-

ވަޒީފާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2008-02) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2010-12)

 

51 ވަނަ މާއްދާ - ރަމަޒާން މަހުގެ އިނާޔަތް

(ހ) ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރަމަޒާން މަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޒާން މަސް ފެށުމުގެ ކުރިން  އެމީހަކަށް ލިބޭ މުސާރައިގެ ތިންބައިކުޅައެއްބައި ދޭންވާނެއެވެ. މުސާރައިގެ ތިންބައިކުޅައެއްބައި 2,000 (ދެހާސް) ރުފިޔާއަށް ވުރެ މަދު ނަމަ ދޭނީ 2,000 (ދެހާސް) ރުފިޔާއެވެ. މުސާރައިގެ ތިންބައިކުޅައެއްބައި 10،000 (ދިހަހާސް) ރުފިޔާއަށް ވުރެ ގިނަ ނަމަ، ދޭނީ 10،000 (ދިހަހާސް) ރުފިޔާއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިނާޔަތް ދިނުމުގައި ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން މުސާރައާއި އިނާޔަތްތައް ކަނޑައަޅާ އެންމެހައި ފަރާތްތައްވެސް ހިމަނަންވާނެއެވެ.

 

މައި ގާނޫނު

ވަޒީފާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2008-02)

ރިފަރެންސް

2 އޯގަސްޓް 2010 ވި ހޯމަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 23 ވަނަ ޖަލްސާއިން.ފާސްކުރި މި ބިލު ތަޞްދީޤު ކުރެއްވީ 7 އޯގަސްޓް 2010 (26 ޝަޢްބާން 1431) ގައެވެ.

ކިޔުންތެރިންގެ ހިޔާލު