-

އިލެކްށަންސް ކޮމިށަނުގެ ގަވާއިދު (ނަންބަރު 2019-02) އަށް 9 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2024-29)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 28 ފެބުރުއަރީ 2024 ގައި)

 

ގަވާއިދު ނަންބަރު 2019-02 (އިލެކްށަންސް ކޮމިށަނުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 20 ވަނަ މާއްދާގެ (ށ) އިސްލާހުކުރުން. 

ވަޒީފާއިން ވަކިކުރުން 20.

(ހ) ކޮމިށަނުގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ގޮތުގެ މަތީންނެވެ.

(ށ) މުވައްޒަފުގެ އުމުރުން 55 (ފަންސާސް ފަހެއް) އަހަރުވުމުނ،ް މުވައްޒަފަކަށް އިނާޔަތް  ދިނުމާއެކު، ވަޒީފާއިން ރިޓަޔަރކޮށް، ވަޒިފާއިން ދޫކޮށްލުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ. މިގޮތުން މުވައްޒަފަކަށް އިނާޔަތްދޭނީ، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ ގޮތުގެ މަތީންނެވެ. 

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 4 ގައިވާ، "މުސާރައާއި އިނާޔަތްތަކާއި އިތުރުގަޑީގެ ފައިސާ ދިނުމުގެ އުސޫލު" 
އިސްލާހުކުރުން.

 

3 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

މައި ގަވާއިދު

އިލެކްށަންސް ކޮމިށަނުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު