-

ޖަމްއިއްޔާ، ކްލަބް، ޕާޓީ ފަދަ ޖަމާއަތްތައް ރަޖިސްޓަރީ ކުރުމުގެ ގާނޫނު

(ގާނޫނު ނަންބަރު 1982-26)

(މި ގާނޫނު ވަނީ ގާނޫނު ނަންބަރު 2003-01 ގެ 40 ވަނަ މާއްދާއިން އުވާލެވިފައި)

އިސްލާމްދީނުގެ އަބަދުތަކާއި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުނުވެ ދެކޮޅުވުމެއްނެތި ބަޔަކަށް ނުވަތަ މުޅި ދިވެހި އުއްމަތަށް ކޮންމެވެސް ފައިދާއެއް ހާސިލް ކުޅައުމުގެ މަގްސަދުގައި ޖަމްއިއްޔާއެއް، ކްލަބެއް، ޕާޓީއެއް ނުވަތަ އެފަދަ ޖަމާއަތެއް އުފެއްދޭނީ، ތިރީގައިމިވާ ށަރްތުތައް ފުރިހަމަކޮށް މިނިސްޓްރީ އޮފް ހޯމްއެފެއާރޒް އެންޑް ސޯށަލް ސާރވިސަސްގައި ރަޖިސްޓަރީ ކުރުމުންނެވެ.

  1. ޖަމްއިއްޔާއެއް، ކްލަބެއް، ޕާޓީއެއް، ނުވަތަ އެފަދަ ޖަމާއަތެއް ރަޖިސްޓަރީކުރާނަމަ، އުމުރުން 25 އަހަރުވީ ދެމީހެއްގެ ސޮޔާއެކު، މިނިސްޓްރީ އޮފް ހޯމްއެފެއާރޒް އެންޑް ސޯށަލް ސާރވިސަސްގައި ރަޖިސްޓަރީކޮށްދިނުމަށް އެދި ލިޔަންވާނެއެވެ. މިގޮތުގެމަތިން ރަޖިސްޓަރީކޮށްދިނުމަށް އެދި ލިޔާއިރު، އެތަނެއް ހިންގާނެ ގަވާއިދެއް ލިޔެ، ހުށަހަޅަންވާނެއެވެ. މިގަވާއިދަށް އަމަލުރަންވާނީ، އަދި މިގަވާއިދަށް ބަދަލެއް ގެންނަންވާނީ، މިނިސްޓްރީ އޮފް ހޯމްއެފެއާރޒް އެންޑް ސޯށަލް ސާރވިސަސްގެ ހުއްދައެއް ލިބިގެންނެވެ. 
  2. ރަޖިސްޓަރީކުރެވިފައިވާ ޖަމާއަތަކުން އެތަނެއްގެ މަސްއޫލުމެންބަރަކު ވަކިވާން އެދިއްޖެނަމަ، ވަކިވެވޭނީ، ވަކިވާން އެދޭމީހާގެ ސިޓީއަކާއި އަލަށް އެކަމާ ހަވާލުވާން އެދޭ މީހެއްގެ ސިޓިއެއް މިނިސްޓްރީ އޮފް ހޯމްއެފެއާރޒް އެންޑް ސޯށަލް ސާރވިސަސްއަށް ހުށަހަޅައި އެތަނުން ގަބޫލުކުރުމަށް ފަހުގައެވެ. 

 

8 ނޮވެމްބަރު 1982 ދުވަހުއޮތް ރައްޔިތުންގެ މަޖިލީސްގެ 1982 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 3 ވަނަ ޖަލްސާއިން ފާސްކުޅަ "ޖަމްއިއްޔާ، ކްލަބް، ޕާޓީ ފަދަ ޖަމާއަތްތައް ރަޖިސްޓަރީ ކުރުމުގެ ގާނޫނު" ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައި، 10 ނޮވެމްބަރު 1982 މިތާރީހުގައި ގެޒެޓްކުރެވިއްޖެއެވެ. 

[ސޮއި]

އަބްދު ﷲ ޖަމީލު

އެގްޒެކެޓިވް ސެކްރެޓަރީ

 

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

3 ވަނަ އިސްލާހު

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު