މަސްތުވާ ތަކެއްޗާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2011-17) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2025-28)
(މި ގާނޫނަށް އަމަލުކުރަން ފެށީ/ފަށާނީ 6 މާޗް 2026 ގައި)
ގާނޫނު ނަންބަރު 2011-17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
މަގްސަދު 2.
މި ގާނޫނުގެ ބޭނުމަކީ، އަންނަނިވި މައިގަނޑު މަގްސަދުތައް ހާސިލުކުރެވޭނެ ފަދައަކުން، ދިވެހިރާއްޖޭގައި މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަސްތުވާތަކެތީގެ އެނޫންވެސް ވިޔަފާރިކުރުން ހުއްޓުވައި، ދިވެހިރާއްޖޭގައި މަސްތުވާތަކެތި ގެންގުޅޭ އަދި ބޭނުންކުރާ މިންވަރު މަދުކޮށް، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދިނުމަށް އިސްކަންދީ، ހެޔޮގޮތުގައި މުޖުތަމައަށް އަނބުރާ ރުޖޫއަވެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމެވެ.
(ހ) މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ވިޔަފާރި ހުއްޓުވުމަށްޓަކައި، މަސްތުވާތަކެތި ޓްރެފިކްކުރާ މީހުންނާއި މަސްތުވާތަކެތީގެ ވިޔަފާރިއަށް ފައިނޭންސްކުރާ މީހުން ފާހަގަކޮށް، އެމީހުންނަށް ސީދާ އަމާޒުވާގޮތަށް އެކިއެކި ފިޔަވަޅުތައް އެޅޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް، ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ހާއްސަ ބާރުތަކެއް ދިނުން؛
(ށ) މަސްތުވާތަކެތި ޓްރެފިކްކުރާ މީހުން އެކަން ކުރުމުގައި ބޭނުންކުރާ އިތުރު ފަރާތްތައް ދެނެގަނެ، އޭގެ ތެރޭގައި ހިމެނޭ އެކްސްޕްލޮއިޓްކުރެވޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދީ، އެމީހުން އެކަމުގެ ތެރެއިން ދުރަށް ގެންދެވޭނެ ގޮތްތައް ހޯދުން؛
(ނ) އަލަށް މަސްތުވާތަކެތި ބޭނުންކުރަން ފަށާ މީހުން، މަސްތުވާތަކެތި ބޭނުންކުރަން ފަށާ ހިސާބުން ފެށިގެން ދެނެގަނެ، އެމީހުން މަސްތުވާތަކެއްޗަށް ދެވިނުހިފަނީސް އެމީހުންނަށް އެކަމުން އަވަހަށް ދުރަށް ދެވޭނެ ގޮތްތައް ހޯދައިދިނުން؛
(ރ) މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން މަސްތުވާތަކެއްޗަށް ބޭނުންވާ ނިސްބަތް ދެމެހެއްޓުމަށްޓަކައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކުރުން ހުއްޓުވުމާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވުމުގެ ސަބަބުން އެމީހުން އެހެން ކުށްކުށަށް އަރައިގަންނަ ނިސްބަތް މަދުކުރުން؛
(ބ) މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަކީ، މަސްތުވާތަކެތި ބޭނުންކުރަމުންދިޔުމުގެ ސަބަބުން ނަފްސާނީގޮތުން އަދި،ނުވަތަ ޖިސްމާނީގޮތުން އޭގެ ނުފޫޒަށް ލެނބި، އެއަށް ބަރޯސާވާންޖެހިފައިވާ ބައެއް ކަމުގައިވާތީ، އެމީހުންނަކީ ހަމައެކަނި ކުށްވެރިން ކަމުގައި ބެލުމުގެ ބަދަލުގައި، ފަރުވާވެސް ބޭނުންވާ މީހުން ކަމުގައި ގަބޫލުކޮށްގެން، އެމީހުންނަށް ފަރުވާ ދިނުމަށްޓަކައި ވަށައިޖެހޭ ހަރުދަނާ ނިޒާމެއް ގާއިމުކުރުން؛
(ޅ) މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން ކުރާ ކުށުގެ މައްސަލަތައް ބަލައި، މަސްތުވާތަކެއްޗަށް އެމީހުން ބޭނުންވާ މިންވަރު މަދުކުރުމަށްޓަކައި ނުވަތަ ނައްތާލުމަށްޓަކައި އެމީހުން ފަރުވާގެ ހާއްސަ ޕްރޮގްރާމްތަކެއްގައި ބައިވެރިކުރުވައި، ފަރުވާ ލިބިގަތުން ލާޒިމުކޮށް، ޒިންމާދާރު ރައްޔިތުންގެ ގޮތުގައި މުޖުތަމައުގައި ބައިވެރިވުމުގެ ފުރުސަތު ފުޅާކުރުމަށްޓަކައި ހާއްސަ ކޯޓެއް ގާއިމުކުރުން؛
(ކ) ދިވެހިރާއްޖެއަށް އަދި ދިވެހިރާއްޖެއިން މަސްތުވާތަކެތި ސްމަގްލްކުރުމާއި، ދިވެހިރާއްޖޭގައި މަސްތުވާތަކެތި ހެއްދުމާއި، އުފެއްދުމާއި، ވިއްކުމާއި، ޑިސްޓްރިބިއުޓްކުރުމާއި، ފޯރުކޮށްދިނުމާއި، ރައްކާކުރުމާއި، ބޭނުންކުރުމާއި، މަސްތުވާތަކެތި ޓްރެފިކްކުރުން ހުއްޓުވުން ހިމެނޭގޮތުން މަސްތުވާތަކެއްޗާގުޅޭ ކުށްކުރުން ހުއްޓުވުމަށްޓަކައި މަސްތުވާތަކެތީގެ ކުށާއި އަދަބު ކަނޑައެޅުން.
2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 3 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ހަ މާއްދާ އިތުރުކުރުން.
ގާނޫނު އެ މައްޗަށް ހިނގާނެ ކުށްކުށް 1-3.
މި ގާނޫނުގައި ކަނޑައަޅާފައިވާ ކުށްތަކުގެ ތެރެއިން އަންނަނިވި ހާލަތްތަކުގައި ކުރާ ކުށްކުށުގެ މައްސަލަތައް ބެލުމުގެ އި ހްތިސާސް ޑްރަގް ކޯޓަށާއި ކަމުގެ އި ހްތިސާސް ލިބިގެންވާ އެހެން ކޯޓުތަކަށް ލިބިގެންވެއެވެ.
(ހ) މުޅި ކުށް އެކުގައި ނުވަތަ ކުށުގެ ބައެއް ދިވެހިރާއްޖޭގައި ކުރާ ހާލަތުގައި؛ ނުވަތަ
(ށ) މުޅި ކުށް އެކުގައި ނުވަތަ ކުށުގެ ބައެއް، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދެއްގައި ކުރާ ހާލަތުގައި؛ ނުވަތަ
(ނ) މުޅި ކުށް އެކުގައި ނުވަތަ ކުށުގެ ބައެއް ދިވެހިރައްޔިތަކު ދިވެހިރާއްޖޭގެ ސަރަ ހައްދުން ބޭރުގައި ކުރާ ހާލަތުގައި؛ ނުވަތަ
(ރ) ކުށް ކުރީ ދިވެހިރާއްޖެއިން ބޭރުގައި އެހެންނަމަވެސް ދިވެހިރާއްޖޭގެ ގާނޫނުގައި ކަނޑައަޅާފައިވާ ކުށެއް ކުރުމުގެ މަގްސަދުގައި ކަމަށްވާ ހާލަތުގައި.
ޖަދުވަލު، 1، 2 3 އަދި 4 ގައި ހިމެނޭ މަސްތުވާތަކެތި 2-3.
(ހ) މި ގާނޫނު ހިނގާނީ، މި ގާނޫނުގެ ޖަދުވަލު، 1 ޖަދުވަލު 2 އަދި ޖަދުވަލު 4 ގައި ހިމެނޭ މަސްތުވާތަކެއްޗަށާއި، މި ގާނޫނުގެ ޖަދުވަލު 3 ގައި ހިމެނޭ މަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރެވިދާނެ އިކުއިޕްމަންޓާއި ޕްރިކަރސަރ ކެމިކަލްގެ މައްޗަށެވެ. ޖަދުވަލު 1 އަދި ޖަދުވަ ލު 2 ގައި ހިމެނޭނީ، ދާއިމީ ގޮތެއްގައި ކޮންޓްރޯލްކުރެވޭ މަސްތުވާތަކެއްޗެވެ. އަދި ޖަދުވަލު 4 ގައި ހިމެނޭނީ، ވަގުތީގޮތުން ކޮންޓްރޯލްކުރެވޭ މަސްތުވާތަކެއްޗެވެ. އެ ޖަދުވަލުތަކުގެ ތަފްސީލުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
- ޖަދުވަލު :1 މި ޖަދުވަލުގައި ހިމެނޭނީ، މަނާކޮށްފައިވާ މަސްތުވާތަކެއްޗާއި އެއިން އެއްޗެއް ނުވަތަ މާއްދާއެއް ހިމެނޭ އެއްޗެއްސެވެ.
- ޖަދުވަލު :2 މި ޖަދުވަލުގައި ހިމެނޭނީ، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެއްޗާއި އެއިން އެއްޗެއްގެ ބައެއް ނުވަތަ އެއިން އެއްޗެއްގެ އުފެއްދުންތަކެވެ.
- ޖަދުވަލު :3 މި ޖަދުވަލުގައި ހިމެނޭނީ، މަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރެވިދާނެ އިކުއިޕްމަންޓާއި ޕްރިކަރސަރ ކެމިކަލްއެވެ.
- ޖަދުވަލު :4 މި ޖަދުވަލުގައި ހިމެނޭނީ، ވަގުތީގޮތުން ކޮންޓްރޯލްކުރެވޭ މަސްތުވާތަކެއްޗާއި، އެއިން އެއްޗެއް ނުވަތަ މާއްދާއެއް ހިމެނޭ އެއްޗެއްސާއި، އެއިން އެއްޗެއްގެ ބައެއް ނުވަތަ އެއިން އެއްޗެއްގެ އުފެއްދުންތަކެވެ.
(ށ) މި ގާނޫނުގެ ޖަދުވަލު 1 ނުވަތަ ޖަދުވަލު 2 ނުވަތަ ޖަދުވަލު 3 އަށް އިސްލާހު ގެނެވޭނީ، މި ގާނޫނުގެ 3-3 ވަނަ މާއްދާއާއި 3-4 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ. އަދި މި ގާނޫނުގެ ޖަދުވަލު 4 ގައި ވަގުތީގޮތުން ކޮންޓްރޯލްކުރުމަށް މަސްތުވާއެއްޗެއް ނުވަތަ އެއިން އެއްޗެ އް އެކުލެވޭ މާއްދާއެއް އިތުރުކުރެވޭނީ، މި ގާނޫނުގެ 3-5 ވަނަ މާއްދާއާއި 6-3 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.
މުއާހަދާތަކުގެ ށެޑިއުލްތަކަށް ގެނެވޭ ބަދަލުތަކާ ގުޅިގެން ޖަދުވަލު، 1 2 އަދި 3 އިސްލާހުކުރުން. 3-3
(ހ) ސިންގަލް ކޮންވެންށަން އޮން ނާކޮޓިކް ޑްރަގްސް 1961 ނުވަތަ ކޮންވެންށަން އޮން ސައިކޯޓްރޮޕިކް ސަބްސްޓެންސަސް 1971 ނުވަތަ ކޮންވެންށަން އަގެއިންސްޓް އިލިސިޓް ޓްރެފިކް އިން ނާކޮޓިކް ޑްރަގްސް އެންޑް ސައިކޯޓްރޮޕިކް ސަބްސްޓެންސަސް 1988 ގެ ށެޑިއުލްއަކަށް ކޮމިށަން އޮން ނާކޮޓިކް ޑްރަގްސް އިން ވަކި ބާވަތެއްގެ ނާކޮޓިކް ޑްރަގްއެއް ނުވަތަ ސައިކޯޓްރޮޕިކް ސަބްސްޓެންސްއެއް ނުވަތަ ޕްރިކަރސަރ ކެމިކަލްއެއް އިތުރުކޮށްފިނަމަ، ކަމާގުޅިގެން މި ގާނޫނުގެ ޖަދުވަލު 1 ނުވަތަ ޖަދުވަލު 2 އަށް މަސްތުވާތަކެތީގެ އެ ބާވަތެއް އިތުރުކުރުމަށްޓަކައި ނުވަތަ ޖަދުވަލު 3 އަށް އެ ޕްރިކަރސަރ ކެމިކަލްއެއް އިތުރުކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ އެންގުމަކުން މިނިސްޓަރު ގެންނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މި ގާނޫނުގެ ޖަދުވަލު 1 ނުވަތަ ޖަދުވަލު 2 ނުވަތަ ޖަދުވަލު 3 އަށް ގެނެވޭ ބަދަލަކަށް އަމަލުކުރަން ފަށާނީ، މި މާއްދާގެ (ހ) ގެ ދަށުން ށާއިއުކުރާ އެންގުން ށާއިއުކުރެވުމާއެކު، އެ އެންގުމުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
(ނ) ގާނޫނު ނަންބަރު 2011-17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާއިރު، ސިންގަލް ކޮންވެންށަން އޮން ނާކޮޓިކް ޑްރަގްސް 1961 ނުވަތަ ކޮންވެންށަން އޮން ސައިކޯޓްރޮޕިކް ސަބްސްޓެންސަސް 1971 ނުވަތަ ކޮންވެންށަން އަގެއިންސްޓް އިލިސިޓް ޓްރެފިކް އިން ނާކޮޓިކް ޑްރަގްސް އެންޑް ސައިކޯޓްރޮޕިކް ސަބްސްޓެންސަސް 1988 ގެ ށެޑިއުލްއަކަށް ކޮމިށަން އޮން ނާކޮޓިކް ޑްރަގްސް އިން ވަކި ބާވަތެއްގެ ނާކޮޓިކް ޑްރަގްއެއް ނުވަތަ ސައިކޯޓްރޮޕިކް ސަބްސްޓެންސްއެއް ނުވަތަ ޕްރިކަރސަރ ކެމިކަލްއެއް އިތުރުކޮށްފައިވާނަމަ، މި ގާނޫނުގެ ޖަދުވަލު 1 ނުވަތަ ޖަދުވަލު 2 އަށް މަސްތުވާތަކެތީގެ އެ ބާވަތެއް އިތުރުކުރުމަށްޓަކައި ނުވަތަ ޖަދުވަލު 3 އަށް އެ ޕްރިކަރސަރ ކެމިކަލްއެއް އިތުރުކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް، ގާނޫނު ނަންބަރު 2011-17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، މި މާއްދާގައިވާ
ގޮތުގެމަތިން މިނިސްޓަރު ގެންނަންވާނެއެވެ.
ހާއްސަ ހާލަތްތަކުގައި ޖަދުވަލު، 1 2 އަދި 3 އިސްލާހުކުރުން. 3-4
(ހ) މި ގާނޫނުގެ 3-3 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތުގައި ފިޔަވައި އެނޫން ހާލަތެއްގައި މި ގާނޫނުގެ ޖަދުވަލު، 1 ޖަދުވަލު 2 ނުވަތަ ޖަދުވަލު 3 އަށް އެއްވެސް މަސްތުވާއެއްޗެއް ނުވަތަ މާއްދާއެއް ނުވަތަ އުފެއްދުމެއް ނުވަތަ އެނޫންވެސް އެއްޗެއް އިތުރުކުރެވޭނީ، ނުވަތަ އެއިން ޖަދުވަލަކަށް އެނޫންވެސް ބަދަލެއް ގެނެވޭނީ، މި މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ގަރާރަކުންނެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މި ގާނޫނުގެ ޖަދުވަލު، 1 ޖަދުވަލު 2 ނުވަތަ ޖަދުވަލު 3 އަށް އިތުރުކުރުމަށް ކަނޑައަޅާ ބާވަތްތައް އެފަދައިން ކަނޑައަޅަންވާނީ، ނުވަތަ އެއިން ޖަދުވަލަކަށް އެނޫންވެސް ބަދަލެއް ގެނައުމަށް ކަނޑައަޅަންވާނީ، މި ގާނޫނުގެ 25-1 ވަނަ މާއްދާގައިވާ ގޮތުގެމަތިން ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ދޭ ލަފާގެ މައްޗަށް ބިނާކޮށް، މި މާއްދާގެ (ނ) އަދި (ރ) ގައި ބަޔާންކުރާ ގޮތުގެމަތިންނެވެ.
(ނ) މި ގާނޫނުގެ ޖަދުވަލު، 1 ޖަދުވަލު 2 ނުވަތަ ޖަދުވަލު 3 އަށް ވަކި ބާވަތެއް އިތުރުކުރުމަށް ނުވަތަ އެއިން ޖަދުވަލަކަށް ބަދަލެއް ގެނައުމާމެދު ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން މި ގާނޫނުގެ 1-25 ވަނަ މާއްދާގައިވާ ގޮތުގެމަތިން ދޭ ލަފަޔާމެދު ވަޒީރުންގެ މަޖިލީހުން ގޮތެއް ނިންމުމަށްފަހު، އެ ނިންމުމާ އެއްގޮތަށް މި ގާނޫނުގެ ޖަދުވަލަކަށް އުނިއިތުރު ގެންނަން ރައީސުލްޖުމްހޫރިއްޔާ ނިންމުމުގެ ކުރިން އެ ނިންމުމާމެދު، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި އެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅޭ ހުށަހެޅުމަކާމެދު، އެ ހުށަހެޅުން ހުށަހެޅޭތާ ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ މަޖިލީހުން ގޮތެއް ނިންމަންވާނެއެވެ.
(ބ) މި ގާނޫނުގެ ޖަދުވަލު، 1 ޖަދުވަލު 2 ނުވަތަ ޖަދުވަލު 3 އަށް ގެންނަން ހުށަހަޅާ އިސްލާ ހަކަށް މި މާއްދާގެ (ރ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިނަމަ، އެ އިސްލާ ހަކަށް އަމަލުކުރަން ފަށާނީ، އެކަން ކަނޑައަޅާ ރައީސުލްޖުމްހޫރިއްޔާގެ ގަރާރު، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރެވުމާއެކު، އެ ގަރާރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
ވަގުތީގޮތުން ކޮންޓްރޯލްކުރެވޭ މަސްތުވާތަކެތި. 3-5
(ހ) މި ގާނޫނުގެ ޖަދުވަލު 1 ނުވަތަ ޖަދުވަލު 2 ގައި ހިމަނާފައިނުވާ، އެހެންނަމަވެސް ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ނަހަމަގޮތުގައި ބޭނުންކުރަމުންދާ ނުވަތަ ބޭނުންކުރުމުގެ ފުރުސަތު އޮތް މަސްތުވާއެއްޗެއް ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ އުފެއްދުމެއް ނުވަތަ މާއްދާއެއް، އެއިން ޖަދުވަލެއްގައި ހިމެނެންދެން އެ އެއްޗެއް ވަގުތީގޮތުން ކޮންޓްރޯލްކުރުމަށްޓަކައި، މި ގާނޫނުގެ ޖަދުވަލު 4 ގައި ހިމެނިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަސްތުވާއެއްޗެއް ވަގުތީގޮތުން ކޮންޓްރޯލްކުރުމަށްޓަކައި މި ގާނޫނުގެ ޖަދުވަލު 4 ގައި ހިމަނަންވާނީ، މި މާއްދާގައިވާ ގޮތުގެމަތިން މިނިސްޓަރު ކަނޑައަޅައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ އެންގުމެއް މެދުވެރިކޮށެވެ.
(ނ) ވަގުތީގޮތުން ކޮންޓްރޯލްކުރެވޭ މަސްތުވާއެއްޗެއް މި ގާނޫނުގެ ޖަދުވަލު 4 ގައި ހިމެނުމަށްޓަކައި މި މާއްދާގެ (ށ) ގެ ދަށުން މިނިސްޓަރު ކަނޑައެޅުމެއް ކަނޑައަޅަންވާނީ، އަންނަނިވި އެންމެހައި ކަންކަން ފުރިހަމަވެފައިވާނަމައެވެ.
- އެ އެއްޗަކީ މި ގާނޫނުގެ ޖަދުވަލު 1 ނުވަތަ ޖަދުވަލު 2 ގައި ހިމެނިފައިވާ އެއްޗެއް ކަމުގައިނުވުން؛ އަދި
- އެ އެއްޗެއް ވަގުތީގޮތުން ކޮންޓްރޯލްކުރުމަށް އެދި މި ގާނޫނުގެ 3-6 ވަނަ މާއްދާގައިވާ ގޮތުގެމަތިން ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ލަފަޔަށް އަހައި، އެ އެއްޗަކީ، އަންނަނިވި ސަބަބުތަކަށްޓަކައި ޖަދުވަލު 4 ގައި ހިމަނަންޖެހޭ އެއްޗެއް ކަމުގައި އެ ކައުންސިލުން ލަފާ ދީފައިވުން.
- އެއީ ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ނަހަމަގޮތުގައި ބޭނުންކުރަމުންދާ، ނުވަތަ ބޭނުންކުރުމުގެ ފުރުސަތު އޮތް މަސްތުވާއެއްޗެއް ކަމުގައިވުން؛ އަދި
- އެއީ އެ އެއްޗެއް ނަހަމަގޮތުގައި ބޭނުންކުރުމުގެ ސަބަބުން އޭގެ ނުރަނގަޅު އަސަރު ފުޅާ ދާއިރާއެއްގައި ކުރަމުންދާ އެއްޗެއް ކަމުގައިވުން ނުވަތަ އެ އެއްޗެއް ނަހަމަގޮތުގައި ބޭނުންކޮށްފިނަމަ އޭގެ ނުރަނގަޅު އަސަރު ފުޅާ ދާއިރާއެއްގައި ކުރާނެ އެއްޗެއް ކަމުގައިވުން.
(ރ) ވަގުތީގޮތުން ކޮންޓްރޯލްކުރުމަށްޓަކައި މަސްތުވާއެއްޗެއް މި މާއްދާގެ ދަށުން މި ގާނޫނުގެ ޖަދުވަލު 4 ގައި ހިމެނޭނީ އަންނަނިވި މުއްދަތުތަކުގެ ތެރެއިން މުއްދަތަކަށެވެ.
- އެ އެއްޗެއް ޖަދުވަލު 4 ގައި ހިމެނުމުގެ އެންގުން ށާއިއުކުރާތާ ގިނަވެގެން 12 (ބާރަ) މަސްދުވަހުގެ ނިޔަލަށް؛ ނުވަތަ
- އެ މުއްދަތުގެ ކުރިންނަމަ، އެ އެއްޗެއް، މި ގާނޫނުގެ 3-3 ވަނަ މާއްދާ ނުވަތަ 3-4 ވަނަ މާއްދާގެ ދަށުން ދާއިމީގޮތެއްގައި ޖަދުވަލު 1 ނުވަތަ ޖަދުވަލު 2 ގައި ހިމަނަންދެން.
(ބ) މި މާއްދާގެ (ށ) ގެ ދަށުން މިނިސްޓަރު ށާއިއުކުރާ އެންގުމަކަށް އަމަލުކުރަން ފަށާނީ، އެ އެންގުން ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރެވުމާއެކު، އެ އެންގުމުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ. އަދި، ފަހުގެ އެންގުމަކުން އެ އެންގުން ބާތިލުނުކުރާހާ ހިނދަކު، ނުވަތަ އެ އެންގުމަށް މި މާއްދާގެ (އ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބިއްޖެ ހާލަތެއްގައި މެނުވީ، އެ އެންގުން، މި މާއްދާގެ (ރ) ގައި ބަޔާންކުރާ މުއްދަތަށް ދެމިއޮންނާނެއެވެ.
(ޅ) މި މާއްދާގެ ދަށުން މިނިސްޓަރުގެ އެންގުމެއް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރެވުމާއެކު، އެ ތާރީ ހުން ފެށިގެން ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި އެ އެންގުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.
(ކ) މި މާއްދާގެ (ޅ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅޭ އެންގުމަކާމެދު، އެ އެންގުން ހުށަހެޅޭތާ ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ މަޖިލީހުން ގޮތެއް ނިންމަންވާނެއެވެ.
(އ) މި މާއްދާގެ (ޅ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅޭ އެންގުމަކަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބިއްޖެނަމަ، އެ މަޖިލީހުން އެ ނިންމުން ނިންމާ ތާރީ ހުން ފެށިގެން އެ އެންގުމެއް، އެހިނދުން ފެށިގެން ބާތިލުވީއެވެ.
(ވ) މި މާއްދާގެ (އ) ގައިވާ ގޮތުގެމަތިން އެންގުމެއް ބާތިލުވެއްޖެނަމަ، މިނިސްޓަރު އެކަން ބަޔާންކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
(މ) ވަގުތީގޮތުން ކޮންޓްރޯލްކުރުމަށްޓަކައި މި ގާނޫނުގެ ޖަދުވަލު 4 ގައި ހިމަނާފައިވާ މަސްތުވާއެއްޗެއް މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމަށްފަހު، މި މާއްދާގެ
(އ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިފައިނުވުމުގެ ސަބަބުން ބާތިލުވެއްޖެނަމަ، ނުވަތަ އެ އެއްޗެއް ޖަދުވަލު 4 ގައި ހިމެނުމަށްފަހު، މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މުއްދަތު ހަމަވެއްޖެނަމަ، އޭގެ ނަތީޖާއަކީ އެ މަސްތުވާއެއްޗެއް ވަގުތީގޮތުން ކޮންޓްރޯލްކުރި ކުރުން ނިމުމަކަށް އައުމެވެ.
(ފ) މަސްތުވާއެއްޗެއް، މި މާއްދާގައިވާ ގޮތުގެމަތިން ވަގުތީގޮތުން ކޮންޓްރޯލްކުރެވޭ އެއްޗެއްގެ ގޮތުގައި ކަނޑައެޅިއްޖެނަމަ، އެ އެއްޗަކީ، އެ އެއްޗެއް ކޮންޓްރޯލްކުރެވިފައިވާ މުއްދަތަށް މި ގާނޫނުގެ ޖަދުވަލު 1 ނުވަތަ ޖަދުވަލު 2 ގައި ހިމެނޭ މަސްތުވާތަކެއްޗެކޭ އެއްފަދައިން، މަނާކުރެވިފައިވާ މަސްތުވާތަކެތި ކަމުގައި، ނުވަތަ ޖަދުވަލު 2 ގައި ހިމެނޭ މަސްތުވާތަކެއްޗެކޭ އެއްފަދައިން ބޭހުގެ ގޮތުގައި ބޭނުންކުރުން ކޮންޓްރޯލްކުރެވިފައިވާ މަސްތުވާއެއްޗެއް ކަމުގައި ބެލޭނެއެވެ. އަދި، މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ޖަދުވަލު 1 ގައި ނުވަތަ ޖަދުވަލު 2 ގައި ހިމެނޭ މަސްތުވާތަކެއްޗާ ގުޅޭގޮތުން މި ގާނޫނުގައި ކަނޑައަޅާފައިވާ ކުށްތައް، ޖަދުވަލު 4 ގެ ދަށުން ކަނޑައެޅޭ އެއްޗެހީގެ މައްޗަށްވެސް، އެ މުއްދަތަށް ހިނގާނެއެވެ.
މަސްތުވާއެއްޗެއް ވަގުތީގޮތުން ކޮންޓްރޯލްކުރުމަށް އެދި ހުށަހެޅުން. 3-6
(ހ) މަސްތުވާ ވަކި އެއްޗަކީ ފުޅާ ދާއިރާއެއްގައި ނަހަމަގޮތުގައި ބޭނުންކުރަމުންދާ އެއްޗެއް ކަމަށްވެފައި، އެއީ، މި ގާނޫނުގެ ޖަދުވަލު 1 ނުވަތަ ޖަދުވަލު 2 ގައި ހިމަނާފައިނުވާ އެއްޗެއް ކަމުގައިވާނަމަ، އެ އެއްޗެއް އެއިން ޖަދުވަލެއްގައި ހިމެނެންދެން، އެ އެއްޗެއް ވަގުތީގޮތުން ކޮންޓްރޯލްކުރުމުގެ ގޮތުން މި ގާނޫނުގެ ޖަދުވަލު 4 ގައި ހިމެނުމުގެ ހުއްދައަކަށް އެދި އަންނަނިވި އިދާރާތަކުން ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލަށް ހުށަހަޅަންވާނެއެވެ.
- މިނިސްޓަރު؛
- ފުލުހުން؛
- ސިއް ހަތާބެހޭ މިނިސްޓަރު.
(ށ) މަސްތުވާއެއްޗެއް ޖަދުވަލު 4 ގައި ހިމަނައިދިނުމަށް އެދި މި މާއްދާގެ (ހ) ގެ ދަށުން ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލަށް ހުށަހެޅުމެއް ހުށަހަޅަންވާނީ، އަންނަނިވި ކަންކަމުގެ ހެއްކާ އެކުގައެވެ.
- އެއީ ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ނަހަމަގޮތުގައި ބޭނުންކުރަމުންދާ މަސްތުވާއެއްޗެއް ކަމުގެ ހެކި؛
- އެ މަސްތުވާއެއްޗަކީ ފުޅާ ދާއިރާއެއްގައި އެ ބޭނުންކުރާނަމަ، އެއަށް ދެވިހިފާ މީހުން ގިނަވެ، އާންމު ސިއް ހަތަށް ނުވަތަ އާންމުންގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކުރުވާ ފަދަ އެއްޗެއް ކަމުގެ ސައެންޓިފިކް އަދި،ނުވަތަ މެޑިކަލް ހެކ.ި
(ނ) މަސްތުވާ ވަކި އެއްޗަކީ ދިވެހިރާއްޖެއަށް އަލަށް ތައާރުފުކުރެވ،ޭ އެހެންނަމަވެސް ބޭރު ގައުމުތަކުގައި ފުޅާ ދާއިރާއެއްގައި ނަހަމަގޮތުގައި ބޭނުންކުރަމުންދާ އެއްޗެއް ކަމަށްވެފައި، އެއީ، ފުޅާ ދާއިރާއެއްގައި އެ ބޭނުންކުރުމުގެ ސަބަބުން އެއަށް ދެވިހިފާ މީހުން ގިނަވެ، އާންމު ސިއް ހަތަށް ނުވަތަ އާންމުންގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކުރުވާ ފަދަ އެއްޗެއް ކަމުގައި ކަމާބެހޭ ބައިނަލްއަގްވާމީ އިދާރާއަކުން ނުވަތަ ބޭރު ގައުމަކުން ނުވަތަ ގައުމުތަކަކުން ކަނޑައަޅާފައިވާ އެއްޗެއްނަމަ، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، އެފަދަ ތަނަކުން ނުވަތަ ގައުމެއްގެ ކަމާބެހޭ ފަރާތަކުން ކަމާބެހޭ ގޮތުން ނިންމާފައިވާ ނިންމުމުގެ ހެކި ހުށަހެޅުމުން ފުދޭނެއެވެ.
(ރ) މި މާއްދާގެ ދަށުން ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލަށް ހުށަހެޅޭ ހުށަހެޅުމަކާމެދު އެ ކައުންސިލުން ގޮތެއް ނިންމަންވާނީ ކަމާބެހޭ ފަންނީ މާހިރުންގެ ލަފާ ހޯދުމަށް ފަހުގައެވެ.
(ބ) މި މާއްދާގެ ދަށުން ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލަށް ހުށަހެޅުމެއް ހުށަހެޅުމުގައި އަމަލުކުރާނެ އުސޫލާއި، އެފަދަ ހުށަހެޅުންތަކާ ގުޅިގެން ފަންނީ މާހިރުންގެ ލަފާ ހޯދުމުގެ އިޖުރާއަތާއި، އެފަދަ ހުށަހެޅުންތަކާމެދު ގޮތެއް ނިންމުމުގައި ކައުންސިލުން އަމަލުކުރާނެ އުސޫލާއި، އެނޫންވެސް ކަމާބެހޭ އުސޫލުތަކާއި އިޖުރާއަތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ޅ) މި މާއްދާގެ ދަށުން ވަގުތީގޮތުން ކޮންޓްރޯލްކުރުމަށް ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ހުއްދަދޭ މަސްތުވާތަކެތ،ި މި ގާނޫނުގެ 5-3 ވަނަ މާއްދާގެ ދަށުން މި ގާނޫނުގެ ޖަދުވަލު 4 ގައި ހިމަނައިފިނަމަ، އެ އެއްޗެއް، މި ގާނޫނުގެ ޖަދުވަލު 1 ނުވަތަ ޖަދުވަލު 2 ގައި ހިމެނުމަށްޓަކައި ކައުންސިލްގެ ލަފަޔަށް އެދި ހުށަހެޅުމަށްޓަކައި ކުރަންޖެހޭ ފަންނީ މަސައްކަތްތައް ފުރިހަމަކޮށް، މި ގާނޫނުގެ 3-5 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތު ހަމަވުމުގެ ކުރިން އެ އެއްޗެއް ޖަދުވަލު 1 ނުވަތަ ޖަދުވަލު 2 ގައި ހިމެނުމާމެދު ގޮތެއް ނިންމުމަށްޓަކައި ކުރަންޖެހޭ ކަންކަން ކޮށް ނިންމަންވާނެއެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ރީހެބިލިޓޭށަން އަމުރު 5.
"ރީހެބިލިޓޭށަން އަމުރު" ކަމަށް ބުނެފައި އެވަނީ، ޑްރަގް ކޯޓުގެ އި ހްތިސާސް ހިނގާ މީހަކު ބައިވެރިވެ، ފުރިހަމަކުރުމަށް ކަނޑައެޅޭ ފަރުވާގެ ޕްރޮގްރާމް އޭނާގެ މައްޗަށް ހިންގުމަށް ކަނޑައަޅައި، އެ ކޯޓުން ކުރާ އަމުރަށެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
ކުށް ކޮށްގެން ހޯދާ މުދާ 1-5.
"ކުށް ކޮށްގެން ހޯދާ މުދާ" ކަމަށް ބުނެފައި އެވަނީ، މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ނުވަތަ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް ކުރުމުގެ ސަބަބުން، ސީދާ ގޮތެއްގައިވިޔަސް ނުވަތަ ނުސީދާ ގޮތެއްގައިވިޔަސް، ދިވެހިރާއްޖެއިން ނުވަތަ ދިވެހިރާއްޖެއިން ބޭރުން ލިބޭ ނުވަތަ ހޯދާ ފައިސާ ނުވަތަ މުދަލަށެވެ. އޭގެ ތެރޭގައި، އެފަދަ ފައިސާ ނުވަތަ މުދާ ވިއްކާލައިގެން ނުވަތަ އެހެން ގޮތްގޮތުން ބޭނުންކޮށްގެން ލިބޭ ނުވަތަ ހޯދާ ފައިސާއާއި މުދާ އަދި އެފަދަ ފައިސާ ނުވަތަ މުދަލުގެ ސަބަބުން އިތުރުވާ އެންމެހައި އިގްތިސާދީ އިތުރުވުންތައް ހިމެނެއެވެ.
5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
އިންޑިކޭޓިވް އެސެސްމަންޓް 6.
"އިންޑިކޭޓިވް އެސެސްމަންޓް" ކަމަށް ބުނެފައި އެވަނީ، މީހަކު މަސްތުވާތަކެއްޗަށް ދެވިހިފާފައިވޭތޯ ބަލައި، ދެވިހިފާފައިވާނަމަ، އޭނާގެ ގައިގައި އެކަން އަށަގެންފައިވާ ނިސްބަތް ދެނެގަނެ، އެކަމަށް ބިނާކޮށް އޭނާއަށް ދޭންޖެހޭ ފަރުވާ ކަނޑައެޅުމުގެ ގޮތުން ޑްރަގް ކޯޓުގެ އެންގުމަށް ހަދާ އެސެސްމަންޓަށެވެ.
6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
މަސްތުވާތަކެތި 7.
"މަސްތުވާތަކެތި" ކަމަށް ބުނެފައި އެވަނީ، މަނާކޮށްފައިވާ މަސްތުވާތަކެތި ކަމުގައި ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ކޮންމެ އެއްޗެއް ނުވަތަ މާއްދާއަކާއި، އެއިން އެއްޗެއް ނުވަތަ މާއްދާއެއް ހިމެނޭ ހަމަ ކޮންމެ އެއްޗަކާއި، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެތި ކަމުގައި ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ކޮންމެ އެއްޗަކާއި، އެއިން ބާވަތެއް ހިމެނޭ ހަމަ ކޮންމެ އެއްޗަކާއި، ވަގުތީގޮތުން ކޮންޓްރޯލްކުރެވޭ މަސްތުވާތަކެތި ކަމުގައި ޖަދުވަލު 4 ގައި ކަނޑައަޅާ ކޮންމެ އެއްޗަކާއި، އެއިން ބާވަތެއް ހިމެނޭ ހަމަ ކޮންމެ އެއްޗެއްވެސް ހިމެނޭގޮތުންނެވެ.
7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
މަސްތުވާއެއްޗެއް އަތުގައި ހުރުން 9.
"މަސްތުވާއެއްޗެއް އަތުގައި ހުރުން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 143 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ހިމެނޭގޮތުން، މީހެއްގެ އަތުގައި ނުވަތަ ގައިގައި ނުވަތަ ހަށިގަނޑުގެ ބައެއްގައި މަސްތުވާއެއްޗެއް މާއްދީގޮތުން ހުންނަ ހުރުމާއި، މީހެއްގެ ކޮންޓްރޯލްގެ ދަށުގައިވާ ތަނެއްގައި ނުވަތަ އެއްޗެއްގައި މަސްތުވާއެއްޗެއް ހުންނަ ހުރުން ހިމެނޭގޮތުންނެވެ. މި މާނައިގެ ތެރޭގައި، މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ގޮތުން އެ މަސްތުވާއެއްޗެއް އެމީހެއްގެ ހަށިގަނޑުގެ އެތެރެއަށް ވާސި ލުކޮށްފައި ހުންނަ ހުރުމެއް ނުހިމެނެއެވެ.
8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
މަސްތުވާތަކެތީގެ ވިޔަފާރިކުރުން 10.
"މަސްތުވާތަކެތީގެ ވިޔަފާރިކުރުން" ކަމަށް ބުނެފައި އެވަނީ، ޓްރެފިކްކުރުން ކަމުގައި ނުވާ ގޮތުން މަސްތުވާތަކެތި ވިއްކުމާއި، ފޯރުކޮށްދިނުމާއި، ވިއްކުމަށްޓަކައި އެއްތަނުން އަނެއްތަނަށް ގެންދިޔުމާއި، ގެންގޮސްދިނުމާއި، ރައްދުކޮށްދިނުމާއި، ރައްކާކޮށްދިނުމާއި، އެއިން ކަމެއް ކޮށްދިނުމަށް ހުށަހެޅުމާއި އެއްބަސްވުންވެސް ހިމެނޭގޮތުންނެވެ.
9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ތިން މާއްދާ އިތުރުކުރުން.
މަސްތުވާތަކެތީގެ ވިޔަފާރިއަށް ފައިނޭންސްކުރުން 1-10.
"މަސްތުވާތަކެތީގެ ވިޔަފާރިއަށް ފައިނޭންސްކުރުން" ކަމަށް ބުނެފައި އެވަނީ، މަސްތުވާތަކެތި ޓްރެފިކްކުރުމަށް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށް މަގުފަހިކުރުމަށްޓަކައި ނުވަތަ އެއިން ކަމަކަށް ބޭނުންކުރާނެކަން އެނގިހުރ،ެ ސީދާ ގޮތެއްގައިވިޔަސް ނުވަތަ ނުސީދާ ގޮތެއްގައިވިޔަސް، އެއްވެސް ވަސީލަތެއް މެދުވެރިކޮށް، ގަސްދުގައި، ފައިސާ ނުވަތަ މުދާ، އެކުގައި ނުވަތަ އޭގެ އެއްވެސް މިންވަރެއް، ފޯރުކޮށްދިނުން ނުވަތަ ހޯދުން، ނުވަތަ އެއިން ކަމެއް ކުރަން އުޅުމަށެވެ.
މަސްތުވާތަކެތި ސްމަގްލްކުރުން 10.2.
"މަސްތުވާތަކެތި ސްމަގްލްކުރުން" ކަމަށް ބުނެފައި އެވަނީ، މަނާކުރެވިފައިވާ މަސްތުވާތަކެއްޗާ ގުޅޭގޮތުންނަމަ، އެއިން އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމަށް ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުމަށް ނުވަތަ އެއިން ކަމެއް ކުރަން އުޅުމަށެވެ. ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެއްޗާ ގުޅޭގޮތުންނަމަ، ގާނޫނުގައިވާ ގޮތުގެމަތިން ކަމާބެހޭ ހުއްދައެއް ނެތި ނުވަތަ ހުއްދަކޮށްފައިވާ މިންވަރަށްވުރެ އިތުރަށް އެފަދަ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމަށް ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުމަށް ނުވަތަ އެއިން ކަމެއް ކުރަން އުޅުމަށެވެ.
ވިޔަފާރިކުރުމަށްޓަކައި މަސްތުވާތަކެތި ސްމަގްލްކުރުން 3-10.
"ވިޔަފާރިކުރުމަށްޓަކައި މަސްތުވާތަކެތި ސްމަގްލްކުރުން" ކަމަށް ބުނެފައި އެވަނީ، އެހެން ފަރާތަކަށް ފޯރުކޮށްދިނުމަށްޓަކައި ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން ކަމަށް މި ގާނޫނުގައި ބަޔާންކުރާ އަމަލެއް ހިންގުމަށްޓަކައި މަސްތުވާތަކެތި ސްމަގްލްކުރުމަށެވެ.
10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 14 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ފަރުވާދޭ މަރުކަޒު 14.
"ފަރުވާދޭ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި މި ގާނޫނުން އުފެއްދުމަށް ލާޒިމުކުރާ ނުވަތަ ހުއްދަކުރާ ޑީޓޮކްސިފިކޭށަން ސެންޓަރުތަކާއި، ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭށަން ސެންޓަރުތަކާއި، ކޮމިއުނިޓީ ޓްރީޓްމަންޓް ސެންޓަރުތަކާއި، ހާފްވޭ ހައުސްތަކާއި، މިނޫންވެސް މަސްތުވާތަކެތީގެ ފަރުވާދޭ މަރުކަޒުތަކަށެވެ.
11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 16 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
ޑްރަގް ޓްރީޓްމަންޓް އެސެސްމަންޓް 1-16.
"ޑްރަގް ޓްރީޓްމަންޓް އެސެސްމަންޓް" ކަމަށް ބުނެފައި އެވަނީ، މީހަކު މަސްތުވާތަކެއްޗަށް ދެވިހިފާފައިވޭތޯ ބަލައި، ދެވިހިފާފައިވާނަމަ، އޭނާގެ ގައިގައި އެކަން އަށަގެންފައިވާ ނިސްބަތް ދެނެގަނެ، އެކަމަށް ބިނާކޮށް އޭނާއަށް ދޭންޖެހޭ ފަރުވާ ކަނޑައެޅުމުގެ ގޮތުން އަންނަނިވި ހާލަތްތަކުގައި ހަދާ އެސެސްމަންޓަށެވެ.
(ހ) އަމިއްލައަށް އެދިގެން ފަރުވާ ހޯދުމަށް ފަރުވާދޭ މަރުކަޒަކަށް ދާ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހަކަށް ދޭންޖެހޭ ފަރުވާ ކަނޑައެޅުމުގެ ގޮތުން ފަރުވާދޭ މަރުކަޒުން އެދިގެން ހަދާ އެސެސްމަންޓް؛
(ށ) ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ނުވަތަ ރިމާންޑް ޖަލެއްގައި ބަންދުކުރެވިފައިވާ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހަކަށް ދޭންޖެހޭ ފަރުވާ ކަނޑައެޅުމުގެ ގޮތުން ބަންދުގެ މަރުކަޒުން އެދިގެން ހަދާ އެސެސްމަންޓް.
12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 17 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
މަސްތުވާތަކެތި ޓްރެފިކްކުރުން 17.
(ހ) "މަސްތުވާތަކެތި ޓްރެފިކްކުރުން" ކަމަށް ބުނެފައި އެވަނީ،
- މަސްތުވާތަކެތީގެ ވިޔަފާރިކުރުން ކަމުގައި މި ގާނޫނުގައި ބަޔާންކުރާ އަމަލެއް، އިންތިޒާމުވެގެންވާ ސިފައެއްގައި ކުރުމަށް؛ ނުވަތަ
- އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް، އެއްވެސް ސިފައެއްގައި ކުރުމަށ.ް
- ވިޔަފާރިކުރުމަށްޓަކައި މަސްތުވާތަކެތި ސްމަގްލްކުރުން؛ ނުވަތަ
- މަސްތުވާތަކެތި ހެއްދުން ނުވަތަ އުފެއްދުން؛ ނުވަތަ
- މަސްތުވާތަކެތީގެ ވިޔަފާރިއަށް ފައިނޭންސްކުރުން؛ ނުވަތަ
- މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެއްގެ އަތުގައި، އޭނާގެ އާންމު ދިރިއުޅުމުގެ ހާލަތަށް ބަލާއިރު، އެ ހާލަތާ އަޅާކިޔޭ މިންވަރަށްވުރެ ގިނަ އަދަދެއްގެ، އަދި އެ ހޯދިގޮތް ބަޔާންކޮށްނުދެވޭ ފައިސާ ނުވަތަ މުދާ ހުރުން؛ ނުވަތަ
- މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު، މަސްތުވާތަކެތި ވިއްކުމަށްޓަކައި އެއް ރަށުން އަނެއް ރަށަށް މަސްތުވާތަކެތި އުފުލުން ނުވަތަ ފޮނުވުން ނުވަތަ ގެންދިޔުން ނުވަތަ އެއިން ކަމެއް ކުރުވުން ނުވަތަ އެނޫންވެސް ގޮތަކަށް ޑިސްޓްރިބިއުޓްކުރުން؛ ނުވަތަ
- މަސްތުވާތަކެތި ޓްރެފިކްކުރުން ކަމަށް ބެލެވޭ މިންވަރު ކަމަށް މި ގާނޫނުގައި ކަނޑައަޅާފައިވާ މިންވަރަށް ނުވަތަ އެއަށްވުރެ ގިނައިން މަސްތުވާތަކެތި އަތުގައި ހުރުން ނުވަތަ ގެންގުޅުން؛ ނުވަތަ
- ހިދުމަތެއްގެ ގޮތުގައި މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ހަށިގަނޑަށް ވާސިލުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ވަސީލަތްތައް ފޯރުކޮށްދިނުން.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި މަސްތުވާތަކެތީގެ ވިޔަފާރި އިންތިޒާމުވެގެންވާ ސިފައެއްގައި ކުރުން ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ނުވަތަ ދިވެހިރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް މެދުވެރިކޮށް ނުވަތަ އެފަދަ ގްރޫޕަކާ ގުޅިގެން މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށް ނުވަތަ އެފަދަ ގްރޫޕެއް މެދުވެރިކޮށް ކަމުގައި ނުވިޔަސް، މަސްތުވާތަކެތީގެ ވިޔަފާރިކުރުން ކަމުގައި މި ގާނޫނުގައި ބަޔާންކޮށްފައިވާ އަމަލެއް، އިންތިޒާމުވެގެން ކުރުމަށެވެ.
13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 18 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ޓްރެފިކްކުރާ މީހާ 18.
"ޓްރެފިކްކުރާ މީހާ" ކަމަށް ބުނެފައި އެވަނީ، މަސްތުވާތަކެތި ޓްރެފިކްކުރުން ކަމުގައި މި ގާނޫނުގައި ބަޔާންކުރާ އަމަލެއް ކުރާ މީހާއަށެވެ.
14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 19 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ޕެޑްލްކުރުން 19.
"ޕެޑްލްކުރުން" ކަމަށް ބުނެފައި އެވަނީ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހަކު، އޭނާ މަސްތުވާތަކެއްޗަށް ބޭނުންވާ ނިސްބަތް ދެމެހެއްޓުމަށްޓަކައި، މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށެވެ.
15 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 20 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ޕެޑްލަރު 20.
"ޕެޑްލަރު" ކަމަށް ބުނެފައި އެވަނީ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހާއަށެވެ.
16 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 22 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ހ) މަސްތުވާތަކެއްޗާބެހޭ މައިގަނޑު ސިޔާސަތުތައް އެކަށައެޅުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުން؛
17 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 22 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ރ) މަސްތުވާތަކެއްޗާ ގުޅިފައިވާ ކުށްކުށާއި، މަސްތުވާތަކެތި ބޭނުންކުރުމާ ގުޅިގެން ހިންގޭ ހަރުކަށި އަމަލުތަކާއި، މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން އުފެދޭ ސިއްހީ މައްސަލަތައް ރައީސުލްޖުމްހޫރިއްޔާއަށް އަންގައިދިނުމާއި، އެކަމާ ދެކޮޅަށް މަސައްކަތްކުރުމަށް ތައާރުފުކުރަންޖެހޭ ގައުމީ ސިޔާސަތުތަކަކީ ކޮބައިކަމާއި، ހުރި ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމާއި، އެ ބަދަލުތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުން؛
18 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 23 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް އެކުލެވިގެންވާ ގޮތް 23.
(ހ) ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް އެކުލެވިގެންވާނީ، އަންނަނިވި 13 )ތޭރަ( މެންބަރުންގެ މައްޗަށެވެ.
- ރައީސުލްޖުމްހޫރިއްޔާގެ ނައިބު؛
- ދާހިލީ ކަންކަމާބެހޭ މިނިސްޓަރު؛
- ޕްރޮސިކިއުޓަރ ޖެނެރަލް؛
- ޗީފް އޮފް ޑިފެންސް ފޯސް؛
- ކޮމިށަނަރ އޮފް ޕޮލިސް؛
- ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް؛
- ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަން؛
- ބަންޑާރަނައިބުގެ އޮފީހުގެ މަންދޫބު؛
- ސިއް ހަތާބެހޭ މިނިސްޓްރީގެ މަންދޫބު؛
- ތައުލީމާބެހޭ މިނިސްޓްރީގެ މަންދޫބު؛
- ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ މިނިސްޓްރީގެ މަންދޫބު؛
- ޒުވާނުންގެ ކަންކަމާގުޅޭ މިނިސްޓްރީގެ މަންދޫބު؛
- ދީނީ ކަންކަމާގުޅޭ މިނިސްޓްރީގެ މަންދޫބު.
(ށ) މި މާއްދާގެ (ހ) ގެ (8) ވަނަ ނަންބަރުން ފެށިގެން (13) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ މަންދޫބުންނަކީ އެ މިނިސްޓްރީއެއް ނުވަތަ އިދާރާއެއްގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން އެ މިނިސްޓްރީއެއް ނުވަތަ އިދާރާއެއްގެ މިނިސްޓަރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ފަރާތްތަކެކެވެ. އެފަރާތްތައް ވާންވާނީ، ކަމާގުޅޭ ފަންނީ އަދި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ، އެ އިދާރާއެއްގެ އިސް މަގާމެއް އަދާކުރ،ާ ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެހީތެރިވުމުގެ ގާބިލުކަން ލިބިފައިވާ ފަރާތްތަކަކަށެވެ.
19 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 25 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
ޖަދުވަލު، 1 2 ނުވަތަ 3 އިސްލާހުކުރުމުގައި ލަފާދިނުން 1-25.
(ހ) މި ގާނޫނުގެ ޖަދުވަލު 1 ނުވަތަ ޖަދުވަލު 2 އަށް މަސްތުވާއެއްޗެއް ނުވަތަ މާއްދާއެއް ނުވަތަ އުފެއްދުމެއް އިތުރުކުރުމަށްޓަކައި ނުވަތަ ޖަދުވަލު 3 އަށް ޕްރިކަރސަރ ކެމިކަލްއެއް އިތުރުކުރުމަށްޓަކައި ނުވަތަ އެއިން ޖަދުވަލަކަށް ބަދަލެއް ގެނައުމަށްޓަކައި ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ލަފަޔަށް އެދޭ މައްސަލަތަކުގައި އަމަލުކުރާނީ މި މާއްދާގައިވާ ގޮތުގެމަތިންނެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލަށް ހުށަހަޅާ ހުށަހެޅުމެއް ހުށަހަޅާނީ މިނިސްޓަރެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ލަފާ ހޯދުމަށްޓަކައި މިނިސްޓަރު ހުށަހަޅާ ހުށަހެޅުމަކީ، މި ގާނޫނުގެ ޖަދުވަލު 1 ނުވަތަ ޖަދުވަލު 2 އަށް މަސްތުވާއެއްޗެއް ނުވަތަ މާއްދާއެއް ނުވަތަ އުފެއްދުމެއް އިތުރުކުރުމާމެދު ނުވަތަ ޖަދުވަލު 3 އަށް ޕްރިކަރސަރ ކެމިކަލްއެއް އިތުރުކުރުމާމެދު އެ ކައުންސިލްގެ ލަފަޔަކަށް އެދި ހުށަހަޅާ ހުށަހެޅުމެއްނަމަ، އެފަދައިން ހިމަނަން ބޭނުންވާ އެއްޗަކާއި އެ އެއްޗެއް ހިމަނަން ބޭނުންވާ ޖަދުވަލާއި، އެ ޖަދުވަލުގައި އެ އެއްޗެއް ހިމަނަންޖެހޭ ސަބަބު ބަޔާންކުރުމާއެކު، ކަމާބެހޭ ސައިންޓިފިކް އަދި،ނުވަތަ މެޑިކަލް ހެކި ހުށަހަޅަންވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގެ ދަށުން ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ލަފާ ހޯދުމަށްޓަކައި މިނިސްޓަރު ހުށަހަޅާ ހުށަހެޅުމަކީ، ވަކި ޖަދުވަލެއްގައި ހިމެނޭ އެއްޗަކަށް ބަދަލުގެނައުމާމެދު ކައުންސިލްގެ ލަފަޔަކަށް އެދި ހުށަހަޅާ ހުށަހެޅުމެއްނަމަ، އެ ބަދަލެއް ގެންނަން އެދޭ ޖަދުވަލު ނުވަތަ ޖަދުވަލުތަކާއި، އެކަން އެފަދައިން ކުރަންޖެހޭ ސަބަބު ބަޔާންކޮށް، ކަމާބެހޭ ސައިންޓިފިކް އަދި،ނުވަތަ މެޑިކަލް ހެކި ހުށަހަޅަންވާނެއެވެ.
(ބ) މި މާއްދާގެ ދަށުން ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލަށް ހުށަހެޅޭ ހުށަހެޅުމަކާމެދު އެ ކައުންސިލުން ގޮތެއް ނިންމަންވާނީ ކަމާބެހޭ ފަންނީ މާހިރުންގެ ލަފާ ހޯދުމަށްފަހު އަދި ސިންގަލް ކޮންވެންށަން އޮން ނާކޮޓިކް ޑްރަގްސް 1961 ނުވަތަ ކޮންވެންށަން އޮން ސައިކޯޓްރޮޕިކް ސަބްސްޓެންސަސް 1971 ނުވަތަ ކޮންވެންށަން އަގެއިންސްޓް އިލިސިޓް ޓްރެފިކް އިން ނާކޮޓިކް ޑްރަގްސް އެންޑް ސައިކޯޓްރޮޕިކް ސަބްސްޓެންސަސް 1988 އާ ހިލާފުނުވާ ގޮތުގެމަތިންނެވެ.
(ޅ) މާއްދާގެ ދަށުން ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލަށް ހުށަހެޅުމެއް ހުށަހެޅުމުގައި އަމަލުކުރާނެ އުސޫލާއި، އެފަދަ ހުށަހެޅުންތަކާ ގުޅިގެން ފަންނީ މާހިރުންގެ ލަފާ ހޯދުމުގެ އިޖުރާއަތާއި، އެފަދަ ހުށަހެޅުންތަކާމެދު ގޮތެއް ނިންމުމުގައި ކައުންސިލުން އަމަލުކުރާނެ އުސޫލާއި، އެނޫންވެސް ކަމާބެހޭ އުސޫލުތަކާއި އިޖުރާއަތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
20 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 26 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ށ) ނޭށަނަލް ޑްރަގް އެޖެންސީއަކީ، ދިވެހިރާއްޖޭގައި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާދީ، ދިވެހިރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މިންވަރު މަދުކޮށް، މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާ ގުޅޭގޮތުން ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ލަފަޔާއި މަށްވަރާގެމަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިޔާސަތުތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަން ވިލަރެސްކުރާ މައިގަނޑު އިދާރާއެވެ.
21 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 27 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ހ) މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އެއިރެއްގައި މުޖުތަމައުގައި މަސްތުވާތަކެތި ބޭނުންކުރުން ފެތުރިފައިވާ މިންވަރު ދެނެގަތުމާއި، އަލަށް މަސްތުވާތަކެތި ބޭނުންކުރަން ފަށާ މީހުން، މަސްތުވާތަކެތި ބޭނުންކުރަން ފަށާ ހިސާބުން ފެށިގެން ދެނެގަނެ، އެމީހުން މަސްތުވާތަކެއްޗަށް ދެވިނުހިފަނީސް އެމީހުންނަށް އެކަމުން އަވަހަށް ދުރަށް ދެވޭނެ ގޮތްތައް ހޯދުމާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުން މަދުކުރުމަށްޓަކައި އެކި ހާލަތްތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް ކަމުގައި ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ކަނޑައަޅާ ފިޔަވަޅުތައް އެޅުން؛
22 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 27 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ށ) ދިގު މުއްދަތަކަށް މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން އުފެދޭ ސިއްހީ އަދި އިޖްތިމާއީ މައްސަލަތައް ދެނެގަނެ، އެކަމާ ދެކޮޅަށް ތައާރުފުކުރާ ގައުމީ ސިޔާސަތުތައް ތަންފީޒުކުރުމާގުޅޭ ކަންކަން ވިލަރެސްކުރުން؛
23 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 27 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ބ) މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ، އެމީހުން ރީހެބިލިޓޭޓްކޮށް، އަނބުރާ މުޖުތަމައަށް ގެނައުމަށް މަސައްކަތްކުރުން؛
24 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 27 ވަނަ މާއްދާގެ (އ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(އ) މަސްތުވާތަކެއްޗާގުޅޭ ބޭރުގެ އިދާރާތަކާ ގުޅިގެން، މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާއި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ފަރާތްތަކަށް ފަރުވާ ދިނުމާގުޅޭ އެކިއެކި ޕްރޮގްރާމްތައް ދިވެހިރާއްޖޭގައި ހިންގުމާއި، މައުލޫމާތު ހިއްސާކުރުމާއި، އެމީހުންގެ މައުލޫމާތާއި ތަޖުރިބާއިން ދިވެހިރާއްޖެއަށް ފައިދާއާއި މަންފާއާއި އެހީ ހޯދުމަށް މަސައްކަތްކުރުން.
25 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ހ) ނޭށަނަލް ޑްރަގް އެޖެންސީގެ ބޯޑަކީ، އަންނަނިވި އިދާރާތައް ތަމްސީލުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ 9 (ނުވައެއް) މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ބޯޑެކެވެ.
- ދާހިލީ ކަންކަމާބެހޭ މިނިސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެ މިނިސްޓްރީގެ މިނިސްޓަރު ކަނޑައަޅާ ފަރާތެއް؛
- ދިވެހި ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ ފަރާތެއް؛
- ސިއް ހަތާބެހޭ މިނިސްޓްރީ ނުވަތަ އެ މިނިސްޓްރީގެ ދަށުން ހިނގާ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ސިއް ހަތާބެހޭ މިނިސްޓްރީގެ މިނިސްޓަރު ކަނޑައަޅާ ފަރާތެއް؛
- އިޖްތިމާއީ ރައްކާތެރިކަމާބެހޭ މިނިސްޓްރީގައި އިޖްތިމާއީ ރައްކާތެރިކަމާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެ މިނިސްޓްރީގެ މިނިސްޓަރު ކަނޑައަޅާ ފަރާތެއް؛
- ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ސަރުކާރުގެ މިނިސްޓްރީގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެ މިނިސްޓްރީގެ މިނިސްޓަރު ކަނޑައަޅާ ފަރާތެއް؛
- ޒުވާނުންގެ ކަންކަމާގުޅޭ މިނިސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެ މިނިސްޓްރީގެ މިނިސްޓަރު ކަނޑައަޅާ ފަރާތެއް؛
- ތައުލީމާބެހޭ މިނިސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެ މިނިސްޓްރީގެ މިނިސްޓަރު ކަނޑައަޅާ ފަރާތެއް؛
- މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގައި ބަންދުގައި ތިބޭ ފަރާތްތަކަށް މަސްތުވާތަކެތީގެ ފަރުވާ ދިނުމާގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެ ސަރވިސްއިން ކަނޑައަޅާ ފަރާތެއް؛
- މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމަކީ އެ ޖަމްއިއްޔާގެ މައިގަނޑު މަގްސަދު ކަމުގައިވާ މަދަނީ ޖަމްއިއްޔާއެއްގެ މަންދޫބެއް.
26 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 29 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
ނޭށަނަލް ޑްރަގް އެޖެންސީގައި މަސައްކަތްކުރާ ފަރާތްތައް 1-29.
(ހ) ނޭށަނަލް ޑްރަގް އެޖެންސީގައި އިންޑިކޭޓިވް އެސެސްމަންޓް އަދި ޑްރަގް ޓްރީޓްމަންޓް އެސެސްމަންޓް ހެދުމުގައާއި މަސްތުވާތަކެއްޗަށް ފަރުވާ ދިނުމާގުޅޭ ޕްރޮގްރާމްތައް ހިންގުމުގައި މަސައްކަތްކުރާ ފަރާތްތަކަކީ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ފަރާތްތަކަށް ފަރުވާ ދިނުމަށް ހަދަންޖެހޭ އެސެސްމަންޓްތައް ހެދުމަށާއި ފަރުވާގެ ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ހާއްސަ ތަމްރީނާއި ހުނަރާއި ގާބިލުކަން ލިބިފައިވާ ބައެއް ކަމުގައި ވާންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ނޭށަނަލް ޑްރަގް އެޖެންސީގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ކުޑަކުދިންނާ މުއާމަލާތުކުރާ ފަރާތްތަކަކީ ނުވަތަ ކުޑަކުދިންނާގުޅޭ ކަންކަން ނިންމަންޖެހޭ ފަރާތްތަކަކީ އެފަދަ ހާލަތްތަކުގައިވާ ކުޑަކުދިންނާ މުއާމަލާތުކުރުމަށާއި، އެފަދަ ހާލަތްތަކުގައިވާ ކުޑަކުދިންނާގުޅޭ ކަންކަން ނިންމުމުގައި ރިއާޔަތްކުރަންޖެހޭ ކަންކަމުގެ ތަމްރީން ހިމެނޭހެން، ކަމާގުޅޭ ތަމްރީން ލިބިފައިވާ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ.
27 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 35 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.
މަސްތުވާތަކެތި ބޭނުންކޮށްގެން، އޭގެ ތައުސީރުގައި ހުރެ ކޮށްފައިވާ ޖިނާއީ އެހެން ކުށެއްގެ ތުހުމަތުގައިވާ މީހުން ނުވަތަ އެ ކުށެއްގެ ދައުވާ އުފުލިފައިވާ މީހުން؛
28 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 35 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.
(2) އޭޭނާގެ މައްޗަށް ދައުވާ އުފުލިފައިވާ ކުށް އޭނާ ކޮށްފައިވަނީ، މަސްތުވާތަކެތި ބޭނުންކޮށްގެން، އޭގެ ތައުސީީރުގައި ހުރެ ކަމަށްވުން؛ އަދި
29 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 35 ވަނަ މާއްދާގެ (ނ) ގެ (5) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.
(5) އޭނާގެ މައްޗަށް ދައުވާ އުފުލިފައިވާ ކުށަކީ، އެ ކުށް ސާބިތުވެއްޖެނަމަ، 10 (ދިހައެއް) އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުމުގެ އަދަބު އޭނާގެ މައްޗަށް ކަނޑައެޅިދާނެ ކުށަކަށްނުވުން؛ އަދި
30 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 36 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ށ) ޓެރަރިޒަމްގެ ކުށާއި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށް؛
31 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 36 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ބ) ގާނޫނު ނަންބަރު 2014-17 (ޖިންސީ ކުށުގެ ގާނޫނު) ގެ 16 ވަނަ މާއްދާއިން ފެށިގެން 19 ވަނަ މާއްދާގެ ނިޔަލަށް، އަދި 35 ވަނަ މާއްދާއިން ފެށިގެން 44 ވަނަ މާއްދާގެ ނިޔަލަށް ބަޔާންކޮށްފައިވާ ކުށްތައް؛
32 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 40 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
ތަމްރީން 1-40.
މަސްތުވާތަކެއްޗަށް ދެވިހިފާ ފަރާތްތަކަށް ފަރުވާދީ، އެމީހުން ހެޔޮގޮތުގައި މުޖުތަމައަށް އަނބުރާ ރުޖޫއަވުމަށް ހިންގަންޖެހޭ ރީހެބިލިޓޭށަން ޕްރޮގްރާމްތައް ހިންގުމުގައި ހާއްސަ ތަމްރީނާއި ހުނަރާއި އިރުށާދު ލިބިފައިވާ ބައެއް ކަމުގައި ޑްރަގް ކޯޓުގައި މަސައްކަތްކުރާ ފަނޑިޔާރުން ވާންވާނެއެވެ.
33 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 41 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
ޑްރަގް ކޯޓުގެ ފަނޑިޔާރުންގެ މަސްއޫލިއްޔަތުތައް 1-41.
ޑްރަގް ކޯޓަށް ހުށަހެޅޭ މައްސަލަތައް އެ ކޯޓުގެ ފަނޑިޔާރުން ހިންގަންވާނީ، މި ގާނޫނުގެ މަގްސަދުތައް ހާސިލުކުރުމަށް އިސްކަންދިނުމާއެކު، ހަރުދަނާ އަދި އެކަށީގެންވާ އަވަސް މިނެއްގައި މައްސަލައާމެދު ގޮތެއް ކަނޑައެޅުމަށް އިސްކަންދެވޭނެ ގޮތެއްގެމަތިންނެވެ. އެގޮތުން، އަންނަނިވި ކަންކަން ކުރުމުގެ ޒިންމާ މި ގާނޫނުން އެ ކޯޓުގެ ފަނޑިޔާރުންނާ މަތިކުރެއެވެ.
(ހ) ކޯޓަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި މައްސަލަތައް ދިގުލައިގެން ނުދާނެ ގޮތެއްގެމަތިން އިންތިޒާމުކުރުމަށްޓަކައި ށަރީއަތުގެ އެކި މަރުހަލާގެ ކަންކަމަށް ވަގުތު ކަނޑައަޅައި، ވީވަރަކުން ނުރަސްމީކޮށް ހައްލުކުރެވޭނެ ކަންކަން އެފަދައިން ހައްލުކޮށް، ށަރީއަތުގެ އަޑު އެހުންތައް މަދުކުރުމަށް އިސްކަންދީގެން، އަޑުއެހުންތައް ދުރާލާ ތާވަލުކޮށް، އެކަށީގެންވާ އަވަސް މިނެއްގައި މައްސަލަތައް ނިންމުމަށް މަސައްކަތްކުރުން؛
(ށ) ހަރުދަނާ އަދި އެކަށީގެންވާ އަވަސް މިނެއްގައި މައްސަލައާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި އަޅަންޖެހޭ އެނޫންވެސް ފިޔަވަޅުތައް އެޅުން؛
(ނ) ރީހެބިލިޓޭށަން އަމުރެއް ކޮށްފައިވާ ފަރާތްތައް އެ އަމުރާ އެއްގޮތަށް އަމަލުކުރަމުންދާ މިންވަރު މޮނިޓަރކުރަމުންދިޔުން؛
(ރ) ރީހެބިލިޓޭށަން އަމުރެއް ތަންފީޒުކުރުމަށްޓަކައި ނެރެންޖެހޭ އެހެން އަމުރުތައް ނެރުން.
34 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 46 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ރިޕޯޓު އެކުލަވާލައި އާންމުކުރުން 46.
(ހ) ޑްރަގް ކޯޓުން އަހަރަކު އެއްފަހަރު އަންނަނިވި ކަންކަން ހިމެނޭގޮތަށް ރިޕޯޓެއް އެކުލަވާލައި އާންމުކުރަންވާނެއެވެ.
- ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދާއި ބާވަތާއި ނިމުނު ގޮތުގެ ހުލާސާ؛
- ޑްރަގް ޓްރީޓްމަންޓް އެސެސްމަންޓް ހެދުމަށް އެންގުނު މީހުންގެ އަދަދު؛
- ރީހެބިލިޓޭށަން އަމުރު ނެރެވުނު މީހުންގެ އަދަދު؛
- ފަރުވާގެ ޕްރޮގްރާމްގައި ބައިވެރިކުރެވުނު މީހުންގެ އަދަދު؛
- ރީހެބިލިޓޭށަން އަމުރުކޮށްފައިވާ އެހެންނަމަވެސް ފަރުވާގެ ޕްރޮގްރާމްގައި ބައިވެރިނުކުރެވުނު މީހުންގެ އަދަދާއި ސަބަބު؛
- ފަރުވާގެ ޕްރޮގްރާމް ފުރިހަމަކުރި މީހުންގެ އަދަދާއި ފަރުވާގެ ބާވަތުގެ ހުލާސާ؛
- ރީހެބިލިޓޭށަން އަމުރު އިސްލާހުކުރަން ޖެހުނު އަދަދު؛
- ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށްފައިނުވާ މީހުންގެ އަދަދު؛
- ފަރުވާގެ ޕްރޮގްރާމަށް އެއްބާރުލުން ނުދިނުމުގެ ސަބަބުން ފިޔަވަޅު އަޅާފައިވާ މީހުންގެ އަދަދު.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ޑްރަގް ކޯޓުން އާންމުކުރާ ރިޕޯޓުގައި އެއްވެސް ފަރާތެއްގެ ޒާތީ މައުލޫމާތު ހާމަކޮށްގެންނުވާނެއެވެ.
35 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 46 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
ކޯޓަށް ލިޔެކިޔުން ހުށަހެޅުމާއި ކޯޓުން ކުރަންޖެހޭ މުއާމަލާތްތައް ކުރުން 1-46.
(ހ) ޑްރަގް ކޯޓަށް ދައުވާއާއި ދައުވާއާގުޅޭ ލިޔެކިޔުމާއި އެނޫންވެސް ލިޔެކިޔުންތައް ހުށަހަޅާނީ، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށެވެ.
- ސީދާ ކޯޓަށް ހުށަހެޅުން؛
- އ-ީމެއިލް މެދުވެރިކޮށް ހުށަހެޅުން؛
- އިލެކްޓްރޯނިކް ފައިލިންގ ހިދުމަތް މެދުވެރިކޮށް ހުށަހެޅުން.
(ށ) ދައުވާފޯމާއި ކޯޓަށް ފޮނުވަންޖެހޭ އެނޫންވެސް ލިޔެކިޔުން މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ފޮނުވުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް، ކޯޓުގައި ގާއިމުކޮށްފައި އޮންނަންވާނެއެވެ.
(ނ) ކޯޓަށް ހުށަހެޅޭ ދައުވާއަކާ ގުޅިގެން ކޯޓުން މައްސަލައިގެ ހަސްމުންނާ މުއާމަލާތުކުރުމުގައި، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (3) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ވަސީލަތްތައް މެދުވެރިކޮށް އެ މުއާމަލާތްތައް ކުރެވިދާނެއެވެ.
(ރ) މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، ހަސްމުންގެ ފަރާތުން ކޯޓަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި ނޯޓިސް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ހުށަހެޅުމުން ނުވަތަ ފޮނުވުމުން، މި ގާނޫނުގެ ބޭނުމަށް އެ އިޖުރާއަތެއް ފުރިހަމަކުރެވުނީ ކަމުގައި ބަލަންވާނެއެވެ.
36 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ހަވަނަ ބާބުގެ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ހަވަނަ ބާބު
ފަރުވާގެ ހިދުމަތްތަކާއި ފަރުވާދޭ މަރުކަޒުތައް
37 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 47 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން
ފަރުވާދޭ މަރުކަޒުތައް އުފެއްދުން 47.
(ހ) މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކާއި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ފަރާތްތަކަށް ދެވޭ ފަރުވާއަކީ ކޮމިއުނިޓީ ބޭސްޑް އަދި ސްޕެށަލައިޒްޑް ޓްރީޓްމަންޓް ހިމެނޭގޮތުން ފޯރުކޮށްދެވޭ ފަރުވާއެއް ކަމުގައިވާންވާނެއެވެ. އެގޮތުން ފޯރުކޮށްދެވޭ ފަރުވާ ވާންވާނީ، މުޖުތަމައުގެ ބައިވެރިވުން ހިމެނޭގޮތުންނާއި ސިއްހީ ފަރުވާގެ ނިޒާމާއި ސޯށަލް ވެލްފެއާގެ ނިޒާމުގައި ފޯރުކޮށްދެވޭ ހިދުމަތްތަކުގެ ތެރެއިން އަދި މަސްތުވާތަކެތީގެ ފަރުވާއަށް ހާއްސަ މަރުކަޒުތައް މެދުވެރިކޮށް ފޯރުކޮށްދެވޭ ފަރުވާއެއް ކަމުގައެވެ.
(ށ) މާއްދާގެ (ހ) ގައި ބަޔާންކުރާ މަގްސަދުތައް ހާސިލުކުރުމަށްޓަކައި، އަންނަނިވި ބައިތަކުގެ މައްޗަށް އެކުލެވޭ ފަރުވާގެ ނިޒާމެއް ސަރުކާރުން ގާއިމުކުރަންވާނެއެވެ.
- ކޮމިއުނިޓީ ބޭސްޑް ސްކްރީނިންގ، ރިފަރަލް އެންޑް ކެއަރ؛
- ނޮން-ރެސިޑެންށަލް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭށަން؛
- ރެސިޑެންށަލް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭށަން.
(ނ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ "ކޮމިއުނިޓީ ބޭސްޑް ސްކްރީނިންގ، ރިފަރަލް އެންޑް ކެއަރ" ގެ ހިދުމަތްތަކުގެ ތެރޭގައި، ސްކްރީނިންގ އަދި ރިފަރަލް ހިދުމަތްތަކާއި، ކައުންސެލިންގ އަދި ހޯމް ބޭސްޑް ކެއަރގެ ހިދުމަތްތައް ހިމެނެންވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ "ނޮން-ރެސިޑެންށަލް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭށަން" ހިދުމަތްތަކުގެ ތެރޭގައި، ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި މަސްތުވާތަކެތީގެ ފަރުވާއަށް ހާއްސަ މަރުކަޒުތައް މެދުވެރިކޮށް، އައުޓްޕޭށަންޓް ހިދުމަތެއްގެ ގޮތުގައި މަސްތުވާތަކެތީގެ ފަރުވާއަށް ސްރީންކުރެވޭނެ ހިދުމަތްތަކާއި، ޑީޓޮކްސިފިކޭށަން ފަރުވާއާއި، ޑްރަގް ޑިޕެންޑެންސީ ޓްރީޓްމަންޓާއި، ކައުންސެލިންގގެ ހިދުމަތާއި، ރީހެބިލިޓޭށަން ހިދުމަތާއި، ގުޅުންހުރި ސިއްހީ ފަރުވާ ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.
(ބ) މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ "ރެސިޑެންށަލް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭށަން" ހިދުމަތްތަކުގެ ތެރޭގައި، މަސްތުވާތަކެތީގެ ފަރުވާއަށް ހާއްސަ މަރުކަޒުތައް މެދުވެރިކޮށް، އިންޕޭށަންޓް ހިދުމަތެއްގެ ގޮތުގައި، މަސްތުވާތަކެތީގެ ފަރުވާއަށް ސްކްރީންކުރެވޭނެ ހިދުމަތްތަކާއި، ޑީޓޮކްސިފިކޭށަން ޓްރީޓްމަންޓާއި، ޑްރަގް ޑިޕެންޑެންސީ ޓްރީޓްމަންޓާއި، ކައުންސެލިންގގެ ހިދުމަތާއި، ރީހެބިލިޓޭށަން ހިދުމަތާއި، ގުޅުންހުރި ސިއްހީ ފަރުވާ ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.
(ޅ) މި މާއްދާގެ (ރ) އާއި (ބ) ގައި ބަޔާންކުރާ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި މަސްތުވާތަކެތީގެ ފަރުވާއަށް ހާއްސަކޮށް ގާއިމުކުރެވ،ޭ އަންނަނިވި ހިދުމަތްތަކާއި ފަރުވާ ދެވޭނެ ނޮން-ރެސިޑެންށަލް އަދި ރެސިޑެންށަލް ޓްރީޓްމަންޓް ސެންޓަރުތަކާއި ހާފްވޭ ހައުސްތައް ސަރުކާރުން ގާއިމުކުރަންވާނެއެވެ.
- ޑްރަގް ޑިޕެންޑެންސީ ސްކްރީނިންގ އެންޑް އެސެސްމަންޓް؛
- ޑްރަގް ޑީޓޮކްސިފިކޭށަން؛
- ޑްރަގް ޑިޕެންޑެންސީ ޓްރީޓްމަންޓް؛
- ރީހެބިލިޓޭށަން އެންޑް ރީއިންޓަގްރޭށަން.
(ކ) މި މާއްދާގެ (ޅ) ގެ ދަށުން ގާއިމުކުރާ މަރުކަޒުތަކުގެ އިތުރުން، ޑްރަގް ޑިޕެންޑެންސީ ސްކްރީނިންގ އަދި ރިފަރަލްގެ ހިދުމަތާއި، ޑީޓޮކްސިފިކޭށަން ފަރުވާއާއި، ޑްރަގް ޑިޕެންޑެންސީ ޓްރީޓްމަންޓްގެ ތެރޭގައި ހިމެނޭ މެޑިކަލް ފަރުވާގެ ހިދުމަތްތަކާއި، ސައިކޮލޮޖިކަލް ހިދުމަތްތައް ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން ލިބޭނެ އިންތިޒާމު، ސަރުކާރުން ހަމަޖައްސަންވާނެއެވެ.
(އ) މި މާއްދާގެ (ޅ) ގެ ދަށުން ގާއިމުކުރާ ރެސިޑެންށަލް ޓްރީޓްމަންޓް ސެންޓަރުތައް ގާއިމުކުރަންވާނީ، އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަކުރެވޭ ރެސިޑެންށަލް ބައިތައް ހިމެނޭގޮތުންނެވެ.
(ވ) މި މާއްދާގެ (ރ) އާއި (ބ) ގެ ދަށުން މަސްތުވާތަކެތީގެ ފަރުވާއަށް ހާއްސަކޮށް ސަރުކާރުން ގާއިމުކުރާ ނޮން-ރެސިޑެންށަލް އަދި ރެސިޑެންށަލް ޓްރީޓްމަންޓް ސެންޓަރުތައް ހިންގާނީ، ނޭށަނަލް ޑްރަގް އެޖެންސީން ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެ އެޖެންސީން ކަނޑައަޅާ ފަރާތަކުންނެވެ.
(މ) ސަރުކާރުން ގާއިމުކުރުމަށް މި މާއްދާގެ (ޅ) އިން ލާޒިމުކުރާ މަރުކަޒުތައް އުފެއްދުމުގެ އިތުރަށް، އެފަދަ މަރުކަޒުތައް އުފައްދައި ހިންގުމަށް ށައުގުވެރިވާ އަމިއްލަ ފަރާތްތަކަށް، މި ގާނޫނުގެ ދަށުން ނޭށަނަލް ޑްރަގް އެޖެންސީން ހަދާ ގަވާއިދުގައި ބަޔާންކުރާ ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން އެފަދަ މަރުކަޒުތައް އުފައްދައި ހިންގުމުގެ ހުއްދަ ދެވިދާނެއެވެ.
38 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 48 ވަނަ މާއްދާ އުނިކުރުން.
39 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 49 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ފަރުވާދޭ މަރުކަޒުތަކުގެ ތަފްސީލު 49.
(ހ) މި ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ ޑްރަގް ޑިޕެންޑެންސީ ސްކްރީނިންގ އެންޑް އެސެސްމަންޓްގެ ހިދުމަތްދޭ މަރުކަޒުތަކަކީ ވަކި މީހަކީ މަސްތުވާތަކެއްޗަށް ދެވިހިފާ މީހެއްތޯ ދެނެގަތުމަށާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާނަމަ، އޭނާގެ ގައިގައި އެކަން އަށަގެންފައިވާ ނިސްބަތް ދެނެ ގަނ،ެ އެކަމަށް ބިނާކޮށް އޭނާއަށް ދޭންޖެހޭ ފަރުވާ ކަނޑައެޅުމުގެ ގޮތުން ހަދާ ސްކްރީނިންގ އަދި އެސެސްމަންޓް ހެދުމުގެ ހިދުމަތްދޭ ތަންތަނެވެ.
(ށ) މި ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ ޑީޓޮކްސިފިކޭށަން ސެންޓަރުތަކަކީ، މަސްތުވާތަކެތި ބޭނުންކުރާ މީހާ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މިންވަރާއި މަސްތުވާތަކެތީގެ ވިހަ އޭނާގެ ހަށިގަނޑުގައާއި ހިއްސުތަކުގައި ހިފާފައިވާ މިންވަރު މާއްދީގޮތުން ކަނޑުވާލުމަށް ދޭންޖެހޭ ސިއްހީ ފަރުވާ ފޯރުކޮށްދޭ ތަންތަނެވެ.
(ނ) މި ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ ޑްރަގް ޑިޕެންޑެންސީ ޓްރީޓްމަންޓް ސެންޓަރުތަކަކީ، މަސްތުވާތަކެތީގެ ވިހަ މަސްތުވާތަކެތި ބޭނުންކުރާ މީހެއްގެ ހަށިގަނޑުގައާއި ހިއްސުތަކުގައި ހިފާފައިވާ މިންވަރު މާއްދީގޮތުން ކަނޑުވާލައި، މަސްތުވާތަކެއްޗަށް ބަރޯސާވާ މިންވަރު މާއްދީގޮތުންނާއި ނަފްސާނީގޮތުން ކަނޑުވާލުމަށް ބޭނުންވާ ފަރުވާދީ، އޭނާ ރީހެބިލިޓޭޓްކުރުމަށްޓަކައި ސިއްހީ ފަރުވާދޭ ބައެއްގެ ބެލުމުގެ ދަށުން ހިންގާ ޕްރޮގްރާމްތައް ހިންގުމަށް ހާއްސަކުރެވޭ ރެސިޑެންށަލް ސެންޓަރުތަކެކެވެ.
(ރ) މި ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ ހާފްވޭ ހައުސްތަކަކީ، މަސްތުވާތަކެތި ބޭނުންކުރާ މީހުން އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި އާއިލާއެއްގެ ތެރޭގައި ދިރިއުޅެވޭ ގޮތުގެ މައްޗަށް ބިނާކޮށް، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން އެ ތަނުގައި ދިރިއުޅެމުން ފަރުވާ ހޯދޭނެ ގޮތަށް ތައްޔާރުކުރެވޭ މަރުކަޒުތަކެކެވެ.
40 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 50 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
މަރުކަޒުތައް ހިންގުން 50.
މި ގާނޫނުގެ 47 ވަނަ މާއްދާގެ ދަށުން އުފައްދާ ފަރުވާދޭ މަރުކަޒުތަކަކީ، މި ގާނޫނުގެ ދަށުން ނޭށަނަލް ޑްރަގް އެޖެންސީން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، އެ އެޖެންސީން ދޫކުރާ ލައިސަންސެއްގެ ދަށުން ހުއްދަ ލިބިގެން ހިންގޭ މަރުކަޒުތަކެއް ކަމުގައި ވާންޖެހޭނެއެވެ.
41 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 51 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
މަރުކަޒުތަކާ ގުޅޭގޮތުން ގަވާއިދު ހެދުން 51.
މި ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރުވާދޭ މަރުކަޒުތައް އުފައްދައި ހިންގުމުގެ އުސޫލުތަކާއި، އެފަދަ މަރުކަޒުތަކުގައި ހިފަހައްޓަންޖެހޭ ސްޓޭންޑަރޑްތަކާއި، އެފަދަ މަރުކަޒުތައް ހިންގުމުގައި ގެންގުޅޭނެ އެނޫންވެސް މިންގަނޑުތަކާއި، އެފަދަ މަރުކަޒުތައް ހިންގުމުގެ ލައިސަންސްދިނުމުގެ އުސޫލުތައް، ނޭށަނަލް ޑްރަގް އެޖެންސީން ހަދާ ގަވާއިދެއްގައި ހިމަނަންވާނެއެވެ.
42 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 52 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
މަރުކަޒުތަކުން ހިންގާ ޕްރޮގްރާމްތަކާ ގުޅޭގޮތުން ގަވާއިދު ހެދުން 52.
(ހ) މި ގާނޫނުގެ 47 ވަނަ މާއްދާގެ ދަށުން ގާއިމުކުރާ ފަރުވާދޭ މަރުކަޒުތަކުގައި ހިންގާ ޕްރޮގްރާމްތަކަކީ، ނޭށަނަލް ޑްރަގް އެޖެންސީން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން އެކުލަވާލާފައިވާ، އަދި އެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ހިންގަމުންދާ ޕްރޮގްރާމްތަކަކަށް ވާންވާނެއެވެ. އަދި މި ގަވާއިދުގައި ކައުންސެލިންގ ދިނުންވެސް ހިމެނުމާއެކު އެ ކައުންސެލިންގއަކީ އިސްލާމީ ތަރުބަވީ ކައުންސެލިންގ އެއްކަމަށް ކަނޑައަޅަންވާނެއެވެ.
(ށ) ގާނޫނުގެ 47 ވަނަ މާއްދާގެ ދަށުން ގާއިމުކުރާ ފަރުވާދޭ މަރުކަޒުތަކުގައި ހިދުމަތްދޭ ތަފާތު ގިންތީގެ ނުވަތަ ތަފާތު ފަންނުގެ ނުވަތަ ތަފާތު ފަންތީގެ މުވައްޒަފުން މަގާމަށް ށަރުތު ފުރިހަމަވާނެ ގޮތާއި، މަގާމުގައި ހަރަކާތްތެރިވުމުގައި ހިފަހައްޓަންޖެހޭނެ ސުލޫކީ ހަމަތަކާއި، ފަންނީ ހަމަތައް، ނޭށަނަލް ޑްރަގް އެޖެންސީން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
43 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 53 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ފަރުވާދޭ މަރުކަޒުތައް ހިންގުމުގެ ޒިންމާ 53.
(ހ) މި ގާނޫނުގެ 47 ވަނަ މާއްދާގެ ދަށުން އުފައްދާ ފަރުވާދޭ ކޮންމެ މަރުކަޒެއްވެސް ހިންގަންވާނީ، އެ މަރުކަޒު ހިންގާ ފަރާތުން ސުޕްރިންޓެންޑެންޓެއް އައްޔަންކޮށް، އެ ތަނުގެ ފުރިހަމަ ޒިންމާ އެ ސުޕްރިންޓެންޑެންޓް އުފުލަންޖެހޭނެ ގޮތަށެވެ.
(ށ) މި ގާނޫނާ ހިލާފަށް ނުވަތަ އެހެން ގާނޫނަކާ ހިލާފަށް މަރުކަޒެއްގައި ހިނގާ ކަމެއްގެ ސަބަބުން، މަރުކަޒުގެ ވެރިފަރާތް އުފުލަންޖެހޭ ޒިންމާއިން އެފަރާތެއް ބަރީއައެއްނުވާނެއެވެ.
(ނ) މި ގާނޫނުގެ 47 ވަނަ މާއްދާގެ ދަށުން އުފައްދާ ފަރުވާދޭ މަރުކަޒުތައް ހިންގަމުންގެންދާ ގޮތް ނޭށަނަލް ޑްރަގް އެޖެންސީން ބަލަންވާނެއެވެ. އަދި މަދުވެގެން އަހަރަކު 2 (ދޭއް) ފަހަރު ކަމާގުޅޭގޮތުން ރިޕޯޓެއް އެކުލަވާލައި، އާންމުކޮށް ށާއިއުކުރަންވާނެއެވެ.
44 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 54 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ހ) މި ގާނޫނުގެ ދަށުން ފަރުވާދޭ މަރުކަޒުތަކުގައި ފަރުވާ ދެމުންގެންދާއިރު ނުވަތަ ރީހެބިލިޓޭށަން ޕްރޮގްރާމްތައް ހިންގަމުންގެންދާއިރު، ފަރުވާ ދެވޭ މީހުންނާގުޅޭ ކަންކަން މުރާޖައާކުރުމަށްޓަކައި، މި ގާނޫނުގެ ދަށުން ނޭށަނަލް ޑްރަގް އެޖެންސީން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މުރާޖައާ ކޮމިޓީއެއް ކޮންމެ މަރުކަޒެއްގެ ސުޕްރިންޓެންޑެންޓް އުފައްދަންވާނެއެވެ.
45 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 55 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ދައުވާ އުފުލުން 55.
(ހ) ޖިނާއީ ކުށެއްގެ ތަހުގީގެއް ފުރިހަމަކުރުމަށްފަހު ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވޭ މައްސަލަތަކުގެ ތެރެއިން، ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާނެކަމަށް މި ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީހުންގެ މައްސަލަތަކުގައި އެމީހުންގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ދައުވާ އުފުލާނީ، ޑްރަގް ކޯޓުގައެވެ.
(ށ) ޖިނާއީ ކުށެއްގެ ތަހުގީގެއް ފުރިހަމަކުރުމަށްފަހު ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވޭ މައްސަލަތަކުގެ ތެރެއިން، ޑްރަގް ކޯޓުގެ އިހްތިސާސް ނުހިނގާނެކަމަށް މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީހުންގެ މައްސަލަތަކުގައި ދައުވާ އުފުލާނީ، ކްރިމިނަލް ކޯޓުގައި ނުވަތަ ކަމުގެ އިހްތިސާސް ލިބިގެންވާ އެހެން ކޯޓެއްގައެވެ.
46 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 56 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
ފުރަތަމަ ފަހަރު މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ނަސޭހަތް ދިނުން 1-56.
(ހ) ތަހުގީގުގައި ކުށަށް އިއުތިރާފުވާ މީހުންގެ ތެރެއިން މަސްތުވާތަކެތި އަލަށް ބޭނުންކުރާ ފަރާތްތައް މަސްތުވާތަކެތި ބޭނުންކުރުމުން ދުރުހެލިވުމަށް ބާރުއެޅުމުގެ ގޮތުން، އަދި އެމީހުންނަށް އިތުރު ފުރުސަތުދީ، މުޖުތަމައަށް ރުޖޫއަވެ، މުޖުތަމައުގައި ކުށުން ދުރުހެލިވެގެންވާ ރަނގަޅު ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދިނުމަށްޓަކައި، އެމީހުންގެ މައްޗަށް ކުށުގެ ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ، މައްސަލަ ނިންމުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ގޮތެއް ނިންމުމުގައި، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 98 ވަނަ މާއްދާގެ (ނ) ފިޔަވައި ކަމާގުޅޭގޮތުން އެ ގާނޫނުގައި އެކުލެވޭ މާއްދާތަކަށް އަމަލުކުރަންވާނެއެވެ.
47 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 60 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ދައުވާކުރުމާއި ދައުވާ ނުކުރުމާއި ދައުވާ އަނބުރާ ގެނައުމުގެ އިހްތިޔާރު ބޭނުންކުރުމުގައި ރިއާޔަތްކުރަންވީ ކަންކަން 60.
(ހ) މި ގާނޫނުގެ 55 ވަނަ މާއްދާއިން ފެށިގެން 59 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުން ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިދޭ އިހްތިޔާރުގެ ދަށުން ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާ މީހެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ދައުވާ އުފުލުމާމެދު ގޮތެއް ނިންމުމުގައި، ނުވަތަ އެފަދަ މީހެއްގެ މައްޗަށް ކޮށްފައިވާ އެހެން ދައުވާއެއް އަނބުރާ ގެނައުމާމެދު ގޮތެއް ނިންމުމުގައި، ނުވަތަ ދައުވާއެއް ނުކޮށް ދޫކޮށްލުމާމެދު ގޮތެއް ނިންމުމުގައި، ޕްރޮސިކިއުޓަރ ޖެނެރަލް އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.
- އެމީހަކީ އިތުރު ކުށެއް ކުރިކަމުގެ ތުހުމަތުކުރެވިފައިވާ މީހެއް ކަމުގައިނުވާނަމަ، އަދި އެމީހަކީ ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމަށް ށަރުތު ފުރިހަމަވާނެ މީހެއް ކަމުގައިވާނަމަ، އެފަދަ ފަރުވާގެ ޕްރޮގްރާމެއްގައި ބައިވެރިވެ އެ ޕްރޮގްރާމް ފުރިހަމަކުރުމަށް އެމީހަކަށް ފުރުސަތު ދިނުމަށް އިސްކަންދިނުމަށް؛
- އެމީހަކީ އިތުރު ކުށެއް ކުރިކަމުގެ ތުހުމަތުކުރެވިފައިވާ މީހެއް ކަމުގައިވީނަމަވެސް، އެ އިތުރު ކުށަކީ މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ކަމުގައިނުވާނަމަ، އަދި އެމީހަކީ ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމަށް ށަރުތު ފުރިހަމަވާނެ މީހެއް ކަމުގައިވާނަމަ، އެފަދަ ފަރުވާގެ ޕްރޮގްރާމެއްގައި ބައިވެރިވެ އެ ޕްރޮގްރާމް ފުރިހަމަކުރުމަށް އެމީހަކަށް ފުރުސަތު ދިނުމަށް އިސްކަންދިނުމަށް؛
- އެމީހަކީ ޑްރަގް ކޯޓުގެ ރީހެބިލިޓޭށަން އަމުރެއްގެ ދަށުން ފަރުވާ ފުރިހަމަކުރަމުންދާ ފަރާތެއް ކަމުގައިވާނަމަ، އެމީހެއްގެ ފަރުވާ ކުރިއަށްގެންގޮސް ފަރުވާގެ ޕްރޮގްރާމް ފުރިހަމަކުރުމަށް ފުރުސަތު ދިނުމަށް އިސްކަންދިނުމަށ.ް
(ށ) މި މާއްދާގެ (ހ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ގޮތެއް ނިންމުމުގައި، ކުށުގެ ތުހުމަތުގައިވާ މީހާ ނުވަތަ ދައުވާ އުފުލިފައިވާ މީހާއަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްތޯ ބަލަންވާނެއެވެ.
(ނ) ވަކި މީހަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްކަން މި މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލް ނިންމަންވާނީ އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށެވެ.
- އެމީހަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވުމުގެ ސަބަބުން މަސްތުވާތަކެއްޗަށް ފަރުވާ ހޯދަމުންދާ، ނުވަތަ އެފަދަ ފަރުވާ ހޯދަމުންގޮސްފައިވާ ފަރާތެއްކަން އަންގައިދޭ މެޑިކަލް ރެކޯޑު؛ ނުވަތަ
- އެމީހަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ ގިނަ އަދަދެއްގެ ކުށުގެ ރެކޯޑު އޮތް މީހެއް ކަމަށްވުން؛ ނުވަތަ
- އެމީހަކީ މި އަކުރުގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކުރާ ފަދަ މީހެއް ކަމުގައިނުވާނަމަ، އެމީހަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ފަރާތެއްކަމަށް ގަބޫލުކުރުމަށް އެކަށީގެންވާ ހެކި އެމީހަކާ ގުޅޭގޮތުން ލިބިފައިހުރި ފަރާތެއް ކަމުގައިވުން؛ ނުވަތަ
- އެމީހަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ފަރާތެއްކަން މި ގާނޫނުގެ ދަށުން ހުއްދަކޮށްފައިވާ ފަރާތަކުން ހަދާ ޑްރަގް ޑިޕެންޑެންސީ އެސެސްމަންޓަކުން ކަނޑައަޅާ ފަރާތެއް ކަމުގައިވުން.
48 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 62 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ނ) އޭނާއަކީ މި ގާނޫނުގެ 63 ވަނަ މާއްދާގައިވާ ގޮތުގެމަތިން އޭނާގެ އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށް ލާޒިމުކުރެވޭނެ ފަރާތެއްކަން.
49 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 63 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.
(1) ކަނޑައެޅޭ ވަކި ތާރީހެއްގައި އަނބުރާ ކޯޓަށް ހާޒިރުކުރުމަށްޓަކައި ކުށުގެ ދައުވާ އުފުލިފައިވާ މީހާ ބަންދުގައި ބެހެއްޓުމަށް؛ ނުވަތަ
50 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 63 ވަނަ މާއްދާގެ (ބ) ގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ބ) މި މާއްދާގެ (ށ) ގެ ދަށުން އިންޑިކޭޓިވް އެސެސްމަންޓެއް ހެދުމަށް ޑްރަގް ކޯޓުން އަމުރުކޮށްފިނަމަ، އަދި އެ އެސެސްމަންޓް ރިޕޯޓް ކޯޓަށް ހުށަހަޅަންދެން ކުށުގެ ދައުވާ އުފުލިފައިވާ މީހާ ބަންދުގައި ބެހެއްޓުމަށް މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގެ ދަށުން ކޯޓުން އަމުރުކޮށްފިނަމަ، އަންނަނިވި ކަންކަން ކުރުމަށް، އޭނާ ބަންދުގައި ބަލަހައްޓާ ފަރާތަށް ކޯޓުން އަމުރުކުރަންވާނެއެވެ.
51 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 63 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް އަންނަނިވި ފަދައިން ފަސް އަކުރު އިތުރުކުރުން.
(ކ) މި މާއްދާގެ (ށ) ގެ ދަށުން އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށްޓަކައި ކޯޓުން އަމުރުކުރާއިރު އެ އެސެސްމަންޓް ހެދުމަށް 14 (ސާދަ) ދުވަހަށްވުރެ ދިގު ނޫން މުއްދަތެއް ކޯޓަށް ކަނޑައެޅިދާނެއެވެ.
(އ) މި މާއްދާގެ (ކ) ގެ ދަށުން ކޯޓުން ކަނޑައަޅާ މުއްދަތުގެ ތެރޭގައި އެ އެސެސްމަންޓް ފުރިހަމަކުރެވެން ނެތްނަމަ، ސަބަބު ބަޔާންކޮށް، އެ މުއްދަތު އިތުރުކޮށްދިނުމަށް ނޭށަނަލް ޑްރަގް އެޖެންސީއަށް ކޯޓުގައި އެދެވިދާނެއެވެ.
(ވ) މި މާއްދާގެ (އ) ގެ ދަށުން އިންޑިކޭޓިވް އެސެސްމަންޓް ހެދުމުގެ މުއްދަތު އިތުރުކޮށްދިނުމަށް ނޭށަނަލް ޑްރަގް އެޖެންސީން އެދޭ ހާލަތުގައި 14 (ސާދަ) ދުވަހަށްވުރެ އިތުރުނުވާނެ ގޮތެއްގެމަތިން އެ މުއްދަތު އިތުރުކޮށްދެވިދާނެއެވެ.
(މ) މި މާއްދާގެ (ވ) ގައި ބަޔާންކުރާ މުއްދަތުގައި އިންޑިކޭޓިވް އެސެސްމެންޓް ފުރިހަމަކުރެވިފައި ނުވަނީ، ދައުވާލިބޭ މީހާގެ ސަބަބުން ކަމަށްވާނަމަ، އެމީހަކީ އިންޑިކޭޓިވް އެސެސްމެންޓް ހެދުމަށް އެއްބާރުލުން ނުދޭ މީހެއްކަމަށް ކަނޑައަޅައިދިނުމަށް އެދި ނޭށަނަލް ޑްރަގް އެޖެންސީން ކޯޓުގައި އެދެންވާނެއެވެ.
(ފ) މި މާއްދާގެ (މ) ގައިވާ ގޮތުގެމަތިން، ނޭށަނަލް ޑްރަގް އެޖެންސީން އެދުމުން، އިންޑިކޭޓިވް އެސެސްމަންޓް ފުރިހަމަކުރެވިފައި ނުވަނީ ޑްރަގް ކޯޓުގައި ދައުވާ އުފުލިފައިވާ މީހާގެ ސަބަބުން ކަމަށް ކޯޓަށް ފެނިއްޖެހިނދެއްގައި، އެމީހަކީ އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށް އެއްބާރުލުން ނުދޭ މީހެއްކަމަށް ކޯޓުން ކަނޑައަޅައި، އެ ދައުވާ އެ ކޯޓުގައި ކުރިއަށްގެންދެވެން ނެތްކަމަށް ކޯޓުން ކަނޑައަޅައި، ކަމުގެ އިހްތިސާސް އޮތް އެހެން ކޯޓަކަށް އެ ދައުވާ ބަދަލުކުރަންވާނެއެވެ.
52 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 66 ވަނަ މާއްދާގެ (ށ) އުނިކުރުން.
53 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 68 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން
ރީހެބިލިޓޭށަން އަމުރު 68.
(ހ) މި ގާނޫނުގެ 66 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުށުގެ ދައުވާ އުފުލިފައިވާ ފަރާތުގެ މައްޗަށް ޑްރަގް ކޯޓުން ކުރާ ފުރަތަމަ ހުކުމްކޮށް، މި ގާނޫނުގެ 67 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ ހުކުމް ތަންފީޒުކުރުން ހިފެހެއްޓުމުގެ އަމުރެއް ކުރުމަށްފަހު، މި ގާނޫނުގެ 63 ވަނަ މާއްދާގެ (ށ) ގެ ދަށުން ނޭށަނަލް ޑްރަގް އެޖެންސީން ހަދާ އިންޑިކޭޓިވް އެސެސްމަންޓްގެ މައްޗަށް ބިނާކޮށް، އެ އެސެސްމަންޓް ނިސްބަތްވާ ފަރާތުން ފަރުވާގެ ޕްރޮގްރާމް ފުރިހަމަކުރުމަށްޓަކައި އެފަރާތުގެ މައްޗަށް ރީހެބިލިޓޭށަން އަމުރެއް ކޯޓުން ކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މީހެއްގެ މައްޗަށް ކުރާ ރީހެބިލިޓޭށަން އަމުރުކުރުމާއެކު، އެ އަމުރު ތަންފީޒުކުރުމަށް ނޭށަނަލް ޑްރަގް އެޖެންސީގެ މައްޗަށް ކޯޓުން އަމުރުކުރަންވާނެއެވެ.
54 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 69 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.
(ބ) ފަރުވާގެ ޕްރޮގްރާމް ފުރިހަމަނުކޮށްފިނަމަ، އޭނާގެ މައްޗަށް މި ގާނޫނުގެ 66 ވަނަ މާއްދާގެ (ހ) ގެ ދަށުން ޑްރަގް ކޯޓުން ކޮށްފައިވާ ފުރަތަމަ ހުކުމް ހިންގަން ފަށާނެކަން.
55 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 70 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ހ) މި ގާނޫނުގެ 68 ވަނަ މާއްދާގެ ދަށުން ޑްރަގް ކޯޓުން މީހެއްގެ މައްޗަށް ރީހެބިލިޓޭށަން އަމުރެއް ކުރިނަމަވެސް، އެ އަމުރުގައިވާ ގޮތުގެމަތިން ފަރުވާ ދިނުމުގެ ކަންކަން ހަމަޖެއްސެން ނެތް ކަމަށް ކޯޓަށް ޔަގީންކުރެވޭ ހާލަތެއްގައި، އޭނާގެ މައްޗަށް މި ގާނޫނުގެ 66 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮށްފައިވާ ފުރަތަމަ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް މި ގާނޫނުގެ 67 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުރާ އަމުރު އެކަހެރިކޮށް، ފުރަތަމަ ހުކުމް ތަންފީޒުކުރަން ފެށުމަށް ކޯޓުން އަމުރުކުރަންވާނެއެވެ.
56 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 70 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ނ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައިވާ މުއްދަތު ހަމަވާއިރުވެސް، ރީހެބިލިޓޭށަން އަމުރުގައިވާ ގޮތުގެމަތިން ފަރުވާ ދިނުމުގެ ކަންކަން ހަމަޖެއްސެން ނެތްނަމަ، އަމުރު ނިސްބަތްވާ ފަރާތް ބަންދުގައި ބަލަހައްޓަމުންދާ ފަރާތުން، އެ މުއްދަތު ހަމަވުމުގެ ކުރިން، އެކަމާމެދު ގޮތެއް ނިންމުމަށް އެދި ޑްރަގް ކޯޓަށް ހުށަހަޅަންވާނެއެވެ.
57 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 70 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ރ) ރީހެބިލިޓޭށަން އަމުރެއް ނިސްބަތްވާ ފަރާތަކާމެދު ގޮތެއް ނިންމުމަށް، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޑްރަގް ކޯޓަށް ހުށަހެޅިއްޖެނަމަ، މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައިވާ މުއްދަތު ހަމަވުމުގެ ކުރިން، އޭނާގެ މައްޗަށް އެ އަމުރު ހިންގަން ފެށުމާމެދު ކޯޓުން ގޮތެއް ކަނޑައަޅައި، އެ އަމުރުގައި ބަޔާންކުރާ ފަރުވާގެ ޕްރޮގްރާމް ފެށެންދެން އަމުރު ރައްދުވާ ފަރާތް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރަންވާނެއެވެ.
58 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 70 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.
(ބ) ރީހެބިލިޓޭށަން އަމުރެއް ނިސްބަތްވާ ފަރާތެއްގެ އަމުރާމެދު މި މާއްދާގެ (ރ) ގެ ދަށުން ކޯޓުން ގޮތެއް ކަނޑައަޅާއިރު، އެ އަމުރު ތަންފީޒުކުރަން ފަށަންވާނެ އެންމެ ދިގު މުއްދަތެއް ކަނޑައަޅައި އެ މުއްދަތުގެ ތެރޭގައި ފަރުވާގެ ޕްރޮގްރާމް ފެށުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް، ޕްރޮގްރާމް ހިންގާ ފަރާތުގެ މައްޗަށް އަމުރުކުރަންވާނެއެވެ.
59 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 71 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ބ) ދިރިއުޅޭ އެޑްރެސް ނުވަތަ ވަޒީފާއަދާކުރާ ތަން ބަދަލުވެއްޖެކަމަށްވާނަމަ، ގަވާއިދުގައި ބަޔާންކުރާ ދުވަހެއްގެ ތެރޭގައި އޭނާ ރަޖިސްޓަރީކޮށްފައިވާ މަރުކަޒަކަށް އެންގުން.
60 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 73 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ހ) ފަރުވާ ފުރިހަމަކުރަމުންދާ ގޮތާ ގުޅޭގޮތުން ކޯޓުން ކަނޑައަޅާ ފަރާތްތަކާ ބައްދަލުކުރަންޖެހޭނެ މިންވަރާއި، މުއްދަތުތައް ނުވަތަ އަދަދުތައް؛
61 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 76 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ރީހެބިލިޓޭށަން އަމުރެއް ހިނގަމުންދަނިކޮށް އެހެން ހުކުމެއް ކުރުން 76.
(ހ) ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާނެކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ މީހުންގެ ތެރެއިން މީހެއްގެ މައްޗަށް އެ ކޯޓުން ކޮށްފައިވާ ރީހެބިލިޓޭށަން އަމުރެއް ހިނގަމުންދަނިކޮށް، މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއްގެ ހުކުމެއް، ކަމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކުން އޭނާގެ މައްޗަށް ކަނޑައަޅައިފިނަމަ، އޭނާގެ މައްޗަށް ޑްރަގް ކޯޓުން ކޮށްފައިވާ ރީހެބިލިޓޭށަން އަމުރު ޑްރަގް ކޯޓުން ބާތިލުކުރަންވާނެއެވެ. އަދި އޭނާގެ މައްޗަށް ކޮށްފައިވ،ާ މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށުގެ ހުކުމް ތަންފީޒުކުރަން ދައުލަތުގެ ކަމާބެހޭ އިދާރާއިން ފަށަންވާނެއެވެ.
(ށ) ރީހެބިލިޓޭށަން އަމުރެއްގެ ދަށުން ފަރުވާގެ ޕްރޮގްރާމެއް ފުރިހަމަކުރަމުންދާ ފަރާތެއްގެ މައްޗަށް މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއްގެ ހުކުމެއް އައުމުގެ ސަބަބުން ރީހެބިލިޓޭށަން އަމުރު ބާތިލުކޮށް، މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއްގެ ހުކުމް ތަންފީޒުކުރަން ފެށި ކަމުގައިވީނަމަވެސް، މި ގާނޫނުގެ 102 ވަނަ މާއްދާގެ ދަށުން އޭނާއަށް ފަރުވާ ދެވޭނެ އިންތިޒާމު، ބަންދުގެ މަރުކަޒުން ހަމަޖައްސަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އަދި (ށ) އެހެން އޮތްނަމަވެސް، ރީހެބިލިޓޭށަން އަމުރެއްގެ ދަށުން ފަރުވާގެ ޕްރޮގްރާމެއް ފުރިހަމަކުރަމުންދިޔަ ފަރާތަކީ ފަރުވާގެ ޕްރޮގްރާމް ނިމުމާ ގާތްވެފައިވާ ފަރާތެއްނަމަ، އޭނާ އެ ޕްރޮގްރާމް ފުރިހަމަކޮށް ނިމެންދެން، މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށުގެ ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް އެދ،ި އޭނާގެ މައްޗަށް އެ ހުކުމްކުރި ކޯޓުގައި އޭނާއަށް އެދެވިދާނެއެވެ.
(ރ) ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާނެކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ މީހުންގެ ތެރެއިން މީހެއްގެ މައްޗަށް އެ ކޯޓުން ކޮށްފައިވާ ރީހެބިލިޓޭށަން އަމުރެއް ހިނގަމުންދަނިކޮށް، މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ފިޔަވައި އެހެން ކުށެއްގެ ހުކުމެއް، ކަމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކުން އޭނާގެ މައްޗަށް ކަނޑައަޅައިފިނަމަ އޭނާ ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށް ނިމެންދެން، ފަހުން ކަނޑައެޅުނު ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް އެދ،ި އޭނާގެ މައްޗަށް
އެ ހުކުމްކުރި ކޯޓުގައި އޭނާއަށް އެދެވިދާނެއެެވެ.
(ބ) މާއްދާގެ (ނ) އަދި (ރ) ގެ ދަށުން ކޯޓުން ގޮތެއް ކަނޑައެޅުމުގައި، އެމީހަކީ ފަރުވާގެ ޕްރޮގްރާމް ރަނގަޅަށް ފުރިހަމަކުރަމުންދާ މީހެއް ކަމުގައިވާނަމަ، އޭނާ ފަރުވާގެ ޕްރޮގްރާމް ފުރިހަމަކުރުމަށް ފުރުސަތު ދިނުމަށް ކޯޓުން އިސްކަންދޭންވާނެއެވެ.
62 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 77 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ހ) މި ގާނޫނުގެ 68 ވަނަ މާއްދާގެ ދަށުން ކޮށްފައިވާ ރީހެބިލިޓޭށަން އަމުރެއް ނިސްބަތްވާ ފަރާތުން އެދި ހުށަހެޅުމުން، ނުވަތަ ކަމާބެހޭ އެހެން ފަރާތަކުން ހުށަހެޅުމުން، ކުރިން ކޮށްފައިވާ ރީހެބިލިޓޭށަން އަމުރަކަށް އިސްލާހު ގެނެސް ބަދަލުގެނައުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
63 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 79 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ށ) ކަމުގެ ކުޑަބޮޑުމިނަށް ބަލައި، ކޯޓަށް ދައްކާ ޖޫރިމަނާއެއްގެ ގޮތުގައި 500 (ފަސްސަތޭކަ) ރުފިޔާއާއި 10,000 (ދިހަހާސް) ރުފިޔާއާ ދެމެދުގެ އަދަދެއްގެ ފައިސާ ދެއްކުމަށް އެންގުން؛
64 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 79 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.
(ކ) ކޯޓުން ކަނޑައަޅާ އިތުރު ށަރުތުތަކެއް، ރީހެބިލިޓޭށަން އަމުރުގައި ހިމެނުން.
65 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 81 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.
(2) ރީހެބިލިޓޭށަން އަމުރުގައި ބަޔާންކޮށްފައިވާ ކަންކަން، އޭގައި ބަޔާންކޮށްފައިވާގޮތަށް ނުކުރުން ނުވަތަ ފަރުވާގެ މަރުކަޒަކުން ފިލުން ނުވަތަ ރީހެބިލިޓޭށަން އަމުރާ އެނޫންވެސް ގޮތަކަށް ހިލާފުވުން؛
66 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 81 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ފަދައިން ނަންބަރެއް އިތުރުކުރުން.
(6) މަސްތުވާތަކެތި ބޭނުންކުރުން
67 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 81 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ފަރުވާގެ ޕްރޮގްރާމެއް ނިމުމަކަށް ގެނައުމަށް ޑްރަގް ކޯޓުން ނިންމައިފިނަމަ، އެފަރާތުގެ މައްޗަށް މި ގާނޫނުގެ 66 ވަނަ މާއްދާގެ (ހ) ގެ ދަށުން ޑްރަގް ކޯޓުން ކޮށްފައިވާ ފުރަތަމަ ހުކުމް ތަންފީޒުކުރަން ފެށުމަށް އަމުރުކުރަންވާނެއެވެ.
68 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 81 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން ތިން އަކުރު އިތުރުކުރުން.
(ނ) ޑްރަގް ކޯޓުން ރީހެބިލިޓޭށަން އަމުރެއް ކޮށްފައިވާ ފަރާތެއްގެ ފަރުވާގެ ޕްރޮގްރާމް މި މާއްދާގެ (ށ) ގެ ދަށުން ނިމުމަކަށް ގެނެސް، އެފަރާތުގެ މައްޗަށް މި ގާނޫނުގެ 66 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޯޓުން ކޮށްފައިވާ ފުރަތަމަ ހުކުމް ތަންފީޒުކުރަން ފެށުމަށް އަމުރުކުރުމާއެކު، އެ ހުކުމް ތަންފީޒުކުރަން ދައުލަތުގެ ކަމާބެހޭ އިދާރާއިން ފަށަންވާނެއެވެ.
(ރ) ރީހެބިލިޓޭށަން އަމުރެއްގެ ދަށުން ފަރުވާ ހޯދަމުންދާ ފަރާތެއް މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ފަރުވާގެ މަރުކަޒަކުން ފިލައިފި ހާލަތެއްގައި، އެމީހެއްގެ ރީހެލިބިޓޭށަން އަމުރާމެދު މި މާއްދާގެ (ށ) ގެ ދަށުން ގޮތެއް ކަނޑައެޅުމަށްޓަކައި ފުލުހުންނަށް އެމީހަކު ހޯދައި، ބަންދުގައި ބަހައްޓައިގެން ޑްރަގް ކޯޓަށް ހާޒިރުކުރެވިދާނެއެވެ.
(ބ) މި މާއްދާގެ (ރ) ގެ ދަށުން ކޯޓަށް ހާޒިރުކުރެވޭ ފަރާތަކާމެދު މި މާއްދާގެ (ށ) ގެ ދަށުން ކޯޓުން ގޮތެއް ކަނޑައަޅަންވާނެއެވެ.
69 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 82 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ބ) މި މާއްދާގެ (ހ) ގައިވާ ފަރާތްތަކުންކުރެ ފަރާތަކުން ފަރުވާ ޕްރޮގްރާމް ހުއްޓާލުމަށް ކޯޓުގައި އެދުމުން، އެފަރާތުގެ މައްޗަށް ކޯޓުން ކޮށްފައިވާ ރީހެބިލިޓޭށަން އަމުރު ނިމުމަކަށް ގެންނަންދެން ނުވަތަ ރީހެބިލިޓޭށަން އަމުރާމެދު ގޮތެއް ނިންމަންދެން ފަރުވާ ހޯދަމުންދާ މީހާ ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓަށް ކަނޑައެޅިދާނެއެވެ.
70 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 83 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ފަރުވާގެ ޕްރޮގްރާމް ހުއްޓާލުމުން ރީހެބިލިޓޭށަން އަމުރު ބާތިލުކޮށް ހުކުމް ތަންފީޒުކުރަން ފެށުން 83.
(ހ) މި ގާނޫނުގެ 68 ވަނަ މާއްދާގެ ދަށުން ކޮށްފައިވާ ރީހެބިލިޓޭށަން އަމުރެއްގެ ދަށުން ފަރުވާ ހޯދަމުންދާ ފަރާތެއްގެ ފަރުވާގެ ޕްރޮގްރާމެއް ހުއްޓާލުމަށް، މި ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ޑްރަގް ކޯޓުން ނިންމައިފިނަމަ، ފަރުވާ ހޯދަމުންދާ ފަރާތުގެ މައްޗަށް އެ ކޯޓުން ކޮށްފައިވާ ރީހެބިލިޓޭށަން އަމުރު ބާތިލުކޮށް، އޭނާގެ މައްޗަށް މި ގާނޫނުގެ 66 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮށްފައިވާ ފުރަތަމަ ހުކުމް އިއާދަކޮށް، އެ ހުކުމާ އެއްގޮތަށް އޭނާ ޖަލުގައި ހުކުމް ތަންފީޒުކުރަން ފެށުމަށް ކޯޓުން އަމުރުކުރަންވާނެއެވެ.
(ށ) ޑްރަގް ކޯޓުގެ ރީހެބިލިޓޭށަން އަމުރެއް ތަންފީޒުކުރަމުންދިޔަ ފަރާތެއްގެ ރީހެބިލިޓޭށަން އަމުރު މި މާއްދާގެ (ހ) ގެ ދަށުން އެ ކޯޓުން ބާތިލުކޮށް، އެފަރާތުގެ މައްޗަށް މި ގާނޫނުގެ 66 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮށްފައިވާ ފުރަތަމަ ހުކުމް އިއާދަކޮށްފިނަމަ، އެފަރާތުގެ މައްޗަށް އެ ކޯޓުގެ އިހްތިސާސް ދެން ހިނގާނީ، އެ ފުރަތަމަ ހުކުމް ތަންފީޒުކޮށް ނިމުމުންނެވެ.
71 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 96 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
އަމުރާ އެއްގޮތަށް ފަރުވާގެ ޕްރޮގްރާމް ކުރިއަށްދޭތޯ ބެލުން 96.
(ހ) މީހެއްގެ މައްޗަށް ޑްރަގް ކޯޓުން ކޮށްފައިވާ ރީހެބިލިޓޭށަން އަމުރަކާ އެއްގޮތަށް އޭނާ ފަރުވާގެ ޕްރޮގްރާމްގައި ރަނގަޅުގޮތުގައި ބައިވެރިވަމުންދޭތޯ ކޯޓުން ބަލައި، މޮނިޓަރކުރަމުން ގެންދަންވާނެއެވެ. އަދި ރީހެބިލިޓޭށަން އަމުރުގެ މުއްދަތުގައި އެ އަމުރު ތަންފީޒުކުރުމާ ގުޅިގެން ކޯޓުން ނެރެފައިވާ އެހެން އަމުރުތައް ތަންފީޒުވަމުންދާ މިންވަރު ކޯޓުން ބަލަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި ބާއްވަންޖެހޭ އަޑުއެހުންތައް ބޭއްވުމާއި، އަންގަންޖެހޭ އިތުރު އެންގުންތައް އެންގުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
72 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 97 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
ޑްްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމްތައް ފުރިހަމަކުރާ މަރުކަޒުތައް 1-97.
މި ގާނޫނުގެ 100 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތުގައި ފިޔަވައި އެނޫން ހާލަތްތަކުގައި، މި ގާނޫނުގެ 68 ވަނަ މާއްދާގެ ދަށުން ޑްރަގް ކޯޓުން ކުރާ ރީހެބިލިޓޭށަން އަމުރެއްގެ ދަށުން ބަންދުކޮށްގެން ފަރުވާ ދިނުމަށްޓަކައި ފަރުވާގެ ޕްރޮގްރާމެއްގައި ބައިވެރިކުރާ ފަރާތްތައް އެ ފަރުވާގެ ޕްރޮގްރާމް ފުރިހަމަކުރުމަށް ކަނޑައަޅަންވާނީ، މި ގާނޫނުގެ 47 ވަނަ މާއްދާގެ (ޅ) ގެ ދަށުން ގާއިމުކުރާ މަރުކަޒެއްގައެވެ.
73 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 100 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން.
(ކ) ރާއްޖެއިން ބޭރަށް ފަރުވާއަށް ދިޔުމަށް ޑްރަގް ކޯޓުން ހުއްދަދީގެން ދިވެހިރާއްޖެއިން ބޭރަށްދާ ފަރާތް، ފަރުވާ ފުރިހަމަކުރާ ތާރީހުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ފަރުވާ ފުރިހަމަކުރި ނުވަތަ ފަރުވާކުރުމާ ގުޅޭ ލިޔެކިޔުންތައް ނޭށަނަލް ޑްރަގް އެޖެންސީއަށް ހުށަހަޅައި، އެ އެޖެންސީއަށް ހާޒިރުވާންވާނެއެވެ.
(އ) މި މާއްދާގެ (ހ) ގެ ދަށުން ހުއްދަދީގެން ދިވެހިރާއްޖެއިން ބޭރުން ފަރުވާ ހޯދާ މީހާ ފަރުވާއަށްފަހު ދިވެހިރާއްޖެއަށް އެނބުރިއައުމުން، ނޭށަނަލް ޑްރަގް އެޖެންސީން ހުށަހަޅާ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް، ޑްރަގް ކޯޓުގެ ރީހެބިލިޓޭށަން އަމުރާމެދު އެ ކޯޓުން ގޮތް ނިންމަންވާނެއެވެ.
74 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 103 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ހ) ޖިނާއީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުކުރެވޭ މީހަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްނަމަ، އަދި އެއީ ޑީޓޮކްސިފިކޭށަން ފަރުވާދޭންޖެހޭ ފަރާތެއްނަމަ، އެމީހެއްގެ ބަންދުގެ މުއްދަތުގައި އެމީހަކަށް ޑީޓޮކްސިފިކޭށަން ފަރުވާ ދެވޭނެ އިންތިޒާމު، ފުލުހުންގެ ބަންދުގެ މަރުކަޒުތަކުގައި ހަމަޖައްސަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި ފުލުހުންގެ ބަންދުގެ މަރުކަޒެއް ކަމަށް ބުނެފައި އެވަނީ، ތަހުގީގަށް ބަންދުކުރެވޭ ބޮޑެތި މީހުން ބަންދުކުރެވޭ ކަސްޓޯޑިއަލް ޖަލާއި ކުޑަކުދިން ބަންދުކުރެވޭ ޑިޓެންށަން ސެންޓަރުތައް ހިމެނޭގޮތުންނެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރުވ،ާ ފުލުހުންގެ ބަންދުގެ މަރުކަޒުތަކުގައި ދެވޭނެ އިންތިޒާމު ހަމަޖައްސާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ނޭށަނަލް ޑްރަގް އެޖެންސީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ފުލުހުންނެވެ.
(ރ) ކުށެއްގެ ތަހުގީގު ނިމި ށަރީއަތް ފެށުމުގެ ކުރިން، ނުވަތަ ށަރީއަތް ފެށި ހުކުމް ކުރުމުގެ ކުރިން، ކޯޓު އަމުރެއްގެ ދަށުން ރިމާންޑް ޖަލެއްގައި ބަންދުކުރެވޭ މީހަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްނަމަ، އަދި އެއީ ޑީޓޮކްސިފިކޭށަން ފަރުވާދޭންޖެހޭ ފަރާތެއްނަމަ، އެމީހެއްގެ ބަންދުގެ މުއްދަތުގައި އެމީހަކަށް ޑީޓޮކްސިފިކޭށަން ފަރުވާ ދެވޭނެ އިންތިޒާމު، އެ މަރުކަޒުގައި ހަމަޖައްސަންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ މީހަކީ ދިގު މުއްދަތަކަށް ބަންދުކުރެވޭ މީހެއްނަމަ، އެމީހަކަށް ދޭންޖެހޭ ޑީޓޮކްސިފިކޭށަން ފަރުވާގެ އިތުރުން އޭނާއަކީ މަސްތުވާތަކެއްޗާގުޅޭ އިތުރު ފަރުވާދޭންޖެހޭ ފަރާތެއްތޯ ބެލުމަށްޓަކައި އޭނާގެ ޑްރަގް ޓްރީޓްމަންޓް އެސެސްމަންޓެއް ހަދަންވާނެއެވެ. އަދި އޭނާއަކީ މަސްތުވާތަކެތީގެ ފަރުވާއެ މުއްދަތުގައިވެސް ދޭންޖެހޭ މީހެއް ކަމުގައި އެ އެސެސްމަންޓުން ދައްކައިފިނަމަ، އޭނާއަށް އެ ތަނުގައި އެ ފަރުވާ ދެވޭނެ އިންތިޒާމު، އެ މަރުކަޒުގައި ހަމަޖައްސަންވާނެއެވެ.
(ޅ) މި މާއްދާގެ (ރ) އަދި (ބ) ގައި ބަޔާންކުރާ ފަރުވ،ާ ރިމާންޑް ޖަލުތަކުގައި ދެވޭނެ އިންތިޒާމު ހަމަޖައްސާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ނޭށަނަލް ޑްރަގް އެޖެންސީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިންނެވެ.
(ކ) މި މާއްދާގެ (ނ) އަދި (ޅ) ގެ ދަށުން އެއްވެސް ފަރާތަކަށް ޑީޓޮކްސިފިކޭށަން ފަރުވާ ދޭންވާނީ، ހުއްދަކޮށްފައިވާ ސިއްހީ ހިދުމަތްދޭ ފަރާތެއްގެ ނުވަތަ މަސްތުވާތަކެތީގެ ފަރުވާދޭ މަރުކަޒެއްގެ ބެލުމުގެ ދަށުން، އެކަމަށްޓަކައި ހަދަންޖެހޭ ސްކްރީނިންގ ހެދުމަށްފަހުގައެވެ.
(އ) މި މާއްދާގެ (ޅ) ގެ ދަށުން އެއްވެސް ފަރާތަކަށް މަސްތުވާތަކެތީގެ ފަރުވާ ދޭންވާނީ، މަސްތުވާތަކެތީގެ ފަރުވާދޭ މަރުކަޒެއްގެ ބެލުމުގެ ދަށުން، އެކަމަށްޓަކައި ހަދަންޖެހޭ ސްކްރީނިންގ ހެދުމަށްފަހުގައެވެ.
(ވ) ފުލުހުންގެ ބަންދުގެ މަރުކަޒުތަކުގައި ބަންދުކުރެވޭ މީހުންނާއި ރިމާންޑް ޖަލެއްގައި ބަންދުކުރެވޭ މީހުންނަށް މި މާއްދާގައިވާ ގޮތުގެމަތިން ފަރުވާ ދިނުމުގައި އަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
75 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 112 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ އަކުރުގެ ފަހަތަށް އަންނަނިވި ފަދައިން ހަ އަކުރު އިތުރުކުރުން.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 20 (ވިހި) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 75,000 (ހަތްދިހަފަސްހާސް) ރުފިޔާއިން ފެށިގެން 7,500,000 (ހަތްމިލިއަން ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
(ބ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށް ކުރުމުގެ ތެރޭގައި، މި މާއްދާގެ (ޅ) ގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާނަމަ، އެމީހެއްގެ އަދަބަކީ މަރުގެ އަދަބެވެ.
(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފަދައިން މަރުގެ އަދަބު ކަނޑައެޅޭނީ އަންނަނިވި ށަރުތުތައް ފުރިހަމަވާނަމައެވެ.
- އެމީހަކު ދިވެހިރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތީގެ ބަރުދަނަކީ:
- 350 (ތިންސަތޭކަފަންސާސް) ގްރާމަށްވުރެ އިތުރު އަދަދެއްގެ ކެނެބިސް ކަމުގައިވުން؛ ނުވަތަ
- 250 (ދުއިސައްތަފަންސާސް) ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިމޯފިން ކަމުގައިވުން؛ ނުވަތަ
- ކެެނެބިސް ނުވަތަ ޑައިމޯފިން ފިޔަވައި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއްނަމަ، 100 (ސަތޭކަ) ގްރާމަށްވުރެ އިތުރު އަދަދަކަށްވުން؛ އަދި
- އެމީހަކު ދިވެހިރާއްޖެއަށް އެތެރެކުރި މަސްތުވާއެއްޗަކީ، އެމީހަކު ދިވެހިރާއްޖެއަށް އެތެރެވިއިރު، އެތެރެކުރި އެއްޗަކަށްވުން.
(ކ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ އަދަބު މީހެއްގެ މައްޗަށް ކަނޑައެޅިއްޖެނަމަ، އެ ހުކުމްގެ ހުރިހާ ގާނޫނީ ނުކުތާތަކާއި މައްސަލައި ގައި ކަން ހިނގާފައިވާގޮތް ދިވެހިރާއްޖޭގެ މަތީ މަރުހަލާގެ ކޯޓުތަކުން އަލުން ބަލަންވާނެއެވެ.
(އ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ އަދަބު ތަންފީޒުކުރެވޭނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން އެގޮތުގެމަތިން ހުކުމް ކުރުމުންނެވެ.
(ވ) މި މާއްދާގެ (އ) ގައި ބަޔާންކުރާ ގޮތަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުން މަރުގެ އަދަބު ކަނޑައެޅުމަށް އިއްތިފާގުނުވާ ހާލަތުގައި، އެމީހެއްގެ އަދަބަކީ މި މާއްދާގެ (ނ) ގައި ބަޔާންކުރާ އަދަބެވެ.
(މ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، މި މާއްދާގެ (ޅ) ގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާނަމަ، އެމީހެއްގެ އަދަބަކީ އުމުރަށް ޖަލަށްލުމާއެކު 100,000 (އެއްލައްކަ) ރުފިޔާއިން ފެށިގެން 10,000,000 (ދިހަމިލިއަން) ރުފިޔާގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
76 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 118 ވަނަ މާއްދާ އުނިކުރުން.
77 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 122 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ދެ މާއްދާ އިތުރުކުރުން.
ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް އަތުގައި ބެހެއްޓުމުގެ ކުށް 1-122.
(ހ) ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް، ޕްރިސްކްރިޕްށަނެއް ނެތި އަތުގައި ބެހެއްޓުން ނުވަތަ އެފަދަ އެއްޗެއް، ޕްރިސްކްރިޕްށަންގައި ދީފައިވާ އަދަދަށްވުރެ އިތުރަށް އަތުގައި ބެހެއްޓުމަކީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 3 (ތިނެއް) އަހަރާއި 15 (ފަނަރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާއެކު، 10,000 (ދިހަހާސް) ރުފިޔާއިން ފެށިގެން 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް ހުއްދަނެތި ވިއްކުން 2-122.
(ހ) ބޭސްވިއްކުމުގެ ހުއްދަ އޮންނަ ބޭސްފިހާރައެއްގައި، ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް، ހުއްދަނެތި ބެހެއްޓުމަކީ ނުވަތަ ވިއްކުމަކީ ކުށެކެވެ. (ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 7 (ހަތެއް) އަހަރާއި 11 (އެގާރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާއެކު 35,000 (ތިރީސްފަސްހާސް) ރުފިޔާއިން ފެށިގެން 750,000 (ހަތްލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 7 (ހަތެއް) އަހަރާއި 11 (އެގާރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާއެކު 35،000 (ތިރީސްފަސްހާސް) ރުފިޔާއިން ފެށިގެން 750،000 (ހައްލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
78 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 124 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ހުރި އަކުރުތަކުގައި ބަޔާންކުރާ ކުށްތަކުގެ ތެރެއިން ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 10 (ދިހައެއް) އަހަރާއި 15 (ފަނަރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
79 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 125 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.
(ނ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރުކުރުން ކަމަށް ބުނެފައި އެވަނީ، މަސްތުވާއެއްޗެއް ބޭނުންކުރިކަމުގެ ތުހުމަތުކުރެވިގެން މީހެއްގެ ކުޑަކަމުދާ އެއްޗެހި ޓެސްޓުކުރުމަށްޓަކައި، ކުޑަކަމުދާ އެއްޗެހި ދިނުމަށް މި ގާނޫނުގެ 163 ވަނަ މާއްދާގެ (ހ) ގެ ދަށުން ފުލުހުންގެ އޮފިސަރަކު އެދުމުން، އެ އެއްޗެހި ދިނުމަށް އިންކާރުކުރުމަށެވެ. އޭގެ ތެރޭގައި، ކުޑަކަމުދާ އެއްޗެހި ޓެސްޓުކުރުމަށްޓަކައި އެ ދޭންޖެހޭގޮތް ކަމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތަށް ނުދިނުމާއި، ކުޑަ ކަމުދާ އެއްޗެހި ދިނުމަށް އަންގާ ވަގުތުގެ ތެރޭގައި ކުޑަކަމުދާ އެއްޗެހި ނުދިނުން ހިމެނެއެވެ.
80 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 128 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ދެ މާއްދާ އިތުރުކުރުން.
މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަންތަން ހިންގުމުގެ ކުށް 1-128.
(ހ) ވަކި ތަނެއްގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމަކީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި "މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދިނުން" ކަމަށް ބުނެފައި އެވަނީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ހަށިގަނޑަށް ވާސިލުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ވަސީލަތްތަކާއި އެނޫންވެސް އެއްޗެހި ވަކި ތަނެއްގައި ފޯރުކޮށްދިނުމަށެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ތަނެއްގައި މަސްތުވާތަކެތި ބޭނުންކުރާކަން އެނގޭ ހާލ،ު ނުވަތަ އެގޮތަށް ގަބޫލުކުރާނެ ފުރުސަތު އޮވެ، އެ ތަނެއްގެ ވެރިފަރާތުން، ނުވަތަ އެ ތަނެއް ކުއްޔަށްހިފައިގެންއުޅޭ ފަރާތުން، ނުވަތަ އެ ތަނެއްގައި އެވަގުތަކު އުޅޭ ފަރާތުން، ނުވަތަ އެ ތަނެއް ބަލަހައްޓަމުންދާ ފަރާތުން، ނުވަތަ އެ ތަނަކާ ހަވާލުވެހުރި ފަރާތުން އެކަން ހިނގިޔަދިނުމަކީ ނުވަތަ ހުއްދަކުރުމަކީ ނުވަތަ އެކަމަށް މަގުފަހިކޮށްދިނުމަކީ ކުށެކެވެ.
(ރ) މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށް ނުވަތަ މަސްތުވާތަކެތި ޓްރެފިކްކުރުމަށް ތަނެއް ފޯރުކޮށްދިނުމަކީ ކުށެކެވެ.
(ބ) މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށް ނުވަތަ މަސްތުވާތަކެތި ޓްރެފިކްކުރުމަށް ތަނެއް ބޭނުންކުރާކަން އެނގޭ ހާލ،ު ނުވަތަ އެގޮތަށް ގަބޫލުކުރާނެ ފުރުސަތު އޮވެ، އެ ތަނެއްގެ ވެރިފަރާތުން، ނުވަތަ އެ ތަނެއް ކުއްޔަށްހިފައިގެންއުޅޭ ފަރާތުން، ނުވަތަ އެ ތަނެއްގައި އެވަގުތަކު އުޅޭ ފަރާތުން، ނުވަތަ އެ ތަނެއް ބަލަހައްޓަމުންދާ ފަރާތުން، ނުވަތަ އެ ތަނަކާ ހަވާލުވެހުރި ފަރާތުން އެކަން ހިނގިޔަދިނުމަކީ ނުވަތަ ހުއްދަކުރުމަކީ ނުވަތަ އެކަމަށް މަގުފަހިކޮށްދިނުމަކީ ކުށެކެވެ.
(ޅ) މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު، 50,000 (ފަންސާސްހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
(ކ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު، 100,000 (އެއްލައްކަ) ރުފިޔާއާއި 200,000 (ދެލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
(އ) މާއްދާގެ (ރ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 20 (ވިހި) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު، 200,000 (ދެލައްކަ) ރުފިޔާއާއި 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
(ވ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު، 200,000 (ދެލައްކަ) ރުފިޔާއާއި 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
މަސްތުވާތަކެތީގެ ވިޔަފާރިއަށް ފައިނޭންސްކުރުމުގެ ކުށް 2-128.
(ހ) މަސްތުވާތަކެތީގެ ވިޔަފާރިއަށް ފައިނޭންސްކުރުމަކީ ކުށެކެވެ.
(ށ) މިި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 20 (ވިހި) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު، 200,000 (ދެލައްކަ) ރުފިޔާއާއި 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
81 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 135 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ހ) އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކަށް ނިސްބަތްވާ މީހެއް.
82 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 135 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން.
(ރ) ސަލާމަތީ ހިދުމަތެއްގައި ހިމެނޭ ފަރާތެއް،
(ބ) މި ގާނޫނުގެ ދަށުން ހުށަހެޅޭ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓުތަކުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާއި ކުށުގެ ދައުވާ އުފުލުމުގައި މަސައްކަތްކުރާ ދައުލަތުގެ މުވައްޒަފުންނާއި މަސްތުވާތަކެތީގެ ފަރުވާ ދިނުމުގައި މަސައްކަތްކުރާ އިދާރާތަކާއި އެނޫންވެސް ފަރާތްތަކުގެ މުވައްޒަފުން ހިމެނޭހެން، މި ގާނޫނުގެ ދަށުން މަސްއޫލިއްޔަތެއް ހަވާލުކުރެވިފައިވާ ކޮންމެ ފަރާތެއް އަދި އެ ފަރާތެއްގެ މުވައްޒަފުން.
83 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 136 ވަނަ މާއްދާގެ (ށ)، (ނ) އަދި (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ އަތުގައި ޑައިމޯފިން ހުރީ 2 (ދޭއް) ގްރާމް ނުވަތަ އެއަށްވުރެ މަދުން ކަމުގައިވީނަމަވެސް، އެމީހަކު މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ސާބިތުވެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ އެ އެއްޗެއް ޕެޑްލްކުރުމަށް ކަމުގައި ބެލެވޭނެއެވެ.
(ނ) މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ އަތުގައި، 2 (ދޭއް) ގްރާމާއި 4 (ހަތަރެއް) ގްރާމާ ދެމެދުގެ އަދަދަކަށް ޑައިމޯފިން ހުރެއްޖެނަމަ، މި ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް އޭނާ ކުރިކަމަށް ދައުލަތުން ސާބިތުކޮށްނުދޭހާ ހިނދަކު، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ އެ އެއްޗެއް ޕެޑްލްކުރުމަށް ކަމުގައި ބެލެވޭނެއެވެ.
(ރ) މި މާއްދާގެ (ނ) އެހެން އޮތްނަމަވެސް، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ އަތުގައި 2 (ދޭއް) ގްރާމާއި 4 (ހަތަރެއް) ގްރާމާ ދެމެދުގެ އަދަދަކަށް ޑައިމޯފިން ހުރުމާއެކު، މި ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް އޭނާ ކުރިކަމަށް ސާބިތުވެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ އެ އެއްޗެއް ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެއެވެ.
84 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 137 ވަނަ މާއްދާގެ އަރިމަތީ ސުރުހީއާއެކު، އެ މާއްދާގެ (ހ)، (ށ)، (ނ) އަދި (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން
މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހަކު ޑައިމޯފިން ބޭނުންކުރުމާއި ވިޔަފާރިކުރުމާއި ޓްރެފިކްކުރުން 137.
(ހ) މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްގެ އަތުގައި، 2 (ދޭއް) ގްރާމް ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ޑައިމޯފިން ހުރެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ އެ އެއްޗެއްގެ ވިޔަފާރިކުރުމަށް ކަމުގައި ބެލެވޭނެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްގެ އަތުގައި ޑައިމޯފިން ހުރީ 2 (ދޭއް) ގްރާމް ނުވަތަ އެއަށްވުރެ މަދުން ކަމުގައިވެފައި، މި ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް އޭނާ ކުރިކަމަށް ސާބިތުވެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި ހުރީ އެ އެއްޗެއް ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެއެވެ.
(ނ) މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްގެ އަތުގައި، 2 (ދޭއް) ގްރާމާއި 4 (ހަތަރެއް) ގްރާމާ ދެމެދުގެ އަދަދަކަށް ޑައިމޯފިން ހުރެއްޖެނަމަ، މި ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް އޭނާ ކުރިކަމަށް ދައުލަތުން ސާބިތުކޮށްނުދޭހާ ހިނދަކު، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ އެ އެއްޗެއްގެ ވިޔަފާރިކުރުމަށް ކަމުގައި ބެލެވޭނެއެވެ.
(ރ) މި މާާއްދާގެ (ނ) އެހެން އޮތްނަމަވެސް، މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްގެ އަތުގައި 2 (ދޭއް) ގްރާމާއި 4 (ހަތަރެއް) ގްރާމާ ދެމެދުގެ އަދަދަކަށް ޑައިމޯފިން ހުރުމާއެކު، މި ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް އޭނާ ުރިކަމަށް ސާބިތުވެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ އެ އެއްޗެއް ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެއެވެ.
85 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 138 ވަނަ މާއްދާގެ (ށ)، (ނ) އަދި (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ އަތުގައި ކެނެބިސް ނުވަތަ ކެނެބިސް މިކްސްޗަރ ނުވަތަ ކެނެބިސް ރެޒިން ހުރީ 5 (ފަހެއް) ގްރާމް ނުވަތަ އެއަށްވުރެ މަދުން ކަމުގައިވީނަމަވެސް، އެމީހަކު މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ސާބިތުވެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ އެ އެއްޗެއް ޕެޑްލްކުރުމަށް ކަމުގައި ބެލެވޭނެއެވެ.
(ނ) މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ އަތުގައި، 5 (ފަހެއް) ގްރާމާއި 14 (ސާދަ) ގްރާމާ ދެމެދުގެ އަދަދަކަށް ކެނެބިސް ނުވަތަ ކެނެބިސް މިކްސްޗަރ ނުވަތަ ކެނެބިސް ރެޒިން ހުރެއްޖެނަމަ، މި ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް އޭނާ ކުރިކަމަށް ދައުލަތުން ސާބިތުކޮށްނުދޭހާ ހިނދަކު، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ އެ އެއްޗެއް ޕެޑްލްކުރުމަށް ކަމުގައި ބެލެވޭނެއެވެ.
(ރ) މި މާއްދާގެ (ނ) އެހެން އޮތްނަމަވެސް، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ އަތުގައި 5 (ފަހެއް) ގްރާމާއި 14 (ސާދަ) ގްރާމާ ދެމެދުގެ އަދަދަކަށް ކެނެބިސް ނުވަތަ ކެނެބިސް މިކްސްޗަރ ނުވަތަ ކެނެބިސް ރެޒިން ހުރުމާއެކު، މި ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް އޭނާ ކުރިކަމަށް ސާބިތުވެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ އެ އެއްޗެއް ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެއެވެ.
86 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 139 ވަނަ މާއްދާގެ އަރިމަތީ ސުރުހީއާއެކު، އެ މާއްދާގެ (ހ)، (ށ)، (ނ) އަދި (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހަކު ކެނެބިސް ބޭނުންކުރުމާއި ވިޔަފާރިކުރުމާއި ޓްރެފިކްކުރުން 139.
(ހ) މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްގެ އަތުގައި، 5 (ފަހެއް) ގްރާމް ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކެނެބިސް ނުވަތަ ކެނެބިސް މިކްސްޗަރ ނުވަތަ ކެނެބިސް ރެޒިން ހުރެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ އެ އެއްޗެއްގެ ވިޔަފާރިކުރުމަށް ކަމުގައި ބެލެވޭނެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްގެ އަތުގައި، ކެނެބިސް ނުވަތަ ކެނެބިސް މިކްސްޗަރ ނުވަތަ ކެނެބިސް ރެޒިން ހުރީ 5 (ފަހެއް) ގްރާމް ނުވަތަ އެއަށްވުރެ މަދުން ކަމުގައިވެފައި، މި ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް އޭނާ ކުރިކަމަށް ސާބިތުވެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި ހުރީ އެ އެއްޗެއް ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެއެވެ.
(ނ) މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްގެ އަތުގައި، 5 (ފަހެއް) ގްރާމާއި 14 (ސާދަ) ގްރާމާ ދެމެދުގެ އަދަދަކަށް ކެނެބިސް ނުވަތަ ކެނެބިސް މިކްސްޗަރ ނުވަތަ ކެނެބިސް ރެޒިން ހުރެއްޖެނަމަ، މި ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް އޭނާ ކުރިކަމަށް ދައުލަތުން ސާބިތުކޮށްނުދޭހާ ހިނދަކު، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ އެ އެއްޗެއްގެ ވިޔަފާރިކުރުމަށް ކަމުގައި ބެލެވޭނެއެވެ.
(ރ) މި މާއްދާގެ (ނ) އެހެން އޮތްނަމަވެސް، މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްގެ އަތުގައި 5 (ފަހެއް) ގްރާމާއި 14 (ސާދަ) ގްރާމާ ދެމެދުގެ އަދަދަކަށް ކެނެބިސް ނުވަތަ ކެނެބިސް މިކްސްޗަރ ނުވަތަ ކެނެބިސް ރެޒިން ހުރުމާއެކު، މި ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް އޭނާ ކުރިކަމަށް ސާބިތުވެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ އެ އެއްޗެއް ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެއެވެ.
87 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 141 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.
(ޅ) މި މާއްދާގެ (ބ) އެހެން އޮތްނަމަވެސް، ޖަދުވަލު 1 ގައި ބަޔާންކުރާ މަސްތުވާއެއްޗެއް ހުރީ ދިޔާ އެއްޗެއްގެ ގޮތުގައި ކަމަށްވާނަމަ، އެ އެއްޗެއްގެ ބަރުދަން ބަލާނީ މިލިލީޓަރުންނެވެ. އަދި މި ގާނޫނުގައި ވަކި ކުށެއް ކަނޑައެޅުމުގައި މަސްތުވާއެއްޗެއްގެ ވަކި ގްރާމެއްގެ ބަރުދަނެއް ހަމަވާންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ހާލަތުގައި، އެ އެއްޗެއް ހުރީ ދިޔާއެއްޗެއްގެ ގޮތުގައި ކަމަށްވާނަމަ، އެ އަދަދެއް އެ އެއްޗެއްގައި ހަމަވޭތޯ ކަނޑައެޅުމުގައި ބަލާނީ، އެފަދައިން ކަނޑައަޅާފައިވާ ގްރާމު މިލިލީޓަރަށް ކޮންވަރޓްކުރުމުން އަންނަ އަދަދަށެވެ.
88 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 142 ވަނަ މާއްދާ އުނިކުރުން.
89 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 143 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ރ) މީހެއްގެ ކޮންޓްރޯލްގެ ދަށުގައި މަސްތުވާއެއްޗެއް ހުރުން.
90 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 143 ވަނަ މާއްދާގެ (ބ) އުނިކުރުން.
91 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 143 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
މީހެއްގެ ކޮންޓްރޯލްގެ ދަށުގައި މަސްތުވާއެއްޗެއް ހުރުން 1-143.
މީހެއްގެ ކޮންޓްރޯލްގެ ދަށުގައި މަސްތުވާއެއްޗެއް ހުރުން ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަން ހިމެނޭހެން، މީހެއްގެ ކޮންޓްރޯލްގެ ދަށުގައިވާ ތަނެއްގައި ނުވަތަ އެއްޗެއްގައި މަސްތުވާއެއްޗެއް ހުރުމަށެވެ.
(ހ) އެމީހަކު އެކަނި ދިރިއުޅޭ އަދި އެހެން މީހުން ވަދެނިކުމެ ނޫޅޭ ގެއެއްގައި ނުވަތަ ކޮޓަރިއެއްގައި ނުވަތަ އެނޫންވެސް ތަނެއްގައި މަސްތުވާއެއްޗެއް ހުރުން؛
(ށ) އެމީހަކަށް ވާސިލުވެވޭ ގޮތަށް ބަންދުކޮށްފައިވާ ތަނެއްގައި ނުވަތަ އެއްޗެއްގައި މަސްތުވާތަކެތި ހުރުން؛
(ނ) އެހެން ބައެއްގެ ހާޒިރުގައިވިޔަސް އޭނާ ހުރި ތަނެއްގައި އެ އެއްޗެއް ހާމައަށް ހުރުން.
92 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 144 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ޓްރެފިކްކުރާ މީހެއް ކަމުގައި ބެލުން 144.
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކުރާ އަމަލެއް ކުރާ ކޮންމެ ފަރާތަކީ، ޓްރެފިކްކުރާ މީހެއް ކަމުގައި ބެލޭނެއެވެ.
93 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 146 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
އެކެއްގެ އަތުގައި ހުރި މަސްތުވާއެއްޗެއް އެހެން މީހެއްގެ އަތުގައިވެސް ހުރީ ކަމަށް ބެލެވުން 146.
އެކަކަށްވުރެ ގިނަ މީހުންނަށް އެނގިގެން، އޭގެތެރެއިން ވަކި މީހެއްގެ އަތުގައި މަސްތުވާތަކެތި ހުރެއްޖެނަމަ، އެއިން ކޮންމެ މީހެއްގެ އަތުގައިވެސް ވަކިވަކިން މަސްތުވާތަކެތި އެ އަދަދަށް ހުރީ ކަމުގައި ބެލެވޭނެއެވެ.
94 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 151 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
އުޅަނދުފަހަރު ހިފަހައްޓައި ބަލައި ފާސްކުރުން 151.
(ހ) ދިވެހިރާއްޖެއަށް އަންނަ ނުވަތަ ދިވެހިރާއްޖެއިން ފުރާ ނުވަތަ ދިވެހިރާއްޖޭގައި ދުއްވާ ކަނޑުދަތުރުފަތުރުކުރާ އުޅަނދެއްގައި މަސްތުވާތަކެތި ހުރިކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭކަމަށްވާނަމަ، ނުވަތަ މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް އެ އުޅަނދެއްގައި ނުވަތަ އެ އުޅަނދެއް ބޭނުންކޮށްގެން ކޮށްފައިވާކަމަށް ނުވަތަ ކުރަމުންދާކަމަށް ގަބޫލުކުރެވޭނަމަ، އެފަދަ އުޅަނދަކާ ގުޅޭގޮތުން އަންނަނިވި ކަންކަން ކުރުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ.
- އެ އުޅަނދެއް ހުއްޓުވައި، އެ އުޅަނދަކަށް އަރައި، އެ އުޅަނދު ބަލައި ފާސްކުރުން؛
- އެ އުޅަނދެއްގައި ހުރި ތަކެތި ބަލައި ފާސްކުރުން؛
- އެ އުޅަނދެއްގައި ހުރި މީހެއްގެ ކާކުކަން އަންގައިދޭ މައުލޫމާތު ހާމަކުރުމަށް އެންގުން؛
- އެ އުޅަނދެއްގައި ހުރި މީހަކާ ސުވާލުކުރުން؛
- އެ އުޅަނދެއްގައި ހުރި މީހަކު ބަލައި ފާސްކުރުން؛
- އެ އުޅަނދެއްގައިވާ މީހެއްގެ ސާމްޕަލް ނެގުން؛
- ހެކީގެ ގޮތުގައި ބޭނުންކުރެވޭ އެއްޗެއް އެ އުޅަނދެއްގައިވާނަމަ، އެ އެއްޗެއް ހޯދުން؛
- އެ އުޅަނދަކުން ހޯދާފައިވާ ހެއްކެއް ރައްކާތެރިކަމާއެކު ބެލެހެއްޓުން؛
- އެ އުޅަނދެއްގައިވާ ކުށުގެ ތުހުމަތުކުރެވޭ މީހަކު ހައްޔަރުކުރުން؛
- އެ އުޅަނދަކުން މަސްތުވާއެއްޗެއް ފެނިއްޖެނަމަ އެ އުޅަނދު ހިފަހައްޓައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން.
(ށ) ވެހިރާއްޖެއަށް އަންނަ ނުވަތަ ދިވެހިރާއްޖެއިން ފުރާ ކަނޑުދަތުރުފަތުރުކުރާ އުޅަނދެއްގައި މަސްތުވާތަކެތި ހުރިކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭކަމަށްވާނަމަ، ނުވަތަ މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް އެ އުޅަނދެއްގައި ނުވަތަ އެ އުޅަނދެއް ބޭނުންކޮށްގެން ކޮށްފައިވާކަމަށް ނުވަތަ ކުރަމުންދާކަމަށް ގަބޫލުކުރެވޭނަމަ، އެ އުޅަނދެއް ހިފަހައްޓައި، އެ އުޅަނދަކަށް އަރައި، އެ އުޅަނދު ބަލައި ފާސްކުރުމާއި، އެ އުޅަނދެއްގައި އެވަގުތު ތިބި ބަޔަކާއި ތަކެތި ބަލައި ފާސްކުރުމުގެ ބާރު، ކަސްޓަމްސްގެ އޮފިސަރުންނަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން އުޅަނދެއް ނުވަތަ މީހެއް ބަލައި ފާސްކުރުމުގައި އެ އުޅަނދެއްގައި ނުވަތަ އެ އުޅަނދުގައިވާ މީހެއްގެ އަތުގައި މަސްތުވާއެއްޗެއް ހުރިކަމަށް މި މާއްދާގެ ދަށުން ހަރަކާތްތެރިވަމުންދާ ކަސްޓަމްސްގެ އޮފިސަރަކަށް ފާހަގަކުރެވިއްޖެނަމަ، އެ އެއްޗެއް އަތުލައި ހިފެހެއްޓުމުގެ ބާރު އެ އޮފިސަރަކަށް ލިބިގެންވެއެވެ. އަދި އެ އުޅަނދެއް ހިފަހައްޓައި، އިތުރަށް އެ އުޅަނދެއް ދަތުރުކުރިޔަނުދިނުމުގެ ބާރުވެސް އެ އޮފިސަރަކަށް ލިބިގެންވެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން ކަސްޓަމްސްގެ އޮފިސަރަކު އުޅަނދަކުން މަސްތުވާއެއްޗެއް އަތުލައިފިނަމަ، އަދި/ނުވަތަ އުޅަނދެއް ހިފަހައްޓައިފިނަމަ، އެކަން، ވަގުތުން ފުލުހުންނަށް އަންގަންވާނެއެވެ.
(ބ) އުޅަނދެއް ހިފަހައްޓައި ބަލައި ފާސްކުރުމާ ގުޅޭގޮތުން މި މާއްދާގެ (ށ) ގެ ދަށުން ލިބިދޭ ބާރު ކަސްޓަމްސްގެ އޮފިސަރުންނަށް ލިބިދޭނީ، އެ އުޅަނދެއް ކަސްޓަމްސްގެ ކޮންޓްރޯލްގައިވާ ސަރަހައްދެއްގައިވާ ހާލަތުގައެވެ.
95 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 151 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
ރާއްޖެ އަންނަ އަދި ރާއްޖެއިން ފުރާ މީހުން ބަލައި ފާސްކުރުން 1-151.
(ހ) ދިވެހިރާއްޖެއިން ބޭރުން އަންނަ މީހުންނާއި ދިވެހިރާއްޖޭގައި ޓްރާންޒިޓްކުރާ މީހުންނާއި ދިވެހިރާއްޖެއިން ފުރާ މީހުންގެ ތެރެއިން، އެކްސްރޭ މެށިނުން ނުވަތަ އެނޫންވެސް ވަސީލަތެއްގެ އެހީގައި ސްކްރީންކޮށް ބަލާއިރު، އެމީހެއްގެ އަތުގައި މަސްތުވާއެއްޗެއް ހުރިކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ކަސްޓަމްސްގެ އޮފިސަރަކަށް ގަބޫލުކުރެވޭނަމަ، އެމީހަކު އިތުރަށް ބަލައި ފާސްކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މީހަކު ލައިގެން ހުރި އަންނައުނުގެ ބޭރުން ބަލައި ފާސްކުރުން ފިޔަވައި އެނޫން ގޮތަކަށް މީހަކު ބަލައި ފާސްކުރަންޖެހިއްޖެ ހާލަތުގައި އެމީހަކު ބަލައި ފާސްކުރަންވާނީ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފުލުހުންނެވެ.
96 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 152 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި ފުލުހުން ގުޅިގެން މަސައްކަތްކުރުން 152.
(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ދިވެހިރާއްޖޭގެ ވައިގެ ބަނދަރުތަކުންނާއި ކަނޑުގެ ބަނދަރުތަކުން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމާއި ދިވެހިރާއްޖެއިން މަސްތުވާތަކެތި ބޭރުކުރުން ހުއްޓުވުމުގެ މަސްއޫލިއްޔަތު އޮންނާނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށާއި ފުލުހުންނަށެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަސްއޫލިއްޔަތު އަދާކުރުމުގައި ދެ އިދާރާއިން ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ އިޖުރާއަތު، މި ގާނޫނުގެ ދަށުން ދިވެހި ފުލުހުންގެ ހިދުމަތުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
97 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 153 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ކަސްޓަމްސްގެ އޮފިސަރުންނަށް ލިބިދޭ އިތުރު ބާރު 153.
(ހ) މި ގާނޫނުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އެފަރާތުގެ ހުއްދަ ދީފައިވާ އޮފިސަރުން އަދާކުރުމުގެ ތެރޭގައި މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް މީހަކު ކޮށްފިކަމަށް، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭކަމަށްވާނަ މަ، ނުވަތަ އެފަދަ ކުށެއް ކޮށްފާނެކަމަށް ގަބޫލުކުރެވޭކަމަށްވާނަމަ، ކޯޓު އަމުރަކާ ނުލައި އެމީހަކު ހިފަހައްޓައި ފާސްކުރުމުގެ ބާރު ކަސްޓަމްސްގެ އޮފިސަރުންނަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކަސްޓަމްސްގެ އޮފިސަރަކަށް ލިބިދޭ ބާރު ބޭނުންކުރުމުގައި މީހެއްގެ ހަށިގަނޑުގައި ނުވަތަ ލައިގެންހުރި އަންނައުނުގައި އަތްލައިގެން ބަލައި ފާސްކުރަން ޖެހިއްޖެނަމަ، އެކަން ކުރަންވާނީ އޭނާއާ އެއް ޖިންސުގެ އޮފިސަރެއް މެދުވެރިކޮށެވެ.
(ނ) މާއްދާގެ (ށ) އެހެން އޮތްނަމަވެސް، މީހަކު ލައިގެން ހުރި އަންނައުނުގެ ބޭރުން ބަލައި ފާސްކުރުން ފިޔަވައި އެނޫން ގޮތަކަށް މީހަކު ބަލައި ފާސްކުރަންޖެހިއްޖެ ހާލަތުގައި އެމީހަކު ބަލައި ފާސްކުރަންވާނީ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފުލުހުންނެވެ.
(ރ) ކަސްޓަމްސްގެ އޮފިސަރަކު، މި މާއްދާގެ (ހ) ގެ ދަށުން މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއްގެ ތުހުމަތުގައި އެއްވެސް މީހަކު ހިފަހައްޓައިފިނަމަ އަދި އެމީހަކީ ކުށުގެ ތުހުމަތުގައި ހައްޔަރުކުރަންޖެހޭ މީހެއްނަމަ، އެ މައްސަލަ ތަހުގީގުކުރުމަށްޓަކައި ލަސްނުކޮށް އެމީހަކު ފުލުހުންނާ ހަވާލުކުރަންވާނެއެވެ.
98 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 153 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ހަ މާއްދާ އިތުރުކުރުން.
އުޅަނދުފަހަރާ ގުޅޭގޮތުން ބާރުގެ ބޭނުންކުރުމުގައި ފުރިހަމަކުރަންޖެހޭ ކަންކަން 1-153.
(ހ) މި ގާނޫނުގެ 151 ވަނަ މާއްދާގެ (ހ) ގެ ދަށުން ފުލުހުންގެ އޮފިސަރުންނަށް ލިބޭ ބާރުތައް ބޭނުންކުރުމުގައި، ނުވަތަ އެ މާއްދާގެ (ށ) ގެ ދަށުން ކަސްޓަމްސްގެ އޮފިސަރުންނަށް ލިބިދޭ ބާރުތައް ބޭނުންކުރުމުގައި، އަންނަނިވި ކަންކަން ކަށަވަރުކުރުމުގެ ގޮތުން އެޅެންހުރި އެންމެހައި ފިޔަވަޅުތައް އަޅަންވާނެއެވެ.
- އުޅަނދުގައި ތިބި އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން؛
- އުޅަނދުގައިވާ ފަރާތްތަކުގެ އިންސާނީ ހައްގުތައް ކަށަވަރުކުރުމާއި އެމީހުންގެ ކަރާމާތަށް އުނިކަމެއް އަންނަ އަމަލުތައް ނުހިންގުން ނުވަތަ އިންސާނިއްޔަތުކަން ކުޑަގޮތަކަށް އެމީހުންނާމެދު އަމަލުނުކުރުން؛
- އުޅަނދުގައިވާ ފަރާތަކީ ބޭރު ގައުމެއްގެ ރައްޔިތެއްނަމަ، އެފަރާތަކާމެދު ފިޔަވަޅު އަޅާފައިވަނީ، ނޮނ-ްރިފައުލްމަންޓްގެ އުސޫލުންކަން؛
- އެ އުޅަނދާއި އޭގައިވާ މުދަލަށް ގެއްލުމެއް ލިބޭނެކަމުގެ ބިރެއް ކުރިމަތިވެފައި ނެތްކަން؛ އަދި އެ އުޅަނދަކީ، ބޭރުގެ އުޅަނދެއް ކަމުގައިވާނަމަ، އެ އުޅަނދު ނިސްބަތްވާ ފްލޭގް ސްޓޭޓުގެ، ނުވަތަ އެ އުޅަނދާ ގުޅިގެން މަސްލަހަތެއް އޮތް އެނޫންވެސް ގައުމެއްގެ ގާނޫނީ މަސްލަހަތަކަށް ނޭދެވޭ އަސަރެއް ނުކުރާކަން.
(ށ) މި ގާނޫނުގެ 151 ވަނަ މާއްދާގައި ބަޔާންކުރާ އެއްވެސް ފިޔަވަޅެއް އުޅަނދަކާ ގުޅޭގޮތުން އަޅަންވާނީ ނުވަތަ ތަންފީޒުކުރަންވާނީ، އަންނަނިވި ކަންކަމަށް އަސަރުނުފޯރާނެ ގޮތުގެމަތިން އެކަން ކުރުމަށް އިސްކަންދީގެންނެވެ.
- ކަނޑުތަކާބެހޭ ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން އިހްތިސާސް ހިންގުމަށް ކޯސްޓަލް ގައުމުތަކަށް ލިބިގެންވާ ބާރާއި، އެފަދަ ގައުމުތަކަށް ލިބިދޭ ހައްގުތަކާއި ވާޖިބުތައް؛ ނުވަތަ
- އުޅަނދާގުޅޭ އިދާރީ، ފަންނީ، ނުވަތަ އިޖްތިމާއީ ކަންކަމުގައި އިހްތިސާސް ހިންގުމަށް ފްލޭގް ސްޓޭޓަށް ލިބިގެންވާ ބާރު.
ދިވެހި އުޅަނދެއްގައި ނުވަތަ ގޮތްނޭނގޭ އުޅަނދެއްގައި ބާރުގެ ބޭނުންކުރުން 2-153.
(ހ) މި ގާނޫނުގެ 151 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ބާރުތައް، އަންނަނިވި ހާލަތުގައިވާ އުޅަނދުތަކާ ގުޅޭގޮތުން ބޭނުންކުރުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ.
- އުޅަނދަކީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާކަން އަންގައިދޭ، ދިވެހި ދިދަ ނަގާފައިވާ އުޅަނދަކަށްވުން؛
- ވަކި އުޅަނދެއްގައި ބޭރު ގައުމެއްގެ ދިދަ ނަގާފައިވީނަމަވެސް ނުވަތަ އެއްވެސް ދިދައެއް ނަގާފައި ނުވިނަމަވެސް، އެ އުޅަނދަކީ ހަގީގަތުގައި ދިވެހި އުޅަނދަކަށްވުން؛ ނުވަތަ
- އެ އުޅަނދަކީ، އެއްވެސް ގައުމަކަށް ނިސްބަތްނުވާ އުޅަނދަކަށްވުން ނުވަތަ އެއްވެސް ގައުމަކަށް ނިސްބަތްވާ އުޅަނދެއް ނޫން ކަމަށް ބެލެވޭ އުޅަނދެއް ކަމަށްވުން.
(ށ) މި ގާނޫނުގެ 151 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ބާރުތައް ނުވަތަ ބާރުތަކުގެ ތެރެއިން ބައެއް ބާރުތައް، މި މާއްދާގެ (ހ) ގެ ދަށުން ލިބިދޭ ބާރު ސީދާ ފުލުހުން ބޭނުންކުރުމުގެ ބަދަލުގައި، އަންނަނިވި ކަންކަން ފުރިހަމަވާނަމަ، އެހެން ގައުމެއްގެ ކަމާގުޅޭ އިދާރާއަކުން، އެ ގައުމެއްގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ވަކި އުޅަނދަކާ ގުޅިގެން އެ އިދާރާއެއްގެ ބާރުގެ ބޭނުންކުރުމަށް، ފުލުހުންނަށް އެދެވިދާނެއެވެ.
- އެ ބާރުތަކަކީ މި ގާނޫނުގެ 151 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގާނޫނު ތަންފީޒުކުރުމުގެ ބާރުތަކާ އެއްގޮތް، ނުވަތަ އެއް ބާރުތަކެއް ކަމުގައިވުން؛ އަދި
- ބާރުގެ ބޭނުންކުރުމަށް ހުއްދަދެވޭ ބޭރު ގައުމުގެ އިދާރާއަށް، އެ ގައުމުގެ ކަމާބެހޭ ގާނޫނުގެ ދަށުން، އެ ބާރުތައް ބޭނުންކުރުމުގެ އިހްތިޔާރު ދީފައިވުން
(ނ) އުޅަނދުތަކާ ގުޅޭގޮތުން ފުލުހުންނަށް ލިބިދޭ ބާރެއް، ބޭރު ގައުމެއްގެ ކަމާބެހޭ އިދާރާއަކުން ބޭނުންކުރުމަށް މި މާއްދާގެ (ށ) ގެ ދަށުން އެދެންވާނީ، ހާލަތަށް ރިއާޔަތްކުރާއިރު އެ ހާލަތަކީ ވަގުތުން ފިޔަވަޅު އަޅަންޖެހޭ ހާލަތަކަށްވެފައި، އެވަގުތު ފުލުހުންނަށް އެ ބާރުގެ ބޭނުންކުރެވެން ނެތްނަމަ، ނުވަތަ އެ ހާލަތުގައި ފުލުހުން އެ ބާރު ބޭނުންކުރުމަށްވުރެ ބޭރު ގައުމުގެ ކަމާގުޅޭ އިދާރާއަކުން އެ ބާރުގެ ބޭނުންކުރުން އެކަށީގެންވާ ހާލަތުގައެވެ.
(ރ) އުޅަނދުތަކާ ގުޅޭގޮތުން ފުލުހުންނަށް ލިބިދޭ ބާރެއް ބޭރު ގައުމެއްގެ ކަމާބެހޭ އިދާރާތަކުން ބާރުގެ ބޭނުންކުރުމަށް މި މާއްދާގެ (ށ) ގެ ދަށުން އެދެވިދާނެ ހާލަތްތަކާއި، އެ ބާރު އެފަދައިން ވަގުތީގޮތުން ހަވާލުކުރެވޭނެ ހާލަތްތަކާއި، އެ ހާލަތްތަކުގައި ބާރު ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ އިޖުރާއަތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބަޔާންކުރަންވާނެއެވެ.
ހިފެހެއްޓޭ އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން 3-153.
(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ކަނޑައަޅާފައިނުވާހާ ހިނދަކު، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، މި ގާނޫނުގެ 151 ވަނަ މާއްދާގެ (ހ) ގެ ދަށުން ހިފެހެއްޓޭ އުޅަނދެއް ކޯޓު އަމުރަކާ ނުލައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.
- މި ގާނޫނުގައި ބަޔާންކޮށްފައިވާ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ނުވަތަ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށެއް އެ އުޅަނދެއްގައި ނުވަތަ އެ އުޅަނދެއް ބޭނުންކޮށްގެން ކޮށްފައިވާކަމަށް ނުވަތަ ކުރަމުންދާކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވުން؛
- މި ގާނޫނުގެ 151 ވަނަ މާއްދާގެ ދަށުން އުޅަނދެއް ނުވަތަ މީހެއް ބަލައި ފާސްކުރުމުގައި، އެ އުޅަނދަކުން ނުވަތަ އެ އުޅަނދުގައިވާ މީހެއްގެ އަތުން މަސްތުވާއެއްޗެއް، ބަލައި ފާސްކުރި އޮފިސަރަކަށް ފެނުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި މެނުވީ، މި ގާނޫނުގެ ދަށުން ހިފެހެއްޓޭ އެއްވެސް އުޅަނދެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް އުޅަނދުފަހަރު ނެގުމުގައާއި، އެ އުޅަނދެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހު އެއާމެދު އަމަލުކުރާނެ ގޮތުގެ އިޖުރާއަތުތަކާއި ކަމާގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން އެކުލަވާލާ ދައުލަތަށް ނެގޭ މުދަލާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ރ) މި މާއްދާގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ އުޅަނދެއް ކޯޓު އަމުރަކާ ނުލައި ފުލުހުންގެ ބެލުމުގެ ދަށުގައި ބޭއްވޭނީ 48 (ސާޅީސްއަށެއް) ގަޑިއިރުގެ މުއްދަތަކަށެވެ.
(ބ) މި މާއްދާގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ އުޅަނދެއް މި މާއްދާގެ (ރ) ގައި ބަޔާންކުރާ މުއްދަތުގެ އިތުރަށް ފުލުހުންގެ ބެލުމުގެ ދަށުގައި ބާއްވަންޖެހޭ ކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއްވާނަމަ، އެ އުޅަނދެއް ފުލުހުންގެ ބެލުމުގެ ދަށުގައި ބޭއްވުމުގެ އަމުރަކަށް އެދި ފުލުހުންނަށް ކޯޓަށް ހުށަހެޅިދާނެއެވެ.
ހިފެހެއްޓޭ އުޅަނދު ދައުލަތަށް ނެގުން 4-153.
(ހ) މި ގާނޫނުގެ 3-153 ވަނަ މާއްދާގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އުޅަނދެއް ދައުލަތަށް ނެގުމުގެ އަމުރަކަށް އެދި ފުލުހުންނަށް ކޯޓަށް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ މައްސަލައެއްގައި، މި ގާނޫނުގެ 3-153 ވަނަ މާއްދާގެ (ހ) ގެ ދަށުން ހިފެހެއްޓޭ އުޅަނދެއް ދައުލަތަށް ނެގުމަށް ނެރޭ ކޯޓު އަމުރެއްގައި އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.
- އަމުރު ނެރެވޭ ބޭނުން؛
- އަމުރުގެ ދަށުން ދައުލަތަށް ނެގޭ އުޅަނދާބެހޭ މައުލޫމާތު؛
- އަމުރު ރައްދުވާ ފަރާތް؛
- ދައުލަތަށް ނަގަން ބޭނުންވާ އުޅަނދުގެ ވެރިފަރާތްއެނގޭނަމަ، އެފަރާތުގެ މައުލޫމާތު؛ އުޅަނދުގެ ވެރިފަރާތް އެނގެން ނެތް ހާލަތެއްގައި، އެ އުޅަނދަކީ ވަކި މީހެއްގެ ބާރުގެ ދަށުގައިވާ އުޅަނދެއްނަމަ، އެފަރާތެއްގެ މައުލޫމާތު؛
- އެ އުޅަނދެއް ދައުލަތަށް ނަގަން ބޭނުންވަނީ މި ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ކޮން ކުށަކާ ގުޅިގެންކަން؛
- އަމުރު ދެމިއޮންނާނެ މުއްދަތު؛
- ދައުލަތަށް ނަގަން ބޭނުންވާ އުޅަނދަކީ، އެ އުޅަނދެއް ބޭނުންކޮށްގެން ކުށެއްގެ އަމަލު ހިންގަމުންދާ، ނުވަތަ ކުށުގެ އަމަލެއް ހިންގަން އުޅ،ޭ ނުވަތަ ކުށުގެ އަމަލެއް ހިންގި މީހާގެ ބާރުގެ ދަށުގައިވާ އެއްޗެއް ކަމަށްވާނަމަ، އެކަން؛
- ދައުލަތަށް ނަގަން ބޭނުންވާ އުޅަނދު ދައުލަތަށް ނެގުމަށްފަހު އެ އުޅަނދާ ހަވާލުވާނ،ެ އަދި އެ އުޅަނދު ބަލަހައްޓާނެ އިދާރާ؛
- ހުއްދަ ދޭ ފަނޑިޔާރުގެ ނަމާއި ސޮއި އަދި ކޯޓުގެ ތައްގަނޑު؛
- މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިތުރު މައުލޫމާތު.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ނެރޭ ކޯޓު އަމުރެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އެ އަމުރު ދެމިއޮންނާނީ، އެ އަމުރުގެ މުއްދަތު ހަމަވަންދެން ނުވަތަ އެ އަމުރު ބާތިލުކުރަންދެން ނުވަތަ އެ އުޅަނދެއް ދައުލަތަށް ނެގުމުގެ އެންމެހައި އިޖުރާއަތެއް ފުރިހަމަވަންދެނެވެ.
(ރ) މި މާއްދާގެ ދަށުން ނެރޭ އަމުރަކާ އެއްގޮތްވާ ގޮތުގެމަތިން ދައުލަތަށް ނެގޭ އުޅަނދަކީ، އެހެން ގާނޫނަކުން ކަނޑައަޅާފައިވާ ޖިނާއީ ކުށަކާގުޅޭ ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއްކަމަށް ފުލުހުންގެ އޮފިސަރަށް ބެލެވޭނަމަ، އަދި އެ އުޅަނދެއް ފޮރުވުމުގެ ފުރުސަތު ނުވަތަ ނައްތާލުމުގެ ފުރުސަތު އޮތްކަމަށް އެ އޮފިސަރަކަށް ގަބޫލުކުރެވޭނަމަ، އެ އުޅަނދެއް ދައުލަތަށް ނެގުމުގެ ބާރު އެ އަމުރުން ދޭ ކަމުގައި ބެލޭނެއެވެ.
(ބ) މި މާއްދާގެ ދަށުން ދައުލަތަށް އުޅަނދެއް ނެގުމުގެ އަމުރެއް ނެރޭއިރު، ދައުލަތަށް ނެގޭ އުޅަނދާއި އެ އުޅަނދެއް ނަގަންޖެހޭ ސަބަބުތަކަށް ރިއާޔަތްކޮށް، އެކަންކޮށް ނިންމުމަށް އެކަށީގެންވާ މުއްދަތެއް ފަނޑިޔާރު ދޭންވާނެއެވެ.
(ޅ) މި މާއްދާގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށަށް އުޅަނދެއް ނެގުމަށް ކޯޓުން އަމުރުކުރާއިރު، އެ އުޅަނދާމެދު އަމަލުކުރުމަށް އަމުރުގައި ވަކި ގޮތެއް ކަނޑައަޅާފައިނުވާނަމަ، އެ އުޅަނދު ނައްތާނުލުމަށް ނުވަތަ އުޅަނދުގެ މިލްކުވެރިކަމަށް އަސަރުކޮށްފާނެ އެއްވެސް ކަމެއް ނުކުރުމަށް ކޯޓުން އަމުރުކުރަންވާނެއެވެ.
(ކ) މި މާއްދާގެ ދަށުން ކޯޓުން ނެރޭ އަމުރު، ފުލުހުން އެދުމުން، މުރާޖައާކުރުމުގެ ނުވަތަ އެ އަމުރު ނިމުމަކަށް ގެނައުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
(އ) މި މާއްދާގެ ދަށުން އުޅަނދެއް ހިފެހެއްޓުމަށް ކޯޓުން އަމުރުކުރަންވާނީ އަދި އެފަދަ އަމުރެއް ތަންފީޒުކުރަންވާނީ، ހެޔޮ ނިޔަތުގައި އަމަލުކުރާ ތިންވަނަ ފަރާތްތަކުގެ ހައްގުތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ފަދަ ގޮތަކަށެވެ.
(ވ) މި މާއްދާގެ ދަށުން ނެރޭ އަމުރެއް ނިމުމަކަށް ގެނައުމަށްޓަކައި، ކުށުގެ ތުހުމަތުކުރެވޭ ފަރާތަށް ނުވަތަ ހިފަހައްޓާފައިވާ އުޅަނދުގައި މަސްލަހަތެއް އޮތް ކޮންމެ ފަރާތަކަށް ކޯޓަށް ހުށަހެޅިދާނެއެވެ.
ދައުލަތަށް ނެގޭ އުޅަނދު ބަލަހައްޓާ އިދާރާ 5-153.
(ހ) ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ހާއްސަ ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ 3-153 ވަނަ މާއްދާގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އުޅަނދެއް މި ގާނޫނުގެ 4-153 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދައުލަތަށް ނެގުމަށްފަހ،ު އެ އުޅަނދެއް އޮންނާނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސ،ް ކަމާބެހޭ އެހެން އިދާރާއަކުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެ އުޅަނދާ ހަވާލުވާންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، އެ އުޅަނދ،ު ކަމާބެހޭ އިދާރާގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށް ނުވަތަ އެ އިދާރާއާ ހަވާލުކުރުމުގެ އިންތިޒާމު ފުލުހުން ހަމަޖައްސަންވާނެއެވެ.
ބޭރުގެ އުޅަނދުތަކާ ގުޅިގެން ބާރު ބޭނުންކުރުމުގެ އުސޫލު 6-153.
ކަނޑުދަތުރުފަތުރުކުރާ އުޅަނދުފަހަރާ ގުޅޭގޮތުން މި ގާނޫނުގެ ދަށުން ބާރުގެ ބޭނުންކުރާނީ ފުލުހުން ކަމުގައި ބަޔާންކޮށްފައިވީނަމަވެސ،ް އެފަދަ އުޅަނދެއް އޮތީ ދިވެހިރާއްޖޭގެ ސަރަހައްދުން ބޭރުގައި ކަމުގައިވާނަމަ، އަދި އެ އުޅަނދަކީ ދިވެހި އުޅަނދެއް ކަމުގައިނުވާނަމަ، ނުވަތަ އެ އުޅަނދަކީ ދިވެހި އުޅަނދެއް ކަމުގައި ޔަގީންކުރެވެން ނެތްނަމަ، އެ އުޅަނދަކާ ގުޅޭގޮތުން މި ބާބުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރާނީ، ކަނޑުތަކާބެހޭ ބައިނަލްއަގްވާމީ ގާނޫނުގައި ހުއްދަކުރާ އިދާރާއަކުންނެވެ. އަދި އެކަން ކުރުމުގައި އަމަލުކުރަންވާނީ އެ މުއާހަދާގައި ކަނޑައަޅާފައިވާ އުސޫލުތަކާއި އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
99 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 154 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ކޮންޓްރޯލްޑް ޑެލިވަރީ 154.
(ހ) ކުށެއް ކުރުމަށްޓަކައި ދިވެހިރާއްޖެއަށް އެތެރެކުރ،ާ ނުވަތަ ދިވެހިރާއްޖޭގެ ސަރަހައްދުގައި އެއްތަނުން އަނެއްތަނަށް ގެންދެވ،ޭ ނުވަތަ ދިވެހިރާއްޖެ މެދުވެރިކޮށް ޓްރާންޒިޓްކުރެވ،ޭ ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރާ މަސްތުވާއެއްޗެއްގެ ކޮންޓްރޯލްޑް ޑެލިވަރީ، އަންނަނިވި ކަންކަން ހާސިލުކުރުމަށްޓަކައި، ކޮމިށަނަރ އޮފް ޕޮލިސް ނުވަތަ އޭނާ ކަނޑައަޅާ، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ނުވަތަ އެއަށްވުރެ މަތީ ރޭންކެއްގެ ފުލުހުންގެ އޮފިސަރެއް ދޭ ހުއްދައަކާއެކު، މި މާއްދާގައިވާ ގޮތުގެމަތިން ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމުގެ އިހްތިޔާރު، މި ގާނޫނުގެ ދަށުން ފުލުހުންނަށް ލިބިގެންވެއެވެ.
- މަސްތުވާއެއްޗެއް ދިވެހިރާއްޖެ އެތެރެކުރީ ކޮން ބަޔަކުކަން ދެނެގަތުމަށް؛
- މަސްތުވާއެއްޗެއް ދިވެހިރާއްޖެ އެތެރެކުރަނީ ކޮން ބައެއް ގުޅިގެންކަން ދެނެގަތުމަށް؛
- މަސްތުވާއެއްޗެއް ދިވެހިރާއްޖެ އެތެރެކުރީ ނުވަތަ ދިވެހިރާއްޖެއިން ގެންދަނީ ކޮންބަޔަކު އެއިން ވިޔަފާރިކުރުމަށްޓަކައިކަން ދެނެގަތުމަށް؛
- އެތެރެކުރި ނުވަތަ ގެންދެވޭ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގައި ނުވަތަ ބޭނުންކުރުމުގައި ހިމެނެނީ ކޮންބައެއްކަން ދެނެގަތުމަށ.ް
(ށ) މި މާއްދާގެ ބޭނުމަށްޓަކައި "ކޮންޓްރޯލްޑް ޑެލިވަރީއެއް" ހިންގުން ކަމަށް ބުނެފައި އެވަނީ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތުގައިވާ މަސްތުވާއެއްޗެއް، އެ މާއްދާގައި ބަޔާންކޮށްފައިވާ ބޭނުމަށްޓަކައި، ފުލުހުން މޮނިޓަރކޮށް ސުޕަވައިޒްކުރާ އޮޕަރޭށަނެއްގެ ތެރެއިން، ހުއްދަކޮށްފައިވާ ފުލުހުންގެ އަދި/ނުވަތަ ކަސްޓަމްސްގެ އޮފިސަރެއް އަދި/ނުވަތަ އެނޫން ފަރާތެއް އެ މަސްތުވާއެއްޗެއް ގެންދެވޭ މަންޒިލަށް ރައްދުވިޔަދިނުމަށެވެ. އޭގެ ތެރޭގައި އަންނަނިވި ކަންކަން ކުރުން ހިމެނެއެވެ.
- އެ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެވިޔަ ދިނުން؛ އަދި/ނުވަތަ
- އެ އެއްޗެއް ދިވެހިރާއްޖޭގެ އެއް ތަނުން އަނެއް ތަނަށް
ގެންދިޔަދިނުން؛ އަދި/ނުވަތަ - އެ އެއްޗެއް ދިވެހިރާއްޖޭގައި ޓްރާންޒިޓްވިޔަދިނުން؛ އަދި/ނުވަތަ
- އެ އެއްޗެއް ދިވެހިރާއްޖެއިން ބޭރަށް ގެންދިޔަދިނުން؛ އަދި/ނުވަތަ
- އެނޫންވެސ،ް އެ އެއްޗެއް ގެންދެވޭ މަންޒިލަށް ރައްދުވިޔަދިނުމަށް މި ގާނޫނުގެ ދަށުން ހިންގ،ާ ހުއްދަކުރެވޭ ހަރަކާތްތައް.
(ނ) މި މާއްދާގެ ދަށުން ހުއްދަކުރެވޭ ހާއްސަ ހާލަތްތަކުގައި، ކޮންޓްރޯލްޑް ޑެލިވަރީއެއްގައި މަސްތުވާއެއްޗެއްގެ ބަދަލުގައި ސަބްސްޓިޓިއުޓެއް ބޭނުންކުރެވިދާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހުއްދަކޮށްގެން ހިންގޭ ކޮންޓްރޯލްޑް ޑެލިވަރީއެއްގައި ބައިވެރިވާ ފުލުހުންގެ އޮފިސަރަކު ނުވަތަ ކަސްޓަމްސްގެ އޮފިސަރަކު ނުވަތަ ފުލުހުން ކަނޑައަޅާ އެހެން ފަރާތެއް ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކުރާ އެއްވެސް ކަމަކާ ގުޅިގެން މި ގާނޫނުގެ ދަށުން ކުށްވެރިއެއް ނުވާނެއެވެ.
(ބ) ކޮންމެ ކޮންޓްރޯލްޑް ޑެލިވަރީއަކީ، އެއަށް ވަކިން ހުއްދަ ހޯދަންޖެހޭނެ އެއްޗެކެވެ. ކޮންޓްރޯލްޑް ޑެލިވަރީއެއް ހިންގުމުގެ ހުއްދައަށް އެދި ކޮމިށަނަރ އޮފް ޕޮލިސް ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކަށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ހުއްދަކުރާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ހުށަހެޅިދާނެއެވެ. އެހެންނަމަވެސ،ް ކޮންމެ ކޮންޓްރޯލްޑް ޑެލިވަރީއަކަށް ދެވޭ ކޮންމެ ހުއްދައަކީ ލިޔުމުން ރެކޯޑުކުރެވިފައި އޮންނަންވާނެ ހުއްދައެކެވެ.
(ޅ) މި މާއްދާގެ ދަށުން ހުއްދައަށް އެދި ހުށަހަޅާ ކޮންމެ ހުށަހެޅުމަކާއެކު، އެ ހުށަހެޅުމަށް ހުއްދަ ދިނުމަށް ބޭނުންވާނެ މައުލޫމާތު ހުށަހަޅަންވާނެއެވެ. އަދި އެއީ ކުރިން ހުއްދައަކަށް އަހާފައިވާ ކޮންޓްރޯލްޑް ޑެލިވަރީއެއްނަމަ، އެކަން ބަޔާންކުރަންވާނެއެވެ.
(ކ) މި މާއްދާގެ (ބ) ގެ ދަށުން ހުށަހެޅޭ ހުށަހެޅުމަކާ ގުޅޭގޮތުން ހުއްދަ ދިނުމަށް ނިންމަންވާނީ، އަންނަނިވި ކަންކަން ކަށަވަރުކުރުމަށް ފަހުގައެވެ.
- މި ގާނޫނުގައި ބަޔާންކުރާ ކުށެއް ކޮށްފިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކުރަން އުޅޭކަން، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވުން؛
- މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ކުށުގެ އަމަލުގެ ޒާތާއި ބާވަތަށް ބަލާއިރު، އެއ،ީ ކޮންޓްރޯލްޑް ޑެލިވަރީއެއް ހުއްދަކުރަންޖެހޭފަދަ ކަމަކަށްވުން؛
- ކޮންޓްރޯލްޑް ޑެލިވަރީއެއް ހިންގުމަށްޓަކައި ކުރުމަށް ހުއްދަކުރެވޭ ކަންކަމުގެ ތެރެއިން އެ ހުއްދަކުރެވޭ އޮފިސަރު ކުރަންޖެހ،ޭ އެ ހުއްދައާ ނުލައި ގާނޫނާ ހިލާފުވާނެ އަމަލުތަކަކީ އެ ޑެލިވަރީ ހިންގުމަށް ކޮންމެހެން ބޭނުންވާނެ ކަންކަން ކަމަށްވުން؛
- ކޮންޓްރޯލްޑް ޑެލިވަރީ ހިންގަނީ، އެ އޮޕަރޭށަންގައި ބޭނުންކުރެވޭ މަސްތުވާތަކެތި ނުވަތަ ސަބްސްޓިޓިއުޓަކީ އެ އޮޕަރޭށަން ނިމޭއިރު، އެ އޮޕަރޭށަންގައި ބައިވެރިވި ފުލުހުންގެ ނުވަތަ ކަސްޓަމްސްގެ އޮފިސަރުގެ ކޮންޓްރޯލްގެ ދަށުގައި ހުންނާނެ އެއްޗެހި ކަމުގައިވާނެ ގޮތަށް އެ އޮޕަރޭށަން ހިންގޭކަން ކަށަވަރުކުރުމަށްޓަކައި ކުރެވެންހުރި އެންމެހައި ކަންކަން ކޮށްގެންކަން؛
- ކޮންޓްރޯލްޑް ޑެލިވަރީ ހިންގަނީ، އެ އޮޕަރޭށަންގައި ހިމެނޭ ފަރާތްތައް ކުރަން ނޫޅޭ ކުށެއް ކުރުމަށް ހިތްވަރު ލިބޭ ގޮތަކަށް ނޫންކަން؛
- ކޮންޓްރޯލްޑް ޑެލިވަރީ ހިންގަނީ، އެ އޮޕަރޭށަންގައި ހިމެނޭ އެއްވެސް ފަރާތެއްގެ ސަލާމަތާއި ސިއްހަތަށް ނުރައްކާނުވާނ،ެ ނުވަތަ އެއިން ފަރާތަކަށް ބޮޑު އަނިޔާއެއް ކުރިމަތިނުވާނެ ގޮތެއްގެމަތިންކަން.
(އ) މި މާއްދާގެ (ކ) ގެ ދަށުން ދޭ ހުއްދައެއްގައި، ހުއްދަދެވޭ ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަނާއި، ހުއްދަދެވޭ އޮފިސަރާއި، އެ އޮޕަރޭށަންގައި މަސްތުވާތަކެތީގެ ބަދަލުގައި ސަބްސްޓިޓިއުޓެއް ބޭނުންކުރަން ހުއްދަދޭނަމަ، އެކަމާއި، އޮޕަރޭށަންގައި ކުރުން ހުއްދަ އެނޫންވެސް ކަންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ.
(ވ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ އޮޕަރޭށަނަކާބެހޭ ހުރިހާ ހުއްދައަކާއި ލިޔެކިޔުމަކާއި، އޮޕަރޭށަންގެ އެކްޓިވިޓީ ލޮގްތައް ހުންނަންވާނީ ލިޔުމުން ނުވަތަ އޯޑިއޯ ނުވަތަ ވީޑިއޯ މެދުވެރިކޮށް ރެކޯޑްކުރެވިފައެވެ.
(މ) ގާނޫނު ނަންބަރު 2011-08 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު) ގެ 89 ވަނަ މާއްދާގެ (ހ) އެހެން އޮތްކަމުގައިވީނަމަވެސ،ް މަސްތުވާތަކެއްޗާ ގުޅޭގޮތުން ހިންގޭ ކޮންޓްރޯލްޑް ޑެލިވަރީއާގުޅޭ ކަންކަން ކުރާނީ މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ. އަދ،ި މި ގާނޫނުގެ ބޭނުމަށްޓަކައި ގާނޫނު ނަންބަރު 2011-08 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު) ގެ 89 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލު އެ ނިސްބަތަށް ހިފެހެއްޓިގެންވެއެވެ.
100 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 155 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.
(ބ) މި މާއްދާގެ ދަށުން ހިންގޭ ސިއްރު އޮޕަރޭށަންތަކަށް ހުއްދަ ދިނުމުގައި އަމަލުކުރާނީ، ކޮންޓްރޯލްޑް ޑެލިވަރީގެ އޮޕަރޭށަންތަކަށް ހުއްދަ ދިނުމުގައި އަމަލުކުރާނެ އުސޫލު ކަމުގައި، މި ގާނޫނުގެ 154 ވަނަ މާއްދާގެ (ބ)، (ޅ)، (ކ)، އަދި (އ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
101 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 156 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ދެ މާއްދާ އިތުރުކުރުން.
ހާއްސަ އޮޕަރޭށަންތަކުގެ މައުލޫމާތު ރިޕޯޓުކުރުން 1-156.
(ހ) މި ގާނޫނުގެ 154 ވަނަ މާއްދާގެ ދަށުން ނުވަތަ މި ގާނޫނުގެ 155 ވަނަ މާއްދާގެ ދަށުން ހިންގޭ ކޮންޓްރޯލްޑް ޑެލިވަރީތަކާއި ސިއްރު އޮޕަރޭށަންތަކާގުޅޭ އަންނަނިވި މައުލޫމާތުގެ މައްޗަށް އެކުލެވޭ ރިޕޯޓެއް، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ފުލުހުން ހުށަހަޅަންވާނެއެވެ.
- ންޓްރޯލްޑް ޑެލިވަރީ ހިންގުމުގެ ހުއްދައަށް އެދި ހުށަހެޅި އަދަދު އަދި ހުއްދަ ދެވުނު އަދަދު؛ އަދި
- ކޮންޓްރޯލްޑް ޑެލިވަރީ މެދުވެރިކޮށް ހޯދާފައިވާ މައުލޫމާތު ނުވަތަ ހެކި ބޭނުންކޮށްގެން ދައުވާކޮށްފައިވާ މައްސަލަތަކުގެ އަދަދު؛ އަދި
- ސިއްރު އޮޕަރޭށަން ހިންގުމުގެ ހުއްދައަށް އެދި ހުށަހެޅި އަދަދު )އަދި ހުއްދަ ދެވުނު އަދަދު؛ އަދި
ސިއްރު އޮޕަރޭށަން މެދުވެރިކޮށް ހޯދާފައިވާ މައުލޫމާތު ނުވަތަ - ހެކި ބޭނުންކޮށްގެން ދައުވާކޮށްފައިވާ މައްސަލަތަކުގެ އަދަދު.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މައުލޫމާތު ހާމަކުރާނީ، ކޮންޓްރޯލްޑް ޑެލިވަރީއެއް ނުވަތަ ސިއްރު އޮޕަރޭށަނެއް ނިސްބަތްވާ ތަހުގީގުތަކާގުޅޭ އޮޕަރޭށަނަލް މައުލޫމާތާއި، ބޭނުންކުރި އުކުޅުތަކާއި މަސްދަރުތައް ހާމަނުވާނެ ފަދައިންނެވެ.
މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަންތަން ބަންދުކުރުން 2-156.
(ހ) މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަންތަން މި މާއްދާގައިވާ ގޮތުގެމަތިން ބަންދުކުރުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި "މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަންތަން" ކަމަށް ބުނެފައި އެވަނީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް މަސްތުވާތަކެއްޗާއި، މަސްތުވާތަކެތި ހަށިގަނޑަށް ވާސިލުކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެނޫންވެސް އެއްޗެއްސާއި ވަސީލަތްތައް ފޯރުކޮށްދ،ޭ ވަކި ތަނެއްގެ ގޮތުގައި ހިންގާ ތަންތަނަށެވެ. އެ މާނައިގެ ތެރޭގައި، މީހުން ދިރިއުޅެމުންދާ، މީހުންގެ އަމިއްލަ ގޯތިގެދޮރުގެ ވަކިވަކި ކޮޓަރިތައް ނުވަތަ ބައިތަކެއް ނުހިމެނެއެވެ.
(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސ،ް މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއްގެ ގޮތުގައި ހިންގާ ތަނަކީ މީހުން ދިރިއުޅޭ ތަނެއްގައި، ވަކިން ވަދެވޭ ގޮތަށް ހަދާފައި ހުންނ،ަ އެ ތަނުގެ މީހުން ދިރިއުޅޭ ބަޔާ ވަކިން ހުންނަ ތަނެއް ކަމުގައިވާނަމަ، އެ ތަނެއްގެ މައްޗަށް މި މާއްދާގެ (ހ) ހިނގާނެއެވެ. އަދި މީހުން ދިރިއުޅޭ ވަކި ތަނަކީ ހަމައެކަނި މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހިދުމަތް ފޯރުކޮށްދޭ ނުވަތަ ހިންގާ ފަރާތް ނުވަތަ ފަރާތްތައް ދިރިއުޅޭ ތަން ކަމުގައިވާނަމަ، އެ ތަނެއްގެ މައްޗަށްވެސް މި މާއްދާގެ (ހ) ހިނގާނެއެވެ.
(ރ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސ،ް މީހުންގެ އަމިއްލަ ގޯތިގެދޮރަކީ މީހުން ދިރިއުޅެމުންދާ ތަނެއް ކަމުގައިނުވާނަމަ، އެ ތަނެއްގެ މައްޗަށް މި މާއްދާގެ (ހ) ހިނގާނެއެވެ.
(ބ) ވަކި ތަނަކީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ކަމަށްވެފައި، އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރަމުންދިޔުމުގެ ސަބަބުން އާންމު ސަލާމަތަށް ބުރޫއަރާފާނެ ކަމަށް ނުވަތަ ބަޔަކަށް އޭގެ ސަބަބުން ނުރައްކާ ކުރިމަތިވަމުންދާ ކަމަށް ނުވަތަ ވެދާނެ ކަމަށް އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ފުލުހުންނަށް ގަބޫލުކުރެވޭނަމަ، އެފަދަ ތަނެއް ބަންދުކުރުމުގެ ނޯޓިހެއް ނެރެވިދާނެއެވެ.
(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ ބަންދުކުރުމުގެ ނޯޓިހަކީ، އެއްވެސް ބަޔަކު ނުވަތަ ކަނޑައެޅޭ ވަކި ބައެއް ފިޔަވައި އެހެން އެއްވެސް ބަޔަކު އެ ތަނަކަށް ވަދެނިކުތުން ވަކި މުއްދަތަކަށް މަނާކުރުމަށްޓަކައި ނެރޭ ނޯޓިހެކެވެ.
(ކ) ކޯޓު އަމުރެއްގެ ދަށުން އެނޫންގޮތަކަށް ކަނޑައަޅާ ހާލަތުގައި ފިޔަވައި މި މާއްދާގެ (ބ) ގެ ދަށުން ނެރޭ ނޯޓިހެއް ނެރެވޭނީ، ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ މުއްދަތަކަށެވެ.
(އ) މި މާއްދާގެ ދަށުން ނެރޭ ބަންދުކުރުމުގެ ނޯޓިހެއްގައި، އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.
- ބަންދުކުރެވޭ ތަން؛
- އެ ތަން ބަންދުކުރުމުގެ ނަތީޖާ؛
- ބަންދުގެ ނޯޓިހާ އެއްގޮތަށް އަމަލުނުކުރުމުގެ ނަތީޖާ؛
- މި މާއްދާގެ (މ) ގެ ދަށުން ކޯޓު އަމުރަކަށް އެދޭނެކަން.
(ވ) މި މާއްދާގެ ދަށުން ބަންދުކުރުމުގެ ނޯޓިހެއް ނެރެންވާނީ، އެ ނޯޓިސް ނެރޭކަން ތަނުގެ ވެރިފަރާތަށް އެންގުމަށްފަހ،ު ނުވަތަ ތަނުގެ ވެރިފަރާތް ނޭނގޭނަމަ، އެފަރާތަށް އެކަން އެންގުމަށް އެޅެންހުރި އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށްފަހުގައެވެ.
(މ) މި މާއްދާގެ ދަށުން ނެރޭ ބަންދުކުރުމުގެ ނޯޓިހެއް ނިސްބަތްވާ ތަނެއް، އެ ނޯޓިހުގައި ބަޔާންކުރާ މުއްދަތުގެ އިތުރަށްވެސް ބަންދުކޮށްފައި ބަހައްޓަންޖެހޭ ކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއްވާނަމަ، އެ ތަނެއް ބަންދުކުރުމުގެ އަމުރަކަށް އެދި ފުލުހުންނަށް ކޯޓަށް ހުށަހެޅިދާނެއެވެ.
(ފ) މި މާއްދާގެ ދަށުން ކޯޓަށް ހުށަހެޅޭ ހުށަހެޅުމަކާ ގުޅޭގޮތުން އަންނަނިވި ކަންކަން ފުރިހަމަވާނަމަ، މި މާއްދާގައި ބަޔާންކުރާ ތަނެއް ބަންދުކުރުމުގެ އަމުރެއް ކޯޓުން ނެރެންވާނެއެވެ.
- އަމުރު ނިސްބަތްވާ ތަނަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއްކަން؛
- އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރަމުންދިޔުމުގެ ސަބަބުން އާންމު ސަލާމަތަށް ބުރޫއަރާފާނެކަން ނުވަތަ ބަޔަކަށް އޭގެ ސަބަބުން ނުރައްކާ ކުރިމަތިވަމުންދާކަން ނުވަތަ ވެދާނެކަން؛
- އެކަން ހުއްޓުވުމަށް އެ އަމުރުކުރުން މުހިންމުކަމަށް ގަބޫލުކުރުމަށް އެކަށީގެންވާ ސަބަބު ހުރުން.
(ދ) މި މާއްދާގެ (ފ) ގެ ދަށުން ނެރޭ ކޯޓު އަމުރެއްގައި، އެ އަމުރުގެ ދަށުން ބަންދުކުރެވޭ ތަން، ބަންދުކުރެވޭ އެންމެ ދިގު މުއްދަތު ބަޔާންކުރަންވާނެއެވެ. އެ މުއްދަތަކީ، 3 (ތިނެއް) މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް ވެގެންނުވާނެއެވެ.
(ތ) މި މާއްދާގެ (ފ) ގެ ދަށުން ނެރޭ ކޯޓު އަމުރެއްގައި، އެ އަމުރު ނިސްބަތްވާ ތަނަށް އެއްވެސް ބަޔަކު ނުވަތަ ކަނޑައެޅޭ ވަކި ބައެއް ފިޔަވައި އެހެން އެއްވެސް ބަޔަކު ވަދެނިކުތުން ވަކި މުއްދަތަކަށް މަނާކުރެވިދާނެއެވެ.
102 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 157 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
ފައިސާއާއި މުދަލުން މުއާމަލާތު ކުރުން ހުއްޓުވުމާއި ހިފެހެއްޓުން 1-157.
(ހ) މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށެއްގެ ތަހުގީގަކާ ގުޅިގެން، އެއިން ކުށަކާ ގުޅިފައިވާ ފައިސާއިން ނުވަތަ މުދަލަކުން މުއާމަލާތުކުރުން ހުއްޓުވުމުގެ ނުވަތަ އެ މުދަލެއް ހިފެހެއްޓުމުގެ އަމުރެއް ނެރެދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލަށް ކޯޓަށް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް ހުށަހަޅާ މައްސަލައެއްގައި، އަންނަނިވި ކަންކަން އެގޮތުގެމަތިން ހުރިކަމަށް ކޯޓަށް ގަބޫލުކުރެވޭނަމަ، އެ މުދަލެއް ނުވަތަ މުދަލަކުން މުއާމަލާތުކުރުން ހުއްޓުވުމުގެ ނުވަތަ އެ މުދަލެއް ހިފެހެއްޓުމުގެ އަމުރެއް ނެރެދޭންވާނެއެވެ.
- މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށެއްގެ ތަހުގީގު ފަށާފައިވުން ނުވަތަ އެއިން ކުށެއްގެ ށަރީއަތް ފަށައި އެ ށަރީއަތް ނިމިފައިނުވުން؛ އަދި ފައިސާ ނުވަތަ މުދަލަކީ ތިރީގައިވާ ފަދަ އެއްޗެއް ކަމަށް
- ގަބޫލުކުރުމަށް އެކަށީގެންވާ ސަބަބުތައް ހުރުނ:ް
- ފައިސާ ނުވަތަ މުދަލަކީ ކުށް ކުރުމަށް ބޭނުންކުރާ ނުވަތަ ކުށް ކުރުމަށް ބޭނުންކޮށްފައިވާ މުދާކަން؛
- ފައިސާ ނުވަތަ މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދާ ނުވަތަ ފައިސާކަން. އޭގެ ތެރޭގައި، ކުށް ކޮށްގެން ހޯދާ މުދަލާ އެކުވެފައިވާ ފައިސާއާއި މުދާވެސް ހިމެނޭނެއެވެ.
- ފައިސާ ނުވަތަ މުދަލަކީ ކުށް ކުރުމަށް ބޭނުންކުރާ ނުވަތަ ކުށް ކުރުމަށް ބޭނުންކޮށްފައިވާ މުދާކަން؛
(ނ) މި މާއްދާގެ (ށ) ގެ ދަށުން ކޯޓު އަމުރެއް ނެރެފައިވާނަމަ، އެ އަމުރުގައި ބަޔާންކޮށްފައިވާ ފައިސާ ނުވަތަ މުދާ ނުވަތަ އެއިން ބައެއް، އަމުރުގައި ވަކި ގޮތްތަކެއް ނުވަތަ ވަކި ހާލަތްތަކެއް ބަޔާންކޮށްފައިވާނަމަ އެއިން ގޮތަކަށް ނުވަތަ ހާލަތެއްގައި މެނުވ،ީ ޓްރާންސްފަރކޮށްގެން ނުވަތަ ބަދަލުކޮށްގެން ނުވަތަ ވިއްކާލައިގެން ނުވަތަ ނައްތާލައިގެން ނުވަތަ އެނޫންވެސް ގޮތަކުން އެ ފައިސާ ނުވަތަ މުދަލާމެދު އަމަލުކޮށްގެން ނުވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގެ ދަށުން ކޯޓުން ނެރޭ އަމުރު، ޕްރޮސިކިއުޓަރ ޖެނެރަލް އެދުމުން، މުރާޖައާކުރުމުގެ ނުވަތަ އެ އަމުރު ނިމުމަކަށް ގެނައުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
(ބ) މި މާއްދާގެ (ށ) ގެ ދަށުން ކޯޓު އަމުރެއް ނެރެފައިވަނީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށެއްގެ ތަހުގީގު ފެށުމާ ގުޅިގެން ކަމުގައިވާނަމަ، ކޯޓަށް އެކަށީގެންވާ ކަމަށް ފެންނަ މުއްދަތެއްގައި އަދި ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެ ކުށާގުޅޭ މައްސަލައިގެ ށަރީއަތް ކޯޓުގައި ފަށާފައިނުވާނަމަ، ކޯޓުން އެ އަމުރު ނިމުމަކަށް ގެންނަންވާނެއެވެ.
(ޅ) މި މާއްދާގެ (ށ) ގެ ދަށުން ކޯޓު އަމުރެއް ނެރެފައިވަނީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށެއްގެ ށަރީއަތުގައި ކަމަށްވާނަމަ، އެ ށަރީއަތެއް ނިމުމާ ހަމައަށް އެ ކޯޓު އަމުރު ދެމިއޮންނާނެއެވެ.
(ކ) މި މާއްދާގެ (ށ) ގެ ދަށުން ހިފަހައްޓާފައިވާ ނުވަތަ މުއާމަލާތުކުރުން ހުއްޓުވާފައިވާ ފައިސާ ނުވަތަ މުދާ ބަލަހައްޓަމުންގެންދާނީ އަދި އެ ފައިސާ ނުވަތަ މުދަލާމެދު އަމަލުކުރަންވާނީ ކޯޓު އަމުރުގައި ކަނޑައަޅާފައިވާ ގޮތެއްގެމަތިން، ކަމާބެހޭ ދައުލަތުގެ އިދާރާގެ ބެލުމުގެ ދަށުންނެވެ.
(އ) މި މާއްދާގެ (ށ) ގެ ދަށުން މުދާ ނުވަތަ ފައިސާ ހިފެހެއްޓުމަށް ނުވަތަ އެއިން މުއާމަލާތުކުރުން ހުއްޓުވުމަށް ކޯޓުން އަމުރުކުރަންވާނީ އަދި އެފަދަ އަމުރެއް ތަންފީޒުކުރަންވާނީ، ހެޔޮ ނިޔަތުގައި އަމަލުކުރާ ތިންވަނަ ފަރާތްތަކުގެ ހައްގުތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ފަދަ ގޮތަކަށެވެ.
(ވ) މި މާއްދާގެ (ށ) ގެ ދަށުން ނެރޭ އަމުރެއް ނިމުމަކަށް ގެނައުމަށްޓަކައި، ކުށުގެ ތުހުމަތުކުރެވޭ ފަރާތަށް ނުވަތަ ހިފަހައްޓާފައިވާ ނުވަތަ މުއާމަލާތުކުރުން ހުއްޓުވާފައިވާ ފައިސާގައި ނުވަތަ މުދަލުގައި މަސްލަހަތެއް އޮތް ކޮންމެ ފަރާތަކަށް ކޯޓަށް ހުށަހެޅިދާނެއެވެ.
103 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 161 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ދައުލަތަށް މުދާ ނުވަތަ ފައިސާ ނެގުން 161.
(ހ) މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށަކާ ގުޅިގެން، ނުވަތަ އެއިން ކުށެއް ކުރަން އުޅުމާ ގުޅިގެން، ތިރީގައިވާ މުދާ ނުވަތަ ފައިސާ ދައުލަތަށް ނެގުމަށްޓަކައި ކޯޓު އަމުރެއް ނެރެންވާނެއެވެ.
- ކުށް ކުރުމަށް ބޭނުންކުރި މުދާ ނުވަތަ ފައިސާ؛
- ކުށް ކޮށްގެން ހޯދާ މުދާ ނުވަތަ ކުށް ކޮށްގެން ހޯދާ މުދަލުން ހޯދާ މުދަލާއި ފައިސާ؛
- ކުށް ކޮށްގެން ހޯދަން އުޅޭ ނުވަތަ ހޯދާފައިވާ މުދާ ނުވަތަ ފައިސާ؛
- ކުށް ކޮށްގެން ހޯދާ މުދަލަކާ އެކުވެފައިވާ މުދާ ނުވަތަ ފައިސާ؛
- ކުށް ކޮށްގެން ހޯދާ މުދަލަކުން ސީދާކޮށް ނުވަތަ ނުސީދާކޮށް، ލިބޭ މުދ.ާ އޭގެ ތެރޭގައި އެ އެއްޗަކުން ލިބޭ އާމްދަނީއާއި، ފައިދާއާއި، އެހެނިހެން މަންފާ ހިމެނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓު އަމުރެއް ނެރެންވާނީ މަތީގައި ބަޔާންކޮށްފައިވާ މުދާ ނުވަތަ ފައިސާގެ ވެރިފަރާތަށް ނިސްބަތްކޮށެވެ. ނަމަވެސް ވެރިފަރާތަށް އެ މުދަލެއް ނުވަތަ އެ ފައިސާއެއް ލިބުނީ، އެއަށް އެކަށީގެންވާ އަގެއް ފައިސާއިން ދިނުމަށްފަހުގައި ނުވަތަ އެއަ ގަށްވާ ފައިސާ ހިދުމަތަކުން ފޯރުކޮށްދިނުމަށްފަހުގައި ކަމަށް ނުވަތަ ގާނޫނީގޮތުން ހުއްދަ އެނޫންވެސް ގޮތަކުން ކަމަށް އަދި އެ މުދަލަކީ ނުވަތަ ފަންޑަކީ ޣައިރު ގާނޫނީ މުދަލެއްކަން ނުވަތަ ފަންޑެއްކަން އެނގިފައިނުވާކަމަށް ސާބިތުކޮށްދީފިނަމަ އެފަދަ ކޯޓު އަމުރެއް މުދަލުގެ ނުވަތަ ފައިސާގެ ވެރިފަރާތުގެ މައްޗަށް ނެރެގެންނުވާނެއެވެ.
(ނ) މި މާއްދާގެ ދަށުން ނެރޭ ކޯޓު އަމުރުގައި އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.
- އަމުރު ނެރެވޭ ބޭނުން؛
- ދައުލަތަށް ނެގޭ މުދާ ނުވަތަ ފައިސާގެ ފުރިހަމަ މައުލޫމާތު. އެފަދަ މުދަލެއްގެ ނުވަތަ ފައިސާއެއްގެ ފުރިހަމަ ތަފްސީލާއި އަދި އެތަކެތި ހުރިތަން ހިމެނޭގޮތުން؛
- އަމުރު ރައްދުވާ ފަރާތް؛
- ދައުލަތަށް ނެގޭ މުދާ ނުވަތަ ފައިސާގެ ވެރިފަރާތް އެނގެން ނެތް ހާލަތެއްގައި، އެ މުދާ ނުވަތަ ފައިސާއަކީ ވަކި މީހެއްގެ ބާރުގެ ދަށުގައިވާ އެއްޗެއް ކަމަށްވާނަމަ، އެފަރާތެއްގެ މައުލޫމާތު؛
- މުދާ ނުވަތަ ފައިސާ ދައުލަތަށް ނަގަން ބޭނުންވަނީ މި ގާނޫނުން ކަނޑައަޅާފައިވާ ކޮން ކުށަކާ ގުޅިގެންކަން؛
- އަމުރު ދެމިއޮންނާނެ މުއްދަތު؛
- ދައުލަތަށް ނަގަން ބޭނުންވާ މުދާ ނުވަތަ ފައިސާ ދައުލަތަށް ނެގުމަށްފަހު އެއާ ހަވާލުވާނ،ެ އަދި އެ މުދަލެއް ނުވަތަ
ފައިސާއެއް ބަލަހައްޓާނެ އިދާރާ؛ - ހުއްދަ ދޭ ފަނޑިޔާރުގެ ނަމާއި ސޮއި އަދި ކޯޓުގެ ތައްގަނޑު؛
- މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިތުރު )މައުލޫމާތ.ު
(ރ) މި މާއްދާގެ (ހ) ގެ ދަށުން ނެރޭ ކޯޓު އަމުރެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އެ އަމުރު ދެމިއޮންނާނީ، އެ އަމުރުގެ މުއްދަތު ހަމަވަންދެން ނުވަތަ އެ އަމުރު ބާތިލުކުރަންދެން ނުވަތަ އެ މުދަލެއް ނުވަތަ ފައިސާއެއް ދައުލަތަށް ނެގުމުގެ އެންމެހައި އިޖުރާއަތެއް ފުރިހަމަވަންދެން، ނުވަތަ މި މާއްދާގެ (ވ) ގެ ދަށުން ހުށަހަޅާ މައްސަލައެއްގައި އެ އަމުރު ނިމުމަކަށް ގެނައުމަށް ކޯޓުން ގޮތެއް ކަނޑައަޅަންދެނެވެ.
(ބ) މި މާއްދާގެ (ހ) ގެ ދަށުން ނެރޭ އަމުރަކާ އެއްގޮތްވާ ގޮތުގެމަތިން ދައުލަތަށް ނެގޭ މުދާ ނުވަތަ ފައިސާއަކީ، އެހެން ގާނޫނަކުން ކަނޑައަޅާފައިވާ ޖިނާއީ ކުށަކާގުޅޭ ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއްކަމަށް ފުލުހުންގެ އޮފިސަރަށް ބެލެވޭނަމަ، އަދި އެ މުދަލެއް ނުވަތަ ފައިސާއެއް ފޮރުވުމުގެ ފުރުސަތު ނުވަތަ ނައްތާލުމުގެ ފުރުސަތު އޮތްކަމަށް އެ އޮފިސަރަކަށް ގަބޫލުކުރެވޭނަމަ، އެ މުދަލެއް ނުވަތަ ފައިސާއެއް ދައުލަތަށް ނެގުމުގެ ބާރު އެ އަމުރުން ދޭ ކަމުގައި ބެލޭނެއެވެ.
(ޅ) މި މާއްދާގެ (ހ) ގެ ދަށުން އަމުރެއް ނެރޭއިރު، ދައުލަތަށް ނެގޭ މުދާ ނުވަތަ ފައިސާއާއި އެ މުދަލެއް ނުވަތަ ފައިސާއެއް ނަގަންޖެހޭ ސަބަބުތަކަށް ރިއާޔަތްކޮށް، އެކަންކޮށް ނިންމުމަށް އެކަށީގެންވާ މުއްދަތެއް ފަނޑިޔާރު ދޭންވާނެއެވެ.
(ކ) މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށެއްގެ ށަރީއަތެއްގައި ދައުވާލިބޭ ފަރާތުގެ މައްޗަށް ކުށް ސާބިތުވެފައިވީނަމަވެސ،ް މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަމުރު ކޯޓުން ނެރޭއިރު އެ މާއްދާގައި ބަޔާންކުރާ މުދާ ނުވަތަ ފައިސާ ވިއްކާލާފައިވާނަމަ، ނުވަތަ ނައްތާލާފައިވާނަމަ ނުވަތަ މުދަލުގެ އަގު ދަށްވެފައިވާނަމަ ނުވަތަ މުދާ ޓްރޭސްކުރެވެން ނެތްނަމަ، އެ މުދަލުގެ އަގު ކަމަށް ކޯޓަށް ފެންނަ އަދަދަކާ އެއް މިންވަރެއްގެ ފައިސާ ދެއްކުމަށް، ދައުވާލިބޭ ފަރާތުގެ މައްޗަށް ކޯޓުން އަމުރުކުރަންވާނެއެ ވެ. އަދ،ި އެފަދައިން ޖޫރިމަނާކުރެވޭ އަދަދ،ު ދައުލަތަށް ދައްކަންޖެހޭ މަދަނީ ދަރަންޏެއްގެ ގޮތުގައި ހޯދޭނެއެވެ.
(އ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން އަމުރު ނެރެންވާނީ އަދި އެ އަމުރު ތަންފީޒުކޮށް ދަމަހައްޓަންވާނީ، ހެޔޮ ނިޔަތުގައި އަމަލުކުރާ ތިންވަނަ ފަރާތުގެ ހައްގުތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ފަދަ ގޮތަކަށެވެ.
(ވ) މާއްދާގެ (ހ) ގެ ދަށުން ނެރޭ އަމުރެއް ނިމުމަކަށް ގެނައުމަށްޓަކައި، ކުށުގެ ތުހުމަތުކުރެވޭ ފަރާތަށް ނުވަތަ ދައުލަތަށް ނެގުމަށް އަމުރުކޮށްފައިވާ މުދަލުގެ ނުވަތަ ފައިސާގެ މަސްލަހަތު އޮތް ކޮންމެ ފަރާތަކަށް ކޯޓަށް ހުށަހެޅިދާނެއެވެ.
(މ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ދައުލަތަށް ނެގޭ މުދަލެއް ނުވަތަ ފައިސާ ބެހެއްޓޭނީ އެ މުދާ ނުވަތަ ފައިސާ ދައުލަތަށް ނެގުމަށްޓަކައި ކޯޓު އަމުރަށް އެދުނު ފަރާތުގެ ބެލުމުގެ ދަށުގައެވެ.
(ފ) މި މާއްދާގެ (މ) ގައި ބަޔާންކުރާ މުދާ ނުވަތަ ފައިސ،ާ އޭގެ ފުރިހަމަ އަގުގައި ބަހައްޓަންވާނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ހެޔޮ ނިޔަތުގައި ހައްގު ލިބިގަތުމަށް އެދޭ ތިންވަނަ ފަރާތްތަކުގެ ހައްގުތައް އެފަރާތްތަކަށް ލިބޭގޮތަށެވެ.
(ދ) ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ހާއްސަ ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ދައުލަތަށް ނެގޭ މުދަލާމެދު ނުވަތަ ފައިސާއާމެދު އަމަލުކުރާނެ ގޮތް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
104 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 161 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
ކުށް ސާބިތުނުވާ ހާލަތުގައި ދައުލަތަށް މުދާ ނެގުން 1-161.
(ހ) މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށެއްގެ ށަރީއަތެއްގައި، ދައުވާލިބޭ ފަރާތުގެ މައްޗަށް ކުށް ސާބިތުވެފައި ނުވިނަމަވެސ،ް އަންނަނިވި ށަރުތުތައް ފުރިހަމަވާނަމަ، އެ ކުށަކާ ގުޅިފައިވާ މުދާ ނުވަތަ ފައިސާ ދައުލަތަށް ނެގުމަށް ކޯޓުން އަމުރުކުރަންވާނެއެވެ.
- ކުށް ސާބިތުނުވާ ހާލަތެއްގައި އެ ކުށަކާ ގުޅިފައިވާ މުދާ ނުވަތަ ފައިސާ ދައުލަތަށް ނެގުމުގެ އަމުރެއް ނެރެދިނުމަށް، ކުށުގެ ދައުވާ އުފުލިއިރު ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެދިފައިވުން؛
- އެ ކުށަކާ ގުޅިގެން، މި ގާނޫނުގެ 157-1 ވަނަ މާއްދާގެ (ށ) ގެ ދަށުން ކޯޓުން އަމުރެއް ނެރެފައިވުން؛
- ދައުވާލިބޭ ފަރާތަކީ ކުށުގެ ރެކޯޑެއް އޮތް ފަރާތަކަށްވުން؛
- ދައުވާލިބޭ ފަރާތަށް ތުހުމަތުކުރެވޭ ކުށުން ނުވަތަ އެ ކުށާ ގުޅިފައިވާ އަމަލަކުން، ސީދާގޮތެއްގައިވިޔަސް ނުވަތަ ނުސީދާ ގޮތެއްގައިވިޔަސ،ް ގާނޫނު ހުއްދަނުކުރާ މަންފާއެއް އޭނާއަށް ލިބިފައިވާކަމުގައި، އެ ކުށާ ގުޅޭގޮތުން ފުލުހުންގެ ތަހުގީގަށް އެކަށީގެންވާ ހެކި ލިބިފައިވުން؛
- އެ ކުށަކާ ގުޅިގެން ދައުލަތަށް ނެގުމަށް ބޭނުންވާ މުދަލަކީ ނުވަތަ ފައިސާއަކީ ގާނޫނު ހުއްދަކުރާ ގޮތުގެމަތިން ހޯދާފައިވާ މުދާ ނުވަތަ ފައިސާކަން ދައުވާލިބޭ ފަރާތަށް ސާބިތުކޮށްދެވިފައި ނުވުން.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން ނިންމުމެއް ނިންމަންވާނީ، ދައުވާ އުފުލާފައިވާ ޖިނާއީ ކުށުގެ މައްސަލައިގެ ށަރީއަތުގެ އަޑުއެހުންތައް ނިންމުމަށްފަހުގައި، އެ އަމުރާ ގުޅޭގޮތުން ވާހަކަދެއްކުމަށާއި ހެކި ހުށަހެޅުމަށް ފުރުސަތު ދިނުމަށްފަހުގައެވެ.
(ނ) މި މާއްދާގެ ދަށުން ވަކި ކުށަކާ ގުޅިގެން ދައުލަތަށް ނެގުމަށް ބޭނުންވާ މުދަލަކީ ނުވަތަ ފައިސާއަކީ ގާނޫނު ހުއްދަކުރާ ގޮތުގެމަތިން ހޯދާފައިވާ މުދާ ނުވަތަ ފައިސާކަން ދައުވާލިބޭ ފަރާތުން މަދަނީ މިންގަނޑުން ސާބިތުކޮށްދީފައިވާނަމަ، މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގެ ބޭނުމަށް، އެކަން ސާބިތުވާކަމުގައި ކޯޓުން ބަލަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން އަމުރެއް ނެރުމުގައި، ކޯޓުން ގޮތެއް ނިންމަންވާނީ މަދަނީ މިންގަނޑުންނެވެ.
105 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 163 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ކުޑަކަމުދާ އެއްޗެހި ޓެސްޓުކުރުން 163.
(ހ) މަސްތުވާއެއްޗެއް ބޭނުންކުރިކަމުގެ ތުހުމަތުކުރެވޭ މީހެއްގެ ކުޑަކަމުދާ އެއްޗެހި މަސްތުވާތަކެއްޗަށް ޓެސްޓުކުރުމަށްޓަކައި، އޭނާގެ ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލެއް ދިނުމަށް ފުލުހުންގެ އޮފިސަރަކަށް އޭނާ ގާތު އެދެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ދިނުމަށް އެދުމުގެ ކުރިން، އެ ސާމްޕަލް ދިނުމަށް އޭނާގެ ކިބައިގައި އެދެނީ ކީއްވެގެން ކަމާއި، އެ ސާމްޕަލް ދިނުމަށް އިންކާރުކޮށްފިނަމަ ގާނޫނުގައިވާ ގޮތުގެމަތިން އޭނާއާމެދު އެޅޭނެ ފިޔަވަޅުތަކުގެ މައުލޫމާތު އޭނާއަށް ހިއްސާކޮށްދޭންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ނެގުމުގެ ކުރިން، އެ ސާމްޕަލް ދެވަނަ ފަރާތަކުން ޓެސްޓުކުރަން އެދޭކަން ނުވަތަ ނޫންކަން އެ ސާމްޕަލް ދޭ މީހާގެ ކިބައިން ސާފުކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ނެގުމުގެ ކުރިން އެ ސާމްޕަލް ދެވަނަ ފަރާތަކުން ޓެސްޓުކުރަން އެދޭ ކަމަށް ސާމްޕަލް ދޭ ފަރާތުން ބުނެފިނަމަ، އެ ސާމްޕަލް ނެގުމަށްފަހު އެ ސާމްޕަލް ދެ ބަޔަކަށް ބަހައި، އެ ދެބައި ވަކިން ބަންދުކޮށް، އެއިން ކޮންމެ އެއްޗެއްގައި ވަކި ސިލެއް ޖެހުމަށްފަހު އެއާމެދު އަންނަނިވި ގޮތުގެމަތިން އަމަލުކުރަންވާނެއެވެ.
- ދެބައިގެ ތެރެއިން އެއް ބައިގެ ޓެސްޓެއް ހެދުމަށްޓަކައި ފުލުހުންގެ ކަމާބެހޭ ފަރާތާ ހަވާލުކުރުން؛
- ދެވަނަ ބައިގެ ޓެސްޓު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ހުއްދަކުރާ ފަރާތަކުން ހެދުމަށްޓަކައި، އެފަރާތަކާ ހަވާލުކުރުން.
(ބ) މި މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ޓެސްޓު ކުރާނީ، ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ހަރަދުގައެވެ.
(ޅ) މި މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ދެވަނަ ފަރާތަކުން ޓެސްޓުކުރަން ބޭނުންވާ ކަމަށް ކުށުގެ ތުހުމަތުގައިވާ ފަރާތުން ބުނެފިނަމަ، އެކަން ކުރަންޖެހޭނީ އެފަރާތުގެ ހަރަދުގައިކަން އެ ސާމްޕަލް ނެގުމުގެ ކުރިން އެފަރާތަށް އަންގަންވާނެއެވެ.
(ކ) މި މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރ،ާ ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ދެވަނަ ފަރާތަކުން ޓެސްޓުކުރަން ބޭނުންނުވާ ކަމުގައި ކުށުގެ ތުހުމަތުކުރެވޭ ފަރާތުން ބުނެފިނަމަ، އެ ސާމްޕަލް ދެބަޔަކަށް ބެހުމާ ނުލައި ބަންދުކޮށް، ސިލު ޖަހައި، އެ ސާމްޕަލްގެ ޓެސްޓު ހެދުމަށްޓަކައި ފުލުހުންގެ ކަމާބެހޭ ފަރާތާ ހަވާލުކުރަންވާނެއެވެ.
(އ) މި މާއްދާގެ ދަށުން މީހެއްގެ ކުޑަކަމުދާ އެއްޗެހި ދިނުމަށް އެމީހެއްގެ ކައިރީގައި ފުލުހުންގެ އޮފިސަރުންނަށް އެދެވޭނެ ހާލަތުތަކާއި، މީހެއްގެ ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ހޯދުމަށްފަހު ޓެސްޓުކުރުމަށްޓަކައި ގެންދަންޖެހޭ ތަނަކަށް ގެންދިޔުމާއި، ޓެސްޓުކުރުމުގައި އަމަލުކުރާނެ ގޮތުގެ އިޖުރާއަތު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
106 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 164 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
ކޯޓު އަމުރު ހޯދުން 1-164.
މި ޤާނޫނުގައި ބަޔާންކުރާ ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކުރުމަށްޓަކައި، ނުވަތަ މި ޤާނޫނުގައި ބަޔާންކުރާ ކުށަކާ ގުޅިގެން ބަލައި ފާސްކުރުމުގެ އަމުރެއްވހޯދުމަށްޓަކައި، ޖިނާއީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޮންމެ ކޯޓަކަށްވެސް ހުށަހެޅިދާނެއެވެ.
107 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 173 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ފަންޑުގެ ފައިސާ ހަރަދުކުރުން 173.
މި ގާނޫނުގެ 172 ވަނަ މާއްދާގެ ދަށުން އުފައްދާ ފަންޑަށް ޖަމާކުރެވޭ ފައިސާ ހަރަދުކުރަންވާނީ، މަސްތުވާތަކެތި ޓްރެފިކްކުރުން ހުއްޓުވުމުގެ މަސައްކަތަށާއި، ސަރުކާރުގެ ހަރަދުގައި ފަރުވާއަށް ފޮނުވާ ފަރާތްތަކަށާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ދެވޭ ފަރުވާގެ ހިދުމަތްތައް ރަނގަޅުކުރުމަށާއި، މި ގާނޫނުގެ މަގްސަދުތައް ހާސިލުކުރުމަށެވެ.
108 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 177 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ހ) މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށެއް ނުވަތަ މަސްތުވާތަކެތި ޕެޑްލްކުރުމުގެ ކުށެއް ނުވަތަ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށެއްގެ ދައުވާ މީހެއްގެ މައްޗަށް އުފުލުމުގެ ކުރިން، ނުވަތަ އެފަދަ ދައުވާއެއް މީހެއްގެ މައްޗަށް އުފުލާފައިވާނަމަ، އެ ދައުވާއާ ގުޅިގެން ހުކުމްކުރުމުގެ ކުރިން، އޭނާ ދައުލަތުގެ ހެއްކަކަށް ބަދަލުވެ، އޭނާގެ ކުށުގެ އަމަލާ ގުޅޭގޮތުން ކުރިން ބަޔާންކޮށްފައިނުވާ ނުވަތަ ކުރިން ދައުލަތަށް އެނގިފައިނުވާ މައުލޫމާތު ދައުލަތަށް ހާމަކޮށްފިނަމަ، އަދި އެ މައުލޫމާތަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށް، ނުވަތަ ޕެޑްލްކުރުމުގެ ކުށް، ނުވަތަ ވިޔަފާރިކުރުމުގެ ކުށް ނުވަތަ ޓްރެފިކްކުރުމުގެ ކުށް ކުރުން ހުއްޓުވުމަށް ސީދާ މަގުފަހިކޮށްދޭ ފިޔަވަޅުތައް އެޅުމަށް ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް އެހީތެރިވެދޭނެ މައުލޫމާތެއް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ގަބޫލުކުރެވޭނަމަ، އޭނާގެ މައްޗަށް އުފުލަން ކަނޑައަޅާފައިވާ ނުވަތަ އުފުލާފައިވާ ކުށުގެ ދައުވާއާ ގުޅޭގޮތުން ހުކުމްކުރުމުގައި، އެ ދައުވާ ނިސްބަތްވާ ކުށަށް މި ގާނޫނުގައި ކަނޑައަޅާފައިވާ އަދަބު ތިންބައިކުޅަ އެއްބަޔަށް ކުޑަކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ކޯޓުގައި އެދެވިދާނެއެވެ.
109 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 177 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
މައާފުނުދެވުމާއި އަދަބު ލުއިނުކުރެވުން 1-177.
(ހ) މި ގާނޫނުގައި އުމުރަށް ޖަލަށްލުމުގެ އަދަބު ނުވަތަ މަރުގެ އަދަބު ކަނޑައަޅާފައިވާ ކުށްތަކަކީ، އެއްވެސް ގޮތަކަށް އަދަބު
މައާފުކޮށްދެވިގެންނުވާނެ ނުވަތަ ލުއިކޮށްދެވިގެންނުވާނެ ކުށްކުށެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، އަދަބު ލުއިކޮށްދިނުން ކަމަށް ބުނެފައި އެވަނީ، އަދަބުގެ މުއްދަތު ކުރުކުރުމަށް ނުވަތަ ދައްކަންޖެހޭ ޖޫރިމަނާގެ އަދަދު ކުޑަކުރުމަށް ނުވަތަ އަދަބުގެ ބާވަތް ލުއިކޮށްދިނުން ހިމެނޭގޮތުންނެވެ.
(ނ) މި ގާނޫނުގައި އުމުރަށް ޖަލަށްލުމުގެ އަދަބު ނުވަތަ މަރުގެ އަދަބު ކަނޑައަޅާފައިވާ ކުށެއްގެ ތުހުމަތުގައިވާ ފަރާތަކާއެކު ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ބަޔާންކުރާ އިއުތިރާފުގެ އެއްބަސްވުމެއް ވެގެންނުވާނެއެވެ.
110 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 185 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ގަވާއިދު ހެދުން 185.
(ހ) މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ އަންނަނިވި ފަރާތްތަކުންނެވެ.
- ތަހުގީގާގުޅޭ ކަންކަމުގައި ދިވެހި ފުލުހުންގެ ހިދުމަތުން؛
- ފަރުވާއާގުޅޭ ކަންކަމުގައި ނޭށަނަލް ޑްރަގް އެޖެންސީއިން؛
- ޕްރޮސިކިއުޓަރ ޖެނެރަލްއާ ގުޅުންހުރި ކަންކަމާއި، މި ގާނޫނުގެ ދަށުން ހިފެހެއްޓޭ މުދަލާއި ފައިސާއާ ގުޅުންހުރި ކަންކަމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން؛
- ޑްރަގް ކޯޓާ ގުޅުންހުރި ކަންކަމުގައި އެ ކޯޓުން؛
- ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލާ ގުޅުންހުރި ކަންކަމުގައި އެ ކައުންސިލުން.
(ށ) މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މި ގާނޫނުގެ ދަށުން ހަދަންޖެހޭ ނުވަތަ އިސްލާހުކުރަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި ނުވަތަ އިސްލާހުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
111 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 190 ވަނަ މާއްދާގެ (ފ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ފ) "އުމުރަށް ޖަލަށްލުން" ކަމަށް ބުނެފައި އެވަނީ، ޕެރޯލްގެ ދަށުން ދޫނުކުރެވޭ ގޮތަށް އަދި މައާފުނުދެވޭގޮތަށް، އެމީހަކު އުމުރު ދުވަހަށް ޖަލަށްލުމަށެވެ.
112 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 190 ވަނަ މާއްދާގެ (ސ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ސ) "މަނާކުރެވިފައިވާ މަސްތުވާއެއްޗެއް" ކަމަށް ބުނެފައި އެވަނީ، މަނާކޮށްފައިވާ މަސްތުވާތަކެތި ކަމުގައި ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ކޮންމެ އެއްޗެއް ނުވަތަ މާއްދާއަކާއި، އެއިން އެއްޗެއް ނުވަތަ މާއްދާއެއް ހިމެނޭ ހަމަ ކޮންމެ އެއްޗަކާއި، ވަގުތީގޮތުން ކޮންޓްރޯލްކުރެވޭ މަސްތުވާތަކެތި ކަމުގައި ޖަދުވަލު 4 ގައި ކަނޑައަޅާ އެ އްޗެހީގެ ތެރެއިން މަނާކުރެވޭ މަސްތުވާތަކެތި ކަމުގައި ކަނޑައެޅޭ ކޮންމެ އެއްޗަކާއި، އެއިން ބާވަތެއް ހިމެނޭ ހަމަ ކޮންމެ އެއްޗެއްވެސް ހިމެނޭގޮތުންނެވެ.
113 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 190 ވަނަ މާއްދާގެ (ޑ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ޑ) "ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް" ނުވަތަ "ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް" ކަމަށް ބުނެފައި އެވަނީ، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެތި ކަމުގައި ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ކޮންމެ އެއްޗެއް ނުވަތަ މާއްދާއަކާއި، އެއިން އެއްޗެއް ނުވަތަ މާއްދާއެއް ހިމެނޭ ހަމަ ކޮންމެ އެއްޗަކާއި، ވަގުތީގޮތުން ކޮންޓްރޯލްކުރެވޭ މަސްތުވާތަކެތި ކަމުގައި ޖަދުވަލު 4 ގައި ކަނޑައަޅާ އެއްޗެހީގެ ތެރެއިން ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެތި ކަމުގައި ކަނޑައެޅޭ ކޮންމެ އެއްޗަކާއި، އެއިން ބާވަތެއް ހިމެނޭ ހަމަ ކޮންމެ އެއްޗެއްވެސް ހިމެނޭގޮތުންނެވެ.
114 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 190 ވަނަ މާއްދާގެ (ޓ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ޓ) "ޕްރިސްކްރިޕްށަން" ކަމަށް ބުނެފައި އެވަނީ، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ އެއްޗެހި ބޭނުންކުރުމަށްޓަކައި، ބޭސްކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރަކު ލިޔެދޭ ބޭސް ސިޓީއަށެވެ.
115 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 190 ވަނަ މާއްދާގެ (ޓ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރުތައް އިތުރުކުރުން.
(ޔ) "ސިންގަލް ކޮންވެންށަން އޮން ނާކޮޓިކް ޑްރަގްސް 1961" ކަމަށް ބުނެފައި އެވަނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ބައިނަލްއަގްވާމީ ފެންވަރުގައި، ގުޅިގެން މަސައްކަތްކުރުމަށްޓަކައި އެކުލަވާލާފައިވާ މުއާހަދާއަށެވެ.
(ޕ)"ކޮންވެންށަން އޮން ސައިކޯޓްރޮޕިކް ސަބްސްޓެންސަސް 1971" ކަމަށް ބުނެފައި އެވަނީ، ސައިކޯޓްރޮޕިކް މާއްދާތައް ބޭނުންކުރުން ހުއްޓުވުމަށްޓަކައި އެކުލަވާލާފައިވާ މުއާހަދާއަށެވެ.
(ޖ)"ކޮންވެންށަން އަގެއިންސްޓް އިލިސިޓް ޓްރެފިކް އިން ނާކޮޓިކް ޑްރަގްސް އެންޑް ސައިކޯޓްރޮޕިކް ސަބްސްޓެންސަސް 1988" ކަމަށް ބުނެފައި އެވަނީ، މަސްތުވާތަކެތި ޓްރެފިކްކުރުން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކަމަށްވާ މަސްތުވާތަކެތި ޓްރެފިކްކުރާ ކުށްވެރިން އެއް ގައުމުން އަނެއް ގައުމަށް ބަދަލުކުރުމާއި، ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަންތައް ހިންގުންފަދަ ކަންކަމުގައި ބައިނަލްއަގްވާމީ ގޮތުން އެއްބާރުލުން ލިބިގެންދިޔުމަށް މަގުފަހިކޮށްދިނުމަށް އެކުލަވާލާފައިވާ މުއާހަދާއަށެވެ.
(ޗ) "ކޮމިށަން އޮން ނާކޮޓިކް ޑްރަގްސް" ކަމަށް ބުނެފައި އެވަނީ، މަސްތުވާތަކެއްޗާބެހޭ ބައިނަލްއަގްވާމީ މުއާހަދާތައް ތަންފީޒުކުރަމުންދާ ގޮތް ވިލަރެސްކުރުމަށް ޔުނައިޓެޑް ނޭށަންސްގެ އިގްތިސާދީ އަދި އިޖްތިމާއީ ކައުންސިލުން 1946 ވަނަ އަހަރު އުފައްދާފައިވާ ޔުނައިޓެޑް ނޭށަންސްގެ ކޮމިށަނަށެވެ.
(ހހ) "މަދަނީ ޖަމްއިއްޔާ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2022-03 (ޖަމްއިއްޔާތަކުގެ ގާނޫނު) ގައިވާ ގޮތުގެމަތިން ރަޖިސްޓަރީކޮށްގެން ހިންގާ ޖަމްއިއްޔާއަށެވެ.
116 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ޖަދުވަލު 3 ގެ ނަން އަންނަނިވި ގޮތަށް އިސްލާހުކުރުން.
ޖަދުވަލު 3
މަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރެވިދާނެ އިކުއިޕްމަންޓާއި ޕްރިކަރސަރ ކެމިކަލް
117 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގައި "މަސްތުވާތަކެތިން މުއާމަލާތުކުރުން" މި އިބާރާތް ބޭނުންކޮށްފައިވާ ތަންތަން، "މަސްތުވާތަކެތީގެ ވިޔަފާރިކުރުން" އަށް ބަދަލުކުރުން.
118 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގައި "ޑައިމޯފިނުން މުއާމަލާތުކުރުން" މި އިބާރާތް ބޭނުންކޮށްފައިވާ ތަންތަން، "ޑައިމޯފިނުން ވިޔަފާރިކުރުން" އަށް ބަދަލުކުރުން.
119 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގައި "ކެނެބިހުން މުއާމަލާތުކުރުން" މި އިބާރާތް ބޭނުންކޮށްފައިވާ ތަންތަން، "ކެނެބިހުން ވިޔަފާރިކުރުން" އަށް ބަދަލުކުރުން.
120 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގައި "ތާސީރު" މި އިބާރާތް ބޭނުންކޮށްފައިވާ ތަންތަން، "ތައުސީރު" އަށް ބަދަލުކުރުން.
121 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ.
މައި ގާނޫނު
މަސްތުވާތަކެއްޗާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2011-17)
ކޮންސޮލިޑޭޓް ގާނޫނު
މަސްތުވާތަކެއްޗާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް ނަންބަރު 2011-17)
ކިޔުންތެރިންގެ ހިޔާލު