-

އިލެކްށަންސް ކޮމިށަނުގެ ގަވާއިދު (ނަންބަރު 2019-02) އަށް 8 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-128)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 4 ޖުލައި 2023 ގައި)

 

ގަވާއިދު ނަންބަރު 2019-02 (އިލެކްށަންސް ކޮމިށަންގެ ގަވާއިދު) އަށް 8 ވަނަ އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 6 ގައިވާ،  އޮފީހަށް ހާޒިރުވުމާއި، ހެދުން އެޅުމާއި، ސަލާން ބުނުމާއި، ޗުއްޓީ ނެގުމުގެ އުސޫލު އިސްލާހުކުރުން.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި، މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

ޖަދުވަލު 6

އޮފީހަށް ހާޒިރުވުމާއި ، ހެދުން އެޅުމާއި ، ސަލާން ބުނުމާއި ، ޗުއްޓީ ނެގުމުގެ އުސޫލު 

 

1. ތައާރުފު

1.1 މިއީ އިލެކްށަންސް ކޮމިށަނުގެ މުވައްޒަފުން، އޮފީހަށް ހާޒިރުވުމާއި، ސަލާމް ބުނުމާއި، ޗުއްޓީ ނެގުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރާ އުސޫލެވެ.

1.2 މި އުސޫލަށް ކިޔާނީ، "އޮފީހަށް ހާޒިރުވުމާއި، ސަލާން ބުނުމާއި، ޗުއްޓީ ނެގުމުގެ އުސޫލު" އެވެ.

1.3 އިލެކްށަންސް ކޮމިށަނުގެ ހުރިހާ މުވައްޒަފުން ވެސް، މި އުސޫލުގައިވާ ގޮތަށް އަމަލުކުރަންވާނެއެވެ.

 

2. ކޮމިށަނުގެ ރަސްމީ މަސައްކަތު ދުވަހާއި ގަޑި 

2.1 ކޮމިށަނުގެ ސެކްރެޓޭރިއެޓުގައި ރަސްމީކޮށް މަސައްކަތްކުރާނީ، އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް، ހަފުތާއަކު 5 (ފަހެއް) ދުވަހުއެވެ. ބަންދު ދުވަހެއް ކަމުގައި ސަރުކާރުން ކަނޑައަޅާ ދުވަސްތަކާއި ރަސްމީ ބަންދު ދުވަސްތަކަކީ، ކޮމިށަނުގެ ރަސްމީ ބަންދު ދުވަސްދުވަހެވެ. އެހެން ނަމަވެސް، ކޮމިށަނުގެ މުހިންމު މަސައްކަތްތަކާ ގުޅިގެން ކޮމިށަނުން އަންގާ ގޮތެއްގެ މަތީން،އެ ދުވަސްތަކުގައި ވެސް މުވައްޒަފުން މަސައްކަތަށް ނެރެވިދާނެއެވެ.

2.2 ކޮމިށަނުގެ ސެކްރެޓޭރިއެޓުގެ ރަސްމީ ގަޑިއަކީ، ކޮމިށަނުގެ ގަވާއިދާ އެއްގޮތަށް ކޮމިށަނުން ކަނޑައަޅާ ރަސްމީ ގަޑިއެވެ.

2.3 މި ޖަދުވަލުގެ 2.2 ވަނަ ނަންބަރުގެ ދަށުން، ކޮމިށަނުން ކަނޑައަޅާ ރަސްމީ ގަޑީގައި މަސައްކަތަށް ހާޒިރުވާންޖެހޭ މުވައްޒަފުންގެ ތެރެއިން މަގާމުގެ ރޭންކް އެމ.ްއެސް. 3 އިން ފެށިގެން މަތީގެ މުވައްޒަފުން ރަސްމީގަޑިން ފެށިގެން 30 (ތިރީސް) މިނިޓުގެ ތެރޭގައި އޮފީހަށް ހާޒިރު ވެފައިވާނަމަ، ގަޑިޖެހުނު ކަމުގައެއް ނުބެލެވޭނެއެވެ.

2.4 ސެކްރެޓަރީ ޖެނެރަލް ގަޑި ޖެހޭނީ، ކޮމިށަނުގެ ރަސްމީގަޑި ފެށޭތ،ާ 1 (އެކެއް) ގަޑިއިރުގެ ފަހުންނެވެ.

2.5 މި ޖަދުވަލުގެ 2.2 ވަނަ ނަންބަރުގެ ދަށުން، ކޮމިށަނުން ކަނޑައަޅާ ރަސްމީ ގަޑީގައި މަސައްކަތަށް ހާޒިރުވާންޖެހޭ މުވައްޒަ ފުންގެ ތެރެއިން މަގާމުގެ ރޭންކް އެމ.ްއެސް. 3 އިން ފެށިގެން ދަށުގެ މުވައްޒަފުން، މަގުބޫލު އުޒުރަކާއެކު، ސެކްށަނުގެ އިސް ވެރިޔާ ގެ ހުއްދަޔާ އެކު، 30 (ތިރީސް) މިނިޓުގެ ލުޔެއް ދެވިދާނެއެވެ. 

2.6 މި މާއްދާގެ 2.3 ވަނަ ނަންބަރުގެ ދަށުން، އޮފީހަށް ހާޒިރުވި ގަޑި ބެލުމުގައި މުވައްޒަފުންނަށް ލުއި ލިބުނު ކަމުގައި ވިޔަސް، ރަސްމީ މަސައްކަތު ކޮންމެ ދުވަހެއްގައި ކޮންމެ މުވައްޒަފަކު ފުރިހަމަކުރަންޖެހޭ މަސައްކަތު 7 (ހަތެއް) ގަޑިއިރު، 1 (އެކެއް) ގަޑިއިރުގެ ބްރޭކެއް ހިމެނޭގޮތުން ފުރިހަމަ ކުރަންވާނެއެވެ.

2.7 މި މާއްދާގެ 2.2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ރަސްމީ ގަޑި ކަނޑައެޅުމުގައި، ރަމަޒާންމަހަށް ވަކި ހާއްސަ މަސައްކަތު ގަޑިއެއް ކަނޑައެޅުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ. އަދި މިފަދައިން ރަސްމީ މަސައްކަތު ގަޑިއަށް އަންނަ ބަދަލުތަކާ ގުޅިގެން ވެސް، މި ޖަދުވަލުގެ 2.3 ވަނަ ނަންބަރުގެ ދަށުން، މުވައްޒަފުންނަށް ލުޔެއް ކަނޑައެޅުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

2.8 ކޮމިށަނުގެ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ދެވޭނީ، މި މާއްދާގައިވާ ގޮތުގެ މަ ތީން ކޮމިށަނުން ކަނޑައަޅައި ފައިވާ ރަސްމީގަޑި ހަމަވުމަށްފަހު މަސައްކަތް ކޮށްފައިވާ ވަގުތުތަކަށެވެ.

2.9 ރަސްމީ މަސައްކަތު ދުވަހެއްގައި، ވިއްސާރަވުމުގެ ސަބަބުން ނުވަތަ އަމިއްލަ ބާރު ނުފޯރާފަދަ ހާއްސަ ހާލަތެއް މެދުވެރިވެގެން އޮފީހަށް ހާޒިރުވުމަށް ހުރަސްއެޅިފައިވާނަމަ، އެ ދުވަސްތަކުގެ ގަޑިޖެހޭ ވަގުތަށް ބަދަލުގެނައުމުގެ އިހްތިޔާރު، ސެކްރެޓަރީ ޖެނެރަލަށް ލިބިގެންވެއެވެ.

2.10 ކޮންމެ މުވައްޒަފަކު ވެސް، އެ މުވައްޒަފަކު މަސައްކަތް ކުރަންޖެހޭ ހުރިހާ ދުވަހަކު ގަޑިއަށް މަސައްކަތަށް ހާޒިރުވާން ވާނެއެވެ. ސަޕޯޓު ސްޓާފުންނާއި، އޮފީހުގެ ތަޅުދަނޑި ގެންނަ މުވައްޒަފާއި، އޮފީސް ހުޅުވުމާ ހަވާލުވެހުރި މުވައްޒަފ،ު ރަސްމީގަޑި ފެށުމުގެ 15 (ފަނަރަ) މިނިޓުގެ ކުރިން އޮފީހަށް ހާޒިރުވާން ވާނެއެވެ.

2.11 އޮފީހުގެ މަސައްކަތަށް ނުކުމެ، އޮފީހަށް ހާޒިރުވި ގަޑި، އެކަމަށް ކަނޑައެޅިފައިވާ ސިސްޓަމް މެދުވެރިކޮށް ރިކޯޑު ކުރަން ވާނެއެވެ. ހާޒިރުވާންޖެހޭ ގަޑިޖެހުމުގެ ކުރިން އޮފީހަށް ހާޒިރު ވިޔަސް، ހާޒިރުވި ގަޑި ގަވާއިދުން ރިކޯޑުކޮށްފައި ނުވާނަމަ، އެ މުވައްޒަފަކު ގަޑި ޖެހޭނެއެވެ. ހާޒިރުވި ގަޑި ބަލާނީ، ހާޒިރުވި ގަޑި ރިކޯޑުކުރި ވަގުތުން ފެށިގެންނެވެ.

2.12 އޮފީހުގެ ހާޒިރީ ރިކޯޑުކުރާ ސިސްޓަމަށް މައްސަލައެއް ދިމާވެގެން ނުވަތަ އެހެންވެސް ސަބަބަކާހުރެ އޮފީހަށް ހާޒިރުވި ގަޑި ރިކޯޑު ނުކުރެވޭގޮތް މެދުވެރިވެއްޖެނަމަ، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނަށް ހާޒިރުވެ، ހާޒިރުވި ގަޑި ވަގުތުން ރިކޯޑު ކުރަންވާނެއެވެ. އަދި ދިމާވި މައްސަލައެއް އެހިނދުން އެހިނދަށް ހައްލުކޮށް، ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރަން ވާނެއެވެ.

2.13 ރަސްމީ މަސައްކަތު ދުވަހެއްގައި، އުޒުރެއް މެދުވެރިވެގެން ސަލާން ބުނުމަކާ ނުލައި ނުވަތަ ޗުއްޓީ ނެގުމަކާ ނުލައި، އެއްވެސް މުވައްޒަފަކު އޮފީހަށް ހާޒިރުނުވެ ހުރެއްޖެނަމަ، ނުވަތަ ހާޒިރުވެ، މި އުސޫލުގައިވާ ގޮތުގެ މަ ތީން އޮފީހަށް ހާޒިރުވި ގަޑި ރިކޯޑު ކޮށްފައި ނުވާނަމަ ބަލާނީ، ހާޒިރުނުވާ ދުވަހެއްގެ ގޮތުގައެވެ.

2.14 މުވައްޒަފުން އޮފީހަށް ހާޒިރުވާންޖެހޭ ގަޑި ފާއި ތުވުމަށްފަހު، އޮފީހަށް ހާޒިރުވާ މުވައްޒަފުން ގަޑި ޖެހޭނެއެވެ. ކޮމިށަނުގެ މުވައްޒަފަކު އޮފީހަށް ހާޒިރުވުމުގައި ގަޑިޖެހިއްޖެނަމަ، އެ މުވައްޒަފެއްގެ މުސާރައިން ވަޒީފާއަށް ނުނުކުންނަ ވަގުތަށްވާ މިންވަރު ގަޑީލާރީގެ ގޮތުގައި ކަނޑަންވާނެއެވެ.

2.15 އޮފީސް ހުޅުވާ މުވައްޒަފަކު ހާޒިރު ނުވެގެން، ނުވަތަ އެހެން ވެސް ސަބަބަކާހުރެ ގަޑި ޖެހުނުއިރު އޮފީސް ނުހުޅުވިއްޖެނަމަ، ހާޒިރީ ބަލަހައްޓާ ސެކްށަނުގެ ވެރިޔާ އަންގާ ގޮތެއްގެ މަތީން މުވައްޒަފުން ހާޒިރުވި ގަޑި ބަލާނީއެވެ. ހާޒިރީ ބަލަހައްޓާ ސެކްށަނުގެ ވެރިޔާ ހާޒިރު ވެ ނެތްނަމަ، ހާޒިރުވެ ހުރި އެންމެ އިސް މުވައްޒަފަކު އަންގާ ގޮތެއްގެ މަތީން ހާޒިރީ ބަލަންވާނެއެވެ. އޮފީސް ހުޅުވުމުން، ހާޒިރުވި މުވައްޒަފުންގެ ހާޒިރީ ރިކޯޑުކުރާނީ، އެކަމަށް ހާއްސަކޮށް ފައިވާ ފޯމުގައެވެ.

2.16 ކޮމިށަނުން އަންގައިގެން އޮފީހުގެ މަސައްކަތެއްގައި އޮފީހުން ބޭރުގައި އުޅުމުގެ ސަބަބުން އޮފީހަށް އަންނަންވާ ގަޑިއަށް ހާޒިރު ނުވެވޭނަމަ، ނުވަތަ ސައިންއައުޓް ނުވެވޭނަމަ، ހާޒިރީ ބަލަހައްޓާ މުވައްޒަފަކަށް، އެކަން އަންގަންވާނެއެވެ. އަދި ދެން ޖެހިގެން އަންނަ ދުވަހު އޮފީހަށް ނުކުމެ، ހާޒިރީ ބަލަހައްޓާ ސެކްށަނުން އެކަން ހައްލު ކު ރުވަންވާނެއެވެ.

2.17 ދަންވަރު 12:00 ގެ ފަހުން މުވައްޒަފު މަސައްކަތް ކުރާނަމަ، ދަންވަރު 12:00 ގެ ފަހުން ހިނގާ ވަގުތަށް ބަލައި، ޖެހިގެން އަންނަ ދުވަހު ހެނދުނު އޮފީހަށް ނުކުތުމުގައި، އެ މުވައްޒަފަކަށް އެ މިންވަރަށް ވަގުތު ފަސްކޮ ށްދޭންވާނެއެވެ. މި ފަދަ ހާލަތެއްގައި ގަޑި އިތުރުކުރެވޭނެ އެންމެ ލަސް ގަޑިއަކީ، އެ ދުވަހުގެ މެންދުރު 12:00 އެވެ. މި ހާލަތުގައި މަސައްކަތްކުރަންޖެހޭ މުވައްޒަފު ރަސްމީ ގަޑީގައި 4 (ހަތަރެއް) ގަޑިއިރު ހަމަނުވާ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ މުވައްޒަފަކު ރަސްމީގަޑީގައި 4 (ހަތަރެއް) ގަޑިއިރު ހަމަކުރުމުން އިސްތިސްނާވާނެއެވެ. މިފަދަ ހާލަތެއް މެދުވެރިވެގެން އެ މުވައްޒަފެއްގެ ރަސްމީ ގަޑީގެ ފެށުން ލަސްކުރަން ޖެހިއްޖެނަމަ، އެދުވަހުގެ 13:00 ގެ ކުރިން،މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނަށް، އެ މުވައްޒަފަކު އެކަން އަންގަންވާނެއެވެ. އަދި މިގޮތަށް ދިމާވާ ހާލަތުގައި، އެ މުވައްޒަފެއްގެ އިތުރުގަޑި ގުނަން ފަށާނީ، އޮފީހުގެ މަސައްކަތަށް ނުކުމެ، ރަސްމީ މަސައްކަތު ގަޑި 7 (ހަތެއް) ގަޑިއިރު ހަމަކުރާ ވަގުތުން ފެށިގެންނެވެ.

2.18 މުވައްޒަފަކު، ވީގޮތެއް ނާންގައި އޮފީހަށް ނުނުކުމެ ހުރެއްޖެނަމަ، އެ މުވައްޒަފު ވަޒީފާ އަދާކުރާ ސެކްށަން ނުވަތަ ޑިވިޒަން ހިންގާ ވެރިޔ،ާ ސެކްރެޓަރީ ޖެނެރަލަށް، ލަސްނުކޮށް އެކަން ހުށަހަޅަންވާނެއެވެ. އަދި އެ މައްސަލ،ަ ސެކްރެޓަރީ ޖެނެރަލް ލަސްނުކޮށް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

2.19 މުވައްޒަފަކު ބަންދުގައި ހުރުމުގެ ސަބަބުން އޮފީހަށް ހާޒިރުނުވާތާ 1 (އެކެއް) މަސްދުވަސް ވެއްޖެނަމަ، އެ މުވައްޒަފު ވަޒީފާ އަދާކުރާ ސެކްށަނުން ނުވަތަ ޑިވިޒަނުން، އެ މުވައްޒަފެއްގެ ވަޒީފާއާމެދު ފެންނަ ގޮތަކާއެކު ސެކްރެޓަރީ ޖެނެރަލަށް ހުށަހަޅަންވާނެއެވެ. އަދި ސެކްރެޓަރީ ޖެނެރަލް، އެ މައްސަލަ ލަސްނުކޮށް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

2.20 މުވައްޒަފަކު އަމިއްލަ ބޭނުމަކު ރަސްމީ ގަޑީގައި އޮފީހުން ބޭރަށްދިޔަނަމަ، އެ މުވައްޒަފެއްގެ އިތުރުގަޑި ގުނަން ފަށާނީ، އޮފީހުގެ މަސައްކަތުގައި، އެ އިރަކު ރަސްމީ މަސައްކަތު ގަޑިކަމަށް ކޮމިށަނުން ކަނޑައަޅައި ފައިވާ ގަޑި ހަމަކުރާ ވަގުތުން ފެށިގެންނެވެ.

2.21 ކޮމިށަނުގައި ވަޒީފާ އަދާކުރާ މުވައްޒަފަކު ބޭނުންވެއްޖެނަމަ، ކޮމިށަނުގެ ނުރަސްމީ ގަޑީގައި މަސައްކަތަށް ދަތިނުވާ ގޮތަށް، އެ މުވައްޒަފަކު ކިޔަވަން ދިޔުމުގެ ފުރުސަތު ކޮމިށަނުން ދޭންވާނެއެވެ. އަދި މިފަދަ މުވައްޒަފުން ކިޔެވުމުގެ ށެޑިއުލް، އެ މުވައްޒަފެއްގެ ސުޕަވައިޒަރާއި، މުވައްޒަފުންނާބެހޭ ކަންތައް ބަލަހައްޓާ ސެކްށަނާ ހިއްސާކުރަންވާނެއެވެ.

 

3 އޮފީހުން ބޭރަށް ދިއުމާއި، ރަށުން ބޭރަށް ދިއުން

3.1 މަސައްކަތު ގަޑީގައި މުވައްޒަފަކު އަމިއްލަ ކަމެއްގައި އޮފީހުން ބޭރަށް ދާންވާނީ، ކޮންމެހެން ނުގޮސް ނުވެއްޖެ ހާލަތެއްގައި، އެ މުވައްޒަފަކު މަސައްކަތްކުރާ ސެކްށަނުގެ ނުވަތަ ޑިވިޒަނުގެ ވެރިއެއްގެ ހުއްދަ ލިބިގެންނެވެ.

3.2 އޮފީހުގެ މަސައްކަތު ގަޑީގައި މުވައްޒަފު އޮފީހުން ބޭރަށްދާނަމަ، ބޭރަށްދާ ގަޑިއާއި، އެނބުރި އައި ގަޑި، ހާޒިރީ ރިކޯޑު ކުރުމަށް ކަނޑައަޅައިފައިވާ ސިސްޓަމް މެދުވެރިކޮށް ރިކޯޑު ކުރަންވާނެއެވެ.

3.3 ކޮމިށަނުގެ މުވައްޒަފަކު، ބަންދު ދުވަހެއްގައި ނަމަވެސް، ރަށުން ބޭރަށް ނުވަތަ ރާއްޖެއިން ބޭރަށް ދާނަމަ، އެ މުވައްޒަފަކު ނިސްބަތްވާ ސެކްށަނުގެ ވެރިޔާއަށް ނުވަތަ ޑިވިޒަނުގެ ވެރިޔާއަށް އަންގަންވާނެއެވެ. އަދި ޑިވިޒަންތަކުގެ ވެރިން ބަންދު ދުވަހެއްގައި ނަމަވެސް، ރަށުން ބޭރަށް ނުވަތަ ރާއްޖެއިން ބޭރަށް ދާނަމަ، ސެކްރެޓަރީ ޖެނެރަލަށް އަންގަންވާނެއެވެ.

 

4 ކޮމިށަނުގެ މުވައްޒަފުން ހެދުން އެޅުމުގައި ބަލަންޖެހޭ މިންގަނޑުތައް

4.1 ކޮމިށަނުގެ މުވައްޒަފުން ރަސްމީގަޑީގައި އޮފީހަށް ނުކުންނައިރު ހެދުން އަޅަންވާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

4.2 ފިރިހެން މުވައްޒަފުންގެ ހެދުމަކީ، ފަޓުލޫނާއި އަތްދިގު ގަމީސް ނުވަތަ އަތްކުރު ގަމީހާއި ޓައީއެވެ. ނުވަތަ ދިގު ފަޓުލޫނާއި އަތްދިގު ބުސް ގަމީހެވެ. ނުވަތަ ސަފާރީއާއި ކޯޓު ފަޓުލޫނެވެ. މިގޮތަށް ހެދުން އަޅާއިރު މުވައްޒަފުން ތިބެންޖެހޭނީ، އޮފީސް ބޫޓަށް ނުވަތަ ރަސްމީ މާހައުލެއްގައި ބޭނުންކުރުމަށް އެކަށީގެންވާ ބޫޓަކަށް އަރައިގެންނެވެ.

4.3 އަންހެން މުވައްޒަފުންގެ ހެދުމަކީ، ފާސްކުރި ހެދުން ނުވަތަ ޕާކިސްތާނު ހެދުން (ސަލްވާރާއި ގަމީސް ނުވަތަ ކުރުތާއާއި ދޯޕައްޓާ) ނުވަތަ ހަރުވާޅާއެކުގައި ލާ މަތީބައި، ނުވަތަ މި ނޫން ވެސް، ޖަމާއަތުގެ އަދަބާ ހިލާފުނުވާ ހެދުމަކާއި، ރަސްމީ މާހައުލެއްގައި ބޭނުންކުރުމަށް އެކަށީގެންވާ ފައިވާނެކެވެ.

4.4 ސަޕޯޓް ސްޓާފް ކެޓަގަރީގައި ހިމެނޭ ފިރިހެން މުވައްޒަފުންގެ ހެދުމަކީ، ފަޓުލޫނާއި ގަމީސް ނުވަތަ ބުސް ގަމީހާއި، އެކަށީގެންވާ ފައިވާނެކެވެ. މި ގިންތީގެ އަންހެން މުވައްޒަފުންގެ ހެދުމަކީ، މަސައްކަތަށް ދަތިނުވ،ާ މުޖުތަމައުގެ އަދަބާ ހިލާފުނުވާ ހެދުމަކާއި، އެކަށީގެންވާ ފައިވާނެކެވެ.

4.5 އިލެކްށަންސް ކޮމިށަނުގެ މުވައްޒަފުން ރަސްމީގަޑީގައި ހެދުން އަޅައިފައި ހުންނަންވާނީ، ކާކުކަން އެނގޭ ގޮތަށެވެ.

4.6 މުހިންމު ރަސްމިއްޔާތުތަކުގައި ކޮމިށަނުން ބައިވެރިވާ މުވައްޒަފުން ތިބެންވާނީ، އެ މުނާސަބަތަކަށް ކަނޑައަޅައިފައިވާ ހެދުމެއްގައެވެ.

4.7 ކޮމިށަނުން އެހެން ގޮތަކަށް ނާންގައިހައި ހިނދަކު، ކޮންމެ ހަފުތާއެއްގެ ބުރާސްފަތިދުވަހު، ކޮމިށަނުގެ މުވައްޒަފުންގެ ރަސްމީ ހެދުމަކީ، "ކޮމިށަނުގެ ވާރކިންގ ޑްރެސް" އެވެ.

 

5 ނުރަސްމީ ގަޑީގައި މަސައްކަތްކުރުން

5.1 ނުރަސްމީ ގަޑީގައި މަސައްކަތް ކުރުވުމަށް މުވައްޒަފުން ނެރެންވާނީ، ދުވަހުންދުވަހަށް އާދަވެގެން ކުރާ މަސައްކަތުގެ އިތުރަށް ވަކި މުއްދަތަކަށް ނިންމަންޖެހޭ މުހިންމު މަސައްކަތްތައް ކުރުމަށެވެ.

5.2 ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަކީ ހުއްދަ ލިބިގެން ކުރާ މަސައްކަތަކަށް ވާންވާނެއެވެ. ނުރަސްމީ ގަޑީގައި މުވައްޒަފަކު ކުރި މަސައްކަތުގެ ރިކޯޑު އެނގެން އޮންނަން ވާނެއެވެ. އަދި ކަނޑައެޅިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން، އެ މުވައްޒަފަކަށް އިތުރުގަޑީގެ ފައިސާ ދޭންވާނެއެވެ.

5.3 ބަންދު ދުވަސްތައް ހިމެނޭހެން އާންމު އުސޫލުން މުވައްޒަފަކަށް އިތުރުގަޑީގެ ގޮތުގައި ފައިސާ ދެވޭނީ،މަހެއްގެ މައްޗަށް 44 )ސާޅީސް ހަތަރެއް( ގަޑިއިރަށް ވުރެ އިތުރުނުވާ ގޮތުގެ މަތީންނެވެ. އިންތިހާބުގެ ދުވަސްވަރު، މި އުސޫލުން އިސްތިސްނާވާނެއެވެ.

5.4 44 )ސާޅީސް ހަތަރެއް( ގަޑިއިރަށް ވުރެ އިތުރަށް ނުރަސްމީ ގަޑީގައި މުވައްޒަފަކު މަސައްކަތް ކޮށްފައިވާނަމަ، އެ ހާލަތުގައި އިތުރުވާ ގަޑީގެ އުޖޫރަ ހަމަޖެއްސުމުގެ މައްސަލަ ކޮމިށަނަށް ހުށަހަޅައިގެން އެކަމާ ބެހޭގޮތުން ގޮތެއް ނިންމަންވާނެއެވެ.

5.5 އިންތިހާބެއްގެ ދުވަސްވަރުކަމަށް ބަލާނީ، އިންތިހާބެއް ބާއްވާ ތާރީހުގެ ކުރިން 90 (ނުވަދިަހަ) ދުވަހާއި، އިންތިހާބެއް ނިމިގެން 30 (ތިރީސް) ދުވަހާއެކު، ޖުމުލަ 120 (އެއްސަތޭކަ ވިހި) ދުވަހަށެވެ. ނަމަވެސް، ބައ-ިއިލެކްށަން ބާއްވާ ދުވަސްތައް، މި 120 (އެއްސަތޭކަ ވިހި) ދުވަހުގެ ތެރެއަކު ނުހިމެނެއެވެ.

 

6 ޗުއްޓީއަށް އެދުމާއި، ޗުއްޓީ ދިނުން

6.1 އަހަރީ ޗުއްޓީ ނަގަން ބޭނުންވާ މުވައްޒަފުން އެކަމަށް ހާއްސަކޮށްފައިވާ ފޯމު ނުވަތަ އެޗ.ްއާރު. ސިސްޓަމުން، ޗުއްޓީ ފަށަން ގަސްތުކުރާ ދުވަހުގެ މަދުވެގެން ރަސްމީ މަސައްކަތުގެ 2 (ދޭއް) ދުވަހުގެ ކުރިން މުވައްޒަފުންނާބެހޭ ކަންތައްތައް ބަލަހައްޓާ ސެކްށަނަށް ހުށަހަޅަންވާނެއެވެ.

6.2 މުވައްޒަފަކަށް ޗުއްޓީ ދޭންވާނީ، އެ މުވައްޒަފު އެދިފައިވާ ޗުއްޓީގައި، އެ މުވައްޒަފަށް ހައްގުވާ ޗުއްޓީގެ ބާކީދުވަސް ހުރިނަމައެވެ.

6.3 މުވައްޒަފަށް ޗުއްޓީ ދެވެން ނެތްނަމަ، ޗުއްޓީ ދެވެން ނެތް ސަބަބ،ު އެ މުވައްޒަފަށް އަންގަންވާނެއެވެ.

 

7 ސަލާމް ބުނުން

7.1 ސަލާމުގެ ޗުއްޓީ ދެވޭނީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 42 ވަނަ މާއްދާއާއި،މި ގަވާއިދާއި މި އުސޫލުގައިވާ ގޮތުގެ މަތީންނެވެ.

7.2 ކޮމިށަނުގެ މުވައްޒަފުން ސަލާން ބުނަންވާނީ، އެ މުވައްޒަފަކު ބަލިވެގެން އޮފީހަށް ހާޒިރުވުމަށް 
އުޒުރުވެރިވެއްޖެ ހާލަތެއްގައެވެ.

7.3 އެ މުވައްޒަފަކު މަސައްކަތަށް ހާޒިރުވުމަށް ކަނޑައެޅިފައިވާ ރަސްމީ މަސައްކަތު ގަޑިއަށް ނުކުތުމަށް އުޒުރުވެރިވެއްޖެނަމަ، އެ މުވައްޒަފެއްގެ ރަސްމީ މަސައްކަތު ގަޑި ފެށޭތާ ލަސްވެގެން 1 (އެކެއް) ގަޑިއިރުގެ ތެރޭގައި، އެ މުވައްޒަފެއްގެ ސުޕަވައިޒަރަށް އެކަން އެންގުމާއެކު، ހިއުމަން ރިސޯސްގެ ސޮފްޓްވެއަރ މެދުވެރިކޮށް ސަލާން ނޯޓުކުރަންވާނެއެވެ. އަދި ހިއުމަން ރިސޯސްގެ ސޮފްޓްވެއަރގައި ސަލާން ނޯޓު ނުކުރެވޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ކަމާގުޅޭ މުވައްޒަފަކަށް އެކަން އަންގަ އި،ސަލާން ނޯޓުކުރެވުނުކަން ކަށަވަރު ކުރަންވާނެއެވެ.

7.4 ސަލާމުގެ ޗުއްޓީ ނަގަން ބޭނުންވާ މުވައްޒަފ،ު އޮފީހުގެ ރަސްމީ ގަޑި ފެށޭތާ 1 (އެކެއް) ގަޑިއިރުގެ ތެރޭގައި، މުވައްޒަފުންނާބެހޭ ކަންތައްތައް ބަލަހައްޓާ ސެކްށަނަށާއި، އެ މުވައްޒަފެއްގެ ސުޕަވައިޒަރަށް އެކަން އަންގައިފައި ނުވާނަމަ، އެ ދުވަހެއް ބަލަންވާނީ، ހާޒިރުނުވާ ދުވަހަކަށެވެ.

7.5 އެ ދުވަހު ކޮންމެހެން ނިންމަންޖެހޭ މުހިންމުކަމެއް ސަލާމުގައި ހުރި މުވައްޒަފާ ހަވާލުކޮށްފައިވާނަމަ، އެކަމެއްގެ މައުލޫމާތ،ު އޭނާ މަސައްކަތްކުރާ ސެކްށަނުގެ ވެރިޔަކަށް އަންގަންވާނެއެވެ.

7.6 ވަކި ހާއްސަ މަސައްކަތެއް ހަވާލުވެފައިވާ މުވައްޒަފަކު ސަލާން ބުނާނަމަ، އެ މީހެއްގެ މަސައްކަތް އެހެން މީހަކާ ހަވާލުކޮށްގެން ހިންގަން ފެށޭހައި ވަގުތު އޮއްވައި، އެ މީހެއްގެ ސުޕަވައިޒަރަށް އެކަން އަންގަންވާނެއެވެ. އަދި އެ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގައި ފުރިހަމަ އެއްބާރުލުން ދޭންވާނެއެވެ.

7.7 ވަގުތު އޮއްވައި ނޭންގޭފަދ،ަ ޖިސްމާނީ ނުކުޅެދުންތެރިކަމެއް މެދުވެރިވުން ކަހަލަ ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ، އެންގޭފަދަ ހާލަތަކަށް އެ މީހަކު އައިހާ އަވަހަކަށް، ސަލާމުގެ ކަންތައް ހަމަޖެއްސުމަށް ޓަކައި، އެ މީހަކު އެކަން އޮފީހަށް އަންގަންވާނެއެވެ. މިފަދަ ހާލަތެއް މެދުވެރިވެގެން މުވައްޒަފަކު ސަލާމުގެ ޗުއްޓީ ހަމަޖެއްސުމަށް އެދިއްޖެނަމަ، އެ މުވައްޒަފަކަށް ސަލާމުގެ ޗުއްޓީ ހަމަޖައްސައިދޭން ވާނެއެވެ.

7.8 މުވައްޒަފަކު ހިދުމަތް ކުރާ ކޮންމެ އަހަރަކަށް ސަލާމުގެ ޗުއްޓީގެ ގޮތުގައި މުސާރަ ލިބޭގޮތަށް ދެވޭނީ، ގިނަވެގެން 30 (ތިރީސް) ދުވަހެވެ. ސަލާމުގެ ޗުއްޓީ ދިނުމުގައި އަހަރު ބަލާނީ، އަހަރީ ޗުއްޓީ ދިނުމުގައި އަހަރު ބަލާ އުސޫލުންނެވެ. ނަމަވެސް ވަޒީފާ އަދާކުރާތާ އަހަރު ނުވިކަމުގައި ވިޔަސް،ސަލާމުގެ ޗުއްޓީ ދެވިދާނެއެވެ.

7.9 ބަލީގެ ބާވަތާއި އެ ބަލީގެ ސަބަބުން މުވައްޒަފަކަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް،ރަޖިސްޓަރީކޮށްފަ އިވާ ސިއްހީ މަސައްކަތްތެރިޔަކު ދޫކުރާ މެޑިކަލް ސެޓުފިކެޓެއް، ވަޒީފާއަށް ނުކުންނަ ދުވަހު ހުށަހެޅުމުން މެނުވ،ީ އެ މުވައްޒަފަކަށް ސަލާމުގެ ޗުއްޓީ ދިނުން، ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމުވެގެންނެއް ނުވެއެވެ.

7.10 މި މާއްދާގެ 7.9 ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ސަލާމުގެ ޗުއްޓީގެ ގޮތުގައި ބަޔާންކުރާ 30 (ތިރީސް) ދުވަހުގެ ތެރެއިން 15 (ފަނަރަ) ދުވަސް، ވިދިވިދިގެން 2 (ދޭއް) ދުވަހަށްވުރެ ދިގުނުވާނެ ގޮތެއްގެ މަތީން، މެޑިކަލް ސެޓުފިކެޓަކާ ނުލައި، ސަލާމުގެ ޗުއްޓީގެ ގޮތުގައި ބޭނުންކުރުމުގެ އިހްތިޔާރު، ވަޒީފާ އަދާކުރާ ފަރާތަށް ލިބިގެންވެއެވެ.

7.11 ހުށަހަޅަންޖެހޭ ސަލާމުގެ ސެޓުފިކެޓ،ު އެ މުވައްޒަފަކު ވަޒީފާއަށް ނުކުންނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހުށަހަޅަންވާނެއެވެ. ސެޓުފިކެޓު ހުށަނާޅައިފިނަމަ، ވަޒީފާއަށް ނުނުކުމެވުނު ސަބަބު އަންގައިފައި އޮތްނަމަ ވެސް، ސެޓުފިކެޓު ހުށަހަޅަންޖެހޭ ދުވަސްތަކުގެ ތެރެއިން ނުނުކުމެހުރި ދުވަސްތައް ބެލޭނީ،ހާޒިރުނުވާ ދުވަސްތަކެއް ކަމުގައެވެ.

7.12 ބަލިވެގެން، ބަލީގެ ބާވަތާއި އެ ބަލީގެ ސަބަބުން މުވައްޒަފަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް، މި މާއްދާގައި ބަޔާން ކޮށްފައިވާފަދަ މެޑިކަލް ސެޓުފިކެޓެއް އޮފީހަށް ހުށަހަޅައިފިނަމަ، ސަލާމުގެ ޗުއްޓީ ކުރިޔަށް ވެސް ނެގިދާނެއެވެ.

7.13 ހަފުތާ ބަންދު ދުވަސްތަކުގެ ޗުއްޓީއާ ގުޅިގެން އާންމުކޮށް މީހަކު ބަލިވުމުގެ ފުރުސަތަކީ އޮތް ކަމަކަށް ނުވާތ،ީ އެގޮތަށް ސަލާން ބުނާ މުވައްޒަފުންނަކީ މަސައްކަތަށް ފަރުވާކުޑަކުރާ މުވައްޒަފެއްގެ ގޮތުގައި ބެލުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ. 

7.14 ސެޓުފިކެޓު ހުށަހަޅަން ޖެހޭގޮތަށް ސަލާމުގެ ޗުއްޓީގައި ހުއްޓާ މަހުގެ މުސާރަދޭ ދުވަސް އަތުވެއްޖެނަމަ، މުސާރަދޭ ދުވަހު ސެޓުފިކެޓު ހުށަހަޅަންޖެހޭ ދުވަސްތަކަށް ސެޓުފިކެޓު ހުށަހެޅުމުން މެނުވ،ީ އެ މަހުގެ މުސާރަ ދޭންވާނީ ސަލާމުގައި ހުރި ދުވަސްތަކަށް މުސާރައާއި އިނާޔަތްތައް އުނިކުރުމަށް ފަހުގައެވެ. އޮފީހަށް ނުކުންނަ ދުވަހު ސަލާމުގެ ސެޓުފިކެޓު ހުށަހަޅައިފިނަމަ، ސަލާމުގެ މުއްދަތަށް ކެނޑި މުސާރ،ަޖެހިގެން އަންނަ މަހުގެ މުސާރަޔާ އެކު ދޭންވާނެއެވެ.

7.15 މި އުސޫލުގައިވާ ގޮތުގެ މަތީން މުވައްޒަފު ސަލާން ބުނެފިނަމަ، އެ ދުވަހަކީ އެ މުވައްޒަފަކު ސަލާމުގައި ހުރި ދުވަހެއްކަމުގައި ބަލަންވާނެއެވެ. މިގޮތުން އެ ދުވަހަކީ ސަލާން ބުނި ދުވަހެއް ކަމުގައި ބެލޭނީ، އެ މުވައްޒަފެއްގެ ސަލާމުގެ ޗުއްޓީ ހަމަނުވާ ހާލަތުގައެވެ.

7.16 މުވައްޒަފަކު ކޮމިށަނުގެ މަސައްކަތެއްގައި އުޅެނިކޮށް ލިބުނު ގެއްލުމެއްގެ ސަބަބުން، ފަރުވާކުރުމަށް "ހިދުމަތުގައި އުޅެނިކޮށް ލިބޭ ގެއްލުމަށް ދެވޭ ޗުއްޓީ" ގައި ހުންނަ ދުވަސްތައް ގާނޫނީގޮތުން މުވައްޒަފަށް ހައްގުވާ ސަލާމުގެ 30 (ތިރީސް) ސަލާމުގެ ތެރެއަކު ނުގުނޭނެއެވެ. މިފަދަ ޗުއްޓީގައި ހުންނަ މުވައްޒަފަށްމުސާރައާއި އިނާޔަތްތައް ހަމަޔަށް ދޭންވާނެއެވެ.

 

8 އަހަރީ ޗުއްޓީ

8.1 ކޮމިށަނުގެ ދާއިމީ މުވައްޒަފުންނަށް ކޮންމެ އަހަރަކު 30 (ތިރީސް) ދުވަހުގެ އަހަރީ ޗުއްޓީ، މުސާރަޔާ އެކު ދޭންވާނެއެވެ. އަލަށް ވަޒީފާދޭ މުވައްޒަފުންނަށް އަހަރީ ޗުއްޓީ ހައްގުވާނީ، ވަޒީފާގައި 1 (އެކެއް) އަހަރުދުވަސް ވުމުންނެވެ. އަހަރީ ޗުއްޓީގެ ދުވަސްތައް ގުނާނީ، ބަންދު ދުވަސްތައް ނުހިމަނައެވެ.

8.2 ކޮންމެ ސެކްށަނެއްގައި ވެސް، އެ ސެކްށަނެއްގެ މުވައްޒަފުން ޗުއްޓީ ނަގަން ބޭނުންވާގޮތުގެ ޕްލޭނެއް އޮންނަންވާނެއެވެ. މުވައްޒަފު ޗުއްޓީއަށް އެދެންވާނީ، ޗުއްޓީ ގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. މި މާއްދާގައި މިހެން އޮތް ނަމަވެސް، ހާއްސަ ހާލަތަކާ ގުޅިގެން ޗުއްޓީ ދޭން މުވައްޒަފުގެ ސުޕަވައިޒަރަށް ފެނިއްޖެނަމަ، އެ މުވައްޒަފަކަށް ޗުއްޓީ ދެވިދާނެއެވެ.

8.3 ކޮންމެ މުވައްޒަފަކު ވެސް އަހަރީ ޗުއްޓީ ހައްގުވާ ދުވަހުން ފެށިގެން 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި، އަހަރީ ޗުއްޓީ ނަގަންވާނެއެވެ. އެ މުވައްޒަފަކަށް ހައްގުވާ އަހަރީ ޗުއްޓީ، ހައްގުވި ތާރީހުން ފެށިގެން ބޭނުންނުކޮށް އޮވެ، 1 (އެކެއް) އަހަރުދުވަސް ފާއިތުވެއްޖެނަމަ، އެ ޗުއްޓީ ކެންސަލްވާނެއެވެ. އަދި މިފަދައިން ކެންސަލްވާ ޗުއްޓީގެ ދުވަސްތަކަށް ބަދަލުގައި ފައިސާއެއް ނުދެވޭނެއެވެ.

8.4 މުވައްޒަފުންނަށް އަހަރީ ޗުއްޓީ ލިބޭނީ، އެ މުވައްޒަފަކާ ހަވާލުކޮށްފައިވާ މަސައްކަތްތަކާ ބެހޭގޮތުން، އެ މުވައްޒަފެއްގެ ސުޕަވައިޒަރާ މަށްވަރާކުރުމަށްފަހު، ސެކްރެޓަރީ ޖެނެރަލް ހަމަޖައްސާ ގޮތެއްގެ މަތީންނެވެ. އަދި ސެކްރެޓަރީ ޖެނެރަލަށް ޗުއްޓީ ލިބޭނީ، ކޮމިށަނުން ނިންމާ ގޮތެއްގެ މަތީންނެވެ.

8.5 އަހަރީ ޗުއްޓީގައި މުވައްޒަފަކު ހުއްޓާ ކޮމިށަނުގެ އެއްވެސް މަސައްކަތެއް، އެ މުވައްޒަފަކު ލައްވައި ކުރުވައިގެން ނުވާނެއެވެ.

8.6 އިންތިހާބަކަށް އިއުލާނުކުރުމާ ހަމައިން ފެށިގެން، އެ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރުމާ ހަމަޔަށް އެއްވެސް މުވައްޒަފަކަށް ޗުއްޓީއެއް ނުދެވޭނެއެވެ. އެހެން ނަމަވެސް، އެ މުވައްޒަފަކަށް ކުރިމަތިވާ ހާއްސަ ޒަރޫރީ ހާލަތެއްގައި ދޭންޖެހޭ ޗުއްޓީ މިއިން އިސްތިސްނާވާނެއެވެ. މިގޮތުން ކޮމިށަނުން ހިފަހައްޓާ ޗުއްޓީ، އިންތިހާބުގެ މަސައްކަތް ނިމުމުން، އެ މުވައްޒަފަކު އެދިއްޖެނަމަ، އެ ޗުއްޓީ ހަމަޖައްސައިދޭން ވާނެއެވެ.

8.7 ކޮމިށަނުގަ އި ވަގުތީގޮތުން 1 (އެކެއް) އަހަރުދުވަހަށް ވުރެ ދިގު މުއްދަތަކަށް ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މުވައްޒަފުންނަށް، އަހަރު ހަމަވުމުން، މި މާއްދާގައިވާ ގޮތުގެ މަތީން ކޮންޓްރެކްޓުގެ މުއްދަތުގެ ނިސްބަތުން އަހަރީ ޗުއްޓީ ދެވިދާނެއެވެ.

8.8 އަހަރީ ޗުއްޓީ ނަގަން ބޭނުންވާ މުވައްޒަފުން، އެކަމަށް ހާއްސަކޮށްފައިވާ ފޯމު ނުވަތަ އެޗ.ް އާރް ސިސްޓަމުން ޗުއްޓީ ފަށަން ގަސްތުކުރާ ދުވަހުގެ މަދުވެގެން ރަސްމީ މަސައްކަތު 2 (ދޭއް) ދުވަހުގެ ކުރިން، މުވައްޒަފުންނާބެހޭ ކަންތައްތައް ބަލަހައްޓާ ސެކްށަނަށް ހުށަހަޅަން ވާނެއެވެ.

 

9 އާއިލީ ޒިންމާގެ ޗުއްޓީ

9.1 އާއިލާގެ މެންބަރަކު ބަލިވުންފަދަ އާއިލާގެ މުހިންމު ޒިންމާތަކާ ގުޅިގެން ކޮމިށަނުގެ ކޮންމެ މުވައްޒަފަކަށް ވެސް، މުސާރަ ލިބޭގޮތަށް އަހަރުދުވަހުގެ ތެރޭގައި 10 (ދިހައެއް) ދުވަހުގެ ޗުއްޓީއެއް ނެގިދާނެއެވެ.

9.2 އާއިލީ ޒިންމާގެ ޗުއްޓީގައި ހުންނަން ބޭނުންވާ މުވައްޒަފ،ު އެ ދުވަހުގެ ރަސްމީ މަސައްކަތުގަޑި ފެށޭތާ ލަސްވެގެން 1 (އެކެއް) ގަޑިއިރުގެ ތެރޭގައި، އެ މުވައްޒަފެއްގެ ސުޕަވައިޒަރަށް އެ ދުވަހު ކޮންމެހެން ނިންމަންޖެހޭ ހާއްސަ މަސައްކަތުގެ މައުލޫމާތު ދިނުމާއެކު، މުވައްޒަފުންނާބެހޭ ކަންތައްތައް ބަލަހައްޓާ ސެކްށަނަށް އަންގަންވާނެއެވެ.

9.3 އާއިލީ ޒިންމާގެ ޗުއްޓީ ނަގާ މުވައްޒަފުން، ޗުއްޓީ ނިންމުމަށްފަހު އޮފީހަށް ހާޒިރުވާ ފުރަތަމަ ދުވަހުގެ ރަސްމީ މަސައްކަތު ގަޑި ނިމުމުގެ ކުރިން، އެކަމަށް ހާއްސަކޮށްފައިވާ ފޯމު ނުވަތަ އެޗ.ް އާރް ސިސްޓަމުން، މުވައްޒަފުންނާބެހޭ ކަންތައްތައް ބަލަހައްޓާ ސެކްށަނަށް ހުށަހަޅަންވާނެއެވެ.

9.4 ކުރިޔަށް ރާވައިގެން އާއިލީ ޒިންމާގެ ޗުއްޓީ ނަގަން ބޭނުންވާ މުވައްޒަފުން ޗުއްޓީއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމު ހުށަހެޅުމުން ނުވަތަ އެޗ.ް އާރް ސިސްޓަމުން ހުށަހެޅުމުން ދުރާލައި އެ ޗުއްޓީ ދެވިދާނެއެވެ.

9.5 އާއިލީ ޒިންމާގެ ޗުއްޓީ ދިނުމުގައި އަހަރު ބަލާނީ، އަހަރީ ޗުއްޓީ ދިނުމުގައި އަހަރު ބަލާ އުސޫލުންނެވެ. ނަމަވެސް ވަޒީފާ އަދާކުރާތާ އަހަރުނުވިކަމުގައި ވިޔަސް، މި ޗުއްޓީ ދެވިދާނެއެވެ.

9.6 ހަފުތާ ބަންދާ ގުޅިގެން އަންނަ އާދީއްތަ ދުވަހާއި، ހަފުތާ ބަންދުގެ ކުރިޔަށް އޮންނަ ބުރާސްފަތި ދުވަހާއި، އަހަރީ ޗުއްޓީ ފެށޭ ދުވަހުގެ ކުރީ ދުވަހާއި، ޗުއްޓީ ނިމޭ ދުވަހުގެ ފަހުދުވަހާއި، ސަރުކާރު ރަސްމީ ބަންދު ދުވަހެއްގެ ކުރީ ދުވަހާއި، ރަސްމީ ބަންދުދުވަހެއްގެ ފަހުދުވަހު އާއިލީ ޒިންމާގެ ޗުއްޓީ ނެގުމަކީ ކޮމިށަނުން ހިތްވަރުދޭކަމެއް ނޫނެވެ. އަދި މި ދުވަސްތަކުގައި އާއިލީ ޒިންމާގެ ޗުއްޓީގައި ހުރެއްޖެނަމަ، އަންނަނިވި ގޮތަށް އަމަލު ކުރަންވާނެއެވެ.

9.6.1 އާއިލީ ޒިންމާގެ ޗުއްޓީއަށް އެޗ.ް އާރ ސިސްޓަމުން ރިކުއެސްޓް ކުރުމާއެކު، އާއިލީ ޒިންމާގެ ހުރި ސަބަބު ބަޔާންކޮށް ސިޓީއަކުން ހުށަހަޅަންވާނެއެވެ.

9.6.2 އާއިލީ ޒިންމާގެ ޗުއްޓީއަކީ، އެ ޗުއްޓީ ނެގުމަށް ލާޒިމުވެގެން ނަގާ ޗުއްޓީއަކަށް ވާންވާނެއެވެ.

9.6.3 މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ނަގާ އާއިލީ ޒިންމާގެ ޗުއްޓީ ގަބޫލުނުކުރުމުގެ އިހްތިޔާރު، ކޮމިށަނަށް ލިބިގެންވެއެވެ.

 

10 ވިހެއުމާ ގުޅިގެން ދޭ ޗުއްޓީއާއި، ދަރިއަކު ހިތާނުކުރުމާ ގުޅިގެން ދޭ ޗުއްޓީ

10.1 ކޮންމެ އަންހެން މުވައްޒަފަކަށް ވިހެއުމާ ގުޅިގެން، 90 (ނުވަދިަހަ) ދުވަހުގެ ޗުއްޓީއެއް ލިބިދެވޭނެއެވެ. މި މާއްދާ މިހެން އޮތުމަކުން، ވިހެއުމާ ގުޅިގެންދޭ ޗުއްޓީ ފުރިހަމަނުކޮށް ވަޒީފާއަށް ނުކުތުން، އެ މުވައްޒަފަކަށް މަނައެއް ނުކުރެއެވެ.

10.2 ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ބޭނުންވާ މުވައްޒަފުން ވިހެއުމާއެކު، މުވައްޒަފުންނާބެހޭ ކަންތައްތައް ބަލަހައްޓާ ސެކްށަނަށް ފޯނުން ނުވަތަ ލިޔުމުން، ވީ އެންމެ އަވަހަކަށް އެކަން އަންގަންވާނެއެވެ. އަދި ވިހެއުމުގެ ޗުއްޓީ ހަމަޖެއްސުމަށް ޓަކައި، ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު ނުވަތަ ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ ހިދުމަތް ދޭ މަރުކަޒަކުން ދޫކޮށްފައިވާ ވިހެއިކަން އަންގައިދޭ ލިޔުމާއެކު، ވިހެއިތާ ގިނަވެގެން ރަސްމީ މަސައްކަތު 3 (ތިނެއް) ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

10.3 ވިހެއުމާ ގުޅިގެންދޭ ޗުއްޓީއަކީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން ނުވަތަ ވަޒީފާގެ އެއްބަސްވުމުގެ ދަށުން ލިބިދޭ އެހެނިހެން ޗުއްޓީތަކުގެ އިތުރަށް އަންހެން މުވައްޒަފުންނަށް ދެވޭ ޗުއްޓީއެކެވެ.

10.4 މުވައްޒަފަކު ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީގައި ހުންނަ މުއްދަތުގައި ވަޒީފާގެ އެއްބަސްވުމުގެ ދަށުން އޭނާއަށް ލިބިދޭ ހައްގުތަކާއި އިނާޔަތްތަކާއި މަގާމުގެ ކުރިއެރުން ލިބިދިނުން ފަދަ ހައްގުތައް ފުރިހަމަޔަށް ލިބެންވާނެއެވެ. މިގޮތުން ވަޒީފާގެ އެއްބަސްވުމުގެ ދަށުން އޭނާއަށް ލިބިދޭ ހައްގުތަކަށާއި، މަގާމުގެ ކުރިއެރުން ދިނުމަށް ވަޒީފާގެ މުއްދަތު ގުނާ ގުނުމަކަށް އެއް ވެސް އުނިކަމެއް ގެނެސްގެން ނުވާނެއެވެ. އަދި އޭނާ ވަޒީފާ އަދާކުރާ މުއްދަތަށް އެއް ވެސް ހުއްޓުމެއް އައީކަމަށް ނުވަތަ މެދުކެނޑުނީކަމަށް ނުވަތަ އެ މުއްދަތު ކުރުވީކަމަށް ވެސް ބަލައިގެން ނުވާނެއެވެ.

10.5 ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީއެއްގައި ވަޒީފާ އަދާކުރާ އަންހެން މުވައްޒަފަކު ހުންނައިރު، އޭނާގެ މުސާރަ އޭނާއަށް ދޭންވާނެއެވެ. މިގޮތުން އޭނާއަށް ހައްގުވާ މުސާރައިގެ ފައިސާ ދޭނީ، އާންމުކޮށް މުސާރަދޭ ދުވަހުއެވެ.

10.6 މުވައްޒަފަކު ބަލިވެއިނުމުގެ ސަބަބުން، ނުވަތަ ވިހެއުމުގެ ސަބަބުން ވަޒީފާއަށް ނުކުތުމަށް އޭނާގެ ސިއްހީ ހާލަތު ތަންނުދޭކަމަށް ނުވަތަ އޭނާގެ ދަރިފުޅު ބައްޔެއް ވެއްޖެކަމަށް، ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު މެޑިކަލް ސެޓުފިކެޓެއް ދީފިނަމަ، ވިހެއުމުގެ ކުރިން، ގިނަވެގެން 28 (އަށާވީސް) ދުވަހުގެ ޗުއްޓީއެއް، އަދި ވިހެއުމުގެ ފަހުން ގިނަވެގެން 28 (އަށާވީސް) ދުވަހުގެ ޗުއްޓީއެއް، މި މާއްދާގައި ބަޔާންކޮށްފައިވާ ވިހެއުމުގެ ޗުއްޓީގެ 90 (ނުވަދިަހަ) ދުވަހުގެ އިތުރަށް ދޭންވާނެއެވެ. މިގޮތުން ދެވޭ ޗުއްޓީގެ ދުވަސްތަކަށް މުސާރައެއް ނުލިބޭނެއެވެ.

10.7 ވިހެއުމާ ގުޅިގެން އަންހެން މުވައްޒަފަކަށް ލިބޭ ޗުއްޓީ ހަމަވުމުން، ދަރިފުޅުގެ މަންމައަށް ނުވަތަ ބައްޕައަށް، ހަމައެކަނި ދަރިފުޅު ބެލުމަށް ޓަކައި، 1 (އެކެއް) އަހަރުދުވަހުގެ ޗުއްޓީއެއް، މުސާރަ ނުލިބޭގޮތަށް ނެގިދާނެއެވެ. މި ޗުއްޓީ ބޭނުންވާނަމަ، އަންހެން މުވައްޒަފަކު ވިހެއުމާ ގުޅިގެން އޭނާއަށް ދޭ ޗުއްޓީ ހަމަވުމުގެ 15 (ފަނަރަ) ދުވަހުގެ ކުރިން، ޗުއްޓީ ނެގުމަށް އެދެންވާނެއެވެ.

10.8 މުވައްޒަފަކު ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ ހަމަކޮށްފައި ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން،ދަރިފުޅުގެ އުމުރުން 1 (އެކެއް) އަހަރުދުވަސް ވަންދެން ދަރިފުޅަށް ކޮށްދޭންޖެހޭ ކަންތައްތައް ކޮށްދިނުމަށް ޓަކައި، މުސާރައިން ނުކެނޑޭގޮތަށް، ކޮންމެ ދުވަހަކު ވެސް ދަރިފުޅު ގާތަށް ދިއުމަށް، އިތުރު ހުސްވަގުތުކޮޅެއް، މަސައްކަތުގެ ވަގުތުގެ ތެރެއިން 2 (ދޭއް) ފަހަރު ދޭންވާނެއެވެ. މިގޮތުން، ކޮންމެ ފަހަރަކު ވެސް ދޭންވާނީ، 30 (ތިރީސް) މިނިޓެވެ.

10.9 މުވައްޒަފަކު އޮފީހަށް ހާޒިރުވެފައި އޮފީހުގައި މަސައްކަތްކުރަންޖެހޭ ވަގުތުގެ 1/2 (ދެބައިކުޅައެއްބައި) މަސައްކަތް ކުރުމަށްފަހު، ހަމަ އެ ދުވަހު އޭނާ ވިހައިފިނަމަ، އެ މުވައްޒަފުގެ ވިހެއުމުގެ ޗުއްޓީ ގުނަން ފަށާނީ، ޖެހިގެން އަންނަ ރަސްމީ މަސައްކަތު ދުވަހުން ފެށިގެންނެވެ.

10.10 ބަންދު ދުވަހެއްގައި މުވައްޒަފަކު ވިހައިފިނަމަ، އެ މުވައްޒަފެއްގެ ވިހެއުމުގެ ޗުއްޓީ ގުނަން ފަށާނީ،ޖެހިގެން އަންނަ ރަސްމީ މަސައްކަތު ދުވަހުން ފެށިގެންނެވެ.

10.11 ފިރިހެން މުވައްޒަފަކަށް ދަރިއަކު ލިބޭ ދުވަހުން ފެށިގެން، މުސާރަ ލިބޭގޮތަށް 15 (ފަނަރަ) ދުވަހުގެ ޗުއްޓީއެއް ދޭންވާނެއެވެ. މިފަދަ ޗުއްޓީއެއް ބޭނުންވާ މުވައްޒަފުން، އެކަމަށް އެދި ލިޔުމުން ހުށަހަޅަންވާނެއެވެ.

10.12 މުވައްޒަފެއްގެ ދަރިއަކު ހިތާނުކުރުމުން، ހިތާނުކުރާ ދުވަހުން ފެށިގެން، މުސާރަ ލިބޭގޮތަށް، ބަންދު ދުވަސްތައް ނުހިމަނައި 5 (ފަހެއް) ދުވަހުގެ ޗުއްޓީއެއް ދޭންވާނެއެވެ. މިފަދަ ޗުއްޓީއެއް ބޭނުންވާ މުވައްޒަފުން ޗުއްޓީ ފަށަން ބޭނުންވާ ދުވަހުގެ ރަސްމީ މަސައްކަތު 3 (ތިނެއް) ދުވަހުގެ ކުރިން ލިޔުމުން ނުވަތަ އެޗ.ްއާރު ސިސްޓަމުން ހުށަހަޅަންވާނެއެވެ.

 

11 ހައްޖު ޗުއްޓީއާއި، އުމްރާގެ ޗުއްޓީ

11.1 ކޮމިށަނުގެ މުވައްޒަފުންގެ ތެރެއިން، ފަރުޒު ހައްޖަށް ދާން އެދޭ މީހުންނަށް ހައްޖު ޗުއްޓީ ދެވޭނެއެވެ. މުސާރަ ލިބޭގޮތަށް ހައްޖު ޗުއްޓީ ދެވޭނީ، ހައްޖު ދަތުރަށް މާލެއިން ފުރާ ދުވަހުން ފެށިގެން ހައްޖުގެ އަޅުކަން ނިންމައިފައި އެނބުރި އައުމާ ހަމަޔަށެވެ. މިގޮތުން ޗުއްޓީ ދެވޭނީ، ބަންދު ދުވަސްތައް ނުހިމަނައި، ގިނަވެގެން 30 (ތިރީސް) ދުވަހެވެ.

11.2 ކޮމިށަނުގެ މުވައްޒަފުންގެ ތެރެއިން، އުމްރާއަށް ދާން އެދޭ މީހުންނަށް އުމްރާ ޗުއްޓީ ދެވޭނެއެވެ. މުސާރަ ލިބޭގޮތަށް އުމްރާ ޗުއްޓީ ދެވޭނީ، އުމްރާ ދަތުރަށް މާލެއިން ފުރާ ދުވަހުން ފެށިގެން، އުމްރާގެ އަޅުކަން ނިންމައިފައި އެނބުރި އައުމާ ހަމަޔަށެވެ. މިގޮތުން ޗުއްޓީ ދެވޭނީ، ބަންދު ދުވަސްތައް ނުހިމަނައި، ގިނަވެގެން 30 (ތިރީސް) ދުވަހެވެ.

11.3 މުވައްޒަފުންނަށް ހައްޖަށް ނުވަތަ އުމްރާއަށް ދާން ޗުއްޓީ ދެވޭނީ، ކޮންމެ 5 (ފަހެއް) އަހަރަކުން 1 (އެކެއް) ފަހަރުއެވެ. މުވައްޒަފުންނަށް ދެވޭ މިފަދަ ޗުއްޓީއެއް އެހެން ކަމަކަށް ބޭނުމެ އް ނުކުރެވޭނެއެވެ. މިފަދަ ޗުއްޓީއެއް އެހެން ކަމަކަށް ބޭނުންކޮށްފިނަމަ، އެ ދުވަސްތައް ބަލާނީ، އޮފީހަށް ހާޒިރުނުވާ ދުވަސްތަކެއް ކަމުގައެވެ.

 

12 ވަގުތީގޮތުން ހޮވާ މުވައްޒަފުންގެ ޕްރޮބޭށަނުގެ މުއްދަތާއި، ޗުއްޓީ

12.1 އިންތިހާބާ ގުޅިގެން، 1 (އެކެއް) އަހަރަދުވަހަށް ވުރެ ކުރު މުއްދަތަކަށް ހޮވާ މުވައްޒަފުންގެ ޕްރޮބޭށަނުގެ މުއްދަތާއި، ސަލާމުގެ ޗުއްޓީއާއި، އާއިލީ ޒިންމާގެ ޗުއްޓީ ދެވޭ ގޮތް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

 

12.1.1 ޕްރޮބޭށަނުގެ މުއްދަތު

ވަގުތީގޮތުން 6 )ހައެއް( މަސްދުވަހަށް ވުރެ ކުރު މުއްދަތަށް ވަޒީފާދޭ މުވައްޒަފުންނަށް ޕްރޮބޭށަނުގެ ގޮތުގައި ވަކި މުއްދަތެއް ނޯންނާނެއެވެ. ނަމަވެސް، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 14 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ވަޒީފާގެ މުއްދަތުގައި އެ އެއްބަސްވުން، އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި، ދެ ފަރާތުންކުރެ ކޮންމެ ފަރާތަކަށް ވެސް ބާޠިލުކުރެވިދާނެއެވ

 

12.1.2 ސަލާމުގެ ޗުއްޓީ

12.1.2.1 6 )ހައެއް( މަސްދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ސަލާމުގެ ޗުއްޓީގެ ގޮތުގައި ދެވޭނީ، ގިނަވެގެން 15 (ފަނަރަ) ދުވަހެވެ.

12.1.2.2 3 (ތިނެއް) މަސްދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ސަލާމުގެ ޗުއްޓީގެ ގޮތުގައި ދެވޭނީ، ގިނަވެގެން 7 (ހަތެއް) ދުވަހެވެ.

12.1.2.3 1 (އެކެއް) މަސްދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ސަލާމުގެ ޗުއްޓީގެ ގޮތުގައި ދެވޭނީ، ގިނަވެގެން 1 (އެކެއް) ދުވަހެވެ.

 

12.1.3 އާއިލީ ޒިންމާގެ ޗުއްޓީ

12.1.3.1 6 )ހައެއް( މަސްދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އާއިލީ ޒިންމާގެ ޗުއްޓީގެ ގޮތުގައި ދެވޭނީ، ގިނަވެގެން 5 (ފަހެއް) ދުވަހެވެ.

12.1.3.2 3 (ތިނެއް) މަސްދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އާއިލީ ޒިންމާގެ ޗުއްޓީގެ ގޮތުގައި ދެވޭނީ، ގިނަވެގެން 2 (ދޭއް) ދުވަހެވެ.

12.1.3.3 1 (އެކެއް) މަސްދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އާއިލީ ޒިންމާގެ ޗުއްޓީގެ ގޮތުގައި ދެވޭނީ، ގިނަވެގެން 1 (އެކެއް) ދުވަހެވެ.

 

13 ހާއްސަ ހާލަތަކާ ގުޅިގެން ނުވަތަ ސިއްހީ ފަރުވާގެ ބޭނުމަށް މުސާރަ ނުލިބޭގޮތަށް މުވައްޒަފުން ވީއްލުން

13.1 މުވައްޒަފަށް ސިއްހީ ފަރުވާއެއް ކުރަން ނުވަތަ މުވައްޒަފު ބަލަންޖެހިފައިވާ ނުވަތަ ބަލަހައްޓަން ޖެހިފައިވާ މީހަކު ފަރުވާ ބޭނުންވާ ބައްޔަކަށް ފަރުވާ ހޯދުމަށް ޓަކައި، މުސާރަ ނުލިބޭގޮތަށް ވީއްލަން ކޮމިށަނުން ނިންމުމުން، އެ މުވައްޒަފަކު ވީއްލިދާނެއެވެ.

13.2 މުވައްޒަފު ބަލިވެގެން މުސާރަ ނުލިބޭގޮތަށް ވީއްލޭނީ، އެ ބައްޔެއްގެ ބާވަތާއި ފަރުވާކުރުމަށް ބޭނުންވާ މުއްދަތު ބަޔާންކޮށް، ރަޖިސްޓަރީކޮށްފައިވާ ސިއްހީ ފަރުވާދޭ ޑޮކްޓަރެއްގެ ސެޓުފިކެޓަކާއެކު، އެކަމަށް އެދި މުވައްޒަފު ހުށަހެޅުމުންނެވެ. 

13.3 މުވައްޒަފު ބަލަހަ އްޓަން ޖެހިފައިވާ ނުވަތަ ބަލަންޖެހިފައިވާ މީހަކު ބަލިވެގެން މުސާރަ ނުލިބޭގޮތަށް ވީއްލުމަށް އެދޭނަމަ، ބަލިމީހާގެ ބަލީގެ ބާވަތާއި އެ މީހަކަށް ފަރުވާކުރުމަށް ބޭނުންވާނެ މުއްދަތު ބަޔާންކޮށް، ރަޖިސްޓަރީކޮށްފައިވާ ސިއްހީ ފަރުވާދޭ ޑޮކްޓަރެއްގެ ސެޓުފިކެޓެއް ހުށަހެޅުމާއެކު، އެ މީހެއްގެ ގާތުގައި ތިމާ ކޮންމެހެން ހުންނަންޖެހޭކަން ބަޔާންކޮށް މުވައްޒަފު ހުށަހަޅަންވާނެއެވެ.

13.4 މި މާއްދާގައި ބަޔާންކޮށްފައިވާ ބޭނުމަކަށް މުސާރަ ނުލިބޭގޮތަށް މުވައްޒަފަކު ވީއްލޭނީ، ގިނަވެގެން 3 (ތިނެއް) މަސްދުވަހަށެވެ.

13.5 މުވައްޒަފަކަށް ދިމާވާ ހާއްސަ ހާލަތަކާ ގުޅިގެން، އެ ހާލަތު ބަޔާންކޮށް މުސާރަ ނުލިބޭގޮތަށް ވީއްލުމަށް އެދި މުވައްޒަފަކު ކޮމިށަނަށް ހުށަހަޅައިފިނަމަ، ހިއުމަން ރިސޯސް ޕެނަލަށް އެކަން ހުށަހަޅަންވާނެއެވެ. އަދި ޕެނަލުގެ ލަފަޔާއެކު މުވައްޒަފު ވީއްލުމަށް ކޮމިށަނުން ނިންމައިފިނަމަ، މުސާރަ ނުލިބޭގޮތަށް 3 (ތިނެއް) މަސްދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް، އެ މުވައްޒަފަކު  ވީއްލިދާނެއެވެ.

13.6 މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މުވައްޒަފަކު މުސާރަ ނުލިބޭގޮތަށް ވީއްލަންވާނީ، އެ މުވައްޒަފަކަށް ހައްގުވާ އަހަރީ ޗުއްޓީއެއް ނެތްނަމައެވެ.

13.7 މުސާރަ ނުލިބޭގޮތަށް މުވައްޒަފަކު ވީއްލައިފައި ހުންނަ މުއްދަތ،ު މުވައްޒަފު ހިދުމަތުގައި ހުރި މުއްދަތެއް ގޮތުގައި ނުގުނޭނެއެވެ.

13.8 މުސާރަ ނުލިބޭގޮތަށް ވީއްލައިފައި ހުންނަ މުއްދަތުގެ ބޭނުންކުރަންވާނީ، މުސާރަ ނުލިބޭގޮތަށް ވީއްލި ބޭނުމަކަށެވެ. މި މުއްދަތުގެ ތެރޭގައި މުސާރަ ނުލިބޭގޮތަށް ވީއްލި ބޭނުން ނޫން އެހެން ކަމަކަށް އެ މުއްދަތުގެ ބޭނުންކޮށްފިނަމަ، މުސާރަ ނުލިބޭގޮތަށް ވީއްލި ވީއްލުން ކެންސަލްކުރުމާއެކު ވަޒީފާއަށް ނުކުތުމަށް އަންގައި، ވަޒީފާއަށް ނުނިކުމެއްޖެނަމަ، މުސާރަ ނުލިބޭގޮތަށް ވީއްލި ދުވަހުން ފެށިގެން އެ މުވައްޒަފު ކޮމިށަނުގެ ވަޒީފާއިން ވަކިކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

13.9 މުސާރަ ނުލިބޭގޮތަށް ވީއްލައިފައިވާ މުވައްޒަފަކު، އެ މުވައްޒަފަކު ވީއްލި ބޭނުން ނޫން އެހެން ބޭނުމަކަށް ވީއްލި މުއްދަތުގެ ބޭނުންކުރާނަމަ، ނުވަތަ މުސާރަ ނުލިބޭގޮތަށް ވީއްލި މުއްދަތު ހަމަވުމަށްފަހު އޮފީހުގެ ވަޒީފާއަށް ނުނިކުންނަ ނަމަ، ނުވަތަ ވީގޮތެއް ނާންގައި 7 (ހަތެއް) ދުވަސް ވެއްޖެނަމަ، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

13.10 މުސާރަ ނުލިބޭ ޗުއްޓީ ހަމަވުމަށްފަހު، ވީގޮތެއް ނާންގައި އޮފީހަށް ނުނުކުމެ 7 (ހަތެއް) ދުވަސް ވެއްޖެނަމަ، އެކަން މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނުން، ސެކްރެޓަރީ ޖެނެރަލްގެ ސަމާލުކަމަށް ގެންނަންވާނެއެވެ. އަދި އެ މުވައްޒަފެއްގެ މައްސަލައިގައި އަމަލުކުރަން ފެންނަ ގޮތަކާއެކު،ސެކްރެޓަރީ ޖެނެރަލް، އެ މައްސަލަ ލަސްނުކޮށް ކޮމިށަނަށް ހުށަހަޅަންވާނެއެވެ. އަދި، އެކަމަށް ގޮތެއް ނިންމާނީ ކޮމިށަނުންނެވެ.

 

14 އެހެނިހެން

14.1 މި އުސޫލުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މި އުސޫލުގައި ބަޔާންކޮށްފައިވާ މުއްދަތުތައް ގުނާނީ، ބަންދު ދުވަސްތައް ހިމަނައިގެންނެވެ.

 

މައި ގަވާއިދު

އިލެކްށަންސް ކޮމިށަނުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު