-

ވަޒީފާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2008-02) އަށް 9 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގާނޫނު ނަންބަރު 2026-02)

(މި ގާނޫނަށް އަމަލުކުރަން ފެށީ 14 މާރިޗު 2026 ގައި)

 

ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 22 ވަނަ މާއްދާގެ އަރިމަތީ ސުރުހ،ީ އަދި އެ މާއްދާގެ (ހ) ގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

އެއްބަސްވުން ބާތިލުކުރުމުގެ ކުރިން ނޯޓިސް ދިނުން 22.

(ހ) މި ގާނޫނުގެ 14 ވަނަ މާއްދާއާއި، 23 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތްތަކުގައި މެނުވީ، ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއް ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާއަދާކުރާ ފަރާތަށް ބާތިލުކުރެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ނޯޓިސް ދިނުމަށްފަހުގައެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(1) އެއް އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ވަޒީފާގައި ބަހައްޓާފައިވާ މުވައްޒަފަކަށް ދެ ހަފުތާގެ ނޯޓިސް؛

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 22 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) މި މާއްދާގައި ވަޒީފާދޭ ފަރާތުން ނޯޓިސް ދިނުމަށް ބަޔާންކޮށްފައިވާ މުއްދަތަށްވުރެ އިތުރު މުއްދަތަކަށް ނޯޓިސް ދިނުމަށް ނުވަތަ މި މާއްދާގައި ވަޒީފާއަދާކުރާ ފަރާތުން ނޯޓިސް ދިނުމަށް ބަޔާންކޮށްފައިވާ މުއްދަތަށްވުރެ ކުރު މުއްދަތަކަށް ނޯޓިސް ދިނުމަށް، ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތް އެއްބަސްވުމަކަށް އައުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 25 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ނޯޓިސް ދިނުމުގެ ބަދަލުގައި ފައިސާ ދިނުން 25.

ވަޒީފާގެ އެއްބަސްވުން ބާތިލުކުރުމުގެ ގޮތުން ދޭންޖެހޭ ނޯޓިސް ދިނުމުގެ ބަދަލުގައި، އެ ނޯޓިސްގެ މުއްދަތު ފެށޭ ދުވަހުން ފެށިގެން އެ ނޯޓިސްގެ މުއްދަތު ނިމޭ ދުވަހާ ހަމައަށް، އެ މުވައްޒަފެއްގެ މުސާރައާއި އެހެނިހެން އިނާޔަތްތަކަށްވާ ފައިސާ، ނޯޓިސް ރައްދުވާ ފަރާތަށް ހަމައަށް ދިނުމަށްފަހު، ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާއަދާކުރާ ފަރާތަށް، ވަޒީފާގެ އެއްބަސްވުން ބާތިލުކުރެވިދާނެއެވެ.

 

5 ވަނަ މާޢްދާ - ބުނެވިދިޔަ ގާނޫނުގެ 37 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) މުވައްޒަފެއްގެ ވަޒީފާ ބަޔާނުގައި އާދައިގެމަތިން މަސައްކަތް ކުރަންޖެހޭ ގަޑިތައް ކަމަށް ބަޔާންކޮށްފައިވާ ވަގުތުގެ އިތުރަށް، އިތުރުގަޑީގައި މުވައްޒަފަކު ލައްވައި މަސައްކަތް ކުރުވަންވާނީ، ވަޒީފާދޭ ފަރާތާއި މުވައްޒަފަކާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި، އެފަދައިން މަސައްކަތް ކުރުވާނަމަ، މި މާއްދާގެ (ށ) އާއި މި ގާނޫނުގެ 38 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ވަޒީފާދޭ ފަރާތުން އަމަލުކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 45 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކުއްޖާ ބެލުމަށް ވަގުތު ދިނުން 45.

މުވައްޒަފަކު، ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ ހަމަކޮށް ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅުގެ އުމުރުން 2 (ދޭއް) އަހަރު ފުރުމާ ހަމައަށް، ދަރިފުޅަށް ކޮށްދޭންޖެހޭ ކަންތައް ކޮށްދިނުމަށްޓަކައި، މުސާރައިން ނުކެނޑޭގޮތުން، ކޮންމެ ދުވަހަކުވެސް ދަރިފުޅުގެ ގާތަށް ދިޔުމަށް 30 (ތިރީސް) މިނެޓުގެ ހުސްވަގުތުކޮޅެއް، ދުވާލަކު 2 (ދޭއް) ފަހަރު ދޭންވާނެއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4-65 ވަނަ މާއްދާގެ (ކ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން. 

(އ) މި މާއްދާގެ (ނ) އެހެން އޮތްނަމަވެސް، މި މާއްދާގެ (ވ) ގައި ބަޔާންކުރާ ކަންކަމަށް ރިއާޔަތްކުރުމަށްފަހު، ވަކި ބާވަތެއްގެ ވިޔަފާރިއަކަށް ނިސްބަތްވާ ވަޒީފާދޭ ފަރާތްތައް އެ އަކުރުގެ ދަށުން ދައްކަންޖެހޭ ކޯޓާ ފީ ދެއްކުމުން އިސްތިސްނާކުރުމަށް، ވަޒީރުންގެ މަޖިލީހަށް ނިންމިދާނެއެވެ.

(ވ) މި މާއްދާގެ (އ) ގެ ދަށުން އިސްތިސްނާ ދެވޭ ވިޔަފާރިތައް ވަޒީރުންގެ މަޖިލީހުން ކަނޑައެޅުމުގައި، އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

  1. އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަށް ފަހި މާހައުލެއް ދިވެހިރާއްޖޭގައި ގާއިމުކޮށް، ދިވެހިރާއްޖޭގެ އިގްތިސާދުގައި އެ ވިޔަފާރިތަކުގެ ދައުރު ފުޅާކުރުން؛
  2. އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގައި ދިގު މުއްދަތުގެ ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް މަގުފަހިކުރުން؛
  3. އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ދިވެހިރާއްޖޭގައި ހިންގާ ބޮޑެތި ވިޔަފާރިތަކާ ދެމެދުގައި އޮތް ފަރަގު ކުޑަކުރުން؛
  4. ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައިގެން ވިޔަފާރީގައި އާ ގޮތްތަކާއި، އާ ވިސްނުންތަކާއި އާ އުފެއްދުންތަކާއި ހިދުމަތްތައް ތައާރުފުކުރުމަށް ހިތްވަރުދީ، އެފަދަ ވިޔަފާރިތައް ކުރިއަރުވައި، އެ ވިޔަފާރިތަކުގެ ފެންވަރު މަތިކުރުން.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ނުވަވަނަ ބާބުގެ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.

 

9 ވަނަ ބާބު

ގާނޫނު ތަންފީ ޒު ކުރުމާއި އިދާރީ ފިޔަވަޅު އެޅުން

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 84 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

(ހ) މި ގާނޫނުގެ ދަށުން ލޭބަރ ރިލޭށަންސް އޮތޯރިޓީއާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ތަންފީޒުކުރުމުގައި އެ އޮތޯރިޓީގެ އޮފިސަރުންނަށް ލިބޭ އެންމެހައި މައުލޫމާތެއް، އެ އޮފިސަރުން ވަޒީފާގައި ތިބޭ ދުވަސްތަކުގައިވެސް އަދި ވަޒީފާއިން ވަކިވުމަށްފަހުގައިވެސް، ސިއްރުގެ ގޮތުގައި ހިފަހައްޓަންވާނެއެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 84 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ވަޒީފާއާބެހޭ އޮފިސަރަކު އަމަލުކޮށްފިނަމަ، އެފަރާތަކާމެދު މި ގާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 86 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ވަޒީފާއާބެހޭ އޮފިސަރުން ސިއްރު ހާމަކުރުން 86.

(ހ) މި ގާނޫނުގެ 84 ވަނަ މާއްދާއާ ހިލާފަށް، ވަޒީފާއާބެހޭ އޮފިސަރުން ސިއްރުގެ ގޮތުގައި ހިފަހައްޓަންޖެހޭ މައުލޫމާތު ހާމަކުރުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) އާ ހިލާފަށް ވަޒީފާއާބެހޭ އޮފިސަރަކު އަމަލުކޮށްފިނަމަ، އެފަރާތެއް 5,000 (ފަސްހާސް) ރުފިޔާއާއި 25,000 (ފަންސަވީސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 86 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ތިން މާއްދާ އިތުރުކުރުން.

ވަޒީފާއާބެހޭ އޮފިސަރެއް ކަމަށް ދެއްކުން 1-68.

(ހ) އެއްވެސް ފަރާތަކުނ،ް އެފަރާތަކީ ވަޒީފާއާބެހޭ އޮފިސަރަކަށް ނުވާހިނދު، އެފަދަ އޮފިސަރެއް ކަމަށް ދެއްކުމުގެ ގޮތުން އެއްވެސް އަމަލެއް ކުރުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) އާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކޮށްފިނަމަ، އެފަރާތެއް 25,000 (ފަންސަވީސްހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

އޮތޯރިޓީއަށް ދޮގު މައުލޫމާތު ދިނުން 2-86.

(ހ) އެއްވެސް ފަރާތަކުނ،ް މި ގާނޫނުގެ ދަށުން އޮތޯރިޓީއަށް ހުށަހެޅުމެއް ހުށަހެޅުމުގައި، ނުވަތަ މި ގާނޫނުގެ ދަށުން އޮތޯރިޓީއަށް ހުށަހަޅަންޖެހޭ މައުލޫމާތާއި ލިޔެކިޔުންތަކާއި އެހެނިހެން ރިކޯޑުތައް ހުށަހެޅުމުގައި، ނުވަތަ އޮތޯރިޓީން މި ގާނޫނު ތަންފީޒުކުރުމުގެ ގޮތުން އެ މައުލޫމާތަކަށް އިތުބާރުކޮށް އެ މައުލޫމާތުގެ މައްޗަށް އަމަލުކުރާނެ ކަމަށް ގަބޫލުކުރެވޭ މައުލޫމާތުތައް އޮތޯރިޓީއަށް ހުށަހެޅުމުގައި، އޮޅުންއަރައިފާނެފަދަ ނުވަތަ ތެދުނޫން މައުލޫމާތެއް އޮތޯރިޓީއަށް ހުށަހެޅުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) އާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކޮށްފިނަމަ، އެފަރާތެއް 15,000 (ފަނަރަހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

ޖޫރިމަނާގެ ފައިސާ ދެއްކުން 3-86.

މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގެ ދަށުން ކުރެވޭ ޖޫރިމަނާގެ ފައިސާ ދައްކާނީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 97 ވަނަ މާއްދާގައި މާނަކޮށްފައިވާ "ރަސްމީ ބަންދު ދުވަސް" މި އިބާރާތުގެ މާނަކުރުން އަންނަނިވި ގޮތަށް އިސްލާހުކުރުން.

''ރަސްމީ ބަންދު ދުވަސް'' ކަމަށް ބުނެފައި އެވަނ،ީ ހުކުރު ދުވަހާއި، ގައުމީ ދުވަހާއި، ކީރިތި ރަސޫލާގެ އީދުމީލާދު ދުވަހާއި، ރާއްޖެ އިސްލާމްވި ދުވަހާއި، މިނިވަން ދުވަހާއި، ރަމަޒާންމަހުގެ ފުރަތަމަ ދުވަހާއި، ފިތުރު އީދު ދުވަހާއި، ނަސްރުގެ ދުވަހާއި، ޖުމްހޫރީ ދުވަހާއި، ހައްޖު ދުވަހާއި، އަޒުހާ އީދު ދުވަހާއި، ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހަށެވެ.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 97 ވަނަ މާއްދާއަށް އަންނަނިވި އިބާރާތުގެ މާނަކުރުން އިތުރުކުރުން.

"ވަޒީފާއަދާކުރުން" ކަމަށް ބުނެފައި އެވަނ،ީ ވަޒީފާއިން ވަކިނުވެ ވަޒީފާގައި ދެމިހުރުމަށެވެ. މީގެ ތެރޭގައި ދުވަހު މަސައްކަތްކުރާ އުސޫލުނ،ް މަސައްކަތްކުރާ މުވައްޒަފުން ނުހިމެނެއެވެ.

 

15 ވަނަ މާއްދާ -

މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ގެންނަންޖެހޭ އިސްލާހުތަކާއި، އަލަށް އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

16 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނ،ީ މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ވަޒީފާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2008-02)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ވަޒީފާއާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް ނަންބަރު 2008-02)

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު