-

ޖަމްއިއްޔާ، ކްލަބް، ޕާޓީ ފަދަ ޖަމާއަތްތައް ރަޖިސްޓަރީ ކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 1982-26) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 1979-06)

(މި ގާނޫނު ވަނީ ގާނޫނު ނަންބަރު 2003-01 ގެ 40 ވަނަ މާއްދާއިން އުވާލެވިފައި)

(ނޯޓް: މި ގާނޫނުގެ ގެޒެޓްކުރެވުނު ލިޔުމުގައި މައި ގާނޫނުގެ ގޮތުގައި ގާނޫނު ނަންބަރު 81-04 ވަނީ އޮޅުކަމުން ބެލެވޭ. ސަބަބަކީ އެ ނަންބަރުގެ ގާނޫނަކީ ގާނޫނުލް އުގުބާތުގެ ޗެޕްޓަރ1 ކަމަށްވާތީއާއި މި ގާނޫނު ގެޒެޓްކުރެވިފައިވަނީ 9 ޖެނުއަރީ 1979 ގައި ކަމުން)

ޖަމްއިއްޔާ، ކްލަބް، ޕާޓީ، ކުންފުނި ފަދަ ޖަމާއަތްތައް ރެޖިސްޓްރީ ކުރުމުގެ ގާނޫނުއަށް ތިރީގައިމިވާ އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ

އެ ގާނޫނުގެ 8 ވަނަ މާއްދާއާއި 9 ވަނަ މާއްދާއ ފެށޭތާގައިވާ "ޖަމްއިއްޔާ، ކްލަބް، ޕާރޓީ" މިބައި ނެތުން. 

 

2 ވަނަ މާއްދާ

އެ ގާނޫނުގެ 10 ވަނަ މާއްދާގައިވާ "ޖަމްއިއްޔާ، ކްލަބް، ޕާރޓީ" މިބައި ނެތުން. 

 

3 ވަނަ މާއްދާ -

އެ ގާނޫނުގެ 11 ވަނަ މާއްދާގައިވާ "ޖަމްއިއްޔާއެއް، ކްލަބް އެއް، ޕާރޓީ އެއް" މިބައި ނެތުން. 

 

31 ޑިސެމްބަރު 1978 ދުވަހު އޮތް ރައްޔިތުންގެ މަޖިލީސްގެ 1978 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 6 ވަނަ ޖަލްސާއިން ފާސްކުޅަ 'ގާނޫނު ނަންބަރު 81-04 (ޖަމްއިއްޔާ، ކްލަބް، ޕާރޓީ، ކުންފުނި ފަދަ ޖަމާއަތްތައް ރެޖިސްޓްރީ ކުރުމުގެ ގާނޫނު) އަށް 7 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު" ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައި 9 ޖެނުއަރީ 1979 މި ތާރީހުގައި ގެޒެޓްކުރެވިއްޖެއެވެ. 

 

[ސޮއި]

އަބްދު ﷲ ޖަމީލު

އެގްޒެކެޓިވް ސެކްރެޓަރީ

އުވި ގާނޫނު

ޖަމްއިއްޔާތަކާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2003-01)

 

މައި ގާނޫނު

ޖަމްއިއްޔާ، ކްލަބް، ޕާޓީ ފަދަ ޖަމާއަތްތައް ރަޖިސްޓަރީ ކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 1982-26)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު