މައުލޫމާތު ހާމަކޮށްފިކަން ކޮމިށަނަށް ސާބިތުވެއްޖެނަމަ، ކޮމިށަނުގެ މުވައްޒަފުންނާ މެދު އިސްލާހީ ފިޔަވަޅު އެޅުމުގެ އުސޫލާ އެއްގޮތަށް ފިޔަވަޅު އެޅުމުގެ ބާރު ކޮމިށަނަށް ލިބިގެން ވެއެވެ.
17 ވަނަ މާއްދާ - ވަޒީފާ އަށް މީހުން ހޮވުން
ވަޒީފާއަށް މީހުން ހޮވަންވާނީ، މި ގަވައިދުގެ ޖަދުވަލު 2 ގައިވާ ގޮތުގެމަތީންނެވެ.
(ށ) މުވައްޒަފަކު ގާނޫނާއި ގަވާއިދާ ހިލާފުވެގެން ނުވަތަ މުވައްޒަފަކު ކުރި ކަމަކާ ގުޅިގެން ނުވަތަ ނުކޮށް ދޫކޮށްލިކަމަކާ ގުޅިގެން އެ މުވައްޒަފަކު އިސްލާހުކުރުމަށް ފިޔަވަޅު އަޅަން ޖެހިއްޖެނަމަ، އިސްލާހީ ފިޔަވަޅު އަޅާނީ، އެކަމެއްގެ ކުޑަބޮޑުމިނަށް ބަލައި، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ ގޮތުގެ މަތީންނެވެ.
(ނ) ދައުލަތުގެ ފައިސާއަށާއި ތަކެއްޗަށް ހިޔާނާތްތެރިވުމާއި ރިށްވަތު ހިފުމުގެ މައްސަލައެއް މުވައްޒަފެއްގެ ފަރާތުން ފެނިއްޖެނަމަ ނުވަތަ އެފަދަ ކަމެއްކުރާ ކަމަށް ށައްކުކުރެވޭނަމަ، ކަމާ ބެހޭ ފަރާތަށް އެކަން ހުށަހަޅަންވާނެއެވެ.
18 ވަނަ މާއްދާ - ވަޒީފާ ދިނުމާއި، ވަޒީފާގެ އެއްބަސްވުމާއި، ވަޒީފާ ބަޔާން
(ހ) ކޮމިށަނުން ވަޒީފާދޭ މުވައްޒަފަކީ، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭވަރުގެ ގާބިލުކަން ހުރި މީހެއްތޯ ބެލުމަށް، 3 (ތިނެއް) (ވަގުތީ) މުއްދަތެއް ދޭންވާނެއެވެ. އަދި އެ މުއްދަތުގައި އެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ދެފަރާތުންކުރެ ކޮންމެ ފަރާތަކަށްވެސް ބާތިލުކުރެވިދާނެއެވެ.
(ށ) އިންތިހާބުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކަށް މީހުން ހޮވަންވާނީ ކޮންޓްރެކްޓް އުސޫލުންނެވެ. މިގޮތުން ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރުމަށް މީހުން ހޮވުމާއި، މީހުން ދޫކޮށްލުމުގެ އެންމެހައި ކަންކަން ކުރަންވާނީ، މިކަމާ ގުޅިގެން މި ކޮމިށަނުން ކަނޑައަޅާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
19 ވަނަ މާއްދާ - ވަޒީފާގެ ކުރިއެރުން ދިނުމާއި، އިސްލާހީ ފިޔަވަޅު އެޅުން
(ހ) ކޮމިށަނުގެ މުވައްޒަފުން އެއް މަގާމުން އަނެއް މަގާމަށް ބަދަލުކުރާނީ،ކޮމިށަނުން ނިންމާ ނިންމުމަކުންނެވެ. މުވައްޒަފެއްގެ ވަޒީފާ ބަދަލުވެއްޖެނަމަ، އެ މުވައްޒަފަކަށް އެކަން ލިޔުމަކުން އަންގަންވާނެއެވެ. މުވައްޒަފަކު ހު ރި މަގާމަށްވުރެ މަތީ މަގާމަކަށް ބަދަލުކުރަންވާނީ، މި ގަވާއިދުގެ ޖަދުވަލު 5 ގައި ވާ ގޮތުގެމަތީންނެވެ.
20 ވަނަ މާއްދާ - ވަޒީފާއިން ވަކިކުރުން
(ހ) ކޮމިށަނުގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ގޮތުގެމަތީންނެވެ.
(ށ) މުވައްޒަފުގެ އުމުރުން 55 (ފަންސާސް ފަހެއް) އަހަރު ވުމުން، އިނާޔަތްތައް ދިނުމާއެކު، ވަޒީފާއިން ވަކިކުރުމުގެ އިހްތިޔާރު ކޮމިށަނަން ލިބިގެންވެއެވެ. އަދި މުވައްޒަފަކު އުމުރުން 55 (ފަންސާސް ފަހެއް) އަހަރު ވުމުން ރިޓަޔަރމަންޓް ޕެންށަނަށް އެދިއްޖެ ނަމަ، އެއިރަކު ސިވިލް ސަރވިސް ކޮމިށަނުން އެފަދަ ކަންކަމުގައި އަމަލުކުރާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން އޭނާއަށް ރިޓަޔަރމަންޓް ޕެންށަން ހަމަޖައްސައިދޭންވާނެއެވެ.
(ނ) ކޮމިށަނުގެ ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއްގެ މަޔަކު ނުވަތަ ބަފަޔަކު ނުވަތަ ދަރިޔަކު ނުވަތަ އަންބަކު ނުވަތަ ފިރިޔަކު ނުވަތަ އެއްބަނޑު، ނުވަތަ އެއްބަފާ ނުވަތަ އެއްބަނޑުއެއްބަފާ މީހަކު ކޮމިށަނުގައި ވަޒީފާ އަދާކުރާނަމަ، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރަންވާނެއެވެ. މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ވަޒީފާގައި ބެހެއްޓޭނީ، އެ ދެ މުވައްޒަފުންގެ މެދުގައި މަށްވަރާކޮށްގެންއެއްބަސްވެވޭ މުވައްޒަފެކެވެ.
21 ވަނަ މާއްދާ - މުވައްޒަފުން އެދިގެން ވަޒީފާއިން ވަކިކުރުން
(ހ) ކޮމިށަނުގެ މުވައްޒަފަކު ވަޒީފާއިން ވަކިވާން އެދިއްޖެނަމަ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ގޮތުގެމަތީން އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރަންވާނެއެވެ.
(ށ) ކޮމިށަނުގެ ހަރަދުގައި ތައުލީމާއި ތަމްރީނު ހޯދައިފައިވާ މީހަކު، ހިދުމަތްކުރަންޖެހޭ މުއްދަތު ހަމަނުވަނީސް އޭނާ އެދިގެން ވަޒީފާއިން ވަކިކުރާއިރު އޭނާ ހާސިލުކުރި ތައުލީމާއި ތަމްރީނަށް ކުރި ހަރަދާއި، އޭނާއަށް އެލަވަންސެއް ދީފައިވާނަމަ އެ އެލަވަންސް، ހިދުމަތްކުރަންޖެހޭ މުއްދަތަށް ބަހައިލުމުން، ހިދުމަތްނުކޮށް އޮތް މުއްދަތަށްވާ ފައިސާ އެ މީހަކު ދައްކަންވާނެއެވެ. މިގޮތުންދައްކަންޖެހޭ ފައިސާ ނުދައްކައިފިނަމަ، އެ މައްސަލަ ށަރީއަތަށް ހުށަހަޅަންވާނެއެވެ.
(ނ) މުވައްޒަފަކު ވަޒީފާއިން ވަކިވާން ބޭނުންވެއްޖެނަމަ، މަދުވެގެން 1 (އެކެއް) މަސްދުވަހުގެ ނޯޓިސް ކޮމިށަނަށް ދޭންވާނެއެވެ. މި މުއްދަތު ހަމަވުމުގެ ކުރިން،އެ މަގާމަށް ހަމަޖައްސާނެ މީހަކު ލިބިއްޖެނަމަ، ނުވަތަ ވަކިވާން އެދިފައިވާ މުވައްޒަފާ ހަވާލުވެފައިވާ މަސައްކަތްތަކާއި، ތަކެއްޗާއި، ފައިސާއާބެހޭ ކަންތައްތައް ހުރިގޮތް ބަލައި، އެކަންކަން ނިމިއްޖެނަމަ، އެ މުއްދަތުގެ ކުރިންވެސް އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެއެވެ.
(ރ) މުވައްޒަފަކު، ވަޒީފާއިން ވަކިވުމަށް އެދި ސިޓީ ފޮނުވުމަށްފަހުގައިވެސް،ކޮމިށަނުން އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ނިންމައި، އެކަން އެ މުވައްޒަފަކަށް ލިޔުމަކުން އަންގަންދެން، ގަވާއިދުން އޮފީހަށް ނުކުމެ އެ މުވައްޒަފެއްގެ ވަޒީފާ އަދާކުރަމުން ގެންދަންވާނެއެވެ.
3 ވަނަ ބާބު
މުސާރައާއި އިނާޔަތްތައް
22 ވަނަ މާއްދާ - މުސާރައާއި އިތުރުގަޑީގެ ފައިސާ
(ހ) ކޮމިށަނުގެ މުވައްޒަފުންގެ މުސާރައާއި އެހެނިހެން މާލީ އިނާޔަތްތައް ކަނޑައަޅާނީ އިލެކްށަންސް ކޮމިށަނުގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތީން މާލީ ކަންކަމާ ބެހޭ ވުޒާރާގެ ލަފަޔާއެކު ކޮމިށަނުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސ،ް މުވައްޒަފުން ކުރަންޖެހޭ މުހިންމު މަސައްކަތްތަކާ ގުޅިގެން ދެވޭ އިތުރު އިނާޔަތްތަކާއި، ރާއްޖޭގެ އެކިއެކި ރަށްރަށަށް ކުރާ ދަތުރުތަކާއި، ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކާ ގުޅިގެންދެވޭ ހަރަދުތަކާއި އިނާޔަތްތައް، ގާނޫނާއި ގަވާއިދާއި ކޮމިށަނުން ފާސްކޮށްފައިވާ އުސޫލުތަކުގައި ބުނެފައިވާ ގޮތުގެ މަތިން ދިނުމަކަށް މި ގަވާއިދުހުރަހެއް ނާޅައެވެ.
(ނ) ކޮމިށަނުން އެހެންގޮތަކަށް ފާސް ނުކުރާހައި ހިނދަކު، އިތުރުގަޑީގައި، ބަންދުދުވަސްތައް ނުހިމަނައި މުވައްޒަފުން ލައްވައި މަސައްކަތް ކުރުވަންވާނީ އާންމުގޮތެއްގައި، މަހަކު 44 (ސާޅީސް ހަތަރެއް) ގަޑިއަށްވުރެ އިތުރުނުވާ ވަރަށެވެ. ބަންދުދުވަސްދުވަހު މަސައްކަތް ކުރުވޭނީ މަހެއްގެ މައްޗަށް 5 (ފަހެއް) ދުވަހަށްވުރެ އިތުރުނުވާ ގޮތަށެވެ. ނަމަވެސ،ް އިންތިހާބުގެ ދުވަސްވަރު އިތުރަށް މަސައްކަތް ކުރުވިދާނެއެވެ. އިންތިހާބެއްގެ ދުވަސްވަރުކަމަށް ބަލާނީ، އިންތިހާބެއް ބާއްވާ ތާރީހުގެ ކުރިން 90 (ނުވަދިހަ) ދުވަހާއި، އިންތިހާބެއް ނިމިގެން 30 (ތިރީސް) ދުވަސ،ް ޖުމުލަ 120 (ސަތޭކަ ވިހި) ދުވަހަށެވެ. ނަމަވެސ،ް ބައ-ިއިލެކްށަން ބާއްވާ ދުވަސްތައް، މި 120 (ސަތޭކަ ވިހި) ދުވަހުގެ ތެރެއަކު ނުހިމެނެއެވެ. އަދި ކޮމިށަނަށް ފެނިއްޖެ ހާލަތެއްގައި، މަހަކު 44 (ސާޅީސް ހަތަރެއް) ގަޑިއަށްވުރެ އިތުރަ ށް ވެސް މުވައްޒަފުން ލައްވައި މަސައްކަތް ކުރުވިދާނެއެވެ.
(ރ) މުވައްޒަފަކު ލައްވައި އިތުރު ގަޑީގައި މަސައްކަތް ކުރުވައިފިނަމަ، އޭނާގެ މުސާރައިން ގަޑިއަކަށްޖެހޭ މިންވަރުގެ މަދުވެގެން 1/4 1 (1.25)، ބަޔަށްވާ ފައިސީ، އަދި އެފަދައިން މަސައްކަތްކުރުވީ، ހުކުރު ދުވަހެއް ނުވަތަ ރަސްމީ ބަންދު ދުވަހެއްގައިނަމަ، އެމީހެއްގެ މުސާރައިން ގަޑިއަކަށްޖެހޭ މިންވަރުގެ މަދުވެގެން 1/2 1 (1.5) ބަޔަށްވާ ފައިސީ، އިތުރުގަޑީގެ ފައިސާގެގޮތުގައި، އެ މުވައްޒަފަކަށް ދޭންވާނެއެވެ.
23 ވަނަ މާއްދާ - ކެއުމާއި ސައިގެ ހަރަދު
ކޮމިށަނުގެ މުވައްޒަފުން ލައްވައި ކުރުވަންޖެހޭ ހާއްސަ ބޮޑެތި މަސައްކަތްތައް ކުރާއިރު، ސައިގެ ގަޑިއަކާ ނުވަތަ ކެއުމުގެ ގަޑިއަކާ ދިމާވާގޮތަށް މަސައްކަތް ކުރާނަމަ، ކެއުމާއި ސައި، ނުވަތަ އެކަމަށް ދޭންޖެހޭ ފައިސީ،އެ މަސައްކަތްކުރާ މުވައްޒަފުންނަށް، ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ދެވިދާނެއެވެ.
24 ވަނަ މާއްދާ - ކޮމިށަނުގެ ދަތުރުތަކުގައި، ހުރުމުގެ ހަރަދާއި، ކެއުމުގެ ހަރަދާއި،ދަތުރު އެލަވަންސް
ކޮމިށަނުގެ ރަސްމީ ދަތުރުތަކުގައި މުވައްޒަފުންނަށް، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ހުރުމުގެ ހަރަދާއި، ކެއުމުގެ ހަރަދާއި، ދަތުރު އެލަވަންސް ދޭންވާނެއެވެ.
25 ވަނަ މާއްދާ - ރަމަޒާންމަހުގެ އިނާޔަތާއި، ޕެންށަނާއި، އެހެނިހެން އިނާޔަތްތައް
(ހ) ކޮމިށަނުގެ މުވައްޒަފުންނަށް ރަމަޒާންމަހުގެ އިނާޔަތ،ް 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 51 ވަނަ މާއްދާގައިވާ ގޮތުގެމަތީން ދޭންވާނެއެވެ.
(ށ) ކޮމިށަނުގެ މުވައްޒަފުންނަށް ޕެންށަން ދެވޭނީ ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދާގަވާއިދުގައިވާ ގޮތުގެމަތީންނެވެ.
(ނ) މުވައްޒަފުގެ އުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރު ވުމުން، އެއިރަކު ސިވިލް ސަރވިސް ކޮމިށަނުން އެފަދަ ކަންކަމުގައި އަމަލުކުރާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން އޭނާއަށް ޕެންށަން ހަމަޖައްސައިދީ، މުސްކުޅިކުރަން ވާނެއެވެ.
(ރ) މާލޭގެ އަވަށެއްކަމުގައިވާ ވިލިނގިލީގައި ދިރިއުޅޭ ކޮމިށަނުގެ މުވައްޒަފުން، ވަޒީފާ އަދާކުރަން އައުމަށާއި، އެނބުރި އަވަށަށް ދިއުމަށް، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ ގޮތުގެމަތިން ފެރީ އެލަވަންސް ދޭންވާނެއެވެ.
(ބ) ކޮމިށަނުގެ މުވައްޒަފުން ކޮމިށަނުގެ މަސައްކަތުގައި އުޅޭއިރު ރައްކައުތެރިގޮތުގައި މަސައްކަތްކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދޭންވާނެއެވެ.
(ޅ) ކޮމިށަނުގެ މުވައްޒަފަކު ކޮމިށަނުގެ މަސައްކަތުގައި އުޅެނިކޮށް އެ މުވައްޒަފަކަށް ހާނިއްކައެއް ވެއްޖެނަމަ، އޭނާއަށް ބޭނުންވާނެ އެކަށީގެންވާ ސިއްހީ ފަރުވާ ދޭންވާނެއެވެ. ނުވަތަ އެފަދަ ފަރުވާ އެ މުވައްޒަފަކަށް ލިބޭނެގޮތް ހަމަޖައްސައިދޭންވާނެއެވެ.
(ކ) ކޮމިށަނުގެ ވަޒީފާގައި އުޅޭ މުވައްޒަފަކު، ތަނުގެ މަސައްކަތުގައި އުޅެނިކޮށް އެކްސިޑެންޓެއް ވެގެން، ނުވަތަ އެނޫން ސަބަބެއް މެދުވެރިވެގެން ވަޒީފާ އަދާނުކުރެވޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، މިކަމާ ގުޅިގެން މި ކޮމިށަނުން ކަނޑައަޅާ އުސޫލުގައި ބުނެފައިވާ ގޮތުގެ މަތީން އެ މުވައްޒަފަކަށް އިނާޔަތްތައް ދޭންވާނެއެވެ.
4 ވަނަ ބާބު
ސަލާމާއި ޗުއްޓީ
26 ވަނަ މާއްދާ - ސަލާން ބުނުމާއި ވަޒީފާއަށް ހާޒިރުނުވެ ހުރުން
(ހ) ކޮމިށަނުގެ މުވައްޒަފުން ސަލާން ބުނަންވާނީ، އެ މުވައްޒަފަކު ބަލިވެގެން އޮފީހަށް ހާޒިރުވުމަށް އުޒުރު ވެރިވެއްޖެ ހާ ލަތެއްގައެވެ.
(ށ) ސަލާމުގެ ޗުއްޓީ ދެވޭނީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާއިމި ގަވާއިދު ޖަދުވަލު 6 ގައިވާ ގޮތުގެ މަތީންނެވެ.
(ނ) މުވައްޒަފަކު، އޭނާއަށް ވީގޮތެއް ނާންގައި އޮފީހަށް ނުނުކުމެ ހުންނަތާ 7 (ހަތެއް) ދުވަސް ވެއްޖެނަމަ، އެ މުވައްޒަފެއްގެ ވަޒީފާއާމެދު ފެންނަ ގޮތެއް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ ސެކްށަނުން ނުވަތަ ޑިވިޜަން ހިންގާ ވެރިޔާ، ސެކްރެޓަރީ ޖެނެރަލަށް ހުށަހަޅަން ވާނެއެވެ. އަދި ސެކްރެޓަރީ ޖެނެރަލ،ް ލަސްނުކޮށް އެ މައްސަލަ ކޮމިށަނަށް ހުށަހަޅަން ވާނެއެވެ.
(ރ) މުވައްޒަފަކު ބަންދުގައި ހުރުމުގެ ސަބަބުން އޮފީހަށް ހާޒިރުނުވެ 1 (އެކެއް) މަސްދުވަސް ވެއްޖެނަމަ، އެ މުވައްޒަފު ވަޒީފާ އަދާކުރާ ސެކްށަން ނުވަތަ ސެކްރެޓަރީ ޖެނެރަލަށް އެކަން ހުށަހަޅަން ވާނެއެވެ. އަދި ސެކްރެޓަރީ ޖެނެރަލ،ް ލަސްނުކޮށް އެ މައްސަލަ ކޮމިށަނަށް ހުށަހަޅަން ވާނެއެވެ. މިފަދަ މައްސަލަތަކުގައި އެ މުވައްޒަފެއްގެ ވަޒީފާއާމެދު އަމަލުކުރާނެގޮތެއް ނިންމާނީ، ސެކްރެޓަރީ ޖެނެރަލްގެ ލަފައާއެކު ކޮމިށަނުންނެވެ.
27 ވަނަ މާއްދާ - އަހަރީ ޗުއްޓީ
(ހ) ކޮމިށަނުގެ ދާއިމީ މުވައްޒަފުންނަށް ކޮންމެ އަހަރަކު 30 (ތިރީސް) ދުވަހުގެ އަހަރީ ޗުއްޓީ މުސާރައާއެކު ދޭންވާނެއެވެ. ކޮމިށަނުން ވަޒީފާދޭ މުވައްޒަފުންނަށް އަހަރީ ޗުއްޓީ ހައްގުވާނީ ވަޒީފާގައި 1 (އެކެއް) އަހަރުދުވަސް ވުމުންނެވެ. އަހަރީ ޗުއްޓީގެ ދުވަސްތައް ގުނާނީ ބަންދުދުވަސްތައް ނުހިމަނައެވެ. ކޮމިށަނުގެ މުވައްޒަފުންނަށް ޗުއްޓީދޭނީ ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާއި މި ގަވާއިދުގެ ޖަދުވަލު 6 ގައިވާ ގޮތުގެމަތީންނެވެ.
(ށ) އިންތިހާބެއް ބާއްވަން އިއުލާނު ކޮށްފައިވަނިކޮށް އެއްވެސް މުވައްޒަފަކަށް ޗުއްޓީއެއް ނުދެވޭނެއެވެ. އެހެން ނަމަވެސް އެ މުވައްޒަފަކަށް ކުރިމަތިވާ ހާއްސަ ޒަރޫރީ ހާލަތެއްގައި ދޭންޖެހޭ ޗުއްޓީ މިއިން އިސްތިސްނާ ވާނެއެވެ.
(ނ) ކޮމިށަނުން ރާވައިގެން ބާއްވާ ބޮޑެތި މަސައްކަތްތަކެއް ހިނގަމުންދާ ދުވަސްވަރެއްގައި ވެސ،ް ކޮމިށަނުން އެ ހާއްސަ މަސައްކަތާ ގުޅިގެން، މަސައްކަތް ހަވާލުކޮށްފައިވާ މުވައްޒަފުންނަށް ދޭންޖެހޭ އަހަރީ ޗުއްޓީ ދެވޭނީ ވެ ސް ކޮމިށަނުން ފާސްކޮށްގެންނެވެ.
(ރ) ކޮމިށަނުގައި ވަގުތީގޮތުން 1 (އެކެއް) އަހަރުދުވަހަށްވުރެ މަދު މުއްދަތަކަށް ކޮންޓްރެކްޓް އުސޫލުގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް ސަލާމާއި ޗުއްޓީ ލިބޭނީ ކޮންޓްރެކްޓުގެ މުއްދަތުގެ ނިސްބަތުންނެވެ.
(ބ) މި މާއްދާގެ (ށ) އާއި (ނ) ގެ ދަށުން ޗުއްޓީ ހިފަހައްޓައިފައިވަނިކޮށް، ޗުއްޓީ ނަގަން އޮންނަ މުއްދަތު ހަމަވެއްޖެނަމަ، ކުރިއަށް އޮތް އަހަރުގެ ތެރޭގައި އެ ޗުއްޓީގައި ބާކީހުރި ދުވަސްތަކަށް އެ މުވައްޒަފަކަށް ޗުއްޓީ ހަމަޖައްސައި ދޭންވާނެއެވެ.
28 ވަނަ މާއްދާ - މުސާރަ ނުލިބޭ ޗުއްޓީ
(ހ) ކޮމިށަނުގެ މުވައްޒަފަކު، މުސާރަ ނުލިބޭގޮތަށް ވީއްލޭނީ، ތިރީގައިވާ ކަންތައްތަކުގެ ތެރެއިން ކަމަކާ ގުޅިގެން ކޮމިށަނުން އެގޮތަށް ނިންމުމުންނެވެ.އަދި މިގޮތަށް އެންމެ ދިގު މުއްދަތަކަށް ވީއްލޭނީ 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށެވެ.
- އަމިއްލަގޮތުން ކިޔެވުމަށްޓަކައި މުސާރަ ނުލިބޭގޮތަށް ވީއްލުމަށް ބޭނުންވުން.
(ހ) އަމިއްލަގޮތުން ކިޔެވުމަށްޓަކައި މުސާރަ ނުލިބޭގޮތަށް މުވައްޒަފަކު ވީއްލަންވާނީ ކޮމިށަނުގެ ޓްރެއިނިންގ ރިކްއަރމެންޓުގައި ހިމެނި ފައިވާ ތަމްރީނެއް ފުރިހަމަކުރުމަށް ނުވަތަ އެމީހަކު އަދާކުރާ ވަޒީފާގެ މަސައްކަތާ ގުޅޭ ތަމްރީނެއް ފުރިހަމަކުރުމަށެވެ.
(ށ) މިގޮތުން މުވައްޒަފަކު މުސާރަ ނުލިބޭގޮތަށް ވީއްލަންވާނީ އޮފީހުގެހިއުމަން ރިސޯސް ޕެނަލްގެ މަށްވަރާގެ މަތީންނެވެ.
(ނ) އަމިއްލަގޮތުން ކިޔެވުމަށްޓަކައި މުސާރަ ނުލިބޭގޮތަށް ވީއްލުމަށް ބޭނުންވާ މުވައްޒަފުން ވީއްލޭނީ، ތައުލީމުދޭ ނުވަތަ ތަމްރީނުދޭ މަރުކަޒަކަށް އެ މީހަކު ގަބޫލުކޮށްފައިވާކަމުގެ ލިޔުމެއް ހުށަހެޅުމުންނެވެ.އަދި ހަދާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން ގަބޫލުކުރާ ކޯހަކަށް ވާންވާނެއެވެ. - ތިމާއަށް ސިއްހީ ފަރުވާއެއް ކުރުން ނުވަތަ ތިމާ ބަލަންޖެހިފައިވާ ނުވަތަ ބަލަހައްޓަންޖެހިފައިވާ މީހަކު ފަރުވާ ބޭނުންވާ ބައްޔަކަށް ފަރުވާ ހޯދުމަށްޓަކައި، މުސާރަ ނުލިބޭގޮތަ ށް ވީއްލުމަށް ބޭނުންވުން.
(ހ) މި ފަދަ ހާލަތެއްގައި މުވައްޒަފަކު މުސާރަ ނުލިބޭގޮތަށް ވީއްލޭނީ،ބަލިވީ އެ މުވައްޒަފުނަމަ، އެ ބައްޔެއްގެ ބާވަތާއި، މުސާރަ ނުލިބޭގޮތަށް ވީއްލުމަށް ބޭނުންވާކަމާއި، އެ މުވައްޒަފަކަށް ހައްގުވާ ސަލާމުގެ ޗުއްޓީއާއި އަހަރީ ޗުއްޓީއެއް ނެތްކަމަށް ބަޔާންކޮށް އަދި މުސާރަ ނުލިބޭ ޗުއްޓީ ބޭނުންވާ މުއްދަތު ބަޔާންކޮށް،ރަޖިސްޓަރީކޮށްފައިވާ ސިއްހީ ފަރުވާދޭ ޑޮކްޓަރެއްގެ ސެޓުފިކެޓެއްހުށަހެޅުމުންނެވެ.
(ށ) ބަލިވީ މުވައްޒަފު ބަލަހައްޓަންޖެހިފައިވާ ނުވަތަ ބަލަންޖެހިފަ އިވާ މީހެއް ނަމަ، އެ މީހެއްގެ ބަލީގެ ބާވަތާއި، އެ މީހަކަށް ފަރުވާކުރުމަށްބޭނުންވާނެ މުއްދަތު ބަޔާންކޮށް، ރަޖިސްޓަރީކޮށްފައިވާ ސިއްހީ ފަރުވާދޭ ޑޮކްޓަރެއްގެ ސެޓުފިކެޓެއް ހުށަހެޅުމާއެކު، އެ މީހެއްގެގާތުގައި މުވައްޒަފު ކޮންމެހެން ހުންނަންޖެހޭކަން ބަޔާންކޮށް ލިޔުމަކުން ހުށަހެޅުމުންނެވެ. - މުވައްޒަފަކަށް ދިމާވާ ހާއްސަ ހާލަތަކާ ގުޅިގެން، އެ ހާލަތު ބަޔާންކޮށް ކޮމިށަނަށް ހުށަހެޅުމުން، ހިއުމަން ރިސޯސް ޕެނަލުގައި މަށްވަރާ ކުރުމަށްފަހ،ު އެ މުވައްޒަފު ވަޒީފާގައި އަދާކުރަންޖެހޭ މަސައްކަތުގެ ބަދަލު އިންތިޒާމު ހަމަޖެއްސުމާއެކު، 3 (ތިނެއް) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް މުސާރަ ނުލިބޭގޮތަށް މުވައްޒަފު ވީއްލިދާނެއެވެ. މިގޮތުން މުވައްޒަފަކު މުސާރަ ނުލިބޭގޮތަށް ވީއްލަންވާނީ، އެ މުވައްޒަފަކަށް ހައްގުވާ އަހަރީ ޗުއްޓީއެއް ނެތްނަމައެވެ. އަދި އެ މުއްދަތު މުވައްޒަފު ހިދުމަތުގައިދެމިހުރި މުއްދަތެއް ކަމުގައި ގުނޭނެއެވެ.
(ހ) މުސާރަ ނުލިބޭގޮތަށް ވީއްލައިފައި ހުންނަ މުއްދަތު ބޭނުންކުރަންވާނީ،މުސާރަ ނުލިބޭގޮތަށް ވީއްލި ބޭނުމަކަށެވެ. މި މުއްދަތުގެ ތެރޭގައި މުސާރަ ނުލިބޭގޮތަށް ވީއްލި ބޭނުން ނުހިފައި، އެހެންކަމެއް ކޮށްގެން ނުވާނެއެވެ. މި ގޮތާ ހިލާފަށް އަމަލުކޮށްފިނަމަ، މުސާރަ ނުލިބޭ ގޮތަށް ވީއްލި ވީއްލުން ކެންސަލްކުރުމާއެކު، ވަޒީފާއަށް ނުކުތުމަށް އަންގައި،ނުނިކުމެއްޖެނަމަ މުސާރަ ނުލިބޭގޮތަށް ވީއްލި ދުވަހުން ފެށިގެން ކޮމިށަނުގެ ވަޒީފާއިން އެ މުވައްޒަފު ވަކިކުރުމަށް ކޮމިށަނަށް ހުށަހަޅަން ވާނެއެވެ.
(ށ) ކޮމިށަނަށް ހިދުމަތްކުރުމުގެ ބޮންޑެއް އޮތް މުވައްޒަފެއް މުސާރަ ނުލިބޭގޮތަށް ވީއްލި ބޭނުން ނުހިފައި، އެހެންކަމެއް ކުރާނަމަ ނުވަތަ މުސާރަ ނުލިބޭގޮތަށް ވީއްލި މުއްދަތު ހަމަވުމަށްފަހ،ު އޮފީހުގެ ވަޒީފާއަށް ނުނިކުންނަ ނަމަ ނުވަތަ ވީގޮތެއް ނާންގައި 7 (ހަތެއް) ދުވަސް ވެއްޖެނަމަ، އެ މުވައްޒަފެއްގެ ވަޒީފާއާމެދު ގޮތެއް ނިން މަން ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
(ނ) މުސާރަނުލިބޭ ޗުއްޓީ ހަމަވުމަށްފަހ،ު ވީގޮތެއް ނާންގައި އޮފީހަށް ނުނުކުމެ 7 (ހަތެއް) ދުވަސް ވެއްޖެނަމަ، އެ މުވައްޒަފެއްގެ ވަޒީފާއާމެދު ފެންނަ ގޮތެއް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ ސެކްށަނުން ނުވަތަ ޑިވިޜަން ހިންގާ ވެރިޔާ، ސެކްރެޓަރީ ޖެނެރަލަށް ހުށަހަޅަން ވާނެއެވެ. އަދި ސެކްރެޓަރީ ޖެނެރަލ،ް ލަސްނުކޮށް އެ މައްސަލަ ކޮމިށަނަށް ހުށަހަޅަން ވާނެއެވެ.
(ރ) ވިހެއުމާ ގުޅިގެން އަންހެން މުވައްޒަފަކަށް ލިބޭ ޗުއްޓީ ހަމަވުމުން، ދަރިފުޅުގެ މަންމައަށް ނުވަތަ ބައްޕައަށް ހަމައެކަނި ދަރިފުޅު ބެލުމަށްޓަކައި، 1 (އެކެއް) އަހަރުދުވަހުގެ ޗުއްޓީއެއް މުސާރަ ނުލިބޭގޮތަށް ނެގިދާނެއެވެ. މި ޗުއްޓީ ބޭނުންވާނަމަ، އަންހެން މުވައްޒަފަކަށް ވިހެއުމާ ގުޅިގެން އޭނާއަށް ދޭ ޗުއްޓީ ހަމަވުމުގެ 15 )ފަނަރަ( ދުވަހުގެ ކުރިން ޗުއްޓީ ނެގުމަށް އެދެންވާނެއެވެ.
5 ވަނަ ބާބު
މުވައްޒަފުންގެ ހިދުމަތުގެ ފެންވަރު ބެލުމާއި ތަމްރީނުކުރުން
29 ވަނަ މާއްދާ - ވަޒީފާއަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމް ހިންގުން
(ހ) ކޮމިށަނުގެ މުވައްޒަފުންނަކީ މަސައްކަތަށް ގާބިލު ބަޔަކަށް ހެދުމަށްޓަކައި، އެ މުވައްޒަފަކު އަދާކުރާ ވަޒީފާއަށާއި، އެ މުވައްޒަފަކު ތަބާވާންޖެހޭ އުސޫލުތަކާއި ގަވާއިދުތަކަށް އަހުލުވެރި ކުރުވަންވާނެއެވެ.
30 ވަނަ މާއްދާ - މުވައްޒަފުންގެ ހިދުމަތުގެ ފެންވަރު ބެލުމާއި ތަމްރީނުކުރުން
(ހ) ކޮމިށަނުގެ އެންމެހައި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށް އެޕްރައިސަލް ހަދައި، އަހަރަކު 1 (އެކެއް) ފަހަރު ކޮމިށަނުގެ އެންމެހައި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލަން ވާނެއެވެ. އަދި ވަޒީފާގެ ކުރިއެރުން ހައްގުވާ މުވައްޒަފުންނަށް ބަޖެޓު ކޮށްފައިވާ ގޮތުގެ މަތީން، ވަޒީފާގެ ނުވަތަ މަގާމުގެ ކުރިއެރުން ދޭންވާނެއެވެ.
(ށ) މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާއި ތަމްރީނުކުރުމުގެ ކަންތައްތައްގެންދަންވާނީ މި ގަވާއިދު ޖަދުވަލު 5 ގައިވާ ގޮތުގެމަތީންނެވެ.
6 ވަނަ ބާބު
ރެކޯޑުތައް ބެލެހެއްޓުން
31 ވަނަ މާއްދާ - ރަޖިސްޓަރީ ބެލެހެއްޓުން
(ހ) ކޮމިށަނުގެ މަގާމުތަކާއި ކޮމިށަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ މައުލޫމާތު ބަލަހައްޓަންވާނީ، މި ގަވާއިދު ޖަދުވަލު 10 ގައިވާ ގޮތުގެމަތީންނެވެ.
32 ވަނަ މާއްދާ - އަދާކުރި ވަޒީފާގެ ލިޔުން
(ހ) ކޮމިށަނުގެ މުވައްޒަފަކު ވަޒީފާއިން ވަކިވާނަމަ، ނުވަތަ ވަޒީފާއިން ވަކިކުރާނަމަ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދޫކުރަން ބުނެފައިވާ ލިޔުން އޭނާއަށް ދޫކުރަންވާނެއެވެ.
7 ވަނަ ބާބު
ފައިސާއާއި މުދަލާ ބެހޭ ބައި
33 ވަނަ މާއްދާ - ފައިސާގެ ހިސާބުތައް ބެލެހެއްޓުމާއި ހަރަދު ކުރުން
(ހ) ކޮމިށަނަށް ދައުލަތުގެ ބަޖެޓުން ލިބޭ ފައިސާއާއި އާމްދަނީގެގޮތުގައި ލިބޭ ފައިސާއާއި އޭގެ ހިސާބުތައް، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، ކޮމިށަނުން ބަލަހައްޓަން ވާނެއެވެ.
(ށ) ކޮމިށަނުގެ ފައިސާއާއި ތަކެތ،ި ބެލެހެއްޓުމާ ހަވާލުވެފައިވާ މުވައްޒަފުން އެ ތަކެއްޗަށް ރައްކައުތެރިވާން ވާނެއެވެ. އެ މީހެއްގެ ހަވާލުގައިހުރި ފައިސާ ނުވަތަ ތަކެތި ގެންގުޅެ ބަލަހައްޓަންވާނީ މި މާއްދާގެ (ހ) ގައި ހަވާލާދީފައިވާ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކުގައެވެ.
(ނ) ދައުލަތުގެ ބަޖެޓުން ކޮމިށަނަށް ދޫކުރާ ފައިސާ ހަރަދުކުރަންވާނީ ކޮމިށަނުގެ ބަޖެޓުގައި ހިމަނާފައިވާ ކަންކަމަށް ކޮމިށަނުން ކަނޑައަޅާ ސިޔާސަތުތަކާއި ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ރ) ހިނގަމުންދާ އަހަރުގެ ބަޖެޓުގައި ހިމަނައިފައިނުވާ ކަމަކަށް ހަރަދުކުރަ ން ޖެހިއްޖެނަމަ އެކަމަށް ގޮތެއް ކަނޑައަޅާނީ ކޮމިށަނުންނެވެ.
(ބ) ކޮމިށަނަށް ހޯދާ ތަކެތީގެ އިންވެންޓްރީއާއި ސްޓޮކް ބަލަހައްޓަން ވާނެއެވެ. އިންވެންޓްރީގައި ލިޔެފައިވާ ކޮމިށަނުގެ މުދަލުގެގޮތުގައި ހިމެނޭ އެއްޗެއް އިންވެންޓްރީން އުނިކުރަންވާނީ ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދާ އެއްގޮތްވާގޮތުގެ މަތީންނެވެ.
34 ވަނަ މާއްދާ - ބަޖެޓް އެކުލަވައިލުން
(ހ) ބަޖެޓް އެކުލަވައިލައި ތައްޔާރުކުރަންވާނީ، އިދާރީ ހިންގުމަށާއި، ކޮމިށަނުން ކަނޑައަޅާ ލަނޑުދަނޑިތަކެއް ހާސިލުކުރަން ހިންގާ ހަރަކާތްތަކަށް (ކޮމިށަނުގެ އަހަރީ ވާރކްޕްލޭން) ބިނާކޮށެވެ.
(ށ) ބަޖެޓް އެކުލަވައިލަންވާނީ އެކަންކުރުމުގައި ފަންނީގޮތުން ގެންގުޅޭ ހަރުދަނާ އުސޫލުތަކުގެ (ބެސްޓް ޕްރެކްޓިސް) މައްޗަށް ބިނާކޮށެވެ.
8 ވަނަ ބާބު
ކޮމިށަނުގެ ޖަލްސާތަކާ ބެހޭ ބައި
35 ވަނަ މާއްދާ - ކޮމިށަނު ގެ ޖަލްސާތައް
ކޮމިށަނުގެ ޖަލްސާތައް ބާއްވަން ވާނީ، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ ގޮތުގެ މަތީންނެވެ.
9 ވަނަ ބާބު
އެހެނިހެން ކަން ކަން
36 ވަނަ މާއްދާ - ގަވާ އިދުގައި ބުނެފައިވާ ގޮތުގެ މަތިން އިދާރީގޮތުން ކުރަންޖެހޭ ކަންތައްތަ އް
(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމުގައި ބަލަންޖެހޭ އުސޫލުތަކާއި (ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރސް)، ސިޔާސަތުތަކާއި،މިންގަނޑުތަކާއި، ކޮމިޓީތައް ސެކްރެޓަރީ ޖެނެރަލްގެ ބެލުމުގެ ދަށުން އެކަމާ ބެހޭ ސެކްށަނުން ނުވަތަ ޑިވިޜަނުން އެކުލަވައިލަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި، ސިޔާސަތުތަކާއި،މިންގަނޑުތަކާއި، ކޮމިޓީތައް ކޮމިށަނުން ފާސްކުރަންވާނެއެވެ.
(ނ) މި ގަވާއިދުގައި ކޮމިށަނުން ކުރަންޖެހޭކަމަށް ބުނެފައިވާ ކަންކަން ކޮމިށަނުން ހަވާލުކުރާ ފަރާތަކުން ކުރުމުން އެއީ ކޮމިށަނުން ކުރިކަމެއް ކަމުގައި ބެލޭނެއެވެ.
37 ވަނަ މާއްދާ -
މި ގަވާއިދުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ، އެކަމެއް ނިންމާނީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި، ގާނޫނާއި، ދިވެހި ދައުލަތުގެ އެކި މުއައްސަސާތަކުން އަމަލުކުރަމުންގެންދާ ގޮތެއްގެ މައްޗަށް ރިއާޔަތްކޮށް، ކޮމިށަނުންނެވެ.
38 ވަނަ މާއްދާ -
މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި އުސޫލުތައް ބަޔާންކޮށްފައިވާ ޖަދުވަލުތަކަކީ މި ގަވާއިދުގެ ބައެކެވެ.
39 ވަނަ މާއްދާ -
މި ގަވާއިދަށް އަމަލުކުރަން ފެށުމުން، 2 ސެޕްޓެންބަރު 2010 ގައި އަމަލުކުރަން ފެށުނު "އިލެކްށަންސް ކޮމިށަނުގެ ގަވާއިދު" އުވުނީއެވެ.
40 ވަނަ މާއްދާ -
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދ،ު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
41 ވަނަ މާއްދާ - މާނަކުރުން
"ކޮމިށަން" ކަމަށް ބުނެފައި އެވަނީ، އިލެކްށަންސް ކޮމިށަނަށެވެ.
42 ވަނަ މާއްދާ -
"އިލެކްށަންސް ކޮމިށަނުގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2008-08 (އިލެކްށަންސް ކޮމިށަނުގެ ގާނޫނު) އަށެވެ.
(މި ގާނޫނުގެ އަންނަނިވި ޖަދްލުވަތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެ)
ޖަދުވަލު 1
ހިއުމަން ރިސޯސް ޕެނަލްގެ އުސޫލު
ޖަދުވަލު 2
ވަޒީފާއަށް މީހުން ހޮވުމާއި، ވަޒީފާއިން މީހުން ވަކިކުރުމުގެ އުސޫލު
ޖަދުވަލު 3
މުވައްޒަފުންނާމެދު އި ސްލާހީ ފިޔަވަޅު އެޅުމުގެ އުސޫލު
ޖަދުވަލު 4
މުސާރައާއި އިނާޔަތްތަކާއި އިތުރުގަޑީގެ ފައިސާ ދިނުމުގެ އުސޫލު
ޖަދުވަލު 5
މުވައްޒަފުންނަން ކުރިއެރުން ދިނުމުގެ އުސޫލު
ޖަދުވަލު 6
އޮފީހަށް ހާޒިރުވުމާއި، ހެދުން އެޅުމާއި، ސަލާން ބުނުމާއި، ޗުއްޓީ ނެގުމުގެ އުސޫލު
ޖަދުވަލު 7
ކޮމިށަނުގެ ޖަލްސާތައް ބޭއްވުމާބެހޭ އުސޫލު
ޖަދުވަލު 8
އިންތިހާބަށް މުވައްޒަފުން ހޮވުމާއި، މުވައްޒަފުން ވަކިކުރުމުގެ އުސޫލު
ޖަދުވަލު 9
އޮފީސް ހުޅުވައި ލެއްޕުމާއި، ސެކްށަންތަކުގެ ތަޅުދަނޑި ދޫކުރުމާއި، ތަޅުދަނޑި ހަވާލުކުރުމުގައި އަމަލުކުރާނެގޮތުގެ އުސޫލު
ޖަދުވަލު 10
މުވައްޒަފުންގެ ރެކޯޑުތައް ބެލެހެއްޓުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު
މި ގަވާއިދަށް ގެނެވުނު އިސްލާހު
9 ވަނަ އިސްލާހު (ގަވާއިދު ނަންބަރު 2024-47 ގެ 1 ވަނަ މާއްދާއިން އުވިފައި)
ކިޔުންތެރިންގެ ހިޔާލު